Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ހަތްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
July 29, 2015 12 Mins Read
83 Comments

އެރޭ އަފްރާޒްއާ ދެކެވުނު ވާހަކައަށްފަހު ޔޫނުސްއަށް ހުރެވުނީ ހަމަހޭގައެއްނޫނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގޭގަ އެކަނި ހުރެވެސް އޭނައަށް ދޭތެރެ ދޭތެރެއިން ހެވެނީއެވެ. ކޮޓަރީގެ ދޮރު ނުހުޅުވައި ކޮޓަރިއަށް ވަންނަން މަސައްކަތް ކުރެވެނީއެވެ. ދަތް އުނގުޅާ ބުރުހުގައި ޖެހުނީ ފޭސްވޮޝްކަން ޔޫނުސްއަށް އެނގުނީވެސް އެހެން ރަހައެއް ދިނުމުންނެވެ. މޮޔަ ކަންތައް ކުރެވުމުން ޔޫނުސްއަށް އިތުރަށް ހެވެމުން ދިޔައެވެ. އެރޭ އޭނަ ނިދަން އޮށޯތީ 3 ގަޑިއިރު ވަންދެން މަސައްކަތްކުރަން ހުރެފައެވެ. އެ 3 ގަޑިއިރު ތެރޭގައި އޭނައަށް ލިޔެވުނީ އެންމެ ބައި ޞަފްޙާއެވެ. އެހެން ރޭރޭ 3 ގަޑިއިރު ތެރެއިން އޭނައަށް މަދުވެގެން 5 ރިޕޯޓް ލިޔެ ނިންމިދާނެވެ. އޭނަ ލެޕްޓޮޕް އެއްފަރާތްކޮއްލީ ސިކުނޑި އެއްގޮތަކަށްވެސް މަސައްކަތް ނުކޮށްގެންނެވެ. އެނދުގައި އޮށޯތެއްކަމަކު އޭނަގެ ލޮލަށް ނިންޖެއްނައެވެ. އޭނަ މާދަމާ ކަންތައް ހިނގާނެ ގޮތާމެދު ޚިޔާލުކުރަމުން ދިޔައެވެ. ޝަރީފްގެ ރުޅިވެރި ބަސްތައް އަންނާނެ ހުރިހާ ގޮތްތަކާމެދު ވިސްނައި އެއަށް ރީތި ބަހުން ރައްދު ދެވޭނެ ގޮތްތައް ސިކުނޑީގައި ރޭވިއެވެ. މި ނޫނީ އޭނަ ދުވަހަކުވެސް އޭނަގެ އަމިއްލަ ދިފާޢުގައި ބުނެވޭނެ އެއްޗަކާމެދު ނުވިސްނައެވެ. އޭނަ ދެކުނު ގޮތުގައި އޭނައަކީ ކުށްވެރިއަކަށް ވީހިނދު އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްޤެއް އޭނައަކަށް ނެތެވެ. ނަމަވެސް ރަނގަޅު ގޮތުގައި ތައުބާވެފައި ވަނިކޮށް ވެސް މީހަކަށް އޭނައަށް އިތުބާރު ނުކުރެވެންޏާ އޭނައަށް ވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު އޮންނަންވާނެއޭ މިރޭ ހިތަށްއަރަމުން ދިޔައެވެ. އޭނަ ވާހަކަ ދައްކާނީ ހަމައެކަނި އޭނައަށްޓަކައެއްނޫނެވެ. އޭނައާއެކީ އާ ޙަޔާތެއް ފަށަން ބޭނުންވެފައިހުރި ނަޞްރާއަށްޓަކައިވެސްމެއެވެ. ނަޞްރާގެ ނަން ހިތަށް ވަނުމާއެކު ޔޫނުސްއަށް ދެލޯ މަރާލަމުން ހިނިތުންވެލެވުނެވެ. ނަޞްރާއަށް އޭނަ ކަމުދާކަން ޤަބޫލުކުރަން ޔޫނުސްއަށް އަދިވެސް ދަތިވިއެވެ. ނަޞްރާއަށް އޭނަގެ މާޒީގައި ހިނގާފައިވާ ކަންތައް އެނގޭނެބާވައޭ ހިތަށްއެރިއެވެ. ހަމަ އެއާއެކު ނަޞްރާއަށް މިހާރު ނޭނގި ނޯންނާނެކަމަށް ޔޫނުސްގެ ސިކުނޑި ބުންޏެވެ. އެކަންތައް އެނގިހުރެވެސް ނަޞްރާއަށް ހަމަ ޙަޤީޤަތުގައިވެސް އޭނަ ކަމުދަނީ ހެއްޔެވެ؟ ނަޞްރާއަށް ހަމަ ހުރިހާ ކަމެއް އެނގޭނެ ހެއްޔެވެ؟ އެ ސުވާލުތައް ހިތަށް ވެރިވުމުން ޔޫނުސްގެ ހިތް ހިސާބަކަށް ނުތަނަވަސްވިއެވެ. އޭނަގެ ރީތި ހުވަފެން ނުވެސް ފެށެނީސް ވިއްސިވިހާލިވެގެން ހިނގައިދާނެ ކަމުގެ ބިރުހީވިއެވެ. ނަމަވެސް އެ ބިރު އެއްފަރާތް ކޮއްލީ ނަޞްރާއަކީ ފަސޭހައިން މަޢާފުކޮއްލާނެ ކުއްޖެއްކަމަށް ހިތަށް ވިސްނައިދެމުންނެވެ. އެއަށްފަހު އޭނަ ނިދޭތޯ ބެލިއެވެ.

 އޭގެ އަނެއްދުވަހުގެ ހެނދުނު ޝަރީފް ބޮލުގަ ރިއްސައިގެން އުޅޭތީ އޮފީހަކަށް ނުދެއެވެ. އަފްރާޒް މި ވާހަކަ ގޮސް އޮފީހަށްދާން ސައިކަލަށް އެރި ޔޫނުސްގާތު ބުންޏެވެ. އަދި އެއަށްފަހު ޔޫނުސްގެ ނަންބަރު ހޯދީ ޝަރީފް ރަނގަޅު މޫޑެއްގައި ހުރި ވަގުތެއް ބަލައި ޔޫނުސްއަށް އެންގުމަށްޓަކައެވެ. ޔޫނުސް މެންދުރުގެ ވަގުތެއްގައި ގެއަށް އައިއިރު އަފްރާޒްގެ މެސެޖެއް އައިސްފައި އޮތެވެ. އޭގައި އޮތީ ޢަޞްރު ނަމާދަށްފަހު އެގެއަށް އައިމަ ރަނގަޅުވާނެ ކަމަށެވެ. އެއާއެކު ޔޫނުސްއަށް އަނެއްކާވެސް ޝަރީފްއާއި ވާހަކަ ދައްކާނެ ގޮތާއިމެދު ވިސްނެން ފެށިއެވެ. ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް އޭނަ ނުތަނަވަސްވަމުން ދިޔައެވެ. އޭނަ ޢަޞްރު ނަމާދަށް ދިޔަ މަގުމަތީގައި އަފްރާޒްގާތު މި ވާހަކަ ބުނަން އުޅުނެއްކަމަކު ނުބުނެވުނީ ޝަރީފްވެސް އަފްރާޒްއާއި އެއްހަމައެއްގައި ހިނގަމުން ދިޔައީތީވެއެވެ. ޔޫނުސްއަށް ހަމަޖެހުމެއް ލިބުނީ ޢަޞްރު ނަމާދު ކުރި ވަގުތުގައެވެ. ނަމާދުގެ ތެރެއިން އޭނަގެ ހިތަށް ސާބިތުކަމެއް ލިބުނެވެ. އޭނަ ކުރަން އުޅެނީ ނުބައި ކަމަކަށް ނުވާނަމަ އޭނަ ޖެހިލުންވާކަށް ނުޖެހޭނެކަން ބުނެދިނީ ޚުދު އޭނަގެ ހިތެވެ. ޝަރީފްއާއި އަފްރާޒްގެ ފަހަތުން މިސްކިތުން ނިކުމެގެން އައިއިރު ޔޫނުސްއަށް ބިރުގަންނަންވީ އެއްވެސް ސަބަބެއް ނުފެނެއެވެ.

ޝަރީފް ގެއަށް ވަދެގެން އައިސް ސިޓިންގް ރޫމުގެ ސޯފާގައި ޖައްސާލީ ފުން ނޭވައެއް ދޫކޮއްލަމުންނެވެ. އަފްރާޒް ވެސް ގޭގެ ދޮރު ލައްޕާލަމުން ވަދެގެން އައެވެ.

“އަނެއްކާވެސް ބޮލުގަ ރިއްސަން ފެށީތަ ބައްޕާ؟” އަފްރާޒް އައިސް ކައިރީގައި ހުރި ސޯފާގައި އިށީންނަމުން ކަންބޮޑުވުން އެކުލެވިގެންވާ ގޮތަކަށް އަހާލިއެވެ.

“ނޫން. ކުޑަކޮށް ވަރުބަލިވީ.” ޝަރީފް އަފްރާޒްއަށް ބަލާލަމުން ބުނެލިއެވެ. އެއަށްފަހު ހިންދެމިލަމުން ކުރިމަތީގައި ހުރި މޭޒުމަތީގައި އޮތް ނޫހެއް ނަގައި ސޯފާއަށް ލެނގިލަމުން އެ ކިޔަން ފެށިއެވެ. އަފްރާޒް އިނީ ޔޫނުސްގެ އިންތިޒާރުގައެވެ. އޭނަ އިށީނދެގެން އިންއިރު އެއްފައިން ބިމުގައި މަޑުމަޑުން ޖަހަމުން ދިޔަގޮތުން އޭނަ ކެތްމަދުވެފައިހުރި ވަރު އެނގެއެވެ. މާ ގިނައިރެއްނުވެ ގޭގެ ދޮރުގައި ޓަކިޖަހާލި އަޑުއިވުނެވެ. އެއާއެކު އަފްރާޒްއާއި ޝަރީފްއަށް އެކުއެކީގައި އެދިމާލަށް ބަލާލެވުނެވެ.

“އައްސަލާމްޢަލައިކުމް.” ބޭރުން އިވުނީ ޔޫނުސްގެ އަޑުކަން އެނގި އަފްރާޒްއަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް ޝަރީފަށް އެއީ ކާކުކަން އެނގުނުހެނެއް ހިއެއްނުވެއެވެ. އަފްރާޒް ސަލާމުގެ ޖަވާބުދެމުން ދޮރާއި ދިމާލަށް ދިޔައިރުވެސް ޝަރީފްގެ ނިތުން ރޫނުފިލައެވެ. އަފްރާޒް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ސީރިއަސް މޫނަކާއެކީ ހުރި ޔޫނުސްއެވެ. ޝަރީފް ޔޫނުސްއަށް ނަފްރަތުކުރާ މިންވަރު އެއްގޮތަކަށްވެސް ނޭނގޭ އަފްރާޒް ހިނިތުންވުމަކާއެކީ ޔޫނުސް އެތެރެއަށް އައުމަށް ތަންދެއްކިއެވެ. ޔޫނުސް ގޭގެ ތެރެއަށް ފިޔަވަޅެއް އަޅާލި ވަގުތު ޝަރީފްއަށް އޭނަ ފެނުނެވެ. އެއީ ކާކުކަން ނަގައިގަނެވުމުން ޝަރީފްގެ މޫނު ރުޅިން ރަތްވިއެވެ.

“ހަމަ ތި ހުރިތާ މަޑުކޮއްލާ!” ޝަރީފް ކޮޅަށް ތެދުވެ އޭނަގެ އަތުގައި އޮތް ނޫސް ހޫރާލަމުން އަޑު ހަރުކޮށް ގޮވާލިއެވެ. ޔޫނުސްއާއި އަފްރާޒްގެ ޙަރަކާތްތައް މަޑުވެ އެމީހުންގެ ނަޒަރު ޝަރީފަށް އަމާޒުވިއެވެ. އެވަގުތު އަފްރާޒްގެ ހިނިތުންވުން ފޭދިގެން ގޮއްސިއެވެ. މާ ގިނައިރެއްނުވެ އާޒް ރޮއިގަތް އަޑުއިވުނެވެ. ކާގޭގައި އާޒްއަށް ކާންދޭން އިން ސަދަފް އޭނަ މަސަލަސް ކުރެވޭތޯ ބެލިއެވެ. އަފްރީންގެ ކޮޓަރީގައި ތިބި އަފްރީންއާއި ނަޞްރާއަށް އެކަކު އަނެކަކަށް ބަލާލަމުން ކޮޓަރީގެ ދޮރާއި ދިމާލަށް ހިނގައިގަނެވުނެވެ. އަފްރީންގެ ފަހަތުން ނަޞްރާ ކޮޓަރިން ނިކުތީ މޫނު ނިވާކުރަމުންނެވެ. ކޮޓަރިން ނިކުތް ވަގުތު ގޭގެ ދޮރު ކައިރީގައި ހުރި ޔޫނުސް ފެނިފައި ނަޞްރާގެ ނޭވާ މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ޝަރީފްއާއި ދިމާލަށް ބަލާލެވުނެވެ. ޝަރީފްގެ ރުޅިވެރި މޫނު ފެނިފައި ނަޞްރާ ހަނދާންވީ އޭނައަށް އެންމެ ފުރަތަމަ ޔޫނުސްއާއި ބައްޕަ އެއްތަނެއްގައި ތިބިތަން ފެނުނު ދުވަހެވެ. އެއާއެކު ނަޞްރާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ.

“އަޅުގަނޑު މިއައީ ވާހަކައެއް ދައްކަންވެގެން.” ޔޫނުސް ހިތްވަރުކޮށްފައި ރުޅިން ކެކިކެކި ހުރި ޝަރީފަށް ބަލަހައްޓައިގެން ހުރެ މަޑުމައިތިރި ބުނެލިއެވެ.

“ކަލޭ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ. ވާހަކައެއް ދެއްކިއަސް ދޮގެއްނޫނީ ނުބުނެވޭނެވިއްޔާ!” ޝަރީފް ކުރިއަށް ފިޔަވަޅުތަކެއް އަޅާލަމުން ހަރުކަށިކޮށް ބުނެލިއެވެ. ޔޫނުސްގެ ދިފާޢުގައި ވާހަކަ ދައްކަން ރާވައިގެން ހުރި އަފްރާޒްއަށް ވެސް ލިބިފައި ހުރި ޙައިރާންކަމެއްގެ ބޮޑުކަމުން އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ބައްޕަ މިހާ ރުޅި އައިސްފައި ހުރިތަނެއް އޭނަ ދުވަހަކުވެސް ނުދެކެއެވެ. ޝަރީފްގެ ނުރުހުންތެރިކަމުން އެންމެންގެ ހިތްތަކަށް ލޮޅުމެއް ގެނެސްފައިވި ފަދައެވެ.

“އަޅުގަނޑަށް އެނގޭ މާ ކުރިންވެސް މިހެންކަން ކަންތައްވާނީ. އެކަމަކު އަޅުގަނޑު ޝަކުވާއެއް ނުކުރާނަން ބޭބެ އަޅުގަނޑާއި ދިމާލަށް ކޮންމެ އެއްޗެކޭ ބުންޏަސް. އަޅުގަނޑު އަމިއްލައަށް ބޭބެއަށް އެ ޙައްޤުދެން.” ޔޫނުސް ދެންވެސް ވާހަކަ ދެއްކީ މަޑުމައިތިރި އަޑަކުންނެވެ.

“ބަރާބަރު! އެ ޙައްޤުގެ ބޭނުންކޮށްގެން އަހަރެން މި ބުނަނީ ކަލޭ މިގެއިން ނިކުމެގެންދާށޭ.” ޝަރީފް ގޭގެ ދޮރާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. އެ މަންޒަރު ބަލަންހުރި ނަޞްރާ ހިސާބަކަށް ނުރުހުންވިއެވެ. ޔޫނުސްއަށް ވާހަކަ ދައްކާނެ ފުރުޞަތެއް ލިބެންވާނެއޭ ހިތަށްއެރިއެވެ.

“އޭގެ ކުރިން އަޅުގަނޑު ބޭބެއަށް އެއްޗެއްދޭން ބޭނުން.” ޔޫނުސް އެހެން ބުނެ އޭނަގެ އަތުގައި އޮތް ސިޓީއުރަ ޝަރީފަށް ދިއްކޮއްލިއެވެ. ޝަރީފް ކުރިއަށް ފިޔަވަޅެއް އަޅައި ޔޫނުސް އަތުން އެ ސިޓީއުރަ ޖަހައިގަތެވެ. އެއަށްފަހު އޭގެ އެތެރެ ބަލާލިއެވެ.

“މީ ކޯޗެއް؟ އަހަރެން ކަމެއްގަ ބައްދަންތަ ތި އުޅެނީ އަނެއްކާ؟” ޝަރީފް ސިޓީއުރައިގެ ތެރޭގައި އޮތް ފައިސާ ބޮނޑި ނަގައި ދައްކާލަމުން އަހާލިއެވެ. ދުރުގައި ބަލަން ތިބި ނަޞްރާ އާއި އަފްރީންގެ ދެލޯ ބޮޑުވިއެވެ.

“ތިއީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ބޭބެގެ ފިހާރައިން ވަގަށްނެގި ފައިސާގެ ބަދަލު. ބޭބެއަށް ކިތަންމެ ޤަބޫލުކުރަން އުނދަގޫވިޔަސް އަޅުގަނޑު ބަދަލުވެއްޖެ. އަޅުގަނޑު ތައުބާވަމުން އަދިވެސް މިދަނީ. އަޅުގަނޑުގެ ތައުބާ ފުރިހަމައެއް ނުވާނެ ކަންނޭނގެ ބޭބެގެ މަޢާފު ނުލިބި. އެހެންވީމަ މިއަދު އަޅުގަނޑު މިއައީ ބޭބެގާތުން މަޢާފަށްއެދެން.” ޔޫނުސް ބުނެލިއެވެ. އޭނަގެ ވާހަކަ އަޑުއަހާފައި އަފްރީންއަށް މާ ބޮޑު އަސަރެއްނުކުރިއެއްކަމަކު އަފްރާޒްއާއި ނަޞްރާގެ ހިތް ފުރިގެން އައެވެ. މާޒީއެއްވަނީ އޭނަގެ އެކަނި ނޫންތާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ޔޫނުސްއަށް މިވަގުތު އިޙްޞާޞް ކުރެވެމުންދާނެ ގޮތް ނަޞްރާއަށް ކޮންމެވެސް ވަރަކަށް ތަޞައްވުރު ކުރެވުނެވެ. ޔޫނުސްގެ ހިތް މިވަގުތު މަޑުވެފައިވާނެ ވަރާއިމެދު ވިސްނުމުން ނަޞްރާގެ ހަނދާނަށް އައީ އޭނަ އެންމެ ފުރަތަމަ ތައުބާވެ ކަރުނަ އެޅި ދުވަހެވެ. އެދުވަސް ހަނދާންވުމުން ނަޞްރާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ނަމަވެސް އެވަގުތު ޔޫނުސްއަށް ބަލަހައްޓައިގެން ހުރި ޝަރީފްގެ ހިތް މަޑުވީހެނެއް ހިއެއްނުވެއެވެ.

“މަޢާފޭ؟ ކަލޭ ތީ މަޢާފުކުރެވޭވަރުގެ މީހެއްތަ؟ ކަލޭ ކުރި ކަންތައް ކަލޭ ހަނދާން ނައްތާލީތަ؟ އަމިއްލަ މަންމައާމެދު އިހާނެތިކޮށް ކަންތައް ކުރާނީ ހާދަ ނުބައި މީހެކޭ.” ޝަރީފްގެ ބަސްތައް ވިހަ ކަށިތަކެއް ފަދައިން ގޮސް ޔޫނުސްގެ ހިތަށްހެރުނެވެ. ޝަރީފްއާއި އަފްރާޒް ބަލަހައްޓައިގެން ތިއްބާ ޔޫނުސްގެ ލޮލަށް ކަރުނަތައް ގިނަވެގަތެވެ. ދުރުގައި ހުރި ނަޞްރާއަށް އެކަން ނޭނގުނެއްކަމަކު ޔޫނުސްގެ މޫނުމައްޗަށް ވެރިވި ހިތާމަވެރިކަން ފާހަގަކުރެވުނެވެ. އެއާއެކު އޭނަގެ ހިތަށް ތަދުވިއެވެ. ބައްޕަ ދެންމެ އެބުނީ ތައުބާވާން ބޭނުންވާ މީހަކު ނާއުންމީދު ކޮއްލާފަދަ ބަސްތަކެވެ. ތައުބާވާން ޤަޞްދުކުރާ މީހެއްގެ ސިކުނޑީގައި އެހެންނޫނަސް އެންމެ ގިނައިން ވާނެ ޚިޔާލަކީ ތިމަންނަ ދުވަހަކުވެސް ރަނގަޅު މީހަކަށް ނުވާނެކަމުގެ ޚިޔާލެވެ. ބައްޕަ ދެންމެ ޔޫނުސްއަށް އެކަން ސާބިތުކޮށްދީފިއެވެ. ޔޫނުސްގެ ހިތަށް މިފަހަރު ކޮއްފައިވާނެ އަސަރު ވިސްނައިގަންނަން ވެސް ނަޞްރާއަށް ދަތިވިއެވެ. ނަޞްރާ ބަލަބަލާ ހުއްޓާ ޔޫނުސް އިސްޖަހާލިއެވެ. އެއަށްފަހު ވަކި އެއްޗެކޭ ނުބުނެ ޝަރީފްމެނަށް ފަސްދީފައި ސިޓިންގް ރޫމުން ފެންޑާއަށް ނިކުމެފިއެވެ.

“ޔޫނުސް!” ހޭވެރިކަމެއް ލިބުނު އަފްރާޒް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ގޮވާލިއެވެ. އަފްރާޒްގެ އަޑު ޔޫނުސްއަށް ނުއިވުނު ފަދައެވެ. އޭނަ ފަސްއެނބުރި ބަލައެއްވެސް ނުލާ އަވަސް ހިނގުމެއްގައި ގޮސް އެގޭގެ ގޭޓުން ނިކުމެގެން ދިޔައެވެ. އަފްރާޒް އެނބުރި އޭނަގެ ބައްޕައަށް ބަލާލިއެވެ. އަދި ވައިއަޑުން ބައްޕާއޭ ކިޔައި ގޮވާލަމުން މަޑުމަޑުން ބޯހޫރުވާލީ ދެންމެ ކަންތައްވީ ރަނގަޅަކަށް ނޫނޭ ބުނާ ފަދައަކުންނެވެ. އެވަރުންވެސް ޝަރީފްގެ މޫނުމަތިން ރުޅިވެރިކަން އެއްކޮއް ފިލައިނުދެއެވެ. އޭނަ ފައިސާ ބޮނޑިއާއެކީ ބާރު ހިނގުމެއްގައި ގޭގެ ތެރެއަށް ދަމުން އެތާ ހުރި މޭޒުމައްޗަށް އެ ބޮނޑި ޖަހާލާފައި ގޮސް ކޮޓަރިއަށްވަނެވެ.

ޔޫނުސް ނަޞްރާމެން ގެއިން ނިކުމެގެން އައިތަން އަމިއްލަ ގޭގެ ދޮރުކައިރީގައި ހުރި ޒަޔާންއަށް ފެނުނެވެ. އޭނައަށް ވަގުތުން ހީލަމުން ޔޫނުސްއަށް ގޮވާލެވުނެވެ. ނަމަވެސް ޔޫނުސް އޭނައަށް ބަލާލުމެއްނެތި ގޮސް ގެއަށްވަދެ ބާރަށް ދޮރު ލައްޕާލި ގޮތުން ކަމެއް ގޯސްވެއްޖެކަން ޒަޔާންއަށް އެނގުނެވެ.

ޔޫނުސްއަށް ކޮޓަރިއަށް ވަދެވެސް ދޮރު ލައްޕާލެވުނީ ބާރަށެވެ. އޭނަ ދިގު ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީނދެ ދެއަތުން މޫނުގައި އަތްއެޅިއެވެ. އޭގެ އިރުކޮޅެއްފަހުން ޔޫނުސްގެ ގިސްލުމުގެ އަޑު ކޮޓަރީގެ ހިމޭންކަން ނަގާލައިފިއެވެ. އެ ހިތަށް ތަދުކުރުވަނިވި ގިސްލުމުގެ އަޑު އަހާކަށް އެކަކުވެސް ނެތެވެ. ޔޫނުސްގެ ޒަޚަމްވެފައިވާ ހިތާއިއެކީ މުޅި މީހާވެސް ރޫރޫއަޅަމުން ދިޔައިރު އޭނަ ހިފަހައްޓާލަދޭނެ މީހެއްނެތެވެ. ނަމަވެސް މިއަދު ޔޫނުސްގެ މޭގައި ރިހުމެއްވީ އޭނަގެ އެކަނިވެރިކަމުގެ ސަބަބުންނެއްނޫނެވެ. ޝަރީފް އެންމެ ފަހަކަށް ބުނެލި ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔައިރު އޭނަގެ ލޮލަށް ސިފަވަމުން ދިޔަ މަންޒަރުތަކެއްގެ ސަބަބުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ އުމުރުގެ ފުރަތަމަ 19 އަހަރު ވޭތުވި ގޮތް އޭނަގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިން ފަދައެވެ. އޭނަގެ ލޮލަށް މަންޒަރުތައް ފެނި ގެއްލެމުން ގޮސް އެންމެ ފަހަކަށް ކަންފަތަށް އިވުނީ ކާރެއް ބުރަކި ޖައްސާލި އަޑެވެ.

“މަންމާ!” ޔޫނުސް މޫނުން ދެއަތް ނަގައި ވޭނީ އަޑަކުން ބާރަށް ގޮވާލިއެވެ.

**

އެރޭގެ 8 ޖެހި ވަގުތު ޝަރީފް ކޮޓަރިން ނިކުމެގެން އައިސް ޓީވީ ޖައްސާލީ ޚަބަރު ބެލުމަށްޓަކައެވެ. ޚަބަރު ފެށެން އުޅެނިކޮށް އޭނަ ސިޓިންގް ރޫމުގެ ވަށައި ހޯދާލިއެވެ. އެކަކުވެސް ފެންނާކަށްނެތެވެ. އެންމެން ތިބީ އެމީހުންގެ ކޮޓަރިތަކުގައި ކަން ޝަރީފަށް ނަގައިގަނެވުނެވެ. ހަވީރު އޭނަވެސް ކޮޓަރިއަށް ވަތްގޮތަށް މި ނިކުތީއެވެ. ނަމާދުވެސް ކުރީ ގޭގައެވެ. އެވަގުތުއްސުރެ ގޭގެ އެކަކުވެސް ނުފެނުނެއްކަމަކު އެ އެންމެން ތިބޭނީ އޭނައަށް ނުރުހިފަކަން ޝަރީފަށް ޔަޤީންކުރެވުނެވެ. އެންމެނަށްވެސް ފެންނާނީ އޭނަގެ ނުބައިކަމެވެ. އެއީ އެމީހުންނަށް ޔޫނުސްގެ ނުބައިކަން ފެނިފައި ނުވާތީވެއޭ ޝަރީފަށް ހިތާހިތުން ކިޔާލެވުނެވެ. ހަމަ އެއާއެކު ޝަރީފްގެ ހިތް ޔޫނުސްއަށްޓަކައި ނަފްރަތުން ފުރުނެވެ. އޭނަގެ މޫނުމަތިން ވެސް އެ ނުރުހުންތެރިކަން ފާޅުވިއެވެ. އޭނަ ޔޫނުސްގެ ކަންތައް ސިކުނޑިން ފޮޅާލުމަށްޓަކައި ޓީވީގެ އަޑު ބާރުކުރިއެވެ. އެވަގުތު ނަޞްރާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޝަރީފް ކަނާތް ފަރާތަށް ބަލާލިއެވެ. އޭރު ނަޞްރާ ކޮޓަރިން ނިކުމެ ކޮޓަރީގެ ދޮރު ލައްޕާލަނީއެވެ. އެއަށްފަހު އޭނަ ޝަރީފަށް ބަލާލިއިރު އެ މޫނުމަތީގައި އެއްވެސް އަސަރެއްނެތެވެ. ޝަރީފް ބަލަބަލާ ހުއްޓާ ނަޞްރާ ފުން ނޭވައެއް ދޫކޮށް އިސްޖަހާލަމުން އޭނައާއި ދިމާލަށް އަންނަން ފެށިއެވެ. ޝަރީފް އޭނަ އިށީނދެގެން އިން ދިގު ސޯފާގެ އެއްފަރާތަކަށް ޖެހިލީ ނަޞްރާ އަންނަނީ އެތާނގައި އިށީންނާށޭ ހިތާއެވެ. ޝަރީފް ހީކުރިގޮތަށް ނަޞްރާ އޭނައަށް ބަލާލުމެއްވެސް ނެތި އައިސް އޭނަ ކައިރީގައި އިށީނެވެ. ޝަރީފަށް ޙައިރާންކަމާއެކީ ނަޞްރާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ނަޞްރާ ދެއަތް ޖޯޑުކޮށް ތުންފަތުގައި ޖައްސައިގެން ޓީވީއަށް ބަލަން އިރުކޮޅަކުން އިނދެފައި ވާހަކަ ދެއްކިއެވެ.

“ބައްޕާ….އަޅުގަނޑު ވާހަކައެއް ދައްކަން ބޭނުން.” ނަޞްރާ ތުންފަތުން ދެއަތް ނަގާލަމުން އެހެން ބުނެލީ ޓީވީއަށް ނަޒަރު ހުއްޓައިގެން ހުރެއެވެ.

“އާނ އަވަހަށް ބުނޭ ދަރިފުޅާ.” ޝަރީފް އެހެން ބުނެލިތަނާހެން ނަޞްރާ ވާހަކަ ދެއްކިއެވެ.

“އަނހަ ނޫން. ކީއްވެދޯ ބައްޕަ އަޅުގަނޑު ބުނާ އެއްޗެއް އަޑުއަހަންވީ؟ އަޅުގަނޑު ވާހަކަ ދެއްކިއްޔާ ހެދޭނީ ދޮގުވިއްޔަ.” ނަޞްރާ ދެމާނައެއް އެކުލެވޭ ހިނިތުންވުމަކާއެކީ ޝަރީފަށް ބަލާލަމުން ބުނެލިއެވެ. ޝަރީފަކަށް ވީނުވީއެއް ނޭނގުނެވެ.

“ކޮންކަހަލަ ވާހަކައެއްތަ ދަރިފުޅު ތި ދެއްކީ؟ ދަރިފުޅު ބައްޕައަކަށް ދޮގު ނަހަދާނެއެއްނު؟” ޝަރީފް ޓީވީގެ އަޑު މަޑުކޮށް މޭމަތީގައި އެއްއަތް އަޅާލަމުން އަހާލިއެވެ.

“ކިހިނެއް އެނގެނީ ބައްޕާ؟ އަޅުގަނޑު އެންމެ ފުރަތަމަ ބޭރަށް ކިޔަވަން ގޮސްގެން އުޅުނުއިރު ބައްޕަ ގުޅާފަ ކޮންތާކުހޭ އަހާލީމަ އަޅުގަނޑު އަބަދުވެސް ހެދީ ދޮގު.” ނަޞްރާ އެހެން ބުނެލިއިރު އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވާން ފެށިއެވެ.

“ދަރިފުޅާ! އެއީ ދަރިފުޅު ކުރީގަ އުޅުނު ގޮތެއްނު؟ ތިއީ މިހާރު އެ ނަޞްރާއެއްނޫން.” ޝަރީފް ނަޞްރާއަށް ޔަޤީންކަންދޭން އުޅޭ ފަދަ ގޮތަކަށް ބުނެލިއެވެ.

“އަޅުގަނޑު…..ކުޑައިރު މަންމައާމެދު ވެސް ކަންތައްކުރީ ރަނގަޅަކަށްނޫން. ބައްޕައަށް ވެސް އެނގޭނެ އޭރު އަޅުގަނޑުގެ އުޅުންހުރި ގޮތް. އަޅުގަނޑު އަމިއްލަ މަންމައާމެދުވެސް އެގޮތަށް ޢަމަލުކޮށްފަ ހުއްޓާ ބައްޕަ ކިހިނެއް އަޅުގަނޑަށް ތިހާ ފަސޭހައިން މަޢާފުކޮއްލީ؟” ނަޞްރާ ނިތަށް ރޫއަރުވައިގެން ހުރެ ޝަރީފަށް ބަލާލަމުން އަހާލިއެވެ. އެއާއެކު ނަޞްރާ ޙަޤީޤަތުގަ މި ދައްކަނީ އެހެން ވާހަކައެއްކަން ޝަރީފަށް ނަގައިގަނެވުނެވެ. ޝަރީފް މޫނު އަނބުރާލަމުން ފުން ނޭވައެއް ދޫކޮއްލިއެވެ.

“ނަޞްރާ ވެސް ތި ވާހަކަ ދައްކަން އުޅެނީ ޔޫނުސްއާ އެއްކޮޅަށްދޯ؟” ޝަރީފް ދުރުބަލަން ހުރެ އަހާލިއެވެ. ޝަރީފަށް އޭނަ ދައްކާ ވާހަކަ ނަގައިގަނެވިއްޖެކަން އެނގުމުން ނަޞްރާ އިސްޖަހާލިއެވެ.

“ބައްޕާ…..އަޅުގަނޑު ބޭނުމެއްނޫން އެއްވެސް މީހެއްގެ ކޮޅަކަށް ޖެހޭކަށް. ތެދެއް، އަޅުގަނޑަށް ޔޫނުސް ކަމުދޭ. އެއީ އަޅުގަނޑަށް އޭނަގެ ފަރާތުން ފެނުނު ރަނގަޅު ސިފަތަކެއްގެ ސަބަބުން. އެކަމަކު ޔޫނުސްއާ ނުއިނދެވިއްޖެއްޔާ އަޅުގަނޑު ނުއުޅެން ބައްޕަދެކެ ވެސް ރުޅިވެގެން އަތުގަ ވަޅި އަޅާކަށް. ﷲ ގެ ރަޙުމަތުން މިއަދު އަޅުގަނޑު އެހާ މޮޔައެއްނޫން. އަޅުގަނޑު ބައްޕަ ރުހޭ މީހަކާ އިނދެގެން ވެސް ރީއްޗަށް އުޅެން މަސައްކަތް ކޮށްފިއްޔާ އުޅެވިދާނެ އިން ޝާ ﷲ. އެކަމަކު…..މިއަދު އަޅުގަނޑު ވަރަށް ދެރަވި. މިއަދު ޔޫނުސް ބައްޕަ ގާތުން މަޢާފަށް އެދުނުއިރު ހުރި މަޤާމަކީ އަޅުގަނޑުވެސް މީގެ އަހަރުތަކެއްކުރިން ހުރި ކަހަލަ މަޤާމެއް. އަޅުގަނޑުވެސް ހުރިން ބައްޕަމެންގެ ފަރާތުން މަޢާފަށް ބޭނުންވެފަ. އަޅުގަނޑު ދުވަހަކުވެސް ރަނގަޅު މީހަކަށް ނުވާނެއޭ ހިތަށްއަރަމުން ދިޔައީ. އަޅުގަނޑު ކިތަންމެ މަސައްކަތް ކުރިއަސް އަޅުގަނޑު ދާނީ ނަރަކައަށޭ ހިތަށް އަރަމުން ދިޔައީ. ރަނގަޅު ވަގުތުގައި ބައްޕަމެން އަޅުގަނޑަށް ލޯބިނުދިން ނަމަ އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑު މިއަދު ވީހީ ކޮންތާކު ކަމެއްވެސް.” ނަޞްރާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުއިރު އޭނަގެ އަރުތެރެ ބެދިއްޖެއެވެ. އޭނަގެ ލޮލަށް ޖަމާވެފައިވި ކަރުނަތަކަކުން ކަރުނައެއް އޭނަގެ ކޯތާފަތް މައްޗަށް ފޭބިއިރު އޭނަގެ ނޭވާ ވަނީ ރަތްވެފައެވެ. ނަޞްރާގެ ވާހަކަތައް އަޑުއަހަން އިން ޝަރީފްގެ ހިތަށް ކޮންމެވެސް ވަރެއްގެ އަސަރެއްކުރިކަން އޭނަގެ މޫނުމަތިން އެނގުނެވެ. ނަމަވެސް އޭނަ ދެންވެސް ނަޞްރާއަށް ބަލާލުމެއްނެތި އިނީއެވެ. ނަޞްރާ އޭނަގެ ނޭވާ އެތެރެއަށް ދަމާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“މިއަދު ޔޫނުސްވެސް ބޭނުންވެގެން ހުރީ އެފަދަ ލޯތްބަކަށް. ބައްޕަ އޭނައަށް ލޯބިން މަޢާފުކޮއްދިން ނަމަ މާ ރަނގަޅުވީސް. އޭނަ….” ނަޞްރާގެ ވާހަކަ މެދުކެނޑުނެވެ.

“އޭނަ އެއުޅެނީ ހެދިގެން ކަމުގައި ވެއްޖެއްޔާޔޯ؟ ކުރީގަ ވެސް އޭނަ ރަނގަޅުވާކަމަށް ހެދިގެން އުޅުމުގެ ތެރޭގައޭ ބައްޕައަށް ވެސް ލަނޑު ދިނީ. ނަޞްރާއަށް އެނގޭތަ އޭނަ ފެތުރި މަސްތުވާތަކެތީގެ ސަބަބުން ރޫޅުނީ މި ތަންގަނޑުގެ ކިތައް ޢާއިލާކަން؟ ބައްޕަ ބިރުގަނޭ ނަޞްރާ އޭނައާ އިނުމަށްފަހު އޭނަ އަނެއްކާވެސް އެކަމުގެ ތެރެއަށް ގޮސްދާނެތީ.” ޝަރީފް ނަޞްރާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ނަޞްރާ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.

“ބައްޕަ ބިރެއްނުގަނޭތަ އަޅުގަނޑު ކުރީގަ އުޅުނު ގޮތަށް އަނބުރާ ގޮސްދާނެތީ؟” ނަޞްރާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ އަހާލިއެވެ. ޝަރީފް ޗޮއްކަނޑާލިއެވެ.

“ނަޞްރާ ތިއީ ރަނގަޅު ކުއްޖެކޭ. ނަޞްރާ ތިއީ މިހާރު އިތުބާރު ކުރެވޭފަދަ ކުއްޖެއް. ބައްޕައަށް ހަމަ އެހާ ރަނގަޅަށް ނަޞްރާ އެނގޭ. އޭނަ…..” ޝަރީފްގެ ވާހަކަ ފުރިހަމައެއްނުވިއެވެ.

“ބައްޕައަށް އަޅުގަނޑު އެނގޭ ފަދައިން އޭނަ ނޭނގެނީ ކަމަށްވެސް ވެދާނެއެއްނު؟ ބައްޕަ ދުވަހަކު ވެސް އޭނަ ތައުބާވިފަހުން އޭނައާ ރަނގަޅަށް ވާހަކަ ދެއްކިންތަ؟ އޭނަގެ އުޅުން ހުންނަ ގޮތް ބެލިންތަ؟ ނުބަލަންޏާ ކިހިނެއް އެނގެނީ އޭނައަށް އިތުބާރު ނުކުރެވޭނެކަން؟” ނަޞްރާ އަހާލިއެވެ. ނަޞްރާގެ އެ ސުވާލުތަކަށް ބުނާނެ އެއްޗެއް ޝަރީފަކަށް ނުވިސްނުނެވެ. އޭނަ އިރުކޮޅަކު ނަޞްރާއަށް ބަލަން އިނދެފައި އިސްޖަހާލަމުން ދުރުބަލަން ފެށިއެވެ. ބައްޕަގެ ފަރާތުން ދެން ޖަވާބެއް ނުލިބޭނެކަން ޔަޤީންވުމުން ނަޞްރާ ސޯފާއިން ތެދުވެގެން ދިޔައެވެ. ޝަރީފަށް ވިސްނަން އިނދެވުނެވެ. އޭނައަށް ހަމަ އަސްލުވެސް ޔޫނުސް ނޭނގޭނީބާއޭ ހިތަށްއެރިއެވެ.

އޭގެ އަނެއްދުވަހަކީ ހުކުރު ދުވަހެވެ. ޝަރީފް އަފްރާޒްއާއެކީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިންވެސް މިސްކިތަށް ދިޔައިރު މިސްކިތުގައި ޔޫނުސްއިނެވެ. ކަނެއްގައި އެކަނި ހުރެގެން ޤުރުއާން ކިޔަވަމުން ދިޔައިރު ހީވާގޮތުން ހިތުން ދަސްކުރަނީއެވެ. އާދައިގެ މަތިން ޔޫނުސް ފެނުމާއެކު ޝަރީފްގެ ހިތަށް ފޫހިކަމެއް ވެރިވާން އުޅުނެވެ. ނަމަވެސް ރޭގަ ނަޞްރާ ދެއްކި ވާހަކަ ހަނދާންވެފައި އެ އިޙްޞާޞް ނެތިގޮސްފިއެވެ. އޭނައަށް މި ފެންނަނީ ދެއްކުންތެރިކަމެއް ކަމުގައި ނުވެވެސް ހިނގައިދާނެއޭ ހިތަށްއެރިއެވެ. ނަމަވެސް ޤަބޫލުކުރަން ދަތިވިއެވެ.

އެދުވަހު އަފްރާޒާއި ޝަރީފް ހުކުރަށް ދިޔައިރު ޔޫނުސް ޒަޔާނާއެކީ އެމީހުންނަށްވުރެ ކުރީގައި ހިނގަމުން ދިޔައެވެ. ޝަރީފާއި އަފްރާޒްއަށް ޖާގަ ލިބުނީ ޔޫނުސްއާއި ޒަޔާން ތިބި ސަފުގެ ފަހަތުގައި އޮތް ސަފުންނެވެ. ޝަރީފް ހުރި ހިސާބުން އޭނަގެ ކަނާތްފަރާތު ކުރިމަތިން އޭނައަށް ޔޫނުސް ފެނެއެވެ. އެދުވަހު ޚުތުބާގެ މަޢުޟޫއުއަކީ މައިންބަފައިންނަށް އިޙުތިރާމް ކުރުމުގެ މުހިންމުކަމެވެ. ޚުތުބާގެ މެދުތެރެއިން ޝަރީފަށް އެއްލިކަޅިއަކުން ޔޫނުސް ފެނުނުއިރު އޭނަ އިނީ ރޮއިރޮއި ދެލޯ ދުޅަވެފައެވެ. އެއާއެކު ޔޫނުސް ކުރީގަ އުޅުނުގޮތް ޝަރީފްގެ ހަނދާނަށް އައެވެ. ޔޫނުސް ރޮނީ ހަމަ އެކަމާމެދު ހިތާމަ ކުރެވޭތީބާއޭ ޝަރީފްގެ ހިތް ސުވާލުކުރިއެވެ.

އެދުވަހުގެ ހަވީރުގެ ވަގުތު ޝަރީފް ގޭގެ އުނދޯލީގައި އޮތްވާ އެގެއަށް އެހިސާބުގަނޑުގައި އުޅޭ މުސްކުޅި ފިރިހެނަކު އައެވެ. އެއީ ގައިގެ ވަރު ދެރަ، ހަށިގަނޑު އަނަރޫފަވެފައިވާ އެކަނި ދިރިއުޅުމެއް އުޅޭ ފަޤީރު މީހެކެވެ. މި މީހާއަކީ އާދަކޮށް އެކި ގޭގެއަށް ސަލާންޖަހަން އަންނަ މީހެކެވެ. އޭނަ އައީ ޝަރީފް ގާތުން ވެސް އެއްޗެއް ހޯދާށެވެ. ޝަރީފް އެންމެ ފުރަތަމަ އުޅުނީ އެއްޗެއް ނުދޭށެވެ. އެއްފަހަރު ދީފިއްޔާ ދެން އަންނާނެކަން އެނގޭތީވެއެވެ. ނަމަވެސް އެމީހާ އާދޭސްކުރުމުން ޝަރީފް ޖީބުގައި އޮތް ވިހި ރުފިޔާ ނަގާފައިދިނެވެ. އެމީހާ އެގެއިން ނިކުމެގެން ގޮސް ޝަރީފްގެ ލޯމައްޗަށް ގެއްލުނުތަނާ ޝަރީފަށް ޔޫނުސްގެ އަޑު އިވުނެވެ.

“އަނހާ ބޭބެ ކޮންތާކުން؟” ޔޫނުސް ސުވާލުކުރި އަޑު އިވުނެވެ. ޝަރީފް ދެބުމަ ކައިރިކޮށްގެން ހުރެ އުނދޯލިން ތެދުވެ ގޭޓާއި ހަމައަށް ގޮސް މަޑުކޮށްލީ މަންޒަރު ބަލަން ބޭނުންވެގެންނެވެ. ޔޫނުސް ހުރީ އެ މުސްކުޅި ބޭބެއަށް ހިނިތުންވުމަކާއެކީ ބަލަހައްޓައިގެންނެވެ.

“ދަރިފުޅާ މިއަދު ބޭބެ ކާނެ އެއްޗެއްވެސް ނެތިގެން މިއުޅެނީ.” އެމީހާ ދެރަގޮތަކަށް އެހެން ބުނެލިތަނާ ޔޫނުސްގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ.

“ބޭބޭ…..އަހަރެން ބުނީމެއްނު ކާނެ އެއްޗެއް ނެތިއްޔާ އަހަރެންގެ ގެއަށް އަންނާށޭ؟ އަވަހަށް އާދޭ. ބޭބެއަށް ނޫޑޫލްސް މީރުތަ؟” ޔޫނުސް އެމީހާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ހިނިތުންވުމަކާއެކީ އެހިއެވެ. ޝަރީފަށް ޙައިރާންކަމާއެކީ ބަލަން ހުރެވުނެވެ. އެވަގުތު އޭނަގެ އަމިއްލަ ނަފްސު އޭނައަށް މަލާމާތްކުރަން ފެށިއެވެ. ނުބައީ ކާކުތޯ އޭނައަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ.

އެދުވަހަށްފަހު ވެސް ޝަރީފަށް ޔޫނުސްގެ ފަރާތުން ފެންނަ ރަނގަޅު ސިފަތައް މަދެއްނުވެއެވެ. ނަޞްރާ ދެއްކި ވާހަކައަށް ފަހު އޭނައަށް މިހާރު ޔޫނުސް ފެންނަނީ ތަފާތު ނަޒަރިއްޔާތަކުންނެވެ. ޔޫނުސް ކުރާ ކޮންމެ ކަމަކީ ދެއްކުންތެރިކަމަކަށް ނުވާނެއޭ އޭނަގެ ސިކުނޑި މަޑުޖެހުމެއްނެތި ބުނަމުން ދިޔައެވެ. އެހެންނޫނަސް ޔޫނުސް ރަނގަޅުވާނީ ކާކަށް ދެއްކުމަށްޓަކައި ހެއްޔެވެ؟ ޝަރީފަށް އޭނަގެ ފަރާތުން ފެނުނު ގިނަ ޢަމަލުތަކަކީ ޚުދު އޭނަވެސް ބަލަހައްޓައިގެން ހުރިކަން ޔޫނުސްއަށް ނޭނގޭ ފަދަ ޙާލަތްތަކުގައި ފެނުނު ކަންތަކެވެ. ހަފްތާއެއްހާ ދުވަސް ވަންދެން އެ މަންޒަރުތައް ފެނި އެތައް ވިސްނުމަކަށްފަހު ޔޫނުސް ހަމަ ބަދަލުވީތާއޭ ޝަރީފްގެ ހިތް ބުންޏެވެ.

އެއްދުވަހު ޢަޞްރު ނަމާދަށްފަހު ގެއަށް އައިސް ޔޫނުސްއަށް ކުރާނެ ކަމެއްނޭނގުނެވެ. ސިޓިންގް ރޫމުގެ ސޯފާއަށް ވެއްޓިގަނެ އޭނަ ޓީވީ ޖައްސަން ސޯފާގައި އޮތް ރިމޯޓު ނެގިއެވެ. ނަމަވެސް ޓީވީ އިން އޭނަ ވަކި ބަލާހިތްވާ އެއްޗެއް މިވަގުތު ނުދައްކާނެކަން ހަނދާންވުމުން ޔޫނުސް ރިމޯޓު މޭޒުމަތީގައި ބޭއްވިއެވެ. އޭނަ ފުން ނޭވައެއް ދޫކޮއްލަމުން ސޯފާއަށް ލެނގިލިއެވެ. ޒަޔާން ބުނިހެން މިގޭގައި ދެވަނަ މީހެއް ހުރިނަމައެވެ. އޭނަ މިގޮތަށް ފޫހިވާކަށް ނުޖެހުނީހެވެ. އެ ވާހަކަ ހިތަށް ވަނުމާއެކު އޭނަގެ ސިކުނޑި ނަޞްރާގެ ޚިޔާލުތަކުން ފުރިގެން ދިޔައެވެ. ނަމަވެސް މާ ގިނައިރެއްނުވެ މީގެ ދުވަސްތަކެއް ކުރިން ޝަރީފާއި އޭނައާމެދު ކަންތައް ހިނގި ގޮތް ހަނދާނަށް އައުމުން ޔޫނުސްގެ ދެލޯ ހުޅުވުނެވެ. އޭނަ ހިންދެމިލިއެވެ. އަދި ކޮޅަށް ތެދުވީ އޭނަ ކަމެއްނުކޮށް ހުރިއްޔާ އެކަމާމެދު ބޮޑަށް ވިސްނޭނެކަން އެނގޭތީވެއެވެ. ޔޫނުސް ގޭގެ ފޮތްހަރުގަނޑު ހުންނަ ކޮޓަރިއަށް ވަނެވެ. އަދި ރަނގަޅު ފޮތެއް ފެނޭތޯ ބެލިއެވެ. ޔޫނުސްގެ ލޮލުގައި އަޅައިގަތީ ފޮތްހަރުގަނޑުގެ އެންމެ މަތީގައި ހުރި ގޮޅީގައި އޮތް ފޮތެކެވެ. އޭގެ އަރިމަތީގައި އޮތީ “ސްޓޯރީސް ފްރޮމް ދަ ޤުރުއާން” އެވެ. ޔޫނުސް ޝައުޤުވެރިވެ ހުރެ އޭތި ނެގިއެވެ. އަދި އެއަށް ބަލަހައްޓައިގެން ހުރެފައި އޭތި ހުޅުވާލަމުން ފިހުރިސްތު ބަލާލިއެވެ. ޤުރުއާނުގައިވާ އެކިއެކި ވާހަކަތަކުގެ ނަންތައް ބަލަމުން ގޮސް އޭނަގެ ލޯ ހުއްޓުނީ ޔޫނުސް ޢަލައިހިއްސަލާމްގެ ނަންފުޅު ފެނުމުންނެވެ. އެއާއެކު ޔޫނުސްއަށް ލުއިގޮތަކަށް ހީލެވުނެވެ. އޭނަ އެ ވާހަކަ ކިޔަން ބޭނުންވިއެވެ. އޭނައަށް ކުޑައިރު އެ ވާހަކައިގެ ތަންތަންކޮޅު އިވިފައިވެއެވެ. ނަމަވެސް އެ ވާހަކައިގަ ވާގޮތެއް އޭނައަކަށް ނޭނގެއެވެ. ޔޫނުސް ފޮތް ހިފައިގެން އަނެއްކާވެސް ސިޓިންގް ރޫމަށް ދިޔައެވެ. އަދި ސޯފާގައި އިށީނދެ އެ ފޮތް ކިޔަން އުޅުނުތަނާ މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ.

“ހުޅުވާފަ ހުރީ.” ޔޫނުސް ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އެހެން ގޮވާލީ ޒަޔާން ކަމަށް ހީކޮށެވެ. ނަމަވެސް ހުޅުވިގެން ދިޔަ ދޮރުމަތީގައި ހުރި މީހަކު ފެނުމުން ޔޫނުސްއަށް ލަސްލަހުން އަތުގައި އޮތް ފޮތް މޭޒުމަތީގައި ބާއްވަމުން ކޮޅަށް ތެދުވެވުނެވެ.

“އައްސަލާމްޢަލައިކުމް.” އެހެން ބުނެލީ ޔޫނުސްގެ ގެއަށް ވަތް ޝަރީފެވެ. ޝަރީފް އެއްވެސް އަސަރެއްނެތް ގޮތަކަށް ޔޫނުސްއަށް ބަލަހައްޓައިގެން ހުރިއިރު ޔޫނުސް ހުރީ ޙައިރާންކަމެއްގެ ތެރޭގައެވެ.

“ވަ…ވަޢަލައިކުމުއްސަލާމް.” ޔޫނުސް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ބުނެލިއެވެ.

“އެތެރެއަށް ވަދެވިދާނެތަ؟” ޝަރީފް އަދިވެސް ދޮރުކައިރީގައި ހުރެ އަހާލިއެވެ.

“އާނ އަވަހަށްވަދޭ.” ޔޫނުސް އަވަސްއަވަހަށް ބުނެލިއެވެ. ޝަރީފް އެހެން އެހުމުގެ ކުރިން އެ ދަޢުވަތު ނުދެވުނު ކަމާމެދު ޔޫނުސްއަށް ހިތާހިތުން ހިތާމަ ކުރެވުނެވެ. ޝަރީފް ދޮރު ލައްޕާލަމުން އައިސް ކޮޅަށްހުރި ޔޫނުސްގެ ކައިރިއަށް ހުއްޓިލީތަނާ ޔޫނުސް ކައިރީގައި ހުރި ސޯފާއަށް ޢިޝާރާތް ކުރިއެވެ. ޝަރީފް ބޯހޫރުވާލިއެވެ.

“އިށީންނާކަށް ނޫން މިއައީ. ޔޫނުސްގާތު ދެތިން ވާހަކަ ބުނެލަންވެގެން. ވަރަށް އުނދަގޫ މި ވާހަކަތައް ދައްކަން އެކަމަކު…..” ޝަރީފް އެހާ ހިސާބަށް ބުނެލަމުން ފުން ނޭވައެއް ދޫކޮއްލަމުން އިސްޖަހާލިއެވެ. ޔޫނުސްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ޔޫނުސް ބޭބެއަށް މަޢާފުކޮއްދީ.” ޝަރީފް ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އެވާހަކަ އަޑުއަހައިގެން ހުރި ޔޫނުސްގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ. އޭނައަށް އަމިއްލަ ކަންފަތަށް އިތުބާރުކުރަން ދަތިވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ.

“ބޭބެ މިހުރިހާ ދުވަހު ޔޫނުސްއަށް ނަފްރަތުކުރީ ޔޫނުސް މާ ކުރީގަ ކޮށްފަހުރި ކަންތައްތަކެއްގެ ސަބަބުން. ބޭބެއާމެދު އޭރު ކަންކުރި ގޮތުން ބޭބެ ޔޫނުސްއާ އެއްކޮއް ގުޅުން ކަނޑާލަން ނިންމައިގެން ހުރީ. އެކަމަކު އެއީ ރަނގަޅު ގޮތެއްނޫން. އަދި އަމުދުން މިއަދު ޔޫނުސްއަކީ ކިހާ ޚުލްޤު ހެޔޮ މީހެއްކަން ބޭބެއަށް ޔަޤީންވެފަ ހުއްޓާ އެއީ މާ ގޯސްކަމެއްހެން ބޭބެއަށް ހީވަނީ. ޔޫނުސް ވަރަށް ދެރަވާ ގޮތްގޮތަށް ބޭބެއަށް ވާހަކަ ދެކެވިފަ އެބަހުރި. އެ ހުރިހާ ކަމަކަށްޓަކައި ބޭބެ މަޢާފަށްއެދެން.” ޝަރީފް ވާހަކަ ނިންމާލީ ދެރަ މޫނަކާއެކީ ޔޫނުސްއަށް ބަލާލަމުންނެވެ. ޝަރީފްގެ ވާހަކަ ނިމުނުތަނާ ޔޫނުސް ބޯހޫރުވާލިއެވެ.

“ބޭބެ މަޢާފަށް އެދޭކަށް ނުޖެހޭ. މީހަކު ރުޅި ނާންނަ ގޮތަކަށްނޫން އަޅުގަނޑު އުޅުނީކީއެއް. ކޮންމެ ގޮތެއްވިޔަސް…..ބޭބެ އަޅުގަނޑަށް މަޢާފު ދިނީތީ ވަރަށް އުފާވެއްޖެ. އަޅުގަނޑު ބޭނުންވަނީ އެ ދުވަސްތައް ހަނދާން ނައްތާލަން. ބޭބެ ބޭނުންވަނީ ކޮން ގޮތެއް؟” ޔޫނުސް ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. ޝަރީފްގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.

“ބޭބެވެސް ބޭނުންވަނީ އެގޮތް. އެކަންތައް ހަނދާން ނައްތާލާފަ ބޭބެ ބޭނުންވަނީ އާ ފެށުމެއްފަށަން. ޔޫނުސް ބޭބެގެ ދަރިފުޅު ނަޞްރާއާއި އިންނާނަންތަ؟” ޝަރީފް އަހާލިއެވެ. ޔޫނުސް އިރުކޮޅަކަށް ހުއްޓުން އެރިއެވެ. ޝަރީފް ކުރި ސުވާލު ނަގައިގަނެވުނު ހިނދު ވީ އުފަލެއްގެ ބޮޑުކަމުން ޔޫނުސްއަށް ހީލެވުނެވެ.

“ކިހިނެއްވީ؟ ސަމާސާ ވާހަކައެއްތަ މި ދެކެވުނީ؟” ޝަރީފް ހިސާބަކަށް ޙައިރާންވެހުރެ ލުއި ހިނިތުންވުމަކާއެކީ އަހާލިއެވެ.

“މިއީ އަޅުގަނޑަށް ތި އެދުން ލިބުނު ދެވަނަ ފަހަރު.” ޔޫނުސް އޭނަގެ ހިނިތުންވުން ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ދެވަނަ ފަހަރޭ؟ އަފްރާޒް، ދޯ؟” ޝަރީފް ވާހަކަ ފެށީ ޙައިރާންކަމާއެކީ ކަމަށްވިޔަސް ފަހުން މި ވީގޮތް ޝަރީފަށް ނަގައިގަނެވުނެވެ. ޔޫނުސް ޝަރީފްގެ އެވާހަކައަށް ހެވިފައިހުރެ ބޯޖަހާލިއެވެ. ޝަރީފް ވެސް ހިނިތުންވުމަކާއެކީ ޔޫނުސްގެ އެއްކޮނޑުގައި ހިފާލިއެވެ.

“މާދަމާ ރޭ އަހަރުމެން ގެއަށް އަންނާތި އިނގޭ ނަޞްރާއާއި ބައްދަލުކުރަން؟” ޝަރީފް ބުނެލިއެވެ.

“އިރާދަކުރެއްވިއްޔާ.” ޔޫނުސް ބޯޖަހާލަމުން ބުނެލިއެވެ. ޝަރީފް ދަނީއޭ ކިޔައި ދާން އުޅުނު ވަގުތު މޭޒުމަތީގައި އޮތް ފޮތް އޭނަގެ ލޮލުގައި އެޅިއެވެ.

“ޔޫނުސްވެސް މި ވާހަކަތައް ކިޔަންތަ؟ ނަޞްރާވެސް ނިކަން ވަރު ހުންނާނެ ޤުރުއާނުގެ ވާހަކަތައް ކިޔައިދޭން. ވަރަށް ރީއްޗަށް ކިޔައިދޭނެ.” ޝަރީފް އެހެން ބުނެލަމުން ޔޫނުސްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ޔޫނުސް ހީލުމަކާއެކީ އިސްޖަހާލިއެވެ. ޝަރީފް ދެންވެސް އެއްފަހަރު ދަނީއޭ ބުނެލަމުން އެގެއިން ނިކުމެގެން ދިޔައެވެ. ޝަރީފް ލޯމަތިން ގެއްލުމާއެކު ޔޫނުސްއަށް މައްޗަށް ބަލާލަމުން އަލްޙަމްދުލި ﷲ އޭ ކިޔާލިތާ މާ ގިނައިރެއްނުވެ އަނެއްކާވެސް ހެވިއްޖެއެވެ.

ހަވީރު ސްކޫލްގައި އޮތް އިތުރު ޙަރަކާތަށްފަހު ގެއަށް އައި ނަޞްރާއަށް ޝަރީފް ދެއްކި ވާހަކައަކުން މުޅި އެރޭ ހުރެވުނީ ހެވިފައެވެ. އާޒްއާއެކީގަވެސް އޭނަ ކުޅެހެދީ އިހުނަށްވުރެ މާ ފޯރިއާއެކީގައެވެ. އަފްރީން މި ވާގޮތެއް ނޭނގިގެން އުޅެނިކޮށް އޭނައަށް ކިޔައިދިނީ ސަދަފްއެވެ. އަފްރީން ހުރީ ޙައިރާންވެފައެވެ. ރައްޓެހިވެސް ނުވާ މީހަކާ ދޮންތަ އިންނަން އުޅޭތީވެއެވެ. ނުވެސް ދަންނަ މީހަކާއެކީ ދޮންތަ އުފަލުގަ އުޅޭނީ ކިހިނެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އަދި އެންމެ އަޖައިބުވީ ދޮންތަ ވެސް މި ކައިވެންޏާމެދު އުފާކުރަމުން ދިޔައީތީވެއެވެ. ދޮންބެއާއި ދޮންތައަކީ ހަމަ އެއްކަހަލަ ދެމީހުންތާއޭ އަފްރީންއަށް ހިތާހިތުން ކިޔާލެވުނެވެ. ނަމަވެސް އޭނަ ތަފާތެވެ. އޭނަ ދެކޭގޮތުގައި ކޮންމެ މީހަކަށް ވެސް ޚާއްޞަ އެހެން މީހެއް ދުނިޔެމަތީގައި ވާނެއެވެ. އޭނަ ޖެހޭނީ އެމީހަކު އަމިއްލައަށް ހޯދާށެވެ. އޭނަ ޖެހޭނީ އޭނަގެ އެ “ސޯލްމޭޓް” ހޯދާށެވެ. މިވެނި މީހަކީ އޭނަގެ ސޯލްމޭޓްކަން އެނގޭނީ އެމީހަކާ ރައްޓެހިވެ އެކިއެކި ބައްދަލުވުންތަކަށް ފަހުގައެވެ. އެއަށްފަހު ކައިވެނި ކުރުމުން އަފްރީން ދެކޭގޮތުގައި ފިލްމުތަކުން އޭނައަށް އެ ފެންނަފަދަ އުފާވެރި ނިމުމެއް އޭނަގެ ޙަޔާތުގެ ވާހަކައަށް އައިސްދާނެއެވެ. އެދުވަހަކަށް އަފްރީން ދަނީ އިންތިޒާރު ކުރަމުންނެވެ. މިފަދަ ވިސްނުމެއް ދޮންތަމެން ނުގެންގުޅޭތީ އަފްރީންއަށް ހިތާހިތުން އެމީހުންނަށް ޙަމްދަރުދީ ވެވުނެވެ. ދޮންތައަށް ވެސް މި ލިބެން އުޅެނީ ދޮންތަގެ “ސޯލްމޭޓް” ކަމުގައި ނުވެ ހިނގައިދާނޭ އަފްރީންގެ ހިތް ބުންޏެވެ.

އެރޭ އެނދުގައި އޮށޯތެއްކަމަކު ނަޞްރާއަކަށް ނުނިދެއެވެ. އުފަލުން ގޮސް އޭނަގެ ހިތް ފުރި ބަންޑުންވަމުން ދިޔައެވެ. އޭނަ ކިތަންމެ ބޭނުން ނުވިޔަސް ޔޫނުސްގެ އެ އުޖާލާވި ހިނިތުންވުން އޭނަގެ ލޮލަށް ސިފަވަމުން ދިޔައެވެ. ނަޞްރާ ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ ކަނާތް ފަރާތަށް އެނބުރިލަމުން ބާލީސް ކައިރީގައި އޮތް ފޯނު ނަގައި ޖައްސާލިއެވެ. ގަޑިން ދަންވަރު ބާރަ ޖަހައި ފަސް މިނެޓް ހިނގީއެވެ. އަދި މާދަމާ ރޭވާން ކިހާ އިރެއް އެބައޮތްކަން އެނގުމުން ނަޞްރާގެ ހިތަށް އުނދަގޫވިއެވެ. އޭނަ ކެތްމަދުވެފައި ހުރި ވަރު އިޙްޞާޞްވެފައި ނަޞްރާއަށް އޭނަގެ ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ޔޫނުސްއާ ބައްދަލުވުމުން އޭނައަށް ވާނެ ގޮތެއްވެސް ނަޞްރާއަކަށް ނޭނގެއެވެ. ދައްކާނީ ކޮން ވާހަކައެއްބާއޭ ހިތަށްއެރިއެވެ. ހަމަ އެއާއެކު އޭނަ މާދަމާ ރޭ ދައްކަންޖެހޭ މުހިއްމު ވާހަކައެއް އެބައޮތްކަން ނަޞްރާގެ ހަނދާނަށް އައެވެ. ނަޞްރާގެ ހިނިތުންވުން ފަނޑުވަމުން ގޮސް ގެއްލުނެވެ. އޭނަ ޔޫނުސްއަށް އޭނަގެ މާޒީ ކިޔައިދޭން ޖެހެއެވެ. ފަޅި ސިކުންތަކަށް ކިޔައިނުދޭނީއޭ ނަޞްރާގެ ހިތް ބުންޏެވެ. ނަމަވެސް ކިޔައިނުދީ ކައިވެނި ކޮށްފިއްޔާ ކައިވެންޏަށްފަހު މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ސިކުނޑި ބުނުމުން ނަޞްރާއަށް ފުން ނޭވައެއް ދޫކޮއްލެވުނެވެ. އެއަށްފަހު ޔޫނުސްއާ ވާހަކަ ދައްކާނީ ކިހިނެއްކަން އޭނަ ރާވަންފެށިއެވެ. އެންމެ ފުރަތަމަ އެކަން ޚިޔާލުކުރަން ވެސް ނަޞްރާއަށް ދަތިވިއެވެ. އެ ވާހަކަ ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނަޞްރާއަކަށް ނޭނގުނެވެ. ނަމަވެސް އެތައް ވިސްނުމަކަށްފަހު ރީތި ގޮތަކަށް އެވާހަކަތައް ކިޔައިދެވޭނެ ގޮތެއް ނަޞްރާ ނިންމައިފިއެވެ. އަދި ސިކުނޑީގައި އެތައް ފަހަރަކު ޔޫނުސްއަށް އެވާހަކަތައް ކިޔައިދީފިއެވެ. ނަޞްރާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެއަށްފަހުއެވެ. އެހެނަސް އޭނަ ނިދަން އުޅެއުޅެ އެރޭ ނިދޭ ގޮތެއްނުވިއެވެ. އެންމެ ފަހުން އޭނަ ފޯނު ނަގައި އޭގައި ހުންނަ ޤުރުއާން އެޕްއެއް ހުޅުވާލިއެވެ. އަދި ސޫރަތްތަކުގެ ލިސްޓް ހުޅުވުމުން ސްކްރޯލް ކުރަމުން ގޮސް ޠާހާ ސޫރަތް ޕްލޭކޮށްލިއެވެ. ސޫރަތުގެ ވަކި ހިސާބަކުން މޫސާ ޢަލައިހިއްސަލާމްގެ ވާހަކައިގެ ބައެއް އައުމުން ނަޞްރާއަށް ހިނިތުންވެލެވުނެވެ. ނަޞްރާ ދިރިއުޅުމުގައި ކިޔުނު އެއްވެސް ވާހަކައެއް ޤުރުއާނުގައިވާ ވާހަކަތަކާ އަޅައެއް ނުކިޔެއެވެ. އެހެނީ ޤުރުއާނުގައިވާ ވާހަކަތަކުގެ މަންޒަރުތައް ސިފަކުރައްވާފައިވާ ގޮތާއި މަންޒަރުތައް އެތުރިފައިވާ ގޮތް އެހާވެސް ފުރިހަމައެވެ. މިއަދުގެ ފިލްމުތަކުގައި ހުންނަ “އެފެކްޓްސް” ވެސް އެ ވާހަކަތަކުގައި ހުރެއެވެ. ނަމަވެސް ގިނަ މީހުންނަށް މިކަން ނޭނގެއެވެ. ޚުދު ނަޞްރާއަށް ވެސް މިކަން އެނގުނީ ސަދަފްއާ ދިމާވިފަހުންނެވެ. ޔޫނުސްއަށް ވެސް އަދި ނޭނގޭނެތާއޭ ހިތަށްއެރިއެވެ. ކައިވެންޏަށްފަހު ޔޫނުސްއަށް ކިޔައިދޭނީއޭ ނަޞްރާގެ ހިތަށްއެރި ވަގުތު ނަޞްރާގެ ދެލޯ މެރި ހިނިތުންވުން ފުންވިއެވެ.

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އެދުވަސް

Next

ނާމާނޭ…8

Next
July 29, 2015

ނާމާނޭ…8

Previews
July 29, 2015

އެދުވަސް

83 Comments!

  1. jana says:
    July 29, 2015 at 7:03 am

    Assalam’alaikum 🙂 fb ga noolhey kiyuntherinna miadhuge post hissa kollaanan.

    “After today’s episode, you might expect there to be long dialogues where Nasra is speaking to Yunus about the Quran. But that would be just too much. The purpose of this story is not necessarily to teach you a lot about the Quran. Its purpose is to…..make you fall in love with the Quran.

    It’s only now that the story is actually beginning. It will officially start with the next episode which will be uploaded on Friday In Sha Allah. From today I’m planning to increase the number of posts on this page In Sha Allah.

    Through the story and this page, you will get the answers to questions like what it means to have a relationship with the Quran, how to develop a relationship with the Quran, and WHY we should develop such a relationship in the first place! In Sha Allah

    My request to you is to share the posts on the page and this story WHEN you start benefiting from it In Sha Allah.

    May Allah guide us to the straight path and may He increase us in our guidance. Ameen!

    1. liu says:
      July 29, 2015 at 2:39 pm

      ameen..varah furihama…dhen vaanegoy hithah nugenevey…varah bodah sukuriyaa mihaarythi iburaytheri vaahakaeh liaathi n thihaa furihama naseyhai kolheh hisaa kohleethi…..thanksssssssssssssssssssssssssssssssssss

    2. jana says:
      July 29, 2015 at 8:28 pm

      dhen vaane goiy hama nengey. alhe guess kobbala liu 😉 Alhamdhulillah (All praise and thanks belongs to Allah). Jazakallah Khairan 😀

  2. smile says:
    July 29, 2015 at 9:26 am

    This is awesome story

    1. jana says:
      July 29, 2015 at 8:29 pm

      Alhamdhulillah! 🙂

  3. Nice says:
    July 29, 2015 at 9:53 am

    The best story i ever read with so much lessons.awesome!!good luck dear

    1. jana says:
      July 29, 2015 at 8:31 pm

      best story ever read? The stories in the Quran are even more awesome! 😀 In Sha Allah i will talk more about them through the story and the page 🙂

  4. emiliya says:
    July 29, 2015 at 10:31 am

    This is a really inspiring story I love it

    1. jana says:
      July 29, 2015 at 8:32 pm

      Alhamdhulillah! 😀

  5. Anonymous says:
    July 29, 2015 at 10:45 am

    Maashaa Allah Jazaakillah Baarkillahu feeki

    1. jana says:
      July 29, 2015 at 8:33 pm

      jana akah neynge mihurihaa ehchakah reply kuranvy gothevves…. jana ahttakai dhennevi hurihaa kameh thibaa ah ves dhevvashi. Ameen.

  6. RV says:
    July 29, 2015 at 12:12 pm

    Wow.. V salhi.. I luv dix story…

    1. jana says:
      July 29, 2015 at 8:34 pm

      Alhamdhulillah! 😀

  7. Anonymous says:
    July 29, 2015 at 12:23 pm

    very interesting story. I love it.

    1. jana says:
      July 29, 2015 at 8:35 pm

      Alhamdhulillah! 😀

  8. ifaasha says:
    July 29, 2015 at 1:27 pm

    Vvv nice and awesome story… thankx jana:)

    1. jana says:
      July 29, 2015 at 8:35 pm

      Alhamdhulillah!! 😀

  9. Maria says:
    July 29, 2015 at 2:00 pm

    This part too interesting. Maasha Allah. Jazakillah khairan jana

    1. jana says:
      July 29, 2015 at 8:36 pm

      Alhamdhulillah! Jazakallah Khairan!! 😀

  10. Nuzha says:
    July 29, 2015 at 3:14 pm

    nimuneetha vaahaka,….. Salhi igea jana

    1. jana says:
      July 29, 2015 at 8:37 pm

      hehe……jana nunimey nujahaa hunnaathy dho? ekamaku furathama comment kiyaalinama nunimeykan engunees. ehen noonas adhi vaahakaige namaa vaahaka nugulhenees kihineh nimeyny? 😉 Alhamdhulillah! 😀

  11. ShabeeSh says:
    July 29, 2015 at 8:53 pm

    Wow wow wooooowww…. mibaivex vrh vrh vrh reethi….masha allah… jana m trying todo my bst in my prayers with the help of this story.. . Thank u sooooooooooo much… 🙂 do u knw?? This story is lyk my favorite story i hav evr read…but its not finished yet ….i hope I’ll get a plenty of information wen this story is finished….. insha allah

    1. Shabe says:
      July 29, 2015 at 8:56 pm

      Sorry everyone ehkoh nuliyevenees e post kohlevunee… 😛 i was goin to tell,, insha allah we will all get a lot of benefits through this story…. 😀 jana may god bless u n everyone…. good luck for the nxt prt…i hope u’ll up soon jana… but aslu hiyu huttey varu vi 6th prt ga adhi miahvurevex las kuraanamey buneema…jana.dhen ehen hadhaakah nuvaanehnun…haadhdheravieyy… but still love u jana sissy… umwah eh story ah… 😉

    2. jana says:
      July 30, 2015 at 8:28 am

      Ma Sha Allah. Shabee namaadhu kuran kuraa masakkathugai Allah barakaai lavvaashi. adhi Shabee ah engeytha? Quranun bunaa ehcheh engigen namaadhu kureema adhi maa kuraa hiyvaane. In Sha Allah Jana vaahakaige therein Quran ge baeh thanthankolhu bunedheveytho balaanan mi story inaai page in. mee favourite story ah viyas best stories thah hunnaany hama Quranuga ingey? jana adhi e vaahaka thakah ali alhuvaanan mi vaahaka through koh In Sha Allah 😉
      Shabee, jana las kuraanamey bunyas las kuraany e vaahaka up nukuraa dhuvas thakuga kiyuntherinna “masakkatheh” havaalu koffa. 😉 ey kon kameh kan fahun engeyne In Sha Allah

  12. Shabee says:
    July 29, 2015 at 8:58 pm

    Alhe sorry shabee post kuri 1st comment ga name akah liyevifa inee ShabeeSh… dhevana comment ga liyefa inee Shabe…sorry 4 tht but aslu eyee Shabee fonuvaafa in dhe comment ingey…. attention ingey…heheeh

    1. jana says:
      July 30, 2015 at 8:38 am

      hehe…Shabee ah hama saabas. Shabeesh aky adhi firihen nameh dho? XD love you sis 🙂

  13. NAAZ says:
    July 29, 2015 at 9:03 pm

    Maasha Allah mihaa eethi ahakaeh dhinukiyan..jazaaKillah khairaa

    1. jana says:
      July 30, 2015 at 8:39 am

      Alhamdhulillah! Jazakallah Khairan! 😀

  14. lilly says:
    July 29, 2015 at 10:26 pm

    lillyah hyvanee mi storyga nasraamen merry kohfa dhen genesdheynii edhemyyhunge maaxy kaneynge.dhen story nimey iru ifryn ah heyo visnun libi ,story nimeyny happy end akunhen…then ingey mi vaahakaage therein varah gina dheenee kanthah thakeh igigendhaanekan,so i just want to read full story in 1 day….may allah bless u jana,n good luck…mi hama lilly hithan erigoy ingey…

    1. Shabee says:
      July 29, 2015 at 10:28 pm

      Lilly thee shabee ah vex hithah eri goeh ekam miulhey jana gandu laaneh kamun avahakah up koshehnuhdheyne…mihaaruvex shabee hiyy huttey varu ehcheh bunefiyey…. vaahaka up kurun adhi mihaarahvurevex las kuraanamoa 🙁

    2. jana says:
      July 30, 2015 at 8:43 am

      heheheheh…lilly no offense ingey? ekamaku jana ah heevany thi gothah vaahaka othiyya nikan kuruvefa foohi vaane hen 😛 lilly ekko kiyaalan beynumiyya jana ge massala eh neh. ekamaku jana recommend kuraany hama madu madun vaahaka kiyamun vaahakaige message thah page inna jana ge comment thakun follow kuramun dhiyun. eh dhuvas thereyga hurihaa message eh effaharaa libijeyya eyin libey faidha dhemigen nudhiyumaky varah ekasheegenvaa kameh. ehenveema 🙂 May Allah bless us all! Ameen!
      Shabee haas nuvebala. jana shabee foohi viyaka nudheynan In Sha Allah 🙂

  15. Maria says:
    July 29, 2015 at 11:40 pm

    Vahakaya evara comments bai ves kiyan v interesting. Love it shabee. Keke

    1. Shabee says:
      July 30, 2015 at 6:51 am

      Hehe mariya but jana comment ah reply nukuraathi v dheravejje 🙁

    2. jana says:
      July 30, 2015 at 9:23 am

      hehe…ey jana ves varah kuraakameh liyunthakuge comment kiyumaky 😛 Shabee ge comment thah dho mi room ga emme popular ee? hehe…sowy Shabee lahun reply kureethee.

  16. Maria says:
    July 30, 2015 at 9:02 am

    Jana vare nei hama. Huriha comment aka reply kurey. So wait shaby.

    1. jana says:
      July 30, 2015 at 9:25 am

      hehehe….haadha trust ekey maria. 😛 Jana reply koh koh hutta kameh dhimaa vegen dhaan jehuny ingey. jana kuriah oiy thanuga ves comment thakah reply kureveytho balaanan In Sha Allah 🙂

  17. jenna says:
    July 30, 2015 at 12:58 pm

    jana ge mi story aky jenna ah vr rythi story eh dhyny vaahaka thah vr kiyaa hiyway jenna ves , good luck jana

    1. jana says:
      July 30, 2015 at 8:15 pm

      dheeny vaahaka thah jana ves varah kiyaa hiyvey, jenna 😀 Alhamdhulillah! 🙂

  18. een says:
    July 30, 2015 at 2:13 pm

    Love to read this awesome story. …
    Masha Allah… Jana thee v reechah vaahaka liyaa kujjeh. ..

    1. jana says:
      July 30, 2015 at 8:16 pm

      Alhamdhulillah! 😀

  19. elsa says:
    July 30, 2015 at 5:33 pm

    mi vaahaka , dhigu koh genes dhethy , vr happy vay . dhen in prt ves avahah genes dhehchey

    1. jana says:
      July 30, 2015 at 8:17 pm

      mee filmakun nikumegen ai kujjehtha anekka? 😛 dhen oiy bai hukuru dhuvahu In Sha Allah 🙂

    2. elsa says:
      July 30, 2015 at 9:36 pm

      hahaha , janaa ves dw , kyve thihen thibuny

  20. Shabee says:
    July 30, 2015 at 8:31 pm

    Hukuru dhuvahey?? Alhey jana heyo nuvaane thihen hadhaakah… shabee mioh heart attack eh jehenee if u wnt to save me then up it soon tonight..

  21. elsa says:
    July 30, 2015 at 9:39 pm

    shabee , avahah dhey hospital ah , hehehe , janaa eyy doc eh nama thaa , ehn nooni aadhey elsa kairi ah , m a nurse , tmrw hukureh nun , so tmrw dw

    1. Shabee says:
      July 30, 2015 at 9:46 pm

      Elsa huvaatha… hithah thadhuvanee….nubunevaanehey….insaanekeymee….foruveynehey…. hama ehen vanee doctor elsa… 🙁 jana.vex alhe nuvaanehnun ehen hadhaakah shabee ah…

    2. elsa says:
      July 30, 2015 at 10:07 pm

      mm , thikan hahluvaane tmrw , eyy maadhan aneh bai up koh dheyne eh nun janaa , dw janaa

  22. elsa says:
    July 30, 2015 at 9:43 pm

    eng , words beynun kohfa huryma dw , maaf kurahvaa janaa , dhen vaahaka dhahkaany rythi dhivehi bahun , , mahsala eh nehtha

  23. elsa says:
    July 30, 2015 at 10:01 pm

    doc eh noon , dhen vaane dw vr kairi musthag bal ga doc , o nurse akah

    1. Shabee says:
      July 30, 2015 at 10:04 pm

      Oh good luck…insha allah u’ll reach ur goal elsa…. but cant u tteat a heart patient…i think i hav a hole in my heart…hahaha

    2. Shabee says:
      July 30, 2015 at 10:06 pm

      Elsa thee girl ehtha?? Shabee v anga gadha vaane ingey…ekan emme rangalhah ingynee jana ah… 😉

  24. elsa says:
    July 30, 2015 at 10:09 pm

    oo , m a girl , igey tha froxen ga ulhey elsa , m her

    1. Shabee says:
      July 30, 2015 at 10:19 pm

      Ehn v ma shabee ah cartoon character akaa vex vaahaka dhahkaa levijje dhw…whohoaaaaa i became famous…. yoa

  25. elsa says:
    July 30, 2015 at 10:10 pm

    oo , hole eh dw , doctor nimaan kairi ah dhey , eana vr molhuvaane , mee kuda kudhinge haahsa doc ekey

  26. elsa says:
    July 30, 2015 at 10:12 pm

    jaxaaakallah hairaan shabee

  27. elsa says:
    July 30, 2015 at 10:14 pm

    igea shabee aga gadha kan , guess kohba mee kaak kan ,

  28. Shabee says:
    July 30, 2015 at 10:18 pm

    Elsa haadha heeveyey thee shiaa hen…i think so thihen buneema…alhe kobaatha jana…hama shabee hithah thadhukohffa filee ehnun..

  29. elsa says:
    July 30, 2015 at 10:19 pm

    , hadhaan vehjje ?

    1. Shabee says:
      July 30, 2015 at 10:20 pm

      Aslutha??

    2. Shabee says:
      July 30, 2015 at 10:33 pm

      Ok.sorry for tht hathru rongu kolhu…hurihaa readers ah v bodu vaahaka eh bunan ebaoeh

  30. elsa says:
    July 30, 2015 at 10:20 pm

    hahaha , shiaa eh nooney kithah fahru bunanvy , kobaa cherry gandu

  31. elsa says:
    July 30, 2015 at 10:22 pm

    ingihje dw , dhen anehkaa nubunaathi mee ge name , janaa ah mahsalaeh neh tha mithaa shabee aa chat kohliyas , dhen janaa ah jaan kiyas ,

    1. Shabee says:
      July 30, 2015 at 10:24 pm

      Thedhe jana.. 🙂

  32. Shabee says:
    July 30, 2015 at 10:23 pm

    Chery nidhaifi kuda massalaeh jehihen egolaa eulhene… kommes kujjakaa vai kataigen…heheh… neyngyne frndly kh ukheukah… shiaa nooney dhen kaaku i dnt knw who u r elsa??

  33. elsa says:
    July 30, 2015 at 10:24 pm

    hehehe

  34. Shabee says:
    July 30, 2015 at 10:26 pm

    Thee hama ____ tha???

  35. elsa says:
    July 30, 2015 at 10:27 pm

    ok dhen cherry ge shiaa , shabee kiyaa elsa igey , dhen thikahala bahun vaahaka dhehkyma jaan rulhi dhuruvaane , ehn vyma dhen me thi beynun kuri bas beynun nukuraane kamah hykuran

  36. elsa says:
    July 30, 2015 at 10:28 pm

    yeah shabee

  37. elsa says:
    July 30, 2015 at 10:29 pm

    jaan dhenbuneba , mahsala eh nehtha

  38. elsa says:
    July 30, 2015 at 10:32 pm

    hahaha , me hama elsa , vr vahthr vaane , gold hair eh ekani nynnaany , dhen burugaa alhaafa hijaab dress laafa huryma , ehaa vahthareh nuvaane , ekam , moonun vr vahtharvaane , serious koh mibuny ,

  39. elsa says:
    July 30, 2015 at 10:35 pm

    shabee elsa ehn bunyma dhiya eyy tha , eyy , shabee ah ves ragalhakah ehn buny , egothah vaahaka dhehkyma , udhagoovay elsa ah ,

  40. elsa says:
    July 30, 2015 at 10:37 pm

    kon vaahaka eh tha shabee

  41. elsa says:
    July 30, 2015 at 10:44 pm

    bolo shabee

  42. Shabee says:
    July 30, 2015 at 10:44 pm

    Nooonn nudhan… network moya v…ebaieh hurihaa readers ah v bodu vaahaka eh….
    **************************************
    Mi site ga kurin “sheryn” ge namuga comment kuri kujjaa ehen kudhinnaa ehkoh chat kohgen meehun halheyleveema birun dhuvahakuvex mi site ga vaahaka nudhahkaanamey buni dhw…. eyge fahun shabee ayee… shabee ge kokko akee sheryn…but kurin mi site ga chat kuree ehen sheryn eh… not my sis sheryn…dhen.i ge kokko sheryn e comment thah kiyaafa v kureega ulhunu sheryn ah… so i’m letting u all know tht there was 2 sheryn…kureege sheryn ah 12….shabee kokko sheryn ah 16… ehenve angaalee… 🙂

  43. elsa says:
    July 30, 2015 at 10:45 pm

    baai baai shabee

  44. Shabee says:
    July 30, 2015 at 10:47 pm

    Kurin elsa menna zaa menna talk kuree shabee kokko sheryn eh noon… eyee ehn sheryn eh…eyna bunehnun dhen dhuvahakuvex chat eh nukuraanamey… apologies kuriehnun…

  45. elsa says:
    July 30, 2015 at 10:48 pm

    so , me ge frnd sherry eh noon dw eyy ,, sherry hama dhiya eyy dw , so blackrose ga ulhunu shery eh noondw shbee ge kohko sheryn aky ,

  46. Shabee says:
    July 30, 2015 at 10:49 pm

    Yap ur right elsa… So jana n hurihaa readers ah angaalee mi…hope u all understand nw… jana plx plx thihen nuhadhaa las nukuraathi… shabee moya vedhaane… this story is changing my whole life… dhen laskuranyaa Kihineh vaanee???

  47. elsa says:
    July 30, 2015 at 10:50 pm

    yes , got it , dhen why shabee ge kohko sheryn eana ah vegen ulhuny , buneli nama eh nun ,

  48. elsa says:
    July 30, 2015 at 10:54 pm

    oops , yoon n nas , wow ,

  49. elsa says:
    July 30, 2015 at 10:58 pm

    dhany igea shabee , baai

  50. Shabee says:
    July 30, 2015 at 11:01 pm

    Shabee bunin bunaashey..but eyna jealous v aslu kuree sheryn aa u guys ma majaa kh vaahaka dhahkaafa hureema…i tild its nit good. .but eyna goeh dhoo nukuree…ehneve but i told bunaanamey

  51. Shabee says:
    July 30, 2015 at 11:02 pm

    Ok jana heyo ingey dhen thihen hedhiyas….shabee hithuga loavalhehvex ebain…. hama jana buni ehchakun…. eyee dhogeh ingey anekka baeh kudhin heekihffaane aslu kamah 😉

Comments are closed.


All Right Reserved!