“މައްސަލައެއް ނެތޭ. މަންމަ ގާތަށް ސިހުރު ހަދައިދޭން އެދި އައި ކުއްޖެއް. އެއީ ޖެސިކާ ކިޔާ ކުއްޖެއް. ހަނދާން އެބަހުރިތަ؟” ތޯމަސް އެނދުގެ ދާރައިގައި ލެނގިލަމުން އެއްސެވެ. ********
“އާނ އޭނަވެސް އައި ކޮންމެވެސް ކުއްޖަކަށް ސިހުރު ހަދައިދޭށޭ ކިޔާފަ. އެކަމަކު ދަރިފުޅަށް އެހުރިހާ ކަމެއް އެނގުނީ ކިހިނެއް؟” ސާރާ ބުންޏެވެ.
ތޯމަސް، އާކިފް ކިޔައިދިން ހުރިހާ ވާހަކަތަކެއް އޭނާގެ މަންމައަށް ކިޔައިދިނެވެ.
“އާނ. މަންމައަށް ސިހުރުގެ އެއްބައި ހެދިފަ އޮތީ ނުބައިކޮށް. ފްލޯރާ މަރުވުމަށްފަހު އެޖިންނި މިނިވަންވި. މަންމައަކަށް ނޭނގެ އެޖިންނި ފްލޯރާ ދެކެ ލޯބިވާ ކަމެއް. އެހެންވެ އެކަމުގެ ބަދަލެއްގެ ގޮތުންދޯ ޖެސިކާވެސް އެމަރާލީ؟ ހުރި ހިތާމައެއްގެ ބޮޑުކަމާ.” ސާރާ ބުންޏެވެ.
“މަންމަ ދެން މިހާރު ކޮންމެހެން ހިތާމަ ކުރާނެ ކަމެއް ނެތް. މިހިސާބުން ހުރިހާ ކަމެއް އަމާންވީ ދޯ.” ތޯމަސްގެ މޫނުމަތިން ހިނދުކޮޅަކަށް ކަންބޮޑުވުމުގެ އަސަރު ފިލައިގެން ދިޔައެވެ.
“ނޫނޭ، މަންމަ އެޖިންނިއާ ވާހަކަދައްކާފަ މާދަމާ ދަރިފުޅު ގާތު ބުނާނަން ހުރިހާ ކަމެއް އަމާނިއްޔާ.” ސާރާ ބުނެލިއެވެ.
“އޯކޭ. މަންމަ ދެން އެކަހަލަ ކަމެއް ނުކުރައްޗޭ.” ތޯމަސް މިހެން ބުނެފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ.
އަނެއް ދުވަހެވެ. އިންޓަވަލް ގަޑި ޖެހުމުން ހުރިހާ ކުދިން ކަހަލަ ގޮތަކަށް ތިރިއަށް ދާން ދިޔައެވެ.
“އޭ ލާރާ، ހިނގާބަ ކެފެޓޭރިއާއަށް ދާން.” ބާރަ-ބީ ކުލާހުން ނިކުތް އަންހެންކުއްޖަކު އޭނާގެ ފަހަތުން ނިކުތް ލާރާ ގާތު އެދުނެވެ.
“ތިމީހުން ދޭބަލަ. މަދާނީ ފާހަނައަށް.” ލާރާ އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.
“މޭކަޕް ކުރަން ދޯ. ވަރެއްގެ އަންހެނެއް. ނޫހު ސަރ އެވަރަށް ނަސޭހަތްދިނީމަވެސް މިއަންހެނާއަށް އެއްޗެއް ވިސްނޭކަމަށް ނުވި.” އެކުއްޖާ އެހެން ބުނެފައި އޭނަގެ އެހެން އެކުވެރިންތަކަކާއެކު ހިނގައިގަތެވެ.
އަހަރެން މޭކަޕުކުރިއްޔާ ކަލޭމެންނަށް ކީއްހެއްޔެވެ؟ އަހަރެން ކަމެއް ކުރިއްޔާ ކަލޭމެން ގައިން ބައެއް އުންޏެއް ނުވާނެއެވެ. ނުބެހޭ ކަންކަމާ ނުބެހޭށެވެ. ލާރާގެ ހިތަށް އަރާ، ފައިބަމުން ދިޔައެވެ.
ޖެހިގެން ހުރި ކްލާސް، ކްލާސް ބާރަ-އޭ އިން ނިކުތް އެޑެމް ފެނި، ލާރާގެ މޫނަށް އުފާވެރިކަން ވެރިވިއެވެ. ނަމަވެސް ހަމަ އެވަގުތު، އެކުލާހުން ނިކުންނެވި ނޫހު ސަރ ފެނުމުން ލާރާގެ ހިނިތުންވުން ފަނޑުވިއެވެ. އޭނާ މިސްރާބުޖެހީ ފާހަނައާ ދިމާއަށެވެ.
ފާހަނައިގެ ލޯގަނޑު ކުރިމަތީގައި ހުރެ އަޙްމަރުއްޝަފާހެއް ތުންފަތުގައި ޖައްސާލިއެވެ. ދެލޯ އަނދުނުން ފަވާލިއިރު ބިރުވެރި ވައްތަރެއް ޖަހައެވެ. މޫނުގައި ފައުންޑޭޝަން އުނގުޅާލުމުން މޫނުގެ ކުލަ އިހުނަށްވުރެ ހުދުވިއެވެ. ކަޅުކުލައިގެ ބުޅި އިސްތަށިގަނޑު ރޫޅާލުމަށްފަހު ޖެލްކޮޅެއް ހާކާލިއެވެ. އެއާއެކު އޭނާގެ މޫނަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. މިހުރިހާ މޭކަޕެއް މިކުރަނީ ހަމަ އެޑެމަށް ދެއްކުމަށްޓަކައެވެ. އެޑެމްގެ ނަން ހިތަށް އެރުމުން މުށިކަޅު ކުލައިގެ އެދެލޮލަށް ވެރިވީ މާނަފުން ބެލުމެކެވެ. ލޯގަނޑަށް ބަލަހައްޓައިގެން ހުއްޓާ ފާހަނަތެރެއަށް ވަދެގެން އައި އެޑެމް ފެނި ލާރާ ސިހުނެވެ.
“އެޑެމް، މި.. މިތާ؟ ކީއްތި ކުރަނީ؟؟” ލާރާއަށް ލިބުނު ހައިރާންކަން ވަކި ކުޑައެއް ނޫނެވެ. އަންހެންކުދިންގެ ފާހަނައަށް އެޑެމް ވަންނަންވީ ކީއްވެހެއްޔެވެ؟ ނަސީބަކުން އެތާ އިތުރު ކުއްޖަކު ނެތެވެ.
“އެޑެމް، ވާހަކަދައްކަބަލަ. މަތަ ތިހޯދަނީ؟ މިތާ އެޑެމް ހުއްޓާ މީހަކަށް ފެނިއްޖެއްޔާ ގޯސްވާނެ. ހީކުރާނީ ނުބައި ނިޔަތެއްގަ ވަނީކަމަށް. ހިނގާ ބޭރަށް ނުކުންނަން.” ލާރާ ވާހަކަދެއްކީ އޯގާތެރިކަމާއެކީގައެވެ.
އެޑެމް ފާހަނަތެރެއަށް ނަޒަރު ހިންގާލިއެވެ. އަދި ކުއްލިއަކަށް ލާރާއަށް ޢައިން ޝަޒްރާއެއް ދިނެވެ. އެބެލުމުން ލާރާ ކުޑަކޮށް ބިރުގަތެވެ.
“ލާރާ، ކަލެއަށް ހީވަނީތަ ޖެސިކާ މަރާލާފަ ކަލެއަށް އުފަލުގަ އުޅެވިދާނެހެން؟؟ ހުހް. ތީ ކުށްހީއެއް. މަގޭ ލޯބިވާ ކަށްވަޅަށް ފޮނުވާފަ ތިހެނެއް ނޫޅެވޭނެ.” އެޑެމް ބަރު އަޑަކުން ވާހަކަދެއްކިއެވެ. އޭނަ ލާރާގެ ޖަންބުކުލަ އަރާ ކޯތާފަތްމަތީގައި ވަރުހުރި އެތިފަހަރެއް އަޅާލިއެވެ. އެހިނދު ލާރާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.
“އެޑެމް! ކީކޭ ކިޔަން ތިއުޅެނީ؟ މަގޭ ބޮލުގަ މީހެއްގެ މަރުގެ އިލްޒާމް އަޅުވަން ލަދެއް ނުގަނޭތަ؟ މަމީ ތިހީކުރާ ކަހަލަ ގޯސް ކުއްޖެއް ނޫނޭ.” ލާރާ އޭނަގެ ދިފާޢުގައި ވާހަކަދެއްކިއެވެ. މިއީ ފަހަރެއްގައިވެސް އެޑެމް އޭނައާމެދު ކަން ކުރާނެކަމަށް އޭނާ ހީކުރި ގޮތެއް ނޫނެވެ.
“ކަލޭ ތީ ޤާތިލެއް! ތިމޫނުމަތީގެ ފަހަތުގަ ސިއްރެއް ވާނެކަމަށް މަގޭ ހިތް އޭރުވެސް ބުންޏޭ. ކޮންފަދަ ނުލަފާ އަންހެނެއްތަ؟” އެޑެމްގެ އެތިފަހަރު މިފަހަރު އެރީ ލާރާގެ ބޮލަށެވެ. އޭނާ އަނބުރައިގަންނަން އުޅޭހެން ހީވުމުން ބޮލުގައި ހިފަހައްޓާލެވުނެވެ.
“މީހެއްގެ ދިރިއުޅުން ހަލާކުކުރަން ލަދެއް ނުގަނޭތަ؟ ކޮންމެ ރެއަކު ނާސިގެތަކުން، ނައިޓު ކުލަބުތަކުން، ގެސްޓު ހައުސްތަކުން ފެންނަން ލަދު ގަންނަންޖެހޭނީ ކަލޭ!” އެޑެމަށް ކިޔޭ ނުކިޔޭ އެއްޗެއް، ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގޭ ކަހަލައެވެ. ލާރާގެ ހަށިގަނޑުގެ އެތައް މިތަނުގައި ތަޅަމުން ދިޔައިރު އެކުއްޖާފުޅުގެ ގައިން ލޭއޮހޮރެމުން ދެއެވެ.
“އެޑެމް… އަހަރެންގެ ބޮލުގަ ކޮން ތުހުމަތެއް؟” ލާރާ ވޭނީ އަޑަކުން ބުންޏެވެ. އޭރު އޭނާ އޮތީ ތަޅުންގަނޑު މައްޗަށް ވެއްޓިފައެވެ. ތަޅުންގަނޑުގައި ލޭގެ ކޯރެއް ހެދިފައިވެއެވެ.
“އާނ، ތިވަރު މީހަކު އަހަރެންގެ ލޯބި ހޯދަން ލަދުގަންނަންޖެހޭނެ. ތީ ހަޔާއެއް ނެތް އަންހެނެއް! ވަލުކުއްތާއަކަށްވުރެ ކަލޭ މަގޭ ކުރިމަތީގަ ނިކަމެތި!! ކަލެއަށް ހައްޤީ މަރު މިދުނިޔޭގަ! ކިހާބޮޑު ބަލާއެއްތަ؟” އެޑެމް ރުޅިވެރި އަޑަކުން ގޮވަމުން ދިޔައެވެ.
ހަތަރުވަނަ ބުރީގައިހުރި ފާހަނައަށް ވަންނަން ދިޔަ މާރލިއާއަށް، އެޑެމް އެތަނުން ނިކުމެގެންދިޔަ ތަން ފެނުނެވެ. މާރލިއާއަށް ފަސްދީފައި އޭނާ ދިޔައިރު ދެލޯ ބޮޑުކޮށްލެވުނެވެ.
“ލާރާ؟!” ލާރާ އިންގޮތް ފެނިފައި މާރލިއާއަށް ހަޅޭއްލަވައިގަނެވުނެވެ.
“ލާރާ! ކިހިނެއްތަވީ؟ އެޑެމް ކީއްކުރީތަ؟؟ ލާރާ އަނގައިން ބުނެބަލަ!” މާރލިއާ، ލާރާގެ ގައިގައި ހިފާ ތަޅުވައިގަތެވެ.
ލާރާގެ ދެލޯ ވަނީ މެރިފައެވެ. ޔުނީފޯރމުގެ އެކި ތަންތަނުން ވަނީ ވީދިފައިވާއިރު ތާޒާ ލެއިން ހެދުނު ކޯރުން އެޔުނީފޯރމުގައިވެސް ހުރީ ހުސް ލެއެވެ. މާރލިއާ ދެތިން ފަހަރަކު ލާރާ ތަޅުވާލުމުންވެސް ހޭނޭރުމުން ލާރާ އުފުއްލައިލައިގެން އެތަނުން ނިކުތެވެ. އެހިސާބުން ދިޔަ ދެއަންހެންކުއްޖެއްގެ އެހީއާއެކީ ސިއްޙަތުކޮޓަރިއަށް ލާރާ ގެންދެވުނެވެ. އިރުތަކެއްނުވެ، އެމްބިއުލެންސް ސްކޫލް ކުރިމައްޗަށް ހުއްޓާލިއެވެ.
އޭރު ލާރާ ބަލަންވެގެން އެއްވެ ތިބި ކުދިންނާއިގެން މުޅި ކޮރިޑޯތެރެ ވަނީ ތޮއްޖެހިފައެވެ. އެޑެމްމެންވެސް ލާރާއަށް ވީކީއްތޯ ބަލަންވެގެން އެދިމާއަށް ދެއެވެ. އޭރު މާރލިއާގެ ނަޒަރު އެޑެމާ ވަކިނުވެއެވެ. އެލޮލުން އެއްފަހަރާ އެތައް އިޙްސާސްތަކެއް ދައްކައިދެމުން ދިޔައެވެ. ޝަކުވާއާއި ރުޅިވެރިކަމެވެ. ހައިރާންކަމާއި ދެރައެވެ.
“އޭ މާރލީ؟ އެތެދެއްތަ؟ މާރލީއަށްތަ އެންމެ ފުރަތަމަ ލާރާ ފެނުނީ؟” އެޑެމަށް މާރލިއާ ފެނުމުން އެއްސެވެ. އެމޫނުން ސުވާލުމާކު ނޫން އެއްޗެއް ނުފެނެއެވެ. ހީވަނީ ވާނުވާ ނޭނގިގެން އުޅޭ މީހެއްހެންނެވެ. މިކަމާވެސް މާރލިއާ އިތުރަށް ހައިރާންވެ ރުޅިގަދަވިއެވެ.
“ހަމަ ނޭނގޭތީތަ ތިއަހަނީ؟” ރުޅިވެރިކަމާއެކު އެހެން ބުނުމަށްފަހު އެތަނުން ދާން ހިނގައިގަތީ އެތާހުރެ އިތުރަށް ޒުވާބުކުރަން ބޭނުންނުވާތީއެވެ.
“މާރލީއަށް ކިހިނެއްވެފަ؟” ޖޭޑެނަށް އަހާލެވުނެވެ. އޭރު ތޯމަސްވެސް ހުރީ ހިސާބަކަށް ހައިރާންވެ، ތަލިން ކުޅު ހިކިފައެވެ. އޭނާވެސް އަހާކަހަލައެވެ. މަގޭ ލޯބިވެރިޔާއަށް ކިހިނެއްވީ ހެއްޔެވެ؟
“އޭ، ކީއްވެފަތަ ތިޔަ ހުންނަނީ؟ ދޭބަލަ ހަބީބުކަގެ މޫޑު ރަނގަޅުކުރަން.” ޖޭޑެން ތޯމަސް ކޮށްޕާލަމުން ބުނެލިއެވެ. ތޯމަސް ވަކިއެއްޗެކޭ ނުބުނެ މާރލިއާ ފަހަތުން ހިނގައިގަތެވެ. އޭރު އެމްބިއުލެންސް ނައްޓާލައިފިއެވެ. ކޮރިޑޯތެރޭގައި ކުދިންވެސް މަދުވެލައިފިއެވެ.
“މާރލިއާ!” ކްލާސްތެރޭގައި އެކަނިމާއެކަނި މޭޒުމަތީގައި ބޯއަޅައިލައިގެން އޮތް މާރލިއާ ފެނުމުން ތޯމަސް ގޮވާލިއެވެ.
“މާރލީ ކީއްވެފަ ތިއޮތީ؟ ކިހިނެއްވީތަ އަސްލު؟” ތޯމަސް މާރލިއާގެ ކުރިމައްޗަށް އަރަމުން އެއްސެވެ.
“މަސް، އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް.” މިހެން ބުނެފައި މާރލިއާ އޭނައަށް ފެނުނު މަންޒަރުތަކުގެ ވާހަކަ ތޯމަސަށް ކިޔައިދިނެވެ.
“އޭނ؟؟” ތޯމަސަށް ޤަބޫލުކުރަން ދަތިވިއެވެ. އެހެނަސް އެޑެމްގާތު އެހުމަށް ނިންމައިގެން ހުރީއެވެ.
ސްކޫލް ސެޝަން ނިމުމުން އެޑެމްއާ ވަކިން ބައްދަލުކޮށް މާރލިއާގެ ވާހަކަތައް ކިޔައިދިނެވެ. އެޑެމް ހައިރާނުގެ ނަޒަރަކުން ތޯމަސާ ދިމާލަށް ބަލައިލިއެވެ.
“ކީކޭ؟؟ ޔަޤީންތަ އެއީ ހަމަ އަހަރެންކަން؟ އެކަމަކު އިންޓަވަލް ގަޑީގައި އަހަރެން ކަލޭމެންނާ ވަތްކެއް ނުވަމެއްނު. ކަލެއަށް އެނގޭނެ އަހަރެން އެކަހަލަ ކަމެއް ނުކުރާނެކަން. އަހަރެން ކިތަންމެ ރުޅިއަންނަ މީހަކަސް އެކަހަލަ ގޮތަކަށް ކަންތައްކުރުމަކީ އަހަރެންގެ ޟަމީރު ޤަބޫލުކުރާނެ ކަމެއް ނޫން.” އެޑެމްގެ ގާތަށްވެސް އައީ ރުޅިއެވެ.
“ދެން ނޭނގެ، އެވެދާނެ އޭނައަށް ހީވިގޮތް ކަމަށްވެސް. އޭނަ މޫނެއް ނުދެކެޔޯ. ދެން އަނެއްކާ ލާރާ އޮތީ ހޭނެތިފަ. އޭނަވެސް ބުނިނަމަތާ ދޯ އެއެއްވެސް ޤަބޫލުކުރެވޭނީ. ލާރާ ހޭއެރީމަ ހުރިހާ ކަމެއްވެސް އޮޅުންފިލާނީ. ހަމަޖެހޭ.” ތޯމަސް ބުންޏެވެ.
އެދުވަހު މެންދުރެއްހާއިރު، އެޑެމްމެން ލާރާއަށް ޒިޔާރަތްކޮށްލަން ދިޔައެވެ. އެޑެމް ފެނުމާއެކީ ލާރާއަށް އެއޮއްވީ ކަމެކެވެ. މީހާ ބިރުން ރޫރޫއަޅަން ފެށިއެވެ. އޭނާ ގާތުގައި ތިބި މީހުންވެސް ވާނުވާ ނޭނގިފައި ތިއްބެވެ.
“އެޑެމް، މަ..ގޭ ގާތުން ދުރަށް..ދޭ!” ލާރާ ބާރަކަށް ބުންޏެވެ. އޭރުވެސް އޭނާ ތުރުތުރުއަޅައެވެ. ތޯމަސާ އެޑެމަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.
“ލާރާ… ވީގޮތް ކިޔައިދީފާނަންތަ؟” އެޑެމް ލާރާ ގާތު ހުއްޓިހުރެ އެދުނެވެ.
“ކީއްކުރަން؟ ވީގޮތް އެނގެއެއްނު. މަ މަރާލާށެއްނު ކަލޭ އުޅުނީ؟” ލާރާ ބުންޏެވެ.
“ލާރާ.. ކިހިނެއް އެނގެނީ އެއީ އެޑެމްކަމެއް؟ ވެދާނެއެއްނު އެއީ އެޑެމާ ވައްތަރު މީހެއް ކަމަށްވެސް.” ތޯމަސް ބުނެލިއެވެ.
“ނޫން. އެއީ ހަމަ މީނަ! އެޑެމް ނޫން ދެވަނަ މީހެއްނޫން. މަގޭ ލޯ މިކަމަށް ހެކިވާނެ.” ލާރާއަށް ވާހަކަދެއްކެނީ އުނދަގުލުންނެވެ.
“ލާރާ، މީހެއްގެ ބޮލުގަ އެމީހެއް ނުކުރާ ކަމެއްގެ އިލްޒާމް އެޅުވުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް.” ޖޭޑެން ވާހަކަދެއްކިއެވެ.
“ކަލޭ! ކަލޭ ތީ ކާކު މިތަނަށް އައިސް އަނގަފަޅަން؟ އެއީ އެޑެމޭ! ކަލޭމެން ހަމަ ކަލޭމެންގެ ރަހުމަތްތެރިޔާ ދިފާޢުކުރަނީ.” ލާރާއަށް ރޮވެން ފެށުނެވެ.
“ލާރާ، ހަމަޖެހިބަލަ!” އޭނާ ގާތު ހުރި އޭނާގެ ބޭބެ ބުންޏެވެ.
ތޯމަސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކަންކުރީ އެޑެމްކަމަށް ލާރާ އެބުނީ އަމިއްލަ އަނގައިންނެވެ. މިކަހަލަ ކަމެއްގައި ލާރާ ދޮގެއް ނަހަދާނެއޭ ތޯމަސްގެ ހިތަށް އެރިއެވެ.
އެމީހުން އެތަނުން ނިކުމެގެން ދިޔައީ ލާރާއަށް މާބޮޑުވަރު ވާން ފެށުމުންނެވެ.
“މަށަށް ހީވަނީ އޭނަ ދޮގުހަދަނީހެން. އެޑެމް އަހަރެމެންނަށް ނޭނގޭނެ ކަމަށްތަ އޭނަ ހީކުރަނީ؟ މިފަޅާއެރީ އޭނަ ދޮގު ހަދާކަން.” ޖޭޑެން ލާރާގެ ވާހަކަތަކާ ދެކޮޅެވެ.
ތޯމަސް އަދި އެޑެމްކުރެ މީހަކު އެއަށް ރައްދު ޖަވާބެއް ނުދިނެވެ. ދެމީހުންވެސް ތިބީ ޚިޔާލަކަށް ގެއްލިފައި ކަންނޭނގެއެވެ.
ގެއަށް އައި ގޮތަށް އައިސް ސޯފާއަށް ޖެހިގަތެވެ. ދެއަތުން ބޮލުގައި އަތް އަޅައިގެން އޮތްއިރު ދެލޯ މަރާ ތަގުޅިކޮށްލެވިފައިވެއެވެ.
“ދަރިފުޅާ! މިއަދު އަނެއްކާ ކިހިނެއްވީ؟” ސާރާއަށް ތޯމަސް އޮތް ގޮތް ފެނި ސުވާލުކޮށްލިއެވެ.
ތޯމަސް އެހުރިހާ ވާހަކައެއް އޭނާގެ މަންމައަށް ކިޔައިދިނެވެ.
“ދަރިފުޅާ! އަޑުއަހާ! ތިހުރިހާ ކަމެއްވެސް ތިވީ ހަމަ އާކިފާ ހެދި. ޖިންނީންނަކީ އޭއްޗެހިން ބޭނުން ސިފައަކަށް ބަދަލުވުމުގެ ބާރު އޮންނަ ބައެއް. ރޯމާ ދުވާލުވެސް އެއެއްޗެހި ބޭނުން ސިފައަކަށް ބަދަލުވެލާ. އާކިފަކީ ތުރުކީގެ ޖިންނިއެއް. ކޮންމެވެސް ސަބަބަކާހެދި މިޤައުމަށް ހިޖުރަ ކޮށްގެން އުޅެނީ. އެމީހުން ވަކިތަނެއްގަ ވަޒަންވެރިއެއް ނުވޭ. އެހެނަސް، މިހާރު ތިޔަ ކުދިންގެ ސްކޫލަކީ ޖިންނީންގެ ހާއްޔެއް އޮތް ނާމާން ތަނެއް. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ތިސްކޫލުގެ ނާމާންކަންވެސް ދާނީ ދެގުނަވަމުން. އަދި އާކިފް މިހާރު ބޭނުންވަނީ ފްލޯރާމެންގެ ކޮއްކޮ ޖޮއާނާ. އޭނަގެ އަމާޒަކީ ޖޮއާނާ ހޯދުން. އިސާހިތަކު އެކުއްޖާފުޅު މޮޔަވެސް ކޮށްލަފާނެ.” ސާރާ ހާސްވެހުރެ ކިޔައިދިނެވެ.
“މަންމާ! މިކަމުގެ ހައްލެއް ނެތްތަ؟” ތޯމަސަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ.
“ނޫން، ޙައްލެއް އޮންނަންވާނެ. ތިސްކޫލުގަ ޤުރުއާން ކިޔަވާ، މިޔުޒިކު ކަހަލަ އެއްޗެހި ނުކުޅެ ރޭގަނޑުގަޑީގަވެސް ތަން ދިއްލާ ހަދާފަ ބަހައްޓާ ކަމަށްވަންޏާ ދުވަސްކޮޅެއްގެ ތެރޭގަ ތިތަން އަމާންވާނެ. އެކަމަކު ތިސްކޫލުގެ މެނޭޖުމެންޓުގަވެސް އުޅެނީ ހުސް ކާފިރުން. މިކަން އެހާ ފަސޭހައިން ވާނެހެންނެއް ހިޔެއްނުވޭ. އެކަމަކު ދަރިފުޅުމެންގެ ތެރެއިން ކުދިބައެއް އިސްނަގައިފިއްޔާ ފަހަރެއްގަ މިކަން ކާމިޔާބުވެދާނެ.” ސާރާ އޭނައަށް ފެންނަގޮތް ހާމަކުރިއެވެ.
އަނެއްދުވަހު، ތޯމަސް ސުކޫލަށް ދިޔައީ އޭނާގެ އެކުވެރިންނާ މަޝްވަރާކޮށް ސްކޫލް އަމާން ތަނަކަށް ހެދުމަށް ޢަޒުމުކަނޑައަޅައިގެންނެވެ. އެޑެމްމެންނާ ވާހަކަދައްކަން ހިތުލައިގެން ހުރި ތޯމަސް އިންޓަވަލް ގަޑީގައި ފާހަނައިން އެނބުރި އައިއިރު އެޑެމްމެން ފެންނަން ނެތުމުން ކެންޓީނާ ދިމާއަށް ދިޔައެވެ.
“އޭ ޓީނާ! އެޑެމް ދުށިންތަ؟” ކެފެޓޭރިއާގައި އިން ވެލެންޓީނާ ފެނުމުން ތޯމަސް ގޮވާލިއެވެ.
“ނޫން ނުދެކެން. އެތާ އެބަހުރި ޖޭޑް. އޭނަ ގާތު އަހާބަލަ.” ވެލެންޓީނާ ޖަވާބުދިނެވެ.
ތޯމަސް ޖޭޑެނާ އަރާ ހަމަވެފައި އެޑެމް ވީކޮންތާކުތޯ އެއްސެވެ. ޖޭޑެން ބުނިގޮތުގައި މުދީރު ކްރިސްޓޮފަރ ވިދާޅުވެގެން، އެޑެމްވީ އޮފީހަށް ގޮހެވެ. ތޯމަސްގެ ހިތަށް ނޭނގޭ ގޮތްތަކެއް ވިއެވެ. ރައްދެއްވެސް ނުދީ ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ނިކުމެގެން ދިޔުމުން ޖޭޑެނަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.


Yeyyyy..me first 🙂
really?
I think i m 2 nd …. anyways stiry mihaaru v reethi.. when nxt part???
im 3rd story varah reethikonirakn xt prt
V reethi next part knirakun. Waiting. …………….♡
Pluvi anehka Edam eii story ge hero tha?
Thieh hama egenyny Kiyuntherinnah, Hehe
Jessica fenuney kulabakun. Laara ah high kiyaa. Jinni eh dheke maa loabivaathy Thomas huhtey rowihfaa. Hehehe… Mee salhi vaahaka eh. Kuriah gendhey Pluvitolophilia. 🙂
Hehe Shukuriyya Hurihaa Kudhin!
Is pluvi a girl or a boy??
Pluvi aky girl eh tha? N which is his/her age? Can I get an introduction please
vaahaka ok… ‘HEHE HEHE’
.
ކިޔުން ތެރިންނަށް ވަރަށް ސަލާމް. ޚާއްޞަކޮށް ހޫދުއަށް.
29 އޮގަސްޓް 2015 ގައި އެސްފިޔައިގައި ޝާއިއުކޮށްފައިވާ ހުރިހާ ވާހަކަ ތަކަކީވެސް ދިވެހި ސައިޓްގައި ޝާޢިއުކޮށްފައިވާނެ ވާހަކަ ތަކެކެވެ.
މީ އަހަރެން ކޮންމެހެން ދައްކަން ބޭނުންވާހަކަތަކެއްވެސް ނޫނެވެ. މި ހުރިހާ ވާހަކަ ތަކަކީވެސް މީގެ އަހަރުތަކެއް ކުރިން ހަފްތާއަކު އެއްދުވަހު ނެރެވުނު މަޖައްލާ އަކަށް ލިޔެދީފައިވާ ވާހަކަ ތަކެކެވެ. މިމަޖައްލާއަކީ ޢާއްމުންގެ ތެރެއަށް ނެރެވުނު މަޖައްލާއެއް ނޫންކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވެމެވެ.
ދަންނަވަމެވެ. އަޅުގަނޑަށް ވާހަކަ ލިޔަން ދަސްކޮށްދިނީ ބިންމާ އިބްރާޙިމް ވަޙީދެވެ. ނަޞީބު ކަން ދިމާކުރިގޮތުން ސާނަވީ ތަޢުލީމް ޙާޞިލުކުރަން އަންނަންޖެހުނީ މާލެއަށެވެ. މާލޭގައި ހުންނަންޖެހުނީ ބިންމާ އިބްރާހިމް ވަޙީދުގެއާއި ޖެހިގެން ހުރި ގޭގައެވެ. ކަން ދިމާކުރިގޮތުން އެގޭގައި ދިރިއުޅޭ އަހަރެންގެ ދައްތައާއި އިބްރާޙިމް ވަޙީދުއާއި ޢާއިލީގޮތުން ވަނީ ގުޅިފައެވެ.
އެހެންވެ ވާހަަަކަ ލިޔަން ޝަޢުޤްވެރިކަން އުފެދުމުން ބިންމާ އިބްރާޙިމް ވަޙީދު ކައިރިއަށް ގޮސް އެކަމާއި ގުޅޭ މަޢުލޫމާތު ހޯދީމެވެ. ހަނދާން ބަލި ނޫން ކަމުގައި ނަމަ، ވާހަކަ ލިޔަން ދަސްކުރަން ދިއުމުން ބިންމާ ފުރަތަމަވެސް ކުރަހާލީ ދަނޑި ކުއްޖެކެވެ. ދެން އެކި ދިމަދިމާއިން ރޮނގުދަމާ ވާހަކަ ލިޔަންޖެހޭ ގޮތާއި ވާހަަކަގައި ޑައިލޮގް ޑެލިވެރިއާއި ސިފަކުރުން ހިފަހައްޓަންޖެހޭ ގޮތް ކިޔައި ދިނެވެ. މީގެ އިތުރުން ކޮންމެ ދިމާލަކުންވެސް ވާހަކަ ލިޔާނެ ޙިޔާލެއް އަތުވެދާނެކަމަށް ބުނެލިއެވެ. އެއަށް ފަހު ދެން ބުނީ ވާހަކަ އެއް ލިޔެގެން އައުމަށެވެ.
ަވަރަށް މަސައްކަތުން ވާހަކައެއް ލިޔެގެން ދިއުމުން އެވާހަކަ އިސްލާޙްކޮށްދީ ކުށް ފިލުވައިދީ ކުރިއަށް އޮތް މުސްތަޤްބަލުގައި ލިޔާއިރު ވިސްނަންޖެހޭ ކަންތައްތައްވަނީ ބަޔާންކޮށްދީފައެވެ.
ދަންނަވަމެވެ. އަދިވެސް ހިތްހަމަޖެހޭ ފެންވަރަކަށް ވާހަކައެއް ނުލިޔެވެއެވެ. އަނެއްކޮޅުން ކުރިން ލިޔެފައިވާ ވާހަކަތަކަށް މިހާރު ނަޒަރު ހިންގާލުމުން ވަރަށް ހަމަނުޖެހޭ ކަންތައްތައް ހުރިކަން ވަނީ ފާހަގަވެފައެވެ. އަނެއްކޮޅުން މިއީ ފޫހި ފިލުވާލަން ކުރާ ކަމެކެވެ.
ދެން އޮތީ އަނެއް ވާހަކައެެވެ. ހޫދުއަށް ފަހަރުގައި މިވާހަކަތަކަކީ އަޅުގަނޑުގެ އަމިއްލަ ވާހަކަތަކެއްކަމަށް ޤަބޫލުނުކުރެވިދާނެއެވެ. އެކަމަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ.
އަދިވެސް ޝާޢިއު ނުކުރާ ތިރީސް ވަރަކަށް ކުރު ވާހަކަ އެބައޮތެވެ. ވަގުތު ވީ ވަރަކުން އެވާހަކަތައް ޝާޢިއު ކުރެވޭތޯ ބަލާނަމެވެ. މަސައްކަތް ކުރާ ދާއިރާއަކީ ލިޔުންތެރިކަމާއި ވަރަށް ދުރު ދާއިރާއެކެވެ.
ކިޔުންތެރިންގެ ފާޑުކިޔުންތަކަށް ނިހާޔަތަށް ޝުކުރު ކުރަމެވެ. ބައެއް ކިޔުންތެރިން ފާހަގަކޮށްފައިވާ އިޞްލާޙްކުރަންޖެހޭ ކަންތައްތައް އިޞްލާޙްކުރެވޭތޯ މުސްތަޤްބަލުގައި މަސައްކަތް ކުރާނެވެ.
ޝުކުރިއްޔާ
What is this? Stop posting nonsense over here. @amaaz
Vrh reethi mibaivex thankolheh avahah up kohdheebala eyrun hama ehvana….. dhen amaaz,amaaz liyan feshi kushaka nulaa kobaa mihaaru?? E vaahaka nunimma keehev ehen stories gennanee… nd eyee on the spot ga liyunu story eh kamah viyas readers eyah lyk vaa vaahaka buneema continue kureema keehtha vaanee hama?? Dhen kuru vaahaka thah ok… 🙂 dimple girl vaahaka like eh ingey… 😉
omg amaaz are u okay? looks soo desperate
Can you kindly remove the comment by amaaz. Pls.
R u talking to me amaaz..or r u the author amaaz??
Its ok. I dont have any bad intention on you either. You are freeman to express your thoughts. After all i liked your question. So i thought i d tell you how it all began. Thank you. See you soon
See u soon?? I knw hw u started it… 🙂
Hehe nice
Dear writer
Can you kindly remove the long post commented by amaaz. It was a mistake. Thank you.
V reethi?