ދެލޯ ފެންކަޅީވެ އެސްފިޔާގެ އެހީގައި ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ފައިބައިގަތުމުގެ ކުރިން ޝައިން ސިހިފައި ބަލާލީ ޝައިން ގެ ކޮޑުގައި މީހަކު އަތް އަޅާލުމުންނެވެ.. ޝިބާންގެ މޫނަށް ބަލާލުމާއި އެކުހެން ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައިގަތެވެ.. ޝިބާން އަށް އެއީ ބަލަން އެހާ ފަސޭހަ މަންޒަރަކަށް ނުވުމުން ޝައިން ގެނެސް އަމިއްލަ މެއާލައި ބޮޑިކޮއްލިއެވެ.. ޝައިންގެ ހޫނު ކަރުނަތައް ޝިބާންގެ ގަމީސް ތެއްމަމުން ދިޔައެވެ. ޝައިންގެ ބޮލުގައި ފިރުމަމުން ދިޔަ ޝިބާން ސިހުނީ ފައިގެ ފަލަމަސް ގަޑާއި ދިމާލުން ޖިންސް ތެމެމުން ދާކަހަލަ އިހްސާސެއް ވުމުންނެވެ….
ސިހިފައި ޖިންސް ގެ ތެމިފައިހުރިހެން ހީވާތަނުގައި އަތް ޖައްސާލުމާއި އެކު އަތް އުފުލާ ބަލާލިއެވެ.. ދެލޯ ތަންމިނައް ބޮޑުވެގެން ދިޔައީ އަތުގައި ހުރި ލޭ ފެނުމުންނެވެ.. ވަގުތުން ޝައިންގެ މޫނައް ބަލާލެވުނީ ބޭ އިހްތިޔާރުގައެވެ.. ޝައިންގެ މޫނުމަތި ހުދުވެ އެ ރީތި މޫޏު ވަނީ މިލާފައެވެ.. ޝައިންގެ އަތުގައި ކަފައިލާފައިހުރި ތަން ސޯފާ ތޭބަލް ކަނުގައި ޖެހި އެތަނުން ހިފެހެއްޓުމެއްނެތި ލޭ ފައިބްމުން ދެއެވެ.. މާގިނައިން ލޭ އައުމުގެ ސަބަބުން ޝައިން އޮތީ ހޭނެތިފައެވެ..
މަޑުމަޑުން ޝައިން ސޯފާގެ ދިގައްވާ ގޮތަށް ބޭއްވިއެވެ. އޭރުވެސް ސޯފާއިން ބޭރައް އެލިފައިވާ އަތުން ޓައިލްސްތައް މައްޗައް ލޭ ފައިބަމުން ދެއެވެ. ވަގުތަކީ ދަންވަރުގެ ހަމަހިމޭން ވަގުތު ކަމުން އެވެސް މީހަކައް ގުޅަން ނުކެރުނީ މި ވަގުތު އެންމެން ވެސް ތިބޭނީ އަރާމު ނިންޖަކުން ނިދާފައިކްން އެނގޭތިއެވެ..
ބަދިގޭ ބައަށް ވަދެ ފެން ހޫނު ކުރަން ޖެއްސި އިރުވެސް ޝިބާންގެ ހިތް ހީވަނީ މަރައް ތެޅޭ ރޯ މަހެއްހެންނެވެ.. ޝައިން އައް ގޮތެއް ވެދާނެތީ ބިރުން އެ ހިތް ރޮނީއެވެ. ފުރާނަ ފަދައިން ލޯބިވާ ކުއްޖާ އައް ގެއްލުމެއް ލިބިދާނެތީ ބިރުގަންނަނީއެވެ.. ވާނީވެސް އެހެންތާއެވެ. ދުނިޔެއިން އެންމެ ލޯބި ވި މަންމަވެސް އެންމެ ފަސް އަހަރުގައި ޝިބާން މުޅި އުމުރައް އެކަނި ކޮއްލާފައި ދިޔައީއެވެ. ފުން ހިޔާލުގައި ހުރި ޝިބާން ސިހުނީ ސޯފާގައި އޮތް ޝާއިން ކުކުރާލި އަޑުންނެވެ. އަވަސް ފިޔަވަޅު ތަކަކާއި އެކު ޝައިން އާއި ހަމައަށް ދެވުނު ިރު ހިތަށޤ ލުޔެއްލިބުނު ކަހަލައެވެ.
ޝައިން ގާތު މަޑުން އޮތުމައް ބުނެ ޝައިން ބޯ ދަށައް ބާލީހެއް ކޮއްޕާލުމައްފަހު ޝިބާން އަވަސްވެގަތީ ހުނު ވެފައި ހުރި ފެން ފޮދު ގެނައުމައްށެވެ. ބޯ ތައްޓަކައް ފެނަ ފޮދު އަޅައި އޭގެއައް ހިތިފަތް ކޯޅިއެއްލިއެވެ. އަދި ރުމާ ކޮޅެއް އަތައްލައިގެން ގޮސް ޝައިން ގާތު ސޯފާ ކައިރީ ކުޑަ ކަކޫ ޖަހައި އިށިންދެލިއެވެ. މަޑު މަޑުން ޝައިންގެ އަތް ތެދުކޮއްލީ ޝައިންއށް ތަދު ނުއާނެހެން ބަލާފައެވެ.. ކުޑަކޮއް ތާފަނާކޮއް ހުރި ފެން ފޮދު ތެރައް ތުވާލި ލައި ތެއްމާލުމައްފަހު ޝައިންގެ އަތުގައި ބޮޑިތާން ކުރަން ފެށިއެވެ. ސޯފާގައި ކުކުރި ކުކުރި އޮތް ޝައިން ޗިހިފައި ތެޅިގަތެވެ. ކިތަންމެ ތަދުވިޔަސް ރޮއިގަންނަންނުކެރުނީ ޝިބާން ހުރީތީއެވެ.
ޝިބާން ގެ އޯގާތެރިކަން ފެނި ޝައިން އޭނާގެ މަންމަ މަތިން ހަދާންވިއެވެ. އެ މަންމަ އައް ޝާއިންގެ ގައިން ރަންކޮޅެއް މަށައިގެން ދިޔަސް ހީވާނީ މޮޔަވެދާނެހެންނެވެ. ޝާއިން ރޯކަން އެގެއްޖެއްޔާ އެ މަންމަގެ ހިތް ….ފަޅިފަޅި ވެދާނެއެވެ.. ނަމަވެސް އެ މަންމަވެސް މި ކެހިވެރި ދުނިޔެއައ އެކަނި ކޮއްލާފައި ދިޔައީއެވެ
ޝިބާން ގެ އޯގާތެރިކަން ފެނި ލޯ ފުރި ކަރުނަ އައެވެ. ލޯބިިން އެ ލޮލައް ބަލާލި ކޮނަމެ މީހަކައް އޭނައިގެ ހިތުގައި ޝައިން އާއި މެދު އޮތް ލޯބި އެގޭނެއެވެ. ޝައުގުވެރިކަމާއި އެކު ޝައިންގެ އަތުން ލޭ މަނާކޮއްލުމައްފަހު ޝިބާން ދެން އައީ ފަސްޓް އެއިޑް ބޮކްސް ހިފައިގެންނެވެ.. ޝައިންގެ އަތުގައި ބޭސް އަޅައި ދީ ނިންމާލުމައްފަހު ޝިބާން ޝައިންގެ ގާތުގައި އިށިންދެލިއެވެ.
ސޯފާ ޓޭބަލް މަތީގައި އިން ތަށިން ޕާސްތާ ކޮޅެއް ނަގައި ޝައިންގެ އަނގައާއި ދިމާލައް ދިއްކޮއްލިއެވެ. އޭރު ޝައިން އިނީ ޝިބާން ގެ މޫނައް ކަޅި ހުއްޓާލައިގެން ހައިރާން ކަމާއިއެކު ބަލާށެވެ. ޝިބާން ލުއި ހިނިތުން ވުމެއް ތުންފަތައް ވެރި ކުރުވަމުން އެއް ބުމަ އަރުވާލިއެވެ. އަދި އަނގް ހުޅުވަން އިޝާރާތް ކުރިއެވެ.
ޗާބިދީފައި އިން ބުދެއްހެން ޝައިން އިން ގޮތައް އިނދެ ޝިބާން ލަވާވަރައް ކަމުން ގެންދިޔައެވެ. ކިތަންމެ ލަދު ގަތަސް އެއްވެސް ޝަކުވާއެއް ނުކޮއް ޝައިން ކަމުން ދިޔައީ ހައި ވެފްހުރިލެއްވެސް ބޮޑުކަމުންނެވެ. ” ދޫނީ.. އަޅެ ދެން ބުނެބަލަ ދޮންބެ އެހެން އެކަންތައް ކުރީ މިރޭ އެކަނިތަ؟” ހުރިހާ ކަމެއް އެނގި ހުރެވެސް ޝިބާން ޝައިން ގާތު އަހާލިއެވެ. ގަބު އެފައި އިން ޝައިން ކޮށިއެރިއެވެ. ޝިބާން އަވަސް ހަރަކާތާއެކު ފެންތަށި ޝައިންގެ ތުބުގައި ޖައްސާލިއެވެ. ފެނަ ކޯވަރެއް ދަމާލުމައްފަހުވެސް މީހާ ހަމަޖެހޭ ގޮތެއް ނުވިއެވެ. ޝިބާން އެހި ސުވާލުން ޝައިންގެ ހިތް އޮބި ނޯނަނަވަރައް ތެޅެމުން ދެއެވެ..
” ނިދަން ބޭނުން.. ޕްލީޒް..” މޫނު މައްޗައް ވެއްޓިފައިވާ އިސްތަށިކޮޅު ރީތި ކޮއްލަމުން ޝައިން ބުނެލިއެވެ. ވަމުން ދާ ގޮތް ޝާއިންގެ އަނގައިން ބުނާ އަޑު ކިތަންމެ އަހަން ބޭނުންވިޔަސް ޝައިން ނިދަން ބޭނުން ވެގެން ބުނުމުން ހުއްޓުވާހިތެއް ޝިބާން ނުވިއެވެ. ޝައިން އެ ވާހްކަ އަދި ހިޔާދޭން ރެޑީ ނޫޏީ ކަމައް ހީކޮއް ޝިބާން ޝައިންގެ އެ އެދުމައް ހުރަހެއް ނޭޅިއެވެ.
ޝިބާން ޝައިން އަތުލަފި ކޮއްލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އަދުި ގައިމަތީ ރަޖާ އަޅާއި ދިނުމައްފަހު ސޯފައިގައި ޖައްސާލިއެވެ. ޝައިން ގެ ލޮލައް ނިދި ބަރުވަމުންގޮސް އިސާ ހިތަކު ނިދިއްޖެއެވެ. އޭރުވެސް ޝިބާން އޮތީ ސޯފާގައި ފުރޮޅި ފުރޯޅީ އެވެ.. ނިދި ވަނީ އޭނައާއި ރުޅިވެފައެވެ.
ޝިބާން އައް ހޭލެވުނީ ޝައިން އައިން ކޮލުގައި ބޮސްދިނުމުންނެވެ. ސިހިފައި ހޭލެވުނު ޝިބާން އަށް ދެލޯ ބޮޑުކޮއްލެވުނީ ޝައިން އެހާ ލޯބިނަ އައިސް ދެކަކޫ ޖަހައި ޝިބާން ގާތުގައި އިށިންދެގެން އިނުމުންނެވެ. ރަކި ގޮތަކައް ހީލުމައްފަހު އަތް ހިއްލާލައި ޝިބާންގެ ފޯނު ދައްކާލިއެވެ. ޝައިން ކުރަން އުޅެނީ ކީއްކަން ނޭނގި ބަލަހައްޓައިގެން ހުއްޓައި ޝައިން އަތުގްއި އޮތް ފޯނު ވައްޓާލިއެވެ..
ގަދަ ނިދީގައި އޮތް ޝިބާން އައް ހޭލެވުނީ އިވުނު ގަދަ އަޑުފައްގަޑާއި ހުރެއެވެ. އޭރު ތަޅުންމަތީ އޮތް ފޯނު ފެނުނެވެ. އަވަސް އަވަހައް އެދާ ދިމާލައް ނަޒަރު ހިންގާލީ ޝައިން އޮތްތޯ ބަލާލުމައްށެވެ. ފުން ނިދީގައި އޮތް ޝައިން ނިދީގެ އަރާމް ކަން ހޯދަމުން ދަނީއެވެ. ފެނުނީ ހުވަފެނެއްކަން އެނގި ޝިބާން އަށް އަމިިއްލައަށް އިނދެވެސް ހިނިތުންވެލެވުނެވެ.
ނިވިފައި އޮތް ފޯނު ނަގައި އަތައް މަހާލުމައްފަހު އޮން ކޮއްލިއެވެ. ފޯނު އޮންކޮއްލުމާއި އެކު ވިބްރޭޓްވާން ފެށިއެވެ. ފޯނުގެ ސްކްރީނައް އަރާފައިވާ ނަމުން އަވަސް އަވަހައް ގަޑިއަށް ބަލާލިއެވެ. ގަޑިން މެންދަމު 2.30 ބޮޑުވެއްޖެއެވެ. ފޯނުން ޖަވާބް ދިނުމުގެ ބަދަލުގައި ޝިބާން އަވަސްވެ ގަތީ ފާހަނައައް ވަދެ ރެޑިވުމައްށެވެ. ފަސް ވަރަކައް މިނިޓް ތޔެރޭ ރެޑިވެލައިގެން އަވަސް ފިޔަވަޅުތަކެއް އަޅަމުން ލިފްޓައް އެރިއެވެ.
ފަނަރަ ވަރަކައް މިނިޓް ތެރޭ ޝިބާން ގެއަށް ދިޔައެވެ. ވަގަކު ގެއައް ވަންން ފަދައިން މަޑުމަޑުން ބޮދަމުން ކަހަލަ ގޮތަކައް ސިޑިން އެރިއެވެ. އެއްވެސް މީހަކައް ހިލަމެއްނުވެ ކޮޓަރި އާއި ހަމައައް އާދެވުނީތީ ޝިބާންއަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ. މަޑު މަޑުން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއި އެކު ކޮޓަރީ ލައިތް ދިލިގެން ދިޔައެވެ. އެއްވެސް ހިޔާލެއް ނެތި ހުރި ޝިބާން ދިޔައީ ސިއްސައިގެންނެވެ.
ކަރަންޓްގެ އަލިކަން ފެތުރިގެން ދިޔުމާއި އެކު ގޮދަޑި މަތީގައި އިން ޝިބާން ބައްޕަފެނި ދެލޯ ބޮޑުކޮއްލެވުނީ ފެންނަމުން ދާ މަންޒަރު ގަބޫލް ކުރަން ބޭނުން ނުވާފަދަ ގޮތަކައްށެވެ. އެހާ ސިއްރުން ގެއައް ވަދުމުންވެސް ބޭޒާރު ވީތީ ޝިބާން ހުރީ ލަދުގަނެފައެވެ. ބައްޕަގެ ތޫނު ނަޒަރު އެއްވެސް ހުރަހެއް ނެތި އޭނާއަށް ހުއަޓިފައި ވުމުންހިތް ތެޅެމުންދިޔައީ ބުނަން ނޭނގޭހާވެސް ބާރުމިނުގައެވެ.
“ދަރިފުޅާ އާދެބަލަ މިތާ ބައްޕަގާތަށް.. ބައްޕަ މި ހުރީ މިރޭ ދަރިފުޅު އަންނަން ދެން މަޑު ކޮއްލައިގެން. ޝިބާން އައް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދީ ދެންވެސް ވާހަކަ ފެށީ ޝިބާންގެ ބައްޕައެވެ. މަޑުމަޑު ހިނގުމެއްގައި ގޮސް ޝިބާން އިށިންދެލީ ބައްޕައާއި ޖެހިގެންނެވެ.
“ދަރިފުޅާ.. ޝައިން އަކީ އެހާ ރަގނޅު ކުޖެއް ނޫން ދަރިފުޅު ހަޔާތައް ގެންނާކައް.. ބައްޕަ އަކައް ނުފެނޭ ދަރިފުޅު އޭނާއާއި ގުޅިގެން އުޅޭކައް.. އިސްޖެހިފައި އިން ޝިބާން ސިހިފައި ބައްޕަގެ މޫނަށް ބަލާލެވުނީ ސުވާލުން ފުރިގެންވާ ބެލުމަކުންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.


haadha dhigu breakakah fahu.. ekam ths part is awwwwsome.. kayaani loves this story.. hope u will upload the story daily… love u…
well im the first right. story thankolheh kuru but im very happy that you are continuing the story. i was really disapointed when u stopped writing the story..
THANK YOU KAYAANI <3 🙂
WILL UPDATE IT DAILY EGEY KAYAANI.. THANK YOU ADHIWES SHAAI GE STORY KIYAATHEE.. THANK YOU VERY MUCH..:-)
shaai vaahaka kithanmehaa ves furihama .. ekamku mi vaahkah upload thikurany monthku en faharu… vaahkha kiyan thibey kudhin foohi vaah kameh .. so heekuran weekehga one day genesdheyne kamah.. best of luck
yess.. sure naxu.. thank you 🙂
v nice
Haadha dhuvahakah fahu eyy kiyaalan mi libuny.. Shaai…anyway v reethi mi part vess.
THNXXX 🙂
Nxt prt Anna mahu ga dheee?
knme meeheh ge life ga vis prblms annane dhw.. vedhaane ehnu shaai ge life ga ves prblms aeekamh.. situation ge gothun maybe she wasnt able to write.. u shud appriciate her bcoz after such lng time even she wrote. not like other writers who stop in between and never complete the story. she is atleast triyng to complete it right..
kayaani ah thnxx.. n kada dhen ehn nuwaane insha allah 🙂
yea kayaani ur right..n i notived tht ur sooo brave kayaani 😮 hehe masha allah grt story … thihaa dhuvahah fahuvex up khdhineethee thank u.. 🙂 ummeedhu kuran dhne daily koh genesdheyne kamah… daily kh noonas ehaa gina dhuvas nukh…good luck!! 😛
Thànks. The pleasure is all mine. Kayaani beauty with brains haha
Atually its kayanis dilouge.. im the devil of esfiya site.. i always like to make people angryyyy.. sorry kayani
meekail what ever u r doin is not good and not funny.. and no one will be angry even they will be bored of u.. i read the comments u posted.. why do u even comment?????.. thank you shabee or saying that im really brave.. vrh foni vehjje..
as i told u im the devil of thissite. elsa ves buni mee jinni ekey
shain stroty v reethi & shain is my son name
Mihaa dhuvas kohfa upkoh dhineethee a big big Shukuriyyyaaaa…
Typing mistake thakaa eku dhivehi bahuge gavaaidhugaivaa skukun kurevey akuru thakaai e akuru thakuge hama thakah belumakee dhivehi vaahaka liyunthrieh ge hunnanjehey muhimmu sifa ehkkan gaboolukuravvanthoa???
Ummeedhakee next part e rangalhuvaane kamah…☺☺☺☺☺
Mistake v gina.. ekm salhi
varah gina mistakes hurikan faahaga kurevey. rangalhu kurahchey. and kyvve thihaa lahun up kurany??? vaahaka v rythi…
Thanxx hurihaa kiyuntherinnah… 🙂 🙂
V kiyaa hi vey
Avas kolla deeba
Nc