Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ*******(15)ވަނަބައި

DESTINY2020 Level 210 Stories
August 8, 2015 3 Mins Read
10 Comments

 

” އޭނ. ދެ އަހަރުވަނިއްޔޭ.!” އަހަންނަށް ލިބުނު ކުއްލި ސިހުމުގައި ބުނެވުނީ އެހެންނެވެ.

” އާނ. ދެއަހަރު މިވަނީ.. ޝުދޫ އަހަންނަށް ވަރަށް ރަނގަޅު.. ޝުދޫ އަހަރެންދެކެ ވާނެ ކޮއްކޮއެއްދެކެ ވާލޯބި. މިވެސް ޝުދޫ މެލޭޝިޔާއިން ގެނެސްދިން ވާހަކަ ފޮތެއް.. ބޭބެމެންނަކަށް ނޭނގެދޯ ރަނގަޅު ރައްޓެހިން ހޯދާކަށް. އެހެންތާ ވާނީ އޮންލައިނުން ފުރަތަމަވެސް ދިމާވީމަ ހުށަހަޅާނީ ލޯބި. ނޭނގޭނެ މިވާހަކަ ދެއްކެނީ ކިހާވަރެއްގެ މީހަކާއި ކަންވެސް.” ސުހާ އޭނާގެ ވާހަކަ ފޮތް އަހަންނަށް ދައްކާލަމުން ވަރަށް ވެލާފައި ވާހަކަ ދައްކަން ފެށިއެވެ.

” އެހެންދޯ. ހާދަ ރަނގަޅު ޝުދޫއެކޭދޯ ތީ. އަހަންނާއި ބައްދަލުކޮށްދީފާނަންތަ؟” އަހަރެން މަޑުމަޑުން ބުނީމެވެ.

” ނޯ. ނެވަރ. ފޮރގެޓް އިޓް.” ސުހާ ވަރަށް ސީދަލަށް ބުނެލިއެވެ.

އަހަރެން ގެއިން ނިކުތީ ސުހާ އެހެން ބުނުމުންނެވެ. ސުހާއަކީ ބަހުގައި ހިފަހައްޓާ ކުއްޖެކެވެ. އިތުރަށް ކިތައްމެ ވާހަކައެއް ދެއްކިޔަސް، ސުހާގެ ނިންމުން ބަދަލެއް ނުކުރެވޭނެއެވެ. އެހެންވެ، ވާން ނެތްކަމެއްގައި އިތުރުވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނޫންހެއްޔެވެ؟ އަނެއްކޮޅުން އިތުރަށް ވާހަކަ ދައްކައިގެން އަހަރެން ބަދުނާމްވެސް ވެދާނެއެވެ. އޭރުން ހަތަރެސްކަން ހަމަވީއެވެ.

އަހަރެން ޝިފާއަށް ގުޅާލީ ގޭގެ ދޮރުމަތީގައި ހުރެފައެވެ. ޝިފާ ފޯން ނެގީ އަހަރެން ހީކުރިހާވެސް އަވަހަށެވެ.

” ކޮންތާކު ތިހުރީ. އާދެ ގޭ ކައިރިއަށް.” ޝިފާ ފުރަތަމަވެސް ބުނެލީ އެހެންނެވެ.

” އޯ.ކޭ މިދަނީ؟” ފޯނު ބޭއްވުމަށްފަހު، އަހަރެން ސައިކަލަށް އެރީ ދެނެވެ.

އަހަރެން ސައިކަލްގައި ޝިފާގެ ގެއާއި ދިމާލަށް ދުއްވާލީމެވެ. ހިތަށް މާ ގިނަ އެއްޗެއް ނާރައެވެ. ވިސްނާނީވެސް ވަކި ދެން ކޮން އެއްޗެއް ހެއްޔެވެ؟ އަހަންނަށް ލޯތްބެއް ނުލިބުނެވެ. ދިރިއުޅުމެއް ނުފެނުނެވެ. ދެން ހިތަށް އަރަނީ ޢުމުރު ދުވަހު ހުންނާނީ މިހެން ބާވައެވެ؟ އެހެން ވެދާނެ ހެއްޔެވެ؟ އަހަރެން އެންމެ ބިރުގަންނަކަމަކީ އެއީއެވެ. ދިރިއުޅުމުގެ ސަފުން ބާކީވެދާނެތީއެވެ. ހިތްހަމަޖެހުމެއް ނުލިބިދާނެތީއެވެ. އަހަރެން ހިތަށް އަރައެވެ. ޝުދޫމީ އަޅެ އަންހެން ކުއްޖެއް ހެއްޔެވެ؟ އެކަންވެސް މިހާރު ބަލަން ވެއްޖެއްނޫން ހެއްޔެވެ؟

އަހަރެން ޝިފާގެ ގެއާއި އަރާ ހަމަވިއިރު، ޝިފާއަދި ނުނިކުމެއެވެ.

” އަދި ކިހާއިރެއްވާނެ؟ މިހާރު ދޮރުމަތީގަ މިއިނީ؟” ޝިފާގެ ގޭގެ ދޮރުމަތީގައި ސައިކަލް ޕާރކްކޮށްލަމުން އަހަރެން ޝިފާއަށް ގުޅާލީމެވެ.

” ދެތިން މިނިޓްގެ ތެރޭގައި މިނިކުންނަނީ.” ޝިފާ އަވަސް އަވަހަށް ބުނެލިއެވެ.

ޝިފާ ނިކުންނަންދެން އަހަރެން ޝިފާގެ ގޭގެ ކުރިމަތީގައި ސައިކަލްގައި މަޑުކޮށްލީމެވެ. އިމާން ގުޅަން ފެށީ އެހިސާބުންނެވެ. އަހަރެން ފޯން ނުނެގީ ހަމަ ޤަޞްދުގައެވެ. މިގަޑީގައި އިމާންގެ ފޯން ނަގައިގެން ފަހަރުގައި ޝިފާއާއި އެންމެ ފުރިހަމައަށް ބައްދަލު ނުވެދާނެއެވެ. އަހަރެން މިރޭ ބޭނުންވަނީ ޝިފާއާއި ވާހަކަ ދައްކާށެވެ. މަޑުމަޑުން ޝިފާގެ އަނގައިން ޝިފާގެ ޙަޤީޤަތްހޯދާށެވެ. އެއަށްވުރެ މޮޅުގޮތެއް ނޯންނާނެއެވެ. އެމީހެއްގެ ދުލުން ، އެމީހެއްގެ ޙަޔާތުގެ ޞަފްޙާތައް ހުޅުވާލައިގެން ކިޔައިދޭތަން އަޑުއަހަން އިނުމަކީ އަހަރެން ވަރަށް ބޭނުންވާ ގޮތެކެވެ. އަދި އެމީހެއްގެ ދުލުން، ތެދަށް ވާހަކަ ދައްކާ އަޑު އެހުމަކީ އަހަރެންގެ އެންމެ ބޮޑު އުފަލެވެ. އަހަރެންގެ ހިތުގައިވަނީ ޝިފާ އަހަންނަށް ތެދުވެރިވާނެކަމަށެވެ. ކުރީރޭ މަޖީދީމަގުގެ ކަންމަތީ ލައިޓްގައި ދިމާވި ހާދިޘާގެ ކަންތައްތައްވެސް އޮޅުމެއްނުލާ ކިޔައިދޭނެކަމަށެވެ.

“ހިނގާދާން؟” ޝިފާ އައިސް ކުއްލިއަކަށް ސައިކަލަށް އެރީ އަހަރެން ޚިޔާލު ތަކުގެ ތެރޭގައި ހުއްޓައެވެ.

” ކޮންތާކަށްތަދާނީ؟ ކާކުތަދެނީ؟” އަހަރެން ސަމާސާ ރާގަކަށް އަނހާލީމެވެ.

” މަވެސް ދީފާނަން. އެކަމަކު މިރޭ ދާންވާނީ ޢާޒިމް އެންމެ ދާހިތްވާތަނަކަށް. މީ ޢާޒިމްގެ ރޭ.” ޝިފާ އަހަރެންގެ ކޮނޑުގައި ޖަހާލަމުން ސަމާސާ ކޮށްލަމުން ބުނެލިއެވެ.

” އެހެންތަ؟ ޙަޔާތުގަ އަލަށްދޯ މިއައީ އަހަރެންގެ ރެއެއް؟ ކިހާވަރަކުން ދާނެބާ؟” އަހަރެންވެސް ސަމާސާކޮށްލީމެވެ.

ސައިކަލްގައި ނައްޓާލީ ދެނެވެ. ޝިފާ މަޑުމަޑުން ފަހަތުގައި އިނެވެ. އަހަރެން މަޑުމަޑުން ސައިކަލް ދުއްވަމުން ގެންދިޔައީމެވެ. އަހަރެންގެ އެންމެ ދާހިތްވާތަނާއި ދިމާލަށް ސައިކަލްގެ މިސްރާބް ބަދަލުކޮށްލީމެވެ. ނެގިމަޑުވެފައިވާ ބުދެއްހެން، ޝިފާ މަޑުމަޑުން އިނެވެ. އަހަރެންވެސް މާގިނަ ވާހަކައެއް ނުދައްކަމެވެ. ހަމަޖެހިގެން ވާހަކަ ނުދެއްކޭނެތީއެވެ.

” މިތަނަށްތަ ތިއައީ؟ މިޝިފާގެވެސް ފޭވަރިޓްޕްލޭސް.” ސްކިޕީގެ ކުރިމަތީގައި ސައިކަލް ޕާރކްކޮށްލުމުން ޝިފާ އަނހާލިއެވެ.

“ދެމީހުން ޚިޔާލު އެއްގޮތްދީ. މިފަހަރު ރަނގަޅަށްދީ މިދިމާވީދީ.” އަހަރެން އައްޑޫ ބަހުން ދީ ބުނެ ސަމާސާކޮށްލީމެވެ.

” ތިހެން ވާހަކަ ދެއްކިޔަކަސް އައްޑޫ މީހަކަށް ނުވާނެދޯ.” ޝިފާ ހެމުން ބުނެލިއެވެ.

” އައްޑޫ މީހަކަށް ނުވިޔަސް، އައްޑޫ ކުއްދަކާގެ ފިރިއަކަށްވެދާނެދީ.” ސްކިޕީގެ ތެރެއަށް ވަންނަމުންދަމުން އަހަރެމެން ދެމީހުން ދިޔައީ ސަމާސާ ކުރަމުންނެވެ.

އަހަންނާއި ޝިފާ ގޮސް އިށީ އެންމެ އަތިރިމައްޗަށް އިން މޭޒުގައެވެ. ހަނދުވަރުދޭ ރެއެއްކަމުން ހަނދުވަރުގެ އަލިން މުޅި ތަން ވަނީ އުޖާލާވެފައެވެ. އަހަރެމެން ތިބި މޭޒުން ހުރީ މޫދު ކައިރީގައި ކަމުން، ހަނދުވަރުގެ އަލި މޫދުގެ ކުދިކުދި ރާޅުތަކަށް އެޅުމުން އުފެދޭ ފުރިހަމަ މަންޒަރުވެސް ފެނެއެވެ. އަހަރެން ޝިފާގެ މޫނަށް ބަލާލީމެވެ. ހަނދުވަރުގެ އަލި އެޅުމުން އެމޫނުގެ އަލިކަމާއި އުޖާލާކަން އިތުރަށް ފުރިހަމަވިއެވެ.

” ދެން ބުނެބަލަ. އަސްލު ކީއްވެގެންތަ އެރޭ އޭނަ އެހެން ބުނަން ޖެހުނީ؟” ތަންކޮޅެއް ކުރިންރޭ ދިމާވި ޙާދިޘާގެ ސުވާލު އަހަރެން ކޮށްލީމެވެ.

” އެއީ ދޯ. އެއީ ވަރަށް ދިގު ވާހަކައެއް. އަހަންނަކަށް ނޭނގެ ޢާޒިމް ޤަބޫލުކުރާނެކަމެއްވެސް. އެކަމު، ޙަޤީޤަތްވާނީ ޙަޤީޤަތަށްދޯ.” ޝިފާ މަޑުމަޑުން އިސްދަށަށް ޖަހާލިއެވެ.

ވޭޓަރ އައީ އެހިސާބުންނެވެ. ވޭޓަރު އައުމުން އަހަރެމެން އޯޑަރު ދިނީމެވެ.

” ޝިފާތީ ވަރަށް ރީތި ކުއްޖެއް. ތިފަދަ ރީތި ކުއްޖެއްގެ ޙަޔާތް ވަރަށް ފުރިހަމަ ވާނެކަމަށް އަހަރެން އުންމީދުކުރަން. އެކަމު، އިންސާނަކަށް ކުށެއް ކުރެވިދާނެކަންވެސް އަހަރެން ޤަބޫލުކުރަން.” ފެންތަށިން ކޯވަރެއް ބޯލަމުން އަހަރެން ބުނީމެވެ.

” ތީ ވަރަށް ބޮޑު ޙަޤީޤަތެއް. އަހަރެން މިދައްކާ ވާހަކަ ޤަބޫލުކޮށްފިއްޔާ ވަރަށް ރަނގަޅު.”ޝިފާ މަޑުމަޑުން ހިނިތުންވެލިއެވެ.

” ދެން އެވާހަކަ ބުނެބަލަ. އޭރުން ދޯ އަހަންނަށް އިނގޭނީ. އެކަމަކު، ތެދު ބަހުން ވާހަކަ ދައްކާ މީހުންދެކެ، އަހަރެން ވަރަށް ލޯބިވޭ. ހީކުރަން އެއްވެސް ކަމެއްގައި އަހަންނަށް އޮޅުވާ ނުލާނެކަމަށް.” އަހަރެން މަޑުމަޑުން ބުނީމެވެ.

” އެއްވެސް މީހަކަށް އޮޅުވާލުމަކީ އަހަރެން ކުރަން ބޭނުން ކަމެއްނޫން. އަހަރެން މިހާތަނަށް ހެދި ދޮގެއް ނަމަވެސް ހަދާފަ އޮންނާނީ އަހަރެންގެ ސަލާމަތަށްޓަކައި. އެހެންވެ، އަހަރެން ހީކުރަން އަހަރެން މިދައްކާ ވާހަކަ، ޢާޒިމްވެސް ޤަބޫލުކުރާނެކަމަށް. ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވާނީ އެކި ކަހަލަ ކަންތައްތައްދޯ. އަދި ބައެއް މީހުން ހީކުރާނެދޯ ރީތި ކުދިން އުޅޭނީ ވަރަށް އުފަލުންނޭ. އެކަމަކު ދިރިއުޅުމުގައި ކަންތައްތައް ދިމާވަނީ ހީކުރާ ގޮތާއި މުޅިން ޚިލާފަށް.” ޝިފާ ވާހަކަ މެދު ކަނޑާލާފައި ޖޫސް ފޮދުވަރެއް ބޯލިއެވެ. އެވަގުތު ވިލާގަނޑެއް އައިސް ހަނދު ނިވާ ކޮށްލާ، ހަނދުވަރުގެ އަލި ފަނޑުކޮށްލިއެވެ.

” ބަލާބަލަ. ދެންމެ މިތަން އޮތީ ހަނދުވަރުގެ އަލިން އުޖާލާވެފަދޯ. އެކަމު، މިހާރު ވިލާގަނޑެއްގެ ސަބަބުން އެއަލިކަމުން އަހަރެން މިތިބީ މަޙްރޫމްވެފަދޯ.” އަހަރެން މަޑުމަޑުން ބުނީމެވެ.

” ތިބުނީ؟” ޝިފާޔަށް އަހަރެން ބުނި އެއްޗެއް މުޅިން ދޭހައެއްނުވިއެވެ.

” މިބުނީ ދިރިއުޅުމަކީވެސް އެކަހަލަ ކަމެކޭ. އެއްދުވަހު ކަންތައްތައްދާގޮތަށް އަނެއްދުވަހު ނުގޮސްދާނެޔޭ. އެކަމު، ކެރިގެން ކުރިމަތިލައިފިއްޔާ ކާމިޔާބު ވުމަކީ އެކަށީގެންވާ ކަމެކޭ.” އަހަރެން މަޑުމަޑުން ބުނީމެވެ.

= ނުނިމޭ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ދިރިހުރުމަށް…

Next

ޝުކުރިއްޔާ ***** (1)

Next
August 8, 2015

ޝުކުރިއްޔާ ***** (1)

Previews
August 8, 2015

ދިރިހުރުމަށް…

10 Comments!

  1. Shabee says:
    August 8, 2015 at 6:02 pm

    Nice but maa kuru..

  2. reysham says:
    August 8, 2015 at 6:03 pm

    Mi part vrh reethi…ekm vrh vrh vrh vrh vrh vrh kuru….aneh part dhigu koh genedheyne kamah umeedhu kuran

  3. rish says:
    August 8, 2015 at 6:05 pm

    Nice next part genesdheeba avahah

  4. Lali says:
    August 8, 2015 at 6:19 pm

    Nice…dhn haadha kurey.mi site ga kiyaa hithun kiyaa vaahaka ah viyya genesdheynee buriburi

    1. aaaaaaaaaaaaa says:
      August 8, 2015 at 7:52 pm

      yes thibuny hama rangalhah

  5. emiliya says:
    August 8, 2015 at 6:43 pm

    Nice but too short

  6. Mushtag says:
    August 8, 2015 at 6:49 pm

    Haada kurukoh genes thidenee?

  7. nihaa says:
    August 8, 2015 at 6:53 pm

    Maaakuru…

  8. maniu says:
    August 8, 2015 at 8:33 pm

    haadha kurey buddy…any way nice…..

  9. Aanaa says:
    August 8, 2015 at 9:14 pm

    Amaaz name changed?? Why??

Comments are closed.


All Right Reserved!