Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 8

Ushaali Level 810 Stories100 Comments100 Stories500 Comments
August 8, 2015 6 Mins Read
13 Comments

ެ. އަލްމާޝްގެ ހަބަރެއް ނުވާތީ އަންޖޫ އެކޮޓަރިއަށް ދިޔައިރު އަރާމު ނިދީގައި އޮތް އަލްމާޝް ފެނުމުން ގޮވާހިތެއް ނުވިއެވެ. ގެއަށް މަދު އެއްޗެހި ގަތުމަށްޓަކައި އަންޖޫ ކަންމަތީގައި ހުރި ފިހާރައަށް ދިޔައީ ގޭދޮރު ތަޅުލާފައެވެ. ބޭނުންވާ ހުރިހާ އެއްޗެއް ގަނެގެން ފިހާރައިން ނިކުތް އަންޖޫ ސިއްސައިގެންދިޔައީ ފަހަތުން އަންޖޫގެ ނަމުން ގޮވާލުމުންނެވެ. ފަހަތަށް އެނބުރި ބަލާލިިއިރު ފަހަތުގައި ހުރި ފަޒްނާ ހުރީ ހެވިފައެވެ. ފަޒްނާ ހީކުރީ އަންޖޫއާއި އެކު އަލްމާޝްވެސް ހުންނާނެ ކަމަށެވެ.

“ދައްތަ އެކަނިތަ… ކޮބާ ބޭބެ؟ ހާލު ރަނގަޅުތަ އެންމެންގެ؟” އަންޖޫ އަށް ލިބުނު ހިތްހަމަޖެހުމުގައި ފަޒްނާއާއި ގާތަށް ޖެހިލިއެވެ. “ހުރިހާ އެންމެންވެސް ރަނގަޅު. އެކޮއި ކިހިނެއްތަ؟ އެކަނިތަ ިތިއުޅެނީ އައިސްގެން. ކޮންތާކު ހުންނަނީ؟” ދުރުދުރުން ނަމަވެސް ފަޒްނާ އެހީ އަލްމާޝްގެ ވާހަކަކަން އަންޖޫއަށް އެނގުނެވެ.

“ދައްތަ އައިތާ ދެދުވަސް ވެސް ނުވާނެ މިކޮޅަށް އައިރު. މިއުޅެނީ ރަށަށް ދާންވެގެން” އަންޖޫ ފުރަގަސްދިނީ ފަޒްނާ ކުރިމަތީގައި ދޮގު ހަދަން އުނދަގު ވުމުންނެވެ.

“ކީކޭ…އަންޖޫ ވެސް އައީތަ އެމަންޖެ އެތާ އެކަނި ބަހައްޓާފަ. މާތްކަލާކޯ… ކޮންފަދަ ހާލެއްގަ އެމަންޖެ އުޅޭނީ” ފަޒްނާގެ ލޮލުން ކަރުނަ ހިލުނުތަން ފެނިފައި އަންޖޫވެސް ދެރަވިއެވެ.

“އާނ… އޭނަ އެކަހަލަ ކަމެއް ކުރީމަ ވަކި އަހަރެން ކީއްކުރަން އެތާ މަޑުކުރަންވީ.. ދައްތަ ވެސް އޭނާ ދޫކޮށްލީނުން. އަހަރެންވެސް މުޅިން ފޫހިވެއްޖެ އޭނަ މަތިން. އަފޫ ވެސް މިކޮޅަށް ބަދަލުވެއްޖެ” އަންޖޫ ބޭނުންވީ ފަޒްނާގެ ހިތް ރޮށްްވާލާށެވެ.

“އަންޖޫ ތިޔައީ ކޮންކަހަލަ އިންސާނެއް. ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީތަ.. އެކަމު ބުނާނެ އެއްބަނޑު ކުއްޖެއް ފަދައިން ތިމަންނަ އަލްމާޝްދެކެ ލޯބިވަމޭ” ފަޒްނާ ދެރަވެފައިހުރި ވަރުން އަޑުވެސް ބޭރުވަނީ ކެނޑިގެންނެވެ.

“ބަލަ ދައްތަ ދަރިއެއްނޫންތަ އެއީ. އެހާލުގައި އޭނަ ދޫކޮށްލާފައި އައިރު މައިލަގޮނޑިއަށް ކެތްވިތަ. އިންސާނުންނަށް ކުށްވެސް ކުރެވޭނީ. އަހަރެން ވަރަށް ތެދަށް އެއްޗެއް ބުނެފާނަން. އަހަރެންގެ ހިތެއް ނުބުނޭ އަލްމާޝް އެކުރީ މާފް ނުދެވޭ ވަރުގެ ބޮޑު ކުށެކޭ. އަދި އަމުދުން ދައްތާއާއި ބޭެބެގެ އަގުވެއްޓޭ ކަހަލަ ކަމެއް އޭނަ ނުކުރާނެ….. ދައްތާ… ދެންދަނީއޭ… މިކޮޅު ހުންނަގޭ ކޮއްކޮ ނިދާފައި އޮންނާނީ އެކަނި” އަންޖޫ ހިނގައިގަތީ ފަޒްނާ ދޭނެ ޖަވާބަކަށް ބަލާވެސް ނުލައެވެ. ފަޒްނާވެސް އެނބުރި ގެއަށް ދިއުމަށް ހިންގައިގަތްއިރު އެހިތަށްވަނީ ވަރަށް އަސަރުކޮށްފައެވެ.

“ފަޒްނާ ހާދަ ލަހުން ތިއައީ… ތީ މިތާ ކައިރި ފިހާރައަށް ދިޔަ މީހާ… މިހާރު ކިހިނެއްވެފައި ތިއިނީ” ބަސްހުއްޓިފައި ސޯފާ ގޮނޑީގައި އިން ފަޒްނާ ފެނުމުން ފޮތްތަކެއް ހިފައިގެން ކޮޓަރިން ނިކުތް މަނިކު އަހާލިއެވެ.

“އަފާފްވެސް އަންޖޫވެސް މާލެ އައިއްސި އެމަންޖެ އެކަނި ބަހައްޓާފަ. އެންމެންވެސް އޭނަ ދޫކޮށްލައިފި. ދެންމެ މަގުމަތިން އަންޖޫއާއި ދިމާވެގެން އެވާހަކަ ބުނީ. އެހާލުގައި އެމަންޖެއާއި އަޅާލާނެ އެއްވެސް މީހަކު އެތާ ނުހުންނާނެ” ރޮވިފައިވާ އަޑަކުން ފަޒްނާ ވާހަކަދެއްކިއެވެ.

“އަހަރެން ދަންނަ އެއްވެސް އަލްމާޝްއެއް އެއްވެސް ތަނަކު ނުހުންނާނެ. އެހެންނޫނަސް މަ ވިސްނާނީ މަށާ ދޭތެރެ ވިސްނި މީހަކާ ދޭތެރެ” ފަޒްނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން އަތުގައި ހުރި ފޮތްތައް ހުޅުވާލާފައި މަސައްކަތާގެން ކުރިއަށް ދަމުން މަނިކު ބުނެލީ ވަރަށް ހަމަޖެހިލާފައެވެ.

“ހެޔޮނުވާނެ ހިނގާބަލަ ކޮންމެސްގޮތަކަށް އެމަންޖެ އުޅޭ ހާލެއް ބަލާލަން” ފަޒްނާ އިނީ ކަރު އެލުވާލައިގެންނެވެ.

:ބުނަންތަ ފަޒްނާ… ތިކަހަލަ ބޭކާރު ވާހަކަ އަޑުއަހާކަށް އަހަންނަކަށް ވަގުތެއްނެތް. ދޭބަލަ ގޮސް ފެންތައްޓެއް ގެންނަން” މަނިކު ވަރަށް ހިތަވްރުގަދައެވެ. މަނިކުއަށް ކެތްވީ ފަޒްނާ ތެދުވެގެންގޮސް ބަދިގެއަށް ވަންނަންދެންނެވެ.

ލޮލުގައި އޮތް ނަންބަރު އައިނު ނެގުމަށްފަހު ގޮނޑީގައި ހަމަޖެހިލީ ހިތަށްކޮށްފައިވާ އަސަރެއްގެ ބޮޑު ކަމުންނެވެ. ކިތަންމެ ނޫނަކަމށް ހެދެން އުޅުނަސް އެއީ މަނިކުގެ ފުރާނައެވެ. އެދަރިއަށް ދެރަބަހެއް ބުނަން ދުވަހަކުވެސް ބޭނުމެއްނޫނެވެ. މަނިކު ދެކޭ ގޮތުގައި އަލްމާޝް އެގޮތަށް ކަންތައްކުރި މައިންބަފައިންގެ ފަރާތުން ދެވުނު ލޯތްބެއްގެ ބޮޑުކަމުންނެވެ. އަލްމާޝް ދެކޭ ހިތުން އެދެލޯ ވެސް ވަނީ އިންތިހާއަށް ބޭނުންވެފައެވެ.

ވަގުތަކީ ހަވީރުގެ ވަގުތެކެވެ. ގެއަށް ވަދެވުމާއެކު އަތުގައި އޮތް ދަބަސް އެނދުމައްޗަށް ހޫރާލުމާއެކު އަފާފް ބޭނުންވީ ވިހާވެސް އަވަހަށް އަލްމާޝްއާއި އަދި ޝަހާނާއާއި ބައްދަލުކުރާށެވެ. އަވަސް އަވަހަށް ގޭތެރޭގެ ކަންތައް ހަމަޖައްސާލުމަށްފަހު ރޭގަނޑަށް ކައްކާވެސް ނިންމާލިއެވެ. ފެންވަރާ ރީތިވެލުމަށްފަހު މަގުމަތިން ޓެކްސީއެއް ހުއްޓުވައިގެން ހަވޭލީއަށް ދާން މިސްރާބުޖެހިއެވެ. އަފާފް އެގެއަށް އަންނާނެ އިރަކަށް އަލްމާޝް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަފާފްގެ އެދުމުގެ މަތިން އަލްމާޝްވަނީ ޝަހާނާއަށް ވެސް ގުޅައިގެން އެގެއަށް ގެނެއްސައެވެ. ސިޓިންގްރޫމް ސޯފާގައި ތިބި އަންހެންކުދިންގެ ގުރޫޕް ސިހުނީ ބެލް އަޅާ އަޑަށެވެ. ދޮރުހުޅުވާލި އަންޖޫ ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި ޑެލިވަރީބޯއީގެ ފަހަތުން އަފާފްގެ ހެވިފައިވާ މޫނު ފެނުމުންނެވެ. “މާޝްކޮއްކޯ މިހުރީ އަފާފް… ޕިއްޒާތައް ހިފައިގެން ގެއަށް ވަންނަމުން އަންޖޫ އެހެން ބުނުމުން މާދުރުން ދުވެފައިއައި ޝަހާނާ އަފާފްގެ ހަށިގަނޑުގައި ބައްދާގަތެވެ. ފަހަތުން އައި އަލްމާޝް ވެސް ދެމީހުން ގައިގަ ބައްދާލިއެވެ.

މައި ގޯޑް… އަފޫ ހާދަ ފަލައޭ…ޕްރެގްތަ އަނެއްކާ” އަފާފްގެ ހަށިގަނޑަށް އައިއްސަ ހުރި ބަދަލު ފާހަގަކުރެވުނީ އަލްމާޝްއަށެވެ. ޝަހާނާއަށް ފާހަގަ ނުކުރެވުނީ ތިން އަހަރު ފަހުން ފެނުނީމައެވެ.

“ކޮންތާކު.. މިހާރުވެސް ނަމާދު ޗުއްޓީގަ މިހުރީ…. އެހެންނޫނަސް މަޖާ ކުރަންވި ދުވަސްތަކުގައި ޕްރެގްވީމަ ސަކަރާތެއްނު… ނިމާންއަށް ކޮންޓްރޯލް ކުރަން ނޭނގުނަސް ދިފޫ އެކަމަށް ވަރަށް ކުޅަދާނަ” އަފާފްގެ ވާހަކަތަކުން އަލްމާޝް ރަކިވިޔަސް ޝަހާނާ އަނގަމަތީގައި އަތް އަޅާއިގެންހުރީ ހެވޭ ވަރުންނެވެ.

“ބަލާބަލަ މިހިރަ މީހެއް… އަހަރުންނަށް ގެއްލުނީރުވެސް ހުރީ އިލޮށްޓެއްހެން. މިހާރުވެސް ހަމަ އެހެން… އަޅެ ޖިނާން ކައިރީގަ ބުނެބަލަ ގިނައިން ލޯބި ދޭށޭ” އަފާފް ޝަހާނާއާއި ވެސް ދިމާކޮށްލިއެވެ.

“އޯކޭ އޯކޭ… އެންމެ ބޮޑަށް ލޯބި ލިބިފަ މިހުރީ މަށަށް… ގަބޫލުކޮށްފިން… އެކަމު މަ ބަލާނަން ކިހާ ދުވަހެއް ވަންދެންތޯ ތިގޮތަށް ތިދެމީހުން ތިބެވެނީ… ދެން ހިނގާބަލަ ޕިއްޒާ ކާން” ތިން ކުދިން އެއްކޮށް ކާން ފެށުމުން ދުރުގައި ހުރި އަންޖޫވެސް ބައިވެރިވިއެވެ. އަފާފް އާއި ޝަހާނާ ކޯކް ބޯން ފެށުމުން އަލްމާޝް ދެރަވީ އޭނައަށް ކޯކް ނުބޮވޭތީއެވެ. އަންޖޫ އޭނައަށް ގެނެސްދިނީ ކުރުނބާ ފެން ތައްޓެކެވެ. ހިތްހަމަޖައްސާލައިގެން އަލްމާޝް އެފެންތަށި ބޯލީ ކޯކް ބުއިމުން ވައިގެ އުނދަގޫ އޭނައަށް އިންތިހާއަށް ކުރިމަތިވާނެތީއެވެ.

ދެހަފްތާ ފަހެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން ނިމާން އުޅުނީ ގޭގައެވެ. އޮފީހަށް ވަދެލީ މުހިއްމު އެއްޗެއް ބާއްވާފައި އާދެވުމުން އެބަލައެވެ. ހޯދަން އައި އެތި ފެނުމުން އޮފީހުން ނިކުމެގެން ގެއަށްދިޔަ މަގުމަތީގައި ހުޅުވާފައި ހުރި ފިހާރައަކަށް ވަދެލީ އަލްމާޝްއަށް އެއްޗެއް ގަނެލުމަށެވެ. އެވަގުތު އެފިހާރައިގާ މާގިނަ މީހުންނެއްވެސް ނެތެވެ. އަންހެންކުދިން އެއްޗިހި ވިއްކާ ފިހާރައެއް ކަމުން ހެދުންތައް ބަލަމުންދިޔަ ނިމާާާން ސިއްސައިގެންދިޔައީ ކުއްލިއަކަށް ކަރަންޓްދިޔުމުންނެވެ. ވަގުތަކީ ދުވާލުގެ ވަގުތެއްކަމުން މަގުމަތީގެ އަލި ކޮންމެސް ވަރަކަށް ފިހާރަތެރެއަށް އެޅިފައިވުމުން މީހުން ވަކި ކުރަން އެނގޭހާވެއެވެ. އެއްތުންފަތުން ހީލައިގެންހުރި ދީމާ މަޑު ހިނގުމެއްގައި ހިނގާފައިގޮސް ފަހަތުން ނިމާންގެ ހަށިގަނޑުގައި ބައްދާގަތުމުން އެ އަތް ނައްޓުވާލަމުން ކުއްލިއަކަށް ނިމާން ފަހަތަށް އެނބުރުނުއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން އެ މޫނު މަތިން ފެނިގެންދިޔައީ އިންތިހާދަރަޖައިގެ ފޫހިކަމެވެ.

“ކަލޭތަ… އޭރުވެސް މަށަށް އެނގުނު މިކަހަލަ ގޮތްކުޑަކަމެއް ކަލޭނޫން އެހެން މީހަކު ހަޔާތްކެނޑިގެން ކުރިން ފިރިހެނަކު ގަޔަށް ނާރާނެކަން” ދީމާ ފޮޅުވާލުމަށްފަހު ދޮރާ ދިމާލަށް ނިމާން ހިނގައިގަތީ ފޯނުން އަލިކޮށްލައިގެން ހުރެއެވެ. އަނެއްކާވެސް ނިމާން ހުއްޓެންޖެހުނީ ކުރިއެކޭ އެއްފަދައިން ދީމާ އޭނާގެ ފުރަގަހުން ކުރިއަށް ވުރެ ވެސް ބާރަށް ބައްދާގަތުމުންނެވެ. މިފަހަރު ދީމާގެ އަތް ނައްޓުވާލަންވެސް ނިމާންއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ވަރަށް އުނދަގުލުން ދީމާގެ އަތް ނައްޓުވާލައި ދުރަށް ކޮށްޕާލުމުގެ ސަބަބުން ދީމާ ގޮސް ޖެހުނީ ހެދުންތައް އަޅުވާފައިހުރި ހަރެއްގައެވެ. އޭގެ ދަގަނޑުގެ ކޮޅު ދީމާގެ އަތުގެ އުޅަނބޮށީގައި ޖެހިފައި ނުލަފާ ތަދެއް ވެގެން ދިޔައެވެ. “އައުޗް…. ކިހިނެއްވީ…. އަހަރެން ހަގް ކޮށްލީމަ ނިމާންއަށް ކަމުނުދިޔައީތަ؟” ނިމާންގެ ކުރިމަތީގައިހުރި ދީމާ ހުރީ ހެވިފައެވެ. ޕިންކް ކުލައިގެ ކުރު ޓޮޕްކޮޅު ގަޔަށް ހިފާލާފައި ހުރިއިރު އެހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ. ބެލްބޮޓަމްއެއްގައި ހުރިއިރު ހުރީ ހުސްފަޔާއެވެ. އެދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި ހުރިއިރު ހެޔާބޭންޑަކުން ހިއްފަހައްޓާލާފައި ހުއްޓެވެ. ދީމާ ކުލަ ހެދުމުގައި ހުއްޓާ ނިމާންއަށް ފެނުނު މީ ފުރަތަމަ ފަހަރުކަމުން ދީމާއަކީ ރީތި ކުއްޖެއްކަމުގައި ނިމާންއަށް ވެސް އެއްބަސް ވެވުނެވެ. އެހެނަސް ހަމަ އެހިނދުކޮޅުގައި ނިމާންގެ ހިތަށް ފޫހިކަން ވެރިވެގެންދިޔައީ ދީމާގެ ގޮތެއް ނެތްކަން ހިތަށް އަރާފައެވެ. ދީމާއާއި އަޅާ ބަލާ ނިމާންއަށް ލިބިފައިހުރީ ޖަވާހިރު ކޮޅެކެވެ. ދީމާއަށް ކިތަންމެ ލޫޅާފަތިކަމެއް ލިބިފައިހުއްޓަސް އޭނާއަށް ލިބިފައި އެހުރި ރީތިކަމުގައި އެއްވެސް އަގެއް ނެތެވެ. ނިމާންއަށް ނުވިސްނުނު އެއްްޗަކީ ނިމާންގެ ފަރާތުން ދީމާ ބޭނުންވެގެން އެއުޅޭ އެއްޗެކެވެ.

“ދީމާ މަށަށް ފާރަލާންވެސް ފެށީތަ؟ އާނ އެހެންވެގެންދޯ ފަހަތުން މި ފިހާރައަށް ވަންނާނީ” ނިމާން ގޮސް ހުއްޓިލީ ދީމާއާއި ފުދޭވަރަކަށް ދުރުގައެވެ.

“މީ އަހަރެން ބައްޕަ ފިހާރަ… މީކީ ފިހާރަ ހުޅުވާ ގަޑިއެއްވެސް ނޫން.. އެއްޗެއް ބާއްވާފައި އާދެވުނީމަ އެ ނަގަން ވެގެން މިތަން މިވަގުތު ހުޅުވީ… މަށަށް އެނގޭ ނިމާންއަށް އެނގޭކަން މިތާ މަ އުޅޭކަން.. އެހެންވެ އައިސް ތިވަނީ… މިހާރު ތިއުޅެނީ އެއްބަސް ނުވާންވެގެން” ދީމާގެ ވާހަކަތަކުން ނިމާންއަށް ރުޅިގަނޑު ކޮންޓްރޯލްއެއް ނުކުރެވުނެވެ.

“އައްޗި… މަށަކީ ދީމާއުޅޭ ގޮތަށް އުޅޭ މީހެއް ނޫން… ފާރަލާނެ މީހަކު ނެތަސް ދީމާއަކަށް ފާރައެއް ނުލާނަން. މިތަނަށް އަހަރެންވަނީ މީ ފިހާރައެއްވީމަ އަދި އެވެސް އަހަރެން ވައިފްއަށް އެއްޗެއް ގަންނަން… ދީމާ ހޯދާކަށް ނޫން… އެނގިއްޖެތަ؟ ދީމާގެ ލޮލާ ދިމާލަށް ދިއްކޮށްލި އިނގިލި ތިރިކޮށްލީވެސް ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެވުނީމައެވެ.

” ނިމާން ވިސްނާލަބަލަ… ކިހާ ވަރަކުން އަހަރެން މިއުޅެނީ… އަހަރެން ހާދަ ލޯބިވެޔޭ ނިމާންދެކެ. ނިމާންއަށް ކީއްވެތަ ނުވިސްނެނީ” ނިމާން ރުޅި އައިސްގެން ފަޅައިގެންދާވަރު ވެފައިހުރެ ދޮރާ ދިމާލަށް އައީ ފިހާރައިން ނިކުންނަން ވެގެންނެވެ. ދޮރު ހުޅުވަންއުޅެ ނުހުޅުވުނީމަ ނިމަން ބަލާލީ ދުރުގައިހުރި ދީމާއަށެވެ. އޭރު ދީމާ ކައުންޓަރުގައި ލެގިލައިގެން ހެވިފައިހުރިއިރު އެއްއަތުން ހުރީ ނިމާންއަށް ފިހާރައިގެ ތަޅުދަނޑި ދައްކާލައިގެންނެވެ.

“ހަމަ މިހާރު ތަޅުދަނޑި ދޭންވީ… ދީމާ ޖައްސާ ވައްތަރު ބަލާކަށް މަށަށް ވަގުތެއް ނެތް.. އަހަރެންގެ ވައިފް އިންތިޒާރު ކުރާނެ” ނިމާން ދީމާއާއި ކައިރިވެލީ ތަޅުދަނޑި އަތުލުމުގެ ބޭނުމުގައެވެ. ދީމާ އަތް ފުރަގަހަށް ލުމުން ނީމާން ޖެހިލީ ކުޑަތަންކޮޅެއް ފަހަތަށެވެ.

“ހީނުކުރައްޗެ ދީމާ އަތުން ތި ތަޅުދަނޑި އަތުލަން އަހަރެންގެ އިނގިލީގެ ކުރި ވެސް ޖައްސާލާނޭ… މިދުނިޔޭން އެހެން އަންހެނެއް ހަރާން…” ނިމާން މިހެން ބުނުމުން ދީމާ ނިމާންއާއި ކައިރިވެލާ ނިމާންގެ އަތުގައި ހިފަން މަސައްކަތްކުުރިއެވެ.

“ދީމާ ދުރުގައި ހުރޭ… އެހެންނޫނީ…..”

އެހެންނޫނީ ކީއްކުރެވޭނީ… އަހަރެން ގައިގަ އަތްނުލާ ނިމާންއަށް މިތަނުން ނުނިކުމެވޭނެ” ނިމާން އެއްވެސް ބަހެއް ނުކިޔާ ހުރީ ދެން ހަދާނެ ގޮތެއް ވިސްނަންކަމެއްެސް ނޭނގެއެވެ. ކުއްލިއަކަށް ސިއްސައިގެންދިޔައީ ނިމާން އެހަށިގަނޑުގައި ބީހޭން ފެށުމުންނެވެ.

“ދީމާ ދުރުގައި ހުރޭ….” ނިމާން ދީމާގެ އަތުގައިހިފާ ދުރުގައި ބެހެއްޓުމުން ދީމާ އަނެއްކާވެސް އައިސް ނިމާންގެ ގައިގެ އެތަންމިތާ އަތްހާކަން ފެށިއެވެ.
“ނިމާން… ކީއްވެ މަށަށް ތިހެން ތިހަދަނީ… ގަސްދުގައެއްނޫނޭ ނިމާންދެކެ ލޯބިވީކީ… އަހަރެންވެސް މީ އަންހެނެކޭ… އެހައްގު މަށަށްވެސް ލިބިގެންވޭ.. ނިމާން އެންމެ ޗާންސެއް ދީބަލަ މަށަށް.. އޭރުން އެނގޭނެ ކާކަށްކަން މޮޅަށް ލޯބިދޭން އެނގެނީ… ނިމާންގެ އަންހެނުންނަށް ލޯބިދޭން ނޭނގޭ ކިތަންމެ ގޮތަކަށް މަށަށް ލޯބިދޭން އެނގިދާނެ…އަޅެ އަޖުމަ ބަލާލަބަލަ” ދީމާގެ ވާހަކަތަކުން ނިމާންހުރީ އަނގައިން ބުނާނެ ބަހެއް ވެސް ނޭނގިފައެވެ. ދީމާއަކީ ވާހަކަދައްކަންވަެސް އެހާ ކުޅަދާނަ މީހެކޭ ނިމާންގެ ހިތަށް އެރިއެވެ.

” ދީމާ އަހަރެންދެކެ ކިތަންމެ ލޯބިވިޔަސް އަހަރެންކުރާނެ ކަމެއް ނެތް…. ދުރުގައި ހުރެބަލަ… އަނގައިން ކިތަންމެ އެއްޗެއް ކިޔަސް ތިހެން ގަޔަށް ބޮލަށް އަރަންޏާ ދެން އަހަރެން ޖެހޭނީ އެހެންގޮތެއް އިހްތިޔާރުކުރަން… މިބުނީ ކަމާބެހޭ ފަރާތަށް” ނިމާން ބަލާކަށް ނުހުރެ އަނެއްކާވެސް ދީމާ ދުރަށް ކޮށްޕާލީ ނިމާންގެ ގަމީހުގެ ގޮށްތައް ނައްޓަން ފެށުމުންނެވެ.

“ނިމާން… ގެނޭ ތަޅުދަނޑި…މަޑުކޮށްބަލަ… އާދެބަލަ.. ނިމާން މޮޔަކޮށްލާ ވަރަށް ލޯބިދޭނަން… މިތާ އަހަރެން ކައިރީ އޮށޯވެބަލަ” ދީމާ މޮޔައެއްހެން ނިމާންގެ އަތުގައި ހިފާ މަސައްކަތްކުރީ ނިމާންގެ މޫނާ ހަމައަށް ދީމާގެ މޫނު ކައިރިކުރެވޭތޯއެވެ.

“ނިމާން… ހެޔޮނުވާނެ އަހަރެންގެ ލޯބި ގަބޫލުކުރޭ… ނިމާންގެ އަންހެނުން ވަރިކޮށްލާ… ބޭރުކޮށްލާ ނިމާންގެ ހަޔާތުން” ބަލާކަށް ނުހުރެ ނިމާން އެނބުރިލުމަށްފަހު ދަތްކުނޑިވިކާލިއެވެ.އަދިއެބާރުގަދަ ދެއަތުގެ ހޫނުކަން އަމާޒުކޮށްލީ ދީމާގެ ކަންފަތްފިލާ މައްޗަށެވެ.

“ދީމާއަށް ކެރޭނެތަ އަހަރެން މިދައްކާ ވާހަކަ އަޑުއަހަން. އެހެންވިއްޔާ އަޑުއަހާ….އަހަރެންގެ ހިތާ ފުރާނައިން އަހަރެން އެދޭނީ އެންމެ މީހަކަށް. އެއީ އަހަރެންގެ ވައިފް. އޭނަ ނޫން އެހެންމީހަކާއި ދޭތެރޭ ދުވަހަކުވެސް އަހަރެން ނުވިސްނާނަން. އަހަރެންނަށް މިއޮށްބޮޑު ދުނިޔޭން ފެނުނު އެންމެ ފުރިހަމަ އަންހެނަކީ އެއީ. އެއީ އަހަރެންގެ މުޅި ދުނިޔެ. އޭނައާއި ނުލާ ފަޅި ސިކުންތެއްވެސް މި ދުނިޔޭން ބޭނުމެއްނޫން. އަހަރެން ދިރިހުރުމަށްޓަކައި އެތެރެއަށް ދަމާލުމަށްފަހު ބޭރަށް ދޫކޮށްލާ ނޭވައަކީ އެއީ… އަދި މިހާރު އޭނަ އެއުޅެނީ އަހަރެންގެ ދަރިއަކު މިދުނިޔެއަށް އުފަންކުރަން. އެކަން އެނގުނު ދުވަހުން ފެށިގެން އޭނާދެކެ ވާ ލޯބި އެތައް ގުނައެއް އިތުރުވެއްޖެ. ވީއިރު އަހަރެން އެވަރަށް ލޯބިވާ އެއްޗެއް ދޫކޮށްލާފަ ތިކަހަލަ މުޑުދާރު އަންހެނެއް ކައިރިއަށް އަންނާނެތަ… މި ދުނިޔޭން އަންހެނުން ހުސްވިޔަސް ދީމާ ކައިރިއަށް އަހަރެން ނާންނާނަން….އަހަރެންގެ ފުރާނަ ފަދަ ލޯބިވާ އަނބިމިހާ ވަރިކުރަން ދުވަހަކުވެސް މި ހިތަށް ނާރާނެ. އެއީ އަހަރެން މިދުނިޔޭން ވަަކިވެގެން ދިޔަސް ނުކުރަނެ ކަމެއް. އޭނަގެ ކޮންމެ ހަރަކާތެއްވެސް މަށަށް ކަމުދޭ. ކޮންމެ ސިފައެއްގައި އޭނަ އަހަރެން ކުރިމައްޗަށް އެރިޔަސް އަހަރެން އޭނަ މަތިން ފޫއްސެއް ނުވާނެ. އެންޑް ވަން ތިންގް…. އައި ލަވް ހަރ އަލޮޓް…..އަޑު އިވިއްޖެތަ ދީމާ އަދުނާން” ރުޅި އައިސްގެން ނިމާން ވާހަކަދައްކަމުން ދިޔައިރު ނިމާންގެ ލޮލުންވެސް ކަރުނަ އާދޭއެވެ. ނިމާންގެ ރުޅިވެރި މޫނު އަދި މޫނުމަތީގައި އަޅާ ވޭނުން ދީމާ ހުރީ ހުރި ތަނުން ގުޑިލާންވެސް ނޭނގިފައެވެ. އެއްއަތުން ނިމާން ޖެހި ތަނުގައި އަތް އަޅައިގެން ނިމާން ނުކުމެގެންދިޔަ މަންޒަރު ބަލަން ހުރި ދީމާގެ ލޮލުން ކަރުނަތަކުން އަލިފާންކަނި ބުރއިގެންދާ ކަހަލައެވެ. އަލްމާޝްއާއި ދޭތެރެ އެހިތުގައިވި ރުޅިވެރިކަމުގެ އަލިފާނަށް ޕެޓްރޯލު އެޅި ކަހަލައެވެ. ނިމާން އެ އަޅުވާލި ހޫނު އެތިފަހަރުގެ ބަދަލު އޭނަ ހިފާނީ އަލްމާޝްގެ ކިބައިންނެވެ. އަލްމާޝް އާއި ނިމާން ދުރުނުކޮށްފިއްޔާ އޭނަގެ ނަމަކަށް ދީމާ ނުކިޔާނެއެވެ. އެވެސް ވަރަށް އަވަސް މުސްތަގުބަލެއްގައެވެ.

ސައިކަލު އޭގެ އެންމެ ބާރުމިނުގައި ދުއްވާފައި ދެވޭ ތަނެއް ނިމާންއަށް ނޭނގެއެވެ. ގަމީހުގެ މަތީ ތިން ގޮށް ނެއްޓިފައި ވާތީ ދެފަރާތުން ގަމީހުގެ ދެބައި އެލިފައި އޮތެވެ. އެބާރުމިނުގައި ނިމާން މަޑުކޮށްލީ ކާނިވާ ސަރަހައްދަށެވެ. ޕާރކިން ޒޯނުގައި ކާރު ޕާރކް ކޮށްލާފައި ގޮސް ޑޮލްފިްއަށް އަރާ އެތަނަށް އައުމަށް ޖިނާން އަށް މެސެޖްއެއް ކޮށްލިއެވެ…..

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހަދިޔާ (3 ވަނަ ބައި)

Next

ހަތަރު އުދަރެސް (17)

Next
August 8, 2015

ހަތަރު އުދަރެސް (17)

Previews
August 7, 2015

ހަދިޔާ (3 ވަނަ ބައި)

13 Comments!

  1. kayaani says:
    August 8, 2015 at 12:23 am

    mee almaash ge 9 vana part w.. im first yeeeeyyy

  2. Crazi says:
    August 8, 2015 at 12:34 am

    Shalhi but kuree

  3. emiliya says:
    August 8, 2015 at 12:59 am

    Haadha kurai

  4. shif says:
    August 8, 2015 at 2:32 am

    1st cike ga dhiya vahaka then car park kurivahaka fahu baiga othee, mee kihineh vaa kameh

  5. nihaa says:
    August 8, 2015 at 5:52 am

    Nice… Bt maakuryy…

  6. Sam says:
    August 8, 2015 at 6:14 am

    Maahil bodu gotheh nuviennu

  7. Sam says:
    August 8, 2015 at 6:15 am

    Maa*

  8. USHAALI says:
    August 8, 2015 at 7:59 am

    avahah up kuranvegen mistake eh hedhifa eynee… aslu cyk innaany.. mikamahttakai kiyuntheringe kibain nihaayathah maafah edhen……..
    next part dhigu kohdheynan….. insha allah…..

  9. shasha says:
    August 8, 2015 at 9:38 am

    nice mi part ves..avahah up kohdhy

  10. dheema says:
    August 8, 2015 at 9:56 am

    Cycle ga goss car o park kury ;/

  11. shaaya says:
    August 8, 2015 at 11:35 am

    Plx den ehaaavahah almaash rohvaa nulahchey…

  12. xaai says:
    August 8, 2015 at 7:08 pm

    Rythi ekam kury……cykuga dhen car park kury….

  13. Barbie says:
    August 10, 2015 at 1:26 am

    Alhe avahah up kohdheeeba plxxx

Comments are closed.

Next Episodeއަލްމާޝޤ 10←


All Right Reserved!