Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ ***** (16) ވަނަ ބައި

DESTINY2020 Level 210 Stories
August 8, 2015 5 Mins Read
12 Comments

” މިބުނީ ދިރިއުޅުމަކީވެސް އެކަހަލަ ކަމެކޭ. އެއްދުވަހު ކަންތައްތައްދާގޮތަށް އަނެއްދުވަހު ނުގޮސްދާނެޔޭ. އެކަމު، ކެރިގެން ކުރިމަތިލައިފިއްޔާ ކާމިޔާބު ވުމަކީ އެކަށީގެންވާ ކަމެކޭ.” އަހަރެން މަޑުމަޑުން ބުނީމެވެ.

” ތިކަން އޮންނަނީ ތިހެން. އެކަމަކު ދިރިއުޅުމުގެ މާޒީގައި ދިމާވެފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ތިބުނާ ހިތްވަރު ހުރިހާ މީހުނެގެ ހުރޭބާ؟” ޝިފާ ކޮށްލީ ބޮޑު ސުވާލެކެވެ.

” ކީއްވެބާ ތިހެން ތިބުނީ؟ އަނެއްކާ ޝިފާގެ މާޒީގައި ލައްތަކެއް ޖެހިފަވަނީބާ؟” އަހަރެން މަޑުމަޑުން ބުނީމެވެ.

” ނޫނޭ. ތިހެނެއްވެސް ނޫން. އެކަމަކު.” ތަންކޮޅެއް ދުރަށް ބަލާލަމުން ޝިފާ ބުނެލިއެވެ.

” ކީއްވެބާ ކުއްލިއަކަށް ހުއްޓުނީ؟” އަހަރެން ބޭނުމީ ޝިފާގެ ޙަޔާތުގެ ޞަފްޙާތައް ޝިފާގެ އަތުން ހުޅުވާލުމަށެވެ.

” އަހަންނަކަށް ނޭނގެ މިވާހަކަ ދައްކާނެ ގޮތެއް. ތަންކޮޅެއް ފަހުން ހަޖެހިގެން ކިޔައިދޭނަން. މައްސަލައެއްނެތްތަ؟ ދެން ހިނގާ މިތަނުންދާން. މިހާރު ތަންކޮޅެއް ލަސްވޭއެބަ އަހަންނަށް.” ޝިފާ މަޑުމަޑުން ބުނެލިއެވެ.

” ތިހެން ކަމަކު ނުދާނެ. މިރޭ ޖެހޭނެ ކިޔައިދޭން. އަހަރެން މީ ވަރަށް ކެތްތެރިކަން ކުޑަ މީހެއް؟ ” އަހަރެންބޭނުންވީ ޝިފާގެ ވާހަކަ އަޑުއަނހާށެވެ.

” އޯކޭ. އަސްލު މިއަދާއި ހަމައަށް އަހަންނޭ ކިޔައިގެން ޢާޒިމްއަށް އަޑުއިވިފަ ހުންނާނީ ހުސްދޮގުވާހަކަ. އަހަންނަކީ ވަރަށް ރީތި އަންހެން ކުއްޖެއް. އަދި ބުނަންތަ މިރީތި ކަމުގެ އަގުވެސް ހުންނާނެ. މިއަދާއި ހަމަޔަށް ވަރަށް ގިނަ މީހުން ރައްޓެހިވާން ހުށަހެޅި. އިމާންވެސް ހުށަހެޅި. އެހެންވެ އަހަރެންގެ ވަރަށް ގިނަ ރައްޓެހިން ތިބޭނެ. އެކަމަކު އެހުރިހާ މީހުންވެސް އަހަރެންގެ ޓެސްޓުން ވަނީ ފެއިލްވެފަ.” ޝިފާ ފުންނާވާއެއްލިއެވެ.

” ތިބުނީ؟ ދެން ކީއްވެ ކުރިން ބުނީ ރީތި ކުދިންގެ މާޒީ.. ރީތިކުދިން އުޅެނީ އުފަލުގައެއްނޫނޭ.. ” އަހަރެން އަވަސް އަވަހަށް ސުވާލުކޮށްލީމެވެ.

” މިބުނަނީ ހުރިހާ މީހުންވެސް ޓެސްޓުން ފެއިލްވިއްޔޭ.. ހުރިހާ މީހުންވެސް ބޭނުންވަނީ ވަގުތީ އުފާ.. އެކަމެއް އަހަރެން ގާތުން ނުވާނެ… އެކަމާއި އަހަރެން ރައްޓެހިވާ މީހުންނާއި މައްސަލަޖެހެނީ.. ރައްޓެހިވާގޮތަށް ހުރިހާ މީހުންވެސް ބޭނުންވަނީ މަލުގެ ފޮނިބޯން. އެކަމަކު ހުރިހާ މާލަކުން އެހާ ފަސޭހަކޮށެއް ފޮނި ނުބޮވޭނެ. ބައެއް މާތަށް އެއީ ވަރަށް ރައްކާތެރިކޮށް ބަލަހައްޓަމުން އައިސްފައިވާ މާތަކެއް. އެކަން ގިނަ މީހުންނަށް ނުވިސްނުނީ. އަނެއްކޮޅުން ކުރިން އަހަރެން އެހެން ބުނީ ޢާޒިމްގެ އެއްޗެއް ބަލަންވެގެން. ދެން އެވާހަކަ ނުދައްކާ.. އިރާދަކުރެއްވީތީ އަހަރެންގެ ނަޞީބުގަދަ. މާޒީގަ އަހަންނަށް ދިމާވީ މުޅިންވެސް ގޯސް މީހުން.. ރީތިކޮށް ބުނާނަމަ ހުރިހާ މީހުން އަހަރެން އެބިއުސްކުރަން އުޅެނީ.. އަދިވެސް ހިތުގަ އެބިރު އޮވޭ މީހަކާއި ރައްޓެހިވާން ވިސްނާއިރު…އެހެންވެ ކުރިން އެހެން ބުނަންޖެހުނީ.. އަދި ޢާޒިމްތީ ވަރަށް ރަނގަޅު މީހެއްކަމަށް ފެންނަނީ….. ” ޝިފާވާހަކަ ދެއްކީ ވަރަށް ހަމަޖެހިލުމާއިއެކުގައެވެ.

” ތޭންކްސް…. އެހެން ވިއްޔާ ޓްރެފިކް ލައިޓްކައިރިން ދިމާވިކާކު؟ އޭނަ ބޮޑާ ވެލާފަ ކީކޭ އެބުނީ؟” އަހަރެން އެންމެ ޖަވާބު ހޯދަން ބޭނުންވީ ސުވާލަކީ އެއީއެވެ.

” އެއީދޯ. އެއީ އަހަރެން މިދުނިޔެމަތިން އެންމެ ފޫހިވާ މިހާ؟ އެއީ ކުޑަކޮށް ތިމާގެ ކުއްޖެއް. އޭނާއާއި އެއް ގެއެއްގައި އަހަރެން އުޅުނިން. ވަރަށް ގިނަ ގޮތްގޮތަށް އަހަރެން އެބިއުސް ކުރަން އޭނަ މަސައްކަތް ކުރި. އެކަމާއި ހުރެ އެގެއިން އަހަރެން ނިކުންނަންޖެހުނީ. އޭނާއަށް އަހަރެންގެ ފަރާތުން އޭނަ ބޭނުންވާ ކަންތައްތައް ނުވީމަ އޭނަ ކުރިކަމަކީ ވާހަކައިން އަހަރެން ބަދުނާމް ކުރުން. އެވަށްތަރުގެ މީހުންނަށް ދިވެހިން ކިޔާނީ ކަންނުވެ ނަންވާ މީހުން. އަހަރެން އަޅައެއް ނުލަން އޭނަދައްކާ ވާހަކައަކަށް. އަހަރެންގެ ދިރިއުޅުގެ ކުރިމަގު ވަރަށް ސާފްސީދާ. އަހަރެންގެ މަންޒިލް މިއޮތީ ވަރަށް ރީތިކޮށް ކުރިމަތީގަ ފެންނަން. އަހަންނަށް ހެޔޮއެދޭ ލޯބިވާ ޞޯލިޙް މީހަކު ލިބުނީމަ އެމީހެއްގެ އަތުގަ އަހަރެން ހިފާނަން. އެކަމަކު، އެމީހަކުވެސް އަހަންނާއި ކައިވެނި ކުރެވެންދެން ހުންނަން ޖެހޭނީ ޙުދޫދުގެ ތެރޭގަ. އޯކޭ. އިތުރު ސުވާލެއް؟” ޝިފާ ވާހަކަ ދައްކަމުން ގެންދިޔައީ ވަރަށް ހަމަ ޖެހިގެން އިނދެއެވެ.

” ދެން އިތުރު ސުވާލެއް ކުރާނެ ޖާގައެއް އެބައޮތްތަ؟ ހިތަށް އަރަނީ ޝިފާތީ…..،؟” އަހަންނަށް ސުވާލުނުކުރެވެނީ ޝިފާ ވާހަކަ ދައްކަން ފެއްޓިއެވެ.

” ޔޭސް. ޢާޒިމް ތިކުން އުޅޭ ސުވާލުގެ ޖަވާބަކީ ޔޭސް. މިޝިފާ މޭގަ އަތްޖަހާލާފަ މިބުނަނީ މީ ޢިއްފަތްތެރި އަންހެން ކުއްޖެކޭ. އަހަރެންގެ ޙަލާލު ފިރިމީހާ ނޫން މީހަކަށް މިޝިފާގެ ފަރާތުން އެއްވެސް އަރާމެއް ނުލިބޭނެ. އަހަރެންގެ ފިރިމީހާއަކީ ނަޞީބުވެރިއަކަށް ހަދަން އަހަރެން ބޭނުން. ” މޭގައި އަތްޖަހާ ފަޚުރުވެރިވެލަމުން އަހަރެން ކުރަން އުޅުނު ސުވާލުގެ ޖަވާބު ޝިފާދިން އިރު، ޝިފާގެ މޫނުމަތީގައިވާ ހިނިތުންވުން ވަރަށް ފުރިހަމައެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ! ދެން ހިނގާ ގެއަށްދާން… މިހާރު އެއޮތް ބާރަޖަހަނީ؟” ގަޑިއަށް ބަލާލަމުން އަހަރެން ބުނީމެވެ.

ބިލްދެއްކުމަށްފަހު އަހަރެމެން އަވަހަށް އެތަނުން ނުކުތީމެވެ. ޝިފާގެ ވާހަކަތަކުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. ޢިއްފަތްތެރި އަންހެން ކުއްޖަކާއި ދިމާވި މީ ފުރަތަމަ ފަހަރެވެ. އެވެސް ޝިފާ ކަހަލަ ރީތި ކުއްޖެކެވެ. އަހަރެން އެކަމާއި ވަރަށް އުފާކުރީމެވެ. ހިތަށް އެރިއެވެ. ރީތި ކުދިންގެ ތެރޭގައިވެސް އަޚްލާޤް ރަނގަޅު ކުދިން އެބަ ތިބޭ ނޫންހެއްޔެވެ؟ ނޫންނަމަ ޝިފާ ކަހަލަ ކުދިންނެއް ނޫޅޭނެ ނޫންހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ޝިފާގެ ދުލުން ޙަޤީޤަތް ހާމަ ކޮށްދިނީތީ ހިތާއި ހިތުން ޝިފާޔަށް އަހަރެން ޝުކުރު ކުރީމެވެ. އަނެއްކޮޅުން ރީތި ހުރިހާ ކުދިންނާއި ދޭތޭރޭ އެހެން ނަޒަރަކުން ދެކުމަކީ މުޅިން ރަނގަޅު ކަމެއްނޫންކަން ދޭހަވީ ޝިފާގެ ވާހަކަތައް އަޑުއިވުމަށްފަހުގައެވެ. ތެދެކެވެ. ރީތި މީހުންގެ ތެރޭގައިވެސް ރީތިކަމާއި އެއްވަރަށް އުޅުމާއި އަޚުލާޤާއި ސުލޫކު ހުންނަ މީހުން ތިބޭނެއެވެ. ހުރިހާ މީހުން އެއް ނާޅިއަކުން މިނުމަކީ މާ ރަނގަޅުގޮތެއް ނޫންކަން އަހަންނަށް ވިސްނުނީ ދެނެވެ.

ޝިފާ ސައިކަލަށް އެރުމުން މަޑުމަޑުން ދުއްވާފައިގޮސޝިފާގެ ގޭގެ ކުރިމައްޗަށް މަޑުކޮށްލީމެވެ. ސައިކަލުގައި ޝިފާގެ ގެއާއި ހަމައަށް އައިރު ޝިފާބުނީ ތެދުކަން އަހަންނަށް ޔަޤީންވިއެވެ. ކުރިން ޝިފާ އިންނާނީ އަހަންނާއި ވަރަށް ކައިރީގައެވެ. އެކަމު ގެއަށް އަންނަންދެން ޝިފާ ސައިކަލުގައި އިންއިރު އިނީ އަހަރެންގެ ގައިގައި ޖެހިވެސް ނުލައެވެ. ވީއިރު، ކުރިން ޝިފާ ކޮންމެވެސް ގޮތަކަށް އަހަރެން ޓެސްޓްކުރީ ނޫންބާވައެވެ؟ މައްސަލައެއް ނެތެވެ. އަހަރެންގެ ފަރާތުން އެއްވެސް މީހަކަށް އޮޅުވާލާ ދޮގު ހެދުމަކީ އަހަރެންގެ ސިފައެއް ނޫނެވެ. ސައިކަލު ގެއާއި ކައިރިކޮށްލުމާއިއެކު، އަވަސް އަވަހަށް ގޮސް ޝިފާ ގެއަށްވަނެވެ

އަހަރެން ގެއަށް އައިސް ނިދަން އެރިތަނާހެން ޝުދޫ ގުޅަން ފެށިއެވެ. މީވެސް ދެރަކަމެއްތާއެވެ. އަހަރެން ގާތަށް އައީ ރުޅިއެވެ. އެހެންވެ އަވަސް އަވަހަށް ފޯނު ނެގީމެވެ.

” މޮޔަވެގެންތަ ތިއުޅެނީ. މިގަޑީގަ ނުގުޅާބަލަ. އަހަރެން މިއުޅެނީ ނިދޯތޯ. ޝުދޫވެސް ކޮންމެވެސް އެހެން މީހަކަށް ގުޅާދެން.” އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ.

” މޮޔަވަގެން އުޅެނީ ކާކުކަން އަދި ފަހުން އެނގޭނެ.. ތީ އަހަރެން ބުނާވާހަކަ. އަހަރެން ގުޅާލާއިރަށް ތި ރުޅިއަންނަނީ. ތީތަ ލޯބިވާ މީހުން ވާހަކަ ދައްކާގޮތް. އެކަމު ބުނާނެ ޝުދޫދެކެ ލޯބިވަމޭ.. ތީ ކޮންކަހަލަ ލޯތްބެއް؟” ޝުދޫ ބާރަށް ބުނެލިއެވެ.

” އަހަންނަކަށް ނޭނގެ ލޯތްބެއް. ދެން ޝުދޫ ދަސްކޮށްދޭންވީނު ލޯބި އެއީ ކޯއްޗެއްކަން.. އޯކޭ. ސޮރީ ކީއްކުރާށޯ ތިގުޅީ މިދަންވަރުގަ؟” އަހަރެން މަޑުމަޑުން ބުނީމެވެ.

” ނުނިދިގެން.. އާދެ ނިންދަވަން..!!!” ޝުދޫ އެހެންބުނެފައި ހެމުން ފޯން ބޭއްވިއެވެ.

އަހަރެން ފަހުން ނުގުޅަމެވެ. ދެން ދެން ނިދޭތޯ މަސައްކަތް ކުރީމެވެ. ނަޞީބަކުން ފަހުން ޝުދޫއެއްނުވެސް ގުޅައެވެ. އެކަން އެނގެއެވެ. ޝުދޫގެ ކަމަކީ އަހަންނަށް އުދަނގޫކުރުމެވެ. ހިތުގައި ޖެއްސުމެވެ. ޢުމުރު ދުވަހު މިހެން ތެޅުވުމެވެ. އެކަމު އެހެނެއް ނުވާނެތާދޯއެވެ. މަޑުމަޑުން އަހަރެންގެ ޙަޔާތުގެ ނާ އެހެން ދިމާލަށް އަނބުލާންވެއްޖެއެވެ. ނުލިބޭ އެއްޗެއް ފަހަތުން ދުވާކަށް ނުވާނެއެވެ. އަހަރެން ކިތައްމެ ލޯބިވިޔަސް ގަދަކަމުން އެލޯތްބެއް ނުހޯދޭނެއެވެ. މިއީ ފިލުމެއް ނޫނެނެވެ. ޙަޤީޤީ ދިރިއުޅުމެވެ. އެހެން ކަމުން މަޑުމަޑުން އަހަރެންގެ ނާގެ މިސްރާބު އެހެން ދިމާލަކަށް ދީލާލަން މިހާރު މަސައްކަތް ފަށަން ވެއްޖެއެވެ. ޝުދޫއެއް ފަހަތުން އުޅެން ހަދައިގެން އިމާން ބުނިހެން އެއްވެސް ކަމެއް ނުވާނެއެވެ. އެހެން އަންހެން ކުއްޖަކު ހޯދަންވީއެވެ. އަހަންނަށްވެސް ލޯބިދީ، އަޅާލާ އަދި ޒަވާޖީ ޙަޔާތެއް ފަށައިގެން އެކުގައި އުޅޭނެ އަންހެން ކުއްޖަކުވާނެއެވެ. ދެން މިސްރާބު ޖަހަންވީ އެދިމާލަށެވެ.

އަހަންނަށް ހޭލެވުނީ އަނެއްދުވަހުގެ ހަވީރުގައެވެ. ރައްޓެއްސަކު ގުޅާގުޅާތާ އޭރު އެތަށް އިރެއްވަނީއެވެ. ގުޅަނީ އަސްޖަދުއެވެ. އަހަރެން ހިތަށް އެރިއެވެ. އެހާ އަވަހަށް ފޯނެއް ނުނަގާނަމެވެ. އެހެންވެ އަނެއްކާވެސް ދެލޯމަރާލައިގެން އޮތީއެވެ.

” އޭ. މިހާރު ނުވައެއްޖަހަނީ. ނިދަނީތަ ނުވަތަ މަރުވެފަ ތިއޮތީ؟” އަހަރެން ނުތެދުވެގެން ޒަހާ ގޮވަންފެށިއެވެ.

” މިތެދުވަނީ؟” އަހަރެން މަޑުމަޑުން ބުނެފައި ތެދުވެ ފާޚާނާއަށް ވަނީމެވެ.

އަވަސް އަވަހަށް ތެދުވެ ފެންވަރާ ހަމަޖެހިލައިގެން ނިކުތްއިރު، ގަޑިން ނުވައެއްޖަހާ ބޮޑުވަނީއެވެ. ފޯންގެ އިންބޮކްސް ބަލާލިއިރު ފުރަތަމަވެސް އިނީ މެސެޖެކެވެ. ނުދަންނަ ނަންބަރަކުން ކޮށްފައިވާ މެސެޖެކެވެ.

” އައި ވޯންޓް މީޓް ޔޫ އޭސް.ސޫން އޭސް ޕޮސިބަލް.” އެމެސެޖުގައިވަނީ އެހެންނެވެ.

ހިތަށް އެރިއެވެ. އަޅައެއް ނުލާނަމެވެ. ނުދަންނަ ނަންބަރުން ފޮނުވާ އެސް.އެމް.އެސްއަށާއި އަންނަ ކޯލްތަކަށް ޖަވާބު ދިނުމަކީ އަހަރެން ކުރާކަމެއްނޫނެވެ. އެހެން އުޅެން ހަދައިގެން އަނެއްކާ ދިމާވާނީ އެހެން މައްސަލައެކެވެ. މީ ކުރީގެ މުޖުތަމަޢުއެއްނޫނެވެ. މީހުންގެ އުޅުންތަކާއި ގުޅުންތައް ބަދަލުވެއްޖެއެވެ. މީހަކު ކޮށްފައި ނުކުރާނެ ކަމެއްވެސް މިހާރު މިތާކު ނެތެވެ. އެންމެ މޮޅު ގޮތަކީ ނުބެހޭ ކަންތަކާއި ނުބެހި ހުރުމެވެ. އަނެއްކޮޅުން އަހަރެންމީ މީހަކު ދިމާކުރަންދެން ކާކު ހެއްޔެވެ؟ އަހަރެން ދިމާކުރަން ބޭނުވެގެން މިއުޅެނީ ޝުދޫއާއިއެވެ. އެއީ ވާނެކަމެއްކަން ނޫންކަންވެސް ދެނެވޮޑިގެންވާނީ މާތް ރަސްކަލާންގެއެވެ.

އޮފީހަށްދާން ސައިކަލަށް އަރަނިކޮށް އަނެއްކާ އެނަންބަރުން ގުޅަން ފެށިއެވެ. ހިތަށް އެރިއެވެ. ނުނަގާނަމެވެ. ނަގާކަށް ނުވެސް ޖެހޭނެއެވެ. އަހަންނަކީ މީހުންނަށް ނަންބަރު ދެމުން ދުވާ މީހެއްނޫނެވެ. ނޫނަސް ނުދަންނަ ނަންބަރަކުން އަހަންނަށް ގުޅާކަށް ނުވެސްޖެހޭނެއެވެ. އަހަންނަކީ މީހުންނަށް އުދަނގޫކުރަމުން ދުވާ މީހެއްނޫނެވެ. ސައިކަލުގައި އޮފީސްކައިރިއަށް ދެވެންދެން އެނަންބަރަކުން އަހަންނަށް ގުޅިއެވެ. ކަހާތަން ހިރުވާވެސް ނުލާ އަހަރެން ގޮސްވަނީ އޮފީހަށެވެ. ވަތްއިރު އިމާން އުޅެނީ މަސައްކަތާއިގެން އަވަދި ނެތިއެވެ.

އަހަރެންވެސް މަޑުމަޑުން މަސައްކަތުގައި މަޝްޣޫލުވީމެވެ. އަނެއްކާވެސް އެނަންބަރުން ގުޅަން ފެށިއެވެ. މީވެސްކަމެއްތާދޯއެވެ. މިމީހަކަށް ގުޅަންވެސް އެނގެނީ އަހަންނަށެވެ. މީ އަނެއްކާ ކިހިނެއްވެގެން އުޅޭ މީހެއް ހެއްޔެވެ؟

” ހޭބަލިވެގެންތަ ތިއުޅެނީ؟” އަހަރެން ގާތަށް އައި ރުޅީގައި އެނަންބަރަށް އެސް.އެމް.އެސް ފޮނުވާލީމެވެ.

” މީ ޝާނާ. މިރޭ ހިނގާބަލަ ދިމާކޮށްލަން.” މިއޮތް ހުރިހާ އިރު ނުދަންނަ ނަންބަރަކުން މިގުޅަނީ ޝާނާ ކިޔާ ކުއްޖެކެވެ.

އަހަރެން ރިޕްލައިއެއް ނުކުރަމެވެ. އަހަރެން ވިސްނާލީމެވެ. ކޮން ޝާނާއެއް ހެއްޔެވެ؟ އަހަރެންގެ ރައްޓެހިންގެ ތެރޭގައި އެނަން ކިޔާ ކުއްޖަކު ނޫޅޭނެއެވެ. ވީއިރު ޝާނާ އަހަރެންގެ ނަންބަރު ހޯދީ ކިހިނެއް ބާވައެވެ؟ އަވަސް އަރުވާލައިގެން ޝާނާ އަހަންނާއި ދިމާކުރަން މިއުޅެނީ އަނެއްކާ ކިހިނެއް ނުވެގެން ހެއްޔެވެ؟ އަހަންނަށް އުދަނގޫ ކުރަން ބާވައެވެ؟ މިހާރުވެސް މީހަކާއި ހުރެ އަހަންނަށްވަމުންދާ އުދަނގޫ ކުޑައެއް ނޫނެވެ. އަނެއްކާ އަނެކެއްގެ ފަރާތުން މިއުޅެނީ ކިހިނެއް ވާން ބާވައެވެ؟

” އޭ. މޭން ހާދަ ވަރަކަށް ތިވިސްނަނީ؟ ދެން ގޮވާނީ ބޯ ތިހެން އުޅެނިއްޔާ؟” އިމާން ދިމާކޮށްލިއެވެ.

” ހުރިހާ އެއްޗެއްވެސް ގޮވާނެ ތިބުނާހެން. ނަޞީބެއްނު އަހަރެން ހަމައިގައި ހުންނަކަންވެސް. މިހާރު އަނެއްކާ އެގުޅަނީ ޝާނާ ކިޔާ ކުއްޖެއް. ވަރަށް ބޭނުމޭ ދިމާކޮށްލަން މިރޭ.” އަހަރެން އިމާނަށް ކިޔައިދިނީމެވެ.

” ދެން ދިމާކޮށްބަލަ. އަންހެން ކުއްޖަކު ދޭ ދަޢުވަތަކަށް ފުރގަސް ދޭކަށް ނުވާނެ. ޢާޒިމަށް ހަމަ ރަނގަޅުވާނީ. އަހަރެން ތީ ޢާޒިމް ނަމަ ވަގުތުން އޯކޭއޭ ބުނާނަން.” އިމާން ބުނެލިއެވެ.

” ދެން އިމާން ދާންވީނު ދިމާކުރަން. މަ ދެންތަ ނަންބަރު.” އަހަރެން ބުނީމެވެ.

” ނޫން. ތިހެން ހަދާކަށް ނުވާނެ. އެހެން ނޫނަސް މިރޭ ބިޒީ. މިރޭ އެބަޖެހޭ އެއްކަލަ މަންޖެ ގޮވައިން ކާންދާން. އެކަން ކެންސަލް ނުކުރެވޭނެ. ” އިމާން ބުނެލިއެވެ.

” އޯކޭ.” އަހަރެން ބުނީމެވެ.

އިމާން އޮފީހުން ނިކުތީ އޭގެ ކުޑަ އިރުކޮޅެއް ފަހުންނެވެ. އަހަރެން މަޑުމަޑުން މަސައްކަތް ނިންމާލީމެވެ. އަނެއްކާވެސް އަހަރެންގެ ފޯން ރިންގްވާން ފެށިއެވެ. ހިތަށް އެރިއެވެ. ދެން ނަގަންވީއެވެ. މީ ކޮންމެ ޝާނާއަކަށް ވިޔަސް ދެން އަހަރެން ވާހަކަ ދައްކާނަމަވެ. އެހެން އަހަރެން ޝާނާގެ ފޯނު ނެގީމެވެ.

” ޢާޒިމް. އައިވޯންޓް މީޓް ޔޫ ޓުނައިޓް. ޕްލީސް މީޓްމީ…” ޝާނާ ވާހަކަ ދައްކަނީ ވެސް އިނގިރޭސިންނެވެ.

” ތީކާކުތަ؟” އަހަރެން ބުނީމެވެ.

” ހަނދާނެއް ނުވޭތަ؟ ވީމެޓް ނިއަރ ދަ ނަސަންދުރާ؟ ޢާޒިމް ހުރީ ރޯސްތަކެއް ހިފައިގެން. ފިޔުޑޭސްބެކް ވަން އިވްނިންގ.. ޑޫޔޫ ރިމެންބަރ؟” ދެބަހުން އެއްބަސް ޝާނާ ބުނަނީ އިނގިރޭސިންނެވެ.

” އާނ ހަނދާންވެއްޖެ… އެކަމު ބުނަންތަ ވާހަކައެއް؟ ދެބަހުން ވާހަކަ ނުދައްކާ ދިވެހިން ވާހަކަ ދެއްކިއްޔާ ރަނގަޅީ؟” އަހަރެން ބުނީމެވެ.

” އޯކޭ. އެކަމު ޕްރޮމިސްކުރޭ މިރޭ ދިމާކުރާނެކަމަށް…. ޕްލީޒް.. ޕްލީޒް.. ޕްލީޒް..” ޝާނާ އާދޭސްކުރަންފެށިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ޝުކުރިއްޔާ ***** (1)

Next

ޝައިން (ޕާޓް-11)

Next
August 9, 2015

ޝައިން (ޕާޓް-11)

Previews
August 8, 2015

ޝުކުރިއްޔާ ***** (1)

12 Comments!

  1. lyn says:
    August 9, 2015 at 2:36 am

    Mi part ves v nice…

  2. Serizawa says:
    August 9, 2015 at 4:18 am

    up kuraa iru komme dhuvahaku noodhenee dhedhuvahun ehdhuvahu kuraa gothah hadhan veenu … mashah heevanee maa salhi vaanehen eyrun

    1. aaaaaaaaaaaaa says:
      August 9, 2015 at 5:15 pm

      nooney eyrun kada vaane

  3. ahmed adam says:
    August 9, 2015 at 11:47 am

    Mi partves v reethi

  4. Anonymous says:
    August 9, 2015 at 1:24 pm

    v reethi… ?

  5. Mushtag says:
    August 9, 2015 at 5:26 pm

    Den konirakun up kuraanee waiting

  6. Shabee says:
    August 9, 2015 at 10:28 pm

    Mee aslu vrh vrh reethi vaahaka eh hama gaimuvex shabee ah….but dhimaavanee hama emme massalaeh up kuraa dhe prt dheythere maa gina vanee… shabee ah yageen golden pen 0555 ah vaane kan….adhi vakin golden pen eh v ma liyeveylehvex gina vaanethaa dhw 😉
    hope nxt prt will b uploaded earlier 🙂
    N adhi ehmassala …. maa kuru 🙁
    Hope nxt prt will b double longer 😛
    N good luck GP 0555…. 😀 abadhaku nukiyene dhw golden pen ekey eheneve kuru khlleee ingey… hiyy hama nujehenyy bunelaa eyrun nuliyaanan eheneh 🙂

  7. Shudhoo says:
    August 10, 2015 at 1:37 am

    Adhives noolhey huttaalakah

  8. aaaaaaaaaaaaa says:
    August 10, 2015 at 4:47 pm

    koba nxt part

  9. au says:
    August 11, 2015 at 1:21 am

    dear goldenpen, shaanage namuga ecall kurany shudhu dho axim testkuran

  10. au says:
    August 11, 2015 at 1:23 am

    beautiful story

  11. Say says:
    September 1, 2015 at 4:00 am

    It’s so beautiful story.

Comments are closed.

Next Episodeޝުދޫ ***** (17) ވަނަ ބައި←


All Right Reserved!