Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ސާދަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 14, 2015 10 Mins Read
125 Comments

ނިދަން ތައްޔާރުވެ އާދައިގެ މަތިން ކަޅު ހެދުމެއް ލައިގެން އެނދުގައި އޮށޯތް ނަޞްރާއަށް ނުނިދެނީސް ޔޫނުސް ކޮޓަރިއަށް ވަދެގެން އައެވެ. ޔޫނުސް ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ކޮޓަރީގައި ފަނޑު ބޮތްކެއް ދިއްލާލަމުން އައިސް އެނދުގައި އޮށޯތްއިރު ވެސް ނަޞްރާއަކަށް ނުނިދެއެވެ. ޔޫނުސް އޮށޯތްތާ އިރުގަނޑެއްފަހުން ނަޞްރާ އޭނަގެ ލޯ ހުޅުވާލިއެވެ. ޔޫނުސް އޭނައާއި ދިމާލަށް މޫނުވާ ގޮތަށް އޮތްތަން ފެނިފައި ނަޞްރާއަށް ނޭނގޭ އުފަލެއް ލިބުނެވެ. ޔޫނުސް ދެލޯ މެރިފައި އޮތް ގޮތުން އޭނަ އޮތީ ގަދައަށް ނިދިފައިކަން ނަޞްރާއަށް އެނގުނެވެ. ފުރަތަމަ ފަހަރަށް ޔޫނުސްއާއި ދިމާލަށް ބަލަހައްޓައިގެން އޮންނަން ނަޞްރާއަށް ކެރުނެވެ. ޔޫނުސް ނިދަން އޮތް މަންޒަރުވެގެން ދިޔައީ ނަޞްރާ ބަލާބަލާ ފޫހިނުވާނެ ފަދަ މަންޒަރެކެވެ. އޭނައަށް ދިރިއުޅުމުގެ ކުރިއަށް އޮތްތަނުގައި މި މަންޒަރު ބޭނުން ވަރަކަށް ފެންނާނެކަން އެނގުންވުމުން ނަޞްރާއަށް ހިނިތުންވެލަމުން ހިތާހިތުން ޙަމްދުކުރެވުނެވެ. ނަޞްރާ ޔޫނުސްއަށް ބަލަން އޮވެ ޔޫނުސްއާ އެކީ ވޭތުވި ވަގުތުތައް ހަނދާނަށް ގެންނަމުން ދިޔައެވެ. އެ ހަނދާންތަކުގެ ތެރެއިން މިއަދު ޔޫނުސް ރުއިތަން ނަޞްރާގެ ލޮލަށް ސިފަވެގެން ދިޔުމުން އޭނަގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ޔޫނުސް ރޯންވީ ސަބަބު އެނގެން ނަޞްރާ ބޭނުންވިއެވެ. އޭނަ އެކަމާމެދު ޔޫނުސްއާ ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް މިއަދު އަދި އޭނައަކީ ޔޫނުސްގެ އަންހެނުންނަށް  ވިޔަސް ޔޫނުސްގެ ބީރައްޓެއްސެކެވެ. އެއްވެސް މީހަކު ބީރައްޓެއްސަކާ އެމީހުންގެ ހިތާމަތައް ޙިއްޞާ ނުކުރާނެއެއްނޫން ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު ޔޫނުސްއާ އެކުވެރިވުމަށް ނަޞްރާގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. ޔޫނުސްވެސް އޭނައާ އެކުވެރިވާން މަސައްކަތް ކުރާކަން މިއަދު އޭނަގެ ފަރާތުން ފެނުނު ޢަމަލުތަކުން އެނގެއެވެ. ޔޫނުސް އޭނައާއި ދިމަލަށް އަޅާ ކޮންމެ ފިޔަވަޅަކަށް ޔޫނުސްއާއި ދިމާލަށް އޭނަވެސް ފިޔަވަޅެއް އެޅުމަށް ނަޞްރާ އަމިއްލަ ނަފްސާއި ވަޢުދުވިއެވެ.

 

އޭގެ އަނެއްދުވަހު ނަޞްރާ ސްކޫލްގެ ސްޓާފް ރޫމްގައި ހުއްޓާ އޭނައަށް އަފްރާޒްގެ މެސެޖެއްއައެވެ. އެ މެސެޖުގައި އޮތީ އަފްރާޒްމެން މިއަންނަ ބުރާސްފަތި ދުވަހު ފުރާ ވާހަކައެވެ. މެސެޖު ކިޔާފައި ނަޞްރާ ހިސާބަކަށް ކަންބޮޑުވިއެވެ. ސަދަފް ދިޔުމުން އެގޭގައި ކައްކައި ހަދާނެ މީހަކު ނުހުންނާނެތީވެއެވެ. އަފްރީންއަށް ބަދިގޭގެ ގިނަ ކަންތައްތައް ކުރަން އެނގުނަސް އަފްރީންގެ އިމްތިޙާން މިހާ ގާތްވެފައި އޮތްވާ އޭނައަށް ބުރަވާކަށް ނަޞްރާ ނޭދުނެވެ. އޭނަ މި ވާހަކަތައް އަފްރާޒްގާތު ބުނަން އުޅުނެއްކަމަކު އަފްރާޒްއަށް ވެސް ދަތިކުރާކަށް ނަޞްރާ ބޭނުމެއް ނުވިއެވެ. އެންމެފަހުން ނަޞްރާ ނިންމީ ޔޫނުސްއާ މިވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށެވެ. ޔޫނުސްގެ ގޭގައި ކައްކައިގެން ވެސް އޭނައަށް ބައްޕަމެންނަށް ކާންދޭން ކޮންމެ ދުވަހަކު ދެވިދާނެއެއްނޫންހޭ ނަޞްރާގެ ހިތަށްއެރިއެވެ. އޭނައަށް ކިތަންމެ އުދަގޫ ވިޔަސް ހެވެއެވެ. އަފްރީންގެ އިމްތިޙާން ނިމެންދެން އެގޮތަށް ކަންތައް ކުރެވިދާނެއެވެ.

 

އެދުވަހު ގެއަށް ގޮސް ނަޞްރާ ޔޫނުސްގާތު އެވާހަކަތައް ދެއްކިއެވެ. ޔޫނުސް އެންމެ ފުރަތަމަ ދިން ޚިޔާލަކީ ދެމީހުން ދުވަސްކޮޅަކަށް ޝަރީފްގެ ގެއަށް ބަދަލުވުމަށެވެ. ނަޞްރާ އެއަށް އެއްބަސްވާން އުޅުނެއްކަމަކު އެހެން ހެދުމުން ޔޫނުސްގެ ގެ ފަޅުވާނެކަން ނަޞްރާއަށް އެނގުންވިއެވެ. އޭނަ ޔޫނުސްގާތު އެ ވާހަކަ ބުންޏެވެ. ޔޫނުސް އިރުކޮޅަކު ވިސްނުމަށްފަހު އެގެއިން ނުދިއުމަށް ނިންމީ ވަކި އެ ގެ ފަޅަށް ހުންނާނެތީވެއެއްނޫނެވެ. އެގެއިން ދިޔުމުން އޭނައަށް ނަޞްރާއާއެކީ ވަކިން ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހަނިވެގެން ދާނެތީވެއެވެ. ނަޞްރާއާއި ޔޫނުސްގެ މަޝްވަރާ އެންމެ ފަހަކަށް ނިމުނީ އެ ދެމީހުން ވެސް ދޭތެރެދޭތެރެއިން ނަޞްރާމެންގެ ގެއަށް ގޮސް ޝަރީފާއި އަފްރީން އެއްޗެއް ބޭނުންވޭތޯ ބަލައި އެމީހުންނަށް އެ އެއްޗެއް ފޯރުކޮށްދިނުމަށެވެ.

 

އެރޭ ނަޞްރާއާއި ޔޫނުސް އެކީގައި ޝަރީފްމެންގެ ގެއަށް ދިޔައެވެ. އަފްރާޒް އެންމެ ފުރަތަމަ ވެސް ލާނެތް ހިނިތުންވުމެއްގައި ހުރެ ނަޞްރާ ދިޔަފަހުން ނުވެސް ގުޅާކަން ފާހަގަ ކުރިއެވެ. ނަޞްރާ ވެސް ދެރަ ނުވުމަށްޓަކައި ބައްޕާއާއި ދޮންބެ ނުގުޅާ ވާހަކަ ބުންޏެވެ. ޝަރީފްމެން ބުނީ އެމީހުން ނަޞްރާމެނަށް އުދަގޫކުރަން ނޭދޭތީ ނުގުޅަނީ ކަމަށެވެ. ދެކެވެމުން ދިޔަ އެކިއެކި ވާހަކަތަކުގެ ތެރެއިން އަފްރާޒް އެގެއަށް ބިދޭސީ މީހަކު ގެންނަން އުޅޭ ވާހަކަ ބުންޏެވެ. އަފްރާޒްމެން ދިޔުމުން ގޭތެރޭގެ އެކިއެކި މަސައްކަތްތައް ކުރުމަށެވެ. ނަޞްރާއާއި ޔޫނުސްއަށް އެކުއެކީގައި އެކަމަށް އިންކާރު ކުރެވުނެވެ. އަފްރާޒް އާއި ޝަރީފްގެ މޫނުމަތިން ޙައިރާންކަމެއް ފެނުމުން ޔޫނުސް، އޭނައާއި ނަޞްރާވެގެން ރާވާފައިވާ ގޮތް ކިޔައިދިނެވެ. އަފްރާޒް ވަގުތުން އެ ގޮތް ކަމުނުދާނެކަމަށް އެންގިއެވެ. ނަޞްރާ އަފްރާޒްގެ ވާހަކަ މެދުކަނޑާލިއެވެ. އަދި ބިދޭސީ މީހަކު ގެނަޔަސް އެ މީހަކު އެގެއަށް ހޭނުމަށްޓަކައި އޭނަ އަންނަންޖެހޭނެ ވާހަކަ ބުންޏެވެ. އެ މީހުން ތިއްބާ ވަކި ބިދޭސީ މީހަކު ގެންނަނީ ކީއްކުރަންތޯ ޔޫނުސް ސުވާލުކުރިއެވެ. ދެންވެސް އަފްރާޒް އެމީހުންގެ ވާހަކަ އަޑު އަހާކަށް ނުއުޅުނެވެ. ނަމަވެސް ޔޫނުސްއާއި ނަޞްރާ ދެއްކި އެކިއެކި ވާހަކަތަކަށްފަހު އަފްރާޒް އެންމެ ފަހަކަށް ބަލި ޤަބޫލު ކުރިއެވެ.

 

ޝަރީފްމެންނާއި ވާހަކަ ދެއްކުމަށްފަހު ނަޞްރާ ބޭނުންވީ ސަދަފްއާއި އަފްރީންއާ ބައްދަލު ކުރާށެވެ. އަފްރާޒް ބުނިގޮތުން ސަދަފްވީ އާޒް ނިންދަވާށެވެ. އަފްރީންވީ އޭނަގެ ކޮޓަރީގައެވެ. ނަޞްރާ ގޮސް އަފްރީންގެ ކޮޓަރީގެ ދޮރު ހުޅުވާލަން އުޅުނެވެ. އެ ދޮރު ތަޅުލެވިފައިވުމުން ނަޞްރާގެ ނިތަށް ރޫގިނަވިއެވެ. ކޮޓަރީގެ އެތެރެއިން އަފްރީން ވާހަކައެއް ދެއްކި އަޑު އިވުމުން ނަޞްރާ އިތުރަށް ޙައިރާންވިއެވެ. ނަޞްރާ ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިޖަހާލިއެވެ. އޭގެ އިރުކޮޅެއްފަހުން އަފްރީން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނަޞްރާ ފެނުމާއެކު އުޖާލާވި މޫނަކާއެކީ ދޮންތާއޭ ކިޔައި ގޮވާލަމުން ނަޞްރާގެ ގައިގައި ބައްދާލައިފިއެވެ. އޭރު އަފްރީންގެ އަތުގައި އޭނަގެ ފޯނު އޮތްކަން ނަޞްރާއަށް އެނގުނެވެ. އަފްރީން އޭނަގެ ގައިން ދޫކޮށްލުމުން އަފްރީން ދެންމެ ވާހަކަ ދެއްކީ ކާކާތޯ ނަޞްރާ ސުވާލުކުރިއެވެ. އެވަގުތު އަފްރީންގެ ހިނިތުންވުން ހިސާބަކަށް ފަނޑުވިއެވެ. އެ މޫނުމައްޗަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އެކަން ނަޞްރާއަށް ވަރަށް ރަނގަޅަށް އެނގުނެވެ. އަފްރީން އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލަމުން އެއީ ނައުފާ ކަމުގައި ބުނެލިއެވެ. އަފްރީން އެހެދީ ދޮގެއްކަން ނަޞްރާއަށް ޔަޤީން ކުރެވުނެއްކަމަކު ނަޞްރާ އެވަގުތު އަފްރީންއަށް ނަޞޭޙަތް ދޭކަށް ނުއުޅުނެވެ. މި ވަގުތު ނަޞޭޙަތް ދިނަސް އަފްރީން އަޑެއް ނާހާނެކަން އެނގޭތީވެއެވެ. އޭނަ ޖެހޭނީ އަފްރީން ނަޞޭޙަތެއް އަޑު އަހާނެ ވަގުތެއް ހޯދާށެވެ. އެކަމަށްޓަކައި އޭނަ އަފްރީންއާއެކީ ގިނަ ވަގުތު ހޭދަކުރުން މުހިއްމެވެ. އޭނަ ކޮންމެ ދުވަހަކު އެގެއަށް އައުމަށް ނިންމި ނިންމުމާމެދު ހިތާހިތުން ޙަމްދުކުރެވުނެވެ.

 

އެ ހަފްތާ ނިމިދިޔައީ އެއްވެސް އާ ކަމެއް ނުހިނގައެވެ. އަފްރީން އޭނަގެ ލޯބީގެ ސިލްސިލާ އެންމެނަށް ފޮރުވައިގެން ކުރިއަށް ގެންދަމުން ދިޔައިރު ނަޞްރާއާއި ޔޫނުސް އެމީހުންގެ ލޯބީގެ ވާހަކައިގެ އާ ބާބެއް ފެށޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެ ދެމީހުންގެ ވަޒީފާތަކާހެދި ނޫންނަމަ މިއަދު އެ ދެމެދުގައި މިއަށްވުރެ ގާތް ގުޅުމެއް އޮންނާނެ ކަމަށް ދެމީހުންނަށް ވެސް ޤަބޫލު ކުރެވެއެވެ. އެހެންކަމުން ޔޫނުސް ބުރާސްފަތި ދުވަހު އޮފީހުން ގެއަށް އައީ ހުކުރު އަދި ހޮނިހިރު ދުވަހު ތަނެއްގައި ކަމެއް ދިމާވިޔަސް އޭނައަށް ނުގުޅުމަށް އަންގާފައެވެ. ނަޞްރާ އެދުވަހު ގެއަށް އައިސް ދެން އޮތް ހަފްތާއަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައެއް ނިމޭތޯ ބެލިއެވެ. ދެ މީހުން ވެސް ޗުއްޓީ ނަގަން ޚިޔާލުކޮށްފައި ވެސް ނުނެގީ އަދި ޗުއްޓީ ނަގަން ނުވާކަމަށް ދެކިގެންނެވެ.

 

ބުރާސްފަތި ދުވަހުގެ ރޭ އަފްރާޒްމެން ފުރުވަން ނަޞްރާއާއި ޔޫނުސްވެސް ދިޔައެވެ. އޭގެ އަނެއްދުވަހުގެ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށްފަހު ނަޞްރާ ބައްޕައާއި އަފްރީންއަށް ވާވަރަށް އެއްޗެހި ހިފައިގެން އެގެއަށް ދިޔައެވެ. އަދި ބައްޕައަށާއި އަފްރީންއަށް ނާސްތާ ކުރެވެންދެން ނަޞްރާ ސުފުރާ ދޮށުގައި އިނެވެ. އޭނަ ސުފުރާ ދޮށުގައި ސައި ނުބުއީ ގެއަށް ގޮސް ޔޫނުސްއާއެކީ ސައިބޯންވެގެންނެވެ. ގެއަށް ގޮސް އަދި ހެދުންވެސް ދޮންނަންވާނެއޭ ނަޞްރާގެ ހިތަށްއެރިއެވެ. ނަމަވެސް އޭނަ ގެއަށް ދިޔައިރު ދާ ވަށިގަނޑު ހުރި ތަނުގައި އެއެއްނެތެވެ. ނަޞްރާ ޙައިރާންވެހުރެ ޔޫނުސް ކޮބައިތޯ ހޯދިއެވެ. އޭނަ ބަލާލިއިރު ޔޫނުސް ހުރީ ގޭގެ ބިއްދޮށުގައި ގެއާއި ގުޅުވައިގެން ހަދާފަ ހުރި ތަނެއްގައެވެ. އެތާނގައިހުރި ދޮންނަ މެޝިން ޖައްސާފައިވީއިރު ޔޫނުސް އޭގެ ތެރެއަށް ބަލަހައްޓައިގެން ހުއްޓެވެ. ޔޫނުސްގެ ފައިކަރީގައި ހުރި ދާވަށިގަނޑު ހުއްސަށް ހުރިތަން ފެނިފައި ނަޞްރާއަށް ހިނިތުންވުމަކާއެކީ އިސްޖަހާލެވުނެވެ. ޔޫނުސް އޭނަގެ ހެދުންތައް ވެސް ދޮންނަނީކަން ޔަޤީންވުމުންނެވެ. ނަޞްރާ އިސްއުފުލާލި ވަގުތަކީ ޔޫނުސް ފަސްއެނބުރި ބަލާލި ވަގުތެވެ. ނަޞްރާ ފެނިފައި ޔޫނުސް ސިހުންވިއެވެ. އެކަން ފާހަގަވުމުން ނަޞްރާއަށް ހީލެވުނެވެ. ޔޫނުސް ވެސް ލަދުން ކަހަލަ ގޮތަކަށް ހީލަމުން ސައިބޯން ހިނގާށޭ ބުނެލިއެވެ.

 

ސައި ބުއިމަށްފަހު ނަޞްރާއާއި ޔޫނުސް ދެމީހުންވެގެން ރޯނުގައި އަންނައުނު ހިއްކަން އެޅުވިއެވެ. އެއަށްފަހު ދެމީހުން ވެސް ކުރާނެ ކަމެއް ނޭނގިފައި ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެގެން ތިއްބެވެ. ދެމީހުން ވެސް ތިބީ މިއަދު ވަޒީފާގެ އެއްވެސް މަސައްކަތެއް ނުކުރަން ހުވާކޮށްގެން ފަދައެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޔޫނުސް ކުއްލިއަކަށް ތެދުވެގެން ގޮސް ސިޓިންގް ރޫމުގެ ކަނެއްގައި ހުރި ކުޑަކުޑަ ތިރި ކަބަޑެއް ހުޅުވާލިއެވެ. ނަޞްރާ ބަލަބަލާ އިންދާ ޔޫނުސް އޭގެތެރެއިން ނެގީ ޕްލޭއިސްޓޭޝަނެކެވެ. އަދި އޭތި ޓީވީއާ ގުޅުވާލަމުން ނަޞްރާގެ އަތަށް ޖޯއިސްޓިކެއް ދިއްކޮއްލިއެވެ. އަދި ކުޅެން އެނގޭތޯ ސުވާލުކުރިއެވެ. ނަޞްރާ ލުއި ހީލުމަކާއެކީ ބޯޖަހާލިއެވެ. ޔޫނުސް ވެސް މިކަހަލަ ގޭމުތައް ކުޅެ އުޅޭހެއްޔޭ ނަޞްރާގެ ހިތަށްއެރިއެވެ. އޭނަ އެކަހަލަ ގޭމެއް ނުކުޅޭތާ އެތައް ދުވަހެކެވެ. ނަޞްރާއަށް ނޭނގޭ ކަމަކީ ޔޫނުސް ވެސް ޕްލޭއިސްޓޭޝަނެއް ނުދެކޭތާ އެތައް އަހަރެއް ވެފައިވި ކަމެވެ. ނަމަވެސް ނަޞްރާއާއެކީ ކުރާނެ ކަމެއް ނެތިގެން ނުހުރުމަށްޓަކައި އޭނަ އޭތި ނެގީކަމެވެ. ދެމީހުން ދިގު ސޯފާގައި ޖެހިޖެހިގެން ތިބެ ކާރު ދުއްވާ ގޭމެއް ކުޅެން ފެށީ ހަނުހިމޭންކަމުގައި ކަމަށްވިޔަސް ވަކި ހިސާބަކުން ދެމީހުން ވެސް ފޯރިގަދަވިއެވެ. ކުރީކޮޅު ދެމީހުން ވެސް ބޭނުންވީ އެކަކު އަނެކެއްގެ ކުރިއަށް އަރައިގެން ދާން ކަމަށްވިޔަސް ރޭހުގެ ނިމުމާއި ކައިރިވީ ވަގުތު ޔޫނުސްއަށް ނަޞްރާއާއި ދިމާލަށް ބަލާލެވުނެވެ. ނަޞްރާ މަޖާވެފައި ނުހަނު ބާރަށް ޖޯއިސްޓިކްގެ ބަޓަނަކަށް ފިތައިގެން ހުރިތަން ފެނިފައި ޔޫނުސްއަށް ހީލެވުނެވެ. ނަޞްރާއަށް ބަލަހައްޓައިގެން ހުރެ ޔޫނުސްއަށް އޭނަގެ އަމިއްލަ އަތުގައި އޮތް ޖޯއިސްޓިކަށް ދުލެއް ދެވުނެވެ. ހަމަ އެވަގުތު ނަޞްރާ ރޭސް ކާމިޔާބުކޮށްލަމުން ކުޑަ ހަޅޭކަކާއެކު ޔޫނުސްއަށް ބަލާލިއެވެ. ޔޫނުސް ދާދި ކައިރިން އޭނައަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި ނަޞްރާގެ ހިނިތުންވުން ވަކި ވަރަކަށް ފަނޑުވިއެވެ. ނަޞްރާއަށް އެއަށްފަހު އެހެން ދިމާލަކަށް ނަޒަރު ހިންގާކަށް ނޭނގުނެވެ. ނަޞްރާއާއި ޔޫނުސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބޭތާ ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. ޔޫނުސް ނަޞްރާއާއި މަޑުމަޑުން ކައިރިވާހެން ހީވި ވަގުތު ނަޞްރާއަށް އިސްޖަހާލެވުނެވެ. އޭނަ ކޮޅަށް ތެދުވެލީ ލަދުރަކި ހިނިތުންވުމެއްގައި ހުރެއެވެ. ނަޞްރާ ތެދުވުމުން ޔޫނުސްގެ މޫނުމައްޗަށް ފުރަތަމަ ވެރިވީ ޝަކުވާގެ އަސަރެކެވެ. ނަޞްރާ ފަސްއެނބުރި ޔޫނުސްއަށް ބަލާލިއިރު ނަޞްރާގެ ރަތް މޫނު ފެނިފައި ޔޫނުސްއަށް ހިނިތުންވެލަމުން އިސްޖަހާލެވުނެވެ. ނަޞްރާ އަނެއްކާވެސް ޔޫނުސްއަށް ފަސްދީފައި ދުރަށްދާން ހިނގައިގަތެވެ.

 

އެދުވަހު ޔޫނުސް ހުކުރުން ގެއަށް އައިއިރު ސިޓިންގް ރޫމުގެ ޖައްސާލެވިފައިވާ ފަންކާގެ ދަށުގައި ޓައިލްސްމަތީގައި ނަޞްރާ އިނެވެ. ނަޞްރާގެ ކައިރީގައި އެކި ކުލަކުލައިގެ ގަނޑުތައްވިއެވެ. ޔޫނުސް ޙައިރާންކަންމަތީ ނަޞްރާއަށް ބަލަންހުރެ ދޮރު ލައްޕާލިއެވެ. އެއަޑަށް ނަޞްރާ އެދިމާލަށް ބަލާލިއެވެ.

 

“ޔޫނުސް އާދެބަލަ.” ނަޞްރާ ދޮރުކައިރީގައި ހުރި ޔޫނުސްއަށް އަތުން ޢިޝާރާތްކުރަމުން ބުނެލިއެވެ. ޔޫނުސް ދެންވެސް މިވާގޮތެއް ނޭނގިފައިހުރެ އާދައިގެ ހިނގުމެއްގައި ގޮސް ނަޞްރާގެ ކައިރީގައި މަޑުކޮށްލައިފިއެވެ. އެތާނގައި ހުރީ ހަމައެކަނި ކުލަ ގަނޑުތަކެއް ނޫންކަން ޔޫނުސްއަށް އެނގުނީ ކައިރިއަށް ދިޔުމުންނެވެ. ކަތުރުތަކާއި ބޮޑު ތެރަސް ފުޅިއަކާއި ދިގު ދަނޑިކޮޅުތައްވެސް ހުއްޓެވެ.

 

“މަޑިއެއް ހަދަން މިއުޅެނީ. އެހީވެދެވިދާނެތަ؟” ނަޞްރާ ހިނިތުންވުމަކާއެކީ ޔޫނުސްގެ މޫނު ފެންނާނެހެން މައްޗަށް ބަލައިގެން އިނދެ ބުނެލިއެވެ. ޔޫނުސް ލުއިގޮތަކަށް ހީލިއެވެ. އަދި ދެފައި ވަށްކުރަމުން އިށީނެވެ.

 

“ނަޞްރާ މަޑި އަރުވާ ހިތްވަނީތަ؟” ޔޫނުސް އެތާއޮތް ދަނޑިކޮޅެއް ނަގަމުން އަހާލިއެވެ.

 

“އާނ….އެކަމަކު އަސްލު މީތި ހަދަން ބޭނުންވަނީ އެއްދުވަހު އަފްރީންގާތު ބޮޑު މަޑިއެއް ހަދާނީއޭ ބުނެވިފަ އޮތީތީ. ވަރަށް ބޮޑު އެއްޗެއް ބޭނުމީ ހަދަން.” ނަޞްރާ އޭނަގެ ދެއަތް ވަކި ހިސާބަކަށް ދުރުކޮށްލަމުން ބުނެލިއެވެ. ޔޫނުސްއަށް ނަޞްރާއާއި ދިމާލަށް ބަލާލެވުނީ ހިނިތުންވުމެއްގައި ހުރެއެވެ.

 

“ހިނގާ ބޮޑު މަޑިއެއް ހެދޭތޯ ބަލަމާ” ޔޫނުސް ބުނެލިއެވެ. އެއާއެކު ކުރިމަތީގައި ހުރި އެއްޗެހީގެ ބޭނުންކޮށްގެން މަސައްކަތް ފެށިއެވެ. މަސައްކަތުގެ ތެރެއިން ޔޫނުސް ނަޞްރާގާތު ފޮތް ހަރުގަނޑު ހުރި ކޮޓަރީގެ ތެރެއިން އިތުރު ދަނޑިކޮޅުތަކާއި ބަރަންޏެއް ގެނައުމަށް އެދުނެވެ. އެއަށްފަހު ޔޫނުސް މަޑީގެ މައިގަނޑު ތައްޔާރުކުރަން ފެށިއިރު ނަޞްރާ ކުލަ ގަނޑުތައް އެކި ބައްޓަންތަކަށް ކަފަން ފެށީ މަޑި ޒީނަތްތެރި ކުރުމަށްޓަކައެވެ. ނަޞްރާ ކަފަން ފެށުމުން ފަންކާގެ ވަޔާއެކީ ގަނޑުކޮޅުތައް ދުރަށް އުދުހެން ފެށިއެވެ. ނަޞްރާއަށް އެކަމާހެދި އުދަގޫވާން ފެށިކަން ޔޫނުސްއަށް އެނގުނެވެ.

 

“ނިމެންދެން ފަންކާ ނިވާލަން ވީއެއްނު؟” ޔޫނުސް އޭނަ ކުރަން ހުރި މަސައްކަތުގެ ތެރެއިން ނަޞްރާގާތު ބުނެލިއެވެ. ނަޞްރާ ހޫންލައްވާލަމުން ކޮޅަށް ތެދުވެ ގޮސް ފަންކާ ނިވާލިއެވެ. އަދި އަނބުރާ އޭނަ ހުރި ތަނަށް ގޮސް އިށީނެވެ. މާ ގިނައިރެއްނުވެ ނަޞްރާއަށް ވަރަށް ގަދަޔަށް ހޫނުވާން ފެށިއެވެ. ނަޞްރާ ބޭނުންވީ އޭނަގެ ބޮލުގައި އަޅާފައިވާ ފޮތިކޮޅުވެސް ނަގާލާށެވެ. ނަމަވެސް ހޫނުވާއިރަށް އޭނަ ވަކި އެހެން ހަދާކަށް ނުޖެހޭނެއޭ ހިތަށްއެރިއެވެ. ނަޞްރާ އޭނައަށް ހޫނު ނުވާކަމަށް ހަދައި މަސައްކަތާއިގެން ކުރިއަށް ގެންދެވޭތޯ ބެލިއެވެ. އެހެނަސް ހޫނުގަދަވުމުގެ ސަބަބުން އެހެން ކަމަކާމެދު ވިސްނަން ނަޞްރާއަށް ދަތިވިއެވެ. ނަޞްރާ ބޮލުގައި އޮތް ފޮތިކޮޅު ނަގާލަން ޚިޔާލުކޮށްލަމުން ޔޫނުސްއަށް ބަލާލިއެވެ. ޔޫނުސް ކުރިމަތީގައި އޭނަ އޭތި ނެގިއަސް މައްސަލައެއް ނުޖެހޭނެކަން ނަޞްރާ އަމިއްލަ ނަފްސަށް ހަނދާން ކޮށްދޭން ޖެހުނެވެ.

 

ޔޫނުސް އޭނަގެ މަސައްކަތާއި މަޝްޣޫލުވެގެން އިންދާ ކައިރިން އިސްތަށިގަނޑެއް ވިހުރުނުތަން އޭނައަށް ލޮލުގެ ކޮޅުން ފެނުނުހެން ހީވިއެވެ. ޔޫނުސް އެދިމާލަށް ބަލާފައި ދުރުބަލަން އުޅުނެއްކަމަކު އޭނަ އެކަމަށް ނުކުޅެދުނެވެ. އޭނަ ކައިރީގައި އެ އިނީ ކާކުކަން ނަގައިގަންނަން ވެސް ޔޫނުސްއަށް ހިނދުކޮޅެއް ނެގިއެވެ. ނަޞްރާ އޭނަގެ ކޮނޑުން ކުޑަ ތަންކޮޅެއް ތިރިއަށް އޮތް އިސްތަށިގަނޑު އެއްފަރާތަށް ލައިގެން އިންއިރު އޭނަގެ ދޮން ކަނދުރާ ޔޫނުސްއަށް ފެންނަމުން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ ޙަޤީޤަތެއްކަން ޔޫނުސް ޤަބޫލު ކުރާ ހިތެއްވެސް ނުވިއެވެ. މިއީ ހުވަފެނެއްބާއޭ ބުނެ އޭނަގެ ހިތް ސުވާލުކުރިއެވެ.

 

ޔޫނުސް އެސްފިޔަ ޖަހާލުމެއްނެތި އޭނައަށް ބަލަހައްޓައިގެން އިންނަން ފެށުމުން ނަޞްރާ އިނީ ހިރިލަން ވެސް ނުކެރިފައި އިސްޖެހިފައެވެ. އޭނަ އުޅުނީ އިސްތަށިގަނޑުގައި ގޮށެއްޖަހާށެވެ. ނަމަވެސް ޔޫނުސް އޭނަގެ ކުރިމަތީގައި އިންދާ އެކަން ކުރާކަށް ނަޞްރާއަށް ހިތްވަރެއް ނުލިބުނެވެ. ދެމީހުން ތިބި ގޮތައް ތިބޭތާ މިނެޓްތަކެއް ހިނގިފަހުން ނަޞްރާ ޖެހިލުންވުމަކާއެކީ ކަރުކެހިލައިފިއެވެ. އެއާއެކު ޔޫނުސްއަށް ހޭވެރިކަމެއް ލިބުނެވެ. އޭނަ އެސްފިޔަ ޖަހާލަމުން ދުރުބަލަން ފެށިއެވެ. އެއަށްފަހު އަނބުރާ އޭނަގެ މަސައްކަތަށް ދިޔައެވެ. ނަޞްރާއަށާއި މަންޒަރު ބަލާ އެހެން މީހުންނަށް ވެސް ހީވާނީ ދެން ޔޫނުސް ނަޞްރާއަށް ނުބަލާ ހެންނެވެ. އެހެނަސް މަސައްކަތް ނިމެންދެން ވެސް ޔޫނުސްއަށް ވައްކަޅިން ނަޞްރާއަށް ބެލެމުން ދިޔައެވެ.

 

އެދުވަހު ހަވީރު ޔޫނުސްއާއި ނަޞްރާ އެމީހުން ހެދި ބޮޑު ނޫކުލައިގެ މަޑި ހިފައިގެން އަބާންއާއި އޭނަގެ މަންމައާއި ބައްޕަގެ އިތުރުން އަފްރީން ވެސް ގޮވައިގެން އަތިރިމައްޗަށް ދިޔައެވެ. އެންމެ ފުރަތަމަ އެ ބޮޑު މަޑި އެއްލީ އަފްރީންއާއި ނަޞްރާ ވެގެންނެވެ. ދެ މީހުންވެގެން މަޑި އެރުވިތާ މާ ގިނައިރެއްނުވެ އަފްރީންގެ ފޯނަށް މެސެޖެއްއައެވެ. އެއީ ސިނާންގެ މެސެޖެއްކަން އެނގުމުން އަފްރީން ނަޞްރާގެ އަތައް މަޑި ދޫކޮށްފައި ދުރަށް ދިޔައެވެ. ނަޞްރާ އަފްރީންއަށްޓަކައި ކަންބޮޑުވެހުރެ އޭނަ ގާތަށް ދާން އުޅުނެވެ. އެވަގުތު ޔޫނުސް އައިސް ނަޞްރާ މަޑީގެ ބަރަނީގައި ހިފައިގެން ހުރި އަތާއި ކައިރިން އެ ބަރަނީގައި ހިފަހައްޓާލިއެވެ. ނަޞްރާ ޔޫނުސްއަށް ބަލާލިއިރު ޔޫނުސް މަޑިއަށް ބަލަން ހުރެފައި އޭނައަށް ބަލާލިއެވެ. ޔޫނުސްގެ މޫނު އެހާ ގާތުން ފެނިފައި ނަޞްރާ އަފްރީންގެ މަތިން ހަނދާން ނެތުނެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނަޞްރާއާއި ޔޫނުސްގެ ގުޅުން ބަދަހިވަމުން ދިޔައެވެ. އެދުވަހަށްފަހު ނަޞްރާއަށް ބުރުގާއެއް ނާޅައި ޔޫނުސްގެ ކުރިމަތީގައި ހުންނަން ކެރެއެވެ. ދެންވެސް އޭނަ ގޭގެ ތެރޭގައި އުޅުނީ ޖިލްބާބެއް ލައިގެންނެވެ. ނަމަވެސް އެއްދުވަހު ޔޫނުސް ނަޞްރާއަށް ދޭން ހުދުކުލައިގެ އަތްދިގު ކަކުލާއި ހަމައަށް އޮތް ހަރުވާޅު ހެދުމެއް ގަނެދިނުމުން ނަޞްރާ ހިތާއި ދެކޮޅަށް އެ ހެދުން ޖިންސަކާއެކީ ލިއެވެ. ނަޞްރާ ހީކުރި ގޮތާއި ޚިލާފަށް އެ ހެދުން ލި ރޭގަ ވެސް ޔޫނުސް އޭނައާއި ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ. އޭނަ ހީކުރި ފަދަ ގޮތަކަށް ކައިރިވާކަށް ނުއުޅުނެވެ. ނަޞްރާއަށް ނޭނގުނު ކަމަކީ ޔޫނުސް ނަޞްރާއަށްޓަކައި އެ ހެދުން ގަނެދިނީ ނަޞްރާއަށް ފަސޭހަކޮށް ދިނުމަށްޓަކައި ކަމެވެ. ނަޞްރާ ނުބުންޏަސް އަބަދު އަބަދު ނިދަން ވެސް އެއްކަހަލަ  ހެދުމެއް ލުމުން އުދަގޫވާނެކަން ޔޫނުސްއަށް އިޙުޞާޞް ކުރެވުނީތީވެ ކަމެވެ.

 

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަދިޔަހެން ނަޞްރާއާއި ޔޫނުސްގެ ދެމެދުގައި ކުރެވެން ފެށި ސަމާސާތައް ވެސް ގިނަވާން ފެށިއެވެ. އެއްދުވަހު ޔޫނުސް ގެއަށް އަންނައިރު އޭނައަށް ސައިބޯނި ބޮކިތަކުގެ މަރުޙަބާއެއް ލިބުނިއްޔާ އަނެއްދުވަހު ނަޞްރާ ގެއަށް ވަންނައިރު ކުޅޭ ބަޑިއެއްގެ ވަޒަނަކުން ސަލާމަތްވާން ޖެހެއެވެ. ޔޫނުސްގެ ގޭގެތެރެ ނަޞްރާގެ ހުނުމުގެ އަޑުން ފަޅު ފިލަމުން ދިޔައެވެ. އެ ދެމީހުންގެ ދެމެދުގައި ގިނަގިނައިން ވާހަކަތައް ދެކެވެން ފެށިއެވެ. ދެމީހުން އެކި ކަންކަމާމެދު ދެކޭގޮތް ލަސްލަހުން އެކަކު އަނެކަކާ ޙިއްސާކުރެވެން ފެށިއެވެ. ޔޫނުސް އަބަދުވެސް ބޭނުންވިހެން އޭނައަށް މިހާރު އޮފީހުގައި ހުރެވެނީ ގެއަށް ދެވޭނެ އިރެއްގެ އިންތިޒާރުގައެވެ. ނަޞްރާ ވެސް ހަމަ އެފަދައެވެ. އެކަމަށްޓަކައި ދެމީހުންނަށް ވެސް ޙަމްދުކުރެވުނެވެ.

 

ހަފްތާތައް ވޭތުވަމުން ގޮސް އޮގަސްޓް މަސް ފެށި އަފްރީންއާއި ސިނާންގެ ގުޅުމަށް އެއްމަސް ފުރުނެވެ. އެކަން ފާހަގަ ކުރުމުގެ ގޮތުން އަފްރީން ސިނާންއަށް ދޭން ހަދިޔާއެއް ގަންނަން ބޭނުންވިއެވެ. ނަމަވެސް އޭނަ އަތުގަ ހުރި ލާރިކޮޅުން އޭނަ ސިނާންއަށް ދޭން ގަންނަން ބޭނުންވި ގަޑި ގަނެވޭގޮތެއް ނުވިއެވެ. އެހެންކަމުން އަފްރީން ކުޑަ ދޮގެއް ހަދާފައި ބައްޕަ އަތުން ލާރިކޮޅެއް ހޯދިއެވެ. އަދި އެކުވެރި ކުދިބަޔަކާއެކީ ގޮސް އެ ގަޑި ގަނެގެން ބައްޕައަށާއި ދޮންތައަށް ވެސް ފޮރުވައިގެން އުޅުނެވެ. އޮގަސްޓް މަސް ފެށުމަށްފަހު ސްކޫލަށް އެންމެ ފުރަތަމަ ދިޔަ ދުވަހު އަފްރީން ސިނާންގެ އަތުގައި އެ ގަޑި އަޅުވާލަ ދިނެވެ. ސިނާން ދެރަވާ ކަމަށްހެދި ތިމަންނަ ހަދިޔާއެއް ނުވެސް ގެންނަމޭ ބުންޏެވެ. އަފްރީން އޭގެ ޖަވާބުގައި ބުނީ ސިނާން ހުރުމުން އޭނައަށް ނިމުނީ ކަމުގައެވެ.

 

އޮގަސްޓް މަސް ފެށުނީއްސުރެ އަފްރީންމެން ސްކޫލްގެ އެސަމްބްލީގައި ދެކެވެމުން ދިޔައީ އެ މަހުގެ ދެވަނަ ހަފްތާގައި އެ ސްކޫލަށް ޒިޔާރަތްކުރާ އުސްތާޛާގެ ވާހަކައެވެ. އަފްރީން އެ ވާހަކަ އަޑުއަހަމުން ދިޔައީ ފޫހިކަމާއެކީ ކަޅި މައްޗަށް ހިންގަމުންނެވެ. އެ ދަރުހާމެދު ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރެއިން އަފްރީން އެންމެ ޙައިރާންވީ އެ ދަރުހުގެ ނަމާއި މެދުގައެވެ. އެ ދަރުހުގެ ނަމަކީ ޙަޤީޤީ ލޯތްބެވެ. ޝެއިޚުންވެސް ލޯބީގެ ވާހަކަ ދައްކައި އުޅޭހެއްޔޭ އަފްރީންގެ ހިތަށްއެރިއެވެ. އެވާނީ އަންހެނެއްވީމާ ތަފާތުވަނީ ކަމަށޭ އަފްރީންގެ ހިތް ބުންޏެވެ.  ދަރުހުގައި ދެކެވޭނީ ލޯބީގެ ވާހަކަ ވިއްޔާ އޭނައަށް ޝަޢުޤުވެރިކަމާއެކީ އަޑުއެހޭނެއެވެ. މިއީ އަފްރީން ދަރުހެއް އަޑުއަހަން ނިންމި ފުރަތަމަ ފަހަރެވެ.

 

ސްކޫލަށް އުސްތާޛާ ޒިޔާރަތްކުރަން އޮތް ރޭ އަފްރީން ނަޞްރާއާއެކީ އަފްރީންމެންގެ ސްކޫލަށް ދިޔައެވެ. ސްކޫލްގެ ހޯލުގެ ދެފަރާތުގައި ގޮނޑިތައް ރޭވިފައިވިއިރު ނަޞްރާ ވާތް ފަރާތުން ފަހަތުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އަފްރީންއަކީ ސްކޫލްގެ ކެޕްޓަންއަށްވުމުން އޭނަ އިށީންނަން ހުރީ ކަނާތް ފަރާތުގެ ފުރަތަމަ ބަރީގައެވެ. އަފްރީން އޭނަގެ ގޮނޑީގައި އިށީންތަނާ ނައުފާވެސް އައިސް އޭނަ ކައިރީގައި އިށީނުމުން އަފްރީން އުފާވިއެވެ. 8:30 ވާއިރު ދަރުސް ފެށެން އޮތެއްކަމަކު އޭރުވެސް ހޯލެއް ނުފުރެއެވެ. ސްކޫލްގެ އެދުމަށް ހޯލުގެ ކަނާތް ފަރާތުގައި ސްކޫލްގެ ޕްރިފެކްޓުން އައިސްފައި ތިއްބެއްކަމަކު ޢާންމުންގެ ތެރެއިން އައީ ވަރަށް މަދު ބަޔެކެވެ. ކޮންމެއަކަސް 8:45 ވީއިރު ޙަފްލާ ފެށުނެވެ. ރަށުގެ ޒުވާން އަންހެން ކުއްޖަކު ޕޯޑިއަމަށް އަރައި އެރަށަށް އައި އުސްތާޛާގެ ތަޢާރަފެއްދޭން ފެށިއެވެ. އެ ދިނުމަށްފަހު ދެން ޕޯޑިއަމަށް އެރީ މި ހުރިހާ ދުވަހު އަފްރީންމެނަށް އެމީހަކާ ބެހޭގޮތުން ވާހަކަތައް އިވުނު އުސްތާޛާއެވެ. އެ އުސްތާޛާ ހުރީ ބޮޑުކޮށް އަޅައިގެން ހުރި ޝޯލްއަކާއެކު ދިގު ހެދުމެއް ލައިގެންނެވެ. ފުރަތަމަ ޕޯޑިއަމަށް އެރިއިރު ވެސް އުސްތާޛާގެ މޫނުމަތިން ހިނިތުންވުމެއް ފެނުމުން އަފްރީން އަންތަރީސްވިއެވެ. ދަރުހެއްދޭން އަންނަ މީހަކު ހިނިތުންވެގެން ހުރިތަން މި ނޫނީ އޭނައެއް ނުދެކެއެވެ. އޭނަ މިހާ ދުވަހަށް ހީކޮށްގެން ހުރީ ހުނުމަކީ ވެސް ފާޑަކަށް ޙަރާމްކަމެއް ކަމަށެވެ.

 

ދަރުހެއްދޭން އަންނަ ކޮންމެ މީހަކު ފަދައިން އެ އުސްތާޛާވެސް ވާހަކަ ފެށީ އަފްރީންގެ ބަހުރުވައިން “އެއްކަލަ ޢަރަބި ބަސްކޮޅުން”ނެވެ. އުސްތާޛާ އިނގިރޭސި ބަހުން ވާހަކަ ފެށީ ސުވާލަކުންނެވެ. އެއީ ލޯތްބަކީ ކޮބައިތޯއެވެ. އެ ސުވާލުކުރުމާއެކު އަފްރީންގެ ހަނދާނަށް އައީ ސިނާންއެވެ. އޭނައަށް ލަދުރަކި ގޮތަކަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ ހުރިހާ ސަމާލުކަމެއް ކުރިއަށް ދެކެވޭނެ ވާހަކައަކަށް ދެވިފައިވިއެވެ. އުސްތާޛާ ދެން ފެށީ ލޯބީގެ އެކިއެކި މިސާލުތައް ދޭށެވެ. މައިންބަފައިންނާއި ދަރީންގެ ދެމެދުގައި ވާ ލޯތްބާއި، އެކުވެރިންގެ މެދުގައިވާ ލޯތްބާއި، ދައްތަމެންނާއި ބޭބެމެންގެ ދެމެދުގައި ވާ ލޯބީގެ ވާހަކަތަކުންނެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ދެމެދުގައިވާ ލޯބީގެ ވާހަކަ ދެއްކުމުން އަފްރީންއާއި ނައުފާއަށް ދެލޯ ބޮޑުކޮށްލަމުން އެކަކު އަނެކަކާއި ދިމާލަށް ބަލާލެވުނީ ޙައިރާންވީ ވަރުންނެވެ. އަފްރީން ހީކުރީ އުސްތާޛާ ވަރަށް ތަފްޞީލުކޮށް އެ ލޯބީގެ ވާހަކަ ކިޔައިދޭނެ ކަމަށެވެ. ނަމަވެސް ދެން އުސްތާޛާ ކޮއްލީ އެހެން ސުވާލެކެވެ. އެއީ ދުނިޔޭގައިވާ ހުރިހާ ލޯބީގެ ތެރެއިން އެންމެ ފުރިހަމަ ލޯތްބަކީ ކޮބައިތޯއެވެ. އެއީ އޭނައާއި ސިނާންއާ ދެމެދުގަ ވާ ލޯތްބޭ އަފްރީންގެ ހިތް ވަގުތުން ބުންޏެވެ. އަފްރީންއަށް ހިނިތުންވެލެވުނެވެ. އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އުސްތާޛާ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދިން ޖަވާބަކުންނެވެ. އެ ޖަވާބަކީ އެންމެ ފުރިހަމަ ލޯތްބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯބިފުޅު ކަމެވެ. އުސްތާޛާ ދެން ފެށީ ﷲ ގެ ލޯބިފުޅު ސިފަކޮށްދޭށެވެ. އަދި އެ ލޯބިފުޅު ފުރިހަމަ ވާންވީ ސަބަބުތައް ބުނެދޭށެވެ. އުސްތާޛާ ބުނި ގޮތުގައި ﷲ ފިޔަވައި މި ދުނިޔެމަތީގައި ވި އެންމެން ކޮންމެވެސް އެއްގޮތަކުން ތިމާގެ ހިތަށް ދަތިވާފަދަ ކަންތައް ކުރާނެއެވެ. އެހެން މީހުން ތިމާ ދެރަވާ ކަހަލަ ކަންތައް ކުރާނެކަން އަފްރީންއަށް ޤަބޫލުކުރެވުނެވެ. ނަމަވެސް ﷲ ގެ ލޯބިފުޅާއިމެދު ޝައްކު ކުރެވުނެވެ. ﷲ އެކަލާނގެ އަޅުތަކުންދެކެ އެހާވަރަށް ލޯބިވެވޮޑިގެން ވާނަމަ ނަރަކަ އުފައްދަވާފައިވަނީ ކީއްވެބާއޭ ހިތަށްއަރަމުން ދިޔައެވެ. އަފްރީން ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ފުންކޮށް ވިސްނަން ފެށިއެވެ. އޭނަ އެ ވިސްނުމުގެ ތެރޭގައި އިނދެފައި އިސްއުފުލާލެވުނީ އުސްތާޛާ ޙަޔާތަށްޓަކައި މުހިއްމު ނަޞޭޙަތެއް ދޭން އުޅޭ ވާހަކަ ބުނުމުންނެވެ. އުސްތާޛާ ބުނި ގޮތުގައި އަހަރުމެން ދިރިއުޅުމުގައި އެކަކު އަނެކަކު ދެކެވެސް ލޯބިވާން ޖެހެނީ ﷲއަށްޓަކައެވެ. އަދި ﷲއަށް އުރެދުމަކަށް ވާ ލޯތްބަކުން އަހަރުމެންނަށް ހިތްދަތިކަމާއި ހިތާމައެއް ނޫނީ ނުލިބޭނެ ކަމެވެ. ﷲއަށް އުރެދުމަކަށް ވާ ލޯބީގެ މިސާލަކަށް އުސްތާޛާ ދިނީ ހިލޭ އަންހެން ކުދިންނާއި ފިރިހެން ކުދިންނާއި ދެމެދު ވާ ލޯބީގެ މިސާލެވެ. އެވާހަކަ އަޑު އިވިފައި އަފްރީން ހުއްޓުން އެރިއެވެ. އޭނަގެ ދެލޯ ބޮޑުވިއެވެ. ހިލޭ އަންހެން ކުދިންނާއި ފިރިހެން ކުދިން ލޯބިވެ ރައްޓެހިވުމަކީ ގޯސް ކަމެއް ހެއްޔެވެ؟ މިއީ އޭނައަށް އަލަށް އިވުނު ވާހަކައެއްހެން އަފްރީންއަށް ހީވިއެވެ. މީގެ ކުރިން މި ވާހަކަ އަޑުއިވިފައި ވިހެން އަފްރީންއަކަށް ހިއެއްނުވިއެވެ. އޭނައަށް އަޑެއް ނީވުނީ ހެއްޔެވެ؟ ނުވަތަ ގަސްދުގައި ނޭހީ ހެއްޔެވެ؟ އަފްރީންއަކަށް އެއްގޮތަކަށް ވެސް ނޭނގުނެވެ. އޭނައަށް މި ހުރިހާ އަހަރުތަކެއް ވަންދެން ކުރެވުނީ ހަމަ ނުބައި ކަމެއް ހެއްޔެވެ؟ އޭނަ ހީކުރީ ސްކޫލްގެ މުދައްރިސުން އެފަދަ ގުޅުންތައް ދަރިވަރުން ހިންގާތޯ ބަލައި ދުރުކުރުވަނީ އެ ދަރިވަރުންގެ ކިޔެވުމަށް އެކަމުން އަސަރުކޮށްފާނެތީވެ ކަމަށެވެ. އަފްރީން އޭނަގެ ގުޅުންތައް ކުރިއަށް ގެންދިޔައީ އެ ގުޅުންތަކާއި އެކީގަވެސް އޭނައަށް ރަނގަޅަށް ކިޔެވޭތީވެއެވެ. އެހެންނޫނަސް ސްކޫލް ނިންމާފައި މީހަކާއި އިންނަންވީމަ ޖެހޭނީ ރައްޓެހިވާކަށް ނޫންހޭ އަފްރީންގެ ހިތް ބުންޏެވެ. ކައިވެނި ކުރަންޖެހެނީ ލޯބި ނުވެ ހެއްޔެވެ؟ އަފްރީންގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ސުވާލުތަކަކުން އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ދަރުހުގައި ދެން ދެކެވުނު އެއްވެސް ވާހަކައެއް އަފްރީންއަކަށް ނީވުނެވެ. ދަރުސް ނިމި އެންމެންގެ އަތްތިލަ ބަޑީގެ އަޑު ހޯލުގައި ގުގުމައިގެން ދިޔުމުން ވެސް އަފްރީން އެއްދިމާލަކަށް ބަލަހައްޓައިގެން އިނީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ރޯޒީ ***** (3)

Next

ހަދިޔާ (4 ވަނަ ބައި)

Next
August 14, 2015

ހަދިޔާ (4 ވަނަ ބައި)

Previews
August 14, 2015

ރޯޒީ ***** (3)

125 Comments!

  1. elsa says:
    August 14, 2015 at 9:34 am

    arey vaa jaan , i love this prt , love u tooo ummmmmah n m 1st

    1. shaan says:
      August 14, 2015 at 12:49 pm

      areyyyyyyyyyyyyyyyyyyyy

    2. jana says:
      August 14, 2015 at 1:25 pm

      hehehe…..Alhamdhulillah! 😀 Love you too elsa. Ummmmwah!

    3. Shaan says:
      August 17, 2015 at 6:56 pm

      2nd shaan can u go nd read my reply in the chat page

  2. Tigrious says:
    August 14, 2015 at 9:52 am

    Varah Reethi … Dhen Kn Iraku Vaahaaka Genes Dhevey Varu Vaany ???

    1. jana says:
      August 14, 2015 at 1:32 pm

      Alhamdhulillah! dhen genesdheveyne dhuvaheh jana yageen kamaa eku nubunaanan. ekamaku sunday ga genesdheveytho balaanan In Sha Allah. jana ge schedule ah kameh ithuruvyma vaahaka liyaane gadi fahthanvy konthanakakkan neyngigen adhi mi ulheny. adhives ehfaharu bunelan jana akah yageen kameh nudheveyne ey. jana varah biruganey kameh kureveyne kamaa medhu shakku vaairu ekameh kuran va’udhuvaan.

  3. Een says:
    August 14, 2015 at 10:00 am

    Love to read this story…… Dhen konirakun next part up kIran? ?? Haadha inthizaareh kuramey mi vaahaka ah…

    1. jana says:
      August 14, 2015 at 1:34 pm

      Alhamdhulillah! (All praise and thanks belongs to Allah). Next part sundayga genesdheveytho balaanan. ekamaku yageen kameh nudhen. Sorry for that.

  4. elsa says:
    August 14, 2015 at 10:16 am

    jaan is the best

    1. jana says:
      August 14, 2015 at 1:36 pm

      Allah is greater and He is the only One Who is Perfect. And its only because of Him that i am who i am. Alhamdhulillah 🙂

  5. Xzoo says:
    August 14, 2015 at 10:31 am

    wow
    v nice mi part vxx!!! haadha intixaaareh kureemeyy mi waahaka ahh jana
    love yuh
    yuh are d best

    1. jana says:
      August 14, 2015 at 1:37 pm

      Alhamdhulillah Alhamdhulillah Alhamdhulillah!!!! Love you too 😀

  6. chakabondi says:
    August 14, 2015 at 12:15 pm

    Mifaharu haadha kuru hen hyveyey… Bt vvv reethi.. Jana ur the best,. Dhuvahaku ves vaahaka eh kiyaakah mivarakah inthizaareh nukurevey.. ?

    1. jana says:
      August 14, 2015 at 1:39 pm

      hmm mifaharu kurukan jana ah faahangavy thankolheh fahun. ithurah liyan ulhefaves mithanah ninman beynunvy. dhen dhuvahakun dhigu kolleveytho balaanan In Sha Allah. Alhamdhulillah! 😀

  7. Anonymous says:
    August 14, 2015 at 12:18 pm

    Reethyyy… Jana ethah kameh mi baiga eba huri ragalhu kohfa.. maasha allah

    1. jana says:
      August 14, 2015 at 1:41 pm

      hehe….adhives hurihaa kameh rangalhu nuvey dho? nubaeh faahanga kurevenya bunedhehchey. Jazakallah Khairan. Alhamdhulillah 🙂

  8. lilly says:
    August 14, 2015 at 12:51 pm

    varah reethi…next part koh duvahakun????story is amaxing like u….bohthu ahchaa story hey yey

    1. jana says:
      August 14, 2015 at 1:45 pm

      aapko yeh kahaani pasandh aai yeh hamaare liyey kaafi hai 😛 hehe….jana hindi in vaahaka nudhakkaathaa baivaru dhuvas vejje. mihaaru handhaan eba nethey kudakoh.
      Alhamdhulillah! 😀

  9. liu says:
    August 14, 2015 at 12:54 pm

    varah furihama…jana u r the best…next part surturdayga up kohdhehcheyyyy….surturday free vaane eh nu……keep it up and go with this……

    1. jana says:
      August 14, 2015 at 1:46 pm

      alhe saturday eh noon liu. jana ah heevany sunday ga hen dhen up kohdheyveyny In Sha Allah. ey ves yageeneh noon. ekamaku las nukoh veytho balaanan In Sha Allah. Alhamdhulillah. Jazakillah Khairan for the support 🙂

  10. aine says:
    August 14, 2015 at 1:10 pm

    Wow very nice story.keep it up jana dhen konirakun up vaanee

    1. jana says:
      August 14, 2015 at 1:47 pm

      Alhamdhulillah! heevany sunday ga hen up kureveyny In Sha Allah. yageeneh noon ingey ekamaku…

  11. Faryluvs says:
    August 14, 2015 at 1:22 pm

    Mashaa Allah v reethi mi part ves…

    1. jana says:
      August 14, 2015 at 1:48 pm

      Alhamdhulillah! 🙂

  12. jana says:
    August 14, 2015 at 1:22 pm

    Facebook ga noolhey kiyuntherinnah miadhuge fb post:

    Why has Allah created Hell when He loves us so much?
    This is a doubt that I personally had in my life and I know that I cant be the only one. I was going to clear this doubt to the readers a little bit later but then I thought it wouldn’t be right to leave you in doubt for too long.
    Before getting an answer to this question we must understand something. And that is that Allah owes us absolutely no justifications. Because He is our Master and we are His slaves. After coming to belief, we don’t have a right to question anything our Master does. Think about a normal relationship between a human master and his slave. Does the slave get to say to the master that the master mustn’t punish him for a job he wasn’t able to complete? Well, that’s the relationship we have with Allah.
    If we haven’t accepted the fact that Allah is our Master and we are His slaves, the question above can really mess us up. But even if you haven’t wholeheartedly accepted Allah as your Master, if your iman hasn’t got to that level YET, there is an explanation that would clear your doubt.
    We say Allah is perfect. And for Him to be perfect, all of His attributes must be perfect. His Knowledge must be perfect, His Seeing must be perfect, His Love should be perfect……His justice, also should be perfect.
    Now when we look at the world around us, don’t we see a lot of injustices? Yes! And can there be perfect justice in this world? If someone kills someone, the biggest punishment that we can give to the killer in this world is to kill him. But what if someone kills 5 people? What is the worst punishment we can give the killer? Kill him? Kill him how many times?
    So now we know that we cannot have perfect justice in this world. Now how can we call Allah perfect? We can! Because there is the Day of Judgement. It is only on that Day that perfect justice will be witnessed by everyone. Not a single person will be wronged on that Day. And the punishment for the criminals/wrongdoers on that Day is the Hell Fire. The righteous people will enter Jannah. Allah created Jahannam and Jannah so that everyone will finally be given what they actually deserve.
    Isnt it Allah’s mercy that He let us know that He created Jannah and Jahannam? If He hadn’t told us, we wouldn’t know which way to head to. Alhamdhulillah! 😀
    Reference: Quran for Young Adults – a series on Bayyinah TV in which Ustadh Nouman Ali Khan explains certain passages from the Quran which will help young people in their years of youth.

    1. liu says:
      August 14, 2015 at 8:30 pm

      varah gina kanthah thakeh libihje…..may allah bless u n give great plessure n give such memorable and great informations…

  13. Shabee says:
    August 14, 2015 at 2:17 pm

    Wowwwww mibaivexx vrh vrh reethi…. Vrh ibraehtheri vrh maulooomath libijje…. 😀 n jazakallah khairan thihaaa Dhuvahah fahuvex up khdhineethee…. 😛 heheh it’s the first time I think I told thnk u correctly in Arab…. 🙂 hehheeeeeeeee…

    1. Shabee says:
      August 14, 2015 at 2:55 pm

      EY ADHI HANDHAAN NETHUNEE JANA SIS AH LOVE U BUNAN… Heheeee. 😛 HEHE JANA SISS LOVE U SOOOOOOOOOOOOOOO MUCH… UMMMMMMMMWAH :*

    2. jana says:
      August 14, 2015 at 8:20 pm

      Alhamdhulillah! 😀 hmm Shabee Jazakallah Khairan spell kury rangalhah. ekamaku jana ah varah fahakah enguny anhen kujjakah ehen bunanya kiyaany Jazakillah Khairan kan. with an i. Next time dho In Sha Allah 😉
      LOVE YOU TOO SIS. Ummmmmmwah! 😀

  14. emiliya says:
    August 14, 2015 at 2:26 pm

    wow this story is was an will be always an interesting and unforgettable story for emiliya love this part and watching forward to read more parts…………… now i guess afreen will part ways with her bf right jaanu…

    1. jana says:
      August 14, 2015 at 8:23 pm

      hmm dhen afreen ehen hadhaanehen heevany dho? ekamaku eyna soulmate akah dhekey meehaku dhookuran faseyha vaaneba…..hehe…dhen balamaa hinga dho In Sha Allah 🙂
      Alhamdhulillah (All praise and thanks belongs to Allah)

  15. Shabee says:
    August 14, 2015 at 3:49 pm

    Adhi one more thing… Jana molheeeee Hama ekani vaahaka liyumakah nooner. 😉 comment thah kiyaaleema miengunee Hindi ah vex ehaaaa molhu kan 😀 HAHAHA ur di bst sissy love u a lot my 2nd mummy…. Hehheeeeeeeee 😛 masha Allah ur grt… Dhen nukuraanan mi bay ah comment eh nooney Jana gandu reply nukhffaane anekka:(

    1. jana says:
      August 14, 2015 at 8:25 pm

      hehehehe…..Alhamdhulillah! hindi engey. ekamaku mihaaru ehaa molhuvaane hen hieh nuvey hindi ah. handhaan netheny.
      Shabee, jana comment thakah reply kurumah vure vaahaka liyun muhimmehnu dho? ehenvyma ehaa gina comment thakah reply eh nukureveyne. hope you will understand

  16. Anonymous says:
    August 14, 2015 at 4:25 pm

    Jana hindi filmaa drama ves balantha anekka?

    1. jana says:
      August 14, 2015 at 8:58 pm

      hehe….ey thankolheh kureega. hayaathuge vaki hisaabakun visnijje dhuniye dhookurumuge kurin e ehchehi belumahvure maa muhimmu kanthah kuran eba hurikan. ekamaku baheh engifa othumaky goaheh noonehnu dho anonymous? Alhamdhulillah! 😀

    2. Anonymous says:
      August 14, 2015 at 9:24 pm

      yeah that’s not a problem.. ekamaku hindi series balaigen hindi dhas kuranyaa ey ehaa ragalhu kamakah nuvaane.. hindi ves egen jeheyne.. fahuge dhiraasaa thakun dhahkaa gothugai thin bas igey meehunge sikundi ves maa visnun thoonu.. ehen veemaa, ithuru basthah dhaskuran hama jeheyne kaafaru bayaku vaahaka dhahkaa bahakah viyas.. ekamaku e bas dhaskuraa goi jeheyne halaal vaan.. komme gotheh viyas dhe jinsuge meehun gai goalhi vegen act kohfa hunna manzaruthah balumaky loa faafa veri vaane kameh adhi adu ehumaky kanfathah eyge faafa libeyne kameh.. hithaama aky, gina dhivehin adhives hindi, igiresi faahish series thah balamun dhaakan.. e balan feshyma dhevi hifany ey hama.. so sad…

  17. elsa says:
    August 14, 2015 at 5:40 pm

    hahaha , so , u r watching hindhi series dw , haha , keysey ho thum ? ragalhahtha anehkaa mibunevuny , hahaha , kahaahoa thum , i want a reply , mera dhimaak haraab hey , cox of thumhaaraa vajesey , plx up next prt jaldhy , hahaha , maybe nubaikoh ves huredhaane , hahaha vr dhuvas vehje series ehves nubalaaleveythaa , mey , bohoth piyaar karneyngey thum sey , hehe , i love u

    1. jana says:
      August 14, 2015 at 9:05 pm

      hindi series nubalan mihaaraku. nubalaatha dhuvas vaavarun hindi mi handhaan netheny. ekamaku mulhin handhaaneh nunethey adhi. hehe…..elsa baeh thanthaanga kuhthah eba huri ingey. mein tumein bohoth pyaar karti hoon bunaany i love you very much ah 😛 Hum bhi tumse bohoth pyaar karte hain 😛

  18. Shabee says:
    August 14, 2015 at 9:06 pm

    Jana sis thidhevvi mauloomath ahttakaa shukuriyya…. i mean jazakillah khairan 🙂 love u soooo much..hama huvaa shabee ah feel vanee thee hama shabee ge 2nd mom ehhhen…neynge keehve kameh.. aslu shabee mom ahvure maa dheenee mauloomath libijje jana mummy kairin 😛 heheeee

  19. katherine says:
    August 14, 2015 at 9:23 pm

    guys guess what the devil of the site is busy today so he is not passing any negative comments on this story ha ha ha thank god 4 that i always lose my temper when i see his comments if he comes before him i will eat him alive

    1. Anonymous says:
      August 14, 2015 at 9:27 pm

      Devil of the site ey??? thi hen nuvaane kiyaakah.. insaanunnah shaithaanunge namun nan dhinumaky kohgen vaane kameh noon…

  20. Shabee says:
    August 14, 2015 at 10:45 pm

    Anonymous eyna amilla ah bunee eyna akee devil of the site ey…hama huvaa.. 😀

  21. Jui says:
    August 14, 2015 at 11:03 pm

    Jana thanks for the information. Love this part. I also had this doubt and thanks for telling me.you are the best. May god bless you. All the best for your future. May you achieve only success in life. Once again thank you. ??? nd I love you so much…. Mmmmmmwwwwaahh! ???

  22. elsa says:
    August 14, 2015 at 11:07 pm

    jaxakillah khairan jaan , hehehe elsa ves hadhaan nethifa eyy , hehehe

  23. elsa says:
    August 14, 2015 at 11:09 pm

    mein thumein bothoth piyaar karthy hoon , hehehe

  24. elsa says:
    August 14, 2015 at 11:37 pm

    hmm igihje , ekam migadyga nudheveyne sorry , dhevey irakun dhaanan

  25. elsa says:
    August 14, 2015 at 11:48 pm

    mm here

  26. elsa says:
    August 14, 2015 at 11:50 pm

    stangerrrr , ammmmm jaan can i chat here 4 a while with stnger , can i , plzzzz

    1. stranger says:
      August 14, 2015 at 11:52 pm

      Elsa. Hws you

  27. stranger says:
    August 14, 2015 at 11:50 pm

    M here

  28. stranger says:
    August 14, 2015 at 11:52 pm

    Yes. Where re yiu

  29. elsa says:
    August 14, 2015 at 11:53 pm

    goodnight to every 1 , mm stranger , good night igea , sorry ehaa avahah dhaan jehunyma ,

  30. stranger says:
    August 14, 2015 at 11:54 pm

    Elyve ti dany

  31. stranger says:
    August 14, 2015 at 11:57 pm

    Elsa is where…. nidytha

  32. Elsa says:
    August 15, 2015 at 12:18 am

    Hey stranger. Why are u always talking to me. Do somtheing useful ok bye?

    1. elsa says:
      August 15, 2015 at 1:12 pm

      wat the hell , why r u using my name n yelling to stranger , stranger , reyga i good night kiyaafa dhiyaeyy nidhan , 12 vaan ulheythy , 12 ge fahun chat kurun manaa mihaar , dhen ehn elsa eh eyndhy , haaah , as u see , there is a capital e in that elsa s’ name , can u plz tell me y r u doing this , elsa 2

    2. elsa says:
      August 15, 2015 at 4:39 pm

      non of ur buisness shaante

  33. stranger says:
    August 15, 2015 at 12:55 am

    I am doin it nw

  34. Emiliya says:
    August 15, 2015 at 1:43 am

    Varah foohi vaahakaeh mee. Ulhe ulhe get eh nuvi vaanuvi. Nasra nasra koahcheh tha alhe fahe mee. Boring boring. Varah try kohfin. But hama nukyumu

    1. emiliya says:
      August 15, 2015 at 9:00 am

      can u plx comment on some other name…………. and by the way i started using this name first…………… this is one of my fav story so plx and jana this is not emiliya ok this is a fake identity…………… there is no derth of names in this world that u are using my commenting name to comment……….. for crying out loud change ur name

    2. Shaante says:
      August 15, 2015 at 12:10 pm

      Same name kiyaa ekaku eh noon mi dhuniyeyga ga ulheny. Adhi thi emiliya ingeny kee ves noon dho dhn ulhey meehunnah. Kithamme varakah story write ge attention hoadhan ulhunas thee kaaki kameh neyngeyne. So better get a life

    3. emiliya says:
      August 15, 2015 at 2:13 pm

      shaante i never told that there is only one person with the same name and for Ur own information let me tell u that this is non of Ur business an i never try to get the attention of the writer so chill and one more thing i never want to know who are those living with this name and yes i have a life i am not a ghost or a zombie that u are advising me to get a life rather i have a life and its a very good and a respectable life i am not saying that u cant put forth Ur own opinion but this conversation between two emiliyas dosent have anything that says anything about u so u stay out of this………………….

  35. fitte says:
    August 15, 2015 at 5:36 am

    msha allah… varah furihama.. mivaahakaaGe sababunun ebaingey merry koffa dhen ulhen emme best goithahah ves.. miey magey hayaathah varah muhimmu vaahaka eh.. cox October ga im gonna merrig insha allah.. so thanQ a lots janaa… jana ge sababun aharemen ge mustagbal ujaalaa vaane.. thibaa ah rahumai lavvaashi…

  36. liu says:
    August 15, 2015 at 7:43 am

    can someone tell me how to download o level past paper markin skeem.plsssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

    1. Shaante says:
      August 15, 2015 at 12:08 pm

      Test boa mathy ovvaa ves ulheythi vaahaka kiyan. Eyrah onnaane marking scheme ves libifa

  37. Anonymous says:
    August 15, 2015 at 9:47 am

    kaaku buny ma mee ey devil aky? ehves insaanaky shaithaaneh nooney.. kihaa dhera kameh? Mi shabee aa elsa aa stranger aa mi emiliya aa mi emmenaa hedhi kuhjakah noavey mi thaaga comment eh ves kohlevey kah.. kithah faharutha bunaany mee chat kuran hahdhavaafa onna thaneh nooney.. adhi eves hus beykaaru vaahaka.. meehakah noavey kusheh ves faahaga kohlevey kah mi vaahakaige.. Ajaibun Ajaaib…

    1. Shaante says:
      August 15, 2015 at 12:07 pm

      Ey dhogeh nooney.dhn mihaaru bodu undhagulakah vejje. Me vaahaka ah hiyaali hushaalhan onna thaneh. Kaley men date ah gos maa folhuvan onna thaneh noon

    2. dream says:
      August 15, 2015 at 2:18 pm

      adhi mithaaku nai hen heevanee date ah gos maa folhuvaafayai…………. and no one told that u are a devil a person who comments on the name of meekail told that i am the devil of esfiya site so if u don’t know anything then try not to talk about it caux half knowledge is always dangerous

  38. riya says:
    August 15, 2015 at 12:31 pm

    v v v v salhi mi part vess..:) … lov it .. and love u too jaan … <3

  39. riya says:
    August 15, 2015 at 12:38 pm

    vaguthu.mv/ evaguthu / people / 260334 /
    ކެންސަރު ބަލީގެ ޝިކާރައަކަށްވި ދިވެހި އަންހެނަކަށް ޝިފާ ލިބި ހިދާޔަތް ލިބުނު ގޮތުގެ ޙަޤީޤީ ވާހަކަ
    jaan mi artical kiyaa lah chey … may god bless u jaan 🙂

  40. riya says:
    August 15, 2015 at 12:40 pm

    vaguthu.mv/evaguthu/people/260334/

  41. riya says:
    August 15, 2015 at 12:42 pm

    thiryga eynyy link .. mathyga in ethi e iny space dhookoh liyevifa .. soryy

  42. elsa says:
    August 15, 2015 at 1:15 pm

    jaan , wat do i hav to do to tht elsa 2 ,

    1. Pis pis says:
      August 15, 2015 at 1:55 pm

      Pis mi dhn kon kamehtha alhe? Kaley men chat kuran hadhaafa oiy thaneh noonekey meee. Beynun meehakaah mithaa beynun namehga chat kureveyne. Vaki meehakah vaki identity eh neennnaane.

    2. alhe fahe says:
      August 15, 2015 at 9:57 pm

      Varugadha elsa eh nu dhw mee ..

  43. Shabee says:
    August 15, 2015 at 2:07 pm

    ECXUSE ME?? SHABEE NEENNAANE BEYKAARU EHCHEHI JAHAAFAKAAA… N SHABEE BUNEE ANONYMOUS AKEE DEVIL OF THE SITE EH NOONEY,… RANGALHAH COMMENT KIYAABALA…MEEKAIL KIYAA KUJJEH KOMMES STORY EHGGA BUNEE EYNA AKEE DEVIL OF THE SITE EY… INGIJJE? DHEN SHABEE MIHEN BUNEETHEEVEX KOMMES MEEHAKU MI NAMUGA NULAFAA COMMENT EH KURAANE THOACHE…. JANA PLX CAN U FIND A SOLUTION…. SHABEE MI STORY AKU CHAT EH NUKURAN…

  44. emiliya says:
    August 15, 2015 at 2:20 pm

    anymous can u plx try to read the whole comment and then write a reply and try to find one place where i have chat on this story after that we will talk

  45. elsa says:
    August 15, 2015 at 2:36 pm

    bolah udhgoo vanings , aaaaah , dhen noolhen ehves myhakaa chat kuraakah , bye shabee , burn n barbie , bt jaan aa talk kureveyne dw ,

  46. zai says:
    August 15, 2015 at 3:44 pm

    Wow great story..i like this story v much..☺

  47. zai says:
    August 15, 2015 at 3:54 pm

    Chat kuran beynunvaa kudhin esfiyaige viber group ah goin veba..eyran tok kureveyne..bolah undhanguley..midhn kihaa dhera vehjje kameh..knme story ehgavex knmex shabee chabeeeee eh?

    1. dream says:
      August 15, 2015 at 3:58 pm

      thee kon zai cai eah tha

    2. Shaante says:
      August 15, 2015 at 5:26 pm

      I agree with zai. Plz do join viber group

  48. shaan says:
    August 15, 2015 at 4:00 pm

    I luv you Shabee and Elsa

    1. elsa says:
      August 15, 2015 at 4:32 pm

      shaaaaaaaaaaaaaaaaaaaaaaaaaaaaaaan ! wat did u jst said , u love me n shabee , r u mad !

    2. # says:
      August 15, 2015 at 4:54 pm

      hahahahahaha

    3. Shaan says:
      August 17, 2015 at 7:00 pm

      M goin crazy in here… Kithah shaan eba ulhey tha mithaa. Sorry elsa i didnt say that!

  49. beebuu says:
    August 15, 2015 at 4:22 pm

    mi vaahaka varah touching

  50. elsa says:
    August 15, 2015 at 4:29 pm

    jaan araamaguga ves mi story post kurantha ? dhekunin

  51. jinni says:
    August 15, 2015 at 4:44 pm

    reethi

  52. # says:
    August 15, 2015 at 5:02 pm

    pakaaaaas

  53. shaan says:
    August 15, 2015 at 5:25 pm

    I want to marry shabee and elsa. Eves dhe aiynbah. Fun vaane dho chabee shabee and elsa???

    1. Shaan says:
      August 17, 2015 at 7:01 pm

      I want to marry u 2nd shaan.. Aharenge agu vattaalantha thiulheny??

  54. elsa says:
    August 15, 2015 at 5:31 pm

    Yes yes yes yes I’d love to. I’m sure shabee ves okay vaane. Love u shaan

  55. elsa says:
    August 15, 2015 at 5:50 pm

    how dare u elsa 2 , no no no , shaan nubunane ehn neh , eyy shaan 2 dw ,

  56. elsa says:
    August 15, 2015 at 5:53 pm

    jaaaaaaaaaaaaaaaaan , is silence is the solution of this problem , can u plx help me , my 3rd mommy

  57. shaan says:
    August 15, 2015 at 6:04 pm

    i luv you so much , nufenives loabi vevihje , areyyyyyyyyyyy , mioh moya vany ma mihaaru , shabee ,elsa , aadhey aharen naa marry kuran , i luv you soo much , ummmmmmmmmmmmmwah ! , naananyaa dhaanan hoadhanves.

    1. shabee says:
      August 15, 2015 at 6:10 pm

      Mee hama elsa ge comment eh. Elsa dhogu nahadaathi inge.elsa ai fahun hurihaa kameh ves fani vamun midhany. Dhn shabee nudhakkaanan elsa aa vaaahakeh.

    2. Shaan says:
      August 17, 2015 at 7:02 pm

      2nd idiot shaan…… U idiot mi story kiyaafa ibrai haasil kobbala

  58. elsa 1 says:
    August 15, 2015 at 6:19 pm

    wat , shabee qabool kuey eyy elsa ge comment eh noon , elsa iny vaguthuge news kolheh kiyaalan . i aiyma fanivany eyy bunyma vr dheravehjje , elsa vr hiybalivaane ,thigothah dhogu ilxaameh elsa bolah jehyma rovihjje , huvaa shabee plx , belive me

  59. shabee says:
    August 15, 2015 at 6:23 pm

    Dhogu nahadhaa. Varah dheravejje elsa thihen kanthah kuryma. Pls dont try to talk me after this

  60. elsa 1 says:
    August 15, 2015 at 6:25 pm

    shabeeeeeeeeee 🙁 🙁 🙁 , fine shabee ‘s name is cut in my frnds list , hinhama jehihjje tha ?

  61. elsa 1 says:
    August 15, 2015 at 6:27 pm

    jaan ekani hama ekani good frnd aky , shabee ves shaan ves goas , vr goas , jaxakillah khairan jaan

    1. Shaan says:
      August 17, 2015 at 7:03 pm

      Shaan eh nubunan ehenneh… I apologize in behalf of 2nd shaan

  62. elsa 1 says:
    August 15, 2015 at 6:29 pm

    sunday ga eyyy , hmm wait kuraanan

  63. elsa 1 says:
    August 15, 2015 at 6:33 pm

    🙁 🙁

  64. elsa 1 says:
    August 15, 2015 at 7:29 pm

    jaan , jaxakillah khairan kiyan vr udhagoo , ekam try kuran eba , abdh abdh jaxakallah khairan kiyaa kiyaa kiyeny ehn , dhen try kuraany dw

  65. 7777777 says:
    August 15, 2015 at 8:19 pm

    nice

  66. elsa 1 says:
    August 15, 2015 at 8:34 pm

    dhen elsa jaan ah kiyaany jaantu , ok tha ? hahahaha

  67. Shabee says:
    August 15, 2015 at 8:37 pm

    To elsa…shabee emme fahun liyunu comment akeee capital letters in liyefa in comment… eyge fahun mirey adhi mi online v… eyeee mi site ge 2nd shabee…n balaa shabee name fetteynee capital S akun…eyna name fetteynee simple S akun… dhen emeehaku maa nuvisnaa hitthun ekuree vrh molhu kameh…elsa haas nuvey emmenahvex inheyne mithaa komme meehehgevex copy ulheykan..its ok… n shaan i knw its not the real one…. i dnt think the real shaan will write something lyk tht … so if elsa wnt to tok more u can go ehkala place…ok jana sorry 4 tht…but m.giving u 100% it was not me…. n jazakillah khairan ght ur updating it on Sunday 🙂

  68. Shabee says:
    August 15, 2015 at 8:54 pm

    Elsa ingijje…shaan ge namuga comment kureevex eyna ehnoon…shaan comment ehnukuraane simple S akun…eyna abadhuvexx comment kuraanee capital S in…. ehn v ma hama ehn meehekey.eulhenee vrh foohivey…n also i kne shaan dhen ehn nubunaanekan…:-) dhw elsa…shabee dheke hama rulhin tha thihiry? Shabee ehnooney liyuneekee e comment eyee aslu e meehaa gandu j vanee aharun mithaa frndly kh tok kuraathee ehn v ma dheythere jahssann eulhenee…

  69. elsa 1 says:
    August 15, 2015 at 8:59 pm

    alhey shabee m really sorry , eyna ge beynun ves igihje mihaar , mithaaga shabee aa shaan dhen elsa ge dhemedhga rulhi verikan ufahdhun , n shabee alhe elsa akah neyngey thikiyaa thaneh , i forgot eyy

  70. elsa 1 says:
    August 15, 2015 at 9:01 pm

    check kohlaanan igea , i ge mind ga inthan

  71. elsa 1 says:
    August 15, 2015 at 9:03 pm

    shabee , elsa rulhi eh noon igea ,

  72. elsa 1 says:
    August 15, 2015 at 9:05 pm

    u know , jaantuuuuu nidhikurahvany tw

  73. elsa 1 says:
    August 15, 2015 at 9:07 pm

    aslu shaan dheke rulhi annaakah nuvaane dw , eyna nukure ehnun ehves kameh , aslu dheraaa rulhi aa ekuvyma ehn bunevuny , sorry shaan burn

  74. Hfhhjm says:
    August 15, 2015 at 9:14 pm

    Bolaa nohoroppan vaa varu vejje. Kaleymen emmen dhen maithiri vefa vaahal kiyaafa vaahka ah comment kohbala. Haasaru nudhamaa!
    btwn storybis nice jana

  75. elsa 1 says:
    August 15, 2015 at 9:15 pm

    🙂

  76. elsa 1 says:
    August 15, 2015 at 9:17 pm

    dhany baai , good night jaantu ah shaa shabee ah dhen ehn readers ah ves ,

  77. elsa 1 says:
    August 15, 2015 at 9:19 pm

    n mi comment ge fahun ehn elsa eh comment kuriyyaa eyy mi elsa eh noon , remeber this igea every1 , goodnight , swyt dreams

    1. shabee says:
      August 15, 2015 at 11:59 pm

      Mi elsa aa hedhy kihaa dhera kameh

  78. Anonymous says:
    August 15, 2015 at 10:33 pm

    Emmehaa Meesthakunneyve.. samaalukan hoadhumahtakaa faadu faaduge vaahakathah nudhehkun edhemeve.. shukuriyya…. vaahaka ah comment kurey.. amilla vaahaka nudhahkaa..

  79. zai says:
    August 16, 2015 at 3:26 am

    Dream ah bunelan othii mivex dhn monmevex zai ekey..?

  80. zaisha says:
    August 16, 2015 at 12:43 pm

    ?❤️ good luck with ur writing. it’s different and interesting. in sha allah u will achieve a lot with ur writing skills ??

  81. elsa 1 says:
    August 16, 2015 at 4:44 pm

    zaisha kon irakun ehn story eh fennaany , vr salhi hiyvindhaanulaa , jaantu kobaa nxt prt , tmrw dw

  82. Amin says:
    August 16, 2015 at 9:37 pm

    Mi bai ves rythi. Waiting 4 the next part

Comments are closed.

Next Episodeހިޖުރަ (ފަނަރަވަނަ ބައި)←


All Right Reserved!