Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަދިޔާ (4 ވަނަ ބައި)

ކުޑާ Level 110 Stories
August 14, 2015 4 Mins Read
13 Comments

ދޮރުން ވަދެގެން އައި މާޔާ ފެނިފައި އަޔާންއަށްވެސް އިން ތަނުން ތެދުވެވުނެވެ. މާޔާ އަޔާން އަށް ހިނިތުންވެލުުމަށްފަހު އައިސް އަޔާން ކައިރިގައި ހުއްޓިލިއެވެ. “އަޔާން.. މިތާ..” “އާން އަހަރެން މަސައްކަތް ކުރަނީ މިތާ.. ކުރިން މާޔާއެއް ނުފެނޭ ދެން..” “އާން އަދި އޭ މިޖޮއިން ވީ އަޔާން ވަރަށް ގިނަ ދުވަސް ވެއްޖެތަ..” “ނޫން އަހަރެން މިކޮޅަށް އައީ މިތަނުން ޖޮބް ހަމަޖެހުނީމަ އަދި ނުކުންނަން ފެށިތާ މާގިނަ ދުވަހެއް ނުވޭ..”އަޔާން މާޔާއަށް އޮޅުން ފިލުވައިދިނެވެ.

މާޔާ ޑިއުޓީ ނިންމާލާފައި ގެއަށްދާން ނުކުމެފައި މަޑުކޮންގެން ހުރީ ބައްޕަ އަންނަންދެނެވެ. އެގޮތުގައި އޭނާއަށް މާގިނަ އިރަކު ހުންނާކަން ނުޖެހުނެވެ. މާޔާ އަންނަންދެން ޖަބީނާވެސް ނުނިދާ އިނދެފައި ނިދަން ދިޔައީ މާޔާ އައިސް ގެއަށް ވަނުމުންނެވެ. މާޔާ ވަރުބަލިވެފައި ހުރުމުން އަވަހަށް ތައްޔާރުވެލައިގެން ނިދަން އޮށޯތެވެ.

މާޔާ ހެދުނު ތެދުވެފައި ހަމްނާއަށް ގުޅާލީ ހަަމްނާ ގުޅާފައި އޮތްތަން ފެނިގެންނެވެ. ހަމްނާ މާޔާ ކައިރީގައި ޑިއުޓީގެ ވާހަކަ އެހުމުން އަޔާންވެސް މަސައްކަތް ކުރަނީ އެތާގައި ކަމަށް ބުންޏެވެ. “އޭ ސީރިއަސްކޮންތަ.. އަޔާންއަކީ ޑޮކްޓަރެއް ސަޅި ދޯ..” “ކިހިނެއްވީ ހަމްނާ ދެން ސެޓްކުރަންވީއެއްނު..” “ސާބަހޭ މާޔާ މަށަށް ހިވަނީ ތިހެން އުޅެފަ މާޔާހެން ސެޓު ކުރާނީ..” ހަމްނާވެސް މާޔާ ބުނި އެއްޗަކަށް ރައްދު ދިނެވެ. ފޯނު ބޭއްވިއިރު ހަމްނާގެ މޫނުމަތިން ފެންނަން ހުރީ ބަޔާންކުރަންދަތި ޝުއޫރު ތަކެކެވެ.މާޔާ ކައިރިގައި ކޮންމެ އެެއްޗެކޭ ބުންޏަސް އެންމެ ފުރަތަމަ ދުވަހުންސުރެ ހަމްނާގެ ހިތުގައި ވަނީ އަޔާންއަށް ހާއްސަ މަގާމެއް ދެވިފައެވެ. ހަމްނާ ދެަރާތަށް ބޯހޫރާލާފައި ތެދުވެގެން ދިޔައީ ބަދިގެ ފަރާތަށެވެ.

އެއްތަނެއްގައި މަސައްކަތް ކުރަންޖެހުމުން އަޔާންއާއި މާޔާގެ ދެމެދުގައި ވަނީ އެކުވެރިކަން އުފެދިފައެވެ. އަޔާންއާއި މާޔާމާ ގާތްކޮން އުޅޭތީ އެކުގައި މަސައްކަތް ކުރާ އަންހެންކުދިންތައް ތިބެނީ ތުންފިއްތާލައިގެންނެވެ. މާޔާއާއި އަޔާންއޭ ކިޔައިގެން ބައެއް މީހުން ތަފާތު ވާހަކަތައް ދެއްކިއަސް އެކަމަކަށް އެކަކުވެސް ސަމާލުކަމެއް ނުދެއެވެ.

ކަޅުވިލާތަކުން އުޑުމަތި ބައްދާލާފައިވާއިރު ހީވަނީ ދެންމެ ދެންމެ ވާރޭ ވެހިގެންފާނޭހެންނެވެ. ފަޒާގައި ހަރުލާފައިވަނީ ތެތްފިނިކަމެވެ. މާޔާ ޑިއުޓީ ނިންމާލާފައި މަޑުކޮށްލައިގެން ހުރީ ޓެކްސީއެއް ލިބެންދެނެވެ. ބައްޕަ ގުޅާފައި ބަލައި އާދެވެން ނެތް ވާހަކަ ކުރީގައި އޮތީ ބުނެފައެވެ. ގެ ހޮސްޕިޓަލާއި ފުދޭވަރަކަށް ދުރުގައި ހުރުމުން ވާރޭގައި ނުޖެހި ގެއަށްދެވޭނެކަމެއް ނޭނގެއެވެ. ފަސްވަރަކަށް މިނިޓު އެގޮތުގައި ހުއްޓާ މާޔާއަށް އޭނާގެ ނަމުން ގޮވާލިއަޑަށް ފަހަތް ބަލައިލިއިރު ކައިރީގައި ހުރި އަޔާން ފެނިފައި ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

“ކިހިނެއްވެފަ ތިހުރީ.. ޑިއުޓީ ނިމުނީއެއް ނޫންތަ؟..”

“ނޫން ޑިއުޓީ ނިމުނީ ބައްޕަ ގުޅާފަ ބުނި މިއަދު ބަލައި ނާދެވޭނޭ.. ގެވެސް އެހާ ކައިރިއެއް ނޫން ވާރޭގަ ނުޖެހި ނުދެވޭނެހެން ހީވާތީ ޓެކްސީއެއް ލިބެންދެން މަޑުކޮންގެން މިހިރީ..” މާޔާ އަތުގައި އޮތް ދަބަސް ކޮނޑުގައި އަޅުވާލަމުން އަޔާންއަށް ޖަވާބުދިނެވެ.

“އެހެންދޯ.. ހިނގާ މަށާއެކީ ދާން ޓެކްސީއެއް ނުހޯދިއަސް އަހަރެން މާޔާ ގެއަށް ލައިދީފާނަމޭ.. އިފް ޔޫ ޑޯންޓް މައިންޑް..” އަޔާން އެހެން ބުނުމުން މާޔާއަކަށް ދެކޮޅު ހަދާކަން ނުކެރުނެވެ. އެހެންވެ އޯކޭ އޭ ކިޔާފައި ގޮސް އަޔާންގެ ކާރަށް އެރިއެވެ.

އަޔާން ކާރު މާޔާމެންގޭ ދޮރުމައްޗަށް މަޑުކޮށްލިތަނާހެން ބޯކޮން ވާރޭ ވެހެން ފަށައިފިއެވެ.

“އަޅެ އަހަރެން ގެއަށް ވަދެވެންދެން މަ ޑުކޮށްލިނަމަ..” މާޔާ ބުނި އެއްޗެއް އަޑު އިވިފައި އަޔާން ކައިރިއަށް ހިނި އައުމުން މާޔާ ކުޑަކޮން ރަކިވިއެވެ.

“އަޔާން ހިނގާ ގެއަށްދަމާ..” މާޔާ އަޔާންއަށް އެގެއަށް އައުމަށް ދައުވަތު ދިނެވެ.

“ނޫން އޯކެވާނެ.. އަހަރެން ތިގެއަށް ދިޔައީމަ މާޔާ މަންމަމެން ހީކުރާނީ ކީކޭ؟..”

“މިގެއަކު ނޫޅޭނޭ މާ ގިނަ މީހުންނެއް.. މިވަގުތު ގޭގަ އުޅޭނީ މަންމަ އެކަންޏޭ.. މަންމަ ވަރަށް ރަނގަޅުވާނެ ހިނގާބަލަ ދެން..” މާޔާ އަޔާންގެ އަތުގައި ހިފާފައި ބުނުމުން އަޔާންއަށް މާޔާއަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެފައި ހިނދުކޮޅަކަށް ތިބެވުނީ މަޑުޖެހިފައެވެ. މާޔާ އަޔާންގެ އަތުން ދޫކޮށްލާފައި ކާރުން ފައިބަން އުޅެން ފެށުމުން އަޔާންވެސް ކާރުން ފައިބެފައި ދެމީހުން އެއްކޮން ދުވެފައިގޮސް މާޔާމެން ގެއަށް ވަނެވެ. ކިތައްމެ އަވަހަކަށް ގޮސް ގެއަށް ވަތް ނަމަވެސް ދެމީހުންވެސްތިބީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.

ސޯފާގައި ފޮތެއް ހިފައިގެން އިން ޖަބީނާއަށް ގޭތެރެއަށް ވަދެގެން އައި މާޔާ ފެނިފައި ހައިރާންކަމާއެކު ބަލައިލެވުނެވެ. މިނޫނީ ދުވަހަކުވެސް މާޔާ ގެއަކަށް ފިރިހެން ކުއްޖަކު ނުގެނެއެވެ. ޖަބީނާ ފެނިފައި މާޔާ ޖަބީނާ ކައިރިއަށް އައިސް އަޔާން ތައާރަފް ކޮށްދިނެވެ.

“މަންމާ މީ ޑޮކްޓަރ އަޔާން… އަޔާން އައީ އަޅުގަނޑު ގެއަށް ލައިދޭންވެގެން.. އަޔާން  މީ އަހަރެންގެ މަންމަ..” އަޔާން ޖަބީނާއާއި ސަލާން ކޮށްލުމުން ޖަބީނާ އަޔާންއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ.

“އަޔާން އާދޭ އިށީންނަން.. މާޔާވެސް އާދޭ އިށީންނަން.. މަންމަ އަންނާނަން ދެކުދިން ބޯލާނެ އެއްޗެއް ހިފައިގެން… ކޮފީ ރަނގަޅުވާނެ ދޯ…”

ޖަބީނާ ދިއުމުން އަޔާންމާޔާއަށް ބަލައިލިއެވެ.

“ކިހިނެއްވީ އަޔާން..މަންމަ ހަދާ ކޮފި ވަރަށް މީރުވާނޭ..”

“އަހަރެން ނުބުނަމެއްނު… ދެން ތިޖެހުނީ ތިކޮފީގެ ރަހަ ކޮންމެހެންވެސް ބަލަންތާދޯ.. މާޔަ ކޮފީހެދި ނަމަ އަދި މާ ރަނގަޅުވީސް.. އޭރުން އަދި މާ މީރުވާނެ ކަންނޭނގެ..” އަޔާން މާޔާއާއި ދިމާއަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދެއްކިއިރު މިކިޔެނީ ކީކޭކަން ހުދު އަޔާންއަށްވެސް އެނގޭ ހެނެއް ހިޔެއް ނުވެއެވެ.

އަޔާން ދިއުމުން މާޔާވެސް ޖަބީނާ ކައިރީގައި ޖައްސާލަން ދަނީއޭ ކިޔާފައިގޮސް ވަނީ ކޮޓަރިއަށެވެ. ފެންވަރާ ނަމާދުކޮށްލާ ހަދައިގެން އައިސް އެނދުގައި ޖައްސާލިތަނުން ފޯނަން މެސެޖެއް އައިސްގެން ބަލައިލިއިރު ފޯނަށް އަރާފައިވާ އަޔާންގެ ނަން ފެނިފައި އަވަސްއަވަހަށް މެސެޖު ހުޅުވާލިއެވެ. ކޮފީ ވަރަށް މީރޭ ލިޔެފައި އޮތް ތަން ފެނިފައި ތެންކްސް އޭ ކިޔާފައި ރިޕްލައި ކޮށްލިއެވެ.

ޖެހިގެން އައި ދުވަހަކީ މާޔާގެ އޮފްދުވަހަށްވާތީ ހަވީރު ތައްޔާރުވެލައިގެން ނުކުތީ ހަމްނާމެންގެއަށް ދާށެވެ. ވަޒީފާއަށްދާންފެށިފަހުން އެކުވެރިންނާއެކު ހޭދަކުރެވެނީ ވަރަށް މަދު ވަގުތު ކޮޅެކެވެ. މާޔާ ހަމްނާމެންގެއަށްގޮސް ވަތްއިރު ސިޓިންރޫމްގައި ފެންނަންހުރީ ހަމްނާގެ ދޮންބެ ހަމްދާންއެވެ. އެގެއަށް އައިސް އުޅޭ އުޅުމުގައި މާޔާއާއި ހަމްދާންގެ ދެމެދުގައިވެސްވަނީ ރަހުމަތްތެރިކަން އުފެދިފައެވެ. ހަމްނާ ހިނިތުންވެލާފައިގޮސް މަޑުކޮށްލީ ހަމްދާންކައިރީގައެވެ.

“މާޔާ… ކިހިނެއް؟ ހާދަ ދުވަސްކޮށްލާފައޭދޯ މި ފެނުނީ..”

“ރަނގަޅު ހަމަ.. މިހާރު ޖޮބަށްދާތީ އެހާ ނާދެވެނީ.. ކޮބާތަ މިގޭ މީހުން.. ހަމްނާވެސް ނޫޅެނީތަ..”

“އާން މަންމަމެން ގެއަކު ނެތް.. ހަމް ވެއްޖެ ކޮޓަރީގަ ދޭބަލަ ގޮވާލަން..” ހަމްނާގެ ކޮޓަރިއާ ދިމާއަށް މާޔާ ދާން ފެށުުމުން ހަމްދާން ހުރީ މާޔާއަށް ބަލަހައްޓައިގެންނެވެ. އެ އަންހެން ކުއްޖާއާ ދޭތެރޭ ހިތުގައި ލޯބި އުފެދުނީ ކޮން އިރަކު ކަމެއް ހަމްދާންއަކަށްވެސް ނޭނގެއެވެ.

މާޔާގޮސް ހަމްނާގެ ކޮޓަރީގައި ދެތިން ފަހަރު ޖަހާލިއިރަށް ހަމްނާ އައިސް ދޮރު ހުޅުވައިފިއެވެ.ހަމްނާ ފެނިފައި މާޔާ ހުރީ ހައިރާންވެފައެވެ. ހަމްނާގެ ކޮޓަރިއަށް ވަދެވުމުން އެ ހައިރާންކަން ދެގުނައަށް އިތުރު ވެގެން ދިޔައެވެ.

“ހަމްނާ މީ ކޮންކަމެއް؟..” ކޮޓަރި ތެރޭގައި ލޯބީގެ ލަވައެއް ޖަހާލާފައިވާއިރު މުޅިކޮޓަރީގެ ފާރުތަކުގައި ހިތްތަކެއް ހަރުކޮށްލާފައި ހުއްޓެވެ.

“ހަމްނާ މީ ހަމް ކުރިން އުޅުނު ގޮތެއް ނޫން..”ބުނެބަލަ ކިހިނެއްތަ ވީ.. މަށަށް ނޭނގި ކަމެއް ހިންގަނީ ދޯ.. ކާކުތަ އެއީ..” މާޔާ ހަމްނާގެ ކޮނޑުގައި ހިފާފައި ސުވާލުކުރިއެވެ.

“އެއްވެސް ކަމެއް ނޫނޭ މާޔާ.. އަހަރެން ކަމެއް ކުރަންޏާ އެންމެ ފުރަތަމަވެސް ބުނާނީ މާޔާ ކައިރިގައެއްނު..”

“އެކަމަަކު އަހަރެންގެ ހިތް ބުނަނީ ކޮންމެވެސް ކަމެއް ވެއްޖޭ.. އަނެއްކާ ހަމްއަށް ކަމުދާކަހަލަ ކުއްޖަކު ފެނުނީތަ..”

މާޔާ މާގިނައިން ސުވާލުކުރަން ފެށުމުން ހަމްނާ އެންމެފަހުން މާޔާ ގޮވައިގެންގޮސް އެނދުމަތީގައި އިށީނެވެ.

“މާޔާ އަހަރެން ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި.. އަހަންނަން އޭނަދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ.. ވަރަށް ބޮޑަށް ލޯބި ވެވިއްޖެ..” ހަމްނާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ ލޮލުން ފެންނަން ހުރީ ދީވާނާ ކަމެވެ.

“އެއީ ކާކުތަ ހަމްނާ..އޭނައަށް އެނގޭތަ އޭނަ ދެކެ ހަމް ލޯބިވާކަން..”

“އޭނައަަކަށް ނޭނގޭނެ އަހަރެން އޭނަދެކެ ލޯބިވާކަމެއް.. އެަކަމަކު އެއީ ކާކުކަން ބުނާނީ އަހަންނަން އޭނަ ކާމިޔާބު ވީމަ.. އެހާތަނަށް މާޔާ ޖެހޭނީ އިންތިޒާރުކުރަން.. އޯކޭއެއްނު..”

ހަމްނާ ވާހަކަތައް ހުރި ގޮތުން މާޔާވެސް ދެން އެކަމާ ބެހޭ ގޮތުން އިތުރަކަށް ހަމްނާއަކާ ސުވާލެއް ނުކުރެއެވެ. މާޔާ އެގެއިން ދިޔައީ އިރުއޮއްސެން ކައިރިވުމުންނެވެ.

އަރާމުކޮން ނިދާލާފައި އޮވެފައި މާޔާއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނަގާ ބަލައިލުމަށްފަހު ފޯނަށްއަރާފައިވާ އަޔާންގެ ނަން ފެނުމުން ފޯނު ނަގަން ހަދާލިއިރަށް ކޯލު މިސްވިއެވެ. އޭރު އަޔާންގެ ދެ މިސްކޯލު އިނެވެ. މާޔާ ފޯނު ކެނޑުމުން އަޔާންއަށް ގުޅުމުން ބިޒީކޮށްލާފައި ގުޅިއެވެ.

“ހޭ މާޔާ.. ނިދަނީ ދޯ..” މާޔާގެ އަޑުގައި ނިދީގެ އަސަރު ހުރުމުން އަޔާން އަހާލިއެވެ.

“އާން ދެން މިގަޑީގަ ނިދާނީއެއްނު.. މިހާރު ބާރަ ގަޑި ބައިވަނީ ވިއްޔާ.. އަޔާން ނުނިދާ ކީއްތިކުރަނީ.”

“އަހަރެން މިއުޅެނީ ކުއްޖަކު އަހަންނަން އުނދަގޫ ކުރާވަރުން ނުނިދިގެން..”

“އެހެންތަ.. އެއީ ކޮންކުއްޖެއް މިއޮއް ދަންވަރު ކިހިނެއް އަޔާންއަށް އުނދަގޫ ކުރަނީ..” މާޔާއަށް އަޔާން ބުނިއެއްޗެއް ފަހުމު ނުވެގެން އަހާލިއެވެ.

“ވާގޮތަކީ އަހަންނަން އެކުއްޖާ މަތިން މާ ބޮޑަށް ވިސްނެނީ..”

“ދެން ކީއްވެ މަށަށް ތިގުޅަނީ.. ތި ވިސްނާ ކުއްޖަކަށް ގުޅާބަލަ އޭރުންނެއްނު ތިކަމަށް ހައްލެއް ލިބޭނީ އަހަންނަން ހީވަނީ އެކުއްޖާދެކެ އަޔާންއަށް ލޯބިވެވުނީހެން..”

“އާން އަހަންނަންވެސް ހީވަނީ ތިހެން.. އެކަަކު އެކުއްޖާ ކައިރީ ބުނާތަނުން ނޫނެކޭ ބުނެފިއްޔާޔޯ..”

“އަޔާން ތިހާ ފިނޑިވެގެން އެއްކަމެއްވެސް ނުވާނެ.. ނިކަން ބުނެބަލަ..” މާޔާ އަޔާން ކައިރީގައި އެހެން ބުނިއިރު ހިތުގައި ނޭނގޭ ބިރުވެރިކަމެއް ހިނގާލިއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ހިޖުރަ (ސާދަވަނަ ބައި)

Next

އެސް.އެމް.އެސް.*****(5)

Next
August 14, 2015

އެސް.އެމް.އެސް.*****(5)

Previews
August 14, 2015

ހިޖުރަ (ސާދަވަނަ ބައި)

13 Comments!

  1. elsa says:
    August 14, 2015 at 8:03 pm

    hehe ,dhen vaany vr majaa gotheh dw , hahaha , ekam haadha lahey up vaaleh

  2. elsa says:
    August 14, 2015 at 8:04 pm

    m 1st , hurrey

  3. Shabee says:
    August 14, 2015 at 9:12 pm

    Reethi but maa gina dhuvas khffa up kuraathee kuree bai jehenee alun balun kiyan…ehn v ma kada .. aslu maa las up kureveyleh…dhrn mifaharu dhigu min ok…but adhi miahvurevex avahah nd dhigu kh up khdhevytho try kuranhchey 😀 good luck…

  4. Shabee says:
    August 14, 2015 at 9:13 pm

    M 2nd , yahooooooooo 😛

  5. ކުޑާ says:
    August 14, 2015 at 9:38 pm

    i will be uploading this story once a week…gd nyt

  6. Shaan says:
    August 14, 2015 at 9:38 pm

    Huh…. Elsaaaaa. Y did u comment frst????! Anyways m second… V.nice ingey… Kuda keep it up!!?

  7. Shaan says:
    August 14, 2015 at 9:39 pm

    Ohhhh… M thrd?

    1. elsa says:
      August 15, 2015 at 1:19 pm

      blllll , m 1st , hahhaha shaan burn , anehkaa rulhi aisgen elsa burn nukohlahchey , hahhahaha

  8. nihaa says:
    August 14, 2015 at 10:09 pm

    Yaa I am forth..

  9. emiliya says:
    August 15, 2015 at 9:05 am

    fifth

  10. Crazi says:
    August 15, 2015 at 10:02 am

    Ok v shalhi

  11. oops says:
    August 15, 2015 at 4:28 pm

    Hadi.abadhu ehgothakah hurihaa storys vx.dn maayaa n ayaan gulheyny.v foohi

  12. maany says:
    August 18, 2015 at 11:15 am

    nyc story

Comments are closed.


All Right Reserved!