Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ފަނަރަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 16, 2015 13 Mins Read
71 Comments

ދަރުހެއްދޭން އަންނަ ކޮންމެ މީހަކު ފަދައިން އެ އުސްތާޛާވެސް ވާހަކަ ފެށީ އަފްރީންގެ ބަހުރުވައިން “އެއްކަލަ ޢަރަބި ބަސްކޮޅުން”ނެވެ. އުސްތާޛާ އިނގިރޭސި ބަހުން ވާހަކަ ފެށީ ސުވާލަކުންނެވެ. އެއީ ލޯތްބަކީ ކޮބައިތޯއެވެ. އެ ސުވާލުކުރުމާއެކު އަފްރީންގެ ހަނދާނަށް އައީ ސިނާންއެވެ. އޭނައަށް ލަދުރަކި ގޮތަކަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ ހުރިހާ ސަމާލުކަމެއް ކުރިއަށް ދެކެވޭނެ ވާހަކައަކަށް ދެވިފައިވިއެވެ. އުސްތާޛާ ދެން ފެށީ ލޯބީގެ އެކިއެކި މިސާލުތައް ދޭށެވެ. މައިންބަފައިންނާއި ދަރީންގެ ދެމެދުގައި ވާ ލޯތްބާއި، އެކުވެރިންގެ މެދުގައިވާ ލޯތްބާއި، ދައްތަމެންނާއި ބޭބެމެންގެ ދެމެދުގައި ވާ ލޯބީގެ ވާހަކަތަކުންނެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ދެމެދުގައިވާ ލޯބީގެ ވާހަކަ ދެއްކުމުން އަފްރީންއާއި ނައުފާއަށް ދެލޯ ބޮޑުކޮށްލަމުން އެކަކު އަނެކަކާއި ދިމާލަށް ބަލާލެވުނީ ޙައިރާންވީ ވަރުންނެވެ. އަފްރީން ހީކުރީ އުސްތާޛާ ވަރަށް ތަފްޞީލުކޮށް އެ ލޯބީގެ ވާހަކަ ކިޔައިދޭނެ ކަމަށެވެ. ނަމަވެސް ދެން އުސްތާޛާ ކޮއްލީ އެހެން ސުވާލެކެވެ. އެއީ ދުނިޔޭގައިވާ ހުރިހާ ލޯބީގެ ތެރެއިން އެންމެ ފުރިހަމަ ލޯތްބަކީ ކޮބައިތޯއެވެ. އެއީ އޭނައާއި ސިނާންއާ ދެމެދުގަ ވާ ލޯތްބޭ އަފްރީންގެ ހިތް ވަގުތުން ބުންޏެވެ. އަފްރީންއަށް ހިނިތުންވެލެވުނެވެ. އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އުސްތާޛާ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދިން ޖަވާބަކުންނެވެ. އެ ޖަވާބަކީ އެންމެ ފުރިހަމަ ލޯތްބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯބިފުޅު ކަމެވެ. އުސްތާޛާ ދެން ފެށީ ﷲ ގެ ލޯބިފުޅު ސިފަކޮށްދޭށެވެ. އަދި އެ ލޯބިފުޅު ފުރިހަމަ ވާންވީ ސަބަބުތައް ބުނެދޭށެވެ. އުސްތާޛާ ބުނި ގޮތުގައި ﷲ ފިޔަވައި މި ދުނިޔެމަތީގައި ވި އެންމެން ކޮންމެވެސް އެއްގޮތަކުން ތިމާގެ ހިތަށް ދަތިވާފަދަ ކަންތައް ކުރާނެއެވެ. އެހެން މީހުން ތިމާ ދެރަވާ ކަހަލަ ކަންތައް ކުރާނެކަން އަފްރީންއަށް ޤަބޫލުކުރެވުނެވެ. ނަމަވެސް ﷲ ގެ ލޯބިފުޅާއިމެދު ޝައްކު ކުރެވުނެވެ. ﷲ އެކަލާނގެ އަޅުތަކުންދެކެ އެހާވަރަށް ލޯބިވެވޮޑިގެން ވާނަމަ ނަރަކަ އުފައްދަވާފައިވަނީ ކީއްވެބާއޭ ހިތަށްއަރަމުން ދިޔައެވެ. އަފްރީން ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ފުންކޮށް ވިސްނަން ފެށިއެވެ. އޭނަ އެ ވިސްނުމުގެ ތެރޭގައި އިނދެފައި އިސްއުފުލާލެވުނީ އުސްތާޛާ ޙަޔާތަށްޓަކައި މުހިއްމު ނަޞޭޙަތެއް ދޭން އުޅޭ ވާހަކަ ބުނުމުންނެވެ. އުސްތާޛާ ބުނި ގޮތުގައި އަހަރުމެން ދިރިއުޅުމުގައި އެކަކު އަނެކަކު ދެކެވެސް ލޯބިވާން ޖެހެނީ ﷲއަށްޓަކައެވެ. އަދި ﷲއަށް އުރެދުމަކަށް ވާ ލޯތްބަކުން އަހަރުމެންނަށް ހިތްދަތިކަމާއި ހިތާމައެއް ނޫނީ ނުލިބޭނެ ކަމެވެ. ﷲއަށް އުރެދުމަކަށް ވާ ލޯބީގެ މިސާލަކަށް އުސްތާޛާ ދިނީ ހިލޭ އަންހެން ކުދިންނާއި ފިރިހެން ކުދިންނާއި ދެމެދު ވާ ލޯބީގެ މިސާލެވެ. އެވާހަކަ އަޑު އިވިފައި އަފްރީން ހުއްޓުން އެރިއެވެ. އޭނަގެ ދެލޯ ބޮޑުވިއެވެ. ހިލޭ އަންހެން ކުދިންނާއި ފިރިހެން ކުދިން ލޯބިވެ ރައްޓެހިވުމަކީ ގޯސް ކަމެއް ހެއްޔެވެ؟ މިއީ އޭނައަށް އަލަށް އިވުނު ވާހަކައެއްހެން އަފްރީންއަށް ހީވިއެވެ. މީގެ ކުރިން މި ވާހަކަ އަޑުއިވިފައި ވިހެން އަފްރީންއަކަށް ހިއެއްނުވިއެވެ. އޭނައަށް އަޑެއް ނީވުނީ ހެއްޔެވެ؟ ނުވަތަ ގަސްދުގައި ނޭހީ ހެއްޔެވެ؟ އަފްރީންއަކަށް އެއްގޮތަކަށް ވެސް ނޭނގުނެވެ. އޭނައަށް މި ހުރިހާ އަހަރުތަކެއް ވަންދެން ކުރެވުނީ ހަމަ ނުބައި ކަމެއް ހެއްޔެވެ؟ އޭނަ ހީކުރީ ސްކޫލްގެ މުދައްރިސުން އެފަދަ ގުޅުންތައް ދަރިވަރުން ހިންގާތޯ ބަލައި ދުރުކުރުވަނީ އެ ދަރިވަރުންގެ ކިޔެވުމަށް އެކަމުން އަސަރުކޮށްފާނެތީވެ ކަމަށެވެ. އަފްރީން އޭނަގެ ގުޅުންތައް ކުރިއަށް ގެންދިޔައީ އެ ގުޅުންތަކާއި އެކީގަވެސް އޭނައަށް ރަނގަޅަށް ކިޔެވޭތީވެއެވެ. އެހެންނޫނަސް ސްކޫލް ނިންމާފައި މީހަކާއި އިންނަންވީމަ ޖެހޭނީ ރައްޓެހިވާކަށް ނޫންހޭ އަފްރީންގެ ހިތް ބުންޏެވެ. ކައިވެނި ކުރަންޖެހެނީ ލޯބި ނުވެ ހެއްޔެވެ؟ އަފްރީންގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ސުވާލުތަކަކުން އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ދަރުހުގައި ދެން ދެކެވުނު އެއްވެސް ވާހަކައެއް އަފްރީންއަކަށް ނީވުނެވެ. ދަރުސް ނިމި އެންމެންގެ އަތްތިލަ ބަޑީގެ އަޑު ހޯލުގައި ގުގުމައިގެން ދިޔުމުން ވެސް އަފްރީން އެއްދިމާލަކަށް ބަލަހައްޓައިގެން އިނީއެވެ.

އަފްރީން ކައިރީގައި އިން ނައުފާ ކޮޅަށް ތެދުވެ އަފްރީންއަށް ގޮވައި ހިނގާށޭ ބުނެލިއެވެ. އަފްރީން ނުތެދުވުމުން ނައުފާ އަފްރީންއަށް ބަލާލިއެވެ. އަފްރީން އިން ގޮތަށް އިންތަން ފެނިފައި ނައުފާ އަފްރީންގެ ކޮނޑުގައި ހިފާލަމުން އަނެއްކާވެސް ގޮވާލިއެވެ. އަފްރީން ހިރިވެސް ނުލިއެވެ. ނައުފާ އަނެއްކާވެސް ގޮވާލަން އުޅުނު ވަގުތު ނަޞްރާ އެތަނަށްއައެވެ. އަދި އަފްރީންގާތު ގެއަށް ހިނގާށޭ ބުނެލިއެވެ. އަފްރީން އޭނައަށް ނުބެލުމުން ނަޞްރާ ބޮލުގެ ޢިޝާރާތުން ނައުފާގާތު ކިހިނެއްވީތޯ ސުވާލުކުރިއެވެ. ނައުފާ ނަޞްރާއަށް ބަލަހައްޓައިގެން ހުރެ ދެ ކޮނޑު އަރުވާލީ ނޭނގޭކަމަށް ބުނުމަށެވެ. ނަޞްރާ އަފްރީންއަށް ބަލަހައްޓައިގެން އަދިވެސް އެއްފަހަރު ގޮވާލައިފިއެވެ. ދެންވެސް އަފްރީން އޭނައަށް ބަލާނުލުމުން ނަޞްރާ ކަންބޮޑުވުމަކާއެކީ އަފްރީންގެ ދެ ކޮނޑުގައި ހިފައި ތަޅުވާލަމުން އިހުނަށްވުރެ ބާރަށް ގޮވާލައިފިއެވެ. އެއާއެކު އަފްރީން ހޭވެރިކަމެއް ލިބުނު ފަދައަކުން ދެލޯ ބޮޑުކޮށް ކުއްލިއަކަށް ނަޞްރާއަށް ބަލާލިއެވެ. އެއަށްފަހު ނައުފާއަށް ބަލާލިއެވެ. އަފްރީންގެ މޫނުމަތިން ނައުފާއާއި ނަޞްރާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ނުތަނަވަސް ކަމެކެވެ. ނަޞްރާ އަފްރީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. އަފްރީން ނަޞްރާއަށް ބަލަން އިނދެފައި އިސްޖަހާލިއެވެ. އަދި ކަމެއްނުވެއޭ ބުނެ ގެއަށް ދިޔުމަށް ކޮޅަށް ތެދުވެލިއެވެ.

ގެއަށް ދިޔަ މަގުމަތީގައި ވެސް އަފްރީން ހިނގަމުން ދިޔައީ ހިމޭންކަމާއެކީގައެވެ. ހިމޭންކަމަކީ އަފްރީންއާ އެއްގޮތަކަށް ވެސް ގުޅޭ ސިފައެއްނޫނެވެ. އެހެންކަމުން ނަޞްރާއަށް ހިނގަމުން ދިޔައިރު ވެސް ދެ ތިން ފަހަރަކު އަފްރީންގާތު ކިހިނެއްވީތޯ ސުވާލުކުރެވުނެވެ. ފުރަތަމަ ދެފަހަރު އަފްރީން މަޑު އަޑަކުން ކަމެއްނުވެޔޭ ބުންޏެއްކަމަކު ތިންވަނަ ފަހަރު އެއްވެސް ޖަވާބެއް ނުލިބުނެވެ. އަފްރީންގެ މޫނުމަތީގައި ވި އަސަރަކުން އޭނަވަނީ ވަރަށް ބޮޑު ފިކުރެއްގައިކަން ނަޞްރާއަށް އެނގުނެވެ. ނަޞްރާ އިތުރު ސުވާލުތަކެއް ކުރުމެއްނެތި އަފްރީން ގެއަށް ދިޔަދިނީ އަފްރީންގެ ފަރާތުން މިރޭ އެދެވޭ ޖަވާބެއް ނުލިބޭނެކަން ޔަޤީންވީތީވެއެވެ.

ނަޞްރާ ގެއަށް ގޮސް ދޮރުގައި ޓަކި ދިނުމުން ދޮރު ހުޅުވީ ފުރިހަމަ ހިނިތުންވުމެއްގައި ހުރި ޔޫނުސްއެވެ. ނަޞްރާ ގެއަށް ވަދެ މޫނު ފޮތިކޮޅު ނަގާލި ވަގުތު ޔޫނުސް ދަރުސް ކިހިނެއްތޯ ސުވާލުކުރިއެވެ. ނަޞްރާ ރަނގަޅޭ ބުނަމުން ފަސްއެނބުރި ޔޫނުސްއަށް ބަލާލިއެވެ. ނަޞްރާގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުމުން ޔޫނުސްގެ މޫނުގެ އުޖާލާކަން ގެއްލުނެވެ. އޭނަ ނަޞްރާގެ ގާތަށް ފިޔަވަޅެއް އަޅާލަމުން ކިހިނެއްވީތޯ އެހިއެވެ. ނަޞްރާ އޭނައަށް މިރޭ އަފްރީންގެ ފަރާތުން ފެނުނު ކަންތައް ޔޫނުސްއަށް ކިޔައިދިނެވެ. ޔޫނުސް އެވާހަކަތައް ކަނުލާ އަޑުއެހިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު މާދަމާ އަފްރީންއާ ވާހަކަ ދައްކާނީދޯއޭ ބުނެލިއެވެ. ނަޞްރާ ފުން ނޭވައެއް ދޫކޮއްލަމުން ބޯޖަހާލިއެވެ.

އަފްރީން ގެއަށް ވަދެގެން ގޮސް ސިޓިންގް ރޫމުގައި އިން ޝަރީފް ސުވާލެއް ކުރުމުން ވެސް ޖަވާބެއްނުދީ ކޮޓަރިއަށް ދިޔަ ގޮތުން ޝަރީފް ޙައިރާންވިއެވެ. އަފްރީންއަކީ ދުވަހަކުވެސް އޭނަ ވާހަކަ ދެއްކުމުން އެނގިގެން ހުރެ އޭނައަށް ނުބަލައި ދާ ކުއްޖެއްނޫނެވެ. އަފްރީންއަށް ވީ ކިހިނެއްބާއޭ ޝަރީފްގެ ހިތަށްއެރިއެވެ. އަފްރީންއާ ވާހަކަ ދައްކަން ޝަރީފްގެ ހިތަށްއެރިއެއްކަމަކު ޚިޔާލު ބަދަލުކޮއްލީ އަފްރީން އޭނައާއި އިޙްޞާޞްތައް ޙިއްޞާ ކުރާ ވަރަކަށް ގާތްނުވާތީވެއެވެ. މާދަމާ ނަޞްރާ އައުމުން ނަޞްރާގާތު އަފްރީންއާ ވާހަކަ ދައްކަން އެދުމަށް ޝަރީފް ނިންމިއެވެ.

ކޮޓަރިއަށްވަދެ އަފްރީން ނިދަން ތައްޔާރުވެގެން ގޮސް އެނދުގައި އޮށޯތެވެ. އޭރުވެސް އެ މޫނުމަތީގައި ވީ އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބިގެން އުޅޭކަމުގެ ނިޝާންތަކެވެ. ޙަޤީޤަތަކީ އެއީއެވެ. އަފްރީންގެ ހިތަށް ދުވަހަކުވެސް އުދަގޫނުވާ ވަރަށް އޭނަގެ ހިތަށް މިރޭ އުދަގޫވަމުން ދިޔަކަމެވެ. ކީއްވެ ހެއްޔެވެ؟ މީހަކު އޭނަ ގާތު ތި ކުރަނީ ގޯސްކަމެކޭ ބުނި ފުރަތަމަ ފަހަރަކީ މިއީއެއްނޫނެވެ. އެއިން ކޮންމެ ފަހަރަކު އަފްރީން އެ ވާހަކަ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަނދާން ނައްތާލައެވެ. އަދި އޭނަ ކުރަމުންދާ ގޯސް ކަންތައްތަކާއިގެން ކުރިއަށް ދެއެވެ. ނަމަވެސް މިފަހަރު ތަފާތެވެ.

އަފްރީން ވިސްނުމެއްގެ ތެރޭގައި އޮތްވާ އޭނަގެ ބާލީސް ކައިރީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ކަނާތް ފަރާތަށް އެނބުރި ފޯނުގެ ސްކްރީނަށް ބަލާލިއިރު ސްކްރީނުން ސިނާންގެ ނަން ފެނުމުން އާދައިގެ މަތިން އަފްރީންގެ ހިތް ޖޯޝުން ފުރެން އުޅުނެވެ. ނަމަވެސް މާ ގިނައިރެއްނުވެ ހަމަ އެ ހިތް މިރޭ އޭނައަށް އިވުނު ވާހަކަ ހަނދާން ކޮށްދިނުމުން އަފްރީންގެ މޫނުމައްޗަށް ވެރިވާން އުޅުނު ހިނިތުންވުން ފިލައިފިއެވެ. އޭނަ ފޯނު ނަގަންވީތޯ ނުވަތަ ނުނަގަންވީތޯ ހިތަށްއެރިއެވެ. ފޯނު ނުނަގައިފިއްޔާ ސިނާން ބުނާނީ ކީކޭ ހެއްޔެވެ؟ ސިނާން އެކަމާމެދު ސުވާލު ކުރާނެއެވެ. ސުވާލު ކުރުމުން އޭނަ ޖެހޭނީ ޖަވާބުދޭށެވެ. ކޮންމެ ގޮތަކަށް ވިޔަސް ކޮންމެވެސް އެއްދުވަހަކުން އޭނަގެ ހިތަށް މިވާ އުދަގުލުގެ ވާހަކަ ސިނާންއަށް ކިޔައިދޭންޖެހޭނެއެވެ. އަފްރީން އެނދުން ތެދުވެ ފުން ނޭވައެއް ދޫކޮއްލައިފިއެވެ. އަދި ދެ ޚިޔާލެއްގެ މަތީގައި އިނދެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

“ހެލޯ.” އަފްރީން އާދައިގެ ގޮތަކަށް ބުނެލިއެވެ.

“ހެލޯ ސުވީޓްހާޓް. ކޮބާ މިރޭ ދަރުހުގަ ދެކެވުނީ ކޮން ވާހަކައެއް؟ އަހަރުމެންގެ ލޯބީގެ ވާހަކަތަ އަނެއްކާ؟” ސިނާން ވާހަކަ ދެއްކިއެވެ. އޭނަގެ އަޑުން އޭނަ ހުރީ ހިނިތުންވުމެއްގައިކަން އަފްރީންއަށް ނަގައިގަނެވުނެވެ.

“ހެހެ…….ނޫން. އެކިއެކި ލޯބިތަކުގެ ވާހަކަތައް ކިޔައިދިނީ. ކިޔައިދިން އިރު އުސްތާޛާ ބުނީ…..” އަފްރީންއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާ އޭނަގެ ދޫ ބަންދުވިއެވެ. އޭނައަށް ބުނެވެން އުޅުނީ އޭނައަށް މިރޭ އެނގުނު “އާ” ވާހަކައެވެ. ނަމަވެސް އޭނަ އެ ވާހަކަ ބުނާކަށް ބޭނުމެއްނުވިއެވެ. އެވާހަކައިން އެނގެނީ އޭނައާއި ސިނާންއާ ދެމެދު އޮތް ލޯތްބަކީ ގޯހެއް ކަމެވެ. މި ލޯބި ގޯސްވާނީ ކިހިނެއް ހެއްޔޭ އެވަގުތު އަފްރީންގެ ހިތަށްއެރިއެވެ. އޭނަ ސިނާންއާއެކީ ބޮޑު ފާފައެއް ނުކުރެއެވެ. އޭނަ ސިއްރުން ސިނާންއާއި ބައްދަލުކޮށް އެކަނި ކޮޓަރިއެއްގައި ނުހުރެއެވެ. ސިނާން ކައިރީގައި އިށީނދެގެން އިނަސް އެއީ އެހާ ކައިރިއެއްނޫނެއްނޫން ހެއްޔެވެ؟ އޭނަ ސިނާންއާ ދޭތެރެއަކުން ހުތުރު ވާހަކައެއް ޙިއްޞާކޮށްލިޔަސް އެއީ ދޭތެރެއަކުން ވާ ކަމެކެވެ. އަބަދު ކުރާ ކަމެއްނޫނެވެ. މިވަގުތު ވެސް އެދެމެދުގައި މި ދެކެވެނީ ކިހާ ރަނގަޅު ވާހަކައެއް ހެއްޔެވެ؟

“އަމް…..މަގޭ އަފޫ ނިދީބާ؟” އަފްރީން އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ސިނާން ބުނެލިއެވެ. އެއާއެކު އަފްރީން އޭނަގެ ހިތަށް ވެރިވަމުން ދިޔަ ސުވާލުތައް އެއްފަރާތް ކޮއްލެވޭތޯ ބެލިއެވެ.

“ނޫނޭ ސިނާން. ކީކޭތަ އަހަރެން ކިޔަކިޔާހުރީ؟ އާނ…..އުސްތާޛާ ދެއްކީ ﷲގެ ލޯބިފުޅުގެ ވާހަކަ. ﷲގެ ލޯބިފުޅުގެ ފުރިހަމަ ކަމުގެ ވާހަކަ.” އަފްރީން ބުނެލިއެވެ.

“އެހެންތަ؟ ވަރަށް ރީތި ލެކްޗާރއަކަށްވާނެހެން އަހަންނަށް ހީވަނީ. ވަރަށް އިންޓްރެސްޓިންގް ދޯ؟” ސިނާން އަހާލިއެވެ.

“އާނ….ފޯ ދަ ފަސްޓް ޓައިމް އަހަންނަށް ލެކްޗާރއެއް ނިމެންދެން އަޑުއެހުނީ.” އަފްރީން ބުނެލިއެވެ. އޭނައަށް ދަރުސް އެއްކޮއް އަޑު ނޭހޭކަން ހަނދާންވީ އެހެން ބުނެވުނު ފަހުންނެވެ. ނަމަވެސް އަފްރީން އޭނައަށް ބުނެވުނު އެއްޗެއް ބަދަލުކުރާކަށް ބޭނުމެއްނުވިއެވެ. ބަދަލުކުރިއްޔާ ޖެހޭނީ ސަބަބު ބުނާށެވެ. އަފްރީން ސިނާންއަށް އެ ސަބަބު ކިޔައިދޭ ހިތެއްނުވިއެވެ.

“ހެހެ…..ގައިމު އަހަންނަށް ވެސް ދެވުނުނަމަ.” ސިނާން ބުނެލިއެވެ.

“އަންހެނަކަށްވެގެން ދާންޖެހޭނީ.” އަފްރީން އެހެން ބުނެލިއިރު އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. ސިނާން ހީގަތް އަޑު އިވުމުން އަފްރީންގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އޭނަގެ ހިތަށް ދަތިކުރަމުން ދިޔަ ހުރިހާ ކަމެއްގެ މަތިން ހިނދުކޮޅަކަށް ހަނދާން ނެތުނެވެ.

“ދެން ފަހަރަކުން އަފޫގެ ޔުނިފޯމް އަހަންނަށް ދޭތި.” ސިނާން ހެމުންހެމުން ބުނެލިއެވެ. މިފަހަރު އަފްރީންއަށް ވެސް ހީލެވުނެވެ.

“އަދި…….އޭ އަފޫ، ޑޭޑް އެބަ ގޮވާ. އައިއްސަ ގުޅާނަން. ނޫނީ އަފޫ ނިދި އައިއްސަ ހުރިއްޔާ ނިދާލިޔަސް ހެޔޮ. ލަވް ޔޫ. ބާއި.” ސިނާން ވާހަކަ ކުރިއަށް ގެންދަން އުޅެފަވެސް ކުއްލިއަކަށް އޭނަގެ ރާގު ބަދަލުވިއެވެ.

“ބާއި.” އަފްރީންއަށް ވައި އަޑަކުން އެހެން ބުނެލެވުނު ވަގުތު ސިނާން ފޯނު ކަނޑާލައިފިއެވެ. ފޯނު ކަންފަތުން ނަގާލަމުން އަފްރީންއަށް ފޯނާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. އެހެން ފަހަރުތަކާ ޚިލާފަށް ސިނާން ފޯނު ބޭއްވުމުން އަފްރީންގެ މޫނުމަތީގައި ހުންނަ ހިނިތުންވުމެއްނެތެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިގެން އިންއިރު އޭނަގެ ނިތަށް ރޫގިނަވެފައިވިއެވެ. އޭނައަށް ދެންމެވެސް މި ކުރެވުނީ ހަމަ ނުބައި ކަމެއްހެއްޔޭ ހިތަށް އެރިއެވެ. އޭނަ ޖެހެނީ މިކަން ދޫކޮއްލަން ކަމުގައި އޭނަގެ ހިތުގެ ކަނަކުން ގޮވާލިއެވެ. ނަމަވެސް އޭނަ ސިނާން ދޫކޮއްލާނީ ކިހިނެއް ހެއްޔެވެ؟ އޭރުން ކޮންމެ ދުވަހަކު ހެނދުނު ތެދުވާއިރު ބާއްޖަވެރި ހެނދުނަކަށް އެދި މެސެޖެއް ފޮނުވައި އޭނަގެ ހިތް އުފާކޮށްދޭނީ ކާކު ހެއްޔެވެ؟ ކޮންމެ ދުވަހަކު އޭނަދެކެ ލޯބިވާ ވާހަކަ ބުނެ އޭނައަކީ މުހިއްމު މީހެއްކަން އޭނައަށް އިޙުޞާޞްކޮށްދޭނީ ކާކު ހެއްޔެވެ؟ އޭނައަށް ތަޢުރީފުކޮށް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލާނީ ކާކު ހެއްޔެވެ؟ އޭނައާއި ސަމާސާކޮށް އޭނަ ހެއްވާލާނީ ކާކު ހެއްޔެވެ؟

އަފްރީންގެ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކަކުން އޭނައަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ސިނާންއާއި ވަކިވުމުގެ ޚިޔާލަކީ ވެސް އޭނައަށް އެއާއިމެދު ވިސްނައިގަންނަން ދަތި ޚިޔާލެކެވެ. މިއަދު އޭނައަށް ސިނާން ނޫން މީހަކާއި ރައްޓެހިވެގެން ހުރެވުނުނަމަ އެ ޚިޔާލުކުރުމަކީ ތަންކޮޅެއް ފަސޭހަ ކަމަކަށްވެގެން ދިޔައީހޭ އަފްރީންގެ ހިތް ބުންޏެވެ. ސިނާން އޭނަ ރައްޓެހިވީ ހުރިހާ މީހުންނާއިވެސް ވަރަށް ތަފާތެވެ. އެއީ ހަމަ އޭނަގެ “ސޯލްމޭޓް” އެވެ. އޭނަ އަމިއްލައަށް އަމިއްލަ “ސޯލްމޭޓް” ދޫކޮއްލާނީ ކިހިނެއް ހެއްޔެވެ؟ އަފްރީން މުޅި ޢުމުރު ދުވަހު އިންތިޒާރު ކުރަމުން އައީ ސިނާން ކަހަލަ މީހަކާ ދިމާވާނެ ދުވަހަކަށެވެ. މިއަދު އެ ދުވަސް އައުމުން އޭނަ އޭނަގެ ޙަޔާތުގެ ވާހަކައަށް ބަދަލެއް ގެންނާނީ ކިހިނެއް ހެއްޔެވެ؟

އަފްރީންގެ ކޯތާފަތް މައްޗަށް ކަރުނަ ތިތްކެއް ފައިބައިގެން އައެވެ. އޭނަ އެއްއަތުން އެ ކަރުނަ ފޮހެލީ ވަގުތު އެ މޫނުމަތީގެ ކުލަވަރު ބަދަލުވީ އޭނަގެ ހިތަށް ވެރިވާން ފެށި ވާހަކަތަކަކުންނެވެ. މިއީ އެހާ ނުބައި ކަމަކަށް ނުވާނެއޭ އަފްރީންގެ ހިތަށްއެރިއެވެ. އެއީ ބައެއް ޢިލްމުވެރިން ދެކޭ ގޮތް ކަމުގައި ވެދާނެއެވެ. އެކި މަޛްހަބްތަކުގެ ޢިލްމުވެރިން ބައެއް މައްސަލަތަކާމެދު އެކި ގޮތްގޮތަށް ވިދާޅުވާ ވާހަކަ އަފްރީން އިސްލާމް ގަޑީގައި އެހިއެވެ. އޭނަ ވީ ހޯދާށެވެ. އަފްރީންގެ ހިތަށް ސާބިތުކަމެއް ލިބުނު ވަގުތު އޭނަ އެނދުން ތެދުވިއެވެ. އަދި ކޮޓަރީގެ ބޮކިވެސް ދިއްލުމެއްނެތި ކިޔަވާ މޭޒުދޮށަށް ދިޔައީ ކޮޓަރީގެ ފެންލައިޓުން އަންނަމުން ދިޔަ ސިޓިންގް ރޫމުގެ އަލީގެ އެހީގައެވެ. އަފްރީން ކިޔަވާ މޭޒުދޮށުގައި އިށީނދެ އެއްފަރާތުގައި ހުރި ލެޕްޓޮޕް ނަގައި އޭތި ހުޅުވާލިއެވެ. އަދި ގޫގުލްއަށް ގޮސް ސާރޗްކޮއްލީ “ޑޭޓިންގް އިން އިސްލާމް” އެވެ. ލިންކްތައް ފެނުމާއެކު އަފްރީން ފުރަތަމަ ލިންކަށްވަނެވެ. އެއިން އޭނައަށް އެދެވޭ އެއްޗެއް ނުފެނުމުން ދެވަނަ ލިންކަށް ދިޔައެވެ. ދެން ތިންވަނަ ލިންކަށެވެ. މިހެން ގޮސް އަފްރީން ފުރަތަމަ ޕޭޖުން ފެނުނު ހުރިހާ ލިންކެއް ބަލައި ކިޔުނެވެ. ހުރިހާ ލިންކަކުން ވެސް ފެނުނީ އެކައްޗެކެވެ. އަފްރީން ގެނބެމުން ދިޔަ ހިތަކާއެކީ އޭނަ ސާރޗް ބޮކްސްގައި ޖެހި އެއްޗެއް ފޮހެ އެހެން ގޮތަކަށް އެއްވާހަކައެއް ލިޔުނެވެ. އެގޮތަށް ސާރޗް ކުރުމުން ފެނުނު ލިންކްތައް ވެސް އަފްރީންގެ ހިތަށް ހަމަޖެހުމެއް ނުގެނައެވެ. އަފްރީން އަނެއްކާވެސް ސާރޗް ބޮކްސްގައި އެހެން ގޮތަކަށް ލިޔެލިއެވެ. ދެންވެސް އޭނަ ދެކެން ބޭނުންވި ވާހަކައެއް ނުފެނުނެވެ. އަފްރީން ރުޅިން ކަހަލަ ގޮތަކަށް އޭނަގެ ލެޕްޓޮޕް ފަހަތަށް ކޮއްޕާލަމުން ގޮނޑިއަށް ލެނގިލިއެވެ. އެއަށްފަހު އިސްތަށިގަނޑު ދެއަތުން މައްޗަށް ކަހާލަމުން އަދިވެސް އެއްފަހަރު ހުޅުވާލެވިފައިވާ ލެޕްޓޮޕް ސްކްރީނަށް ބަލާލިއެވެ. އޭނައަށް މި ކުރެވެނީ ހަމަ އެހާވެސް ފާޅުކޮށް ނުބައިކަން އެނގިފައިވާ ގޯސްކަމެއް ހެއްޔޭ އޭނަގެ ހިތަށްއެރިއެވެ. މިކަން ގޯސްކަމަކަށް ވީއިރު އޭނަގެ ވަށައިގެން ވި އެންމެން އެކަން ކުރަނީ ކީއްވެ ހެއްޔެވެ؟ ގޯސްކަމެއްކަން އެނގިގެން ވެސް އެމީހުން ކުރަނީ ހެއްޔެވެ؟ ނުވަތަ އޭނަހެން އެހެން މީހުންނަށް ވެސް އެއީ ގޯސްކަމެއްކަން ނޭނގެނީ ހެއްޔެވެ؟ ސިނާންއަށް މިއީ ހެޔޮކަމެއް ނޫންކަން އެނގޭނެ ބާވައެވެ. އެވާހަކަ ހިތަށްއެރުމުން އަފްރީންގެ ވިސްނުން ހިނދުކޮޅަކަށް ހުއްޓުނެވެ. އެ ހިނދުކޮޅަށްފަހު ސިނާންއަށް އެނގެންޏާ އޭނަ އެކަން ނުކުރާނެއޭ އަފްރީންގެ ހިތް ބުންޏެވެ. ދީނީ ދަރުސްތައް ޝަޢުގުވެރިކަމުގައި ދެކޭ މީހަކު ނުބައި ކަމެއްކަން އެނގި ހުރެ އެކަން ނުކުރާނެއެއްނޫން ހެއްޔެވެ؟ އޭނަ ސިނާން ގާތު މި ކުރެވެނީ ރަނގަޅުކަމެއް ނޫންކަން އަންގަންވީ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބަކަށް ވަގުތުން ނޫނެކޭ ކިޔައި އަފްރީންގެ ހިތުގެ ކަނަކުން ގޮވާލިއެވެ. ނަމަވެސް އެ ޖަވާބާމެދު އޭނަގެ އަމިއްލަ ނަފްސު ކުށްވެރިކުރުވީ ވެސް ހަމަ އެ ހިތެވެ. އަފްރީން ދެފަރާތަށް ބޯހޫރުވާލިއެވެ. އޭނައަށް މި ވަނީ ކީއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އޭނަ ބޭނުންވީ މިއިން އެއްވެސް ކަމަކާމެދު ނުވިސްނާށެވެ. އެހެންކަމުން އޭނަ ލެޕްޓޮޕް ކައިރިއަށް ޖެހި އޭނަ ހުޅުވާފަ ހުރި ޓެބްތައް ކްލޯސްކޮށްލަމުން ލެޕްޓޮޕް ލައްޕާލިއެވެ. އަދި އެނދަށް އަރައި ގޮސް އޮށޯވެ ފޯނުން ލަވައެއް ޖަހާލިއެވެ. އެންމެ ފުރަތަމަ ޖެހުނީ އޭނައަށް ރީތި އިނގިރޭސި ލޯބީގެ ލަވައެކެވެ. ލަވަ ޖައްސާލުމަށްފަހު އަފްރީން ދެލޯ މަރައި ތަގުޅިކޮށްލަމުން އޭނައަށް ހަމަޖެހުމެއް ލިބޭތޯ ބެލިއެވެ. ނަމަވެސް އެ އަޑުއަހަމުން ދިޔައިރު ސިނާންއާއެކީ ހޭދަކުރި ވަގުތުތައް ލޮލަށް ސިފަވާން ފެށުމުން މިވަނީ ގޯހެކޭ ބުނެ އޭނަގެ ހިތް ބާރަށް ގޮވާލައިފިއެވެ. އަފްރީން އެ އަޑު ނާހަން އުޅެއުޅެ އޭނަ ކާމިޔާބެއް ނުވިއެވެ. އޭނަ ޖެހުނީ އެންމެ ފަހަކަށް އެ ލަވަ ބަދަލު ކުރާށެވެ. ދެން ޖެހުނީ ލޯބީގެ ލަވައެއް ނޫނެވެ. އެ ލަވަ އަޑުއެހުމުން ވެސް އަފްރީންއަށް ވަކި ހަމަޖެހުމެއް ނުލިބުނެއްކަމަކު އެ އަޑުއަހައިގެން އޮތްވާ އޭނަ ނިދުނެވެ.

އޭގެ އަނެއްދުވަހަކީ ސްކޫލަށްދާން ޖެހޭ ދުވަހަކަށްވުމުން ނަޞްރާ ފަތިހު ފަތިހާ ތެދުވެ ނާސްތާ ތައްޔާރުކޮށްގެން ބައްޕަގެ ގެއަށް ދިޔައެވެ. ބައްޕަ ފަތިސް ނަމާދު ކޮށްގެން އައިސް ނިދާފަ އޮތްއިރު އަފްރީން ޔުނިފޯމް ލައިގެން ކޮޓަރިން ނިކުމެފައި ހުއްޓެވެ. އަފްރީން ސައިބޯން ސުފުރާ ދޮށުގައި އިށީނދެގެން އިންއިރު ނަޞްރާއަށް އަފްރީންގެ މޫނަށް ބެލުނެވެ. ޢާއްމުކޮށް އަފްރީންގެ މޫނުމަތީގައި ހުންނަ އުޖާލާކަން އަދިވެސް ފެންނާކަށް ނެތެވެ. ނަޞްރާ އޭރުވެސް އަފްރީން ގާތު ކިހިނެއްވީތޯ ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް ނުކުރީ އޭރު އަފްރީންއާއި އޭނަވެސް ސްކޫލަށްދާ ގަޑި ޖެހެމުން ދިޔައިތީވެއެވެ. ނަޞްރާ ބޭނުންވީ ވީހާވެސް ހަމަޖެހިގެން އަފްރީންއާ ވާހަކަ ދައްކާށެވެ. އެހެންކަމުން އަފްރީން މިއަދު ސްކޫލުން ގެއަށް އައިސް ފިލާވަޅު ނިމެންވާއިރަށް މިރޭގެ ވަގުތެއްގައި އެގެއަށް އައުމަށް ނަޞްރާ ނިންމިއެވެ.

އަފްރީން އެދުވަހު ސްކޫލަށް ދިޔައިރު ސިނާންއެއް ނެތެވެ. އިންޓަވަލް ފަހުން ވެސް ސިނާން އެދުވަހު ސްކޫލަކަށްނާދެއެވެ. އެކަމާމެދު އަފްރީންގެ ހިތުގެ އެއްބައި ހިތާމަ ކުރިއިރު އަނެއްބައި އުފާކުރިއެވެ. އޭނައަށް ކަންތައް މިވާ ގޮތުން އަފްރީން އިނީ މުޅި ދުވަހު މޫޑު ޚަރާބުވެފައެވެ. އޭނަ އެއްވެސް ވާހަކައެއް އެއްވެސް މީހަކާވެސް ދައްކާކަށް ބޭނުމެއް ނުވިއެވެ. ކައިރީގައި އިން ނައުފާ ސުވާލެއް ކުރުމުން ވެސް އަފްރީން އެއްވެސް ޖަވާބެއް ނުދިނެވެ. ނަމަވެސް އިންޓަވަލް ފަހުން ލިބުނު ރިލީފް ގަޑިއެއްގައި ހުއްސަށް ހުރި ވަގުތެއްގައި އޭނަ ދެން ހަދަންވީ ކިހިނެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އޭނަ އެކަމާމެދު ނައުފާއާއި މަޝްވަރާކުރަން ބޭނުންވިއެވެ.

“ނައު……ނައު ރަނގަޅަށް އަޑުއެހިންތަ ރޭގެ ލެކްޗާރ؟” އަފްރީން ސީދާ މަޢުޟޫއަކަށް ދާކަށް ބޭނުމެއްނުވިއެވެ.

”ހުމް އަޑުއެހިން. އަނެއްކާ އޭގަ ދެކެވުނު ވާހަކައަކާ ހެދިތަ ތި މޫޑް އޮފްވެގެން އުޅެނީ؟” ނައުފާވެސް ކޮއްލީ ސުވާލެކެވެ. ނައުފާ އޭނަގެ ހިތުގައި އޮތް އެއްޗެއް ދެނެގަތުމުން އަފްރީން ބޮލުގައި އެއްއަތް ވިއްދައިގެން އިނދެފައި ސީދާވެލިއެވެ.

“އާނ….ނައުއަށް ކިހިނެއް އެނގުނީ؟” އަފްރީން ޙައިރާންވެފައި އަހާލިއެވެ. ނައުފާ ހީލިއެވެ.

“ދެން އެއްވެސް ވާހަކައެއް ނުދައްކާ ހުރެފަ އެންމެ ފުރަތަމަ ދައްކާނީ ވާހަކަ ނުދައްކާ ހުރި ސަބަބުގެ ވާހަކައެއްނުދޯ؟” ނައުފާ ހިނިތުންވުމެއްގައި ހުރެ ބުނެލިއެވެ. އަފްރީންއަށް ހިތްވަރު އެލުނު ކަހަލަ އިޙްޞާޞެއް ކުރެވުނެވެ. އޭނަ ހީކުރީ އޭނައަށް މި ކުރެވުނު ފަދަ ތަޖުރިބާއެއް ނައުފާއަށް ވެސް ކުރެވުނީ ކަމަށެވެ. ނަމަވެސް މި ފެންނަ ގޮތުން ރޭގެ ދަރުހުން ނައުފާއަށް އެއްވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ.

“ނައު……އޭގަ އެ އުސްތާޛާ ބުންޏެއްނޫންތަ…….ބޯއިފްރެންޑް ގާލްފްރެންޑް ރިލޭޝަންޝިޕަކީ މުސްލިމުންގެ ތެރޭގަ އޮވެގެންވާނެ އެއްޗެއްނޫނޭ؟” އަފްރީން ޖެހިލުންވުމަކާއެކީ ބުނެލިއެވެ. ނައުފާ އަފްރީންގެ ވާހަކަ ނިމުނުތަނާހެން ޗޮއްކަނޑާލިއެވެ.

“ތިއީ އެއްކަލަ ހައްދުފަހަނަޅާފައިވާ މީހުން ދައްކާ ކަހަލަ ވާހަކަ. އެހާ އެކްސްޓްރީމް ނުވިޔަސް މުސްލިމުންގެ ގޮތުގައި އުޅެވިދާނެ. އަހަރުމެން ނަމާދު އެބަ ކުރަމެއްނު؟ އަހަރުމެން ޝިރުކެއް ނުކުރަމެއްނު؟ އަދި އެކަހަލަ ރިލޭޝަންޝިޕެއްގަ ތިއްބަސް އަހަރުމެން އިސްލާމްގަ މި ދަސްކުރާ ކަހަލަ ޙަރާމްކަމެއް ނުކުރަމެއްނު؟ ދެން ކޮބައިތަ މީގަ މައްސަލައަކީ؟ ޗިލް އަފޫ. ތީ މާ ބޮޑަށް ވިސްނާ ކަންތައްތަކެއްނޫން.” ނައުފާ ބުނެލިއެވެ. ނައުފާ އެ ދެއްކި ވާހަކަތައް ޤަބޫލުކޮށް ހިތްހަމަ ޖައްސާލަން އަފްރީން ބޭނުންވިއެއްކަމަކު އެކަމެއް ނުވިއެވެ. އަފްރީންގެ ހަނދާނަށް އަންނަމުން ދިޔައީ ރޭ އޭނަ ހުޅުވި ހުރިހާ ލިންކަކުން ވެސް އެކައްޗެއް ފެނުނު ތަނެވެ. އަފްރީން ނައުފާގާތު ވެސް އެ ވާހަކަ ބުނަން ބޭނުންވިއެވެ. ނަމަވެސް އޭނަ މި ވަގުތު ނައުފާއާއި ދެކޮޅަށް ވެސް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނަ ގަދަކަމުން ނައުފާ ބުނި ބަސްތައް ޤަބޫލުކުރަން މަސައްކަތް ކުރަމުން ބޯޖަހާލިއެވެ. އަދި އޭނަވެސް އެހާ “އެކްސްޓްރީމް”ވާކަށް ނުޖެހޭނެ ކަމަށް އަމިއްލަ ނަފްސު ގާތު ބުނެލައިފިއެވެ.

މެންދުރު ނަޞްރާ ސްކޫލުން ގެއަށް އައިސް މިހާރު އޭނަ ޢާއްމުކޮށް ގޭގައި ލައިއުޅޭ ކަހަލަ ހަރުވާޅު ހެދުމެއް ޖިންސަކާއެކީ ލިއެވެ. ނަޞްރާ އޭނަގެ އިސްތަށިގަނޑުގައި ގޮށެއްޖަހަމުން ކޮޓަރިން ނިކުތް ވަގުތު ގޭގެ ފެންޑާއަށް ސައިކަލެއް ވަދެގެން އައި އަޑު އިވުނެވެ. ނަޞްރާ ގޭގެ ދޮރާއި ދިމާލަށް ބަލާލިއިރު އެއީ ޔޫނުސް އައި އަޑުކަން ނަޞްރާއަށް އެނގުނެވެ. ސައިކަލު މަޑުކޮށްލި އަޑަށް ނަޞްރާގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އޭނަގެ ފިޔަވަޅުތަކުގެ އަޑު ނުއިވޭނެ ފަދަ ގޮތަކަށް ދުވެފައި ގޮސް ދޮރާއި ހަމަކޮށްފިއެވެ. އަދި ދޮރުކައިރި ބިންމަތީގައި އޮތް ފިޔާތޮށި ކުލައިގެ ފުއްޕާހަން ނެގިއެވެ. މިއީ އިއްޔެ ޔޫނުސް ގެއަށް ގެނެއްސަ ހުރި ފުއްޕާހަންތަކުގެ ތެރެއިން އެކައްޗެވެ. އިއްޔެ ނަޞްރާ ގެއަށްވަތްތަނާ ޔޫނުސް އޭގެ ފުއްޕާހަމެއް ފަޅާލި ވަގުތު ނަޞްރާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އެހެންކަމުން މިއަދު ޔޫނުސްއަށް އެ ލަނޑުދޭން ނަޞްރާ ނިންމިއެވެ.

ގޭގެ ދޮރުގެ ތަޅަށް ތަޅުދަނޑި ކޮއްޕައި އަނބުރާލިއިރު ދޮރުމަތީގައި ހުރި ނަޞްރާގެ ފައިވާން ފެނިފައި ޔޫނުސްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މިއަދު ނަޞްރާ އޭނައަށްދޭނީ ކޮންކަހަލަ “ހަދިޔާ”އެއްތޯ ޔޫނުސްގެ ހިތަށްއެރިއެވެ. ކޮންމެ ކަމެއް ރާވައިގެން ހުއްޓަސް އެ ރޭވުން ފޭލްކޮށްލަން ޔޫނުސް ބޭނުންވިއެވެ. ޔޫނުސް ގޭގެ ދޮރުގެ ތަޅުގައި ހިފައި އަނބުރާލަން އުޅެފަވެސް ތަޅުން އަތް ނަގާލިއެވެ.

“ނަޞްރާ! ނިކަން އަވަހަށް ގޭގެ ތެރެއިން ބިށްދޮށަށް ގޮސްބަލަ. އަހަންނަށް ހީވަނީ ބުޅަލެއް އެފަރާތުން ގޮއްސިހެން. އެ ފަރާތުގެ ދޮރު ލައްޕާފަ ހުރިތޯ ބަލާލަބަލަ.” ޔޫނުސް ކަންބޮޑުވާ ފަދަ ރާގަކަށް އަޑު ހަރުކޮށް ބުނެލިއެވެ. އަދި މާ ގިނައިރެއްނުކޮށް ގޭގެ ބޭރުން ބިއްދޮށަށްދާން ދުއްވައިގަތެވެ. މިއަދު ލެޕްޓޮޕް އޮފީހުގައި ބަހައްޓާފައި އާދެވުނުކަން ރަނގަޅޭ ޔޫނުސްގެ ހިތަށްއެރިއެވެ.

ޔޫނުސްގެ އަޑު އިވިފައި ނަޞްރާއަށް ތެޅިގަނެވެން އުޅުނެވެ. ނަމަވެސް އޭނައަށް ވިސްނާލެވުނެވެ. ބުޅަލެއް ވަދެފާނެތީ އެހާ ކަންބޮޑުވަނީ ކީއްކުރަން ހެއްޔެވެ؟ ޔޫނުސް އަމިއްލައަށް ގެއަށް ވަދެގެން އައިސް ބުޅާ ވަދެފަ އޮތިއްޔާ ފައްސާލީމަ ނިމުނީ ނޫން ހެއްޔެވެ؟ ޔޫނުސް އެ އުޅެނީ އޭނައަށް ލަނޑެއްދޭން ކަމަށްބުނެ ނަޞްރާގެ ހިތް އޭނަ ސަމާލުވުމަށް އަންގާލިއެވެ. ނަޞްރާ އިރުކޮޅަކު ހުރެފައި ގޭގެ ދޮރު ކުޑަކޮށް ހުޅުވާލިއެވެ. ޔޫނުސް ފެންޑާގައި ފެންނަން ނެތުމުން އޭނަ ބިއްދޮށަށް ދިޔައީކަން ނަޞްރާއަށް ނަގައިގަނެވުނެވެ. އޭނަ ދޮރު ލައްޕާލަމުން ގޭގެ ބިއްދޮށަށް ދާން ހިނގައިގެންފިއެވެ. އަތުގައި އޮތް ފުއްޕާހަން ދޫކޮއްލަން އުޅެފަވެސް ޚިޔާލު ބަދަލުކޮއްލީ އޭނަގެ “ސަލާމަތަށްޓަކައި” އޭތި އޮންނަންވާނެއޭ ހިތާއެވެ.

ނަޞްރާ ގޭގެ ދޮންނަ މެޝިން ހުންނަ ތަނަށް ދިޔައީ އަވަސް ފިޔަވަޅުތަކެއްގައި ކަމަށްވިޔަސް އެތަނަށް ވަތްތަނާ އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ގޭގެ ބިއްދޮށަށް ނިކުމެވޭނީ އެތާ ހުންނަ ދޮރުންނެވެ. އެ ދޮރުވަނީ ލައްޕާލެވިފައެވެ. ނަޞްރާ އެ ދޮރާއި ދިމާލަށް ލަސް ފިޔަވަޅުތަކެއްގައި ދިޔައީ ބޭރުން އެއްވެސް އަޑެއް އިވޭތޯ ކަންފަތް ހުޅުވައިގެން ހުރެއެވެ. ނަމަވެސް އޭނައަށް ދޮރާއި ހަމައަށް ދެވުނުއިރު އެއްމެ އަޑެއް ވެސް ނުއިވެއެވެ. ޔޫނުސް އުޅެނީ ކީއްކުރަންބާއޭ ނަޞްރާގެ ހިތަށް އެރިއެވެ. ނަޞްރާ އޭނަގެ އެއްއަތުން ފުއްޕާހަން ހިފަހައްޓައިގެން ހުރެ ފުން ނޭވައެއް ދޫކޮއްލަމުން ކުއްލިއަކަށް ދޮރު ހުޅުވާލިއެވެ. އެއްވެސް އާދަޔާ ޚިލާފުކަމެއް ނުވުމުން ނަޞްރާ ޙައިރާންވެފައި ހުރެ ކަނާތް ފަރާތަށް ބަލާލިއެވެ. އެ ފަރާތަށް ބަލާލިތާ މާ ގިނައިރެއްނުވެ ވާތް ފަރާތުން ނިކަން ބާރަށް އައި ފެންތަކެއް ނަޞްރާގެ ގައިގައި ޖެހުމުން އޭނަ ސިހިގެން ދިޔައެވެ. އެވަގުތު އޭނަ އަތުގައި އޮތް ފުއްޕާހަން ވެސް ބިންމައްޗަށް ވެއްޓުނެވެ. އެއާއެކު ޔޫނުސްގެ ހުނުމުގެ އަޑު އިވެން ފެށުމުން ނަޞްރާ އަޑުއައި ދިމާލަށް ބަލާލިއެވެ. އެވަގުތު ޔޫނުސް ހުރީ ފެން ހޮޅިއެއް އޭނައާއި ދިމާލަށް ދިއްކޮށްގެންނެވެ. ނަޞްރާ ޔޫނުސްއަށް ބަލައިގެން ހުރެ އޭނައަށް ރުޅިވެރި ނަޒަރެއްދިނެވެ. އަދި އެއްފައި ބިންމަތީގައި ޖަހާލަމުން ދުރަށްދާން ހިނގައިގަތެވެ. އޭނަ މޮޔަކަމުން ގޭގެ ތެރެއަށް ނުވަދެ އޭނަ ދާން ހިނގައިގަތީ އިތުރަށް ބޭރަށެވެ.

އޭނަ ދިއްކޮށްގެން ހުރި ފެން ހޮޅިއާއި ދުރަށް ނަޞްރާ ދިޔުމުން ޔޫނުސް އެ ހޮޅި އެ ދިމާލަށް އަމާޒުކުރިއެވެ. އަދި ނަޞްރާ ތެމެން ފެށިތާ މާ ގިނައިރެއް ނުވިޔަސް ނަޞްރާ މިހާރު ވެސް ހުރީ އެއްކޮއް ތެމިފައެވެ. ވަކި ހިސާބަކަށް ދެވުނުއިރު އޭނަގެ އިސްތަށިގަނޑުވެސް ރޫޅިއްޖެއެވެ. ނަޞްރާ އެއްޗެހި ގޮވަން ގޮވަމުން ދުރަށް ދިޔައިރު ޔޫނުސްއަށް ހުއްޓުމެއްނެތި ހެވެމުން ދިޔައެވެ. ނަޞްރާ ދެވެން އޮތްހާ ދުރަށް ދިޔުމުން ވެސް ފެން އޭނައާއި ހިސާބަށް އެބަ އާދެއެވެ. އެންމެ ފަހުން ނަޞްރާ އެތާ ދުރުގައި މަޑުކޮށްލައިފިއެވެ. އޭނަގެ ތުނި ހެދުން އޭނަގެ ގަޔަށް ތަތްވެފައިވިކަން ނަޞްރާއަށް އެނގުންވީ އެ ވަގުތެވެ. ހެދުމަށް ބަލަން ހުރެފައި ދުރުގައި ހުރި ޔޫނުސްއަށް ބަލާލި ވަގުތު ނަޞްރާ ލަދުގަތެވެ. އޭނައަށް ދެއަތް އުރާލަމުން އިސްޖަހާލެވުނެވެ.

ދުރުގައި ނަޞްރާ އެއްވެސް ޙަރަކާތެއްނެތި ހުންނަން ފެށުމުން ޔޫނުސްގެ ހުނުން މަޑުވަމުން ދިޔައިދިޔަހެން އޭނައަށް ފެން ހޮޅިވެސް ތިރިކޮށްލެވުނެވެ. ނަޞްރާއަށް ކިހިނެއްވީބާއޭ އޭނަގެ ހިތަށްއެރިއެވެ. ހޮޅި ބިންމައްޗަށް ވައްޓާލަމުން ޔޫނުސް ގުދުވެ އެތާހުރި އިސްކުރު ބާރުކޮށްލިއެވެ. އަދި އަނެއްކާވެސް ނަޞްރާއަށް ބަލާލިއެވެ. ނަޞްރާ ހުރިގޮތް ޔޫނުސްއަށް ފާހަގަވީ ދެނެވެ. ނަޞްރާއަށްވީ ކީއްކަން އެނގުނީވެސް އެ ވަގުތެވެ. ޔޫނުސް ނަޞްރާއަށް ބަލަން ހުރެ އޭނައާއި ދިމާލަށް ލަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އޭނަގެ ފިޔަވަޅުތަކެއްގެ އަޑު އިވުނު ނަޞްރާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭނަ ޔޫނުސްއަށް އަވަސް ނަޒަރެއް ދީފައި އިސްޖަހާލިއެވެ. ޔޫނުސްއާ އޭނައާ ދެމެދު މަދު ފިޔަވަޅުތަކެއްގެ ދުރުމިނަށް ވީ ވަގުތު ނަޞްރާ ދުރުވާން ހިތަށްއެރިއެވެ. ނަމަވެސް އޭނަ ދުރުވާންވީ ކީއްކުރަން ހެއްޔެވެ؟ ޔޫނުސް ނޫނިއްޔާ ދެން އޭނައާއި ކައިރިވާނީ ކާކު ހެއްޔެވެ؟ އެ ސުވާލުތައް ހިތަށްވެރިވުމުން ޔޫނުސް އޭނައާއި ފިޔަވަޅެއްހާ ދުރު މިނުގައި ވީއިރުވެސް ނަޞްރާ ކެތްމަދުވިއެވެ. ޔޫނުސް އޭނައާއި ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮއްލި ވަގުތު ނަޞްރާގެ ހިތް މޭފަޅާލާފަ ނިކުމެދާނެހެން ހީވިއެވެ. ނަޞްރާ އިސްޖެހިފައި ހުއްޓާ ޔޫނުސް އޭނަގެ ދަތްދޮޅީގައި އެއް އިނގިލި ޖައްސައި އޭނަގެ އިސްއުފުލުވާލިއެވެ. އެވަގުތު ނަޞްރާއަށް ހުރެވުނީ ދެލޯ މަރައިގެންނެވެ. ދެލޯ މަރައިގެން ހުއްޓެއްކަމަކު ޔޫނުސްގެ މޫނު އޭނަގެ މޫނާއި ކައިރިވަމުން ދިޔަކަން ނަޞްރާއަށް އެނގުނެވެ.

ކުއްލިއަކަށް އެތާއޮތް ފުއްޕާހަން ފަޅައިގެން ދިޔަ އަޑަށް ދެ މީހުން ވެސް ސިއްސައިގެން ދިޔައެވެ. ދެމީހުންނަށް ވެސް ދެލޯ ބޮޑުކޮށްލަމުން އަޑު އައި ދިމާލަށް ބަލާލެވުނެވެ. ވީ އެއްޗެއް ނަގައިގަނެވުމުން ޔޫނުސް ނަޞްރާއަށް ޝަކުވާގެ ނަޒަރެއް ދިން ވަގުތު ނަޞްރާ ހިނިތުންނުވާން މަސައްކަތް ކުރަމުން އިސްޖަހާލިއެވެ. އެ މަންޒަރު ފެނިފައި ޔޫނުސްއަށް ވެސް ލުއި ހީލުމަކާއެކީ ބެލުން ތިރި ކޮއްލެވުނެވެ. އެއަށްފަހު އަނެއްކާވެސް ދެމީހުން ހިނިތުންވެގެން ތިއްބާ ދެމީހުންގެ ލޯ ބައްދަލުވިއެވެ.

“އެބަ އަންނަން……ކައްކަން.” ނަޞްރާ ބޭނުން ނުވިޔަސް އޭނައަށް އެހެންވެސް ބުނެލެވުނީ ހިނިތުންވުމެއްގައި ހުރެއެވެ. އޭނައަށް އެހެން ބުނެވުނީ އިސްޖަހަމުން ނުޖަހަމުން ކަހަލަ ގޮތަކަށެވެ. ޔޫނުސް ނަޞްރާއަށް ބަލަން ހުރެ ހޫންލައްވާލަމުން ބޯޖަހާލިއެވެ. އެއާއެކު ނަޞްރާ ޔޫނުސްއާއި ދުރަށްދާން ހިނގައިގަތެވެ. ނަޞްރާ އޭނައަށް ފަސް ދިޔުމުން ވެސް ޔޫނުސްއަށް ނަޞްރާ ހިނގާފައި ދިޔަތަން ބަލަން ހުރެވުނެވެ.

ނަޞްރާ ފެން ހިއްކައި ހެދުން ބަދަލުކޮށްގެން ގޮސް ބަދިގެއަށް ވަތްއިރު ޔޫނުސް ހުރީ ކައްކަންވެގެން ފިޔާ ކޮށާށެވެ. ޔޫނުސްގެ ކުރިމައްޗަށްދާން އުޅެފަވެސް ނަޞްރާ ޖެހިލުންވީ މީގެ ކުޑައިރުކޮޅެއް ކުރިން ވި ކަންތައް ހަނދާންވެފައެވެ. ނަމަވެސް އޭނަ ޔޫނުސްގެ ކުރިމައްޗަށް ނުދާންވީ ކީއްވެ ހެއްޔެވެ؟ އޭނައަކަށް މުޅި ޢުމުރު ދުވަހު ޔޫނުސްއަށް ފިލައިގެނެއް ނުއުޅެވޭނެއެވެ. އެއީ އެކަންވާންޖެހޭ ގޮތެއްވެސް ނޫނެވެ. ނަޞްރާ ސާބިތުކަން ލިބުނު ހިތަކާއެކީ ޔޫނުސްގެ ގާތަށް ގޮސް އޭނަ ކައިރީގައި މަޑުކޮއްލައިފިއެވެ. ޔޫނުސް ނަޞްރާއަށް ބަލާފައި ހިނިތުންވެލަމުން ނޭވާ ދަމައި އޭނަގެ ދިލަ ނަގަމުން ދިޔަ ލޯ އެއްއަތުން ފޮހެލިއެވެ.

“ހާދަ ވަރަކަށް ތި ރޮނީ؟” ނަޞްރާ އެހެން ބުނެލިއިރު އޭނައަށް ނުހެވި ހުރީ ކިރިޔާއެވެ.

“ދެން ރޮވޭނެއެއްނު……ފުއްޕާހަން ފެޅުނީމަ.” ޔޫނުސް ސީދާ ނަޞްރާއަށް ބަލަހައްޓައިގެން ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު ނަޞްރާގެ މޫނު ރަތްވިއެވެ. އޭނައަށް ތިރި ބެލެން ފެށުނެވެ. ޔޫނުސްއަށް އެ ވާހަކަ ދައްކަން ހާދަ ފަސޭހައެވެ. އޭނައަށް އެ ވާހަކަ އަޑުއަހަން ވެސް ފަސޭހައެއްނޫނެވެ. އެހެންކަމުން ޔޫނުސް އިތުރަށް އެ ވާހަކަ ދައްކަފާނެތީ ނަޞްރާ ގޮސް އެތާ ކަބަޑެއްގެ މަތީގައި ހުރި ރޭޑިޔޯ ޖައްސާލިއެވެ. އޭރު ރޭޑިޔޯއިން ހުރީ ދީނީ ޕްރޮގްރާމެއް ފޮނުވާފައެވެ. މަސައްކަތުގެ ތެރެއިން ޔޫނުސްއާއި ނަޞްރާ ހިމޭންކަމާއެކީ އެ ޕްރޮގްރާމް އަޑު އަހަމުން ދިޔައެވެ. އެ ހިމޭންކަން ދެމިގެން ދިޔައީ ކުޑަ ވަގުތު ކޮޅަކަށެވެ. ރޭޑިޔޯއިން ވާހަކަ ދައްކަމުން ދިޔަ ޢިލްމުވެރިޔާ ޤުރުއާން ހިތުދަސް ކުރުމާއިބެހޭ ވާހަކަ ދައްކަން ފެށުމުން ޔޫނުސް ނަޞްރާއަށް ބަލާލިއެވެ.

“ނަޞްރާ ޤުރުއާން ހިތުދަސް ކުރަންތަ؟” ޔޫނުސް ކަބަޑުމަތި ސާފުކުރަމުން އުނދުން ކައިރީގައި ހުރި ނަޞްރާ ގާތު އަހާލިއެވެ. ނަޞްރާ ހޫންލައްވަމުން ބޯޖަހާލިއެވެ.

“ކިހާ ހިސާބަކަށް ދަސްވެއްޖެތަ؟” ޔޫނުސް ސުވާލުކުރިއެވެ.

“އެއްކޮއް.” ނަޞްރާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއާއެކީ ޔޫނުސްގެ އަނގަ ހުޅުވުނެވެ.

“ވޮހް! ތިހެންވިއްޔާ އަހަރެން މިއުޅެނީ އަދި ރަނގަޅަށް ނުވެސް ފެށިގެން ނަޞްރާއާ އަޅާ ބަލާއިރު.” ޔޫނުސް ބުނެލިއެވެ. ނަޞްރާއަށް ހީލެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޔޫނުސް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ދެން ޢަރަބި އެނގޭ ކުދިންނަށް ފަސޭހަވާނެތާދޯ؟” ޔޫނުސް ބުނެލިއެވެ.

“އުނހު…..އަދި ޢަރަބި އެނގުނަސް ޤުރުއާން އެނގުނު ކަމަކަށް ނުބެލެވޭނެ އިނގޭ.” ނަޞްރާ ބުނެލިއެވެ.

“އެޔޯ؟” ޔޫނުސްގެ ދެބުމަ ކައިރިވިއެވެ.

“ޤުރުއާނުގެ އާޔަތްތަކަކީ ހަމައެކަނި އޭގެ މާނައަށް ބަލާފަ އޭގެ އަސްލު މާނަ ދެނެގަނެވޭނެ ފަދަ އެއްޗެއްނޫން. އެ އާޔަތްތައް ބާވައިލައްވާފައިވަނީ އެއާމެދު އަހަރުމެން ވިސްނައި ފިކުރު ކުރުމަށްޓަކައި. ޤުރުއާނުގެ ޢިލްމުގެ ތެރޭގައި ހަމައެކަނި މިކަމަށް ޚާއްޞަކުރެވިފައިވާ ޢިލްމެއް އޮވޭ. އެއީ ތަފްސީރު ޢިލްމު. ހަމައެކަނި ޤުރުއާނުގެ ތަރުޖަމާއަކުން ނުފެންނަ ވަރަށް ބައިވަރު ކަންތައް ފެންނާނެ ތަފްސީރުން.” ނަޞްރާ ކިޔައިދިނެވެ.

“އެހެންތަ؟ އަހަރެން އަދި މިހާތަނަށް ދީން ދެނެގަންނަން ކުރި މަސައްކަތްތަކުގެ ތެރެއިން ދުވަހަކުވެސް ތި ބަސް އަޑެއްނާހަން.” ޔޫނުސް ބުނެލިއެވެ. ނަޞްރާ ހިނިތުންވުމަކާއެކީ އެއްޗެކޭ ބުނަން އުޅުނުތަނާ ކަބަޑު މަތީގައި އޮތް ޔޫނުސްގެ ފޯނު ރިންގުވާން ފެށިއެވެ. ޔޫނުސް އަތް ދިއްކޮއްލަމުން އެ ފޯނު ނަގައި ސްކްރީނަށް ބަލާފައި ނަޞްރާގާތު އެބަ އަންނަމޭ ބުނެލިއެވެ. ނަޞްރާ ބޯޖަހާލިއެވެ. ޔޫނުސް ނިކުމެގެން ދިޔަ ވަގުތު ރޭޑިޔޯއިން ޚަބަރު ކިޔަން ފަށަނީއެވެ. ޚަބަރުތަކުގެ ޞުރުޚީތައް ކިޔަމުން ދިޔައިރު ނަޞްރާ އެއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް އެ ޞުރުޚީތަކުގެ ތެރެއިން “އެޗް.އެން ނިއުސް” އޭ ބުނި އަޑަށް ނަޞްރާއަށް ކަންފަތް ދިއްކޮއްލެވުނެވެ. އެ ޞުރުޚީއިން ކިޔުނީ “އެޗް.އެން ނިއުސް” އިން ކޮންމެވެސް އެއް ސިޔާސީ ލީޑަރަކާ ބެހޭ ދޮގު ވާހަކައެއް ފެތުރި ވާހަކައެވެ. އެ އަޑު އިވިފައި ނަޞްރާގެ ބުމަގޮށްޖެހުނެވެ. އޭނަ ޚަބަރުތަކުގެ ތަފްޞީލަށް އިންތިޒާރު ކުރިއެވެ. މާ ގިނައިރެއްނުވެ ނަޞްރާ ޝައުޤުވެރިވީ ޞުރުޙީގެ ތަފްޞީލު ކިޔަން ފެށިއެވެ. ތަފްޞީލު ނިމުނުއިރު ނަޞްރާއަށް އެނގުނު ގޮތުގައި އެޗް.އެން ނިއުސް އިން ދޮގު ޚަބަރެއް ފެތުރި ފުރަތަމަ ފަހަރަކީ މިއީއެއްނޫނެވެ. އެ ވާހަކަ އިވިފައި ނަޞްރާ އުނދުން ނިއްވާލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޔޫނުސް އެކަހަލަ ނޫހަކަށް މަސައްކަތްކޮށްދެނީ ކީއްވެބާއޭ ނަޞްރާގެ ހިތަށްއެރިއެވެ.

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ދިމްޔާ ( 2 ވަނަ ބައި )

Next

ދުޢާ (1ވަނަ ބައި)

Next
August 17, 2015

ދުޢާ (1ވަނަ ބައި)

Previews
August 15, 2015

ދިމްޔާ ( 2 ވަނަ ބައި )

71 Comments!

  1. Hajja says:
    August 16, 2015 at 10:09 pm

    Nyc bt mihaaru koosanibai thankolheh ginakamh faahagavey

  2. Tigrious says:
    August 16, 2015 at 10:13 pm

    Reethi

  3. Xaakko says:
    August 16, 2015 at 10:22 pm

    V reethi story☺

  4. amie says:
    August 16, 2015 at 10:34 pm

    Keehvetha mivaahaka mihaaru ehaavaee..hus haasaru..ehves aakameh nuvey..dhn v kada..

  5. amie says:
    August 16, 2015 at 10:38 pm

    Dhn eyoh afreen ge baeh ves.. hus beykaaru haasaru.. nasraage maazeeves neygey.. dhn marry kohgen ulhey dhemeehunnoa.. egothah ulheytha marry kohgen..

  6. Vaahaka kiyaa kujjaa says:
    August 16, 2015 at 10:50 pm

    Reethi ekam thankolheh haasaru ginakamah faahaga kurevey. Dhen kuree part ge bodu baeh anekkaa mibainves kiyan jehijje.. Ehenve kudakoh foohi…

  7. aneel says:
    August 16, 2015 at 10:53 pm

    Afreen bai v foohi

  8. dhooni says:
    August 16, 2015 at 11:16 pm

    v haasarugandu dhigu
    foohi vaahaka eh

  9. dhooni says:
    August 16, 2015 at 11:17 pm

    abadhuves fahun bunan fahun kuran nimmanee…. mivaahaka feshuneessuren faahagavaakameh mee

  10. samit says:
    August 16, 2015 at 11:19 pm

    janaa plz.. thankolheh kurukoh massage dheefaanan tha?

  11. fathun says:
    August 16, 2015 at 11:53 pm

    My dear Jana
    The message in ur story is Unknwn
    It’s very confusing and reader get lost
    Too much of unnecessary description
    It’s boring and unrealistic.. Married couples don live that way. Not even when it’s an arrange marriage..hope u wud understand what I meant

  12. Anu says:
    August 16, 2015 at 11:58 pm

    seriously??? Do you have enough time to write this utter Rubbish.
    Tsk tsk

  13. Shaan says:
    August 17, 2015 at 12:22 am

    What the hell is this? Full of rubbish. Meehakah neyngey ehcheh nei meega. Pis pis marriage ah huthuru aruvany

  14. yaanu says:
    August 17, 2015 at 12:28 am

    Foohi vaahaka gandeh..indhegen kuran jehey kanthah niundhe kuraashey bunaakahala vaahaka eh..

  15. yaanu says:
    August 17, 2015 at 12:28 am

    Foohi vaahaka gandeh..indhegen kuran jehey kanthah niundhe kuraashey bunaakahala vaahaka eh..

  16. *** says:
    August 17, 2015 at 12:38 am

    MashaAllah. Reethi mi part ves. Ekam thankolheh kury. Keep it up.

  17. *** says:
    August 17, 2015 at 12:40 am

    Meega negative comments koffa mihury ekaku tha eki nan namuga??

  18. zai says:
    August 17, 2015 at 12:41 am

    Nice but maa haasaru dhigukohfa othiima v vai kiyan..n marry kohgen miihun ulhenii egothahtha

  19. Saamee says:
    August 17, 2015 at 1:43 am

    mee varah kiyaa hihvi story eh bt now varah foohi..mirey part adhi vakin foohi..hama hus haasaru like evry1 says..kiyaa hihves kendihje

  20. Shylie says:
    August 17, 2015 at 2:24 am

    Foohi dhn . Dheenee viyas mi heevany extreme vefa in vaahak eh hen. Too much.

  21. shahu says:
    August 17, 2015 at 2:34 am

    arrange marriage akas eha ladheh nugannaaane marry kureema vaguthun ladhu kendey. plus nasra aky kureega bad koh ulhunu kujjeh fahun thauba vias aakameh nuhunnaane. this is unrealistic

  22. shahu says:
    August 17, 2015 at 2:37 am

    kureega mivaahaka v intrstn nw ekam ma unnecessary vaahaka gina ee. i knw u wnt t giv a message but nw vaahakaige haadhisaa ah vure ehen vaahaka gina v ma story feel eh neh its nw lyk a lecture. u cud giv advice on ur page it wud b bttr dan including all the stuff in the story

  23. lam says:
    August 17, 2015 at 2:43 am

    nasra ge bai aslu vvv unrealistic ehen nuvaane arrangr marriage akas. egothah dhemeehun ves behave eh nukuraane kithamme dheen veeias.aftrol they r humans too. v also had an arrange marriage;) but nt dat ladhuraki well nt more dan 10 mints. for any hus n wife vaahaka dhakkan fasha hisaabun evrythn will happn automatically

  24. kiara says:
    August 17, 2015 at 2:46 am

    i liked this story in the beginning v much but i guess nw this is takn a wrong turn. u have to change this way jana before every single person stops readn thos story i mean vaahaka ige haadhisa eh neh nw. pls du take this into consideration 🙂

  25. uma says:
    August 17, 2015 at 2:48 am

    i agree with shahu. jana pls do something

  26. shiu says:
    August 17, 2015 at 2:49 am

    Kuree part ge bai maabodah kiyan jeheythee vvv foohi. Ehaa dhigu kon eb nugenayas kuree prat hithah geneveybe hen heevanee.

  27. laisha says:
    August 17, 2015 at 2:51 am

    nyc but ma lahun update vanee so foohi. pls miahvure avahah up kohdhevidhaane tha. nd laisha ah faahanga va kaneh kuree baige vvv bodu baeh komme faharaku jehigen anna part ga himana kan. aee dhigu kamah dhakkan tho? pls up kuracchey vvvv avahah dear

  28. aseel says:
    August 17, 2015 at 2:56 am

    reethi… wat does jana have to say about everyone’s comment well i guess they r right at somepoint. yu cud giv advicein an intrstn way maa dhigu dhamma thee i thnk ehen vanee. pls rangalhu kuracchey

  29. me says:
    August 17, 2015 at 3:16 am

    jana dear last two parts nt intrstn:( well nasra marry kurifahun aneh hen ma bodu kameh nuvey vaahakaige. ithiru bai ma dhigu kihineh mi vanee nw. rangalhu kohlan feney ..’me’ kureega nasra ge bai varan interesting vey kiyan mihaaru ma vai dhen dhemeehun ulhey gothun. real life ga egothah noolhe dhenveri kudhin ves as they r also humans plus husband and wife. rangalhu kuracchey ingey dear, waiting for the next part:) hope it would be different:))

  30. nuha says:
    August 17, 2015 at 3:19 am

    V v v v reethi

  31. D says:
    August 17, 2015 at 4:13 am

    ok rangalhu kuranjehey kanthah ebahuri

  32. emiliya says:
    August 17, 2015 at 5:58 am

    Story reethi. I have a question for you.. in our religion kudhin naa rahhtehi vumakee hadha kameh tha.. me buni girl boy

  33. emiliya says:
    August 17, 2015 at 6:01 am

    Emiliya is very sad bcuz many did so nehetive cmnts. But jaan up to now nothing big has happend. So people will start to get bored of your story right. I was sad but im happy u uploaded the story. Its veey very nice. Hope the next part would be muchhhh better.

  34. jana says:
    August 17, 2015 at 6:59 am

    Assalam’alaikum 🙂 gaaigandakah hurihaa commentehgga hury eh vaahaka akah vumun jana eh reply eh kollaanan. jana emme furathama ves beynunvany bunelan Nasra menge bai unrealistic vedhaane ey. ey jana akah neyngey marriage life aa behey gothun maa bodu ehcheh. jana vaahakaiga sifa kohdheyn beynunvy varah nukerey dhemeehaku marry koggen ekuveri vumahtakai kuraa kanthahthakuge vaahaka.
    Dhen bunelan othy vaahakaiga adhi varah baivaru bodethi kanthah vaan eba huttey. ekamaku jana e kanthah mi laskurany vaki sababakattakai.. jana varah kureege commentegga bunefa onnaane vaahaka kuriah dhaavarakah jana page ga link thah share kuramun dhaanamey. e link thah share kureven fashaany Afreen ge vaahaka vaki hisaabakah dhiyaima. dhen Nasra menge vaahaka rangalhah feshunyma ehenihen link thah annaany. e tharutheebu gellijjeyya jana ah heevany kiyuntherin e link thah follow kuraa hitheh nuvaanehen. ehenve e tharutheebu gelluvaalan beynumeh nuvany. vedhaane jana ah Afreen ge vaahaka feshuny maa lahun kamahves. ehenvyma kanneynge mihaaru kameh nethi mi dhany.
    Afreen ge baiga sifa koffa huri kanthah ey beykaaru ehchehi kamugai jana nudheken. eyga ebahuri foruvifaivaa msg thakeh. ekamaku eh kiyuntheriaku bunefi mi heevany lecture eh henney ves. haqeeqathuga jana emme kurinves mi vaahakaiga ehaavarah naseyhaiythah himanan beynunvi. ekamaku ey kiyuntherinnah ekan faahanga nuvaa gothah. mihaaru maa bodu kameh nuvaatheeve kanneynge faahanga vany. varah dheravejje kiyuntherin foohivaa gothakah vaahaka genesdhevunythy. jana beynunvy mi vaahaka aky faidhaa kuranivi adhi kiyaa hiyves vaa vaahaka akah hedhun. dheenah ehaa shauquveri kameh neiy kiyuntherinnah ves shauquveri vaafadha gothakah heyo baheh buneladhinun. kiyuntheruin thi kanthah faahanga kolla dhinythy Jazakallah Khairan. Alhamdhulillah. ekamaku foohi vejjey buni kiyuntherin ves dhen anna bai kiyaalumaky jana ge varah bodu edhumeh. dhen anna baeh rangalhu kolleveytho balaanan In Sha Allah 🙂 ebai budha noony buraasfathi dhuvahu genesdheveytho balaanan In Sha Allah.

  35. Meera says:
    August 17, 2015 at 8:51 am

    Kurin mi vahaka v kiyahivey. Miharu genesdeyle ves las vathy n vahakaiga ma bodu aa kame nuhigathy foohi. Ya u agree wid u guys. Arrange marriage eh viyas demyhun hate nukuranya close vane eduvahun nuny desuvahun. Ladun vs boy kuja clos nuvanya feel vane mee normal meehe nooney. V expect kurin marraige nyt ge sunaitha vahakaige therein kudako genesdeytho.
    Anenhen nice vahakae mi. Afreen ge part hama v muhimu. Salhi ebai genesdeygoi. V informative.
    So den ana part ragalhu kolachey.

    1. jana says:
      August 17, 2015 at 10:24 am

      dhen anna baeh rangalhu kolleveytho balaanan In Sha Allah. jana anekkaaves bunelaanan jana akah marriage aa behey maa bodu ehcheh neyngeyey. aslu vaahakaiga kuriah oiy thanuga Yunus aa Nasra ves close vaane. adhi emeehunge maazy ves annan eba oiy. adhi eyge kuriah ves kanthahgandeh vaan eba oiy. jana mi las kurany kurin comment ga buni sababahtakai. adhi Afreen ge vaahaka ehaa hisaabah nudhiyayas vaahaka shauquveri kureveytho jana balaanan In Sha Allah.

  36. zahu says:
    August 17, 2015 at 8:52 am

    Jana dont worry..who try to do good deeds will face this kind of negative comments and all..i knw u will knw too..this story is the best ma sha allah

    1. jana says:
      August 17, 2015 at 10:28 am

      yes zahu. when we stand up for the right thing we will be tested. 🙂 ekamaku baeh kiyuntherin hama vaahaka genesdhevifa huri gothaai medhugaey shakuvaa koffa ehery. jana ves jeheyne balan kiyuntherinnah kamudhaa gothah vaahaka genesdheveytho. rangalhu ehcheh meehunnah hama mihen hurefa bunelyma ey jana ge zimma adha kurevuny kamah jana dhekigen nuvaane. meehun adu ahaa hiy nuvaa vaahaka ehves adu ahan beynunvaa gothakah buneven vaany. ehenvyma jana adhi improve kureveytho masakkaiy kuraanan In Sha Allah 😀

  37. Meera says:
    August 17, 2015 at 8:54 am

    Sorri. Liyan ulhuny I agree wid u guys ey.

  38. zahu says:
    August 17, 2015 at 8:55 am

    Aslu mi story in baivaru meehunna gabool nukurevey kameh jana kiyaa dheneethi through afreen ge bai…ekm ebai kiyun vvvv.muhimmu

    1. jana says:
      August 17, 2015 at 10:29 am

      hmm zahu….ebai varah ves muhimmu

  39. someone says:
    August 17, 2015 at 8:59 am

    Bcx my parents even was inn arrange marriage..mom told me they were frnd like after 2-3 months..so this is possible..

    1. jana says:
      August 17, 2015 at 10:31 am

      hehe…ehentha someone? 😛 jana ahves ekan vaany ehenhen heevaathy ve ey vaahaka migothah genesdheny. dhen baeh kiyuntherin eba buney nasra aky kurin goas koh ulhunu kujjakah veema ladhu nugannane ey. ekamaku hithuge imantherikan vaki hisaabakah dhiyaima kithamme ladhu kudakoh ulhunu meehegge ves ladhuvethikan ithuruvaane. ey jana ah hama yageenunves engey kameh…

  40. anth says:
    August 17, 2015 at 9:40 am

    Janaa vaahaka varah furihama. Kaitheri kamaai hiy varaai azumaa eku kuriah gendhiumah alhugandu edhen binaa kuruvanivi faadu kiunthakaky janaa ge kuri erun.. Insha allah.

    1. jana says:
      August 17, 2015 at 10:33 am

      thi dhin hiyvarahtakai Jazakallah Khairan 🙂 hama asluves binaa kuranivi faadu kiyunthakun varah faidha kurey. Alhamdhulillah 😀

  41. fathun says:
    August 17, 2015 at 1:27 pm

    Hiii, story ge concept and idea unique and very nice. negative koh coment kuri meehunves agree to that. so jana hadhan vee gothakee present koh dhey goi ithurah intresting koh dheyn vee. 🙂

    1. jana says:
      August 17, 2015 at 9:32 pm

      Exactly Fathun. And i will try to improve In Sha Allah 🙂

  42. Shabee says:
    August 17, 2015 at 1:33 pm

    Masha Allah vrh nice mi prt vex.. Jazakillah khairan!! Inshallah u can do it.. I believe.. 🙂 good luck.. Love u ummm ah 😉

    1. jana says:
      August 17, 2015 at 9:33 pm

      Alhamdhulillah! Jazakallah Khairan for the support 😀 Love you too. ummmmwah! 😀

  43. Anonymous says:
    August 17, 2015 at 2:36 pm

    Kuda kudhin hen kulhivaru kulhey dhemafirin dhoa… Hee vex nuvey.. Mashakah neyge anhen kuhjakaa firihen kuhjaku rahtehivumaky mahssala eh kameh.. Goas kameh nukuranyaa ey goas kamakah nuvaane ehnu.. Dhen firihen kuhjakaa dhimaalah hinithun velumaky ves faafa eh tha alhe fahe? Moonu buruga elhumaky ves vaajibekoa.. Ey vaajibeh noon.. E ah vure maa ragalhuvaane faithila nivaa kuriyya. gina anhenun thibeny istaakin nulaa beyrah nikunna iru… Anhena ge aura aky Dhe aithila a moonu fiya vaa hurihaa thaneh.. Eh vaahaka akun e hurihaa message thakeh dheyn ulhumuge badhaluga vaki vaki vaahaka thakehga eki message dhineema maa kiyaa hiy vaane.. Firimeehaa is nunaganyaa Abi meehaa ah ves gina faharah isnagan nukereyne.. Dhen ekamaku ehaa zimaadhaaru vazeefa eh ga ulhey firihenakah abimeehaa aa gaai vaan nukerun ey bidu joke eh..

    1. jana says:
      August 17, 2015 at 9:43 pm

      dhemafiringe vaahaka jana ehfaraathegga baavvaanan. vedhaane jana ah haqeeqathaa khilaafah liyevifa hury kamahves. kuriah oiy baithakuga rangalhu kolleveytho balaanan In Sha Allah. Ekamaku anonymous dhen bunefa oiy vaahaka ah ehchekey bunelaa hiyvey. Anonymous, mi dhuniyeyga ulhey iru aharumen kanthah kuran jeheny aharumenge hiy edheyhaa gothakah noon. Aharumennah rangalhu hen heevaahaa kanthahthakaky rangalhu kankamah nuve hingaidhaane. Aharumen heyo nubai vaki kuran dhenegannany Quran aai sunnatun. jana eyge aleega kameh saabithu kohdheefiyas jana akah hiyeh nuvey anonymous ah qabool kureveyne henneh. eyah vure bodah thi hiry jana ah nuruhun vefahen heevany. ehenvyma emme rangalhu vaany hiley anhenunna firihenunna dhemedhuga gulhun onnan vy goiy anonymous dheeny ilmuverieh gaathun ahaalun.
      jana eggothakahves ishaaraatheh nukuran moonu buruga elhumaky vaajibekey nuvatha sunnathekey. ekahala evves vaahaka eh liyevunu handhaaneh nuvey.
      Anonymous, Yunus noolhe ey nukerigenne. kureege bayakun ves eyna amilla ah noontha bahdhaaly? meega ves Yunus amilla ah noontha Nasra ge gaathah ai? dhen mi bai in kanthah vy gothun ithurah kairi nuvevuny.
      jana bunelan beynunvany anonymous ge hurihaa faadu kiyunthah jana balaigane ithurah faruvaatheri vaan masakkaiy kuraanamey. ekamaku kiyuntherin russanves jana ah nukureveyne kameh eba oiy. ey mi vaahakain jana genesdheyn ulhey rangalhu vaahaka akah badhaleh genaun. ehen hurihaa kameh badhalu kureveytho balaanan In Sha Allah 🙂

  44. hmmm says:
    August 17, 2015 at 3:37 pm

    Dhemafirin ulhey iruves eh ves onnanjehey gaigulhumehnei. Vakin eh geyehga ulhey iruves. Dhemeehun ehaa lobivaa iruves dhw. Dheeny baitha genehsa hurigoyi v reethi

    1. jana says:
      August 17, 2015 at 9:46 pm

      Dhemafiringe vaahaka ah jana bunelan othy dhen anna baithakuga rangalhu kolleveytho balaanamey. In Sha Allah. Alhamdhulillah 🙂

  45. D says:
    August 17, 2015 at 5:00 pm

    i have been reading this story from the beggining qnd this is the first time i am seeing a negative comment. well they are jot negative comments actually that is what the readers opinion. so jana instead of taking those comments as ‘negative’ you should improve what they are saying that’s beneficial for all the writers. some writers get angry when they see something not positive. i think that should be taken into account as well. thos is my opinion. thankyou!!!

    1. jana says:
      August 17, 2015 at 9:48 pm

      Yes D. i take all of them into consideration. i mustnt get angry at the readers. i’m writing this story for the benefit of myself and the readers. Their criticisms will help me improve In Sha Allah. i have to work with my readers to make this project a success. Thats what i believe.

  46. Raya says:
    August 17, 2015 at 5:02 pm

    reethi kudakoh rom bai thah ves include kohlan feney eyrun intrstn vaane kanneyge

    1. jana says:
      August 17, 2015 at 9:49 pm

      hehehe Raya. Dhen balamaa hingaa dho thi kamaa medhu jana kuraane kamakaa medhu 😛 Alhamdhulillah 😀

  47. bubbly says:
    August 17, 2015 at 10:37 pm

    hey jana thanks for uploading this kind of sotry. n thanks for Shabee, shaan, elsa n barbie. after seeing ur comment i want read this story. 🙂

  48. mary says:
    August 17, 2015 at 10:41 pm

    Vaahaka ehaa rom noon veema readers ah kamu nudhanee asslu dhen ann part thankolheh rom kollaa eyrun ok vaane

  49. Hike says:
    August 18, 2015 at 12:47 am

    rom O!!!! hahahaha:p

  50. Naan says:
    August 18, 2015 at 12:59 pm

    Amuko kura kantha vs eha detail ko nugenesdenya readers ah kamaku nudane. Mee mi va gothaky. Nw vahakathakuga kiyalan nukerey vara thiya buna rom baitha. So jana mikama visnachey. Ekm nulashekey eh noon mi bunt. Limit hifahatashey. Jana is da best. Maasha Allah

  51. SAMA says:
    August 18, 2015 at 1:22 pm

    Jana is the best… Masha Allah… waiting for the next part…

  52. shiu says:
    August 18, 2015 at 2:57 pm

    Mashah mahssala akah faahaga vanee vaahaka up vaaleh las vefa anna iruves vaahakaage bodubaeh kuree part ge bayakah vefa onnaathee. So ekan rangalhu kohllaba. Ehaa dhigu koh kuree part ge bai nugenayas ok vaane ehnnu.

  53. eemaa says:
    August 18, 2015 at 5:55 pm

    mivaahaka v reethi. hama marriage ga wes mihen dhimaa wedhaane, am an example 🙂 it took 2 years us to behav normal as partners. we sleep in one room, bt never do anyting like tht. firimeehaa wes v heyo. hama tlk wes kurey, majaa wes kurey. and finally, after 5 yrs, now v hav a kid 🙂 so, mee hama wedhaane gotheh

    1. Pizza says:
      August 18, 2015 at 7:46 pm

      Thee vedhaane evves ihusaaseh nethy kamah 😛

    2. ibbe says:
      August 18, 2015 at 10:10 pm

      hehe. wedhaane dho ekaku anekaku dhas kuran vaguthu dhiny kamah wes. ihsaas hunnaane thaa dho :p

    3. shabee says:
      August 18, 2015 at 10:17 pm

      Hehehe dhas kuran 2 yrs? Really. Mihaaru rahtehi vegen ulhey kudhin ves 2 dhuvas therey tish tish?

  54. eemaa says:
    August 18, 2015 at 5:58 pm

    asluwes mihaathanah mihaa reethi informative vaahaka eh nukiyan, unmeedhu kuran kiyavaa kudhinnah rangalhu message eg anna part ga libeyne kamah 🙂

  55. Shabee says:
    August 18, 2015 at 10:41 pm

    Moya vegentha 2nd shabee thiulhenee?? Beykaaru vaahaka liyuan/ hadi EHCHEHI liyan EHN name eh use KURAN v nun??? EYNA LIYEFA in comment ga name fetteyneee vex simple S akun… Ok

    1. shabee says:
      August 18, 2015 at 10:50 pm

      Kihaa bodu undhaguleh kaley aa hedhi. Magey namey ey. Kaley bunyma mavee DNR ah gos mage nan badhal kurantha. Farah dhey

  56. smile says:
    August 19, 2015 at 10:31 am

    Jana today aku nooon Tha next part up vane…… Waiting waiting

Comments are closed.


All Right Reserved!