Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެސް.އެމް.އެސް.*****(5)

GOLDENPEN0555 Level 110 Stories
August 14, 2015 5 Mins Read
50 Comments

 

” އައިލަވްޔޫ. ސަމް.” އަހަންނަށް ފެނުނީ އެޖުމްލައެވެ. ރަނގަޅަށް ފޮޓޯގަނޑު ބަލާލަން އުޅެނިކޮށް ބޮސް އަހަންނަށް ގުޅައިފިއެވެ. އެހެންވެ އަވަސް އަވަހަށް ފޮޓޯ ގަނޑު ސިޓީއުރައަށްލުމަށްފަހު ފޯންނެގީމެވެ.

” ކޮބާ. ހުރިހާ ކަމެއްނިމުނީތަ؟” ބޮސް އަނހާލިއެވެ.

” އާދެ. ނިމިއްޖެ.” އަހަރެން ބުނީމެވެ.

” ދެން އަވަހަށްދޭ ގެއަށް. ހަނދާންކޮށް މިރޭ މާޔާ ރިސީވްކުރާތި.” ބޮސް އެހެން ބުނެފައި ފޯން ބޭއްވިއެވެ.

އަހަރެން އަވަސް އަވަހަށް މާޔާގެ ކޮޓަރިން ނިކުމެގެން ދިޔައީމެވެ. ލިފްޓުން ތިރިއަށް އަހަރެން ފޭބިއިރު ކުރިން ދިމާވި ފިރިހެން މީހާ އިނީ އަހަރެންގެ އިންތިޒާރުގައެވެ. އޭނާގެ އަތަށް ތަޅުދަނޑި ދީފައި އަހަރެން ސައިކަލުގައި ގެއާއި ދިމާލަށް މިސްރާބް ޖެހީމެވެ.

އަހަރެން ގެއަށް ވަންއިރު މަޣްރިބް ނަމާދުކޮށްގެން އަޔާން އިނީ ޤުރުއާން ކިޔަވާށެވެ. އަހަރެން ވަރަށް އުފާވިއެވެ. އެއީ އަހަރެން ދެކެން އަބަދުވެސް ބޭނުންވާ މަންޒަރެވެ. އަމިއްލައަށް އިސް ނަގައިގެން ކިޔެވުމަކީ އަހަރެންގެ ދަރިންގެ ގައިގައި ހުންނަން ޖެހޭނެ އެއް ސިފައެވެ، ދީނީ ކަންތައްތަކަށް އިސްކަންދިނުމާއިއެކު ތަޢުލީމް ޙާޞިލްކުރުމަށް މަސައްކަތް ކުރުމަކީ އަޔާންގެ އުފަލެކެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަންނަށް ނުލިބުނު ހުރިހާ މޮޅަކާއި އުފަލެއް އަޔާންއަށް ލިބެންޖެހޭނެވެ.

” ރީތިކޮށް ކިޔަވާތި.” އަޔާންގެ ބޮލުގައި ފިރުމާލަމުން އަހަރެން ބުނީމެވެ.

” ލައްބަ ބައްޕާ.” އަޔާން މަޑުމަޑުން ބުނެލިއެވެ.

އަހަރެން ކޮޓަރިއަށް ވަންއިރު ލީނާ އުޅެނީ ނަމާދުކޮށެވެ.ކުޑަ ދަރިފުޅު އޮތީ ނިދާފައެވެ. އަހަރެން މަޑުމަޑުން ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލީ ބޮސް ދިން ސިޓީއުރަ ޑްރެސިންގ ޓޭބަލްގެ މަތީބައި ބޭއްވުމަށް ފަހުގައެވެ .އަހަރެން ހިތަށް އެރިއެވެ. ބޮސް ބުނިހެން ސިޓީ އުރަ ކަނޑާނީ ހުކުރު ދުވަހުގައެވެ. އެދުވަސް އޮތީ މާ ދުރުގައެއްނޫނެވެ. އެއީ މާދަމާއެވެ. އެހެންވެ މާ ބޮޑު ސަމާލުކަމެއް ސިޓީ އުރައަކަށް އަހަރެން ނުދެމެވެ. އޭގައި އޮތް އެއްޗެއް އޮވެދާނެއެވެ. ބޮޑު ވަރަކަށް ވިއްޔާ އޮންނާނީ ވަޒީފާއިން ވަކިކުރި ވާހަކަ ނޫން ހެއްޔެވެ؟ ނޯނީ ނޯޓިސް ދިން ވާހަކަ ނޫން ހެއްޔެވެ؟ ކޮންމެވެސް އެއް ވާހަކައެއް އޮންނާނެ ނޫން ހެއްޔެވެ؟ ވާގޮތެއްވީމަ، ދެން އެކަމާއި ވިސްނީމަ ހުންނާނީ އެންމެ ރަނގަޅަށެވެ.

އިރުކޮޅެއް ފަހުން ފެންވަރާ ހަމެޖިލީމެވެ. ދެން މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުތީމެވެ. އޭރު ލީނާ އިނީ ކާމޭޒުކައިރީގައި އަހަންނަށް ސައި ތައްޔާރުކޮށްގެން އިންތިޒާރުގައެވެ.

” ހާދަ ލަހުން ގެއަށްއައި ދުވަހެއް. އޮފީހުގަ މާބިޒީވީތަ އަނެއްކާ؟” ލީނާ މަޑުމަޑުން ސުވާލުކޮށްލިއެވެ.

” ރަނގަޅަށް ތިބުނީ؟ ބޮސް ބުނެގެން އޮފީސް ނިމުނީމަ އެގޭގެ މަސައްކަތެއްކޮށްފަ މިއައީ. އަދި މިރޭ އެބަޖެހޭ އެއަރޕޯރޓަށްދާންވެސް.” އަހަރެން ބުނީމެވެ.

” ކީއްކުރަންތަ އެއީ؟” ލީނާ ސުވާލުކޮށްލިއެވެ.

” ރާއްޖޭން ބޭރުން ބޮސްގެ ދަރިފުޅު އަންނާތީ އޭނަ ރިސީވްކުރަން.” އަހަރެން ބުނީމެވެ.

” ބައްޕަ އެއަރޕޯރޓަށް ދާއިރު އަޅުގަނޑު ގެންދައްޗޭ.” އަޔާން އައިސް ބުނެލިއެވެ.

” މަންމަ ހުއްދި ދިނިއްޔާ އޯކޭ ” އަހަރެން ލީނާއަށް ބަލާލަމުން ބުނީމެވެ.

” އޯކޭ. ބައްޕަ ގެންދަން ހުރިއްޔާ ހަމަ ދާންވީ.” ލީނާ ބުނެލިއެވެ.

” ޝުކުރިއްޔާ މަންމާ.” އަޔާން ހެމުން ބުނެލިއެވެ.

އަހަރެން ކުޑަ ގޮތަކަށް ސައިބޯލީމެވެ. ދެން ގަޑިއަށް ބަލާލީމެވެ. ކަމަކު ދާކަށް ނެތެވެ. އިޝާނަމާދަށް ގޮވަން ކައިރިވަނީއެވެ. މަސައްކަތާއި އުޅެން ހަދައިގެން ނަމާދުގެ މަތިންވެސް ހަނދާންނެތިއްޖެއެވެ. ވަގުތުގެއްލުމުގެ ކުރިން ނުކޮށް އިން ނަމާދު ކުރުމަށް އަވަސްވެގަތީމެވެ. އެހެންވެ އަވަސް އަވަހަށް ވުޟޫކޮށްލައިގެން ނިކުމެ އަޔާން ގޮވައިގެން އަހަރެން ދިޔައީ މިސްކިތަށެވެ.

އަހަންނާއި އަޔާން އެއަރޕޯޓަށް ދިޔައީ ދިހަގަޑި ބައިގައެވެ. އޭރު އަދި ސިންގަޕޯރ އެއަރލައިންސް ނުޖައްސައެވެ. އެހެންވެ އަހަންނާއި އަޔާން މަޑުކޮށްލައިގެން ތިބީ އިންފޮރމޭޝަން ޑެސްކު ކައިރީގައެވެ. ކުޑަ އިރުކޮޅެއް ފަހުން ސިންގަޕޯރ އެއަރލައިންސް ޖެއްސިއެވެ. އެހެންވެ މަޑުމަޑުން އަހަރެމެން ދެމީހުން ދިޔައީ އެރައިވަލް ދޮރުގެ ކުރިމައްޗަށެވެ. ގޮސް އެތަނުގައި މާޔާގެ އިސްތިޤްބާލުގައި މަޑުކޮށްގެން ތިބީމެވެ.

ކުއްލިއަކަށް އެރައިވަލް ހޯލުން ނުކުތީ އަހަރެންގެ ބޭބެއެވެ. ސިންގަޕޯރ އެއަރލައިންސް ގެ ފަސްޓްކުލާސް ޓެގް އަޅުވާފައިވާ އެލް.ވީ ދަބަސް ދަމަމުން އޭނާ ނިކުތީ ވަރަށް ހަމަޖެހިގެންނެވެ. ބޭބެގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އެތަން ފެނުމުން އަހަރެންވެސް އުފާވިއެވެ. ބޭބެ އަހަންނަށް ކޮންމެގޮތެއް ހެދިޔަސް އަބަދުވެސް ބޭބެއުފަލުގައި ލަހައްޓަވާތޯ އަހަރެން ދުޢާކުރަމެވެ.

” ބޭބޭ. ބޭބެ.” އަޔާން ގޮވާލިއެވެ.

އަހަރެންގެ ބޭބެ އަޔާނަށް ބަލާލުމަށްފަހު މޫނު އަނބުރާލިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. ބޭބެ އަޔާންއާއި އަނގައިން ނުބުނެ ދިއުމުންނެވެ. އަހަރެންދެކެ ބޭބެ އިންތިހާޔަށް ރުޅި އެރިޔަސް ހެވެވެ. އެކަމަކު އަހަރެން ހީކުރީ ބޭބެ އަޔާންދެކެ ލޯބިވާނެކަމަށެވެ. މީހުން ބުނާތީ އަޑުއަހަމެވެ. ކުޑަކުދިންނަކީ މީހުން ލޯބިވާ ބަޔެކެވެ. ޖެހޭ މައްސަލަތަކެއް ޖެހޭނީ ބޮޑެތި މީހުންގެ ތެރޭގައެވެ. އެކަމުގެ ތެރެއަށް މައުޞޫމް ކުޑަކުދިން ނުވައްދާށެވެ. އަހަންނަށް ވަރިހަމައެވެ. އަހަރެން އަޔާންގެ މޫނަށް ބަލާލީ އެ ވިސްނުމުގެ ތެރޭގައެވެ. ބޭބެ އޭނާއާއި އަޅާނުލާ ދިއުމުން އެމައުޞޫމު މޫނުގެ ކުލަވަރު ބަދަލުވިކަން އަހަންނަށް އެނގުނެވެ.

” ހާދަ ފޮނި ބޭބެއެކެދޯ އެއީ. ކޮއްކޮ ގޮވާލީމަ ބަލާވެސް ނުލާ އެދިޔައީ.” އަޔާން ދެރަވެގެން ބުނެލިއެވެ.

” ދަރިފުޅު އެކަމާއި ދެރަނުވޭ.” އަޔާންގެނެސް ގަޔާއި ކައިރިކޮށްލަމުން އަހަރެން ބުނީމެވެ.

” ސަލާމް.” އަހަރެން ސިއްސައިގެން ދިޔައީ ކުއްލިއަކަށް އަންހެން ކުއްޖަކު އެހެން ގޮވާލުމުންނެވެ. އަހަރެން ބަލާލީމެވެ. އޭރު ބޮސްގެ އަންހެންދަރި މާޔާ އެރައިވަލް ގޭޓުން ނުކުމެގެން އަންނަނީއެވެ. މާޔާ އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ.

” ކިހިނެއްތަ ސަލާމް؟ އަދިވެސް ހަމަ ބައްޕަގެ ވަޒީފާގަތަ ތިއުޅެނީ .މިހާރު ދިހަވަރަކަށް އަހަރުވަނީދޯ ތި ވަޒީފާގަ.ހާދަ ރަނގަޅޭދޯ ސަލާމް.” މާޔާ އައިސް ސަލާމް ކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

” ރަނގަޅު. އެކަމަކު ކިހިނެއްތަ މާޔާއަށް ތިހުރިހާ އެއްޗެއް އިނގުނީ؟” އަހަރެން ކުރު ޖުމްލައަކުން ފުއްދާލިމެވެ.

” ހާދަ ހަނދާން ބައްޔޭދޯ ސަލާމް. ދިހަ އަހަރުކުރިން އަހަރެން ސިންގޕޫރަށް ކިޔަވަންދާންވެގެން ފުރުވަންވެސް އައީ ހަމަ ތިސަލާމް. ދޮގެއްތަ މީ؟” މާޔާ އެބުނީ ދޮގެއް ނޫނެވެ.

” ހާދަ ހަނދާން ގަދަޔޭދޯ.” އަހަރެން ބުނީމެވެ.

” ދެން އެވާހަކަ ނުދައްކާ. ކޮން ކުއްޖެއްތަ މީ؟” މާޔާ ސުވާލުކޮށްލިއެވެ.

” ތީ އަހަރެންގެ ފިރިހެން ދަރިފުޅު އަޔާން.” އަހަރެން ބުނީމެވެ.

އަހަރެން އެހެން ބުނުމާއިއެކު މާޔާ އަޔާންގެ ކޮލުގައި ކޮއްޓާ ސަކަރާތްޖަހާލިއެވެ. ދެން މަޑުމަޑުން އަޔާންގެ ގައިގައި ބައްދާލިއެވެ. އަޔާން ގަތް ލަދުން އޭނަގެ މޫނު ރަތްވިކަން އަހަންނަށް އެނގުނެވެ. ވާނީވެސް އެހެންނެވެ. އަޔާންއަކީ މީހުންނާއި އެހާ ގައިގޯޅިވާ ކުއްޖެއްނޫނެވެ. އަނެއްކޮޅުން މާޔާ އަޔާނަށް ފެންނާނީ ދާދި ދެންމެއަކުއެވެ. ކުއްލިއަކަށް މާޔާ އަޔާންގެ ގައިގައި ބައްދާލުމުން އަޔާންނަށް ޝޮކެއްލިބުނުކަހަލައެވެ. އަހަރެން އެކަން މާބޮޑުކަމަކަށް ނަހަދަމަވެ. މާޔާއަކީ ކުޑަކުދިންދެކެ ލޯބިވާ މީހެއްކަން އަހަންނަށް އެނގުނެވެ. އަނެއްކޮޅުން އަހަރެންގެ އަޔާންއަކީ މީހުން ލޯބިވާކަހަލަ މައުޞޫމް މޫނެއް ލިބިފައިވާ ކުއްޖެކެވެ. އެކަމަށް ޝުކުރުކުރާ ކުއްޖަކު ކަމުގައި އަޔާން އަބަދުވެސްވެއެވެ. މާޔާ އަޔާންގެ ގައިން ދޫކޮށްލީ ކުޑަ އިރުކޮޅެއް ފަހުންނެވެ. މާޔާ ދޫކޮށްލުމުން، އަޔާން ބަލަހައްޓައިގެން ހުރީ ޙައިރާންވެފައެވެ.

” އަޔާން. މީދައްތައެއް ކަމަށް ހީކޮށްލާ.” އަޔާންގެ ބޮލުގައި ފިރުމާލަމުން މާޔާ ބުނެލިއެވެ.

” ޝުކުރިއްޔާ.” އަޔާން މަޑުމަޑުން ބުނެލިއެވެ.

މާޔާގެ ދަބަސް އަޅާފައިވާ ޓްރޮލީ ހިފައިގެން އެއަރޕޯރޓް މުވައްޒަފަކު ނުކުތީ އެހިސާބުންނެވެ. މާޔާގެ ލަޖެގްތައް އައުމުން އަހަރެން އެތަކެއްޗާއި ޙަވާލުވީމެވެ. ދެން މަޑުމަޑުން މާޔާ ފުރަން ހަމަޖެހިފައިވާ ލޯންޗާއި ދިމާލަށް ހިނގަން ފެށީމެވެ. އަޔާންގެ އަތުގައި ހިފައިގެން މާޔާ ހިނގަމުން ދިޔައެވެ. އަހަރެންގެ ހިތަށް އެރިއެވެ. މާޔާ މީ ހާދަ ރަނގަޅު މީހެއްތާދޯއެވެ. މާޔާ ކުޑަކުދިން ދެކެ ވަރަށް ލޯބިވޭދޯއެވެ. އަޔާންވެސް މާޔާ އޭނާގެ އަތުގައި ހިފައިގެން ހިނގަމުން ދިއުމުން ޝަކުވާއެއް ނުކުރިއެވެ.

” އަޔާން ބޭނުންތަ އެއްޗެއް ކާލަން.މިތާގަ ހުންނާނެ އައިސް ކުރީމް. ބާގަރ. ދެންވެސް ވަރަށް މީރު އެއްޗެހި.” އަޔާނަށް ބާގަރކިންގ ރެސްޓޯރަންޓް ދައްކާލަމުން މާޔާ ބުނެލިއެވެ.

” ބައްޕަ ހުއްދަ ދިނިއްޔާ އޯކޭ.” އަޔާން ބުނެލިއެވެ.

” ސަލާމް. އަހަރެން ބޭނުން އަޔާނަށް ކާންދޭން މިތަނުން. އޯކޭތަ؟” މާޔާ އަހަންނަށް ބަލާފައި ސުވާލުކޮށްލިއެވެ.

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. ދެން އަހަރެމެން ތިން މީހުން ވަނީ ބާގަރކިންގަށެވެ. އަޔާން ބޭނުން ހުރިހާ އެއްޗަކަށް މާޔާ އޯޑަރު ދިނެވެ. ކޮންމެ އެއްޗަކަށް އޯޑަރު ދިނުމުގެ ކުރިން އަހަރެންގެ އިޒުނަޔަށް އަޔާން އެދުނެވެ. އެކަމާއި މާޔާގެ ގާތަށް ވަރަށް ހިނިވެސް އައެވެ. އަހަރެން ބޯލީ ޖޫސް ތައްޓެކެވެ. އަޔާން ނެގީ ނޯޑްލިސް ތައްޓަކާއި އައިސްކުރީމެވެ. އަޔާން ބުއީ ފްރެޝް އޮރެންޖެ ޖޫހެކެވެ. އަހަރެމެން ތިން މީހުން ކެއުމުގެ ތެރޭގައި ވާހަކަ ދައްކަމުން ދިޔައީމެވެ. މާޔާ ވަރަށް ވާހަކަ ދެއްކިއެވެ. ސިންގަޕޫރުގައި ކިޔަވަން ހޭދަކުރި ދުވަސްތަކުގެ ވާހަކައެވެ. އަޔާން ވަރަށް ފުންކޮށް މާޔާގެ ވާހަކަތައް އަޑުއަނހަމުން ގެންދިޔައެވެ. މީހަކު ކިޔަވާ ވާހަކަ ދައްކަނިއްޔާ އެކަމަށް ކަނުލާ އަޑުއެހުމަކީ އަޔާން އަބަދުވެސް ކުރާކަމެކެވެ.

” އަޅުގަނޑުވެސް ހިތަށް އަރާ ބޮޑުވެގެން ސިންގަޕޫރަށް ގޮސް މޮޅަށް ކިޔެވޭނެ ނަމަޔޭ؟” އަޔާން ބުނެލިއެވެ.

” ހުވަފެން ދެކެނިއްޔާ ޙަޤީޤަތަކަށްވާނެ. މަސައްކަތްކޮށްފަ ދުޢާކުރޭ.” މާޔާ ބުނީ ދޮގެއްނޫނެވެ.

އަހަރެމެން ކައިނިމިގެން މާޔާގެންގޮސް ލޯންޗަށް އެރުވީއިރު ބާރަ ޖަހަން ކައިރިވަނީއެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރެމެން ދެމީހުން ލަސްވެގެން މިހާރު ލީނާ އުޅޭނެއެވެ. އެހެންވެ މާލެ ދާ ވާހަކަ ލީނާއަށް އަހަރެން މެސެޖަކުން އަންގާލީމެވެ.

ފެރީ މާލެ އާދެވެދެންދެން އަޔާން ދެއްކީ މާޔާގެ ވާހަކައެވެ. މާޔާ އެއީ ކިހާ ރަނގަޅު ދައްތައެއްހޭ ކިޔާ ވަރަށް ވާހަކަ ދެއްކިއެވެ. އަހަރެން އެހާ ގިނަ ވާހަކައެއް ނުދައްކަމެވެ. އަޔާން ހިތްހަމަޖެހޭނެކަން އިނގެއެވެ. ޙަޤީޤަތުގައި އަހަރެން އަޔާން އެއަރޕޯރޓަށް ގެނައީ ގެންނަ ހިތުންނެވެ. ބޮޑުވަމުން އަންނަ ކުއްޖަކަށް ކޮންމެވެސް ވަރަކަށް މުޖުތަމަޢު ތެރޭގައި ހިނގާ ކަންތައްތައް ދައްކާލުމުގެ ގޮތުންނެވެ. އަހަރެން ދެކޭގޮތުގައި އަބަދު ފޮތެއް ހިފައިގެން ކިޔަވަން ގޭތެރޭގައި އޮތަކަސް އެނިމުނީއެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ދަރިން ގޮވައިގެން މުޖުތަމަޢު ތެރޭގައި އުޅޭނެގޮތް ދަސްކޮށްދިނުމަކީވެސް ތަޢުލީމްގެ އެއް ބައެވެ.

އަހަންނާއި އަޔާން ގެއަށް ދިޔައިރު ލީނާ އޮތީ ނިދާފައެވެ. އެހެން ލީނާ އަށް އުދަނގޫ ނުކޮށް އަހަރެން ނިދަން ޖައްސާލީމެވެ. ދެން ހަނދާންވީ ބޮސްދިން ސިޓީ އުރައިގެ މަތިންނެވެ. ހިތަށް އެރިއެވެ، މިހާރު ގަޑިން ރޭގަނޑު ބާރަ ޖަހާ ބޮޑުވީއެވެ. ދެން އެސިޓީ އުރަ ކަނޑަން ވީއެވެ. އަނެއްކާ ޚިޔާލު ބަދަލުވިއެވެ. ސިޓީ އުރަ ކަނޑާނީ މާދަމާމާއެވެ. މިގަޑީގައި ދެން ނިދާލަންވީއެވެ. އެހެންވެ ކުޑަ މަންޖެގެ ކޮލަށް ދޮނެއް ދިނުމަށްފަހު އަހަރެން ނިދީމެވެ.

އަހަރެން ހޭލިއިރު އަޔާން އޮތީ ސަޖިދައިގައެވެ. ގަޑިއަށް ބަލާލީމެވެ. ނުވަގަޑި ބައިވަނީއެވެ. ހިތަށް އެރިއެވެ. އަޔާން އެކުރަނީ ކޮން ނަމާދެއް ހެއްޔެވެ؟ އަހަރެން އަޔާން ގޮވައިގެން ރޭ ފަތިސް ނަމާދަށްދިޔަ ހަނދާންވެސްވެއެވެ. އަނެއްކާ އިތުރަށް އަޔާން މިނަމާދު ކުރަނީ ކީއްވެގެން ހެއްޔެވެ؟

” މުދައްރިސް ބުނެފަ އޮތރީ މާތް ﷲ ނިޢުމަތެއް ދެއްވީމަ ޝުކުރުކުރަން ޖެހޭނޭ. އެހެންވެ އަޅުގަނޑު ޝުކުރުގެ ދެރަކުޢަތް ނަމާދެއް މިކުރީ.” އަހަރެން ޙައިރާންވެގެން ބަލަން ނަމާދުން އަވަދިވެގެން އައިސް އަޔާން ބުނެލިއެވެ.

” އަނެއްކާ ކިހިނެއްތަވީ؟ ލިބުނީތަ މާ ބޮޑު ނަޞީބެއް ނުވަތަ އުފާވެރި ޚަބަރެއް؟” އަހަރެން ސުވާލުކޮށްލީމެވެ.

” މިހެން ވީމާ އަޅުގަނޑު ޝުކުރުގެ ނަމާދުކުރާނެދޯ.” އަހަރެންގެ އަތަށް ސިޓީއުރައެއް ދިއްކޮށްލަމުން އަޔާން ބުނެލިއެވެ.

އަޔާން ދިން ސިޓީއުރައަށް އަހަރެން ބަލާލީމެވެ. އެއީ ކުރީ ދުވަހު ބޮސް އަހަންނަށް ދިން ސިޓީ އުރައެވެ. އެސިޓީ އުރަ އަހަރެން ކަނޑާލީމެވެ. ސިޓީ އުރައިގައިވާ އެއްޗެއް ފެނުމުން އަހަރެންގެ ހިތް އުފަލުން ފުރުނެވެ.

ނުނިމޭ

Share Article

Follow Me Written By

GOLDENPEN0555

Level 110 Stories

Other Articles

Previous

ހަދިޔާ (4 ވަނަ ބައި)

Next

ޝުކުރިއްޔާ ***** (4)

Next
August 14, 2015

ޝުކުރިއްޔާ ***** (4)

Previews
August 14, 2015

ހަދިޔާ (4 ވަނަ ބައި)

50 Comments!

  1. Shaan says:
    August 14, 2015 at 10:33 pm

    Nice

  2. Shaan says:
    August 14, 2015 at 10:34 pm

    Elsa nd shabee! M frst?????

    1. Barbie says:
      August 14, 2015 at 11:08 pm

      Haadha goahey. Barbie ah nugivaa. Varah foohi ey

  3. Shabee says:
    August 14, 2015 at 10:42 pm

    Dhen shaan keehvetha shabee n elsa aa abadhu thi challenge kuranee??? Vrh reethi ingey mibaivex…. love it 😀 n m 2nd shaan blllllllll 😉

    1. shaan says:
      August 15, 2015 at 5:56 pm

      because I luv two of u , ummmmmmmmmmmwah

    2. Shaan says:
      August 17, 2015 at 7:08 pm

      Idiot… My second shaan pls stop it

  4. Shabee says:
    August 14, 2015 at 10:53 pm

    Shaan plx ehkala thanah dheybala!!

  5. ken? says:
    August 14, 2015 at 10:54 pm

    Curious to know wat wud b in de letter…mmmmmmm may b a promotion…
    Story v reethi….bt lahun up vanee…?

  6. yaanu says:
    August 14, 2015 at 11:14 pm

    Avas update beynun

  7. elsa says:
    August 14, 2015 at 11:18 pm

    alhe shabee kon thaakah dhaan vy , i forgot

  8. elsa says:
    August 14, 2015 at 11:19 pm

    shabee , barbie shaan elsa , group emmen hama dhuvaheh dw , hurrrey ,

  9. elsa says:
    August 14, 2015 at 11:23 pm

    alhe plzz shaan burn dhen 2 bees’ buneba where should i hav to go , plzzzz

  10. stranger says:
    August 14, 2015 at 11:26 pm

    Traders. You go

  11. elsa says:
    August 14, 2015 at 11:27 pm

    dhen alhe plzz shaan , shabee n barbie girl , mmm , mi story vr salhi

  12. Shabee says:
    August 14, 2015 at 11:28 pm

    Elsa mithaa buneema kada vaane..eyrun emmenah engeyne… dhen Kihineh hadhaanee??

  13. stranger says:
    August 14, 2015 at 11:30 pm

    Nuvane… denbunebaa. Pls

  14. Shabee says:
    August 14, 2015 at 11:31 pm

    Elsa u can look,hijra e story ge kommes prt ehgga shabee bunefa innaane…balaalaa ingey 🙂

    1. stranger says:
      August 14, 2015 at 11:34 pm

      Kitah vana partga inany

  15. stranger says:
    August 14, 2015 at 11:31 pm

    U alll meet whr i also go ok. I gv coffee.

  16. stranger says:
    August 14, 2015 at 11:32 pm

    Ok. Mi balany

  17. Shabee says:
    August 14, 2015 at 11:33 pm

    Mihaaru stranger vex beynun v tha? Omg 😮

    1. stranger says:
      August 14, 2015 at 11:37 pm

      Kobatha shabee

  18. stranger says:
    August 14, 2015 at 11:35 pm

    Yes… aslu kythivany. Angalabala… eyrahdw helpeaves varaleveyny…

  19. stranger says:
    August 14, 2015 at 11:36 pm

    Helpeaves vahtaleveyny

  20. elsa says:
    August 14, 2015 at 11:39 pm

    hmm igihje , bt migadiak nudheveyne , dhevey irakun dhaanan , ok tha ?

  21. stranger says:
    August 14, 2015 at 11:41 pm

    Ok. I ll also go. Thank you

  22. elsa says:
    August 14, 2015 at 11:42 pm

    eyy burn aa fahary aa eba ulheytha chabee , stranger , vr strang vaane dw , lol

  23. stranger says:
    August 14, 2015 at 11:45 pm

    No i am v friendly… elsa thank you

  24. stranger says:
    August 14, 2015 at 11:46 pm

    Elshabeee where are you

  25. elsa says:
    August 14, 2015 at 11:46 pm

    alhe elsa akh neyngun , ethanah dhiya iru neh ekak ves , ammm , stranger dheyba hijra fahu prt ah , jaan rulhi eh naan naane , so both of us can chat

  26. elsa says:
    August 14, 2015 at 11:48 pm

    gosfintha

  27. elsa says:
    August 14, 2015 at 11:51 pm

    🙂 dhany igea stranger , good nigth

  28. stranger says:
    August 14, 2015 at 11:53 pm

    I went thrre but you no reply
    Why

  29. ebage says:
    August 15, 2015 at 1:20 am

    Touching story eh

  30. Wonder gurl says:
    August 15, 2015 at 2:24 am

    Wonder y u guys r chatting over here… y dont u guys chat on some social media… i think readers want to read coments about da story.. nd i guess writers need the same… so plz do a favor by stop comenting unrelated stuff here… thank u…
    The story is interesting… but lahy up vaaleh… keep it up writer…

  31. Emiliya says:
    August 15, 2015 at 2:25 am

    Pis pis pis miyoh kameh. Kuda kudhin hen heevany. Kaley men chat kuranya ehn thaakah dheybala. Mi site ah vannan ves bodu balaaakah vejjey

  32. fitte says:
    August 15, 2015 at 4:54 am

    varah salhi. ekam haadhalahey up vaaleh.. vaahaka liyaa kujjaa plx plx alhe thankolheh avahah up kohdheybala.. :*

  33. Crazi says:
    August 15, 2015 at 10:20 am

    Ah vaha update kohbala mi vahaka but v v v nice story

  34. nihaa says:
    August 15, 2015 at 10:54 am

    Nice…

  35. nuha says:
    August 15, 2015 at 3:41 pm

    piss piss mioh kameh…haadha kanthah bodu elsa ekey dhw…

  36. nuha says:
    August 15, 2015 at 3:42 pm

    hyvany dhuvahaku ves chat kuraane meehaku nulibey meehehhen…

  37. shifa says:
    August 15, 2015 at 3:43 pm

    nice story eh

  38. shaany says:
    August 15, 2015 at 4:40 pm

    Ayaan negee noodles akaa Ice cream eh. Ayaan buee fresh orange eh.Mee kihineh vee kamehbaa?????????????????

  39. finp says:
    August 15, 2015 at 10:53 pm

    Noodles kaefa juice bofa den ice cream bony..
    Ok

  40. Pizza says:
    August 18, 2015 at 1:33 am

    Koba aneh part ? dhn avahah up kurey

  41. mooko says:
    August 18, 2015 at 11:30 am

    plxxxxxxxxx next part up kohbaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  42. twotwo says:
    August 22, 2015 at 9:15 pm

    cant wait for the next part

  43. twins says:
    October 19, 2015 at 10:01 pm

    Kobaa ane part adives upload nukuray

  44. twins says:
    October 19, 2015 at 10:02 pm

    Nimunee ta now story

  45. Lucifer says:
    August 11, 2016 at 5:11 am

    kobaaaaaaaaaaheyyyyyyyyyyy aneh part

Comments are closed.


All Right Reserved!