Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދިމްޔާ ( 3 ވަނަ ބައި )

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 17, 2015 8 Mins Read
48 Comments

“ކިހިނެއްވީ އިމޫ….؟؟؟” ބޭރުމަގުން ދުއްވަމުންގޮސް ކުއްލިއަކަށް އީމަން ސައިކަލް ހުއްޓުމުން ރާކިން އަހާލިއެވެ. އީމަން ޖަވާބެއް ނުދެއެވެ. ރާޅުގަނޑު ސަރަހައްދާ ދިމާއަށް އިނގިލި ދިއްކޮށްލީ އެއްޗެއް ދައްކާލާ ފަދައިންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ރާކިން އެދިމާއަށް ބަލާލިއެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ކިތަންމެ ބޭނުންނުވިކަމުގައިވިޔަސް، ފިރިހެނެއްގެ ކޮނޑުމަތީ ބޯއަޅާލައިގެން އެއިނީ ނާޔާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ރާކިން ސައިކަލުން ފޭބިއިރު އޭނާގެ ދެއަތްވަނީ މުށްކެވިފައެވެ. އެތެރެހަށީގައި ރުޅިވެރިކަމުގެ އަލިފާން ރޯވެ އަނދަމުން ދިޔައިރު ވަށައިގެންވާ މާހައުލުގައި ހޭލަމޭލަވަމުންދާ މީހުންތައް އޭނާއަށް ނުފެންނަކަހަލައެވެ. ބާރު ސްޕީޑްގައި އޭނާ މިސްރާބުޖެހީ ނާޔާމެން ތިބި ދިމާއަށް ދިޔުމަށްޓަކައެވެ. ނަމަވެސް އީމަން ހުށިޔާރުކަމާއިއެކު ރާކިންގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“ރެކް… ކީއްކުރަން ތިއުޅެނީ…؟؟؟” ރާކިންއާއި ކުރިމަތިލަމުން އީމަން އަހާލިއެވެ. ރާކިންއަށް އީމަންއާއި ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“ކީއްކުރަންހޭ…. ބަލަ އިމޫ އަކަށް ނުފެނޭތަ ކުރިމަތިން ތިހިރަ ފެންނަމުންދާ މަންޒަރެއް…؟؟؟ އަހަންނަށް ހަމަ ޔަޤީން އެއީ ނާޔާ….” ނާޔާމެންނާއި ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލާލަމުން ރާކިން އީމަންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“ރެކް އަހަންނަށްވެސް އެނގެއޭ އެއީ ނާޔާކަން…. އެކަމަކު، ރެކް ވިސްނާލަބަލަ…. ވަށައިގެން މިވާ މާހައުލަށް ނަޒަރު ހިންގާލަބަލަ…. ރެކް ތިހުރީ އިންތިހާއަށް ރުޅިއައިސްފައި… އަހަންނަށް ހަމަ ޔަޤީން އެތަނަސް ގޮސް ބޮޑުކަންތައްގަނޑެއްކަން ހިންގާލާނީ… އޭރުން ހަމައެކަނި ނާޔާގެ އަގެއް ނޫން ވެއްޓޭނީ… ރެކްގެ އަގުވެސް ވެއްޓޭނެ….” އީމަން ބެލީ ރާކިންއަށް ވިސްނައިދީގެން އޭނާ އެތަނުން ގެންދެވޭތޯއެވެ.
“ހިނގާ ގެޔަށް…. މާދަން ނާޔާ އައީމާ ތަންކޮޅެއް ހަމަޖެހިލައިގެން ރުޅިމަޑުކޮށްގެން ވާހަކަ ދައްކާނީ….” އީމަން މިހެން ބުނުމުން ރާކިންވެސް އިތުރު ގަދަހެދުމެއް ނެތި ގޮސް ސައިކަލަށް އަރާ ނާޔާމެންނާއި ދިމާއަށް ބަލާލިއެވެ. އޭރު ނާޔާ އިނީ ގާތުގައި އިން ފިރިހެންމީހާއާއި އަތާއި އަތް ގުޅުވާލައިގެންނެވެ. ދެމީހުންގެ މޫނުމަތީގައިވާ ކުލަވަރުންނާއި ތުންފަތުގައިވާ ހިނިތުންވުމުން އެދައްކަނީ ކޮންމެވެސް މަޖާ ވާހަކައެއްކަން ރާކިންއަށް ޔަގީންވިއެވެ. އޭނާއަށް ބޭވަފާތެރިވި ކެހިވެރިއާއި ދިމާއަށް އިތުރަށް ބަލަން ބޭނުން ނުވުމުން ރާކިން އިސްޖަހާލިއެވެ.

ރާކިން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އީމަން ބުނި ބުނުމަށް ގެއަށް އައިސްފައިވެސް އޭނާ ނާޔާއަކަށް ނުގުޅައެވެ. އެހެން ނަމަވެސް އޭނާއަށް ވިސްނެމުން ދިޔައީ ނާޔާ އެގޮތަށް ކަންތައް ކުރަންވީ ސަބަބާއި ދޭތެރޭއެވެ. ނާޔާ އެހެން މީހަކާއި އެކީ އުޅެން ބޭނުންކަމުގައިވާނަމަ ރީތިކޮށް ބުނިނަމަ ނޫން ހެއްޔެވެ؟؟؟؟ ގައިމު ރާކިން ހެޔޮހިތުން ނާޔާ ދޫކޮށްލީހެވެ. އެހެނަސް ނާޔާ ބެވަފާތެރިވީއެވެ. ބޮޑު ކެހިވެރިއެކެވެ. މިވޭތުވެ ދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ނާޔާއަށް ބޭވަފާތެރިވުމުގެ ގޮތުން ޒައްރެއްގެ މިންވަރުގެ ކަމެއްވެސް ރާކިން ކޮށްފައެއް ނޯންނާއެވެ. އޭނާ ނާޔާއަށް ވަފާތެރިވުމަށްޓަކައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ އަމިއްލަ ނަފްސާއި، އަމިއްލަ ހިތާއި ދެކޮޅަށް ކިހާވަރަކަށް ހަނގުރާމަކޮށްފި ހެއްޔެވެ؟ އެއްވެސް ކުށެއް ނެތް މައުސޫމް އަންހެން ކުއްޖެއްގެ ހިތަށް އެތައް ގޮތަކުން އަނިޔާ ކޮށްފިއެވެ. އެންމެންގެ ތެރޭގައި އެކުއްޖާ ބަދުނާމުކޮށް ލަދުގަންނަވާލެވުނު ވަރު ގުނާ އަދަދު ކުރަންވެސް ނޭނގެއެވެ. އޭނާ މިހުރިހާ ކަމެއްވެސް ކުރީ ހަމަ ނާޔާއަށް ވަފާތެރިވުމަށްޓަކައެވެ. ދިމްޔާއަށްޓަކައި އޭނާގެ ހިތުގައި އުފެދެމުން އައި ލޯބީގެ ޖަޒުބާތުތަކުގެ ސަބަބުން ނާޔާއަށް ބޭވަފާތެރިވެވިދާނެތީއެވެ. މިހާވަރަށް ޤުރުބާންވެގެން ނާޔާއަށް ވަފާތެރި ވީމާވެސް އޭގެ ބަދަލު އޭނާއަށް ލިބުނުގޮތަކީ މިއީއެވެ.

ޖެހިގެން އައިދުވަހެވެ. ދިމްޔާއާއި ރުހާ އަދި ޖަޒްލީއިނީ ކުލާސްތެރޭގައި އޮލަވާހަކައެއްގައެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ދިމްޔާގެ މޫޑުވެސް ރަނގަޅެވެ. ދިމްޔާއަށް ދޮރާއި ދިމާއަށް ބަލާލެވުނީ އިއްތިފާގަކުންނެވެ. އެއްގޮތަކަށްވެސް ރާކިން އަންނަކަން އެނގިގެނެއް ނޫނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވެގެން ދިޔަ ވަގުތު ދިމްޔާ އަވަސްއަވަހަށް ދުރުބަލާލިއެވެ. ރާކިންގެ ހިތަށް ތަދުވިއެވެ. މިހާރު ދިމްޔާ ރާކިންއަށް ނަފްރަތު ކުރާވަރު ރާކިންއަށް އަންދާޒާ ކުރެވުނެވެ. މިހުރިހާ ކަމެއްވެސް މިގޮތަށް މިވަނީ ހަމަ ނާޔާގެ ސަބަބުންނޭ ރާކިންގެ ހިތަށް އެރިއެވެ.
” އޭ ދިމް… މިހާރު ދުވަސްކޮޅެއްވެއްޖެ ދޯ ރާކިން ދިމްއަށް ރޯޅިއެއް ނުބާލާތާ….” ރާކިން ގޮސް ގޮނޑީގައި އިށީންތަން ފެނި ދިމްޔާގެ ގާތުގައި އިން ޖަޒްލީ ބުނެލިއެވެ. ޖަޒްލީ މިހެން ބުނުމުން ރުހާގެ އިތުރުން ދިމްޔާއަށްވެސް ރާކިންއާއި ދިމާއަށް ބަލާލެވުނެވެ. ރާކިންގެ މިޒާޖަށް އައިސްފައި އެވާ ބަދަލް ދިމްޔާއަށްވަނީ ފާހަގަ ކުރެވިފައެވެ. ކުރީދުވަހު ރާކިންއަށް ރައްދު ދިންފަހުން ރާކިންގެ އުނދަގުލެއް ދިމްޔާއަކަށް ނުފޯރައެވެ. ދިމްޔާ އެދުވަހު ދެއްކި ވާހަކަތަކުން އޭނާއަށް ހެޔޮވިސްނުން ވިސްނުނީއޭ ހިތަށް އެރުމުން ދިމްޔާއަށް އަމިއްލަ ނަފްސަށް ހިނިތުންވެލެވުނެވެ.
“ދިމް ކޮންކަމަކާ ތިހެނީ….؟؟؟ އަނެއްކާ…. ދިމްއާއި ރާކިން…..” ދިމްޔާ ހީލިތަން ފެނިގެން ހިނިގަނޑެއް ޖަހާލަމުން ދިމްޔާއާއި ދިމާކޮށްލުމުގެ ގޮތުން ރުހާ ބުނެލިއެވެ. އަދި އެއްފަހަރު ދިމްޔާއަށް އަދި އަނެއްފަހަރު ރާކިންއަށް ބަލާލަމުން ހީލިއެވެ.
“ޗީ….އަހަރެން އޮޅިގެންވެސް އޭނައަކާއި ވައިއެޅޭކަށް ބޭނުމެއް ނޫން… ހަމަފައްކާ ރުޅިގަދަ މިތުރެއް… އަނެއްކާ އެހާ ވައިސޫރިކަންވެސް ގަދަ….” ދިމްޔާ ރުހާއަށް ލޯއަޅާލަމުން އޭނާގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. އަދި ހިނިގަނޑެއް ޖަހާލިއެވެ. ދިމްޔާގެ ހުނުމުގައި ރުހާމެންވެސް ބައިވެރިވިއެވެ.
ދިމްޔާމެންގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއިއެކު ބަލަންއިން ރާކިންއަށް ދިމްޔާމެން ދައްކާ ވާހަކައެއް ނޭނގުނުކަމުގައިވިޔަސް އެމީހުން އެވަރަށް ރާކިންއަށް ބަލާފަ ހެވުމުން އެމީހުންގެ މެދުގައި އޭނާގެ ވާހަކަ ދެކޭވޭކަން ރާކިންގެ ސިކުނޑިއަކަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. އޭނާއަށްވެސް އަމިއްލަ ނަފްސަށް ހިނިތުންވެލެވުނީ ހިތުގެ ކޮންމެވެސް ކަނަކުން ދިމްޔާއަށްޓަކައި އުއްމީދު އާވުމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. ރާކިންއާއި އީމަން ތިބީ ގޭގެ ބިއްދޮށުގައިވާ ބަގީޗާގައެވެ.
“ކޮބާ…ނުގުޅޭދޯ ހަމަ….” ފޯން ކަންފަތުގައި ޖަހައިގެން އިން ރާކިންއަށް ބަލާލަމުން އީމަން އަހާލިއެވެ. މިއަދު އިރުއެރިފަހުން މިހާރު ނާޔާއަށް ގުޅުނުވަރު ގުނާ އަދަދު ކުރާކަށްވެސް ނޭނގެއެވެ. ނަމަވެސް ލިބެނީ ހަމައެއްޖަވާބެކެވެ. ނާޔާގެ ފޯނު އޮތީ ނިވާލާފައޭ އެވެ. ރާކިންގެ ރުޅިވަނީ އިންތިހާއަށް ގަދަވެފައެވެ.
“ނިވާލާފަ….” މޭޒުމަތީ ފޯން ބާއްވަމުން ރާކިން ބުނެލިއެވެ.
އޭގެ ދިހަވަރަކަށް މިނެޓް ފަހެވެ. ރާކިން ފަހަތް ބަލާލީ އީމަން ލޮލުން އިޝާރާތް ކޮށްލުމުންނެވެ. އޭރު ނާޔާ އެދިމާއަށް އަންނަނީއެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ވީއިރު އޭނާ ފެންނަނީ ވަރަށް ތާޒާކޮށެވެ. ޖަހައިގެން ހުރި ސެންޓުގެ މީރުވަސް މުޅި މާހައުލަށް ވެރިވެގަތީ އިސާހިތަކުއެވެ. ނާޔާ އައިސް އިށީނީ އެދެމީހުންގެ މެދުގައި ހުރި ގޮނޑިގައެވެ.
“ހާދަ މޫޑީވެފައި އިންހެން ހީވެއޭ….؟؟؟؟ ރޭގަ ޕާޓީ މަޖާތަ….؟؟؟” ރާކިންއަށް ބަލާލަމުން ނާޔާ އަހާލީ ގާތްގޮތަކަށެވެ. ރާކިން އަށް ބަލާލެވުނީ އީމަންއާއި ދިމާއަށެވެ. އީމަން އިޝާރާތުން ހަމޖެހިގެން ވާހަކަ ދެއްކުމަށް ބުނެލިއެވެ.
“ނާޔާ ނާންނާތީ އެހާ މަޖަލެއް ނޫން….” ނާޔާގެ ދެލޮލަށް ބަލަން އިނދެ ރާކިން ވާހަކަ ދެއްކީ ވިސްނުންތެރިކަމާއިއެކުއެވެ.
“އެހެންތަ….؟؟؟ ސޮރީ…. ރޭގަ އުޅުނީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ…. އެހެންވެ ނުދެވުނީ….ކިރިޔާވެސް ދެވޭވަރު ވީނަމަ އަހަރެން ރެކް އާއި އެކީ ދިޔައީސް…..”
މޭޒުމަތީގައި އޮތް ރާކިންގެ އަތްމަތީ އަތް ބާއްވާލަމުން ނާޔާ ބުނެލިއެވެ. އައި ރުޅީގައި ރާކިންގެ އެތެރެހަށީގައިވާ ހޫނުލޭ ކެކިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އީމަންއަށްވެސް ދެފަރާތަށް ބޯހޫރާލެވުނީ ނާޔާ އެހާބޮޑު ދޮގެއް އެހާފަސޭހައިން ހަދާލީމައެވެ.
“ހުއްޓާލާ ނާޔާ…. ކޮންތާކަށް ދާންތަ ތިވަރަށް ތި ދޮގުހަދަނީ….؟؟؟” އައި ރުޅީގައި ކޮޅަށް ތެދުވަމުން ކަނާތްފަޅީގައި ހުރި ގޮނޑިނަގާ ހޫރާލަމުން ރާކިން ބުނެލިއެވެ. މިކަހަލަ ކަމަކަށް ނުވިސްނާ އިން ނާޔާއަށް ކޮޅަށް ތެދުވެވުނީ ހައިރާންވުމުގެ އިތުރުން ހިތުގެ ކޮންމެވެސް ހިސާބަކުން ކަމެއް ގޯސްވެއްޖެކަމުގެ ރަތް ސިގުނަލް ދިނުމުންނެވެ. އީމަންވެސް ކޮޅަށް ތެދުވަމުން ރާކިންގެ ކޮނޑުގައި އަތް ބާއްވާލަމުން ހަމަޖެހޭށޭ ބުނެލިއެވެ.
“ހަމަޖެހޭށޭ…؟؟؟ މިހިރަ އަންހެނާ ދޮގުގެ މައްޗަށް ދޮގު ހަދަމުން ދާއިރުވެސް އަހަރެންވީ ހަމަޖެހިގެން ހުންނަންތަ….؟؟؟” ނާޔާއާއި ދިމާއަށް ޝަހާދަ އިނގިލި ދިއްކޮށްލަމުން މިހެން ބުނިއިރު ރުޅިއައިސްގެން ގޮސް ރާކިން ތުރުތުރު ލަނީއެވެ.
“ރެކް… ކީކޭތަ ތިކިޔަނީ…؟؟؟ އަހަންނަކަށް ނުވިސްނުން ރެކް ތިކިޔާ އެއްޗެއް…؟؟؟ އަހަރެން ކޮންދޮގެއްތަ ހެދީ…؟؟؟” ފެންކަޅިވެފައިވާ ހާލު ދެއަތްދެއަތާ މޮޑެމުން ނާޔާ ބުނެލިއެވެ.
“ކޮން ދޮގެއްހޭ ހެދީ…. ވާހް…. އަދިވެސް އަހަންނަށް އޮޅުވާލަންތަ ނާޔާ މަސައްކަތް ތިކުރަނީ…؟؟؟ ތިމަކަރުވެރިކަމާއި ދޮގުހެދުން ހުއްޓާލާ ދެން ނާޔާ….މިހާރު އަހަންނަށް ނާޔާގެ ހަގީގަތް އެނގިއްޖެ…. އަހަރެންގެ ދެލޮލަށޭ ފެނުނީ ނާޔާ ފިރިހެނެއްގެ އަތުތެރޭގައި އިންދާ….. އޭރު ނާޔާގެ ބޮލަކު ނުރިއްސާތަ….؟؟؟” ވާއަތުން ނާޔާގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފާލަމުން ކަނާތުގެ އިނގިލިތައް ނާޔާގެ ނިއްކުރީގައި ޖައްސާލަމުން ރާކިން ބުނެލީ މަލާމާތުގެ ރާގެއްގައެވެ. ނާޔާދެލޯބޮޑުކޮށްލަމުން ރާކިންއަށް ބަލާލީ މިއޮށްހާ ދުވަހު އޭނާ ފޮރުވައިގެން އުޅުން ސިއްރު ރާކިންގެ ދުލުން ހާމަކުރުމުންނެވެ. އެއަށްފަހު އޭނާ އިސްޖަހާލީކުށްވެރިއެއް ފަދައިންނެވެ. އެވަގުތު އޭނާގެ ދެލޮލުން އައި ކަރުނަތިކި އޭނާގެ އަތްތިލަމައްޗަށް ވެއްޓުނެވެ.
“ނާޔާ ކީއްވެ… ކީއްވެ އަހަންނަށް ބޭވަފާތެރިވީ…؟؟؟ ނާޔާގެ އަތުން ދުކޮށްލަމުން އޭނާއަށް ފުރަގަސްދެމުން ރާކިން އަހާލިއެވެ. ނާޔާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އިސްޖަހައިގެން އެހުރިގޮތަށް ހުރެ އޭނާ ރޮމުން ދިޔައެވެ.
“އަހަރެން މިއަދު ލަދުގަނޭ ތީ އަހަރެންގެ ބެސްޓްފުރެންޑްއޭ ބުނަންވެސް… ތިގޮތަށް ރެކްއާއި ދޭތެރޭ ކަންތައް ކުރިއިރު ނާޔާއަކަށް ނޭނގޭތަ އެއީ އަހަރެންގެ ކޮއްކޮއެއް ކަހަލަކުއްޖެއްކަމެއް…؟؟؟ އަހަރެންގެ ބެސްޓްފުރެންޑްގެ މަޤާމްގައި ހުރެ ނާޔާ ކީއްވެ ރެކްއަށް ބޭވަފާތެރިވީ….؟؟؟” މިފަހަރު ވާހަކަ ދެއްކީ އީމަންއެވެ. އީމަން ވާހަކަ ދެއްކި ރާގުން އީމަންވެސް އެހުރީ ނާޔާދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ. ދެންވެސް ނާޔާ އަނގައަކުން ނުބުނެއެވެ.
“ނާޔާ އެހެންމީހަކު ދެކެ ލޯބިވާއިރު ރެކް ގާތު ރީތިކޮށް ބުނިނަމަ…. އޭނަ ގާތު ބުނަން ނުކެރެންޏާ އަހަރެންގެ ގާތުގައި ބުނިނަމަ… ތިގޮތަށް އޮޅުވައިލައިގެން އުޅުމުގެ ބޭނުމަކީ ކޮބާ…؟؟؟” ދެންވެސް ވާހަކަ ދެއްކީ އީމަންއެވެ.
“ސޮރީ…. ރެކް ވަރަށް ބޮޑަށް ސޮރީ….”އިރުކޮޅެއްގެ ހިމޭންކަމަށްފަހު ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ނާޔާ ބުނެލިއެވެ.
“އަހަރެންވެސް ބޭނުމެއްނޫން ރެކްއަށް އޮޅުވައިލައިގެން އުޅޭކަށް…. މިގޮތަށް އުޅެންވީމަ އަހަންނަށްވެސް ވަރަށް އުނދަގޫވޭ…އެހެންވެ ކުރީ ދުވަހު އަހަރެން އުޅުނީ ރެކްގާތު އެވާހަކަ ބުނަން… އެކަމަކު ވަގުތު ތަންނުދިނީ…” ރޮވޭ ހާލު ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލަމުން ނާޔާ ވާހަކަދެއްކިއެވެ.
“އެކަމަކު ރެކްއާއި ރައްޓެހި ވެގެން ހުރެ ނާޔާ ކީއްވެ އެހެންމީހަކާ ރައްޓެހިވީ…؟؟؟” އީމަން އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔަ ސުވާލު ނާޔާއާއި ކޮށްލިއެވެ. ނާޔާ އީމަންއަށް ފުރަގަސްދެމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އިމޫ… އަހަންނަކަށްވެސް ނޭނގޭ އަހަރެންގެ ހިތް ޒަޔާންއަށް އެދެންފެށީ ކޮން އިރަކު، ކީއްވެ ކަމެއް…. ކަންތައްތައް ބަދަލުވެގެން ދިޔައީ ހީވެސްނުކުރާހާ އަވަހަށް… އަހަންނާ ޒަޔާން ދިމާވީ ލަންކާއިން…. އަހަރެމެން ކިޔަވަނީ އެއްކުލާހެއްގައި… ޒަޔާންވީ އަހަރެންގެ ވަރަށް ގާތް ރަޙުމަތްތެރިއަކަށް… އޭނާގެ ވާހަކަދެއްކުމާއި ޢަމަލްތައް ހުންނަގޮތް އަހަންނަށް ވަރަށް ބޮޑަށް އޭނަ ކަމުދާންފެށި…. ހުރިހާ ކަމެއްގައިވެސް އަހަންނަށް އެހީތެރިވާ ގޮތާއި އަހަންނަށް އަޅާލާ އަޅާލުން އަހަރެންގެ ހިތް އޭނާއާއިމެދު ލަންބުވާލަން ނެގީ މަދު ދުވަސްކޮޅެއް… ޒަޔާންއާއި ދޭތެރޭ އެގޮތަށް ދެކެވޭތީ އަހަރެން ދެރަވެސް ވޭ… އަހަންނަކީ އެހެން މީހެއްގެ ޙައްޤެއްކަން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ތަދުވޭ… އަހަރެން ހީކުރީ އަހަންނަށް ޙަޤީގީ ލޯބިވެވުނީ ރެކް ދެކެ ކަމަށް… އެކަމަކު ޒަޔާންއާއި ދިމާވުމުން އަހަންނަށް ވިސްނުނު އެއީ އަދި ޙަޤީގަތެއް ނޫންކަން…. އަހަންނަށް ޙަޤީގީ ލޯބިވެވުނީ ޒަޔާން ދެކެކަން…..”
ވާހަކަ މިހިސާބަށް ގެންގޮސްފައި ނާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލިއެވެ. ނާޔާގެ ވާހަކަ އަޑުއަހަން ހުރި ރާކިންއަށް ފުންއަސަރުތަކެއް ކުރިއެވެ. އޭނާއަށް ހީވާކަހަލައެވެ. ނާޔާ ދެންމެ އެހާމަ ކުރީ އޭނާގެ ދިރިއުޅުމުގައި ކުރިމަތިވެފައިވާ ކަންތަކުގެ ވާހަކައެވެ. ނާޔާ އެދެއްކި ވާހަކަތަކަކީ ނާޔާއަށް ކުރިމަތިވީ ކަންތައް ކަމުގައި ވީނަމަވެސް އެއީ އޭނާގެވެސް ހާލެވެ. އެގޮތަށް ކަންތައްވުމުން ނާޔާއަށް ކުރާނެ އަސަރާއި އޭނާގެ ހިތަށް ތަދުވާނެވަރު ރާކިންއަށް އަންދާޒާ ކުރެވެއެވެ. ސަބަބަކީ އޭނާވެސް އެކަންތައްތައް ތަޙައްމަލް ކުރަމުން ދާތީއެވެ. ލޯބިވާ މީހަކު ހުއްޓާ އެހެންމީހެއްގެ ޙަޔާތުގެ ބައިވެރިޔާގެ ގޮތުގައި އުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން ޚުދު އޭނާއަށްވެސް އެނގެއެވެ. ނާޔާ އަނެއްކާވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދަންފެށިއެވެ.
“އަހަރެން ޒަޔާން ދެކެ ކިތަންމެ ލޯބިވީ ނަމަވެސް އެލޯބި ޒަޔާންގެ ކުރިމަތީ ހާމައެއް ނުކުރަން…. ބައެއް ފަހަރު ޒަޔާންގެ ހަރަކާތްތައް ހުންނަ ގޮތުން އޭނަވެސް އަހަރެން ދެކެ ލޯބިވާހެން ހީވޭ… އެކަމަކު އޭނަވެސް އަހަރެންދެކެ ލޯބިވާ ވާހަކައެއް އޭރަކު ނުބުނެ…. އޭނަ އަހަންނަށް ލޯބި ހުށަހެޅީ ސެމިސްޓަރ ބުރޭކަށް ރާއްޖެ އައި ފަހުން…. އޭނަ އަހަންނަށް ލޯބި ހުށަހެޅުމުން އަހަރެން ވަރަށް އުފާވި…. އަދި އެހާމެ ދެރަވެސްވި…. އެއްވެސް ކުށެއް ނެތި ރެކް ދޫކޮށްލާކަށް އަހަންނަކަށް ނުކެރުނު… އެކަމަކު އަހަރެން ޒަޔާންގެ މީހަކަށް ވާންވެސް ބޭނުންވި… އެންމެ ފަހުން އަހަރެން ނިންމީ ރެކްއަށް ހުރިހާ ޙަޤީގަތެއް ކިޔައިދޭން…. އެދުވަހު އަހަރެން އުޅުނީ ރެކްގާތު އެވާހަކަ ދައްކަން…. އެކަމަކު…. އިމޫ އެތަނަށް އައީމަ އަހަންނަށް އެވާހަކަ ކިޔައިދޭން ނުކެރުނީ…. އަހަރެން އަދިވެސް ޒަޔާންއަކާ ރައްޓެއްސެއް ނުވަން… ޒަޔާންއަށް އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނިން… އަހަރެން އޭނަދެކެ ލޯބިވާ ވާހަކަވެސް ބުނިން… އޭނައާއި ރައްޓެހިވުމުގެ ކުރިން ރެކްއަށް ޙަޤީގަތް ކިޔައިދެން އަހަރެން ބޭނުންވީ…. އޭނަވެސް ބޭނުންވަނީ އެގޮތް…..” ނާޔާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން އީމަންއާއި ކުރިމަތިލިއެވެ. ނަމަވެސް އޭރުވެސް ރާކިންހުރީ ފުރަގަސްދީގެންނެވެ.
“އަހަންނަކަށް އަދިވެސް ޤަބޫލެއް ނުކުރެވޭ ތިދެއްކި ވާހަކައެއް… ކީއްވެ އެހެން ވާންވީ…؟؟؟ ނާޔާ ތީ ހާދަ ވިޔާނުދާ މީހެކޭ…..” ނާޔާއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އީމަން ބުނެލިއެވެ.
“އިމޫ…. ކާމް ޑައުން….” ނާޔާމެންނާއި ކުރިމަތިލަމުން އީމަންގެ ކޮނޑުގައި އަތް ބާއްވާލަމުން ރާކިން މިހެން ބުނުމުން ނާޔާގެ އިތުރުން އީމަންވެސް ހައިރާންވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ.؟ ދެންމެ ރުޅިއައިސްގެން ވާހަކަދެއްކި ރާކިންގެ އަޑުގައި މިހާރު ވަނީ މަޑުމައިތިރިކަމެވެ.
“ރެކްތަ ތިހެން ތިބުނީ… އަޅެ ބުނެބަލަ އަހަރެން މިބުނީ ދޮގެއްތަ…؟؟؟”
“އިމޫ…. ލޯތްބަކީ ވެވޭ އެއްޗެއް…. ގަދަކަމަކުން ލޯތްބެއް ނުވެވޭނެ… އަދި ގަދަކަމަކުން ލޯތްބެއް ނުވެސް ހޯދޭނެ….. ނާޔާއަށް ޒަޔާންދެކެ ލޯބިވެވުން އެއީ ނާޔާގެ ކުށެއް ނޫން…. އެހެނޭ ކިޔާފަ އަހަރެން ކިހިނެއް ގަދަކަމުން ނާޔާގެ ލޯބި ހޯދާނީ…؟؟؟ އެންމެ ރަނގަޅު ގޮތަކީ ނާޔާ ޒަޔާންއާއި ގުޅުން… އެހެންނޫނީ އަހަނަށްވެސް، ނާޔާއަށްވެސް އަދި ޒަޔާންއަށްވެސް އުފަލެއް ނުލިބޭނެ……” އެއްފަހަރު ނާޔާއަށް އަދި އަނެއް ފަހަރު އީމަންއަށް ބަލާލަމުން ރާކިން ވާހަކަދެއްކިއެވެ.
“އައި ކާންޓް ބިލީވް ދިސް ރެކް….. އަހަންނަށް ޔަޤީން ރެކް ތިގޮތަށް ވާހަކަދެއްކި ކަމުގައި ވިޔަސް ރެކް ތިހުރީ ވަރަށް ދެރަވެފައިކަން…. ނާޔާ…. ތީ އަހަރެންގެ ބެސްޓްފުރެންޑްއެއް ނޫން…. އަހަރެންގެ ބެސްޓްފުރެންޑް ތިހާދަށުދަރަޖައިގެ ކަމެއް ނުކުރާނެ…. ނާޔާ ރާކިންއާއި ދޭތެރޭ ކަންތައް ތިކުރިގޮތުން އަހަރެން ދުވަހަކުވެސް ނާޔާއަކަށް މާފެއް ނުކުރާނަން…. މީގެ ފަހުން ނާޔާ ކިޔާއަހަރެންގެ އެކުވެރިއެއް ނުހުންނާނެ….” މިހެން ބުނެފައި އީމަން އެތަނުން ދިޔައީއެވެ. އީމަން ހުއްޓުވުމަށްޓަކައި ނާޔާ އީމަން އަށް ގޮވާވެސްލިއެވެ. ނަމަވެސް އީމަން ހުއްޓުމެއްނެތި ދިޔައީއެވެ. ކުޑައިރުއްސުރެ އެކީގައި އުޅުނު އެކުވެރިޔާ އޭނާއާއި އެކުވެރިކަން ކަނޑާލުމުން ނާޔާގެ ހިތަށް ފުންއަސަރުތަކެއް ކުރިއެވެ. ކަރުނުން ފުރިގެންވާ ލޮލަކުން ދެން ނާޔާ ބަލާލީ ރާކިންއާއި ދިމާއަށެވެ.
“ރެކް… އައި އޭމް ރިއަލީ ސޮރީ…..” ރާކިންގެ އަތުގައި ހިފާލަމުން ނާޔާ ބުނެލިއެވެ.
“ނާޔާ…. އަހަންނަށް އަންޑަސްޓޭންޑް ވޭ….” ނާޔާގެ އަތްތިލައަށް ފިތާލަމުން ކުޑަކޮށް ހިނިތުންވެލަމުން ރާކިން ބުނެލިއެވެ.
“އެކަމަކު އިމޫ….” ނާޔާ މަޑުމަޑުން ބުނެލިއެވެ.
“އަހަރެން އިމޫއަށް ވިސްނަދޭނަން….” ރާކިން މިހެން ބުނުމުން ނާޔާ ބޯޖަހާލިއެވެ. އެއަށްފަހު އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. ނާޔާ ދިޔަދިމާއަށް ބަލަން ހުރެފައި ރާކިން މަތި ބަލާލިއެވެ. އަދި ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަހަލައެވެ.

އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ. ދިމްޔާއާއި އޭނާގެ ކްލާސް ކުދިން ކްލާސް ތެރޭގައި ހޭލަމޭލަވަމުން ދިޔައީ ކޮލެޖްގައި އޮތް އެގްޒިބިޝަންއަކަށް ތައްޔާރުވުމަށްޓަކައެވެ. ރާކިންއާއި އިތުރު ދެކުއްޖަކު ގަނޑުތަކެއްގައި ކުރަހަން ތިއްބެވެ. އެމީހުންނާއި މާދުރުނޫން ހިސާބެއްގައި އެއްޗެހިތަކެއް ކަފަން ދިމްޔާމެން ތިއްބެވެ.
“އޫހް… ކަފާކަފާ އަތަށް ތަދުވެއްޖެ…. ހިނގާބަލަ ކޮލެޖްކައިރި ހުންނަ ކުޑަ ފިހާރަގަނޑަށް ފިނި އެއްޗެއް ބޯލަން ދާން…..” ޖަޒްލީ މިހެން ބުނުމުން ދިމްޔާމެންވެސް އޭނާގެ ޚިޔާލަށް ތާއީދުކޮށް އެންމެން އެކީގައި ބޭރަށް ނުކުތެވެ. ރާކިންއިނީ ކުރަހަންކަމުގައި ވީނަމަވެސް އޭނާދިޔައީ ދިމްޔާގެ ހަރަކާތްތަކަށް ބަލަމުންނެވެ. ދިމްޔާމެން ބޭރަށް ދިޔުމުން އޭނާވެސް ބޭރަށް ދާން ބޭނުންވިއެވެ. ނަމަވެސް އޭނާ ބޭރަށް ދާނީވެސް ވަކި ކީކޭ ކިޔާފައި ހެއްޔެވެ. އިރުކޮޅަކު ކުރަހަން އިދެފައި ރާކިން އޭނާގެ މަސައްކަތް ހުއްޓާލަމުން އިށީނދެގެން އިން ގޮނޑީގައި ހަށިގަނޑު ދަމާލިއެވެ. އޭގެ އިރުކޮޅެއްފަހުން އޭނާގެ ފޯން ރިންގްވާން ފެށިއެވެ.
“އެއްވެސް މީހަކު މިކުރެހުމުގައި އަތް ނުލައްޗޭ… އެހެން މީހަކަށް ނުކުރެހިގެން، އަހަރެން ވަރަށް އުނދަގުލުން މީތި ކުރެހީ….” އެވަގުތު އެހެން ކުދިންތަކެއް ކުރެހުންތައް ބަލާލަން އެތަނަށް ގާތްވުމުން ރާކިން ބުނެލިއެވެ. އަދި ފޯން ކަންފަތުގައި ޖަހާއިގެންހުރެ އޭނާ މިސްރާބުޖެހީ ބޭރަށެވެ. އެވަގުތުވީ ދިމްޔާމެން ކްލާހަށް ވަންނަން އައި ވަގުތަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވީ ވަގުތު ރާކިންގެ ހިތަށް ބުނެދޭން ނޭނގޭ އިހްސާސްތަކެއް ވެރިވިއެވެ. އެހެނަސް އޭނާފޯން ކަންފަތުގައި ޖަހައިގެން ހުރެ ނުކުތީ ބޭރަށެވެ.
ހީމަޖާކުރަމުން ދިމްޔާމެންވަނީ އެތެރެއަށެވެ. އެވަގުތު ކުރިމަތި ނުބަލާ އައި ދިމްޔާ އަޅައިގަތީ އެތާހުރި ގޮނޑިއެއްގައެވެ. ރުހާ އޭނާގެ އަތުގައި ހިފާލުމުން ދިމްޔާއަށް އޭނާގެ ހަށިގަނޑު ބެލެންސް ކުރެވުނެވެ. ނަމަވެސް އޭނާގެ އަތުގައި އޮތް އެކްސްއެލް ދަޅު ވިއްސައިގެންގޮސް ޖެހުނީ ކުރިމަތީ ހުރި މޭޒުމަތީގައި އޮތް ގަނޑުގެ މައްޗަށެވެ.
“ދިމް ކިހިނެއް ތިހެދީ…. ތަނަކަށް ތަދުވިތަ….؟؟؟” ރުހާ އަހާލިއެވެ.
“އޯހް ނޯ…. ރެކްގެ ކުރެހުން….” ދިމްޔާ ސިހިގެން ދިޔައީ ކުއްޖަކު މިހެން ބުނުމުންނެވެ. ރުހާގެ ސުވާލަށް ޖަވާބުނުދީ އޭނާގޮސް މަޑުކޮށްލީ ރާކިން ކުރަހަންފަށާފައި އޮތް ކުރެހުމުގެ ކައިރީގައެވެ. ތެދެކެވެ. ކަމަކު ދާކަށް ނެތެވެ. ކުރަހާފައި އޮތްގަނޑުގެ ބޮޑުބައި އޮތީ ފޯވެފައެވެ.
“ދިމް ކީއްތިކުރީ…. ރެކް ވަރަށް ރުޅި އަންނާނެ….” އެތާހުރި ކުއްޖަކު މިހެން ބުނުމުން ދިމްޔާއަށް ހިންދިރުވާލެވުނީ އޭނާއަށްވެސް އެކަން އެނގުމުންނެވެ. ދުވަސްކޮޅަކަށްފަހު އަނެއްކާވެސް ދިމްޔާއަށް ރާކިންއާއި ކުރިމަތިލާން ޖެހުނީއެވެ.
“އެޔޮށް އަންނަނީ ރެކް….” އެހެން ކުއްޖަކު މިހެން ބުނުމުން އެންމެން އެކީ އެދިމާއަށް ބަލާލިއެވެ. ދިމްޔާއަށް ކުރެހުމާއި ތަންކޮޅެއް ދުރަށް ޖެހިލެވުނީ ގެންފައިވާ ބިރެއްގެ ސަބަބުންނެވެ. ރާކިން ވަރަށް ހަމަޖެހިލާފައި އައިސް އެންމެންގެ ތެރޭގައި މަޑުކޮށްލިއެވެ. އެވަގުތު އޭނާގެ ލޮލުގައި ކުރެހުން އަޅައިގަތުމުން ދެލޯދިޔައީ ބޮޑުވެގެންނެވެ. ވިއްޖެއްހެން ދިޔަގޮތަށްގޮސް ކުރެހުން އެތަނުން ނެގިއެވެ.
“މީކާކު ކުރި ކަމެއް…؟؟؟” ވަރަށް ހަރުކަށިކޮށް ރާކިން އަހާލިއެވެ. ދިމްޔާ ބިރުންގޮސް ދެލޯމަރާލެވުންއިރު ތުންފަތުގައި ދަތްވެސް އެޅިއްޖެއެވެ. އިސާހިތަކު އެސްފިޔަތައް ފޫދުއްވާލުމަށްފަހު ކަރުނަތައް ފައިބައިގަތެވެ. އޭނާހުރީ އެތާހުރި ކުއްޖެއްގެ ފަހަތަށް ވަދެ ނިވާވެލައިގެންނެވެ.
“ކާކު ކުރި ކަމެއްހޭ މީ….؟؟؟؟” އެއްވެސް މީހަކު ޖަވާބު ނުދިނުމުން އަނެއްކާވެސް އެހާ ބާރަށް ރާކިން އަހާލިއެވެ.
“ދިމްޔާ….” ދިމްޔާގެ ކުރިމަތީ ހުރި ކުއްޖާ އެއްފަރާތަށް ޖެހިލަމުން ބުނެލިއެވެ. ދިމްޔާ ރާކިންއަށް ބަލާލިއެވެ. ރާކިންއަށް ހައިރާންކަމެއް ލިބުނީ ދިމްޔާގެ ދެލޮލުގައިވާކަރުނައިގެ އަސަރު ފެނިފައެވެ. އެހެންވީމަ އަދިވެސް ދިމްޔާ އޭނަ ދެކެ ބިރުގަންނަނީއޭ ރާކިންގެ ހިތަށް އެރިއެވެ. ދިމްޔާ އެހާލުގައި ހުއްޓާ ފެނުމުން އޭނާގެ ހިތަށް އަސަރުވެސްކުރިއެވެ.
“ދިމް ގަސްތުގަ ކުރިކަމެއް ނޫން ތިއީ…..” ރާކިން ދިމްޔާއާއ ދިމާއަށް އެއްޗެއް ބުނުމުގެ ކުރިން ރުހާ ދިމްޔާގެ ދިފާއުގައި ބުނެލިއެވެ. އަދި ކަންވީގޮތް ކިޔައިދިނެވެ. ރުހާ ކަންވީގޮތް ކިޔައިދިނުމުން ރާކިން ދިމްޔާއަށް ބަލާލިއެވެ. އެއަށްފަހު އިތުރަށް ބަހެއްވެސް ނުބުނެ އެކުރެހުން ހިފައިގެން އޭނާ މިސްރާބުޖެހީ ބޭރަށެވެ. ރާކިންގެ މިޢަމަލުން ދިމްޔާގެ އިތުރުން ކުލާހުގެ ހުރިހާކުދިންވެސް ހައިރާންވިއެވެ. ނަމަވެސް އެމީހުނަށް ނޭނގޭ ކަމަކީ އެކަހަލަ ކިތަންމެ ކުރެހުމަކަށްވުރެ ބޮޑަށް ރާކިންއަށް ދިމްޔާ މުހިންމުކަމެވެ.
“އަހަރެން އަންނާނަން މޫނު ދޮވެލައިގެން….” ރުހާގެ ކަންފަތްދޮށުގައި މިހެން ބުނެލައިފައި ދިމްޔާ ހިނގައިގަތީ ފާހާނާ ތަކާއި ދިމާއަށެވެ.
ދުވަހަކީ ބަންދު ދުވަހަކަށް ވެފައި ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން މާގިނަބަޔަކު ކޮލެޖު ތެރެއިން ފެންނާކަށް ނެތެވެ. ފާހާނާ ހުންނަނީ އެހެން އިމާރާތްތަކާއި ތަންކޮޅެއް ދުރުގައެވެ. ފާހާނާއަށް ވަންނަން ދިޔަ ދިމްޔާއަށް ފާހާނާއަށް ނުވަދެވި އުޅެނިކޮށް މީހަކު އޭނާގެ އަނގަމަތީގައި އަތްއަޅައި އަނގަ ބަންދުކޮށްލިއެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ދުޢާ (1ވަނަ ބައި)

Next

ހަތަރު އުދަރެސް (19)

Next
August 19, 2015

ހަތަރު އުދަރެސް (19)

Previews
August 17, 2015

ދުޢާ (1ވަނަ ބައި)

48 Comments!

  1. Vahaaka moya says:
    August 17, 2015 at 10:49 pm

    Vara reethi mibai..dhen in part avasskoh upkohdheebala..

  2. azii says:
    August 17, 2015 at 10:56 pm

    Wow….. Aneh bai avaskoh dhechechey… V kiyaahithun huttaa minimunee…… Vvvv salhi

  3. Crazi says:
    August 17, 2015 at 10:58 pm

    Wow shalhi update madama ehgey me 1st dho

  4. fai says:
    August 17, 2015 at 11:02 pm

    Vaahaka vrh vrh habeys… Vrh kiyaa hithun indhaa vaahaka nimuny waiting 4 prt 4…:-)

  5. suha says:
    August 17, 2015 at 11:11 pm

    Haadha reechey mivaahaka v kiyaahihvey. Alhe e ee kaakutha?

    1. eemiyaa says:
      August 17, 2015 at 11:22 pm

      a ee kaakukan ingeyne next part ga suha… wait kohlaa.. 🙂

  6. Xeeee says:
    August 17, 2015 at 11:13 pm

    I think it’s raakin…

  7. meesha says:
    August 17, 2015 at 11:18 pm

    dhn in part avas kollahche..v rythi mi part vx..

  8. meesha says:
    August 17, 2015 at 11:20 pm

    yageen eiy raakin..hehe

  9. eemiyaa says:
    August 17, 2015 at 11:23 pm

    Thanks all 🙂 🙂 🙂

  10. eemiyaa says:
    August 17, 2015 at 11:26 pm

    xeeee n meesha haadha heevey ethanah raakin gendhan beynunvaahen… a e raakin ah nuve ves hingaidhaaneehnu.. hehe

  11. myschic says:
    August 17, 2015 at 11:59 pm

    Alhey wow can’t wait for next part so beautiful… I.love this story.. The writer of this is amazing…love it…

  12. shaz says:
    August 18, 2015 at 12:04 am

    v habeys vaahaka eh… waitin for the next part….

  13. mizu says:
    August 18, 2015 at 12:37 am

    Wow v reethi next part nikan avahah genes dhyba haadha inthizaarekey mikurany

  14. ken? says:
    August 18, 2015 at 1:14 am

    Hii eem..juz now i read ur story eleesha..it was awesome..bt nimmun kudakoh sakaraathy…i mean love life kudakoh details kohlinama v furihama vaane..bt as u said edhuvaskolhuge gothun avahaa nimmmaalan jehuneema dn ok…
    N one more thing frm dat story also i hv noticed dat “miyadhu” prob…hehe…
    Mi part adhi nukiyaa evaahaka bunelee..story kiyaafa comment kohlaanan.☺

    1. eemiyaa says:
      August 18, 2015 at 7:01 am

      ken eem ah heevany “miyadhu” e word e use kureveny aanmukoh vaahaka dhakkaa iruves ehn kiyeytheehen.. ekm ken ehaa varah handhaan kohdheythy story liyaairu v visnaigen mihaaru liyany… hehe

  15. ken? says:
    August 18, 2015 at 1:27 am

    V reethi…? next part ga ethanah geney dhim aa alhaiganegen ulhey ehen kujjei…dn raakin ge help aa ekeega dhim salaamiy kuraanee..eyrun dhim raakin aa dheytherey visnan fashaanee.hehe…hama vedhaane dhw..?

  16. zai says:
    August 18, 2015 at 3:41 am

    Wow v loabi mivaahaka..waitting for nxt part..alhe v ahahah up kohdhehchey..plx plx..e kaakukan balaahithun kehmadhuveha mihunnanii..love it?

  17. zai says:
    August 18, 2015 at 3:42 am

    Sry typing mistake v avahah***?

  18. zai says:
    August 18, 2015 at 3:45 am

    Ken gandaa thihenvex vedhaaaane hama..?

  19. Janah says:
    August 18, 2015 at 6:59 am

    Hama habeys vaahaka eh….den in vai v emme avahakah genesdinun edhen……

  20. eemiyaa says:
    August 18, 2015 at 7:03 am

    thanks hurihaa kudhin.. next part ves v avahah up kohla dheynan in sha allah 🙂
    tgc all

  21. Athee says:
    August 18, 2015 at 7:58 am

    Wow…kiya baath hay…. ????vvvv reeethi…..

  22. Saamiya says:
    August 18, 2015 at 9:11 am

    vara furihama….

  23. aria says:
    August 18, 2015 at 9:24 am

    mi part ves hama v salhi ingey eem..well grt job..ken buni gothah next part ga vehjiyya v salhi vaane asluves..

  24. xaaxaa says:
    August 18, 2015 at 11:03 am

    Eem thankolhei awahah next prt up koh dhehcheyy

  25. Nahthu says:
    August 18, 2015 at 11:57 am

    eemiyaa mivaahaka knme dhuvahaku part eh up kohdhybala plx………

  26. mwah says:
    August 18, 2015 at 2:30 pm

    Woah.. awesome

  27. eemiyaa says:
    August 18, 2015 at 3:25 pm

    thanks all:)

  28. elyshaa says:
    August 18, 2015 at 5:19 pm

    alhe eem , tv rec aa dhim gulhuvahchey plxx , tv rec dw eyy , ooo , haadha salhi vaaney dhen in prt , avas kohlahchey igea eem

  29. elyshaa says:
    August 18, 2015 at 5:23 pm

    elyshaa ah ves mihen vaane nama dw , ehn ve dw myhun bunany , nafrathaky loabyge feshumey , jst amaxing , waaaa

  30. mai says:
    August 18, 2015 at 6:56 pm

    vahaka varahreethi.unmeedhu kuran gavaidhun upkuranekama

  31. Yushiii says:
    August 18, 2015 at 7:08 pm

    I just love this storyy all thankxx to eemiyaa.
    Eemiyaa ge storys thah hury kn site ehgatha. I want to read more heheheh

    1. eemiyaa says:
      August 18, 2015 at 11:04 pm

      maa gina vaahakaeh nuhunnaane yushiii.. mi ee 3 vana story… mi site ga hunnaanee eem ge storythah..

  32. shaph says:
    August 18, 2015 at 7:26 pm

    w w rythi mi story…plxxx awahah up khdyba .. i guess dim ge life ah ehn boy eh annan e ulheny..i mean hywany dim ge life ah rec ge ithurun ehn boy eh wes annaane hn…bt shaph brynumy hama ekani rec r dhim r gulhen.. plxx plxx up ASAP 😀

  33. Shabee says:
    August 18, 2015 at 8:13 pm

    Wowww vrh salhi.. Yageen ey raakin gandu THOACHE eulheneee… Vrh habeys next prt Ava’s khdhehchey 🙂

  34. Shaan says:
    August 18, 2015 at 9:44 pm

    V.dhuvas kollaafa eem ge story eh mi kiyaalevuny…v.nice ingey

  35. eemiyaa says:
    August 18, 2015 at 11:06 pm

    thanks alll 🙂

  36. munee says:
    August 18, 2015 at 11:28 pm

    Alhey konirakun aneh bai upvaany

  37. munee says:
    August 18, 2015 at 11:28 pm

    Alhey konirakun aneh bai upvaany

  38. Malaika says:
    August 19, 2015 at 9:32 am

    Wow

  39. xaaxaa says:
    August 20, 2015 at 6:03 am

    Eem when is the next prt cant wait to ryd this story

  40. Raff says:
    August 20, 2015 at 10:34 am

    eemiyaa nxt part avahah upkohdheeba plx….v nice mi story…

  41. marsha says:
    August 20, 2015 at 3:24 pm

    When next ep, eemiya? Waiting…. plz hurry

  42. eemiyaa says:
    August 20, 2015 at 3:45 pm

    Thanks hurihaakudhin 🙂

  43. Mishka says:
    August 20, 2015 at 11:27 pm

    Varah reethi mivaahaka

  44. rishu says:
    August 24, 2015 at 12:20 pm

    wow

  45. eemiyaa says:
    August 24, 2015 at 9:22 pm

    thanks dhekudhin

Comments are closed.

Next Episodeދިމްޔާ (4 ވަނަ ބައި)←


All Right Reserved!