Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ހަތްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 4, 2015 5 Mins Read
75 Comments

ފަޔާޒް ހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނަ ހޯދަން ޝިޔާނާ އެއަރޕޯޓަށް އަންނާނެ ކަމަކަށް ފަޔާޒް އުންމީދެއް ނުކުރެއެވެ. “ނާއިފް، ވަރަށް ބޮޑަށް ސޮރީ… އަހަރެން އެކޮޅަށް ދިޔައިރު މަންމަގެ ހާލު ވަރަށް ސީރިއަސް… އަނެއްކޮޅުން ޔުނިވަރސިޓީއަށް ވަނުމަށް ފޯމު ފުރުމާއި އިންޓަރވިއުތަކުގައި އަވަދިނެތި އުޅެން ޖެހުނީ….. ދެތިން މަސް ފަހުން މެއިލް ޗެކް ކުރަން ބެލިއިރު އަހަރެންގެ އީމެއިލް އައިޑީ އިނީ ހެކްކޮށްފައި… ސޯ.. އާ އައިޑީއެއް ހެދީ… ޝިޔާނާގެ ނަންބަރަށް ގުޅިއިރު ފޯނު ނިވާލާފަ އޮތީ….” ފަޔާޒް އޭނާއަށް ކަންތައް ދިމާވިގޮތް ނާއިފަށް ކިޔައިދިނެވެ.

ކާރު ސްޓަރޓްކޮށްލި އިރުވެސް މެދުކެނޑުމެއް ނެތި ވާރޭ ވެހެމުން ދިޔައެވެ. ކާރުގެ ވިންޑް ސްކްރީން ވައިޕާރ ޖައްސާލުމަށްފަހު ކާރު ދުއްވާލީ ނާއިފް އޭނާގެ ގެއަށް ލުމަށްފަހު ގެއަށް ދިޔުމަށެވެ. މާދަމާ ޝިޔާނާއާއި ބައްދަލު ކުރުމަށްފަހު ކަންތައް ވީގޮތުގެ މަޢުލޫމާތު ހޯދާނީއޭ ހިތާ، ނުތަނަސްވެފައިވާ އޭނާގެ ބަލިކަށި ހިތަށް ވިސްނައިދެމުންނެވެ.

ޝިޔާނާގެ ޙާލަތު

އާދުވަހަކަށް އިރު އެރީއެވެ. ފަޔާޒް ލޯ ހުޅުވާލުމަށްފަހު ގަޑިއަށް ބަލާލިއެވެ. އަސްތާ! ކަމުކުދާކަށްނެތެވެ. މިހާރު އެއޮށް 9:30 ވަނީއެވެ. ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ 45 އިންޗީގެ ބޮޑު ޓީވީ ހުޅުވާލުމަށް ފަހު ފަޔާޒް ފާހާނައަށް ވަނީ އަވަހަށް ފެންވަރާލާށެވެ. ފެންވަރައިގެން ނިކުތް އިރު ޓީވީން ދައްކަމުން ދިޔައީ، ހުޅުމާލޭ ޗައިނާ ޓައުންގައި މީހަކު މަރާލައިގެން އުޅޭ ޚަބަރެވެ.

“ކުށްވެރިޔާގެ އެއްވެސް މަޢުލޫމާތެއް ފުލުހުން ދީފައެއް ނުވޭ…. ތަޙްޤީޤު ކުރުމުގެ މަރުހަލާއަށް ފަހު ވަކި ޖަވާބެއް ދެވޭނެ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ބުނެފަ…. މިކަމާއި ބެހޭގޮތުން އިތުރު ތަފްޞީލް ލިބުނު އެންމެ އަވަހަކަށް ތިޔަ ބޭފުޅުންނާ ހިއްސާ ކުރަމުން ދާނެ ވާހަކަ ބުނެލަމުން އަވަސް ޚަބަރު، އަޅުގަނޑު އާމިނަތު ޝީޒާ، މި މެދުކަނޑާލަނީ…” ރީތި ވުމަށްފަހު ޓީވީ ނިއްވާލައި ކޮޓަރިން ފަޔާޒް ނުކުތީ އޮފީހަށް ދިޔުމަށެވެ. ސޯޝަލް މީޑިޔާގައިވެސް ހޫނުކޮށް ދެކެވެމުން މިދަނީ މި މަރުގެ މައްސަލައިގެ ވާހަކައެވެ.

*** *** *** *** *** ***

ފައިލަށް ބަލަހައްޓައިގެންނެވެ. އޮފިސަރ އައިންތު ޝިޔާނާގެ ބަޔާން ގެނެސްދިނެވެ. އައިންތު ގާތު މަޑުކޮށްލުމަށް ފަޔާޒް އެދުނެވެ. އަދި ކެބިންގައި އައިންތު އިށީނީ ފަޔާޒްގެ އެދުމުގެ މަތިންނެވެ.

“ޝިޔާނާގެ ކޭސް އަދި ވަރަށް ރަގަޅަށް ބަލަން އަހަރެން ބޭނުން…. ތަޙުޤީޤު ކުރަން ފޮނުވި ތަކެތީގެ ތެރެއިން ޔޫރިން އަދި ބްލަޑް ރިޕޯޓުގައި މަސްތުވާތަކެތީގެ އެއްވެސް ނިޝާނެއް ނެތް…. ކުށުގެ ވެށިން ފެނުނު ވަޅީގަޔާއި ފޯނުގައި ތިން މީހެއްގެ އިނގިލީގެ ނިޝާން ފެންނަން އެބަހުރި… ޝިޔާނާގެ ބަޔާނުގައި މި ހާދިޡާ ހިނގިގޮތް ހާމަކޮށްފައިވާ އިރު އެމަންޒަރު ދުށް އެހެން މީހަކު ނުވާކަމަށް ބުނެފައިވޭ…. އަދި ޝިޔާނާ މިކަން ކޮށްފައިވަނީ އޭނާ އެކަނިކަމަށް ބުނާ ބުނުން، އެއީ ހަޤީޤަތެއް ކަމަށް ބަލައިގަންނަން ވަރަށް އުނދަގޫ….” ފަޔާޒް ޝިޔާނާގެ މައްސަލައާއި ބެހޭ ގޮތުން ޚިޔާލު ފާޅުކުރަމުން ދިޔައެވެ.

ދެން ކަންކުރަންވީ ގޮތް އައިންތުއަށް އޮޅުން ނުފިލާތީ ފަޔާޒް އާއި ސުވާކޮށްލިއެވެ. “ދެން މިކަމުގައި އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ؟”
ފަޔާޒް ވަރަށް ވިސްނާލުމަށްފަހު ޖަވާބު ދިނެވެ. “މިކޭސް އަދި އިތުރަށް އިންވެސްޓިގޭޓް ކުރަން އެބަ ޖެހޭ…. ހެކިތަކުން ދައްކާގޮތުގައި ފޮރުވިފައިވާ ސިއްރުތަކެއް މީގައި ހުރުމުން….. މިމަސައްކަތުގައި އަހަރެމެންނާ އެކު އެހީތެރިވާން ޑިޓެކްޓިވް ނާއިފް މަސައްކަތް ކުރަން ފެނޭ” ފަޔާޒް އޭނާ ބޭނުންވާ ޕޮއިންޓަށް ދިޔައެވެ. އަދި އައިންތު ގާތު ނާއިފަށް ގޮވާލުމަށް އެދުނެވެ.

އައިންތު އެ ކެބިންއިން ނިކުމެގެން ދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަޔާޒްގެ ކެބިންއަށް ނާއިފް އަތުވެއްޖެއެވެ. ދެމީހުން އެކީގައި ތިބީ ތަޙުޤީޤު ކުރުމަށް ހަދަންޖެހޭ ޕްލޭން ރޭވުމުގައެވެ. ކުއްލިއަކަށް ފަޔާޒްގެ ކެބިންގެ ދޮރު ހުޅުވާލުމަށް ފަހު އައިންތު ބޯދިއްކޮށްލިއެވެ. އައިންތުގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހާސްކަމެވެ. ލޯވަނީ ބޮޑުވެފައެވެ. ފަޔާޒާއި ނާއިފްގެ މޫނަށް ވަކިވަކިން ބާލާލުމަށްފަހު އައިންތު ވާހަކަ ދެއްކިއެވެ.
“ޝިޔާނާއަށް މެޑިކަލް ފަރުވާ ބޭނުންވެއްޖެ… އޭނަގެ ހާލް ވަރަށް ސީރިއަސް…” އައިންތުގެ ބަސްތަކުން ފަޔާޒަށް ހީވީ ހަށިގަނޑުގައި ކަރަންޓު ޖެހުނުހެންނެވެ. އަތުގައި ހުރި ޝިޔާނާގެ ބަޔާނުގެ ގަނޑުތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު ކެބިން ތެރެއިން ނިކުމެ ދުއްވައިގަތީ ޝިޔާނާ ހައްޔަރުކޮށްފައި ހުރި ކުށްވެރިންގެ ކޮޓަރިއާއި ދިމާލަށެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި އިރު ދެ އަންހެން ފުލުހުން ޝިޔާނާގެ އަތުގައި ހިފަހައްޓައިގެން މައިތިރި ކުރެވޭތޯ މަސައްކަތް ކުރަނީއެވެ. މުޅިމީހާގެ ގަޔަށް ވަނީ ފާޑެއްގެ ގަދަ ބާރެއް އަރާފައެވެ. ރޯ މަހެއްހެން ޝިޔާނާ ތެޅި ފޮޅެނީއެވެ. ދެ ފުލުހުންނަށް އޭނާ ހިފަހައްޓާލެވެނީ ހަމަ ކިރިޔާއެވެ. ދެލޯވަނީ ބޮޑުވެފައެވެ. ކަޅިވަނީ މައްޗަށް އަރާފައެވެ. ދެތުންފަތް ދެމެދުން ފޮނުތަކެއް ފައިބަނީއެވެ. ފަޔާޒަށް ހުރެވުނީ ހަދާނޭ ގޮތެއް ނޭނގިފައެވެ. ފަޔާޒްގެ ފަހަތުން އައިސް އެ ކޮޓަރިއަށް ނާއިފް ވަނީ މެޑިކަލް ހެލްޕް ގެނައުމަށް ރިސެޕްޝަންއަށް ގުޅާފަ އެދެމުންނެވެ. އިރުކޮޅަކުން ޝިޔާނާގެ ގައިން ބާރު ދޫވާން ފެށިއެވެ. އަދި ހަރަކާތް ހުއްޓި އޭނާގެ ލޯމެރިއްޖެއެވެ.

ފަޔާޒް ޝިޔާނާއާއި ކައިރިވާން އެޅި ފިޔަވަޅު ހުއްޓުވީ ނާއިފެވެ. އެވަގުތު އެ ކޮޓަރީގެ ދޮރި ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ފުލުހުންގެ މެޑިކަލް އޮފިސަރ ޑރ.އަމީލިޔާއެވެ. ޑރ.އަމީލިޔާ އަކީ ހުޅުމާލޭގެ ފުލުހުންގެ ހެޑްކުއާރޓާސަށް ގެނެވޭ އަންހެން ކުށްވެރިންގެ މެޑިކަލް ކަންތަކުގައި އިސްވެ އުޅޭ ޑޮކްޓަރެވެ.

“ހުރިހާ ބޭފުޅުން ބޭރުގައި މަޑުކޮށްލެއްވުން އެދެން….” ޑރ.އަމީލިޔާ ޝިޔާނާ ކައިރިއަށް ޖެހިލަމުން ކޮޓަރީގައި ތިބި ހުރިހާ ފުލުހުންނަށް އިޝާރާތްކޮށްލާފައި ބުންޏެވެ.
ފަޔާޒްވެސް އެހެން ފުލުހުންނާއި އެކު އެ ކޮޓަރިން ބޭރުގައި މަޑުކޮށްލިއެވެ. ވިއްސަކަށް މިނެޓަށްފަހު އަމީލިޔާ އެ ކޮޓަރިން ނުކުމެ ފަޔާޒާއި މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ. “ޝިޔާނާއަށް އެވަނީ ސްޓްރޯކެއް ޖެހިފައި… އަސްލު ބުނެވޭނީ އޭނާގެ ހަށިގަނޑު ވަރަށް ވީކޭ… ލިބިފައިހުރި ގެއްލުން ބަޔާންކުރެވޭނީ ސީޓީ ސްކޭނަކަށްފަހު… އައިވީއެއް އަޅާ އަދި އިތުރު ފަރުވާވެސް ދޭން ޖެހޭ… ސޯ ބެޓަރ ހަރީ… ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ގެންދަން ފެނޭ” އަމީލިޔާ މިހެން ބުނުމަށްފަހު އަތަށް ލައްވާފައިވާ އަންގި ބޭލިއެވެ. ކައިރީގައި ހުރި ކުނި ވަށިގަނޑު ތެރެއަށް އަންގި ލުމަށްފަހު އިދާރީ ބައިގެ ތެރެއަށް ވަނެވެ.
ފަޔާޒާއި އެކު ނާއިފާއި އައިންތު ފަޔާޒުގެ ކެބިންއާއި ދިމާލަށް މިސްރާބުޖެހި ވަގުތު ފަޔާޒް އައިންތުއާއި ސުވާލުކޮށްލިއެވެ. “ޝިޔާނާ ކެއުމުގެ ކަންތައް ހުރީ ކިހިނެއް؟”

“އޭނާ އެހާ ރަގަޅަކަށް ނުކައި؟ މިއަދު ހެނދުނު އޭނާގެ ބައްޕައާއި ފިރިމީހާ މިކޮޅަށް ޝިޔާނާއާއި ބައްދަލު ކުރުމަށް އައި…. އިއްޔެގެ ހާދިޘާ ހިނގި ފަހުން އެމީހުން ވަނީ ކުށްވެރިޔާއާއި ބައްދަލު ކުރަން އެދޭ ފޯރމު ހުށައަޅާފައި” އައިންތު ކެބިން ތެރެއަށް ވަންނަމުން ބުންޏެވެ.

ފަޔާޒް ނާއިފާ ދިމާލަށް ބަލާލަމުން ކިހާއިރަކުތޯ ސުވާލުކޮށްލިއެވެ. ޖަވާބުގައި އައިންތު ބުންޏެވެ. “އެމީހުން އައީ ހެނދުނު 8 ޖެހި އިރު…. ބައްދަލުކޮށްފައި ދިޔުމުން ޝިޔާނާ ވަރަށް ރުއި… ” މިހިސާބަށް ބުނުމުން ފަޔާޒް އައިންތު ގާތު ޝިޔާނާ ހޮސްޕިޓަލަށް ގެންދިޔުމުގެ ކަންތައް ހަމަޖެއްސުމަށާއި އެކޮޅުގައި ފުލުހުންގެ ދެމީހަކު އަބަދުވެސް ޝިޔާނާ ކައިރީގައި ހުރުމަށް ބުންޏެވެ. އައިންތު އަވަސްވެގަތީ އެ މަސައްކަތުގައެވެ.

ކެބިން ތެރެއިން އައިންތު ނުކުމެގެން ދިޔުމުން ނާއިފް ފަޔާޒްގެ ކޮމްޕިއުޓަރ ކައިރީ އިށީނދެ ހެނދުނުގެ 8 ޖެހުމާއި ހަމައިން ޝިޔާނާ ބަންދު ކުރެވިފައިވާ ކޮޓަރީގެ ވީޑިއޯ ފޫޓޭޖް ސާވާރ އިން ހޯދުމުގެ މަސައްކަތް ފެއްޓިއެވެ. އަދި ސެކިއުރިޓީ ޑިޕާރޓްމަންޓަށް ގުލާލުމަށް ފަހު އެ ފުޓޭޖް ވަރަށް އަވަހަށް ގެނެސް ދިނުމަށް އެދުނެވެ.

ސެކިއުރިޓީ ޑިޕާރޓްމެންޓްގެ މުވައްޒަފެއް ފަޔާޒްގެ ކެބިންގެ ދޮރު ހުޅުވާލުމަށްފަހު ޕެންޑްރައިވެއް ދިއްކޮށްލީ އޭގެ ފަނަރަވަރަކަށް މިނެޓަށް ފަހުގައެވެ. ފަޔާޒާއި ނާއިފް ވަރަށް ޝައުގުވެރިކަމާއިއެކު ޕެން ޑްރައިވްގައިވާ ވީޑިއޯ ކްލިޕް ލެޕްޓޮޕުން އަޅުވައިގެން ބަލަން ތިއްބެވެ.

*** *** *** *** *** ***

ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު ޝިޔާނާ އިނީ މޭޒު ދޮށުގައި ހުރި ގޮނޑީގައި އިށީނދެލައިގެންނެވެ. ގަޑިން 8:12 ވީ ތަނާ ކޮޓަރިއަށް ވަނީ އައިންތުއެވެ. ޝިޔާނާއާއި ބައްދަލުކުރަން ދެމީހަކު އައިސް ތިބި ކަމަށް ބުންޏެވެ.

އެކޮޓަރިއަށް ފުރަތަމަ އައިސް ވަނީ ޒުވާނެކެވެ. ލަފާކުރެވޭގޮތުގައި އެއީ އައިންތު ބުނި ފަދައިން ޝިޔާނާގެ ފިރިމީހާއެވެ. މަތީނު އައިސް ޝިޔާނާގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި އިށީނުމުން ޝިޔާނާ އިސްއޮބާލިއެވެ. މަތީނު ފުންނޭވާއެއް ލުމަށްފަހު ވާހަކަ ދައްކިއެވެ. “ޝިޔާނާ… ޒާން ގޮވައިގެން ކިހިނެއް މިހެން އުޅޭނީ…. މިވަރުކަމެއް ކޮށްލި އިރު އެންމެ ފަހަރަކުވެސް ޒާން މަތިން ހަނދާނެއް ނެތްތަ؟…. މިހެން ކިހިނެއް އަހަރެމެން އުޅޭނީ… ޝިޔާނާ އުމުރަށް ޖަލަށްލީމާ އަހަރެންވީ މިހެން އުޅެންތަ؟…” ވާހަކަ މިހިސާބަށް ދިޔަ އިރު ޝިޔާނާ ރޯން ފަށައިފިއެވެ. ނަމަވެސް ދިފާއުގައި އެންމެ ބަހެއްވެސް ނުބުނެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ އިނގިލިތަކުން ފޮހެލަ ފޮހެލާ ހުރީއެވެ.

އަނެއްކާވެސް ވާހަކަ ފެއްޓީ މަތީނެވެ. “ސޮރީ… އަހަރެން މި ދަނީ… ޒާން ގޮވައިގެން އަހަރެންގެ ދޮން މަންމަ ކައިރިޔަށް ދާން…. ބައްޕަ ލަންކާއަށް ފުރާނެ…. ދެން މިކަމެއް ނުވާނެ….”
ޝިޔާނާ މަތީނާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ބަހެއް ނުބުނެވެނީސް ދެންވެސް ވާހަކަ ދެއްކީ މަތީނެވެ. “ތީ ޤާތިލެއް… ތީ ޤާތިލެއް…. ޝިޔާނާ ތިއިނީ ވަރިކޮށްފަ… ތީ މަގޭ އަންބެއް ނޫން….”
ޝިޔާނާ ބަހެއްވެސް ނުބުނެ އިނީއެވެ. މަތީނު ކޮޓަރިން ނުކުމެގެން ދިޔުމުން ރުއިން ހުއްޓާލަން މަސައްކަތް ކުރިއެވެ. އޭނާއަށް މަތީނުގެ ނުރުހުމާ ނަފްރަތު ލިބޭނެކަން އިނގެއެވެ. ޝިޔާނާ ލޮލުން ފައިބަމުން ދާ ކަރުނަތައް ފޮހެލަ ފޮހެލާ އިންދާ ދެން އެކޮޓަރިއަށް އައިސް ވަނީ ޝިޔާނާގެ ބައްޕައެވެ. ޝިޔާނާހުރީ އޭނާގެ ލޯބިވާ ބައްޕައާއި ހަތަރު ކަޅި ހަމަކުރަން ނުކެރިފައެވެ. ބައްޕަ ގައިގާ ބައްދާލަންވެސް ބޭނުމެވެ. ހިމާޔަތުގެ އަތަކުން އޯގާތެރި ފިރުމުން ތަކާއި ހެޔޮ ނަސޭހަތުގެ ބަސްތައް އަޑުއަހަން ބޭނުމެވެ. މަތީނުގެ ފަހުގެ ނިންމުން ބައްޕައަށް ހާމަ ކުރަންވެސް ބޭނުމެވެ. ނަމަވެސް ބޮލުގައި އެޅިފައިވާ ކުށުގެ ސަބަބުން ބައްޕައާއި ކުރިމަތިލާނެ ހިއްވަރެއް ނެތެވެ. ކަރު އެލުވާލައިގެން ހުރީ ބައްޕަ ބުނަން ބޭނުންވާ ވާހަކަ އަޑުއެހުމުގެ އިންތިޒާރުގައެވެ.

“ޝިޔާނާ…. ކީއްވެ ކުރިކަމެއް އެއީ؟ ބައްޕައަށް ޤަބޫލުކުރަން ވަރަށް ދަތި….” ފުއާދުގެ އަޑު ހުރީ ވަރަށް ކުރަކި ކޮށެވެ. ހީވަނީ ރޭހަތަރު ދަމު ނުނިދާ ހިތާމަ ކޮށްފައިވާހެންނެވެ.
ޝިޔާނާ ވާހަކަ ދެއްކިއެވެ. “ބައްޕާ އަޅުގަނޑަށް މަޢާފްކުރޭ…. އަޅުގަނޑުއަތުން އޭނާ މަރާލީ…… އޭނަ އުޅުނީ އަޅުގަނޑާ…. ބެހެންވެގެން…..”
ބައްޕައަށް ޝިޔާނާއާއި ދިމާލަށް ބަލާލެވުނެވެ. “ގޭގައި މީހުންއުޅޭ އިރު އެހެން މީހެއްގެއެހީއެއް ހޯދުމެއް ނެތި އޭނާ މަރާލުން އެއީ ޝިޔާނާ ކުރި ވަރަށް ގޯސް ކަމެއް؟…. މިކަންތައްގަނޑު ހިނގި ވަގުތު މަންމަ ހޭނެތިގެން ހޭނޭރުމުން ހޮސްޕިޓަލަށް ގެންދިޔައީ…” ވާހަކަ މިހިސާބަށް ދިޔަ އިރު ފުއާދަށްރޮވެނީއެވެ. ފުއާދުހުރީ އޭނާގެ ނަފްސު ކޮންޓްރޯލް ކުރުމަށް ވަރަށް މަސައްކަތް ކޮށްގެންނެވެ. ނަމަވެސް ބަޑި ފަޅައިގެން ގޮސް ރޮވެން ފެށުމުން އަނގަމަތީ އަތް އަޅާލިއެވެ. ފުން ނޭވާތަކަކަށް ފަހު އާ ހިތްވަރާކާއި އެކު ވާހަކަ ދައްކަން މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް ފުއާދަށް ބަހެއް ނުބުނެވުނީ ޝިޔާނާ ވާހަކަ ދައްކަން ފެއްޓުމުން ނެވެ.

“މަންމަ ކޮބާ؟ ކިހިނެއް… ރަގަޅުތަ؟…” ޝިޔާނާ އެއްފަހަރާ އެތަށް ސުވާލުތަކެއް އޭނާގެ ބައްޕައާއި ކުރަން ފެށިއެވެ. ޝިޔާނާއަކީ އޭނާގެ މަންމަދެކެ އިންތިހާއަށް ލޯބިވާ ދަރިއެކެވެ. މި ހުރިހާ ދުވަހެއްވެސް ޝިޔާނާ ހޭދަކުރީ އޭނާގެ މަންމަ އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައި ދެކިގެންނެވެ. ޝިޔާނާގެ ދިރިއުޅުމުގައި އޭނާގެ މަންމައަށް ސިއްރުވެފައިވާ އެއްވެސް ކަމެއް ނެތެވެ. ހަމައެފަދައިން ވަހީދާވެސް ޝިޔާނާދެކެ އިންތިހާއަށް ލޯބިވެއެވެ.

“މީ ޝިޔާނާއާއި ހެދިވީ ކަމެއް… ވަހީދާ އޮތީ ކޯމާއެއްގައި…. ޑޮކްޓަރުން ވަރަށް އުންމީދު ކުޑަކަމަށް ބުނަނީ…. އައިސީޔޫގައި އެޑްމިޓް ކޮށްފައި އޮތީ…..” ފުއާދުއަށް ހިއްވަރުކޮށްފައި ޖަވާބު ދެވުނީ ވަރަށް ކުރުކޮށެވެ. ފުއާދަށް ކެތްނުކުރެވިގެން އެ ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

މި އިވުނު ވާހަކަތަކުން ޝިޔާނާ އިނީ ބަސް ހުއްޓި ހަރަކާތް ހުއްޓިފައެވެ. ކުރި ފުން އަސަރުން ޝިޔާނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ވަނީ ހުއްޓިފައެވެ. ރޯނެ ހިއްވަރެއްވެސް އޭނާގެ ހަށިގަނޑުގައި ނެތް ކަހަލައެވެ. މައްޔިތެއްހެން ގަބުއަރާފައި އިން ޝިޔާނާއަށް ދެ ގަޑިއިރު ވީ އިރުވެސް އެ ހަށިގަނޑަށް ގުޑުމެއްވެސް ނާދެއެވެ. ދެން ފެނުނީ އޭނާ އެ ގޮނޑިން ބިން މައްޗަށް ވެއްޓުނު މަންޒަރެވެ. އޭނާ ތުރުތުރު އަޅަން ފެށި މަންޒަރެވެ. ހީވަނީ ފެނުން މަހުރޫމްވެފައިވާ ރޯ މަހެއް ހެންނެވެ.

*** *** *** *** *** ***

ވީޑިއޯ ކްލިޕް ނިއްވާލުމަށްފަހު ފަޔާޒަށް ބަލާލެވުނީ ކައިރީގައި ހުރި އޭނާގެ އެކުވެރި ނާއިފަށެވެ. ދެމީހުންވެސް ތިބީ މިފެނުނު މަންޒަރުން ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސްތަކެއް ކޮށްފައެވެ. ޝިޔާނާގެ ހަޔާތުގައި ހިނގަމުންދާ ތޫފާނުގެ އޮއެވަރުގެ ބާރުކަން އިހްސާސްވެ މި ތޫފާނަށް ނިމުމެއް ގެންނައުމަށް ދެމީހުން އަޒުމް ކަނޑައެޅިއެވެ. ގޮނޑިން ތެދުވެ ލެޕްޓޮޕް ގެ ސްކްރީން ލައްޕާލަމުން ފަޔާޒް ބުންޏެވެ. “މި ކޭސް އިތުރަށް އިންވެސްޓިގޭޓް ކުރަން ލަސްނުކޮށް އަހަރެމެން ޝިޔާނާގެ ގެއަށްދާން ފެނޭ”

ނާއިފްވެސް ފަޔާޒް ދެއްކި ވާހަކައަށް ތާއީދު ކުރުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ދެމީހުން އެކީގައި ކާރަށް އަރައި މިސްރާބުޖެހީ ޝިޔާނާމެން ދިރިއުޅޭ ފްލެޓަށް ދިޔުމަށެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

އެންމެ ފަހު ނޭވައި ލަމުންވެސް….

Next

އިންތިޒާރު 45

Next
September 4, 2015

އިންތިޒާރު 45

Previews
September 4, 2015

އެންމެ ފަހު ނޭވައި ލަމުންވެސް….

75 Comments!

  1. nukko says:
    September 4, 2015 at 10:02 pm

    V v v rythi. I think im the first.. curious to know what will happen nxt…

    1. Shax Lyn says:
      September 5, 2015 at 8:43 pm

      Thanks nukko….. just keep waiting…. will upload soon

  2. zai says:
    September 4, 2015 at 10:04 pm

    Im second

    1. Shax Lyn says:
      September 6, 2015 at 12:41 am

      🙂

  3. fareeaaa says:
    September 4, 2015 at 10:07 pm

    vvvv nice mi part vs

    1. Shax Lyn says:
      September 6, 2015 at 12:42 am

      thanks…. varah ufaavey kkiyun therin hiy hama jeheythee

  4. fareeaaa says:
    September 4, 2015 at 10:09 pm

    i am third.hehe

  5. Sobaa says:
    September 4, 2015 at 10:13 pm

    vrh reethi

  6. Samy says:
    September 4, 2015 at 10:34 pm

    V.salhi…Pls avahah aneh part upload kohdhy

    1. Shax Lyn says:
      September 5, 2015 at 8:44 pm

      Thanks samy… will upload soon. .. ☺☺

  7. ken? says:
    September 4, 2015 at 10:42 pm

    v v v interesting

  8. Naja says:
    September 4, 2015 at 11:02 pm

    Varah salhi

  9. zai says:
    September 4, 2015 at 11:32 pm

    V hab mi partvex..love it❤❤

  10. kokeelaa says:
    September 4, 2015 at 11:33 pm

    V v salhi

  11. aby says:
    September 5, 2015 at 12:13 am

    Mikahala Zamaanee stories genes dhevey liyuntherin v madhu…shaazlyn ur the best…

    1. Shax Lyn says:
      September 5, 2015 at 1:15 am

      Thanks abee….. ????????????????

  12. Mush says:
    September 5, 2015 at 12:51 am

    V furihama…..

  13. gurey says:
    September 5, 2015 at 1:09 am

    Shiyaanaa fakeeru maruvaneebaaa….. im so touched…… ????

    1. Shax Lyn says:
      September 6, 2015 at 12:43 am

      Gurey dhen evarah nuroebala….. kuriyah huri baithah thivarun kiyeynebaa…. 🙂

  14. bubbly says:
    September 5, 2015 at 1:11 am

    Friday veema upload kuraanekan ingeythy varah inthizaaru kurin… hama dhurah jehili vaguthu balaafa upload kuree…. sifa kohdhey goiy varah furihama….. i love this episode….. waiting waiting….. ????

    1. Shax Lyn says:
      September 5, 2015 at 1:14 am

      Thanks bubbly….. ?? friday ga upload kuran varah masakkathun mivaru mi v…. readers waiting ga thibeykan ingeytheee… avas kuran v masakkaiy kuran…. thanks…. ??

  15. mee says:
    September 5, 2015 at 9:13 am

    V….salhi

  16. Naakko says:
    September 5, 2015 at 9:23 am

    V salhi. Ekam mihaaru hurihaa story eh ves up vaalei v las kan faahaga kurevey. Ragalhu kohla dhinun edhen.

    1. Shax Lyn says:
      September 5, 2015 at 9:46 am

      Thin dhuvas las tha…. mi vaahaka thin dhuvahah vureh laheh nuvaane….. ☺

  17. kombe says:
    September 5, 2015 at 10:06 am

    V.salhi

  18. pary says:
    September 5, 2015 at 10:45 am

    Nice avaha up kolati

  19. aria says:
    September 5, 2015 at 10:54 am

    V reethi mi part ves…

  20. Naax says:
    September 5, 2015 at 10:55 am

    V reethi mibai vx ….next part knirakun

    1. Shax Lyn says:
      September 5, 2015 at 11:49 am

      iraadha kurehviyyaa… Monday…. ????

  21. Anonymous says:
    September 5, 2015 at 2:35 pm

    Meena akah neygey dhw arabi saa liyaakah. Arabi saa innaanee x ga keyboard ga..
    V shauguveri vaahaka eh

    1. Anonymous says:
      September 5, 2015 at 3:00 pm

      x +Shift

    2. Shax Lyn says:
      September 5, 2015 at 6:59 pm

      Thanks…… ?

  22. Anonymous says:
    September 5, 2015 at 2:37 pm

    Kihineh mihen kiyaairu innaanee alif sukun thaa sukuneh noon

    1. gurey says:
      September 5, 2015 at 7:36 pm

      Alifu sukun innaanee

    2. Shax Lyn says:
      September 6, 2015 at 12:44 am

      rangalhu kollaafa innaanee mihaaru… thanks for pointing my mistakes… 🙂

  23. Anonymous says:
    September 5, 2015 at 2:38 pm

    dhe bas eba hurey eh bahehge gothuga ehkohfa liyefa.. ragalhu kohlan feney

    1. Shax Lyn says:
      September 5, 2015 at 7:00 pm

      dhen anna episode thakugai ebai rangalhu kollaanan…. thi faalhukuraa hiyaalu thakah alhugandu varah support kuran….. ☺☺☺

  24. Anonymous says:
    September 5, 2015 at 2:39 pm

    China town ah kiyya dhivehi nameh neitha?

    1. xoooo says:
      September 5, 2015 at 6:57 pm

      Kaley dhivehi baheh hadhanveenun… china town ah….. hehehe… haadha update nuvaa neehekey dhw anonymous meeee….. pakaas… ?????

    2. Shax Lyn says:
      September 6, 2015 at 12:45 am

      thifaraathah China town ah kiyaa Dhivehi name eh ingeynama pls let me knw… so I can correct it…. 😉

  25. Anonymous says:
    September 5, 2015 at 2:40 pm

    Ahannah ragalhy vaahaka dhahkaa iru ves faranjee beynun nukuriyya

    1. maishka says:
      September 5, 2015 at 2:45 pm

      Ahannah rangalhee anonymous vaahaka thakah comment nukurihyaa..

    2. Anonymous says:
      September 5, 2015 at 2:57 pm

      Kaley aga madun laigen hurebala ma mi vaahaka dhahkany mj vaahaka liyunu kuhjaa aa ey.. mi vaahakaiga huri kuhthah ma mi faahaga kurany.. kaemen hus reethi comment jehiyas ma jahaany kuh faahaga kohfa.. ey ma beynun vey liyuntherin kuri aruvan

    3. xoooo says:
      September 5, 2015 at 6:55 pm

      ????ei anonymous… mi zamaanuga zuvaanun vaahak dhakkaa goiy ei….. vaahaka dhekkumuga egoiy beynun kureema varah zamaanah fethey…. kiyaaves hiyvey…. ma bunaanee shazlyn hama bestey…..

    4. Anonymous says:
      September 5, 2015 at 7:08 pm

      Kaleymen zamaanee vefa thibebala.. ? Faranjee..?

    5. gurey says:
      September 5, 2015 at 7:34 pm

      Anonymous kyvve faranjy ?akuruthakun comment kurany…. heevanee comment kuran feshi gothah zaathy hasadhaeh filuvaalaneehen…. ????

    6. shif says:
      September 5, 2015 at 8:19 pm

      Mee haadha katu meehekey.. aharumenna rangalhy modern v varakah… vahaka hama habeys

    7. Shax Lyn says:
      September 6, 2015 at 12:50 am

      vaahaka dhekkumugai beynun kurey radhyfgai nuhimeney kithemme bahehves… ei majaazge gothugaves beynun kuraa basthah…. Alhugandu dhekey gothugai Dialogue thakugai Ammu koh meehun bas bune ulhey gothah beynun kurun emme rangalhy… Faharugai vedhaane khiyaal faalhu kuri kiyuntheriyaa akee ingireysi bas vaahaka dhekkumugai beynun nukuraa meehakah…. 🙂 🙂

  26. grin says:
    September 5, 2015 at 2:42 pm

    Waaaau.. nice.. thanks shazlyn for uploading story regularly

    1. Shax Lyn says:
      September 5, 2015 at 7:02 pm

      ? thankssss

  27. shx says:
    September 5, 2015 at 2:50 pm

    woww shaxu..vvvv salhi mi part vxxx love it…

    1. Shax Lyn says:
      September 5, 2015 at 7:02 pm

      Thanks….. ???

  28. xidhu says:
    September 5, 2015 at 6:53 pm

    V nice

    1. Shax Lyn says:
      September 6, 2015 at 1:04 pm

      Thanks….

  29. ali says:
    September 5, 2015 at 7:47 pm

    (Anonymous) miy haadha dhivehi vantha namekey

  30. azim says:
    September 5, 2015 at 7:55 pm

    Anonimasss is J

  31. gurey says:
    September 5, 2015 at 7:57 pm

    Anonymous ge name badhalukuranvee Radheef ah…. hehehe ?????

  32. Ahmed says:
    September 5, 2015 at 8:01 pm

    You have proven yourself to be a very skilled individual who has the capacity to do great things with their life.We all are with you. Keep it up. ??

    1. Shax Lyn says:
      September 5, 2015 at 8:13 pm

      Thanks ahmed…. ???

  33. aby says:
    September 5, 2015 at 9:08 pm

    Omg…anonymous kihineh vegen thoa thiulheny… kuh dhakkaa gothun evves varakah hiyeh nuvey binaakuranivi faadu kiyumeh heneh…hasadheh filuvaalaa hen heevany…thi comment kurumuge vattafaalhi badhalu kollan feney.. no offense

  34. Shax Lyn says:
    September 6, 2015 at 12:40 am

    faahaga kurevey kuhthah hurumun… Islaahu kohfai vaahaka bunelan….. 🙂
    Thanks…. and keep commenting friends…. 😉

  35. suza says:
    September 6, 2015 at 9:33 am

    shax avaes kobala haadha reechay mi haaru kaekuravanee keenuae kiyaahithun

    1. Shax Lyn says:
      September 6, 2015 at 1:06 pm

      Insha allah…. tonight upload kuraanan…. mihaaru final kuranee mi….. inthizaaru kollaaa… ?????

  36. shx says:
    September 6, 2015 at 9:38 am

    anonymouse ulhenyy eyna ah coment hoadhann..vaahaka liya myha akah nuun..haadha boavx bodey dhw anonymousyyyy..

  37. shx says:
    September 6, 2015 at 9:39 am

    thiha myhunge coment beynumiyya story eh loyan v nun..myhunge faraathun thi libey kada comeny ah vure maa reethi coment libeyne eyrunn…heheheh

  38. shx says:
    September 6, 2015 at 9:40 am

    liyan*

  39. shx says:
    September 6, 2015 at 9:41 am

    coment*

  40. someone says:
    September 6, 2015 at 12:57 pm

    Vaahaka thafseel kofa huree vara furihama ya, adhi baitha gulaa laafa huree ves vara furihamaya.

    1. Shax Lyn says:
      September 6, 2015 at 1:04 pm

      Thanks someone….. ?????

  41. keevaa says:
    September 6, 2015 at 1:36 pm

    v v v v nice story eh,keep it up……..

    1. Shax Lyn says:
      September 6, 2015 at 3:22 pm

      Thnks keevaa ????

  42. ash says:
    September 6, 2015 at 9:23 pm

    Alhe adhives aneh episodeh naadhey.. haadha inthixaarekey dhw..

  43. shifu says:
    September 7, 2015 at 2:38 am

    Varah reethi vaahakaeh.. keep it up 🙂

  44. HabeyzZ says:
    September 7, 2015 at 1:34 pm

    Varah ssalhi ??

  45. shx says:
    September 10, 2015 at 1:15 am

    V v nice.. 🙂

Comments are closed.

Next Episodeނަޖާ (އަށްވަނަ ބައި)←


All Right Reserved!