Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (އެކާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 3, 2015 9 Mins Read
80 Comments

“އާނ މިއަންނަނީ.” ނަވާޒް ފޯނު ކަންފަތުން ނަގާލަމުން ކޮޅަށް ތެދުވިއެވެ. އަދި އޭނަ ހުޅުވާފައި ހުރި ވިންޑޯ ކްލޯޒްކޮށްލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. ކޮޓަރިން ނިކުމެ ދޮރު ލައްޕާލި ވަގުތު ލެޕްޓޮޕްގެ ސްކްރީންގެ އަލި ފޭދިގެން ދިޔައެވެ. އެއަށްފަހު މަޑުމަޑުން އަލިވަމުން ގޮސް ފެނިގެން ދިޔައީ ފޮޓޯއެކެވެ. އެ ފޮޓޯގައި ހުރީ ނަވާޒް އޭނަގެ ދެއަތުން ފަސް އަހަރުގެ ޔޫނުސް މައްޗަށް އުފުލައިގެން ހުރި ތަނެވެ. ނަވާޒް ފުރިހަމަ ހިނިތުންވުމެއްގައި ހުރިއިރު ކުޑަކުޑަ ޔޫނުސްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

އޭގެ އަނެއްދުވަހު ސްކޫލުން ގެއަށް ދިޔަ މަގުމަތީގައި ނަޞްރާއަށް ވިސްނެމުން ދިޔައީ އެދުވަހު ސްޓާފް ރޫމްގައި ތިބެ ބައެއް މުދައްރިސުން ދެއްކި ވާހަކައަކާއި މެދުގައެވެ. އެ މީހުން ބުނި ގޮތުގައި މީގެ ދުވަސްތަކެއް ކުރިން އެޗް.އެން ނިއުސް އިން ދޮގު ޚަބަރެއް ފެތުރި ވާހަކަ ޚަބަރުތަކުން ކިޔުނަސް، މިއަދު އެޗް.އެން ނިއުސް އާއި އެކީ އެހެނިހެން ޗެނަލްތަކުން ވެސް އެއީ ދޮގު ތުޚުމަތެއް ކަމުގައި ބުނަން ފަށައިފިކަމަށެވެ. އެއް މުދައްރިސަކު ދެކުނު ގޮތުގައި މިހާރު އެހެނިހެން ޗެނަލްތަކުން ވާހަކަ އޮޅުވާލަނީ ނަވާޒް އެ މީހުންނަށް ރިޝްވަތު ދީގެންނެވެ. ނަޞްރާއަށް އެކަހަލަ ވާހަކަތައް އަޑުއަހަން ނުވެސް ހުރެވެއެވެ. އޭނައާއި އެކީގައި މަސައްކަތް ކުރާ ގިނަ މީހުން އޭނަ ހުއްޓާ އެ ވާހަކަތައް ނުވެސް ދައްކާނެއެވެ. އަދި އެޗް.އެން ނިއުސްގެ ވާހަކައެއް އަމުދުންނެއްނޫނެވެ. އޭނައަށް އެ ވާހަކަތައް އިވެނީ ބައެއް މުދައްރިސުން އޭނަގެ ފިރިމީހާއަކީ ކާކުކަން ހަނދާން ނެތިފައި ތިބޭ ވަގުތުތަކުގައެވެ.

ނަޞްރާއަށް ވިސްނަމުން ގޮސް ފުން ނޭވައެއް ދޫކޮއްލެވުނެވެ. އޭނަ ޔޫނުސްއާއި މި ވާހަކަ ދައްކަން ބޭނުންވިއެވެ. މި ވާހަކަތަކަކީ ޙަޤީޤަތެއްތޯ ނުވަތަ ނޫންތޯ ޔަޤީންކުރަން ބޭނުންވިއެވެ. ޙަޤީޤަތަކަށް ވާނަމަ ބައްޕައަށްޓަކައި ވިޔަސް އެކަހަލަ ތަނެއްގައި މަސައްކަތް ކުރަން ނުވާނެކަން އޭނަ ޔޫނުސްއަށް ވިސްނައިދޭންވާނެއެވެ. ބައްޕަގެ އަމުރަކަށް ވިޔަސް ނުބައި ކަމެއް ކޮށްގެން ނުވާނެކަން އަންގަންވާނެއެވެ. ނަމަވެސް މި ވާހަކަތައް ކިޔައިދޭން އޭނައަކީ ވަކި ކާކުހެއްޔޭ ނަޞްރާގެ ހިތުގެ ކަނަކުން ގޮވާލިއެވެ. އޭނައަކީ އަދި ވަކި މާ ރަނގަޅު މީހެއް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވަނުމުން ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ މުޅި މާޒީ ލޯ ކުރިމަތިން ސިފަވެގެން ދިޔަހެން ނަޞްރާއަށް ހީވިއެވެ. އެއާއެކު ނަޞްރާގެ ހިނގުން ލަސްވިއެވެ. ކަމަކާއިމެދު އުނދަގޫވެގެން އުޅޭފަދަ ގޮތަކަށް އޭނައަށް ދެލޯ މަރާލެވުނެވެ. އޭނައަކީ އެއްވެސް ރަނގަޅު މީހެއްނޫނޭ ހިތަށްއެރިއެވެ. އޭނަގެ ނަޒަރުގައި ޔޫނުސް ވެސް އޭނައަށްވުރެ މާ ހެވެވެ. ޔޫނުސްއަށް އޭނަގެ މާޒީގައި ކުރެވުނުހާ ކަމެއް ކުރެވުނީ އޭނައަށް ދިމާވި ޙާލަތްތަކެއްގެ ސަބަބުންނެވެ. ނަމަވެސް އޭނަ އޭނަގެ މާޒީގައި ހުރިހާ ކަމެއް ކުރީ ގަސްދުގައެވެ. ނަޞްރާއަށް އިސްޖަހާލެވުނެވެ. އޭނަ އަދި މި ވާހަކަތައް ޔޫނުސްއަށް ކިޔައިދޭންވާނެއޭ ހިތް ބުނުމުން އެކަމަށްޓަކައި އޭނަގެ ދޫ މަސައްކަތް ނުކުރާނެހެން އެވަގުތު ނަޞްރާއަށް ހީވިއެވެ. އެ ވާހަކަތައް ހަމަ ގައިމުވެސް އޭނައަށް އަނގަ ބަހުން ކިޔައެއް ނުދެވޭނެއެވެ. އެ ވާހަކަތައް އިވިފައި ޔޫނުސްއަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. ކައިވެނީގެ ކުރިން އޭނަ ކޮންމެ ކަމެއް ކޮށްފައިވިޔަސް މަޢާފުކޮށްފާނަމޭ ޔޫނުސް ބުންޏަސް އޭނަ ޙަޤީޤަތުގައި ކުރީ ކޮންކަމެއްކަން އެނގުމުން ޔޫނުސްއަށް މަޢާފުކޮށްދެވޭނެ ކަމާއިމެދު ނަޞްރާއަށް ޝައްކު ކުރެވުނެވެ. ހަމަ އެއާއެކު ނަޞްރާގެ ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔައެވެ. ޔޫނުސް އޭނައާއި ދިމާލަށް މިއީ ތިމަންނަ އުއްމީދު ކުރި ގޮތެއްނޫނޭ ބުނާފަދަ ނަޒަރަކުން ބަލަހައްޓައިގެން ހުންނަތަން ސިފަކުރެވުމުން ނަޞްރާގެ ލޯ ތެމުނެވެ. ޔޫނުސްއަށް އޭނަގެ ސިއްރުތައް މުޅި ޢުމުރަށް ސިއްރުކުރާނީއޭ ހިތަށްއެރިއެވެ. އެހެނަސް އެއީ ވާނެކަމެއްނޫންކަން އެނގި ނަޞްރާ ޔޫނުސްއަށް ހުރިހާ ވާހަކައެއް ކިޔަދެވޭނެ ގޮތަކާއިމެދު ވިސްނަން ފެށިއެވެ.

ފަހަކަށް އައިސް އަފްރީންގެ ކަމަކީ އަބަދުވެސް ކޮޓަރީގެ އެނދުމަތީގައި އިނދެ ޔޫޓިއުބް ވީޑިޔޯތައް ބެލުމެވެ. އާޔަތުލް ކުރުސީގައި ޖުމްލަތައް އެތުރިފައިވި ގޮތް ފެނިފައި އަފްރީން ޤުރުއާނާއި ބެހޭ ގޮތުން އިތުރަށް އެނގެން ބޭނުންވިއެވެ. މި ގޮތުން އޭނަ ޔޫޓިއުބްއިން ފެނުނު އެކި ލެކްޗަރުތައް ބަލަން ފެށިއެވެ. ލެކްޗަރުތައް ބަލަމުން ދިޔައިރު އޭނަ ފޫހި ނުވީގޮތުން ޚުދު އަފްރީން ވެސް ޙައިރާންވިއެވެ. އޭނައަކީ ދުވަހަކުވެސް ލެކްޗަރެއް ބަލާހިތުން ބެލި މީހެއްނޫނެވެ. ނަމަވެސް ﷲ އާއިމެދު އިތުރަށް އުނގެނެމުން ދިޔަ ވަރަކަށް އޭނަގެ ހިތް ބަދަލުވަމުން ދިޔައެވެ. އަފްރީން އެންމެ ޙައިރާންވީ ރަޙްމާން ސޫރަތުން ލިބޭ ފިލާވަޅުތައް ހުރި ލެކްޗަރެއް ބަލާފައެވެ. އޭތި ބެލުމުގެ ކުރިން ﷲ އަކީ އެކަލާނގެ އަޅުންދެކެ ލޯބިވެވޮޑިގެންވާ ރަސްކަލާނގެ ކަމުގައި އޭނަ ނުދެނެހުރިހެން އަފްރީންއަށް ހީވިއެވެ. ފުރަތަމަ ފަހަރާއި ޚިލާފަށް މިފަހަރު ﷲ ގެ ލޯބިފުޅާއި ބެހޭ ވާހަކަތައް އިވުމުން އަފްރީންއަށް ނޭނގި އޭނަގެ ލޮލުން ކަރުނަ ފައިބައިގެން އައެވެ.

ޤުރުއާނުގެ އާޔަތްތަކަށްޓަކައި އަފްރީންގެ ހިތުގައި ދުވަހަކުވެސް ނުވާފަދަ ލޯތްބެއް އުފެދުނެވެ. އޭނަ އެންމެނާއި މި ވާހަކަ ޙިއްޞާކުރަން ބޭނުންވިއެވެ. އެހެންކަމުން އޭނަ އެއްދުވަހު ނައުފާއަށް ގުޅާފައި އޭނަގެ ގެއަށް ޒިޔާރަތް ކޮށްދިނުމަށް އެދުނެވެ. ނައުފާ މީގެ އެއް ހަފްތާ ކުރިން ލަންކާއަށް ފުރުމުގެ ކުރިން ވެސް އަފްރީންއާއި ބައްދަލުކުރަން އައެވެ. ނަމަވެސް އޭރު އަފްރީން ނައުފާއަށް އޭނަ ބަލަމުން ދިޔަ ލެކްޗަރުތައް ދައްކާ ހިތެއް ނުވިއެވެ. ނައުފާ އޭނަ ކަޓުވެއްޖެއޭ ބުނެފާނެތީ ޖެހިލުންވިއެވެ. ނަމަވެސް މިހާރު އަފްރީންއަށް ކުރެވެނީ މުޅިން އެހެން ކަހަލަ އިޙްޞާޞެކެވެ. މިހާރު އޭނަ އިންތިހާއަށް ބޭނުންވަނީ އޭނައަށް ޤުރުއާނާއިބެހޭ ގޮތުން އެނގުނު އެއްޗެއް އެހެން މީހަކަށް ކިޔައިދޭށެވެ. ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނުމުގެ ސަބަބުން އޭނައަށް ލިބުނުފަދަ ހިތްހަމަޖެހުމެއް އެހެން މީހުންނަށް ވެސް އިޙްޞާޞް ކުރުވޭތޯ ބެލުމަށެވެ.

ނައުފާއަށް އަފްރީންގެ ގެއަށް އާދެވުނީ އަފްރީންގެ އަތުގައި އެޅިފައި ހުރި ޕްލާސްޓަރު ނެގި ދުވަހުއެވެ. އޭނަގެ ފައިގައިވި ޕްލާސްޓަރު ނެގެނީ އޭގެ އެއްހަފްތާ ފަހުންނެވެ. އެހެންކަމުން އަފްރީން އެ ދުވަހު ވެސް ނައުފާއާއި ބައްދަލުވީ އޭނަ ކޮޓަރީގެ އެނދުގައި އިންދައެވެ. ނައުފާ އަފްރީންގެ ކައިރީގައި އެނދުގައި އިށީނުމުން އަފްރީން އޭނަގެ ލެޕްޓޮޕް ނަގައި ވަރަށް ސަޅި އެއްޗެއް ދައްކާނަމޭ ކިޔާފައި އާޔަތުލް ކުރުސިއާއި ބެހޭ ވީޑިޔޯ ދެއްކިއެވެ. އަފްރީން އުޖާލާވި ހިނިތުންވުމަކާއެކީ އޭތި ބަލަން އިންއިރު ނައުފާ އިނީ އެއްވެސް އަސަރެއް ނެތް ގޮތަކަށް ބަލަހައްޓައިގެންނެވެ.

“ވަރަށް އޯސަމްދޯ؟” ވީޑިޔޯ ނިމުމުން އަފްރީން ނައުފާއަށް ބަލައި ފޯރިއާއެކީ ބުނެލިއެވެ.

“ހުމް….ކޫލް.” ނައުފާ ދިން ފިނި ޖަވާބުން އަފްރީންގެ ހިނިތުންވުން ފަނޑުވިއެވެ. އެއީ އޭނަ ނައުފާގެ ފަރާތުން އުއްމީދުކުރި ފަދަ ޖަވާބެއްނޫނެވެ. އަފްރީން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ނައުފާ ވާހަކަ ދެއްކިއެވެ. ނައުފާ ފުރިހަމަ ހިނިތުންވުމަކާއެކީ ބުނެލީ ކޮންމެވެސް ލަވަ ކިޔުންތެރިއެއްގެ އާ އަލްބަމެއް ނިކުތް ވާހަކައެވެ. އަފްރީންއަށް އެއީ ކޮން ލަވަ ކިޔުންތެރިއެއްކަން ނޭނގިގެން އޭނަ ނައުފާ ގާތު ސުވާލު ކުރިއެވެ. އަފްރީންއަށް ނޭނގުނީތީ ނައުފާ ދެލޯ ބޮޑުކޮށް އަނގަ ހުޅުވާލިއެވެ. އަދި އެ ލަވަ ކިޔުންތެރިޔާއަކީ އަފްރީންއަށް އެންމެ ކަމުދާ ލަވަ ކިޔުންތެރިޔާ ކަމުގައި ބުނެލިއެވެ. ނައުފާ އެހެން ބުނުމުން އަފްރީންއަށް އެއީ ކާކުކަން އެނގުނެވެ. އެއާއެކު އޭނަ ޙައިރާން ވެސްވިއެވެ. އޭނަ އޭނައަށް އެންމެ ކަމުދާ ލަވަ ކިޔުންތެރިޔާ މަތިން ހަނދާން ނެތުނީ ކޮން ދުވަހަކުބާއޭ ހިތަށްއެރިއެވެ. އޭނަ ލަވައެއް ނުޖަހާތާ އެތައް ދުވަހެއްވެފައިވިކަން ވެސް އަފްރީންއަށް އެނގުންވީ އެވަގުތެވެ. އޭނައަށް ނުވެސް އެނގި އެކަމާއި ދުރުވެވުނު ގޮތާއިމެދު އަފްރީން އަންތަރީސްވިއެވެ. އޭނައަށް ދުރުވެވުނީ ހަމައެކަނި އެކަމުންނެއް ނޫންކަން އަފްރީންއަށް އެނގުނީ ނައުފާ އިތުރަށް ވާހަކަ ދެއްކުމުންނެވެ. ނައުފާ ކޮންމެވެސް ސީރީސްއެއްގެ 8 ވަނަ ސީޒަންއެއްގެ ވާހަކަ ދެއްކުމުން އެއީ ކޮން ސީރީސްއެއްކަން ނަގައިގަންނަން ވެސް އަފްރީންއަށް ވަގުތުކޮޅެއް ނެގިއެވެ. އޭނަ އެންމެ ފަހަކަށް ބެލީ އެ ސީރީސްގެ ކޮން ސީޒަނެއް ކަމެއްވެސް އަފްރީން ހަނދާނެއްނެތެވެ. އަފްރީން އެއްވެސް އެއްޗެކޭ ނުކިޔާ އިންދާ ނައުފާ އިހަކަށް ދުވަހު ނިކުތް ފިލްމެއްގެ ވާހަކަ ދެއްކުމުން އެއީ ކޮން ފިލްމެއްގެ ވާހަކަ ކަމެއްވެސް އަފްރީންއަކަށް ނޭނގުނެވެ. އެވެސް ވެގެން ދިޔައީ ނައުފާއާއެކީ އަފްރީން ވެސް އަޖާއިބުވެގެން ދިޔަ ކަމަކަށެވެ. މީގެ ކުރިން ފިލްމެއް ނިކުތިއްޔާ އެ ފިލްމު ނިކުތް ދުވަހާއި ފިލްމުގަ އުޅޭ ތަރިންނާއި ފިލްމަށް ލިބުނު ފައިދާއާއި އެހެނިހެން ތަރިން ފިލްމާއި ބެހޭގޮތުން ބުނެފައިވާ ވާހަކަތަކަށް ދަންދެން އަފްރީންއަށް އެނގޭނެއެވެ. ނަމަވެސް މިއަދު އަފްރީންއަށް ފިލްމެއް ނިކުތް ކަމެއްވެސް ނޭނގެއެވެ.

“ސީރިއަސްލީ އަފޫ ވަޓްސް ރޯންގް ވިތް ޔޫ؟ އަފޫ ކީއްތަ ކުރީ މިހާ ދުވަހު ގޭގަ ހުރެގެން؟” ނައުފާއަށް އެންމެ ފަހަކަށް އަހާލިއެވެ. އަފްރީން އޭނަގެ މޫނުގައި ދެއަތް އަޅާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު މަޑުމަޑުން ދެއަތް ތިރިއަށް ހިންގަމުން މޫނުން ދެއަތް ނަގާލިއެވެ.

“ނޭނގެ ނައު މިވެގެން އުޅޭ ގޮތެއް….އަފޫ މި ދުވަސްކޮޅު ހަމަ މައިގަނޑު ގޮތެއްގަ ޔޫޓިއުބްއިން ލެކްޗާރސްތައް ބެލީ. ނައުއަށް ޤަބޫލު ކުރެވުނަސް ނުކުރެވުނަސް މި ނޫންކަމެއް އަފޫ ކުރާހިތެއްނުވީ. ހަމަ އަސްލުވެސް ވަރަށް ސަޅިއޭ މި އެއްޗެހި. ނައު، އަހަރުމެންނަށް ޤުރުއާނާއި ބެހޭ ގޮތުން ނޭނގޭ ބައިވަރު ކަންތައް އެބަހުރި. އެނގުނީމަ ކިހާ އޯވްސަމްކަން އެނގޭނީ. އަފޫ ނައުއަށް ލިންކްތައް ފޮނު…..” އަފްރީންއަށް ހެވިފައިހުރެ އެހާ ހިސާބަށް ބުނެލެވުނުތަނާ ނައުފާ ވާހަކަ ދެއްކިއެވެ.

“އަފޫ ޕްލީޒް! ކިހިނެއްވެގެންތަ އަފޫ ތި އުޅެނީ؟ ތިއީ ހަމަ އަފޫތަ؟ ވެދާނެ އަފޫގެ ދޮންތަގެ ސަބަބުން އަފޫ ތި އެއްޗެއްސަށް ޝައުޤުވެރިވީ ކަމަށްވެސް. ބަޓް އައިމް ނޮޓް އިންޓްރެސްޓެޑް. އަހަރެން ޝައުޤުވެރިވާކަށް ވެސް ބޭނުމެއްނޫން. އަހަރެން ބޭނުމެއްނޫން އަފޫގެ ދޮންތަމެން އުޅޭ ކަހަލަ ބޯރިންގް ލައިފެއް އުޅޭކަށް. ދެން އަފޫ ވެސް މީގެ އަހަރުތަކެއްފަހުން ފެންނާނީ މޫނު ބުރުގާ އަޅައިގެން ހުއްޓާދޯ؟ ސީރިއަސްލީ އަފޫ!” ނައުފާ މި ފަހަރު ވާހަކަ ދެއްކީ ނުރުހުންތެރިކަމާއެކީ އަޑު ހަރުކޮށެވެ. އަފްރީންއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނަ ކައިރީގައި މިއިނީ އޭނަގެ އެންމެ ގާތް އެކުވެރިޔާހޭ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. އަފްރީން އެއްވެސް އެއްޗެކޭ ނުބުނެ ނައުފާއަށް ބަލަން އިންދާ ނައުފާ ފުން ނޭވައެއް އެތެރެއަށް ދަމަމުން އިސްޖަހާލިއެވެ. އަދި އިރުކޮޅެއްފަހުން އިސްއުފުލާލިއެވެ.

“ލުކް އަފޫ. ޔޫ އާރ މައި ބެސްޓް ފްރެންޑް. އެކަމަކު އަފޫއަށް އެނގެއެއްނު އަހަރެން ތި ކަހަލަ ކަންކަމަށް އިންޓްރެސްޓް ނުހުންނަކަން؟ ކުރީގަ އަފޫ ވެސް ނުހުރެއެއްނު؟ ސޯ ޕްލީޒް ޓްރައި އެންޑް އަންޑަސްޓޭންޑް. ހިނގާބަލަ އެހެން ވާހަކައެއް ދައްކަން.” ނައުފާ އަފްރީންގެ ކޮނޑުގައި އެއްއަތް އަޅާލަމުން ބުނެލިއެވެ. އަފްރީން އެއްފަހަރު އެއަތަށް އަނެއްފަހަރު ނައުފާއަށް ބަލާލިއެވެ.

“އަފޫއަކަށް ނޭނގޭ ދައްކާނެ އެހެން ވާހަކައެއް. ނައުފާ ތި ދައްކާ އެއްވެސް ފިލްމެއްގެ ވާހަކައެއް އަފޫއަކަށް ނޭނގޭ…….އެހެންވީމަ، ނައު ދެން މިރޭ ދިޔަޔަސް ހެޔޮ. ދެން ދަޢުވަތު ދޭނީ ފަހުގެ ހުރިހާ ފިލްމެއް ޑައުންލޯޑްކޮށްފަ. އެ ދުވަހަކުން ދެ މީހުން އެކީގަ ފިލްމެއް ބަލާނީދޯ؟” އަފްރީން ހިނިތުންވުމަކާއެކީ ބުނެލިއެވެ. އޭނަ ބޭނުންވީ އޭނަގެ އެކުވެރިޔާ އުފާކޮށްދޭށެވެ. އަދި އެހެންނޫނަސް ފިލްމެއް ބެލިއަސް އޭގައި އޮތް މައްސަލައަކީ ކޮބައިބާވައޭ އަފްރީންގެ ހިތް ބުންޏެވެ. ނައުފާ ހިނިތުންވުމަކާއެކީ އާނއެކޭ ބުނެލުމުން އަފްރީންގެ ހިނިތުންވުން ފުންވިއެވެ. އޭގެ އިރުކޮޅެއްނުވެ ނައުފާ އޭނަގެ ބޭބެއަށް ގުޅައި ބަލާ އައިސް ދިނުމަށް އެދުނެވެ.

ނައުފާ ދިޔުމުން އެރޭ އަފްރީން އެތައް ދުވަހަކަށްފަހު ޔޫޓިއުބް ކްލޯޒްކޮށްފައި ގޫގުލްއަށް ދިޔައެވެ. ގޫގުލް އިން އޭނަ ސާރޗްކޮށްލީ އެންމެ ފަހުގެ ފިލްމުތަކާއި ބެހޭ މަޢުލޫމާތެވެ. ގޫގުލް އިން ފޭސްބުކްގެ ލިންކެއް ފެނިފައި އޭނަ ފޭސްބުކަށް ނުވަންނަތާވެސް އެތައް ދުވަހެއްވެފައި ވިކަން އަފްރީންއަށް އެނގުންވިއެވެ. އޭނަ ފޭސްބުކަށް ވަތްއިރު އެތައް ނޮޓިފިކޭޝަނަކާއި މެސެޖަކާއި ފްރެންޑް ރިކުއެސްޓެއް ލިބިފައި ހުއްޓެވެ. އަފްރީން މާ ބޮޑު ފަރުވާލެއް ނުދީ އެ ތިން ތަނަށް ވެސް ކްލިކްކޮށްފައި ސްކްރޯލްކުރަން ފެށިއެވެ. ސްކްރޯލް ކުރަމުން ދަނިކޮށް ފިރިހެން ކުއްޖެއްގެ ޕްރޮފައިލް ޕިކްޗަރ ފެނިފައި އަފްރީންއަށް ބޭ އިޚްތިޔާރުގައި އަވަސްއަވަހަށް ތިރިއަށް ސްކްރޯލްކޮށްލެވުނެވެ. މާ ގިނައިރެއްނުވެ އެހެން ފިރިހެން ކުއްޖެއްގެ ފޮޓޯ ފެނިފައި ވެސް ވީ އެހެންނެވެ. އަފްރީންއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނައަށް ފިރިހެން ކުއްޖެއްގެ ފޮޓޯއަށް ބަލަން އެހާ އުނދަގުލީ ކީއްވެ ހެއްޔެވެ؟ މިއީ ކުރީގައި އޭނަ އުޅުނު ގޮތެއްނޫނެވެ. އޭނައަށް ނުހަނު ފަސޭހައިން އެ ފޮޓޯތަކަށް ލައިކްވެސް ދީ ކޮމެންޓް ވެސް ކުރެވެއެވެ. އަފްރީން އޭނަ ކުރީގައި ކޮށްފައިވާ ކަންތައް ބެލުމަށްޓަކައި އޭނަގެ ޕްރޮފައިލަށްވަނެވެ. އޭނަގެ ޕްރޮފައިލް ޕިކްޗާރއަކަށް ސިނާން ކުރަހާފައި ހުރި ކުރެހުމެއް ހުރިތަން ފެނިފައި އަފްރީން އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. އަފްރީން އޭނަގެ ޕްރޮފައިލް ބަލަމުން ދިޔަވަރަކަށް އިތުރަށް ނުރުހުންވަމުން ދިޔައެވެ. އޭނަގެ ޕްރޮފައިލް ޕިކްޗާރތަކަށް ހަމައެކަނި ފިރިހެން ކުދިން ކޮމެންޓްކޮށްފައި ހުރިތަން ފެނިފައި ލަދުގަތެވެ. އޭނަ މި ގޮތަށް ކަންތައްވިޔަ ދިނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. ކޮންމެވެސް އެއް އިރެއްގައި އޭނަ ރައްޓެހިވެގެން އުޅުނު ފިރިހެން ކުއްޖަކު ތިމަންނައަށް މި ފޮޓޯއަށް ބަލައިގެން އެތައް އިރެއް ވަންދެން ހުރެވިދާނެއޭ ލިޔެފައި އޮތްތަން ފެނިފައި ބަލާނެ ކަމެއްނެތޭ ބުނެ އަފްރީންގެ ހިތް ހަޅޭއްލެވިއެވެ. ނަމަވެސް އެ ފޮޓޯ ލީ ޚުދު އޭނަ އަމިއްލައަށްކަން ހަނދާންވުމުން އަފްރީންގެ ހިތް މައިތިރިވިއެވެ. ޕްރޮފައިލްގެ ވަކި ހިސާބަކުން އޭނަ ލައިކްކޮށްފައި ހުރި ފިލްމުތަކުގެ ނަންތަކާއި ފޮޓޯތައް ފެނިފައި އަފްރީންއަށް ދުރުބެލެން ފެށިއެވެ. އަވަސްއަވަހަށް ތިރިއަށް ސްކްރޯލް ކޮށްލުމުން އޭނަ ލިޔެފައި ހުރި ސްޓޭޓަސްތަކުގައި ހުރި ގޯސް ބަސްތައް ފެނިފައި އަފްރީން ހޮޑުލާން ބޭނުންވިއެވެ. އަފްރީން ކެތްނުވާ ހިސާބަށް ދިޔުމުން އެ ވިންޑޯ އެއްކޮށް ކްލޯޒްކޮށްލިއެވެ. އެއާއެކު ޑެސްކްޓޮޕްއިން ފިލްމުތަކާއި ސީރީސްތަކުގެ ފޯލްޑާއެއް ފެނިފައި އަފްރީން އޭތި ހުޅުވިއެވެ. ފިލްމުތަކުގެ ތެރެއިން ސްކްރޯލް ކުރަމުން ދިޔައިރު އޭގެއިން ބައެއް ފިލްމުތަކުގައި ހުރި ހުތުރު މަންޒަރުތައް ލޮލަށް ސިފަވަމުން ދިޔުމުން އަފްރީންއަށް ދެލޯ މަރާލަމުން ބޯހޫރުވާލެވުނެވެ. އެއީ ހަމަ އަސްލުވެސް އޭނަ ބެލި މަންޒަރުތަކެއްހޭ ހިތަށްއެރިއެވެ. އާނއެކެވެ. އޭގެއިން ގިނަ ފިލްމުތަކަކީ އެފަދަ މަންޒަރުތައް ހުންނާނެކަން އޭނައަށް ކަނޑައެޅިގެން އެނގިހުރެ ޑައުންލޯޑްކުރި ފިލްމުތަކެވެ. އޭނަ އޮޅުވާލަން އުޅުނީ ކާކަށް ހެއްޔެވެ؟ ފިލްމުތައް ޑައުންލޯޑްކުރި އިރު އޭނަ ހުރީ އެ މަންޒަރުތަކާއި ހަމައަށް ދިޔުމުން ދުރު ބަލާ ގޮތަށް ނިންމައިގެންނެވެ. ނަމަވެސް ކޮޓަރީގެ ދޮރު ތަޅުލައިގެން އިންނައިރު އެގޮތަކަށް ކަންތައް ނުވެއެވެ. އެއީ ނުބައި ކަމެއް ކަމުގައި ވެސް އޭނަ ނުދެކުނެވެ. ބައްޕައަށް ނޭނގޭހާ ހިނދަކު ރަނގަޅުވާނެއޭ ބުނެ އަމިއްލަ ނަފްސަށް ވިސްނައިދެމުން އޭނަ ދިޔައެވެ. ނަމަވެސް އޭނަ އެ މަންޒަރުތައް ބެލިއިރު ބައްޕަ ނެތަސް ﷲ ވޮޑިގެންވިއެއްނޫން ހެއްޔެވެ؟ އެ ސުވާލު ހިތަށް ވަނުމުން އަފްރީންއަށް ނޭނގި އޭނަގެ ލޯ ތެމުނެވެ. ކުއްލިއަކަށް އޭނަ ކޮޓަރީގައި ހުރީ އެކަންޏެއްނޫންހެން އިޙްޞާޞް ކުރެވުނެވެ. ﷲ އަބަދުވެސް ވޮޑިގެންވިއެވެ. އޭނަ ފިރިހެން ކުދިންނާއި ގައިގޯޅިވެގެން އުޅުނުއިރު ﷲ ވޮޑިގެންވިއެވެ. އޭނަ ހުތުރު ބަހުން ވާހަކަ ދެއްކިއިރު ﷲ އެ އަޑު އައްސަވައިވޮޑިގެންވިއެވެ. އޭނަ ބައްޕައަށް އެތައް ކަމެއް އޮޅުވާލިޔަސް އޭނައަށް އެއްވެސް ކަމެއް ﷲއަށް އޮޅުވާލެވިފައެއް ނުވާނެއެވެ. އޭނަ އޭނަގެ އަމިއްލަ ނަފްސަށް ދޮގު ހެދިއިރު ވެސް ﷲ މޮޅަށް ދެނެވޮޑިގެންވިއެވެ. އެހެނަސް ﷲ އޭނައަށް ވަގުތުން ވޭންދެނިވި ޢަޒާބެއް ނުފޮނުއްވައެވެ. އޭގެ ބަދަލުގައި އޭނައަށް ނިޢުމަތްތައް އިތުރުކުރެއްވިއެވެ. އަފްރީން ދެލޯ މަރާލި ވަގުތު އޭނަގެ ކޯތާފަތް ތެމުނެވެ. އޭނައަށް ދެލޯ ތަގުޅިކޮށްލަމުން ގިސްލެވެން ފެށިއެވެ. އޭނަ ފާފަ ފުއްސެވުމަށްއެދި ދުޢާކުރަން ބޭނުންވިއެވެ. ނޭނގޭ ސަބަބަކާހުރެ ނަމާދުކުރާ ހިތްވިއެވެ. އޭނަ އެކްސިޑެންޓްވީ ދުވަސްފަހުން ނަމާދު ނުކުރާކަން ހަނދާންވުމުން އަފްރީންއަށް އިތުރަށް ރޮވުނެވެ. ދޮންތަ ނަމާދު ކުރުވަން އުޅުމުން ވެސް އޭނަ ނުވާނެއޭ ކިޔައި ދޮންތަ ފައްސާލީއެވެ. އެ ދުވަސް ހަނދާންވެފައި އަފްރީންއަށް ދޮންތާއޭ ކިޔައި ބާރަށް ގޮވާލެވުނެވެ. އޭގެ އިރުކޮޅެއްނުވެ ޝަރީފާއި ނަޞްރާ އެ ކޮޓަރިއަށް ވަދެގެން އައެވެ. ނަޞްރާ އައިސް އަފްރީންގެ މޫނުގައި ދެއަތުން ހިފައި ކިހިނެއްވީތޯ ސުވާލުކުރިއެވެ. އަފްރީން އެތައް ވަރަކުން ތިމަންނަ ނަމާދު ކުރާށޭ ބުނެލިއެވެ. ނަޞްރާއަށާއި ޝަރީފަށް ލިބުނު ޙައިރާންކަމެއްގެ ސަބަބުން ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އަފްރީން ހުއްޓުމެއްނެތި ރޮމުން ދިޔައީތީ ނަޞްރާ ވަކި އެއްޗެކޭ ނުބުނެ އަފްރީންއަށް ވުޟޫ ކުރުމުގައި އެހީވެދިނެވެ.

އަފްރީން އެރޭ ކުރީ އޭނަގެ މުޅި ޙަޔާތުގައި ވެސް ކުރި އެންމެ ދިގު ޢިޝާ ނަމާދެވެ. ނަމާދު ތެރޭގައި އޭނައަށް އެއްފަހަރު ވެސް ރުއިން ނުހުއްޓެވެ. އިށީނދެ އިނދެ ސަޖިދައަށް ގޮސް އޭނަ ތެދުވާ ހިތެއްވެސް ނުވެއެވެ. އޭނައަށް ޒިކުރުތައް ކިޔެމުން ދިޔައީ ވެސް ކެނޑިކެނޑިގެންނެވެ. ނަމާދުކޮށް ނިމި ދެއަތް އުފުލާލަމުން އެއްޗެކޭ ކިޔަން އުޅުމުން ވެސް އޭނައަށް މިފަހަރު ކުރިއަށް ނުގެންދެވުނީ އެއީ މޮޔަކަމެކޭ ހިތަށް އެރީތީވެއެއް ނޫނެވެ. އޭނަ ﷲ އަށް އުރެދުމަކަށް ކޮށްފައިވާ ކަންތައްތައް ހަނދާންވެފައި ﷲ އަށް ދުޢާ ކުރަން އޭނައަކީ ކާކުހޭ ހިތަށްއެރީތީވެއެވެ. ނަމަވެސް ﷲ އަކީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެކަން ހަނދާންވުމުން އަފްރީންއަށް ހިތްވަރެއް ލިބުނެވެ. އޭނަގެ ހުރިހާ ފާފައެއް ފުއްސެވުމަށް އެދި އަފްރީންއަށް ތަކުރާރުކޮށް ދުޢާކުރެވުނެވެ. އޭނަ އޭނަގެ ހުރިހާ ނުބައި އާދައެއް ދޫކޮއްލާނެކަމަށް ﷲ އާއި ވަޢުދުވިއެވެ. އަދި އެކަމުގައި އޭނައަށް އެހީވެދެއްވުމަށް އެދި ދުޢާކުރިއެވެ. ދުޢާކޮށް ނިމުނުއިރު އަފްރީންއަށް ހީވީ އޭނައަށް ދުވަހަކުވެސް ނުލިބޭފަދަ ސާބިތުކަމެއް ލިބުނު ހެންނެވެ. އަފްރީން އޭނަގެ ދޮޅި ނަގާލަމުން ގޮނޑިން ތެދުވެ ކައިރީގައި ހުރި އެނދުގައި އިށީނެވެ. އަދި އޭނަގެ ބަރު ފައި އުފުއްލަމުން އެނދަށް ރަނގަޅަށް އަރައި ހެޑްބޯޑްމަތީގައި އޮތް އޭނަގެ ލެޕްޓޮޕް ނެގިއެވެ. އޭތި ހުޅުވައި އަފްރީން އޭނަގެ ފޭސްބުކް އައިޑީ ޑިލީޓްކޮށްލިއެވެ. އެއަށްފަހު އާ ފޭސްބުކް އައިޑީއެއް ހުޅުވައި މާ ބޮޑުކަމެއް ނުކޮށް ފޭސްބުކް އިން ނިކުތެވެ. އެއަށްފަހު އޭނަގެ ލެޕްޓޮޕް ފޯމެޓް ކުރުމުގެ މަސައްކަތް ފެށިއެވެ. އެ މަސައްކަތުގެ ތެރެއިން އަފްރީން އޭނަގެ ފޯނު ވެސް ނަގައި ފޯނު ރީސެޓްކުރަން ފެށިއެވެ. އެ ދެކަން ވެސް ކޮށް ނިމުމުން އަފްރީންއަށް ބަޔާން ކުރަންދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އޭނައަށް ވަރަށް ބޮޑު ކާމިޔާބެއް ލިބުނު ކަހަލަ އިޙްޞާޞެއް ކުރެވުނެވެ. އޭނައަށް އެރޭ ނިދަން ވެސް އޮވެވުނީ ﷲ އަށް ޙަމްދުކުރާ ޙާލުގައެވެ.

ދުވަސްތައް ކުރިއަށް ދަމުން ދިޔައީ އޮމާންކަމާއި އެކީގައެވެ. އަފްރީންއަށް އައި ބަދަލާއި ގުޅިގެން އޭނަގެ ޢާއިލާގެ އެންމެން އުފާކުރަމުން ދިޔައިރު އަފްރީންގެ އެކުވެރިން އޭނައާއި ދުރުވަމުން ދިޔައެވެ. ނައުފާ އަފްރީންގެ ފްރެންޑް ރިކުއެސްޓް ޤަބޫލުކުރިއެއްކަމަކު އޭނަ ސަލާމުގެ ބަސް މެސެޖަކަށް ފޮނުވާލުމުން ނައުފާ އެއަކަށް ޖަވާބެއް ނުދިނެވެ. ނަމަވެސް އެކަމާހެދި އަފްރީން ނައުފާއާމެދު ނުބައި ގޮތަކަށް ދެކޭކަށް ބޭނުމެއްނުވިއެވެ. ނައުފާއަށް އެ މެސެޖު ފެނުނު ވަގުތު އެހެން ކަމެއް ކުރަން ޖެހުނީކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުން އަފްރީން ހިނިތުންވެލިއެވެ.

މި ދުވަސްކޮޅު ނަޞްރާ ކުރަމުން ދިޔަ ކަމަކުން ޔޫނުސްގެ ހިތުގެ ހަމަޖެހުން ހިސާބަކަށް ގެއްލިފައިވިއެވެ. ކޮންމެ ރެއަކު ނަޞްރާ ކިޔަވާ މޭޒުދޮށުގައި އިނދެ ދިވެހި ބަހުން އެއްޗެއް ލިޔަމުން ދާތަން އޭނައަށް އެބަ ފެނެއެވެ. ފުރަތަމަ ފެނުނު ރޭ ޔޫނުސް ނަޞްރާގެ ކައިރއަށް ގޮސް ތިއީ ކޯޗެއްތޯ އަހާލުމުން ނަޞްރާ ބިރެއް ފެނިގެން ކަހަލަ ގޮތަކަށް އޭނަ ލިޔަމުން ދިޔަ ލިޔުމުގެ މަތީގައި ދެއަތް އެޅިއެވެ. ޔޫނުސް ދެއަތް އުފުލާލަމުން ދުރަށް ޖެހިލިއެވެ. އޭގެ އަނެއް ރޭ ޔޫނުސް ސަމާސާއަކަށް ނަޞްރާގެ ފުރަގަހުގައި ހުރެ ތިމަންނައަށް އެބަ ފެނެއޭ ބުނެލިއެވެ. ނަޞްރާއަށް އެރޭ ވެސް ވީ ފުރަތަމަ ރޭ ވީ ކަހަލަ ގޮތެކެވެ. ޔޫނުސް ހީލުމުން ނަޞްރާ ވެސް ހީލިއެވެ. ޔޫނުސް އެއްރެއަކު އެއީ ކޯޗެއްކަމާއިމެދު ނަޞްރާއާއި ސުވާލު ކުރިއެވެ. ނަޞްރާ ބުނިގޮތުގައި ޔޫނުސްއަށް އެނގެންވީ ދުވަހަކުން އޭނައަށް އެނގޭނެއެވެ. ޔޫނުސް ހީކުރީ ނަޞްރާ އޭނައާއި ސަމާސާއެއް ކުރުމަށްޓަކައި ދިގު ސިޓީއެއް ލިޔަނީ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއްކަން އެނގުނީ ނަޞްރާ އެއްރެއަކު އޭތި ލިޔަމުން ދިޔައިރު ރޮމުން ދިޔަތަން ފެނިފައެވެ. ޔޫނުސް އެއީ ކޯޗެއްކަން ދެނެގަންނަން އިންތިހާއަށް ބޭނުންވިއެވެ. އޭނަ ބޭނުމިއްޔާ ނަޞްރާ ތަޅުލާފައި ހުރި ވަތްގަނޑުވެސް ހުޅުވިދާނެއެވެ. ނަމަވެސް ނަޞްރާ އޭނަ ބަލަން ބޭނުން ނުވާ އެއްޗެއް ނުބެލުމަށްޓަކައި ޔޫނުސް ކެތްކުރިއެވެ.

އެއްދުވަހު ޔޫނުސް މަގުމަތިން ހިނގާފައި ދަނިކޮށް އޭނަގެ ދުވަސްވީ އެކުވެރިޔާ ކަމަށްވާ ނާސިފް ފެނުނެވެ. ނާސިފް ހުރީ އިހުނަށްވުރެ ރީތިވެފައި ޞިއްޙަތު ރަނގަޅުކޮށެވެ. ދެ އެކުވެރިން އެކަކު އަނެކަކު ފެނިފައި ހިނިތުންވުންތަކާއެކީ ބައްދާލަމުން ޙާލު އަހުވާލު އެހިއެވެ. މަގުގެ އެއްފަރާތެއްގައި މަޑުކޮށްގެން ވެސް އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ތިބެފައި ނާސިފް އެދުނީ އެރޭ ރެސްޓޯރެންޓަކުން ޔޫނުސް އޭނައާއި ބައްދަލު ކުރުމަށެވެ. އެރޭ ޔޫނުސް ކުރާނެ ވަކިކަމެއް ނެތީތީ އޭނަ އެއްބަސްވިއެވެ.

ރޭގަނޑު 8:30 ވީ ވަގުތު ޔޫނުސްއާއި ނާސިފް ތިބީ އެމީހުންގެ ރަށުގައި ހުންނަ ރެސްޓޯރެންޓެއްގެ މޭޒުދޮށުގައެވެ. ވެއިޓަރު އޯޑަރު ނަގައިގެން ދިޔުމުން ނާސިފް ވާހަކަ ދެއްކިއެވެ.

“ސޯ……މިހާރު އެޗް.އެން ނިއުސްގަ ދޯ މަސައްކަތް ކުރަނީ؟” ނާސިފް އަހާލިއެވެ. ޔޫނުސް ހޫންލައްވާލަމުން ބޯޖަހާލިއެވެ. ނާސިފް ޔޫނުސްއަށް އިރުކޮޅަކު ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

“ޔޫނުސް ކީއްވެތަ ބައްޕަގެ ނޫސް ދޫކޮއްލީ؟” ނާސިފް ސުވާލު ކުރިއެވެ. އެ ސުވާލު އިވިފައި ޔޫނުސްގެ ދޫ ބަންދުވިއެވެ. އޭނަ ނާސިފްއަށް ދިރިއުޅުމުގެ ހުރިހާ ވާހަކައެއް ކިޔައިދީފައި ވީއިރުވެސް ނަވާޒްއަކީ އޭނަގެ ބައްޕަ ކަމުގައި ބުނެފައެއް ނުވެއެވެ. އޭނަ ބުނާކަށް ވެސް ބޭނުމެއް ނުވެއެވެ. އޭނައާއި ނަވާޒްގެ ނަން އެއްޖުމްލައެއްގައި ބޭނުންކުރާކަށް ނޭދޭތީވެއެވެ. ޔޫނުސް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ނާސިފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ފައިސާ ދޭން ވަރަށް މޮޅު ބައެއްދޯ އެއީ؟ އެހެންވެ ޔޫނުސް ދިޔައީ؟ އެކަމަށްޓަކައި އަހަރެން ޔޫނުސްއަށް ހިތް ނުބައެއް ނުކުރާނަން. އެކަމަކު އެހާ ނުލަފާ ބަޔަކަށްޓަކައި މަސައްކަތް ކޮށްދޭކަށް ވެސް ނުވާނެއެއްނުދޯ ޔޫނުސް؟” ނާސިފްގެ މޫނުމަތިން ނުރުހުންތެރިކަމެއް ފެނުނަސް އޭނަ ވާހަކަ ދެއްކީ މަޑުމައިތިރި ރާގަކަށެވެ. ޔޫނުސް އިސްޖަހާލަމުން ފުން ނޭވައެއް ދޫކޮއްލިއެވެ.

“އަހަރެން އެތާނގަ މަސައްކަތް ކުރި 4 އަހަރު ތެރޭގަ އަހަރެން އެއްވެސް ދޮގު ޚަބަރެއް ނުލިޔަން. ލިޔަން ދިނަސް އަހަރެން ނުލިޔަން.” ޔޫނުސް ބުނެލިއެވެ.

“އަހަންނަށް އެނގޭ ޔޫނުސް ނުލިޔާނެކަން ނުބުންޏަސް. އަދި އެ މީހުންނަށްޓަކައި މަސައްކަތް ތި ކޮއްދެނީ އެ ނަވާޒްމެން ރާވާ ރޭވުންތައް ޔޫނުސްއަށް ނޭނގޭތީވެކަން ވެސް އަހަރެން ޔަޤީންކުރަން.” ނާސިފް ބުނެލި ވާހަކައިން ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ.

“ކޮން ރޭވުމެއް؟” ޔޫނުސްއަށް އަހާލެވުނެވެ.

 

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ޔާރާއޭ…. (16)

Next

އެންމެ ފަހު ނޭވައި ލަމުންވެސް….

Next
September 4, 2015

އެންމެ ފަހު ނޭވައި ލަމުންވެސް….

Previews
September 3, 2015

ޔާރާއޭ…. (16)

80 Comments!

  1. zai says:
    September 3, 2015 at 7:06 pm

    Haha zai first

    1. jana says:
      September 4, 2015 at 10:10 am

      🙂

  2. zai says:
    September 3, 2015 at 7:09 pm

    V nice mi partvex..anehkaa kn reyvumehbaa..10q janaa

    1. jana says:
      September 4, 2015 at 10:10 am

      Alhamdhulillah! (All praise and thanks belongs to Allah) 🙂

  3. sha says:
    September 3, 2015 at 7:15 pm

    Nice

    1. jana says:
      September 4, 2015 at 10:10 am

      Alhamdhulillah! 🙂

  4. Shabee says:
    September 3, 2015 at 7:23 pm

    wow vrh nice… jazakillah khairan 🙂 luv u jana mummy…. ummwah… oll di bst 😀 mifaharuvex zai tha 1st 😮 congrats… think m the 2nd 🙂

    1. Shabee says:
      September 3, 2015 at 7:23 pm

      no m 3rd… again i. got 3rd 🙁 too bad

    2. jana says:
      September 4, 2015 at 10:12 am

      Alhamdhulillah! Jazakillah Khairan! 🙂 dhen 1st viyas last viyas ey maa bodu massalaeh noonennu dho? hehe……Love you too! Ummmwah! 🙂

  5. sha says:
    September 3, 2015 at 7:24 pm

    Thix ix my favorite stry..

    1. Shabee says:
      September 3, 2015 at 7:29 pm

      hehe really 😉 gud my fav too…

    2. jana says:
      September 4, 2015 at 10:13 am

      Alhamdhulillah! 🙂

  6. shiu says:
    September 3, 2015 at 7:32 pm

    Wow nuhutta ehkkon kiyaa nunmalan beunun vanee. V reethi mi vaahaka. Dhen kon irakun upvaanee?

    1. Shabee says:
      September 3, 2015 at 7:59 pm

      i think saturday ga hen…. 😉

    2. jana says:
      September 4, 2015 at 10:13 am

      Saturday ga genesdheveynehen hieh nuvey Shabee. Sunday ga In Sha Allah 🙂

  7. zai says:
    September 3, 2015 at 7:37 pm

    Yah mifaharuvex zai first?..story up veythw balabaley hunnanii?

    1. jana says:
      September 4, 2015 at 10:14 am

      hehe…..ekamaku zai thi kamuga maa gina vaguthu beykaaru nukurahchey ingey? Be productive. 🙂

  8. neha says:
    September 3, 2015 at 8:11 pm

    Afreen ge bai v foohi

    1. Shabee says:
      September 3, 2015 at 8:26 pm

      ehntha neha?? but ingeytha afreen ge bai eyee shabee emme lyk vaa bai 🙂 but keehve aslu foohee??

    2. jana says:
      September 4, 2015 at 10:19 am

      Afreen ge bai genesdhyfaivaa goiy kamunudhanya rangalhu kuranvy kanthah jana ah buneladhinun edhen. foohi vy e baiga genesdhyfaivaa vaahaka thah kamah vanya…..i think i understand you. jana ves meege aharu thakeh kurin mi vaahaka kiyunu nama varah bodah foohi vaane kanneynge. hehe….ekamaku jana a hayaathuga dhasvi filaavalheh engeytha neha? The life that we could have with Allah in the picture is so much more beautiful than the life we think will make us happy 🙂 May Allah increase us all in guidance. Ameen! 🙂

  9. Hahaha says:
    September 3, 2015 at 9:03 pm

    Shabee thiee jana ge daughter ehtha

    1. Shabee says:
      September 3, 2015 at 9:32 pm

      wat the?? jana adhi merry vexx nukurey… keehve thihen thi ehee??

    2. jana says:
      September 4, 2015 at 10:22 am

      hehe….thihen thi buny Shabee jana ah mum kiyaathy dho? 😛 jana ahves baeh faharu ehen kahala gotheh vey Shabee ehen kiyuneema. because i’m seriously not a mom. ekamaku Shabee jana dheke loabi vaathy kanneynge ehen kiyany dho shabee? i dont mind ingey baeh faharu uncomfortable viyas 😉

  10. Samy says:
    September 3, 2015 at 9:47 pm

    MashaAllah Awsome. Rovijje hama ran’galhahves

    1. jana says:
      September 4, 2015 at 10:22 am

      Alhamdhulillah! 🙂

  11. Rish-mee says:
    September 3, 2015 at 10:10 pm

    Dhuvahaku vx vaahakeh kiyagen life akah mihaa bodu asareh nukurey.. mivaahakaage part eh kiyaa konmme faharaku mikahala undhagoo thakeh vey like afu ah vaagothah.. dhen neyge … jana i want talk to u..? Plx help me.! I need ur help jana.. plx

    1. Shabee says:
      September 3, 2015 at 10:19 pm

      i think u can tok jana in fb 🙂 dhw jana??

    2. jana says:
      September 4, 2015 at 10:28 am

      Ma Sha Allah! i will definitely help you if we could contact each other In Sha Allah. Just know that its only Allah Who guides. Guidance is not in the hands of anyone else 🙂
      Rish-mee, jana miadhuves share kuraanan link thakeh. e link thah follow kuramun dhiyaimaves varah bodu ehy akah vaane hen jana ah heevany. Rish-mee fb ga noolhen dho? ehenviyya jana esfiyaige viber group ah dhiyaiyya rangalhuvaanetha?

  12. Anonymous says:
    September 3, 2015 at 10:15 pm

    Wow.. Maasha allah.. Afreen ehves firihen kuhjeh rahumaitheringe listah eh nukurey dhoa.. Afreen ge bai emme kiyaa hiyvany

    1. Shabee says:
      September 3, 2015 at 10:17 pm

      dhw anonymous… shabee vex 🙂

    2. jana says:
      September 4, 2015 at 10:29 am

      hmm…..mi vy gothun hieh nuvey dho afreen firihen kudhin eh kuraanehen? Alhamdhulillah! 🙂

  13. Rish-mee says:
    September 3, 2015 at 10:25 pm

    Shabee ma fb use eh nukuran so dhen kihineh hadhan v????

  14. Saamee says:
    September 3, 2015 at 10:39 pm

    Wow.hama best..bt shabee akee janaa ge assistant tha.hehe

    1. jana says:
      September 4, 2015 at 10:31 am

      Alhamdhulillah! 🙂 jana Shabee ah thi jobeh nudhen saamee. Shabee volunteer kury dho Shabee? 😀

  15. Mmeesa says:
    September 3, 2015 at 10:40 pm

    Shabee mee kihineh ulhey kujjehtha? :/

    1. Anonymous says:
      September 4, 2015 at 2:41 am

      aan dhw foohi fasheh vey..

    2. jana says:
      September 4, 2015 at 10:34 am

      Alhe evves kujjakaa medhu thihen vaahaka dhakkaakah nuvaane ehnu? thimaa nuruhey kameh kurias ehen meehaku dhera vaa kahala gothakah vaahaka dhakkaakah nuvaane. vedhaane aharumen kibaigaves ehen meehun nuruhey sifathakeh huttaaves ehen meehun faahanga nukurany kamahves. ehenvyma emmennahves varah bodah qadaru kuran vaane.

  16. Meera says:
    September 3, 2015 at 11:30 pm

    Interesting… me too eager to knw her past. Hope it wll be in next part.

    1. jana says:
      September 4, 2015 at 10:35 am

      hehe…dhen balamaa hinga In Sha Allah 🙂 Alhamdhulillah! 🙂

  17. kayaani says:
    September 3, 2015 at 11:55 pm

    nice. hope to read next part soon

    1. Shabee says:
      September 4, 2015 at 2:47 am

      Hope to get to read next part soon ey bunaanee

    2. kia says:
      September 4, 2015 at 2:52 am

      watt?? shabee ah ekani tha english ingenee?? thos is too mch! stop replying to others comments nd insulting them!!! wat du you want to prove?? that you are better than others?? :/

    3. jana says:
      September 4, 2015 at 10:40 am

      Kayaani: Alhamdhulillah! Next part Sunday ga In Sha Allah
      Shabee, kia has a point. Shabee reply kurias haqeeqathuga jana akah massala ehneh. ekamaku ehen kiyuntherin maa bodah nuruhenya ekan nukurun dho rangalhuvaany Shabee? i’m saying this for your own good 🙂

    4. luvna says:
      September 4, 2015 at 1:16 pm

      shabee or what ever your name is. well if you are telling that there is a grammer mistake then i would say you are not 18 or 19 you are 6 or 7 years. because there is no mistake. first check the comments you posted and find the mistakes and then yell at others okay. uneducated. well you are like a “koodi” girl. flirting with shaan and always showing off.. first study something.

  18. some boy says:
    September 4, 2015 at 12:15 am

    Maa thui vefa ulhey shabee eh eyy..ma haadha foohiveyey huaa

    1. right says:
      September 4, 2015 at 2:44 am

      hama thedheh. komme meehehge comment eh reply kuran hunna meeheh.. maa dhekken vegen.

    2. jana says:
      September 4, 2015 at 10:41 am

      nuruhunviyas ehaa faalhukoh angaakah nuvaane dho? 🙂

    3. Anonymous says:
      September 4, 2015 at 12:31 pm

      nooney jana.. rulhi aima jeheyne rulhi aikan angan.. eyrun maithiri vaany

    4. jana says:
      September 4, 2015 at 8:47 pm

      jana edhuvahu buny keekeytha anonymous? komme vaahaka ehves buneveyne reethi gotheh onnane ey. rulhi aima reethi goiy onnakan handhaan netheny. ehenvyma rulhi aisgen hunna vaguthuthakuga madu maithiri kamaa eku hunnan jeheny 🙂

    5. Anonymous says:
      September 4, 2015 at 9:45 pm

      Namaves fahuge dhiraasaa thakun dhahkaa gothu gai rulhi aumun ekan haama kurumaky sihhathah faidhaa huri kameh.. vahsalam

  19. Azu says:
    September 4, 2015 at 2:11 am

    Masha allah v reethi. Rish-mee. Can I help you

    1. jana says:
      September 4, 2015 at 10:43 am

      Alhamdhulillah! 🙂 Yes Azu Rish-mee ah help vaan chance eh libuniyya vahchey. Jazakillah Khairan! 😀

    2. Rish-mee says:
      September 5, 2015 at 2:32 pm

      Yes y not?? Pls help me i need sumone help..?? afu gengulhey frnds gothah rishmee ge frnds akah vx nuvisney..

    3. Rish-mee says:
      September 5, 2015 at 3:20 pm

      Azu r u their in esfiya viber grp.. “Azu dhonthi”
      JaNa noolhen tha esfiya viber grp aku.. so i can talk to u..☺

  20. huh says:
    September 4, 2015 at 6:26 am

    nasra menge part thankolheh dhigu koh d ba??????

    1. jana says:
      September 4, 2015 at 10:43 am

      hehe…mi part ga Afreen ge bai dhigu vejje dho? dhen balaany In Sha Allah 🙂

  21. mahey says:
    September 4, 2015 at 7:33 am

    Meethi nunimman tha?dhn nimmaalaf ehn story eh liyan vynu?

    1. jana says:
      September 4, 2015 at 10:44 am

      Adhi nunime ey mahey. Adhi kanthahgande vaan eba oiy. ehenvyma 🙂

  22. Gara vejje kujjaku says:
    September 4, 2015 at 8:37 am

    Enme fahun shabeegandu maithiri vejjedhww.. Bodu thuraaleh e..

    1. jana says:
      September 4, 2015 at 10:45 am

      Evves kiyuntheriaku rulhiverikan ithuruvaafadha gothakah comment nukurumaky jana ge varah bodu edhumeh 🙂

  23. jana says:
    September 4, 2015 at 10:50 am

    Fb Post:

    How would you feel, when you come to know that the One you thought was eager to punish you, is actually the One Who Loves you the most?
    🙂

    https://www.youtube.com/watch?v=aRHxyQPJQuw

  24. Shabee says:
    September 4, 2015 at 1:02 pm

    Jana n oll othr readers…. Shabee ehnoon kayaani ge comment ah reply kureekee….. I knw theen ekakuvex gabool nukuraanekan… But mibunee hama thedhu….. Shabee ekahala commenteh nukuran…. Ok meege fahun shabee mi story hama ekani kiyaanee…. Story ahvex comment eh nukuraanan… Happy?? Dhen shabee ge namuga mi story ga comment kuriyas eyee mi shabee ehnoon…. This is my last comment for this story 🙂 shabee dheke foohivaa hurihaa kudhin ufaa vaane kamah heekuran n jana good bye 😀

    1. jana says:
      September 4, 2015 at 1:36 pm

      Nooney Shabee. Shabee bunyma jana qaboolu kuraanan. Jana ah heevi furathamaves ey Shabee ge commentakah nuvedhaane ey. I’m really sorry if i offended you in anyway. Its your choice whether to comment or not. Will miss you sissy! May Allah bless you and all of us! Ameen!

    2. Anonymous says:
      September 4, 2015 at 5:06 pm

      i belive you

    3. no says:
      September 4, 2015 at 5:12 pm

      mi kujja abadhuves ehen bunaane. keevve heyyey thimanna namuga comment kuranee? is it really someone else or is it just you??

    4. jana says:
      September 4, 2015 at 8:50 pm

      No, meehunna medhu abadhuves heyokoh dhekenvaany. aharumennakah neyngey Allah ge hazrathuga emme qadaru body aharumen kameh noony Shabee kameh aharumennakah neyngey. ehenve aharumen Shabee viyas adhi dhiriulhumuga dhimaavaa komme meehaka medhuves nubai koh visnaigen nuvaane 🙂

  25. aria says:
    September 4, 2015 at 1:17 pm

    Story v nice n interesting…mee hama enme best story…life changiing story eh mee..ur doing a grt job jana…love to read this story till the end..good luck

    1. jana says:
      September 4, 2015 at 8:53 pm

      Alhamdhulillah! 🙂 Life changing ey bunyma varah bodu hiyvareh libijje. Jazakillah Khairan! 😀

  26. kanbulo says:
    September 4, 2015 at 2:45 pm

    Ekamaku vaaa dhw….mi comments tha noony chat log eh tha…comments thah approve kuraa myhakah varah salaam….

    1. ram says:
      September 4, 2015 at 5:16 pm

      hahahahh dhw kanbulo..???

    2. jana says:
      September 4, 2015 at 8:54 pm

      kanbulo, jana balaairu gina faharu approve vefa hunnany. 🙁

  27. Anonymous says:
    September 4, 2015 at 5:22 pm

    mi vaahakaige afeen ah vaahen ekuga ulhey baeh meehun beyunumeh nuvey mi vaahaka kiyaalanves. thanks mi haa iburahtheri vaahaka eh upload kohdheythy jana. 🙂

    1. jana says:
      September 4, 2015 at 8:56 pm

      hmm anonymous. hayaathuge dhathuruga meehun dhuruves vaane. ekamaku Afreen gothah emeehunna medhu nubai koh dhekegen ves nuvaane ingey? emmenna ves varah loabin vaahaka dhakkanvaany. Alhamdhulillah! 🙂

  28. lubaan says:
    September 4, 2015 at 6:53 pm

    Nice mi partves

    1. jana says:
      September 4, 2015 at 8:56 pm

      Alhamdhulillah! 🙂

  29. jana says:
    September 4, 2015 at 8:57 pm

    FB post:
    Only you and i can make that change In Sha Allah
    🙂

    https://www.youtube.com/watch?v=8YW8iAn9I4o

  30. shx says:
    September 6, 2015 at 9:51 am

    keehvetha mys myhunge namuga coment kuranyy myhunn..biruntha..wot eva v kada kameh eiy..kanthahthakuga hahdhufahana alhaindhaa ehchehseh nuun eiyy…shabee aky v rangalhu kujjeh me ge naxaruga..eyna comentvkurun eiymahsalaeh nuun..eyna eh nuhunnane kanneynge anonymousy mn coment kuraashey kiyain kuda kudhin baiythashi haavaahnn haavaafaeh..v salhi eynage knme coment ehvxx..ekam dhn knmes myhaku j vegnn kuri kamakah vaanyy..

  31. shx says:
    September 6, 2015 at 9:53 am

    swry jana..anyways v hab storyy

  32. Min Ho says:
    September 6, 2015 at 1:58 pm

    Aneh bai avas kohbala
    Eagerly waitiiiiiin

  33. Luvna says:
    November 17, 2015 at 6:46 pm

    🙂 😉 @) :^ :* :/

Comments are closed.


All Right Reserved!