Skip to content
އެސްފިޔަ

ދިމްޔާ (10 ވަނަބައި)

“ކީކޭ…..؟؟؟؟؟؟؟؟؟؟” ކުއްލިއަކަށް ރާކިން މިހެން ބުނެލުމުން ދިމްޔާ ރާކިންގެ މޫނަށް ބަލާލިއެވެ. ރާކިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ދިމްޔާގެ ހަވަނަ ހިއްސު ދެނެގަތެވެ.
“މަންމަމެންދޭ…. އަހަރެންވެސް މިދަނީ….” މިހެން ބުނެފައި ރާކިން ފޯން ކަނޑާލިއެވެ. ދިމްޔާ ރާކިންގެ އަތުގައި ހިފާލަމުން ކިހިނެއްވީތޯ އަހާލިއެވެ.
“ހިނގާ ދާން…. އަހަރެން އެބަޖެހޭ އޭޑީކޭއަށް ދާން… އަހަރެންގެ ދެބެންގެދެދަރި ކުއްޖެއް ރުކަކަށް އަރާ އުޅެނިކޮށް ވެއްޓިގެން އަތްބިންދައިގެން ގޮސްގެން މާލެ ގެނެސްފި….” ދިމްޔާގެ އަތުގައި ހިފާލަމުން ތޮށިގަނޑު މަތިން ފައިބަމުން ރާކިން ބުނެލިއެވެ.

ދިމްޔާގެ އެދުމަށް ކަލާފާނު ސުކޫލްދޮށަށްދިމްޔާ ބޭލުމަށްފަހު ރާކިން މިސްރާބު ޖެހީ އޭ.ޑީ.ކޭ އަށް ދިއުމަށެވެ. ހޮސްޕިޓަލަށް ވަދެވުމާއިއެކު ރާކިން ހިނގައިގަތީ އަވަސްފަރުވާދޭ ކޮޓަރިއާއި ދިމާއަށެވެ. އެހިސާބަށް ދެވުމާއިއެކު ރާކިންއަށް މަންމަމެން ފެނުނެވެ.
“އިމޫ ކޮބާ މިހާރު…. ކީކޭ ޑޮކްޓަރު ބުނީ….” ގޮނޑިއެއްގައި އިށީނދެލައިގެން އިން އީމަންގެ ކޮއްކޮ އަމަން އަށް ބަލާލަމުން ރާކިން ސުވާލުކޮށްލީ އަމަންގެ ކޮނޑަށް އަތްލައިގެން އިން ރާކިންގެ ބައްޕަ ރީހާންއާއިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ.
“އެތެރޭގައިވީ… ޑޮކްޓަރުވެސް ދެންމެ އެވަނީ….” ރާކިންއަށް ބަލާލަމުން ރީހާން މިހެން ބުނުމުން ރާކިންވެސް އަމަންއާއި ޖެހިގެން ހުރި އަނެއް ގޮނޑީގައި އިށީނެވެ.
“ކޮބާ ދޮންތަ…؟؟؟” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ރާކިން އަމަންގެ ގާތު އަހާލިއެވެ.
“މަންމަވީ ރަށުގަ… ވަރަށް ދެރަވެފަ މަންމަ ހުރީ…” ދެއަތް ޖޯޑުކޮށްލަމުން އަމަން ޖަވާބުދިނެވެ. އޭނާގެ އަޑުންވެސް ދެރަވެފައިހުރި މިންވަރު ރާކިންއަށް ދެނެގަނެވުނެވެ.
“ހާސްނުވޭ… މާތް ﷲ އިރާދަކުރެއްވިއްޔާ ދޮންބެއަށް ދެރަގޮތެއް ނުވާނެ….” އަމަންގެ ކޮނޑުގައި ދެފަހަރަކު ޖަހާލަމުން އޭނައަށް ހިތްވަރު ދިނުމުގެ ގޮތުން ރާކިން ބުނެލިއެވެ.
ދިހަވަރަކަށް މިނެޓް ފަހުން އަވަސްފަރުވާދޭ ކޮޓަރިން ޑޮކްޓަރު ނުކުތުމުން ރީހާން ޑޮކަޓަރުގެ ގާތަށް ގޮސް އީމަންގެ ހާލުއަހާލިއެވެ.
“ފުރާނައަށް ގެއްލުންވާވަރުގެ ބޮޑުކަމެއް ނުވެ… އެކަމަކު ކަނާތުގެ ކަށިގަނޑުގައި ރެނދެއްލާފައި ހުރީ… އެއަތް ޖެހޭނީ އޮޕަރޭޝަން ކުރަން… މިކޮޅުންވެސް އޮޕަރޭޝަން ކުރެވޭނެ…. ބޭނުމިއްޔާ ރާއްޖޭން ބޭރަށްވެސް ގެންދެވިދާނެ….” ޑޮކްޓަރު އީމަންގެ ހާލަތު އޮޅުންފިލުވައިދިނުމަށްފަހު ހިނގައިގަތެވެ.
“އަހަރެން ބޭނުމީ އެ އޮޕަރޭޝަން އިންޑިއާއިން ކުރަން…. މިތަނަށްވުރެ ރަނގަޅުވާނެހެން އަހަންނަށް ހީވަނީ…. ދަރިފުޅަށް ފެންނަނީ ކިހިނެއް ހަދަން….” އަމަންއާއި ރާނިޔާ އީމަންގެ ގާތަށް އެތެރެއަށް ވަނުމުން ރީހާން ރާކިންގެ ގާތުގައި އަހާލިއެވެ.
“އަޅުގަނޑަށްވެސް ފެންނަނީ ބައްޕަ ދެންނެވިހެން އިމޫ އިންޑިއާއަށް ގެންދަން….” ރާކިންވެސް އޭނާއަށް ފެންނަގޮތް ހާމަކޮށްލިއެވެ.
“އެހެންވީމަ ދަރިފުޅު ދާންވީނު އީމަން ގޮވައިގެން…. މިދުވަސްކޮޅުގެ ގޮތުން ބައްޕައަކަށް ނެތް ދެވޭކަށް… އަނެއްކާ އަމަންއަކަށްވެސް ނުދެވޭނެ…. ދޮންތަ ބަލިކަމުން އުޅޭއިރު ދޮންތަ ކައިރީގައިވެސް އެކަކު ހުންނަން ޖެހޭނެ… ބައްޕަ ދިއުމުގެ ކަންތައް ހަމަޖައްސައިދޭނަން….” ދެއަތް ފުރަގަހަށް ލައިގެންހުރެ ރީހާން ބުނެލިއެވެ.
“ބައްޕަ ކަންބޮޑުވެނުލައްވާ…. އަޅުގަނޑު އިމޫ ގޮވައިގެން ހިނގައިދާނަން….” ކުޑަކޮށް ހިނިތުންވެލަމުން ރާކިން ބުނެލިއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ރާކިންއާއި ދިމްޔާ އިނީ ހެދިގޮނޑުގޮށުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. ހެނދުނުގެ ވަގުތުކަމުން މަދުން ނޫނީ އެހިސާބުން މީހަކު ނުފެނެއެވެ. ދެތިން މީހަކު މޫދުގައި ފެތުމައިގެން އުޅެއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅި ދިމްޔާގެ އިސްތަށިގަނޑާއި ސަމާސާ ކުރަމުންދާކަހަލައެވެ. އިސްތަށިތައް ވަޔާ ވިހުރެން ފެށުމުން ރާކިން އޭނާގެ އިނގިލިން އިސްތަށިތައް ދިމްޔާގެ ކަންފަތް ކައިރިއަށް ލައްވާލަދިނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލްވެގެން ދިޔައެވެ. ދިމްޔާއަށް އެގޮތުގައި މާގިނައިރަކު ނީނދެވުނެވެ. ލަދުން އިސްޖަހާލަމުން ރޭގައި ރާކިން އޭނާގެ އަތުގައި އަޅުވާލަދިން ކެވެލިކޮޅާ ކުޅެލިއެވެ.
ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ރާކިން ދިމްޔާގެ އަތްތިލަ ގެނެސް އޭނާގެ ދެއަތުގެ ތެރެއަށްލާ ފިތާލިއެވެ. ދިމްޔާއަށް ރާކިންއާއި ދިމާއަށް ބަލާލެވުނީ އޭނާ ވާހަކައެއް ބުނަން އުޅޭހެން ހީވުމުންނެވެ.
“ދިމް… އަހަރެން ބުނީމެއްނު ރޭގައި އަހަރެންގެ ދެބެންގެދެދަރިކުއްޖެއް ރުކަކުން ވެއްޓިގެން މިކޮޅަށް ގެނައިވާހަކަ….” ދިމްޔާގެ މޫނަށްބަލާލަމުން ރާކިން މިހެން ބުނުމުން ދިމްޔާ ބޯޖަހާލިއެވެ.
“އޭނާގެ އަތުގައި ރެނދެއް ލައިފައި ހުރީމަ އޮޕަރޭޝަން ކުރަން ޖެހެނީ…. ބައްޕަ ބޭނުމެއް ނުވޭ މިކޮޅުން އޮޕަރޭޝަން ކުރާކަށް…. އެހެންވެ އަހަރެން މިއުޅެނީ އޭނަ ގޮވައިގެން މިއަދު އިންޑިއާއަށް ފުރަން….” އެއިންގޮތަށް އިނދެ ރާކިން އޭނާގެ ވާހަކަ ފުރިހަމަ ކޮށްލިއެވެ.
“ކޮން އިރަކުން ފުރަނީ….؟؟؟ އަހަރެން ވަރަށް ހަނދާންވާނެ ރެކްމަތިން….” ރާކިންގެ ކޮނޑުގައި ބޯޖައްސާލަމުން ދިމްޔާ ބުނެލިއެވެ. އޭނާގެ އަޑުގައި ހިތާމައިގެ އަސަރު އެކުލެވިފައިވެއެވެ.
“ހޭއި ދޫނީ…. ހާދަ އަވަހަކަށް ދެރަވީ… އަހަރެން މިއުޅެނީ މުޅިއުމުރަށް ދާކަށް ނޫނެއްނު…. އަހަރެންވެސް ވަރަށް ހަނދާންވާނެ އަހަރެންގެ ލޯބި ދޫނިމަތިން… މާތް ﷲ އިރާދަކުރެއްވިއްޔާ ބޭސްފަރުވާގެ ކަންތައް ނިމުންހާ އަވަހަކަށް އަހަރެން އަންނާނަން ދޫނި ގާތަށް…. އަހަންނަށް އިންތިޒާރުކުރައްޗޭ…” ދިމްޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ރާކިން ބުނެލިއެވެ.
“އަހަރެން މުޅިއުމުރަށްވެސް ރެކްއަށް އިންތިޒާރުކުރާނަން… ރެކް އަންނަންދެން ވަފާތެރިކަންމަތީ ހުންނާނެކަމަށް އަހަރެން ވަޢުދުވަން…” ރާކިންގެ އަތްތިލައިގައި ހިފައިލަމުން މިހެން ބުނިއިރު ދިމްޔާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ރާކިން ބޯޖަހާލުމަށްފަހު ދިމްޔާގެ ކޮނޑަށް އަތްލަމުން ދިމްޔާ އޭނާއާއި ގާތްކޮށްލިއެވެ. އޭނާވެސް ދިމްޔާ ނުފެންނަ ހިސާބަކަށް ދާކަށް މިހާރު ބޭނުމެއް ނުވެއެވެ. އެހެނަސް ދިމްޔާއެކޭ އެއްވަރަށް އީމަންވެސް ރާކިންއަށް ވަރަށް މުހިއްމެވެ. އެހެންކަމުން މިދަތުރު ނޮގޮސްވެސް ވާކަށް ނެތެވެ.

އެރޭގެ ހަތެއްގެ ފުލައިޓުން ރާކިން އީމަން ގޮވައިގެން އިންޑިއާއަށް ދާން ފުރިއެވެ. އެކޮޅަށް ދިޔަތާ ހަފްތާއެއްގެ ތެރޭގައި އީމަންގެ އަތް އޮޕަރޭޝަން ކުރެވުނެވެ. ނަމަވެސް އަދި ހަފްތާއެއްގެ ފަހުން ޑޮކްޓަރަށް ދައްކަން ޖެހޭތީ ރާކިންމެން އެކޮޅުގައި މަޑުކުރީއެވެ. މިވޭތުވެ ދިޔަ ހަފްތާތެރޭގައި ކޮންމެ ދުވަހަކުވެސް ރާކިން ދިމްޔާއާއި ވައިބަރ އިން އެތައްއިރެއްވަންދެން ވާހަކަ ދައްކައެވެ. އިތުރަށް އެއްހަފްތާ އިންޑިއާގައި މަޑުކުރަން ޖެހުމުން ދިމްޔާ އެކަމާ ދެރަވެގެން އެވާހަކަ ދެއްކިއެވެ. ހަފްތާއަކަށް މަޑުކުރަން ޖެހުމުން ދުވަސް ހޭދަވެގެން ދާލެއް ލަސްހެން ރާކިންއަށްވެސް ހީވިއެވެ. ދިމްޔާ ދެކިލާހިތުން މިހާރު ރާކިންއަށް ހުރެވެނީއެއްވެސް ނޫނެވެ.

އެއްރެއެވެ. އާދައިގެމަތިން މިރޭވެސް ބެލްކަނީގައި ހުރެ ރާކިން ވައިބަރ އިން އޮންލައިން ވެލީ ދިމްޔާއާއި ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ. ނަމަވެސް އޮންލައިންވެގެން އިންނަތާ އެތައް އިރެއްވީއިރުވެސް ދިމްޔާ އޮންލައިންއެއް ނުވިއެވެ. އިންޑިއާއަށް އައިފަހުން އަދި މިކަހަލަ ކަމެއް ނުވާތީ ރާކިންގެ ހިތަށް އެކިއެއްޗެހި އަރަމުން ދިޔައެވެ. ނޭނގޭ ބިރުވެރިކަމެއްވެސް ހިތަށް ވެރިވެފައިވެއެވެ. ދިމްޔާ އޮންލައިންގައި ނެތްކަމުގައި ވިޔަސް ރާކިން ދިމްޔާއަށް އެތައް މެސެޖެއް ފޮނުވިއެވެ. އީމަންއަށް ބެލްކަންޏަށް އާދެވުނީވެސް ރާކިން އެގޮތުގައި މެސެޖު ކުރުމަށް ހުއްޓައެވެ.
“ރެކް…. މިރޭ ނުނިދާ ރެއެއްތަ….؟؟؟” ލޯ އުނގުޅާލުމަށްފަހު ނިދިއަޑަކުން އީމަން އަހާލިއެވެ.
“ނޫނޭ… ނިދަން ދާންވީ…. ވަރަށް ލަސްވެސްވެއްޖެ ދޯ…. އަތުގައި އޮތް ގަޑިއަށް ބަލާލަމުން މިހެން ބުނެފައި ދެންވެސް ރާކިން އިށީނީ ބެލްކަނީގައި ހުރި ސޯފާގައެވެ. އިރުއިރުކޮޅާ ފޯނަށްވެސް ބަލާލައެވެ.
“ރެކް…. ކިހިނެއްވެފަ ތިއިންނަނީ…. ކަމެއް ގޯސްވީތަ….؟؟؟” ރާކިންގެ ހަރަކާތްތަކަށް ބަލަން ހުރެފައި އައިސް ރާކިންގެ ގާތުގައި ސޯފާގައި އިށީންނަމުން އީމަން އަހާލީ ރާކިންގެ މޫނުން މާޔޫސީގެ އަސަރު ފެންނަން ހުރުމުންނެވެ. ރާކިން ކަމެއް ނުވެއޭ ބުނަމުން ފޯން ޖީބަށް ލިއެވެ.
“ރެކް ކަމެއް ނުވެއޭ ބުންޏަސް އަހަންނަށް އެނގޭ ކޮންމެވެސް ކަމެއްވެގެންކަން ތިއުޅެނީ…. ބުނެބަލަ ކިހިނެއްތަ ވީ….؟؟؟” އީމަންވެސް އައިސް ރާކިންގެ ގާތުގައި އިށީންނަމުން އަހާލިއެވެ. ރާކިން ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“މިކޮޅަށް އައިފަހުން ކޮންމެރެއަކުވެސް އަހަރެންގ ރައްޓެހިވެގެން އުޅޭކުއްޖާއާއި ވާހަކަ ދައްކަން… ވައިބަރ އިން…. އެކަމަކު މިރޭ އެއްގޮތަކަށްވެސް ދިމާވާގޮތެއް ނުވި… އެހެންވެ ކުޑަކޮށް ބޯހާސްވާގޮތްވީ…. ހިތަށް އަރަނީ އަނެއްކާ ކަމެއް ގޯސްވީބާއޭ…..” ދެއަތް ޖޯޑުކޮށްލަމުން ދެއަތުގެ ބޮޑުވާއިނގިލި ނިއްކުރީގައި ޖައްސާލަމުން ރާކިން ވީގޮތް ކިޔައިދިނެވެ.
“އެވަރު ކަމަކާތަ ބޯހާސްވެގެން ތިއުޅެނީ….؟؟؟ ވެދާނެއެއްނު އޭނައަށް ނިދުނީ ކަމަށް…. ނޫނީ ކޮންމެވެސް މުހިންމު ކަމެއްގަ އުޅެން ހަދައިގެން އޮންލައިން ނުވެވުނީކަމަށްވެސް ވެދާނެއެއްނު….” ރާކިންގެ ކޮނޑުމަތީ އަތްބާއްވާލަމުން އީމަން އޭނާއަށް ހީވާގޮތް ބުނެލިއެވެ.
“ވެދާނެ ތިހެން ކަމަށްވެސް….” މިހެން ބުނެފައި ރާކިން ސޯފާގައި ލެނގިލަމުން ހަށިގަނޑު ދަމާލިއެވެ.
“މަޑުކޮށްބަލަ…. ދެންމެ ބުނީ ރައްޓެހިވެގެން އުޅޭކުއްޖާއޭ ދޯ… ކޮންއިރަކު ރެކް ކުއްޖަކާ ރައްޓެހިވީ…؟؟؟ އަހަންނަށް އަންގާވެސް ނުލާ…. ރެކްވެސް ހާދަ ވަގޭ ދޯ މިހާރު….” ރާކިން ކުރިން ބުނި ޖުމްލަ އީމަންއަށް ރޭކާލީ އަދި ކިރިޔާއެވެ. އެހެންކަމުން ރާކިންގެ އަތުގައި ހިފާ ތަޅުވާލަމުން ރާކިންއާއި ސުވާލުކޮށްލިއެވެ.
“އަހަރެން ދޯ އަދިވެސް ވަގީ…. ކާކުތަ ރޭގައި ނިދީގައި އޮވެގެން ދެބަދޭތެރޭ “މާޔާ” އަށް ގޮވީ…. ގައިމު އަހަރެންގާތު މީގެ ކުރިން މާޔާއެއްގެ ގެ ވާހަކައެއް މޭން ނުދައްކާ….” ރާކިންވެސް އީމަންއާއި ދިމާކޮށްލިއެވެ. އީމަން ބޯކަހާލަމުން އަނގަޔަށް ފާޑެއްގެ ގޮތެއް ހަދާލަމުން ހީލީ އެތައް ދުވަހަކަށް ފޮރުވާފައިއޮތް ސިއްރެއް ބޭޒާރުވުމުންނެވެ.
“އަސްލު އަހަރެން އުޅުނީ ރެކްގާތުގައި ބުނާށޭ…. އެކަމް މާޔާ ބޭނުމެއްނުވި އިހަށް އާއިލާގެ އެއްވެސް މީހަކަށް އަހަރެމެންގެ ގުޅުން އަންގާކަށް…. އެހެންވެ އޭނަގެ އެދުމަށް އަހަރެން ރެކްގާތުވެސް ނުބުނީ…..” އީމަން އެހެން ކަންތައް ކުރަން ޖެހުނު ސަބަބު ކިޔައިދިނެވެ. އެރޭ އެގޮތުގައި އެކަކު އަނެކަކާ ދިމާކުރުމުގައި ތިބުމަށްފަހު އެމީހުން ދިޔައީ ނިދާށެވެ.

ޖެހިގެން އައިދުވަހު ރާކިންއާއި އީމަން ބަޒާރަށް ނުކުތީ ގޭގައި އިނދެ އިނދެ ފޫހިވެގެން މާލެދާންވާއިރަށް ބާޒާރުކޮށްލުމަށާއި އެކީގައެވެ. ގަޑި ވިއްކާ ފިހާރައަކުން ނުކުތްތަނުން ރާކިންގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ހެދުން ވިއްކާ ފިހާރައެވެ. ރާކިން އެފިހާރައަށް ވަނުމުން އީމަންވެސް ރާކިންގެ ފަހަތުންވަނެވެ. ފިހާރައަށް ވަނުމަށްފަހު ރާކިން މިސްރާބު ޖެހީ އެތާހުރި ދޯބައްޓާ ހެދުންތަކާއި ދިމާއަށެވެ. އޭނާ އެފިހާރައަށް ވަނީވެސް އެހެދުންތައް ފެނިގެންނެވެ. ހެދުންތަކަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އެންމެފަހުން ރާކިން ނެގީ ހުދުކުލައާއި ރަތްކުލައިން ޑިޒައިންކޮށްފައިވާ ވަރަށް ރީތި ދޯބައްޓާ ހެދުމެކެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި އީމަންއަށް ގޮވާ ގެނެސް އެހެދުން ރީތިތޯ އަހާލިއެވެ.
“ރީތި… ރެކްގެ ލޯބިވެރިޔާއަށްތަ….؟؟؟” އެހެދުމަށް ބަލަން ހުރެ އީމަން މިހެން އަހާލުމުން ރާކިން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. އެކަމަކު މިޒަމާނުގައި ރާއްޖޭގެ ކުދިން ތިކަހަލަ ހެދުންލައިތަ…؟؟” ރާކިން އެކަހަލަ ހެދުމެއް ނެގުމުން ހައިރާންވެފައި ހުރެ އީމަން އަހާލިއެވެ.
“އަހަރެން ގެންގުޅެނީ ވަރަށް ތަފާތު ކުއްޖެކޭ….” މިހެން ބުނެފައި ރާކިން އެހެދުމަށް ފައިސާ ދައްކަން ހިނގައިގަތުމުން އީމަންވެސް ރާކިންގެ ފަހަތުން ދިޔައެވެ.
“ދެން ރެކްގެ ލޯބިވެރިޔާއަށް ކިޔާ ނަމެއް ހަމަ ނުބުނާނަންތަ….؟؟؟” ރާކިން ހެދުމަށް ފައިސާ ދައްކަން ވޮލެޓް ނެގުމުން ކޮށިގަނޑުގައި ލެނގިލައިގެން ހުރެ އީމަން އަހާލިއެވެ.
“ހޫމް ނުބުނާން… އިމޫ އެހާ ގިނަދުވަސް ވަންދެން އަހަންނަށް އިމޫ ގެ ލޯބީގެ ފަލްސަފާ ސިއްރުކޮށްފައި ބޭއްވީމަ އަހަރެންވެސް ނުކިޔައިދޭނަން އެކައްޗެއްވެސް…..” މިހެން ބުނެފައި ރާކިން އީމަންއަށް ބަލާލަމުން މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. އަދި އަތުގައި ހުރި ކޮތަޅުތައް އެއްއަތުން ހިފައިގެން ހުރެ އަނެއްއަތުން އީމަންގެ ކޮނޑަށް އަތްލައިގެން ހުރެ ބޭރަށް ނުކުތެވެ.

އެހަފްތާ ނިމި އީމަން ޑޮކްޓަރަށް ދައްކާ ނިމުމުން ރާކިންމެން ރާއްޖެ ދިއުމަށްޓަކައި ދަތުރަށް ތައްޔާރުވާންފެށީ ޑޮކްޓަރު އީމަންގެ އަތް ބަލާފައި ރާއްޖެ ދިއުމުގެ ހުއްދަ ދިނުމުންނެވެ. ކުރީ ރޭގެ ފަހުން އެއްވެސް ގޮތަކަށް ރާކިންއަށް ދިމްޔާއާއި ދިމާވާގޮތެއް ނުވިއެވެ. ވައިބަރ އިން ދިމާނުވެގެން އެހެނިހެން ގޮތްގޮތުންވެސް ދިމާވޭތޯ ބެލިއްޖެއެވެ. ދިމްޔާގެ ފޯނަށްވެސް ވަރަށް ގުޅާފިއެވެ. ނަމަވެސް ފޯނުވެސް އޮންނަނީ ނިވާލާފައެވެ. ރުހާމެންގާތު ބުނެގެންވެސް ދިމްޔާގެ ޚަބަރެއް ވޭތޯ ބެލިއްޖެއެވެ. ނަމަވެސް އެމީހުންނަށްވެސް ދިމްޔާގެ ޚަބަރެއްނުވާކަމަށް ބުންޏެވެ. އެކަމާ ރާކިން އަބަދުހެން ހުންނަނީ ނުތަނަވަސްވެފައެވެ. ދިމްޔާއަށް ދެރަގޮތެއް މިންވަރު ނުކުރެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތަށް ދުޢާ ދެންނެވުނުވަރު ޢަދަދުކުރަންވެސް ނޭނގެއެވެ. ރާކިން އެގޮތަށް ނުތަނަވަސްވެފައި ހުންނާތީ ކޮންމެވެސް މަޖާ ވާހަކައެއް ދައްކައިގެން ރާކިންގެ ހިތަށް ހަމަޖެހުން ގެނެސްދެވޭތޯ އީމަން ވަރަށް މަސައްކަތް ކުރެއެވެ. ދަތުރަށް ތައްޔާރުވަމުން ދިޔައިރުވެސް އީމަންބެލީ އެކިކަހަލ ވާހަކަތައް ދައްކާގެން އެހެންކަމަކަށް ރާކިންގެ ވިސްނުން ގެންދެވޭތޯއެވެ.
“ރެކް…. އުފާވެރި ޚަބަރެއް ދެންތަ….؟؟؟” އީމަން މިހެން އަހާލުމުން ރާކިން ހޫމް އަޅޫވާލިއެވެ. އޭރު އޭނާ އަވަދިނެތި އުޅުނީ އީމަންގެ އެއްޗެހި އޭނާގެ ފޮށްޓަށް އަޅައިދިނުމުގައެވެ. އީމަންގެ އަތުގައި އަދިވެސް ޕުލާސްޓަރުގަނޑު އަޅާފައި އޮތުމުން އީމަންއަށް އެއަތުން މަސައްކަތެއް ނުކުރެވެއެވެ.
“މާޔާ އަންނާނެ އަހަރެމެން ބަލާ އެއަރޕޯޓަށް…..” ހުރިހާ ދަތެއް ފެންނަވަރަށް ހީލަމުން އީމަން މިހެން ބުނުމުން އަސްލުވެސްހޭ ބުނެ ރާކިންވެސް އައިސް އީމަންގެ ގާތުގައި އެނދުގައި އިށީނެވެ.
“އޯހް…. މިފަހަރު އެހެންވީމަ ފަހަރި ފެންނާނެ ދޯ… އަހަރެން ހިތަށް އަރަނީ ކިހިނެއްބާއޭ ފަހަރި ހުންނާނީ…. އަހަންނަށް ފަހަރީގެ ފޮޓޯއެއް ދައްކާލަންވީނު….” އެނދުގައި އޮށޯވެލަމުން ރާކިންމިހެން ބުނުމުން އެއަރޕޯޓުން ފެންނާނެ ނޫންހޭ ބުނެ އީމަން ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ. އީމަން ގަސްތުގައި ފޮޓޯ ނުދައްކަން އުޅުނީކަން އެނގުމުން ރާކިން އީމަންއާއި ދިމާއަށް ބާލީހެއް އެއްލިއެވެ. އީމަންވެސް ހިނިގަނޑެއް ޖަހާލަމުން ރާކިންއާއި ދިމާއަށް އެބާލީސް އެއްލުމަށްފަހު އަވަސްއަވަހަށް ފާޚާނާއަށް ވަނެވެ.

ރާކިންމެންނަށް ރާއްޖެ އާދެވުނީ އެދުވަހުގެ ހެނދުނުއެވެ. ޓުރޮލީ ދަމަމުން ބޭރަށް ނުކުތް ރާކިން އެތަނުގައި އެއްވެ ތިބި މީހުންތަކަށް ބަލާލިއެވެ. އޭނާއާއި އެއްހަމައެއްގައި ހުރެގެން އީމަންވެސް އާދެއެވެ. އެވަގުތު ކުއްލިއަކަށް ރާކިންގެ ލޮލުގައި އަޅައިގަތީ މީހުން ތަކުގެ ތެރެއިން އެދިމާއަށް ހިނގާލާފައި އައި އަންހެންކުއްޖާއެވެ. ފުރަތަމަ ނަޒަރުންވެސް ރާކިންއަށް އެއީ ދިމްޔާކަން ޔަޤީންވިއެވެ. އެހެނަސް ދިމްޔާއަށް އެވަނީ ހާދަ ބޮޑު ބަދަލެއް އައިސްފައެވެ. އާންމުކޮށްލައިއުޅޭ ދޯބައްޓާ ހެދުމުގެ ބަދަލުގައި އޭނާލައިގެން ހުރީ އަތްދިގު ކަޅުކުލައިގެ ޓޮޕްކޮޅަކާއި، ފަސްބަޔަށް ފުޅާ އޮރެންޖްކުލައިގެ ދިގު ސްކާޓެކެވެ. ކަރުގައި އޮރެންޖްކުލައިގެ ތުނި ޝޯލްއެއް އޮޅާލުމަށްފަހު ދެފަރާތަށް އެއްލާފައި އޮތެވެ. އަބަދުހެން ފަހަތަށް ދޫކޮށްލައިފައި އޮންނަ މުށިކުލައިގެ ދިހުންއަރާ އިސްތަށިގަނޑުއޮތީ ކުރީގައިވެސް އޮންނަ ގޮތަށް ފަހަތަށް ދޫކޮށްލާފައެވެ. ކަނދުރާއާއި ހަމައަށް ބައެއް އިސްތަށިތައް ކޮށާލާފައި ހުރުމުން އެއިސްތަށިތައް ހުރީ ކޮނޑުމައްޗަށް ފައިބާފައެވެ. އެހެދުމުގައި ދިމްޔާ ފެންނައިރުވެސް ނުހަނު ހިތްގައިމެވެ. ވަރަށް ލޯތްބެވެ. ދެހަފްތާއަށްފަހު އެހާބޮޑު ބަދަލަކާއިއެކު ދިމްޔާ ފެނުމުން ރާކިންއަށް ބަލަން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައިވާކަހަލަ ގޮތަކަށެވެ.
ރާކިންމެންނާއި ދިމާއަށް ހިނިތުންވެ ހުރެ ދިމްޔާ އެދިމާއަށް އާދެއެވެ. ފުދޭވަރަކަށް ކައިރިއަށް އައުމުން ދިމްޔާގެ ކަރުގައި އޮތް ހިމަ ރަންފަށާއި އެފަށުގައިވާ “ޑީ” އަކުރު ޖެހި ފަށުފޫ ފެނުމުން ރާކިންއަށް އެއީ އޭނާގެ ދިމްޔާކަން ވަރަށް ބޮޑަށް ޔަޤީންވިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ދެހަފްތާ ފަހުން ދިމްޔާ ފެނުމުން ވީ އުފަލަކުންނެވެ. ކުއްލިއަކަށް ރާކިންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ދިމްޔާ އައި ގޮތަށް އައިސް އީމަންގެ އަތުގައި ހިފާލުމުންނެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (119)

  1. zai

    Yippii zai first

  2. zai

    zai akah hiyeh nuey e dhim heneh..anyway mipartvex v habeys..n 10x ariph for error rangalhu kohdhiniima..☺

    1. ken?
      zai

      actually i read the story 1st?

    2. kennukbee
      zai

      No i read aaa

    3. Shabee
      zai

      no one knws except allah 🙂 i read the story 1st 😀 understood??? 😉

  3. shyn

    Kihineh thi hedeee

  4. shyn

    Twins eh kan neyge dhw

    1. Shabee
      shyn

      vedhaane dhw shyn 🙂 lets wait n watch wat happens in the nxt prt

  5. Shabee

    wat the heck is dis???? eem kihineh evee?? 😮 i dnt think its dhim… dhen ingeyneevex dhen aana prt ehgga dhw 😉 eem nxt prt dhigu khlahchey 🙂 mihaaruhssure meenee kiyaahiyyy vefaa…. hama dan dan laafa hiyy thelhunee story kee gadeegaa 😛 oll di bst eem….

  6. Shabee

    nd mioh hurihaa iru veeru miulhenee comment nukurevigen….. hama error eh aranee…. story kiyaafa vai vefa inee hama error gandu araathee… dhen zai ge comment fenuneema shabee vex comment khllee… nw ok hama 😀 nd shabee 3rd dhw mifaharuvex…. hahchuhhhh naseebehnun 😉

  7. zai

    Kobaatha e ulhey j boat men..miss u guys..shabee hws u

    1. Shabee
      zai

      alhamdhullillah m grt 😀 o plx zai dnt tok abt j boat

    2. j boat
      zai

      Ei thedheh zai j boat kobaitho balan jeheyny hama ekani sabee ey dhw sabee?

  8. zai

    Zai esfiyaige admin kairi bunii error eh araa vahaka dhn eyna rangalhukuriima zai ahvex comment kurevunii..

  9. zai

    Zai esfiyaige admin kairi bunii error eh araavahaka dhn rangalhu kohdhiniima mi commnt kurevunii

  10. zai

    Haha..kn irakuntha fahthanii thi dhemiihunge fight..?

  11. Shabee

    eem alhe kihinehtha thihedhy??? m so confused 😮

  12. zai

    Huh zai kuraa baeh comment nuss jahaadhey..?

  13. Shabee

    zai mi story up e kuree miadhu so mithaa tok kureema ehn kudhinnah undhagoo vaane so u can go to dhimyaa 9 ok m also goin 🙂 grp ehn members vex ingey 😉

  14. zai

    Haha dhw..anehkaa aharumenge gayah bolah naaraneees mithanun fileythww balanvii..?

  15. zai

    Ok zai irukolhakun ol vaanan..dhimyaa 9 in hurihaa kidhinnaa meetvaane kamah unmiidhukuran..?

  16. dhynya

    Varah rythi i thk its dhimge twin bt raakin vl thnk that its dhim dhen y dhim is nt answering his phn

  17. ken?

    i dnt think dats dhim..v curious to know wat will hapn…
    btw hama vedhaanu dhim ah ves..kind of majubooru..
    may b twin sister..
    may b something hapnd to dhim..
    omg..omg..omg.? mihaaru v gina goi gothah visney eba dhim ah vee gothakaa medhuga..?

    1. Shabee
      ken?

      dhw ken… shabee ahvexx thihen eba vey hama 😮

    2. kennukbee
      ken?

      Bt dhim keeve answer nukurany rec ge phn ?

    3. Shabee
      ken?

      hama ehgothakahvex neynge 😮

  18. kiyuntheriyaa

    oh god!!! it cant be dhimya. if it is i cant tolerate to see rec in pain..plx dont do this to him….lyke others said it better be dhimyaas twin or somebody related to her.. but not dhimyaa

    1. Shabee
      kiyuntheriyaa

      obviously right kiyuntheriyaa 🙂

  19. ken?

    guys think abt de cover pic…?

    1. kennukbee
      ken?

      Ya bt her name is maayaa bt karu ga othy d jahaafa oeh fasheh

    2. ken?
      ken?

      ehenney…vadhaanu dhim ge necklace kavvaalee kamah ves..?

    3. kennukbee
      ken?

      Hoon vageh tha e hun

    4. ken?
      ken?

      no body is in touch wid dhim so m v wooried abt it..n moreover rec dnt even knw whr wud b dhim’s home cuz she never told abt dat..so hws rec gonna find her..n nw i think thrz somethind fishy abt her home n family too dats y she never talked abt dat topic..?

    5. Shabee
      ken?

      yap i also though abt it…

    6. kennukbee
      ken?

      Ya i didnt gey wat u told body is in touch wid dhimey

    7. kennukbee
      ken?

      Gey eh noon get ngey

  20. ken?

    thrs same gal with different boys…?

  21. Sobaa

    mihaaru aneh part kiyaa hithun keh madhuvefa mi iny

    1. Shabee
      Sobaa

      dhw sobaa… 😀

  22. ken?

    thankx eem for luvly story…n thihaa bxxy koh ulhemunves up kohdheytheeve..have a nice day..❤????

    1. kennukbee
      ken?

      Ken ves haadha busy ey dho

    2. ken?
      ken?

      m not…seems like diz site is having some problems..comment kuran v undhagu..?

    3. ken?
      ken?

      taataa..guys…hope everyone will like de story…hehe ☺

    4. kennukbee
      ken?

      Ya there was an error

  23. Sane

    Nice as always. ???

  24. Shabee

    ken bunaahen eem mihaaru vrh goeh gothah visnijje…. but hama confused 😮 eem anekka kihineh hadhan thiulhenee??? komme gothakah hedhiyas kaamiyaabu vaaanee hama rec ashaa dhim ahhen shabee ah heevanee…. cux they aa the hero n heroin 😉 n eem jazakillah khairan sooooo much…. we oll knw tht ur v v v busy…. but u r uploading da story excactly in da date u say 😀 thts tooooo gud…. we appreciate ur grt grt work siss…. luv u 😉 n as ken said hope evry1 would luv the story… nd would leave a comment knowing hw they feel abt da story…. so tht evn eem can improve 🙂 thnkx eem n every 1 who supports eem 😛

    1. eemiyaa
      Shabee

      thank u shabee.. eem ge well wishers vs eba ulhe ey dw… 🙂

  25. eemiyaa

    thanks all.. 🙂 🙂
    thihaa shauguverikamaaeku vaahaka kiyaathee eem v ufaavey… 🙂 ummeedh kuran kuriah huri part thahves kiyuntherinnah kamudhaane kamah.. 🙂

    1. Shabee
      eemiyaa

      ur wc eeem sis…. eem dnt u knw we oll r ur supporters 😉 shabee kennukbee ken zai nukko kiyuntheriya nd i think j boat is also a supporter of dis story…. mi story comment baiga kithamme bodethi hanguraaathah hingiyas eem ah support kurumugaa emmen ekugaa abadhuvex insha allah thibeynan 😛 hop hop eeemiya!!! hop hop eemiyaa!!! do ur bst eemiyaa!!! we oll r with u eemiyaa!!! 😉

    2. Shabee
      eemiyaa

      hanguraamathah* mistake 🙂 oops swry

    3. j boat
      eemiyaa

      Sabee akah yagyneh nuvey dhw j boat mee eem ge supportr eh kamakah? Ehnvyma sabee brain 100% work eh nukureythaa dhw?? 😉

  26. kennukbee

    Ya koba mihaaru j boat

    1. Shabee
      kennukbee

      kennukbee keehvetha abadhu j boat hoadhanee???

    2. Shabee
      kennukbee

      miadhu kihaa amaantha eyna nethyma?? sooo gud tht he didnt came today 😀 sooo happy

    3. j boat
      kennukbee

      Cox they really miss me…evaruves neygeytha crazy sabee akah? Adhi so gud yo j boat nethyma…i knw sabee dat u miss me more dan anyone here… 😉

  27. kennukbee

    Mirey world war fashaane myhaku nethy ma foohivaathy nu miulheny. Hehe

  28. aysh

    story varah reethi wen next part mihuree varah kiyaa hithun hope next part ves habeys vaane kamah

    1. Shabee
      aysh

      yaaa aysh… shabee vex hama thihen hithah aruvaugen mihiree… 🙂 nd aysh v nyc name 😀 luv it

    2. kennukbee
      aysh

      Sat ga

  29. kennukbee

    Nukko kobaa habareh nuve n sweet heart ves

  30. Shabee

    kennukbee dhey dhimyaa 9 ah…. its not gud to tok too much in dis story cux dis story is uploaded today… so many ppl would read dis… n m angry wid u…. keehvekan bunaanan ethanah dhiyaeemaa

    1. kennukbee
      Shabee

      I knw midhany daat kuraanan dhw

  31. nuherr

    Adhi dhim maraanulahchey…… 😀 v salhi mi baives… <3

    1. Shabee
      nuherr

      hahah thedheh eem nuherr bunihen adhi dhim maraanulahchey 😛

  32. Shabee

    hey every one…. mihaarumi site gaa vanee chat roomeh hulhuvifaa… chat kuran beynunvaa kudhin http://www.esfiya.com/chat ah avahah dhaan v … open kohllaafa log in velaigen hama tok kuran v….annahchey hurihaa kudhin especially my grp members 😛

  33. sweet heart

    shabee…

    1. Shabee
      sweet heart

      yes sweet heart 🙂

  34. shyn

    Vrh gulhey Dhw nanves Dimyaa Maayaaa. So Twins Akah Dhw Vaanee.i think…

  35. sweet heart

    sorry for late reply shabee…cox my sis was reading the story…

    1. Shabee
      sweet heart

      hmmm ok dhen dheybaa chat roomah..

  36. sweet heart

    shabee… u there…

  37. sweet heart

    what chat room?how?

    1. Shabee
      sweet heart

      shabee comment ga jahaafa innaane link eh…. oke commet kiyaabaa… eyrun ingeyne… mi story ga innaanee hama 🙂

  38. Naakko

    V reethi story . Keep i up. Avahah up kohlahchey. Best of luck eem.

  39. eemiyaa

    thank you aysh, nuherr n naakko 🙂 🙂

  40. Aishaa

    Vaahaka salhi….

  41. Aishaa

    Varah kiyaa hih vey eba nxt prt…

  42. Anonymous

    Reethi

  43. eemiyaa

    Thank You Aishaa & Anonymous

  44. j boat

    Rec n dhim ge luv story ge first storm annan dhw e ulheny?? Bdw story varah habeys ingey eem??

    1. ken?
      j boat

      yeah!!! i also think like dat…mifaharu kolhiganduge asaru v gadhavaanehen heevanee…?
      waiting..waiting..☺

  45. min

    Story vv nice ! Ken,kennube,j boat and shabee akee abadhu geyga thibey kudhintha?mihen mi ahaaly abadhu aharemen entertain kohdheythy?hehe BTW admin kairy ahaalan eba oi vaahaka eh esfiya site ah register vaairu phone no. Jahan jeheythyve vv dheravey!phone no nuhunna kudhinves thibeyne dhoa

    1. Admin
      min

      Min.. phone number is not a must. you can leave the phone number blank kon.

  46. min

    Stry v nice!ken and kennube plus shabee and j boat akee kiyutheringe loabi hoadhaifaivaa entertainers baa?I think this meehun entertain kurumuge dhaairaain degree hoadhaifaivaa baa eyyy?????

    1. ken?
      min

      hehe..thanku mon..☺ i masters degree..?idnt knw abt abt dem….??

    2. ken?
      min

      aslu min…?

  47. shabee

    Alhey j boat haadha nohoruphaan bodey dhoa aharenge huri varuves dhakaalaanan!!!

    1. j boat
      shabee

      Seriouskohtha sabee?? Waiting to c ur hurivaru ingey sabee? 😉

  48. maash

    Dhn knirakun next part! Plz plz avahah up kohdhehchey inthithzaaruga….

    1. eemiyaa
      maash

      next part saturday ga.. In Sha Allah 🙂

  49. Me

    Itx a prank dhw eem…! Ehn hadhache plx

    1. eemiyaa
      Me

      hehe me.. 🙂 lets see what actually it is..

  50. Nahthu

    Wow….. Eem mi story v salhi ingey n thanks v bodah bunaa dhuvahu up kohladheythy……. Kehtheri kamehnethi inthizaaru kurany next part up vaane irakah… N Nahthu ah hyvaa goth bunantha twins ulheny dhw……eem….

  51. aria

    Hey eem…story kiyaifin reyga..but adhi kiriya mi comment kohlevey varu v….u know dhw kyhvekan hehe…btw story hama habeys ingey v reethi….dhn rek kihineh baa hadhaany…adhikiriya dhw storyge interesting part annan mi ulheny.. dhw eem..waiting for the next part..

    1. eemiyaa
      aria

      aria :p

    2. eemiyaa
      aria

      Thanks j boat, min, nahthu, aria, shx, nukko, reesh, makhusoos & anth 🙂 🙂

  52. shx

    mashah hyvany eii aslu dhimya aky eeman rahtehi vegnn ulhey kujja hnn..dhn eulheny jinni dhimya hnn..hahaha..

  53. shx

    vvvvvvv salhi mi part vxx..avahah up kohdhehche..plxxx..v kiyahithunnnn myni

  54. Shabee

    Shabee ge name fetteynee capital s akun….. So shabee ge comment thakah visnaathi….. Simple s in shabee ge comment eh neennaane…. Mithaa vex ebain 2nd shabee ge comment eh… Ehnve 🙂

  55. sweet heart

    shabee..

  56. nukko

    V v rythi ingwyy eem.aslu nukko bala balaa indhaa up v. Ekm nukko cmmnt kuraa irah error arany. Fahun kuri iru vs. Dhen Kennukbee bunyma enguny admin rangalhu kohffi kan. Thanks admin and Kennukbee. Nukko ah hyvany dhin beyvafaatheri v hen. Dhim eeman aa rahtrehi v name change kohggen dhen rec gulhyma phon nunagany ehnve. Ang ge hunna than vs nubunany ehn ve kanney I think so.. waiting for the nxt par. Saturday ga dw dhen I think so.

  57. reesh

    vv reethi.. waiting for next part

  58. makhusoos

    welldone eemi….. wow nice story….. inthizaaru koh koh huhthaa uploadkuree ves…. office ga inna iruves abadhuves balaalevee mi vaahaka upload vefa in tho…. v v v salhi vaahaka eh……

  59. Anth

    Story vvvv reethi.avahah up kph dhen chchey

  60. Shabee

    Ey miadhu up vaane dhw? Inthixaar ge guitar hithu thereygaa…. Thin hatharu raagu kulheyey ekeegaa…. Hehe hama inthixaar ga ingey meenee 😉

  61. nahu

    nice story eh

    1. eemiyaa
      nahu

      Thanks nahu 🙂

  62. Shabee

    Eeeeem kon irakutha up vaanee??? Inthixaar ga hama shabee meenew

  63. nukko

    Koba hey koba hey magey loabi dhimya ge aneh part maa dhurugaa vaa baraboa dhandeh gaa baragoa bindhe bindhefaa vashi gandah alhanyy.
    We are waiting ingeu eemoo

    1. Shabee
      nukko

      Hahahahaha nukko haadha molhey dhw;)

  64. Shabee

    Inthixaarun hithuga ufedhey jazbaathey loehbakee….. Hiyy havaaley dhimyaa story ge 11th prt ah… Hiyy rohvvaa nulaashe eem… Hiyy rohvvaa nulaashe eem.. 🙂

  65. Shabee

    Nukko dhen dhey chat room ah

  66. nukko

    Dhyvaana vey readers thigothah eem liyumun dhim hinithun v maa vs maa folheyy.. neyngey jaadhoo ekey rec ah jehigenn dhanyy bahdhalu kohlyymaa vs ufaley vanyy. Hithah thadhuveyey lahun up vaathy insaanekey mee nubube vaaneheyy. Ehn kiyintheringe haalakee mieyy dhen bunaa dhaakah nethey handhaanun ma vaahaka filaa. Kiyaalyma anehbaii hiyy hama jeheyy..

  67. ken?

    kobaatha anei part…mihaaru inthizaaruge guitar naruthah kendijje…?

    1. Shabee
      ken?

      Dhw ken

    2. kennukbee
      ken?

      Dhw plz up it soon dnt up it late eyrun me akah nukiyey ne

    3. nukko
      ken?

      Ya Nukko vs kn ireh inthixaaruga hunna thaa. C’mon eeem…

  68. ken?

    eem alhe kobaatha anei part v curious vefa mi inee dn vaane gothakaa dheytherey visnaafa…? plz up it sooon…?

  69. eemiyaa

    next part up kohlaafin friends 🙂

Comments are closed.