Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 1

Esfiya Level 310 Stories100 Login
September 5, 2015 8 Mins Read
23 Comments
ނޯޓް: މިވާހަކައަކީ އެސްފިޔައަށް "nashaa"ގެ ނަމުގައި ލިޔުންތެރިއަކު ކުރިން ކުރިން ހުށައަޅާފައިވާ ވާހަކައެކެވެ.

އާ ދުވަހަކަށް އިރުއަރަނީ އެވެ. ރޭގަނޑުގެ އަނދިރިކަން ފެތުރިފައިވާ ކޮޓަރީގައި ހުރި ފެންލައިޓުން މަޑުމަޑުން އަލިކަން ކޮޓަރިތެރެއަށް ފޭދެމުން ދެއެވެ. ގަދަ ނިދީގައި އޮތް ޔާނާ އަށް ހޭލެވުމާއެކު އަވަސް އަވަހަށް ގަޑި ބަލައިލިއެވެ. ގަޑިން ހައެއް ޖަހަނީއެވެ. އިރު އަރައިފިކަން އެނގުމުން ކަންބޮޑުވިއެވެ. ފަތިސް ނަމާދަށް ހޭނުލެވުނީމައެވެ. ނަމާދު ޤަޟާ ކޮށްލުމަށްޓަކައި ފެންވަރައިލުމަށް އަވަސް އަވަހަށް ތުވާލި ނަގައިގެން ގޮސް ފާހާނާ އަށް ވަދެއްޖެއެވެ. ޔާނާ އަކީ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ކުއްޖާއަށް ވުމުން ޔާނާގެ މައިންބަފައިން، ހާމިޒާ އާއި ނޫހު ޔާނާ ގެންގުޅެނީ ވަރަށް ލޯބިންނެވެ. ކިތަންމެ ލޯބި ވިޔަސް ހާމިޒާމެން ވަނީ ޔާނާ އަށް ހެޔޮ ނުބައި، އަދި ރަނގަޅު ގޮތާއި ނުބައި ގޮތް ދަސްކޮށް ދީފައެވެ. މުޖުތަމަޢުގެ ރިވެތި އާދަތަކާއި، އަނެކުންނާ ގުޅިގެން އުޅޭނެ ގޮތާއި މި ހުރިހާ ކަމެއް ވަނީ ދަސްކޮށްދީފައެވެ. އެހެންކަމުން ޔާނާ ވެފައި ވަނީ ރިވެތި ތަރުބިއްޔަތެއް ލިބިފައިވާ ކުއްޖަކަށެވެ. އުމުރުން 22 އަހަރު ވެފައި ވީ އިރު، ދުވަހަކުވެސް މަންމަމެން ދެރަކޮށް ހިތު ޖައްސާފައެއް ނުވެެއެވެ. އަދި އެހެން މީހަކަށް ވެސް ގަސްތުގައި ދެރައެއް ނުދެއެވެ.
ނޫހުއަކީ މާލޭ ގެދޮރު ހުރި މީހެއް ނަމަވެސް، ތަނަވަސް މީހެއް ނޫނެވެ. މައިންބަފައިން މަރުވުމަށްފަހު، ގޭ ބެހިއިރު، ނޫހު އަށްވެސް ފުދޭވަރެއްގެ ބިންކޮޅެއް ލިބުނެވެ. އެހެންކަމުން ހާމިޒާ އާއި ކައިވެނިކުރުމަށްފަހު، އެއްކޮށްފައިވާ ލާރިކޮޅުން، އެންމެ ޒަމާނީ ނޫނަސް ރީތި ގެއެއް އެޅިއެވެ. ބޮޑު ސިޓިން ރޫމަކާ ތިން ކޮޓަރިއާ ބަދި ގެއެއް އެޅުނެވެ. އެއީ ނޫހު ރިސޯރޓްގައި އުޅުނުއިރު އެއްކޮށްފައި ހުރި ލާރިކޮޅެވެ. ކައިވެންޏަށް ދެ އަހަރު ވީ އިރު، ޔާނާ ލިބުމުން، ރިސޯރޓް ވަޒީފާ ދޫކޮށްލާފައި މާލެއައިސް ހުޅުމާލެ އާއި މާލެއާ ދޭތެރޭ ލޯންޗް ދުއްވުމުގެ މަސައްކަތް ފެށީ އާއިލާއާއެކު ވަގުތު ހޭދަކުރަން ބޭނުންވާތީއެވެ. މީގެ އިތުރުން ބައެއް ފަހަރު އެއްގަމު ދަތުރު ތައްވެސް ކުރެއެވެ. މި ކަން ކުރަނީ ރައްޓެއްސެއްގެ ކާރު ކުއްޔަށް ހޯދައިގެންނެވެ.
ޔާނާ ނަމާދުކޮށްލައިގެން ބަދިގެ ފަރާތަށް ދިޔައިރު ހާމިޒާ ސައި ތައްޔާރު ކުރަނީ އެވެ. ނޫހު ފެންނަން ނެތުމުން ބައްޕަ ކޮބައިތޯ ސުވާލު ކުރިއެވެ.
“ދަރިފުޅު ނުނިކުމެ މާ ލަސްވާންފެށީމަ ބައްޕަ ހިނގައްޖެ ސައި ބޮއެގެން. ކިހިނެއްވީ؟ މިއަދު ނުހޭލެވުނީތަ؟” ހާމިޒާ ސުވާލުކުރިއެވެ.
“ރޭގަ އެސައިމަންޓް ނިމުނުއިރު 12 ޖަހައިފި. އެހެންވެ ހޭ ނުލެވުނީ. ފޯނުވެސް އެލާރމް ކުރިން. އެކަމަކު މާ ގަދައަށް ނިދުނީހެން ހީވަނީ.” ޔާނާ މޭޒުކައިރީ ހުރި ގޮނޑިގައި އިށިންނަމުން ބުނެލިއެވެ. ސްކޫލް ނިމުމުން ޔާނާ ކުރިއަށް ދާން ބޭނުންވީ ކިޔަވައިދިނުމުގެ ދާއިރާއިން ކަމަށް ވީތީ، ޤައުމީ ޔުނިވަރސިޓީއިން ހިންގާ ޓީޗިން ކޯހުގައި ބައިވެރިވެ މިހާރު ދަނީ އެކޯހުގައި ކިޔަވަމުންނެވެ.
“ޔާނާ ކޮންމެ ރެއަކުވެސް ތެދުވާތީ މަންމަ ޔާނާ ތެދުވިތޯ ނުބެލީ. ދެން އަވަހަށް ސައި ބޯލައިގެން ދޭ ތައްޔާރުވާން، މިހާރު އެއޮށްގެން 7ގަޑި ބައިވަނީ. 8 ގަޑި ބަޔަށް ދާން ޖެހެއެއްނު ޔުނިވަރސިޓީއަށް.” ހާމިޒާ ބުނެލިއެވެ. ޔާނާ ޖޯޑުގައި ބާކީ ހުރި ސައިފޮދު ބޯލުމަށްފަހު ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އަދި އަލަމާރި ހުޅުވާލުމަށްފަހު ހެދުންތަކަށް ބަލައިލިއެވެ. ޔާނާ ލައި އުޅެނީ ހަރުވާޅު ހެދުމެވެ. ސްކޫލް ނިންމާލުމަށްފަހު ބުރުގާ އަޅަން ބޭނުންވާތީ ހަރުވާޅު ހެދުމަށް ބަދަލުކޮށް ލީއެވެ. ޔާނާ ޤަބޫލުކުރާ ގޮތުގައި އަންހެންމީހާގެ ރީތިކަމަކީ ހަމައެކަނި ފިރިމީހާއަށް ފެންނަން ޖެހޭއެއްޗެކެވެ. ޔާނާ ފެހިކުލައިގެ ހެދުމެއް ނެގުމަށްފަހު ފާހާނާއަށް ގޮސް ވަނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ހެދުންލައިގެން އައިސް ލޯގަނޑުކުރިމަތީ ހުއްޓެލިއެވެ. އަދި ޑްރެސިން ޓޭބަލް މަތީ އޮތްފުނާ ނަގައިގެން ބޯ އޮމާންކުރަންފެށިއެވެ. ކަޅުކުލަގަދަ އެ ދިގު ފަން އިސްތަށިގަނޑުން ޔާނާގެ ތުނި ހަށިގަނޑާ ދިގު އިސްކޮޅަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ. ހަމަ އެހެންމެ ލޭޔާސްކޮށް ކޮށާލާފައި އޮތުމުން އެ ދޮން މޫނުމައްޗަށް އެޅިފައި ހުންނަ އިސްތަށިތަކުގެ ސަބަބުން ޔާނާގެ ރީތިކަން އިތުރު ވެގެން ދެއެވެ.
ބޯ އޮމާންކޮށްލުމަށްފަހު ހުރިހާ އިސްތަށިތަށް އެއްކޮށް، ބޮލޮގައި ހުޅިއެއް ޖެހިއެވެ. އަދި ފެހިކުލައާއި ކަޅުކުލައިގެ ރޮނގު ތަކެއް ދަމާފައި ހުރި ޝޯލްއެއް ނަގައި ބޮލުގައި އަޅައި ރީއްޗަށް މޭމައްޗާއިއެއްކޮށް ނިވާކޮށްލިއެވެ. އެއަށްފަހު ސޫރައަށް ބަލާލުމަށްފަހު ގޮސް މޭޒުމަތީގައި އޮތް ކުޑަ ސައިޑް ބޭގާއި ފޮތްތައް ނަގައިގެން ބޭރަށް ނިކުތެވެ. އަދި ގޯތިތެރޭ ހައްދާފައިހުރި މާގަސްތަކަށް ފެންދޭން ހުރި ހާމިޒާ ކައިރީ ދަނީއޭ ބުނެ ގެއިން ނިކުމެގެން ޔުނިވަރސިޓީއަށްދާން ހިނގައިގަތެވެ.
މާލޭގެ ހަލަބޮލިމަގުުމަތީގައި 15 ވަރަކަށް މިނެޓް ހިނގުމަށްފަހު ޔާނާއަށް ޔުނިވަރސިޓީއަަަށް ދެވުނު އިރު ގަޑި ޖެހެން 5 މިނެޓަށް ވެއްޖެއެވެ. މަޑުމަޑުން ކްލާހާއި ދިމާލަށް ހިނގައިގަތްތަނާ ފަހަތުން މީހަކުގޮވާލި އަޑަށް އެނބުރި ބަލައިލިއެވެ. ޔުނިވަރސިޓީގެ ގޯތިތެރޭ ހެދިފައި ހުރި ގަހެއްގެ ދަށުގައު ހުރި ބެންޗެއްގައި އިށީނދެލައިގެން ޖާހަތު އާއި ނާހިން ތިއްބެވެ. ޖާހަތު އަކީ ޔާނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ޔާނާ ގޮސް ބެންޗް ގައި އިށީންނިއެވެ.
“ގަޑި ޖެހެނީ އެއްނު. ކީއްވެ މިތާ ތިތިބީ؟” ބެންޗްގައި ފޮތްތައް ބަހައްޓަމުން ޔާނާ ސުވާލުކޮށްލިއެވެ.
“ކްލާހުގަ ތިއްބާ އަންގައިފި ކްލާސް 15 މިނެޓަށް ލަސްވި ވާހަކަ. އެހެންވެ ބޭރަށް ނިކުމެލީ.” ޖާހަތު ޖަވާބު ދިނެވެ.
“އެހެންތަ؟ ކީއްވެގެނޯ ލަސްވީ؟” ޔާނާ ފޯނުގެ ގަޑިއަށް ބަލައިލަމުން އިތުރަށް އޮޅުންފިލުވާލިއެވެ.
“ނޭނގޭތަ؟ ޔުނިވަރސިޓީގަ އަލަށް ފެށޭ މެނޭޖްމަންޓް ކޯހުގެ އޮރިއެންޓޭޝަން އޮތީއެއްނު. ” މިފަހަރު ވާހަކަ ދައްކަމުން ދިޔައީ ނާހިންނެވެ. ” ގިނައީ ބޯއިސް. އަޅޭ! ހިތް ހަލާކުވެއްޖެ ވަދެގެން ދިޔައިރު. މީހަކަށް ދޫކުރާނެ މީހެއް ނެތް. މިތަނުގަ މިއިނީ ބޭރަށް ނިކުންނަތަން ބަލަން. އަސްލުވެސް ވަރަށް ސްމާރޓް ކުދިންކޮޅެއް!”. ނާހިން މޭމަތީ އަތް ބާއްވާލަމުން ދީވާނާ ވެފައި އިން މީހެއްހެން ވާހަކަދައްކަމުން ދިޔައިރު، ޔާނާ އާއި ޖާހަތު މަޖާވެފައި ހޭން ތިއްބެވެ.
“ތި ވަރުވަނީ އަހަރުމެން ކައިރީގަ. މިކޯސް ފެށިގެން އަދި މިވީ އެއް އަހަރު ތެރޭގައި ތިނޫން ވަރެއް ވެފަ އިންދަކަ އަހަރުމެން ނުދެކެން. ދޯ ޖާހަތު؟” ޔާނާ ވާހަކަ ދައްކަމުން ޖާހަތު އަށް ދޯ ދިނެވެ. ނަމަވެސް ޖާހަތު އަށް އެއްޗެކޭ ބުނެވުމުގެ ކުރިން ނާހިން ތެޅިގަނެފައި ވާހަކަ ދެއްކިއެވެ. “އޭތް އޭތް ނިކުންނަން ފަށައިފި. ބަލާބަލަ!”
ނާހިން މިހެން ބުނުމުން ޖާހަތު އެދިމާލަށް ބަލައިލިއެވެ. ޔާނާ ނާހިން އާ ދިމާއަށް ބަލާލާފައި ބޯ ހޫރުވާލުމަށްފަހު ކައިރީ ތިބި ފޮތްތަކުން ފޮތެއް ނަގައިގެން ބަލަން ފެށިއެވެ. ޔާނާ އިނީ ކްލާސް ތަކަށް ފުރަގަސް ދީގެންކަމުން އެތަނުން ނުކުމެގެން އަންނަ ބައެއް ނުފެނެއެވެ. ކްލާހުން ނުކުމެގެން އައިސް އައިސް ތިބި މީހުންނާ ދިމާއަށް ބަލަން އިން ޖާހަތުގެ މޫނަށް ކުއްލިއަކަށް ހައިރާންކަމެއް ވެރިވެގެން ދިޔައެވެ. އަދި ބޭއިޚްތިޔާރުގައި، ފޮތުތެރެއަށް ގެއްލިފައި އިން ޔާނާ ގެ މޫނަށް ބަލައިލެވުނެވެ. ޔާނާއަށް މިކަމެއް ފާހަގައެއްނުވިއެވެ. ދެވަނަ ފަހަރަށް އެމީހުންނާދިމާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ޔާނާ އަށް ގޮވާލާފައި ބުންޏެވެ.
“ޔާނާ!…. އީމަން!!!.
މިހެން ބުނި އަޑު އިވުމާ އެކު ޔާނާ ޔަޤީންނުވާފަދަ ނަޒަރަކުން ޖާހަތުއަށް ބަލައިލިއެވެ. ޖާހަތު ބޮލުގެ އިޝާރާތުން ކްލާސްތެރެއިން ނިކުމެގެން އައި މީހުންނާ ދިމާއަށް ބަލައިލުމަށް ބުންޏެވެ. ޔާނާއަށް ބޭއިޚްތިޔާރުގައި އެދިމާއަށް ބަލައިލެވުނެވެ. އެވަގުތު، މަޑުނޫކުލައިގެ ގަމީހަކާއި ކަޅު ފަޓްލޫނެއްގައި ކްލާސް ތެރެއިން ބޭރަށް ނިކުމެގެން އައިސް ހުރި އީމަން ފެނުމުން ޔާނާއަށް ކޮޅަށް ތެދުވެވުނެވެ. މިމަންޒަރު ބަލަން ވާނުވާ ނޭނގިފައި ނާހިންނަށް އިނދެވުނީ އަނގަ ހުޅުވައިގެންނެވެ. ޔާނާ ފިރިހެންކުއްޖަކާ ދިމާއަށް މިފަދަގޮތަކަށް ބަލައިލިތަންވެސް ނާހިންނަކަށް މީގެ ކުރިން ފެނިފައި ނުވާތީއެވެ. ކަޅު އައިނެއް އަޅައިގެން، ބެގީކޮށްލައިގެން ހުރި އީމަން ފެންނަލެއް ވަރަށް ސްމާޓެވެ. ދިގު އިސްކޮޅަކާއި، ފުޅާ މޭމައްޗެކެވެ. ހަމުގެ ކުލަ އަނދިރި ނަމަވެސް ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމައެވެ. އީމަންގެ ހުރިހާ ހަރަކާތަކުންވެސް އަންހެންކުދިންގެ ހިތްކަތިލާ ފަދަ ފިރިހެންވަންތަކަމެއް ފެނިގެން ދެއެވެ. އީމަން ޔާނާ ފަސްކޮށްފައި ގޮސް ޔުނިވަރސިޓީގެ އޮފީސްތެރެއަށް ވަދެގެން ދިޔައިރުވެސް ޔާނާ އަށް އިނދެވުނީ ބަލަހައްޓައިގެންނެވެ.
“ޔާﷲ! މިއަޅާއަށް މިފެންނަނީ ހަމަ ހަޤީޤަތެއްބާ! މިކަނބުލޭގެ އިހްސާސްތައް ހަމަކަން މި އެނގުނީ އަދި މިއަދު.” ޔާނާ ސިހިގެން ދިޔައީ ނާހިންގެ އަޑަށެވެ. އެވަގުތު ކްލާހަށް ލެކްޗަރަރ ދުރުވި ވާހަކަ ކުއްޖަކު ގޮވާލާފަ ބުނުމުން ޔާނާވެސް އަވަސް އަވަހަށް ފޮތްތައް ނަގައިގެން ގޮސް ކްލާހަށް ވަނެވެ.
ކްލާހުގައި ޔާނާގެ ހަށިގަނޑު އިންކަމުގައި ވިނަމަވެސް، އޭނާގެ ސިކުނޑި އާއި ހިތްވަނީ ހިޔާލީ ދުނިޔެއެއްގައެވެ. މީގެ ކުޑަ ހިނދުކޮޅެއް ކުރިން ފެނުނު މަންޒަރުން ޔާނާގެ ވިސްނުމާއި ފިކުރު އެނާގެ އިޚްތިޔާރުން ބޭރުވި ކަހަލައެވެ.
އެއީ މީގެ 7 އަހަރު ކުރިއެވެ. ޔާނާ ކިޔަވަމުން ދިޔައީ ގްރޭޑް 9 ގައެވެ. އެސްކޫލަކީ ދެޖިންސުގެ ކުދިންނަށްވެސް ކިޔަވައިދޭ ސްކޫލެއްކަމުން ކްލާސް ތައް ތިބެނީ ދެޖިންސު ވަކިންނެވެ. އާދައިގެ މަތިން ޔާނާވެސް ސްކޫލަށް ދިޔައެވެ. ރަނގަބީލު ނުޖަހާތީ ބޭރުގައިމަޑުކޮށްލިއެވެ. އެވަގުތު ޖާހަތުވެސ ް އައިސް ޔާނާ ކައިރީ މަޑުކޮށްލިއެވެ. ދެކުދިން ތިބީ ކުރިއަށް ނަގަން އޮތް ޓެސްޓެއްގެ ވާހަކަ ދައްކާށެވެ. ކުއްލިއަކަށް ފައިނާ އައިސް ހުއްޓުނެވެ.އަދި އެއްޗެކޭބުނަން އުޅޭފަދަ ގޮތަކަށް ޔާނާއަށް ބަލައިލިއެވެ. ފައިނާ އަކީވެސް ޔާނާ މެންނާއެކު އެކްލާހުގައި ކިޔަވާ ރައްޓެހި ކުއްޖެކެވެ.
“ހްމް.. މިއަދުވެސް ސަލާމް ފޮނުވީ ދޯ؟ ފަންނަ ޕޯސްޓްމެން އަކަށް ވާންވީނު؟” ޔާނާ ފައިނާ އާ ދިމާއަށް ބުނެލިއެވެ. އެންމެންވެސް ފައިނާ އަށް ކިޔައި އުޅެނީ ފަންނަ އެވެ.
” މިކަމުގަ އަހަރެންގެ ކުށަކީ ކޮބާ؟ އީމަންގެ ގޭ އަހަރެންގެ ގޭ ކުރިމަތީގަ ހުރުންތަ؟ ނޫނީ އަހަރެންނަށް ކޮންމެ ދުވަހަކުވެސް އީމަންއާ އެއްކޮށް އެއްމަގަކުން ސްކޫލަށް އާދެވުންތަ؟” ފައިނާ މޫނު ހަދާލަމުން ބުނެލިއެވެ. “މިއީކީ އަހަރެން ކުރުވާ ކަމެއްނޫން. އީމަން މިއަހަރު ފެށުނީއްސުރެ ކޮންމެ ދުވަހަކުވެސް އަހަރެންނާއި ސަލާމް ހަވާލުކުރޭ ޔާނާ އަށް ފޮނުވަން. އަހަރެން ހަމައެކަނި ކުރާކަމަކީ އެ ސަލާމް އަމާނާާތްތެރިކަމާ އެކީ ޔާނާ އާ ހަވާލުކުރަނީ. ދެން މީގަ ކޮބާ އަހަރެންގެ ކުށަކީ؟”
“އެ ތެދެއް ޔާނާ! ފަންނަގެ އެއްވެސް ކުށެއް ނެތް މިކަމުގަ. އީމަން އަކީ އަހަރުމެން އެންމެންނާ ރަޙްމަތްތެރިކަން ބާއްވާ ކުއްޖެއް. އަނެެއްކާ ގޯސް ކުއްޖެއްނޫން. ދެން ތިދެމީހުން ދޭތެެރޭގަ ތި އޮތް ކަންތައްގަނޑުން ވަކި އަހަރެމެންގެ ގުޅުމެއް ނުކެނޑޭނެއްނު. ” ޖާހަތު ޔާނާ އާ ދިމާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ބެލް ޖެހުމުން ތިން މީހުންވެސް އެއްކޮށް ހިނގައިގަތެވެ. ޖާހަތު ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އަނެއްކޮޅުން އީމަން ޔާނާ އަށް އުނދަގުލެެއް ނޫނީ ޖެއްސުމެއް ކުރަނީ އެއް ނޫން. ދެން ޔާނާ ވެސް ކޮން ރުޅިއެއްތަ އޭނަ ދެކެ ތި އަންނަނީ؟” ޖާހަތު ސުވާލުކޮށްލިއެވެ.
“ދެން އަހަރެން ކިހިނެއްތަ ހަދަންވީ؟ އަހަރެންގެ ހިތުގެ އޭނަ އާ މެދު އެއްވެސް އިހުސާސެއް ނެތް. އެހެންވީ އިރު ކިހިނެތްތަ އަމުދުން އޭނަ ދެކެ ލޯބިވެވޭނީ. އޭނަ ކިތަންމެ ގިނައިން ސަލާމް ފޮނުވިޔަސް އަހަރެންނަކަށް އާނއެކޭ ނުބުނެވޭނެ. ދެރައީ މި އޮތް ހުރިހާ ދުވަސް ވީ އިރުވެސް އޭނައަށް އެކަން ނުވިސްނުނުކަން. އެހެންވެގެން އަހަރެން ހިތްހަމަ ނުޖެހެނީ.” ޔާނާ ހިތްހަމަ ނުޖެހި ހުރެ ވާހަކަ ދެއްކިއެވެ. ޖާހަތުމެން އިތުރު އެއްޗެކޭ ނުބުންޏެވެ. ޔާނާ ދައްކާ ވާހަކައާ ދެކޮޅު ހެދެން ނެތުމުން ކަމަށްވެސް ވެދާނެއެވެ. އެވަގުތު ކްލާހާ އަރާ ހަމަވުމުން ތިންކުދިންވެސް ކްލާހަށް ވަދެއްޖެވެ.
އިންޓަރވަލް ބެލް ޖެހުމާއެކު ހުރިހާ ކުދިންވެސް ކެންޓީނަށް ދިޔައެވެ. ކެންޓީނަށް ދެވެން އޮންނަނީ ހަނި ހޯލެއްގެ ތެރެއިން ލާފައެވެ. ޔާނާމެން އެހޯލު ތެރެއަށް ވަންނިއިރު ފިރިހެން ކުދިންގެ ކްލާސްބަރިން އީމަންވެސް ނިކުމެގެން އައިސް ހޯލަށްވަންނަނީ އެވެ. އެވަގުތު ޖާހަތު އީމަން އަށް ގޮވާލުމުން އީމަންވެސް އައިސް ޔާނާމެންނާ އަރާ ހަމަކުރިއެވެ.
“ހާދަ ބަނަހެން ހީވެޔޭ ދޯ؟” ހަޤީޤަތުގައި އީމަން މިހެން ބުނެލީ ޔާނާގެ މޫނަށް ބަލައިލުމަށްފަހު ކަމުގައި ވިޔަސް، ޔާނާ ބަލައިލުމުން ކުއްލިއަކަށް މަތި ހޯދާލިއެވެ.
“އައްދެ! އީމަން އަށް ހިޔާ ކޮށްފަ ހުރި ތަނެއްގެ ތެރެއިންވެސް ބޭރުގެ ހާލަތު ފެންނަނީތަ؟” ފައިނާ ވާނުވާ ނޭނގި ހުރެ ސުވާލުކޮށްލިއެވެ.
” މީހަކު މާބޮޑަށް ކަމަކަށް އެދިއްޖެ ނަމަ އެމީހެއްގެ އިތުރު ހިއްސެއް ހަށިގަނޑުގައި މަސައްކަތް ކުރާ ވާހަކަ ފަންނަ އަޑެއް ނާހަމުތަ؟” އީމަން ކަތި ނަޒަރަކުން ޔާނާ އަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. ޔާނާ އެއްވެސް އެއްޗެކޭ ނުބުނެ ކުރިއަށް ބަލަހައްޓައިގެން ހުރެ ހިނގަމުން ދިޔައެވެ. އެއްވެސް އެއްޗެއް އިވޭ ކަމުގައިވެސް ނެހެދެއެވެ.
“އަހަރެންނަކީ ތިހާ ރޮމޭންޓިކް މީހެއްނޫން. އެހެންވީމަ ތިކަހަލަ ވާހަކަ ދައްކާކަށް ނޭނގެ. ތިއެއްނޫނޭ! ޖީސީ ފެށެނީނު އަނެއް މަހުގަ. ކިހިނެއްތަ ތައްޔާރީތައް؟” ފައިނާ މަޢުޟޫ ބަދަލުކޮށްލިއެވެ.
“ދެން ހަމަ ކުރިއަށް މި ގެންދަނީ. ކޮންމެ ރެއަކުވެސް ޗެޕްޓާރ އެއް މުތާލިޢާ ކުރަން.” އީމަން ޖަވާބު ދިނެވެ.
“ހްމްމް.. މަސައްކަތްކުރާތި. އަހަރުމެންގެ ފަރާތުންވެސް ހެލްޕެއް ބޭނުންވެއްޖެއްޔާ ބުނެލާތި. 9 ގަ އުޅުނަސް، ހަމަ އީމަން އަށް މި ލެވެލް އިން އެހީ ވެވިދާނެއްނު. ކޮންމެ ގޮތެއް ވިޔަސް އީމަންގެ މުސްތަޤަބަލް ރަނގަޅު ގޮތުގަ ބައްޓަން ކުރެވޭތޯ ބަލަންވާނެއްނު؟” މިފަހަރު ވާހަކަ ދެއްކީ ޖާހަތުއެވެ.
“މުސްތަޤްބަލް ދޯ؟ ވަރަށް މުސްތަޤްބަލާ ދޭތެރޭ އެބަ ވިސްނަން.” އީމަން މިހެން ބުނެލަމުން ޔާނާ އަށް ބަލައިލިއެވެ. އީމަން ބުނި އެއްޗެއްގެ މާނަ އެނގުމުން ފައިނާ މެން ހީނގަތެވެ. ޔާނާއަށްވެސް އެ ޖުމުލައިގައި އިޝާރާތްކުރީ ޔާނާ އަށްކަން އެނގުމުން ފާޑަކަށް މޫނު ހަދާލިއެވެ. އެވަގުތު ހޯލުން އަނެއްފަރާތައް ނުކުމެވެއްޖެވެ. ޔާނާ މޫނު ހަދާލިމަންޒަރު އީމަން އަށާއި ޖާހަތުއަށް ފެނުނެވެ. އީމަން އިސްޖަހާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.
ޖާހަތު ހިތްހަމަ ނުޖެހިހުރެ ވާހަކަ ދެއްކިއެވެ. “ސާބަސް ޔާނާއަށް! ކިހިނެއް ވެގެންތަ ތިއުޅެނީ؟ އޭނަ ޔާނާއަށް ކޮން އުނދަގުލެއްތަ ކުރީ؟ އޭނަ ދެކެ ލޯބި ވާށެކޭ އެންމެ ފަހަރަކުވެސް އޭނައެއް ނުބުނެޔޭ. ޔާނާ ވާހަކަ ދައްކަންބޭނުން ނުވާ ތަނުގައި އެންމެ ކުޑަމިނުން އިންސާނިއްޔަތުކަމަށްޓަކާ ނަމަވެސް ހިތްހެޔޮކޮށްގެން ހުރެލާނަމަ ކީއްތަވާނީ.. ދެން ޔާނާ ލޯބި ނުވަންޏާ ލޯބިނުވާ ވާހަކަ އޭނަ ކައިރީ ބުނެބަލަ ރީއްޗަށް. ކީއްވެތަ ނުކެރިގެން ތިއުޅެނީ؟ ދޭ.. ތިހާ ރުޅި އަންނަ ނަމަ ގޮސް އޭނަ ކުރިމައްޗަށް އަރާ އެއްޗެތި ގޮވައިގަނޭ. އެކަމަކު ކީކޭ ޔާނާ ކިޔާނީ؟ އޭނަ ކޮން އުނދަގުލެއް ކުރީ އޭ؟ އޭނަ ބޭނުން ނަމަ ޔާނާ އާ ގަދަކަމުންވެސް ވާހަކަ ދެއްކޭނެ ފުރުސަތު ލިބޭ. އެހެން މީހުން ހަދާހެން ރައްޓެހިނުވުމުން ޖެއްސުންކުރަމުން އޭނަ ދުވަހަކުވެސް އުޅުނުތަ؟ ކެތްތެރިކަމެއްނެތި ޔާނާ އަށް އެދި އެދި ހުންނަތަން މިހާރު މިވަނީ އެއް އަހަރު. މިއަދު ޖެހޭނެ މިކަންތައް ނިންމާލަން. ހިނގާ އޭނަ ކައިރިއަށް. ގޮސް ތިހިތުގަ ހުރި ހުރިހާ ނަފްރަތުކަމެއް އޭނައަށް ދައްކާލާ! ދޭ” ޖާހަތު ޔާނާގެ އަތުގައި ހިފައި ކުޑަކޮށް ކުރިއަށް ފޮނުވައިލިއެވެ.
ޔާނާ އަށް ބުދެއްހެން ހުރެވުނީއެވެ. ޖާހަތުގެ ވާހަކަ ތަކާ ދެބަސްވުމަށް އޭނައަށް ބުނެވޭނެ އެއްޗެއް ނެތީމައެވެ. އަދި އީމަން އިސް ޖަހާލާފަ ދިޔަ މަންޒަރު ފެނުމުން ހަމަ ޔަޤީނުންވެސް އޭނައަށް ނޭނގޭ އެތައް އިހުސާސްތަކެއް ކުރުވައިފިއެވެ. ދުރުގައި ހުރި ބެންޗްގައި އެކަނި އިށީނދެލައިގެން އިން އީމަންއަށް ބަލަން ޔާނާއަށް ހުރެވުނީ ބޭއިޚްތިޔާރުގައެވެ. ޔާނާ ދެރަވެއްޖެކަން ޖާހަތުއަށް އެނގުނެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުންޏެވެ.
ދެމީހުންގެ ދެމެދުގައިވި ހަމަހިމޭންކަން ފޫދުއްވާލީ ފައިނާގެ ވާހަކަ ތަކެވެ. “ދެން ހިނގާބަލަ އެކޮޅަށް. ހާދަ ބަނޑުހައޭ.” ފައިނާއަށް އެވަގުތު އެންމެ ރަނގަޅުހެން ހީވި ގޮތަށް ކަން ކުރީއެވެ. ތިންމީހުން އެއްކޮށްގޮސް އިންޓަރވަލްއެއް ގަނެގެން ހުސް ގޮނޑިތަކެއްގައި އިށީންނިއެވެ. ޔާނާއަށް ބެލެނީ ހަމަ އީމަންއަށެވެ. އިންޓަރވަލް އަށްފަހު ގެއަށް ދިއުމާއި ދެމެދު ކްލާހުގައި ހޭދަވި ގަޑިތައްވެސް ދިޔައީ ޔާނާއަށް މިފިކުރުގައި ހުރެވެނިކޮށެވެ.
ޔާނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ޖާހަތުގެ ވާހަކަތަކެވެ. ސިފަވަމުން ދިޔައީ އީމަންގެ ސޫރައެވެ. ޔާނާގެ މުޅި ދުވަސް މިގޮތުގައި ހޭދަވެގެން ދިޔައިރު އެރޭވެސް ހޭދަވީ މިފަދަ ފިކުރެއްގައި އޮއްވައެވެ. ނިދުނީ ފަތިސްވާން އުޅެނިކޮށެވެ.
އެހެންދުވަސް ދުވަހާ ހިލާފަށް މިއަދު ޔާނާ ސްކޫލަށް ދާން ތައްޔާރުވި އިރު ކޮންމެ ކަމެއްގައިވެސް އަތްމަތި އަވަސްކަން ހާމިޒާއަށް ފާހަގަ ވިއެވެ. ހީވަނީ ލަސްވެގެން އުޅޭހެންނެވެ. މިކަން ޙުދު ޔާނާ އަށްވެސް އިހުސާސްކުރެވެއެވެ. ނަމަވެސް އޭނަ އަށް އިންތިޒާރު އެ ކުރެވެނީ ކޮން ކަަމަކަށްކަމެއް ހުދު އޭނާ އަށް ވެސް ނޭނގޭ ކަހަލައެވެ.
ގަޑިޖެހެން ކައިރިވެފައި ހުރުމާއެކު ޔާނާ ގޮސް ގޭޓްކައިރީ މަޑުކޮށްލިއެވެ. ނަމަވެސް މުޅިތަން ހޯދެނީއެވެ. “އަހަރެން ދޯ ތި ހޯދަނީ؟” ފަހަތުން އަޑުއައުމުން ޔާނާ އެނބުރި ބަލައިލިއެވެ. އެވަގުތު ޖާހަތުއާއި ފައިނާ ޔާނާ އާ އަރާ ހަމަ ވަނީއެވެ. ޔާނާ ގަދަކަމުން އާނ އެކޭ ބުނާކަހަލަ ގޮތަކަށް ބޯ ޖަހައިލިއެވެ. ފައިނާ އައިސް ހުއްޓުމުން ޔާނާ އަށް ފައިނާގެ މޫނަށް ބަލަން އިނދެވުނީ ފައިނާގެ ފަރާތުން ވާހަކައެއް އަޑު އެހުމުގެ އިންތިޒާރުގައޭ މިހުރީ ބުނާ ފަދަ ގޮތަކަށެވެ. ފައިނާ އާ ދިމާއަށް ޔާނާ ބަލާކަން އެނގުމުން ކިހިނެތްވީތޯ ސުވާލުކުރާފަދަ ގޮތަކަށް ބޮލުން އިޝާރާތްކޮށްލިއެވެ. ޔާނާ ސިހިފައި ކަމެއްނުވެއޭ ބުނުމުގެ ގޮތުން ބޯ ހޫރުވާލިއެވެ. އަދި އިސްޖަހާލިއެވެ.
“އާނ! ހަނދާން ނެތިފައޭ މި އިނދެވުނީ…” ފައިނާ ވާހަކަ ދައްކަން ފެށުމުން، އަނެއްކާ އުއްމީދު އާވާ ފަދަ ގޮތަކަށް އިސްއުފުލާ ޝައުގުވެރިކަމާއެކީ ފައިނާއަށް ބަލައިލިއެވެ. “މިއަދު ހޭލެވުނީ ވަރަށް ލަހުން. ތެޅިފޮޅެމުން ތައްޔާރުވެލައިގެން، ބޭރަށް ނުކުންނަނިކޮށް އެއްކަލަ ފަޔާޒު ގައިގަ އަޅައިގަނެފަ ކިރިޔާ އަނގަވަތަށް ނުވެއްޓުނީ. އަހަރެންގެ އަތުގަ ނުހިފެހެއްޓިނަމަ އޮންނާނީ ބިންމައްޗަށް ވެއްޓި ޗަސްވެފަ. އެނގޭތަ އޭނަ ބުނި އެއްޗެއް؟ ބުނީ…..” ފައިނާ ދައްކަމުން ދިޔައީ ޔާނާ އުއްމީދުކުރިވާހަކަ އަށް ނުވާތީ ކަމެއްވެސް ނޭނގެއެވެ. އެކަން އެނގުނުހާއިރުން ޔާނާގެ ސަމާލުކަން އެނބުރުނީ މަގުމައްޗަށެވެ. ކައިރީގައި ތިބި ޖާހަތު އާއި ފައިނާ ހީހީފައި ވާހަކަ ދައްކަމުން ދިޔައިރުވެސް ޔާނާ އަށް އެއްވެސް އަޑެއްނީވޭ ކަހަލައެވެ. ވަށައިގެން އެތަންމިތަން ހޯދެނީއެވެ.
“ކޯއްޗެއް ތިހޯދަނީ؟” ޖާހަތު ޔާނާގެ ކޮނޑުގައި ކޮއްޓާލަމުން ސުވާލުކޮށްލިއެވެ. ޔާނާ ސިހިފައި ޖަވާބު ދެވުނީ އަޅަ އަޅައިގަންނަ ގޮތަށެވެ.
“މީ..މީހެއް..ނޫ…ނޫން.” މިހެން ބުނުމުން ޖާހަތު އާއީ ފައިނާ އެކަކު އަނެކަކުގެ މޫނަށް ބަަލައިލުމަށްފަހު ހީނގަތެވެ. ހެމުން ހުރެ ފައިނާ ވާހަކަ ދެއްކިއެވެ. “މިހާރު ޔަޤީން ވެއްޖެ ތިހޯދަނީ މީހެއްކަން. އަނެއްކާ އީމަންތަ؟” ޔާނާ އަށްވެސް ވީގޮތް އެނގުނީ ދެނެވެ. ކުޑަކޮށް ލަދުގެންފައި މަށެއްނޫޅެމޭބުނަމުން ގޭޓާ ދިމާއަށް ހިނގައިގަތީ ބެލްޖެހި އަޑު އިވުމުން ކަމެއް ނުވަތަ ފައިނާ އެބުނީ ތެދުވާހަކަ އެއްހެން ހީވުމުން ކަމެއް ޙުދު ޔާނާ އަކަށްވެސް ނުވިސްނުނެވެ.
ކްލާސްތެރޭގައިވެސް ޔާނާއަށް އިނދެވުނީ އިންޓަރވަލް ގަޑި ޖެހޭނެ ވަގުތަކަށް ކެތްމަދުވެފައެވެ. ބެލް ޖެހުމާއެކު އަވަސް އަވަހަށް ހިނގަމުންގޮސް ހޯލަށް ވަނެވެ. ވަދެވުމާއެކު ޔާނާގެ ހިނގުމަށް ބަދަލު އައެވެ. މަޑުމަޑުން ހިނގަމުން އެކިތަންތަން ހޯދަން ފެށިއެވެ. އެހުރިހާ ކުދިންތަކުގެ ތެރެއިން ޔާނާ ހޯދަން ބޭނުންވަނީ ކޮން އެއްޗެއްބާވައެވެ؟ ވަށައިގެން ހޯދަމުން ހިނގަން ފެށިއެވެ. ބައެއް ހިނގަ ހިނގާ ހުރެ ފަހަތް ހޯދައެވެ. ދެކޮޅު ހޯދައެވެ. ނަތީޖާއަކަށްވީ ކުއްޖެއްގެ ފައިގައި އަޅައިގެންފައި ޔާނާ އަރިއަޅާލައިގެން ގޮސް ވެއްޓުމެވެ. ވީތަދުން ތެދުވަންވެސް ނޭނގިފައި ސިކުންތު ކޮޅަކަށް އޮވެވުނީ ދެލޯ ފިއްތައި ބާރުކޮށްލައިގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

އިންތިޒާރު 45

Next

ދިމްޔާ (11 ވަނަ ބައި)

Next
September 5, 2015

ދިމްޔާ (11 ވަނަ ބައި)

Previews
September 4, 2015

އިންތިޒާރު 45

23 Comments!

  1. Shabee says:
    September 5, 2015 at 12:36 pm

    Shabee keen mi story kurin… Keehve kurin genessa oeh story eh anekka thi genaee??? Confused 😮

  2. Shabee says:
    September 5, 2015 at 12:36 pm

    Nd also dis is the bst story i hav evrr read 🙂

    1. maniu says:
      September 5, 2015 at 3:05 pm

      yes..thy thedhe…

  3. kennukbee says:
    September 5, 2015 at 12:41 pm

    Me olso kyn

  4. xaa says:
    September 5, 2015 at 1:16 pm

    Xaa ves kyn kurin. One of the best story I have read. V. Nice story eh. BT why again??? ?

  5. Emiliya says:
    September 5, 2015 at 1:21 pm

    I also read this story it’s really nice

  6. naj says:
    September 5, 2015 at 1:33 pm

    I also I’ve read this story… But anekaa ves kiyaa ivege..vv nice story eh mey

  7. Miksy says:
    September 5, 2015 at 1:35 pm

    Vvv salhi nukiyan mivaahakaeh.. plxx avahah up kurachey

  8. Xzoo says:
    September 5, 2015 at 2:55 pm

    Wow
    v nice
    next Part avahah up kohdhehcheyy
    🙂

    plxxxx

  9. maniu says:
    September 5, 2015 at 3:03 pm

    kyn thivaahaka kurinvx…nd it was a greaat story….but kyve anehka….

  10. Princess Noddy says:
    September 5, 2015 at 4:46 pm

    Noddy vess kyn mi story… mee mihaathanah kiyunu emme reethi story.. thnks anehkaavess feshigen genesdheythy…v kiyaa hiy vey mi story.

  11. Anonymous says:
    September 5, 2015 at 5:17 pm

    Mee kurin kiyaafa oi vaahaka eh…..keeve alun thi genesdheny?????

  12. Meesh says:
    September 5, 2015 at 5:58 pm

    Esfiyai gai kurin liye nuninmaa huri story’s thah site ge namugai migothah liye ninmevumakee as a reader vvvvvvv beynun kameh…. hope u guys understand ..really like to read the story ” EKUGAI VUN EDHEMEY” … So please…. mi story alun liye nimadheebala…. mi gothah vvv baivaru reeeeeethi story’s thah ebahuri…
    Esfiya situn migothah nunimaa huri hurihaa story’s thah nimaane kamuge foni inthixaaruga mi site ge kaamiyaabee ah edhen????

    1. fareeaa says:
      September 12, 2015 at 11:37 pm

      I agreed with u

  13. shaaru says:
    September 5, 2015 at 6:18 pm

    Vvv salhi mi story

  14. Rausher says:
    September 5, 2015 at 11:26 pm

    Rau vs kurin kyn… Mi story hama vrh nice <3

  15. zaa says:
    September 6, 2015 at 8:05 am

    vr nyc mi vaahaka

  16. anonymouse says:
    September 6, 2015 at 9:42 pm

    hadi

    1. misha says:
      September 17, 2015 at 2:58 pm

      reethi. reethi story ves neydho

  17. anonymouse says:
    September 6, 2015 at 9:42 pm

    vvvvv hadi…vaahaka liyan nuulhebala nehfenvaruge myhun dhw

  18. shx says:
    September 6, 2015 at 9:44 pm

    v hab story eh…i lyk it…reethi…

  19. Phaxu says:
    September 12, 2015 at 12:13 am

    Reeethi vahakaeh……

  20. misha says:
    September 17, 2015 at 2:55 pm

    ‘vaarey thereyn’ mivaaha genes dheebaa

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 2←


All Right Reserved!