Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝައިން (ޕާޓް-14)

shaai Level 110 Stories
September 2, 2015 2 Mins Read
22 Comments

“އައްސަލާމް އަލައިކުމް..” ސިޓިންރޫމް ސޯފާގައި އިން އަލިމަނިކާ ކޮޅަށް ހުރެ އަލިމަނިކާ ދިމާލައް އެއްޗެހި ކިޔަމުން ދިޔަ ޒުހުރާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ގޭ ދޮރާ ދިމާލަށް ބަލާލެވުނެވެ… ލިބުނު ސިހުމާއެކު އަލިމަނިކަށް ފުންމައިގެން ތެދުވެވުނެވެ.. ޒުހުރާ ހުރީ ދެލޯ ބޮޑުވެ އަނގަ ހުޅުވިފައެވެ..

އިސްލާމީ ރިވެތި ހިޖާބުން ނިވާވެލައިގެން ހުރި އަންހެންކުއްޖާ ފެނުމުން ޒުހުރާއަށް ދެލޯ އުގުޅާލެވުނެވެ. ކުރިމަރިން ފެންނަމުންދާ މަންޒަރު ގަބޫލު ކުރަން ދަތިވެ ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނުކެރިފައި ހުރީއެވެ. “ދަރިފުޅާ ކޮންތާކު އުޅެފަ ތިއައީ.. .. ދަރިފުޅު ހޯދަން ބައްޕަ ނުދަނީ ކޮންތާކަށް.. ކޮންކަމެއް ނުކުރަނީ ދަރިފުޅު ހޯދަން..” ބާރު ހިގުމެއްގައި އަލިމަނިކު އައިސް ޝައިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ..

ނަމަވެސް ހުށިޔާރުކަމާއެކު ޝިބާން އަލިމަނިކުގެ އަތް ފޮޅުވާލިއެވެ.. އަދި އަތުގައި  އޮތް ސިޓީ އުރަ އަލިމަނިކާ ދިމާލަށް ދިއްކޮއްލިއެވެ.. “ތިއީކައިވެނީގެ ދައުވަތު..އަހަރެމެން މިއުޅެނީ ކައިވެނިކުރަން …ބޭނުމިއްޔާ އާދޭ.. ނޫނިއްޔާ އައުން އެހާމުހިންމެއް ނޫން..އަހަރެން ބޭނުމެއް ނޫން ތި މީހުންނަށް އަންގާކަސްވެސް އެކަމަކު ޝައިން ބޭނުން ނުވޭ ސިއްރުންއެއްކަމެއްވެސ ކުރާކަށް..” އަލިމަނިކު ސިޓީއުރައިގައިހިފާލުމާއެކު ޝިބާން ބުނެލިއެވެ.

ކޮޓަރީގައި އޮތް އަމްރުވެސް ގޭތެރޭގައި ބަޔަކުވާހަކަ ދައްކާ އަޑަށް ބޭރަށްނިކުތެވެ.. މީހާ  ގަޑުވީ ފެނުނު މަންޒަރު ގަބޫލް ކުރަން ދަތިވެގެންނެވެ.  އިރުކޮޅަކު ހުރި ފިޔަވަޅު މަތީ ހުރުމަށްފަހު ބާރު ހިގުމުގައި ގޮސް ޝައިންގެ މުލައްދަޑިގައިހިފައި  ގަޔާ ކައިރިކޮއްލިއެވެ. މިކަހަލަ ކަމަކަށް ތައްޔާރުނުވެ ހުރި ޝައިން ކައްސާލައިގެންގޮސް ޖެހުނީ އަމްރުގެ މޭމަތީގައެވެ.

ވާނުވާނޭނގި ބުނާނެ އެއްޗެއް ނޭނގި އަލިމަނިކާ،  ޒުހުރާވެސް ހުރެވުނީބަލަހައްޓައިގެންނެވެ. އަމްރުގެ ދެވަނަ ހަމަލާޔާއެކު ޝައިން އޭނާގެ ފުރަގަހަށްވާ ގޮތަށް ކޮއްޕާލިއެވެ.. “ކަލޭ ހީކުރީތަ ޝައިން ވަގަށް ގެންދިޔާމަ  ކަލޭ ބޭނުންހާކަމެއްކުރަން އަހަރުމެންދީގެންހުންނާނެޔޭ..އެހެނެއްނުވާނެ..ޝައިންގެ މި ބޭބެ ހުއްޓައި ތިކަހަލަކިތަންމެ މީހަކުއަޔަސް ޝައިން އެއް އެއްތާކަށްވެސް ނުގެންދެވޭނެ..”އަމްރު އިންޒާރުގެ ރާގެއްގައި ޝިބާން އާއިދިމާލަށް އިގިލިދިއްކޮއްލަމުން ބުނެލިއެވެ..

“އާނ…އަމްރު ތިބުނީ ހަމަ ރަގަޅަށް.. ޝައިން އަކީއަހަރުމެންގެ ޒިންމާއެއް..އޭނަ ނުބެލިގެން އަދިމީހަކާހަވާލުކުރަން އަހަރުމެން ނޫޅެން..ކަލޭ އެހެންނޫނަސް ޝައިން ގެންދިޔައީ އޭނަ ވަގަށް ނަގައިގެންކަން ޔަގީން..ޝައިން އަކީ އެހެން ނޫނީ އެހެން ގެއިން ދާ ކުއްޖެއް ނޫން..” ޒުހުރާވެސް އަމްރުގެ ބަހަށް ތާއީދު ކުރުމުގެ ގޮތުން ބުނެލިއެވެ..އޭރުވެސް އަލިމަނިކު ހުރީ ބުނާނެ އެއްޗެއް ނޭނގި އިސްޖަހާލި ގޮތަށްށެވެ..

ޝިބާން ހުރީ ޝައިންގެ ބަހެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.. “ބަލަ ކަލޭ ހާދަ ހަޔާތްވެސްކުޑައޭ ދޯ..އަދިވެސް ދާން ނޭނގިފައި ޖެހިބުދެއްހެން ތި ހުންނަނީ..އަހަރެން ކަލޭ ބޭރަށް ލާން ދާންވީތަ؟..” ފެނަކަޅިވެ ޝައިންގެ ބަހެއްލިބޭތޯހުރި ޝިބާންގެ ގިރުވާނުގައި ހިފާ އަމްރު ދޮރާދިމާލަށް ގެންދަންފެށިއެވެ..

ނަމަވެސް އެގޮތުގައި އަމްރުއަށް ކުރިއަށް ދެވުނީކުޑަ ތަން ކޮޅަކަށްށެވެ…އަމްރު ލައިގެން ހުރި ޓީޝާޓްގައި ހިފައި ފަހަތަށް  އަނބުރައިލުމާއެކުހެން އަމްރު މޫނުމައްޗަށް މީހެއްގެ އަތުގެ ހޫނު އެތިފަހަރެއް އަރައިގެންދިޔައެވެ..ވީ ތަދުން ޝިބާން ގައިން ދޫކޮއްލުމަށްފަހު މޫނުގައި ފިރުމާލެވުނީ ބޭއިހްތިޔާރުގައެވެ..

” ބަލަ ކަލޭ ލަދެއް ނުގަނޭތަ ތިއީ އަހަރެންގެ ބޭބެއޭ ބުނަން..މިއޮތް ހުރިހާ ދުވަހު އެއްޗެކޭ ނުބުނެ ކެތްކުރީތީ ކަލޭ ހީކުރަނީތަ އަބަދު ކަލޭގެ އަޅަކަށް ވެގެން ކަލޭގެ ވަހުޝީ އެދުން ފުއްދަ ދޭނެ ކަމަށް.. އެހެން ހީކުރާނަމަ ތިއީ ކުން ހިޔެއް.. ކަލޭތީ މަގޭ އެއްވެސް މީހެއް ނޫން..  މިތާ ނެތް އެކަކުވެސް އަހަރެންނަށް ރަހުމްކުރާ..ޒުހުރާ ހިތަށް އެރިހާ ގޮތަށް ކަންތައް ކޮށްފަ މިއަދު މިގެއަށް އާދެވުނީމަ މާހެޔޮއެދިގެން ތިއުޅެނީ އަހަރެން ދިޔުމުން ވިޔަފާރިބަގުރޫޓް ވަމުން ދާތީކަން އަހަރެންނަށް އެނގޭ.. މާލޯބިވާ ކަމަށް މިއަދު އެންމެން ހެދިގެން އުޅުނަސް އަހަރެން ބޭނުމެއްނޫން ތިއިން އެކަކުގެވެސް އެހީތެރިކަމެށް.. ލޯތްބޭ ކިޔާފަ އަނގަ ހުޅުވަން މިތާހުރި އެކަކުވެސް ރީއްޗެއް ނޫން..އަހަރެން ބޭނުންވަނީ ކަލޭމެން އެންމެނަށް ހައްގު އަދަބް ދޭން..ކަލޭމެންނަށް ހައްގު އަދަބް ލިބޭނެ..ލިބޭނެ…” ޝާއިންގެ އަރު ބެދުނު ކަހަލައެވެ.. އިތުރަށް އެވެސް ވާހަކައެށް ނުދެއްކުނެވެ.. އެތަށް ދުވަހަކު ހިތުގައި ހުރި އުދާސްތައް ބޭރުކޮއްލެވުމުން ލުޔެއް ލިބުނުނަމަވެސް އެ ހިތަށް ކުރި އަސަރު މާ ބޮޑެވެ..

” އާނ..ޝާއިން ތިބުނީ ހަމަ ރަނގަޅަށް.. އަހަރެމެންނަށް ހަމަ ހައްގު އަދަބް ލިބެން ޖެހޭނެ…ނުލިބި އުޅެވޭނީ ކިތަށް ދުވަހު..ކިތަށް ދުވަހު މިކަހަލަ ފާފައިގެ ތެރޭ އުޅޭނީ..މަރު ވުމުގެ ކުރިން ތައުބާވެ ޝައިންގެ މާފް ލިބެން ނެތަސް އެ ހޯދަން މަސައްކަތް ކުރަން ބޭނުން..” އިސްޖެހިފައި ހުރި  އަލިމަނިކު ބުނެލި ޖުމަލައާއި އެކު ޒުހުރާއާއިއަމްރުގެ އިތުރުން ޝައިން އާއި ޝިބާންވެސް ދިޔައީ ސިއްސައިގެންނެވެ..

“ކީކޭ ތިކިޔަނީ.. ހަމަ ހޭގައިތަ ތިހުރީ..އަހަރުމެން ކުށެއް ކުރިންތަ.. އަލިމަނިކު ކުށެއްކުރިންތަ..އަމްރުވެސް ޝައިން އަށް ލޯބި ދިނުން ނޫން ކަމެއް ނުކުރެއެއްނު….ހެޔޮނުވާނެ ތިކަހަލަ ވާހަކައެއް ދައްކަން..”ޒުހުރާއަށް ލިބުނު ޝޮކްގައި ގޮސް އަލިމަނިކު ގައިގައި ބައްދާފއިރޮއިގަތެވެ…

“ޒުހުރާ.. ކަލޭ..ކަލޭގެ ސަބަބުން އަހަރެންގެ އެ ނާޒުކު ދަރިފުޅު އެއްވެސް ކުށެއްނެތި މި އަނިޔާ ދިނީ.. އަހަރެންގެ ބޮލަށް އެރިގެންއެ ކުއްޖާ ފަކީރަށް އަހަރެންނަށް ނެހެދެނީ ކިހިނެތް..ލޯބިދޭން ޖެހުނު ވަގުތުގައި ދެވުނީ އަނިޔާ.. އަލާލަން ވީ ވަގުތުގައި  އެ ދަރިފުޅަށް އިހާނެތިވީ.. އަހަރެންމީ ކިހާ ބަދުނަސީބު ބައްޕައެއް..އަހަރެން އަމިއްލައަށްވެސް އަދަބު ލިބިގަންނާނަން…” އަލިމްނިކު ޒުހުރާގެ މޫނަށް ހޫނު ހަމަލާއެއް  ދިނުމަށްފަހު ބުނެލިއެވެ.. ކުއްލިއަކަށް ގޭތެރެއަށް ވަދެގެންއައި ފުލުހުންގެ 4މީހުން ފެނި އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ.. އެކެއް އަނެކެއްގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ..

_ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shaai

Level 110 Stories

Other Articles

Previous

ސަނަމް

Next

ދިމްޔާ (10 ވަނަބައި)

Next
September 3, 2015

ދިމްޔާ (10 ވަނަބައި)

Previews
September 1, 2015

ސަނަމް

22 Comments!

  1. Anonymous says:
    September 2, 2015 at 6:13 pm

    Nice but maalas up kuraaleh

    1. Shaai says:
      September 2, 2015 at 11:57 pm

      Sorry for that…

  2. Some one says:
    September 2, 2015 at 6:17 pm

    Reethi. Ekm gina dhuvas kohfavea haadhahaavaa kurey. Aneh part dhigukohlahchey

    1. Shaai says:
      September 2, 2015 at 11:58 pm

      Dhigukoh liyan warah beynun ekam awahah up kiran wegen kurukoh liyewenee.. sorry..

  3. Some one says:
    September 2, 2015 at 6:19 pm

    Ya up kuraalehves maa maa laheeee

  4. hana says:
    September 2, 2015 at 6:25 pm

    habeys

  5. zu says:
    September 2, 2015 at 6:46 pm

    Alhey up kuran thihaa lasnukhba plx..
    maalahy nd v v v kurume up kuraaleh..
    foohivey kiyavx..
    ekamvx kiyey viyya ffohive idhegenvx.. :/

  6. Shabee says:
    September 2, 2015 at 7:23 pm

    hama ehvana…. bst of luck shaai 🙂

  7. Shau says:
    September 2, 2015 at 7:36 pm

    Haadha kurey ehaa gina dhuvas kohhfa up kuraaa iru ves

  8. naj says:
    September 2, 2015 at 7:47 pm

    Hama raghalha evey….

  9. Kayaani says:
    September 2, 2015 at 8:09 pm

    Story is awsome but its too short

  10. naff says:
    September 2, 2015 at 8:17 pm

    Shaai…. mi part ves varah varah varah salhi and up sooon…kurige part hadhaan nethey dhuvas kohfa upload thi kuri… ok ok I know u must b busy but free vaa vaguthu kolhuga kuda kuda loh liyevey varakun liyegen avahah up koh dheeba… plz… it’s all the readers request..

    1. Shabee says:
      September 2, 2015 at 8:45 pm

      yaa naff is right…. shaai all di bst 🙂

    2. Shaai says:
      September 2, 2015 at 11:59 pm

      Sure.. i will do it.. insha allah… thnxx

  11. Hassan nujumy says:
    September 2, 2015 at 8:51 pm

    Haadha lahey mihaaru vaahaka up Vaarey. So sad , abadhu abadhu up vey thoau beleny. Please avaskoh up koh dhy

  12. Shaai says:
    September 2, 2015 at 11:55 pm

    Insha allah.. dhn iraadha kurehwiyya haftha aku part eh up kureweytho balaanan…dhigukoh genesdheyn warah beynunwey.. ekam hama awahah genes dheyn wegen up kurewenee… sorry ekaamah.. n thank you shaai ge story ehaaa kamugoss kiyaathee.. thank you everyone.. 🙂 🙂

  13. shx says:
    September 3, 2015 at 9:40 am

    shaaaaaiiiii…hw r yuhh..

    1. Shaai says:
      September 5, 2015 at 3:07 pm

      Fin3.. how abt u…

  14. mohamed irufan5 says:
    September 3, 2015 at 10:42 am

    v hadi vaahaka

  15. shx says:
    September 6, 2015 at 10:03 am

    fine v salhi shaai ge mi story..

  16. nukko says:
    September 7, 2015 at 10:55 am

    Shaai alheyy dhen kn irakunthaa

    1. shaai says:
      September 8, 2015 at 9:13 am

      miadhuge waguthehga up waaane.. insha allah 🙂

Comments are closed.

Next Episodeޝައިން (ޕާޓް-15)←


All Right Reserved!