ސިޓީއުރަ ކަނޑާލުމަށްފަހު ރާޝިދު އަޑުހަރުކޮށް ކިޔަން ފެށިއެވެ. ”އަހަރެންގެ ނަމަކީ ނަތާޝާއެވެ. ރުޝްދާއަށް ފަހަރުގައި އަހަރެން އެނގިދާނެއެވެ. ނޭނގިދާނެ ކަމަށް ލަފާކޮށް އިތުރަށް ކިޔައި ދޭނަމެވެ. އަހަރެންނަކީ މީގެ 20 އަހަރު ކުރިން، އިޒްކާ ބަނޑުން ނަގައިގެން ރުޝްދާއަށް ދައްކަން އައި ނަރުސް މީހާއެވެ. ބުރުގައި ނާޅާ އޭރު ހުރި ހަމަ އެކަނި ނަރުސް މީހާއެވެ. ރުޝްދާ އެޑްމިޓް ކުރީއްސުރެ ގާތުގައި އުޅުނު ހަމައެކަނި ނަރުސް މީހާއެވެ. މިހާވަރަށް ބުނީމައި ރުޝްދާ އަށް އެނގޭނެ ކަމަށް ހީކުރަމެވެ. […]
ހެމުން އެކި ވާހަކަ ދައްކަމުން މާޔާ ވަގުތުގެ ބޭނުން ހިފާލާއިފައި ޒިޔާންއާ ކާވްޔާ އޭނަ ފެނުމުން އެހާ ހައިރާންވީ ކީއްވެހޭ ކިޔާން ގާތު އަހާލިއެވެ. ސިކުންތު ކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ކާވްޔާ ކުރިންވެސް ބުނިހެން އެއީ މާޔާ ދުވަސްކޮށްލާފަ ކުއްލިއަކަށް ފެނުނުމުން ވީ ކަމެއް ކަމުގައި ބުނެލިއެވެ. އިރުކޮޅެއް ވަންދެން ދެމީހުން އެކި ވާހަކަ ދެއްކިއެވެ. ކިޔާންއަކީ ޑޮކްޓަރެކޭ ބުނުމުން މާޔާ ކުޑަކޮށް ހައިރާންވިއެވެ. ކިޔާން ދުވަހަކުވެސް ޑޮކްޓަރަކަށް ވާން ބޭނުމެއް ނުވެއެވެ. ދެން ޑޮކްޓަރަކަށް ވީ […]
“އަޑު އެހިންތަ ހުޅުމާލެއިން މީގެ ދެ މަސް ކުރިން މީހަކު މަރާލި އަންހެނެއްގެ ވާހަކަ….. އެއީ އަހަރެންގެ ދޮންތަ…. އެ ހާދިޘާއަށް ފަހު އަހަރެން ވަރަށް އެކަނިވެރިވި…. އަހަރެންނަށް އުޅެން ވަރަށް އުނދަގޫވި….. އަހަރެންގެ އެކަނިވެރިކަން ފިލުވައިދޭ އެކުވެރިޔަކީވެސް އަހަރެންގެ ދައްތަ….. ނަމަވެސް އޮފީހުގައި މަސައްކަތް ކުރަން އަލަށް އައި ދެކުދިން ވީ ވަރަށް ނައިސް ބަޔަކަށް…. އެއީ ރަމްޝާ އާއި ޒަހާ…. އެމީހުންނާއެކީ ވަގުތުތައް ހޭދަކުރަމުން އައިސް އަހަރެންގެ ހެދުން އެޅުމާ ސްޓައިލަށް މި ހުރިހާ […]
“އަދިވެސް އެމީހުންގެ ބިރު ދެއްކުންތަކަށް ނިމުމެއްނާދޭ. ނޫހުގެ އޮފީހުން ވަރަށް ގިނަ އެއްޗެހި މަދު އެބަވޭ ދޭތެރެ ދޭތެރެއިން. އެމީހުން އަމިއްލައަށް ބުނަނީ ތިމަންނަމެންނޭ ވަގަށް ނަގަނީ. ދެން އެއްދުވަހު ސައިޓްވެސް ހެކްކުރަން މަސައްކަތް ކުރި. ކޯޓަށް މައްސަލަ ހުށަހެޅީމަ މާ ބޮޑު ކަމެއްނުވޭ. އަނެއްކޮޅުން މިހާރު ނަވާޒްގެ ނައިބު އަމީން ވެސް މިކޮޅަށް އައިއްސަ އެބަހުރި. އޭނަ އައީ ކުޑަ ކަމަކުއޭ އަހަރެން ނުބުނާނަން.” ނާސިފް ބުންޏެވެ. ޔޫނުސްއަށް އަޑުއަހައިގެން އިނދެވުނީ ބުމަގޮށްޖެހިފައެވެ. އޭނައަށް ކުއްލިއަކަށް […]
“މިރަށުގައި ކީއްކުރަނީ…. އެންމެ ފަހުން އަހަރެމެންގެ ފަސްކޮޅު ބަލަމުން މިރަށަށްވެސް އައީދޯ…..” ހިތްހަމަ ނުޖެހިފައި ހުރެ އީމަން ވާހަކަ ދެއްކީ ވަރަށް ބާރަށެވެ. ވާނުވާ ނޭނގި ހުރެ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ދިމްޔާ އީމަނަށް ބަލާލީ ކުރިން ނުވެސް ދަންނަ ޒުވާނަކު އައިސް އޭނާއާއި ދިމާއަށް އެއްޗެހި ގޮވައިގަތުމުންނެވެ. “އަހަންނަކަށް ނޭނގެ ތިކިޔާ އެއްޗެއް… އަހަރެން ތީނައެއް ނުދަންނަން….” އީމަން މާބާރަށް ވާހަކަ ދެއްކުމުން ދިމްޔާ ހުރީ ކުޑަކޮށް ބިރުގެންފައެވެ. އެހެންކަމުން އޭނާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. […]
އެހެންދުވަސްތަކޭ އެއްފަދައިން މިއަދުވެސް މާލޭގެ މަގުތައް ހަލަބޮލިއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. މާލެއަކީ އެހާމެ ބޮޑު އަދި އެހާމެ ގިނަ މީހުން އުޅޭ ތަނެކެވެ. މަގުތައް ހަލަ ބޮލި ނުވިއްޔާ ދެރައެވެ. އެ އެންމެންގެ ތެރޭ ހިނގާފައި އެދާ ނިއުޝާއަށް މީހުން އުޅޭހެންވެސް ހީނުވާ ކަހަލައެވެ. އިސްޖަހާލައިގެން ހިނގާފައި އޭނާ އެދަނީ އޭނާގެ އިހުސާސްތައް ފޮރުވުމަށްޓަކައެވެ. މީހަކަށް ފެނިދާނެއަތީއެވެ. މިއަދު އޭނާއަށް ލިބޭނެ އަނިޔާތަކާއި މެދު ވިސްނާލާފައި ރޮވިދާނެހެން ހީވުމުންނެވެ. ނިއުޝާއަކީ ކުޑައިރުން ފަށައިގެންވެސް އެތަކެއް އަނިޔާތަކެއް […]
“މަންމާ. އަހަރެން ބޭނުމެއް ނޫން އާއިޒުއާ ގުޅޭކަށް. އަހަރެން އޭނަ ދެކެ ކުޑަމިންވަރަަކަށްވެސް ލޯތްބެއް ނުވަން. އެއީ ތިހީކުރާކަހަލަ ރަނގަޅުމީހެއް ނޫން. އޭނަ އެހުރީ މަންމަމެންގެ ލޮލުގައި އަނދުން އަޅުވާފަ. މަންމާ. ހެެޔޮނުވާނެ. މިކައިވެނި ހުއްޓުވައިދީ.” ޔާނާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު ހާމިޒާއަށް ހުރެވުނީ ދެލޯބޮޑުކޮށްލައިގެންނެވެ. އޭނޭގެ ފުރާނަފަދައިން ލޯބިވާ ދަރިފުޅުގެ ހިތަށް ކޮށްފައިވާ އަސަރު އިހްސާސްކުރެވި ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔާނާ ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފެށިއެވެ. އާއިޒު ކަންކުރާ ގޮތުގެ ވާހަކައެވެ. މަންމަމެންގެ […]
ސަމީރާއާއި މާޔާ ވާހަކަ ދައްކަން ތިއްބާ ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ޒުވާން އަންހެން ކުއްޖަކު ވަނެވެ. ” ޝަހާ..” މާޔާ ހިނިތުންވެލަމުން ޝަހާއަށް ގޮވާލިއެވެ. ” ކަލޭ….. ކަލޭ ލަދެއްވެސް ނުގަނޭތަ މި ގެއަށް ވަންނަން؟ ” ޝަހާ ރުޅިއައިސްފައި ހުރެ ގޮސް މާޔާގެ ކުރިމައްޗަށް ހުއްޓުނެވެ. މާޔާ ކުއްވެރިއަކު ފަދައިން ޝަހާގެ މޫނަށް ބަލާލިއެވެ. ” ޝަހާ! ރީއްޗަށް ވާހަކަ ދައްކަން ނޭގެނީތަ؟ އެއީ ޝަހާގެ ދައްތައެކޭ.” ސަމީރާ ތަންކޮޅެއް ބާރަށް ބުނެލީ ރުޅިއައިސް […]
“ދަރިފުޅާ ތިހެން ހުއްޓައި ގަޑި ޖެހިދާނެ.” “އާނ. މާމް މި ނިންމައިލަނީއޭ.” ޖުނައިދު ޗޮކްލެޓު ކުލައިގެ އަތްކުރު ޓީޝާރޓް މަތިން ފަތުދިޔަ ކުލައިގެ ގޮޅިޖެހި ގަމީހެއް ހެޔޮވަރުކޮށްލިއެވެ. ނާޞިރާ ކޮޓަރި ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ހިނިއައިސްފައެވެ. ޖުނައިދު ރީތިވާމޭޒު ކައިރިއަށް ގުދުވެލައި ކަނާއަތުން ފަންފަން އިލި އިސްތަށިގަނޑު ނިތްކުރި މައްޗަށް ވައްޓައިލިއެވެ. “ތިތަ މީހުން ފުނާ އަޅައިގޮތަކީ؟ ކުލާހަށް ދާތައި ތިން ދުވަސްވީ އިރުވެސް ހީވަނީ ފުރަތަމަ ދުވަހުހެން. ހިއްހިއް…” “ޔޭސް މާމް. ދަނީއޭ. ލަވް ޔޫ […]