Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( ހަވަނަ ބައި )

saarah Level 210 Stories100 Comments
September 20, 2015 5 Mins Read
10 Comments

ހެމުން އެކި ވާހަކަ ދައްކަމުން މާޔާ ވަގުތުގެ ބޭނުން ހިފާލާއިފައި ޒިޔާންއާ ކާވްޔާ އޭނަ ފެނުމުން އެހާ ހައިރާންވީ ކީއްވެހޭ ކިޔާން ގާތު އަހާލިއެވެ. ސިކުންތު ކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ކާވްޔާ ކުރިންވެސް ބުނިހެން އެއީ މާޔާ ދުވަސްކޮށްލާފަ ކުއްލިއަކަށް ފެނުނުމުން ވީ ކަމެއް ކަމުގައި ބުނެލިއެވެ. އިރުކޮޅެއް ވަންދެން ދެމީހުން އެކި ވާހަކަ ދެއްކިއެވެ. ކިޔާންއަކީ ޑޮކްޓަރެކޭ ބުނުމުން މާޔާ ކުޑަކޮށް ހައިރާންވިއެވެ. ކިޔާން ދުވަހަކުވެސް ޑޮކްޓަރަކަށް ވާން ބޭނުމެއް ނުވެއެވެ. ދެން ޑޮކްޓަރަކަށް ވީ ކީއްވެ ހެއްޔެވެ. މާޔާ ކިޔާންއާ އެ ސުވާލު ކުރުމުން ކިޔާން ބުނެލީ ފަހުން ޑޮކްޓަރަކަށް ވާ ހިތްވީ ކަމުގައެވެ. ފޯނު ބޭއްވުމުގެ ކުރިން މާޔާ ކިޔާން ގާތު މާދަންރޭ ކާންއަންނަން ވާނީ ގެއަށޭ ބުނެލިއެވެ. ކިޔާން އޯކޭ ދިނުމުން މާޔާ ފޯނު ކަނޑާލީ ގްޑް ނައިޓް ކިޔާލަމުންނެވެ.

އޭގެ އަނެއް ދުވަހެވެ. އޮފީސް ނިންމާލައިފައި މާޔާ ގެއަށް އައިސް މަލީހާގާތު މިރޭ މެހްމާނެއް އަންނަ ވާހަކަ ބުނެލިއެވެ. މަލީހާ ޝައުގުވެރިވެފައި ކާކުހޭ އެހުމުން މާޔާ އެއީ ސަޕްރައިޒްއެކޭ ބުނެލިއެވެ. މާޔާ އޮފީސް ހެދުން ބަދަލުކޮށްލައިގެން އައިސް ވަނީ ބަދިގެ އަށެވެ. މަލީހާވެސް މާޔާއަށް އެހީތެރިވެދޭން އުޅުނެވެ. ކިޔާން އަށް މީރު ގިނަ ބާވަތްތަކެއް މާޔާ ތައްޔާރުކުރިއެވެ. ދެމީހުން ބަދިގޭގައި އަވެދި ނެތި އުޅެނިކޮށް ފާއިޒު ބޯ ދިއްކޮލިއެވެ.

” ހާދަ ވަސްމީރޭ.. މިރޭ ހާއްސަ ކަމެއް އޮތީތަ؟ މާ މީރުކޮށް ތި ކައްކާލަނީ.. ” ފާއިޒު ނޭފަތް ދަމާލަމުން ހިނިތުންވެލިއެވެ.

” އާނ. މިރޭ މާޔާގެ ޙާއްސަ މެހްމާނެއް އަންނަނީނު. ނުބުނި ކާކުކަމެއްވެސް. ސަރޕްރައިޒެކޯ..” މަލީހާ މާޔާއަށް ބަލާލަމުން ފާއިޒުއަށް ޖަވާބުދިނެވެ. މާޔާ ބައްޕައަށް ބަލާލަމުން ހިނިތުންވެލިއެވެ.ފާއިޒު ފެންތައްޓެއް ބޯލަމުން ގޮސް އިށީދެލީ ޓީވީ ބަލަންށެވެ. ޓީވީއިން ދައްކަމުން ދިޔަ ސިޔާސީ ޕްރޮގްރާމެއް ބަލަން ފާއިޒު ގެއްލިފައި އިންދާ މާއިޝާ އާފުރެމުން އައިސް ބައްޕަ ކައިރީ އިށީދެލިއެވެ. ފާއިޒު ހެވިލާފައި ގުޑް މޯރނިން އޭ ބުނެލިއެވެ. މާއިޝާ ކޮލެޖްއިން އައިއްސަ ވަރުބަލިވެފައި ހުރުމުން ޖައްސާލިތަނާ ނިދުނީއެވެ. ހޭލެވުނީ އަދި ކިރިޔާއެވެ.

” ކޮބާތާ މަންމަމެން؟ ” މާއިޝާ ގޭތެރެ ވަށާ ހޯދާލަމުން ސުވާލުކޮށްލިއެވެ.

” މަންމަމެން އެބައުޅޭ ބަދިގެ ފަރާތުގައި.. މިރޭ ދޮންތަގެ މެހްމާނެއް އަންނަނީ އެއްނު. އެހެންވެ ކައްކަނީ ” ފާއިޒުގެ ޖުމުލައިން މާއިޝާ ދުވެފައި ގޮސް ބަދިގެއަށް ވަނެވެ.

” އެ ތެދެއް؟ ދޮންތަ އަންގާވެސްނުލާ ތިއުޅެނީ ބިޓެއް ނަގައިގެން.. ކާކު އެއީ؟ ” މާއިޝާ ބަދިގެ ކައުންޓަރު މަތީ ދެއަތް ވިއްދާލައިގެން ހުރެ ބުމަ އަރުވާލިއެވެ.

” ސާބަސް.. ބިޓެއް ނޫނޭ އެއީ. ދޮންތަގެ ފްރެންޑެއް.” މާޔާ ތަށިދޮންނަން ހުރެފައި މާއިޝާއަށް ބަލާލިއެވެ. މާއިޝާ ހެމުން ހިނގައިގަތީ ފެންވަރަންށޭ ކިޔާފައެވެ.

މޭޒުމަތި ރީތި ކޮށްލަމުން މާޔާއާ މަލީހާ ދެމީހުންވެސް ދިޔައީ ފެންވަރާށެވެ. މާޔާ ރަތްކުލައިގެ ގަމީހަކާއެކީ ކަޅުކުލައިގެ ޖީންސްއެއް ލައިގެން ބޭރަށް ނުކުމެ ހުރީ ކިޔާން އަންނާނެ އިރަކަށެވެ. މާއިޝާވެސް ކުޑަކޮށް ރީތިވެލައިގެން އިނީ ފޯނާ ކުޅޭށެވެ. އިރުކޮޅަކުން ބެލް ޖަހާލި އަޑަށް މާޔާ ދުވެފައި ގޮސް ދޮރުހުޅުވާލިއެވެ. ސިޓިންރޫމުގައި ތިބި ތިން މީހުންވެސް އޭރު ދޮރާ ދިމާލަށް ބަލަހައްޓައިގެން ތިބީ ޝައުގުވެރިވެފައެވެ. ދޮރުން ވަދެގެން އައި ކިޔާން ފެނުނު ހިނދު މަލީހާއާ ފާއިޒު އުފާވެފައި ގޮސް ކިޔާންއާ ވާހަކަ ދައްކަން ފެއްޓިއެވެ. ހުއްޓުން އަރާފައި މާއިޝާ ކިޔާންއަށް ބަލަން ހުރީ އަނގަ ހުޅުވިފައެވެ. ކިޔާން ހާދަ ބަދަލުވެއްޖެއެވެ. ކުރީގެ ކިޔާންއަކާ ވައްތަރެއްވެސް ނޫނެވެ.

ހުދު ޓިޝާޓަކާއެކީ ސޯޓެއް ލައިގެން ހުރި އިރު ކިޔާން ފެންނަލެއް ވަރަށް ފުރިހަމައެވެ. ތުނިކޮށް ބަހައްޓާފައި ހުރި ތުބުޅިއާ ފަންއިސްތަށިގަނޑު ނިތްކުރިމައްޗަށް ވެއްޓިފައި އޮތް ގޮތްވެސް ނިކަން ހިތްގައިމެވެ. ހީވަނީ ފިލްމުތަކުގައި އުޅޭ ފަދަ ހީރޯއެއް ހެނެވެ. އެހާވެސް ފުރިހަމައެވެ.

” އަދިވެސް ހާދަ ކުޑައޭދޯ” މާއިޝާ ކިޔާންއަށް ބަލަން ގެއްލިފައި ހުއްޓާ ސިއްސައިގެން ދިޔައީ ކިޔާން ކުރިމައްޗަށް އަރާ ވާހަކަދައްކަން ފެއްޓުމުންނެވެ. މާއިޝާ ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިން ލޯ ބޮޑުކޮށްލާފައި ކިޔާންއަށް ބަލާލީ ނިކަން މައުސޫމުކޮށެވެ. މާއިޝާ ކުޑަކޮށް ހެވިލާފައި ކިޔާންއަށް ބަލާލަމުން ” ލޯންގް ޓައިމް ނޯ ސީއޭ” ބުނެލިއެވެ. އެންމެން އެކީ ސިޓިންރޫމުގައި އިރުކޮޅެއްވަންދެން ވާހަކަ ދައްކަން ތިއްބެވެ.  މާޔާ ހެވިލާފައި އުޅުނު އިރު އެ މޫނު މަތިން އެހެންޏާ ނުފެންނަ އުފާވެރިކަމެއް ފެންނަން ހުއްޓެވެ.

” މި ގޭގައެއް ނޫންތަ ސަމީރާއްތަ އުޅެނީ. ކުރިން އެންމެން އުޅުނު ގޭގައި މިހާރު އުޅެނީ އެހެން ބަޔެއް ނު. އަހަރެން ހީކުރީ މި ގޭގަ ކަމަށް ސަމީރާއްތަމެންވެސް އުޅެނީ ” ކިޔާން ގެ ސުވާލުން އެންމެންގެ ނަޒަރު މާޔާއަށް އަމާޒުވިތަން ކިޔާންއަށް ފެނުނެވެ. މާޔާގެ މޫނު މަތިން ފެންނަން ހުރި ކުލަވަރުން މާޔާ ކިޔާންއަށް އެއްވެސް އެއްޗެއް ނުކިޔާދޭކަން ހާމަވެއެވެ. ކިޔާން ސުވާލުއުފެދިފައި އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. މާޔާ ކިޔާންގެ މޫނަށް ބަލާލަމުން އިސްޖަހާލިއެވެ.

” ސަމީރާއްތަމެން އުޅެނީ އެހެން ގެއެއްގަ. ސަމީރާއްތަ މަންމަގެ ގޭގައި. ސަމީރާއްތަގެ މަންމަ ނިޔާވުމުގެ ކުރިން ވަސިއްޔަތް ކުރީ އެގެ ސަމީރާއްތައަށް ދޭން. ސަމީރާއްތަގެ ކޮއްކޮ އުޅެނީ ފިރިމީހާގެ ގޭގައި ” ފާއިޒު ކިޔާނަށް ބަލާލަމުން އޮޅުންފިލުވައިދިނެވެ. ކިޔާން މާޔާއަށް ބަލާލަމުން ސަމީރާއްތަމެންގެއަށް ދާން ވާނެއޭ ބުނެލިއެވެ. މާޔާ ބޯ ޖަހާލަމުން ހީލިއެވެ.

” ވަރަށް އުފާވެއްޖެ މިހާ ދުވަސްކޮށްލާފަ ކިޔާން ފެނުނީމަ. މާޔާ ކިޔާން އަންނާނޭ ބުންޏަސް، ހަގީގަތުގައި އަހަރެން ގަބޫލެއް ނުކުރަން ކިޔާން އަންނާނެކަމަށް. މިހާރު ކީއް ތިކުރަނީ ދެން؟ ” ކާން އިދެފައި ފާއިޒު ބުނެލި ޖުމުލައިން ކިޔާން މާޔާއަށް ބަލާލިއެވެ.

” ކޯސް ނިމުނީމަ މި އައީ. މިހާރު ވަޒީފާއަކަށް އެޕްލައި ކޮށްގެން މިއުޅެނީ.”

” ކޮން ކޯހެއް؟ ”

” ޑޮކްޓަރ ”

ކިޔާން ގެ ޖަވާބުން މާއިޝާ ޝައުގުވެރިވެފައި އަސްލުހޭ އަހާލީ ތަންކޮޅެއް ބާރަށެވެ. މާއިޝާ އަބަދުވެސް ޑޮކްޓަރަކަށް ވާން ބޭނުންވިއެވެ. އެހެން ނަމަވެސް ކަށި އެއްޗެހި ފެނުމުން މާއިޝާ ބިރުގަންނާތީ އެ ހިޔާލު ދޫކޮށްލީއެވެ.

ކައި ނިމިގެން ކިޔާންއާ މާޔާ އަދި މާއިޝާ ދިޔައީ ޓެރެސްއަށެވެ. ޓެރެސްގެ އެއްފަރާތުގައި ހަދާފަ ހުރި ކުޑަ ކޮޓަރިއަށް ކިޔާންގެ ނަޒަރު ހުއްޓުނެވެ. ހުޅުވާލެވިފައި ހުރި ކުޑަ ދޮރުތަކުން އެތެރޭގައި ބަހައްޓާފައި ހުރި ޕިޔާނޯ ފެނުމުން ކިޔާން ހެވިލާފައި ގޮސް އެ ކޮޓަރި ތެރެއަށް ވަނެވެ.

” މީ އަދިވެސް އެ ޕިޔާނޯތަ؟ އަދިވެސް ހާދަ ރީއްޗޭ. މާޔާ ކުޅެދޭންވީއެއްނު. ” ކިޔާން ޕިޔާނޯގެ ފިތްތަކުގައި ކުޅެލަމުން މާޔާއަށް ބަލާލިއެވެ. މާޔާ ކުޑަކޮށް ބޯ ޖަހާލަފައި މި ގަޑީގަ ނޫނޭ ބުނެލިއެވެ.

” ދޮންތަ މިހާރު ޕިޔާނޯ ނުކުޅެއޭ. ހަމައެކަނި ކަމަކާ ދެރަވާ ގަޑީގަ ޕިޔާނޯ ކުޅެނީ ” މާއިޝާ ވިސްނާވެސްނުލާ ބުނެލި ޖުމުލައިން ކިޔާން ހައިރާންވެފައި މާޔާއަށް ބަލާލިއެވެ. އޭރު މާޔާ ހިތްހަމަނުޖެހިފައި ފާޑަކަށް މާއިޝާއަށް ބަލަހައްޓައިގެން ހުއްޓެވެ. މާއިޝާ ހިނދު ކޮޅަކަށްވެސް އަނގަމަޑުން ލައިގެން ނުހުރެވެނީ ހެއްޔެވެ.

” އެއީ ދޮގެއް. މި ގަޑީގަ ހަމަ ކުޅޭ ހިތްނުވަނީ. ” މާޔާ ކިޔާން ބަލަހައްޓައިގެން ހުރި ގޮތް ފެނުމުން އަވަސް އަވަހަށް ކިޔާލިއެވެ.

” ދެން އަހަރެން ބުނީތީ ކުޅެލަދީބަ ” ކިޔާން އާދޭސް ކުރާ ފަދައިން ބުނުމުން މާޔާ އޯކޭއޭ ބުނެލަމުން އައިސް ގޮނޑީގައި އިށީދެ އިނދެ ޕިޔާނޯ ކުޅެން ފެށިއެވެ. ކިޔާން ގަޔާވެލާފައި ޕިޔާނޯއަށް ލެގިލައިގެން ހުރީ ދެއަތް ޖީބަށް ޖަހާލައިގެންނެވެ. މާއިޝާގެ ނަޒަރު ހުރީ ކިޔާންއަށް ހުއްޓިފައެވެ. އުމުރުން ބާވީސް އަހަރުވީ އިރުވެސް މިހާ ފުރިހަމަ ޒުވާނެއް ފެނުނު ހެނެއް ހިޔެއްނުވެއެވެ. ކިޔާންގެ ކޮންމެ އާދައެއް މާއިޝާ އަށް ކަމުދިޔައެވެ. އެންމެނަށް ރޭގަނޑުގެ ސަލާމް ކިޔާލަމުން ކިޔާން ދިޔައީ ގެއަށް ދިޔުމަށެވެ.

” މާޔާ ކިޔާނަށް ނުކިޔައިދެންތަ އެއްވެސް ވާހަކައެއް؟ ” ކިޔާން ނުކުތުމުން ފާއިޒު މާޔާއާ ސުވާލުކޮށްލިއެވެ. މާޔާއަށް ކުރިންވެސް އޭނައާ މި ސުވާލު ކުރާނޭކަން އެގެއެވެ.

” ނުކިޔައިދެން. އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކަށް އަހަރެންގެ މާޒީ ކިޔާދޭކަށް. މާޒީ ކިޔައިދީގެން އެ ހުރިހާ ކަމެއް އަލުން ހަނދާންކުރާކަށް އަހަރެން ނެތިން. ކިޔާން އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ވިޔަސް އަހަރެން ބޭނުމެއް ނޫން ކިޔާނަށް އެއްވެސް އެއްޗެއް ކިޔާދޭކަށް. ބައްޕަމެންވެސް އެ ވާހަކަ ކިޔާން ގާތު ނުދެއްކިއްޔާ ރަނގަޅީ.. ” މާޔާ އެންމެންންގެ މޫނަށް ބަލާލަމުން ވާހަކަ ދެއްކީ ހަމަޖެހިލާފަ ހުރެއެވެ. މާޔާގެ ޖަވާބުން ފާއިޒު އުފާވިއެވެ. އެއީ އެ މީހުންވެސް ބޭނުންވާ ގޮތެވެ. މާޔާ މާޒީ ހަނދާންނައްތާލުމެވެ. މާޔާ ހިނިތުންވެލަމުން ދިޔައީ ކޮޓަރިއަށެވެ. މާޔާ ދިއުމުން ފާއިޒު މާލީހާއާއި މާއިޝާ ގާތު މާޔާ އެދުނު ފަދައިން އެއްވެސް މީހަކު ކައިރީ އެއްވެސް އެއްޗެއް ނުބުނުމަށް އެދުނެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއެކުގައެވެ. ކިޔާން އޭ.ޑީ.ކޭ ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަން ފެށިއެވެ. ބަލިމީހުންނަށް އޯގާތެރި ޑޮކްޓަރެއްގެ ގޮތުގައި ކިޔާން ލޭބަލް ވެގެން ދާން ދުވަސްކޮޅެއްވެސް ނުނަގައެވެ. ދޭތެރެއަކުން މާޔާއާ ކިޔާން ބޭރަށް ގޮސް މަޖާ ކޮށް ހަދާލައެވެ. ދުއްވާލަން ދެއެވެ. ދެމީހުން ކުރީގެ އުޅުނު ގޮތަށް އުޅޭ އިރު ކުޑަކުދިންތަކެކޭ ވަކި ތަފާތެއް ނުހުރެއެވެ. މާޔާގެ ދިރިއުޅުމަށް އުފާވެރި ދުވަސްތަކެއް އައިސްގެން އުޅޭ ފަދައެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ. އެމީހަކަށް މާޔާ އަބަދުވެސް ބޭނުންވި އޭނަގެ އެންމެ ގާތް އެކުވެރިޔާ މިހާރު އެހުރީ އޭނަގެ ގާތުގައެވެ. މާޔާ ދޭތެރެއަކުން ސަމީރާމެން ގެއަށްވެސް ގޮސް ހަދާލައެވެ. ޝަހާއަށް މާޔާ ފެންނަ ކޮންމެ ފަހަރަކު ލޯ އަޅާލާފަ ދެއެވެ. މާޔާ ދެރަވިޔަސް އަޅާ ނުލައެވެ. މާއިޝާ އަބަދުހެން ކިޔާންގެ ހިޔާލުތަކަށް ގެއްލިފައި އިދެއެވެ. ކިޔާން ގެއަށް އައިސްސިއްޔާ ރީރި ވެލައިގެން ނޫނީ ކޮޓަރިން ބޭރަށް ނުނިކުމެއެވެ. ކުރިން ކިޔާނަށް ކިޔާންބެ ކިޔާ އުޅުނަސް މިހާރު މާއިޝާ އެހެންވެސް ނުކިޔައެވެ. ކިޔާންއޭ ވެސް ނުކިޔައެވެ. ވާހަކަ ދައްކާއިރުވެސް މާއިޝާ ވާހަކަ ދައްކަނީ ނަން ބޭނުންނުކޮށެވެ. ކިޔާންއަށް އެކަން ފާހަގަ ވިޔަސް އަޅާނުލައެވެ.

މާއިޝާ އެއްދުވަހަކު ކޮލެޖް ނިންމާލާފައި ހިނގާލާފައި ގެއަށް ދަނިކޮށް ކުއްލިއަކަށް ވާރޭ ވެހެން ފެއްޓުމުން ދުވެލާފައި ގޮސް މަޑުކޮށްލީ ފިހާރައެއްގެ އަސްކަނިދަށުގައެވެ. ވާރޭ ވެހޭލެއް ބޯކަމުން އަވަހަކަށް ވާރޭ ނުހުއްޓާނެކަން އެގުމުން މާއިޝާ ގުޅަން ފެށީ މާޔާއަށެވެ. ދެތިން ފަހަރު ގުޅި އިރުވެސް މާޔާ ފޯނުނުގެމުން މާއިޝާ ދެން ގުޅާލީ ފާއިޒުއަށެވެ. ދެ ފަހަރަކު ރިންގްވިތަނާ ފާއިޒު ފޯން ނެގިއެވެ.

” ބައްޕާ!.. ވާރެއާ ހެދި ގެއަށް ނުދެވިފަ މިހުރީ. އާދެބަ ބަލާ ” ފާއިޒު ހަލޯއޭ ބުނެލިތަނާ މާއިޝާ ކިޔާލިއެވެ.

” ބައްޕަ މިއުޅެނީ ގޭގަ. މާޔާ ވީ ކާރުގަ ގޮއްސަ. ދަރިފުޅު ޓެކްސީއެއްގަ އަންނަންވީނު ” ފާއިޒުގެ ޖަވާބުން މާއިޝާ ފޯނު ކަނޑާލީ އޯކޭއޭ ބުނަމުންނެވެ. މަގުންދާހާ ޓެކްސީއަކަށް އަތް ނަގަމުން ދިޔައިރުވެސް ޓެކްސީއެއް މަޑު ނުކުރިއެވެ. މާޔާއަށް ގުޅާ ގުޅާ ފޯނު ނުނެގުމުން މާއިޝާ ރުޅިގަދަވިއެވެ. އެހެން އެތާ ހުއްޓާ ޕްރައިވެޓް ކާރެއް އައިސް މަޑުކޮށްލިއެވެ. މާއިޝާ އަޅާވެސްނުލާ ދުރަށް ބަލާލިތަނާ ކިޔާންގެ އަޑު އިވިގެން ސިހިފައި ބަލާލިއެވެ. އޭރު ކިޔާން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެން މާއިޝާއަށް ބަލަން އިނީ ހެވިލާފައެވެ. މާއިޝާ ވަގުތުން މޫނުމަތި ރީތި ކޮށްލާފައި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.

” އާދޭ އަރަން. އަހަރެން ޑްރޮޕް ކޮށްދީފާނަން ” ކިޔާން ކާރުގެ އަނެއް ދޮރު ހުޅުވާލަމުން މާއިޝާއަށް ބަލާލިއެވެ. މާއިޝާ އައިސް ކާރަށް އެރުމުން ކިޔާން ޓިޝޫފޮށި ނަގައިގެން މާއިޝާއަތަށް ދިއްކޮށްލިއެވެ. ކިޔާން ކާރު ދުއްވާލަމުން ކިޔެވުން ކިހިނެއްހޭ އަހާލިއެވެ. މާއިޝާ މަޑުމަޑުން ރަނގަޅޭ ބުނަމުން ޓިޝޫއެއްނަގައިގެން މޫނު ފޮހެލަމުން ކިޔާންއަށް ބަލާލިއެވެ. ރަސްމީ ހެދުމުގައި ކިޔާން ފެންނަލެއް ވަކިން ރީއްޗެވެ.

” ތެންކިޔު ކިޔާން ” މާއިޝާ ކިޔާންގެ މޫނުން ނަޒަރު ވަކިކޮށްލަމުން ބޭރަށް ބަލާލިއެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތައް ކާރުގެ ބިއްލޫރިގަނޑުގައި ފިރުކެމުން ދިޔަގޮތް ބަލަން އިދެފައި މާއިޝާ މޫނު ބިއްލޫރިގަނޑުގައި ޖައްސާލިއެވެ.

” މިހާރު އަހަރެން ކިޔާންބެ އިން ކިޔާން އަށް ބަދަލުވީތަ؟ ” ކިޔާން ލާނެތް ގޮތަކަށް ހީލަމުން މާއިޝާއަށް ބަލާލިއެވެ. މާއިޝާ ސިހިފައި ކިޔާންގެ މޫނަށް ބަލާލިއިރު އެ މޫނުމަތީގައިވީ ލަދުވެތިކަމެވެ. ކޮންމެހެން އެހާ ފާޅުކޮށް ކިޔާން އެހެން ބުނަން ޖެހޭ ހެއްޔެވެ. މާއިޝާ ކިޔާނެ އެއްޗެއް އެގޭނީ ކިޔާނަށް ހެއްޔެވެ. އޭނަ ބޭނުން ނަމަކުން ގޮވިޔަސް ކިޔާނަށް ކީއްހެއްޔެވެ. މާއިޝާ އެއްވެސް އެއްޗެކޭ ނުބުނެ މޫނު އަބުރާލީ ތުންފަތުގައި ދަތްއަޅާލަމުންނެވެ. މާއިޝާ ލަދުގަތް ވަރުން ދެލޮލަށް ކަރުނަވެސް ޖަމާވެއްޖެއެވެ. ކިޔާން މާއިޝާއަށް ވީ ގޮތް ފެނުމުން ކަޑަވިއެވެ. ކިޔާން ކޮންމެހެން އެހެން ބުނީ މާއިޝާ ލަދުގަންނަވާލާކަށް ނޫނެވެ. ހަމަ އެކަނި ދިމާކޮށްލުމުގެ ނިޔަތުގައެވެ. ކުޑައިރުވެސް މާއިޝާއާ ދިމާކޮށް އުޅުމަކީ ކިޔާންގެ އާދެއެކެވެ. ގެއާ ހަމައަށް ދެވެންދެން ދެމީހުން ކުރެ އެކަކުވެސް ދެން އެއްޗެކޭ ނުކިޔައެވެ. ގެއަށް ކާރުމަޑުކޮށްލުމާއެކު މާއިޝާ ދޮރުހުޅުވާލައިފައި ދުވެލާފައި ގޮސް އެތެރެއަށް ވަނީ ކިޔާނަށް ބަލާވެސްނުލާއެވެ. ކިޔާން މާއިޝާ ދިޔަ ދިމާލަށް ބަލަން ހުރެލާފައި ކާރުދުއްވާލީ ފާޑެއްގެ ގޮތެއް އަނގައަށް ހަދާލަމުންނެވެ.

( ނުނިމޭ )

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ނަޖާ (ތޭރަ ވަނަ ބައި)

Next

އިހުމާލް ( ފަހުބައި )

Next
September 20, 2015

އިހުމާލް ( ފަހުބައި )

Previews
September 20, 2015

ނަޖާ (ތޭރަ ވަނަ ބައި)

10 Comments!

  1. shaz says:
    September 20, 2015 at 5:46 pm

    v reethi mi part vx….

  2. beauty queen says:
    September 20, 2015 at 5:57 pm

    Varah habeys

  3. kiyun theri eh says:
    September 20, 2015 at 5:57 pm

    reethi.. ekm v kuru.. adhi uplpad kuraaleh Las veema v fooohi.. knme dhuvahaku ves upload kuraa gadi eh kanda alhaa e gadi ah amal kuranya rangalhuvaane hen heevey..

  4. Ary says:
    September 20, 2015 at 6:03 pm

    Reethi

  5. Crazi says:
    September 20, 2015 at 7:00 pm

    Vrh shalhi thigukohladhee

  6. Shau says:
    September 21, 2015 at 12:01 am

    Vrh reethi mi part vx ekm honestly bunanya mi story ge part thah vrh kuru mi site ge ehn story thaka alha balaairu bt dnt take me wrong okay… 😉 This story is totally awesome! Thnkx saarah! Mi story mi kiyanii hama vrh kiya hithun.. Waiting 4 nxt part! 🙂

  7. luvna says:
    September 21, 2015 at 6:03 am

    the story is really nice but compairing to other parts this part is really short. hope you will make it longer next time. dont take this as a negetive comment, please. i just felt this part is short. and eagerly waiting for the next part…. when are u gonna upload the next part??? story vrh vrh lwbi.. luv u saarah.. hope u will make it longer nxt time

  8. faraa says:
    September 21, 2015 at 3:20 pm

    mi story ehaa interesting eh noon.. 6 part ah dhiya iru ves hus haasaru gandu.. vaahaka liyumuge hunaru ebahuri.. you can do better than this.. maa beykaaru vaahaka dhahkaafa onnany.. fooohi dhen.. but try.. good luck

  9. ++++ says:
    September 21, 2015 at 4:04 pm

    Haadha hadi ey.. Vvvvvvvvv hadi.. Dhuvahakuves mihaa hadi vahaka eh ma nukiyan.. Innaane meehaku nuvegentha vaahaka thi liyany..maaishaa oa… Kiyaanoa.. Hama ragalhahves tjihiree moya vefa…

  10. bubbly says:
    September 23, 2015 at 3:12 pm

    awesome…. vrah salhi…. kiyaaln faseyha… ibaaraaiykurunves… varah best… keep it up

Comments are closed.


All Right Reserved!