Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު (ފަސްވަނަ ބައި)

saarah Level 210 Stories100 Comments
September 18, 2015 6 Mins Read
24 Comments

ސަމީރާއާއި މާޔާ ވާހަކަ ދައްކަން ތިއްބާ ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ޒުވާން އަންހެން ކުއްޖަކު ވަނެވެ. ” ޝަހާ..” މާޔާ ހިނިތުންވެލަމުން ޝަހާއަށް ގޮވާލިއެވެ. ” ކަލޭ….. ކަލޭ ލަދެއްވެސް ނުގަނޭތަ މި ގެއަށް ވަންނަން؟ ” ޝަހާ ރުޅިއައިސްފައި ހުރެ ގޮސް މާޔާގެ ކުރިމައްޗަށް ހުއްޓުނެވެ. މާޔާ ކުއްވެރިއަކު ފަދައިން ޝަހާގެ މޫނަށް ބަލާލިއެވެ.

” ޝަހާ! ރީއްޗަށް ވާހަކަ ދައްކަން ނޭގެނީތަ؟ އެއީ ޝަހާގެ ދައްތައެކޭ.” ސަމީރާ ތަންކޮޅެއް ބާރަށް ބުނެލީ ރުޅިއައިސް ހުރެއެވެ.

” ރީއްޗަށް ވާހަކަ ދެއްކޭނީ ރީއްޗަށް ވާހަކަ ދައްކަން ޖެހޭ މީހުންނާ. މިއީ އަހަރެން ދަންނަ މީހެއްވެސް ނޫން. މަންމަ ހަނދާންނެތުނަސް އަހަރެން ހަނދާން އެބަހުއްޓޭ. މި އަންހެނާ ހެދިއޭ މިއަދު އަހަރުމެން ބައްޕައެއް ނެތި އުޅެން މި ޖެހެނީ. ތީ ބޮޑު ގާތިލެއް… ކަލެއާ……” ޝަހާ ބުނަން އުޅުނު ޖުމުލަ ފުރިހަމަނުކުރެވުނީ ކުއްލިއަކަށް މޫނު މައްޗަށް އަރައިގެން ދިޔަ ދިލަ ހޫނު ކަމުންނެވެ. ޝަހާ ގަބޫލުކުރަން ދަތިވެފައި މަންމަގެ މޫނަށް ބަލާލިއެވެ. މާޔާވެސް އަނގަމަތީ އަތްއަޅާލައިގެން ހުރީ ދެލޯ ބޮޑުވެފައެވެ. އޭރު ސިޓިންރޫމުގައި މާ އަޑުގަދަވެގެން މަތީ ކޮޓަރީގައި ތިބި  ޝާނިމްއާއި ޝާޔަންއާ ދެމީހުންވެސް އައިސް ބަލަން ތިބެވުނީ ދެލޯބޮޑުކޮށްލައިގެންނެވެ. ޝަހާ މާޔާއަށް ލޯ އަޅާލަމުން ދުވެލާފައި ގޮސް މައްޗަށް އެރިއެވެ. މާޔާ ކަންބޮޑުވެފައި ސަމީރާގެ މޫނަށް ބަލާލިއެވެ.

ދުރުގައި މަންޒަރު ބަލަން ހުރި ޝާނިމް މާޔާގެ ކުރިމައްޗަށް އަރާ ކުޑަކޮށް ބައްދާލީ އުފާވެފައި ހުރެއެވެ. ޝާޔަން ބީރައްޓެހި ގޮތަކަށް މާޔާއަށް ބަލަން ހުރެލާފައި މާޔާ ހިނިތުންވުމެއް ހަދިޔާ ކޮށްލުމުން ބަދަލުގައި ހިނިތުންވެލިއެވެ.

” އިޓްސް ސޯ ގްރޭޓް ޓު ސީ ޔޫ..” ޝާނިމް މާޔާ ދުރުކޮށްލަމުން ޝަހާ ދެއްކި ވާހަކަތަކަށް އަޅާނުލުމަށް ބުނެލިއެވެ.  ސަމީރާވެސް ޝާނިމްގެ ވާހަކައަށް ތާއިދު ކުރަމުން މާޔާކައިރީ އަޅާނުލާށޭ ބުނެލިއެވެ. މާޔާ ހިނިތުންވެލަމުން ބޯ ޖަހާލިޔަސް ސިކުނޑީގައި ޝަހާގެ ފަހު ޖުމުލަ ތަކުރާރުވެވެ ހުއްޓެވެ. ” އައި އެމް ސޮރީ ޝާނިމްބެ..” މާޔާ ދެރަވެފައި ސޮރީ ބުނުމުން ޝާނިމް ކުޑަކޮށް މާޔާގެ ކަންފަތުގައި ހިފާލާފައި ދެން އެ ވާހަކަ ނުދެއްކުމަށް ބުނެލިއެވެ. އިރުކޮޅެއް ވަންދެން އެ ގޭގައި  އިދެފައި މާޔާ އަބުރާ ގެއަށްދިޔައިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ގެއަށް ގޮސް ވަން އިރު ތިންމީހުންވެސް ނުނިދާ މާޔާގެ އިންތިޒާރުގައި ތިއްބެވެ.

” ކީއްވެ ފޯނު ބާއްވާފަ ދިޔައީ؟ ކޮންތާކަށް ގޮއްސަ ތިއައީ؟” މާޔާ ފެނުނު އިރަށް މަލީހާ ސުވާލުކުރަން ފެށިއެވެ. މާޔާ ފޯނު ބާއްވާފައި ދެވުނީ ހަނދާން ނެތިގެން ކަމަށް ބުނެފަ މައާފަށް އެދުނެވެ. މަލިހާ އެއްޗެއް ބުނަން އުޅުނުތަނާ ފާއިޒު އިޝާރާތުން އެއްޗެއް ނުބުނުމަށް ބުނުމުން ހިމޭންވިއެވެ. ” މާޔާ ދޭ ނިދަން. މާއިޝާވެސް ދޭ ނިދަން.” ފާއިޒު ތެދުވެފައި މާޔާއާއި މާއިޝާއަށް ބަލާލިއެވެ. މާޔާ ސިޑިން އަރައިގެން ދިޔައިރު މާއިޝާ ފަހަތުން ދިޔައެވެ. މާޔާ ފެންވަރާލައިގެން ނިދަން ރެޑީވެގެން އެނދައް އަރާފަ ކިޔާން މަތިން ހަނދާންވެގެން ފޯނު ނެގިއެވެ. އެކަމަކު ނަންބަރު ނޭގޭތީ ފޯނު އަބުރާ ބޭއްވީ މާދަން އެ ގެއަށްދާން ނިންމައިގެންނެވެ.  އެހާ ދުވަސް ކޮށްފަ އެންމެ ގާތް ރަހްމަތްތެރިޔާ ދިމާވުމުން ވެސް މާޔާއަށް ކިޔާންއާ އެކީ ވަގުތު ހޭދަ ނުކުރެވުނެވެ.

ކިޔާންއާ މާޔާއާ ދެމީހުންނަކީ ކުޑައިރުއްސުރެން އެންމެ ގާތް ރަހްމަތްތެރިންނެވެ. ކުޑައިރު އެއް ކްލާހެއްގައި ކިޔެވުމުން ރަހްމަތްތެރިވީއެވެ. އޭގެ ފަހުން ވެސް ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަކަށް ބަދަލެއް ނައިސް އެ ގޮތުގައި ދެމިއޮތެވެ. އޯލެވެލް ނިންމީ އެއް ސުކޫލަކުންނެވެ. ދެމީހުން ދޭތެރޭ އުފެދިފައި އޮތީ ވަރަށް ވެސް ވަރުގަދަ ގުޅުމެކެވެ. ބައެއް ރައްޓެހިން އެ ދެމީހުން ހީވަނީ ލޯބިވެރިންނޭ ކިޔާފަ ވެސް ދިމާކޮށް ހަދައެވެ. އެކަމަކު ހަގީގަތަކީ އެ ދެމީހުން ދެމެދުގައި ދުވަހަކުވެސް ލޯބީގެ ގުޅުމެއް އުފެދިފައި ނުވާ ކަމެވެ. އޯލެވެލް ނިންމުމަށް ފަހު ކިޔާންގެ އާއިލާ ބޭނުންވީ ބޭރަށް ގޮސް އިތުރަށް ކިޔެވުމަށެވެ. އެހެން ކަމުން އާއިލާ އެއްކޮށް ލަންޑަނަށް ބަދަލުވިއެވެ. ކިޔާން އެހާ ހިތްހަމަ ނުޖެހުނަސް މަންމަމެން ވިސްނާދިނުމުން ދާން އެބަސްވީ ހިތާ ދެކޮޅަށެވެ. ދެ ރަހްމަތްތެރިން ވަކިވާން ޖެހުމުން ތިބީ އިންތިހާއަށް ދެރަވެފައެވެ. ކިޔާން ލަންޑަނަށް ދިޔަސް މާޔާއާ އޮތް ރަހްމަތްތެރިކަމުގެ ގުޅުން ދުވަހަކުވެސް ނުކެޑޭނެ ކަމަށް ކިޔާން މާޔާގާތު ވައުދު ވިއެވެ. އެހެންނަމަވެސް ލަންޑަނަށް ދިޔުމަށްފަހު ކިޔާންގެ ހަބަރެއްވެސް މާޔާއަކަށް ނުވެއެވެ.

ހެނދުނު އޮފީހަށް ގޮއްސަ މާޔާ މަސައްކަތުގައި އަވަދިނެތި އުޅުނު އިރު ދުވަސް މާ ދިގުހެން ހީވެޔެއެވެ. ކިޔާންއާ ބައްދަލު ކުރަން ދާ ހިތުން ކެތްމަދުވެފައި މާޔާ ބްރޭކް ގަޑި ލިބޭނެ އިރަކަށް އިންތާޒުކުރަމުން ދިޔައީ ކެތްމަދުވެފައެވެ. ބްރޭކް ގަޑި ލިބުމުން މާޔާ އަވަސްވެގަތީ ކިޔާންއާ ބައްދަލުކުރުމަށް އެ ގެއަށް ދިޔުމަށެވެ. މާޔާ ކާރުގައި ގޮސް ކިޔާންގެ ގޭގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު ގޭޓްކައިރީ މަޑުކޮށްލައިގެން ހުރި ސެކުއިރިޓީ މީހާ ހެވިލާފައި އައިސް ކާރުގެ ދޮރު ހުޅުވާލަދިނެވެ. މާޔާ ކާރުން ފޭބުމުން ސެކިއުރިޓީ މީހާ ގޮސް ކާރު ޕާކް ކޮށްލާފައި އައިސް މާޔާ ކައިރީ ކިޔާން ގޭގައި އުޅޭ ވާހަކަ ބުނެލިއެވެ. މާޔާ ހެވިލާފައި ޝުކުރު އަދާ ކޮށްލަމުން ގޮސް ގޭގެ ދޮރުގެ ބެލް ޖަހާލިއެވެ. އޭރު ޓެރެސްގައި ކޮފީއެއް ބޯން ހުރި ކިޔާން އެ މަންޒަރު ބަލަން ހުރީ ޝައުގުވެރިވެފައެވެ. ސެކުއިރިޓީ މިހާއަށް މާޔާ އެގުނީ ކިހިނެއް ހެއްޔެވެ. ބަލާ ބެލުމަށް ދެމީހުން ހީވަނީ ދެކެފަރިތަ ދެމީހުން ހެނެވެ. މާޔާ ދޮރާ ދިމާލަށް ދިޔަ މަންޒަރު ބަލާފައި ކިޔާން ދުވެލާފައި ތިރިއަށް ދިޔައެވެ.

ގޭގެ ބެލް ޖެހި އަޑަށް ސިޓިންރޫމުގެ ސޯފާގައި ޓީވީ ބަލަން އިން ކާވްޔާ ގޮސް ދޮރު ހުޅުވާލައިފައި މާޔާ ފެނިގެން ބާރާކަށް ހަޅޭލައްވަމުން ގޮސް ސިޑިން ތިރިއަށް ފޭބި ކިޔާންގެ ފަހަތަށް ވަދެ ފިލައިފިއެވެ. އެތަން ފެނިގެން މާޔާ ދެލޯ ބޮޑުކޮށްލައިގެން ހުރީ ވާނުވާ ނޭގިފައެވެ. ކާވްޔާ ބިރުން ހުރެ މާޔާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ހަމަ އެކަނި ކިޔާންއަށް އަޑުއިވޭވަރަށް މަޑުމަޑުން ޖިންނި އެކޭ ބުނެލިއެވެ. ކިޔާން ހީގެންފައި މާޔާ ގާތު އެބައަންނަމޭ ބުނަމުން ކާވްޔާ ގޮވައިގެން ދިޔައީ ދުރަށެވެ. މާޔާ ކުރާނެ ކަމެއް ނޭގިގެން ހުއްޓާ ބަދިގެ ފަރާތުން ނުކުތް ޒީނަތު ފެނިގެން ހިނިތުންވެލިއެވެ. ޒީނަތުއަށް ވެސް މާޔާ ފެނިގެން އައިސް ކުޑަކޮށް ބައްދާލީ ހެވިފައި ހުރެއެވެ. މާޔާގެ މޫނުމަތިން ފެންނަން ހުރި ހާސްކަމުން ޒީނަތު ކިހިނެއްވީ ހޭ އަހާލުމުން މާޔާ ދެންމެ ހިގާދިޔަ ކަންތައް ކިޔާދިނެވެ. ޒީނަތު ހީލާފައި އަޅާނުލާށޭ ބުނެލިއެވެ. އިރުކޮޅަކުން ކިޔާންއާ އެއްކޮށް އައި ކާވްޔާ މާޔާ ގާތައް އައިސް ސޮރީއޭ ބުނަމުން ބިރުގަތީ އެހާ ދުވަސްކޮށްލާފައި ކުއްލިއަކަށް ފެނުމުން ކަމުގައި ބުނެލިއެވެ. މާޔާ ހިނތުންވެލަމުން ކުޑަކޮށް ކާވްޔާ ގައިގަ ބައްދާލިއެވެ.

” މާޔާ. އިއްޔެ ނަންބަރުވެސް ނުދީ ނައްޓާލީ. އަހަންނަށް ތިގެވެސް އެގެނީއެއް ނޫން. ” ކިޔާން ކާވްޔާގެ އިސްތަށިގަނޑާ ކުޅެލިއެވެ. ކާވްޔާ ކިޔާންއަށް ލޯ އަޅާލިއެވެ.

” އެހެންވެ އެއްނު މިއައީ މި ގެއަށް.. ސޮރީ އެބައުޓް ޔެސްޓަރޑޭ..” މާޔާ ކިޔާންއަށް ބަލާލަމުން ބުނެލިއެވެ. ކިޔާން ހިނިތުންވެލަމުން ސޮރީއަކުން ނުފުދޭނެޔޭ ބުނެލިއެވެ.

” މާޔާ ހާދަ ބަދަލުވެއްޖެއޭ މިހާރު. މިހާރު ކުރިއަށްވުރެވެސް ރީތި.” ޒީނަތު މާޔާއަށް ބަލާލަމުން ބުނެލިއެވެ. މާޔާ ރަކި ގޮތަކަށް ހިނިތުންވެލިއެވެ. ” އެއީ ތެދެއް. ޔޫ ލުކް ޕްރިޓީ.. ދޯ ދޮންބެ” ކާވްޔާވެސް ޒީނަތުގެ ޖުމްލައާ އެއްބައިވެލަމުން ކިޔާންއަށް ދޯ ދިނެވެ. އެ ވަގުތު ކިޔާންވެސް ރަނގަޅަށް މާޔާއަށް ބަލާލިއެވެ. ތެދެކެވެ. މާޔާ މިހާރު ވަރަށް ބަދަލުވެއްޖެއެވެ. ކުރިން ކުރުކޮށް ހުންނަ ކުއްޖާ މިހާރު ހުރީ ދިގުވެފައެވެ. މާޔާގެ ލޫޅާފަތި ހަށިގަނޑާ އެންމެ ގުޅޭ އިސްކޮޅެވެ. ބޮޑުދެލޯ ނިވާވެފައިވަނީ ދިގު އެސްފިޔަތަކުންނެވެ. ފިޔާތޮށި ތުންފަތެކެވެ. ދިގު ފަން އިސްތަށިގަނޑެކެވެ. ކިޔާން ހިތާހިތުން މާޔާގެ ރީތި ކަމަށް ތައުރީފުކުރަމުން މާޔާ ރުޅިއަރުވާލަން ވެގެން ހަޑިއޭ ބުނެލިއެވެ. މާޔާ މަޑުމަޑުން ކިޔާންގެ އަތުގައި ޖަހާލިއެވެ.

” ހިނގާ ކާން. އިރުކޮޅަކުން ކަރީމްއާ ޒިޔާން ވެސް އަންނާނެ.” ޒީނަތު ހިނގައިގަތީ ކާންވާއިރަށް މޭޒުމަތި ތައްޔާރުކުރާށެވެ. ފަހަތުން ކާވްޔާވެސް ދިޔައީ ޒީނަތުއަށް އެހީ ވާށެވެ. މާޔާ ދާންއުޅުމުން ކިޔާން މާޔާގެ އަތުގައި ހިފައި މަޑުކުރުވިއެވެ. ކިޔާން މާޔާއަތުގައި ހިފައިގެން ދިޔައީ ސިޑިން އަރައިގެން މައްޗަށެވެ. ކިޔާން މާޔާ ގޮވައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެފައި މާޔާ ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުރެވުނީ އެނދާ ދިމާލު މަތީގަ ހަރުކޮށްފައިވާ ފޮޓޯ ފްރޭމްއަށެވެ. އެއީ މާޔާއާ ކިޔާންގެ ފޮޓޮއެކެވެ. ރަށެއްގެ ބީޗެއްގައި ދެމީހުން ތެމިގެން ތިބެ ނަގާފައިވާ ފޮޓޮއެކެވެ. މާޔާ ވަށައިގެން ކޮޓަރިތެރެ ބެލި އިރުވެސް އެހެން ފޮޓޯއެއް ނެތެވެ. އާއިލާއެކު ނަގާފައިވާ ފޮޓޮއެއްވެސް ނެތެވެ. މާޔާ ހައިރާންވެފައި ކިޔާންގެ މޫނަށް ބަލާލިއިރު އެ ދެ ލޮލުގައި ކަރުނައިގެ މުތީތައް ވިދައެވެ.

” ތިހާވެސް ހައިރާންނުވޭ. އަހަރެން މާޔާ މަތިން މާ ބޮޑަށް ހަދާން ވާތީ ތި ފޮޓޯ ފާރުގައި ހަރުކޮށްފައި އެ ހުރީ. އޭރު އަބަދު މާޔާ ފެންނާނެ އެއްނު. ” ކިޔާން ހީލާފައި އައިސް މާޔާގެ އަތުގައި ހިފައިގެން ގޮސް އިށީދެލީ ކޮޓަރީގެ ސޯފާގައެވެ. ” ކައިވެނިވެސް ނުކުރަންތަ އަދި؟ އަހަރެން ހީކުރީ ކިޔާން މިހާރު ކައިވެނިވެސް ކޮށްފާނެކަމަށް” މާޔާ ކިޔާންއާ ދިމާކޮށްލިއެވެ. ކިޔާން ހީލާފައި އިންނާނެ ކުއްޖަކު ނުވިއޭ ބުނެލަމުން މާޔާއާ އިންނަންވީއޭ ބުނެލިއެވެ. މާޔާ ގޮނޑިން ތެދުވެގެން އައްޗީޑި އޭ ކިޔަމުން ގޮސް ހުއްޓިލީ ކޮޓަރިން ނުކުމެވެން ހުންނަ ބެލްކަނީގައެވެ. ކިޔާން ތިމަންނަ ހަމަ އެހާ ހަޑިހޭ އަހާލަމުން ދެރަވާ ކަމަށް ހެދިގެންގޮސް މާޔާ ކައިރީ ހުއްޓިލިއެވެ. ދެ މީހުން އެކި ވާހަކަ ދައްކާ ސަކަރާތް ޖަހަން ތިއްބާ ކާވްޔާ އައިސް ކާން އަންނާށޭ ބުނެލުމުން ދެމީހުން އެކީ ތިރިއަށް ފޭބިއެވެ.

ކާ މޭޒުދޮށުގައި އިށީދެގެން އިން ޒިޔާންއަށް މާޔާ ފެނުމުން ކުޑަ ސިހުމެއް ލިބުނެވެ. އެތަން ކިޔާން އަށް ފެނިގެން މާޔާގެ ފަހަތުގައި ހުރެގެން ފަހުން ކިޔައިދޭނަމޭ ބުނީ އަތުގެ އިޝާރާތުންނެވެ. ޒިޔާންއާ ހިލާފަށް ކަރީމް މާޔާ ފެނިގެން އުފާވެލާފައި ވާހަކަ ދައްކަން ފެއްޓިއެވެ. ރޭގައި ޒީނަތުވަނީ ކަރީމް އަށް މާޔާގެ ވާހަކަ ކިޔާދީފައެވެ. ކާވްޔާއާ ޒިޔާން، މާޔާ ފެނިގެން އެހާ ސިހުނީތީ މާޔާ ހުރީ ފާޑަކަށް ހައިރާންވެފައެވެ. އެ މީހުންނަށް މީ މާޔާ ފެނުނު ފުރަތަމަ ފަހަރެއް ނޫންވިއްޔާއެވެ. މާޔާ ފާޑަކަށް ކިޔާން އަށް ބަލާލުމުން ކިޔާން ހިނިތުންވެލިއެވެ. މާޔާ އެ ބެލީ ކީއްވެކަން އެގުނަސް މި ވަގުތު ކިޔާން މާޔާއަށް ހަގީގަތް ކިޔައިދޭކަށް ބޭނުމެއް ނޫނެވެ. ފުރަތަމަ ކިޔާން ހަގީގަތް އެގެން ބޭނުމެވެ. އެ މީހަކު އެހާ ބޮޑު ދޮގެއް ހެދި ސަބަބެއް ބަލަން ކިޔާން ބޭނުމެވެ.

އެންމެން އެކި ވާހަކަ ދައްކަމުން ކެއީ އުފާވެރި މާހައުލެއްގައެވެ. އިރުކޮޅެއް ވަންދެން މާޔާ ވާހަކަ ދައްކަން އިދެފަ އޮފީހަށް ދާންވެގެން ނުކުތީ އަދި އަންނާނަމޭ ބުނެފައެވެ. ކިޔާން މާޔާއާ އެކީ ބޭރަށް ނުކުންނަމުން ހަނދާން ހުއްޓާ ފޯނު ނަންބަރ އާއި ގޭގެ އެޑްރެސް ހޯދިއެވެ. ސެކިއުރިޓީ އޮފިސަރ އަށް ބަލާލަމުން މާޔާ ހިނިތުންވެލިއެވެ. ބަދަލުގައި ސެކުއިރިޓީ އޮފިސަރ ވެސް މާޔާއަށް ހިނިތުންވެލީ ގާތްގޮތަކަށެވެ. މާޔާ ކާރު ދުއްވާލަމުން ކިޔާން އަށް އަތުން ހަނާ އަޅާލީ ހިނިތުންވެފައެވެ. މާޔާގެ ކާރުގޮސް ލޯމަތިން ގެއްލުމުން ކިޔާން ގޮސް ސެކިއުރިޓީ އޮފިސަރ ކުރިމައްޗަށް ހުއްޓި ހުރެ ބުމައަރުވާލީ ދެއަތް ޖީބަށް ޖަހާލަމުންނެވެ.

” މާޔާ ކޮށްކޮ ވަރަށް ގިނައިން މިގެއަށް އަންނަނީ ކިޔާން ކޮށްކޮ ހޯދަން.. ވަރަށް ގިނައިން ބުނަނީ ކިޔާން ކޮށްކޮ ނަންބަރ ދޭން. އެކަމަކު ބޭބެ އަތުގަ ނޯންނަނީ ނަންބަރު. މާޔާ ކޮށްކޮ ވަރަށް ރަނގަޅު ހުންނަނީ.. ކިޔާން ކޮށްކޮއާ ވަރަށް ގުޅެނީ..”

ސެކިއުރިޓީ އޮފިސަރއަށް ކިޔާން ގެ މަގުސަދު އެގިގެން ކިޔާދިނެވެ. ތެންކިއުއޭ ބުނެލަމުން ކިޔާން ހިނގައިގަތީ ދެރަވެފައި ހުރެއެވެ. މާޔާ އޭނަ ހޯދަން ހާދަ މަސައްކަތެއް އެހެންވީމަ ކުރާނެ ހެއްޔެވެ. އެކަމުކު ކިޔާން ކުރީ ކޮންކަމެއް ހެއްޔެވެ. މީހަކު އައިސް މާޔާ މަރުވެއްޖެއޭ ބުނުމުން އެ ވާހަކަ ގަބޫލުކޮށްގެން ހުރީއެވެ. އެއީ ހަގީގަތެއްތޯ ބަލާކަށްވެސް ހަގީގަތުގައި ކިޔާންއަށް މަސައްކަތް ނުކުރެވެއެވެ. ކުރާނީވެސް ކިހިނެއްހެއްޔެވެ. އެ ވާހަކަ ކިޔާން ގާތު ބުނީ ދުރު މީހަކު ނޫން ވިއްޔާއެވެ.

” ކިޔާން އޭނަ ކައިރީ އަހަންވީނު އެހާ ބޮޑު ދޮގެއް ހެދި ސަބަބު. އަހަރެން ހަމަ ހައިރާންވެއްޖެ. ” ކިޔާން ގޭތެރެއަށް ވަދުނުތަން ފެނިގެން ޒިޔާން ބުނެލިއެވެ.

” އާނ. އަހާނަން. އެކަމަކު އަދި ފަހުން. މިހާރު އަހައިގެންވެސް ދެން ވާނެ ވަކި ތަފާތެއް ނެތެއްނު.” ކިޔާން ޒިޔާންއަށް ޖަވާބު ދެމުން ހިނގައިގަތީ ކޮޓަރިއަށެވެ.

އޮފީހުގައި ބުރަކޮށް އުޅެލާފައި މާޔާ ގެއަށް ދިޔައިރު ހުރީ ވަރުބަލިވެފައެވެ. ފެންވަރާލައިގެން މައްރިބް ނަމާދު ކޮށްލައިގެން މާޔާ ބޭރަށް ނުކުމެ ޖައްސާލީ ޓީވީ ބަލަންށެވެ. އޭރު މާއިޝާ ޖެހިގެން ހުރި ސޯފާގައި ލެޕްޓޮޕް ހިފައިގެން އޮތީ ކޮންމެވެސް އިންގްލިޝް ސީރީޒް އެއް ބަލާށެވެ. އިރުކޮޅަކުން މަލީހާ ހެދިކާ ތައްޓަކާ އައިސް މައިލޯ ހިފައިގެން އައިސް މޭޒުމަތީ ބެހެއްޓިތަނާ މާއިޝާ ތެދުވެގެން ކާން ފެއްޓިއެވެ. މާޔާ ހީލާފާއި ކުޑަކޮށް ބޯ ހޫރާލަމުން ކާން ފެއްޓިއެވެ. މާއިޝާ ހުއްޓާނުލާ އަނގަތަޅަމުން ދިޔައެވެ. ކޮލެޖްގައި ހިނގާ ދިޔަ މަޖާ ވާހަކަތަކާ އެހެން ވާހަތައް ދައްކަމުންދިޔައެވެ. މާޔާ މަޖާވެލާފައި މާއިޝާގެ ވާހަކަތައް އަޑު އަހަން އިން އިރު މަލީހާއަށް އެހެންޏާ މާޔާގެ މޫނުމަތިން ނުފެންނަ ހިތްހަމަޖެހުމެއް ފެނުނެވެ. މަލީހާ ހިނިތުންވެލަމުން ދަރިންގެ ވާހަކަތައް އަޑުއަހަން އިނެވެ.

އިޝާ ނަމާދު ކޮއްލައިގެން މާޔާ ޓެރެސްގައި އޮންނަ ކުޑަ ޕޫލްއަށް ދެފައި ބާލައިގެން އިނީ ހޫނު ކޮފީއެއް ކައިރީގައި ބަހައްޓައިގެންނެވެ. ފޯނާ ކުޅެން އިންދާ ކިޔާން ގުޅާލުމުން މާޔާ އުފާވެފައި ފޯނު ނެގިއެވެ. ހެމުން އެކި ވާހަކަ ދައްކަމުން މާޔާ ވަގުތުގެ ބޭނުން ހިފާލާއިފައި ޒިޔާންއާ ކާވްޔާ އޭނަ ފެނުމުން އެހާ ހައިރާންވީ ކީއްވެހޭ ކިޔާން ގާތު އަހާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ދެއަފި

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 10

Next
September 18, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 10

Previews
September 18, 2015

ދެއަފި

24 Comments!

  1. ainth says:
    September 18, 2015 at 4:18 pm

    Vara nice inge

    1. saarah says:
      September 18, 2015 at 11:24 pm

      ThanQ 🙂

  2. mishko says:
    September 18, 2015 at 4:40 pm

    Varah salhi

    1. saarah says:
      September 18, 2015 at 11:24 pm

      ThanQ 🙂

  3. aathu says:
    September 18, 2015 at 4:42 pm

    Saarah, i wana tel u a mistake.. kohko kiyaa iru innaani alifu sukuneh.. hope u ll correct..btw story is nice n owsum..waitin for the nxt prt.. 😉

    1. saarah says:
      September 18, 2015 at 11:20 pm

      Thanq for letting me know. I normally make mistakes with sukun :p
      I will correct it next time 🙂

  4. kai says:
    September 18, 2015 at 4:44 pm

    Varah loabi mi part ves ..

    1. saarah says:
      September 18, 2015 at 11:25 pm

      ThanQ 🙂

  5. swyt says:
    September 18, 2015 at 4:44 pm

    varah reethi
    when is next part

    1. saarah says:
      September 18, 2015 at 11:23 pm

      Hopefully tumrw 🙂

  6. nukko says:
    September 18, 2015 at 4:48 pm

    V v v rythi… thanks daily kohup kohdheythy…… anehbai vs kiyaahiyy vanyy….:-) 🙂 🙂 🙂 🙂 🙂 hama bst ingey. Gud job saarah. Adhi vs dhigukoh liyeveytho balachey. Aslu kiya hithun mi bunevenyy.. and once again thanks

    1. saarah says:
      September 18, 2015 at 11:22 pm

      Heheh thank you nukko 🙂 nxt part miah vure dhigukolaanan insha allah 🙂

  7. een says:
    September 18, 2015 at 6:33 pm

    V salhi. . Kon irakun next part up kuranee.

    1. saarah says:
      September 18, 2015 at 11:24 pm

      Hopefully tumrw 🙂

  8. Crazi says:
    September 18, 2015 at 7:19 pm

    Habes vrh shalhi…

    1. saarah says:
      September 18, 2015 at 11:26 pm

      ThanQ 🙂

  9. Shau says:
    September 19, 2015 at 1:36 am

    Wow! V nice mi part vx hama.. Vrh happy daily koh up kohdheythii.. So waiting for the nxt part! 🙂 <3

  10. shaz says:
    September 19, 2015 at 2:09 am

    waiting for the next part..

  11. aish says:
    September 19, 2015 at 9:02 am

    Alhey haadha salhi ey.. kiyaahithun hutta nimuny. . Waiting next part… gud luck saarah

  12. Thoo says:
    September 19, 2015 at 2:37 pm

    Vv salhi waiting for nxt part

  13. shafy says:
    September 19, 2015 at 3:02 pm

    V v salhi

  14. Has says:
    September 19, 2015 at 9:36 pm

    Vaahaka varah rythi… first 4parts miss kohlevunyma varah dheravejje… dhen ekamu continue kuraanan….
    Waiting for next part….

  15. Suha says:
    September 19, 2015 at 11:38 pm

    V Reethi mi vaahaka avaha Aney bai up kolhachey

  16. shahud says:
    November 29, 2015 at 6:37 am

    varahh reethi vaahaka heh!?

Comments are closed.

Next Episodeއިންތިޒާރު ( ހަވަނަ ބައި )←


All Right Reserved!