“ކީކޭ….؟؟؟؟؟؟؟” އީމަންގެ އަޑަށް ސިހިފައި ރާކިން ދިމްޔާގެ އަތުން ދޫކޮށްލަމުން ފަސްއެނބުރުންއިރު އެމީހުންނާއި މާދުރުނޫން ހިސާބެއްގައި ހުއްޓިލައިގެން ދިމްޔާގެ މޫނަށް ބަލަހައްޓައިގެން އީމަން ހުއްޓެވެ. އޭނާގެ މޫނުމަތީގައިވާ ކުލަވަރުތަކުން ދެންމެ ދެކެވިގެން ދިޔަ ވާހަކަ އަޑުއިވުނުކަން ހާމަވެއެވެ. ދިމްޔާވެސް އީމަނާއި ދިމާއަށް ބަލާލިއިރު އޭނާގެ ބޮޑު ދެލޯވަނީ ފެންކަޅިވެފައެވެ. އީމަން ދިމްޔާގެ މޫނަށް ބަލަން ހުރެފައި ދެން ބަލާލީ ރާކިނަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވުމުން ރާކިން އީމަނަށް ފަސްދިނެވެ. އޭނާއާއި ކުރިމަތިލާނެ ހިތްވަރު ރާކިންގެ ގައިގައި ނެތުމުންނެވެ. […]
“އަފޫ…..” ވަރަށް ކައިރިން އިވުނު ފިރިހެން އަޑަކާއެކީ މީހަކު އޭނަގެ އަތުގައި ހިފާލިހެން ހީވި ވަގުތު އަފްރީންއަށް ތެޅިގަންނަމުން އޭނަގެ އަތް ދަމައިގަނެވުނެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު މެއަށް ފިނިވިއެވެ. އޭނަގެ ކުރިމަތީގައި ހުރީ ޔުނިފޯމެއްގައި ހުރި ނުހަނު ރީތި ފިރިހެން ކުއްޖެކެވެ. އަފްރީންއަށްވުރެ ކުޑަ ތަންކޮޅެއް ދިގު އެ ޒުވާނާގެ ގައިގައިވީ އަލި ކުލައެވެ. ހަތަރެސްކަން ބައްޓަމެއްގެ މޫނެއް ހުރިއިރު އޭނަގެ ބާމަތި ފުޅަލެވެ. އޭނަ ހުރީ ފަޓުލޫނުގެ ޖީބަށް ދެއަށް ޖަހައި އެއްމިޔަކަނުން […]
އެހިސާބަށް ވާހަކަ ދިޔައިރު ވަހީދާ އެނދުމަތި ކުރެވިފައިވާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ފަޔާޒް އެކޮޓަރިން ނުކުތީ ދެލޯ ނިއްކުރި މައްޗަށް ލައިގެން ހުރެއެވެ. މީހާ ވަނީ ހާސްވެފައެވެ. ނިއްކުރިމަތިން ފެންނަމުން ދިޔަ ދާ ތިކި ތަކުން ފަޔާޒް ހާސް ވެފައިވާ މިންވަރު ރަގަޅަށް ސިފަވަމުން ދިޔައެވެ. އަނގައިން އެއްވެސް ބަހެއް ނުބުނެ އޭނާއަށް އެހެން ހުރެވުނީއެވެ. ކަރު އެލުވާލައިގެން ހުރި ފަޔާޒްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ފަޔާޒަށް ވެފައި ހުރިގޮތް ފެނި ކަމެއް ގޯސް […]
“ކީކޭ؟ އެހެން މީހަކަށޭ؟ ކާކު؟ ކާކުހޭ އެއީ؟” އާއިޒް ޔާނާގެ ދެއަތުގައި ހިފައި ތަޅުވައިގަތުމުން ޔާނާ ސިހިގެން ދިޔައެވެ. ނަމަވެސް މިއީ އޭނާ ބިރުގަންނަންޖެހޭ ވަގުތު ނޫންކަން އަމިއްލަ ނަފްސަށް ވިސްނައިދީ ހިތްވަރު ކޮށްފައި ޖަވާބު ދިނެވެ. “އާނ. އެހެން މީހަކަށޭ. އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ. މިއީ އިއްޔެއަކު މިއަދަކު ވީކަމެއް ނޫން. އަހަރެން ސްކޫލް ދައުރުއްސުރެ އޭނާ ދެކެ ލޯބިވަން. މިހިތަކު އެހެން މީހެއްދެކެ ލޯބިވާކަށް އެއްވެސް ތަންކޮޅެއް ނެތް. މާފުކުރޭ އާއިޒު. އަހަރެންނަށް […]
” ކޮބާ ޒުހޭރުބެ؟ ” މާޔާ މަލީހާގެ މޫނަށް ބަލާލީ ސީރިޔަސްކަމާއެކުގައެވެ. މާޔާގެ ސުވާލުން މަލީހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކުއްލިއަކަށް މާޔާ އެ ކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ. ” ޒު..ޒު… ޒުހޭ.. ޒުހޭރުބެ އުޅޭނެ އެއްނު. ދުވަސްކޮޅެއް ވެއްޖެ މަންމައާ ދިމާނުވާތާ ” ތުރު ތުރު އަޅަމުން މަލީހާ ޖަވާބު ދިންއިރު މާޔާގެ މޫނަށް ބަލާވެސްނުލާ ދާންވެގެން އެބުރިލިއެވެ. ” ކިހާ ދުވަހެއް ވަންދެން އަހަންނަށް ދޮގު ހަދާނީ މަންމާ؟ އަހަންނަށް އެނގޭ ޒުހޭރުބެ މަރުވެއްޖެކަން.. […]
“އެނގޭތަ.. ނާރސް ބުނީ ޑޮކްޓަރު ދުރުވާނެޔޯ މެންދުރެއްހާއިރު.. އެހާއިރަށް ލޭގެ ޓެސްޓުތަކެއް ހަދާލަން މިގަޑީގައި ލޭނަގަން ޖެހޭނެޔޯ.. ޑޮކްޓަރު އައިސް ނަތީޖާއަށް ބެލުމަށްފަހު ވަގުތުން އޮޕަރޭޝަން ތިއޭޓަރ އަށް ގެންދެވޭނެޔޯ.. ވައްދާތާ ދެގަޑިއެއްހާއިރު ތެރޭގަ ޝާޔާގެ އޮޕަރޭޝަން ނިމޭނެޔޯ.. އޯޓީއިން ރޫމަށް ބަދަލުކުރާ ފަހުން ހޭވެސް ލެވޭނީ..” އަހަރެން ޝާޔާގެ ބޮލުގައި ފިރުމާލަމުން ނާރސް ކިޔައިދިން ވާހަކަތައް ކިޔައިދެނމުން ދިޔައީމެވެ. “ހީވާނީ ހަމަ ނިދާލާފަ ހޭލާހެން.. ޝާޔާހޭލާއިރު ޝޯން ހުންނާނަން ޝާޔާ ކައިރީގަ.. ވެއިޓިން ޓު ހިޔަރ […]
ަރީނާ އެތައް ވާހަކަ ތަކެއް ދެއްކުމަށްފަހު އީމަން ކުޑަކޮށް ހަމަޖެހިލިހެން މޫނުމަތިން ހީވުމުން އެ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އީމަންވެސް ދެއަތުން މޫނު ފޮހެލުމަށްފަހު ވަށައިގެން އަނެއްކާ ނަޒަރު ހިންގާލިއެވެ. ‘އަހަރެން ބޭނުމީ ޔާނު އުފަލުގަ ހުންނަން. އަހަރެން ކިތަންމެ ލޯބިވިޔަސް ޔާނު އަހަރެން ދެކެ ލޯބި ނުވަންޏާ އެއްކޮށް އުޅުމުގެ އެއްވެސް އުފަލެއް ނެތް. އަހަރެން ޔާނުގެ ހިޔާލުތަކާ ދުރަށް ދާނަން. އަދި މިހިތުން އެލޯބި ފުހެލުމަށް މަސައްކަތްކުރާނަން. އަހަރެން ދެން ޔާނު ފެންނަ ހިސާބަކަށްވެސް […]
ކުރިމަތީގައި ހުރި ޒުވާނާވެސް މާޔާ ފެނިގެން ހުރި ގޮތަށް ބަލަން ހުރީ ގަބޫލުނުކުރެވިފައެވެ. އެ ހުރި ގޮތަށް ހުއްޓާ މާޔާގެ ދެލޯ އަނެއްކާވެސް ފުރިގެންއައީ ކަރުނައިންނެވެ. “ކިޔާން” ތުރުތުރު އަޅަމުން ދިޔަ ދެ ތުންފަތް ދޭތެރެއިން މާޔާ މަޑުމަޑުން ކިޔާލިއެވެ. ދުވެފައި ގޮސް ކިޔާންގެ ގައިގަ ބައްދާލަން މާޔާ ބޭނުންވިއެވެ. އެހެންނަމަވެސް ވަގުތު އެކަމަށް ތަން ނުދިނީއެވެ. ފަހަތުގައި މަޑުކޮށްގެން ތިބި ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ކިޔާންއަށް އެއްފަހަރު، އަނެއްފަހަރު ފަހަތުގައި ތިބި […]
“އެކަނި މާއެކަނި ކޮންތަނަކުން؟ އަހަރެން މިއައީ ޔާނު.. އޯ ސޮރީ.. ޔާނާ ހޯދަން ގެއަށް ގޮސްފަ. ޔާނާ މަންމަ ބުނި ބޭރަށޭ ދިޔައީ. އެހެންވެ ހަމަ ނުކުމެ ހިނގައިގަތްތަނުން މި ދިމާވީ.” އާއިޒު ސުވާލު ކޮށްލިއެވެ. ނަމަވެސް ޔާނާ އެއްވެސް ޖަވާބެއް ނުދީ ހުރީ އިސްޖަހާލައިގެންނެވެ. އޭނާ އާއިޒުއާ ވާހަކަދައްކަން ބޭނުން ނުވަނީއެވެ. “ޔާނާ. ކީއްވެ ތިހެން ތިހަދަނީ. އަހަރުމެން މިއީ ކުރިއަށް އޮތްތަނުގަ އެއްކޮށް އުޅެންތިބި ދެމީހުނެއްނު. ދެން ކީއްވެ މާ ބީރައްޓެހި ވެގެން ތިއުޅެނީ. […]