Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިހުމާލް ( ފަހުބައި )

shurm Level 110 Stories
September 20, 2015 3 Mins Read
12 Comments

ސިޓީއުރަ ކަނޑާލުމަށްފަހު ރާޝިދު އަޑުހަރުކޮށް ކިޔަން ފެށިއެވެ. ”އަހަރެންގެ ނަމަކީ ނަތާޝާއެވެ. ރުޝްދާއަށް ފަހަރުގައި އަހަރެން އެނގިދާނެއެވެ. ނޭނގިދާނެ ކަމަށް ލަފާކޮށް އިތުރަށް ކިޔައި ދޭނަމެވެ. އަހަރެންނަކީ މީގެ 20 އަހަރު ކުރިން، އިޒްކާ ބަނޑުން ނަގައިގެން ރުޝްދާއަށް ދައްކަން އައި ނަރުސް މީހާއެވެ. ބުރުގައި ނާޅާ އޭރު ހުރި ހަމަ އެކަނި ނަރުސް މީހާއެވެ. ރުޝްދާ އެޑްމިޓް ކުރީއްސުރެ ގާތުގައި އުޅުނު ހަމައެކަނި ނަރުސް މީހާއެވެ. މިހާވަރަށް ބުނީމައި ރުޝްދާ އަށް އެނގޭނެ ކަމަށް ހީކުރަމެވެ.

 

ދެން އަސްލު ދައްކަން މިއުޅޭ ވާހަކަ އަށް ދަމާ ހެއްޔެވެ؟ ރުޝްދާ އެޑްމިޓް ކުރި ދުވަހުގެ ކުރީ ދުވަހު އެހެން އަންހެނެއް ވެސް އެޑްމިޓް ކުރެވުނެވެ. މި އަންހެން މީހާ އާއި ރުޝްދާގެ އެންމެހާ ކަންތައްތައް އަދި ޚިދުމަތް ފޯރުކޮށްދިނުމާއި ހަވާލު ވެފައި އޮތީ އަހަރެންނާއެވެ. ދުވަސްތައް މާޒީއެކު ހިނެވެމުން ގޮސް، ރުޝްދާގެ ބަނޑަށް މަސްފުރި ވިހެއި ދުވަހެވެ. އަހަރެންގެ މަސްޢޫލިއްޔަތު ވަރަށް ބޮޑުވި ދުވަހެކެވެ. ރުޝްދާ ވިހެއީ އެއްމާބަނޑު ދެ ކުދިންނެވެ. އެތަނުން ފުރަތަމަ ނެގީ ފިރިހެން ކުއްޖެކެވެ. ދެވަނަ އަށް އަންހެން ކުއްޖެކެވެ. ހަޤީޤަތުގައި މި ދެކުދިންގެ ސިއްޙީ ޙާލަތު ވަރަށް ރަނގަޅެވެ. ނަމަވެސް އެ ދުވަހު އަނެއް އަންހެން މީހާ ވިހައިފިއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ކުރަންޖެހޭ މަސައްކަތް ބޮޑުވީއެވެ. އެހެންވެ، އެއްމާބަނޑު ދެކުދިންގެ ވެސް ހާލު ރަނގަޅު ނޫން ކަމުގައި ބުނެ، ނާސަރީ އަށްލީއެވެ.” ރާޝިދު އަޑުހަރު ކޮށް ކިޔަމުން ގޮސް، ހުއްޓުން އެރީ އެ މުސްކުޅި މީހާ ނޯއްދަމާލި އަޑު އިވުމުންނެވެ. ކަމަކު ދާކަށް ނެތެވެ. އެ މީހާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެރެނީއެވެ.

އިރުކޮޅަކަށް ނަމަވެސް ސިޓީ ކިޔުން މަޑު ޖައްސައިލައިފައި، އެ މުސްކުޅި ދައިތަ ހަމައަކަށް އެޅުވޭތޯ އެންމެން އުޅެގަތެވެ. އިރުކޮޅެއްގެ ތެރޭގައި އެ މީހާ ހަމައަކަށް އެޅިއްޖެއެވެ. އެހެންވެ، އެންމެންގެ އެދުމުގެ މަތީން އަނެއްކާވެސް ރާޝިދު ސިޓީ ކިޔަން ފެށިއެވެ. ”ރުޝްދާ އާއި އެއްދުވަހު ވިހެއި އަނެއް އަންހެން މީހާގެ ނަމަކީ ފަހީމާއެވެ.” ”އޭނ؟ އަހަރެންގެ މަންމަ އަށްވެސް ކިޔަނީ ފަހީމާ. ދެން މި…” ޖުމުލަ ފުރިހަމަ ވެސް ނުކޮށް އައިމަން ސުވާލުން ފުރިފައިވާ ނަޒަރަކުން އެ މުސްކުޅި މީހާގެ މޫނަށް ބަލާލިއެވެ. މުޅި މޫނު ކަރުނުން ތެމިފައިވާ އެ މީހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. އިތުރު އެއްވެސް ޖަވާބެއް ވެސް ނުދެއެވެ.

”އެ ފަހީމާ ވިހެއީ ފިރިހެންކުއްޖެކެވެ. ނަސީބު ކަން ދިމާކުރި ގޮތުން އެ ކުއްޖާ ފަހީމާގެ ބަނޑުން ނަގަން ޖެހުނީ އަހަރެންނަށެވެ. އަހަރެން އެ ފިރިހެން ކުއްޖާ ނަގަން ބޭނުންވީ ދަތި ތިއްބައިގެނެވެ. އެހެންވެ އެއްވެސް މީހަކަށް ނޭނގޭގޮތަށް އަހަރެން އެކަން ކުރީމެވެ. ނަމަވެސް ނަސީބު ވަރަށް ދެރައެވެ. އަހަރެން ދަތި ތިއްބައިގެން  ނަގަނިކޮށް އެ ކުއްޖާ މި ދުނިޔެ ދޫކުރީއެވެ. އަހަރެންގެ އަތަށްށެވެ. އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން!! ހާސްވެގެން ހަދާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް އެތަނަށް އައީ އަހަރެންގެ އެކުވެރިއެއް ކަމަށްވާ ޑަކުޓާރ ނަފްހާއެވެ. ދެން އޭނައަށް ވެ ދިޔަ ކަންތައްތައް ޙިއްސާކުރީމެވެ. އޭނަ އަހަރެންނަށް މި ކަމުގައި އެހީ ވެސް ވެ ދިނެވެ. ފަހީމާގެ ދަރިފުޅު މަރުވި ކުދިން ތަކުގެ ތެރެއަށް ލައިދިނީވެސް ޑަކުޓާރ ނަފްހާއެވެ. ނަމަވެސް… ނަމަވެސް ހަތަރު އުދަރެސް ފެނުޖެހުނީ ފަހީމާއަށް އޭނާގެ ދަރިފުޅު ދައްކަން ޖެހޭނެތީއެވެ. މަރުވީއޭ ބުނެ ނިންމާލެވޭ ކަށްވެސް ނެތެވެ. މަރުވީ އަހަރެން ދަތި ތިއްބައިގެން ނަގަން އުޅެގަތީމަ ތާއެވެ.

އެވަގުތު ކަށީގެ މަދުން ބުއްދިއެއް ފައިދާވިއެވެ. އެއީ ރުޝްދާގެ ފިރިހެން ދަރިފުޅު ފަހީމާއަށް ދިނުމެވެ. މިގޮތާއި އެއްގޮތަށް އަހަރެން ޢަމަލު ވެސް ކުރީމެވެ. ތެދެކެވެ! ޤަބޫލު ކުރަން ދަތި ވިޔަސް މިއީ ހަމަ ތެދެކެވެ. ރުޝްދާއަށް ލިބުނު އެއްމާބަނޑު ދެކުދިންނަކީ އައިމަން އާއި އިޒްކާއެވެ. އައިމަނަކީ ފަހީމާގެ ރަޙިމުގެ މޭވާއެއް ނޫނެވެ. ނަަމވެސް ދުނިޔޭގެ ޤާނޫނުގެ ކުރިމަތީގައި، އައިމަނަކީ ފަހީމާގެ ދަރިއެކެވެ.” ކުއްލިއަކަށް ރަޝާދު ހުއްޓުން އެރިއެވެ. ހޯސްލާފައި ލޮލުން ކަރުނަތައް ނީރާލިއެވެ. ދަރިފުޅާއޭ ކިޔާ އަވަހަށް ގޮސް އައިމަންގެ ގައިގައި އޮޅުލައިގަތެވެ.

އައިމަން ހުރީ ހުރިތަނަށް ގަނޑުވެފައެވެ. އިޒްކާގެ ޙާލަކީ ވެސް މިއީއެވެ. އެ ދެމީހުންގެ އިތުރުން އެވަގުތު އެ މަޖިލީހުގައި ތިބި އެންމެންގެ ޙާލަކީ ވެސް މިއީއެވެ.

”އަހަރެން މި އެއްމާބަނޑު ދެކުދިންނަށް ކިޔާ ނަން ހޯދައި، މި ކުދިންނާއި ބެހޭ މަޢުލޫމާތު އެއްކުރިން. ދާދި ފަހަކުން ތި ދެކުދިން އުޅެނީ ކައިވެނި ކުރަންކަން އެނގުނު. އެހެންވެ އަވަސް އަރުވާލައިފައި އެ ސިޓީ ލިޔުނީ.

މި ހުރިހާ ވާހަކައެއް އަހަރެންގެ އަނގައިން ކިޔައި ދެވޭހައި ހިތްވަރު ދައްތަގެ މި ހަށިގަނޑުގައި ނެތީމަ. ކޮއްކޯ އައިމަން ! ކޮއްކޯ އިޒްކާ! ދައްތައަށް މަޢާފު ކުރޭ! ހުރިހާއެންމެންގެ މަޢާފު ލިބޭނެ ކަމަށްވެސް ހީކުރަން.” އެ މުސްކުޅި މީހާ ވާހަކަ ދެއްކީ ރޮއެ ރޮއެފައެވެ.

” މިކަމެއް ވެދިޔަތާ ފަސް އަހަރު ފަހުން، އަހަރެން ނަރުސް ކަމަށް ހައްޕު ކީން. އަދި ކުރެވުނު ކުށަށް ތަޢުބާ ވީން. އަަހަރެންނަށް އިނގޭ އަހަރެން މިއީ މަޢާފު ހައްޤު މީހެއް ނޫންކަން. އަހަރެންގެ އިހުމާލުން ކައިވެންޏެއް ރޫޅިގެން އެ ދިޔައީ. ނަމަވެސް ދުނިޔޭގައި ދެން މާކަ ގިނަ ދުވަހު އުޅެވެން ނެތީމަޔާއި އެކު، މަޢާފަށް އެދި އައީ…” އެ މީހާ އޭނާގެ ވަޅުވަދެފައިވާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ.

” ދައްތާ! އަހަރެމެން އެންމެން ދައްތައަށް މަޢާފު ކޮށްފިން. ދައްތަ، ދައްތަގެ ކުށަށް އިޢުތިރާފު ވީތީ އަހަރެމެން އުފާކުރަން.. އެއަށްވުރެވެސް ބޮޑަށް، ތެދުވެރިކަމާއި އެކު ކިޔައިދިނީތީ އުފާކުރަން. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ. ނަމަވެސް ދައްތަ ފަދައިން ތަޢުބާވީ މީހުންނަށް މާފު ހައްޤު.. ދައްތަގެ އިހުމާލުން އަހަރެމެންގެ ކައިވެނި ރޫޅުނަސް، ހިތުގައި އެއްވެސް ބުރަކަމެއް ނެތް.. ދައްތަ ދެން ނުރޮއޭ! ހުރިހާ ކަމެއް ވެސް ވާނީ އެކަލާނގެ އިރާދަ ކުރެއްވި ގޮތަށް.. އިރާދަ ކުރެއްވިއްޔާ އަހަރެންނާ އިޒޫ އާއި ދެން އުޅޭނީ ކޮއްކޮއާއި ބޭބެ އުޅޭގޮތަށް. ލޯބިވެރިން އުޅޭ ގޮތަކަށް ނޫން..” އައިމަން ވެސް ލޮލުގައި ޖަމާޢަ ވެފައި ހުރި ކަރުނަތައް ފޮހެލިއެވެ. ހުރިހާ އެންމެން ވެސް އައިމަން ދެއްކި ވާހަކައަށް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

އެރޭ އެ މުސްކުޅި މީހާ އެ ގެއިން ދިޔައީ ވަރަށް ރޮއެ ހަދާފައެވެ. ހަޤީޤަތް އެނގުމުން މުޅި އާއިލާ އަށް ލިބިފައިވަނީ ފޫނުބެއްދޭ ވަރުގެ ހިތާމަވެރި ކަމެކެވެ. މީގެ އެތައް ދުވަހެއް ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ޖޯޑު މިއަދު، އެއްމާނޑު ކުދީންގެ ސަފުގައި ތިބެން އެ ޖެހުނީ މީހެއްގެ އިހުމާލުން ކަމުގައި ވީތީއެވެ. އަދި އުފާވެރި ކަމާއި އެކު ކުރެވެން އޮތް ކައިވެންޏެއް، ރޫޅިގެން އެ ދިޔައީ ވެސް މީހެއްގެ އިހުމާލުން ކަމުގައި ވީތީއެވެ.

**************************

ނިމުނީ

 

Share Article

Follow Me Written By

shurm

Level 110 Stories

Other Articles

Previous

އިންތިޒާރު ( ހަވަނަ ބައި )

Next

ދީވާނާ ލޯބިން ވެއްޖޭ. . [23]

Next
September 20, 2015

ދީވާނާ ލޯބިން ވެއްޖޭ. . [23]

Previews
September 20, 2015

އިންތިޒާރު ( ހަވަނަ ބައި )

12 Comments!

  1. shurm says:
    September 20, 2015 at 5:39 pm

    alhugadu busy kamun up kuraane waguthu nuvee.. v v v bodah sorry for making u all waiting.. iraadha kureviyya v avahah ehen kuru wahaka eh genes dheynan.. hope u all will enjoy

  2. Maduvarry saxura says:
    September 20, 2015 at 6:26 pm

    Ehaa reehcheh noon heewany vrh awas aruwaalaafa nihmaalihen..

    1. no one says:
      September 28, 2015 at 10:20 pm

      FODI… ey kiyaabala bakattaa…

  3. ifaasha says:
    September 20, 2015 at 6:37 pm

    Nooon.. v reethi.. well done shurm… 🙂

  4. ifaa says:
    September 20, 2015 at 7:31 pm

    Ehvx ryhcheh noon…

  5. shurm says:
    September 20, 2015 at 7:39 pm

    iraadha kurehviyyaa dhen dhn liyaa wahaka eh ga thi kantha rangalhu kollaanan @ Maduvarry saxura. thanks thi dhn comment ah.. insh allah will improve

  6. shurm says:
    September 20, 2015 at 7:40 pm

    thankx ifaasha..

  7. Kiyuntheriyaa says:
    September 21, 2015 at 7:03 am

    Baskoshaaraige gothun balaairu mihaathanah kiyunu enme rangalhu vaahaka..ummeedh kuran kuriah oithanugaives shurm ge ithuru vaahaka thakeh fenigen dhaane kamah…

  8. shurm says:
    September 21, 2015 at 9:35 am

    thankx kiyunthriyaa.. iraadha kureh viyaa alhugadu ge wahaka thah fenigen dhaane

  9. Anonymous says:
    September 21, 2015 at 6:19 pm

    .

    1. no one says:
      September 28, 2015 at 10:23 pm

      ey full stop jehyma kaa nimuny ehnooney galhi bakari….. comment eh liyan neyngenna nuliyaanyy ingey ANONYMOUS…..

  10. no one says:
    September 28, 2015 at 10:24 pm

    v rythi …. ummeedu kuran miahvurehvves rythi vaahaka thah up kuraane kamahves………

Comments are closed.



All Right Reserved!