Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ހަތާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 19, 2015 7 Mins Read
59 Comments

“އަދިވެސް އެމީހުންގެ ބިރު ދެއްކުންތަކަށް ނިމުމެއްނާދޭ. ނޫހުގެ އޮފީހުން ވަރަށް ގިނަ އެއްޗެހި މަދު އެބަވޭ ދޭތެރެ ދޭތެރެއިން. އެމީހުން އަމިއްލައަށް ބުނަނީ ތިމަންނަމެންނޭ ވަގަށް ނަގަނީ. ދެން އެއްދުވަހު ސައިޓްވެސް ހެކްކުރަން މަސައްކަތް ކުރި. ކޯޓަށް މައްސަލަ ހުށަހެޅީމަ މާ ބޮޑު ކަމެއްނުވޭ. އަނެއްކޮޅުން މިހާރު ނަވާޒްގެ ނައިބު އަމީން ވެސް މިކޮޅަށް އައިއްސަ އެބަހުރި. އޭނަ އައީ ކުޑަ ކަމަކުއޭ އަހަރެން ނުބުނާނަން.” ނާސިފް ބުންޏެވެ. ޔޫނުސްއަށް އަޑުއަހައިގެން އިނދެވުނީ ބުމަގޮށްޖެހިފައެވެ. އޭނައަށް ކުއްލިއަކަށް މި ހުރެވުނު ތަނަށާއި އަމިއްލަ ނަފްސަށް ވެސް ރުޅި އާދެވުނެވެ. އޭނަ މި މަސައްކަތް ކޮށްދެނީ ހާދަ ދަށު ދަރަޖައިގެ ބަޔަކަށޭ ހިތަށްއެރިއެވެ.

 

“ހެލޯ ޔޫނުސް؟” ޖަވާބެއް ނުލިބި ގިނަ އިރުވުމުން ނާސިފް ގޮވާލިއެވެ. ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ޔޫނުސް އެއްޗެކޭ ބުނަން އުޅުނުތަނާ އޮފީހުގަ އުޅޭ ޝިފާޒް އޭނަގެ ރޫމަށް އައިސް ވަނެވެ. އެއާއެކު ޔޫނުސް ފަހުން ގުޅާނެކަމަށްބުނެ ފޯނު ކަނޑާލިއެވެ.

 

އޮފީހުން ގެއަށް ދިޔަ މަގުމަތީގައި ސައިކަލުމަތިން ވެސް ޔޫނުސްއަށް ވިސްނެމުން ދިޔައީ ނާސިފް ބުނި އެއްޗަކާއި މެދުގައެވެ. އަމީން މިކޮޅަށް އައިސްފައިހުރީ ކީއްކުރަންބާއޭ ހިތަށްއެރިއެވެ. ނާސިފް ބުނިހެން އޭނަ އަންނާނީ ބޮޑު ކަމެއްގައެވެ. އެކަހަލަ ބަޔަކަށް މަސައްކަތްކޮށްދީގެން އޭނައަށް މި ކުރެވެނީ ރަނގަޅު ކަމެއްބާއޭ ފުރަތަމަ ފަހަރަށް ޔޫނުސްގެ ހިތް ސުވާލު ކުރިއެވެ.

 

ޔޫނުސް އެކި ފިކުރުތަކުގައި ހުރެ ސައިކަލު ދުއްވާފައި ގޮސް ގޭގެ ފެންޑާއަށް ވެއްދިއެވެ. ސައިކަލުން ފައިބައިގެން ގޮސް ގޭގެ ދޮރު ހުޅުވާލިތަނާ މީހަކު އޭނަގެ އަތުގައި ހިފައި އެތެރެއަށް ދަމާލިއެވެ. ޔޫނުސްއަށް ނުވެއްޓި ސަލާމަތް ވެވުނީ ކިރިޔާއެވެ. އޭނަ މަޑުޖެހިލީ ވަގުތު މަޑު ދެއަތަކުން އޭނަގެ ގައިގައި ވަށާލެވިފައިވިއެވެ. މިވީގޮތް ނަގައިގަނެވުމުން ޔޫނުސްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ. އޭނަވެސް ނަޞްރާގެ ގައިގައި ބާރަށް ބައްދާލި ވަގުތު އެމީހުންގެ ފުރަގަހުގައި ހުރި ދޮރު ލަސްލަހުން ގޮސް ލެއްޕުނެވެ.

 

“ކޮޕީކުރަން ދަންނަ ކުދިން ވެސް އުޅޭ.” ޔޫނުސް ސަމާސާވެރި ރާގަކަށް ބުނެލިއެވެ.

 

“އަސްލުވެސްތަ؟ މިގޭގަ ނުއުޅޭ.” ނަޞްރާ ޔޫނުސްއާއި ދުރުނުވެ ހިނިތުންނުވާން މަސައްކަތް ކުރަމުން ބުނެލިއެވެ. ޔޫނުސްއަށް ހީލެވުނެވެ.

 

“ކާކު ކައިރިތަ ތިބުނަނީ…..އޭ އަދިވެސް ހުން ނުދަނީތަ؟” ޔޫނުސް ނަޞްރާއާއި ދުރުވެލަމުން އޭނަގެ ނިތުގައި އަތުގެ ނުފުށް ޖައްސާލިއެވެ.

 

“ހޫމް….3 ދުވަސް ވަންދެން ލީވް ނަގައިގެން މިހިރީ. ހިނގާ އަވަހަށް ކާން.” ނަޞްރާ އެހެން ބުނެލަމުން ދާން ހިނގައިގަތެވެ.

 

“ކީއްވެ ނުކައި ހުރީ؟ މިއަދު ފަތިހު ކައްކާފައެއްނު ހުރީ؟” ޔޫނުސް ކުރިއަށް ހިނގައިގަންނަމުން އަހާލިއެވެ.

 

“ކާހިތެއްނުވީމަ ނުކެއީ.” ނަޞްރާ ހިނގަމުން ޔޫނުސްއަށް ލުއިގޮތަކަށް ބަލާލަމުން ބުންޏެވެ.

 

“އަހަރެން ނެތީމަ ކާހިތެއްނުވަނީ؟” ޔޫނުސް އޭނަގެ ހިނިތުންވުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭގެ ޖަވާބަކަށް ނަޞްރާ ފަސްއެނބުރި ޔޫނުސްއަށް ބަލާފައި ދޫ ނެރެލިއެވެ. ޔޫނުސް މިފަހަރު ހީލިއިރު އޭނަގެ މޫނު ރަތްވިއެވެ.

 

ސުފުރާ ދޮށުގައި ނަޞްރާއާއެކީ ކާން އިންއިރު ޔޫނުސް އިނީ މިއަދު އޮފީހުގައި އިވުނު ވާހަކަތަކާއިމެދު ހަނދާން ނެތިފައެވެ. ނަމަވެސް ކާގޭގައި ޖައްސާފައި ހުރި ރޭޑިޔޯއިން އެންމެ މަޝްހޫރު ނޫހުގެ ވާހަކަ ދައްކަން ފެށުމުން ޔޫނުސްގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ނާސިފް ސީރިއަސްކަމާއެކީ ދެއްކި ހުރިހާ ވާހަކައެއް ހަނދާންވެފައި ޔޫނުސްގެ މޫނުމައްޗަށް ވެސް ސީރިއަސްކަން ވެރިވިއެވެ.

 

“ވާވް! އެޗް.އެން ނިއުސް ދަށަށް ފޮނުވާލައިފިޔޯ.” ނަޞްރާ ހެވިފައި އިނދެ އެހެން ބުނެލީ ޔޫނުސް އެވާހަކަ ސަމާސާއެއްގެ ގޮތުގައި ނަގާނެ ކަމަށެވެ. ނަމަވެސް ޔޫނުސް އޭނައަށް ބަލާފައި ގަދަކަމުން ހިނިތުންވެލީ ގޮތުން ނަޞްރާއަށް ބުނެވުނު އެއްޗަކާމެދު ހިތާމަ ކުރެވުނެވެ. އޭނަ ބުނާނެ ވަކި އެއްޗެއް ނޭނގިފައި އިންދާ ޔޫނުސް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.

 

“ނަޞްރާ…….އަހަންނަށް މި ކުރެވެނީ ރަނގަޅު ކަމެއްތަ؟” ޔޫނުސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ސުވާލުކުރިއެވެ.

 

“ކޮން ކަމެއް؟” ނަޞްރާ މަޑުމައިތިރި ކަމާއެކީ އަހާލިއެވެ.

 

“ނަވާ…..އަމީން ކަހަލަ މީހުންނަށްޓަކައި މަސައްކަތް ކޮށްދިނުން. އަހަރެން އެއްވެސް ދޮގު ޚަބަރެއް ނުލިޔަން. އެކަމަކު އެމީހުން ވަރަށް ނުބައި ކަންތައް ކުރާކަން އަހަންނަށް އެނގޭ.” ޔޫނުސް ބުނެލިއެވެ. އޭނަ ފުރަތަމަ އުޅުނީ ނަވާޒްއޭ ކިޔައި ވާހަކަ ދައްކާށެވެ. އެހެނަސް ނަޞްރާ އޮންނަނީ ނަވާޒްއަށް ބައްޕަ ނޫން އެހެން އެއްޗެކޭ ކިޔުން މަނާކޮށްފައެވެ. ޔޫނުސް އަމީންގެ ވާހަކައަށް ބަދަލުކޮށްލީ ބައްޕައޭ ކިޔައި ވާހަކަ ދައްކަން ބޭނުން ނުވީތީވެއެވެ.

 

ނަޞްރާ މޭޒުމަތީގައި އޮތް ޔޫނުސްގެ އަތްމަތީގައި އެއްއަތް އަޅާލިއެވެ.

 

“ޔޫނުސް، ޔޫނުސް އަމިއްލައަށް ތި ބުނަނީ އެއީ ގޯސް ކަމެއްހޭ. މާނައަކީ ޔޫނުސްއަށް ވެސް އެބަ އެނގެޔޭ ތި ކުރެވެނީ ރަނގަޅުކަމެއްނޫންކަން. ޔޫނުސް ދޮގެއް ނެހެދިޔަސް ޔޫނުސްގެ ލިޔުންތަކުން ތި ހިތްވަރު ދެވެނީ ރަނގަޅު ބަޔަކަށްނޫން. ޔޫނުސްއަށް މުސާރަދޭ މީހުންނަކީ ކަމުނުދާ ގޮތްގޮތަށް ފައިސާ ހޯދާ މީހުންކަން އެއްފަހަރު ސާބިތުވެސް ވެފައިވި…….އަހަރެން މި ވާހަކަތައް ދައްކަން ހުންނަތާ ބައިވަރު ދުވަސްވެއްޖެ. ޔޫނުސް ދެރަ ނުވާ ކަހަލަ ގޮތަކަށް ބުނަން ނޭނގިގެން ހުރީ. އެކަމަކު މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންތައް ޔޫނުސް.” ނަޞްރާ ބުނެލިއެވެ. ޔޫނުސް އިރުކޮޅަކު އިސްޖަހައިގެން އިނދެފައި ތުން ފިއްތާލަމުން ބޯޖަހާލިއެވެ.

 

އޭގެ ހަފްތާއެއްހާ ދުވަސްފަހުން އަފްރީންގެ ކިޔެވުން ފެށިގެން ދިޔައެވެ. ސްކޫލަށް ގޮސް އޭނަގެ ކުލާހަށް ވަތް ފުރަތަމަ ދުވަހު އަފްރީން ކުލާހުގެ ވަށައި ހޯދާލިއެވެ. ފަހަތު ބަރީގައި ނައުފާގެ ކައިރީގައި ހުސް ގޮނޑިއެއް ހުރިތަން ފެނިފައި އޭނަ ދެ ޚިޔާލެއްގެ މަތީގައި ހުރެ އެދިމާލަށް ދިޔައެވެ. ނަމަވެސް އަފްރީންއަށްވުރެ ކުރިން އޭނަގެ ފަހަތުން އައި ފަލަކް ގޮސް އެ ގޮނޑީގައި އިށީނެވެ. ނައުފާ އުފަލުން ހުރެ ފަލަކާއި ވާހަކަ ދައްކަން ފެށިތަން ބަލަން ހުރެފައި އަފްރީން ފަސްއެނބުރި އެހެން ގޮނޑިއެއް ހުރިތޯ ބެލިއެވެ. ފިރިހެން ކުދިންގެ ނުފުރި ހުރި ބަރީގައި ހުރި ގޮނޑިތައް ފިޔަވައި ދެން ހުސް ގޮނޑިއެއް ހުރީ އެންމެ ފުރަތަމަ ބަރީގެ ކޮޅުގައެވެ. އެ ބަރީގައި ތިބީ ކުރިން ވެސް އަފްރީނާއި އެއްކުލާހެއްގައި އުޅުނު އަންހެން ކުދިބަޔެކެވެ. އެހެނަސް އަފްރީން އޭރު އެކުދިންނާއި އެހާ އެކުވެރި ނުވީ އެއީ ކަޓު ކުދިން ކަމުގައި ދެކުނީތީވެއެވެ. އެއީ އެކުދިން އަބަދުވެސް މަޑުމައިތިރިކޮށް ފިރިހެން ކުދިންނާއި ދުރުދުރުން އުޅޭތީވެއެވެ. އެމީހުންނާއި އެކުވެރި ނުވި ސަބަބު ހަނދާންވެފައި އަފްރީންއަށް އިސްޖަހާލެވުނެވެ. އޭނަ އޭރު ހާދަ ގޯހޭ ހިތަށްއެރިއެވެ. ނަމަވެސް ދެން އިތުރަށް ގޯސް ނުވުމަށް އަފްރީން އެކުދިންގެ ގާތަށް ދިޔައެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް އަފްރީން ފެނުމާއެކު އެކުދިން ހިނިތުންވެލިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކުދިން އަފްރީނާއި އެކުވެރިވިއެވެ.

 

އެސަމްބްލީއަށްޓަކައި އެސަމްބްލީ ގްރައުންޑަށް ގޮސް ހުއްސަށް ތިބި ވަގުތުކޮޅުގައި އަފްރީންއަށް މެދުކެނޑުމެއްނެތި އިވެމުން ދިޔައީ ނައުފާމެން މިޞްބާޙޭ ކިޔާ އަޑެވެ. މިޞްބާޙް އޭނައަށް ފްރެންޑް ރިކުއެސްޓެއް ފޮނުވި ވާހަކަ އަމާނީ ބުނީ ފަޚުރުވެރިވެފައެވެ. ނައުފާ މިޞްބާޙްގެ ރީތި ކަމުގެ ވާހަކަ ދައްކަމުން ގޮސް އޭނަ ހުރީ އަހަރުމެން ކުލާހުގައޭ ބުނި އަޑު އިވިފައި އަފްރީންގެ ހިތް ނުތަނަވަސްވިއެވެ. މިޞްބާޙަކީ އެރޭ ފެނުނު ޒުވާނާކަން ޔަޤީނާއި ގާތްވީތީވެއެވެ. އޭނައަށް ސަމާލުކަން ދެމުން އަންނަ އެހާ ރީތި ޒުވާނަކާއިއެކީ ގާތުން އުޅެން ޖެހުމުން އޭނައަށް ވާނެގޮތެއް ނޭނގޭތީވެއެވެ. އޭނަގެ ހިތަށް ސާބިތުކަން ދެއްވުމަށް އެދި އަފްރީންއަށް ސިއްރު ސިއްރުން ދުޢާކުރެވުނެވެ.

 

އެސަމްބްލީ ނިމި އަނބުރާ ކުލާހަށް އައުމުން އަފްރީންމެންގެ ކުލާސް ޓީޗަރު ރަޖިސްޓާރ މާކު ކުރަން ފެށިއެވެ. އެކި ކުދިންގެ ނަންތައް ވަކިވަކިން ކިޔަމުން ގޮސް އެއް ނަމަކަށް މަޑުކުރަން ޖެހުނެވެ.

 

“އަޙުމަދު މިޞްބާޙް އަމީން….” ޓީޗަރު ނަން ކިޔައި ޖަވާބެއް ނުލިބުމުން ކުލާހުގެ ވަށައި ހޯދާލިއެވެ. ކުލާހުގައި ތިބި ކުދިން ވެސް ފިރިހެން ކުދިންގެ ގޮނޑި ބަރިއަށް ނަޒަރު ހިންގައިލިއެވެ.

 

“މިޞްބާޙް…..އެބްޒެންޓް؟” ޓީޗަރު ސުވާލުކުރިއެވެ. ދެ ކުއްޖަކު މަޑުމަޑުން ޔެސްއޭ ބުނެލިތަނާހެން ކުލާހުގެ ދޮރުމައްޗަށް މީހަކު އެރިއެވެ.

 

“ޕްރެޒެންޓް!” އެހެން ބުނެލި އަޑަށް ކުލާހުގައި ތިބި އެންމެންގެ ނަޒަރު ދޮރާއި ދިމާލަށް ދަތުރުކުރިއެވެ. އެވަގުތު ދޮރުމަތީގައި ހުރީ އެއްކޮނޑުގައި ކަޅުކުލައިގެ ދަބަހެއް އަޅައިގެން ހުރި މިޞްބާޙެވެ. ޓައި އަޅައިގެން އަތް ދިގު ޔުނިފޯމުގެ އަތުކުރި އުޅަނބޮށްޓާއި ހަމައަށް އޮޅައިގެން ހުރި ގޮތުން އޭނަ ބައެއް އަންހެން ކުދިންގެ ހިތްތައް އަތުލައިފިއެވެ. އޭނައަށް ބަލަން ތިބި ނައުފާމެންގެ ދަތްތައް ފެންނަމުން ދިޔައެވެ. އަފްރީން ދެއަތް އުރައި ތިރި ބަލައިގެން ހުރީ މައްޗަށް ނުބަލަން ހުވާކޮށްގެން ފަދައެވެ.

 

މިޞްބާޙް ކުލާހުގައި ތިބި ކުދިންނަށް ބެލުމެއްނެތި މުދައްރިސްގެ ގާތަށް ގޮސް ލަހުން އައީތީ އޭނައަށް ލިބުނު ސްލިޕްކޮޅު އެ މުދައްރިސާއި ޙަވާލުކުރިއެވެ. އެއަށްފަހު ފަސްއެނބުރި އޭނަ އިށީންނަންޖެހޭ ތަނާއި ދިމާލަށް ހިނގައިގަތެވެ. އެންމެ ފަހަތުގައި ހުރި ގޮނޑި ބަރީގައި އިށީނުމަށް މިޞްބާޙް މިޞްރާބު ޖެހީ ފުރަތަމަ ބަރީގެ ކޮޅުގައި އިން އަފްރީންގެ ކައިރިންނެވެ. އަފްރީންގެ ގާތަށް އައި މަގުމަތީގައި އޭނަ ފަޓުލޫނުގެ ޖީބަށް އަތް ކޮއްޕައި ކުޑަ ރަތް ކުލައިގެ ކަރުދާސްކޮޅެއް ނެގިއެވެ. އެއަށްފަހު އެކަކަށްވެސް ފާހަގަ ނުވާނެހެން އަފްރީންގެ މޭޒުމަތީގައި އެ ގަނޑުކޮޅު ބޭއްވުމަށްފަހު އޭނަ ފަހަނަޅައި ދިޔައެވެ. އިސްޖެހިފައި އިން އަފްރީން ކުޑަކޮށް އިސްއުފުލާލި ވަގުތު އޭނައަށް އެ ގަނޑުކޮޅު ފެނުނެވެ. އޭނަ އެ ގަނޑުކޮޅު ނަގައި ބަލާލިއެވެ. އޭގައި އޮތީ “ގުޑް މޯނިންގް، ލަވް” މިހެންނެވެ. މިއީ ދެންމެ މިޞްބާޙް ބޭއްވި އެއްޗެއްކަން ޔަޤީންވުމުން އަފްރީންގެ ގާތަށް ރުޅިއައެވެ. އޭނައާއި ދިމާލަށް “ލަވް” އޭ ކިޔަން މިޞްބާޙަކީ ކާކު ހެއްޔެވެ؟ މި ނޯޓުކޮޅު ކިޔާފައި އަފްރީން މޮޔަވެގެން ގޮސް އޭނަގެ ގާތަށް ދާނެކަމަށް އޭނަ ހީކުރަނީ ހެއްޔެވެ؟ އަފްރީން ރުޅިން ރަތްވެފައި ހުރެ އެއްއަތުން އެ ގަނޑުކޮޅު ގުޅައަކަށް ލިއެވެ. އެއަށްފަހު ސީދާ އޭނަގެ ކުރިއްމައްޗަށްވާ ގޮތަށް ދުރުގައި ހުރި ޑަސްބިނާއި ދިމާލަށް އޭތި އެއްލާލިއެވެ. އަފްރީންގެ އަމާޒު ރަނގަޅުކަމުން އެ ގަނޑުކޮޅު ޑަސްބިންގައި ޖެހުނެވެ. މި މަންޒަރު އެންމެ ފަހަތު ބަރީގައި ހުރި ގޮނޑިއެއްގައި އޭނަގެ ދަބަސް ބޭއްވި މިޞްބާޙަށް ފެނުނެވެ. އަފްރީންގެ އެ ޙަރަކާތުން އޭނަ ޙައިރާންވިކަން އެ މޫނުމަތިން އެނގެއެވެ.

 

އަފްރީން ރުއްސުމަކީ ފަސޭހަކަމަކަށް ނުވާނެކަން ފުރަތަމަ ދުވަހުވެސް މިޞްބާޙަށް އެނގުންވިއެވެ. ނަމަވެސް އޭނަ ހުރީ ބަލި ޤަބޫލު ކުރާ ގޮތަކަށްނޫނެވެ. އޭނަގެ ޙަޔާތުގައި ދުވަހަކުވެސް އޭނަ ބޭނުންވާ އަންހެން ކުއްޖަކު އޭނައަށް ނުލިބިއެއްނެތެވެ. އޭނައަށް މިހާތަނަށް ފެނުނު ހުރިހާ އަންހެން ކުދިންވެސް ތިބެނީ އޭނަގެ އެންމެ ޢިޝާރާތަކަށް އިންތިޒާރު ކޮއްލަ ކޮއްލައެވެ. ކަން މިހެން އޮތްވާ އޭނައަށް ޙަޔާތުގައި އެއްފަހަރު ވެސް މަސައްކަތް ކޮށްފައި އަންހެން ކުއްޖަކު ނުލިބުނޭ ބުނުމުގެ ޖާގައެއް މިޞްބާޙް ދޫކުރާކަށް ބޭނުމެއްނުވިއެވެ. އެ ވާނީ އޭނައަށް ބޮޑު ލަދަކަށެވެ. އެހެންކަމުން މިޞްބާޙް އެކި ގޮތްގޮތުން އަފްރީން ރުއްސަން މަސައްކަތް ކުރަމުން ދިޔައެވެ. ސިނާންގެ ޚިޔާލާއި އެއްގޮތަށް މިޞްބާޙް އަންނަނީ އޭނަގެ އެންމެ އަގު ބޮޑު އަތުކުރީ ގަޑި އަޅައިގެން އެންމެ ފަހުގެ ލެޕްޓޮޕް ހިފައިގެންނެވެ. ކޮންމެ ދުވަހަކު އައި ޕެޑް ހިފައިގެން އަންނައިރު ކޮންމެ ދުވަހަކަށް އައި ޕެޑްގައި ހުންނަނީ ތަފާތު ކަވަރެކެވެ. ސިނާން ބުނެގެން ވަކި ވައްތަރެއްގެ ސެންޓެއް ޖަހައިގެން ވެސް މިޞްބާޙް ސްކޫލަށް އަންނަން ފެށިއެވެ. އެކި ގޮތްގޮތަށް އަފްރީނާއި ހިނިތުންވެ އެއްލޯމަރަމުން ދިޔައެވެ. އަފްރީންގެ މޭޒުގެ ކަބަޑުގައި ސިއްރުން ޗޮކްލެޓާއި މާތަކާއި ނޯޓުކޮޅުތައް ބަހައްޓަން ފެށިއެވެ. އެހެނަސް މީގެއިން އެއްވެސް ކަމަކުން އަފްރީންގެ ކުޑަވެސް ސަމާލުކަމެއް މިޞްބާޙަށް ލިބޭގޮތެއް ނުވިއެވެ. އޭނަ ދޭ ކޮންމެ ހަދިޔާއެއް އަނބުރާ އޭނަގެ އަމިއްލަ ކަބަޑަށް އާދެއެވެ. ކޮންމެ ދުވަހަކުހެން އަފްރީން އޭނައަށް ލުއި ގޮތަކަށް ބަލާފައި ދުރުބަލަނީއެވެ. ސިނާނަށް މި ވާހަކަތައް ކިޔައި ދިނުމުން ސިނާން ބުނީ އަފްރީނަށްވުރެ ބޮޑަށް ކިޔެވުމަށް މޮޅުވުމަށެވެ. އެހެންކަމުން މިޞްބާޙް އޭނަ ދުވަހަކުވެސް ނުކިޔަވާ ވަރަށް ކިޔަވައި ކްލާސް ޓެސްޓުތަކުން ފުލް މާކްސް ހޯދަން ފެށިއެވެ. އޭނައަށް ނިކަން އުނދަގޫ ޓެސްޓަކުން ފުލް މާކްސް ލިބުނު ދުވަހު މިޞްބާޙް ހީކުރީ އަފްރީން އޭނައަށް ފްރެންޑް ރިކުއެސްޓެއް ފޮނުވައި އޭނަގެ މޮޅު ވާހަކައިން އެ ދެމެދުގައި ވާހަކަ ފެށޭނެ ކަމަށެވެ. ނަމަވެސް ކަންތައް އެގޮތަށް ނުވުމުން މިޞްބާޙްގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.

 

“އެއީ ވަރެއްގެ އަންހެނެއް!” މިޞްބާޙް އޭނަގެ ކޮޓަރީގައި ދެކޮޅަށް ހިނގަމުން ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ އެހެން ބުނެލީ ހަރު އަޑުންނެވެ.

 

“އޭނަ ހަމަ އެކްޓު ޖައްސަނީ. ރަނގަޅަށްވިއްޔާ އޭނަ މިހާރު މިޞްބާއާ އިނުމުގެ ހުވަފެންތަކެއްވެސް ދެކެމުންދާނެ. މާދަމައިން ފެށިގެން އޭނައާއި ވާހަކަ ދައްކާ.” ފޯނުގެ އަނެއްކޮޅުގައި ހުރި ސިނާން ބުނެލިއެވެ.

 

“މަށަކަށް ނޭނގެ ދައްކާނެ ވާހަކައެއްވެސް. އަހަންނަށް ހީވަނީ ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނަ ދުރުބަލަން ފަށާފާނެހެން.” މިޞްބާޙް އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމާއެކީ ބުނެލިއެވެ.

 

“ދައްކާނެ ވާހަކައެއް ނޭނގެއޭ؟ ތިއީ މިޞްބާތަ؟ މިޞްބާއަށް އަންހެން ކުއްޖަކާ ދައްކާނެ ވާހަކައެއް ނޭނގެންޏާ ކާކަށް އެނގޭނީ؟” ސިނާން ބުނެލިއެވެ. ސިނާންގެ އެ ވާހަކަ އަޑު އިވިފައި މިޞްބާޙްގެ ފިޔަވަޅުތައް މަޑުޖެހި އޭނަ ހިމޭންވިއެވެ. އޭނައަށް ދައްކާނެ ވާހަކައެއް ނޭނގެއޭ ބުނެވުނު ގޮތާއިމެދު ވެސް އޭނަ ޙައިރާންވިއެވެ. ސިނާން އެ ބުނީ ތެދެކެވެ. އޭނައަކީ މިޞްބާޙެވެ. މިޞްބާޙަށް ހައްލާލަން ނޭނގޭނެ އަންހެން ކުއްޖެއް ހުރުމަކީ ނާދިރު ކަމެކެވެ. ސިކުނޑިއަށް ވެރިވި ޚިޔާލުތަކަކުން އޭނައަށް އާ ހިތްވަރެއް ލިބުނެވެ. އޭނަ ފުން ނޭވައެއް ދޫކޮށް ސިނާންގާތު ތި ބުނީ ރަނގަޅަށޭ ބުނެލިއެވެ.

 

 

އެރެއިން ފެށިގެން އަނެއްދުވަހުގެ ހެނދުނާއި ހަމައަށް ވެސް މިޞްބާޙް ވިސްނަމުން ދިޔައީ އަފްރީނާއި ވާހަކަ ފަށާނެ ގޮތަކާއި މެދުގައެވެ. އެކި މީހުން ދައްކާ ވާހަކަތަކުގެ އަޑާއި އިސްލާމް ގަޑީގައި އަފްރީން ފޯރިއާއެކީ ޖަވާބު ދޭ ގޮތުން އޭނަ ދީނަށް ޝައުޤުވެރިކަން ހުންނަކަން މިޞްބާޙަށް އެނގެއެވެ. ދީނާއިމެދު އަފްރީނާއި ސުވާލު ކުރަންވީކަމަށް ސިކުނޑި ބުނި ވަގުތު މިޞްބާޙްގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.

 

އެދުވަހުގެ އިންޓަވަލް ގަޑީގައި އާދައިގެ މަތިން އަފްރީން އިނީ ކުލާހުގައި އެދުވަހު ދެވުނު ފިލާވަޅުތައް ހަދާށެވެ. އިންޓަވަލްގައި ވެސް އެހާ ގިނަ ވަގުތު ބޭކާރު ކުރުމަކީ އަފްރީން އެދޭ ގޮތަކަށް ނުވާތީވެއެވެ. ހުރިހާ ފިލާވަޅުތައް ހަދައި ނިމުމުން އަފްރީން ޓެކްސްޓް ފޮތެއް ނަގައި މިއަދު ދެން ކުރިއަށް އޮތް ގަޑީގައި ކިޔަވައިދޭނެ ފިލާވަޅު ހޯދަން ފެށިއެވެ. އަފްރީން އޭނަގެ އަތްމަތީގައި ފޮތް ބާއްވައިގެން ފޮތުގެ ގަނޑުތައް އުކަމުން ދަނިކޮށް ކުލާހަށް މީހަކު ވަންހެން ހީވެ އޭނައަށް ދޮރާއި ދިމާލަށް ބަލާލެވުނެވެ. ހަމަ އެއާއެކު ދޮރުމައްޗަށް އެރި މިޞްބާޙާއި އޭނަގެ ހަތަރުކަޅި ހަމަވުމުން އަފްރީން ސިހުންވެފައި ކަހަލަ ގޮތަކަށް ފޮތަށް ނަޒަރު ހުއްޓާލިއެވެ. މިޞްބާޙް އަފްރީނަށް ބަލަމުން އޭނަ ހުންނަ ގޮނޑިއާއި ދިމާލަށް ދިޔައެވެ. އެވަގުތު އަފްރީނަށް އިނދެވުނީ ހިތް ނުތަނަވަސްވެފައެވެ. އެވަގުތު އޭނައާއި މިޞްބާޙް ފިޔަވައި ކުލާހުގައި އެކަކުވެސް ނެތްކަން އެނގުންވީ ހިނދު އެ ހިތް ބިރުގަތެވެ. އަފްރީން ދެލޯ މަރައި ހަމައަށް ނޭވާ ލެވޭތޯ ބަލަމުން ބިރުގަންނަންވީ ސަބަބެއް ނެތްކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބެލިއެވެ. މިޞްބާޙް އޭނައަށް “ދައްކާ” ބައެއް ޙަރަކާތްތަކަކީ އަފްރީންގެ ހިތުގެ ތެޅުން އަވަސްކުރުވާ ޙަރަކާތްތަކަކަށް ވިޔަސް މިޞްބާޙަކީ އެހާ ރަނގަޅު މީހެއްނޫންކަން އޭނަ ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިޞްބާޙަކީ ހެޔޮ ވިސްނޭ މީހަކަށްވިނަމަ އޭނަގެ އެހާ ގިނަ ވަގުތު އަންހެން ކުއްޖަކު ރުއްސުމަށް ހުސްކޮށްނުލީހެވެ. މިޞްބާޙް އޭނައަށް އެ “ދަޢުވަތު” ދޭ ކަންތައް ކުރާކަށް އަފްރީން އެއްގޮތަކަށް ވެސް ބޭނުމެއްނުވެއެވެ. މީގެ މަސްތަކެއް ކުރިން އޭނަ ވި އަނދިރިގަނޑަށް އަނބުރާ ދާކަށް އޭނަ އެއްވެސް ޙާލެއްގައި ނޭދެއެވެ. އޭނަގެ ހިތަކީ ﷲ ގެ ހަނދުމައިން ދުރުގައިވާ އެއްޗަކަށް އަނެއްކާވެސް ހަދާކަށް އޭނަ ބޭނުމެއްނުވެއެވެ. އަފްރީނަށް އޭނަގެ ހިތަށް ޘާބިތުކަން ދެއްވުމަށް އެދި ތަކުރާރުކޮށް ސިއްރުސިއްރުން ދުޢާކުރެވެން ފެށިއެވެ.

 

އަފްރީން މަޑުމަޑުން ދުޢާކޮށްކޮށް އިންދާ މިޞްބާޙް ލޮގް ފޮތަކާއެކީ އޭނަ ގާތަށް އައިސް އެ ފޮތް އަފްރީންގެ ހުސް މޭޒުމަތީގައި ބޭއްވިއެވެ.

 

“މި ސުވާލު ހަދަން އެނގޭތަ؟ މިއީ އިއްޔެގަ މެތްސް އެކްސްޓްރާގަ ދިން ސުވާލެއް.” މިޞްބާޙް އޭނަގެ ފޮތުގައި އެންމެ ފަހަކަށް ލިޔެފައި އޮތް އަލްޖެބްރާ ސުވާލު ދައްކަމުން ބުނެލިއެވެ. އަފްރީން އެއްފަހަރު އެއަށް އަނެއްފަހަރު މިޞްބާޙަށް ބަލާލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ދިމްޔާ (17 ވަނަ ބައި)

Next

ނަޖާ (ތޭރަ ވަނަ ބައި)

Next
September 20, 2015

ނަޖާ (ތޭރަ ވަނަ ބައި)

Previews
September 19, 2015

ދިމްޔާ (17 ވަނަ ބައި)

59 Comments!

  1. arcane_belle says:
    September 19, 2015 at 8:15 pm

    Ma sha allah.

    1. jana says:
      September 19, 2015 at 8:27 pm

      Alhamdhulillah! 😀

  2. arcane_belle says:
    September 19, 2015 at 8:20 pm

    But I don’t get how the name of this story relates to it

    1. jana says:
      September 19, 2015 at 8:28 pm

      adhi fahun engeyne In Sha Allah. jana kiyaidheynan vaahakaige therein 🙂

  3. nazu says:
    September 19, 2015 at 8:24 pm

    jana haadha kurey mi part. aslu nthing happnd in this part. anyways nice have getting gud moral. keep it up. god bless ur work.

    1. jana says:
      September 19, 2015 at 8:29 pm

      kureh noon. hama 10 safhaa. aslu mi nimmafa huri manzaru nimigen onnany bodu kameh hingaa manzareh. ethanun nimman ulhuny. ekamaku las vaathy up kolly 🙂

  4. Anonymous says:
    September 19, 2015 at 8:28 pm

    V Thihthi ??????
    Afreenaa misbaahu ethibee ekanyehnu.. ey haram kameh noontha? ?
    JANA ah igeytha? Mashah reyga fenuny afreen kurin ulhunu gothah ulhey anhen kuhjeh huvafenuga.. ekamaku burugaa naalhaa hury.. hama bodu shawl eh alhaigen huri sheikhaa akaa eyna jadhalu kurany.. stage ah araafa eyna ah fenna gothah vaahaka dhehkeema sheikhaa islam dheenuga onna gothah eyna ah huhjai dhahkany.. ?
    ?????????

    1. jana says:
      September 19, 2015 at 8:33 pm

      Anonymous haadha foari gadha comment thakey mihaaru thi kurany. hehe….adhives ehfaharu jana bunelan beynun jana beynumeh nuve ey fiqh ge vaahaka dhakkan.
      haadha ehen kahala huvafenekey. mi vaahakaiga ulhey afreen lolah nufenna iruves thiothy fenifa. LOL! 😛

  5. maash says:
    September 19, 2015 at 8:32 pm

    Varahreethi varahfurihama! Masha allah iburathuge hadhiyaaeh?

    1. jana says:
      September 19, 2015 at 8:34 pm

      Alhamdhulillah! (All praise and thanks belongs to Allah) 🙂

  6. mai says:
    September 19, 2015 at 8:45 pm

    Varahreethi afreen lahva goaskameh nukurvahchey.shinanu ah rangalhu filavalheh dheynfeney and misba too.ardhives bunanee varareethi ibraitherivahakaekey

    1. jana says:
      September 19, 2015 at 8:58 pm

      Afreen hadhaa gotheh dhen balamaa In Sha Allah. Sinaan aai misbaa ah adhabeh haqqu dho e ulhey gothun? visnaany emeehunna dheyne adhabakaa medhu. hehe….Alhamdhulillah! 🙂

  7. Maaa says:
    September 19, 2015 at 9:22 pm

    I am in love with this story….. Masha Allah

    1. jana says:
      September 20, 2015 at 1:32 pm

      Hope i’m able to keep your love. hehe…..Alhamdhulillah! 😀

  8. zai says:
    September 19, 2015 at 10:00 pm

    In sha allah v salhi mibaivex..hama habeys?

    1. jana says:
      September 20, 2015 at 1:33 pm

      Alhamdhulillah! (All praise and thanks belongs to Allah) 😀

  9. raakin says:
    September 19, 2015 at 10:13 pm

    Wow haadha salhi ey..mi vaahaka kiyan feshyhsureh ma ehvex boy akaa talk kuraahitheh nuvey..good message..allhamdhulliah

    1. jana says:
      September 20, 2015 at 1:36 pm

      Ma Sha Allah. mi vaahakain evves heyo badhaleh annanya annaany hama ekani Allah ge iraadha fulhun 🙂
      hehe…..ehen noonas princess akaa ehaa faseyhain private koh vaahaka nudhekkeyne ehnu dho komme komme meehakah? 😉
      Alhamdhulillah! 😀

  10. zee says:
    September 19, 2015 at 10:20 pm

    Vvvvv reeeeethi

    1. jana says:
      September 20, 2015 at 1:36 pm

      Alhamdhulillah! 😀

  11. lovely girl says:
    September 19, 2015 at 10:55 pm

    Wen is next part

    1. jana says:
      September 20, 2015 at 1:39 pm

      Next part tuesday ga In Sha Allah. jana kuran jehifa huri muhimmu kanthah eba huri ehenvyma 🙂

  12. Fathun says:
    September 19, 2015 at 11:00 pm

    Maa Shaa Allah..

    1. jana says:
      September 20, 2015 at 1:39 pm

      Alhamdhulillah! 🙂

  13. shuhoo says:
    September 19, 2015 at 11:09 pm

    Jana v salhi vaahaka kon irakun next part

    1. jana says:
      September 20, 2015 at 1:40 pm

      Next part tuesday ga In Sha Allah 🙂

  14. luvna says:
    September 19, 2015 at 11:12 pm

    the story is really beautiful and full of morals hope you will upload the story as soon as possible. and dont lrt devil come in between misbaah and afreen plz. then it would be a great lesson for misbaah

    1. jana says:
      September 20, 2015 at 1:41 pm

      Next part tuesday ga In Sha Allah. Alhamdhulillah (All praise and thanks belongs to Allah) dhen balamaa afreen aai misbaahah vaagotheh. 🙂

  15. Meera says:
    September 20, 2015 at 12:46 am

    Miharu v salhi afreen ge bau ves. Wen is next part?
    Avaha up kurachey

    1. jana says:
      September 20, 2015 at 1:43 pm

      Adhi Afreen ge bayaa Nasra menge baives jana ah emme reethi hisaabakah nudhey. mi hunnany keh madhuvefa ebaithah liyaa hithun. Next part tuesday ga In Sha Allah 🙂

  16. pinkgal says:
    September 20, 2015 at 1:20 am

    Masha’Allah vvvvv reeethi n i never read this much nice n interesting religious story jazaki’Aĺlahkhairan for this lovey story dear keep writting…☺???

    1. jana says:
      September 20, 2015 at 1:49 pm

      pinkgal, jana mi vaahaka liyan inspire vy ehsababaky ves ehaa alhaiganna kahala dheeny vaahaka thah nuhunnaathy. aammu gothegga dheeny vaahaka thah tawba vumah fahu nimeythy. tawba vumah fahu vaagotheh nufeney. ekamaku jana dhekey gothuga meehegge hayaathuga emme reethi bai annaany tawba vumahfahu. emme powerful lessons thah hunnaany eyah fahu. ehenve mi vaahaka mi genesdheny. varah ufaavejje shauquveri gothakah genesdheveykan engunyma. Alhamdhulillah! Jazakillah Khairan! 😀

  17. neem says:
    September 20, 2015 at 6:20 am

    ހުއްސަށް ތިބި ވަގުތުކޮޅުގައި
    Mihenneh nun.
    HUHAH thibi vaguthukolhugai.
    Kuriyah huri baithakugai rangalhu kuraanekamah heekuran.

    1. jana says:
      September 20, 2015 at 8:14 pm

      hmm neem. jana handhaan netheny ey. hussah kiyaany Addu bahun. Jazakallah Khairan faahanga kolla dhinythy. ginaginain handhaan kohdhinyma handhaan hunnaany 😀

  18. isha says:
    September 20, 2015 at 7:27 am

    Aslu jana ah igeytha ishaa furathama mi vahaka nuves kiyan
    Kiyan feshey ves sixth vana part in
    Ehves ehdhuvahu v foohi vegen
    Ekamaku maashallah
    Mihaaru abadhu inthizaru kureveny mi vahaka ah
    Allah ah shukuru mi vahaka kiyunu kamah takai
    Aee mi vahakain v gina kanthah thakeh egey
    Mi vahaka kiyaa dhuvaheh v ya rovey
    Neynge keeve kameh
    Btw keep up the good work

    1. jana says:
      September 20, 2015 at 8:20 pm

      haadha reethi namekey, isha. Ma Sha Allah 🙂 hehe……coincidence akun dho foohi vegen indha mi vaahaka fenuny. or maybe not. hayaathuga vaa hurihaa kameh vany kommeves sababakattakai. isha mi vaahaka kiyan feshy Allah ge iraadha fulhun. mi vaahakain faidha eh kuriyya kuraany ves Allah ge iraadha fulhun. alhamen emmennah hidhaayai ithuru kohdhevvany hamaekani ekalaange. 🙂
      komme baeh kiyaairu roveytha? :O jana ah engey baeh baithakun rovenvy sababuthah hunnakan. ekamaku hurihaa baeh?! Subhanallah!
      Anyways, i remind myself and everyone else, Alhamdhulillah (All praise and thanks belongs to Allah) 🙂

    2. Anonymous says:
      September 21, 2015 at 1:15 pm

      May b its because im way too emotional kan neynge
      But hama thedheh
      Varah ehn kahala gotheh vany mi vahaka kiyaa iru

  19. ayaa says:
    September 20, 2015 at 11:37 am

    Kiyaa hithun huryma v v kuru hen heevany. MashaAllah. Mi part v reethi. Afreen r misbaah nugulhuvahchey. N afreen e huri gothiga saabithu kammathy bahattaany. Amilla nafsu control kuran egen jeheyne kan angan vaany. 🙂

    1. jana says:
      September 20, 2015 at 8:23 pm

      hehe…..Afreen mihaa hisaabahves hury varah saabithuvegen dho hury? dhen vaane gotheh jana mithaanga kiyaeh nudheynan. 😀 dhen anna baiga In Sha Allah 🙂

  20. elsa says:
    September 20, 2015 at 2:30 pm

    jaan , this story is awesome , sorry cmt nukurevunyma , ekam hama regularly koh kiyan , vr salhi , excllent , superb , fantastic , m speechless , vr salhi n sry

    1. jana says:
      September 20, 2015 at 8:25 pm

      elsa haadha dhuvaheh koffaey. i missed you! But no need to be sorry. comment kurun vaajibeh noon 😛 Alhamdhulillah! (All praise and thanks belongs to Allah) 🙂

    2. elsa says:
      September 21, 2015 at 9:12 am

      so swyt of u jaan

    3. jana says:
      September 21, 2015 at 9:24 am

      🙂

  21. elsa says:
    September 20, 2015 at 2:35 pm

    love u sis

    1. jana says:
      September 20, 2015 at 8:28 pm

      Love you too sis. Ummwah! mihen bunyma Shabee ves miss vejje. Shabee if you are there i miss you too ingey. i thought you would call me via admin. jana handhaan vaa gothuga Shabee emme furathama jana aai friend vaan beynunvy. Love you too sissy!

  22. Mee says:
    September 20, 2015 at 3:44 pm

    V.,reethe

    1. jana says:
      September 20, 2015 at 8:29 pm

      Alhamdhulillah! 🙂

  23. zeek says:
    September 20, 2015 at 10:24 pm

    Jana i am v much impressed wid dis stry n wid u too… R u a grl??! Mihaaru heevany real stry eh kiyan feshihje hen. May allah bless u wid hapiness n i am v much happu for u. V bodah shukurihya mikahala stry eh kiyaalan stry upload koh dhiny thee… I am a beeeeg fan of u!! Luv yuh!! 😉

    1. jana says:
      September 21, 2015 at 9:28 am

      Yes i’m a girl zeek. hehe….mee dhen ehaa real story eh noon. baeh thanthankolhu real vaany. real life in inspire vegen vaahaka liyaathy kanneynge. mi buny vashaigen fenna kanthahthakun vaahaka. Alhamdhulillah! May Allah bless us all. Ameen!
      hehe….emme vaahaka akun ves jana ah fankaa eh libijje 😛

  24. zeek says:
    September 20, 2015 at 10:27 pm

    Mifaharu alah cmmnt kohliyas vaahaka kian. Dhn mifaharu hama cmmntrh kohlaa hiyy v

    1. jana says:
      September 21, 2015 at 9:30 am

      zeek ah vaahakain faidhaa eh kuraakamah ummeedhu kuran 🙂

  25. hiba khan says:
    September 20, 2015 at 10:32 pm

    Kurin mi vaahaka nukiyan hury laafa in photo fenunyma. Aharen aahmukoh vaahaka kianu photo ah balaafa ehnve.. Ngey mi e rangalhu gotheh nun kann vx. Bt insaanaage thobihyathuga vaa kameh dhw e rythi ehchihsah lobi kurun. Ekm miadhu mi vaahaka kiyaalyma ingihje mi kihaa fen varehge vaahaka eh kan. Mihaa thanah kiyunu ehnme perfect vaahaka a bunyas dhogakah nuvaane. Hama c koh. My bst wishes r with u

    1. jana says:
      September 21, 2015 at 9:33 am

      alhe mihaaru andhaaza kollevey hiba kahala kithah kiyuntherinkan hama photo fenifa vaahaka nukiyaany. thi bunaahen ey hama thabeeathuga vaa kameh. jana visni gothuga vaahakaige photo aa nan ves varah gulhifa aammukoh hunna vaahaka thakaa thafaathuvyma emme kudaminun kiyuntherin balaalaane. hehe…
      vaahaka perfect eh nuvaane as i keep saying. i’m still trying to improve. 🙂
      Just make plenty of dua for me In Sha Allah. May Allah bless us all. Ameen!

  26. sha zaa says:
    September 20, 2015 at 10:39 pm

    jazaki’Aĺlahkhairan myge maana bune dhyfaanan tha dhivehin?? Rangalahalkah nu eh inge ehenve

    1. Nish says:
      September 21, 2015 at 1:00 am

      “Allah thiba ah heyo jazaa dhehvaashi eve.”

    2. sha zaa says:
      September 21, 2015 at 3:36 am

      Thnkx nish 🙂

    3. jana says:
      September 21, 2015 at 9:34 am

      🙂 🙂

  27. aish says:
    September 21, 2015 at 11:13 am

    Mi vaahaka v reethi. Mivahaka fenunee ves mi partun. Hurihaa part kiyaalevuneee eyfaharaa. Adhi mihaa thans fenunu eyme reethi vi vaahaka

    1. jana says:
      September 22, 2015 at 8:13 pm

      Alhamdhulillah! 😀

Comments are closed.


All Right Reserved!