ލޯބީގެ ވާރޭ….1 ވަނަ ބައި
މާ ހެނދުނާ އަރަމުން އައި އިރު އޭގެ ދޯދި ގޯތީގެ ދިގު ރުކުގެ ދެފަން ދޭތެރެއިން ފާއްދާލައިގެން ސީދާ ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިތެރޭން ގޮސް އަރާމު ނިންޖެއްގައި އޮތް މާހީގެ މޫނުމައްޗަށް އުނދަގޫ ކުރުވަން ފެށުމުން މާހީ އަށް ސިއްސައިގެންގޮސް ހޭލެވުނީ އެލާމް ކޮށްފައިވާ ގަޑިން ހެނދުނު 7 ޖެހިކަން އިޢުލާން ކުރުމުންނެވެ.އަވަސް އަވަހަށް ތެދުވެގެންް ހޭވިފައިހުރި އިސްތަށިގަނޑުގައި އަތް ހާކަމުންގޮސް މާހީ އެވަނީ ފާޚާނައަށެވެ.ރޭގެ އަރާމު ފިނިކަމުގެ ތެރޭ މާހީ އަށް ގަދަ ނިންޖެއްގައި ނިދާލެވުނީތާއެވެ.އެހެންނޫންނަމަ މާހީ އަކީ ގަޑީގެ އެލާމުގެ އަޑު އިވުމުގެ ކުރިން ފަރިތަ ކަމާއެކު ހޭލާ ކުއްޖެކެވެ.
މާހީ ފެންވަރައިގެން އައިސް އުނުގައި އަނދެފައިވާ ތުވާލި ހެޔޮވަރުކޮށްލަމުން ލޯގަނޑު ކުރިމައްޗަށް ހުއްޓިގެން ހުރެ ވިސްނަން ފެށީ މައިންބަފައިން ނެތް ދުނިޔޭގަވެސް މާހީ އުޅޭ އާދައިގެ ދިރިއުޅުމާމެދުގައެވެ.އާއެކެވެ! މާހީ އަކީ ޔަތީމެކެވެ.މާހީ ކުޑައިރުގެ ހަނދާންތަކަށް ގޮސް ގެއްލެން ފެށުނެވެ. އެމަންޒަރު އެންމެކައިރިންވެސް ފެނުނީ މާހީއަަށް ކަމުގަ ވިޔަސް އެ ދުވަހު މާހީ އަކީ ކުޑަކުއްޖެއް ކަމުން ވީގޮތެއް ނޭނގުނަސް މިހާރު އެކަންތައްތައް އެނގެއެވެ. މާބޮޑަށްވެސް އެ ކަންތައްތަކުގެ މަތިން ހަނދާންވަނީވެސް މާހީގެ ހަޔާތުގެ ޚާއްސަ ދުވަހަށް އެހާދިސާ ހިނގި ދުވަސް ވުމުންނެވެ.ޚިޔާލީ ދުނިޔެ ތެރެއިން އަމިއްލައަށް ބޭރުވެގަނެ އެހެން ކަމަކަށް ވިސްނުމަށް މާހީގެ ސިކުނޑިއަށް ބާރު ފޯރުވަންފެށުނީ ކޮލެޖަށް ދާން ގަދިޖެހެނީކަން ހަނދާންވުމުންނެވެ.އަވަސް އަވަހަށް ތައްޔާރުވެގެން ދުވަމުން ކަހަލަގޮތަކަށް ގެއިން ނުކުމެގެން ދާންފެށީ ގަޑިޖެހިދާނެ ކަމަށެވެ.
ބާރުހިނގުމެއްގައި ކްލާހަށް ވަދެގެން އައިސް މާހީ އަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނުމަށްފަހު ގެންގުޅޭ ކުޑަ ދަބަސް ގޮނޑީގެ އެއްކައިރީގައި ބެހެއްޓިއެވެ.އޭރު ހުރިހާކުދިންވެސް ކްލާހަށް އައިސް ހަމަވެއްޖެއެވެ.މާހީގެ ބެސްޓްފްރެންޑްސް ކަމުގަވާ ޝަހާ، އަފޫ އަދި ސާހިލްވެސް ތިބީ އައިސް ކްލާހުގައެވެ. ލެކްޗަރަރ އަށް ކްލާހަށް އާދެވުމުގެ ކުރިން މާހީ އަށް ކްލާހަށް ވަދެވުނުކަން އެއީ ނަސީބެވެ. ލެކްޗަރަރ އައުމާއެކު އާރޓް ކްލާސް ފެށިއްޖެއެވެ.މިއަދުގެ ކްލާހުގެ އާރޓް ގެ ތީމަކީ ގުދުރަތީ މަންޒަރުތަކުގެ ކުރެހުން ކަމަށްވުމާއެކު މާހީ ހުރީ ވަރަށް އުފަލުންނެވެ.ވާނީވެސް އެހެންތާއެެވެ.މާހީ އެންްމެ ކުރާހިތްވާ ކަމަކީ ކުރެހުމެވެ.އެންމެ ބޮޑަށް ލޯބިކުރަނީވެސް ގުދުރަތީ ކަންކަމާގުޅޭ މަންޒަރުތަކާ އެފަދަ އެއްޗިސް ކުރެހުމަށެވެ.ހުރިހާކުދިންނަށްވެސް ކުރަހަން ޖެހެނީ ކެންޕަސްގެ އެކުއްޖަކު ބޭނުން ދިމާލަކުން ފެންނަ މަންޒަރެކެވެ.އެހެންކަމުން ކްލާހުގެ ހުރިހާ ކުދިން އެކިދިމަދިމާލަށް ނިކުމެގެން ދިޔައީއެވެ.މާހީގެ އެންމެގާތް އެކުވެރި ޝަހާ އާއި އަފޫ އަދި ސާހިލްވެސް ދިޔައީއެވެ.އެންމެފަހުން މާހީ އެކަނިވީއެވެ.
ކުރަހާނެތަނަކާމެދު ވިސްނަމުން މަޑު ހިނގުމެއްގައި ގޮސް ކުޑަދޮރުކައިރީގައި މާހީ ހުއްޓިލައިގެން ހުރެ ކެންޕަސްގެ ޕާކާދިމާލަށް ނަޒަރުހިންގާލީ ކުރާހާލާނެ މަންޒަރެއްގެ ގޮތުގައި އެތަން ސިފަކުރަމުންނެވެ.ކުއްލިއަކަށް މާހީގެ ނަޒަރު ހުއްޓުނީ……..
55 Comments!
Comments are closed.
Alhey woww v salhi story ge feshun ves.. haadha kurukn thi genes dhinee fair princes.. bt v nice.. waiting for the next part 🙂
thought I would be the first 1 to comment…hehe anyways..reason eothy nxt commentga… thnkx…
and not “fair princes”..hehe may be your typing mistake…slip of the tips..it happens fair prince… thnkx again…
Surprise!!!!!!!! to all readers…………kurukohlly thankolheh avahah up kuran beynun vaathy surprise ehge gothuga…..so inshaa allah..e shakuva naannaae kamah mi balanee & insha allah 2vana part digukohlaanan…and v avahah up kohdeynan… thnks to all readers….
Ahahahaha.. i thought princes.. sorry prince 😉
itx k….it happens…. thnkx anyway…
Vrh salhi
V reethi ekam thankolheh kuree
thnkx….ehduvahun ehkoh up kureema maa avasvaanenun nimeyleh…ehenve…readers beynunvaathee avaskoh up kohffa kurukohlaafa eineee…..
I cant read this storyy..some problems r their
like what?????I would be glad if u could clarify me….
wow varah nice. nxt prt whn. waiting waiting ?
insha allah..avahah up kureveytho balaanan….thnkx…
Nice story..
n btw v loabi pic eh.. pic loabi kamun aslu vaahaka kiyaa hiyvyy…
Waiting for next part…
thnks to u…n to the pic….ll up soon…
Varah varah varah one peace feshu meh mee.. Yoohaa varah vaahaka kiyan mi story noony aamu mi kahala feshumeh in store eh adhi nukiyey.. Anyways yoohaaa ah hyvany maahee ekani noon hen gudhurathee manxaru thakah loabi kurany u too… hahaha..Anyways varah varah nice mi vaahaka n welcome to esfiya site… unmeedhu kuran varah thafaa thu vaahaka thakeh fair prince ge faraathun kiyaalan libeyne kamah. I’m always for waiting ur storys… best luck…
hehe thnkx….guess did not go wrong at all…thnkx again…hopeful with that..insha allah
Wow…! V loabi kiyaali hisaabu. Hyvany kuriyah huri baithahves rythivaaneheh
🙂 thnkx…
Wow just as thought the story is awesome
u kekr?? tha hehe
if kekr lng time no c dhw.
thnkx…
Haadha kurukon thigenes dhiny kamaku nudhey ehakuruvma pls dhigukon genesdhybala
surprises are brought waiting so long….results happiness but in short way….it was upp!!!same like that…hehe thnkx anyway…
Good going fair prince. And hope to read the next part soon cx based on the beginning of the story I feel this story would be different frm other’s. I do hope this wont be like the usual kind of dhivehi story of now a day’s. Anyway good luck for the upcoming part. . 🙂 🙂 🙂 🙂 🙂
hehe thnkxx…..
pls check after some time
Still cant…
Story varah reethi. Thankolheh hiyy thelhey kahala, mibunee varah shauguveri vaa hisaabakun and jumla ninmaafa part ninmaaleema varah furihama vaane. waiting for next part….
mi korean series eh…love rain….v heevey
wrong guess….it does not match up Korean series content..and script….its different…
yeah i also thout de same…n pic ves v similar ?
wrong guess….it does not match up Korean series content..and script….its different…Inha character is different than Maahee..
btw nice story….n hope it wud not be a copy of de korean drama…good luck ☺ Thankz
ken
hiii
thnkx……obliviously…it won’t be….
egeytha ken kurin dhuvahu shabee gaathu ehy ken kobaahey n today u r here nice to myt u☺
Starting is really boootiful. Hope to see next part soon but please make it a little bit longer cant wait to read it.??? Maybe she saw a boy in that park.☺?
hehe thnkx….
Hehe mi vaahahkaeh tha liyuntheriya foohivee ma avahah…..
woww! salhi… cnt wait fr the nxt part.. 😉 nw i am fan of u…vrhh salhi…. 🙂 🙂 🙂
thanks a billion….Really!!!!!!nice to hear that….and insha allah ll up soon….
Varah nice feshun… Hope u’ll continue the story till the end.. Wish u all the best prince… Waiting for the next part.. ??
Thankx all..sad to say this…during uploading last night..it a raised an error..n couldn’t upload…but once error is resolved ll upload ASAP…soryy…
Islah kohlanvy thankolheh….”ehchis”ehchethi my ragalhugoiy……anyway v rythi…….
thnkx…..
Cant wait 4 de nxt part fair prince…. avahah up kohdhechey.. gud lukk… luvin it… 🙂
thnkx….during uploading last night..it raised an error n couldn’t upload but once error is resolved ll upload ASAP…soryy
Varah reethi? but mee korean series eh “Love rain” eh nu? Hama eythin vaa gothah ?But anyways, eki meehun liyaanee eki gothah dhw ? gud luck ?
really????bt wrong guess……thnkx anyway
all readers….nxt part uploaded…thnks all
Awesome
Mi vaahakaige 2 vana prt kobaa tha?