Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަލިކާ (4)

Reems Level 110 Stories
November 8, 2015 5 Mins Read
11 Comments

ދުރުން ބަލާ މީހަކަށް އޭރު ދެ މީހުން ފެންނާނީ އެއްހިޔަންޏެއްގެ ގޮތުގައެވެ. ދެމީހުން މަސްތީ ދުނިޔެއަކަށް ގެއްލިފައި ތިބިއިރު  އެތަނަށް އިތުރު މީހަކު އައިކަން ވެސް ރޭކާ ނުލިއެވެ.

“އައިޝަތު މަލިކާ ހަމަމިހާރު ގެއަށް ދޭ!!!”

ސިއްސައިގެ ގޮސްފައި ދެމީހުންނަށް ދުރަށްޖެހުލެވުން އިރު ކައިރީގައި އައިޝާގެ ކުޑަބެ މާލިކު ރުޅިއައިސް ރަތްވެފައި ހުއްޓެވެ.

“މަންމަމެން ނެތް ވަގުތު ބަލާފައި ރަށަށް އަރާ ބީރައްޓެހިއްނާއިއެކީ މީ ދޯ ގަންނަ ގަނޑަކީ. ހަމަ މިހާރު ގެއަށް ދޭ. މަގޭ ހުއްދަ ނެތި ގޭންބޭރަށް ނުނުކުންނާތި” މާލިކު ރުޅިއައިސްގެން އަޑުލަމުން ދިޔައެވެ.

“ކުޑަބޭ މި ޒިފާނޭ. އެހެން ނޫނަސް އަހަރެން މީ ބޮޑުވެފައިހުރި މީހެއް. އަހަރެން މިތަނަށް އައީ ދޮންތަ ގާތުން ހުއްދަ ހޯދައިގެން. ޒިފާންއެއީ އަހަރެންގެ ބޯއީފްރެންޑް” އައިޝާ ވެސް ރުޅިއައިސް ގެން ބުނެލިއެވެ.

ކަންތައް މާ ގޯސް ވެދާނެހެން ހީވެގެން ޒިފާން އަވަހަށް އެދޭތެރެއަށް ވަނެވެ.

“މާލިކު އަހަރެން މިދަނީ އައިޝާ ގޮވައިގެން ގެއަށް”

ޒިފާން އައިޝާގެ އަތުގައި ހިފައިގެން ހިނގައި ގަތުމުން އައިޝާ ބުނެލިއެވެ.

“ސޮރީ އިނގޭ ރުޅިއައިމާ ބުނެވުނީ އެހެން”

“ހެހެހެ އެއީ މައްސަލައެއް ނޫނޭ އެހެން ނޫނަސް އައިޝާ ތީ އަހަރެންގެ މިލްކެއް. ދޯ” ޔަގީން ކޮއްލަށް ޒިފާން އައިޝާ އަތުގައި ކޮއްޓާލަމުން ބުނެލިއެވެ.

” ދެން ފޯރިހުންނާނެ .. އައިޝާ ފެމިލީ މީހުން އެތިބެނީ އައިޝާ ބޯއީފްރެންޑެއް ނުހޯދައިގެން. އެމީހުން ވަރަށް ކަންތައް ބޮޑުވޭ އައިޝާ މެރީ ނުކުރާތީ” އައިޝާ ކުޑަކޮށް ހިތްހަމަ ނުޖެހި ހުރެ ވާހަކަދެއްކިއެވެ.

“މައްސަލައަކީ އެމީހުންނަށް އަހަރެން މީހަކާއި އިންނަ ވަރަށް ބޮޑުކަމަށްވޭ އެކަމު އަހަރެންނަށް މިނިވަންކަމެއް ނޯވޭ. ވަރަށް ފޫހިވޭ”

“އައިޝާ ތީ އަންހެން ކުއްޖެއްވީމާ ޕްރޮޓެކްޓިވް ވާނެ ދޯ. އެމީހުން ބޭނުމެއް ނުވާނެ އައިޝާއަށް ދެރަގޮތެއް ވާކަށް. ސުވާލެއް ކޮއްލަންތަ؟ ކީއްވެ އައިޝާ ބޯއީފްރެންޑެއް ނުހާދޯ ތި ހުންނަނީ. ގައިމު އައިޝާއަށް ޕްރޮޕޯސް ކުރާނެ ބައިވަރު މީހުން” ޒިފާން ސުވާލުކޮށްލިއެވެ

“އައިޝާ ވަރަށް ލޯބިވާ މީހެއްގެ އިންތިޒާރުގައި ހުރީ ” އައިޝާ ރަކިވެލާފައި ބުނެލިއެވެ.

“ތި މީހަކީ އަހަންނަށް ވާނެ ނަމަ ކިހާ ރަނގަޅު. އައިޝާ ލިބޭނީ ވަރަށް ނަސީބު ގަދަ މީހަކަށް، މިރޭ އައިޝާ ގޭގައި މަޑުކުރޭ އިނގޭ” ޒިފާން އެހެން ކިޔާލާފައި ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

އައިޝާ ގޮސް ގެއަށް ވަނުމާއިއެކު ދޮންތަގެ ސުވާލުތަކާއި ކުރިމަތިވިއެވެ. އޭރުވެސް މާލިކު ހުރީ ރުޅިއައިސްފައެވެ. އެންމެ ފަހުން ނިންމީ އަނެއްރޭގެ ކެއުމަށް ޒިފާނަށް ދައުވަތުދީ ޒިފާނެގެ ޚިޔާލުތައް ހުރިނެތް ގޮތެއް ހޯދުމަށެވެ.

އައިޝާ ނިދަން އޮވެފައި ޒިފާނަށް ގުޅާލަން ހިތައްއެރިތަނުން ހަނދާންވީ ޒިފާންގެ ފޯނު ނަންބަރު ވެސް ނެތްކަމެވެ. އައިޝާއަށް ނިދުނުއިރުވެސް އޮތީ މިރޭ ހިނގާދިޔަ ކަންތަކާ ވިސްނާލަ ވިސްނާލައެވެ.

…………………………………………………………………………………………………………………….

އާ ދުވަހަކަށް އިރު އެރުމާއިއެކު ޒިފާން އަވަސްވެލީ ޑިއުޓީއަށް ދިއުމަށެވެ. ޕީކް ސީސަންކަމުން ރިޒޯޓްގެ މަސައްކްތައް ދިޔައީ ވަރަށް ބުރަކޮށެވެ. ވަގުތު ދިޔަގޮތް ވެސް ނޭނގި ހުއްޓާ އިރުއޮއްސުނުތަނުން އެރޭގެ ރޭގަނޑުގެ ކެއުންމަތިން ހަދާންވެގެން އަވަހަށް ރަށަށް ގޮސް އައިޝާގެ ގެއަށް ދާން މިސްރާބުޖެހިއެވެ. އަށެއް ޖަހާއިރު ދާނެމޭ ބުނެވިފައި އޮތުމުން ގެއާހަމައަށް ދެވުނު އިރު އައިޝާ އިންތިޒާރުގައި ހުއްޓެވެ. އައިޝާ ހުރީ ކުޑަކޮށް ހާސްވެފައިކަން މޫނުމަތިން ފެނުނެވެ.

“ރިލެކްސް އެވްރީތިންގްސް ގޮނަރ ވޯކްއައުޓް ފައިން އިންޝާﷲ ” ޒިފާން އައިޝާގެ ހިތްހަމަޖައްސަދިނުމަށް ބުނެލިއެވެ.

ބަދިގެއަށް ގޮސް ވަތްއިރު އަޢިޝާގެ ދޮންތައާއި ކުޑަބެއާއި ތިއްބެވެ. ކާންތިބެގެން ޒިފާނާއި ބެހޭގޮތުން އެކި ސުވާލުކޮށް ފާއިތުވި 10 އަހަރު ތެރޭ ޒިފާންގެ ދިރުއުޅުން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ މަޢުލޫމާތު ހޯދިއެވެ. ކާން ތިއްބާ ބަދިގެއަށް އައިސް ވަން ދެމީހުން ފެނިފާ އެންމެންގެ ވެސް މޫނުމަތިން އުފާވެރިކަން ފެނުނު އިރު ޒިފާންއިނީ ފިކުރު ބޮޑުވެފައެވެ. އައިޝާގެ މަންމައާއި ބައްޕަ އައުމުން އެމީހުންވެސް ކެއުމުގައި މަޝްއޫލުވެފައި ގެއަށް އައިސް އިން މެހެމާން އެއީ ކާކުތޯ އޮޅުން ފިލުވިއެވެ. އައިޝާގެ ދޮންތަ މަލީހާ، ޒިފާންގެ ވާހަކަ ކިޔާދީ ނިންމިއިރަށް އައިޝާގެ މަންމަ މަރިޔަމް ކާން އިދެނފައި ތެދުވިއެވެ. މިތަން ފެނިފައި އެންމެން ވެސް ބުނާނެ އެއްޗެއް ނޭގިފައި ތިއްބާ މުޅި ކާކޮޓަރި ތެރޭ އިވުނީ މަރިޔަމްގެ ރުޅިވެރި ބަސްތަކެވެ.

“އަހަރެން ލޯބިވާ ދަރިފުޅު މަލީހް ގެ ގާތިލް. ހުރި ލަދުކުޑަކަން ބަލާބަލަ މިގެއަށް އައިސް އިންއިރު. ކަލޭ މެން މިތާމިތިބަ އެންމެނަށް ހަމަ ސާބަސް. މި ނޫން މީހަކު މިގެއަށް ވައްދަން ނޭގުންތަ”

ޒިފާނަށް ހީވީ މީހަކު އޭނަގެ މޫނު މަތީ އެއްޗަކުން ޖެހިހެނެވެ. އެތާ ހުންނަން ވެސް ނުކެރި ގެއިން ނުކުތުމަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. އެވަގުތު އައިޝާ ފަހަތުން އަންނަން ފެށުމުން އަނެއްކާ ވެސް އައިޝާގެ މަންމަ މަރިޔަމްގެ ރުޅިވެރި ބަސްތައް އިވުނެވެ.

“ޚަބަރުދާރު އައިޝާ އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅައިގެން ނުވާނެ. ހިތާވާން ވެސް އެނޫން މީހަކު ނުފެނުނީތަ. ބަލަ އެއީ އައިޝާ ދޮންބެ މަރާލިމީހާއޭ. ހަދާންވެސް ނެތުނީތަ”

“ނޫން ނޫން މަންމާ ޒިފާނަކީ ކުއްވެރިއެއް ނޫން” އައިޝާ ރޮމުން ވާހަކަ ދައްކަނިކޮށް ޒިފާން އެގެއިން ނުކުމެގެން ދިޔައެވެ.

ޒިފާން އެގެއިން ނުކުމެގެން މިސްރާބު ޖެހީ ފުއްޓަރުފަރާތު ގޮނޑުދޮށާއި ދިމާލަށެވެ. އެއިރު ޒފާންގެ ބޮލުތެރޭ ވަރުގަދަ ހަނގުރާމައެއް ކުރަމުންދެއެވެ. މާޒީގެ ޞަފްހާތަށް އުކިގެން ދިޔައިރު ހިތް އޮތީ ރޯލަ ރޯލައެވެ. ޒިފާން އެންމެ ލޯބިވާ އައިޝާ ޒިފާންގެ މީހަކަށް ހެދޭނެކަމުގެ އުއްމީދުގެ އަލިކޮޅު ނިވޭހެން ހީވާތީއެވެ. މީގެ 10 ވަރަކަށް އަހަރުކުރިން ހިނގި އެ ހާދިސާ ފިލްމެއްގެ މަންޒަރުތައް ލަސްކޮށްލާފައި ފެންނަފަދައިން ޒިފާނަށް ސިފަވަމުން ދިޔައެވެ، އަދި ޒިފާންގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ.

“މީހުން ދެކޭ ގޮތަށް އަހަންނަކީ ގާތިލެއްހެއްޔެވެ. ”

ޒިފާން ހީވެސް ނުކޮށް ހުއްޓާ ހަޔާތަށް މިއައި ކޮޅިގަނޑާ ކުރިމަތިލާނެ ގޮތެއް ޒިފާނަށް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ. އެތަށް އިރަކު ވިސްނަން ހުރެފާ ގެއަށް ދިޔައިރު މަންމަ އާއި ބައްޕަ ވެސް ގެއަށް އައިސް އުޅެއެވެ. ޒިފާން ފެނުމުން މަންމަ ޒާހިޔާ ހުރީ އުފަލުން ފޮޅިފައެވެ. އަދި ރަށުގައި ދިރިއުޅެއް އައިކަން އެނގުމުން އުފަލުގެ ކަރުނަތައް ލޮލުގައި ބަބުޅާލިއެވެ. ޒިފާންގެ ހާލަތު މަންމައަށް އިހުސާސް ނުވިއެއްކަމަކު ޒިފާންގެ ބައްޕަ ނާފިޒަށް ކަމެއް ގޯސްކަން ވަގުތުން އެނގުނެވެ. އެހެނެއްކަމަކު ޒާހިޔާ އެހާ އުފާވެފައި ހުރުމުން ފަހުން ޒިފާނާއި ވާހަކަ ދައްކާލަށް ނިންމިއެވެ.

ޒިފާން ވިސްނުމަކަށް ގެއްލިފައި ކޮޓަރީގައި އޮއްވާ ދޮރުގައި ޓަކި ދޭ އަޑު އިވިގެން ގޮސް ހުޅުވާލިއިރު ނާފިޒު އައިސް ހުރުމުން ވަނުމަށް ތަންދައްކާފައި ގޮސް އެނދުގައި އިށީންދެލިއެވެ.

“ދަރިފުޅާ، ކަމެއް ގޯސްހެން ބައްޕައަށް ހީވާތީ ވާހަކަ ދައްކާލަން މިއައީ. ވެގެން އުޅޭ ގޮތެއް ކިޔާދީބަލަ” ޒިފާންގެ ކޮނޑުގައި ފިރުމާލަމުން ނާފިޒު ބުނެލިއެވެ.

ޒިފާން ހުރިހާ ވާހަކައެއް ކިޔާ ދީ ނިމުންއިރު ނާފިޒުވެސް އިނީ ކަންބޮޑުވެފައެވެ. އަދިވެސް މަރިޔަމް ޒިފާނަށް މާފްނުކުރަނީކަން ޔަގީންވިއެވެ.

“ބައްޕާ އަޅުގަނޑު ބޭނުން އައިޝާއާއި ކައިވެނިކުރަން. ވަރަށް ލޯބިވޭ”

“ދަރިފުޅާ ބައްޕަ އިރާދަކުރެއްވިއްޔާ މާދަން އައިޝާގެ ބައްޕައާއި ވާހަކަ ދައްކާނަށް”

……………………………………………………………………………………………………………….

ހެނދުނު ހޭލައިގެން އައިޝާ ސިޓިންގ ރޫމަށް ވަތްއިރު ދެލޯ ހުރީ ރޮއިރޮއި ދުޅަވެފައެވެ. އައިޝާއާއި ދޭތެރޭ އެންމެން ހަމްދަރުދީ ވެގެން އުޅުނު އިރުވެސް މަރިޔަމް އިނީ ހަމަ ރުޅިއަސް ރަތްވެފައެވެ.

ޓީވީން އައި ޕްރޮގްރާމަކަށް ގެއްލިފައި ތިއްބާ އައިޝާގެ ބައްޕަ އުމަރު ސަލާމް ގޮވާލަމުން ގޭރެއަށް ވަދެގެން އައީ ނާފިޒު ، ޒާހިރާ އަދި ޒިފާން ގޮވައިގެނެވެ. ގޭތެރޭ ތިބި މީހުން އެކަކު އަނެކަކަށް ބަލަ ބަލާ ތިއްބެވެ.

“އުމަރު ތީ ކޮންކަމެއް. އަހަރެން ބޭނުމެއް ނޫން ޒިފާން މިގެއަށް ވަންނާކަން. ވެދިޔަ ކަންތައް ހަނދާން ނައްތާލައިފައި އަހަރެން ޒާހިރާގެ ދެމަފިރިންނަށް ވާހަކަ ދައްކާ އުޅުނެއްކަމަކު އަހަރެންގެ ދަރިފުޅުގެ ގާތިލަކަށް އަހަރެން މާފެއް ނުކުރާނަށް. ދުވަހަކު ކޮޅުން ވެސް ނުކުރާނަން” މަރިޔަމް ހަށަންބަދެލައިގެން ހުރެ ބުނެލިއެވެ.

“މަރިޔަމް ވިސްނާލަބަލަ އައިޝާއަކީ ވެސް މަރިޔަމްގެ ދަރިއެއް .. ދުނިޔޭގައި ހުރި ދަރިއެއްގެ އުފާތަކަށޭ ތިއަރައިގަނެވެނީ. ޒިފާން ބޭނުންވޭ އައިޝާއާއި ކައިވެނިކުރަން. ” އުމަރު ބެލީ މަރިޔަމަށް ވިސްނައިދެވޭތޯއެވެ. އެއަޑު އިވިފައި އައިޝާގެ މޯޅިވެފައި އޮތް  ހިތައް އުފާވެރިކަން ގެނުވިއެވެ.

“އެންމެން އާދޭ މިތާ ތިބެ މިކަމާއި ވާހަކަދައްކަން” އުމަރު އެދުނެވެ.

“މަރިޔަމް ދައްތާ އަހަންނަށް މާފުކުރޭ.” ޒިފާން އާދޭހާއިއެކު ބުނެލިއެވެ.

“މާފުކުރާށޭ އެއްވެސް މަޔަކު މާފުނުކުރާނެ ވަރު ކަމެކޭ އެއީ” މަރިޔަމް އިނީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ.

“މަންމާ ޒިފާން އަކީ ގާތިލެއް ނޫން” އައިޝާއަށް މަޑުން ނުހުރެވިގެ ބުނެލިއެވެ.

ގޭތެރޭ އަޑުގަދަވެގެން ކޮޓަރިން ނުކުތް މަލީހާގެ ފިރިމީހާ ހުސެއިން އައިސް ހުއްޓިލި ވަގުތު އައިޝާއެހެން ބުނުމުން ހުސެން ބުނެލިއެވެ.

“މަށަށް އަޑު އިވިފައި އޮތް ގޮތުގައި އެ ދުވަހު އެކަމެއް ވީ އެކުދިން ކުޅެއް އުޅުމުގެ ތެރޭގައި.އެހެނެން ނޫންތަ އެކަން ހިނގީ”

“އަހަރުމެން އެދުވަހު އުޅުނީ ހިރިކުޅެން . ކުޅެކުޅެ ފޫހިވާ އަތަށް އެޅީމާ މަލީހު މަގޭ ކައިރީ ބުނި ކުރުނބާ އަޅަންދާން ވަޅި ހިފައިގެން އަންނާށޭ. އަހަރެން ދިޔައިމާ ވެސް އެމީހުން އުޅުނީ ހިރިކުޅެން. ގެއަށް ދިޔަތަނުން މަންމައަށް ކާށި އެހެދޭން ހަދައިގެން ކުޑަކޮށް ލަސްވީމަ އަހަރެން ވަޅި ހިފައިގެން ދިޔައީ ދުވެފައި. ގޯޅި އެޅިތަނުން އަހަރެންގޮސް ލައިގަތީ މަލީހުގެ ގައިގާ އޭރު މަގޭ އަތުގައި އޮތް ވަޅި އޮތީ މަލީޙުގެ މެއަށް ހެރިފައި. ހޯސްލާފައި ލޭ ފައިބަންފެށި. ދެން އަހަންނަށް ހޭވެރިކަން ވީއިރު އޮތީ ސިއްހީ މަރުކަޒުގައި. އޭރު އެންމެންތައް ރޯއަޑު އިވޭ. ކައިރީ އޮތް އެނދުގައި މަލީހު އޮތް އިރު ލޭ މަނާ ނުވެގެން އުޅޭތަން ފެނިފައި އަހަރެން އަނެއްކާ ވެސް އަނބުރައިގަތީ. އެގޮތަށް ހެއަށް ގޮތް ވެ ވެ އޮތީ. ދެން ހޭ އެރިއިރު އޮތީ އައިޖީއެމްއެޗް ގައި އެޑްމިޓް ވެފައި. މަންމަ ބުނީ މާ ގިނައިން ލޭ ފޭބުމުގެ ސަބަބުންނާއި ފުއްޕާމެއަށް ލޭ އެޅިގެން މަލީހު މިދުނިޔެ ދޫކޮށްދިޔަ ވާހަކަ. އޭގެ ފަހުން އަހަރެން ރަށަކަށް ނާންނަށް. އަހަންނަކީ ކުއްވެރިއެއް ކަމަށް އަހަންނަން ގަބޫލު ކުރެވޭ. އެކަމަކު އަހަންނަކީ ގާތިލެއް ނޫން. އެއީ އަހަރެން ގަސްދުގައި ކުރިކަމެއް ނޫން. ޒިފާން ވާހަކަ ކިޔާ ދީ ނިމުން ހުރި ހުރީ ރޮވިފައވެ. މަރިޔަމް ވެސް ރޮނީއެވެ އައިޝާ ވެސް ރޮނީއެވެ.

…………………………………………………………………………………………………………………

“އަނބި ގަބޫލުކޮށްފިން” ޒިފާން އެހެން ބުނެލުމާއި އެކު އައިޝާގެ މޫނު ރަކިވެގެން ދިޔައެވެ. މިރެއަކީ އައިޝާއާއި ޒިފާންގެ ހަޔާތަށް ވަރަށް ވެސް އުފާވެރިރެއެކެވެ. އައިޝާގެ މަންމަ މަރިޔަމްއަށް ވިސްނައިދީ ނަސޭހަތްލާދީ ހަދައިގެން ދެކުދިންގެ ކައިވެންޏަށް އެއްބަސްވިއެވެ. ކައިވެނީގެ ހަފްލާ ނިމުމާއިއެކު ފެށިގެން ދިޔައީ ކައިވެނީގެ އުފަލުގައި ބާއްވާ ޕާޓީއެވެ. ޕާޓީއަށް އައި މެހެމާނުންނާއި އިސްތިގުބާލުކުރަން ތިބި އައިޝާއާއި ޒިފާންގެ ޖޯޑު ތިބިއިރު ޕާޓިއަށް ވަންނަން އައި ކޮންމެ މީހަކަށް ވެސް ދިޔައީ ހައިރާންކަމެއް ލިބިގެނެވެ. ޒަމާނީ ގޮތަށް ހެދުން އަޅަމުންއައި އައިޝާ މިރޭ ތައްޔާރުވެލައިގެން ހުރިއިރު ހުރީ ގަޔަށް ދޫ ހެދުމަކާއިއެކު ބުރުގާއެއް އަޅައިގެނެވެ. ޒިފާން ކައިވެންޏަށް އެދެމުން އައިޝާގާތުން އިތުރަށް އެދުނުކަމަކީ އެއީއެވެ.

ކައިވެނީގެ ހަފްލާ ނިމުމުން ދެމީހުން ގެއަށް އައިސް ވަނުމުން ޒިފާން އެދުނީ ވަރަށް އަވަހަށް ހެދުން ބަދަލުކޮށްލުމަށެވެ. މިރެއަށް ވަރަށް ފޮނި އުއްމީދުތަކެއް ދެކެމުން އައި އައިޝާ ހުރީ ދެރަވެފައެވެ. މިގަޑީގައި އަނެއްކާ ކޮންކަމެއް ޖެހުނީބާއޭ ހިތައްއަރާ ތައްޔާރުވެލައިގެން ނުކުތުމުން ޒިފާން އެދުނީ ޒިފާނާއިއެކު ހިނގާލަށް ދިއުމަށެވެ.

އަތު ގުޅުވާލައިގެން ތިބެ ދެމީހުން ގެއިން ނުކުތުމަށްފަހު މިސްރާބުހުރީ ރަށު ސްކޫލާއި ދިމާލަށެވެ. ހިނގަމުން ގޮސް އެދިމާ ޖެޓީއާއި އަރާހަމަވިއިރު ފެނުނު މަންޒަރުން އައިޝާގެ ދެލޯ ފެންކަޅިވިއެވެ. ފޯސީސަން ރިޒޯޓާއި ހުރާއާއި ދެމެދު ދަތުރުކުރާ ކުޑަ ކުޑަ ޑިންގީ އޮތީ ޖަސްޓް މެރީޑް ޖަހާ ބޮކިފަތިލާ ޒީނަތްތެރިކޮށްލާފައެވެ. ޒިފާން އައިޝާގެ އަތުގައި ހިފައިންގެ ގޮސް އެއަށް އެރުމާއިއެކު މިސްރާބުޖެހީ ފޯސީސަން ރިޒޯޓާއި ދިމާލަށަށެވެ. ރިސޯޓަށް އަރާ ތަންކޮޅަކަށް ދެވުމާއިއެކު އަނެއްކާވެސް ދެމީހުނާއި އިސްތިގްބާލުކުރީ އެރެއަށް ޒީނަތްތެރިކޮށްލާފައި އޮތް ބަގީއެކެވެ. އައިޝާއިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ބަގީ ދުއްވަމުން ގޮސް ވޯޓާވިލާއާއި ހަމަކޮށްލުމުން ޒިފާން އައިޝާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އައިޝާ ފަހަތުން ގޮސް ޒިފާންގައިގައި ބައްދާލިއެވެ.

“ތެންކިޔު ފޮރ އެވްރިތިން. ޑްރީމް ކަމް ޓްރޫ ވެއްޖެ.” އައިޝާ ލޯބިން ބުނެލިއެވެ.

ޒިފާން އައިޝާ ގެނެސް މެޔާލާ ބޮނޑިކޮއްލުމަށްފަހު މަޑުމަޑު ތުންފަތުގައި ބޮސްދިނެވެ.

“އައި.ލަވް.ޔޫ” އައިޝާ ވައިއަޑަކުން ބުނެލިއެވެ. “އައިޝާ އިންތިޒާރުކުރީ ޒެފަށް. އައިޝާ ކުޑައިރުއްސުރެ ވެސް ލޯބިވަނީ ޒެފްދެކެ” މިހެން ބުނަމުން ޒިފާންގެ ތަނަވަސް މޭމަތީގައި މޫނު ފޮރުވާލިއެވެ.

“އައި.ލަވްޔޫ ޓޫ. އައިޝަތު މަލިކާ. ޕްރިންސަސް އައިޝާ” ޒިފާން އެހެން ބުނުމާއިއެކު އައިޝާ އުފުލާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. 10 އަހަރު ފަހުން ޒިފާންގެ ހަޔާތަށް ބަހާރު މޫސުމްއައީއެވެ. ޒިފާންގެ ހިތުގެ މަލިކާ ޒިފާނަށް ލިބުނީއެވެ.

(ނިމުނީ)

 

 

 

 

Share Article

Follow Me Written By

Reems

Level 110 Stories

Other Articles

Previous

އިންތިޒާރު ( 28 )

Next

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ- 3

Next
November 8, 2015

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ- 3

Previews
November 7, 2015

އިންތިޒާރު ( 28 )

11 Comments!

  1. isha says:
    November 8, 2015 at 11:43 am

    vrh fake vaahakaeh… ehvxx reehcheh noon…

  2. mode says:
    November 8, 2015 at 11:45 am

    ishaa thibuneee hama rangalhah……. ehves reeehcheh noon… varah hadi mi vaaahaka……

  3. mish says:
    November 8, 2015 at 12:00 pm

    hadiyeh noon ekamaku ninmun a haa reehcheh noon

  4. UHAF says:
    November 8, 2015 at 12:16 pm

    NIMUNVES REETHI, VAAHAKA VES V REETHI HAMA KIYAA HITHUN INDHAA NIMUN GOYVES NEYGE, GOOD LUCK REEM FOR UR NEXT STORY….

  5. Liyuntheriya says:
    November 8, 2015 at 7:20 pm

    Reems
    It seems to me that no girl with an ounce of sensitivity in her would marry the murderer of her brother, unpremeditated and unintentional though the act may be. In literature as in real life symbolism counts.
    The symbolism in your story is bad as is the melodramatic ending. A more effectivie and certainly credible ending would be for the girl to wreck the love relationship, realizing that her parents would never accept her partner into the family as a son-in-law. I don’t know why I’m reading and commenting on your stories when in actual fact I don’t give
    more than a skimming glance to most other stories in this site,
    contributed by teenage amateur writers.Any way I do wish you well
    and sincerely hope that you will flower into a fine writer!

  6. Someone says:
    November 9, 2015 at 11:00 pm

    M sorry liyuntheriyaa but I can’t agre with your thought… In reality also we make mistakes. No one is perfect. Everyone deserves a second chance… And as far as this story is concerned let me tell you that zifan didn’t kill her brother intentionally it was an accident… So why should he suffer when he was guilty for his mistake?! No hard feelings. Told the way I felt cox Allah S.W also forgives people if he/she wants to reform themselves…… Nd reems if the ending was good this may have sound one… Good luck.. May Allah grant success in future ??

  7. Yoohaa says:
    November 10, 2015 at 11:26 am

    Liyuntheri aa ah maa bodah ingigane gen noolhebala heyonuvaane.. mi vaahaka varah reethi..

  8. Liyuntheriya says:
    November 10, 2015 at 12:54 pm

    Someone
    I have given my opinion in good faith based on what I have felt.You
    are entitled to yours.

  9. Faxoo says:
    November 14, 2015 at 7:57 pm

    reems varah reethi ingey mibai ves 🙂 pls up load next part soon

    1. Faxoo says:
      November 14, 2015 at 7:59 pm

      i mean please up load next STORY soon 🙂

  10. Someone says:
    December 1, 2015 at 1:38 pm

    Liyuntheriyaa
    Same here… But it clearly shows that your opinion is totally opposite and it also shows that you don’t really respect others feelings… Sorry if I was rude… But that was my opinion

Comments are closed.



All Right Reserved!