Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ސަތާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
November 8, 2015 10 Mins Read
37 Comments

“އެއީ ތެދެއް.” ނަވާޒް އިސްއުފުލައި ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއާއެކު ޔޫނުސް ގަނޑުވެގެން ދިޔައެވެ. އޭނައަށް އޭނަގެ ކަންފަތަށް އިތުބާރުކުރަން ދަތިވިއެވެ. އަނެއްކާވެސް މުޅި ތަނަށް މަރު ހިމޭންކަމެއް ވެރިވިއެވެ. މިފަހަރު އެއްފަރާތަކުން މުވައްޒަފަކު ގޮވާލުމުން ވެސް ޔޫނުސްއަކަށް އަޑެއް ނުއިވުނެވެ. އޭނައަށް ނަވާޒް ބުނި އެއްޗެއް ޤަބޫލުކުރަން ނޭނގިފައި އިނދެވުނުއިރު ނަވާޒް އެހެން ބުނީ ކީއްވެތޯ އޭނަގެ ސިކުނޑި ސުވާލުކުރަމުން ދިޔައެވެ.

 

ޔޫނުސް އަނެއްކާވެސް ބަހެއް ބުނެލަން ނޭނގިފައި އިންތަން ފެނިފައި ނަވާޒް އޭނައަށް އެހީވެދޭން ބޭނުންވިއެވެ. އެހެންކަމުން އޭނަ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އެއީ މީގެ 9 ވަރަކަށް އަހަރު ކުރިން. އަހަރެން ޝަހީމާއާއެކީ އުޅެމުން ދިޔައީ ވަރަށް އުފަލުގަ. އޭރު އަހަރުމެންނަށް ލިބިފައި ހުރި ފިރިހެން ދަރިފުޅަށް 17 އަހަރުވީ. ނޭނގެ ކީކޭ ހިތަށް އަރައިގެން ކަމެއް އަހަރެން ޝަހީމާ ވަރިކުރަން ނިންމީ. ލިބިފައި ހުރި ނިޢުމަތަށް ޝުކުރު ނުކުރެވުނީތީ ކަންނޭނގެ ހީވީ އެހެން މީހަކާ އިނީމަ މާ އުފާވާނެއޭ. އަހަރެން މަޑުމަޑުން ޝަހީމާއާއި އަހަރުމެންގެ ދަރިފުޅާއި ދުރުވާން ފެށިން. އެމީހުންނާއި ދިމާލަށް އެއްވެސް ސަބަބަކާނުލާ އެއްޗެހި ގޮވިން. އަހަރެން ޝަހީމާ ވަރިކުރި ދުވަހު ޝަހީމާއަށާއި ދަރިފުޅަށްވެސް އަނިޔާކުރިން. އެދުވަހު ދަރިފުޅު ބުނަންވެސް ބުނި މިއަށްވުރެ ރީތިކޮށް ވެސް ތިމަންނަމެން ބޭނުންނުވާ ވާހަކަ ބުނެވިދާނެއެއްނޫންހޭ. އަހަރެން އޭގެ ބަދަލުގަ އޭނަ ގެއިން ނެރެލީ. އަދި ޝަހީމާވެސް ގެއިން ނެރެލީ. އެމީހުން އަހަންނާ ވަކިވިތާ މަސްތަކެއްފަހުން އަހަރެން އާސިޔާއާއި އިނީ. އެއަށްފަހު އަހަރެން އެމީހުންނަށް ފައިސާއެއް ވެސް ނުފޮނުވަން. ނޭނގޭ އެމީހުން އުޅެންޖެހުނު ޙާލެއްވެސް. ޝަހީމާއަކީ އެކަނިމާއެކަނި އުޅުނު އަންހެނެއް. އަހަރެންގެ ދަރިފުޅު…..” ނަވާޒްއަށް އޭނަގެ ވާހަކަ އެހާ ހިސާބަށް ގެންދެވުނުއިރު އޭނަގެ އަރުތެރެ ބެދުނެވެ. ނަވާޒް ހިތާމަވެރި ގޮތަކަށް އިސްޖަހާލިތަން ފެނިފައި ޔޫނުސްގެ ހިތަށް އަސަރުކުރީ ކީއްވެކަމެއް ނޭނގެއެވެ. އޭނަގެ ލޮލުން ކަރުނަ ހިލެން ފެށިހެން ހީވި ވަގުތު ޔޫނުސް އެސްފިޔަ ޖަހަމުން ދުރަށް ނަޒަރު ހިންގާލިއެވެ. އަދި އޭނަ ހިތާމަކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އަމިއްލަ ހިތަށް ވިސްނައިދިނެވެ. ނަވާޒް މިހާރު ވެސް އެ ވާހަކަތައް އެ ދައްކަނީ މީހުންގެ ސަމާލުކަން ހޯދަންކަމަށް ޔޫނުސްއަށް ނިންމުނެވެ. ނަވާޒް އެހާވަރަށް އޭނައާއި އޭނަގެ މަންމައަށް ޙަމްދަރުދީވާނަމަ ކުޑަމިނުން އެމީހުން ބަލާލަން އައީހެވެ.

 

 

“އަހަރެން އެމީހުންނަށްޓަކައި މިހާ ހިތާމަ ކުރަންޏާ އަހަރެން އަނބުރާ ނުދިޔައީ ކީއްވެހޭދޯ؟ އަހަންނަށް އެ މީހުންގެ އަގު ވަޒަންވީ އަހަންނަށް ލިބުނު އާ ޢާއިލާ އަހަންނަށް ގެއްލުނުފަހުން. އާސިޔާއާއި އަހަރުމެންގެ ދަރިފުޅު ނިޔާވި ފަހުން އަހަންނަށް އެނގުންވީ އަހަންނަށް ފަސްދެވުނީ ކިހާ ބޮޑު ނިޢުމަތަކަށްކަން. އެއަށްފަހު އަހަރެން އަނބުރާ ދާން ބޭނުންވި. އެކަމަކު އަހަންނަށް ނޭނގުނީ އޭރު މާ ލަސްވެއްޖެކަން. އަހަރެންގެ އަލަތު ދަރިފުޅުގެ ހިތުގައި އަހަންނަށްޓަކައި އޮތް ރުޅިވެރިކަން 9 އަހަރު ފަހުން ވެސް ކުޑައެއްނުވޭ. އަހަރެން ބައްދަލުކުރަން ދިޔަ ދުވަހު ދަރިފުޅުގެ ލޮލުން އަހަންނަށްޓަކައި ނަފްރަތު ފެނިފައި ހިތަށް ކެތްނުވާވަރުވި. މާޒީ ބަދަލުކުރެވިދާނެނަމައޭ ހިތަށްއެރި. ބުނަން ބޭނުންވި ދަރިފުޅު ކައިރީގަ ބައްޕައަށް މާޒީ ބަދަލު ނުކުރެވޭނެއޭ. އެކަމަކު ހަމަ ޔަޤީންވި ދަރިފުޅު އަޑެއްނާހާނެކަން……….އެއީ ދަރިފުޅުގެ ކުށެއްނޫން ޙަޤީޤަތުގަ. ދަރިފުޅުގެ ހިތް އެހާ ހަރުވީ ދަރިފުޅުގެ ބައްޕައަށް ކަންތައް ކުރެވުނު ގޮތުން. އެކަމަކު ބައްޕަ ދަރިފުޅުމަތިން ހަނދާންވާ މިންވަރު ދަރިފުޅަށް އެނގޭނެނަމައޭ ހިތަށްއަރާ. ދަރިފުޅު ކައިރީގަ ނެތިގެން ކަރުނައެޅީ ކިތައްރޭ ކަމެއްވެސް ނޭނގޭ…….ކޮންމެ ގޮތެއްވިޔަސް ވަރަށް އުފާވޭ ދަރިފުޅު ކާމިޔާބުވާތަން ފެނިފަ. ފަޚުރުވެރިވެފަ އެންމެން ކައިރީގަ ބުނަން ބޭނުންވޭ އެއީ އަހަރެންގެ ދަރިފުޅޭ. އެކަމަކު ދަރިފުޅު ބައްޕައާއި އެއްވެސް ގުޅުމެއް އޮންނަކަން އެހެން މީހަކަށް އަންގަން ބޭނުންނުވާނެހެން ހީވާތީ ނުބުނަނީ.” ނަވާޒް އޭނަގެ ވާހަކަ ނިންމާލަމުން އިސްއުފުލާލިއިރު އޭނަގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. އެވަގުތު އޭނަގެ ކުރިމަތީގައި އިން ޔޫނުސްގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމާއި ހިތާމަވެރިކަން އެކުލެވޭ އަސަރެކެވެ. ބައްޕައަށް މަޢާފުކުރަންވީ ކަމުގައި ބުނެ ޔޫނުސްގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އެހެނަސް މާ ގިނައިރެއްނުވެ ކުރިން ދުވަހު މިޞްބާޙް އޭނަ ކައިރީގައި ދެއްކި ވާހަކައެއް އޭނަގެ ސިކުނޑި ހަނދާންކޮށްދިނެވެ. ނަވާޒްގެ އެހެން ޅަ ކުއްޖަކު ހުންނަ ވާހަކައެވެ. ހަމަ އެއާއެކު ނަވާޒް މިހާރުވެސް ހެދެނީ ކަމުގައި ޔޫނުސްގެ ހިތް ބުންޏެވެ.

 

 

މުވައްޒަފަކު އިހުނަށްވުރެ ތަންކޮޅެއް ބާރަށް ޔޫނުސްއަށް ގޮވާލި އަޑަށް އޭނައަށް އެދިމާލަށް ބަލާލެވުނެވެ. އެވަގުތު ކެމެރާގެ ފުރަގަހުގައި ހުރި މާއިޒް އިންޓަވިއު ނިންމާލަންވީކަމަށް ދެއަތުން ޢިޝާރާތް ކުރިއެވެ. އެއާއެކު ޔޫނުސް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފެތުރޭތޯ ބަލަމުން ނަވާޒަށް ބަލާލިއެވެ.

 

“ވަރަށް……އަސަރުގަދަ ވާހަކައެއް. އަޅުގަނޑުމެން އެދެނީ މަނިކުފާނުގެ އިޙްޞާޞްތައް މި ވެބިނާރ މެދުވެރިކޮށް ވިޔަސް މަނިކުފާނުގެ ދަރިފުޅާއި ހަމައަށް ފޯރުން. އަދި މަނިކުފާނަށް ކުރިއަށް އޮތް އިންތިޚާބުން ވެސް ކާމިޔާބީއެއް ލިބުން. ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑުމެންނަށް މި ފުރުޞަތު ދެއްވީތީ.” ޔޫނުސް އެހެން ބުނެލަމުން ސަލާމަށް އަތް ދިއްކޮށް ނަވާޒާއި ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. ޔޫނުސްއަށް މާ ކައިރިއަށް ނާދެވެނީސް ނަވާޒް ވެސް ގަދަކަމުން ހިނިތުންވެލަމުން ތެދުވެގެން ގޮސް ޔޫނުސްގެ ކައިރިއަށް ގޮސް ސަލާމަށް ދިއްކުރެވިފައިވި ޔޫނުސްގެ އަތުގައި ހިފިއެވެ. ރާއްޖެ ޕްރެސްގެ މުވައްޒަފަކު އިންޓަވިއު ނިމުނީ ކަމަށްބުނި ވަގުތުވެސް ޔޫނުސްއާއި ނަވާޒް ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އަދިވެސް ހިތާމަވެރިކޮށް ހުރި ނަވާޒްގެ މޫނު ޔޫނުސްގާތު އެތައް ވާހަކައެއް އެއްފަހަރާ ބުނި ފަދައެވެ. މިހާރު ނަވާޒް ހެދެންވީ ކާކަށްހެއްޔޭ ޔޫނުސްގެ ހިތް ބުންޏެވެ. އެހެނަސް އެއީ އޭނަ ނަވާޒާއިބެހޭ ނުބައި ވާހަކައެއް ލިޔެފާނެތީތާއޭ ޔޫނުސްގެ ހިތަށް އެރި ވަގުތު އޭނައަށް ނަވާޒްގެ އަތުން ދޫކޮށްލެވުނެވެ. ނަވާޒަށް ކުޑަކޮށް ސިހިފައި އޭނަގެ އަތާއި ދުރުވި ޔޫނުސްގެ އަތަށް ބަލާލެވުނެވެ. އެއަށްފަހު އަނެއްކާވެސް ޔޫނުސްއާއި ދިމާލަށް ބަލާލިއެވެ. އޭގެ މާ ގިނައިރެއްނުވެ ޔޫނުސް އޭނައަށް ފަސްދީފައި އެތާ ހުރިހާ އެއްޗެއް ޕެކްކުރަން ތިބި މުވައްޒަފުންގެ ކައިރިއަށް ދިޔައެވެ. އެ މަންޒަރު ފެނިފައި ނަވާޒްގެ މޭގައި ރިހުމެއް އުފެދުނެވެ. ޔޫނުސް ވަރަށް އަވަހަށް އޭނައަށް ނުވެސް ފެންނަ ހިސާބަކަށް ގޮސްދާނެ ކަމަށް ހިތް ބުނި ހިނދު އެ ރިހުން ތޫނުވެ މުޅި މެއަށް ފެތުރެން ފެށިއެވެ. ޔޫނުސް ކައިރި މަޑުކުރާށޭ ބުނަން ހިތަށްއެރިއެވެ. އަންހެނުން ގޮވައިގެން އައިސް ބައްޕަ ކައިރީގައި އުޅެން އައުމަށް އެދެން ބޭނުންވިއެވެ. ޔޫނުސް އެ ޚިޔާލާއި އެއްބަސްވެދާނެއޭ ހިތައި ނަވާޒަށް ކުރިއަށް ފިޔަވަޅެއް އެޅުނެވެ. އެހެނަސް އޭނަގެ ފިޔަވަޅުތައް އިތުރަށް ކުރިއަށް ނުދިޔައީ ޔޫނުސްގެ ގެއަށް ދިޔައިރު ކަންތައް ވީގޮތް ހަނދާންވެފައެވެ. ޔޫނުސް އަނެއްކާވެސް އޭނައާއި ދިމާލަށް އެފަދަ ބަސްތަކެއް ބުނެފިނަމަ މިފަހަރު އޭނައަށް ވާނެ ގޮތެއް ނޭނގެއެވެ. ޔޫނުސް ދެން ހަމަ ދުވަހަކުވެސް ދަރިފުޅެއްގެ ޙައިސިއްޔަތުން އޭނައާއި ވާހަކަ ނުދައްކާނީބާއޭ ނަވާޒްގެ ހިތް ބުންޏެވެ. އެ ސުވާލުގެ ޖަވާބަކަށް ސިކުނޑި އާނއެކޭ ބުނުމުން ނަވާޒް އެ ޖަވާބާއި އެއްބަސްވާން ބޭނުންވިއެވެ. އެ ނޫން ގޮތަކަށް އޭނައަށް ހަމަޖެހުމެއް ލިބެން ނެތްކަން އެނގުންވުމުންނެވެ. ނަވާޒް ފުން ނޭވައެއް ދޫކޮށް ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލަމުން ލަސް ހިނގުމެއްގައި ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ.

 

މުވައްޒަފުންނަށް އެހީވަމުން ދިޔަ ޔޫނުސްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. އޭނައަށް އިޙްޞާޞް ކުރެވެމުން ދިޔައީ އޭނައަކީ ދެފުށް ދެގޮތް މީހެއްހެންނެވެ. އެންމެންގެ ކުރިމަތީގައި އޭނަ ހެދިގެން ހުރީ ނަވާޒަށް ހެޔޮއެދޭ މީހެއްކަމުގައެވެ. އެހެނަސް އެ އެންމެން ގެއްލުމުން އޭނަ ނަވާޒަށް ފަސްދީފިއެވެ. އޭނަ ކަންތައް ކުރީ ނާއިންސާފުންކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެންމެފަހުން އެ ހިތަށް ކެތް ނުކުރެވިގެން ޔޫނުސް ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ނަވާޒް އޭނައަށް ފަސްދީފައި ގޭގެތެރެއަށް ވަންނަމުން ދިޔަ މަންޒަރު ފެނިފައި ޔޫނުސްއަށް ބޭއިޚްތިޔާރުގައި ތެޅިގަނެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު މާއިޒް އޭނަ ކައިރީގައި ހިނގާށޭ ބުނެލިއެވެ. އެހެނަސް އޭނަ ނަވާޒަށް ބަލަން ހުރެ އޭނަ ދާނީ ފަހުން ކަމުގައި ބުނެލިއެވެ. އޭގެ އިރުކޮޅެއްފަހުން އެގޭގެ ތެރެއިން ހުރިހާ މުވައްޒަފުން ހުސްވެ ޔޫނުސްއާއި ނަވާޒް އެކަނިވިއެވެ. ނަވާޒް އޭނައާއި ދުރަށް ހިނގަމުން ދިޔަތަން ބަލަންހުރި ޔޫނުސްގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. އޭނަ ކަންތައް ކުރަން މިއުޅެނީ ރަނގަޅަށްތޯ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. ރަނގަޅު ގޮތަކީ ނަވާޒަށް ރުޅިވުން ހެއްޔެވެ؟ ނުވަތަ މަޢާފުކޮށްލުން ހެއްޔެވެ؟ އަމިއްލަ ބައްޕައަށް ރުޅިވެގެން އޭނައަށް ލިބެން އޮތީ ކޯޗެއްހެއްޔެވެ؟ ފާފަވެރިވުން ނޫންކަމެއްވާނެ ހެއްޔެވެ؟ ނަވާޒަކީ ވެސް ފާފަވެރިއެކެވެ. އެހެނަސް އޭނަ ފާފަވެރިއަކަށް ޤަޞްދުގައިވެގެން ނުވާނެއެވެ. ނަޞްރާ ބުނިހެން ބައްޕަ ގޯސްވިޔަސް އޭނަ ގޯސްވެގެން ނުވާނެއެވެ. އެހެންނޫނަސް މަޢާފު ކުރުމަކީ ﷲ އަބަދުވެސް ވޮޑިގެންވާކަން ހަނދާންކުރާ މުޙުސިނުންގެ ސިފައެއްކަން ޔޫނުސްގެ ހަނދާނަށް އައި ވަގުތު އޭނައަށް އަނގަ ހުޅުވާލެވުނެވެ.

 

“ބައްޕާ!” ޔޫނުސް އިސްޖަހައިގެން ހުރެ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެވަގުތު ހިނގަމުން ދިޔަ ނަވާޒްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔަ ވަގުތު އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައީ ކުޑަކުޑަ ޔޫނުސް ބައްޕާއޭ ކިޔައި ގޮވާލާ އަޑެވެ. ލޯ މައްޗަށް ސިފަވަމުން ދިޔައީ ޔޫނުސް ކުޑައިރު އޭނަ ގެއަށް އައިސް ވަންނަތަނާހެން ޔޫނުސް އޭނަގެ ގައިގައި ބައްދާލާ މަންޒަރެވެ. މި ހުރެވުނީ އެ މާޒީގައެއްނޫންކަން އެނގުންވީ ހިނދު ނަވާޒަށް ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު ޔޫނުސް ދުރުގައި އޭނައަށް ބަލަން ހުރިތަން ފެނިފައި ނަވާޒަށް އެދިމާލަށް ދިގު ފިޔަވަޅުތަކެއް އެޅެން ފެށިއެވެ. ޔޫނުސް ބަލަބަލާ ހުއްޓާ ނަވާޒް އައިސް އޭނަގެ ގައިގައި ބާރަށް ބައްދާލައިފިއެވެ.

 

“ދަރިފުޅާ…….އާދޭސް މި ކުރަނީ ބައްޕައަށް މަޢާފުކޮށްދީ. ބައްޕަ ޤަބޫލުކުރަން ބައްޕައަށް ކަންތައް ކުރެވުނީ ގޯސްކޮށްކަން. ބައްޕަ ދެން އެހެން ނަހަދާނަން ދަރިފުޅަށް. ދަރިފުޅު ބައްޕަ ކައިރިއަށް އާދޭ.” ނަވާޒްގެ ތުރުތުރު އަޅާ އަޑު ނުހަނު ކައިރިން އިވުމުން ޔޫނުސްގެ ހިތް އާދަޔާ ޚިލާފަށް ދެރަވިއެވެ. ހަމަ އެވަގުތުގައި އެ ހިތް އުފާވެސް ކުރަމުން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ މުޅި ޢުމުރު ދުވަހު މި ވަގުތުކޮޅަށްޓަކައި އިންތިޒާރު ކުރިހެން ޔޫނުސްއަށް ހީވިއެވެ. ބައްޕައެއްގެ ލޯބި އެތައް އަހަރެއް ފަހުން އިޙްޞާޞް ކުރެވުމުން އޭނަގެ ހިތުގައި ނުތެޅި އޮތް ބައެއް ތެޅެން ފެށި ފަދައެވެ. ޔޫނުސް ޙައިރާންވިއެވެ. އޭނަ ކުޑައިރު ހީކުރަމުން ދިޔައީ އޭނަ ބޮޑުވީ ދުވަހަކުން މަންމައަށާއި ބައްޕައަކަށް ވެސް ބޭނުންނުވާނެ ކަމަށެވެ. އެހެނަސް މިއަދު އޭނައަށް 26 އަހަރުވެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުނު ފަހުން ވެސް އޭނަ ބައްޕަ ކައިރީގައި ހުންނަން ބޭނުން އެބަވެއެވެ. ޔޫނުސްއަށް ޖެހިލުންވުމަކާއެކީ އޭނަގެ ދެއަތް އުފުލައި ބައްޕަގެ ގައިގައި ބައްދާލެވުނެވެ. އެއާއެކު ބައްޕަ ގިސްލަން ފެށި އަޑު އިވިފައި ޔޫނުސްގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވިއެވެ. އޭނަ ދުވަހަކުވެސް ބައްޕަ ރުއި އަޑު އަހާފައެއްނުވެއެވެ. އޭނައަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އެހެންވެ ކަންނޭނގެއެވެ. ބައްޕަ ބާރަށް ރޯން ފެށުމުން ޔޫނުސްއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނައަށް އޭނަގެ ބައްޕަ ހާދަ ދެރަ ކުރެވިއްޖެއެވެ. ކުޑައިރު އޭނަ ރޮއްވާލީ މަންމައެވެ. މިއަދު އޭނައަށް މި ރޮއްވާލެވެނީ އޭނަގެ ބައްޕައެވެ. އޭނަ މަންމައާއިމެދު ކަންތައް ކުރީ މީހަކަށް ކަންތައް ކުރެވޭނެ އެންމެ ގޯސްކޮށެވެ. އޭނަ އޭނަގެ ބައްޕައާއިމެދުވެސް އެގޮތަށް ކަންތައް ކުރާނީ ހެއްޔެވެ؟ އެހާ ހިސާބަށް ނުދިޔަޔަސް މިހާރު ވެސް އޭނައަށް ބައްޕަގެ ހިތަށް އެތައް ޒަޚަމްތަކެއް ދެވިއްޖެއެވެ. އޭނަ ބައްޕައަށް ރުޅިވަނީ ވެސް ވަކި ކޮން ޙައިސިއްޔަތަކުން ހެއްޔެވެ؟ ބައްޕަ މާޒީގައި ގޯސްކޮށް ކަންތައް ކޮށްފައިވިއްޔާ އޭނަ ގޯސްކޮށް ކަންތައް ކޮށްފައި ނުވަނީ ހެއްޔެވެ؟ ނޫނެކެވެ. އޭނަ އޭނަގެ ބައްޕައަށްވުރެ ވެސް ނުބައެވެ. އެހެން މީހުން އޭނައަށް މަޢާފުކުރުމަށް އޭނަ އެދޭއިރު އޭނައަށް އޭނަދެކެ ލޯބިވާ ބައްޕައަށް މަޢާފު ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ މަޢާފުކުރުމުން ޘަވާބު ލިބެން އޮތީ ހަމަ އޭނައަށެވެ.

 

“ބައްޕާ…..އަހަރެން ބައްޕައަށް މަޢާފުކޮށްފިން. ބައްޕަވެސް އަހަންނަށް މަޢާފުކޮށްދީ. އެހާ ގިނަ ދުވަސް ވަންދެން ބައްޕައާއި ރުޅިވެގެން އަހަންނަށް ހުރެވުނުކަމަށްޓަކައި. ބައްޕައާއި ދިމާލަށް އެއްޗެހި ގޮވުނު ކަމަށްޓަކައި. ބައްޕަ އަހަންނަށްޓަކައި ކޮށްދިން ކަންތައްތައްވެސް މަދެއްނޫން. އެ ކަންތައްތަކުގެ މަތިން ހަނދާން ނެތުނީތީ މިހާ ދުވަސްވަންދެން ބައްޕައާއި ދުރުގަ ހުރެވުނީ. އަހަންނަށް މަންމައާއި މެދުގަ ވަރަށް ދެރަކޮށް ކަންތައް ކުރެވިފަވަނީ. އެގޮތަށް ބައްޕައާއި ދޭތެރޭ ކަންތައް ކުރާކަށް ބޭނުމެއްނޫން. އެގޮތަށް ކަންތައް ކުރިއްޔާ އަހަރެންގެ ތައުބާއަކީ ޤަބޫލުކުރެވިގެންވާ އެއްޗަކަށްނުވާނެ. ބައްޕަ ބުނޭ އަހަރެން ބައްޕައަށްޓަކައި ކޮށްދޭންވީ ކީއްކަން. މިހުރިހާ އަހަރުތަކެއްގެ ބަދަލުދޭން ބޭނުން އަހަރެން.” ޔޫނުސްގެ ވާހަކަ ނިމުނުއިރު އޭނަގެ އަޑު ކުރެހުނެވެ. ނަވާޒް ލުއި ހީލުމަކާއެކީ ޔޫނުސްއާއި ދުރުވެލަމުން އެއްއަތުން އޭނަގެ ކަރުނަތައް ފޮހެލިއެވެ.

 

“ބައްޕަ ޙަޤީޤަތުގަ ބޭނުމެއްނުވޭ ޔޫނުސްގެ ފަރާތުން އިތުރު އެއްޗެއް. ކުރިން ހިތަށްއެރި ޔޫނުސް ބައްޕައަށް މަޢާފު ކުރާ ދުވަހަކުން ޔޫނުސްގާތު މާލެއަށް އައިސް ބައްޕައާއެކީ އުޅޭށޭ ބުނާނީއޭ. ދެންމެއަކުވެސް ހިތަށްއެރި އެހެން. އެކަމަކު މިހާރު ބައްޕައަށްޓަކައި ދަރިފުޅުގެ ހިތް ސާފުކަން އެނގުނީމަ ދެން އިތުރުކަމެއް ބޭނުމެއްނުވޭ. ބައްޕަ އަންނާނަން ދޭތެރެދޭތެރެއިން ދަރިފުޅާ ބައްދަލުކުރަން.” ނަވާޒް ހިނިތުންވުމަކާއެކީ ޔޫނުސްގެ ކޮނޑުގައި އެއްއަތް އަޅައިގެން ހުރެ ބުނެލިއެވެ.

 

“އެންމެ ރަނގަޅު. އެކަމަކު އަހަރެން މާލޭގަ އަދި ހުންނަން އެބަޖެހޭ 3 ދުވަސްވަންދެން. އެ 3 ދުވަހަށް އަހަރެން އުޅޭނީ މިގޭގަ. އެޓޭކަށް ތައްޔާރުވެގެން ހުންނައްޗޭ.” ޔޫނުސް ނުހަނު ސީރިއަސްކަމާއެކީ ބުނެލި ވާހަކައިން އެންމެ ފުރަތަމަ ނަވާޒްގެ ހިނިތުންވުން ފޭދުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ޔޫނުސްގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލީތަން ފެނިފައި މާޒީގެ ހަނދާނެއް އޭނަގެ ސިކުނޑިއަށް ވެރިވިއެވެ. ޔޫނުސް ކުޑައިރުއްސުރެ ފުރާވަރަށް އެޅެންދެން ވެސް ކުޅޭ ބަޑިއެއް ގެންގުޅުނެވެ. އޭނަ ކުޑައިރުއްސުރެ ވެސް މަސައްކަތް ކުރަމުން ދިޔައީ ނަވާޒްގެ ގަޔަށް “ވަޒަނެއް” އަރާތޯއެވެ. އެހެނަސް އަދި އަދަށްދާންދެން ވެސް އޭނައަށް އެކަން ކުރެވިފައެއްނުވެއެވެ. ނަވާޒް ކުޑަކޮށް ހީލަމުން ތުންފިއްތައި ސާބިތުކަމާއެކީ އެއްފަހަރު ބޯޖަހާލިއެވެ.

 

ބައްޕައަށް މަޢާފު ކުރުމުން ޔޫނުސްއަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަ ޖެހުމެކެވެ. ބައްޕަގެ ފަރާތުން އޭނައަށް ލިބެމުން ދިޔައީ އޭނަ އުއްމީދުވެސް ނުކުރާފަދަ ލޯތްބެކެވެ. އޭނަ ބައްޕަގެ ގެއަށް ބަދަލުވީފަހުން އޭނައަށް މީރު އެއްޗެއް ނޫނީ އެގޭގައި ނުކައްކައެވެ. ބައްޕަ ވީހާވެސް ވަރަކަށް އޭނައާއެކީ ވަގުތު ހޭދަކުރަން މަސައްކަތް ކުރެއެވެ. އެކީގައި އެ ހޭދަކުރެވޭ ވަގުތުތަކުގައި ދެކެވޭ ވާހަކަތަކަކުން ޔޫނުސްގެ ހިތުގައި ކޮންމެ ފަހަރަކު ބައްޕައަށްޓަކައިވާ ލޯބި އިތުރުވެގެންދެއެވެ. ބައްޕަ ދުވަހަކުވެސް ނޭނގޭ ވަރަށް އެނގެމުން ދިޔަވަރަކަށް ޔޫނުސްގެ ހިތުގައި ބައްޕައަށްޓަކައި ކުލުނެއް އުފެދެމުން ދިޔައެވެ. އެއްދުވަހު ނަވާޒް ކޮޓަރީގައި ނެތް ވަގުތެއްގައި ނަވާޒްގެ ހުޅުވާލެވިފައި ލެޕްޓޮޕްގައި ހުރި ސްކްރީން ސޭވާރ ފެނިފައި ޔޫނުސްއަށް ޤަބޫލު ނުކުރެވިގެން ކައިރިއަށް ގޮސް ބަލާލެވުނެވެ. ފެނި ގެއްލެމުން ދިޔަ ހުރިހާ ފޮޓޯތަކަކީ އޭނަ އޭނަގެ ބައްޕައާއެކީ ކުޑައިރު ނަގާފައިވާ ފޮޓޯތަކެވެ. އެ ފޮޓޯތައް ފެނިފައި ޔޫނުސްގެ ހަނދާނަށް ވަގުތުން އައީ މިޞްބާޙް ދެއްކި ވާހަކައެވެ. ބައްޕަގެ “އަނެއް ދަރިފުޅަކީ” އޭނަ ނޫން ދެވަނަ މީހެއްނޫނެވެ. އެ ފޮޓޯތައް ލެޕްޓޮޕްގައި ހުރުމުން ބައްޕަ އޭނަ މަތިން ހަނދާންވި މިންވަރު ތަޞައްވުރު ކުރެވުނެވެ. އެއަށްވުރެ ބޮޑަށް ތަޞައްވުރު ކުރެވުނީ އެދުވަހު ލެޕްޓޮޕް ހުޅުވާލުމުން ފެނުނު އެއްޗެހިންނެވެ. ކްރޯމްއިން ހުޅުވާލެވިފައިވާ އެއް ޓެބްގައި ހުސްވެސް ހުރީ ރާއްޖެ ޕްރެސްގައި އޭނަ ލިޔެފައި ހުރި ރިޕޯޓުތައް ހުރި ޕޭޖެކެވެ. ދެން ހުރި ޓެބްގައި ހޮޓްމެއިލް ހުޅުވާލެވިފައިވީއިރު 100 އަށްވުރެ ގިނަ ޑްރާފްޓް ހުރިތަން ފެނިފައި އޭނަ ޑްރާފްޓްސްއަށް ދިޔައެވެ. އެ ހުރިހާ ޑްރާފްޓަކީ ވެސް އޭނައަށް ފޮނުވަންވެފައި ނުފޮނުވައި ހުރި ޑްރާފްޓްތަކެވެ. ޔޫނުސް އެ ޑްރާފްޓްތައް ކިޔަން ފެށިތާ މާ ގިނައިރެއްނުވެ އޭނަގެ ދެލޯ ކަރުނުން ފުސްވިއެވެ. ބައްޕަ އޭނައަށްޓަކައި ލިޔެފައިވާ ހުރިހާ “ސިޓީ”އެއްގައި އޭނަދެކެ ލޯބިވާ ވާހަކައާއި އޭނަ ހަނދާންވާ ވާހަކަ ލިޔެވިފައިވިއެވެ. އެ ސިޓީގައި ރާއްޖެ ޕްރެސްގެ ކާމިޔާބީއަށްޓަކައި އޭނައަށް މަރުޙަބާ ކިޔާފައި އޮތިއްޔާ އަނެއް ސިޓީގައި ދުޝްމިނުންގެ ރޭވުންތަކަށް ސަމާލުވުމަށް އަންގާފައިވެއެވެ. އެ ހުރިހާ ސިޓީއެއް ކިޔާފައި އޭނަގެ ބައްޕަ އޭނައަށް ހެޔޮ އެދޭ މިންވަރު ޔޫނުސްއަށް އެނގުންވިއެވެ. އޭނަ މިހުރިހާ ދުވަހު ބައްޕައަށް ގެއްލުންވާން އެދެމުން ދިޔައީ އޭނަގެ ނުބައި ކަމުންނޭ ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ އޭގެ ބަދަލުގައި ބައްޕައަށް އިތުރަށް ލޯބިދޭން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ ބައްޕަ ގޮވައިގެން މިސްކިތަށް ދާން ފެށިއެވެ. މީގެ ކުރިންވެސް ނަވާޒް ނަމާދު ކުރިއެވެ. އެހެނަސް އޭނަ ނަމާދު ކުރަމުން ދިޔައީ ނަމާދު ވަގުތު ނިމެން ކައިރިވެފައި ވަނިކޮށް ގޭގައެވެ. ނަވާޒް މަސައްކަތް އެބަހުރިކަމަށްބުނެ ބަހަނާ ދައްކަން އުޅުމުން ވެސް ޔޫނުސް އޭނަ ހައްލާލައިގެން މިސްކިތަށް ގެންދިޔައެވެ. ޖަމާޢަތުގައި ނަމާދުކޮށް ނިމުމުން ޔޫނުސް އޭނައަށް ދީނާއިބެހޭ ގޮތުން ދަސްވެފައިވާ ވާހަކަތައް ނަވާޒްއަށް ކިޔައިދެއެވެ. ޔޫނުސް ކިޔައިދޭތީ ނަވާޒް ހުރިހާ ވާހަކައެއް ވަރަށް ޝައުޤުވެރިކަމާއެކީ އަޑުއަހަމުން ދިޔައެވެ. އެއްރެއަކު މަޣުރިބު ނަމާދަށް ފަހު ޔޫނުސް މައިންބަފައިންނަށް ކަމޭހިތުމާއި ބެހޭ އާޔަތެއް ނަވާޒަށް ކިޔައިދިނެވެ. އެރޭ ޢިޝާ ނަމާދުގައި އެ އާޔަތްތައް ކިޔެވިގެން ދިޔުމުން ދެމީހުންނަށް ވެސް ރޮވުނެވެ. އެ ނަމާދަށްފަހު ގެއަށް ގޮސް ޔޫނުސް ރޮވިފައި ހުރެ ޝަހީމާއާއި މެދު ކަންތައްވީގޮތް ނަވާޒަށް ކިޔައިދިނެވެ. ޔޫނުސް ހީކުރި ގޮތާއި ޚިލާފަށް ނަވާޒް އެކުށުގެ ޒިންމާވެސް އެޅީ އަމިއްލަ ބޮލުގައެވެ. އެކަން އެގޮތަށްވީ އޭނައަށް ބައްޕައެއްގެ ވާޖިބު އަދާ ނުކުރެވުނީތީވެ ކަމުގައި އޭނަ ބުންޏެވެ. ޔޫނުސްއަށް އެރޭވެސް ޖަޒުބާތުން ފުރިގެން ދިޔަ ހިތަކާއެކީ ބައްޕަގެ ގައިގައި ބައްދާލެވުނެވެ.

 

މާލޭގެ މަގުތަކުން މަޝްހޫރު ދެމޫނެއް ދުވަހަކުވެސް ނުފެންނަހާ ގާތުން ފެންނަމުން ދިޔައީތީ ގިނަ މީހުންގެ ނަޒަރުތައް އެ ދެމޫނަށް އަމާޒުވަމުން ދިޔައެވެ. އެހާ މަޝްހޫރު ނުވާ ނޫސްތަކުން މި ވާހަކަ ޚަބަރެއްގެ ގޮތުގައި ވެސް ގެނެސްފައިވެއެވެ. އެމީހުންގެ މަޤްޞަދަކަށްވެފައިވީ މިހާރު ޔޫނުސް ވެސް ނަވާޒަށް ހެއްލި ދެން ދޮގު ޚަބަރުތައް ލިޔަން ފަށާފާނެކަމުގެ ޝައްކު މީހުންގެ ހިތްތަކުގައި އުފެއްދުމެވެ. އެހެނަސް އެއިން ޔޫނުސްއާއި ނަވާޒަށް ވެސް އަސަރު ކުރިކަމަކަށް ނުވެއެވެ. އެހެން މީހުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެ ދެމީހުންނަކީ ތެދުވެރިންކަން ﷲ މޮޅަށް ދެނެވޮޑިގެންވާނެކަން އެމީހުނަށް އެނގޭތީވެއެވެ.

 

ނަވާޒަށް މާ ބޮޑު އަސަރެއް ނުކުރިއެއްކަމަކު އެ ދުވަހު ނަވާޒް ދިން އިންޓަވިއުއަށްފަހު މީހުން ދައްކަމުން ދިޔަ ވާހަކަތައް އިވެމުން ދިޔަ އަމީން ހުރީ ސިކުނޑި ސުމަކަށްދާން ކައިރިވެފައެވެ. އޭނަ އެ ރުޅި ބޭލުމަށްޓަކައި ނަވާޒަށް ގުޅަން މަސައްކަތް ކޮށްކޮށް އެކަން 2 ދުވަސް ވަންދެން ކާމިޔާބެއް ނުކުރެވުނެވެ. ކޮންމެ ފަހަރަކު ނަވާޒް އޭނަގެ ފޯނު ބިޒީކޮށްލައެވެ. ތިންވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ނަވާޒާއި ގުޅުމުން އަމީން ހަޅޭއްލަވަން ފެށިއެވެ.

 

“ފޯނެއް ނުނަގާ! ޖަލްސާއަކަށް ނާދޭ! އެއްވުމަކަށް ނާދޭ! ނަވާޒްއަށް މިކަން ނުކުރެވެންޏާ އަހަންނަށް ތި މަޤާމް ދޭންވީއެއްނު؟” އަމީން އާދައިގެ މަތިން ސިޓިންގް ރޫމުގައި ދެކޮޅުން ދެކޮޅަށް ހިނގަން ހުރެ ބުނެލިއެވެ.

 

“އަމީން، އަހަރުމެން އިންތިޚާބުން ކާމިޔާބުވާން އޮތިއްޔާ ކާމިޔާބުވާނެ އިރާދަކުރެއްވިއްޔާ. އަހަރެން ބޭނުމެއްނޫން ދޮގު ހަދައިގެން ކާމިޔާބީއެއް ހޯދާކަށް. އެއަށްވުރެ މާ ރަނގަޅުވާނެ ނުހޮވުނަސް.” ނަވާޒް ސިޓިންގް ރޫމުގެ ސޯފާގައި ހަމަޖެހިގެން އިނދެ ބުނެލިއެވެ.

 

“ކީކޭ؟؟!!” އަމީން އަޑުގެ ކޮޅަށް ގޮވާލިއެވެ.

 

“އަމީން ކުޑަކޮށް ހަމަޖެހިބަލަ……..އާނ ބުނޭ ޔޫނުސްކައިރި މި އަންނަނީއޭ.” ނަވާޒް ފޯނުން ވާހަކަ ދައްކަން ހުރެ ގޭގެ ދޮރުމައްޗަށް އޭނަގެ ޑްރައިވަރު އައުމުން ވާހަކަ ދެއްކިއެވެ. އެ އަޑު އިވުމުން ފޯނުގެ އަނެއްކޮޅުގައި ހުރި އަމީންގެ ދެލޯ ހަނިވިއެވެ.

 

“އާނ އަމީން. އަހަރެން ކުޑަކަމެއްގަ ބިޒީކޮށް މިއުޅެނީ. ފަހުން ގުޅާނަން އިރާދަކުރެއްވިއްޔާ.” ނަވާޒް އެހެން ބުނެ އަމީނަށް އެއްޗެކޭ ބުނެލާނެ ފުރުޞަތެއްވެސް ނުދީ ފޯނު ކަނޑާލިއެވެ. އަމީނަށް އޭނަގެ ފޯނު ކަންފަތުން ނަގާލަމުން އައި ރުޅީގައި ފޯނު ބިމަށް ޖަހާލެވުނެވެ.

 

އެރޭ ޔޫނުސް އޭނައަށް ދަޢުވަތު ލިބުނު ޝޯއަށް ދިޔައީ ނަވާޒް ހަދިޔާކުރި ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެންނެވެ. ޝޯގައި ޔޫނުސްއާއި އެކިއެކި ޒާތީ ސުވާލުތައް ކުރެވުނެވެ. އޭނަގެ އަންހެނުންނާއިމެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރެވުމުން ޔޫނުސް ފަށުވި ޢިބާރާތްތަކުން އޭނަ ނަޞްރާދެކެ ވާ ލޯބި ހާމަ ކުރިއެވެ. އެވަގުތު ޝަރީފްމެނާއިއެކީ އެގޭގައި ޓީވީ ބަލަން އިން ނަޞްރާގެ މޫނު ރަތްވިއެވެ. އަފްރީން ދިމާކުރުމުން އޭނަ އިތުރަށް ލަދުގަތެވެ. ޝޯ ނިމުމުން ޔޫނުސް އެންމެ ފުރަތަމަ ގުޅީ ނަޞްރާއަށެވެ.

 

“ކިހިނެއްތަ ލޯބިވާ؟” ޔޫނުސް ސްޓޫޑިޔޯގެ ބޭރުގައި ފާރަށް ލެނގި ފޯނު ކަންފަތުގައި ޖައްސައިގެންހުރެ ހިނިތުންވުމަކާއެކީ އަހާލިއެވެ.

 

“ހާދަ ލޯބިވެގެން އުޅޭ ރެއެކޭ.” ނަޞްރާ އޭނައާއި ޔޫނުސްގެ ކޮޓަރިއަށް ވަންނަމުން ރަތްވެފައިވާ މޫނަކާއެކީ ބުނެލިއެވެ. ޔޫނުސްއަށް ހީލެވުނެވެ.

 

“އެބައަންނަން……މާދަމާ ފަތިހު އިން ޝާ ﷲ. ގޭގަ ހުންނައްޗޭ.” ޔޫނުސް ބުނެލިއެވެ.

 

“އުނހު ނުހުންނާނަން. ޖައްވަށް އަހަރެން ދާނީ މާދަމާ ފަތިހު.” ނަޞްރާ ހިނިތުންނުވާން މަސައްކަތް ކުރަމުން ބުންޏެވެ. ޔޫނުސްއަށް އިހުނަށްވުރެ ބާރަށް ހީލެވުނެވެ. އެވަގުތު މަގުގެ ކަނާތް ފަރާތުން އޭނައާއި ދިމާލަށް އަންނަމުން ދިޔަ ބައްޕަގެ ހުދުކުލައިގެ ކާރު ފެނިފައި ޔޫނުސް ސީދާވެލިއެވެ.

 

“ނަޞްރާ ބާއްވަނީ އިނގޭ؟ ގޭގެ ދޮރު ތަޅުލަން ހަނދާން ކުރާތި.” ޔޫނުސް ކާރާއި ދިމާލަށް ދަމުން ބުނެލިއެވެ. ނަޞްރާ އާނއެކޭ ބުނުމުން ޔޫނުސް ފޯނު ކަންފަތުން ނަގައި ކާރަށް އެރިއެވެ. ކާރު ދުއްވާލި ވަގުތު ޔޫނުސްއާއެކީ ފާރަށް ލެނގި ފޯނަށް ބަލަހައްޓައިގެން ހުރި ޒުވާނަކު ސީދާވެލައިފިއެވެ. ކޮނޑާއި ހަމައަށް އިސްތަށިގަނޑު ދިގުކޮށްފައި އޮތް އެޒުވާނާގެ ޑައިކޮށްފައިވާ އިސްތަށިގަނޑު އައްސާލެވިފައިވީއިރު އެ ހިކި ޒުވާނާ ލައިގެން ހުރީ ބޮޑު ކަޅުކުލައިގެ ޓީޝާޓަކާއި ކަކުލާއި ހަމައަށް އޮތް ހުދުކުލައިގެ ސޯޓެކެވެ. ޒުވާނާ އޭނަގެ ފޯނުން ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“އޭނަގެ އަންހެނުން……ހީވަނީ ގޭގަ އެކަނިހެން އުޅެނީ.” ޒުވާނާ މަޢުލޫމާތު ދޭ ފަދައަކުން ކިޔައިދިނެވެ. އޭގެ މާ ގިނައިރެއްނުވެ ޒުވާނާ ފޯނު ކަންފަތުން ނަގާލަމުން ޕޭވްމެންޓް މަތިން މަގުގެ އަނެއްކޮޅަށް ހިނގަން ފެށިއެވެ.

 

އެރޭ ދަންގަޑިއެއްގައި ފުރުމަށްޓަކައި ޔޫނުސް އެއާރޕޯޓަށް ދިޔައީ ނަޞްރާއަށްދޭން ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް ހިފައިގެންނެވެ. ޔޫނުސް ފުރުވަން އައި ނަވާޒަށް މެދުކެނޑުމެއްނެތި ޔޫނުސްގެ ފަރާތުން އިވެމުން ދިޔައީ ނަޞްރާގެ ރަނގަޅުކަމުގެ ވާހަކައެވެ. ނަވާޒަށް މަޢާފަށް އެދެން ވެސް ހިތްވަރު ދިނީ ނަޞްރާ ކަމަށާއި، އޭނައަށް ދީން އުނގަންނައި ދިނީ ނަޞްރާ ކަމަށާއި، ނަޞްރާ ވަރަށް މޮޅު ވާހަކަ ޔޫނުސް ފޫހިކަމެއްނެތި ދައްކަމުން ދިޔަ ގޮތުން ނަވާޒަށް ހެވުނެވެ. ތިއުޅެނީ ކެތްމަދުވެގެން ކަމަށްބުނެ ނަވާޒް ޔޫނުސްއާއި ދިމާކުރިއެވެ.

 

ޗެކް އިން ކުރަން ދާން އުޅުނު ވަގުތު ޔޫނުސް ނަވާޒްގެ ގައިގައި ބައްދާލަމުން ބައްޕަ ނުދާނަންތޯ ސުވާލުކުރިއެވެ. ޖަވާބުގައި ނަވާޒް ބުނީ އޭނަ މި ހަފްތާތެރޭގައި ޑޮކްޓަރަކަށް ދައްކަން ލަންކާއަށް ދާންޖެހޭ ވާހަކައެވެ. ޔޫނުސް ކިހިނެއްވީތޯ އެހިއެވެ.

 

“އެއީ މާ ބޮޑުކަމެއްނޫން. މޭމައްޗަށް ތަދުވެގެން އުޅޭތާ ދުވަސްކޮޅެއްވެގެން އުޅޭތީ މި ދަނީ. ޔޫނުސް އައިފަހުން ޙަޤީޤަތުގަ ވަރަށް ރަނގަޅު. އަނބުރާ އައިސްދާނަން ހަފްތާއެއްހާ ދުވަސްފަހުން އިރާދަކުރެއްވިއްޔާ. އައިސް ޔޫނުސްއާއި ނަޞްރާއާ ބައްދަލުކުރަން ދާން ނިންމައިގެން މިހިރީ. ދެން ދޭ. މި މާ ބޮނޑި ނުމިލަނީސް ނަޞްރާއާއި ހަމައަށް ގެންދެވޭތޯ އުޅެބަލަ.” ނަވާޒް ޔޫނުސް ދެއަތުން ހިފައިގެން ހުރި މާ ބޮނޑިއަށް ޢިޝާރާތްކޮށް ސަމާސާ ރާގަކަށް ވާހަކަ ނިންމާލަމުން ޔޫނުސްގެ ކޮނޑުގައި ލުއި ގޮތަކަށް ޖަހާލިއެވެ. ޔޫނުސްއަށް ހީލަމުން ބޯޖަހާލެވުނެވެ. އަދި ހިތާހިތުން ބައްޕައަށްޓަކައި ދުޢާކުރެވުނެވެ.

 

ޔޫނުސްއަށް އެރޭ ފްލައިޓް ތެރޭގައި ނުވެސް ނިދެއެވެ. ނަޞްރާ ދެކޭ ހިތުން އޭނަވަނީ ކެތްމަދުވެފައެވެ. މިއަދު އޭނައާއި ނަޞްރާގެ ދެމެދުގައި ޒުވާބުކުރަންވީ އެއްވެސް ސަބަބެއްނެތެވެ. އޭނަ އަނބުރާ މިދަނީ ނަޞްރާ އޭނައަށް ނަޞޭޙަތްތެރިވަމުން އައި ކަންތައް ކޮށްފައެވެ. އޭނަ ބައްޕައަށް މަޢާފު ކުރި ވާހަކަ އެނގުނު ފަހުން ނަޞްރާއާއި އޭނައާއި ދެމެދު އެއްވެސް ކަހަލަ ނުރުހުންތެރިކަމެއް ނޯވެއެވެ. މިއަދު އޭނައާއި ނަޞްރާއާއި ދެމެދުގައިވި ހުރިހާ ހުރަހެއް ނެތި ގޮއްސިހެން ޔޫނުސްއަށް ހީވެއެވެ. އޭނަ ދެންވެސް ނަޞްރާ ރަނގަޅު ނަޞޭޙަތެއް ދިނިއްޔާ އޭގައި ވަގުތުން ހިފަން އަމިއްލަ ނަފްސާއި ވަޢުދުވިއެވެ.

 

ޔޫނުސް އިން ފްލައިޓް ޖެއްސީ ފަތިސް ނަމާދު ވަގުތުގައި ކަމަށްވުމުން އޭނަ އެއާޕޯޓުގައި ނަމާދުކޮށްލިއެވެ. އެއާރޕޯޓުން ނިކުމެ އޭނަ ޓެކްސީއެއް ހޯދައި އެ ޓެކްސީއަށް އެރިއިރު އޭނަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނައަށް އެއްފަހަރު އޭނަގެ އަތުގައި އޮތް މާ ބޮނޑިއަށް އަނެއްފަހަރު ކުރިމަތިން ފެންނަމުން ދިޔަ މަގަށް ބެލެމުން ދިޔައެވެ. އެންމެ ފަހުން ޔޫނުސް ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދިޔަ ވަގުތު ކޮޅު ޖެހުނެވެ. އޭނަ އިން ޓެކްސީ އޭނަގެ ގެ ކުރިމައްޗަށް މަޑުކޮށްލި ވަގުތު ޔޫނުސް އިސާހިތަކު ކާރުގެ ދޮރު ހުޅުވައި ކާރުން ފޭބިއެވެ. ކާރުގެ ޑިކީއިން އޭނަގެ ފޮށި ނަގަން ދިޔަ ޑްރައިވަރަށް ވެސް ސަމާލުކަމެއް ދިނުމެއްނެތި ޔޫނުސް ފުރިހަމަ ހިނިތުންވުމަކާއެކީ ގެއަށް ވަންނަން ދިޔައެވެ. އެހެނަސް ގޭގެ ފެންޑާއަށް ވަދެވުނު ވަގުތު ފެނުނު މަންޒަރަކުން އެ ހިނިތުންވުން ފަނޑުވިއެވެ. ގޭގެ ދޮރުގެ ތަޅު ހަލާކު ކުރެވިފައިވީއިރު ދޮރު ވަނީ ކުޑަކޮށް ހުޅުވިއެވެ. ޔޫނުސް ހިސާބަކަށް ކަންބޮޑުވެ ހުރެ ދޮރުކައިރިއަށް ގޮސް އެއްއަތުން މާ ބޮނޑި ހިފައިގެން ހުރެ އަނެއްއަތުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. މިފަހަރު ފެނުނު މަންޒަރަކުން އޭނަގެ އަތުގައި އޮތް މާ ބޮނޑި ޓައިލްސް މަތީގައި ގޮސް ޖެހުނެވެ.

 

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ވަކިވީ އަސަރާ މަންޒަރު… 4

Next

ކަނޑުފެން (ނުވަވަނަ ބައި) KanduFen p-9

Next
November 9, 2015

ކަނޑުފެން (ނުވަވަނަ ބައި) KanduFen p-9

Previews
November 8, 2015

ވަކިވީ އަސަރާ މަންޒަރު… 4

37 Comments!

  1. jana says:
    November 8, 2015 at 10:28 pm

    Assalam’alaikum 🙂 dhen oiy bai tuesday ga In Sha Allah

  2. sana says:
    November 8, 2015 at 10:46 pm

    Oh no what will happen now…. plz bad kameh nuvaathi…. 🙁

    1. jana says:
      November 9, 2015 at 4:07 pm

      bad kameh vejje hen dho heevany sana? 😛 hehe…

  3. Rish says:
    November 8, 2015 at 10:48 pm

    Wow… it’s nice

    1. jana says:
      November 9, 2015 at 4:08 pm

      Alhamdhulillah! (All praise and thanks belongs to Allah) 😀

  4. kiya says:
    November 8, 2015 at 11:11 pm

    V.v.v reethi… jana v molhu vaahaka liyan

    1. jana says:
      November 9, 2015 at 4:09 pm

      Alhamdhulillah! 😀

  5. ummu says:
    November 8, 2015 at 11:14 pm

    Alhey..nasraa ah dheragotheh nuhadhachchey.. story is amazing ♡♡♡

    1. jana says:
      November 9, 2015 at 4:09 pm

      dhen balamaa dho ummu In Sha Allah? 🙂 Alhamdhulillah! 😀

  6. Kitty says:
    November 8, 2015 at 11:34 pm

    Alhey what will happen to nasra

    1. jana says:
      November 9, 2015 at 4:10 pm

      *cough cough* 😛

  7. New says:
    November 9, 2015 at 12:15 am

    V rythi

    1. jana says:
      November 9, 2015 at 4:10 pm

      Alhamdhulillah! 😀

  8. Sahara says:
    November 9, 2015 at 6:50 am

    Alhey Eyna maraalaafkyya Jana aa rulhi

    1. jana says:
      November 9, 2015 at 4:11 pm

      jana ah blackmail ehtha Sahara? 😛 jana badhaleh nukuraanan jana raavaafa oiy goiy In Sha Allah ingey? 😀

  9. rau says:
    November 9, 2015 at 6:57 am

    Alhey.. Hama enme salhi thankolhu.. Ekm hiyeh nuve nasra ah kameh vaene heneh..

    1. jana says:
      November 9, 2015 at 4:12 pm

      hmm…rau mulhin thafaathu khiyaaleh. hama vedhaane dho thihenves? hehe…Alhamdhulillah! 😀

  10. Anu says:
    November 9, 2015 at 7:00 am

    Ooh it’s been a long time since I didn’t comment on any story of esfiya. But to be honest I would like to say that this story is amazing.☺️ Plus I’ve been reading this story since the beginning but never commented on this. Jana you are a fantastic writer. You’re stories are amazing maasha Allah . May god bless you. By the way Plx don’t do anything to nasra. ?

    1. jana says:
      November 9, 2015 at 4:14 pm

      Alhamdhulillah Alhamdhulillah Alhamdhulillah 😀 May Allah bless you too. Ameen! Lets see what happens to Nasra In Sha Allah 😀

  11. abhy says:
    November 9, 2015 at 11:01 am

    Janaa nasra ah ehves kameh nujuraathi. Pls.

    1. jana says:
      November 9, 2015 at 4:15 pm

      hehe….balaany abhy In Sha Allah 😀

  12. sheynn says:
    November 9, 2015 at 4:48 pm

    OMG…nasraa ah kihineh v thr…rape kohlythr…nuny kidnap kohlythr…knmevex nasraa maraa nulahchey…eyrun vaahaka v hadi vaane…ehaa kiyaa hithun ohvaa thi vaahaka ninmaaly…waitin waitin waitin for next part ingey…janaa next part avahah up kohdhehchey…mihaaru vex mi hunnany next part kiyaa hithun dhn vaany kihineh baa ey hithah ara araa…mee hama 1 vanaige vaahaka eh ingey

    1. jana says:
      November 11, 2015 at 9:49 am

      mihaaru engijje dho vy gotheh sheynn? hehe 😀 Alhamdhulillah! (All praise and thanks belongs to Allah) 🙂

  13. Myst Girl says:
    November 9, 2015 at 6:35 pm

    Masha Allah…story kuri ah dhaan goiy vara nala…alhugangah heevanee nasra ah kameh kuran ai meehaage kibain nasra salaamaiy vaan ulhenikoh emeehaa maruvanee kanneyge nasra ge athun….then let’s see what happens in the next episode in sha Allah..u r a great story write Jana…thanks for this beautiful story…

    1. jana says:
      November 11, 2015 at 9:51 am

      Myst Girl ge comment kiyaafa jana ah hinithunvelevunu. haadha creative idea ekey 😀 ekamaku ehenne noon jana raavaafa othy 😛 Alhamdhulillah! (All praise and thanks belongs to Allah) 🙂

  14. azu says:
    November 10, 2015 at 3:57 am

    varah furihama… thank yuh jana 🙂

    1. jana says:
      November 11, 2015 at 9:51 am

      Alhamdhulillah! 🙂

  15. Ammko says:
    November 10, 2015 at 3:00 pm

    Mashaallah.. mi vaahaka varah vex iburaihtheri.. Gina filaavalhu thakeh hama ekani mi vaahaka invex engihje.. Maih Allah Jana ge masahkathuga barakaih lahvaa baahjaveri dhiriulhumeh dhehvaafaandheyve.. Aameen..!!

    1. jana says:
      November 11, 2015 at 9:55 am

      Ameen! Maaiy Allah Ammko ves kuraa hurihaa masakkatheggai barakaaiy lavva baahajaveri dhiriulhumeh dhevvaashi. Ameen!
      vaahakain ekani ves ibraiy libunutha? liyunuiru jana heekury vaahakain ekani jana dheyn beynunvaa msg thah foarukohnudheveyne kamah. adhi mi vaahaka liyumuge maigandu maqsadh furihama nuvaane kamah. Quranuge furihama kan engeyny hama fb page ga huri post thah belyma kanneynge 🙂 ekamaku mi vaahakain ves Quranah shauquverikameh ufedhuniyya Alhamdhulillah! 🙂

  16. lyn says:
    November 10, 2015 at 3:19 pm

    Afyer such a long time mi kiyan feshy frm 15 i thnk… N itx so beautiful..so heart touchin..best stry read..n jazakallah khairan fr da stry..vrh ibraihtheri… 🙂 nasra ah dhera gotheh nuhadhahchey..

    1. jana says:
      November 11, 2015 at 9:57 am

      hehe…..jana abadhuves bunamun annahen Quranuga hunna vaahakathah adhi maa bodah ves reethi vaane. fb page ga jana hunnaane Quranuge vaahaka eh share koffa ves. balaalahchey lyn ingey? 🙂 Wa iyyaaki! 😀

  17. lyn says:
    November 10, 2015 at 3:20 pm

    After*
    mirey dhw nxt part…cnt wait too long..

    1. jana says:
      November 11, 2015 at 9:58 am

      🙂

  18. :-) says:
    November 10, 2015 at 9:06 pm

    Mirey up kuraanan dhoheh?? 😛
    Varaha rivethi mi part vs. 😀 😀
    V vv inthixaar ga mi hunnany cant wait.. up it soon….

    1. jana says:
      November 11, 2015 at 10:00 am

      hehe……jana ah neyngey thi bahun vaahaka dhakkan. enoon nama thi bahun javaabu dhineemus. Alhamdhulillah! 😀

  19. Meekaail says:
    November 10, 2015 at 11:54 pm

    Mi vaahakaige sathaalhees vana baige comments thah kiyaafa enmmen jana ah ehaa bodah thaureef kohffa othyma hithah ery mi vaahaka kiyaalaanamey… N mi vaahaka kiyaafa mi hisaabah i am ‘SPEECH LESS’. Jana u have a good talent… N plx dont stop writting ingey… Kaail bunan beynumee jana u a AMAZING…. ? aslu i dnt like reading…. But frnd eh bunegen esfiya balaaly… Neynge keehve kameh jst selected this story… N furathama vx belee comments… N hithah ery kiyaaniyyey…. N i did it….. Keep it up…. N i FAN u JANA…. God bless u jannu…. ?

    1. jana says:
      November 11, 2015 at 10:06 am

      varah bodu hiyvvareh libijje mi vaahaka nimmafaves kuriah dhaan. Alhamdhulillah! Jazakallah Khairan! jana ithuru vaahaka eh liyunas liyan beynunvany kiyuntherinnah faidha kuraane fadha gothakah In Sha Allah. Meekaail ah mi vaahakain faidha eh kurikamah ummeedhu kuran. vaahakaige fb page ga hunnaane vaahakaige msg thah highlight koffa. adhi e msg thakaa gulhey lecture thah ves share koffa. fb ga noolhenya baeh part thakuge dhashuga ves hunnaane fb post thah comment thakegge gothuga share koffa. e ehchehi balaalumaky jana ge varah bodu edhumeh. jana mi vaahaka feshy vaki molhu liyuntheriakah vaakah noon. kiyuntherinnah deenaai behey gothun ehcheh dhaskoh dhinumuge niyathuga 🙂
      May Allah bless us all. Ameen! thee firihen kujje viyya jana ah jana noon namakun jana aa mukhaathabu nukurumaky varah bodu edhumeh 🙂

Comments are closed.


All Right Reserved!