Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -5

Axx Level 110 Stories
November 14, 2015 4 Mins Read
11 Comments

” އަހަރެން އެއްވެސް ކަމެއް ހަނދާނެއްނުވޭ..އަކްޝަމް ޕްލީޒް އަހަރެން ލަދުގަނޭ.. މީހުން އެބަ ބަލައޭ” ހީން ދެކޮޅު ބަލާލަމުން ބުންޏެވެ.

” އަހަރެންގެ ފަރުވާކެއް ނެތް ” އަކްޝަމް މިހެން ބުނެ މަރުކަޒާ ހަމައަށް ދެވެންދެންވެސް ދުއްވީ އެގޮތަށެވެ. ހީން ކައިރިއަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. ނަމަވެސް އެކަން އަކްޝަމްއަށް ނުދައްކާވޭތޯ ބެލިއެވެ. މަރުކަޒު ކަރިއަށް މަޑުކޮށްލުމާއެކު ހީން އަވަހަށް ފައިބާގެން ދާން ހިނގައިގަތެވެ. އެވަގުތު އަކްޝަމް ކުއްލިއަކަށް ހީންގެ އަތުގައި ހިފާ ކައިރިއަށް ގެނައެވެ. އަދި ހީން ކަންފަތްދޮށުގައި ‘ ސްޓިލް އައި ލަވް ޔޫ’ އޭ ބުނެލިއެވެ.

‘

ހީން އަކްޝަމްގެ އަތް ފޮޅުވާލަފއި ދުރަށް ޖެހިލިއެވެ.

” މައި އާންސަރ އިޒް ސްޓިލް ދަ ސޭމް” ހީންގެ މި ޖަވާބުން އަކްޝަމް މޫނުމަތީގައިވާ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ސައިކަލު ދުއްވާލީ އިތުރަށް އެތާގައި މަޑުކުރަން ބޭނުން ނުވާތީއެވެ. ހީންވެސް އިސް ޖަހާލައިގެން ހުރެ އެތެރަށް ވަންނަން ދިޔައެވެ.

 

މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި އުޅުނު ދިލްޝާދު އުޅުނީ ވަރަށް ބުރަ ކޮށްލައިގެންނެވެ. ލޯރެން ސިޓިންގްރޫމްގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު ހީވަނީ ވަރަށް ބޮޑު ވިސްނުމެއްގައި ހުރިހެންނެވެ. ބަދިގޭގައި އަވަދިނެތި އުޅުނު ދިލްޝާދުގެ ނަޒަރު ލޯރެންއަށް ހުއްޓެމުން ދިޔައެވެ. އެންމެ ފަހުން ބޮލަށް އުނދަގުވެގެން ލޯރެން ކައިރީ ކިހިނެއްވީތޯ ސުވާލުކުރިއެވެ.

 

” އަހަރެން އަވަހަށް މެރީ ކުރަން ބޭނުންވަނީ” ލޯރެންގެ ޖަވާބުން ދިލްޝާދު ކުރަންއިން މަސައްކަތް ހުއްޓުމަކަށް އައެވެ. އިރުކޮޅެއްވަންދެން ދިލްޝާދު އިނީ ގަބުވެފައެވެ. ތެދުވެގެން ގޮސް ލޯރެން ކައިރިއަށް ހުއްޓި ކުއްލިއަކަށް ކީއްވެގެން ބުނި އެއްޗެއްތޯ ސުވާލުކުރިއެވެ.

“މިހާރު މެނީ ޑޭސް ވެއްޖެއްނު.. އެހެންވެ.. މަންމަ ޕްލީޒް އަކްޝަމްއާ ޓޯކް ކޮށްދޭންވީނު” އާދޭހުގެ ރާގަކަށް ދިލްޝާދުގެ އަތުގައި ހިފާލަމުން ލޯރެން ބުންޏެވެ. ދިލްޝާދު އެހާ އަވަހަށް އެއްބަސްވީ ލޯރެން ބުނީ ރަނގަޅު ވާހކައަކަށް ވީމައެވެ. އަކްޝަމްއާ ލޯރެން ނުއިނދެ އެއްފުރާޅެއްގެ ދަށުގައި އުޅެންޏާ ރަށުމީހުންގެވެސް ބަސްތައް އަމާޒު ވާނެތީއެވެ. އެދުވަހު އަކްޝަމް ގެއަށް އައުމުން ދިލްޝާދު އަކްޝަމް ކައިރީގައި އެވާހަކަ ދެއްކިއެވެ. އަކްޝަމް ހަމައެކަނި ބުނެލީ ވަރަށް އަވަހަށް ކުރާނަން ކަމުގައެވެ.

އެނދުމަތީ އޮތް އަކްޝަމަށް ވިސްނެމުން ދިޔައީ މިއަދު ހީން ދިން ޖަވާބާ މެދުގައެވެ. މީގެ އަހަރެއްހާ ކުރިންވެސް އަކްޝަމް ވަނީ ހީންގެ ދުުލުން އެޖަވާބު އަހާފައެވެ. ނިދަން އުޅެ އުޅެ ނުނިދުމުން އަކްޝަމް ބޭރަށް ނިކުމެލިއެވެ. ދަންވަރުގެ އެވަގުތުގައި ޖެހޭ ފިނި ރޯޅި ތަކުން އަކްޝަމް ހީކަރުވާލިއެވެ. ނަމަވެސް އެރޯޅިތައް އަކްޝަމްގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދެމުން ދިޔައެވެ. ޖޯލީގައި ޖައްސާލައިގެން އޮތް އިރު އަކްޝަމް ހަނދާނަށް އަންނަމުން ދިޔައީ މީގެ ދެއަހަރު ކުރިން ހީންއާ ދިމާވި ގޮތެވެ.

ސަލްޓަން ޕަރކް ތެރޭގައި ފޯނެއްގައިހުރި އަކްޝަމް ސިއްސައިގެން ގޮސް ފަހަތް ބަލާލީ އަންހެން ކުއްޖެއްގެ ހަަޅޭކުގެ އަޑުއަހާފައެވެ. އޭރު އަންހެން ކުއްޖެއް ބިންމައްޗަށް ވެއްޓިފަ އޮތެވެ. ބަލާބަލާ ހުއްޓާ އަންހެން ކުއްޖާކައިރީ ހުއްޓި ހުރި ފިރިހެން ކުއްޖެއް އެއަންހެން ކުއްޖާގެ އެއް އަތުގައި ހިފާފައި ނެގިއެވެ. ދެންފެނުނީ ފިރިހެން ކުއްޖާ އަންހެން ކުއްޖާ މޫނުމަތީގައި ޖެހުމަށްފަހު އެތަނުން ދިޔަ ތަނެވެ. އިރުކޮޅެއް ނުވެ އެއަންހެން ކުއްޖާ އަނބުރައިގަނެގެން ވެއްޓުނެވެ. އަކްޝަމް ދުވެފައިގޮސް އެއަންހެން ކުއްޖާ ކައިރީގައި އިށީނެވެ. އަދި އަންހެން ކުއްޖާ މޫނު މަތީގައި ހުރި އިސްތަށިތައް އެއްކައިރި ކޮށްލިއެވެ. އެ އަންހެން ކުއްޖާ ފެނި އަކްޝަމް އިނީ އަނގަހުޅުވިފައެވެ. އެވަރުގެ ރީތިކުއްޖެއް އަކްޝަމަށް ދުވަހަކު ފެނިފައެއްނުވެއެވެ. ދޮންދޮން މޫނަކާއި މަޑު ފިޔާތޮށި ކުލައިގެ ތުންފަތަށް ބަލަހައްޓައިގެން އަކްޝަމަށް އިނދެވުނީއެވެ. އަކްޝަމް ސިއްސައިގެން ދިޔައީ މީހަކު އަކްޝަމަށް ފެންފުޅި ދިއްކޮށްލާ މޫނުގައި ފެންއުނގުޅާލާށޭ ބުނި އަޑަށެވެ. އަކްޝަމް އަވަސް އަވަހަށް ފެންފުޅިން އެތިކޮޅެއް އަތަށް އަޅާ އަންހެންކުއްޖާ މޫނުގައި އުނގުޅާލިއެވެ. މަޑުމަޑުން އެސްފިޔަތަޅުވާލުމަށްފަހު ލޯހުޅުވާލިއެވެ.

“ކޮއްކޯ ކޮންނަމެއްތަ ކިޔަނީ ” ކައިރީ ހުރި އަންހެން މީހެއް އަހާލިއެވެ.

” އަޅުގަނޑަށް ކިޔަނީ ހީން” ހީން ބުނި ޖުމްލަ އަކްޝަމްގެ ކަންފަތުގައި ގުގުމާލި ކަހަލައެވެ. އެ މަޑުމައިތިރި އަޑުންވެސް އަކްޝަމް ހިތް ކަތިލެވިއްޖެއެވެ.

” އަޅުގަނޑު ގެއަށް ގެންގޮސްދީފާނަންތަ؟” ހީން ބުންޏެވެ.

” އަހަރެންގެ ކާރެއް އޮންނާނެ.. އަހަރެން ގެންގޮސްދީފާނަން” ވަގުތުގެ ބޭނުންހިފާ އަކްޝަމް ބުންޏެވެ. ހީން އިރުކޮޅަކު ބަހެއް ނުބުނެ ހުރުމަށްފަހު އާއެކޭ ބުނެލި ގޮތުން ހީވީ އިތުރު ގޮތެއް ނެތިގެން ބުނިހެންނެވެ.

ހިޔާލުތަކަށް ގެއްލިފައި އޮތް އަކްޝަމަށް ނިދުނީ ޖޯލީގައި އޮއްވައެވެ. ހޭލެވުނީ ފަތިސް ނަމާދަށް ބަންގި ގޮވާ އަޑަށެވެ. އަކްޝަމް ޖޯލީގައި އޮއްވާ ދިލްޝާދަށް ފެނުމުގެ ކުރިން އަވަހަށް ތެދުވެގެން މިސްކިތަށް ދިޔައީ ނަމާދުކޮށްލުމަށްޓަކައެވެ. ނަމާދު ކޮށްގެން ގެއަށް އައިރު ހެނދުނު ސައިހެދުމުގައި ދިލްޝާދު އުޅެއެވެ.

” ދަރިފުޅާ ހާދަ ހެނދުނަކާ ތެދުވެގެން ތިއުޅެނީ.. މަންމަ ކޮފީއެއް ހަދައިދެންތަ؟” އަކްޝަމް ފެނުމުން ދިލްޝާދު އަހާލިއެވެ.

” ނޫން މަންމާ.. ދެން ސައިބޯނީ ނިދާލާފަ ތެދުވެ..” މިހެން ބުނެ އަކްޝަމް ލޯކަހަމުން ގޮސް ކޮޓަރިއަށް ވަނެެވެ.

ނިދިފައި އޮތް އަކްޝަމަށް ހޭލެވުނީ ދޮރުގައި ވަރަށް ބާރަށް ތަޅާ އަޑަށެވެ. އަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ ދިލްޝާދެވެ. ދިލްޝާދުގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. ތަންކޮޅެއް ދުރުގައި ހުއްޓިގެން ހުރި ލޯރެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ.

“މަންމާ ކިހިނެއްވީ” ދިލްޝާދުގެ ދެކޮނޑުގައި ހިފާފައި އަކްޝަމް އަހާލިއެވެ.

” ދަރުފުޅާ ހީންއަށް ޑިއުޓީއަށް ދާން ގޮވާ ގޮވާ ދޮރު ނުހުޅުވި.. މަންމަ އެވަރަށް ގޮވިއިރުވެސް އަޑެއް ބަޑެއްނީވޭ” ދިލްޝާދުގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަކްޝަމް ދުވެފައި ގޮސް ހީންއަށް ގޮވާ ހީންގެ ކޮޓަރީގައި ތަޅަންފެށިއެވެ. އެވަރުންވެސް ހީން ނުހުޅުވުމުން ވަޅިއެއް ހިފައިގެން އައިސް އެތައް މަސައްކަތަކުން ހީން ކޮޓަރީ ތަޅު ހަލާކުކޮށްލައިގެން އެތަރެއަށް ވަނެވެ. އަކްޝަމްގެ ފަހަތުން ދިލްޝާދާއި ލޯރެންވެސް ވަނެވެ. އޭރު ހީން އެނދުމަތީގައި ރީތިކޮށް ނިދާލާފައި އޮތެވެ. އަކްޝަމް އަވަހަށް ހިނަގާލާފައި ގޮސް ހީންއަށް ގޮވަންވެގެން ކޮލުގައި އަތް ޖަހާލިއެވެ.އެވަގުތު އަކްޝަމަށް ކުއްލިއަކަށް އަތް ދުރަށް ޖައްސާލެވެނުވެ.

“މަންމާ ހީން މިއޮތީ ވަރަށް ގަދަޔަށް ހުން އައިއްސަ” މިހެން ބުނެ އަކްޝަމް ހީންއާ ގާތްވެލާ ހީންއަށް ގޮވަން ފެށިއެވެ. އަކްޝަމް އުޅޭ ގޮތުން ދިލްޝާދު ހުރީ ހައިރާންވެ އަންތަރީސް ވާވަރުވެފައެވެ.  ހީންއާ ކައިރިވެސް ނުވެ ދިލްޝާދަށް ހުރެވުނީ އަކްޝަމް އުޅޭ ގޮތް ބަލާށެވެ. ލޯރެންއަށްވެސް ވީ ހަމަ އެވަރެވެ. އަކްޝަމް ހީން އަތްމައްޗަށް ލައިގެން ހޮސްޕިޓަލަށް ދާން ގެއިންނިކުތެވެ.

ސިއްހީ މަރުކަޒަށް ދިއުމުން އެތަނުން އެންގީ ވީހާވެސް އަވަހަކަށް އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށެވެ. އެހެންކަމުން އެއްގޮތަކަށްވެސް ލަސްނުކޮށް އަކްޝަމްގެ ރައްޓެެއްސެއްގެ އެހީގައި އެއަތޮޅު ހޮސްޕިޓަލަށް ހީން ގެންދެވުނެވެ. އެރަށައް ހީން ގޮވައިގެން ދިޔައީ އަކްޝަމް އެކަންޏެެވެ. ދިލްޝާދު ނުދިޔައީ ކަނޑުމައްޗައް ދިލްޝާދު ބަލިވީމައެވެ.

އެމަރޖެންސީ ރޫމަށް ހީން ވައްދާފައި އޮތްއިރު ދޮރުމަތީގައި އަކްޝަމް ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ޑޮކްޓަރ ނިކުތުމާއެކު އަކްޝަމް ގޮސް ހީންގެ ހާލު އޮޅުންފިލުވިއެވެ.

” ހީން މިތަނަށް ގެންނަން ކުޑަ ތަންކޮޅެއް ލަސްވިނަމަވެސް ފުރާނައަށް ވަރަށް ނުރައްކާވިސް.. ހީންވަނީ ވަރަށް ބައިވަރު  ނިދާ ބޭސްތަކެއް ކައިފާ..” ޑޮކްޓަރގެ ފަހު ޖުމްލައިން އަކްޝަމް ދެލޯ ބޮޑުވިއެވެ.

” ހޭނާރާ ގިނައިރުވުމުން މާ ގަދަޔަށް ހުންއައީ… ކުޑައިރުކޮޅެއްގެ ތެރޭގައި ވަރޑްއަށް ބަދަލުކުރާނެ” ޑޮކްޓަރ ބުންޏެވެ.

” ޑޮކްޓަރ ހީން ކޮންއިރަކުތޯ ހޭ އަރާނީ..” އަކްޝަމަށް ނުހުރެވިގެން އަނެއްކާވެސް އަހާލިއެވެ.

” ދެގަޑިއެއްހާއިރުތެރޭ ހޭއަރާނެ ކަމަށްބެލެވެނީ” ޑޮކްޓަރ އަކްޝަމްގެ ކޮނޑުގައި ޖަހާލާފައި އަނެއްކާވެސް އެތެރެއަށް ވަނެވެ.

 

ހީން ބާއްވާފައި އޮތް އެނދުކައިރީގައި ބަހައްޓާފައި ހުރި ގޮނޑީގައި އިށީދެގެން އިން އަކްޝަމްގެ ނަޒަރުވަނީ ސީދާ ހީންގެ މޫނަށް ހުއްޓިފައެވެ.

‘ ހީން ކީއްވެ އެގޮތަށް ސުސައިޑް ކުރަން އުޅެންވީ … ކޮންކަމެއް ހީންއަށް އުނދަގު ކުރަމުން އެދަނީ… ހީންގެ މާޒީގައި ހިނގި ކަމެއްގެ ސަބަބުން ކަންނޭނގެ.. ނޫނީ އަހަރެންގެ ސަބަބުން.. ނޫން ނޫން .. އެހެނެއް ނުވާނެ..” އަކްޝަމްގެ ހިތަށް އެކިކަހލަ ގޮތް ގޮތަށް ހިތަށް އަރަމުން ދިޔައެވެ. އަކްޝަމް ހީންގެ ދޮންދޮން އަތްތިލައިގާ ހިފާލިއެވެ. އަދި މަޑުމަޑުން އެއަތްތިލައިގާ ބޮސްދިނެވެ. އެވަގުތު ހީން ލޯހުޅުވާލިއެވެ.

” އަހަރެންގެ ބޮލުގަ ވަރަށް އެބަ ރިއްސާ” ބަލި އަޑަކުން ހީންއަށް ބުނެވުނެވެ.

އަކްޝަމް އަވަހަށް ނަރުހަކަށް ގޮވިއެވެ. ހީންއަށް ލުއިވީ ނަރުސްކުއްޖާ އައިސް ހީންއަށް އިންޖެކްޝަން ދިނުމުންނެވެ.

އަކްޝަމް ދިލްޝާދަށް ގުޅާފައި ހީންގެ ހާލު އޮޅުންފިލުވައި ދިނެވެ. ހީން ނިދާބޭސް ކޭކަން އެނގުމުން ދިލްޝާދުވެސް ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ދިލްޝާދު އަކްޝަމް ކައިރިން އެދުނީ ހީން ރަނގަޅަށް ބަލައިދިނުމަށެވެ.

” އަހަރެން މިއޮތީ ކޮންތާކު… ކޮބާ ދައްތަ” އިރުކޮޅަކު އޮވެލާފައި ހީން އަކްޝަމް ކައިރީ އަހާލިއެވެ.

” ހީން ތި އޮތީ މި އަތޮޅު ހޮސްޕިޓަލްގައި.. މަންމައަށް ނާދެވުނީ މަންމަ ކަނޑުމައްޗަށް ވަރަށް ބަލިވީމަ..” އަކްޝަމް އޮޅުން ފިލުވައިދިނެވެ. ޖަވާބު ލިބުމުން ހީން އަނެއްކާވެސް ލޯމަރާލިއެވެ. އަކްޝަމް ހީންއާ ސުވާލު ކުރަން ބޭނުންވިއެވެ. ނަމަވެސް މިވަގުތު ހީންއާ ވާހަކަދައްކަން އުޅުމަކީ އެންމެ ރަގަޅު ގޮތް ކަމުގައި ނުފެންނާތީ މަޑުކުރީއެވެ.

” ބައްޕާ އަހަރުމެން މިތިބީ މުޅިން ބަނގުރޫޓުވެފަ.. ދުވަސް ކޮޅަކުން އަހަރުމެން މިގެއިން ވެސް ނިކުންނަން ޖެހޭނެ.. ކޮންތާކަށް ދާނީ.. ލާރިއެއް ހުރިނަމަތާ ތަނެއް ހިފައިގެންވެސް އުޅެވޭނީ” އާމިލް ވާހަކަދެއްކީ އާމިލްގެ ބައްޕަ ރާއިދާއެވެ.

” ދެން އޮތީ ހަމައެންމެ ގޮތެއް…. ” ރާއިދު ބުންޏެވެ. އާމިލް ކޮން ގޮތެއްހޭ އަހާފަދަ ގޮތަކަށް ބުމަ އަރުވާލިއެވެ.

” ދިލްޝާދު..” ރާއިދު ބުނި ނަމުން އާމިލްގެ މޫނު މަައްޗައް ވެރިވެގެން ދިޔައީ ފޫހި ކަމެވެ.

Share Article

Follow Me Written By

Axx

Level 110 Stories

Reading stories is my hobby and writing stories is my passion

Other Articles

Previous

ވަކިވީ އަސަރާ މަންޒަރު…6

Next

ދުރުގައިވިޔަސް… (4)

Next
November 14, 2015

ދުރުގައިވިޔަސް… (4)

Previews
November 14, 2015

ވަކިވީ އަސަރާ މަންޒަރު…6

11 Comments!

  1. Yushiii says:
    November 14, 2015 at 10:16 pm

    Ooh nice. Lov thx stry. ??

  2. lina says:
    November 14, 2015 at 10:32 pm

    Awesome! But it’s a request, pls make parts longer nd faster. Kn irakun tha next part?

    1. Axx says:
      November 15, 2015 at 11:46 am

      Nxt part dhigu kureveythw balaanan and will upload soon in sha Allah 🙂

  3. yushiii says:
    November 15, 2015 at 12:20 am

    and i forgot smthng 1st is mee

  4. shaxly says:
    November 15, 2015 at 12:28 am

    Story v nice….?B-)

  5. thitha... says:
    November 15, 2015 at 2:32 am

    reethi v v v

    1. Axx says:
      November 15, 2015 at 11:48 am

      Thnk u thihtha

  6. maash says:
    November 15, 2015 at 7:44 am

    When next part! Alhe aksham aa hyn avahah vulhuvaaba plz story v nice

  7. Axx says:
    November 15, 2015 at 11:47 am

    Thankz hurihaa kudhin kiyaala dhinyma
    Luv u all :*

  8. Habeys says:
    November 15, 2015 at 7:58 pm

    V reeethi ?

  9. Girl says:
    November 20, 2015 at 9:21 am

    V salhi

Comments are closed.


All Right Reserved!