Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވަކިވީ އަސަރާ މަންޒަރު…6

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
November 14, 2015 8 Mins Read
17 Comments

“އަވަހެއް ނޫން، މާ ލަސްވެސް ވެއްޖެ… އަހަރެން ކިތަންމެ ދުވަހަކު މާއިޒް ކައިރީ ތި ވާހަކަ ދައްކަން ހިތަށް އަރާ، ޕާސްޓް ދޫކޮށްލާށޭ… އެހެން ނޫނީ މާއިޒް ލައިފް އާއިގެން ކުރިޔަށް ދާނީ ކިހިނެއް؟” ފިރާޒް ބުންޏެވެ.

“އަހަންނަށް ފުރަތަމަ އޭނަ ފެނުނީމަވެސް… އެކަމަކު އެކަމާ އޭރު ފާޑަކަށް ރުޅި އާދެވުނީ، އެހާ އަވަހަށް އެކަހަލަ އެއްޗެއް ހިތަށް އަރުވާކަށްވެސް ބޭނުމެއް ނުވި. އެކަމަކު…” މާއިޒް އެ ވާހަކަތަށް ފިރާޒްއަށް ކިޔާދޭން މަސައްކަތް ކުރިއެވެ.

“އަވަހެއް ނޫނޭ މާއިޒް، ޝިފްޒާ ބޭނުން ވާނެތަ މާއިޒް އެހެން އުޅެން؟ މާއިޒްއަކަށް ނޭނގޭނެ މިހުރިހާ ދުވަހު އަހަރުމެން މާއިޒްއާ ދޭތެރޭ ވިސްނާ ހާސްވީ ވަރެއް… މިއަދު އަހަރެން ވަރަށް އުފާވެއްޖެ މާއިޒްގެ ލައިފްއަށް އެހެން ކުއްޖަކު އައީތީ” މާއިޒް އަލުން ދިރިއުޅުމާ މެދު ވިސްނީތީ ފިރާޒް އުފާ ވިއެވެ.

“އަހަރެންވެސް ވަރަށް ހިތްހަމަޖެހޭ މި ގުޅުމާ މެދު… ހިއެއް ނުކުރަން ޝިފޫއާ އެކީ ނޫނީ މިހާ ހިތްހަމަޖެހުން ލިބިދާނެ ކަމަކަށް” މާއިޒް ބުންޏެވެ.

“ކޮންގްރެޗުލޭޝަންސް! ޝާހިދު މެންނަށް އެނގޭތަ؟” ފިރާޒް ހިނި އައިސްފައި އަހާލިއެވެ. ފިރާޒް ކުރި ސުވާލުގެ ޖަވާބުގައި މާއިޒް ބޯ ހަލުވާލިއެވެ.

“އަދި އެކަކު ކައިރީވެސް ނުބުނަން… ފުރަތަމަ މިބުނީ ފިރާޒް ކައިރީ. ރޭގަ އަދި ފުރަތަމަ އޭނައާ މީޓް ކުރީވެސް… އެކަމަކު މިއަދު މި ޖެހުނީ ޑޮކްޓަރަށް ދައްކަން…” މާއިޒް ނުބުނެ ހުއްޓާލިއެވެ.

“ދެން ހާސް ނުވޭ، ހުރިހާ ކަމެއް ވެސް އިރާދަ ކުރެއްވިއްޔާ ދެން ދާނީ ރަނގަޅަށް. އަހަރުމެން ޑޮކްޓަރުން ކޮންމެ ކަމެއްގަވެސް ބަލާނީ އެންމެ ގޯސްކޮށް. ހާސް ނުވޭ! މިއަދު އިލަވަންގަ އާދޭ” ފިރާޒް ބުންޏެވެ.

“އާނ!” މާއިޒް ބުންޏެވެ.

 

 

 

ޝާނީ ގޮވައިގެން ހޮސްޕިޓަލަށް ދެވުނު އިރު އަށެއް ޖަހައިފިއެވެ. ދިޔަ ގޮތަށް އިމަޖެންސީ ރޫމްގައި ޝާނީއަށް ފަރުވާ ދޭން ފެށުނެވެ.

ދެގަޑިއިރު ފަހުން ނާރުގެ ހާއްސަ ޑޮކްޓަރ ފިރާޒްއަށް އެންގި އިރުވެސް ޝާނީ ހެއެއް ނާރައެވެ. ފިރާޒް ޓެސްޓްތައް ހެދިއެވެ. ނަތީޖާ ވަރަށް ރަނގަޅަށް ބެލިއެވެ. ވީގޮތް އެނގުމުން އޮޕަރޭޝަން ކުރަން ޖެހޭނެ ވާހަކަ އެހީތެރިންނަށް އެންގިއެވެ. އޭރުވެސް އެއީ މާއިޒްއާ އެއްވެސް ގުޅުމެއް ހުރި ކުއްޖެއް ކަމެއް ފިރާޒްއަކަށް ނޭނގެއެވެ.

 

 

މާއިޒް ދެތިން ފަހަރު ޝާނީއަށް ގުޅިއެވެ. ނަމަވެސް ޝާނީ ފޯނެއް ނުނަގައެވެ. އެންމެ ފަހުން އެގާރަ ޖަހާ އިރަށް ބަލާ ދާނަން ކަމަށް ބުނެ މެސެޖް ކޮށްލާފައި މާއިޒް އިމަޖެންސީ ރޫމަށް ދިޔައީ އެދުވަހު އިމަޖެންސީކޮށް ގެނައި ޕޭޝަންޓެއް ކައިރީ ފިރާޒް ވާތީ، ފިރާޒްއާ ވާހަކަ ދައްކާލާށެވެ.

މާއިޒް ފުރަތަމަ ފެނުނީ ޝިއުނާއަށެވެ. މާއިޒްވެސް ޝިއުނާ ފެނުމުން ހީލާފައި ޝިއުނާ ކައިރިއަށް ދާން ހިނގައިގަތެވެ. އެއާއެކު ޝިއުނާ ކައިރީ ނިޝާއާ ނާސިފްއާ ޝިމާއު އަދި ޒާހިރުވެސް ހުއްޓާ ފެނުނެވެ. ޝިއުނާއާ ނިޝާ ރޯން ތިބިކަން ވެސް މާއިޒްއަށް ކުއްލިއަކަށް ފާހަގަ ކުރެވުނެވެ. އަދި އެތާ ޝާނީ ނެތްކަން ވެސް ފާހަގަ ކުރެވުނެވެ.

މާއިޒްއަށް ހުއްޓެވުނެވެ. މޫނުމަތިން ހިނިތުން ވުން ފިލިއެވެ. ހާސްކަން ފާޅުވިއެވެ. ޝާނީ ފޯން ނުނަގާކަން ހަނދާން ވިއެވެ. ކުރިރޭ ޝާނީއާ މާއިޒް ކުރި ސުވާލުތަކާ ޝާނީ ދިން ޖަވާބުތައް ހަނދާނަށް އައެވެ.

އެވަގުތު މާއިޒްގެ ހިތް ކުޑަ ވަގުތު ކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. އިރުކޮޅަކަށް ހަރަކާތް ހުއްޓިފައި ޝިއުނާމެންނާ ދިމާއަށް ބަލަން ހުރެވުނެވެ. ސިކުނޑިއަށާ ހިތަށް ވެރިވި ބިރުވެރި ޚިޔާލުތަކުގެ ސަބަބުން ހަދާނެ ގޮތެއް ނުވިސްނިފައި ހުރެވުނެވެ.

މާއިޒް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އީއާރް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ކުރިމަތީ ހުރި އެނދުގައި ޝާނީ އޮތެވެ. މާއިޒްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހީވީ މޭގައި މީހަކު އެއްޗަކުން ބާރަށް ޖެހިހެންނެވެ. މޫނު ހުދު ވެގެން ދިޔައެވެ.

މާއިޒް ވަން އިރަށް ފިރާޒް ބަލާލިއެވެ.

“މާއިޒް…” މާއިޒްގެ ނަން ބުނެލުން ފިޔަވާ އިތުރު ކަމެއް ފިރާޒްއަކަށް ނުކުރެވުނެވެ. މާއިޒް ހުރި ގޮތުން ފިރާޒްއަށް ވިސްނުނެވެ. ފިރާޒްގެ އެ ޕޭޝަންޓަކީ މާއިޒްގެ ޝާނީކަން ޔަގީން ވިއެވެ.

“ޝިޓް…!” ފިރާޒްއަށް ބުނެވުނެވެ.

މާއިޒް ގޮސް ޝާނީގެ ބޮލުގައި ފިރުމާލިއެވެ. އިރުކޮޅަކު ޝާނީއާ ދިމާއަށް ބަލަން ހުއްޓެވެ.

“ސީރިއަސްތަ؟” ޝާނީގެ މޫނަށް ބަލަން ހުރެ މާއިޒް ފިރާޒްއާ ސުވާލު ކޮށްލިއެވެ.

ފިރާޒް އެއްޗެއް ނުބުނެ ހުއްޓެވެ.

“ފިރާޒް، ސީރިއަސްތަ؟” މާއިޒް ސުވާލު ތަކުރާރު ކޮށްލިއެވެ.

“ވަރަށް ސީރިއަސް…” ފިރާޒް މަޑުމަޑުން ބުންޏެވެ.

މާއިޒް ކަރުގަ އަޅުވާފަ އޮތް ސްޓެތޮސްކޯޕް ނަގާ އެއްލާލިއެވެ. އެތާ ތިބި އެންމެން މާއިޒްއާ ދިމާއަށް ބަލަން ތިއްބެވެ.

“މާއިޒް…” ފިރާޒް މާއިޒްގެ އަތުގަ ހިފަހައްޓަން އުޅުނެވެ. މާއިޒް ފިރާޒްގެ އަތް ފޮޅުވާލާފައި ބާރަށް ހިނގާފައި އެތަނުން ނިކުތެވެ.

“މާއިޒް…!” މާއިޒް ނިކުތް ތަން ފެނުމުން ބޭރުގައި ހުރި ޝިއުނާ ގޮވާލިއެވެ.

“އެބަ އަންނަން” މަޑުވެސް ކޮށްނުލާ މާއިޒް ދިޔަ ގޮތަށް ހޮސްޕިޓަލުން ނިކުތެވެ.

 

މާއިޒް ތޮށިގަނޑުމަތީ ދެކޮޅަށް ހިނގަން ފެށިއެވެ. ހަދަންވީ ގޮތެއް ކުރަންވީ ކަމެއް މާއިޒްއަކަށް ނުވިސްނުނެވެ. ފާޑަކަށް މޭގަ ރިއްސަން ފެށިއެވެ. ޝިފްޒާ ބަލިކަން އެނގި، ބަލި ރަނގަޅުނުވެ މާއިޒްއާ ވަކިވާނެކަން ޔަގީންވި ވަގުތުވެސް މިއަދު މި ކުރެވޭ އިހްސާސްތަކެއް ނުކުރެވެއެވެ. އެވޭން، އެ ހިތާމަ އަލުން އުފުލާނެ ހިތްވަރެއް މާއިޒްގެ ކިބަޔަކު ނެތެވެ.

މާއިޒް ޝާނީ ދެކެ ލޯބި ވާވަރު އަމިއްލައަށްވެސް އިހްސާސް ކުރެވުނީ އެ ވަގުތުއެވެ. އެ ހުރިހާ ދުވަހު ޝާނީގެ ލޯތްބާ ދެކޮޅަށް މަސައްކަތް ކުރެވުނީ ކީށްވެބާއޭ މާއިޒްގެ ހިތަށް އެރިއެވެ.

މާއިޒްއަކީ ޑޮކްޓަރެކޭ ހިތަށް އެރުމުންވެސް އެވަގުތު މާއިޒްއަށް އަމިއްލަ ނަފްސުދެކެ އާދެވުނީ ރުޅިއެވެ. ތިމާ އެންމެ ލޯބިވާ މީހާއަށް އެހީއެއް އެންމެ ބޭނުންވި ވަގުތު އެކަން ކޮށްދެވެން ނެތް ނަމަ ކިތަންމެ މޮޅު ޑޮކްޓަރެއް ނަމަވެސް އޭގެ ބޭނުމަކީ ކޮބާތޯއެވެ؟ މާއިޒް ޖީބުގައި އޮތް ކާޑު ނަގާ އަތުގެ ކޮޅަށް މޫދަށް އެއްލާލެވުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ.

އަނެއްކާވެސް ބޭކާރު ކޮށްލެވުނު ދުވަސްތައް މަތިން މާއިޒް ހަނދާން ވިއެވެ. ޝާނީއާ ދުރުވާން ކުރެވުނު މަސައްކަތަށް ޓަކާ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

މާއިޒް އަލުން ހޮސްޕިޓަލަށް ދިޔައީ ބައިގަޑިއެއްހާ އިރު ފަހުންނެވެ. މާއިޒް ފެނުމުން ނާސިފް އައިސް މާއިޒްގެ ކޮނޑުގައި ޖަހާލިއެވެ. މާއިޒް ނާސިފްއަށް ބަލާލާފައި ބޯޖަހާލިއެވެ. އަދި އީއާރްއަށް ވަނެވެ. ޝާނީ ކުރިންވެސް އޮތް ގޮތަށް އޮތެވެ. އެނދު ކައިރީގައި ނަރުސް ކުއްޖަކު ޗާޓްގައި އެއްޗެއް ނޯޓް ކުރަން ހުއްޓެވެ.

“އެއްވެސް ޗޭންޖެއް އައިތަ؟” މާއިޒް އެހިއެވެ.

ނަރުސް ދިން ޖަވާބާ މެދު މާއިޒް ހިތް ހަމައެއް ނުޖެހުނެވެ. އަމިއްލައަށް ޝާނީގެ ބްލަޑް ޕްރެޝާރ ބަލާ ޕަލްސް ބެލިއެވެ. ކުރިއަށް ވުރެ ޝާނީ ހުން ގަދައެވެ. އަދި ނަރުސް ކުއްޖާ އަތުން ޗާޓް ނަގާ ބަލާލިއެވެ. މާއިޒް ޝާނީ ކައިރީ އިށީނދެ ޝާނީގެ އަތުގަ ހިފާލިއެވެ.

“ޝާނީ… ތެދުވެބަލަ ދެން… ތިހެން ހިތްވަރު ދޫކޮށްލާކަށް ނުވާނެ، އޭރުން އަހަންނަށް ކިހިނެއް ވާނީ؟ ޕްލީޒް ޝާނީ…” މާއިޒް ޝާނީގެ އަތުގަ ހިފައިގެން އިނދެ މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައެވެ.

“ޕްލީޒް… އަހަރެން ވަރަށް ބައިވަރު ވާހަކަ ޝާނީއަށް ކިޔާދޭން ބޭނުން… ޝާނީ ޖެހޭނެ އަޑު އަހަން، ކީށްވެ އަހަރެންނަށް މިހާ ކުޑަ ވަގުތުކޮޅެއް ތި ދިނީ؟ އަހަންނަށް އެވަރަކުން ނުފުދޭ… އަހަރެންގެ ލައިފްގަ ބާކީ އޮތް ބައިގަ އަހަރެން ޝާނީ ބޭނުން…”

އެމަންޒަރު ބަލަން އިރުކޮޅަކު ހުރެފައި ފިރާޒް އައިސް މާއިޒް ކޮނޑުގައި ހިފާލިއެވެ.

“ހޯޕް އެބައޮތޭ އަދި. ބައިވަރު. ދެދުވަސް ތެރޭގައި އޮޕަރޭޝަން ކުރެވިއްޖެއްޔާ އަދި ރަނގަޅުވާނެ” ފިރާޒް ބުންޏެވެ.

“ކިހިނެއްތަވީ؟” މާއިޒް އެހިއެވެ.

ފިރާޒް މާއިޒްއަށް ހުރިހާ އެއްޗެއް ކިޔާދިނެވެ. މާއިޒް އަޑުއަހަން ހުއްޓެވެ.

“ކީއްވެ ހޭނާރަނީ؟”

“ތީ މައްސަލައަކީ. އެހެންނޫންނަމަ ހަންޑްރެޑް ޕަސެންޓް ޔަގީންކަން ދެވޭނެ” ފިރާޒް ބުންޏެވެ.

“ފެމިލީ ބުނަނީ ކީކޭ؟” މާއިޒް އަހާލިއެވެ.

“އެމީހުން ހަމަ ރެޑީ”

“އެހެން ވިއްޔާ ކޮން އިރަކަށް އޮޕަރޭޝަން ޝެޑިއުލް ކުރީ؟” މާއިޒް ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ.

“އަދި ބައެއް ބޭސް ދީފަ އެނގޭނީ، ބައެއް ޓެސްޓް ތަކުގެ ރިޒަލްޓްވެސް އަދި ނުލިބޭ، މިރޭ ނޫނީ މާދަން ކުރާނަން!” ފިރާޒް ބުންޏެވެ.

މާއިޒް އަނެއްކާ ވެސް ޝާނީގެ އަތުގަ ހިފާލިއެވެ.

ފަނަރަ ވަރަކަށް މިނެޓް ފަހުން ޒާހިރުއާ ނާސިފްއާ ނިޝާ އެތެރެއަށް ވަނުމުން މާއިޒް ގޮނޑިން ތެދުވެ ދުރަށް ޖެހިލިއެވެ. ޝާނީ ފެނުމާއެކު ނިޝާ ރޯން ފެށިއެވެ. ނާސިފް ނިޝާގެ އަތުގަ ހިފައިގެން ގޮސް ގޮނޑީގަ ބޭންދިއެވެ.

ބައިގަޑިއެއްހާ އިރު ފަހުން އެންމެން ބޭރަށް ނިކުތެވެ. އެ މީހުންނާ އެކީ މާއިޒްވެސް ނިކުތެވެ.

“ތީ ޝާނީގެ އަތް ބިނދިގެން ގެނައި ދުވަހު ހުރި ޑޮކްޓަރުދޯ؟” ޒާހިރު މާއިޒްއާ ސުވާލު ކޮށްލިއެވެ. މާއިޒް ބޯ ޖަހާލިއެވެ. “އަނެއްކާ ޝާނީގެ ކަށިގަނޑަކަށް ގެއްލުމެއް ވީތަ؟” ޒާހިރު ހާސް ވެފަ އެހިއެވެ.

މާއިޒް ފިރާޒްއަށް ބަލާލިއެވެ.

“ނޫން، ޝާނީގެ އެއްވެސް ކައްޓަކަށް ގެއްލުމެއް ނުވޭ” ފިރާޒް ބުންޏެވެ.

“ދެން މި ޑޮކްޓަރު ކީށް ކުރަނީ؟” ވާ ގޮތެއް ނުވިސްނިގެން ޒާހިރު އަހާލިއެވެ.

“ބައްޕާ… މި ވަގުތު މާއިޒް މިތަނަށް އައިސް އެހެރީ ޑޮކްޓަރެއްގެ ހައިސިއްޔަތަކުން ނޫން…” ނާސިފް ބުންޏެވެ. ޒާހިރުއަކަށް ނުވިސްނުނެވެ. “އަހަންނަށް ހިވަނީ މާއިޒްއާ ޝާނީ ކައިވެނި ކުރަން އުޅޭހެން” ނާސިފް ބުންޏެވެ.

ޒާހިރު އެއްޗެއް ނުބުނެ މާއިޒްއަށް ބަލާލިއެވެ.

“އަޅުގަނޑު ބޭނުން އަޅުގަނޑުގެ ދަރިފުޅުގެ ކައިވެނި ކުރުވަން… އެކަން ވާނީ ތިޔަ ބޭފުޅުން އެހީ ވެދެއްވިއްޔާ” ޒާހިރު ފިރާޒްއަށް ބަލާލާފައި ބުންޏެވެ.

“އަޅުގަނޑުވެސް އެދޭ ކަމެއްތީ. މާއިޒް މީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް، އަޅުގަނޑު ނޭދެން މާއިޒް އެއް ހިތާމައެއް ދެފަހަރަށް ތަޖުރިބާ ކުރާކަށް. އަޅުގަނޑަށް ޝާނީއަށް ކޮށްދެވެން އޮތް ކަމެއް ވެއްޖެއްޔާ ކޮށްދޭނަން، ހަމަ އެކަނި ޝާނީއަށް ޓަކައެއްނޫން… އަޅުގަނޑުގެ މި ރަހުމަތްތެރިޔާއަށް ޓަކާވެސް” މާއިޒްގެ ކޮނޑުގަ އަތް އަޅުވާލަމުން ފިރާޒް ބުންޏެވެ.

ފިރާޒް ބުނި އެއްޗަކުން އެންމެން މާއިޒްއާ ދިމާއަށް ބަލާލިއެވެ. ނަމަވެސް އެކަކުވެސް އެވަގުތު ސުވާލެއް ނުކުރެއެވެ.

 

އަނެއް ދުވަހު ހެނދުނު ޝާނީ އޮޕަރޭޝަން ކުރެވުނެވެ. ތިއޭޓަރުން ނެރުނީ ދެގަޑިއިރު ފަހުންނެވެ. އޭރު ބޭރުގައި ޒާހިރުއާ ޝިއުނާއާ ޝިމާއުއާ ނިޝާއާ ނާސިފް ތިއްބެވެ. އޮޕަރޭޝަން ކުރި އިރު މާއިޒް ހުރީ ގޭގައެވެ. އެވަގުތު ހޮސްޕިޓަލުގައި ތިއޭޓަރުން ބޭރުގައި ނުހުރެވޭނެތީއެވެ. އޮޕަރޭޝާން ނިމުމާއެކު ފިރާޒް ގުޅުމުން މާއިޒް ހޮސްޕިޓަލަށް ގޮސް ޝާނީ ކައިރިއަށްވެސް ނުގޮސް ފުރަތަމަ ދިޔައީ ފިރާޒް ކައިރިއަށެވެ.

“ކިހިނެއްވީ؟” މާއިޒް އެހިއެވެ.

“ރަނގަޅު… ހުރިހާ ކަމެއްވެސް ރަނގަޅު” ފިރާޒް ބުންޏެވެ.

މާއިޒް ފިރާޒްއާ އެކީ ޝާނީ ކައިރިއަށް ދިޔައެވެ. އޭރު ޝާނީ އަދި ވޯޑަކަށް ނުނެރެއެވެ. ވޯޑަށް ނެރޭނީ ޝާނީ ހޭއެރުމުންނެވެ. މާއިޒް ފަނަރަ ވަރަކަށް މިނެޓް ޝާނީ ކައިރީ މަޑުކޮށްލާފައި ނިކުތެވެ. ޝިއުނާމެން ވެސް ފަހަރަކު މީހަކު ޝާނީ ކައިރީގައި މަޑު ކޮށްލާފައި ނިކުތެވެ. މާއިޒް ފިރާޒްއާ އެކީ ފިރާޒްގެ ރޫމަށް ދިޔައެވެ. އެތާވެސް މާއިޒްއަށް މަޑުންނެއް ނުހުރެވުނެވެ. އިށީނދެލާފައި އިރުކޮޅެއް ނުވެ ތެދުވެ ދެކޮޅަށް ހިނގަން ފަށާނެއެވެ. އަނެއްކާވެސް އިށީންނާނެއެވެ. ހަމަ ކުޑައިރުކޮޅަކުން ތެދުވެ ހިނގަން ފަށައެވެ.

“މާއިޒް، ހާސް ނުވެބަލަ… އިރާދަ ކުރެއްވިއްޔާ ރަނގަޅު ވާނެޔޭ…” ފިރާޒް ބުންޏެވެ.

 

ހަތަރު ގަޑިއިރު ދިޔައީ ކިހިނެއް ކަމެއް ޝާނީގެ ހާލު ބަލަން އެތާ ތިބި އެކަކަށްވެސް ނޭނގެއެވެ. ފިރާޒް އައިސް ވަނުމުން އެވަގުތު ޝާނީ ކައިރީ އިން ޝިއުނާ ނިކުތެވެ. މާއިޒްވެސް ފިރާޒްއާ އެކީ ވަނެވެ. ފިރާޒް ޝާނީ ޗެކް ކޮށްލާފައި ނިކުތް އިރު ޒާހިރު ނޫން އެންމެން ތިއްބެވެ.

“މާއިޒް، އަހަރެން އެއްޗެއް އަހާލަންތަ؟” މާއިޒްއާ ފިރާޒް ނިކުތުމުން ޝިއުނާ އަހާލިއެވެ.

މާއިޒް ބޯ ޖަހާލިއެވެ.

“އިއްޔެ މާއިޒްގެ ފްރެންޑް، މި ޑޮކްޓަރު ބުނި މާއިޒް އެއްހިތާމައެއް ދެފަހަރަށް ތަޖުރިބާ ކުރާ ވަހަކަ… އެބުނީ ކީކޭ؟” ޝިއުނާ އެހިއެވެ.

މާއިޒްއާ ފިރާޒް އެކަކު އަނެކަކަށް ބަލާލިއެވެ.

“އެއީ އަހަރެންގެ ވައިފްގެ ވާހަކަ” އިރުކޮޅެއް ފަހުން މާއިޒް މަޑުމަޑުން ބުންޏެވެ.

“ވައިފްއޭ…؟” ނިޝާއާ ނާސިފްއާ ޝިމާއު އެއްފަހަރާ އަހާލިއެވެ.

“ޝްޝްޝް…! އިހަށް މަޑުކޮށްބަލަ” ޝިއުނާ ބުންޏެވެ. އަދި މާއިޒްއަށް ބަލާލިއެވެ. “އެކަމާ ޝާނީއާ އެއްވެސް ގުޅުމެއް އެބަ އޮތްތަ؟” ޝިއުނާ އެހިއެވެ.

މާއިޒް އެވަގުތު ހުރީ އެވާހަކަ ދައްކާ މޫޑެއްގައެއް ނޫނެވެ.

“ފިރާޒްއަށް އެނގޭނެ ތި ހުރިހާ ކަމެއް، ފިރާޒް ކިޔާދޭނެ…” މާއިޒް ބުންޏެވެ. އަދި އެތަނުން ނިކުތެވެ.

އެންމެން މާއިޒް ދިޔަ ދިމާއަށް ބަލަން ތިއްބެވެ. ޝިއުނާ ފިރާޒްއާ ދިމާއަށް ބަލާލިއެވެ.

“ޝިއުނާއަށް ކިހިނެއް އެނގުނީ މާއިޒް މީހަކާ އިނދެގެން އުޅޭ ކަމެއް؟ ޝާނީއަކަށް ނޭނގޭތަ؟” ނާސިފް އެހިއެވެ.

“ފަހުން ކިޔާދޭނަމޭ ދޮންބޭ… އިހަށް މަޑުކޮށްލަބަލަ…!” ފިރާޒްއަށް ބަލަން ހުރެ ޝިއުނާ ނާސިފްއަށް ބުންޏެވެ.

 

“މާއިޒްގެ އަންހެނުން ޝިފްޒާ މަރުވިތާ މިވީ ދެއަހަރާ ދުވަސްކޮޅެއް” ފިރާޒް ބުންޏެވެ. އެއަޑު އަހާފައި ޝިއުނާ ނޫން އެހެން މީހުން ތިބީ ހައިރާން ވެފައެވެ.

“ތިކަން އެނގެޔޭ، ދެން…؟” ޝިއުނާ އަހާލިއެވެ.

“ޝިފްޒާ މަރުވީ ބަނޑުގަ ޓިއުމަރެއް އުފެދިގެން. އެކަން އެނގުނީ ޝިފްޒާ ޕްރެގްނަންޓް ވީފަހުން. ބޭބީއަށް ގެއްލުމެއް ވެދާނެ ކަހަލަ އެއްވެސް ކަމެއް ކުރާކަށް ޝިފްޒާ ގަބޫލެއް ނުވި… އޭރުވެސް އެކަން އޮތީ ވަރަށް ޑޭންޖަރަސް ހިސާބެއްގަ… ހަވަނަ މަހުގަ ބޭބީ މިސްކެރީވީ، އޭރު ޝިފްޒާއަށް މާލަސް ވެއްޖެ…

ޝިފްޒާ ބަލިވެ ދެމަހެއްހާ ދުވަހު އުޅުނު، އެހުރިހާ ދުވަހު ހުރިހާ ކަމެއް ދޫކޮށްލާފަ މާއިޒް ޝިފްޒާ ކައިރިގަ މަޑުކުރި… ޝިފްޒާއަށް މާގިނަ ވަގުތެއް ނެތްކަން އެނގިހުރެ.

އެ ހުރިހާ ކަމެއް ހިތުން ފިލަން މާއިޒްއަށް ވަރަށް ދުވަސް ނެގި. ވަޒީފާއަށް ނިކުންނަން ފެށީވެސް އޭގެ އަހަރެއް ފަހުން، އެހާ ދުވަހުން އެކަން އެކްސެޕްޓް ކުރަން މާއިޒްއަށް ދަސްވީ،

އެހެން އުޅެނިކޮށް ޝާނީއާ ދިމާވީ… މާއިޒް ނުބުންޏަސް އޭނަ ވަރަށް ލޯބިވޭ ޝާނީ ދެކެ… މިހުރިހާ ދުވަހު މާއިޒް ޝާނީއާ ދުރުވާން މަސައްކަތް ކުރީ ޝާނީ ދެކެ ލޯބި ނުވާތީކީ ނޫން، އޭރު ޝިފްޒާދެކެ ލޯބިވީވަރުން.

މިހާރު އަނެއްކާ ޝާނީއަށް މިހެން ދިމާވީމަ މާއިޒްއަށް އޭރުގެ ހަނދާން ވާނީ… އޭނައަށް ހީވާނީ ކުރިންވެސް ވީހެންނޭ ވާނީ… ”

ފިރާޒް ވާހަކަ ދެއްކުން ހުއްޓާލި ފަހުން އެތައް އިރެއް ވީއިރުވެސް އެކަކުވެސް އެއްޗެއް ނުބުނެއެވެ. އެއްވެސް މީހަކަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ.

“ޝިފްޒާއަށް އެއްވެސް ހޯޕްއެއް އޮތްތަ؟” އެތައް އިރެއް ފަހުން ޝިއުނާ އަހާލިއެވެ.

“ފުރަތަމަ އެނގުނު އިރަށް ފަރުވާ ހޯދުނު ނަމަ އޮތީސް ކަންނޭނގެ. ނޫނީ އެއަށްވުރެ ކުރިން އެނގުނު ނަމަވެސް ކޮންމެސް ވަރެއްގެ ހޯޕްއެއް ލިބޭނެ ކަންނޭނގެ. އެކަމަކު ފަހުން…” ފިރާޒް ބޯ ހަލުވާލިއެވެ.

“ޝާނީއަށް ކިހާ ވަރެއްގެ ހޯޕްއެއް އޮތީ؟” އިރުކޮޅެއް ފަހުން ލޯމަރާލާފައި ޝިއުނާ އަހާލިއެވެ.

“ހޭއެރީމަ ބަލާލާފަ ސަތޭކަ ޕަސެންޓް ދެވޭނީ… އެކަމަކު މިހާރުވެސް ބުނެވިދާނެ ކާމިޔާބު އޮޕަރޭޝަން އެކޭ” ފިރާޒް ވިސްނާލާފައި ޝިއުނާގެ ސުވާލަށް ޖަވާބު ދިނެވެ.

“މާއިޒް ހިތަށް އަރާނީ އެންމެ ގޯސްކޮށް ދޯ؟” ޝިއުނާ މަޑުމަޑުން ބުނެލިއެވެ. “އޭނައަށް ކިހިނެއް ވާނީ؟”

 

 

އޮޕަރޭޝަން ކުރި ފަހުން އަށް ގަޑިއިރުވީ އިރުވެސް ޝާނީ ހޭނާރާތީ ޝިއުނާމެން އެތައް ފަހަރަކު ފިރާޒްއާ ސުވާލު ކުރިއެވެ. ކުރިން އެކަމާ ކަންބޮޑު ނުވި ނަމަވެސް އެހާއިރު ވުމުން ފިރާޒްވެސް ހާސްވާން ފެށިއެވެ. އަލުން ޓެސްޓްތައް ހަދާ އިރު އިރުކޮޅާ އެއްވެސް ބަދަލެއް އައިތޯ ފިރާޒް ބަލަން ފެށިއެވެ.

 

“ފިރާޒް، ކިހިނެއް މިވަނީ؟” އެރޭ މާއިޒް ފިރާޒްއާ ސުވާލު ކުރިއެވެ. އޭރުވެސް ފިރާޒް އިނީ ޝާނީގެ ރިޕޯޓްތައް ބަލާށެވެ. މާއިޒް އައިސް ސުވާލު ކުރުމުން ފިރާޒް ކަރުދާސްތައް މޭޒުމަތީ ބަހައްޓާފައި ދެއަތުން މޫނު ފޮހެލިއެވެ.

“އަހަންނަކަށްވެސް އަދި ނުވިސްނޭ… އަހަރެން ވަރަށް މަސައްކަތް އެބަ ކުރަން މާއިޒް… އެކަމަކު އަދި ހަމަ…” ފިރާޒް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

މާއިޒް ފިރާޒްގެ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނދެ ޝާނީގެ ރިޕޯޓްތައް ނަގާ ބަލަން ފެށިއެވެ. މާއިޒްއަށްވެސް ވީގޮތް ނުވިސްނުނީ ކަންނޭނގެއެވެ. އަނެއްކާވެސް ބަލާލީ ފިރާޒް އަށެވެ.

“ތީގެން ގޯހެއް ނުދައްކާ… ހަދަންވީ ގޮތެއް ނުވިސްނޭ…” ފިރާޒް ބުންޏެވެ.

 

އަނެއް ދުވަހު މާއިޒް ޝާނީ ކައިރިއަށް ދިޔަ އިރު ޝާނީ ކައިރީ އިނީ ނިޝާ އެވެ. ނިޝާ އިނީ އެ ދުވަހު ހެނދުނު އައި ގޮތަށެވެ.

“އެއްޗެއް ކައިފިންތަ؟” މާއިޒް އަހާލިއެވެ. ނިޝާ ބޯ ހަލުވާލިއެވެ. “ދޭ ކައިގެން އަންނަން، ނިޝާ އަންނަން ދެން އަހަރެން މަޑު ކުރާނަން” މާއިޒް ބުންޏެވެ.

ނިޝާ ނިކުތެވެ. ބަނޑުހައި ވެގެނެއް ނޫނެވެ. ޝާނީއާ އެކު އެކަނި ހޭދަ ކޮށްލާނެ ވަގުތުކޮޅެއް މާއިޒްއަށް ދޭން ވެގެންނެވެ. ނިޝާ ނިކުތް އިރަށް ޝިއުނާއާ ދިމާ ވިއެވެ.

“ކޮންތާކަށް ތިދަނީ؟” ޝިއުނާ އެހިއެވެ.

“ކެންޓީނަށް” ނިޝާ ޖަވާބު ދިނެވެ.

“އެހެންތަ؟ އާނ، އަވަހަށް ދޭ، ދޮންތަ މަޑު ކުރާނަން” ޝިއުނާ ބުންޏެވެ. އަދި އެތެރެއަށް ވަންނަން އުޅުނެވެ. ނަމަވެސް އެއަށް ވުރެ ކުރިން ނިޝާ ޝިއުނާ އަތުގަ ހިފެހެއްޓިއެވެ.

“އިހަށް އާދޭ… މާއިޒް އެބައިން ތުއްތަ ކައިރީ… އޭނައަށްވެސް ވަގުތު ކޮޅެއް ދީބަލަ ތުއްތައާ އެކީ…” ނިޝާ ބުންޏެވެ.

 

ނިޝާ ނިކުތުމުން މާއިޒް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނދެ ޝާނީގެ އަތުގަ ހިފާލިއެވެ.

“ޝާނީ…” މާއިޒް މަޑުމަޑުން ޝާނީގެ އަތަށް ފިތާލަމުން ގޮވާލިއެވެ. “މިއޮއް ހުރިހާ ދުވަހު ޝާނީ ނުވެގެން އުޅުނު ކަންތައް ވީމަ ކީށްވެތަ ތިހެން ތި ހަދަނީ؟ އެންމެ ބައްދަލުވުމެއްގެ އުފާ އެކަނިތަ އަހަންނަށް އޮތީ؟ ޝާނީއަށް އެނގޭނެ ތިހެން ހެދީމަ އަހަންނަށް ވާނެ ގޮތް… ނޭނގެނީތަ ހަމަ؟ މި ހުރިހާ ދުވަހު އަހަރެން ޝާނީއާ ދުރުވާން ކުރި މަސައްކަތް ބޭކާރުވެ… އަހަރެން ޝާނީ ދެކެ މިވަރަށް ލޯބި ވީމަތަ ތިހެން ހަދަންވީ؟ ތިހެން އަހަންނަށް ހަދަން ކީށްކުރަން އަހަރެންގެ ހިތުގަ ޝާނީއާ މެދު މިވަރަށް ލޯބި އުފެއްދީ؟ ކީށްވެ އެވަރަށް އަހަރެން ޝާނީއާ މެދު ވިސްނަން މަޖުބޫރު ކުރީ؟ ކީށްވެ އަހަރެން ޝާނީ ދެކެ ލޯބި ވިޔަ ދިނީ؟

ޕްލީޒް ޝާނީ… އަހަންނަކަށް ދެން ނުވާނެ އެކަމެއް… އެއްފަހަރު އެވަރުގެ ކަމަކަށް ކެތް ކުރެވޭނީ… ދެން ނުވާނެ، ޝާނީއަށް ގޮތެއް ވެއްޖެއްޔާ އަހަރެންވެސް ޝާނީއާ އެކީ… ” މާއިޒް ލޯ ފޮހެލިއެވެ. އިރުކޮޅަކު ޝާނީއަށް ބަލަން އިނެވެ.

“ޝާނީ…” މާއިޒް ޝާނީގެ ބޮލުގަ ފިރުމާލިއެވެ. “އަޑު އަހާބަލަ… އިވޭތަ؟ އަހަރެން ބޭނުން މިއަދު މިވަގުތު ޝާނީ އަހަރެންގެ އަނތްބަކަށް ހަދަން… އެކަމަކު އެކަމަށް އަހަރެން ޝާނީގެ ސަޕޯޓް ބޭނުން ވާނެ… ތެދުވެބަލަ ޕްލީޒް!” މާއިޒް ޝާނީގެ އަތްތިލައިގަ ތުންފަތް ޖައްސާލިއެވެ.

ނަރުސް ކުއްޖަކާއެކީ ފިރާޒް އެތަނަށް އައީ އެވަގުތުއެވެ. މާއިޒް އިން ގޮތް ފެނިފަ ފިރާޒްވެސް ދެރަ ވިއެވެ. ކޮންމެވެސް ގޮތެއް ވާނެ ނަމައޭ އެވަގުތުވެސް ފިރާޒްގެ ހިތަށް އެރިއެވެ. އެވަގުތު މާއިޒްއަށް އުނދަގޫ ކުރާކަށްވެސް ފިރާޒް ބޭނުމެއް ނޫނެވެ. ނަމަވެސް ފިރާޒްގެ މަސައްކަތް ފިރާޒް ކުރަން ޖެހެއެވެ. ފިރާޒް މާއިޒް ކައިރިއަށް ގޮސް އެއްވެސް އެއްޗެއް ނުބުނެ މާއިޒްގެ ކޮނޑުގަ ހިފާލިއެވެ. އަދި ކުރަން އައި ކަންތައް ކޮށްނިންމާލާފައި އިތުރު އެއްޗެއް ނުބުނެ އެތަނުން ދިޔައެވެ.

މާއިޒް އަނެއްކާވެސް ޝާނީގެ އަތުގަ ހިފާލިއެވެ.

“ޝާނީ… ތިއުޅެނީ އަހަރެން ޝާނީ ތެޅުވީތީ އެކަމުގެ ބަދަލު ހިފަންތަ؟ މައްސަލައެއް ނެތް… އެކަމަކު މިގޮތަކަށް ނޫން… މި ނޫން ކޮންމެ ގޮތެއްވެސް އެންމެ ރަނގަޅު، ދެން ތެދުވޭ… އަހަރެންވެސް ބޭނުން އަދިވެސް ޝާނީއަށް އެތައް އުނދަގުލެއް ކުރަން… އަހަންނަށް އެނގޭނީ ދެން އަހަރެން ހަދާނެ ގޮތް… ޝާނީ ހަމަ ތެދުވާ އިރަށް ވަގުތުން އަހަރެން ޝާނީއާ ކައިވެނި ކުރާނަން… މި ހޮސްޕިޓަލުގަ، މިތާ… މި ހުރިހާ ދުވަހު ނުދެއްކުނު ހުރިހާ ވާހަކަ އެއްފަހަރާ ދައްކާނަން… އަޑުއަހާ އަހާ ޝާނީގެ ކަންފަތް ދުޅަވިޔަސް ހެޔޮ… އެންމެ ސިކުންތަކަށްވެސް އަހަންނާ ދުރަށް ދިޔަކަ ނުދޭނަން…” މާއިޒްއަށް އިތުރަށް ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ. ޝާނީގެ އެނދުގައި ބޯ ޖައްސާލިއެވެ.

“ހެޔޮ ނުވާނެ ޝާނީ… ތެދުވެބަލަ! ނޭނގެނީތަ އަހަރެން ލޯބިވާ ވަރު… އަހަންނަށް މިވާގޮތް ނޭނގެނީތަ؟ ޝާނީ ޕްލީޒް… އައި ކާންޓް ސްޓޭންޑް ދިސް… އިޓްސް ކިލިންގ މީ…” މާއިޒް ޝާނީގެ އެނދުގަ ބޯ ޖައްސައިގެން އޮވެ މަޑުމަޑުން ބުނެލީ އިތުރަށް ކެތް ނުކުރެވިގެންނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޝެރިން (12 ވަނަ ބައި)

Next

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -5

Next
November 14, 2015

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -5

Previews
November 14, 2015

ޝެރިން (12 ވަނަ ބައި)

17 Comments!

  1. New says:
    November 14, 2015 at 6:43 pm

    V reethi hama eha asarugadha

  2. nauma says:
    November 14, 2015 at 6:59 pm

    vvv reethi. please shaanee ragalhah kurahchy. maaiz fakeerah abadhu e.g. haaleh nujahsabala. next part avahah apkohdhechy.

  3. Faxoo says:
    November 14, 2015 at 7:01 pm

    varah reethi mi bai ves 🙂

  4. shaph says:
    November 14, 2015 at 7:10 pm

    woww .. its just awsome ..plxxx w w awahah up khdhehchey 😀

  5. shifu says:
    November 14, 2015 at 7:31 pm

    V v reethi ❤

  6. shuhu says:
    November 14, 2015 at 7:33 pm

    i havent read yet..seems to be exciting

  7. Piyaara says:
    November 14, 2015 at 7:39 pm

    Shani rangalhuvey

  8. mixu says:
    November 14, 2015 at 8:07 pm

    Alhe haadha asaru gadha a. Shaany aa maaiz vaki nukuraathi Plxxxxxxxx

  9. Ais says:
    November 14, 2015 at 9:50 pm

    Alhe . …shaany rngalhu kohbela. . abadhu maaix ah ehen nahadhan. . . plx ..plx . .avahah upkohdhhehche. . plx

  10. farey says:
    November 14, 2015 at 11:06 pm

    V reethi

  11. aaf says:
    November 14, 2015 at 11:36 pm

    So happi to see.you bck marsha.. i am the biggest fan of ur stories.. vrh kiyaalaa hiyyvey enme fahun marsha liyunu story on vaahaka online.. hykuran mi site in kiyaalan libeyne kamah

    1. MarSha says:
      November 15, 2015 at 12:42 pm

      Thnx.. n i did not write in vaahaka online, it must be muraasil… n which story r u refering to?

    2. aaf says:
      November 18, 2015 at 12:00 am

      Hiyy edheni kaneynge kiyanii e vaahaka ah.. aamir aana yaanaa these are some characters i remember frm tht story.. u wrote some of parts.on ur own block.. a vaahaka ga 2.couples ulhenii.. a meehun forign trip eh gos ulhenikoh accident vegn one’s husband other ge wife maruvaanii..

  12. shaxly says:
    November 15, 2015 at 12:31 am

    Kiyaafa in vaahaka e…bt its really nice story….??

    1. MarSha says:
      November 15, 2015 at 12:48 pm

      Thnx.. i did not write in vaahaka online.. it must’ve been muraasil… n which story r u refering to?

  13. MarSha says:
    November 15, 2015 at 12:45 pm

    Thnx a lot everyone… hopefully next part tomorrow… n its the last part. ?

  14. naxoo says:
    November 15, 2015 at 2:42 pm

    V v nice interesting.. Avaha up koahlahche

Comments are closed.


All Right Reserved!