ދިރި ދުނިޔޭގައި އެބަ ހުރިކަމެއް، ނޫނީ ނުބައި މީހުންތަކެއްގެ ޝިކާރައަކަށް ވީކަމެއް އެއްވެސް ގޮތަކަށް ނޭނގެ އެވެ. ނަމަވެސް ދެންމެ އެފެނުނު ހުވަފެނަކީ ހަމަގައިމުވެސް ކޮންމެވެސް ނުބައެއް އުޅޭ ކަމުގެ ސިގްނަލެއްކަން ދާނިޔާއަށް ވިސްނެން ފެށީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ.
…………………………………………
އެޕާޓްމަންޓް ތެރެއަށް މިކްޔާލްގެ ފޮށިތައް ލުމުގެ މަސައްކަތުގައި ސުޖާޢު، މިކްޔާލާއެކު ފޮނުވި ދެތިން މީހުން އުޅެ އެވެ. އޭރު މިކްޔާލް އޭނާގެ ކޮޓަރީ ބެލްކަނީގެ ރެއިލިންގައި ހިފަހައްޓައިގެން ހުއްޓެވެ. ދުރުދުރުން ފެންނަ މަންޒަރުތައް ސިކުނޑިއާ ހަމައަށް ސިފަވާވަރަށްވުރެ، އޭނާގެ ޚިޔާލީ ދުނިޔޭގެ މަންޒަރުތައް ސިފަކުރެވޭވަރު މާސާފެވެ. ޝެރިން މަތިން ހަނދާންވާ ކޮންމެ ފަހަރަކު އެ ނުރައްކާތެރި މީހުންގެ މަތިންވެސް ހަނދާންވެ އެވެ. އެހެންކަމުން މިކްޔާލްގެ ހިތުގެ ބިރުވެރިކަން ކޮންމެވެސް ވަރަކަށް އިތުރުވެސް ވެއްޖެ އެވެ.
ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނީ މިކްޔާލްގެ ފޯނު ފަސްވަނަ ފަހަރަށް ރިންގުވެ ކެނޑުނުވެސް ފަހުންނެވެ. އަވަސް އަވަހަށް ފޯނު ހުޅުވާ ބަލާލެވުނުއިރު މާލޭގެ ގޭގައި ގެންގުޅޭ ދޮރުވާނުގެ އާއިލާގެ މެމްބަރެއް އެވަރަށް ގުޅާފައިވާތަން ފެނުމުން ކުޑަކޮށް ހައިރާންވި އެވެ. ދޮރުވާނުގެ އާއިލާ ޖަރމަނީގައި އުޅުނަސް އެއީ ތައިލޭންޑް ބައެކެވެ. މިކްޔާލްމެންނާ ކުޑަކޮށް ގާތްގުޅުމެއް އޮންނަ ކަމަށް ދެކުނަސް، ފޯނުން ގުޅާލާ ވާހަކަ ދެއްކެނީ ދަމަކުން ބަޑިއެއް ޖަހާލާ ބީދައިންނެވެ.
“ސަލާމް… އަޅުގަނޑުމެން ތިކޮޅަށް މާދަމާ ކުއްޖަކު ފޮނުވާނަން. ޔާލް އާ ބައްދަލު ކޮށްލައްވަން ވަރަށް ބޭނުންވާ ވާހަކަ ބުނުއްވީ. މިވަގުތު އޭނަ އޮންނެވީ ހޮސްޕިޓަލްގަ… އެހެންވީމަ ދެން އޭނައަށް ދެވޭނީ މާދަމާ…” އެކޮޅުން ވަރަށް އަދަބުވެރިކަމާއި އެކު އިނގިރޭސި ބަހުން އަންހެނަކު ވާހަކަ ދެއްކި އެވެ. ކުޑަކޮށް ހައިރާންވި ނަމަވެސް މިކްޔާލް އާއެކޭ ބުނެ ފޯނު ބޭއްވި އެވެ. އޭނާ ނުފެންނަތާ ގިނަ ދުވަސްވުމުން އެގޭ ކުއްޖެއް ޒިޔާރަތް ކޮށްލަނީ ކަންނޭނގެ އެވެ. ވެފައި ހުރި ވަރުބަލިން މިކްޔާލް ގޮސް އެނދުގައި އޮށޯއޮތް ތަނާ ފުން ނިންޖަކަށް ގެނބިގެން ގޮސްފި އެވެ.
……………………………….
ބަރލިން ގެ މަގުތަކުން ދުއްވަމުން ދިޔަ ކަޅުކުލައިގެ ކާރު ގޮސް ހުއްޓާލީ ކުޑަވަރެއްގެ ގެއަކަށެވެ. އެއީ އާދައިގެ ރަތް ފުރާޅެއް ލާފައިވާ، ގޯތި ތެރޭގައި ވިނަ ހައްދާފައިވާ ގެއެކެވެ. ތަފާތަކީ، އެގޭގެ ވިނަގަނޑުގެ ދެފަރާތުގައި އަބަދަށް ފެހިކޮށް ހުންނަ ކަހަލަ ގަސްތަކެއް ހައްދާފައި ވެއެވެ. ކާރުން ފޭބި މީހުންގެ ތެރޭގައި ޝެރިންވެސް ހިމެނެ އެވެ. ހައެއްކަ މީހުން އޭނާގާތު ތިބިއިރު ޝެރިން ފިޔަވައި ހުރިހާ އެންމެން ވެސް ތިބީ އަނގަމަތީ ސްކާފެއް އަޅައިގެންނެވެ. ޝެރިންގެ ކަނދުރާގައިވެސް ކޮޓަން ފޮތީގެ ސްކާފެއް އަޅާލާފައިވުމުންނާއިއެކު، މަގުމަތީގައިވާ ސްނޯގެ ތުނި ފަށަލަތަކުން މިއީ ފިނިމޫސުންކަން ޔަޤީން ވެއްޖެ އެވެ. ދޮރުގެ ކަނާތް ފަރާތުގައި ހުރި ބެލަށް ފިއްތާލުމާއެކު ހެން އެތެރެއިން މުސްކުޅި ވަރުގެ އަންހެނަކު ދޮރު ހުޅުވައިފި އެވެ. ހީވަނީ ހަމަ ޝެރިންމެނަށް އިންތިޒާރުގައި ހުރި މީހެއް ހެންނެވެ. ޝެރިން ހީކުރީ އެމުސްކުޅި އަންހެން މީހާ ގާތަށް އޭނާ ދޫކޮށްލާފައި އެމީހުން ދާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އޭނާ ހީކުރި ގޮތާ ޚިލާފަށެވެ.
އެގޭގެ ވަރަށް އެތެރެއަށް ދެވުމާއިއެކު، ބޮޑު ތަޅު އަޅުވާފައިހުރި ލަކުޑި ކޮޓަރިގަނޑެއް ފެނިއްޖެ އެވެ. އެތަންހުޅުވަން އެތަނުން އެކަކު ނެގި ތަޅުދަނޑި ފަތި ފެނިފައި ޝެރިންގެ ދެލޯ ބޮޑުވެގެންދިޔަ އެވެ. އޭގައި ގާތްގަނޑަކަށް ތިރީހަކަށް ތަޅުދަނޑި ހިމެނޭނެކަން ގައިމެވެ.
ފުރަތަމަ ލެއްވި ތަޅުދަނޑިން އެބޮޑު ތަޅު ހުޅުވާލި ތަނާ ދޮރު ހުޅުވިއްޖެ އެވެ. އެވަގުތު ޝެރިނަށް ކޮޓަރިތެރެ ފެނުނެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުރި ދެރަދެރަ އެނދަކާއި، ކަނުގައިހުރި މަކުނުވާ ޖަހާފައިވާ އަލަމާރި ފިޔަވާ އެހެން އެއްޗެއް އެތަނުގައެއް ނެތެވެ. އެވަގުތު އެތަނުން އެކަކު ކޮޓަރީގެ ދޮރު ލައްޕާ ތަޅުލިއަޑު އިވުމުން ޝެރިން ބިރުން ހަލާކުނުވީ ކިރިޔާ އެވެ. ޝެރިން ގާތުހުރި ހައެއްކަ މީހުންގެ ތެރެއިން ދެމީހުން ގޮސް އެއެނދު އެއްކައިރި ކުރި އެވެ. އެވަގުތު އެނދުހުރި ދިމާއިން ތަޅުންގަނޑުގައި މަތިނެގޭ ގޮތަށް އޮތް ބައެއް އޮތްތަން ފެނުނެވެ. ދެންހުރި މީހުންގެ ތެރެއިން މީހަކުގޮސް އެމަތިގަނޑު ހުޅުވާލި އެވެ. އެއަށްފަހު، އެފުންމިން ނޭނގޭ ވަޅުގަނޑެއް ކަހަލަ ތަނުގެ ތެރެއަށް، ތިރިއަށް ފޭބެން ހުރި ދަގަނޑު ހަރުގަނޑުގެ އެހީގައި ފައިބަން ފެށިއެވެ.
އެމީހުންނަށް ފޭބުނީ ތަންކޮޅެއް އަނދިރި ބޮޑު ކޮޓަރިއެއް ކަހަލަ ތަނަކަށެވެ. އެވަގުތު އެތަނުން އެކަކު ޓޯޗަކުން އަލި ކުރަމުންގޮސް ކައިރީ އޮތް ކާރު ހުޅުވާ އަރާތަން ފެނުމުން މިއީ ބޮޑު ގަރާޖެއްކަން ޝެރިނަށް ވިސްނުނެވެ. އެމީހުންނާއެކު ޝެރިންވެސް އަރުވައިގެން ގަރާޖުން ނިކުމެގެން ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ.
ދެފަރާތުގައި ހެދިފައިވާ ފެހިކަން ގަދަ ގަސްތަކާއި، ވިނަތަކަށް ނަޒަރު ހުއްޓާލައިގެން އިން ޝެރިންގެ އަތުގައި އައްސާފައިހުރި ވާތައް ބާރުކަމުން އެކުޑަ އަތްވެސް ވަނީ ދަނބުކުލައަށް ބަދަލުވެ ފިނިވެފަ އެވެ. އެތަނުން މީހަކަށް އެތަން ފެނި ރަހުމު ވަނީ ކަންނޭނގެ އެވެ. ޝެރިންގެ އަތުގައިވި ވާތައް ނައްޓުވާލި އެވެ.އަދި މަޑުން އިނުމަށް އަމުރު ކުރި އެވެ.
ނިދިފައި އޮތް ޝެރިނަށް ހޭލެވުނީ ދުއްވަމުންދިޔަ ކާރު ކުއްލިއަކަށް މަޑުކޮށްލުމުން އެރި ގުޑުމުގެ ސަބަބުންނެވެ. ކުރިމަތީ ހުރި އުސް އިމާރާތަށް ޝެރިންގެ ނަޒަރު ގޮސް ހުއްޓުނެވެ. އިތުރުކަމެއް ނުކުރެވި އުޅެނިކޮށް އެތަނުން ދެމީހަކު ޝެރިން އެތެރެއަށް ވައްދައިފި އެވެ. މައިދޮރުން އެތެރެއަށްވަދެ، ރިސެޕްޝަން ޑެސްކުކައިރީ ހުރި ޒުވާން އަންހެން ކުއްޖާގާތު އެމީހުން ކޮންމެވެސް އެއްޗެކޭ ބުނުމުން އެކުއްޖާ ޝެރިނާ ދިމާއަށް ބަލާލާފައި ކުޑަކޮށް ހީލައިފި އެވެ. ޖަވާބުގައި ޝެރިންގެ މޫނަށް އެއްވެސް އަސަރެއް ފާޅެއްނުވި އެވެ. ބީރައްޓެހި ނަޒަރަކުން އެމީހުންނާ ދިމާއަށް ބަލަން ހުރީ އެވެ. އެތެރެއަށް ވަނުމުގެ ފާސް ކާޑު ލިބުމުން އެމީހުން ޝެރިން ގޮވައިގެން އެރީ ވާތްފަރާތުގައި ހުރި ލިފްޓަށެވެ. އެއިމާރާތުގެ ދެވަނަ ބުރިއަށް ދެވުމާއިއެކު ކުރިމަތީ ހުރި ކޮޓަރި ތަކުގެ ތެރެއިން ކޮޓަރިއަކާއި ދިމާއަށް އެމީހުން މިސްރާބު ޖެހި އެވެ.
ޝެރިން އެކޮޓަރިއަށް ވައްދާފައި އެމީހުން ދިޔަތަނަކަށް ގޮސްފި އެވެ. ގުޑިލަންވެސް ނޭނގިފައި އެތަނުގެ ވަށައިގެން ޝެރިންގެ ކަޅި ހިންގާލި އެވެ. އެއީ އިންޓަވިއު ދޭކަހަލަ ތަނެއްހެން ހީވެ އެވެ. ހުރީ އެންމެ މޭޒަކާއި، ދެގޮނޑި އެވެ. އެއް ގޮނޑީގައި އިނީ ގާތްގަނޑަކަށް ފަނަރަ ވަރަކަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. ޝެރިން ފެނުމާއިއެކު އެކުއްޖާ ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށް އިށީނއިންނަން ބުންޏެވެ.
“ތީ ދޯ ޝެރިން؟ އަހަންނަށް ކިޔަނީ ޖާވިން. އެންމެން މަށަށް ކިޔަނީ ޖޭޑް… އައިރިސް ކޮންޕެނީ އަށް މަރުޙަބާ! އަހަންނަކީ މިތަނުގެ މުއައްޒަފުންގެ ކަންތައް ބަލަހައްޓަން ހުންނަ މީހެއް. ތިއީ މިހާރު މިތަނުގެ މުއައްޒަފެއް… މިތަނުން ބަރާބަރަށް ކާން ލިބޭނެ. ކޮޓަރި ޖެހޭނީ ދެކުއްޖަކާއެކު ހިއްސާކޮށްލަން… މަސައްކަތަށް ވަރަށް ރަނގަޅަށް ފަރުވާތެރި ވާން ޖެހޭނެ…! އެހެންނޫނީ މިތަނުން ލިބޭ ހަދިޔާތައް މާކަ ރީއްޗެއް ނުވާނެ! ކޮންމެ ދުވަހަކުވެސް ފަތިހު ހޭލައިގެން ކުރާކަމެއް ކޮށްގެން ހަތެއް ޖަހަންވާއިރަށް ބޮޑު ހޯލަށް ދާން ޖެހޭނެ. އެތަނުން މަސައްކަތް ހަވާލު ކުރާނެ. އެކި ދުވަހު މުސާރަ ލިބޭނީ އެކިވަރަށް… އެއީ މަސައްކަތް ކުރާ ނިސްބަތުން. އިތުރު ކަމެއް ބޭނުންނަމަ އަހަރެން ކައިރީގައި ނުބުނެ ނުހުންނާތި!” ޖޭޑް ވާހަކަ ދެއްކިއެވެ. ޝެރިނަށް އިނގޭނޭހެން އިނގިރޭސި ބަހުންނެވެ. ހީވަނީ ބޮޑު މީހެއް ހެންނެވެ. ދިމާއަށް އެއްޗެކޭ ބުނެފާނަމޭ ޝެރިންގެ ހިތަށް އެރި އެވެ. ނަމަވެސް އެހެން ނެހެދީ މިޒާޖުގައި އެގޮތް ނެތީމަ އެވެ. ޝެރިނަށް ކުރެވުނުހާވެސް ކަމަކީ މަޑުމަޑުން ބޯޖަހާލުމެވެ. އޭރުވެސް އޭނާގެ ހިތުގައިވި ރުޅިވެރިކަމަކަށް ބަދަލެއްނާދެ އެވެ.
“ކޮ… ކޮން ދުވަހަކުން އަހަންނަށް… ގެއަށް ދެވޭނީ…؟” ޝެރިން ނުހަނު ހިތްވަރު ކޮށްފައި އެއްސެވެ.
ޖޭޑް ޝެރިނާއި ހަތަރުކަޅި ހަމަކޮށްލި އެވެ. ޝެރިނަށްވެސް އޭނާގެ ލޯ އެހާ ފުރިހަމަކޮށް އެފެނުނީ އަދި ކިރިޔާ އެވެ. އެއީވެސް ރީތި ހޭޒަލް ކުލައެއްގެ ދެލޮލެކެވެ. ނަމަވެސް އެކި ފަހަރު ފެހިކުލައިން އަނެއްބައި ފަހަރު ނޫކުލައިން ފެންނަހެންވެސް ހީވެ އެވެ. ޝެރިން އަވަހަށް އިސްޖެހި އެވެ.
“މަށަކަށް ނޭނގެ!” ޖޭޑް ތަންކޮޅެއް ބާރަށް ބުންޏެވެ. “ތިކަހަލަ ސުވާލު ދެން ކޮށްގެން ނުވާނެ، އިނގޭ…”
“ހިނގާ…! އަހަރެން ޝެރިން ހުންނަންވީ ކޮޓަރި ދައްކާނަން.” ޖޭޑް އަތުން އިޝާރާތް ކުރަމުން ޝެރިންވެސް އޭނާގެ ފަހަތުން އެކޮޓަރީން ނިކުންނަން ހިނގައިގަތެވެ.
އެބޮޑު މާލަމެއް ފަދަ ހޯލުން ހިނގާފައި ދިޔައިރު ޝެރިން ގެންދިޔައީ ތަނުގެ އެތަން މިތަނަށް ކަޅި ހިންގަމުންނެވެ. ހޯލުގެ ދެފަރާތުގައިވެސް ވަނީ ކޮޓަރި ތަކެވެ. ހޯލުގެ ވަރަށް އެކޮޅަށް ދެވުނުފަހުން ދެން ލަނބާލީ ވާއަތް ފަރާތަށެވެ. އެއަށްފަހު ދެން ހިނގެމުން ދިޔައީ ތަންކޮޅެއް ހަނި މަގަކުންނެވެ. އެތަނުގެ ކޮޅުގައި ހުރި ލިފްޓަކަށް ޝެރިން އަރުވައިގެން މައްޗަށް ދަތުރުކުރަން ފެށި އެވެ. އެބޮޑު އިމާރާތުގެ ނަވާރަ ވަނަ ފްލޯ އަށް ދެވިއްޖެ އެވެ. ލިފްޓްގެ ދޮރު ދެފަރާތަށް ކެހިގެން ދިޔުމާއިއެކު ޝެރިނަށް ފެނުނީ ފުދޭވަރަކަށް ބޮޑު މާލަމެއްގައި އޭނާގެ ޢުމުރާއި ދާދި އެއްވަރުގެ ކުޑަކުދިންތަކެކެވެ. ގާތްގަނޑަކަށް ވިހި ވަރަކަށް ކުދިން ތިބި އިރު އެތާންގައި ގިނައީ ފިރިހެން ކުދިންނެވެ. ފިރިހެން ކުދިން ފޮށިގަނޑުތަކެއް ކަނޑަމުން އޭގައި ހުރި ސާމާނުތައް ނަގަމުން ދިޔައިރު، އަންހެން ކުދިން ގެންދިޔައީ އެއެއްޗެހި އެތަނުގައި ތަރުތީބު ކުރަމުންނެވެ.
ޖޭޑާއި، ޝެރިން ފެނުމާއިއެކު، އެކުދިންގެ މަސައްކަތް ހުއްޓާލުމަށްފަހު، އެއްވެސް ދިރުމެއް ނެތް ނަޒަރުތަކަކުން ޝެރިންމެންނާއި ދިމާއަށް ބަލަންފެށި އެވެ.
“މިއީ ޝެރިން. މީގެ ފަހުން މީނަ މަސައްކަތް ކުރާނީ މިތަނުގަ… ތިހުރިހާ އެންމެން މީނައަށް ކަންކަން ކުރަންވީގޮތް ކިޔާދީ… އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އަހަންނަށް އަންގާތި.” ޖޭޑް ވާހަކަދެއްކި އެވެ. އެއަށްފަހު، ޝެރިން އެތަނަށް ދޫކޮށްފައި، ލިފްޓަށް އަރައިގެން ހިނގައްޖެ އެވެ.
ޝެރިންހުރީ ދެން ކުރަންވީ ކަމެއް ނޭނގިފަ އެވެ. ހުރިހާ އެންމެން އޭނައާއި ދިމާއަށް ބަލާތީ ފާޑަކަށް އުނދަގޫވެސް ވެފައެވެ. އެހެން ހުއްޓާ އެތަނުން ވަރަށް އެއްވައްތަރު ދެއަންހެން ކުދިން އޭނަ ގާތަށް އައެވެ. އެކުދިންގެ ނަސްލަށް ބެލުމުން އެއީ ކޮރެއާ ހިސާބުގަނޑުގެ ދެކުދިންކަން ޝެރިނަށް އެނގުނެވެ. ވަރަށް ރީތި މަޢުސޫމް އެއްމާބަނޑު ދެކުދިންނެވެ. ދެކުދިންގެވެސް ހުންނަނީ މަޑު ޗޮކްލެޓު ކުލައިގެ ފަން ދިގު އިސްތަށިގަނޑެކެވެ. އިސްތަށިގަނޑާ ދާދި އެއްކުލައެއްގައިވާ ދެލޮލެވެ. ޢުމުރުގެ ގޮތުން ދާދި އެއްވަރު ނަމަވެސް ޝެރިން އެކުދިންނަށްވުރެ ކުރެވެ.
“އާ ކުއްޖެއް ދޯ؟” އެތަނުން އެކަކު ހީލަމުން އެހި އެވެ.
ޝެރިން މަޑުމަޑުން ބޯޖަހާލި އެވެ. އޭނާހުރީ ހާސްވެފަ އެވެ. ޗައިލްޑް ލޭބަރގެ ޝިކާރަ އަކަށް ވުމުން ދެން ވާނީވެސް މިހެންނެވެ. ނަމަވެސް މިކުދިންގެ ގާތްކަން ފެނި ޝެރިން ކުޑަކޮށް ހަމަޖެހިލި އެވެ.
“އަހަންނަށް ކިޔަނީ މިޒޫކީ މަޒަކީ. މީ އަހަރެންގެ އެއްމާބަނޑު ކޮއްކޮ، ޔޫކޯ މަޒަކީ…” މިޒޫކީ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ވާހަކަދައްކަނީ ނުހަނު ފަރިތަ ކަމާއެކުގަ އެވެ.
“ޝެ… ޝެރިން…” ކިރިޔަ ކިރިޔާ އިވޭވަރަށް ޝެރިން ބުންޏެވެ. އޭރު ހުރިހާ ކުދިންވެސް ތިބީ ޝެރިން ވަށާލައިގެންނެވެ.
“ބިރުނުގަނޭ… އަހަރެމެންނަކީވެސް ޝެރިން ކަހަލަ ހާލުގަ ޖެހިފައިވާ ކުދިން. މިތާމީހުން ކިތަންމެ ރަނގަޅަސް، މަސައްކަތް ނުކުރަންޏާ އެދުވަސް ދިޔައީ… އަހަރެމެންގެ ޢާއިލާތަކާއި ވަކިކޮށްފަ އެމީހުން އަހަރެމެން މިތަނަށް ގެންނަނީ މަސައްކަތް ކުރުވަން ވެގެން. މިއީ ފަރުނީޗަރު އުފައްދާ ތަނެއް. އެކިކަހަލަ ފަރުނީޗަރު އުފައްދާނެ. މުށި ކެފުމާ، ލަކުޑި އޮމާން ކުރުމާ، އެނދުގަ އަޅާ ރަޖާ ފެހުމާ، ފޮތި ކެނޑުން މިއީ ހުސް އަހަރެމެން އެންމެން ކުރަންޖެހޭ މަސައްކަތް… މަސައްކަތް ނުކޮށްފިނަމަ މިމީހުން ވަރަށް އަނިޔާ ކުރާނެ. މިއީ ވަރަށް ގޯސް މީހުން އުޅޭތަނެއް… އެކަމަކު ޖޭޑް ވަރަށް ރަނގަޅުވާނެ… އޭނަ ވަރަށް ހިތްހެޔޮވެފަ ވަރަށް މިތަނަށް އަންނާނެ…” ޔޫކޯ ކިޔާދިނެވެ. އެއާއިއެކު އޭނާއާ އެއްބަސްވުމުގެ ގޮތުން ބައެއްކުދިން ބޯޖަހާލި އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.




ma mihury again soni veri
veri
nice kyp it up <3
ma mihury again soni veri
veri
nice kyp it up <3 i am 1st
yay 4 being the first
BTW thanks?
Fakkaa varugadha vaahaka akah vaane. Thanx Fazooo
welcome adeeb bro?
Varah reethi…waiting….
thankyou for your inspiration, Kidy ?
Faxu the story is great ingey…keep it up nd gud luck..wen is the next part
thanks jeesh
next part, day after tmmrw in sha Allah ☺
thankyou for your inspiration, jeesh
?
? your comments
V reethi
thanks?
Nice. But thankolheh kury ??
you are kidding right? ?
anyway, next part dhigukoh genes dheveythw balaanan ��☺��
thanx ?
v reethi…………..waiting for new part………….hyvany faxoo aky germaneh hn…….hehe……v molhu…….keep it up,,,,,,,,,,,,,,,
thanx dark princess. actually i like germany and korea vry much �?�
Wow….vrh rythi….guess kollanvx neynge dhn vaaane goiyvx….next part kn irakuntha?????
thankks Sherin ? thy anekka mivaahakaiga ulhey sherin tha ? thnx for commenting
nxt part tommorrow
vv reethi heekuran next part ves reethivaane kamah……….:]
thanks. i hope next part will be nice tooooo ?
Hehe….hama e sherin meee ??
really… ??
Vvv reethi??
thankx Jenny ?
Nice love it sheshe(thank you)WO I ni(I love you )
Xiexie ni, pengyou! ☺
nice
thanx Manday’s girl ?
sorry not interesting.. i have read up to this part but i dont find my self into the story 🙁
its okay, not all stories are nice 😉 thanx for commenting anyway
best writer ever faxoo