Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ކަނޑުފެން (ދިހަވަނަ ބައި) KanduFen P-10

Shax Lyn Level 4100 Stories10 Stories500 Comments100 Comments
November 12, 2015 9 Mins Read
12 Comments

“ކޮން ކަމަކާ ތި ހާސްވަނީ ހިނގާ ނިދަންދާން…. އޭނަ އެބައޮތް ނިދާފަ… ރާއިފްމެން ކޮންމެ ކަހަލަ ވާހަކައެއްވެސް ދައްކަފާނެ….” މަޒީންގެ ކޮނޑަށް އަތް ވައްޓާލައިގެން ދެމީހުން އެކީގައި ޓެންޓުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ. މަޒީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ވިޝާލް ގުޑްނައިޓް ކިޔާ ފޯނުބޭއްވުމުން ތޫބާގެ ފޯނުގެ ޑިސްޕްލޭ ޒީކް ނިއްވާލިއެވެ. ގަދަޔަށް ނިދާފައިވާ ތޫބާއާ ދިމާލަށް ޒީކް އެނބުރިލީ ނުލަފާ ހިނިތުން ވުމަކާއި އެކީގައެވެ. އޭރު ތޫބާ އޮތީ ގަދަޔަށް ނިދާފައެވެ. ތޫބާގެ އަޑުން ވިޝާލްގެ ފޯނަށް ޖަވާބު ދިނީ ޒީކެވެ. ފޯނު ކުރިންވެސް އޮތްތަނުގައި ބޭއްވިއެވެ. ތޫބާގެ ބޯ ދަށަށް ލައިގެން އޮތް ބާލިސް ކައިރީގައެވެ. އެއަށްފަހު ޒީކް ލައިގެންހުރި ކަޅު ހެދުން ބަދަލުކޮށްގެން ތަންމަތީގައި އޮށޯވެލިއެވެ. އަދި ލޯމަރާލި އިރު ތުންފަތް މައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ.

*** *** *** *** *** ***

ކައިސަން ގެއަށް އައިސް ވަނީ އޭނާގެ އަތުގައި ނެތް ކަހަލަ ރިމޯޓް ކާރެއް ގަނެގެންނެވެ. އެ ކާރު ރައްކާކުރުމަށް ކައިސަންގެ ކޮޓަރިއަށް ދިޔައީ ވަރަށް އުފަލުން ހުރެއެވެ. މަރީޝާ ސިޓިންގް ރޫމްގެ ލައިޓް ދިއްލާލުމަށް ފަހު ގޭތެރެއަށް ވަދެގެން ދިޔައީ ކަޔާންގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރި ތެރެއިން އެއްވެސް އަލިކަމެއް ފެންނަން ނެތުމުން އެކަމާ ކަންބޮޑުވިއެވެ. އަނެއްކާ ކަޔާން ގެއަށް ނާންނަނީ ބާވައޭ ހިތަށް އެރިއެވެ. ކޮޓަރީގެ ތަޅުގައި ހިފާލި އިރު ކޮޓަރި ހުރީ ތަޅު ނުލާ ކަމުން ވަރަށް ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. ސިޓިންގް ރޫމްގައި ހުރި ހޮޅިބުރިން އެ ކޮޓަރި ތެރެއަށް އެޅުނު ފަނޑު އަލިކަމުގެ ތެރެއިން އެނދުމަތީގައި އޮށޯވެލައިގެން އޮތް ކަޔާން މަރީޝާއަށް ފެނުނެވެ.

އެހެންކަމުން އަވަހަށް ކޮޓަރީގެ ދޮރު ކައިރީގައިވާ ސްވިޗަށް ފިތާލާ ބޮކި ދިއްލާލިއެވެ. ބޮކީގެ އަލިން ކަޔާނަށް އުނދަގޫވިއެވެ. އަދި ސިިހިފައި ކަޔާނަށް އޭނާގެ މަންމައާއި ދިމާލަށް ބަލާލެވުނީ ހައިރާން ވެހުރެއެވެ.

“މަންމާ…. ކޮން އިރަކު އައީ؟…” ކަޔާން ހަމަޖެހިލަން މަސައްކަތް ކުރަމުން އޭނާގެ މަންމައާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ކަޔާންގެ މޫނުމަތިން ފާޅުވަމުން ދިޔަ ނުތަނަވަސް ކަމުގެ ކުލަވަރު މަރީޝާ ދެނެގަތެވެ.

“ދަރިފުޅު ކައިގެންތަ އައީ؟…” މަރީޝާގެ ސުވާލަށް ޖަވާބު ދިނުމަށް ކަޔާން ދެއަތަށް ބޯހޫރާލީ ނުކަމޭ ބުނާ ފަދައަކުންނެވެ.

“ބައްޕަ އެބަ އާދޭ ޕިއްޒާ ހިފައިގެން…. އާދޭ ބޭރަށް ކާން….” މަރީޝާގެ އަޑުގައި ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ ފަދަ ރާގެއް އެކުލެވިގެން ވެއެވެ. މަރީޝާ ހުރީ ކަޔާން ގާތުގައި އަދި ސުވާލެއް ކޮށްލަން ބޭނުންވެފައެވެ. ކަޔާންގެ ތުންފަތް މައްޗަށް ވެރިވި ލުއި ހިނިތުންވުން ފެނުމުން އެނދުގެ މަގަތުގައި މަރީޝާ އިށީނެވެ. އެނދުމަތިިން ކުޑަކޮށް ތެދުވެ ކަޔާން ހެޑްބޯޑްގައި ލެގިލީ މަންމަ ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭހެން ހީވުމުންނެވެ. ކަޔާންގެ ގާތުގައި އޮތް ވާހަކަ ފޮތް މަރީޝާގެ ލޮލުގައި އަޅައިިގަތެވެ. ވާހަކަ ފައްޓާނެ ގޮތެއް ނޭނގިފައި އިން މަރީޝާގެ ދުލަށް އެވަގުތު އައި ސުވާލު ބޭރުކޮށްލިއެވެ.

“ދަރިފުޅު ކޮން އިރަކު ދިވެހި ވާހަކަ ކިޔަން ފެށީ… ގައިމު މަންމަ އަތުގަ ބައިވަރު ދިވެހި ވާހަކަފޮތް ހުންނަ އިރު ކަޔާން ދުވަހަކުވެސް ވާހަކަ ފޮތެއް ކިޔަން އުޅުނު ހަނދާނެއް ނުވޭ…”

ކަޔާންގެ މަންމަ އެ ދައްކަނީ ކަނޑުފެން ވާހަކައިގެ ވާހަކަ ކަން ކަޔާނަށް އެނގުނެވެ.

“ހޫން…. އެއީ އަޅުގަނޑު ވަރަށް ގާތް ރައްޓެއްސެއް ލިޔުނު ވާހަކައެއް…. އެހެންވެ ކިޔާހިތްވީ….” ކަޔާން އެ ވާހަކަ ކިޔަމުންދާ ސަބަބު އޭނާގެ މަންމައަށް އޮޅުން ފިލުވައިދިނެވެ.

“އަލީނާ ދޯ…” މަރީޝާ މިހެން ބުނި އިރު ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކަޔާންގެ މަންމަގެ އެ ބަހުން ކަޔާނަށް ސިހުމެއް ލިބުނެވެ. އަދި މަންމަގެ މޫނުމަތިން ފެންނަން ހުރި ހިނިތުން ވުމުން ކަޔާން ފަސްޖެހި ލަދުގަންނަ ގޮތްވުމުން ކަރު ކެހިލިއެވެ. “އާން އަލީނާ ލިޔުނު ވާހަކައެއް މިއީ…”

“ކަޔާން މިއަދު ޕާކުތެރޭގައި ބައްދަލުކުރަން ހުރީ މި ކުއްޖާއާ ތަ؟” މަރީޝާ މިފަހަރު ކޮށްލި ސުވާލުން ކަޔާން ސިހި ދެލޯ ބޮޑުވިއެވެ.

“މަންމައަށް ކިހިނެތް އެނގުނީ؟..” ކަޔާންގެ ނިތްކުރިއަށް ގިނަވެފައި ހުރި ރޫތައް ފެނި މަރީޝާއަށް ހެވުނީ ހިފެހެއްޓުމެއް ނެތިއެވެ.

“މަންމަމެން ދެކުނިން ޕާކުތެރޭ ބެންޗެއްގައި ދެމީހުން އެކީގައި ތިބިތަން…. ކައިސަން ދޮންބެއޭ ކިޔާފަ ވަރަށް ގޮވި… އާ ކާރެއް ބައްޕަ ގަނެދިނީމަ އެ ދުއްވަންވެގެން އެޕާކަށް ދިޔައީ… ދެން މަންމަ ބުނިން ދޮންބެ ބަހައްޓާށޭ… ފަހުން ބެލި އިރު އެހިސާބުގަ ފެންނަން ނެތުމުން މަންމަމެން މިއައީ ޑައިންމޯއިން ކައިގެން ދަރިފުޅަށް ޕިއްޒާއެއް ހިފައިގެން…” މަރީޝާއަށް ކަޔާން މެން ފެނުނުގޮތް ހާމަކުރުމުން ކަޔާން އިތުރަށް ލަދުގަތެވެ. ނަމަވެސް ބަހެއް ނުބުނެ އެނދުމަތީގައި އިނދެފައި ކަޔާނުގެ ފޯނު ނަގާ ފޯނާ ކުޅެން ފެށީއެވެ. އެހެންކަމުން މަރީޝާ ބޭރަށް ނުކުތީއެވެ.

ކަޔާންގެ ފޯނަށް އައިސްފައިވާ ނޮޓިފިކޭޝަންތައް ހުޅުވާލިއިރު އަލީނާ ފޭސްބުކް އިން ފްރެންޑް ރިކުއެސްޓް ފޮނުވާފަ އިންތަން ފެނުނެވެ. ނަމަވެސް ކަޔާން އެކަމަށް މާބޮޑު ސަމާލުކަމެއް ނުބަހައްޓާ ފޭސްބުކްއިން މީހުން ފޮނުވާފައިވާ މެސެޖްތައް ކިޔަމުން ދިޔައިރު އަލީނާ ފޮނުވާފައިވާ މެސެޖެއް ފެނުނެވެ. މެސެޖްގައި ފޮނުވާފައިވަނީ އަލީނާގެ ފޯނު ނަންބަރެވެ. އެ ނަންބަރެއް ހޯދަން ކެތްމަދުވެފައިވާ ކަޔާނަށް ބުނެދޭން ނޭނގޭ ކަހަލަ ފޫހިކަމެއް ވެރިވަމުން ދިޔައެވެ. ކަޔާންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބެއް ނުލިބި ހުރުމުން ހިތަށް ނުހަނު ބޮޑެތި އުނދަގޫތައް ކުރުވަައިފިއެވެ.

ސިކުނޑީގައި އެނބުރެމުން އައި މި ޚިޔާލުތަކުން އެއްފަރާތަކަށް ޖެހިލެވުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖާހަލި އަޑަށެވެ. ސިހިފައި ކަޔާން އެނދުން ތެދުވެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދޮރު މަތީގައި ހުއްޓިގެން މިހުރީ ކަޔާންގެ ބައްޕައެވެ. ކަޔާނަށް ޕިއްޒާ ގެނެސްފައި ހުރުމުން އަވަހަށް އޭގެ ތާޒާކަން ނުކެނޑެނީސް ކާން އައުމަށް އެދުނެވެ. ކޮޓާރީގެ ދޮރު ލައްޕާލުމަށްފަހު ބައްޕަގެ ފަހަތުން ކާކޮޓަރީގެ މޭޒުދޮށަށް ކަޔާން ހިނގައިގަތެވެ. އޭރު މަރީޝާ ޕިއްޒާ ފޮށި ތެރެއިން ހަތަރު ފޮތި ޕިއްޒާ ނަގާ ތައްޓަކަށް ލައިދެމުން އަދި އިތުރަށް ބޭނުންވާނެތޯ ކަޔާން ގާތު ސުވާލުކޮށްލިއެވެ. ދެން އެންމެ ރަނގަޅޭ ބުނެ ޕިއްޒާ ތައްޓާއި މޭޒުމަތީ ހުރި ކޯކް ފުޅި ހިފައިގެން ކޮޓަރިއާ ދިމާލަށް ކަޔާން ހިނގައިގަތެވެ.

ފަހަކަށް އައިސް ކަޔާންގެ ފުށުން މަރީޝާއަށް ފެންނަމުން ދާ ބަދަލުތަކުގެ ވާހަކަ ދެއްކުމުންވެސް އެކަމާ ހަމްދުﷲ ސަމާލުކަމެއް ދޭ ކަން ފާހަގަ ނުވާތީ މަރީޝާ ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. ކަޔާން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއަޑު އިވުމުން މަރީޝާ ވާހަކަ ދައްކަން ފެއްޓިއެވެ. “ނުފެނޭތަ؟…. އެއީ ކުރިން އަހަރެމެންގެ ކަޔާން އުޅުނު ގޮތެއް ނޫން…. ނިކަން އެ ސޮރާ ވާހަކަ ދައްކަބަލަ…”

ފޮށިގަނޑު ތެރޭގައި ބާކީ ހުރި ޕިއްޒާ ތަކުގެ ތެރެއިން ފޮއްޗެއް ނަގާ ހަމްދުﷲ ކާން ފެށިއެވެ. ރުޅި ހަދައިގެން ހުރި މަރީޝާގެ މޫނަށް ބަލާލުމަށްފަހު މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝުލަކުން އަނގަމަތި ފުހެލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “ސާބަހޭ މަރީ!… މި އުމުރުގަ އެކަހަލަ ބަދަލުތައް އަންނާނޭ… އަހަރެންނަށްވެސް އެނގެޔޭ އޭނަޔަށް އެކި ކަހަލަ ބަދަލުތައް އަންނަކަން… މަށަށް ބޮޑަށް ހީވަނީ އަންހެން ކުއްޖެއްގެ ކަމެއްހެން….” މިހާ ހިސާބަށް ވާހަކަ ދިޔަ އިރު ހަމްދުﷲގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ހަމްދުﷲގެ މޫނުމަތިން ފާޅުވަމުން ދިޔަ ކުލަވަރުތަކަށް ބަލަން ހުރުމަށް ފަހު މަރީޝާ ސުވާލުކޮށްލިއެވެ. ” އެހެންތަ… ކިހިނެއް އެޔެއް އެނގެނީ؟…. މިއަދު ހަވީރު ޕާކުތެރެއިން ކަޔާން ފެނުނީދޯ…”

“ނުނޭ މަށެއް ނުދެކެން… އެކަމަކު މަރީ ބުނީމެއްނު ޕާކުން ފެނުނު ވާހަކަ… އަސްލު މަވެސް އުޅުނީ އެހެންނޭ މަރީ ކާމިޔާބު ކުރަން އުޅުނު އިރު… އަދި ބަހައްޓާ… ފަހުން އެ ވާހަކަ ދައްކާނީ… ހިނގާ ދެން ކޮޓަރިއަށްދާން… ވަރަށް ނިދި އައިސި…” ހަމްދުﷲގެ ފަހު ބަހާއެކީ މަރީޝާގެ އަތުގާ ހިފާލުމުން މަރީޝާއަށް ލަދުން އިސް ޖަހާލެވުނެވެ.

ޕިއްޒާ ކައިގެން ކަޔާން އަނެއްކާވެސް އޭނާގެ ފޯނުން ފޭސްބުކް ވޯލް ހާވަމުން ދިޔައެވެ. ކުއްލިއަކަށް މިޝްކާ މަތިން ހަނދާންވުމުން މިޝްކާގެ ނަންބަރަށް ގުޅާލިއެވެ.

“ހަލޯ ކަޔާން…. ކިހިނެއްވީ….” ފޯނު ނެގުމާ އެކީ މިޝްކާ އެއް ފައްޗަކަށް އަހާލިއެވެ.

“ހެއި އަމް ނޮޓް ގުޑް… އަންގާވެސް ނުލާ…. އަލީނާ ގެންނާނެ ކަމަކަށް ހިޔެއް ނުކުރަން… އައި ނީޑް ޓު ޓޯކް… ފްރީތަ؟..” ކަޔާން ވަރަށް އަވަސް އަވަހަށް އޭނާ ބޭނުންވާ މައުޟޫއަށް ދާން މަސައްކަތް ކުރިއެވެ.

“އޯހް… އެހެންވެ ދޯ ތި ގުޅީ… އައިމް އޮން ޑިއުޓީ…. ކިހާވަރެއްގެ ވާހަކައެއް ބާ؟..” މިޝްކާ މިހެން ބުނުމުން ކަޔާނަށް މިއީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަން އެނގުނެވެ.

“އޯކޭ.. ޕާސްޓްގަ ވީ ކަންތައް އަދިވެސް ކިޔައި ނުދެމެންނު… އައި ނީޑް ޓު ނޯ އޯލް އޮފް އިޓް… މަށަށް އެނގޭ މިޝްކާއަށް ނޭނގޭ ކަމެއް ނޯންނާނެ ކަން… ސޯ… މިޝްކާ ބުނޭ ހަދަންވީ ގޮތެއް… ޑިއުޓީގަ ހުރެގެން އެހާ ބޮޑު ސްޓޯރީއެއް ކިޔައި ނުދެވޭނެ ދޯ… އަނެއްކޮޅުން މަ ބޭނުމީ ބައްދަލުކޮށްގެން މި ވާހަކަ ދައްކަން…” ކަޔާންގެ ވާހަކަ ނިންމާލުމުން މިޝްކާ ހިނދުކޮޅަކަށް ހިމޭން ވުމަށްފަހު ވާހަކަ ދައްކަން ފެއްޓިއެވެ.

“އޯކޭ… ކިޔައިދޭނަން… މާދަމާ ބްރޭކްފާސްޓަށް އެއްކަލަ ކެފޭއަށް އާދޭ… އަށެއް ޖަހާއިރު… އެގަޑީ ތަންކޮޅެއް މީހުންވެސް މަދުވާނެ…” މިޝްކާ މިހެން ބުނުމުން ކަޔާން ފޯނު ބޭއްވީ ވަރަށް އުފަލުން ހުރެއެވެ. މާދަމާ ހެނދުނަކީ ފޮރުވިފައިވާ ހަޤީޤަތް މިޝްކާގެ ފަރާތުން ކަޔާނަށް އެނގޭނެ ދުވަސްކަމަށް ވުމުންނެވެ. ވާހަކަފޮތް ހަރު މަތީ ބޭއްވުމަށްފަހު ތަންމައްޗަށް އަރާ ދެލޯ ތަގުޅިކޮށްގެން ނިދަން މަސައްކަތްކުރިއެވެ.

އެނދުމަތީ އޮވެ ދެއަތަށް ފުރޮޅި ފުރޮޅި ގަޑިއަށް ބެލުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ. ކަޔާން އެންމެ ފަހުން މިރޭ ލޮލަށް ނިދި އަންނަން ދެން ވާހަކަ ކިޔަން އޮންނަން ނިންމިއެވެ. ވާހަކައިގައި ކުރިޔަށް ހުރި ބައިތައް ކިޔާލަން ފޮތްހުޅުވާލިއެވެ. ކުރިން ކިޔާފައިވާ ޞަފްޙާ ފާހަގަ ކުރަން ކަޔާން އެ ފޮތުގެ ތެރެއަށް ލައްވާފައިވާ ގަނޑުކޮޅު ނެގުމަށްފަހު އެ ޞަފްޙާއިން ކިޔަން ފެށިއެވެ.

*** *** *** *** ***

އާ ދުވަހަކަށް އިރުއެރީއެވެ. ތޫބާއަށް ލޯހުޅުވާލެވުނީ އޭނާގެ ފޯނުގެ އެލާމްގެ އަޑަށެވެ. ފޯނުނަގާ ޑިސްޕްލޭއަށް ބަލާލުމަށްފަހު އެލާމް ކަނޑާލިއެވެ. އޭރު ގަޑިން ހެނދުނު ހަޔެއް ޖެހީއެވެ. އަވަހަށް ތެދުވެ ޒީކް ކޮބާތޯ ބަލާލިއިރު ޓެންޓުތެރެއިން ޒީކް ފެންނަން ނެތުމުން ހައިރާންވެ ހުރެ ޓެންޓުން ބޭރަށް ބޯ ދިއްކޮށްލިއެވެ. ތޫބާގެ ހޭވިފައިވާ އިސްތަށިގަނޑުގައި އަތުން ފުނާ އަޅަމުން އެ އިސްތަށިގަނޑު އެކީ އެކައްޗަކަށް ނަގާ ހުޅިއެއް ޖަހާލިއެވެ. ގޮނޑުދޮށުގައި ހަދާފައިވާ މޭޒު ކައިރީގައި މިންނާއާއި ޝައްފައާއި އެކު ޒީކް ހަރަކާތްތެރިވާ މަންޒަރު ފެނުމުން ތޫބާ ހުރީ ހިސާބަކަށް ހައިރާންވެފައެވެ.

ތޫބާ ޓެންޓު ތެރެއަށް ވަދެ ދަތްއުނގުޅާށާއި މޫނު ދޮންނަން އެއްޗެހި ހިފައިގެން ނުކުތެވެ. އޭރު ވިޝާލާއި މަޒީން ފެންހަންތަކެއް ހިފައިގެން ޓެންޓުތައް ކައިރިޔަށް އައިސް ހުއްޓުނެވެ. ވީޝާލަށް ތޫބާ ފެނުމުން ލުއި ހިނިތުންވުމަކާއި އެކީ “ގުޑް މޯނިންގް’ އޭ ބުނެލިއެވެ. ރައްދުގައި ތޫބާ ހިނިތުންވެލިއެވެ.

“އަން… މިހިރީ އެއްކަލަ ވަޅުން ގެނައި ސާފު ފެން… އެހިސާބަށް ދާކަށް ނުޖެހޭނެއްނު… ތޫބާއަށް ސްޕެޝަލްކޮށް މި ގެނެސްދިނީވެސް…” ވިޝާލްމެން ގެނައި ފެންހަމުން އެއް ހަން ތޫބާއަށް ދިއްކޮށްލަމުން ވިޝާލް ވާހަކަ ދެއްކިއެވެ.

“އޯ.. އެންމެން ހޭލީތަ؟ ހާދަ ހެނދުނަކާ…. އަހަރެން އެކަނިތަ މިހާ ލަހުން މި ހޭލީ…” ހައިރާންވެހުރެ ތޫބާ ވާހަކަ ދައްކަމުން ފެންހަމުގައި ހިފައިގެން އަތިރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

މޫނު ދޮވެ ރީތި ވެގެން ތޫބާ ވެސް އަވަސްވެގަތީ ހެނދުނުގެ ސައި ތައްޔާރު ކުރަން އެހެން އަންހެން ކުދިންނާ ބައިވެރި ވުމަށް އެ މޭޒުދޮށަށް ދިޔުމަށެވެ. ތޫބާ އެހިސާބަށް ދިޔައިރު ފެންނަމުން ދިޔައީ އާދަޔާ ޚިލާފް މަންޒަރެކެވެ. ޒީކް ރޮށި ދަމާ މަންޒަރެވެ. ބަދިގޭތެރޭ ކުރާ ގިނަ ކަންކަން ކުރަން އެނގުނަސް މިހާ މޮޅުކޮށް ހަލުވިކަމާއި އެކީ ރޮށިދަމަން ޒީކަށް އެނގޭ ކަމެއް ތޫބާއަށް އެނގިފައެއް ނެތެވެ. ހައިރާންވެ ހުރެ ތޫބާ ބުނެލިއެވެ. “އޯ ވާއު ޕާރފެކްޓް ސާރކަލްސް ދޯ…”

“އާން ޒީކް މާ މޮޅެއްނު އަހަރެމެންނަށް ވުރެއް…. މަވެސް މިހުރީ ކޮސްވެފަ.. އަދި ހާދަ އަވަހޭ…” އަނގަހުޅުވައިގެން ހުރި ތޫބާއާ އެއްބައި ވަމުން މިންނާ ބުނެލިއެވެ.

“ހޫން އޯކޭ ކޯއްޗެއް ލައިގެން ކާއެއްޗަކަށް ހަދާނީ…. އަހަރެން ފިޔާކޮށަންތަ؟” ތޫބާ އޭނާ ކުރަންވީ މަސައްކަތެއް ހޯދަމުން އެހެން އަހާލިއެވެ.

“ތިކަންވެސް ނިމިއްޖެ…. މަސްދަޅުން ކުޅިމަސްހެދީ…” ޝައްފަ މިހެން ބުނި އިރު ތޫބާ ހުރީ ފިޔާ ކޮށަން ވަޅިއަކާ ތައްޓެއްވެސް ނަގައިގެންނެވެ. އެހެންކަމުން އަނބުރާ ތައްޓާއި ވަޅި މޭޒުމަތީގައި ބެހެއްޓިއެވެ. ޒީކް ތޫބާއަށް ބަލާލުމަށްފަހު ފަހުރޮށި ދަމަމުން ބުނެލިއެވެ. “ދެން އެންމެންނަށް ސައިހަދާ… ހޫނު ފެންވެސް ހުންނާނެ…”

އެންމެން އެކީގައި ކާން އައިސް ތިބީ ގޮނޑުދޮށުގެ ރާޅު ނުޖަހާ ހިސާބުގައެވެ. ސައި ބޮމުން ދިޔައިރު ކޮންމެ މީހެއްގެވެސް މޫނުމަތިން ފާޅުވަމުން ދިޔައީ ތަފާތުކަމެކެވެ. “ވަރަށް މީރު މި ކުޅިމަސް…. ވަރަށް ކުޅި އެކަމަކުވެސް ވަރަށް ސަޅި….ކާކު ހެދީ؟..” ކާންހުރެ މަޒީން މިހެން ބުނެލީ އޭނާއަށް އެ ކުޅިމަސް މީރުވުމުންނެވެ.

“ހޫން ދެން މީރުވާނެތާ… ޒީކް ހެދީ….” ދިމާކުރަމުން ޝައްފަ ބުނެލި ޖުމްލައިން ތޫބާއަށް ލިބުނު ހައިރާން ކަން އިތުރުވިއެވެ. އެ ވަގުތު ތޫބާއަށް ޒީކާ ދިމާލަށް ބަލާލެވުނީ ހިތުގައި އެތައް ސުވާލުތަކެއް ފެންމަތި ވުމުންނެވެ. ޒީކަކީ ދުވަހަކުވެސް މިހާ ގިނަ މަސައްކަތްކޮށް ހެދި ކުއްޖެއް ނޫނެވެ. މިހާ ބޮޑެތި ބަދަލުތަކެއް އަންނަންވީ ސަބަބެއް ތޫބާއަކަށް ނުވިސްނުނެވެ. އެންމެ ކުޑަމިނުން ޒީކް ހެނދުނު ކޮފީ ބޮނީވެސް އޭނާގެ މަންމަ ތައްޔާރު ކޮށްދިނީމައެވެ.

ހެނދުނުގެ ނާސްތާގައި އެންމެންތިބީ ވަރަށް ގަޔާވެގެން ކާށެވެ. ހަށިގަނޑުން ބައެއް މަދުވެގެން އަހާފަދައަކުން އީވާނަށް ނުހުރެވިގެން އަހާލިއެވެ. “ކޮބާތަ ލީވާން؟ ރޭގަ ބޭރަށް ދިޔަގޮތަކަށް އޭނައެއް ނާދޭ….” އެންމެނަށްވެސް ލީވާން ސައިބޯން ނެތްކަން ފާހަގަވީ އެ ބުނި ޖުމްލައިންނެވެ. އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ޒީކާ ދިމާލަށް ބަލާލެވުނެވެ. ޒީކް އޭރުވެސް އިނީ ހަަމަޖެހިލައިގެން ރޮއްޓާ ކުޅިމަހާ ޖައްސައިގެން ކާށެވެ. އަނގަޔަށް ރޮށިކޮޅެއް ލުމަށްފަހު އިސްއުފުލާ ހަމަހިމޭންވެފައިވާ މާހައުލަށް ބަލާލިއިރު ދަތުރުގެ އެންމެންގެ ނަޒަރު ހުއްޓިފައިހުރީ ޒީކަށެވެ.

“ވާޓްސް ރޯންގް….. ކިހިނެއްވީ؟…” ރޮށިކޮޅު ކަމުން ދެބުމަ ގޮށްޖަހައިގެން ވާނުވާ ނޭނގި ހުރެ ޒީކް އަހާލިއެވެ. މިފަހަރު އެ ސުވާލު ތަކުރާރުކޮށްލީ ވިޝާލެވެ. “ޒީކް… ކޮންތާކަށް ލީވާން ދިޔައީ…. ރޭގަ ޒީކާ އެކީ ދިޔަގޮތަށް މިކޮޅަށް ނާންނާތީވެ….”

ސައިތަށީގައި ތުންޖަހައިގެން ހުރި ޒީކް މަޑުމަޑުން އެ ޖޯޑު ދޮންވެލިގަނޑު މަތީގައި ބެހެއްޓުމަށްފަހު ޖަވާބުދިނެވެ. “ރޭގަ މަށާ އެކީ އޭނަ ހިނގާލަން ދިޔަ…. މަށަށް ބިރުދައްކަން ގަސްތަކުގެ ތެރެއަށް ވަދެ އުޅުނީ… މަ އެކަމާ ހިތްހަމަ ނުޖެހުނީމަ ބުނި އެންމެން ބިރު ގަންނަ ވަރުގެ ކަމެއް ކޮށްލާނަމޭ… އޭނަގެ ސަކަރާތްގަނޑު މާ މައްޗަށް ދާން ފެށީމަ އަހަރެން އެނބުރި އައީ ޓެންޓުތަކާއި ދިމާލަށް… އޭނައެއް ނާދޭ….”

ޒީކް ދެއްކި ވާހަކަތައް ކަނުލާ އަޑު އަހަން އީވާން އިނީ ވަރަށް ހައިރާންވެފައެވެ. “އޯހް…. އޭނަ ފޯނުވެސް ނިއްވާލާފަ އޮތީ… މިކޮޅަށް ދަތުރު އައި އިރުވެސް ބުނި ރަނގަަޅަށް ދަތުރު މަތިން ހަނދާން ނުފިލާ ވަރަށް ބިރު ދައްކާލާނަމޯ….”

ވިޝާލް ސައި ބޮއި ނިމިގެން ހުސްތަށި ހިފައިގެން މޭޒާ ދިމާލަށް މިސްރާބު ޖަހަމުން ބުނެލިއެވެ. “ތިވާނީ އަހަރެމެން އޭނަ ނުފެނިގެން ހޯދަން ދޭތޯ ބަލަން ފިލާ ހުރީ ކަމަށް…. ބަހައްޓާ…. އަހަރެމެން އޭނަ ހޯދަން ނުދިޔައިމަ ވައިވެގެން އައިސްދާނެ….”

ވިޝާލްގެ ނިންމުމަށް އެންމެންވެސް ތާއީދު ކުރިއެވެ.

ހެނދުނުގެ ސަޔަށް ފަހު ނުވައެއް ޖަހަންދެން އެންމެން އަރާމުކޮށްލަން ޖައްސާލައިގެން ތިބީ ގޮނޑުދޮށުގައި ހުރި ގަސްތަކުގެ ހިޔަލުގައެވެ. މިހެން ތިބެތިބެ ފޫހިވުމުން ޒީކް ބުނެލިއެވެ. “ދަތުރު އައިސް މިހެން ޗޮސްވެފަ ތިބޭކަށް ނުވާނެ… ހިނގާ ފައިގަތަޅާ ކުޅެން….”

ފޫހިވެފައި އެހެންތިބި ގިނަ ބައިވެރިން އެކަމާ އެއްބަސްވިއެވެ. މަޒީން ދަނޑި ބުރިއެއްގެ އެހީގައި ގޮނޑުދޮށުގައި ބޮޑު ކޯޓެއް ކުރަހާލިއެވެ. އަންހެން ކުދިންނާ ފިރިހެން ކުދިން ދެބަޔަކަށް ބަހާލިއެވެ. ގުރުއަތު ދިމާވީ އަންހެން ކުދިންނަށް ކަމުން ހުރިހާ އަންހެންކުދިން ނިންމީ ކޯޓުތެރެއަށް ވަންނާށެވެ. މަޒީނާއި ވިޝާލް އެއް ފަރާތުން ބޯޅައުކަން ތައްޔާރުވި އިރު އަނެއް ފަރާތުން ބޯޅައުކަން މިހުރީ އީވާނާއި ރާއިފާއި ލީޝަނެވެ.

މެޗު ފެއްޓުމުން އެންމެ ފުރަތަމަވެސް އެއްލި ބޯޅައިގައި ޖެހިގެން ޝައްފަ ނުބައި ވެއްޖެއެވެ. ހުރިހާ ފިރިހެން ކުދިންތައް އެއް އަޑަކުން “އޯހް… އެއްބުރުން” މިހެން ބުނެލިއެވެ.

ދެން ފިރިހެން ކުދިންތައް އުކަމުން ދިޔަ ބޯޅަތަކުގެ އަމާޒަކަށް ވީ މިންނާއެވެ. މިންނާއަށް ބޯޅައިން ރެކެވުނީ މަދު ފަހަރަކުއެވެ. ބޯޅަ ހިފަންވެގެން އަތްލާން އުޅުނު ފަހަރެއްގައި ބޯޅައިގައި ނުހިފި މިންނާ ވެސް ކުޅުމުން ބޭރުވެއްޖެއެވެ. ޒީކާއި ތޫބާ ވަރަށް އިރުވަންދެން ކޯޓު ތެރޭގައި ބޯޅައިން ރެކެން މަސައްކަތް ކުރިއެވެ. ނަމަވެސް ވަކި ހިސާބަކުން އެ ދެމީހުންވެސް ކުޅުމުން ބެރުވީ ބޯޅައިގައި ޖެހިގެންނެވެ. ދެ ޓީމްގެ މަޤާމް ބަދަލުކޮށްލުމަށްފަހު ކޯޓު ތެރެއަށް ފިރިހެން ކުދިން ވަނެވެ. ކޯޓުން ބޭރުގައި ދެކޮޅުގައި ބޯޅަ އުކަން އަންހެން ކުދިން އެތުރިގެން ތިބީ އެއްކޮޅުގައި މިންނާއާއި ޒީކް އަނެއްކޮޅުގައި ތޫބާއާއި ޝައްފައެވެ.

ފިރިހެން ކުދިންގެ ޓީމް ވަރަށްވެސް މޮޅެވެ. އަންހެން ކުދިން އެއްލާ ބޯޅަ ހިފައިގެން ޓީމަށް އިތުރު ޕޮއިންޓުތައް ހޯދަމުން ދިޔައެވެ. ނަތިޖާއަކަށް ވެގެން ދިޔައީ ބޯޅައިގައި ޖެހިގެން ނުބައިވާ ކުއްޖާއަށް ހިފިފައިވާ ކެޗްތަކަށް އަނބުރާ ކޯޓު ތެރެއަށް ކުޅެން އެރި، ޓީމް ގިނައިރު ނުބައިނުވެ ކުޅެވުމެވެ. މިކަމާ ޒީކް ވަރަށް ރުޅިއައެވެ. އެހެންކަމުން އޭނާ އަތުގައި ބޯޅަ ޖެހުނު ފަހަރު ޒީކް ބޯޅަ ނަގާ މޫދާ ދިމާލަށް އެއްލާލިއެވެ. ހުރިހާ އަންހެން ކުދިން އޭރު ތިބީ ވަރުބަލި ވެފައެވެ. ބޯޅަ ބަލާ މޫދާ ދިމާލަށް މަޒީން މިސްރާބު ޖެހުމުން ވިޝާލް ފަހަތުން ދުވެފައި ދިޔައެވެ. ގޮނޑުދޮށުގައި ރާޅު ބީއްސާ ހިސާބުގައިވާ ބޯޅައިގައި ވިޝާލް ފައިން ޖެހުމުން މޫދުގެ ތަންކޮޅެއް ބޭރަށް ބޯޅަ ދިޔައެވެ. އެހިސާބުން މަޒީނާއި ވިޝާލް އެކީހެން މޫދު ތެރެއަށް ފުންމާލައިގެން މިސްރާބު ޖެހީ އެންމެ ކުރިން އެ ބޯޅަ ނަގަން ދެވޭނީ ކާކަށްތޯ ބެލުމަށެވެ. މި މަންޒަރު ބަލަންތިބި ހުރިހާ އެންމެން އެކަމުގައި ބައިވެރިވާން މޫދަށް އެރި ފުންހިސާބަށް ދިޔުމަށް ފަތައިގަތެވެ.

މަންޒަރު ބަލަން ދޮންވެލިގަނޑު މަތީގައި ޒީކް އިށީނދެލައިގެން އިނީ އަތުގެ އިނގިލިތަކުން ގާކޮޅުތަކެއް ނަގައިގެން ފަސްއޮށް ކުޅެލަކުޅެލައެވެ. މޫދަށް ނޭރި އެއްގަމުގައި މަޑުކޮށްގެން ހުރި އީވާން، ޒީކް ގާތުގައި އިށީނުމަށް ފަހު ވާހަކަ ދައްކަން ފެއްޓިއެވެ. “ކީއްވެ މޫދަށް ނޭރި ތިއިނީ…. ކަނބުލޮއަށް ފަތަން ނޭނގެނީތަ؟”

*** *** *** *** *** ***

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ކަޔާން ވާހަކަ ފޮތް ލައްޕާލިއެވެ. އަދި ތެދުވެ އަވަސްވެގަތީ ގެއާއި ކައިރީގައި ހުރި މިސްކިތަށް ނަމާދަށް ދިޔުމަށެވެ. ކަޔާން ނަމާދު ކޮށްގެން އައިސް އެނދުގައި ޖައްސާލައިގެން އޮތީ ކުޑަ ވަގުތުކޮޅަކަށް ނިދާލުމުގެ މަޤްސަދުގައެވެ. ނަމަވެސް ފޯނުން އިރުއިރުކޮޅާ ގަޑި ބަލަބަލާ އޮވެވުނީ މިޝްކާއާ ބައްދަލުކުރަން ކެތްމަދުވެފައި އޮތުމުންނެވެ.

ގަޑިން ހެނދުނު ހަތެއް ޖެހުމުުން ކަޔާން އަވަސް އަވަހަށް ފާހާނާއަށް ވަދެ ރީތިވެގެން ގެއިން ނިކުމެ މިޝްކާ ބުނި ކެފޭ ދޮރުމައްޗަށް ގޮސް މަޑުކޮށްލުމަށްފަހު ފޯނުން ގަޑި ބަލާލިއެވެ. ކަޔާނަށް މިއާދެވުނީ ފަނަރަ މިނެޓް ކުރިންނެވެ. އެހެންކަމުން ބޭރުގައި މަޑުނުކޮށް ކެފޭތެރެއަށް ވަނެވެ. އެ ކެފޭގެ އޯޕަންއެއަރ މާހައުލުގައި ހުރި މޭޒެއްގެ ދޮށުގައި ކަޔާން އިށީނެވެ.

ހެނދުނުގެ ފިނި ކަމުގެ ތެރެއިން އެ މާހައުލަށް ބަލަން ކަޔާނަށް ހުރެވުނެވެ. މާލޭގެ ގޮނޑުދޮށާ ކައިރީ ސަރަހައްދެއްގައިި ހުރި ކެފޭއެއް ކަމުން އެ ތަން ވަރަށް ހިތް ފަސޭހައެވެ. މަޑު މިޔުޒިކެއް ފަދައިން އިވެމުން ދިޔައީ މޫދުގެ ލޮނުގަނޑު ތޮށިގަނޑު މައްޗަށް މުގުރާލުމުން ގޮވާ އަޑެވެ. ހުޅުލެއާ މާލެއާ ދެމެދު އަޅާފައިވާ ބްރިޖްގެ ހިތްގައިމު މަންޒަރަށް ބަލަން ހުރެވުނެވެ. އެވަގުތު ކަޔާނުގެ ހަނދާނަށް އައީ ބަހަށް އެރުމަށްފަހު އަލީނާ ހަނާއަޅާލި މަންޒަރެވެ. އޭގެ މިނެޓުތަކަކަށްފަހު ބަސް އޭގެ މަންޒިލަށް ދަތުރު ފެއްޓި މަންޒަރެވެ.

އެހިސާބުން ކަޔާންގެ ސިކުނޑި ދަތުރުކުރީ އަލީނާ ލިޔުނު ވާހަކައަށެވެ. އަލީނާގެ ވާހަކާގައި ބުނެފައިވަނީ އެއީ ތެދު ހަޤީޤީ ވާހަކައެއް ކަމެވެ. ކަޔާންގެ ސިކުނޑީގައި އެ ދުވަސްތައް އެނބުރެން ފެށިއެވެ. އެ ހަނދާންތަކެވެ. އެ ދަތުރެވެ. އެ ހިތާމަވެރި ހާދިޘާއެވެ. އެ ދަތުރުން ކަޔާނަށް ނޭނގޭ ކިތަންމެ ކަމެއް ވާހަކަ ކިޔަމުން ދިޔައިރު އެނގެމުން ދިޔައެވެ. އެއްފަހަރުން އެ ވާހަކަފޮތް ނިންމާލަންވެސް ބޭނުންވިއެވެ. ސަބަބަކީ ކަޔާނަށް ނެނގޭ ކިތަންމެ ކަމެއް އެވާހަކާގައި ހިމެނިފައިވާނޭ ކަން ކަށަވަރު ވާތީވެއެވެ. އަނެއްކޮޅުން އަލީނާ ކަޔާނާ ދުރުވާން މެދުވެރި ސަބަބު ދެނެގަތުމަކީވެސް އޭނާ ވަރަށް ބޭނުންވާ ކަމެކެވެ. މިހުރިހާ ސުވާލުތަކެއްގެ ޖަވާބު ކަޔާން މިއަދު ހޯދަން އަޒުމް ކަނޑައަޅައިގެން އެހުރީ މިޝްކާގެ އިންތިޒާރުގައެވެ.

މިޝްކާ އައިސް ކުރިމަތީ ހުރި ގޮނޑީގައި އިށީނުމުން ކަޔާނަށް ސިހުންވެގެން ދިޔައެވެ. ލުއި ހިނިތުންވުމަކަށް ފަހު ‘ގުޑް މޯނިންގް’ އޭ ބުނެލީ ވާހަކަ ފައްޓާނެ ގޮތެއް ހިތަށް އަރުވާލަމުންނެވެ. އެ ވަގުތު މޭޒުދޮށަށް އައިސް ހުއްޓުނު ވެއިޓަރ ފެނުމުން ދެމީހުންވެސް އަވަސްވެގަތީ ބްރޭކްފާސްޓަށް އޯޑަރ ދިނުމަށެވެ.

ދިވެހިންގެ ޡަޤާފީ ކެއުމަށް ލޯބިކުރާ މިޝްކާ އޯޑަރ ދިނީ މަސްހުންޏާ ރޮއްޓަށެވެ. ކަޔާންވެސް ނިންމީ މިއަދު މަސްހުންޏާއި ރޮށި ކެއުމަށެވެ. ވެއިޓަރ އޯޑަރ ނެގުމަށްފަހު މޭޒު ދޮށުން ދުރަށް ޖެހިލުމުން މިޝްކާ ވާހަކަ ދައްކަން ފެއްޓިއެވެ. “ހާދަ އަވަހަކަށް އައިސް ތީނީ… އަނެއްކާ ރޭގަ ރަނގަޅަށް ނިދިންތަ؟…”

މިޝްކާ ސަމާސާ ކުރުމުން ކަޔާން ވެސް އެކަމުގައި ބައިވެރި ވެލިއެވެ. “ޔާ… ހަމަ ތެދެއް ތިބުނީ… އިރު އެރީވެސް މިތާ ހުއްޓާ…”

ކަޔާންގެ އެ ޖުމްލައަށްފަހު އެ ދެމެދުގައި ވާހަކައެއް ނުދެކެވި ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ދިޔައެވެ. އެންމެފަހުން ކަޔާން އޭނާ އޮޅުން ފިލުވަން ބޭނުންވާ ވާހަކަ އަހާލިއެވެ. “އޯކޭ ނައު ޓެލްމީ…. އަސްލު ކީއްވެ އަލީނާ އަހަރެންނާ ދުރަށް ދިޔައީ؟… ޑިޑް ޝީ މެޓް ސަމްވަން؟…”

މިޝްކާ ނޫނެކޭ ބުނާ ފަދައަކުން ދެއަތަށް ބޯ ހޫރާލަމުން ވާހަކަ ދައްކަން ފެއްޓިއެވެ. “ނޫނޭ… ސަމްތިންގް ރިއަލީ ބޭޑް ހެޕަންޑް… އަލީނާ ހުރީ މޮޔަވެފަ….”

މިޝްކާ ގެ ޖުމްލަތަކުން ކަޔާނަށް ލިބުނު ހައިރާންކަމުން ލެގިގެންހުރި ގޮނޑިން ކުރިއަށް ޖެހި ދެބުމަ ގޮށް ޖަހާލެވުނެވެ. “ކީކޭ… މޮޔަ ވީއޭ!…؟”

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ޝެރިން (11 ވަނަ ބައި)

Next

ހިޖުރަ (ނަވާޅީސްވަނަ ބައި)

Next
November 12, 2015

ހިޖުރަ (ނަވާޅީސްވަނަ ބައި)

Previews
November 12, 2015

ޝެރިން (11 ވަނަ ބައި)

12 Comments!

  1. shif says:
    November 12, 2015 at 11:00 pm

    Woooww…amazing..enmme hiy thelhey hisaabun miothy nimmaalaafa…keep it up girl..all ur stories are unique and intresting..

  2. ix says:
    November 12, 2015 at 11:16 pm

    Hama habeys. Vaahaka v v salhi.waitin 4 the next part………

  3. Naaji says:
    November 12, 2015 at 11:18 pm

    alhey….. Next part plx… ?
    Cnt wait for the next ???
    V nice ingey

  4. ken? says:
    November 12, 2015 at 11:38 pm

    Masha Allah….☺☺

  5. Mary says:
    November 12, 2015 at 11:54 pm

    Ma heekuree mazeen kamah moya vaaneeee….

  6. zuha says:
    November 13, 2015 at 6:11 am

    Mazeen akee kayaan baa,

  7. aathu says:
    November 13, 2015 at 7:21 am

    Woa!.. this is jst interesting..

  8. zee says:
    November 13, 2015 at 9:55 am

    So aleena n zeek same person dhoa…… wow

  9. Reen says:
    November 14, 2015 at 1:31 am

    Varah salhi.

  10. me says:
    November 14, 2015 at 3:33 am

    zeek mee aleena…. n mazeen mee kayaan dhw ehenvyma

  11. Shau says:
    November 16, 2015 at 10:32 am

    Wowwww v reethi. Next part kiyaahithun nuvex nidheyne dhen

  12. Aish aleena says:
    November 19, 2015 at 1:26 am

    Love it ingey

Comments are closed.

Next Episodeކަނޑުފެން (އެގާރަވަނަ ބައި) KanduFen P-11←


All Right Reserved!