Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (13 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
November 17, 2015 4 Mins Read
10 Comments

“ބިރުނުގަނޭ… އަހަރެމެންނަކީވެސް ޝެރިން ކަހަލަ ހާލުގަ ޖެހިފައިވާ ކުދިން. މިތާމީހުން ކިތަންމެ ރަނގަޅަސް، މަސައްކަތް ނުކުރަންޏާ އެދުވަސް ދިޔައީ… އަހަރެމެންގެ ޢާއިލާތަކާއި ވަކިކޮށްފަ އެމީހުން އަހަރެމެން މިތަނަށް ގެންނަނީ މަސައްކަތް ކުރުވަން ވެގެން. މިއީ ފަރުނީޗަރު އުފައްދާ ތަނެއް. އެކިކަހަލަ ފަރުނީޗަރު އުފައްދާނެ. މުށި ކެފުމާ، ލަކުޑި އޮމާން ކުރުމާ، އެނދުގަ އަޅާ ރަޖާ ފެހުމާ، ފޮތި ކެނޑުން މިއީ ހުސް އަހަރެމެން އެންމެން ކުރަންޖެހޭ މަސައްކަތް… މަސައްކަތް ނުކޮށްފިނަމަ މިމީހުން ވަރަށް އަނިޔާ ކުރާނެ. މިއީ ވަރަށް ގޯސް މީހުން އުޅޭތަނެއް… އެކަމަކު ޖޭޑް ވަރަށް ރަނގަޅުވާނެ… އޭނަ ވަރަށް ހިތްހެޔޮވެފަ ވަރަށް މިތަނަށް އަންނާނެ…” ޔޫކޯ ކިޔާދިނެވެ. އެއާއިއެކު އޭނާއާ އެއްބަސްވުމުގެ ގޮތުން ބައެއްކުދިން ބޯޖަހާލި އެވެ.

 

…………………………….

މިކްޔާލަށް ހޭލެވުނީ ކޮޓަރީގެ ބޭރުގައި ހުރެގެން މީހަކު މާވަރަކަށް ބެލް ޖަހާތީ އެވެ. އަވަހަށް ތެދުވެ ގަޑި ބަލައިލި އިރު ހެނދުނު އެގާރަ ޖަހަނީ އެވެ. ނަމަވެސް އިއްޔެ މާގިނައިން ދަތުރު ކުރުމުގެ ސަބަބުން އަދިވެސް ހީވަނީ ހަމަނިދި ނުލިބޭ ހެންނެވެ. ކުޑަކޮށް މޫނު ދޮވެލައިގެން ޓިޝޫއަކުން މޫނު ފުހެމުން އައިސް ދޮރު ހުޅުވާލި އެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ނިދިވެސް މުޅިންހެން ފިލައިފި އެވެ. ލިބުނު ކުއްލި ޝޮކްގެ ސަބަބުން ކުޑަކޮށް އަރިއަޅާލުމުން އަވަހަށް ދޮރުގެ އަރިމަތީގައި ހިފެހެއްޓި އެވެ. ދެތިން ފަހަރު އެސްފިޔަވެސް ޖަހާލެވުނީ މިފެންނަ ފެނުން ގަބޫލުކުރަން ދަތިވުމުންނެވެ. ވާނީވެސް އެހެންތާ އެވެ. އޭނާގެ ކުރިމަތީގައި އެހުރީ ސަޢުދިއްޔާގެ ދަރިފުޅެވެ. އާއެކެވެ! ގެއްލިގެން އުޅުނު ޔައިނެވެ.

“ޔައިން؟؟؟” މިކްޔާލަށް އެންމެފަހުން ވަރަށް ބާރަށް ބުނެވުނެވެ.

ޔައިނާއެކު ހުރި އަންހެންމީހާ މިކްޔާލް ހަމައަކަށް އެޅުވޭތޯ އިނގިރޭސި ބަހުން ފަތިވަރެއް އަމުނަމުން ގެންދިޔަ އެވެ. ނަމަވެސް މިކްޔާލް ހުރީ ހައިރާންވެ އަންތަރީސްވެރަ އެވެ. އަޖައިބުވެ އާޝޯޚު ވެފަ އެވެ. ވާނުވާ ނޭނގި އޮޅުންބޮޅުންވެފަ އެވެ.

“ކިހިނެތް މިހިސާބަށް އައީ؟ ޔައިން!! ބުނެ… ބުނޭ! ކާކު މިހިސާބަށް ގެނައީ؟؟ ޔައިންގެ މަންމައަކަށް ހަމަ ގައިމުވެސް ނޭނގޭނެ ޔައިން އައި ކަމެއް…!” މިކްޔާލް ޔައިންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އެއާއެކު ޔައިނާ އެއްކޮށް އައި އަންހެން މީހާ އާއި ދިމާއަށް ބަލާލީ އެއްވެސް އެއްޗެއް ނޭނގޭ ޙާލުގަ އެވެ.

“ދޮރުވާނު ބޭބެ…” އެއަންހެންމީހާގެ އަނގައިން ބޭރުވި މިލަފްޒުތަކުން މިކްޔާލްގެ ދެލޯ ބޮޑުވި އެވެ. ޤަބޫލު ނުކުރެވިގެން މަޑުމަޑުން ބޯހޫރާލި އެވެ. އަދި ވާނުވާ ނޭނގިހުރެ ކުޑަކުޑަ ޔައިނާ ދިމާއަށް ބަލަންހުރީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ. މަޑުމަޑުން ޝެރިން ގެއްލުނުގޮތް ހަނދާންވާން ފެށި އެވެ. ސުޖާޢު އާއި ކައިލް ބުނި ގޮތުން ވެއްޖެއްޔާ އެބަޔަކު ޝެރިން ގެންދިޔައީ ޝެރިންގެ ކޮޓަރިތެރެއަށް ވަދެގެންނެވެ. ޝެރިން ބޭރުގަ ހުއްޓައެއް ނޫނެވެ. ދެން މިކްޔާލްގެ ވިސްނުމުގެ މިސްރާބަކަށްވީ އެބަޔަކު އެކޮޓަރިއަށް ވަތްގޮތެވެ. މުޅިގޭގެ ހުރިހާ ތަޅުދަނޑިއެއް ހަވާލުކޮށްފައިވާނީ ހަމަ އެންމެ މީހެއްގެ އަތަށެވެ. މުޅި ގޭގެ ނޯކަރުންގެ ތެރެއިންވެސް ސުޖާޢު އެންމެ އިތުބާރު ކުރާނީ ވެސް އެންމެ މީހެއް ދެކެ އެވެ. އެއީ ދޮރުވާނެވެ. ނަމަވެސް މިވީ ކީއްހެއްޔެވެ؟ އަމިއްލަ ފައިދާއެއް ލިބިގަތުމަށް ވެރިޔަކަށް ޚަރާންކޯރު ވެދާނެ ބާއެވެ؟ ދޮރުވާނަކީ ގާރޑަން ވޭލީގައި ފަސްއަހަރު މަސައްކަތްކުރަމުން އަންނަ ހީވާގި މީހެކެވެ. އެހެންނަމަވެސް މިވީ ގޮތުން މިކްޔާލްގެ ހިތަށް ކޮންމެވެސް ވަރަކަށް ނަފްރަތުކަން ވަދެފި އެވެ.

“ނުވާނެ އެހެނެއް…” މިކްޔާލް ޔައިން އެތެރެއަށް ވެއްދި އެވެ. އަދި އެއަންހެން މީހާއާ ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. އެއަންހެން މީހާ ކިޔާދިން ގޮތުގައި ދޮރުވާނަކީ ވަރަށް ކުރިންސުރެން ފެށިގެން ކޮރަޕްޝަންއާ ގުޅިފައިވާ މީހެކެވެ. ނަމަވެސް ދޮރުވާނުގެ ޢާއިލާ މީހުންގެ ހިތްވަރާއި، މިންނަތުން ރަނގަޅު މަގު އިޚްތިޔާރު ކުރުމަށް ރާއްޖެ އައިސް ރަނގަޅު ވަޒީފާއެއް ހޯދަން އުޅުނެވެ. ނަމަވެސް ރެއާއި ދުވާލު ހޭބޯނާރާ ކުރި މަސައްކަތުން ވަޒީފާގަނޑެއްވެސް ނުލިބުމުން، ގޭގެއަށް ގޮސް ކުނިއުކާލުމުގެ މަސައްކަތް ކުރަންފެށީ އެވެ. އަދި، އޭގެން ގިނަދުވަސްދުވަހު ބައިލާރިވެސް ނުލިބޭތީ އެމަސައްކަތުގެ އިތުރަށް ގޭގޭ ސާފުކޮށްދިނުމާއި، ޕިކަޕުން އެއްޗެހި އުފުލަން އެހީތެރިވެދޭން ފެށީ އެވެ. ނަމަވެސް އެއްދުވަހަކު އިއްތިފާޤުން މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއަކަށް މީނާ ފެނިގެން ދޮރުވާނެއްގެ ވަޒީފާ ދީފި އެވެ. އެއަށްފަހު، ގަރޑަން ވޭލީގައި ދޮރުވާނެއްގެ ވަޒީފާ އަދާކުރަން ފެށީ އެވެ. ނަމަވެސް ޝެރިން ގެއްލުނު ދުވަހުގެ ކުރީ ދުވަހު ދޮރުވާނުގެ ކުރީގެ ރަޙްމަތްތެރިންނާ ދިމާވެ، ގިނަ ޢަދަދެއްގެ ފައިސާ ދޮރުވާނަށް ދިނުމުން އެމީހުންގެ އަވައިގައި ޖެހި، ވެރިމީހާގެ އަމާނާތަށް ޚިޔާނާތްތެރިވެ، އެމީހުން ގޭތެރެއަށް ވެއްދުމަށް މަގުފަހި ކުރުވީ އެވެ. ވެރިމީހާއަށް ޚިޔާނާތްތެރި ވުމަކީ ކިހާބޮޑު ކުށެއްކަންވެސް ރޭކާނުލާ ޙާލު އެވެ. ކުރީގެ އުޅުމަށް އިޢާދަ ވެވުނީ އެވެ.

ޝެރިން ވަގަށް ނެގުމަށްފަހު ދެން އެމީހުން ކުރިމަތިލީ ޔައިނާ އެވެ. އޭރު އެމީހުން ޔައިން ގޮވައިގެން ފުރާ މަތިންދާ ބޯޓަކީ މިކްޔާލްވެސް ފުރަން އޮތް ބޯޓުކަމެއް އެމީހުންނަކަށް ނޭނގެ އެވެ. ސަބަބަކަށްވީ، މިކްޔާލްވެސް ޖަރމަނީއަށް އަންނަން އުޅުނީ ގިނަބަޔަކަށް ނޭނގިކަމަށް ވުމުންނެވެ. ޔައިން ސަލާމަތްކުރެވުނީ އެބޯޓުގައި ދޮރުވާނުގެ އާއިލާއެއްގެ މީހަކު އިނުމުންނެވެ. ފުދޭވަރަކަށް ޔައިން ދަންނާތީއާއެކު، މުޅިން ނުދަންނަ ބައެއްގާތު ޔައިން އިނުމުން ހިތުގައި އުފެދުނު ޝައްކަކާ ހުރެ ޔައިނާ އަމިއްލައަށް ހަވާލުވީ އެވެ. އޭނާއަށް މިކްޔާލް ފެނުނީ ބަރލިންގެ އެއަރޕޯޓް ތެރެއިން ނިކުންނަނިކޮށްކަމުން ޔައިން ހަވާލު ނުކުރެވުނީ އެވެ.

މިކްޔާލް ކޮޓަރިއަށްވަދެ ދެކޮޅާ ހިނގަންފެށި އެވެ. އޭރު ޔައިން އިނީ މިކްޔާލް ނިދާ އެނދުގައި އިށީނއިނދެގެންނެވެ. މައުޞޫމް ގޮތަކަށް އިސްޖަހާލައިގެން އިންއިރު ޔައިން ގެންދިޔައީ ދެއަތްދެއަތާ ކުޅެމުންނެވެ. ހީވަނީ ބޮޑު ކުށެއް ކުރެވި އަދަބު ދީފައިވާ ކުއްޖެއް ހެންނެވެ.

އިރުކޮޅަކު ދެކޮޅާ ހިނގާލުމަށްފަހު، މިކްޔާލްގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ. އެވަގުތު އޭނާގެ ފަންފަން އިސްތަށިގަނޑުގައި އަތްފުނާ އަޅާލީ ލިބުނު ވަރުގަދަ ޚަބަރަކުންނެވެ. އާއެކެވެ. އެއްވެސް މީހަކީ ސަތޭކަ ޕަސަންޓަށް އިތުބާރު ކުރަންވާނެ މީހެއްނޫނެވެ. އެކަން މިވަނީ ޤަބޫލު ކުރަންޖެހިފަ އެވެ. ދެން އޭނާގެ ހަނދާނަށްއައީ ބައްޕަ އާއިއެކު ސީގަލް ކެފޭއިން ކައިގެން ގެއަށް އައިދުވަހު، ދޮރުވާނު ހުރި ގޮތެވެ. އޭނާހުރީ ކޮންމެވެސް ކަމަކާ މާބޮޑަށް އުފާވެފަހެން ހީވެ އެވެ. ނަމަވެސް ޔަޤީންނުވީ އެރޭ އެކަމާ އެހާ ފަރުވާލެއް ނުބެހެއްޓެވުނީމަ އެވެ.

“ޔާލް ބޭބޭ… މަންމަމެން ގާތު ނުބުނައްޗޭ! ޕްލީޒް އިނގޭ! އަޅުގަނޑު ބަސްއަހައިގެން ހުންނާނަމޭ… ބޭބެ ބުނި ގޮތެއް ހަދާނަން… ޝެރީއްކޮ ހޯދަން އަޅުގަނޑުވެސް ބޭނުން… ޕްލީޒް ބޭބޭ! އަޅުގަނޑު މިތާ ހުރި ވާހަކަ ސިއްރުކޮށްދީ…!” ޔައިން ފެށިއެވެ.

“ޔައިން ކޮއްކޮ ކީއްވެ ބޭބެއަށް ނުގޮވީ؟ އެއަރޕޯޓް ތެރެއިން ފެންނާނެ އެއްނު… ބޭބެއަށް ކޮއްކޮ ނުފެނުނަސް ކޮއްކޮއަށް ބޭބެ ފެނުމުން އަވަހަށް އައިނަމަ… އޭރުން މިހާ ހަމައަކަށް…” ބުންނަ އުޅުނު ޖުމްލަ މެދުކަނޑާލުމަށްފަހު މިކްޔާލް ފުންނޭވާއެއްލި އެވެ.

“އަޅުގަނޑު ކައިރީ އެމީހުން އަމުރުކޮށްފަ ތިބީ… އަޑެއްވެސް ނުލެއްވުމަށް… ގަދަވެސް ނުދެއްކުމަށް… އެހެންވެ އެވަގުތު ވަރަށް ބިރުން ހުރީ… އެކަމަކު އަޅުގަނޑު ބޭނުމެއްނޫން ޝެރީއްކޮ ނުހޯދާ ރާއްޖެއަށް ދާކަށް… އަޅުގަނޑު ބޭނުން ޝެރީއްކޮ ހޯދަން…!” ޔައިން އާދޭސްކުރި އެވެ.

“ކޮއްކޯ…! ތިއީ އަދި ކުޑަކުއްޖެކޭ… އަދި އެންމެ ތޭރަވަރަކަށް އަހަރޭ… މިއީ ވަރަށް ނުރައްކާތެރި މިޝަނެއް… ޔައިން ކޮއްކޮއަށް ގެއްލުމެއް ލިބޭކަށް ޔައިންގެ މަންމައެއްވެސް ނޭދޭނެ އެއްނުދޯ!” މިކްޔާލް ނަޞޭޙަތުގެ ރާގެއްގައި ބުންޏެވެ. އަދި އޭނާ އަވަސްވެގަތީ ސުޖާޢުއަށް ގުޅުމަށެވެ. ސުޖާޢުގެ ނަންބަރު ޖެހުމަށްފަހު ހަމަ ޑަޔަލްއަށް ފިތާލުމާއެކުހެން ވައިސޫރިއެއްހެން ޔައިން އައިސް މިކްޔާލްގެ ފޯނު ޖަހައިގަތެވެ. އަދި ކޯލް ނިއްވާލުމަށްފަހު މިކްޔާލާ ދިމާއަށް ބަލާލީ ގޮތްދޫނުކުރާ ނަޒަރަކުންނެވެ.

“ސުޖާޢުބެއަށް ނުގުޅާތި! އެހެންނޫނީ އަޅުގަނޑު މިތަނުން ފިލާނަން! އޭރުން އެކަކަކަށްވެސް އަޅުގަނޑެއް ނުހޯދޭނެ…!” ޔައިން ވަރަށް ބާރަށް ބުންޏެވެ. އޭނާގެ ދެއަތް މުއްކެވިފައިވާއިރު އެދެލޮލުން ކަރުނައިގެ އަސަރުވެސް ފާޅުވާން ފަށައިފި އެވެ. “ޔާލްބޭބެ އެއްފަހަރު ނަމަވެސް އަޅުގަނޑު ބުނާގޮތަށް ކަންތައް ކޮށްދީބަލަ… މިހާރު އަޅުގަނޑުމީ ކުޑަކުއްޖެއް ނޫނޭ! ޝެރިން ހޯދަން އަޅުގަނޑުވެސް ދާނަން…”

މިކްޔާލަށް ބުނާނެ އެއްޗެއްވެސް ނުވިސްނުނެވެ. ޔައިނާއި ޝެރިނަކީ ކުޑައިރުންސުރެން ފެށިގެން އެންމެ ގާތް ދެރަޙްމަތްތެރިންނެވެ. އަބަދުހެންވެސް އުޅޭނީ އެކުގަ އެވެ. ދެމީހުން އެކަކު އަނެކަކަށް އެހީވެދީ، ސިއްރު ވާހަކަތައް ދައްކަދައްކާ އުޅޭ މަޖާ ގޮތްގޮތް ވަރަށް މަޖަލެވެ. ނަމަވެސް މިހާރު އެ ގުޅުން މާ ގާތްވެއްޖެހެން މިކްޔާލަށް ހީވި އެވެ. އަދި ޔައިންގެ ގޮތެއް ނޭނގޭނެ އެވެ. އޭނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ އެވެ. އެހެންކަމުން މިކްޔާލަށް މަޖުބޫރުވީ ޔައިން ބުނާގޮތް ހެދުމަށެވެ. ނަމަވެސް ޔައިނަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި މިކްޔާލް ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. ބޭރުފުށުން އެއިޙްޞާޞްތައް ނުދެއްކިޔަސް މިކްޔާލް ވަރަށް ބޮޑަށް ވިސްނަ އެވެ. ކިތަންމެ ހަމަޖެހިގެން ސްމާޓްކޮށް ހުއްޓަސް އެ ހިތުގެ ތެރޭގައިވާ ހައިޖާނު ވަރުގަދަވެފައި، ބޮޑެވެ.

 

……………………………………

“ޝެރިން! ޝެރިން…” ޝެރިނަށް ހޭލެވުނީ ޔޫކޯ ގޮވާއަޑަށެވެ. އޭރު ހަތެއް ޖަހަން ބައިގަޑިއިރު އޮތެވެ. “ހޭލަބަލަ… އެއޮއް ހަތެއް ޖަހަން ކައިރިވަނީ… ހަތެއް ޖަހާއިރު ހޯލަށް ދާން ޖެހޭނެ. އެހެންނޫނީ އެނގެއެއްނު ވާނެ ގޮތް…”

ޝެރިން މަޑުމަޑުން ތެދުވި އެވެ. ރޭގައި ހަމަ ނިދި ނުލިބުމުން އެކުޑަ ހަށިގަނޑަށް ލޮޑުކަން އިޙްޞާޞް ވާން ފެށި އެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ފެންވަރާލައިގެން ނިކުތްއިރު ޔޫކޯ އާއި މިޒޫކީ އަދި ދެންތިބި ކުދިން ތިބީ ތަށިމުށިގަނޑުމަތީ ސައިބޯށެވެ. އެކުދިން ހުރިހާ ކަމެއް ކުރަނީވެސް އެކޮޓަރީގަ އެވެ. އެއީ ވަރަށް ބޮޑު ކޮޓަރިއެއް ނަމަވެސް ވިއްސަކަށް ކުދިން ތިބެންޏާ އެއީ ކުޑަ ޖިފުޓިގަނޑެކޭ ވެސް ބުނެވިދާނެ އެވެ. ނިދާ އެނދެއް ނުހުރެ އެވެ. ގާތްގަނޑަކަށް އަށެއްކަ ގޮދަޑި އެހުރިހާކުދިން ހިއްސާކުރެ އެވެ. ކަނީވެސް ފެންވަރު ދެރަ ކާނާ އެވެ. ބިސްކޯދާއި ޕާނާއި، ކިރު ފަދަ ބާވަތްތަކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ކަނޑުފެން (އެގާރަވަނަ ބައި) KanduFen P-11

Next

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-6

Next
November 17, 2015

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-6

Previews
November 17, 2015

ކަނޑުފެން (އެގާރަވަނަ ބައި) KanduFen P-11

10 Comments!

  1. Faxoo says:
    November 17, 2015 at 6:19 am

    dear all my readers,
    mi story ge reyga up kuri vaahakaiga massala thakeh hurumun Faxoo alun mi up kury vaahaka. so now i hope all problems are solved, Admin 🙂

  2. Shifoo says:
    November 17, 2015 at 10:03 am

    mi story v v v reethi… ekam adhives mi story ge vaanuvaa neyge…

  3. dark princess says:
    November 17, 2015 at 12:35 pm

    v reethi…………dhn inna part avahah up kohdheh che…………..
    plxxxxxxxxxxxxxxxxxxxxx faxooo for my sake

    1. Faxoo says:
      November 17, 2015 at 1:08 pm

      hehehe okay. no need to plead. ? i will upload next part as soon as possible

  4. Ira says:
    November 17, 2015 at 2:06 pm

    Story is awesom:) hope to see another part soon 😉

  5. Shara says:
    November 17, 2015 at 6:49 pm

    nice

  6. sherin says:
    November 17, 2015 at 7:14 pm

    nuvx bunela up kuri iru…. dhenfaharun angaaalahchey….vrh kehmadhuvefa mihunnany……

  7. Faxoo says:
    November 18, 2015 at 9:17 pm

    hi my readers. mi story ge dhen oi part genes dheveyny Thursday ga ingey . rea\\y sorry ?
    Actually i was planning to upload today, but i coouldnt bcoz of my situation ….. but i will upload on Thursday In Sha Allah 🙂

  8. dark princess says:
    November 19, 2015 at 12:45 pm

    kba adives up nukurany tha faxoo

    1. Faxoo says:
      November 19, 2015 at 1:15 pm

      Dark princess. mihaaru innaane up koffa 😉

Comments are closed.

Next Episodeޝެރިން (14 ވަނަ ބައި)←


All Right Reserved!