އިންތިޒާރު ( 31 )
4 އަހަރު ފަސް
އަހަރުގެ ބޮޑު ޗުއްޓީއަށް މީހުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަމުން ދިޔައިރު އަނެއް ބައި މީހުން ރާއްޖެއިން ބޭރަށް ދަތުރު ކުރަމުން ދިޔައެވެ. މެލޭޝިޔާއިން އައިސް ހުޅުލޭ ރަންވޭގަ ފްލައިޓް ޖެއްސުމާއެކުހެން ހުރިހާ ޕެސިންޖަރުން ފައިބަން އަވަސްވެގަތެވެ. ފްލައިޓްގެ ފަހަތު ސީޓެއްގަ އިށީދެލައިގެން އިން މާޔާ އިނީ ފްލައިޓްގެ ކުޑަދޮރުން ބޭރު ބަލާށެވެ. ލޯގަނޑުގައި މޫނު ޖައްސާލައިގެން މާޔާ އިން އިރު ކުރީގެ ހިޔާލުތައް ސިކުނޑީގައި އެބުރެމުން ދިޔައެވެ. ” މަންމީ.. މަންމީ.. ލެޓްސް ގޯ.. ” ކައިރީގަ އިން ދެ އަހަރުގެ ކުޑަ ދަރިފުޅު މާޔާގެ އަތުގަ ހިފާލަމުން ބުނެލިއެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިން މާޔާ ސިހިފައި އެނބުރި ދަރިފުޅާ ދިމާލަށް ބަލާލިއެވެ. އެ މައުސޫމު މޫނު ފެނުމުން ތުންފަތްމަތީ ހިނިތުންވުމެއް ދުވެލިއެވެ. ” ހިނގާ ދާން.. މިހާރު ޑެޑީ ހުންނާނެ ބަލާ އައިސް.. ” މާޔާ ދަރިފުޅުގެ ކޮލުގަ ފިރުމާލަމުން ބުނެލީ ހިނިތުންވުމަކާއެކީއެވެ. ” މަންމާ.. އާދޭ.. ” ގޮނޑިން ތެދުވެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ފަޒީލާއަށް މުހާތަބުކޮށް ބުނެލަމުން ދަރިފުޅުގެ އަތުގަ ހިފާލަމުން ނުކުންނަން ހިނގައިގަތެވެ. ފަޒީލާ ހެވިފަ ދެމައިންގެ ހަރަކާތްތަކަށް ބަލަން އިދެފަ މާޔާގެ ފަހަތުން ދިޔައެވެ. ކަކުލާ ހަމައަށް އަންނަ މަޑު ފިޔާތޮށި ކުލައިގެ ހެދުމާ އެކީ ތިރިން ނޫ ކުލައިގެ ޖީންސް ލައިގެން އިސްތަށިގަނޑު މިނިވަންކަމާއެކީ ދޫކޮށްލާފައި އޮތް އިރު ހެދުން އިޝްތިހާރު ކުރާ މޮޑެލްއެކޭ ތަފާތެއް ނެތެވެ. އެތައް ބައެއްގެ ނަޒަރުތައް މާޔާއަށް ހުއްޓިފައި ހުރިއިރު އެއީ ކައިރީގަ އެ ހުރި ކުއްޖާގެ މަންމައޭ ބުނަން ވެސް ދަތިވިއެވެ. މިހާރު ކުރިއަށްވުރެވެސް މާޔާ ރީތިކަމަށް ދައްކައެވެ.
ފްލައިޓުން ފައިބައިގެން މާޔާ ގޮސް އެރައިވަލްގަ މަޑުކޮށްލީ ފޮށިތައް އަންނަންދެއެވެ. އެ ވަގުތުކޮޅުތެރޭވެސް ދަރިފުޅުގެ މައުސޫމު ސުވާލުތަކުން މާޔާ ހުރީ މަޖާވެފައެވެ. އެހާ ކުޑައިރުވެސް ފުރަތަމަ ފަހަރަށް ރާއްޖެ އާދެވުމުން އެ ކުދި ދަތްތައް ދައްކައިގެން ހުރެ ކުރަމުން ދިޔަ ކޮންމެ ސުވާލަކަށް މާޔާ ޖަވާބުދެމުން ދިޔައެވެ. ދަރިފުޅުގެ ހިނިތުންވެފައިވާ މޫނަށް ބަލަން މާޔާ ހުރި އިރު ހިތަށް ހިތްހަމަޖެހުން ލިއްބައިދިނެވެ. ފަޒީލާ ދަރިފުޅުގެ އަތުގަ ހިފައިގެން ދިޔައިރު މާޔާ ފޮށިތައް ޓްރޮލީއަށް އަރުވައިގެން ބޭރަށް ނުކުމެ މާޔާގެ ދެލޯ ހޯދަމުން ދިޔަ ފަރާތް ނުފެނުމުން މާޔޫސްވާގޮތްވިއެވެ. އަނގައަށް ގޮތެއް ހަދާލަމުން ގޮސް އެއްފަރާތެއްގައި މަޑުކޮށްލަމުން ދަބަހުން ފޯނު ނެގިއެވެ. އެކަމަކު ރާއްޖޭގެ ސިމެއް ނެތުމުން މީހަކަށް ގުޅޭނެ ގޮތެއްވެސް ނުވިއެވެ. ” މާޔާ މޭމް؟ ” ފަހަތުން ފިރިހެނެއްގެ އަޑު އިވިގެން މާޔާ އެނބުރި ބަލާލިއެވެ. އެމީހާ އައިސް މާޔާއަށް އަތުގަ އޮތް ސިމް ދިއްކޮށްލިއެވެ. މާޔާ ނޭގޭ ގޮތަކަށް އެމީހާއަށް ބަލަން ހުރުމުން އެ މީހާ ހީލިއެވެ. ” އަހަރެން މިއައީ ބޭބެ ބުނެގެން.. ދައްތައަށް ސިމް ހަވާލުކުރަން ބުނަނީ.. ބޭބެ ތަނަކަށް ދާން ޖެހިގެން އަހަރެން ފޮނުވީ.. ” އެމީހާ ކިޔާދިނުމުން މާޔާ ހީލަމުން ސިމް ނަގަމުން ފޯނަށް ލައްވައިލިއެވެ. ދެން ވަގުތުން މީހަކަށް ފޯނުން ޑަޔަލް ކޮށްލިއެވެ. ފުރަތަމަ ރިންގާއެކީ އެ މީހާ ފޯނު ނެގިއެވެ. ” ސޮރީ ބޭބީ.. ވަރަށް މުހިއްމު ކަމެއްގަ ތަނަކަށް ދާން ޖެހިގެން ބަލާ ނުދެވުނީ.. ތިތާ ތި ހުރީ އަހަރެން ފޮނުވި މީހެއް.. ޕޯލް.. އޭނައާ އެއްކޮށް އާދޭ އިނގޭ.. ކޮބާ އާކިން؟ ” އެކޮޅުން ވާހަކަ ދެއްކިއެވެ. ” އެ އޯކޭ.. އާކިން މިއުޅެނީ މިތާ… ސީ ޔޫ އެޓް ހޯމް ” މާޔާ ހީލަމުން އެހެން ބުނެލަމުން ފޯނު ބޭއްވިއެވެ. ” މަންމީ.. ކޮބާ ޑެޑީ؟ ” އާކިން މާޔާގެ ހެދުމުގެ ފަސްބައިގަ ހިފާލަމުން ސުވާލުކޮށްލިއެވެ. ” ޑެޑީ ވީ ގޭގަ. އެ ކޮޅަށް ގޮސް ޑެޑީއާ މީޓް ކުރާނީ. ” މާޔާ ދަރިފުޅު އަތުގަ ހިފައިގެން ކުރިއަށް ހިގައިގަންނަމުން ބުނެލިއެވެ. ދަބަސްތެރެއިން އަވިއައިނު ނަގާ ލޮލުގައި އަޅާލަމުން ދަރިފުޅާ ވާހަކަ ދައްކަމުން ދިޔައެވެ. ޕޯލް ފަހަތުން ޓްރޮލީ ދުއްވަމުން ދިޔައެވެ.
ލޯންޗު ބާރު ދުވެލީގައި ރާޅުތައް ކަފަމުން ދަތުރު ކުރަމުން ދިޔައިރު މާޔާގެ އުނގުގައި އިށީދެލައިގެން އިން އާކިން އާޝޯހުވެފައި މޫދަށް ބަލަން އިނެވެ. މާޔާ މާލެއަށް ނަޒަރު ހުއްޓާލައިގެން އިން އިރު ސިކުނޑީގައި އެބުރެމުން ދިޔައީ މީގެ ހަތަރު އަހަރު ކުރީގެ ހަނދާންތަކެވެ. ހަތަރު އަހަރު ފަހުން މާލެ ދެވޭތީ އުފާވިޔަސް ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. ލޯންޗުން ފައިބަންވެގެން ތޮށިމަތީ އަޅަން އުޅުނު ފިޔަވަޅުވެސް ހުއްޓުނީ ކީއްވެކަމެއް ނޭގެއެވެ. ފަހަތަށް އެޅި ފިޔަވަޅާއެކީ ހެދުމުގެ ފަސްބައިގަ ހިފާ ބާރުކޮށްލެވުނެވެ. މި ހަތަރު އަހަރު ތެރޭ އޭނައަށް ނޭގިނަމަވެސް ހާދަ ކަމެއް ބަދަލުވެފައި ހުންނާނެ ހެއްޔެވެ؟ ” މާޔާ؟ ” ފަޒީލާ ފަހަތުގަ ހުރެފަ މާޔާގެ ކޮނޑުގަ މަތީ އަތް ބާއްވަމުން ގޮވާލިއެވެ. މާޔާ ގަދަކަމުން ކަހަލަ ގޮތަކަށް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ލޯންޗުން ފޭބިއެވެ. މާލޭގެ ބިންމަތީގަ އެޅި ފުރަތަމަ ފިޔަވަޅާ އެކީވެސް ލޯ މަރާލެވުނީ އަމިއްލަވަންތަކަން އިހްސާސް ވުމުންނެވެ. މޫނުގަ އައިސް ބީހިލި ވައިރޯޅިން އެކަނިވެސް އަމިއްލަ ވަޒަނުގެ ފިނިކަން އިހްސާސް ކުރެވުނު ފަދައެވެ. ޕޯލް ފޮށިތައް ހިފައިގެން ކުރިން ހުރެ ހިނގަމުން ދިޔައިރު މާޔާ ފަހަތުން ދަރިފުޅުގެ އަތުގަ ހިފައިގެން ހުރެ ކުރިޔަށް ދިޔައެވެ. މާޔާމެން އަރަން ކާރުގެ ދޮރު ހުޅުވާލަ ދީފަ ޕޯލް ގޮސް ކާރަށް އަރާ ދުއްވާލިއެވެ. މާޔާ ކާރުގެ ބިއްލޫރިގަނޑުން ބޭރުބަލަން އިން އިރު ހިނިތުންވެލައެވެ.
” ސްޓޮޕް ދި ކާރ! “އިރުކޮޅަކުން ފެނުނު ތަނަކުން މާޔާ ބާރަށް ބުނެލިއެވެ. ޕޯލް ސިހިފައި ވަގުތުން ކާރު އެއްކައިރިއަކަށް މަޑުކޮށްލިއެވެ. އެ އިން ގޮތަށް އިނދެ މާޔާ ކާރުގެ ލޯގަނޑު ތިރިކޮށްލަމުން ކުރިމަތިން ފެންނަމުން ދިޔަ ގެއަށް ނަޒަރު ހުއްޓާލިއެވެ. އެއީ އޭނަގެ ގެ ނޫން ދެވަނަ ގެއެއް ނޫނެވެ. ގޭޓްގެ ދަނގަޑު ތޭރި ތަކުގެ ދޭތެރެއިން ބަގީޗާގެ ބޮޑުބައެއް ފެންނަމުން ދިޔައިރު މާޔާ އެތެރެއިން މީހަކު ފެންނަތޯ ބަލަމުން ދިޔައެވެ. އިރުކޮޅަކުން މަލީހާ ފެނުނީ ގަސްތަކަށް ފެންދޭން އައި ތަނެވެ. މާޔާ މަލީހާއަށް ބަލަން އިން އިރު ދެލޯ ފެންކަޅިވިއެވެ. ހަތަރު އަހަރު ފަހުން އެ މަންމަ ފެނުމުން ހިތަށް ލިބުނު ހިތްހަމަޖެހުން ބަޔާންކުރަންވެސް ދަތިވިއެވެ. ” މަންމާ.. ” މާޔާ މަޑުމަޑުން ކިޔާލިއެވެ. ފަޒީލާއަށް މާޔާ ގޮވީ އޭނައަށް ކަމަށް ހީކޮށް ކިހިނެއްވީހޭ އަހާލިއެވެ. މާޔާ ބޯ ހޫރާލަމުން މަލީހާއާ ދިމާލަށް އިނިގިލި ދިއްކޮށްލިއެވެ. ފަޒީލާއަށް މަލީހާ ފެނުމުން ހިނިތުންވެލާފައި މާޔާ ކައިރީ މަންމަ ކައިރިއަށް ދާށޭ ބުނެލިއެވެ. ” ނޫން.. މިހާރު ނޫން.. އަދި ފަހުން.. ” މާޔާ އަދިވެސް މަލީހާއަށް ބަލަން ހުރެ ބުނެލިއެވެ. މަލީހާ ގަސްތަކަށް ފެންދީފަ އެނބުރިލި ގަޑީ މީހަކު އޭނައަށް ބަލާހެން ހީވެގެން ރަނގަޅަށް ބަލާލިއެވެ. އެކަމަކު އޭރު މާޔާ ކާރުގެ ލޯގަނޑު މަތިކުރަނީ ކަމުން ކާރުގެ ތެރެއިން މީހަކު ފެންނަ ގޮތެއް ނުވިއެވެ. މާޔާ ޕޯލް ކައިރީ ހިނގާށޭ ބުނަމުން ލޮލުގަ ހުރި ކަރުނަތައް ފޮހެލަމުން އެނބުރިލިއިރު އާކިން ބަލަން އިން ގޮތުން ހީލިއެވެ.
ގެއަށް ދެވުމުން ޕޯލް ފޮށިތައް ގޮސް އެތެރެއަށް ވެއްދިއެވެ. މާޔާ ވަރުބަލިވެފައި ހުރުމުން ދިޔައީ ސީދާ ކޮޓަރިއަށެވެ. އާކިން ފެންވަރުވާލައިގެން ނިންދަވަން އުޅުމުން ނިކަން އަވަހަށް ނިދައިފިއެވެ. އާކިން ނިދުމުން މާޔާވެސް ފެންވަރަން ވަނެވެ. ބިލިގާއަށް ފުރާ ފެންއަޅާލައިގެން މާޔާ ބިލިގާއަށް އެރި އޮށޯވެލީ ލޯ މަރާލަމުންނެވެ. ކުއްލިއަކަށް މާޔާ ސިހިގެން ދިޔައީ މީހަކު އައިސް އެއް އަތުން އޭނަގެ ލޯމަތީ އަތް އަޅާލަމުން އަނެއް އަތުން މޫނުގައި ބީހިލުމުންނެވެ. ސިހުނު ވަރުން ކަރު ތެރެއިން ތޫލި ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އެކަމަކު އެމީހަކު ހުޝިޔާރުކަމާއެކީ މާޔާގެ އަނގަމަތީ އަތް އަޅާލަމުން ” ޝޫޝްޝް ” އޭ ބުނެލިއެވެ. ބިރުގެންފައި ހުރި ވަރުން އެ މީހާގެ އަޑު އިވުމުންވެސް މާޔާއަށް އެނގޭ ކަމަކަށް ނުވިއެވެ. މާޔާ ތެޅިގަންނަމުން ތެދުވަން އުޅުމުން އެމީހަކު މާޔާގެ ލޯމަތިން އަތް ވަކިކޮށްލަމުން ހިންދެމިލީ ބާރަށް ހެމުންނެވެ. މާޔާ ލޯ ބޮޑުކޮށްލަމުން އެމީހާ ދިމާލަށް ބަލާލި ހިނދު މޫނު ފެނުމުން ބުމަ ގޮށްޖަހާލީ ތުންފިއްތާލަމުންނެވެ. ” ކިރިޔާއޭ ބިރުންގޮސް ހިތް ފަޅައިގެން ނުދިޔައީ.. ނިހާންވެސް އުޅޭ ވައްތަރެއް ދެން” މާޔާ ރުޅިމޫނު ހަދާލަމުން ބިލިގާ ތެރެއަށް އަތް ކޮށްޕާލަމުން ނިހާނާ ދިމާލަށް ފެންބުރުވާލިއެވެ. ނިހާން ދުރަށް ޖެހިލީ ފެންތައް ގަޔަށް ނޭޅުމުގެ ގޮތުންނެވެ. ” އަހަންނަށް ކިހިނެއް އެނގޭނީ ބޭބީކޮޅު ތިހާ ބިރުގަންނާނެ ކަމެއް.. ހަހަހަ ” ނިހާން ހެމުން ހެމުން ބުނެލިއެވެ. މާޔާ ރުޅިވައްތަރު ދައްކާލަމުން އިސްއޮބާލިއެވެ. ނިހާން ހިނިގަނޑު މައިތިރި ކުރަމުން ގޮސް ބިލިގާގެ ދާރައިގެ މަތީ އިށީދެލަމުން ސޮރީ އޭ ބުނެލިއެވެ. މާޔާ ނިހާނަށް ބަލާލަމުން ހީލިއެވެ.
” ކިހިނެއްވީ މިއަދު؟ ” މާޔާ ސުވާލުކޮށްލިއެވެ. ” ދޮންމަންމަ މަރުވެއްޖެ މިއަދު ” ނިހާން ބުނެލިއެވެ. މާޔާ ދެން ވަކި އެއްޗެކޭ ނުބުނެ ނިހާންގެ އަތުގަ ހިފާ ދަމައިގަތުމުން ގޮސް ބިލިގާ ތެރެއަށް ޖެހުނެވެ. މާޔާ ހެމުން ނިހާންގެ ކަނަދުރާގަ އަތް އަޅުވާ ބައްދާލަމުން ” މިސްޑް ޔޫ ” އޭ ބުނެލިއެވެ. ނިހާން މާޔާގެ އުނަގަނޑުގައި ދެއަތް ވަށާލަމުން ” މިސްޑް ޔޫ މޯރް ” އޭ ބުނެލިއެވެ. ދެމީހުން ސަކަރާރް ޖަހަމުން އެކީ ފެންވަރާލައިގެން ބޭރަށް ނުކުތެވެ. މާޔާ ރީތިވާ މޭޒުކައިރީގަ އިން އިރު ނިހާން އާކިން ކައިރީ އެނދުގައި އިށީދެލައިގެން އިނެވެ. މާޔާ ލޯގަނޑުން ނިހާނަށް ބަލަން އިނދެފަ ހިތަށް އެރި އެއްޗަކުން އެނބުރިލިއެވެ. ” ކިހިނެއް ފާހަނައަށް ވަނީ؟ އަހަރެން ހަނދާން އެބަހުރި ރަނގަޅަށް ތަޅުލިކަން.. ދެން ކިހިނެއް؟ ” މާޔާ ލޯ ހަނިކޮށްލަމުން ސުވާލުކޮށްލިއެވެ. ” ޑަބްލް ތަޅުދަނޑިން.. ” ނިހާން އެއް ލޯ މަރާލަމުން ބުނެލިއެވެ. މާޔާ ގޮނޑިން ތެދުވެގެން އައިސް ނިހާން ކައިރީ އެނދުގައި އިށީދެލިއެވެ. ” އެހާވެސް ޑެސްޕަރޭޓް ވީތަ؟ ” މާޔާ ނިހާންގެ މޫނުގަ ޝަހާދަތް އިނގިލި ބީއްސާލަމުން ބުނެލީ ލާނެތް ގޮތަކަށެވެ. ” ޑެސްޕަރޭޓް ވީ ވަރު ދައްކަންތަ؟ ” ނިހާން ހީލަމުން މާޔާގެ ބަނޑުގައި ކޮށްޓާލިއެވެ. ” ނިހާން.. އާކިން ހޭލަފާނެއޭ.. ” މާޔާ ހެމުން ދުރަށް ދާން އުޅުމުން ނިހާން މާޔާގެ އަތުގަ ހިފާ ދިޔަނުދީ ދެއަތުން މާޔާގެ އުނަގަނޑުގައި ވަށާލަމުން ކައިރިކޮށްލިއެވެ. މާޔާ ނިހާންގެ ކަރުގައި ދެ އަތް އަޅުވާލަމުން ނިހާންގެ ނިތްކުރީގަ ނިތް ޖައްސާލިއެވެ.
ހަތަރު އަހަރު މެލޭޝިޔާގަ އުޅެފަ ނިހާން ކުއްލިއަކަށް މާލެ އަންނަން ޖެހުނީ ދޮންމަންމަ ޖަލުގަ އޮއްވާ މާ ބޮޑަށް ބަލިވެގެން އެހީތެރިއަކަށް ނިހާނަށް ގުޅުމުންނެވެ. މި ކޮޅުން ދިޔައިރު ނިހާން ދިޔައީ އިމަޖެންސީއެއްގައިވެސް ގުޅޭނެ ނަނަބަރުތައް ހަވާލުކޮށްފައެވެ. ދޮންމަންމަގެ އިތުރު އެހީތެރިއެއް ނެތުމާއެކު އަންނަން ޖެހުނީ ނިހާނަށެވެ. ނިހާން މާލެ އައިއިރު މާޔާއަށް އާދެވޭ ގޮތް ނުވީއެވެ. ފަހުންވެސް ނާންނަން އުޅެފަ ހިޔާލު ބަދަލުވެގެން މާލެ އަންނަން ނިންމީ ކުއްލިއަކަށެވެ. ނިހާން ފުރަތަމަ ހައިރާންވިޔަސް ސުވާލުކޮށްފިއްޔާ މާޔާ އެ ހިޔާލު ދޫކޮށްފާނެތީ އަޅާނުލާ މާޔާ ބޭނުންވި ގޮތަށް ކަންތައް ކުރިއެވެ. މި ހުރިހާ ދުވަހު ނިހާން ކިޔައިގެން މާޔާ މާލެ އަންނަން ދެކޮޅު ހެދިއެވެ. ދެން ކުއްލިއަކަށް އަމިއްލައަށް އަންނަން ނިންމުމުން ހައިރާންވީއެވެ. ނިހާން މާލެ އައިތާ ހަފްތާއެއް ފަހުން ދޮންމަންމަ މަރު އެވީ މިއަދު އެވެ. ދޮންމަންމަ މަރުވެގެން ނިހާނަށް މާ ބޮޑު އަސަރެއް ނުކުރާނެކަން މާޔާއަށް ކުރިންވެސް އެނގެއެވެ. އެމީހާ ނިހާނާ ދޭތެރޭ ކަންތައް ކުރިގޮތް އަދިވެސް އެ ހިތުން ފިލައިގެން ނުދެއެވެ.
އޭގެ އަނެއް ދުވަހު ހޭލައިގެން ސައިބޮއެ ހަދާލައިގެން މާޔާ ބަގީޗާގެ ހުންނަ ބެންޗްގަ އިށީދެލައިގެން އިނީ އާކިންއާ ނިހާން ސަކަރާތް ޖަހަމުން ދިޔަތަން ބަލާށެވެ. އިރުކޮޅަކުން ނިހާން ވަރުބަލިވެގެން އައިސް މާޔާ އިން ބެންޗްގަ އިށީދެލަމުން މާޔާގެ އުނގުގަ ބޯ އަޅާލަމުން އޮށޯވެލިއެވެ. މާޔާ އަތުން ނިހާންގެ އިސްތަށިގަނޑާ ކުޅެމުން ދިޔައިރު ނިހާން އަރާމުވެގެން ލޯ މަރާލިއެވެ. މާޔާ ނިހާންގެ ބޯ މޮޑެމުން ދިޔައިރުވެސް އާކިންގެ މައުސޫމު ހަރަކާތްތަކަށް ނަޒަރު ހުއްޓާލައެވެ. ” މާޔާ.. މަންމަމެންގެއަށް ނުދާނަންތަ؟ ހަތަރު އަހަރުވެއްޖެއޭ މާޔާ އެމީހުންނާ އެއްވެސް ގުޅުމެއް ނުބާއްވާތާ.. އެމީހުންނަށް ކުޑަމިނުން ނޭނގެ މާޔާ ކުއްލިއަކަށް މިތަނުން ދިޔައީ ކީއްވެ ކަމެއްވެސް.. މި ހުރިހާ ދުވަހު މާޔާ މި ކޮޅަށް އަންނަން ބޭނުންނުވީތީ އަހަރެންވެސް އަޅާނުލީ.. އެކަމަކު މިހާރު މާލެ އައިމަ ވާނެ އެއްނު ބައްދަލުކުރަންދާން.. ހިނގާ މިއަދު ދާން އެ ގެއަށް.. ” އިރުކޮޅަކުން ނިހާން ތެދުވެ މާޔާގެ ދެއަތުގަ ހިފާލަމުން ބުނެލިއެވެ. މާޔާ އިސްއޮބާލައިގެން އިނީ ވިސްނާ ފަދައިންނެވެ. ” އަހަރެން މާލެ މި އައީވެސް އެހެންވެ.. މަންމަމެންނާ ބައްދަލުކުރާހިތުން.. ކިހާ ދުވަހެއް ވަންދެން ދެން އަހަރެން ދުވާނީ.. އެކަމަކު ނިހާން އަހަރެން އެމީހުންގެ ކުރިމައްޗަށް ދާނީވެސް ވަކި ކޮން މޫނަކާއިގެން.. ކީކޭ އަހަރެން ބުނާނީ.. ހަތަރު އަހަރު ކުރިން އަހަރެން ރާއްޖެ ދޫކޮށްފަ އެމީހުން ދޫކޮށްފަ ދިޔައީ ހަމައެކަނި ކިޔާނާ ދުރަށްދާންށޭތަ ބުނަންވީ؟ ” މާޔާ އިސްއުފުލާލަމުން ނިހާނާ ހަތަރުކަޅި ހަމަކޮށްލިއެވެ. ނިހާން މާޔާގެނެސް މޭގައި ބޮނޑިކޮށްލިއެވެ. ހަތަރު އަހަރު ކުރިން ކުއްލިއަކަށް މާޔާ އެ ނިންމި ނިންމުމާ ހެދި މާޔާ ހިތާމަކުރި ވަރު އެންމެ ކައިރިން ދުއް އެކަކަކީ ނިހާނެވެ. ނިހާން މާޔާ ކައިރީ އެނބުރި ރާއްޖެ އަންނަން ބުނި ނަމަވެސް މާޔާ ގޮތްދޫނުކޮށް ހުރީ އެމީހުންގެ ގުޅުމަށް ވަގުތު ދޭންވެގެނެވެ. ” ޑެޑީ. ޑެޑީ.. ޕޫލް އަށް އެރެން ބޭނުން.. ” އާކިން އައިސް ނިހާންގެ ފައިގަ ހިފާލަމުން ބުނެލީ ނިކަން ލޯބިކޮށެވެ. ނިހާން މާޔާ ގަޔާލާ ދުރުކޮށްލަމުން މާޔާގެ އަތަށް ފިތާލީ ހިތްވަރުދޭފަދަ ގޮތަކަށެވެ. ދެން އާކިން ނަގާ އުފުލާލަމުން ހިނގައިގަތެވެ. މާޔާ ވިސްނާލަމުން މިއަދު ދާން ނިންމިއެވެ. އަވަހަށް ހުރިހާ ކަމެއްވެސް ހައްލުކުރީމަ މާ ރަނގަޅުވާނެއެވެ.
މެންދުރު ވަގުތު މާޔާ ގެއަށް ދާން ނުކުތެވެ. ނިހާނާ އާކިންއާ އެކީ ކާރުގަ ގޮސް ގެ ކުރިމައްޗަށް މަޑުކޮށްލަމުން ނިހާން މާޔާއަށް ބަލާލިއެވެ. ” މާޔާ ދޭ ކުރިން.. އަހަރެން ފަހުން ދާނަން އާކިން ގޮވައިގެން.. ” ނިހާން ބުނެލިއެވެ. މި ވަގުތު މާޔާ ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް ހުންނާނެއެވެ. ނިހާން މާޔާއަށް އެ ވަގުތު ދޭން ބޭނުންވިއެވެ. މާޔާއަށްވެސް އެ ގޮތް ކަމުދިޔައެވެ. ކުޑަކޮށް ހީލަމުން ކާރުން ފައިބައިގެން ގޭޓާ ދިމާލަށް މިސްރާބު ޖެހިއެވެ. ކުދިފިޔަވަޅުތައް އަޅަމުން ގޮސް ގޭޓް ކުރިމައްޗަށް ހުއްޓިލުމާއެކު ގޭޓް ކައިރީ ހުރި ސެކުއިރިޓީ މީހާ ހެވިފައި މާޔާއަށް ގޮވާލަމުން ގޭޓް ހުޅުވާލިއެވެ. މާޔާ ކުރިއަށް ފިޔަވަޅު އަޅަން ނުކެރިފަ ހުރިއިރު ދެއަތް ދެއަތާ މޮޑެމުން ދިޔައެވެ. ހިތްވަރުކޮށްލާފައި މާޔާ ކުރިއަށް ފިޔަވަޅު އަޅާލަމުން އެތެރެއަށް ހިނގައިގަތެވެ. ގޭގެ މައި ދޮރު ކައިރިއަށް ހުއްޓިލަމުން ބެލް ޖެހި އިރުވެސް އަތް ތުރުތުރު އަޅަމުން ދިޔައެވެ. ހިތްތެޅެމުން ދިޔަވަރުން މާޔާ އެނބުރިލަމުން ދާން އުޅުނުތަނާ ދޮރު ހުޅުވި އަޑަށް ފިޔަވަޅުތައް ގަނޑުވިއެވެ. މާޔާ އަނެއްކާވެސް ދޮރާ ދިމާލަށް އެނބުރިލި އިރު ކުރިމަތީ ހުއްޓިލައިގެން ހުރި މަލީހާ ފެނުމުން ފެންކަޅިވިއެވެ. އޭރު މަލީހާވެސް ފެންކަޅިވެފައި މާޔާއަށް ބަލަން ހުރީ ގަނޑުވެފައެވެ. މަޑުމަޑުން ދެއަތް އުފުލާ މާޔާގެ މޫނުގަ އަތް ޖައްސާލީ ގަބޫލުކުރަން އުޅޭ ފަދައިންނެވެ. ” މާޔާ.. މަގޭ ދަރިފުޅާ..” ހަގީގަތެއްކަން އެނގުނު ހިނދު މަލީހާ ކަރުނައިގެ ތެރެއިން ހީލަމުން މާޔާގެ ގައިގަ ހިފާ ބައްދާލިއެވެ. ” މަލީހާ.. ކާ…. ” އެތެރޭގަ އުޅުނު ފާއިޒު މަލީހާ ލަސްވެގެން އައިސް ދޮރާ ދިމާލަށް ބޯ ދިއްކޮށްލަމުން ކުރަން އުޅުނު ސުވާލުވެސް ހުއްޓާލެވުނީ ފެނުނު މަންޒަރަކުންނެވެ. ދަގަތްޕާނަށް ދަމާހެން ފާއިޒުގެ ފިޔަވަޅުތައް އެ ދިމާލަށް އެޅެމުން ދިޔައެވެ. ” މާޔާ؟ ” ފާއިޒު ގޮވާލި އަޑަށް މާޔާ މަންމައާ ދުރުވެލަމުން ބަލާލިއެވެ. ” ބައްޕާ.. ” މާޔާގޮސް ބައްޕަގެ ގައިގަ އޮޅުލައިގަތް އިރު ރޮވެމުން ދިޔައެވެ. ފާއިޒުވެސް ފެންކަޅިވެފައި މާޔާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ. މާޔާ ހީކޮށްގެން ހުރީ އެމީހުން އޭނަދެކެ ތިބޭނީ ރުޅިއައިސް ކަމަށެވެ. އެކަމަކު ކަންތައް މި ވީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ. ތިން މީހުން އެކީ ގޮސް ސޯފާގައި އިށީދެލީ ވާހަކަ ދައްކާށެވެ.
” މަންމާ… ބައްޕާ.. އަހަ.. އަހަންނަށް މާފުކުރޭ.. އަހަރެން އެހާ ކުއްލި ގޮތަކަށް…. ” މާޔާ ބުނަން އުޅުނު ޖުމުލަ މެދުކަނޑާލީ މަލީހާ މާޔާގެ އަތުގަ ހިފާލަމުން ދެ ފަރާތަށް ބޯ ހޫރާލުމުންނެވެ. ” ދަރިފުޅު އެއްވެސް އެއްޗެއް ކިޔައިދޭނެ ކަމެއް ނެތް.. މާއިޝާ މަންމަމެންނަށް ހުރިހާ އެއްޗެއްވެސް ކިޔައިދީފި.. އެންމެ ފަހަރަކު ނަމަވެސް މާޔާ މަންމަމެން ކައިރީ ވެގެން އުޅޭ ގޮތް ކިޔައިދިންނަމަ.. މަންމަމެން ދަރިފުޅަށް އެހީވީމުސް އޭ.. އެކަނިމާ އެކަނި ހުރިހާ ހިތާމައެއް ދަރިފުޅު އުފުލީ.. މަންމަ މާޔާ ކުއްވެރިއެއް ނުކުރަން ދާ ތަނެއްވެސް އަންގާނުލާ ދިޔައީމަ.. ދެރަވި ދަރިފުޅު އެ މުހިއްމުކަން މަންމެނަށް ނުދިނީތީ.. ދަރިފުޅު ފޮނުވި ލިޔުންކޮޅެއް މަންމަމެންނަށް ލިބުނު.. އޭގަ ހަމައެކަނި މާޔާ ބުނެފަ އޮތީ އެންމެނަށް ރަނގަޅަށް މާޔާ ދާން އުޅޭ ވާހަކަ.. ކޮންމެވެސް ދުވަހަކުން އަދި އެނބުރި އަންނާނެކަމުގެ ވާހަކަ.. ދާ ތަނެއް ގުޅޭނެ ނަންބަރެއްހާ ތަނެއްވެސް މާޔަ ނުބުނޭ.. މަންމަމެން ހާސްވިވަރު މާޔާއަށް އެނގޭތަ؟ ” މަލީހާ އެއްފައްޗަކަށް ހުރިހާ އެއްޗެއް ކިޔާ ނިންމާލިއިރު މާޔާ ކުއްވެރިއަކު ފަދައިން އަޑުއަހަން އިނެވެ. ” ސޮރީ މަންމާ.. ” މާޔާ ބުނެލީ ހަމައެކަނި އެހެންނެވެ. ” ދެން އަޅާނުލާ.. އަހަންނަށް މާޔާ އެނބުރި އައިކަން ފުދޭ.. ދެން ނުދައްޗޭ ބައްޕަމެންނާ ދުރަށް… ކޮންތާކު ދަރިފުޅު މިހާ ދުވަހު އުޅުނީ؟ ” ފާއިޒު މާޔާގެ އަތުގަ ހިފާލަމުން ސުވާލުކޮށްލިއެވެ.
މާޔާ އެއްޗެކޭ ނުބުނެ ފޯނު ނަގައިގެން ނިހާނަށް ގުޅާލަމުން އެތެރެއަށް އަންނާށޭ ބުނެލިއެވެ. ފާއިޒުއާ މަލީހާ ހައިރާންވެފަ ބަލަން ތިބި ގޮތުން މާޔާ ހީލަމުން މަޑުކޮށްލާށޭ ބުނެލިއެވެ. އިރުކޮޅަކުން ދޮރުން އެތެރެއަށް ވަދެގެން އައި ޒުވާނާ ފެނުމުން އެމީހުން ބަލަން ތިބީ ކާކުކަން ނޭގޭ ހާލުގައެވެ. ކައިރީގަ އެމީހާގެ އަތުގަ ހިފާލައިގެން ހުރި ލޯބި ލޯބި ކުޑަ ފިރިހެންކުއްޖާ އެމީހުންނަށް ބަލަން ހުރީ ނިކަން މައުސޫމުކޮށެވެ. ” ނިހާން.. ދެން އެ ހުރީ އަހަރަމެންގެ ދަރިފުޅު.. އާކިން.. ” މާޔާ އޮޅުންފިލުވައިދިނެވެ. މަލީހާ ދެލޯ ބޮޑުކޮށްލަމުން އަނގަމަތީ އަތްއަޅާލީ ގަބޫލުނުކުރެވިފައެވެ. ފާއިޒުއަށްވެސް ވީ އެވަރެވެ. އެމީހުންގެ ކުރިމަތީ އެ ހުރީ އެމީހުން މީގެ ކުރިން ދުއް ނިހާނެއް ނޫނެވެ. ހަތަރު އަހަރު ތެރޭ ހާދަ ބަދަލުވެއްޖެއެވެ. ކުރިން ދިގުކޮށް އޮންނަ އިސްތަށިގަނޑު މިހާރު ކުރުކޮށް ކޮށާލާފައި އޮތް އިރު ތުނިކޮށް ބަހައްޓާފަ ހުރި ތުނބުޅީގަ ނިހާން ފެންނަލެއް ނިކަން ތަފާތެވެ. މޫނުމަތިން ފެންނަމުންދަނީ ތާޒާކަމެވެ. އަތްކުރު ގަމީހަކާއެކީ ޖީންސްއެއް ލައިގެން ހުރި އިރު މިހާރު ކުރިއަށްވުރެ ހަށިގަނޑު ވަރުގަދަވެފައި ހުއްޓެވެ. ކައިރީގަ ހުރި އާކިން ހީވަނީ މިހާރު ހަމަ ކުޑަ ނިހާނެއް ހެނެވެ. ނިތްކުރިމައްޗަށް ފަންއިސްތަށިގަނޑު ވެއްޓިފައި އޮތް އިރު ލައިގެން ހުރީ ގަމީހަކާ ޖީންސެކެވެ. ބޫޓަކަށް އަރައިގެން ހުރި އިރު ކުޑަ ރަސްކަލެކޭ ތަފާތެއް ނެތެވެ. ނިހާން މަޑުހިނގުމެއްގައި އައިސް އެމީހުންގެ ކުރިމައްޗަށް ހުއްޓިލިއެވެ. ” މަންމާ.. ބައްޕާ.. ކިހިނެއް؟ ” ނިހާން ލަދުން ހުރެ ސުވާލުކޮށްލިއެވެ. ” ރަނގަޅު. ނިހާން ކިހިނެއް؟ ” ފާއިޒު ހީލާފައި އައިސް ނިހާންގެ ކޮނޑުގަ ޖަހާލަމުން ބުނެލިއެވެ. ނިހާން ހީލަމުން ރަނގަޅޭ ބުނެލިއެވެ.
މަލީހާ ފެންކަޅިވެފައި އައިސް ކުޑަ ކުޑަ އާކިންގެ ކުރިމަތީ ދެކަކޫ މައްޗަށް އިށީދެލިއެވެ. ” މާމަ ” އާކިންގެ ތުއްތު އަޑުން ގޮވާލިއެވެ. މަލީހާ ހައިރާންވެފަ މާޔާއަށް ބަލާލިއެވެ. ހުދު މާޔާވެސް ހުރީ ހައިރާންވެފައެވެ. އޭނަ ކޮންމެދުވަހަކު މި އާއިލާގެ ތަސްވީރުތައް އާކިން އަށް ދައްކާފަ އާއިލާގެ މެންބަރުން ކިޔާދިނަސް ހަގީގަތުގައި އާކިން ހަނދާން ހުންނާނެ ކަމަކަށް ހީކޮށްފައެއް ނެތެވެ. އެކަމަކު ހަނދާން އެބަހުރިތާއެވެ. މަލީހާ ހީލަމުން އާކިން ގެނެސް އެ އަތުގެތެރޭ ފޮރުވާލިއެވެ. ފާއިޒު އައިސް މަލީހާގެ އަތުން އާކިން ނަގައިގެން އެ ކުޑަ މޫނުގައި ބޮސްދިނެވެ. ދެމީހުން ދެމީހުނަށް އާކިން ނަގައިގެން އުޅުނު ގޮތުން މާޔާ އުފާވިއެވެ. ލޮލުން ކަރުނަ ފާއްދާލީ އުފާވި ވަރުންނެވެ. ނިހާން އެ މަންޒަރު ބަލަން ހުރެލާފައި އައިސް މާޔާގެ ކޮނޑުގައި ހިފާލަމުން ކައިރިކޮށްލިއެވެ. ” ދެން އަހަރެން ބާކީ ވީތަ؟ ” މާޔާ ތުންފިއްތާލަމުން ކުޑަކުއްޖަކުހެން ޝަކުވާ ކޮށްލިގޮތުން ފާއިޒުއާ މަލީހާއާ ދެމީހުން ބާރަށް ހީގަތެވެ. މަލީހާއާ ފާއިޒުއާ ދެމީހުން ނިހާނާވެސް ރީއްޗަށް ވާހަކަ ދެއްކިއެވެ. ދަރިފުޅާއޭ ކިޔާ މުހާތަބުކުރުމުން ނިހާން އުފާވިވަރުންގޮސް ފެންކަޅިވިއެވެ. އުމުރު ދުވަހު ބޭނުންވެގެން އުޅުނު އާއިލާ އޭނައަށް މިއަދު ލިބިއްޖެއެވެ. އެންމެން ސިޓިންރޫމުގަ އުފާވެރި މާހައުލެއްގަ ވާހަކަ ދައްކަން ތިއްބާ ކުއްލިއަކަށް ދޮރުން ވަދެގެން އައި މީހަކު ފެނުމުން މާޔާގެ ތުންފަތްމތީގަވީ ހިނިތުންވުން ފިލާދިޔައެވެ. އެ މީހަކާ ދިމާލަށް ބަލަން ހުރެލާފައި އިސްއޮބާލީ ކުރާނެ ކަމެއް ނޭގުމުންނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
105 Comments!
Comments are closed.



i am really sorry guys for the late update.. 🙁
mi pat kuruvedhaane ehn part tahakah vure.. dhn part dhigukohdheynan insha allah. and faharehga mi partga kuh hurun ves ekasheegen vey. varah fast koh liye ninmaaly mire up kohdheyn vegen. ehaa hiyhama eh ves nujehey mi part genesdhevunu gotheh. 🙁
Saaraah..kobaa next part.avahah up koh dhee.kiyaa hithun hurevenee eh noon….plz. avahah up koh dhee
Vvvv nice waiting for the next part ☺
Me 1st kuyaan tha noony maisha tha aey…yageen aey kiyaan ge dari eh..ehkan foru van vegen furaagen diyaey…nice story nimey goi balan beynun
Nooney. 4 years fahun aii iru 2 years ge baby eh othyma eii Nihan ge ennu. 😉
Crazi its after 4yrs. Bby z 2yrs then kiyaan ge dhari akah vaan v keehveyoo
wowwwwwwwww alhey dhn kihinehtha evany.. heheh cnt wait to read the nxt prt.. n gd lck.. n thnks fr uploadin…
saabas kiyan akah nulibeytha mi manje?
No way not nihaan
Vaahaka ah inthixaaru kiyany kiyaan Maya any gulhethy so what’s this
Kiyaan and mayaa
Plsss
alhamdhulihllah..mi story mirey kiyaalan libunyma..thnk u saarah 4 the lovely story 😀 E aee kiyaan dw?? w w rythi mi story..really happy to knw that maayaa didnt leave nihaan..e ee shaph beynun wi goy ..plxx up the next part ASAP 😀
Nice☺
I love this story…..
V v v v v v salhi vy goi…
Avahah up kollaadheche next part….
waiting for the next part…
Nooney varah furihama varah reethi konirakun dhe ehen parteh update vaanee
OMG. This is the best. I really have no words to describe how happy i am after reading this part. Welldone Saarah. Thank you so much. ?❤️
Kiyaan ah maayaa nulibunyma v foohi. Vaahaka kiyaa hihves kendihje
Crazi, ae ee kiyaan ge dharieh nama vaane dhw aakin ah 4yrs vaahakaiga ebaindhw jahaafa ” maaya kairiga in dhe aharuge kuda dharifulhu” so it mean aakin akiy nihaan ge dhari eke.
Dhn kn dhuvahaku next part nice story plxx avaha upload kohlachey.
Vaahaka varah varah reethi.. mayaa n nihaan varah gulhey.. waiting for the next part.. 🙂
rovijjje huvaa, vara salhi kon irakun anepart. avas kodhechey inge.
Wow.!! Wow! I love this part too and saarah you are great.. Tc…
Kiyaan n maayaa
Kiyaan ah Maaya libunu nama
wow….v habeyss.?. ….maayaa n nihaan gulhenee
Alhe kohmes kuhjeh bune dhyba sihuru,noony saithony kameh huritho balaalan gulhi dhaane no eh..miulheny gey meeheh vrh bodah balivegen..doc ah ves dhehkihje..ehves mahsala eh huri kamakah nudhahkaa ehves test akun ves..beyrahves dhevihje..dhn mihaar suspect kureveny sihuruge kameh kamah..so if any1 knw please tel me da no..please……
7904901
Please contact this number and ask for Rugya
Varah salhi dhn kon dhuvahaku next part up kurany………. plx avaha up kodhechey
kiyaan ah maaya nulibunyma now mi vaahaka kiyaa hihves kendijje. v foohi vejje. dhen vaahaka ige namakah inthizaaru kiyaafa e othy kyhve
Kiyaan eh nun inthizaar kuree
Mohamed cutelish niqabi mi id ah msg kohlaafa baidhaaba fb in. Mo story varah nice sarah
mi story v v v v rythi…..nihan n maaya…lovely couple,,,,,,
Warah reethi….but kiyaan ah kihineh wee….efakeerakah ufaleh nulibunu dho….ehmehnakah Wes happy ending eh nulibeyne thaa dho….at the end someone’s heart always breaks…..but story warah salhi igay Saarah…waiting for the next part….plz upload it fast…. ☺
When next part will upload?
Can’t wait to read!! Ehfaharaa hurihaa Baeh upload kohlaanama ?
Nice story 🙂 i love this story
Inthixaaru koh koh varubali vehje mihaaru..
Nxt part avahah up kohdhehchey…
vvvv.foohi. asluves v.hadi. ryche nooon. asluves kiyaan nd maaya gulhen jeheny. nihaan maaya dhukoklinama. maaya kantha kuri goives ragalhe noon ehaa vara kiyan dheke loabivanya dhn nihaan aa eky hama ehn ulheveytha. as far as i know love happens only first. not twice. kiyaan ah haadha dheraey
Actually love could happen more than once but its very rare and mostly if its true love it will always be in the mind ?
Asluves dho crazi ah ehbah nufenunee…nihaan..maisha bust v yageen..but kiyan ulhenee dhen maisha ehkoh…ithuru gothe nethymah…maya naan naane kan ehgeythee
V foohi maayaa libenjeheyni kiyaan ah. V hadi vaahaka . mihaaru foohivey kiyani vx. Plx maayaa r kiyaan r gulhuva.
This story is gonna be a big HIT! As your 1st story this story is awesome. MaashaAllah! I LIKE IT! Feels like um inside the story seeing the scenes very close. Well done Sarah. Your hard work is highly appreciated Sarah. May Allah grant you success in your work. Can’t I get a chance to write a story? I too like writing stories but yet no chance for me.
)
-(
)
Anyways Thanks for your concern on your readers and supporters!
(
-)
(
Sarah! when is nxt part? eagerly waiting for nxt part! Can’t wait for so long!
Wow…i love this story
Yoohaa e kon kuhjehtha…fb eh use nukuramey..viber no eh dhevidhaanetha
Mohamed alhe gulhaaba 7946999ah…egifa oi gothuga mi no gengulhey meeha thikahala kanthah koh dhy hadhaa…adhi ragalhuves kohdhey kamah vany…raahjey vrh gina hishaab thakah mi meeha hidhumai kohdhyfa vany…call nd tel him wats da prblems…
waiting fr the next part! warah reethi1 love this part! updaaate soon saarah plsss
mi inthixaaru kiyan readers inthizaaru kuran jehey gothah nahadhaa avahah up kohdheyne kamah hope kuran !
yeaaah.. nihaan ah libunyy maaya.. vrh ufaavejje.. vaahaka vrh salhi.. ummeedhu kuran nimey iruvx maya nihaan ge myhakah vaane kamah..
Awlhey..kyhvethr kiyaan r maayaa nugulhu v…adhi magey hykury kiyaan r kamah tlk kury…nihaan ah v ma dhn v fooooooohi
this story is awsome waiting for the next part
Nahyyy… Maya deserves kiyaan… ????????
Vvvv reethi
Vvvvv hadi kiyaan ah maayaa nulibunyma. V dhuvahu nukiyaafa hurefa mi.part kiyaaly reethi vaane kamuge ummeedhuga. Vvvv hadi
V v reethi mi part ves
yayyyyyyyyyyyyyyyyyyyyyyyyyyyy .. nihaan n maaya .. v salhi mi story ..
Wow I love the story it’s so beautiful and let maya and nihaan be together don’t separate them and kiyaan didn’t wait for maya but nihaan did and if kiyaan seriously loved Maya he wouldn’t merry maisha just caux maya rejected him once plx don’t separate that lovely family…………. plx upload the story soon ♥♡♥♡♥♡♥♡
wow wow shukuriyaa Saarah mayaa and nihaan gulhuvaidhineethee. vaahaka ah varah bodah interest vejje mihaaru. shukuriyya varah varah varah bodah
Maayaa ah fennaanee kiyan dho? Ekam kiyan akah neyngeyne maayaa e ee kaaku kameh . kiyan accident vefa hunnaanee memory loss Vefa dho… Story varah varah varah varah reethi.. Maya n nihan gulhuvaaleema varah happi.. Just love dis story.. Hope u will upload the next part soon..
Nooo! Maareethi nihan and maya v ma.. E dhe meehun vaki nukuraathi.. Pls
Wow v nice… Keep it up…….. Nannii heekuri gothah nihaan n maayaa wow….:)
Nehyyyy.. kiyaan ah maayaa nulibunyma v hadi. Dhn saarah aa rulhi.
V v v nice I love this story
Wow nice I love you saraa
Nihaan aa maayaa gulhenee. Edhemeehun vaki nukuraathi. Ehen nooney mi story hadi vedhaane.
Ma buneemeh nu maayaa nudhaaney ma dhookohlaafa. N nw v have aakin also. Our bond s eva so strong dhw maaya luv. It really s our happily eva after. Intizar kuran v readers ey dhw saarah, nxt episodah.
When next part? Plz plz avahah up kohdhyba
Kon irakuntha next part up koladhey nee , waiting waiting ….
Wow. Wow.. v reethi mi part vx.. alhe nihaan and maayaa vaki nukurahchey eyrun story v hadi vaane.. kiyaan amillayahh maya reject kohly.. nihaan and maayaa v gulhey.. nice story.. keep it up..
asl varah salhi…。nihaan adi maayaa gulhenee…loabi ah vure supportkoh care koh mayaa dheke loabi vanee nihaan… ehves mehaku beynumeh nuvaane dho kokkge firimeeha yeh dheneh… enmennah iguneemakyaa… keep it up.. Saara
Next part mirey up kohdhehchey plz plz saraah
Next part mirey up kohdhehchey plz plz plz plz
Yes yes! This is how i predicted at the v first…love it?..
Plx upload fast…?
Alhe nxt prt upload kohdhenee konirakuntha………. 🙁 🙂 😉 🙁
Dhen alhe saaraaa…intizaaru kurevey nee ves vaki varaka
Saara Kobaa next part?? Thursday vex e dhiyaee!! Plz upload fast!!
when is next part?? buneladeeba up kuraane dhuvahe !! Eyrun irukola aka up vege tho nubalaa vane nun!!
reethi vaahaka e , ekamkau thihaavara meehun inthizaaru kuruvaaka nuvaane nun
Hey guys. Sorry.
I am trying to upload the story tonight. If not tonight will upload it tomorrow 🙂
Adhixx saaaraage inthizaarugai. Luv yuh
????
Vvvvvv reethi mi story?
Avahah up kh dheeba
Hiyy thelhey eba varah
Pls miadhu up kohlaba
Haadha slow ey updates vaan ehaa las v ma foohi
Mirey upkoh dhehchey ingey saarah..
Mirey upkoh dhehchey ingey thihaavara meehun inthizaaru kuruvaakan nuvaane
inthixaaru kiyaifiyaa vaa varu dhr mee
Alhe adhivex up kirevey varu nuvaneetha…?
Alhe mihaaru inthixaaru koh koh varubali vejje 🙁 adhives nuveytha story up kuraakah ;( dhen up kohbala 😉
nuvanyaa huhtaalan fehnany knireh inthixaaru kuraathaa fukeh boduvaru thee..vaahaka eh genesdheyiru visnah jeheyne dhr kiyuntherin aa dheyterey vx…
Saraa veenun vaahaka genes dhy vakidhuvahakaa vagutheh ninman ey run heevy miah vureh hinhama jeheynehen
the fake vaahaka site story takah neygey vaa goteh
Kobaa tha me story ge aneh part haada lahay Avas kohdeeba v vvvv kiyaa hethun methibee inthizaaru koh koh
koba buni gadi ves fahana alhaa diyaee dhoo.. saraa ge habare nuvi !! mihaa hiegaimu vaahaka liyaa kujakaa dimaala echekey bunaaaka beynume nun …ekamku saraa amilaya duvas buny ves dhoo …den ves maa las nuko avaha up kolevey tho balaa deeba…
mi meehun varah fonivefa vaahaka liyan fashaane kiyuntherige attention hoadhan.. furathama dhuvas kolhu gavaidhun upload kohdhemun ais fahun foo fehtenee.. adhi dhogu hadhan ehaa molhu vaane.. busy ey bayyey kiyaani.. busy ves bali ves vedhaane.. thi varun dhanyaa kyh kuran vaahaka liyani mi site ga.. kiyuntheringe ruhun libeyny ruhun libey gothah emeehunna hama ah vaahaka genesdhevigenn.. kiyuntherin vaahaka upload vaane ethibenee inthizaaruga..inthizaaru maa dhigulaigen dhanya foohivaane.
Saarah saarah kobaa tha
Saarah ge inthizaaru kiyaa hithun hurevenee eh noon
Saarah plx avahah vaahaka up koh dheebala
& mi vaahaka varah reethi
***************************
@@@@@@@@@@@@@@@@@@@@@@
®®®®®®®®®®®®
©©©©©©©©©©©©
ei hama advice eh.. saarah discourage kuran buni ehcheh noon eii. vaahaka eh kiyuntherinna hama ah genesdheyiru ekanthakaa visnaalan vaane. i wanna say something about your story. your story is simply amazing and beautiful.. you are very talented to write stories. you will be a very successful writer if you continue writing story like this. wish you all the best saarah. waiting for the next part
Hii its me saarah. You guys wont believe but actually my family is facing a medical emergency at the moment. Busy noon nama hama assluves up kohdheynan. Ehbai type ves kohfa othy. Ekm evaru kuruvedhaaneyhy upnukoh mihunnany. Mirey upveytho will try my best. I am reader too. I understand your ponit of views. 🙂 really sorry 🙁
Owkey..
M curious to max.. To read next part,.
Thnkx for the lovely story.. ☺
Kobaa tha vaahaka plx plx avahah up kondheebala.
Esfiyaige liyuntherinves mihaaru update kurumah lasvey eba…….. saarah inthizaaru kuruvan varah molhu hurihaa gothakunves…. i m eagerly waiting for this story……….
Esfiyage admin ah bunelan othiii liyun therinnaai behey gothun bunan beynunvaa vaahaka thah vakin comment kureveyne kahala gotheh hadhai dheyshey…. vaahaka yah kuraa comment aa ehkuran beynun nuvaathii mihen mibunii…. esfiya mie my fav… so i wanna give my opinions abt this site separately
Avahah up koh dheeba. .mihaaru r kon dhuvaheh up nukuraathaa. .plx .. Mirey ..beynun . kiyaalann
dhn dhw.. mi varun vaahaka nuliyunyma vee ehnu
mihaaru kn dhuvaheh up nukuraathaa.. dhuvahaku ti maadhama eh naanaane
Haada lahay mehaaru nange story up veethow belunu adadeh ves bunaakah avas koh laba
Dhnnnn adhives nuveytha up kurevey varai 🙁 ahhhhh badly wanna read this story can’t wait anymore 😉 huvaa rulhi eba aadhei mihaaru……… 🙁 😉 🙂
hmm dhen avahah up kuran vehje ehnu sarah
Saarah… avahah up kohdhybaaa