Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 1

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
November 16, 2015 8 Mins Read
27 Comments

 

ފޯނުން ވާހަކަ ދައްކަމުން އައިސް ޔަޝްމް އުނދޯއްޔަށް ވެއްޓިގަތް އިރު ކަންބޮޑުވުމުގެ އަސަރުތައް އެމޫނުމަތިން ފާޅުވަމުން ދިޔައެވެ. އުނދޯލީގައި ހަމަޖެހިލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. އެނޭވާއާއެކު އޭނަގެ ސިކުނޑީގެ ނާރުތަކަށް ވާންކުރަމުން ދިޔަ ޚިޔާލުތައް ވެސް ބޭރުކޮށްލަން ބޭނުންވި ކަހަލައެވެ.

”އަޅެ ޔުމް ޒައުމާ ދައްތައާ ވާހަކަ ދައްކަބަލަ، ނުވެސް ދަންނަ މީހަކާ ކައިވެނިކުރަން މަޖުބޫރުކުރާ އިރު ދައްތަ އެންމެ ފަހަރަކުވެސް ޔުމްގެ އުފާތަކާމެދު ވިސްނާނުލަނީތަ؟…” ޔަޝްމް އޭނަގެ އެކުވެރިޔާގެ ވާހަކަތައް އަޑުއަހަން އޮތްކަމުގައި ވިޔަސް އޭނަގެ ސަމާލުކަން ދެވިފައިވަނީ ލުއި ރޯޅިތަކާއެކު ޖައްވުގައި ދައުރުކުރަމުންދާ ވިލާކޮޅު ތަކަށެވެ. އެވިލާކޮޅުތައް އޭގެ ފުރިހަމަ މިނިވަންކަމާއެކު، މަންޒިލާހަމައަށް ދަތުރުކުރަމުން ދިޔަ ތަން ފެނި ހިތުގައި ހަސަދަވެރިކަން ވެސް އުފެދުނެވެ. އޭނައަށްވެސް އެފަދަ މިނިވަންކަމެއް ލިބޭނެނަމައެވެ.

”އާރ ޔޫ ސްޓިލް ވިތް މީ؟…” އެތައް އިރެއްވީއިރުވެސް ޔަޝްމްގެ ޚަބަރެއް ނުވުމުން އަމަލްއަށް ބުނެވުނެވެ.

”މަންމަ އެހުންނަނީ އަލަފްގެ ކަންތަކަށްފަހު ރުޅިއައިސްފަ، ނުވީތާކަށް އަހަރެން މީނީ ގްރައުންޑްކޮށްފަ…. އަހަރެން ދައްކާ އެއްވެސް ވާހަކައެއް މަންމަ އަޑެއް ނާހާނެ…. އެދުވަހަށްފަހު އަހަރެން އުޅެން ޖެހިފައިމިވަނީ ބަންދު ކޮއްޓެއްގައި، މަންމަ އަހަންނަކަށް އިތުބާރެއް ނުކުރޭ… އަހަރެން ބޭނުމެއްނޫން ދެން އެމައުޟޫޢަށް ވާހަކަ ދައްކާކަށް!، އަހަރެން މިހާރު އާނއެކޭ ވެސް ބުނެފިން….” ޔަޝްމްގެ އަޑުގައި މާޔޫސްކަން އެކުލެވިގެން ވިއެވެ.

”ޔުމް…” އިރުކޮޅެއް ފަހުން އަމަލްއަށް ބުނެވުނެވެ. އެކުވެރިޔާއަށް ވިސްނައިދީ އޭނަ ވަރުބަލިވާން ކައިރިވެއްޖެއެވެ. ނަމަވެސް ޔަޝްމް އޭނަގެ ވާހަކަތައް އަޑުއަހާހެނެއް ހިޔެއްނުވެއެވެ. އެކުވެރިޔާ ނުބައި މަގެއް އިޚްތިޔާރު ކުރުމުގެ ކުރިން ސަލާމަތުގެ އައްސޭރިއަކަށް ގެންދަން އޭނަ ބޭނުމެވެ. ”އެންމެ ކުޑަމިނުން އެޢާއިލާ މީހުންގެ މިޒާޖު ވެސް އެނގެނީކީ ނޫން… އަޅެ ޔުމް ހުރިހާ ކަމަކާމެދު ވިސްނާލަބަ. ދައްތަގެ އެކުވެރި ބަޔަކަށް ވިޔަސް އެމީހުންނާއެކު އުމުރުގެ ބާކީއޮތްބައި ހޭދަކުރަން ޖެހޭނީ ޔުމްއަށް…. ތިންކް އެބައުޓް އިޓް….”

”އަހަންނަށް ހީވަނީ އަމަލް މާބޮޑަށް ހެން ހުރިހާ ކަމަކާމެދު ތި ވިސްނަނީ، ލެޓް އިޓް ގޯ، މަންމަވެސް ނުބައި ބަޔެއްގެ އަތްމައްޗަށް ހުރި ހަމައެކަނި އަންހެން ދަރިފުޅު ދޫކޮށްނުލާނެއެއްނު… އެހެންނޫނަސް އަހަރެން ނޫޅެމޭ މުޅިއުމުރު އެމީހުންނާއެކު ހޭދަކުރާކަށް… އަހަރެން މިވަގުތު ބޭނުންވަނީ މިނިވަންކަން، މިގޮތުންވެސް މިނިވަންކަން ހާސިލުވަންޏާ އަހަންނަށް ވަރިހަމަ، މަންމަގެ ނުފޫޒު ގަދަކަމާއެކު އަހަރެން ބޭނުންވާ އެއްވެސް ކަމެއް ކުރެވޭކަމަކަށްނުވޭ… މާލެ ދެވުމުން އަހަރެންގެ ހުވަފެންތައް ހަޤީޤަތަކަށް ހަދަން އަހަންނަށް އިތުރު ދޮރުތަކެއް ވެސް ހުޅުވިގެންދާނެ، އަލަފްގެ އުނދަގުލުން ސަލާމަތްވާންވެސް މިއަށްވުރެ ރަގަޅު ފުރުސަތެއް އަހަންނަކަށް ނުލިބޭނެ…”

ޔަޝްމް އަދިވެސް ބަލަހައްޓައިގެން އޮތީ ޤުދުރަތުގެ އަޖައިބުކުރުވަނިވި ތަސްވީރަށެވެ. ފިނި ވައިރޯޅިތައް ހަށިގަނޑުގައި ބޮސްދެމުންދިޔައިރު އޭނަގެ ސިކުނޑީގެ ނާރުތަކުގެ ވާންކަން ކެނޑެމުންދާކަމުގެ ކުލަވަރުތައް މޫނުމަތިން ފާޅުވެއެވެ.

”ޔަޝްމް!…” ކުއްލިޔަކަށް އިވިގެން ދިޔަ އަޑާއެކު ޚިޔާލީ ދުނިޔެއަކަށް ފީނަމުންދިޔަ ޔަޝްމްއަށް ހަމަ ބިމަށް ފޭބުނުހެން ހީވިއެވެ. އަޑުއައި ދިމާއަށް އަވަސްނަޒަރެއް ދިންއިރު ފެންޑާއަށް ނިކުތް ޒައުމާ ހަލުވި ފިޔަވަޅުތަކެއްގައި އޭނައާ ދިމާއަށް އަންނަ މަންޒަރު ފެނުނެވެ.

”ފަހުން ގުޅާނަން…” އަމަލްއަށް ބަހެއްވެސް ބުނުމުގެ ފުރުސަތު ނުދީ ޔަޝްމް ފޯނު ކަނޑާލިއެވެ. ދެން އޭނަ އަވަސްވެގަތީ އުނދޯލިން ތެދުވުމަށެވެ. އޭރު މަންމަ އައިސް އޭނައާ އަރާހަމަކުރަނީއެވެ.

”ކިތައްފަހަރު ބުނީމަތަ ޔަޝްމްއަށް އަޑު އިވެނީ؟… ދެންވެސް ތިތާ ނޯވެ ދޭބަލަ ފެންވަރަން!، އެއްގަޑި ބައިގަ ފްލޭޓް ލޭންޑްކުރާނެ ވާހަކަ ބަލްޤީޝް ބުނި، އޭގެކުރިން އެއާރޕޯޓަށް ދާންޖެހޭ، އެކަމަކު މިކުއްޖާއާ ހެދި ވަގުތަށް ދެވޭނެހެނެއް ވެސް ހިޔެއްނުވޭ…. ޔަޝްމް ތިއުޅޭ ގޮތުން މަގޭ ސިކުނޑިފަޅައިގެން ދާވަރު އެބަވެޔޭ، ބުނާ އެއްވެސް ކަމެއް ނުކުރެޔޭ، ދެންވެސް ދޭބަލަ، އަދި ބުނަން ފާޑުފާޑަށް ބުރުގާއަޅައިގެން ނުނިކުންނާތި…” ޒައުމާ ކަޅުހެދުމުގެ އަތުކުރި ކުޑަކޮށް ހިއްލާލަމުން، އަތުކުރީގައި އޮތް ހުދުރަނުގެ ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. އޭނަ ހުރީ އެއާރޕޯޓަށް ދާން ތައްޔާރުވެގެންނެވެ.

”ދިހަ މިނެޓް ތެރޭ އަންނާތި!” ގަޑިއަށް ބަލަހައްޓައިގެން ހުރުމަށްފަހު އަޒުމާ އަމުރުކޮށްލިއެވެ.

ޔަޝްމް ތެދުވެގެން ދާން ހިނގައިގަތެވެ. މަންމަގެ ހަރުކަށި ޖުމްލަތަކުން އޭނަގެ ހިތުގައި ޖެހުނެވެ. އެހިތުގައި އެތައްހާސް ޝަކުވާއެއް ފުނިޖެހިގެން ދިޔައެވެ. މަންމަ އަބަދު ކަންތަކުގައި އޭނައަށް މަޖުބޫރުކުރަނީ ކީއްވެގެން ހެއްޔެވެ؟ މަންމަގެ އުފަލަށްޓަކައި އޭނަގެ އުފާތައް ޤުރުބާންކުރަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެއްވެސް ކަމެއްގައި އޭނައަށް މިނިވަންކަން ވެސް ލިބެން ނެތީ ހެއްޔެވެ؟ ތުންފަތުގައި ދަތްއަޅާލަމުން ގޮސް އެތެރެއަށް ވަންއިރު ގެއަށް އަންނަން އުޅޭ މެހުމާނުންނަށް ގޭތެރެ ތައްޔާރު ކުރުމުގައި ނޯކަރުން ހޭބޯނާރާ އުޅޭ މަންޒަރު ފެނުނެވެ.

ކޮޓަރިއަށް ވަދެވުމާއެކު ޔަޝްމްއަށް ދޮރުފަތުގައި ބުރަކަށިޖައްސާލެވުނެވެ. އޭނަ ފުންނޭވާތަކެއް ލަމުން ހިތުގައި އުތުރިއަރަމުން ދިޔަ ޖަޒުބާތުތައް ކޮންޓްރޯލްކުރަން މަސައްކަތް ކުރިއެވެ. ދެލޯފެންކަޅިގެ ހިސާބަކަށް މަންޒަރުތައް ފުސް ވިއެވެ. އެގޮތުގެ މަތީން މިނެޓްތަކެއް ފާއިތުވެގެން ދިޔަތަނާ އޭނަ ހަމައަކަށް އެޅުނެވެ. މަންމަ މަސައްކަތް އެކުރަނީ އޭނައަށް ރަގަޅުގޮތް ވުމަށް އެދޭތީ ކަން ސިކުނޑީގެ ކަނަކުން ބުންޏެވެ.

****

އެކަނިމާއެކަނި އިން ޒައުމާ ސިއްސައިގެން ދިޔައީ އޭނަގެ ކޮނޑުގައި މީހަކު އަތްބާއްވާލިހެން ހީވެގެންނެވެ. އޭނަ އިސްއުފުލާލިއިރު ލޯބިވާ ފިރިމީހާ ދިޔައީ އޭނަގެ މޫނު ދިރާސާކުރަމުންނެވެ. ޒައުމާގެ މާޔޫސްކަން ފެނި މާހިރް ކަންބޮޑުވިއެވެ.

މާހިރް ޒައުމާއާ ދާދިގާތުގައި އިށީންނަމުން ޖޯޑުކޮށްލެވިފައިވާ ޒައުމާގެ އަތްތިލައަށް މަޑުމަޑުން ފިތާލިއެވެ.

”އަހަރެން ވަރަށް ބިރުއެބަގަނޭ ޔަޝްމްއަށް ދެރަގޮތެއް މެދުވެރިވެދާނެތީ، އޭނަގެ ކުރިމަތީގައި ހަރުކަށިކަން ދައްކާލައިގެން އުޅުނަސް އަހަރެންގެ ހިތަށް އަސަރުކުރާވަރު ދެނެވޮޑިގެންވާނީ މާތްﷲ، ޔަޝްމް ގޭގައި ބަންދުކޮށްގެން ވެސް ގެންގުޅެން ޖެހިފައިމިވަނީ އެ އަލަފްއަކާ ހެދި، އަހަރެން މާތްﷲއަށް ހަމްދުކުރަން އެމީހާގަނޑުގެ ފަރާތުން އަހަރުމެންގެ ދަރިފުޅު ސަލަމަތްވީތީ… އަހަރުމެންނަށް ޔަޝްމްގެ ކަންތަކުގެ ހަރުކަށިކަން ގެންގުޅެވުނުނަމަ މިއަދު ޔަޝްމްއަށް މަޖުބޫރުކުރަން ނުޖެހުނީސް….” ޒައުމާ ކުރެހިފައިވާ އަޑަކުން ބުންޏެވެ. މާހިރު ޒައުމާ ގެނެސް އޭނަގެ ހަށިގަނޑާ ކައިރިކޮށްލިއެވެ. ޒައުމާ އިނީ ނުރޯން ހިތްވަރުކޮށްގެންނެވެ.

”މާތް ﷲގެ އިރާދަފުޅާއެކު ޔަޝްމްއަށް ދެރަގޮތެއް މެދުވެރި ނުވާނެ… ޒައުމާ މާބޮޑަށް ކަންތައްތަކާ މެދު ވިންނާތިއްޔޭ އަބަދު ބޮލުގަ ރިއްސާތީ އުޅެނީ، ދެން އެކަމާމެދު ނުވިސްނަމާ….” މާހިރް ޒައުމާއަށް ވިސްނައިދިނެވެ. ޒައުމާ އިނީ ހިމޭނުންނެވެ. މާހިރްގެ އޯގާތެރިކަމުގެ ސަބަބުން އޭނަގެ ހާސްކަމަށް ކުޑަ ލުޔެއް ލިބުނެވެ.

”އިޒްކާންއަކީ ރަގަޅު ޒުވާނެއް، ޔަޝްމްއަށް އެއަށްވުރެ ރަގަޅު ބައިވެރިޔަކު ނުލިބޭނެ، އަހަރެންގެ ދުޢާއަކީ ދެކުދިންނަށްވެސް ފާގަތި މުސްތަޤްބަލެއް މިންވަރުކުރެއްވުން….” ޒައުމާ މާހިރްގެ ކޮނޑުގައި ބޯއަޅާލިއެވެ. އެވިސްނުމުންވެސް ހިތަށް ފިނިކަމެއް އިހްސާސްކުރެވުނެވެ.

****

ރާޅުބާނީ އިސްތަށިގަނޑުގައި ތުވާލި އޮޅާލަމުން އައިސް ޔަޝްމް ރީތިވާމޭޒު ކުރިމައްޗަށް ހުއްޓުނެވެ. ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ޔަޝްމްއަށް ހުރެވުނެވެ. ހަމުގެ ކުލަ އެންމެ އަލިނޫންކަމުގައި ވިޔަސް ޔަޝްމްއަށް ޤުދުރަތުން ދެއްވާފައިވަނީ ތަފާތު ރީތިކަމެކެވެ. އޭނަ އެރީތިކަމަށް ޝުކުރުވެރިވެއެވެ. އެސިފައަށް އިތުރު ފުރިހަމަކަމެއް ވެސް ގެންނަން އޭނަ ބޭނުމެއް ނޫނެވެ. ޔަޝްމްގެ ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދެނީ އުނަގަނޑާ ހަމައަށް އަންނަ ރާޅުބާނީ އިސްތަށިގަނޑެވެ. އޭނަގެ އެސިފަޔަކީ ގިނަ މީހުންގެ ލޯތަކަށް ކަޝްފުކުރެވިފައިވާ ސިފައެކެވެ. ލޮލުގައި އަނދުން އަޅާލުމުން މުށިކުލައިގެ ދެލޮލުގެ ވިދުން އިތުރަށް ގަދަވެގެން ދިޔައެވެ. އިސްތަށިގަނޑުން ފެން ހިއްކާލުމަށްފަހު ޔަޝްމް އަވަސްވެގަތީ އެނދުމަތީގައި އޮތް ރަތާއި ހުދުކުލައިގެ ޝޯލް އެޅުމަށެވެ. އެއީ އޭނަލައިގެން ހުރި ޓޮޕްކޮޅާއި ލެގިންސްއާއި ކުލަ ގުޅުވާލަން އިޚްތިޔާރުކުރި ޝޯލްއެކެވެ.

”ޔަޝްމް…” ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑަށް ފަރުވާތެރިކަމާއެކު ޝޯލްއަޅަމުން ދިޔަ ޔަޝްމް ސިހޭގޮތް ވިއެވެ. އޭނަ ކޮޓަރީގެ ދޮރާދިމާއަށް ބަލާލި ހިނދު މަންމަ ކޮޓަރިއަށް ވަންނަނީއެވެ.

”އަދިވެސް ތައްޔާރު ނުވެވޭ؟” ދެފަރާތަށް ބޯހޫރާލަމުން ޒައުމާ ބުންޏެވެ. އޭނަ ހުރީ ވަގުތު ކުޑަތަން ވެފައެވެ.

”މިނިމުނީ…” ޔަޝްމް ބުނެލިއެވެ. އަދި ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އެވަގުތު ފަނޑު ހިނިތުންވުމެއް އެތުންފަތާ ކުޅެލިއެވެ.

ޒައުމާ އޭނަގެ ދަރިފުޅަށް ބަލާލުމާއެކު ލޮލުން ކަރުނަ ހިލިގެންދިޔައެވެ. ހަމައެއާއެކު ޔަޝްމްއަށް ފެނުމުގެ ކުރިން އޭނަ ކަރުނަތައް ފޮހެލިއެވެ. އޭނަގެ ފުރާނައަށްވުރެ ބޮޑަށް ލޯބިވާ ދަރިފުޅު އޭނައަށް އަލްވަދާއު ކިޔަން ތައްޔާރުވަނީއެވެ. ޔަޝްމް ދިއުމުން ގެއަށް ވެރިވެގެންދާނެ ފަޅުކަން ބަޔާންކުރަން ވެސް ދަތިވާނެއެވެ. އޭނަގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބެނީ އިތުބާރުކުރެވޭ ފަރާތަކާ ދަރިފުޅު ހަވާލުކުރެވޭތީއެވެ. އެހެންނޫނަމަ އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ވެސް ނުލެވުނީހެވެ.

”ޔަޝްމް…” މައިވަންތަކަމުން ފުރިގެންވާ ރާގަކުން ޒައުމާ ގޮވާލިއެވެ. އެއަޑާއެކު ޔަޝްމްގެ ހުރިހާ ހިއްސުތަކެއް ގަނޑުވެގެން ދިޔައެވެ. އޭނައަށް ހުރެވުނީ ހަރަކާތެއް ވެސް ގެންނަން ނޭގިފައެވެ. ލަސްފިޔަވަޅުތަކާއެކު ޒައުމާ އައިސް އޭނަގެ ދަރިފުޅުގެ ކުރިމައްޗަށް ހުއްޓުނެވެ. ޔަޝްމް ހުރީ ނޭވޭ ހިފަހައްޓާލައިގެންނެވެ. މަންމަ ބުނަން އެއުޅޭ އެއްޗަކަށް އޭނަގެ ސަމާލުކަން ދެވުނެވެ. ހިތާހިތުން ހެއްދެވިފަރާތަށް ދުޢާ ކުރެވުނީ މަންމަގެ ވިސްނުން ބަދަލުކޮށްދެއްވުމަށް އެދިއެވެ.

”މަންމަމެން ލަދުގަންނަފަދަ އެއްވެސް ކަމެއް ނުކުރައްޗޭ…” ޒައުމާގެ ޖުމްލައިން ޔަޝްމްގެ މޫނުމަތީގައި ވިންދު ޖަހަމުން އައި އުފާވެރިކަން މިލާ މޯޅިވެއްޖެއެވެ. ކުރެވުނު ފޮނި އުއްމީދުތަކުގެ ރަހަ ކަރުބުޑަށް ފޭދިގެން ދިޔައީ ހިތިރަހައެއްގެ ސިފައިގައެވެ. އެ ވަގުތު މަންމަގެ ވިސްނުން ބަދަލުވެދާނެއޭ ހީކުރެވުނީ ކީއްވެގެން ހެއްޔެވެ؟ މިކައިވެނި ނުކޮށް އޭނައަށް މިނިވަންކަން ލިބިދާނެކަމަށް ހީކުރެވުނީ ކީއްވެގެން ހެއްޔެވެ؟ މަންމަގެ ހަރުކަށިކަން ދުވަހަކު ބަދަލުނުވާނެއެވެ. ހިތަށްކުރި ފުން އަސަރުތަކާއެކު ޔަޝްމްގެ ދުލުގައި ތަޅެއް ލެވުނެވެ.

****

ފަސްމިނެޓްގެ ދަތުރަކަށްފަހު ފެރީޓާރމިނަލްއަށް ދެވުނުއިރު ފެރީ އޮތީ ފުރަން ތައްޔާރުވެފައެވެ. ވަގުތުގެ ގޮތުން މީހުންތައް ވެސް ގިނައެވެ. މާހިރުގެ ދެމަފިރިންނާގެ ފަހަތުން ކަހަލަގޮތަކަށް ޔަޝްމް ވެސް ކާރުން ފޭބިއެވެ. އޭނަގެ ހުރީ ނެގިމަޑުވެފައެވެ.

ފެރީ އޭގެ ދަތުރުފެށުމާއެކު ޔަޝްމް އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދަތުރުފަތުރުކުރުން އެއީ އޭނަ އެންމެ ފޫހިވާ އަދި ބިރުގަންނަ ކަންތަކެވެ. ދުޢާ ކުރެވުނީ ސައްހަސަލާމަތުން މަންޒިލާހަމައަށް ދެވުމަށް އެދިއެވެ. ފަސްވަމުން ދިޔަ ކުދި ރަށްތަކަށް ޔަޝްމް ނަޒަރު ހުއްޓާލައިގެން އިންއިރު ޒައުމާ އޭނައަށް ބަލަހައްޓައިގެން އިންކަމެއް ޔަޝްމްއަކަށް ރޭކާނުލިއެވެ.

”އަނެއްކާ މީ ރަގަޅު ޚިޔާލެއްބާ؟… ޔަޝްމްއަށް މިކަމުން ހަމަޖެހުމެއް ލިބިދާނެބާ؟…. އާނ، އާނ… މީ ރަގަޅު ޚިޔާލެއް…. ޔަޝްމްގެ ރައްކާތެރިކަމަށްޓަކައި އަޅަން އެންމެ އެކަށީގެންވާ ފިޔަވަޅުމީ….” ދަރިފުޅުގެ މޫނުމަތިން ފެންނަމުންދާ މޮޅިވެރިކަން އޭނަގެ ހިތުގެ ހިމޭންކަން ނަގާލައިފިއެވެ. އަމިއްލަ ނަފްސާއި ވަރުގަދަ ހަނގުރާމައެއް ކުރުމަށްފަހު ޒައުމާ އޭނަގެ އެންމެ ފަހުގެ ނިންމުން ނިންމާލައިފިއެވެ. ދެން އެނިންމުން ބަދަލެއް ނުވާނެއެވެ. ހުރިހާ ގޮތަކުންވެސް އެއީ ރަގަޅު ނިންމުމެކެވެ.

ޒައުމާމެންނަށް އެއާރޕޯޓަށް ދެވުނުއިރު ފްލޭޓް ޖައްސާލައިފިއެވެ. އަންނަމީހުންނަށް ހާއްސަކުރެވިފައިވާ ގޭޓާ ދިމާއަށް މާހިރްގެ ދެމަފިރިން މިސްރާބުޖެހި އެވެ. ޔަޝްމް ހުރީ އޮމާންކަމާއެކު ފަތުރާލެވިފައިވާ މޫދުގެ ސަތަހަޔަށް ނަޒަރު ހުއްޓާލައިގެން ތޮށިގަނޑު ކައިރީބަހައްޓާފައި ހުރި ބެންޗެއްގައި އިށީންދެލައިގެންނެވެ. ފިތިރޯނުގަސްތަކުން އެހިސާބަށް ހިޔާއެޅިފައި އޮތްއިރު ގަސްތަކުގެ ގޮފިތަކުގައި ވައިއަޅުވާލާ އަޑު ފަޒާގައި މަޑުން ނަމަވެސް ގުގުމާލައެވެ.

ގޭޓުހުޅުވިގެން ދިއުމާއެކު ޓްރޯލީތަކުގެ އަޑު އިވެންފެށުމުން ބޭއިހްތިޔާރުގައި ޔަޝްމްއަށް ގޭޓާދިމާއަށް ބަލާލެވުނެވެ. އޭނަގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ މަންމަމެންނާއި ވާހަކަ ދައްކަން ތިބި ދެބައިއުމުރުގެ ދެމަފިރިންނަށެވެ. މަންމަގެ މޫނުމަތިން އޭނައަށް ފެނުނީ އުފާވެރިކަމެވެ. އެމީހުންގެ ފަހަތުން އައިސް ހުއްޓުނު ޒުވާނާއަށް ވެސް ބަލާލެވުނެވެ. ފެންނަ ފެނުމަށް ރީއްޗެވެ. ކަޅު ކުލައިގެ ބެކްޕެކެއް އަޅުވާލައިގެން ހުރިއިރު، ހުދުކުލައިގެ ގަމީހާއި ނޫކުލައިގެ ޖިންސްގައި އޭނަ ވަރަށް ހިތްގައިމެވެ. ގަމީހުގެ އަތުކުރި މުލައްދަނޑިއާހަމައަށް އޮޅާލެވިފައި ވާއިރު، ކަސްރަތުކުރުމަށް އިސްކަންދޭ މީހެއްކަން އެހަށިގަނޑުން އެކަނިވެސް ހާމަވެއެވެ.

ޔަޝްމް އޭނަގެ ނަޒަރު އެހެންދިމާއަކަށް އަނބުރާލިއެވެ. އޭނަ ހުރީ ފޫހިވެފައެވެ. ގެއަށްދާން ބޭނުންވެފައެވެ. ބޭރުފުށުން މީހާގެ ގޮތެއް ނޭގޭނެއެވެ. އެދަނޑިވަޅާ ދިމާކޮށް އަމަލްގެ ވާހަކަތައް ކަންފަތުގައި ގުގުމާލުމުން އޭނަ ހީކުރިހާ ފަސޭހަކަމަކަށް މިކަން ނުވެދާނެއޭ ވެސް ހިތަށް އަރަން ފެށިއެވެ. ޔަޝްމްގެ މޫޑު ގޯސްވިއެވެ. ފިރިހެނުންނަކީ އަމިއްލަ އެދުން ބޮޑު ބައެކެވެ. އޭނަ ވަނީ އެކަން ތަޖުރިބާކޮށްފައެވެ.

ޔަޝްމްއަށް އަތުގެ އިޝާރާތުން އައުމަށް ޒައުމާ އެންގިއެވެ. ފޫހިވެފައި ހުރެވެސް އޭނަ ލަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. މަންމައާއި ބައްޕައާ އަރާހަމަކޮށްލަމުން ތުންފަތްމަތީގައި ހިނިތުންވުމެއް ކުރަހާލަން އުޅުނެވެ.

”ބަލްޤީޝް، ރަސަލް….” މީގެ އިރުކޮޅެއް ކުރިން އޭނައަށް ފެނުނު ދެބައިއުމުރެ ދެމަފިރިން ޒައުމާ ތަޢާރަފްކޮށްދިނެވެ. ޔަޝްމް ހުރީ ދައްކާނެ ވާހަކައެއް ނޭގިފައެވެ. ދުވަސްކޮޅަކަށް ނަމަވިޔަސް މިއީ އޭނަގެ ޚަޔާތަށް އަންނަން އުޅޭ ބައެކެވެ.

”އިޒްކާން…” ބަލްޤީޝްމެންގެ ފަހަތުން ހުރި ޒުވާނާ ވެސް ޒައުމާ ތަޢާރަފްކޮށްދިނެވެ. ޔަޝްމް އިޒްކާންއާ ދިމާއަށް ބަލާވެސް ނުލިއެވެ.

އިޒްކާން ހުރީ އޭނަގެ ފޯނާ ކުޅޭށެވެ. އޭނަ ވެސް ޔަޝްމްއަށް ބަލައިލަން މުހިންމުކަމަކަށް ނުހެދިއެވެ. އެމޫނުމަތިން ފެންނަނީ ބަޔާންކުރަން ދަތި ޝުއޫރުތަކެވެ. އެއްވެސް ދިރުމެއް ނެތެވެ. ފެންނުލިބި ގިނަ ދުވަސްވެފައިވާ ގަހަކުން ފެންނާނެ ފަދަ މޯޅިކަން އެމޫނުމަތިން ފާޅުވެއެވެ.

ބަލްޤީޝް ފަރުވާތެރިކަމާއެކު ޔަޝްމްއަށް ބަލާލިއެވެ. ހީވީ ޔަޝްމް ސްކޭންކޮށްލިހެންނެވެ. އޭނައަށް އެންމެ ބޮޑަށް ކަމުދިޔައީ ޔަޝްމްގެ މަޑުމައިތިރި މިޒާޖެވެ. ބަލްޤީޝް ހުރީ ޔަޝްމްއާއި ވާހަކަދައްކާލާ ހިތުން ކެތްތެރިކަން ކުޑަވެފައެވެ. ރަސަލްއާއި ބަލްޤީޝްގެ ފަރާތުން ފެނުނު ހިތްހެޔޮކަމުން ޔަޝްމްގެ ހިތަށް ފިނިކަމެއް އިހުސާސްކުރެވުނެވެ. ފަހަރެއްގައި އޭނަ އުއްމީދު ކުރިވަރަށް މިކަންތައް ފަސޭހަވެދާނެއެވެ.

”ވާހަކައިގެ ތެރޭން އަހާލަންވެސް ހަނދާން ނެތިފައޭ މިހުރީ، ކޮބާތަ ބަލްޤީޝްގެ ހަނގު ދަރިފުޅު؟” ކުއްލިޔަކަށް ކަމެއްމަތިން ހަނދާންވާފަދަ ގޮތަކަށް ޒައުމާ އަހާލިއެވެ. ބަޔަކު މަދުކަން އޭނައަށް ރޭކާލީ ދެނެވެ.

”އޮފީހުގެ ބައެއް މަސައްކަތްތައް ނިންމަން ޖެހޭތީ ނާދުވީ، އިރާދަކުރެއްވިއްޔާ މާދަމާ އާދެވޭވަރުވާނެ…” ޔަޝްމްއާ އޭނަގެ ނަޒަރު ވަކިކުރުމެއްނެތި ބަލްޤީޝް ބުންޏެވެ. ބަލްޤީޝްގެ ތޫނު ނަޒަރުން ޔަޝްމްއަށް އުނދަގޫ ވިއެވެ. އޭނަގެ އުނިކަންތައް ދިރާސާ ކުރަނީ ބާވައެވެ؟ ނޫނީ ބަލްޤީޝް އުއްމީދު ކުރިވަރުގެ ރީތި ކުއްޖަކަށް އޭނަ ނުވުމުން އޭނަ ހިތްހަމަ ނުޖެހުނީ ބާވައޭ ހިތަށް އެރިއެވެ.

”ދެން ގެއަށް ގޮސް ވާހަކަ ދައްކަމާ…” ރަސަލް ބުންޏެވެ. މާހިރް އެމީހުންނަށް މަގު ދައްކާލިއެވެ.

މާހިރްއާއި ރަސަލް ވިޔަފާރީގެ ވާހަކަތައް ދައްކަން ފެއްޓިއެވެ. މާހިރްގެ ގެސްޓްހައުސް ވިޔަފާރިއަށް ލިބެމުންދާ ކުރިއެރުންތަކުގެ ވާހަކަވެސް އޭނަ ހިއްސާކުރިއެވެ. ރަސަލްމެން ހިންގާ ކުންފުނިތަކާ ބެހޭ ގޮތުންވެސް އޭނަ ސުވާލުކުރިއެވެ.

އިޒްކާންއަށް ފޯނެއް އައިސްގެން އޭނަ ދުރަށް ޖެހިލައިފިއެވެ. ބަލްޤީޝްގެ ދެލޮލުގައި ނުތަނަވަސްކަން ވިދާލިއެވެ.

ފެރީއަށްއަރައި ހަމަޖެހެހިލެވުމުން ޒައުމާ އިޒްކާންއަށް ބަލާލުމަށްފަހު ދެން އޭނަގެ ނަޒަރު އަމާޒުކޮށްލީ ޔަޝްމް އަށެވެ. ޔަޝްމްގެ މޫމަތިން އެއްވެސް ކަމަކަށް ޝައުގުވެރިކަން ހުރިހެނެއް ހިޔެއް ނުވެއެވެ. ޒައުމާ ހަށިފުރާނޭވާއެއް ލިޔެވެ. ވަގުތާ އެކު އިޒްކާންއާއި ޔަޝްމްގެ ގުޅުން ވެސް ބަދަހިވެގެން ދާނެއެވެ. ވަގުތާއެކު ބަދަލު ނުވަނީ ކޯޗެއް ހެއްޔެވެ؟

”ދަރިފުޅާ، ތި ފޯން ކޯލްތަކަށް ފަހުންވެސް ޖަވާބު ދެވިދާނެއެއްނު….” އިޒްކާންއަށް ދެވަނަ ފަހަރަށް ފޯނު ކޯލެއް އައުމާއެކު ވިސްނައިދޭ ރާގަކަށް ބަލްޤީޝް ބުންޏެވެ. ހިތްހަމަނުޖެހުނުކަމުގައި ވިޔަސް އިޒްކާން ހިނިތުންވުމަކުން ފުއްދާލިއެވެ.

****

”ލައިމްލައިޓް” އަށް ދެވެންދެން ޒައުމާއާއި ބަލްޤީޝް އެތައް ވާހަކައެއް ދެއްކިއެވެ. އަހަރުތަކެއް ފަހުން އުފަން ރަށަށް އާދެވުމުން ބަލްޤީޝްގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބިފައި ވެއެވެ. އޭނަ ފަރުވާތެރިކަމާއެކު ރަށުގެ މަގުތަކާއި، ފިހާރަ ތަކާއި ގެތަކަށް ބެލިއެވެ. ރަށަށް އައިސްފައިވާ ތަރައްޤީއާމެދު ވެސް ވިސްނިއެވެ. ޒައުމާ ދިޔައީ ކަންތައް އޮޅުންފިލުވައި ދެމުންނެވެ. ހީވަނީ ރިޕޯޓަރެއް ހެންނެވެ. ޒަމާންތަކަށްފަހު އެކުވެރިޔާއާއި ބައްދަލުވުމުން ދައްކަން ހާދަ ބައިވަރު ވާހަކަތަކެއް އެބަހުއްޓެވެ.

”ލައިމްލައިޓް” ގޭޓުން އެތެރެއަށް ވަދެވުމާއެކު ފުރަތަމަވެސް ބަލްޤީޝްގެ ތައުރީފުގެ ބަސްތައް އޮހުނީ ޒައުމާ ހައްދާފައި އޮތް ބަގީޗާއަށެވެ. ކާރުން ފައިބަމުން ޔަޝްމް ހިނގައިގަތީ އޭނަގެ ކޮޓަރިއަށެވެ. އޭނަ ހުރީ އެކަނިވެލަން ބޭނުންވެފައެވެ. ކުރިއަށް ދެތިން ފިޔަވަޅު ވެސް ނޭޅެނީސް ޒައުމާ ގޮވާލިއެވެ. ޔަޝްމް ތުންފިއްތާލަމުން ފަސްއެނބުރިލިއެވެ.

މަންމަގެ ފަހަތުން ކާކޮޓަރިއަށް ދާން ހިނގައިގަންނަމުން ރުޅިއައިސްގެން ހިތާހިތުން މަންމައާ ދިމާއަށް އެއްޗެހި ކިޔާލިއެވެ. ފަހުން އެކަމާމެދު ޔަޝްމް ދެރަވެސް ވިއެވެ. ކޮންމެ ގޮތަކަށް މަންމަ އޭނައާ މެދު ކަންތައް ކުރިޔަސް އެމަންމައަށް އޭނަ ޤަދަރުކުރަން ޖެހޭނެއެވެ.

މެންދުރުގެ ކެއުން ނިންމާލާފައި ކޮޓަރިއަށް ވަން ގޮތަށް ޔަޝްމް ވެއްޓިގަތީ އެނދަށެވެ. މަޑު ބާލީސްތަކާއި ބަނާތުގެ ތެރެއަށް ހަށިގަނޑު ގެނބިގެން ދިޔަތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެސްފިޔަތަކަށް ބަރުވެގެން ދިޔައެވެ.

****

ރޭގަނޑުގެ ވަގުތެވެ. ޔަޝްމްއަށް ހޭލެވުނީ އިޝާ ނަމާދަށް ބަންގި ގޮވާއަޑަށެވެ. ގެއާއި ކައިރި ހިސާބެއްގައި މިސްކިތް ހުރުމުން ބަންގީގެ އަޑު ފުދޭވަރަކަށް ބާރެވެ. ލަސްލަހުން އެސްފިޔަތައް ދުރުކޮށްލުމާއެކު އެނދާއި ޖެހިގެން ހުރި ސައިޑް ކަބަޑުމަތީ ހުރި ގަޑި ފެނި ފުންމައިގެން ތެދުވެވުނެވެ. ދެވަނަ ސިކުންތުގައި އޭނައަށް ޚައިރާންކަން ލިބުނީ މަންމަ އޭނައަށް ނުގޮވުމުންނެވެ. ބަލްޤީޝް އައުމުން މަންމަ އޭނަ މަތިން ހަނދާންނެތުނީ ހެއްޔެވެ؟ ޝޯލްގައި ހަރުކޮށްފައި ހުރި ޕިންތައް ނައްޓަމުން ޔަޝްމް ހިނގައިގަތީ ފާޚަނާއާ ދިމާއަށެވެ.

ނަމާދުކޮށްލައިގެން އޭނަ މިސްރާބުޖެހީ ކާކޮޓަރިއަށް ދިއުމަށެވެ. މެންދުރު ރަގަޅަށް ނުކެވުމުގެ ސަބަބުން އޭނަ ހުރީ ހާންތިވެފައެވެ. ކޮޓަރިން ނިކުންނަން ނެގި ފިޔަވަޅާއެކު ފޯނު ރިންގްވާން ފެށުމުން ކުދިކިޔަމުން އައިސް ފޯނު ނެގިއެވެ. އޭނަ ނަންބަރަށް ސަމާލުކަމެއް ނުދިނެވެ.

”އަމަލް، އަހަންނަށް ނިދުނީއޭ، ސޮރީ މިރޭ މަންމަ ހުއްދަ ދިނިއްޔާ ތިގެއަށް ދާނަމޭ…” އެކޮޅުން ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ ޔަޝްމް ބުންޏެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމުގެ ސުކޫތެކެވެ.

”އަޑުއެހިން ޔުމް މީހަކާ އިންނަން އުޅޭވާހަކަ! އެއީ ތެދެއްތަ؟…. އެހާ އަވަހަށް އަހަރެން މަތިން ހަނދާން ނައްތާލީތަ؟….” ހިމޭންކަމުގެ ސިކުންތުކޮޅަކަށް ފަހު ކަންފަތުގެ ތެރެއަށް ފޭދުނު އަޑާއެކު ޔަޝްމްއަށް ސިހިފައި ފޯނުގެ ސްކްރީނަށް ބަލާލެވުނެވެ. އެއާއެކު އޭނަގެ މޫޑު ގޯސްވެއްޖެއެވެ. ވަގުތުން ފޯނު ކަނޑާލުމަށްފަހު ފޯނު ފްލައިޓް މޯޑަށް ލިޔެވެ.

”ދުވާލަކު ބައްތިރީސް ނަންބަރުން އެބަގުޅެޔޭ، ނަންބަރު ބަދަލުކުރަންވީ ކަންނޭގެ… ވަރަށް ފޫހިވޭ، ޔަޤީން ގެންގުޅުނު ވަގު ބިޓު ކެޓީމަކަން އަހަންނަށް އެގުޅަނީ…. މި އުނދަގުލުން އަވަހަށް ސަލާމަތްވެއްޖެއްޔާ ރަގަޅު…އާރގްގް ޖަސްޓް ހޭޓް ހިމް….” ޔަޝްމް އެނދުމައްޗަށް ފޯނު ހޫރާލަމުން ކޮޓަރިން ނިކުތެވެ. އަލަފްގެ އަޑު އިވުމުންވެސް އޭނަ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ނަފްރަތުގެ ދިލަ ހޫނުކަމުން އޭނަގެ ހިތާއި ސިކުނޑި ފިއްސާލައެވެ. އެއިންސާނާދެކެ ލޯބިވެވުނީތީ އަމިއްލަ ސަފްސުގެ މޮޔަކަމާމެދު ވިސްނި އޭނަގެ ރުޅިގަނޑު ފަޅައިގެންދާހާ ވެއެވެ. ޚިޔާރުކުރެވުނު ގޯސް ބައިވެރިއެއްގެ ސަބަބުން އޭނަގެ މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައްޖެ އެވެ.

”ކޮންމެހެން މަށަށް ގުޅަން ޖެހޭތަ؟… އޭނަ ބޭނުންހާ ގޮތަށް އުޅުނީމަ ވީއެއްނު، މަށަށް ކީއް!… އަހަންނަށް އުނދަގޫކުރަން ޖެހޭތަ؟….” އަމިއްލަ ޒަމީރާ ވާހަކަދައްކަމުން ގޮސް ޔަޝްމް ބޭރަށް ނިކުތެވެ. އެތެރެހަށީގައި އުފެދިފައިވާ ތޫފާނާއެކު ހައިކަންވެސް ފިލައިފިއެވެ. ފަނޑުއަލިކަން ވެރިވެފައި އޮތް ބަގީޗާގެ ހަނިމަގުން ހިނގާލާފައި ގޮސް އުނދޯއްޔާއި އަރާހަމަކޮށްލި އެވެ.

ޔަޝްމް އުނދޯއްޔަށް ވެއްޓިގަތުމާއެކު ބިޔަ ހަށިގަނޑެއްގައި ބުރަކަށިޖެހުނުހެން ހީވެގެން ސިއްސައިގެންދިޔައެވެ. އެއާއެކު ހަށިގަނޑަށް އާދަޔާ ޚިލާފު ހޫނުކަމެއްވެސް އިހްސާސް ވިއެވެ. އަވަސް އަވަހަށް އެއީ ކާކުތޯބެލުމަށް ކުރެވުނު ހަރަކާތުން ޔަޝްމްގެ މޫނު ޖެހުނީ އެމީހެއްގެ މޭގައެވެ. ލުއި މީރުވަހެއް ނޭފަތުގައި ހަރުލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު އިސްއުފުލާލުމުން މިޅި މީހާ ގަނޑުވެގެން ދިޔައީ އަނދިރީގެ ތެރޭން ފެނިގެންދިޔަ ދެލޮލުގައި ހުރި ވިދުމަކުންނެވެ. އޭރު އޭނަގެ އަތް އިޒްކާންގެ ހިތާއިވީ ފަޅީގައި ވީކަންވެސް އިހްސާސްކުރެވުނެވެ. ޔަޝްމް އޮތީ ހަރަކާތެއްވެސް ގެންނަން ނޭގިފައެވެ.

(ނުނިމޭ)

ނޯޓް: މިވާހަކައަކީ ކުރިން އަޅުގަނޑު މި ސައިޓަށް ލިޔަން ފެއްޓި ”ޔާރާއެ ލޯބިވޭ” އަދި ”އެދެމޭ ކަލާޔާ ގާތުގާ ވުމަށް”، ދެވާހަކައިގެ ޕްލޮޓް އެއްކޮށްލައިގެން ލިޔެފައިވާ ވާހަކައެކެވެ. ވާހަކަ ގެެނެސް ދިނުމުގައި ދުވަސް ނެގި ކަމަށްޓަކައި ކިޔުންތެރިންގެ ފަރާތުން މާޢާފަށް އެދެމެވެ. އުއްމީދު ކުރަނީ މިވާހަކަ ކިޔުންތެރިންނަށް ކަމުދާނެ ކަމަށެވެ.

ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހުކުރު ދުވަހު ވާހަކަ ޝާއިޢު ކުރެވޭނެއެވެ.

މުތާ/ ސ.ހިތަދޫ

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ވަކިވީ އަސަރާ މަންޒަރު…7 (ފަހުބައި)

Next

ހިތުގެވެރިޔާ 2

Next
November 16, 2015

ހިތުގެވެރިޔާ 2

Previews
November 16, 2015

ވަކިވީ އަސަރާ މަންޒަރު…7 (ފަހުބައި)

27 Comments!

  1. Yaya says:
    November 16, 2015 at 3:38 pm

    Vrh rythi…..next part ah inthizaaaru kurann

  2. Zyn says:
    November 16, 2015 at 3:42 pm

    Dhen thiehves engidhaane. Kurinves thihenbuni.

  3. sm1 says:
    November 16, 2015 at 3:52 pm

    V rythi mi vaahaka…. v rythi nameh… izkan. Dhn oiy bayakah inthizaar kuran.. avahah up kohdheyne kamah ummeedh kuran

  4. min says:
    November 16, 2015 at 3:54 pm

    v rythi vaahakaege feshun..hope v avahah part2 kiayan lineyne kamah..keep it up

  5. min says:
    November 16, 2015 at 3:57 pm

    Hope next part vs miha dhigu vaane kamah

  6. swyt says:
    November 16, 2015 at 4:17 pm

    varah reethi
    waiting for next part

  7. nukko says:
    November 16, 2015 at 4:41 pm

    Foheveyney baa ey thi handhaan hithun abadhu vevey hiyaaleh haaaan thiyaee fun…. hehe varaaah rythi feshumeh…. hop daily koh up kuraane kamah.. 🙂 🙂

  8. Faxoo says:
    November 16, 2015 at 5:00 pm

    reethi

  9. Anonymous says:
    November 16, 2015 at 7:02 pm

    Vaanuvaa neygeyyyyyy!!! Someone explain

    1. someone says:
      November 17, 2015 at 12:36 pm

      vaanuvaa neygenyaa mukiyaa hurey … it would be a gud idea

  10. Shabee says:
    November 16, 2015 at 7:40 pm

    Muthaa ge fans mihaaraku noolhey. Thee vaahaka gavaaidhun up kuran inge soreh noon. Emme rangalhu vaany nuliyuniyyaa .

    1. Shabee says:
      November 17, 2015 at 10:32 am

      kihaa dherakameh shabee… thinoon ehn name eh beynun kuran v ehnun dhw…thhihaa gaddaa vaan beynumiyaa plx ehn name eh use kurey… plx

  11. shixu says:
    November 16, 2015 at 8:16 pm

    feshun varah reethi..
    avahah up kurahchey inge

  12. މުތާ/ ސ.ހިތަދޫ says:
    November 16, 2015 at 8:23 pm

    Thank you all, Shabee, mi story ehkoh liye ninmaafa mifeshi ves, so gavaidhun upkoh deynan, In Shaa Allah

    1. Ainyy says:
      November 17, 2015 at 12:43 pm

      Wow…. adhi nuves kiyan ekamaku kithanme dhuvaheh muthaage vaahakayakah inthizaaru kuraathaa…….

  13. fathun says:
    November 16, 2015 at 9:30 pm

    Nice

  14. Joon says:
    November 16, 2015 at 11:15 pm

    Flight jassanee eve ethan rangalhu kolla

  15. min says:
    November 17, 2015 at 12:43 am

    dhen thihen v ru shabee liyan v nu vaahaka..eyrun baraabarah up vaaneehnu

  16. Shabee says:
    November 17, 2015 at 10:49 am

    m sorry guys….aslu mi shaby ehnoon e cmnt kury ky…gabool kuriyas nukuriyas ok…but shaby vx mibalaaly kujjeh bunyma….mi story adhi nuvx kiyan….m sorry muthaa…name hama ehvx thafaatheh nethyma ingey u guys gabool nukuraanekan…ekamvx eyee shaby ehnoon…eyee mi syt ge 2nd shaby…i hope u guys gabool kuraanekamah… m really sorry muthaa. 🙁 all da bst… nd story vrh rythi…

  17. Ira says:
    November 17, 2015 at 2:13 pm

    Story is beautiful 🙂 gud luk………. 😉

  18. anonymous says:
    November 17, 2015 at 2:32 pm

    A beautiful beginning, refreshingly realistic and evocative. In this site contributed to mainly by novice writers, an occasional gem of a writer can be found. This seems to be one of those. Congratulations and best wishes!

  19. RIYA says:
    November 17, 2015 at 3:32 pm

    HEY MUTHAA .. EVLYN STORY KIYAALEVYNE GOTHEH NEHTHA? PLXXX .. ARAAMAGUGA MIHAARU NEIY E STORY EH .. PLXX MUTHAA .. I WNT TO READ THAT STORY .. PLXXXXXX

  20. RIYA says:
    November 17, 2015 at 3:36 pm

    HEY MUTHAA .. EVLYN STORY KIYAALEVYNE GOTHEH NEHTHA? PLXXX .. ARAAMAGUGA MIHAARU NEIY E STORY EH .. PLXX MUTHAA .. I WNT TO READ THAT STORY .. PLXXXXXX … N BTW V REETHI MI STORY VESS

    1. މުތާ/ ސ.ހިތަދޫ says:
      November 18, 2015 at 11:14 am

      hey riya inbox me to this link, eyrah vaahaka fonuvaala deynan https://www.facebook.com/Stories-By-Mutha-429291827161512/

  21. inaa says:
    November 17, 2015 at 11:48 pm

    hey! after long time … i am really very supriced. Thanks muthaa for giving us to read a new beautiful story once again. wating for the next part . hope update very fast .

  22. ina says:
    November 18, 2015 at 9:16 am

    Nice story.waiting 4 nxt part

  23. NAS says:
    November 18, 2015 at 4:43 pm

    i hate names.. ma egoh udaago names thake

Comments are closed.

Next Episodeފޮހެވޭނޭ ބާއޭ… 2←


All Right Reserved!