މިވާހަކަށްކުރިން ބުނި ތާރީހުގައި ނުގެސްދެވުނީތީ އަޅުގަނޑު ބަލިވުމުގެ ސަބަބުން. ރަނގަޅުވީހާ އަވަހަކަށް ވާހަކަ ގެނެސްދޭނަށް. އަދި މިކަމަށްޓަކާ ކިޔުންތެރިން ފަރާތުން ވަރަށްބޮޑަށް މަޢާފަށްއެދެން.
ހިތް އެދޭވަރުން….. އެނދުގައި އޮވެ ދެލޯމަރާ ބާރުކޮށްލީ ހިތުގައިވާ ވޭނަށް ކުޑަނަމަވެސް ލުޔެއް ލިބޭތޯއެވެ. އަދި ފުން ނޭވާތަކެއް ލަމުން ދިޔައެވެ. ނަމަވެސް، ހިނދުކޮޅެއްގެ ތެރޭގައި ދެލޯ ފުރިގެންއައީ ކަރުނައިންނެވެ. އެންމެ ލޯބިވާ މީހާ މިގޮތަށް ވަކިވުމުން ހިތަށްކުރާ އަސަރު ބަޔާންކޮށް ނުދެވޭނެއެވެ. ފޮނި އުންމީދުތަކާއި އެކުގައި ފެށުނު ގުޅުން ނިމިގެން ދިޔައީ ހީކުރިވަރަށްވުރެ އަވަހަށެވެ. މީހުން ބުނެއުޅެއެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ. އެހެނަސް މޮޔައެއްފަދައިން އަންޖަލް އަށް ދެވުނީ ރީތި މީހެއްގެ ފަހަތުންނެވެ. […]