Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މިލަހަނދުވަރު (1)

zaisha Level 210 Stories
December 1, 2015 6 Mins Read
23 Comments

“ސާދަ ވިލޭރޭ ހަނދުފަދަ ޗާލު ރީތި މޫނުމިރޭ ފެނިލުމުން ވޯ..” މާޒިންގެ ހިތްގައިމު އަޑުން ލަވަކިޔަމުން ދިޔައިރު އޭނާ ކުޅެމުން ދިޔަ ގިޓާގެ ހިތްގައިމު އަޑު މުޅިފަޒާގައި ހިފާލާފައިވެއެވެ. އަލަތު އަނބިމީހާއަށް މި ހިތްގައިމު ލަވަކިޔާދެމުން ދިޔައިރު ޔާނާ ހުރީ ކަޅިޖަހާލަން ނޭނގި މާޒިންއަށް ބަލަހައްޓައިގެންނެވެ. މިރޭގެ ކައިވެނި ޕާޓީގައި މާޒިން ލަވަކިޔަން ފެށުމުން ޔާނާ ހުރީ އާޝޯހު ވެފައެވެ. ރައްޓެހިވެގެން ދެއަހަރު ދުވަސް ވީއިރު ވެސް މާޒިންއަށް މިހާ ރިތިކޮން ލަވަކިޔަން އިނގޭކަމެއް އޭނާ ނުދެނެހުއްޓެވެ.

ހުޅުމާލޭގެ އަތިރިމަތީގައި އޮތް މިރޭގެ ކައިވެނި ހަފުލާ ނިމެން ކައިރިވެފައި ވީއިރު ދެފަރާތުގެ އާއިލާ ތިބީ މާޒިންގެ ލަވައަޑުއެހުމުގައެވެ. “އޯ މައި ގޯޝް!! ބަލާބަ ދޮންތައަށް ލަވަ ކިޔާދޭލެއް ރީތިކަން..” ޔާނާގެ އަތުގައި އޮޅުލައިގަނެގެން ހުރި ލުޔޫން ބުނެލިއެވެ. “އަޅޭ.. މި ލީވާން ނޫޅޭނެ އަހަންނަށް ލަވައެއް ކިޔާދޭކަށް ވެސް.” ލުޔޫން އޭނާގެ ކައިރީގައި ހުރި ލީވާން އާއި ދިމާއަށް ބުނެލިއެވެ. “ހޫމް.. އަހަރެން ލިޕްސިން ކޮށްފާނަމޭ..” ކަނދުރާއާއި ހަމައަށް އަރައި އިސްތަށި ކޮޅައި ކުޅެލަމުން ލީވާން ފޮނިގޮތަކަށް ބުނެލިއެވެ.

ލީވާން އާއި ލުޔޫން ރައްޓެހިވެގެން އުޅޭތާ އަހަރެއް ވަނީއެވެ. ޔާނާ ކައިވެނި ކުރި ނަމަވެސް ސައްވިސް އަހަރު ވީ ލުޔޫން އަދި ކައިވެންޏެއް ކުރާކަށް ނުވިސްނައެވެ. ލީވާން އަކީ ހަރުދަނާ ޕައިލެޓެއްގެ ވަޒީފާ އެއްގައި އުޅޭ އާއިލާ ރުހޭ މީހެއް ކަމުގައި ވިއަސް އަދި އެހާ ބޮޑު ފިޔަވަޅެއް އަޅަން ލުޔޫން ޖެހިލުން ވަނީއެވެ. އެންމެން ވެސް އުއްމީދު ކުރަނީ ލުޔޫން ލީވާން އާއި އިންނާނެ ކަމަށެވެ. އޭނާ ވެސް ހުރީ ލީވާން އާއި ކޮންމެވެސް ދުވަހަކުން އިންނަން ނިންމައިގެނެނެވެ. އެކަމަކު އަދި ނުވެއެވެ.

މާޒިންގެ ލަވަ ނިމުމުން އެންމެންގެ އަތްތިލަ ބަޑީގެ އަޑު އިވިގެން ދިޔައެވެ. މަޑުމަޑުން އެންމެން ގެއަށް ދާން ތައްޔާރު ވަމުން ދިޔައެވެ. ހުރިހާ ހަދިޔާ ތަކަކާއި އެހެން އެއްޗެހި ގެންދިއުމަށް އެންމެން އަވަދިނެތި އުޅުނު އިރު ލުޔޫންގެ ނަޒަރު ހުރީ ދުރުން ފެންނަން އޮތް މާ ސިންގާ ކަނޑަށެވެ. މަޑު ހިނގުމެއްގައި ގޮނޑުދޮށާއި ދިމާއަށް ލުޔޫން މިސްރާބު ޖެހީ ޔާނާ ކައިރި އެބަ އަންނަމޭ ބުނެފައެވެ.

ހިމުން ދޮންވެލިގަނޑާއި އަރައި ހަމަވުމުން ފައިވާން އަތަށް ނެގުމަށްފަހު ރާޅުޖަހައި ހިސާބުގައި ލުޔޫން މަޑުކޮށްލިއެވެ. މަޑު ރާޅުތައް އެފައިގައި ބޮސްދީފައި ދާއިރު ޖެހެމުން ދިޔަ ފިނި ވައިރޯޅިން ލުޔޫންގެ ގައިން ހީބިހި ނަގުވާލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ ކަނު އަނދިރ ކަނޑާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި ލުޔޫން ހިތަށް އެތަށް ޚިޔާލުތަކެއް އަރަމުން ދިޔައެވެ.

ކަނޑުގެ ކޮޅު ފެންނަން ނެތް ފަދައިން އޭނާގެ ދިރިއުޅުމުގެ މިސްރާބު ހުރި ކޮޅެއް ވެސް ލުޔޫން އަކަށް ނޭނގެއެވެ. މިރޭގެ މި ޕާޓީގައި ވެސް ފެނިގެން ދިޔަ ހިނިތުންވުން ތަކާއި އެއާއިލާއިން ލުޔޫންއަށް ލިބެމުން ދިޔަ ލޯބިން ހިތް ފުރުނެވެ. ލީވާންއަކީ އޭނާދެކެ އިންތިހާއަށް ލޯބިވާ ކޮންމެ އަންހެން ކުއްޖަކު ވެސް އުއްމީދު ކުރާނެ ފަދަ މީހެކެވެ. ދިރިއުޅުމުގެ ކަންތައް މިހާ ފުރިހަމަވެފައި ވީ ނަމަވެސް އެހިތަކަށް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ކުރިއަށް ދާނެ މަގު މިވަނީ އޮޅިފައެވެ. ކީއްވެގެން ކަމެއް ޚުދު ލުޔޫންއަކަށް ވެސް ނޭނގެއެވެ. ހުރިހާ ކަމެއް މާ ފުރިހަމަ ވުމުން ދެރައެއް ލިބިދާނެތީ ބިރުގަންނަނީ ބާއެވެ؟

“ލުޔޫން. ދެން އާދެބަލަ..” ލީވާންގެ އަޑު އިވުމުން ޚިޔާލުތަކަށް ގެއްލިފައި ހުރި ލުޔޫން ސިހުނެއެވެ. ފަސް އެނބުރި ބަލާލުމަށްފަހު ހެދުން ކުޑަކޮން އުފުލާލަމުން އެއްގަމަށް އަރަން ދިޔައެވެ. މަޑު ހިނގުމެއްގައި ގޮސް ލީވާން ކައިރީގައި ހުއްޓިލުމަށްފަހު ފައިވާނަށް އަރަންފެށިއެވެ. “އެތާ ކީއްތަ ތިކުރަނީ؟” ލުޔޫންއަށް ފައިވާނަށް އެރުމަށް އެހީތެރިވެދެމުން ލީވާން އަހާލިއެވެ. “އެދެން އެތަން ރީތިކަމުން ގޮސްލީ..” ފައިވާނަށް އަރައި ހިންދެމިލަމުން ލުޔޫން ޖަވާބުދިނެވެ. “އެތަނަށް ވުރެން ލޫލު މާ ރީތި..” ލުޔޫންގެ ދަތްދޮޅީގައި ހިފާލަމުން ލީވާން ބުނެލިއެވެ.

“ހޫމް.. ދެން މާ ރޯމިއޯ ވާނެކަމެއް ނެތް..” ލީވާން ދުރުކޮށް ލަމުން ލުޔޫން ބުނެލިއެވެ. “އެޔޯ.. ތީ އަހަރެންގެ ޖޫލިއެޓް އެއްނުން..” ލުޔޫންގެ އުނަގަނޑުގައި ހިފައި ގާތަށް ދަމާލަމުން ލީވާން ލާނެތް ފާޑަކަށް ހީލިއެވެ. “ދެން.. މި ގޮވަނީ މަންމައަށް.. މަން..” ލުޔޫން އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން ލީވާން ދުރަށް ޖެހިލިއެވެ. “އޯކޭ.. އޯކޭ. ހިނގާ ދާން.” ލީވާން މިހެން ބުނުމުން ލުޔޫން ކުޑަކޮން ދޫ ނެރެލުމުން ދެމީހުން އެކީގައި ހެމުން އެތަނުން ހިނގައިގަތެވެ.

ދަންވަރު ގަޑިން ދޭއްޖެހިއިރު ލުޔޫން ފާޚާނާއިން ފެންވަރައިގެން ގައިގައި ތުވާއްޔެއް އޮޅާލައިގެން ނިކުތެވެ. ލަވައެއްގެ ރާގެއް އަޅުވާލަމުން ލުޔޫން ގައިގައި ލޯޝަން ލަމުން ދިޔައެވެ. އެންމެން ގެއަށް އައިސް ހަމަޖެހިލެވޭ ވަރުވީ އަދިކިރިޔާއެވެ. ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރަން ޖެހުމުން ފެރީގައި ކުރިން މާލެ ދާންޖެހޭތީ މާދަން އަވަހަށް ހޭލަން ވެސް ޖެހޭނެއެވެ.

ލޯގަނޑު ކައިރީގައި އިށީދެގެން އިންއިރު ކުއްލިއަކަށް ގަޔަށް ވައިރޯޅިއެއް އައިހެން ހީވިއެވެ. ލުޔޫން ކުޑަކޮން ސިހުނު ނަމަވެސް އެއީ ދުރުގައި ހުރި އޭ.ސީ އިން ވީ ކަމެއްކަމަށް ނިންމައި އެކަމާއި މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އަތްދިގު ބޮޑު ޓީޝާޓެއް ލުމަށްފަހު ލުޔޫން އެނދަށް އަރައި ކުއިލްޓް ތެރެއަށް ވަދެ ގައި ފޮރުވާލިއެވެ. ވަރުބަލި ވެފައި ހުރިވަރުން ދެލޮލަށް ނިކަން އަވަހަށް ނިދި ސަވާރުވެ ފުން ނިންޖަކުން އޭނާ ގެނބުނެވެ.

މަޑު ރަތް ދެލޮލުން އެރީތި ސޫރައަށް ބަލަހައްޓައިގެން ލުޔޫންގެ އެނދު ކައިރީގައި އެ މަޚުލޫގު ހުއްޓެވެ. ލުޔޫންގެ ތެތް އިސްތަށި ގަނޑުން ބާލިސް ކުޑަކޮން ތެމިފައި ވީއިރު ރަތް ނިދާ ބޮކީގެ އަލިން އެމޫނު ފެންނަލެއް އެހާމެ ހިތްގައިމެވެ. އަތިރިމަތިން މި އަންހެން ކުއްޖާ ފެނުނީން ސުރެ އެ މަޚުލޫޤު އައީ އޭނާއަށް ފާރަލަމުންނެވެ.

ފާޚާނާއިން ނިކުތުމުން ކައިރީގައި އައިސް ހުއްޓުނުއިރު ލުޔޫންއަށް އެ އިހުސާސް ކުރެވުނު ނަމަވެސް އޭނާ ނުސިހުނީތީ އެ މަޚުލޫގު ހައިރާން ވިއެވެ. ތުވާލީގައި އޭނާގެ ރީތިކަން ފެނި މޮޔަވިއެވެ. އިންސާނަކަށް ވިޔަސް ހެވެއެވެ. އޭނާ މި އަންހެން ކުއްޖާ ހާސިލް ކުރަން އަޒުމް ކަނޑައެޅިއެވެ. “ލުޔޫން.” ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވަމުން އެ މަޚުލޫޤު މަޑުމަޑުން ލުޔޫންގެ ކަނދުރާގައި އިނގިލިތައް ބީއްސާލިއެވެ. ކުއްލިއަކަށް އެ މަޚުލޫގު ކަޅު ދުންގަނޑަކަށްވެ ވަޔަށް ގެއްލިގެން ދިޔައެވެ.

ހެނދުނުގެ ތާޒާ އަލިން ގޭތެރެއަށް އަލިވެފައި ވީއިރު ނާޒިމާ ސައި ހެދުމުގައި އުޅުނެވެ. ގަޑިން ހަތްގަޑި ބައި ވިއިރު އަދި އޮފީހަށް ދާ އެކަކުވެސް ނުނިކުމެއެވެ. އެހެން ނުނީ އޮފީސް ދުވަސް ދުވަހު މިގަޑީގައި އޭނާއާއި އެކީ ސައި ހަދަން އުޅޭ ޔާނާ ނެތުމުން ދެރަވިއެވެ. ދަރިފުޅު އެހެން ގެޔަކަށް ދިއުމުން އޭނާގެ ހަނދާން އާވެ ލޮލަށް ކަރުނަ ޖަމާވިއެވެ. ދެން މިގޭތެރެއިން ޔާނާގެ ހުނުމުގެ އަޑާއި ހެނދުނު މިތަނުގައި އުޅެން ވެސް އޭނާއެއް ނުހުންނާނެއެވެ.

“މަންމާ..” ލުޔޫން އައިސް ފަހަތުން ބައްދާލުމުން ނާޒިމާ އަވަހަށް ދެލޯ ފޮހެލިއެވެ. “ކިހިނެތް ވީ؟ ދޮންތަ މަތިން ހަނދާން ވީ.” ނާޒިމާގެ ގައިގައި ބޮޑަށް ބައްދާލަމުން ލުޔޫން ބުނެލިއެވެ. އެވަގުތު ނާޒިމާގެ ދޮށީ ދަރިފުޅު ހައިމް އައިސް ކާގެއަށް ވަނެވެ. އޭނާގެ ފަހަތުން އޭނާގެ އަންހެނުން ޝިޒޫ އެމީހުންގެ ދެއަހަރަށްދާ ދަރިފުޅު ހަސިން އުރާލައިގެން ވަނެވެ.

“އެ ކަމެއް ނޫނޭ މަންމާ.. ޔާނާ އަންނާނެ ވިސިޓް ކުރަން ވެސް.. މާ ދުރެއް ނޫނެއްނުން..” ކާމޭޒު ކައިރީގައި އިށީނދެ ޓައީ ރަނގަޅު ކޮއްލަމުން ހައިމް ބުނެލިއެވެ. “ދުރެއް ނޫނޯ.. މާލެއޭ..” ނާޒިމާ މިހެން ބުނުމުން އެތަނަށް ވައިން ފަހުމީ ޗޮކެއް ކަނޑާލިއެވެ. “ބަލަ ނާޒިމާ.. ފެރީގައި ދެވޭނުން.. އަނެއްކޮޅުން ޔާމީން އެއުޅެނީ ބްރިޖް ކޮޅު އަޅަން ވެގެން.. ހެހެހެ.” ފަހުމީ އައިސް ނާޒިމާގެ ކޮނޑުގައި ހިފާލިއެވެ. އިނދެގެން އުޅޭތާ މިހާ ދުވަސް ވީއިރުވެސް އެދެމުދުގައި ސަމާސާ ކުރުން އަދިވެސް އޮވެއެވެ.

“ޑާޑާ… މާމީ ލޮނީ..” ހަސިން ކުރުގޮތަކަށް ހައިމްއަށް ބަލާލަމުން ބުނެލިއެވެ. އޭނާ ވާހަކަދައްކާ ގޮތުން އެންމެން ގާތަށް ހިނިއައެވެ. ނާޒިމާ އައިސް ހަސިން އުރާ ލުމަށްފަހު އޭނާގެ ފުއްކޮޅެއްފަދަ ކޮލުގައި ބޮސްދިނެވެ. “މާމީ.. ނޯ ނުލޯނެ..” ހަސިން ލޯބިގޮތަކަށް ނާޒިމާގެ ލޯފޮހެދިނެވެ. “ލޫލުގެ ފުއްގަނޑު..” ލުޔޫން އައިސް ހަސިންގެ ކޮލުގައި ހިފާލިއެވެ. “އާދެ ސައިބޯން..” ހައިމް ސައިބޯން ފަށަމުން ބުނެލިއެވެ. “ނެތޭ ޓައިމް އެއް ދަނީ އިނގޭ.. ބާއި ބޭބީ..” ހަސިންގެ ކޮލުގައި ބޮސް ދިނުމަށްފަހު ލުޔޫން ދާން ނިކުތެވެ.

ހުޅުމާލެ ފެރީ ޓާމިނަލް ކައިރިއަށް ހުއްޓި ފެރީއިން ފޭބި ލުޔޫން މިސްރާބުޖެހީ ބޭންކް އޮފް މޯލްޑިވްސްއަށް ދިއުމަށެވެ. ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށުމުން ލުޔޫން ފޯނު ނެގިއެވެ. “ހަލޯ.. މިދަނީ.. ވަރަށް ކައިރީގައި މިހިރީ..” ފޯނު ބޭއްވުމަށްފަހު ލުޔޫން ހިނގުން އަވަސްކޮށްލިއެވެ.

އޮފީހަށް ވަދެވުމުން އަވަހަށް ސޮއެ ކުރުމަށްފަހު ލުޔޫން މަސައްކަތް ކުރާ ދާއިރާއަށް ވަނެވެ. “އަދި އަވަސް.” މޭޒު ކައިރީގައި އިން އިބްނާ ބުނެލިއެވެ. އިބްނާއާއި ލުޔޫން އަކީ އެކުގައި މަތީ ސާނަވި ހާސިލް ކުރި ދެކުދިން ކަމުން މިއަދާއި ހަމައަށް އާޢިރު ދެމީހުން ވެސް ވަނީ ވަރަށް ގާތް ރަޚުމަތްތެރިންނަށް ވެފައެވެ. ލުޔޫން އޭނާގެ މޭޒުކައިރީގައި އިށީނަމުން ކަރުގައި އޮތް ސްކާފް ރަނގަޅު ކުރަންފެށިއެވެ. “ދެން ރޭގައި ހާދަ ލަހުންނޭ ނިދުނީ ވެސް..” ލިޔޫން ބުނެލިއެވެ.

“އަހާ.. މި ކިހިނެތްވެފަޔޯ.. ޔަޤީނޭ ލީވާންގެ ކަމެއްކަން..” ލުޔޫންގެ ކަނދުރާއަށް އިޝާރާތް ކުރަމުން އިބްނާ ބުނެލިއެވެ. “ކޯޗެއް؟ ދީބަލަ އެއްކަލަ ބްލަޝް އިތި.” ލުޔޫން އޭނާގެ ކަނދުރާގައި އަތްހާކަމުން ބުނެލުމުން އިބްނާ އޭނާގެ ދަބަހުން ކުޑަ ބްލަޝް ދަޅެއް ނަގާފައި ދިނެވެ. ލުޔޫން އަވަސް އަވަހަށް ބްލަޝް ދަޅު ހުޅުވާލުމަށްފަހު އޭގައި އިން ކުޑަ ލޯގަނޑުން ކަނދުރާ ބަލަން ފެށިއެވެ. ތެދެކެވެ. ކަންފަތް ކައިރިން ތިރީގައި ތަންގަޑެއް ކުޑަކޮން ރަތްވެފައި ހުއްޓެވެ.

“މީ ކޮން އިރަކު ވީ ކަމެއް.. ދެންމެ އަހަރެން ރީތި ވިއިރަކު އަޅައެއް ނުގަނެ.. ހަލާކުވެފަތަ އިނީ” ލުޔޫންއަށް މާބޮޑަށް އެތަން ނުފެންނާތީ އިބްނާއާއި ސުވާލުކުރިއެވެ. “ހަލާކުވެފައެއް ނެތް.. ހީވަނީ އެއްޗެއް ހަފާފަހެން.. ކުޑަކޮން ފިތްގަނޑެއް އެބައިން..” ލުޔޫންގެ ކަނދުރާގެ އެތަނުގައި އަތްލުމަށްފަހު އިބްނާ ބުނެލިއެވެ.

“ތި ވާނީ އަންނަނިކޮން ގަހަކުން އެއްޗެއް ވެއްޓިގެން ހިފީކަމަށް.. ތަދެއް ވެސް ނުވޭ.. އޯކޭވާނެ..” ލުޔޫން އެކަން އެހާ ބޮޑު ކަމަކަށް ނަހަދާ އާދައިގެ މަތިން އޭނާގެ މަސައްކަތް ފެށިއެވެ. ގަޑި ވޭތުވަމުން ގޮސް މެންދުރުގެ ދިލަ އަވިން މުޅި ޖައްވު ހޫނުކޮށްލިއެވެ. އޮފީސް ނިންމާފައި ބޭރަށް ނިކުން ލުޔޫން ހުރީ އިބްނާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ފޯނުނަގައި ލީވާންއަށް ގުޅާލަން ބަލާލިއިރު ލީވާން ހަނިމާދޫއަށް ފުރާކަމަށް ބުނެ މެސެޖް ކޮށްފައިވެއެވެ. އަދި އެކޮޅުގައި މަޑުކުރުމަށްފަހު މާދަން ހެނދުނު މިކޮޅަށް އަންނާނެ ވާހަކަވެސް ބުނެފައޮތެވެ.

“ކޮބާ ލީވާން..” ކައިރީގައި އައިސް ހުއްޓެލި އިބްނާ ބުނެލިއެވެ. “އެ ދިޔައީ ކޮންމެވެސް ރަށަކަށް..” ލުޔޫން ތުންކޮޅު ދަމާލަމުން ބުނެލިއެވެ. “ތިހެންނޭ ވާނީ ޕައިލެޓުން ޑޭޓް ކުރަންޏާ.. އިނދެފަވެސް ދެދުހުން އެއްދުވަހު އޮންނާނީ އެހެން ރަށެއްގައި ހުންނަން ޖެހިފައި.. ހެހެ..” އިބްނާ ސަމާސާ ކޮށްލިއެވެ. ދެއެކުވެރިން ހިނގާލާފައި ގޮސް ފެރީޓާމިނަލް އާއި ހަމައިން ވަކިވިއެވެ.

“ދެން ހައިމް. ކޮން އިރަކުން ގެއަށް އަންނަނީ.. ބުނީމެއްނުން އަހަރެން ހަވީރު ސެލޫންއަށް ދާ ވާހަކަ.” ހަސިން ކިއްޔަށް ޖަހައިގެން ކޮޓަރިއަށް ވައިން ޝިޒޫ ފޯނުން ވާހަކަދެއްކިއެވެ. އޭނާ ގޮސް ހަސިން އެނދުމަތީގައި ބެއިންދުމަށްފަހު ކުޅޭ އެއްޗެހި ދިނެވެ. “އެކަމަކު.. ހަލޯ.. ހައިމް.. ހައިމް.. އެ ކަނޑާލި ފޯނު.” ޝިޒޫ އައި ރުޅީގައި ފޯނު އެނދުމައްޗަށް އެއްލާލިއެވެ. އޭނާ ކައިރީގައި އިން ހަސިންއަށް ވެސް ބަލާލީ ރުޅިވެރިކަމާއި އެކުއެވެ.

ހަސިން ލިބުނުފަހުން ޝިޒޫއަށް ހަމަޖެހިގެން ނޭވާ ލެވޭވަރެއް ނުވެއެވެ. ކުރިން އޭނާއަކީ އަބަދުވެސް ރީތިވުމަށް ހާއްސަ ސަމާލު ކަމެއްދީ ގަވައިދުން ސެލޫންއަށް ގޮސް މިނިވަންކަމާއި އެކީ އުޅުނު މީހެކެވެ. ނަމަވެސް މިހާރު ސެލޫންއަކަށް ނުދެވޭތާ ވެސް ހަ މަސް ވަރު ވެދާނެއެވެ. ބައެއްފަހަރަށް އޭނާއަށް ހަސިން ދެކެވެސް ރުޅި އާދެވެއެވެ. އެންމެ ފުރަތަމަ ބަލިވެއިންކަން އެނގުމުން އެބޯޓްކުރަން އުޅުން ނަމަވެސް ހައިމް އެކަމާއި ނުރުހުމުން ނުކުރީއެވެ. އޭނާ މަންމައަކަށް ވާން ބޭނުން ނުވަނީސް ވުމުން ހައިމްދެކެ އިންތިހާއަށް ރުޅިއައެވެ.

ފަހުން ފަލަވުމުން ހިކުނީވެސް އެހާވަރުންނެވެ. ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ހަސިންއަށް ބަލާލައި ކޮންމެ ފަހަރަކު އެހުރިހައި ކަމެއް ނެތިދެއެވެ. އޭނާ އިންނަލެއް ލޯބިކަމުންނާއި މަޖާ ކަމުން އެހިތް ފުރެއެވެ. ހަސިންގެ ހުންނަނީ ވެސް ހައިމްގެ ސިފަތެކެވެ. އެ ބުމައާއި ލޮލަކީ ހަމަ ހައިމްގެ ކޮޕީއެކެވެ.

“މަންމި ދޫނި.. ޑޭޑީ އަނެއްކާ ރުޅިއައީ.. ޑޭޑީ ނުބައި ދޯ” ހަސިންގެ ކޮލުގައި ހިފާލަމުން ޝިޒޫ ބުނެލިއެވެ. “ލޯ.. ޑެޑީ ލަނގަޅު..” ހަސިން ޖަވާބުގައި އޭނާގެ ތުއްތު ބަހުރުވައިން ބުނެލިއެވެ.

ކޮޓަރިއަށް ވަދެގެން އައި ލުޔޫން ހުރީ ބަނޑުހައި ވެގެން ގޮސް އަވަދިވެފައެވެ. އަވަސްއަވަހަށް ކަރުގައި އޮތް ސްކާޕް ނެގިތަނާ އޭނާ ސިހުނެވެ. ކުރިން ކުޑަކޮން ރަތްވެފައި އިންތަންކޮޅު މިހާރު އެހެރީ ފާޑަކަށް ދުޅަވެފައެވެ. ކޮންމެ ވެސް ވަރަކަށް ހިރުވާހެންވެސް އޭނާއަށް ހީވިއެވެ.

ލުޔޫން އަވަހަށް ފެންވަރައިގެން ނިކުމެ އެތަނުގައި އެއްޗެއް ހާކާލިއެވެ. ފަހަރުގައި ރޭގައި ޕާޓީގައި ކެވުނު އެއްޗަކުން އެލާޖިކެއް ވީކަމަށް ވެދާނެއޭ އޭނާ ހިތަށް އެރިއެވެ. އަދި ދެދުވަސް ތެރޭގައި ރަނގޅު ނުވެއްޖެނަމަ ޑޮކްޓަރަށް ދައްކަން ނިންމިއެވެ. ނަމަވެސް ލުޔޫންއަށް ނޭނގޭ ކަމަކީ މިއީ އޭނާގެ ދިރިއުޅުން ވިއްސި ވިހާލެވިގެން ދާންއޮތް ތޫފާނުގެ ފެށުންކަމެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ފޮހެވޭނޭ ބާއޭ… 8

Next

ލޯބީގާ ވާތީފަނާ… (1ވަނަ ބައި)

Next
December 1, 2015

ލޯބީގާ ވާތީފަނާ… (1ވަނަ ބައި)

Previews
December 1, 2015

ފޮހެވޭނޭ ބާއޭ… 8

23 Comments!

  1. zaisha says:
    December 1, 2015 at 1:34 pm

    so here is the first chapter. i’ll be posting this story every otherday. which means it will be updated every Sunday, Tuesday, Thursday and Saturday in sha allah. hope u guyz would like it. enjoy 🙂

    1. Lillygirl says:
      December 1, 2015 at 3:54 pm

      vv nice inge zai sissy lol 😉

  2. mezzo says:
    December 1, 2015 at 2:09 pm

    v reethi

  3. ishaa says:
    December 1, 2015 at 2:21 pm

    vrh mistale ebahurii… vaahaka upload kurin kiyaaalun rangalhu..

    1. niu says:
      December 1, 2015 at 2:53 pm

      nop. ehaa mistake gina eh noon. dhe thanega akuru nubai kon ini. dhen evarun mistake gina eh nuve ehnun. but story vara nice. as usual zai ge fakaa sifakuruntha. looking forward to the next part

  4. basma says:
    December 1, 2015 at 2:57 pm

    a differnt story dhw mi faharu. good ehen meehun hen abadhu loabeega dheewana vaa vaahaka eh nuliye. ur firts and second story was different too. gald we have writers like this. and yes ehaa mistake eh neh story ha eh. maybe ishaa was referring to hasin ge talks ah. dhen kid eh veema vaahaka dhakaani ehen nun. keep it up zai. ❤️❤️

  5. faz says:
    December 1, 2015 at 3:12 pm

    It’s mistake ishaa..mistakes notice kurevifa othiyya e mistakes thah buneladhen vee noontho..eyrah author ah faseyha vaane dhevana faharah repeat nukuraan..

  6. kidy says:
    December 1, 2015 at 3:13 pm

    Varah reethi

  7. aisha says:
    December 1, 2015 at 4:12 pm

    nice story..keep it up

  8. ishaa says:
    December 1, 2015 at 4:24 pm

    mistakes are here… sahvis ge badhaluga inna jeheyynee sauvees
    ninmaigeneneve.. mihen nukiyaane
    kanu adhireege raa eh neh
    kudakon ge badhaluga innan jeheyynee kudakoh(shavaiyani)
    feshuneehsure e’ee eh baheh.. space dheykah nujehey..
    soe ge badhaluga innaanee soi..
    aairu e’ee arabi lafuzeh noon arabeege ainu liyaakah
    etheege badhaluga inee ithii..
    annanikoh (shaviyanii sukun) ge badhaluga storyga inee noonu sukun
    rangalhu jahaafa inn thaa gaafuga fiyeh neh…

    1. zaisha says:
      December 1, 2015 at 10:26 pm

      thanks ishaa. i’ll keep that in mind next time. ??

  9. nish says:
    December 1, 2015 at 4:27 pm

    yes ishaa you are right…………….
    keep it up zaeeeee…

  10. Nabu says:
    December 1, 2015 at 4:28 pm

    Vrh salhi..waitin for nxt part

  11. mode says:
    December 1, 2015 at 4:28 pm

    ishaaaaaaa…. good job ??????

  12. shif says:
    December 1, 2015 at 5:12 pm

    Ehen kudhin ge stories copy nukurachey. .

    1. fari says:
      December 1, 2015 at 10:29 pm

      adhi koba copy kohfa. vaahaka e feshi adhikiriya. dhw zai. ??

  13. Anonymous says:
    December 1, 2015 at 5:54 pm

    v shauguveri.. reethi vaanehen heevey.. mi site ga dhen hury hus loabeege vaahaka thah.. mi vaahaka biruveri veema v kiyaa hiyvey.. ??????

  14. lilly says:
    December 1, 2015 at 6:07 pm

    isha ves liyani kushaaeku

  15. Kul says:
    December 1, 2015 at 10:35 pm

    vv reethi waiting 4 nxt part

  16. Mistake says:
    December 2, 2015 at 1:37 pm

    Adhi one mistake bunedhey hiy vey.. “lava kiyaadheyni” eh noon. “Lava kiyaidheyni” kiyumugaa kiyaadhen mihen kiyas liyumugaa onnaani kiyaidheyn. Story salhi. Different… mistake bunedhineema writer ah vure ehen kudhin dheravey eba dhw.. jst chill zaishaa…

  17. hey zaisha says:
    December 4, 2015 at 5:12 pm

    Nice story I just started to read stories

  18. you says:
    December 6, 2015 at 10:45 am

    varah reethi. ekam mi story 3 parts up koffa dhen oi bai thah kobaa tha Zaiii

  19. REEM says:
    March 20, 2016 at 5:57 pm

    varah nala………way to go ZAI..:D

Comments are closed.


All Right Reserved!