Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (1ވަނަ ބައި)

Eyesh Level 210 Stories100 Comments
December 1, 2015 4 Mins Read
38 Comments

މާފަންނު ދިލްކަޝް ގެއަކީ 10 ބުރި އަށް އިމާރާތް ކޮށްފައިވާ ރީތި ގެއެކެވެ. މަތީ އަށް ފަންގިފިލާ ކުއްޔަށްދިފައިވާއިރު އެންމެ ތިރީގައި ބޮޑު ފޮތިފިހާރައެއް ހުޅުވާފައި ވެއެވެ. މޫސައާއި އޭނާގެ ކުޑަކުޑަ އާއިލާ އުޅެމުންދަނީ ގޭގެ ފުރަތަމަ ފަންގިފިލާގައެވެ. މޫސަގެ އާއިލާ އަކީ ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އާއިލާއެކެވެ.
“ސަމީރާ! ދީބަލަފެންތަށްޓެއް!” މޫސައައިސް ސިޓިންރޫމުގައި ހުރި ސޯފާގައި އިށީނދެލިއެވެ. ކުޑަތަބަކެއްގައި ފެންތަށްޓަކާއި ޖޫސް ތަށްޓެއް ގެނަސް ސޯފާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓުމަށްފަހު ސަމީރާ މޫސަ ކައިރީގައި އިށީނެވެ. ކައިވެންޔަށް ފަންސަވީސް އަހަރުވެފައި ވާއިރުވެސް އެދެމަފިރިންގެ ލޯތްބަށް ކުޑަވެސް ބަދަލެއް އައިސްފައެއްނުވެއެވެ. ސަމީރާ އަކީ ހީވާގި އުޅުންތެރި އަންހެނެކެވެ. މޫސަގެ ހުރިހާވެސް ކުރިއެރުމެއްގެ ފަހަތުގައި ވަނީ ސަމީރާގެ އެހީތެރިކަމާ ހިތްވަރެވެ. “އަފާ އާ ވަސީމް ކޮބާތަ؟” ދެކުދިންކުރެ އެއްވެސް ކުއްޖަކު ފެންނަން ނެތުމުން މޫސަ އަހާލިއެވެ. “ހޮނިހިރުދުވަސް ވީމަ އަފާ ހަމަ ނިދަނީ. ވަސީމް ވީ ހުޅުވަން އުޅޭ ރެސްޓޯރަންޓް ގެ މަސައްކަތުގައި އެތާގަ. ހިނގާ އަވަހަށްކާން. ދޭއް ޖަހާއިރު ފިހާރައަށްވެސްދާންޖެހޭނެ އެއްނު.” ސަމީރާ އަވަސްވެގަތީ މޫސައަށް ކާންހެދުމަށެވެ. ދެމަފިރިން އެކުގައި ކައި އަވަދިވެގެން މޫސަދިޔައީ ފިހާރަ ހުޅުވާށެވެ. ސަމީރާ ކާމޭޒުމަތިން ތަށިތައް ނަގައި ސާފުކޮށް ލުމަށްފަހު އަފާގެ ކޮޓަރިއަށް ގޮސް އަފާ އަށް ގޮވާހޭލެއްވިއެވެ. “ރީޝާ ވަރަށް ގުޅި. ދަރިފުޅު ފޯނު ނުނަގައިގެން މަންމަގެ ފޯނަށްވެސް ގުޅި. ބުނިއަފާ ހޭލީމަ ބުނާށޭ ވަރަށްއަވަހަށް ގުޅާބަލަށޭ.” ސަމީރާ އަފާއާ ވާހަކަ ދައްކަމުން އެނދުގެ ތަންމަތި އަޅައި ބާލީސްތައް ރީތިކޮށް އެނދުމަތީގައި ބަހައްޓާލިއެވެ. އޭރު އަފާ ފާހާނައިން ނިކުމެ ރީތިވަަނީއެވެ. “މަންމާ! މިއަދު އަޅުގަނޑު އެބަޖެހޭ ރީޝާ އެކީގަ ކުލާސް ކުއްޖެއްގެ ގެ އަށް ގްރޫޕް ސްޓަޑީޒް އަށް ދާން.” އަދިވެސް އަފާހުރީ ރީތި ވާށެވެ. “މަންމަ މިދަނީ ކުޑަކޮށް ނިދާލަން. ކައިގެންއިނގޭ ދާންވާނީ. އެކަމަކު ދަމުން ފިހާރަ އަށް ވަދެ ބައްޕަ ކަިރީގަ ބުނެލާފައި ދާތި.” ސަމީރާ އަފާގެ ބޮލުގައި ފިރުމާލާފައި ކޮަޓަރިން ނިކުތެވެ. މިއީ އަފާގެ ސްކޫލު ފަހުއަހަރު ކަމުން މޫސަ އާއި ސަމީރާ އަފާ މާބޮޑަަކަށް ނުހިފަހަށްޓައެވެ. އެދެމަފިރިން ވަސީމް އާ އަފާ އަށް އެހާއިތުބާރު ކުރަނީ އެދެބެއިންނަށް ދީފައިވާ ރަނގަޅުތަރުބިއްޔަތުގެ ސަބަބުންނެވެ.
“ރީޝް! މަމިދަނީ ތިގެއަށް. ނިކުމެހުރޭ އިނގޭ” ރީޝާގެ ޖަވާބެއް އަޑުއެހުމެއް ނެތި އަފާ ފޯނުކަނޑާލިއެވެ. ފިހާރައަށްވަދެ މޫސަކަިރީގައި ރީޝާ އެކީގައި ދާވާހަކަ ބުނެ ބާރަށް ހިނގައިގަތީ ތިންގަޑިބައިވުމުގެ ކުރިން ރީޝާމެންގެ ގެއާހިސާބަށްދެވޭތޯއެވެ. ބާރަށް ހިނގާފައިދިޔަ އަފާއަށް އޭނާފެންނަ ކޮންމެ ފިރިހެނެއްގެ ލޯވެސް އަމާޒުވަމުން ދިޔައެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއްނެތެވެ. އަފާއަކީ ރީތިއިސްކޮޅަކާއި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާކުއްޖެކެވެ. ކަޅުކަންގަދަ ފަންއިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައިވާއިރު އެ ދޮންމޫނުގެ ރީތިކަމަށް އިތުރުފުރިހަމަކަމެއް ގެނުވައެވެ. ލައިގެންހުރި ހުދުކުލައިގެ ޓޮޕާއި ކަނޑުނޫކުލައިގެ ޖީންސުގައި އޭނާސިފަކުރެވެނީ ރީތި ޕަރީއެއް ފަދައިންނެވެ.
އަފާއަށް ދެވުނުއިރު ރީޝާ ދޮރުމަތީގައިރުޅިއައިސްފައި ހުއްޓެވެ. “ހާދަލަހޭ . ތީ އަފާއަށް އަބަދުވެސް ވާވަރު. ދެންވެސްހިނގާ އަވަހަށް ދާން. މިހާރު ހޫދު ލަސްވެގެން ގުޅައިވެސްފި” މިއަދަކީ ރީޝާ އާއި ހޫދުގެ ލޯތްބަށް އެއްއަހަރު ފުރުނުދުވަސް ކަމުން ހަޫދުވަނީ ހޮޓެލްޖެން އިން ކެއުމެއް ދިނުމަށް ހަމަޖައްސާފައެވެ. ހޫދު މަސައްކަތް ކުރަނީ ރިސޯޓެއްގައި ކަމުން މާލެ އާދެވެނީ ހަފްތާއަކު އެއްފަހަރުއެވެ. މާލެއައްނަ ކޮންމެފަހަރަކު ރީޝާއަށް ކޮންމެވެސް ރެސްޓޯރެންޓަކުން ކާންދޭނެއެވެ. ހޮޓެލްޖެންއާ ހިސާބަށް ދެވުނުއިރު ހޫދު އޭނާގެ ރައްޓެއްސަކާއެކު ރީޝާމެންގެ އިންތިޒާރުގައި ތިއްބެވެ. “ބޭބީ.. ހާދަލަސްވީ.” އެމީހުން އަރާހަމަވި އިރަށް ހޫދު ޝަކުވާ ކުރިއެވެ. ރީޝާ ދައްކާނެ ބަހަނާއެއް ނެތުމުން އައިމަގުމަތީގައި ރައްޓެއްސަކާ ދިމާވީކަމުގައި ބުނެ ހަމަޖައްސާލިއެވެ. ހަތަރުމީހުންއެކުގައިގޮސް ރެސްޓޯރެންޓުބައިގައި އެމީހުންނަށް ބުކް ކޮށްފައިވާ މޭޒުކައިރީގަ އިށީނެވެ. އޭރުމޭޒުމަތީގައި ކުޑަ ކޭކަކާއި ރީތި މާބޮނޑިއެއް ބާއްވާފައި އޮތެވެ.އެ އެއްޗެހި ފެނުމާއިއެކު ރީޝާ ހޫދުގެ ގައިގައި ބާރަށްބައްދާލިއެވެ. ” ތޭންކްޔޫ ބޭބީ. އައިލަވްޔޫ ސޯމަޗް” ރީޝާ އިނީ އުފަލުން ފޮޅިފައެވެ. ރީޝާާއާއި ހޫދު ދެމީހުން އެކަކު އަނެކަކު އަތުގައި ހިފައިގެން ކޭކް ފަޅާ އެކަކު އަނެކަކު ގެ އަނގަޔަަށް ލަވާދިނެވެ. އަދި އަފާޔަށާއި ހޫދުގެރަށްޓެހި ކުއްޖާއަށްވެސް ދިނެވެ.
“ބޭބީ. މީ ޒައިން އިނގޭ. ވަރަށްދުވަސްކޮށްފަ މިއަދު މިދިމާވީ. އެހެންވެ ޒައިން ވެސްގޮވައިގެން މި އައީ. ޒައިން… މީމަަގޭ ރީޝް ކޮޅު. މަގޭފުރާނަ.” ހޫދު ރީޝާގެ ކޮލުގައި ލޯބިން ހިފާލަމުން ޒައިންއަށްރީޝާ ތައާރަފްކޮށްދިނެވެ. “އެންޑް މީ އަފާ. މަގޭ ލޯބިވާބެސްޓީ” ރީޝާ ޒައިން އަށް އަފާ ތައާރަފްކޮށްދިނެވެ. އަފާ ޒައިންގެ މޫނަށްބަލާލީ ހިނިތުންވެއިނދެއެވެ. ޒައިންވެސް އިނީ ހެވިފައެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިވަގުތު އަފާގެ ދޮންކޯތާފަތް ރަތްވެގެންދިޔައެވެ. ޒައިންގެ އެޖާދުވީ ބެލުމުން އަފާ ހަމަރަނގަޅަށްވެސް ލަދުގަންނަވާލައިފިއެވެ.
ކެއުމަށް އިންސާފް ކުރަމުން ދިޔައިރު ރީޝާއާއި ހޫދު އެދެމީހުންގެ އަމިއްލަ ވާހަކައިގައި ތިބިގޮތުން ހީވަނީ އަފާމެން މަތިން ހަނދާންވެސް ނެތިފައި ތިބިހެންނެވެ. ވާނީވެސަ އެހެންތާއެވެ. ހަފްތާއަކު އެއްފަހަރު ދިމާވާއިރު ދައްކާނެ ވާހަކަ ތައްހުއްނަނީ ފުނިޖެހިފައެވެ. އަފާ އަށްއިރު ކޮޅުކޮޅާ ޒައިން އަށް ބަލާލެވެއެ. އެކޮންމެފަހަރަކު ޒައިންވެސްއިންނަނީ އަފާ އަށް ބަލަހަށްޓައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު ދެމީހުންވެސް އޮޅުވަލާފައި އިސްޖަހާލައެވެ.
“ބޭބީ. މާދަމާ ހަވީރު ރިސޯޓަށް ދާނީ. އެހެންވީމަ ދާނަން މެންދުރު ސުކޫލުކައިރިއަށް ބޭބީ ބަލާ.އޯކޭ؟” މާދަަމާވެސް ބައްދަލުވެވޭނެކަން އެނގޭތީ ހޫދު ހުރީވަރަށް އުފަލުންނެވެ. ރީޝާ އުފަލުން ހޫދުގެ ގައިގައި އޮޅުލައި ގަތެވެ. އަފާއާއި ރީޝާ ދިޔައީ ޓެކްސީގައި އަފާމެންގެ ގެއަށެވެ.
“އަފާ! މަންމަ އެވަރަށްބުނީމަވެސް ދިޔައީ ނުކައެއްނު. ދޭ ދެކުދިން އަވަހަށް ކާން” އަފާ ނުކައި ދިއުމުން ސަމީރާ ހުރީވަރަށް ހިތްހަމަނުޖެހިފައެވެ. “ސަމިއްތާ އަފާ އެއައީ އަޅުގަނޑުމެންގެއިން ކައިގެން. ދޮގެއްހަދައިގެން ކަމެއްހައްލު ކުރުން އެއީ ރީޝާއަށް މާއުނދަގޫ ކަމެއްނޫނެވެ. ކޮޓަރިއަށްވަދެވުމާއިއެކު އަފާ އެނދުމައްޗަށް ވެއްޓިގަތެވެ. “ރީޝް.. އޭނަ ހާދަރީއްޗޭ. އޭނަގެ އެ އޮށްއިސްތަށިގަނޑެއް. އޯމައި ގޯޑް. އެހެރަދެލޮލެއް ދޯ.” އަފާ އޮތީ މޭގައި އަތްއަޅައިގެންނެވެ. އަފާދައްކަމުންދިޔައީ ޒައިންގެ ވާހަކަ ކަން ރީޝާ އަށްއެނގުނެވެ. އަފާ މީގެކުރިން ދުވަހަކުވެސް މީހަކު މާރީތިވެގެން އުޅެފައެއްނެތެވެ. “ޒައިންދޯ. އާނ އޭނަވަރަށްރީތި. އެކަމު އެގޮތަށް އިސްތަށިގަނޑު ދިގުކޮށްފައިހުރީމަ މަށަކަށްއެހާ އެއްނޫން.” ރީޝާއަށް ކަމުދަނީ ބޯކޮށާފައި ވަރަށް ޑީސެންޓް ކޮށްތިބޭ މީހުންނެވެ.
“ހްމް.. ދެން އޮވޭ ޒައިންމަތިން ހަނދާންކުރަން. މަމިދަނީ ގެއަށް.” ރީޝާާ ހެމުން ކޮޓަރިން ނިކުތްއިރު ސަމިރާ ވަސީމްއަށް ކާންހަދަނީއެވެ.
ވަސީމްއިނީ ރީޝާ އާއި ދިމާލަށްބަލަހައްޓައިގެންނެވެ. ރީޝާ އަކީ ވަސީމްއަށް އަބަދުވެސް ވަރަށް ރީތި ކުއްޖެކެވެ. އަދިއޭނާ ރީޝާ ނުހަނު ބޭނުންވެސްމެއެވެ. އެހެނަސް އެއީ އަފާގެ އެއްމެގާތް އެކުވެރިޔާ ކަމުން ވަސީމްވަނީ ރީޝާދެކެ އޭނާވާލޯބި ސިއްރު ކޮށްފައެވެ. ވަސީމްއަކީ ބަސްބަދު އަހުލާގުރަނގަޅު ޒުވާނެކެވެ. އުމުރުން ބާވީސް އަހަރު ވީއިރު ލޯބީގެ ގޮތުން އެއްވެސް ކުއްޖަކާ އަދިމިހާތަނަށް ގުޅިފައެއްނުވެއެވެ. ރީޝާ ގެއިންނިކުއްނަމުން ސަމީރާ ކައިރީގައި ދަނީއޭބުނުމަށްފަހު ނިކުމެގެންފިޔައެއެވެ. އޭރުވެސްވަސީމް ކަޅިޖަހާނުލައި ދޮރާދިމާލަށް ބަލަންއިނެވެ.
*******************************
ދުވަހަކީ އާދީއްތަ ދުވަހެވެ. އިރު އޭގެ އެންމެފުރިހަމަކާއިއެކު ދުނިޔެއަށް އަލިކުރަމުންދެއެވެ. ރޭގަނޑުގެ ފިނި ކަންފެތުރިފައިވާ ބިންގަނޑަށް ހޫނުކުރަމުންނެވެ. އަފާ ސުކޫލަށް ދާން ތައްޔާރުވާން ހުރި އިރުވެސް އޭނާގެ ހިޔާލުގައި ވަނީ ޒައިން އެވެ. ރޭގައި ހުވަފެނުންވެސް ފެނުނީ ޒައިން އެވެ. ޒައިންއާއި ދިމާވީއްސުރެ އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ޒައިންގެ ހިޔާލުތަކެވެ. އާދައިގެމަތިން މިއަދުވެސް އަފާ ސުކޫލަށް ލާންދިޔައީ މޫސައެވެ. “ބައްޕާ، އަޅުގަނޑު މިއަދު ރީޝާއެކީގައި ގެއަށްދާނީ. އެބަޖެހޭ ކުޑަކަމެއްގަ އެގެއަށްދާން.” މޫސަ އާނ އެއްމެ ރަނގަޅޭބުނުމަށްފަހުދިޔައީއެވެ. އަފާހިނިތުންވެހުރެ ސުކޫލުގެ ދޮރުންވަދެގެންދިޔައިރު ފަހަތުން ޝާމް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. “އަދިވެސް އަހަރެންކުރި މެސެޖަށް ޖަވާބެއް ނުފޮނުވަމެއްނު.” ޝާމްހުރީ އަފާގެ ކުރިބައްދައިގެން ކަމުން އޭނާއަށް ކުރިއަށް ދެވޭގޮތެއް ނުވިއެވެ. ޝާމް އަފާކައިރީގައި ރައްޓެހިވާންއަހާތާ ދުވަސްކޮޅެއްވެއްޖެއެވެ. ޝާމްއަކީ ތާޖުއްދީން ސުކޫލުގެ ކެޕްޓަން ކަމުގައިވެފައި އޭނަގެރީތިކަމުން އެތަކެއް އަންހެންކުދިންނެއްގެހިތް ވަނީ ޝާމްއަށް އެދިއެދިއެވެ. އެހެނަސް ޝާމް ބޭނުންވަނީ އަފާއެވެ. “އަހަރެން ޝާމްދެކެ ލައިކެއްނުވޭ. ތިހެން އަހަރެންފަހަތުން ނޫޅެބަލަ. އެމެސެޖުގެ ޖަވާބަކީ ނޫނެކޭ! ” އަފާ ފޫހިގޮތެއް މޫނަށް ހަދާލާފައިގޮސް އޭނާގެ ކުލާހަށްވަނެވެ. އޭރު ރީޝާ އަފާގެ އިންތިޒާރުގައި އިނެވެ. “އެއްކަލަ ޝާމްގެ ކަންތަކާހުރެލަސްވީ. މަމި އައީބުނެފަ މަށެއް ރަށްޓެއްސެއް ނުވާނަމޭ.” އަފާ ތުންއަނބުރާލަމުން ރީޝާއަށް ވީގޮތްކިޔާދިނެވެ. ސުކޫލުގައި ހޭދަވީ ވަގުތުތައް ނިިިމިގެން ދިޔަ ގޮތްވެސް ނޭނގުނެވެ. އަފާ ގިނަވަގުތު އިނީ ހިޔާލީ ދުނިޔެއެއްގައެވެ. އިރުއިރުކޮޅާ ރީޝާ އަފާއަށް ގޮވާލައެވެ. ހްމްް އެކޭ ބުނުމަށްފަހު އަނެއްކާވެސް ޒައިންގެ ހިޔާލުތަކަށް އަފާ ރުޖޫއަވެއެވެ. އަފާހަމަރަނގަޅަށްވެސް ދީވާނާވެއްޖެއެވެ. ފުރަތަމަ ފެނިލުމުންވެސްޒައިންވަނީ އޭނާގެހިތް އަތުލައިފިއެވެ. އެކަމަކު ޒައިން ގެ ހިތުގައި އަފާއާ ދޭތެރެގައި އެފަދަ އެއްވެސް އިހުސާސެއް ވާނެބާއެވެ. ޒައިންއަށްވެސް އަފާއަށްމިވާގޮތްތައް ވާނެބާއެވެ.

ނުނިމޭ..

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

މިލަހަނދުވަރު (1)

Next

ހިތް އެދޭވަރުން

Next
December 1, 2015

ހިތް އެދޭވަރުން

Previews
December 1, 2015

މިލަހަނދުވަރު (1)

38 Comments!

  1. Ahmed Ammu says:
    December 1, 2015 at 6:25 pm

    Awesome. Keep it up Besty. ???

    1. Eyesh says:
      December 1, 2015 at 6:35 pm

      Thank u for ur support ?

    2. Lillygirl says:
      December 1, 2015 at 6:58 pm

      vvvvvvvvvvvv ryti dudee 😉 😉 mashah vx zain set kodhybala :plol

  2. nuhnu says:
    December 1, 2015 at 6:33 pm

    Nice

    1. Eyesh says:
      December 1, 2015 at 6:36 pm

      Thnx

  3. samma says:
    December 1, 2015 at 6:49 pm

    v reethi…. kn dhuvahakun anehbaai up vaanyyy

    1. Eyesh says:
      December 1, 2015 at 7:29 pm

      Maadhama aabaeh upload vaane insha allaah ??

  4. Lillygirl says:
    December 1, 2015 at 7:01 pm

    smile

  5. Lillygirl says:
    December 1, 2015 at 7:05 pm

    amiya findhah ingili kohpa

    1. ? says:
      December 1, 2015 at 7:20 pm

      Dont you have manners if you wanted to say you could just say it but its not compulsury to use bad words. Lilly 😮 😮 pis pis.. ??????

    2. Ammadey says:
      December 1, 2015 at 7:23 pm

      lillygirl ekoa kaey ladheh nuganeytha thi vahtharah comment kuraakah…thankolheh bodu varu…

    3. -_- says:
      December 1, 2015 at 7:32 pm

      lilly ah hadi aai nukiyaany… its not importnat to read till the end if you think its not good.. and plus if you dont like you can simply say it dont use such words which make readers feel uncomfortable while reading the comments. its not good. and it is also about the writers reputaion.. hope you wont repeat it again..

    4. ................... says:
      December 1, 2015 at 7:46 pm

      alhe girl akah ve hure ehn girl akah thikahala ehchehi kiyaveytha GIRLLY LILLY

  6. Queen says:
    December 1, 2015 at 7:17 pm

    Hey eysh. Story seems really intresting. Eagerly waiting for the next part.???

    1. Eyesh says:
      December 1, 2015 at 7:32 pm

      Thanx dear ?

  7. Shabee says:
    December 1, 2015 at 7:20 pm

    wow vrh salhi……habeyss 😀 vrh kiyaa hithun indhaa enimuny 🙁 nxt prt kon irakun up kuraany??? avahah up khdhechey 😉 varaaaaah kiyaahithun myny…. all da bst 🙂

    1. Eyesh says:
      December 1, 2015 at 7:22 pm

      Thanx dear. Insha allaah madhama dhevana episode up kuraanan. Kohme dhuvahaku genasdheynan aabaeh ?

  8. Ammadey says:
    December 1, 2015 at 7:26 pm

    v v v v v reethi 😮 ehvanaige vaahaka akah vaane hen v heevey..hehe baraabarah up koh dhehchey…

    1. Eyesh says:
      December 1, 2015 at 7:30 pm

      Thanx dear. Iraadhu kurehviyya kohme dhuvahaku upload kuraanan ?

  9. sim says:
    December 1, 2015 at 7:37 pm

    Feshun v reethi. Nxt part konirakun up kurany…?

    1. Eyesh says:
      December 1, 2015 at 7:49 pm

      Thanx next part Madhama upkuraanan ?

  10. aathi says:
    December 1, 2015 at 7:38 pm

    Nice story.. luv it..kyp it up..

    1. Eyesh says:
      December 1, 2015 at 7:49 pm

      Thanx ?

  11. ryn says:
    December 1, 2015 at 7:39 pm

    nyc stry eyesh… vrh kiyaa hiyy vehje.. waitin 😉 gud lck

    1. Eyesh says:
      December 1, 2015 at 7:49 pm

      Thanx dear ?

  12. afu says:
    December 1, 2015 at 8:08 pm

    Woh .. vrh salhi .. great job

  13. lillygirl says:
    December 1, 2015 at 8:09 pm

    please can u use another name now my friends think i wrote that comment shabee , ryyn , lai i didnt write that sorry eyesh in didnt write like that.

    ya i wrote the first third comment by lillygirl i am aware of writting things like that in the last comment by lillygirl.As a writer am aware of writing comments like that n after this i will comment to a story after registering…………………..

    story is nice eyesh . 😉

    hope u will forgiv me ;(

    1. Eyesh says:
      December 1, 2015 at 11:04 pm

      It’s OK dear ?

  14. Maalu says:
    December 1, 2015 at 8:16 pm

    Nice story eyesh????hop u will finish this story…waiting for the next part????

    1. Eyesh says:
      December 1, 2015 at 11:05 pm

      Thanx dear

  15. Hana says:
    December 2, 2015 at 9:32 am

    Nice story love. Best luck :*

    1. Eyesh says:
      December 2, 2015 at 9:38 am

      Thnx my dear ?

  16. afakko says:
    December 2, 2015 at 10:30 am

    Afaa…haha…v v nufenna name eh vaahaka thakun…btw…v nice vaahaka…

  17. sadhaaa says:
    December 2, 2015 at 10:56 am

    Wow varah salhi …waiting for next part

    1. Eyesh says:
      December 2, 2015 at 5:06 pm

      thnx sadhaa

  18. DaBladeAppi says:
    December 2, 2015 at 3:29 pm

    Love the story ❤❤❤❤

    1. Eyesh says:
      December 2, 2015 at 5:09 pm

      DaBladeAppi thnks for the luvly comment

  19. Eyesh says:
    December 2, 2015 at 6:43 pm

    Thnx appi.. ? site ah login nuve comment kohfai evani eyesh eh noon

Comments are closed.


All Right Reserved!