‘ ހާދައޭ ބޭނުމީ ކަލާ.. ގެ އެހީދެން ލޯބިން.. ތީމަގޭ މޭގަވާ އުފާ.. ވެރި މޫނޭ ލޯބިން.. ބީހިލާ ހިތްވެޔޭ ތިޔަ މޫނުގާ.. ‘ އެފްބީ ސްޓޭޓަސް އަޕް ކޮއްލުމާއިއެކު އެންމެ ފުރަތަމަވެސް ލިބުނީ ޒައިންގެ ލައިކެވެ. *** *** *** ” ޒޯރާ ޕްލީސް.. މަށާ މީޓް ކޮށްލަން އެއްބަސްވެބަ މިރޭ.. މިހާރު ކޮން ދުވަހެއްތަ މިހެން ކިޔާތާ.. އަބަދުވެސް ކިޔަނީ އަދި ފެންނާނޭ.. ރައްޓެހިވެގެން މިހެން ނުފެނި އުޅެވޭތަ.. އަހަރެން ހާދަ ވެޔޭ ތި […]
ދުނިޔުއިން ނިމިދިޔަ ޔަސް…… ދުނިޔެއަކީ ވަގުތީ ތަނެކެވެ. އިމްތިހާނެކެވެ. ދުވަހަކަށް ތައްޔާރުވުމަށް ލިބޭފުރުސަތެކެވެ. ނަމަވެސް ހިތާމައަކީ ބައެއް މީހުންނަށް ހީވާގޮތުން މީ އުފާކޮށްލާ މަޖާކޮއްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެއީ އަދި ރަނގަޅު ގޮތެއް ނޫނެވެ. މީ ދުވަހެއް ރަނގަޅު ގޮތުގައި ކަމިޔާބު ކުރުމަށް ލިބޭ ވަގުތު ކޮޅެކެވެ. އެއީ އަބަދަށް މެ ދެމިގެންވާ އުފާވެރި ދިރިއުޅުމަކަށެވެ. މީ ވަގުތީ ދިރިއުޅުމެކެވެ. އަހަރެންވެސް ދިރިއުޅެމުން ދިޔައީ މީން އެއްވެސް ކަމެއް މީ ވާން އޮތް ކަމެއްކަމަށް ވެސް […]
Hey guys this is my first story and i know most of the parts are in english . and sorry about that. i thought that it was texts so better leave it that way. and please leave a comment about it. އެހަނދާންތައް….. ލީވާން: ހައި ބޭބް!! ހަވްސް ޔޫ!! އިނގޭތަ އޭމް ސޯ ހެޕީ ޒޯޔާ: ވެއިޓް، ވިލް […]
އިރު އޭގަ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ފަހު އޮއްސިގެން ދަނީއެވެ. ޖެހޭ މަޑު މަޑު ރޯޅިން ހިތަށް އަރާމުގެނުވައެވެ. އޮއްސޭ އިރުގެ އަލިން މުޅި ޖައްވު ވަނީ އޮރެންޖް ކުލައަކަށް ގޮށްސައެވެ. އުޑުމަތީގައި ވަނީ ކުދި ކުދި ރަތް ވިލާކޯކޮޅެވެ. ކަނޑުގައި ހީވަނީ ތަރަފާލެއް އަޅާފާއި އޮތްހެންނެވެ. އެހާވެސް މަޑެވެ. އެ ގުދުރަތީ ރީތި ކަމަށް ބަލަން ގަހެއްގެ ބުޑުގައި އާނާ އިށީނދެ އިނީ ހައިރާންވެފައެވެ. އެހާވެސް ރީއްޗެވެ. ދުނިޔެމައްޗަށް އަނދިރިކަން ވެރިވެގަތް […]
ރަނގަޅަށް ކަނނުލާ އަޑުއަހަން އޮތްވައި، ދެވަނަ ފަހަރަށްވެސް އެއަޑުއިހިވެގެން ދިޔައެވެ. މިފަހަރު އެއީ ވަހުމެއް ނޫންކަމާއި ކޮންމެވެސް މީހަކު ގޭގެ ދޮރުގައި ޓަކިޖަހަނީކަން ޒީނިޔާއަށް ޔަޤީންވިއެވެ. ތިންވަނަ ފަހަރަށް ތަންކޮޅެއް ބާރަށް އެމީހަކު ދޮރުގައި ޖަހާލިއެވެ. އެއާއެކު ޒީނިޔާގެ މަންމަ ދޮރު ހުޅުވާލަމުން ދޮރުމަތީގައި ހުރި މީހަކާ ވާހަކަ ދައްކާއަޑު އިވުނެވެ. ސާފުކޮށް ނުއިވުނު ކަމުގައިވިޔަސް އަމްޖަދުގެ ނަން ބުނިހެން ޒީނިޔާއަށް ހީވީ ކީއްވެގެންކަމެއް ނޭނގެއެވެ. އެހިނދުގައި ހިތް އުފަލުންގޮސް ނަށައިލިއެވެ. މިއޮތްހާއިރު ރޮމުންދިޔަ މީހާގެ ކުޑަ […]
ޒީޝާ ކުއްލިއަކަށް ސިހުނީ ސަމާގެ ހަޅޭއްކުގެ އަޑަށެވެ. އަވަހަށް ގޭޓާ ދިމާލަށް ދުއްވައިގަތުނެވެ. ޒީޝާ ދިޔައިރު ސަމާ އޮތީ މަގަށް ވެއްޓިފައެވެ. އޭރު ފުދޭ ވަރަކަށް މީހުންވަނީ އެތަނަށް އެއްވެފައެވެ. ކަކުލުގައި އަތް އަޅައިގެން ސަމާ އޮތީ ނުތެދުވެވިފައެވެ. “ސަމާ ކިހިނެއް ތިހެދީ…އެއްވެސް ތާކަށް ތަދުވޭތަ..” ސަމާގެ ދެކޮނޑުގައި ހިފައި ނަގަމުން ޒީޝާ ސުވާލުކުރިއެވެ. “މާބަރަށް ނުބަލާ ނިކުންނަނިކޮށް ސައިކަލެއްގަ ޖެހުނީ..ކަކުލަށް ތަދުވަނީ..” ކަކުލުގައި އަޅައިގެން ހުރެ ސަމާ ބުނެލިއެވެ. “ލަސްނުކޮށް ހިނގާ ހޮސްޕިޓަލަށް..އޭރުން ކަކުލަށް ވީގޮތެއްވެސް […]
ޖާހަތު ހީކޮށްގެން އުޅެނީ ކީކޭ ހެއްޔެވެ؟ މިފަހަރު ޖާހަތުގެ ޕްލޭން ހަމަ ހިލާ ކާމިޔާބު ވިޔަކަ ނުދޭނަމޭ ހިތް ބުނަމުން ދިޔައެވެ. ތައްޔާރުވެލައިގެން ބަދިގެއަށް ދިޔައިރު ސައި ހުރީ ތައްޔާރު ކުރެވިފައެވެ. މަސްހުންޏާ ރޮށްޓާއެކު ބިސްގަނޑެއްގެ އިތުރުން ހަނާކޮށްފައިވާ ސޮސެޖެވެ. މިހުރިހައި އެއްޗަކަށް ފުރިހަމަކަން ގެނެސްދިނީ ކައިރީގައި ހުރި ހޫނު ކަޅުސައިތަށްޓެވެ. އާއިޒު އިށީނދެ ސައިބޯންފެށިއެވެ. ސައިތަށިން އެންމެ ފަހު ކޯވަރު ބޯން އިންދާ ޝަކީލާ އައެވެ. “ދަރިފުޅު ސައިބޮއެ ނިންމާލީތަ؟” ޝަކީލާ ގޮނޑީގައި އިށީންނަމުން ސުވާލު […]
ކުޑަދޮރުގައި އަތް ވިއްދާލައިގެން އިން ރީމާގެ ނަޒަރު ހުއްޓިފައިވަނީ ބޭރުން ވެހުމުންދާ ބޯ ވާރޭއަށެވެ. ރޭ ފަތިހު ވެހެނު ވާރޭ އަދިވެސް ހުއްޓާ ނުލައެވެ. ފިނިފިނި ވައިރޯޅިތަކާއެކު ވެހުމުން ދިޔަ ވާރޭއެކު މުޅި ޖައްވުގައި ވަނީ ފިނި ހިފާލާފައެވެ. ޖެހޭ ފިނި ވައިރޯޅިތަކުން ރީމާގެ ހިތްތަށް އެއްވެސް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތްވަނީ ކުދި ކުދިވެފައެވެ. އެމައުސޫމް މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ. ރޮއެ ރޮއެ އެބޮޑު ދެލޯ ވަނީ ރަތްވެފައެވެ. މަޑު ފިޔާތޮށި […]
ރޭގަނޑުގެ ހަމަ ހިމޭންކަން ނަގާލާފައިވަނީ ދޫނިސޫފާސޫފީގެ އަޑުންނެވެ. ވަޔާ ވިހުރެމުންދާ ގަސްތަށް ދެފަރާތަށް ހެލިލާ ތޮޅެލާ އަޑުންނެވެ. ރިޔާޒްގެ ދެމަފިރިން އެ ފިނިރޭ ފެންޑާގައި ތިބީ ވެދިޔަ ކަންތަކާ މެދު މަޝްވަރާކުރާންށެވެ. ދިޔާނާގެ މޫނަށް ބަލާލިޔަސް ހިތްހަމަ ނުޖެހިފައި ހުރިކަން އެނގޭނެއެވެ. ރިޔާޒް ދިޔައީ ދިޔާނާއަށް ވިސްނާދެމުންނެވެ. އެކަކު އަނެކަކުގެ އަތް ގުޅުވާލެވިފައިވާ އިރު ފެންނަ މީހަކަށް އެ ދެމެދުގައި އޮތް ލޯބި ސިއްރެއްނުވާނެކަން ޔަގީނެވެ. “ދިޔާނާ ލީނާ އެހާވަރަށް ނުހިފެއްޓިއްޔާ ރަނގަޅުވާނީ.. އަހަންނަށްވެސް އެނގޭ ފަޔާޒް […]