Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… ( 7 ވަނަ ބައި )

writer
January 1, 2016
5 Mins Read
5 Comments

މާޔާ ނަކީލްއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ދެންމެ އަޑުއިވުނީ ދޮގެއްކަން ނަކީލް ބުނޭތޯއެވެ. މާޔާ ބަލަން ހުރި ގޮތުން ނަކީލްއަށް އުދަނގޫވިއެވެ. އިސްޖަހާލީ  މާޔާގެ ކުށްވެރިޔަކުފަދައިންނެވެ.

” ނަކީލް ޤަބޫލުކުރިޔަސް ނުކުރިޔަސް ޖެނީއަކީ ނަތީޤްގެ މަންމަ ފަަދަ މީހެއް… އެހެން ވީމަ މާޔާ ކަހަލަ އަންހެނަކަށް ވުރެ ރަގަޅުވާނެ ކަންނޭނގެ… މިއީ ބައްޕަ ބޭނުންވާ ގޮތް… ” ނަކީލްގެ ހިޔާލު ބަދަލުކޮށްލެވޭތޯ ނިހާލް މަސައްކަތްކުރަމުން ދިޔައެވެ. އިސްޖަހައިގެން ހުރި ނަކީލް ހިތްހަމަ ނުޖެހޭގޮތްވެ އަތް މުއްކަވާލެވުނެވެ. ބައްޕަ ބޭނުންވާ ގޮތް ކިތަންމެ ހާ ރަގަޅަށްވެސް ނަކީލްއަށް ވިސްނުނެވެ. އެހެން ނަމަވެސް މާޔާއަށް އެފަދަ ބޮޑު ހިތާމައެއް ދޭން ނަކީލްގެ ހިތެއް ނޭދެއެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައްވިކަމުގައިވިޔަސް ހެވެއެވެ. ބައްޕަ އެދޭ ގޮތަށް ކަންތައް ކަންތައް ކޮށްފިއްޔާ ގެއްލުންވާނީ ހަމައެކަނި މާޔާއަށް އެކަންޏެއް ނޫނެވެ.ނަތީޤްެެ މަންމައެއްގެ ލޯބިން މަހްރޫމް ވާނެއެވެ. އެވަރުގެ ބޮޑު އަނިޔާއެއް ނަތީޤްއަށް ދޭނީވެސް ވަކި ކިހިނެތް ހެއްޔެވެ.

” މަންމައަށް ވެސް ރަގަޅީ ބައްޕަ އެދޭގޮތަށް ކަންތައް ކުރިއްޔާ… އެހެނަސް ދަރިފުޅު ތަރުބިއްޔަތުކުރަން ޖެހޭނީ އަހްލާޤް ރަގަޅު މީހުން ކައިރިން… ގޮތެއް ފޮތެއް ނެތް މީހުންނަށް އެދަފަ މަސްއޫލިއްޔަތެއް ނުނެގޭނެ… މިއީ ކުޅޭ ކުޅިވަރެއް ނޫން.. ނޭނގެ ނަތީޤް އުޅުނީ ކޮންހާލެއްގައި ކަމެއްވެސް… ” މެލިސާގެ ކޮންމެ ބަހަކުންވެސް މާޔާގެ ހިތަށް ހޫނު ހަމަލާއެއް ދެމުންގެންދިޔައެވެ. އެއްވެސް އިރެއްގައި މާޔާގެ މައްޗަށް މެލިސާގެ ހިތް ހެޔޮނުވާނެކަން އެނގުމުން ކޮންމެވެސް ވަރަށް ހިތުގައި ޖެހުނެވެ.

” މޯމް..ޑޭޑް… މިހުރިހާ އަހަރެއް ވަންދެންވެސް ނަތީޤް ގެންގުޅުނީ މާޔާއެއްނު… އަހަރެމެން އަތުން އެންމެ ލާރިއެއްވެސް ނުހޯދައެއްނު… އެހެންވިމާ މަންމައަށް ކިހިނެތް އެނގޭނީ… އެހެންނޫނަށް މާޔާގެ ލޯތްބަށް ވުރެ އެހެން މީހެއް ނަތީޤްއަކަށް މުހިއްމެއް ނުވާނެ… މަންމައަކާއި ދަރިއަކު ވަކިކުރުމުން ވަކި ކޮންފައިދާއެއް ލިބޭނީ… ކޮންމެ ކޮންމެ މީހަކާއި ކީކުއްރަންތަ ހަވާލުކުރަން ތިއުޅެނީ..” ނަކީލް ހިތްހަމަ ނުޖެހިފައި ހުއްޓެއްކަމަކު އެކަން ފޮރުވަން މަސައްކަތް ކުރިއެވެ.  މަންމަމެން އުޅޭގޮތުން ރުޅިއަންނަ ގޮތްވިއެވެ.

” ޖެނީ އަކީ ކޮންމެ ކޮންމެ މީހެއް ނޫން… އެއީ ނަކީލްގެ އަންހެނުން… ތަނަކުން ހިލޭ އަންހެއް ގެނެސް މިިގޭގާއި ބެހެއްޓީމަ ކިހާ މަލާމާތެއް ކުރާނެ… ތީ މިގޭ ނޯކަރެއްގެ ހައިސިއްޔަތުންވެސް ގެންގުޅެން ކަމުދާ ހާ ފަންތިއެއްގެ އަންހެނެއް ނޫން…” ނިހާލް ހުރީ މާޔާ އެގެއިން ބޭރުކުރާނެ ގޮތަކަށް ފައިވިއްދައިގެންނެވެ. މާޔާގެ ކަންފަތުގައި ގުގުމަމުން ދިޔައީ އެންމެ އަޑެކެވެ. ނަކީލް އެއީ އެހެން މީހެއްގެ މިލްކެއްކަން އެނގުމުން ހިތަށް ތަދުވިއެވެ. އެ ހިތުގައި މާޔާއަށް އެއްވެސް ޖާގައެއް ނެތްކަން އެނގުމުން ފައިން ވާގިދޫވާހެން ވެސް ހީވިއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތަށް މިނިވަންވެގަތެވެ. ނަކީލްބުނި ފަދައިން މާޔާ ހަޔާތުން ބޭރުކޮށްލީތީއެވެ. މެލިސާ ކައިރީ ހުރި  ނަތީޤްއަށް މަންމަ ލޮލުން ވެއްޓުނު ކަރުނަތަށް ފެނި ތެޅިގަނެވުނެވެ. މެލިސާގެ އަތުން ވީއްލިގެން ދުވެފައި އައިސް މާޔާގެ ފައިގައި ބައްދައިގަތެވެ.  މާޔާ ނަތީޤް އުރާލާ މެޔާލާ ބޮނޑިކޮށްލިއެވެ. ދުވަހަކުވެސް ދުރަށް ނުދާނަމޭ ބުނާފަދައިންނެވެ.

” މަންމީ… މަންމީ ރޮނީތަ… ނުރޮއެ… ކޮއްކީ ދެރަވޭ މަންމީ ރޮންޏާ.” ނަތީޤް ރޮވެން ކައިރިވެފައި ވާ އަޑަކުން ބުނެލިއެވެ.  މާޔާ ނަތީޤްގެ މޫނަށް ބާލާލަމުން ހިނިތުންވެލިއެވެ. މަންމި ނުރޮމޭ ބުނާފަދަ ގޮތަކަށެވެ. ” ކޮއްކޮ ވަރަށް ލޯބިވޭ މަންމީ ދެކެ..” ނަތީޤް މާޔާގެ ގައިގައި އެ ކުޑަ ދެއަތުން ބައްދާލިއެވެ. ހިނިތުން ވަމުންނެވެ. މާޔާގެ ފާރުވެފައިވާ ހިތަށް ފަރުވާއެއް ލިބުނު ކަހަލައެވެ. ނަތީޤގެ ބޮލުލައި ފިރުމާލެވުނެވެ.

” ފެނިއްޖެއް އެއްނު…” އެންމެންގެ ސަމާލުކަން މާޔާއާއި ނަތީޤްއަށް ހުއްޓިފައިވާތަން ފެނި ނަކީލް ބުނެލިއެވެ. މާޔާއަށް ހަޤީގަތް އެނގުމުން ދެރަވާނެކަން ނަކީލްއަށް އެނގެއެވެ.

” މާޔާއަކީ ޑޮކްޓަރ އެކޭ… މަންމަމެން ހީކުރާ ކަަހަލަ އާދައިގެ މީހެއް ނޫން އެއީ ގޭގެ މަސައްކަތު ގެންގުޅެން… ލައްކަ ކެތްކޮށްފިން މަންމަމެންގެ ހިޔާލު ބަދަލު ވޭތޯ… އަހަރެންގެ ހަޔާތުގެ ކޮންމެ ނިންމުމަކާ މަންމަމެން ނުބެހިބަ… މަންމަ މެން ބޭނުންވޯ ގޮތަށް ކަންތައް ކޮށްފީމެއްނު..” ނަކީލް ހިތްހަމަ ނުޖެހިފައި ބުނެލި އިރު އެދޮލޮލުން ހިތްހަމަ ނުޖެހުމުގެ އަސަރުފާޅުވާން ހުއްޓެވެ. މެލީސާ ދެރަވިއެވެ.ނަކީލް އަނެއްކާވެސް މާޔާއަށްޓަކައި ވާހަކަދައްކަމުންދާތީއެވެ. އެއްޗެއް ބުނަން އުޅެފައިވެސް އަޅާނުލީ ނަކީލް ވާހަކަ ދައްކަން ފެށުމުންނެވެ.

” އަހަންނަށް ހެޔޮ ޖެނީއަކީ އަހަރެންގެ އަންހެނުންނަށް ވިޔަސް… ޑޭޑްވެސް ވިސްނަން ޖެހޭނެ ނަތީޤް ކުރިމަތީގައި ތިގޮތަށް މާޔާއާއި ދިމާލަށް އެއްޗެހި ނުކިިޔަން… އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅަށް ނަފްސާނީ ގޮތުން އެއްވެސް ވަރަކަށް އަސަރުކުރާކަން… މާޔާއަށް މިގޭގައި އުޅެވެން ނެތިއްޔާ އަހަރެން ނަތީޤް އާއި މާޔާ ގޮވައިގެން އެހެން ގެޔަކަށް ބަދަލުވެދާނަން… ވިސްނަ ވިސްނާ ބޯ ހާސްވެެއްޖެ… ކީއްވެތަ… ކީއްވެތަ ޑޭޑް… އަހަރެން ލައިފް އާ ނުބެހިބަ… އަހަރެންގެ ދަރިފުޅާ ގުޅުން ހުރި ނިންމުން ނިންމާނީ އަހަރެން …އިތުރު އެހެން ބައެއްގެ ހިޔާލެއް އަހަރެން ބޭނުމެއްނޫން… ”  ނަކީލް ވަހާކަ ނިންމާލުމަށް ފަހު މާޔާގެ އަތުގައި ހިިފައިގެން ސިޑިއާއި ދިމާލަށް ދާން ހިގައިގަތެވެ. މާޔާ ހައިރާންވެފައި ހުއްޓެއްކަމަކު ނަކީލްގެ ފަހަތުން ދިޔައީ އެއްވެސް ގަދަހެދުމެއް ނެތިއެވެ.

“ދެން ތި އަންހެނާ އަހަރެންގެ ކޮޓަރިއަށްތަ ވައްދާނީ…ނަކީލްއަށް ތިގޮތަކަށް ކަންތައް ނުކުރެވޭނެ.. ” ސިޑިން އަަރަން ހުރި ނަކީލް ފަހަތް ބަލާލީ ޖެނީގެ އަޑުއިވުމުންނެވެ. ޖެނީ ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދެއްކި ގޮތުން ނަކީލް ހިތްހަމަ ނުޖެހުނެވެ. ” ލީ… ލީިިިިިިިިިި ” ނަކީލް ބާރަށް ގޭގައި ގެންގުޅޭ މަސައްކަތު އިސްމީހާއަށް ގޮވަން ފެށުމުން ލީ ބިރުން ހުރެ އައެވެ.

” ފަނަރަމިނިޓް ތެރޭ ޖެނީގެ އެއްޗެހި އެހެން ކޮޓަރިއަކަށް ބަދަލު ކުރޭ…” ނަކީލް ހިތްހަމަނުޖެހިފައި ހުރިވަރުން މާޔާގެ އަތަށް ބާރަށް ފިއްތައިލެވުނެވެ. މާޔާއަށް ތަދުވަމުން ދިޔަކަމުގައި ވިޔަސް ނަކީލް ރުޅިއައިސްފައި ހުރިވަރު އެނގުމުން ބުނަން ފަސްޖެހުނެވެ. ލީ މެލިސާ އަށް ބަލާލީ އިޝާރާތެއް ލިބޭތޯއެވެ.

” އަދިވެސް ހުރީތަ … އަޑެއް ނީވޭތަ… ” ނަކީލް ބާރަށް ހަޅޭލަވައިގަތުން ލީ ބިރުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް މަސައްކަތް ފެއްޓިއެވެ. ޖެނީއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް މާޔާ އާ އަރައި ހަމަކޮށްލާ މާޔާގެ މޫނުގައި ޖެހިއެވެ. އެފަދަ ކަމަކަށް ވިސްނައިގެން ނެތުމުން މާޔާ އަތުން ނަތީޤް ނުވެއްޓުނީވެސް ކިރިޔާއެވެ. އެތަން ފެނި ފަކީލްއަށް ތެޅިގަނެވުނެވެ. މާޔާ ސުވާލުން ފުރިގެންވާ ގޮތަކަށް ޖެނީއާއި ދިމާލަށް ބަލަން ހުއްޓެވެ.

” ކުރިއެކޭ އެއްގޮތަށް އަހަރެންގެ ހަޔާތުގެ ހިތްހަމަޖެހުން ނަގާލަން ދޯ ތިއައި…ކުރިން ކާމިޔާބުވިޔަސް މިފަހަރު ކާމިޔާބު ވާނީ އަހަރެން… ނަކީލް އެއީ އަހަރެންގެ މީހެއް…މާމޮޅު ވާހަކައެއް ދައްކައިގެން ނަކީލް ހައްލާލައިގެން ތިއުޅެނީ ކޮންހައިސިއްޔަތަކުން… ތީ ނަކީލްގެ ކާކު… އަހަރެން މީ ނަކީލް ގެ އަންހެނުން… ކަލޭ ޖެހޭނީ މިގެއިން ދާން… ކަލޭ އެކަންޏެއް ނޫން … ތި ކުއްޖާގަނޑުވެސް ގޮވައިގެން… ނޭނގެ މީ ކާކުގެ ކަމެއް ކަމެއް…ނަކީލް ބޮލުގައި  އަޅުވައިތިއުޅޭނީ..” ޖެނީ ރުޅިއިސްގެން ތުރުތުރު އަޅާ ކަަހަލައެވެ. ދެވަނަ ފަހަރަށްވެސް މާޔާގެ ގައިގައި ޖެހުމަށް އަތް އިސްކުރިއެވެ. މާޔާ އަށް ލޯމަރާލެވުނީ ބޭއިހްރިޔާރުގައެވެ. ޖެނީއަށް ހައިރާންކަން ލިބިގެންދިޔައީ ޖެނީގެ އަތުގައި ނަކީލް ހިފުމުންނެވެ. އޭރު ނަކީލްގެ ލޮލުން ހީވަނީ ޖެނީ ފިއްސާލާނެހެންނެވެ. ޖެނީ ބިރުގަންނަ ގޮތްވިއެވެ.

” އަހަރެން ހިއެއް ނުކުރަން ޖެނީ އަކީ ތިހާ ދަށުދަރައިގެ ކަމެއް ކުރާނެ ކުއްޖެއްކަމަށް… އަހަރެން މިގޮތަށް ނިންމީ މާޔާ ވަރަށް ވިސްނާފަ.. ކޮންމެހެން ޖެނީއަށް ދެރައެއް ދޭކަށް ނޫން… މާޔާ އަކީވެސް އަހަރެންގެ އަތްބެއް..ޖެނީ ޖެހެނޭ މާޔާއަށް ރެސް÷ެޕެކްޓް ކުރަން…” ނަކީލް އަނެއްކާވެސް މާޔާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ނަކީލްއާއި މާޔާގޮސް ކޮޓަރިއަށް ވަތްތަން ބަލަން ޖެނީއަށް ހުރެވުނީ ފެންކަޅިވެފައެވެ. ހިތުގައި މާޔާއާއި މެދު އުފެދިފައިވާ ހަސަދަވެރިކަމުގެ ރޯވެ ކުރިފަޅައިގެން ދިޔަކަހަލައެވެ. މިހެން ވާންޖެހުނީ ނަތީޤްގެ ސަބަބުން ކަން އެނގުމުން ނަތީޤްއާއި މެދު ހިތްނުބައިވިއެވެ. ނަފްރަތް ކުރެވުނެވެ.

ލީ ބާކީ ހުރި އެއްޗެހިތަށް ހިފައިގެން ކޮޓަރިން ނިކުމެގެން ދިޔައީ ދޮރު ލެއްޕުމަށް ފަހުގައެވެ. ނަކީލް ގޮސް އުފެދިފައިވާ ބިރުވެރިކަން ކަނޑުވުމަށްޓަކައެވެ. ދޮރު ތަޅުލީ ނަތީޤްއާއި އެކީ ވަގުތު ކޮޅެއް ހޭދަކޮށްލުމަށެވެ. ދެންމެ ފެނުނު މަންޒަރުތަކުން ނަތީޤް ކޮންމެވެސް ވަރަކަށް ބިރުގެންފައި ހުރުމުން ވެސް މެއެވެ.ނަކީލް އައިސް ނަތީޤް އާއި އެއްކޮށް ސަކަރާތް ޖަހަންފެށިއެވެ.

“ބޭބޭ… ކޮއްކޮ އެންޑް މާންމީ އުޅޭނީ މިގޭގަތަ ދެން… ” ނަތީޤް މައުސޫމްގޮތަކަށް ބަލާލަމުން ސުވާލުކޮށްލިއެވެ.

” ހޫމް ކޮއްކީ ހުންނާނީ މިގޭގަ… ތީ ޑޭޑް ގެ ކުޑަކުޑަ ޕްރިންސް…” ނަތީޤްގެ ކޮލުގައި ކޮށްޓާލަމުން ބުނެލިއެވެ.

“ތީ ކޮއްކީގެ ޑެޑީތަ..؟ ” ނަތީޤް މައުސޫމްގޮތަކަށް ސުވާލުކޮށްލިއެވެ. އެ މައުސޫމު ސުވާލު އިވުމުން ނަކީލްއަށް ބަލައިލެވުނީ މާޔާއަށެވެ. މާޔާގެ ފަރާތުން ޖަވާބެއް ބޭނުންވާ ފަދައެވެ، މާޔަ އައިސް ނަކީލްގެ މަގަތުގައި އިނދެ ނަކީލްގެ ބޮލުގައި ފިރުމާލިއެވެ. ނަތީޤް މާޔާއަށް ބަލަމުން ހިނިތުންވިއެވެ. ދުވަހަކުވެސް ނަތީޤް މިހާ އުފާވެފައި ހުއްޓައި މާޔާއަށް ނުފެނެއެވެ.

“މި އީ ކޮއްކޮގެ ޑޭޑް.. ބޭބެ ނުކިޔައްޗޭ ދެން… ” މާޔާ ވަރަށް ލޯބިން ނަތީޤްއަށް ކިޔައިދިނެވެ. ޔޭއި އޭ ކިޔާ ބާރަށް ނަތީޤް ހަޅޭލަވައިގަތީ ލިބުނު އުފާވެރި ހަބަރުން ކަންނޭނގެއެވެ. ޑެޑީ އޭ ކިޔައި ބާރަށް ނަކީލް ގައިގައި ބައްދައިގަތެވެ. ނަކީލް ބަދަލުގައި މާޔަށް ބަލަމުން ހިނިތުންވެލީ ޝުކުރުވެރިވާ ފަދައަކުންނެވެ. ބަދަލުގައި މާޔާއަށްވެސް ހިނިތުންވެވުނެވެ. ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯވިފަދައެވެ.

” ކޮއްކޮއަށް އެނގޭ ކޮއްކީގެ މަންމީ ދޮގެއް ނުހަދާނެ… ދޮގު ހަދާނީ ބަސްނަހާ އައްޗީ ކުދިން… މަންމީ ބުނިހެން ޑޭޑީ އައީ ކޮއްކީ ކައިރިއަށް..” ނަތީޤް އުފާވެފައި ހުރިވަރުން ނަކީލްއާއި ވާހަކަ ދައްކަމުން ދިޔައިރު ވާހަކައެއްގެ ތެރެއިން ބުނެވުނެވެ. ނަކީލް އަށް ހިިނިތުންވެވުނީެވެ. މާޔާ ނަކީީލްއާއި މެދު ވިސްނާކަން އެނގުމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. ނަތީޤް ނިންދަވާލުމަށްފަހު މާޔާ ބެލްކަނީގައި މަޑުކޮށްލައިގެން ހުރީ ބޭރަށް ނިކުންނަން ބޭނުންނުވާތީއެވެ. މިއަދު ކަންތައްވީގޮތުން ކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއް އަޅަންވެސް މާޔާއަކަށް ނުކެރޭނެއެވެ.  މާޔާގެ ސަމާލުކަން ހޯދީ ބޭރުން އައި ނަކީލް ފެެނިފައެވެ. އަނެއްކާވެސް މާޔާ ކުރަން ހުރި ކަމާ މަޝްއޫލުވެގަތީ ނަކީލްއާއި ވާހަކަދައްކަން ބޭނުންނުވާތީއެވެ.

ނަކީލް އައިސް މާޔާގެ ކައިރީގައި ހުއްޓުނެއެވެ. އަދި  މާޔާއާއި ދިމާލަށް ރަގަޅަށް ބަލާލިއެވެ. ހިތާހިތުން މާޔާއަށް ތައުރީޕްކުރެވުނެވެ. އެއްވެސް ވަރަކަށް މޭކަޕެއް ކޮށްފައިނުވާއިރުވެސް މަޔާގެ މޫނު އޮމާންވެފައި ރީއްޗެވެ. މާޔާގެ ސާދާކަމުން މާޔާގެ ރީތިކަން އެތަށް ގުނައެއް އިތުރުވާކަހަލައެވެ. މިއީ އެސޫރަ އަކަށް ޓަކައި ނަކީލް ހުރިހާ އެއްޗެއްވެސް ގުރުބާންކޮށްލަން ތައްޔާރަށް ހުރި ސޫރައެވެ. މާޔާ މިހާ ކައިރިން ފެނުމުން ނަކީލްގެ ހިތުގެ ހިނގުން އަވަސްވިކަހަލައެވެ. މާޔާ ނަކީލްއަށް ބަލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. ނަކީލްގެ ބާރުގަދަ ދެލޮލުގެ ތެރެއަށް މާޔާ ގެނބިގެން ދިޔަކަަހަލައެވެ. ނަކީލްއަަށް ވެސް ވީ ހަމަ އެވަރެވެ. ނަކީލްގެ މާޔާގެ އުނަގަނޑުގައި އަތްއަޅުވައި ނަކީލް ކައިރިއަށް މާޔާގެނައެވެ. ދެމީހުންގެ ދެމެދުގައި ވައިރޯޅީއަކަށްވެސް ވަދެވޭ ހާ ޖާގައެއް ނެތްފަދައެވެ. ނަކީލްއަށް މާޔާގެ ތުންފަތަށް ލޯބިކޮށްލިއެވެ. މާޔާއަށްވެސް އެކަމުގައި ބައިވެރިވެވުނީ މާޔާގެ ހިތުގައި ނަކީލްްއަށް ޓަކައިވާ ލޯތްބެއްގެ ސަބަބުންނެވެ. ކުރި ހުރިހާ އިންތިޒާރެއްގެ ސަބަބުންނެވެ.

މިއަދު ވީ ކަންތައް ހާދާން ވުމުން މާޔާ ތެޅިގެންފައި ނަކީލް ދުރަށް ކޮށްޕާލިއެވެ. އޭރު މާޔާއާށް މާ ނެވާ ލެވެމުންދިޔައެވެ. މާޔާގެ ލޮލުން ވިދަވިދާ ހުރި ކަރުނަތަށް ފެނުމުން ވީގޮތް ނަކީލްއަށް ރޭކާލީ ދެނެވެ.

38
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

writer

Other Articles

Previous

ފޮހެވޭނޭ ބާއޭ… 46

Next

ކަނޑުފެން (ފަހުބައި) KanduFen P-24

Next
January 1, 2016

ކަނޑުފެން (ފަހުބައި) KanduFen P-24

Previews
December 31, 2015

ފޮހެވޭނޭ ބާއޭ… 46

5 Comments

  1. writer says:
    January 1, 2016 at 2:12 am

    sorry mifaharu maa lahun upload kohdhevunythy… and mi part thankolheh short v ma ves… dhn anna faharakun dhigu koh genesdheveytho massakai kuraanan… i ll try to upload dhe dhuwahun eh dhuwahu … really sorry

  2. Raff says:
    January 1, 2016 at 7:37 pm

    nxt part kn dhuvahaku plx fast

  3. Aisha says:
    January 5, 2016 at 12:32 am

    Dhe dhuvahu eh dhuvahu up kuranbunefa 3 dhuvas faaithuvegen diyairuves habare nuveye writer ge vaahaka kiyuma konmefaharaku haadha digu inthizaare kuranjehey minoon gothe neidho.

  4. Ushfa says:
    January 5, 2016 at 9:40 am

    Hus dogu hadhany… thivarun nuliyevenyaamun nuliyaany vaahaka….

  5. Mary says:
    January 6, 2016 at 12:12 am

    Writer kondhuva hakutha dhen vaahaka up kolany?

Comments are closed.

All Right Reserved!