“ސަނާ” ސަނާގެ ބޮލުގައި ފަލާހް ފިރުމައިލައި ސަނާއަށް ގޮވައިލުމުން ބޯހިއްލައި ލުމަށްފަހު ކަރުނުން ފުރިގެންވާ ދެލޮލުން ފަލާހްގެ މޫނަށް ބަލައިލިއެވެ. “ފަލާހް އަހަންނަށް ތިހެން ނުހަދާ އަހަރެންދެކެ ލޯބި ނުވަންޏާ އަހަރެން ވަރިކޮށްލާފަ ރަށަށް ފޮނުވަދީ” ފަލާހްގެ އަތުގައި ހިފާ އާދޭހާއި އެކު ސަނާ އެހެންބުނިއިރު ހުރީ ގިސްލެވިފައެވެ. “ކަލެއަށްތަ އެނގެނީ ވަރިކުރަންވީމަ؟، ހިނގާ ކޮޓަރިއަށް ދާން، އަހަރެން މިއައީ ކަލޭ ކުރާ އާދޭސް އަޑު އަހާ ކަލޭގެ ކަރުނަ ފުހެދޭކަށް ނޫން، އަނތްބެއްގެ ފަރާތުން […]
ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެވުމާއެކު ނީނާއަށް ހުއްޓެވުނެވެ. މޭޒުމަތީ އިށީނދެގެން ކަހަލަ ގޮތަކަށް އަންހެން ކުއްޖެއް ގައިގައި ބައްދާލައިގެން ރާއިފް ހުއްޓެވެ. އެއަންހެން ކުއްޖާއަށް ނީނާ ފެނުނީ އިރުކޮޅެއް ފަހުންނެވެ. “ރާއިފް… ދޫކޮށްބަލަ…” ނީނާ ފެނުމުން އެއަންހެން ކުއްޖާ ބުންޏެވެ. ނަމަވެސް ރާއިފް އޭނަ ދުލެއް ނުކުރިއެވެ. “ރާއިފް…” ދޮރަށް އިޝާރާތް ކޮށްލާފައި އަންހެން ކުއްޖާ ބުންޏެވެ. ރާއިފް އެނބުރި ބަލާލިއެވެ. ނީނާ ފެނުމާއެކު ރާއިފް އަންހެން ކުއްޖާ ދޫކޮށްލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ނީނާއަށް ބަލާލާފައި […]
“ޖިއާ” އަހަރެންގެ ނަމުން ވަރަށް ބާރަށް މަންމަ ގޮވާލުމުން ދުވެފައި އަހަރެން ނިކުތީ މަންމައަށް ކަމެއްވީ ކަމަށް ހީކޮށެވެ. ކާކޮޓަރިއަށް ވަތް އަހަރެންނަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ. “މަންމާ…. ކިހިނެއްވެފަ މީ” ބިންމަތީގައިހުރި ރިހައާއި ރޮށިތަށި ފެނި އަހަރެންނަށް އަހާލެވުނީ ދެލޯ ބޮޑުކޮއްލަމުންނެވެ. މުޅި ކާކޮޓަރިއަށް ހީވަނީ ކުޑަވަރެއްގެ ސުނާމީއެއް އަރާފައޮތްހެނެވެ. “ކިހިނެއް ވީ ހޭ…. ޖިއާއަށް ހަމަ ނޭނގެނީތަ…. ދެން މިގޭމީހުންވީ މީޗިހި ކާންތަ.. ޖިއާއަށް މިގޭގަ ނުކެއްކެންޔާ ބުނީމަ ވީއެއްނު.. އޭރުން މިގޭމީހުން […]
Hey guys… sry nukko ge .vaahaka up nukohdhyy v ginadhuvas vaathy… internet massala eh jehign… so Wi-Fi connection libeyhaa avahakah mi vaahaka continue kuraanan… thnks fr the support frm all… n once .. again im very very sorry hope u all will understand… thnk u… 🙂 🙂 🙂
އަވަސް އަވަހަށް އިސް ދަށަށް ޖަހއިގެން ހުރެ ރީނާ މަޑުމަޑުން ކޮއްޕާލަމުުން ގޭގެ ދޮރާ ދިމާލަށް ދިޔައެވެ. ރީޝާ އަށް ދޮރާ ދިމާލަށް ދެވުނު އިރު އޭނާ އާ ދިމާލަށް ބަލހައްޓާއިގެން ހުރި އަހުސަން ފެނި އަނެއްކާވެސް ރީޝާ އަށް އިސް ދަށަށް ޖަހާ ލެވުނެވެ. އޭނާ ވަރަށް ލަދުން ހުރެ ނަމަވެސް އަހުސަން ގެ ސައިކަލު ފަހަތަށް އެރިއެވެ. އިރު އިރު ކޮޅާ ރީޝާ އަށް ފަހަތަށް ޖެހެވެނީ އަހުސަން ގައިގަ ޖެހޭ ހެން ހީވުމުންނެވެ. މިހެން […]
“މާޒިން” ކޮޓަރީ ދޮރުހުޅުވާލުމާއި އެކު ކޮޓަރިތެރޭގައި ހުރި މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. މާޒިން ހުއްޓިލައިގެން ހުރި ފްރިޖް ކައިރީގައެވެ. އޭރު އަތުގައި ދެބިޔަރު ދަޅު އޮތެވެ. މާޒިންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހައިރާން ކަމާއި ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. އަހަރެން އަވަހަށް އެތެރެއަށް ވަދެ ދޮރު ލައްޕާލީމެވެ. “އެގޭތަ އަހަރެން ކުއްލިއަކަށް މިއަދު ހިތަށް އެރި އެއްޗެއް… ކީއްވެ ބާއޭ އަހަރެންނަށް ދުވަހަކުވެސް ޝާމް މަސްތުވެފައި ހުއްޓާ ނުފެންނަނީ… އޭނަ ބޭނުން ކުރާކަށް އަހަރެންނަށް އެނގެއޭ.. ރާ […]
ނީނާ ޖަވާބެއް ނުދީ އިސް ޖަހާލިއެވެ. އެވަގުތު ނީނާއަށް ވީ ގޮތް ނީނާ އަމިއްލައަށް ބުނާނެ އެންމެ ފަހު މީހަކީ ރާއިފްއެވެ. ނީނާ ހާސްވެފައި އިން ވަރުން ރާއިފް ރުޅި މަޑުކުރިއެވެ. އެދުވަހު ނީނާއާ ދިމާއަށް ވަރަށް އެއްޗެހި ކިއިއްޖެއެވެ. ނީނާ އެހާ ހާސްވެފައި އެއިނީވެސް އެކަމާއޭ ހިތަށް އަރާ ރާއިފް އިތުރު އެއްޗެއް ނުބުނެ މަޑުން އިނެވެ. “ނީނާ މިއަދު ދެން ގެޔަށް ދިޔަޔަސް އެންމެ ރަނގަޅު. މާދަން ދޫކޮށްލާފަ އަނެއް ދުވަހު އޮފީހަށް އާދޭ” […]
ޝެރިނަށް އަވަސްއަވަހަށް އިސްޖަހާލެވުނެވެ. ހަޤީޤަތަށް ބުނަންޏާ އޭނާއަކަށް ދާންވީ ދިމާލެއް ނޭނގެ އެވެ. ޖޭޑަކީ ރަނގަޅު ކުއްޖެކެވެ. އޭނާ ވަނީ ޝެރިނަށް އެތަށް ގޮތަކުން ހިމާޔަތް ދީފަ އެވެ. އެކުންފުނީގެ އެތަށް ގަވައިދެއް ވަނީ ޝެރިނަށްޓަކައި ފުނޑުފުނޑު ކޮށްލާފަ އެވެ. އަދި އޭގެ ސަބަބުން އޭނާ އަމިއްލަ އަށްވެސް ވަނީ އަދަބު ލިބިގެންފަ އެވެ. ނަމަވެސް ޔައިނަކީވެސް ހަމަ ނުހަނު ރަނގަޅު ކުއްޖެކެވެ. ޝެރިން އެންމެ ކުޑައިރުންސުރެން ފެށިގެންވެސް އެކުގައި އުޅެމުން އައި ދެ ރަޙުމަތްތެރިންނެވެ. ދުވަހަކު […]
ގެއަކީ މާބޮޑު ގެއެއް ނޫނެއްކަމަކު ގޯތިތެރޭގައި އޮންނަ ހުސްޖާގައިގައި ކޮންމެވެސް ވަރަކަށް މާގަސް ހައްދާފައިވުމުގެ ސަބަބުން ގޭގެ މައިދޮރުން ވަންނައިރު މަންޒަރު ފެންނަލެއް ވަރަށްވެސް ރީއްޗެވެ. ގޯތި ތެރޭގައި ހުންނަ ގިފިލި ބޮޑުވެފައި ބޮޑުވަޅެއް ހުއްޓެއްކަމަކު ތިރިފާޚާނާ ތައްޓެއް ހުރެފައި ގިފިލި ހިޔާނުކޮށް ހުރުމުގެ ސަބަބުން ރުނާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ރުނާމެންގެ ގޭގެ ފާޚާނާހިޔާކޮށް ތަނުގައި ބަހައްޓާފައި ހުންނަނީ އުސް ފަޚާނަތައްޓެއް ކަމުން މިތަނަށް ހޭނިލަން ދުވަސް ކޮޅެއް ނަގާނެއޭ ރުނާގެހިތަށް އެރިއެވެ. ގޭތެރެއަށް ވަދެގެން […]