Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (14ވަނަ ބައި)

Eyesh Level 210 Stories100 Comments
January 1, 2016 5 Mins Read
23 Comments

ވަސީމް އާއި ޝާމް ޒައިންމެންގެ ގެ ކައިރިއަށް ދިޔައިރު އެގޭކައިރީގައި ޕާކްކޮށްފައިހުރި ޒައިންގެ ސައިކަލުމަތީގައި އޭނާ އިށީނދެލައިގެން ސިނގެރޭޓެއްބޯން އިނެވެ. ވަސީމް ފެނުމާއިއެކު ޒައިން ތެޅިގަނެފައި ބޯންއިން ސިނގެރޭޓު އެއްލައިލި ނަމަވެސް ވަސީމްއާއި ޝާމްއަށް އެމަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ.

“ޒައިން.. ބައްޕަ ބޭނުމެއް ނުވޭ އަފާއާ ޒައިންއާ ގުޅޭކަށް.. އެކަމަކު މަ ވަރަށް މަސައްކަތްކުރާނަން ބައްޕައަށް ވިސްނައިދޭން.”  ވަސީމް އޭނާގެ ސައިކަލުން ފައިބަމުން ވާހަކަދެއްކިއެވެ.

“މަށެއް ބޭނުމެއްނެތް އަފާގެ މައިންބަފައިންގެ ނުރުހުމުގަ ކައިވެނިކޮށްގެން ބޮޑެތި މައްސަލަތަކެއް ޖެހޭކަށް.. މަ އަފާމަތިން ހަނދާން ނައްތާލަ ފާނަން… އެނޫންގޮތެއް ދެން ނެތެއްނު…. އަފާކައިރީގަ ބުނޭ ދެންމަށަށް ނުގުޅައްޗޭ.. ވަސީމްގެ ބައްޕަ މަށާ ދިމާލަށްކީ އެއްޗެހި މަށެއް ހަނދާނެއް ނުނެތޭނެ.. އޭނަގެ ފައިބުޑަށް ވެއްޓޭކަށް މަށެއް ނުދާނަން…”  ޒައިން ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދެއްކީ އެއީ އޭނާގެ ހިތާއިދެކޮޅަށް ބުނާ ބަސްތަކެއް ކަމުގައި ވާތީއެވެ.

ވަސީމް އިތުރު އެއްވެސް އެއްޗެއް ނުބުނެ ސައިކަލަށް އަރައި ސްޓާޓް ކޮށްލިއެވެ. އިތުރަށް އެކަމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ޒައިން ކައިރީގައި ދައްކާކަށް ވަސީމް ބޭނުމެއްނުވިއެވެ.

 

 

ދަންވަރު ދޭއް ޖެހިއިރުވެސް ޒައިން ގެއަށް ނާންނާތީ ނައީމާ ކަންބޮޑުވެފައިހުރެ ގޭގެ ސިޓިންރޫމުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭރު ސަލީމު ސޯފާގައި އިނދެ ޒައިންގެ ފޯނަށް ގުޅެތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ފޯނު ނިއްވާލައިފައި އޮތުމުން ގުޅޭ ގޮތެއްނުވިއެވެ.
އެވަގުތު ގޭގެ ދޮރުހުޅުވާލައިފައި އެތެރެއަށް ވަތް ޒައިން ފެނިފައި ނައީމާ ގޮސް ޒައިންގެ ގައިގައި ބައްދާލިއެވެ.

“ކޮންތާކުން ތިއައީ؟ ކީއްވެ ލަސްވީ؟”  ނައީމާ ޒައިންގެ ބުރަކަށީގައި ލޯބިން ފިރުމާލަމުން ސުވާލު ކޮށްލިއެވެ. ނަމަވެސް ޒައިން އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއްނެތި އެހުރިގޮތަށް ހުރީއެވެ.

“ދަރިފުޅާ… ކީއްވެތަ ބަހެއް ނުބުނެ ތިހުންނަނީ؟ ވެގެން އުޅޭގޮތެއް ބައްޕައަށް ކިޔާދީބަލަ… ” ސަލީމު އައިސް ޒައިން އަތުލަފިކޮށްގެން ގެންގޮސް ސޯފާގައި ބޭންދިއެވެ.

އެވަގުތު ޒައިން އެންމިޔަކަނުން ހީލަމުން ނައީމާއާއި ދިިމާލަށް ބަލަން އިނދެ ބާރަށް ހޭންފެށިއެވެ. އެހިސާބުން ސަލީމުއަށް ވެގެން އުޅޭގޮތް ވަރަށް ރަނގަޅަށް ސާފުވި ނަމަވެސް ނައީމާ ހުރީ އަދިވެސް ވާނުވާ ނޭނގިފައެވެ.

“ކޯއްޗެއް ބޮއިގެން ތިއައީ؟؟”  ސަލީމު މިހެން އެހިއިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. މިއަޑު އިވި ނައީމާއަށް ވެގެން އުޅޭގޮތް ރޭކާލުމާއިއެކު ބާރަށް ރޮއިގަނެ ޒައިންގެ ކަންކަށި މަށްޗަށް ބާރު އެތިފަހަރެއް އަރުވައިލެވުނެވެ.

“އާނ…. މިއައީ ބޮއިގެން…. ރާބޮއިގެން…. ކީއްކުރެވޭނީ… އެއްކަމެއްވެސް ނުކުރެވޭނެ….ކަލޭތީ ކާކު މަގައިގަ ޖަހަން؟…. ”  ޒައިން މަޑުމަޑުން އޭނާގެ ކޮލުގައި ފިރުމާލަމުން ނައީމާއާއި ދިމާލަށް ބާރަށް ހަޅޭއްލަވައިގަތެވެ.

އެވަގުތު ނައީމާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. ޒައިންގެ އެހަރުކަށި ބަސްތައް އިވިފައި ނައީމާގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން އަނގައިން އެއްވެސް ބަހެއްވެސް ބޭރެއްނުވިއެވެ.

“ޒައިން .. ކަލޭ ލަދެއްނުގަނޭތަ؟ ބައްޕައަކާނުލާ ކަލޭ ބޮޑުކުރި އެމައިމީހާއާ ދިމާލަށް ތިހަޅޭއްލަވަނީ ކަލެއަށް ކޮންހައްގެއް އޮވެގެން.. ކަލޭ ކުޑަކުޑަ އިރުއްސުރެ މިއަދާ ހަމައަށްވެސް އަހަރެން ކަލޭ ބެލީ އަމިއްލަ ދަރިއެއްފަދައިން…. އެކަމަކު މިއަދުން ފެށިގެން ތިކަޖަލަ ގޮތްކުޑަ މީހަކަށް އަހަރެންގެ ގެއަކުން ޖާގައެއް ނުލިބޭނެ… އަދި ކަލެއަށް އަހަރެންގެ ފަރާތުން އެކައްޗެއްވެސް ނުލިބޭނެ… ލޯތްބެއްވެސް…..”  މިހިސާބަށް ބުނެވުތަނާ ސަލީމްއަށްވެސް ބާރަށް ރޮވިއްޖެއެވެ. އިތުރަށް ވާހަކަ ދައްކާނެހާ ހިތްވަރު ނެތުމުން ނައީމާގެ އަތުގައި ހިފައިގެންގޮސް ކޮޓަރިއަށް ވަނެވެ. އޭރުވެސް މަސްތު ވެފައިވާ ހާލުގައި އޮވެ ޒައިން އެކަނި މާއެކަނި ވާހަކަތަކެއް ދައްކަމުން ދިޔައެވެ. 

 

 

ހަފްތާއެއް ވެގެން ދިޔައިރުވެސް މޫސަގެ ރުޅިގަނޑު ފިލައިގެން ނުދާތީ އޭނާ އަފާއާއި ބަހެއް ނުބުނާތާނގައި ހަތަރުކަޅި ވެސް ހަމަކޮށްނުލައެވެ. މިކަމާ ދެރަވެގެން ސަމީރާ، މޫސައަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އަފާއާއި ވާހަކަ ދެއްކުމަށް އެދި އާދޭސް ކުރުއެވެ. ނަމަވެސް މޫސައަކީ ފަސޭހައިން ގޮތްދޫކުރާ މީހެއްކަމުގައި ނުވާތީ ސަމީރާގެ މަސައްކަތް ވީ ބޭކާރެވެ.

********

ޒައިން ގެއަށް ނާންނަތާ ވެސް މިއަދަށް ހަފަތާއެއްވީއެވެ. ނައީމާގެ ހިތުގައި ޖެހިފައިވާވަރުން އޭނާއަށް ކާއެއްޗެއްވެސް ނުދިރެއެވެ. ކުޑަކުޑަ އަލްވިޝް އާދޭސް ކޮށްގެން ކުޑަ ޖޫސްފޮދެއްވެސް ބޯލަނީ މަދު ފަހަރަކުއެވެ. ސަލީމުވެސް މިކަމާ ކިތަންމެ ކަންބޮޑުވީ ނަމަވެސް ޒައިންގެ އުޅުން ހުންނަ ގޮތުން އިތުރަށް ޒައިންއަށް އާދޭސް ކޮށްގެން ގެއަށް ގެންނާކަށް ސަލީމުވެސް ބޭނުމެއްނުވިއެވެ.

 
ޒައިންގެ ދިރިއުޅުމަށް މިއައި ބޮޑެތި ބަދަލުތަކާއި އެކު އޭނާ އުޅެން ފެށީ ވަރަށްވެސް އުފަލުންނެވެ. ބޭނުން ކަމެއް ބޭނުން އިރަކު ކުރުމުގެ މިނިވަންކަން ލިބުމުން ޒައިންއަށް މުޅިދުނިޔެ ރަންވިކަހަލައެވެ. އޭނާގެ ރައްޓެހި ޒަލަފްމެންގެ ގޭގައި އުޅެނީ ހަމައެކަނި ޒަލަފްއާއި އޭނާގެ ކޮއްކޮ ލަމްހާ ކަމުން އެގޭގައި އެމީހުން ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން އަބަދުވެސް އޮވެއެވެ. ގޭގެ އެއްކޮޓަރީގައި ޒަލަފްްއާއި ޒައިން އުޅޭއިރު އަނެއްކޮޓަރި ދީފައި ހުންނަނީ ލަމްހާއަށެވެ.
ޒަލަފް އަކީވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒައިންއާއި އެއްއުމުރެއްގެ ޒުވާނެކެވެ. އަދި ލަމްހާއަކީވެސް މަސްތުވާ ތަކެތި ބޭނުންކުރާ ކުއްޖެއްކަމުން އެތިން މީހުންގެ މިޒާޖުވެސް ނުލާހިކު ގުޅެއެވެ.

“ޒައިން.. ކައެ ބޭނުން ދުވަހެއް ވަންދެން މިގޭގަ ހަމައުޅެންވީ…”  އެނދުމަތީގައި އިން ޒައިންގެ ކޮނޑުގައި ޖަހައިލަމުން ޒަލަފް ބުނެލިއެވެ.

“ތޭންކްސް ބުރޯ… މަ ބޭނުމެއްނެތް ދެން މަންމަ ކައިރިއަށް ދާކަށް.. މަށަށް މިލައިފް މާސަޅި… އެހެން ނޫނަށް ހަކުރާ ތެލާ ވިއްކައިގެން މިލިބޭ ލާރިން އަހަރުންނަށް ކިހާބޮޑު ފައިދާއެއްވޭ ދޯ…” މިހެން ބުނެ ޒައިން އޭނާގެ އަތުގައި އޮތް ބިޑި ތުނބުގައި ޖަހައި ދަމާލިއެވެ. ޒައިން އެއްވެސް ވަރަކަށް ހަމައިގައި ހުންނަން ބޭނުންނުވަނީ އަފާގެ ހިޔާލުތަކާއި ދުރުވުމަށް އެނޫން ގޮތެއް ނެތްކަމުގައި އޭނާއަށް ވިސްނޭތީއެވެ.

 

 

ދުވަސްތައް ފާއިތުވަމުންގޮސް ވަސީމުއާއި ރީޝާ ކައިވެނި ކޮށްގެން އެގެއަށް ރީޝާ ބަދަލުވީ ފަހުން އެންމެންވެސް އަފާ މީހަކާއި ރައްޓެހި ނުވެގެން ޝަކުވާ ކުރާލެއް އިތުރުވިއެވެ. ނަމަވެސް ތިންމަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް އަފާއަށް އެހެންމީހަކާއި ދޭތެރޭގައި ކުޑަކޮށްވެސް ނުވިސްނެއެވެ.

“މަންމާ…. މަންމަ މާމައަކަށް ވަނީ…”  ގޭތެރެއަށް ވަދެގެން އައި ވަސީމް މިހެންބުނެ ސޯފާގައި އިން ސަމީރާ ކައިރީގައި އިށީނެވެ.

“އެއީ ތެދެއްތަ ދަރިފުޅާ؟”  ސަމީރާ ވީއުފަލުން ބާރަށްގޮސް ބަދިގެ ތެރޭގައި ހުރި ރީޝާގައިގައި ބައްދައިލިއެވެ. އޭރު އުފަލުންގޮސް ސަމީރާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ރީޝާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހައިލަމުން ހީލިއެވެ.

“މޫސާ…. މޫސާ… ނިކަން ހޭލަބަލަ…….” ސަމީރާ ދުވެފައި ގޮސް ކޮޓަރީގައި ނިދާފައި އޮތް މޫސައަށް ގޮވައި ހޭލައްވައިގެން ސިޓިންރޫމަށް ގެނައެވެ.

“ކިހިނެއް ވެގެންތަ މިއުޅެނީ؟؟ ”  ނިދާފައި އޮއްވާ ހޭލެއްވުމުން ހިތްހަމަ ނުޖެހިފައިހުރެ މޫސަ ސަމީރާގެ އަތްފޮޅުވައިލިއެވެ.

“މޫސަ ކާފައަކަށް ވަނީ…”  ސަމީރާގެ މިޖުމުލަ އިވިފައި މޫސަގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެ އުފަލުން ފޮޅުނެވެ.
އޭރު އަފާވެސް އުފަލުން ރީޝާގައިގައި އޮޅުލައި ގަނެގެން ހުއްޓެވެ.

“ދެން ދަރިފުޅުވެސް މީހަކާއި ރައްޓެހިވާން އުޅެބަލަ.. ދަރިފުޅި ކައިވެނި ކުރީމަ މިއާއިލާ ފުރިހަމަވާނީ… ”  ސަމީރާ ގޮސް އަފާގެ ބޮލުގައި ފިރުމާލަމުން މިހެން ބުނުމުން އަފާ އާނއެކޭ ބުނުމުން މޫސައަށް ހައިރާން ވެފައި އަފާގެ މޫނަށް ބަލައިލެވުނެވެ. އޭރު އެންމެންވެސް ހައިރާންވެފައި އަފާގެ މޫނަށް ބަލަންތިބީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

 

 

ނިތްކުރީގައި އަތްއަޅައިގެންއޮވެ އަފާ ވިސްނަމުން ދިޔައީ އޭނާ ކުރަން އެއުޅޭ ކަންތަކުގެ ބޮޑުކަމާއި ދޭތެރޭގައެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ފޯނު ނަގައި ޝާމްގެ ނަންބަރަށް ގުޅައިލިއެވެ..

“ވަރަށް ބޮޑު ވާހަކައެއް …. އަހަންވެގެން މިގުޅީ… ޝާމް އަދިވެސް…. އަހަރެން ދެކެ ލޯބިވޭތަ؟…”  ޖެހިލުންވެފައި އޮތްވަރުން އަފާއަށް ވާހަކަ ދެއްކުނީ އާގަންނަމުންނެވެ.

“އާނ… ތިހެން އަހާއިރުވެސް އެނގެއެއްނު…. އަހަރެން އަފާދެކެ ލޯބިވާކަން އެންމެންނަށް ސިއްރުކޮށްގެން މިހުންނަނީ އަފާ ބުނީމައެއްނު…. ލޯބި ވިޔަކަސް ކީއްތަކުރާނީ… މަށަކަށް އަފާއެއް ނުލިބޭނެ ވިއްޔާ.. ބައިދަވޭ ކީއްވެ ތިހެންތިއެހީ؟” ޝާމް ވާހަކަ ދެއްކިގޮތުން އަފާ އެކުރި ސުވާލުގެ ސަބަބުން އޭނާ ދެރަވީކަން އަފާއަށް އެނގުނެވެ.

“އާނ ދޯ…. އެއީހަމަ ދެން އަހާލީ… އޭތް އެނގޭތަ؟ ރީޝާ ބަނޑު ބޮޑު.. ”  އަފާ މިހެން ބުނުމުން މިރޭ ތިގެއަށް ދާނަމޭބުނެ ޝާމް ފޯނު ބޭއްވިއެވެ.

 

ޒައިންގެ މަތިން ހަމަ ހަނދާން ނައްތާލަން ވީބާއެވެ؟ ޒައިން އަދިވެސް އަހަރެންގެ ދިރިއުޅުމަށް އަންނާނެބާއެވެ؟ އަހަރެން ޒައިންދެކެ ވީ ސާފު ތެދުވެރި ލޯތްބެވެ.. ނަމަވެސް ޒައިން ކަންތައް ކުރިގޮތް ނިކަން ދެކިބަލާށެވެ. އޭނާ މިހާރު ކޮބާބާއެވެ؟ އަނެއްކާ އެހެންމީހަކާ ރައްޓެހިވީ ބާއެވެ؟

މިކަހަލަ އެތަކެއް ހިޔާލުތަކެއް ސިކުނޑީގައި އެނބުރެން ފެށުމުން އަފާއަށް އެއްވެސް އިޚުތިޔާރަކާއި ނުލައި ރޮވުނެވެ.

 

 

ގަޑިން ރޭގަނޑު ނުވައެއް ޖެހިއިރު ކާމޭޒު މަތީގައި ތަފާތު ވައްތަރުގެ މީރު ކާއެއްޗެހި އަތުރައި ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށްފަހު ސަމީރާގޮަސް އެންމެންނަށް ކާންގޮވިއެވެ. ކާމޭޒު ކައިރީގައި އެންމެން އިށީންތަނާ ދޮރުގައި މީހަކު ޓަކިދޭން ފެށުމުން ސަމީރާގޮސް ދޮރުހުޅުވައިލިއިރު ބޮޑު މާބޮނޑިއެއް ހިފއިގެން ޝާމް ހުއްޓެވެ.

“އަނހާ… ޝާމް…އަވަހަށް އާދޭ.. ރަނގަޅު ގަޑިއެއްގަ ތިއައީ… އަހަރުމެންނާ އެކު ކާންވީނު…”  ސަމީރާ މިހެންބުނެ ގޮސް ކާމޭޒު ކައިރީގައި އިށީނުމުން ޝާމްގޮސް ވަސީމްއާއި ރީޝައަށް މަރުހަބާ ކިޔުމަށްފަހު ވަސީމްގެ އަތަށް މާބޮނޑި ދިނެވެ.
“ޝާމް ގެނައި މާބޮނޑި ފެނުނީމަ މިހަނދާންވީ…. ދަރިފުޅަށް އެއްދުވަސް ކޮޅެއްގަ މާވަރަކަށް މާބޮނޑި ފޮނުވީ ކާކުތަ؟”  ސަމީރަގެ މިސުވާލު އިވިފައި ޝާމް ކޮށި އެރާގޮތްވިއެވެ. އެވަގުތު އަފާ، ޝާމްއަށް ބަލައިލަމުން ހީލިއެވެ.

“އެއީ… ކޮންމެވެސް މީހެއް… ”  އަފާ ޝާމްގެ މޫނަށް ބަލަން އިނދެ މިހެން ބުނުމުން ޝާމްއަށްވެސް ހެވުނެވެ.

އެންމެން އެކިވާހަކައިގައި ތިބެ ކަމުން ދިޔައިރު ޝާމްއަށް އިރުއިރުކޮޅާ އަފާގެ މޫނަށް ބަލައިލެވެއެވެ.

“އޭނަ ކީއްވެތަ މިހާރު މާބޮނޑި ނުފޮނުވަނީ؟ އަފާބުނީދޯ ނުފޮނުވާށޭ.”
މޫސަވެސް ސަމީރާގެ ވާހަކައިގައި ބައިވެރިވެލިއެވެ.

“ނޭނގެ ކީއްވެ ކަމެއް؟ އެކަމަކު ދެން މާބޮނޑި ފޮނުވައިފިއްޔާ އޭނައާ ރައްޓެހިވާން މިވިސްނަނީ….”  އަފާގެ މި ޖުމުލައިވިފައި ޝާމްއަށް ދެލޯ ބޮޑުކޮށްލައި އަފާގެ މޫނަށް ބަލައިލެވުނެވެ. އޭރު ރީޝާވެސް ހައިރާންވެފައި އިނދެ އަފާއަށާއި ޝާމްއަށް ބަލަމުން ދިޔައެވެ.

 

ކައިނިމިގެން ޝާމް ދިއުމުން ޓީވީއިން ދައްކަމުންދިޔަ ހިންދީ ފިލްމެއް ބަލަން އެންމެން ސޯފާގައި ޖައްސައިލިއެވެ. މާގިނަ އިރެއްނުވެ ދޮރުގައި މީހަކު ޓަކިދޭން ފެށުމުން ވަސީމް ގޮސް ދޮރުހުޅުވައިލިއެވެ.

“ހާދަ ވަރަކަށް މާބޮޑި ތިގެންނަނީ… ”  ވަސީމް ހެމުން މިހެންބުނެ ޝާމް އެތެރެއަށް ވެއްދިއެވެ.

ޝާމް ވަރަށް ލަދުންހުރެ ގޮސް ސޯފާގައި އިން އަފާގެ އުނގުމަތީގައި އޭނާގެ އަތުގައި އޮތް މާބޮޑި ބޭއްވިއެވެ. އެވަގުތު ރީޝާ ފިޔަވައި އެންމެން ހައިރާންވެފައި އަފާއާއި ޝާމްއަށް ބަލަމުން ދިޔައެވެ.

“އެއީ…އެއީ…ޝާމްތަ؟؟؟ ”  މިހެން އެހިއިރު އުފަލުންގޮސް ސަމީރާގެ އަނގައިގައި ހުރި ހުރިހާ ދަތްތަކެއް ފެންނަ ވަރުވެއެވެ.

“އާނ.. އެއީ ޝާމް…”  އަފާ ހީލަމުން މިހެން ބުނުމުން މޫސައައިސް ޝާމްގެ ބުރަކަށީގައި ފިރުމާލިއެވެ.

އޭރު ޝާމް ކަޅިޖަހައި ނުލައި ހުރެ އަފާގެމޫނަށް ބަލަމުން ދިޔައެވެ. އެހާ ގިނަދުވަސް ވަންދެން ކުރި ދިގުއިންތިޒާރުގެ ނިމުން މިހާ ފޮނިވުމުން އުފަލުން އޭނާގެ ހިތް ފުރިފައިވާކަހަކައެވެ.
ނުނިމޭ…

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ކަނޑުފެން (ފަހުބައި) KanduFen P-24

Next

Hithugeveriyaa

Next
January 1, 2016

Hithugeveriyaa

Previews
January 1, 2016

ކަނޑުފެން (ފަހުބައި) KanduFen P-24

23 Comments!

  1. Eyesh says:
    January 1, 2016 at 10:06 am

    Hi everyone ? here is the 14th episode of this story. I hope u all will like this part too ? and also
    I wish a very HAPPY NEW YEAR to all the lovely readers ??

  2. maldhu says:
    January 1, 2016 at 10:17 am

    v.reethi me first

    1. Eyesh says:
      January 1, 2016 at 10:18 am

      Yesssss u r the 1st ??? Thanx maldhu ??

  3. Nish says:
    January 1, 2016 at 10:19 am

    V reethi.ekam ma kuree.avaha up kohdhehchey next part ves.

    1. Eyesh says:
      January 1, 2016 at 10:28 am

      Thanx nish darling.? . Yeah sure ingey ?

  4. aathi says:
    January 1, 2016 at 10:35 am

    Eyesh swyty..vrh reethi mi part vx..

  5. aathi says:
    January 1, 2016 at 10:36 am

    Ekm kuru dhw..hehe..ekm vx superb 😉 mwah

    1. Eyesh says:
      January 1, 2016 at 11:23 am

      Thanx aathi lwbi ?

  6. aathi says:
    January 1, 2016 at 10:37 am

    Happy new year to u too..hehe

    1. Eyesh says:
      January 1, 2016 at 11:23 am

      ??

  7. Anonymous says:
    January 1, 2016 at 12:23 pm

    Eyesh aa eyesh he best friend as vaahaka liyan feshy vv ekuekyga vv daily koh upp kohdhe!
    Ekamaku mihaaru dhemweehunves hafthaa aku effaharu kahala gothakah upp kurany
    Dhimaavegen ulkhey kameh bunedhyfaananatha

    1. Eyesh says:
      January 1, 2016 at 12:47 pm

      Hei anonymous. .yeah i blv that ? but eyge fahun ithuru vahaka thakeh ves eyesh upload kohfin. And also time vaa varakah liye upload kuramun hama midhanee.. anyways thanks a lot for reading my stories ? dhen eyesh try kuraanan miah vure avahah upload kuran ingey ?

  8. shaa says:
    January 1, 2016 at 12:38 pm

    Dhen zain shaam ah konmmes kamehnkuraane… ma buneethyves balaaathi

    1. Eyesh says:
      January 1, 2016 at 12:42 pm

      Hehehe i dnt think so ? wait for the next part. . Y wud he do something like that .. zain amilla akahnu rulhivee ves afaa yaa ?? thanx for reading shaa ??

  9. MarSha says:
    January 1, 2016 at 12:49 pm

    Nice… shaam n afaa gulhunyma happy.. but zain ah rangalhu magu dhahkaa dhehchey plzz… happy new year to u too eyesh dear…

    1. Eyesh says:
      January 1, 2016 at 12:53 pm

      Adhi hama gulhuneethaa dhw… Lets c what happens next ? zain ah vaane gothehves adhi neyge ?
      Marsha darling thankew so much ingey ???

  10. mice says:
    January 1, 2016 at 3:09 pm

    Varah varah reeth..

    1. Eyesh says:
      January 1, 2016 at 3:23 pm

      Thanx a lot mice ?

  11. Depika says:
    January 2, 2016 at 12:03 am

    V reethi, hadha molheyyyy …..ur good

    1. Eyesh says:
      January 2, 2016 at 10:16 am

      Thank u so much depika ?

  12. maahish? says:
    January 3, 2016 at 9:19 pm

    Vaahaka ahchaaheyyy…happy new year eyesh..?waiting egey next part ah?

    1. Eyesh says:
      January 3, 2016 at 9:59 pm

      Thanx maahish dear ??

  13. Nish says:
    January 4, 2016 at 9:04 pm

    Kobaa next part haadha slw ey up kuraalhe

Comments are closed.


All Right Reserved!