Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…5

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
January 4, 2016 6 Mins Read
11 Comments

ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެވުމާއެކު ނީނާއަށް ހުއްޓެވުނެވެ. މޭޒުމަތީ އިށީނދެގެން ކަހަލަ ގޮތަކަށް އަންހެން ކުއްޖެއް ގައިގައި ބައްދާލައިގެން ރާއިފް ހުއްޓެވެ. އެއަންހެން ކުއްޖާއަށް ނީނާ ފެނުނީ އިރުކޮޅެއް ފަހުންނެވެ.

“ރާއިފް… ދޫކޮށްބަލަ…” ނީނާ ފެނުމުން އެއަންހެން ކުއްޖާ ބުންޏެވެ. ނަމަވެސް ރާއިފް އޭނަ ދުލެއް ނުކުރިއެވެ. “ރާއިފް…” ދޮރަށް އިޝާރާތް ކޮށްލާފައި އަންހެން ކުއްޖާ ބުންޏެވެ. ރާއިފް އެނބުރި ބަލާލިއެވެ. ނީނާ ފެނުމާއެކު ރާއިފް އަންހެން ކުއްޖާ ދޫކޮށްލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ނީނާއަށް ބަލާލާފައި ރާއިފް އަންހެން ކުއްޖާ ގައިގައި ބައްދާލާފައި އޭނަގެ ތުންފަތުގައި ބޮސްދިނެވެ.

“ސާބަސް…!” ރާއިފްއާ ދުރުވެލާފައި ހީލަމުން އަންހެން ކުއްޖާ ބުންޏެވެ.

“ނެކްސްޓް ޓައިމް ޕްލީޒް ނޮކް…” ނިކުންނަމުން ނީނާއަށް އެއަންހެން ކުއްޖާ ބުނެލިއެވެ.

“ސޮރީ…” އަންހެން ކުއްޖާ ދިޔުމުން ރާއިފްއަށް ބަލާލާފައި ނީނާ ބުންޏެވެ. ރާއިފް އެއްވެސް އެއްޗެއް ނުބުނެއެވެ.

ނީނާ ގޮސް މޭޒު ކައިރީ އިށީނެވެ. ރާއިފްވެސް އިށީނދެފައި ނީނާއަށް ބަލާލިއެވެ. ނީނާ އިނީ ވަތްގަނޑުން ކޮންމެވެސް އެއްޗެއް ހޯދާށެވެ. އެވަގުތު ރާއިފްއަށް ޝައުނާއާ އެކު އެގޮތަށް ކަންތައް ކުރެވުނީ ކީއްވެ ބާއޭ ރާއިފް ހިތަށް އެރިއެވެ. ނީނާއަށް ޖެއްސުން ކޮށްލުމުގެ ގޮތުން އެވަގުތު އެގޮތަށް ހަދަން ރާއިފް ހިތަށް އެރި ނަމަވެސް މިހާރު ރާއިފް އިނީ އޭރު އެގޮތަށް ކަންތައް ކުރެވުނީ ކީއްވެ ކަމާމެދު ސުވާލު އުފެދިފައެވެ.

“ނީނާ ބޭނުން ދުވަހެއް ވަންދެން ޗުއްޓީ ދީފައެއްނު އޮތީ؟ ދެން ކީއްވެ މިހާ އަވަހަށް ނިކުތީ؟ ނަޔަސް މުސާރައެއްވެސް ނުކަނޑާނަމޭ…” އިރުކޮޅެއް ފަހުން ރާއިފް ބުނެލިއެވެ.

ނީނާ ރާއިފްއަށް ބަލާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ. ރާއިފްގެ ބޭނުމަކީ ނީނާ ދެރަ ކޮށްލުން ކަން އެނގޭތީއެވެ. ދެންމެ ފެނުނު މަންޒަރުގެ ސަބަބުންވެސް ނީނާ އިނީ ދެރަ ވެފައެވެ. ރާއިފް ނީނާ ދެކެ ކިތަންމެ ރުޅި އައި ނަމަވެސް، ކިތަންމެ ވަރަކަށް އެއްޗެހި ކީ ނަމަވެސް، ނީނާ ކިތަންމެ ވަރަކަށް އެކަމާ ދެކޮޅު ހަދަން މަސައްކަތް ކުރި ނަމަވެސް، އަދި އެކަން ހުއްޓުވަން ނީނާ މަސައްކަތް ކުރި ނަމަވެސް ނީނާއަށް ވަނީ ރާއިފް ދެކެ ލޯބި ވެވިފައެވެ.

“ދެން ކޮން އިރަކުންތަ ބައްޕަ ނީނާގެ ވަޒީފާ މަތި ކޮށްފަ މުސާރަ ބޮޑު ކުރަނީ؟” ނީނާ އެއްވެސް އެއްޗެއް ނުބުނެ އިނުމުން ރާއިފް އަނެއްކާވެސް ނީނާއާ ދިމާ ކޮށްލިއެވެ.

ނުރޯން އިން ނަމަވެސް ނީނާއަށް ރޮވުނެވެ. އިސް ޖަހާލާފައި ނީނާ ޓިޝޫއަކުން ލޯ ފޮހެލިއެވެ. ރާއިފް ނީނާ ދެކެ އެހާ ރުޅި އަންނަނީ ކީއްވެ ބާއޭ ނީނާ ހިތަށް އެރިއެވެ. ރާއިފް އެވަރަށް ނީނާ ދެކެ ރުޅި އަންނަން ނީނާއަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ.

ރާއިފް އިތުރު އެއްޗެއް ނުބުނެ ލެޕްޓޮޕް ހުޅުވާލިއެވެ. ނީނާވެސް މަސައްކަތް ފެށިއެވެ.

އޭގެ ފަހުން ނީނާ ބަރާބަރަށް އޮފީހަށް ދެއެވެ. ކޮންމެވެސް ކަމަކާ ރާއިފް ނީނާއާ ދިމާއަށް އެއްޗެއް ނުބުނާ ދުވަހެއް މަދު ވާނެއެވެ. ބައެއް ދުވަސް ދުވަހު އެންމެން ތެރޭ އެއްޗެހި ކިޔާނެއެވެ. އަނެއް ބައި ފަހަރަށް ކެބިންގައި އިނދެ ނީނާއަށް ޖެއްސުން ކުރާނެއެވެ. ކޮންމެ ދުވަހަކުވެސް އޮފީހުން އެންމެ ފަހުން ނިކުންނާނީ ނީނާއާ ރާއިފްއެވެ. ރާއިފް ނިމިގެން ގެޔަށް ދާން ނުނިކުންނަނީސް އެއް ދުވަހުވެސް ނީނާ ދިޔަކަ ނުދޭނެއެވެ.

ފުރަތަމަ ރާއިފްއާ ޝައުނާ އެކީ ނީނާއަށް ފެނުނު ދުވަހުގެ ފަހުންވެސް އެތައް ދުވަހަކު ޝައުނާ އޮފީހަށް އާދެއެވެ. އެދުވަހު ފެނުނު ފަދަ މަންޒަރެއް ނުފެނުނު ނަމަވެސް ޝައުނާ ފެނުމުން ނީނާއަށް ރުޅި އާދެވެނީ ގަސްތުގައެއް ނޫނެވެ. ތިން މަހެއްހާ ދުވަސް ފަހުން ޝައުނާ އެއްގޮތަކަށްވެސް ނާންނާތީ ނީނާ ވަރަށް ހިތްހަމަ ޖެހުނެވެ. އޭގެ ފަހުން އެހެން އަންހެން ކުއްޖަކާ އެކީ ރާއިފް ނުފެންނާތީވެސް ނީނާ ހުންނަނީ ވަރަށް އުފަލުންނެވެ.

ކޮންމެ ދުވަހަކުވެސް ރާއިފްގެ ސަބަބުން ނީނާ ދެރަވެއެވެ. ރޮވެއެވެ. ނަމަވެސް ނީނާ އެއްވެސް މީހެއް ގާތު ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް ފަހަކަށް އައިސް ނީނާވެސް ރާއިފްގެ އެ މިޒާޖަށް ހޭނުނެވެ. ރާއިފް އެއްޗެހި ކިޔުމުން ނީނާވެސް ރާއިފްއާ ދިމާއަށް އެއްޗެއް ބުނެލައެވެ. އެކަމާ ރާއިފް ވަކިން ރުޅި އާދެއެވެ.

އެގޮތުން އެއްދުވަހެކެވެ. ބާރަ ޖަހަން އުޅެނިކޮށް ނީނާ ކެބިން އިން ނިކުމެ ޝަހުދާ ކައިރީ މަޑުކޮށްލީ އެދުވަހު ނީނާއާ ޝަހުދާއާ ހަޝްމާއާ އަދި ހަނާން އެކީ ލަންޗަށް ދާން ހަމަ ޖައްސާފަ އޮތީމަ އެމީހުންނާ އެކީ ބޭރަށް ދާށެވެ. އެވަގުތު ރާއިފް ނީނާއަށް ގުޅާލާފައި އެތެރެއަށް އައުމަށް ބުންޏެވެ.

“ލަންޗަށް ގޮއްސަ އެބަ އަންނަން” ހަމަ އެކަނި އެހެން ބުނެފައި ނީނާ ފޯން ކަނޑާލިއެވެ.

“ކާކު؟” ޝަހުދާ އަހާލިއެވެ.

“ކާކުތަ؟ އައިސްބަލާށޯ…” ނީނާ މޫނަށް ވައްތަރެއް ޖައްސާލާފައި ބުނެލިއެވެ.

“ދެން…؟” ޝަހުދާ އަހާލިއެވެ.

“ދެން ދެވޭނީ ލަންޗަށް ގޮއްސަ އައިސް” ނީނާ ބުންނެވެ.

ޝަހުދާއަށް އިތުރު އެއްޗެއް ނުބުނެވެނީސް ރާއިފް ނިކުތެވެ. ޝަހުދާ ރާއިފް ފެނުމުން ލޮލުން ނީނާއަށް އެކަން އަންގާލިއެވެ.

“ނީނާ!” އެވަގުތު ރާއިފް ގޮވާލިއެވެ. ނީނާ އެނބުރި ރާއިފްއަށް ބަލާލިއެވެ.

“އިއްޔެ ދިން ފައިލް ކޮބާ؟” ރާއިފް އަހާލިއެވެ.

“ކަބަޑުގަ އޮންނާނެ” ނީނާ ބުންޏެވެ.

“ނުފެނުނު އަހަންނަކަށް… އެހޯދާދީބަލަ އިހަށް” ރާއިފް ބުންޏެވެ.

“މީ ލަންޗް ގަޑި، އައިއްސަ ހޯދަދޭނަން” ގަޑިއަށް ބަލާލާފައި ނީނާ ބުނެލިއެވެ.

އެއީ އޮފީހުގެ އެހެން މީހުން ކުރިމަތީ ރާއިފްއާ ދެކޮޅަށް ނީނާ އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ. ނީނާ އެހެން ބުނި އަޑު އިވުމުން އެންމެން ކަހަލަ ގޮތަކަށް މަސައްކަތް ހުއްޓާލާފައި ނީނާއަށް ބަލާލިއެވެ.

ނީނާ އެހެން ބުނުމުން ގަބޫލު ކުރަން ދަތި ވެފައި ރާއިފްވެސް އިރުކޮޅަކު ނީނާއަށް ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ނީނާ އިތުރު އެއްޗެއް ނުބުނެ ނިކުންނަން އުޅުނެވެ.

“ނީނާ! އެފައިލް އަހަރެން އަތަށް ދީފަ ނޫނިއްޔާ ނީނާއަކަށް ނުދެވޭނެ!” ރާއިފް ބުނެލިއެވެ.

ނީނާ އެނބުރިފައި ރާއިފްއަށް ބަލާލިއެވެ.

“ނީނާ، ދޭބަލަ އެބުނާ ފައިލެއް ހޯދަދީފަ އަންނަން… އަހަރުމެން މަޑުކޮށްފާނަމޭ…” ޝަހުދާ ވައި އަޑުން ނީނާގެ ކަންފަތް ދޮށުގައި ބުންޏެވެ.

“އުހުނ… މަޑު ކުރާނެ ކަމެއް ނެތް، ޝަހުދާމެން ދޭ” ނީނާ ބުންޏެވެ.

އޮފީހުގެ އެންމެން ކަހަލަ ގޮތަކަށް ދަމުން ގޮސް، ދެތިން މީހަކަށް ވުމުން ނީނާ ރާއިފް ކައިރިން ގޮސް ކެބިންއަށް ވަނެވެ. ރާއިފްވެސް ނީނާގެ ފަހަތުން ވަނެވެ.

ނީނާ ދިޔަ ގޮތަށް ގޮސް މޭޒު ކައިރީ ހަމަ ޖެހިލައިގެން އިށީނެވެ. ބޭނުން ހާގޮތެއް ނުހެދޭނެކަން ނީނާ މިއަދު އެބޮޑާ، ގޮތް ދޫނުކުރާ ރާއިފްއަށް އަންގާނެއެވެ. ނީނާ ދިޔަނުދީ ހިފަހައްޓައިގެން ނީނާ ލައްވާ ރާއިފްއަށް މަސައްކަތެއް ނުކުރެވޭނެއެވެ.

“ފައިލް ހޯދަނީތަ ތި؟” ނީނާ އިށީން ތަން ފެނުމުން ރާއިފް އަހާލިއެވެ.

“ބްރޭކް ގަޑީގަ އެކަކަށްވެސް މަސައްކަތް ކުރާކަށް ފޯސްއެއް ނުކުރެވޭނެ” ނީނާ ބުނެލިއެވެ.

“އަހަރެން ނުބުނަމޭ މަސައްކަތް ކުރާކަށް. އެފައިލް ހޯދާފަ ދާންވީ ހަމަ” ރުޅި އައިސްފައި ރާއިފް ބުނެލިއެވެ.

“ބާރައިގެ ފަހުން ފައިލެއް ހޯދާކަށްވެސް އަހަރެން މަޑު ކުރާކަށް ނުޖެހޭނެ” ނީނާ ބުންޏެވެ.

“އެއޮތް ތަނެއް ބުނޭ އެހެން ވިއްޔާ…” އިރު ކޮޅަކު ނީނާއަށް ބަލަން ހުރެފައި ރާއިފް ބުނެލިއެވެ.

“ކުރިންވެސް ބުނެފިން” ނީނާ ބުނެލިއެވެ. މިއަދު އެއްގޮތަކަށްވެސް ރާއިފްއަށް ދޫކުރާކަށް ނީނާ ބޭނުމެއް ނުވިއެވެ.

ރާއިފް ގޮސް ނީނާގެ މޭޒުމަތީ ބާރަކަށް ދެއަތުން ޖަހާފައި ނީނާއާ ދިމާއަށް ގުދުވެލިއެވެ.

ނީނާ ބިރުވެސް ގަތެވެ. ނަމަވެސް އެކަން ރާއިފްއަކަށް ނާންގައެވެ.

“ކިހިނެއް ވެގެންތަ މިހާރު ތިއުޅެނީ؟” ރާއިފް އަހާލިއެވެ.

“ކަމެއް ނުވޭ…” ނީނާ ބުނެލިއެވެ.

ރާއިފް އިރުކޮޅަކު ނީނާއާ ދިމާއަށް ބަލަން ހުރެފައި ގޮސް މޭޒުގެ ވަތްގަނޑުތަކާ ކަބަޑުތައް ހުޅުވާފައި ފައިލް ހޯދަން ފެށިއެވެ. ކަބަޑުން ރާއިފް ބޭނުންވި ފައިލް ފެނުމުން އެހިފައިގެން އެނބުރުނެވެ.

“އަހަރެން ބުނީމެއްނު ކަބަޑުގަ ތިފައިލް އޮންނާނޭ…” ނީނާ ބުނެލިއެވެ.

ރާއިފް ނީނާއަށް ބަލާލާފައި އިށީނދެ މަސައްކަތް ކުރަން ފެށިއެވެ. ނީނާވެސް ވާހަކަ ނުދައްކާ ރާއިފްއާ ދިމާއަށް ބަލަން އިނެވެ.

“ކީއްވެތަ ނުގޮސް ތީނީ؟” އިރުކޮޅެއް ފަހުން ރާއިފް އިން ގޮތަށް އިނދެ އަހާލިއެވެ.

“ރާއިފް ބުނީއެއްނު ނުދާށޭ…” ނީނާ ބުނެލިއެވެ.

“އަހަރެންނެއް ނުބުނަން… މިއޮތީ ފައިލް ފެނިފަ… ދެން ހެޔޮ މަޑު ނުކުރިޔަކަސް” ނީނާއަށް ބަލާލާފައި ރާއިފް ނުންޏެވެ.

“ދެން ބޭނުމެއް ނޫން ދާކަށް، މިހާރު ބާރަގަޑި ބައި ވެއްޖެ” ނީނާ ބުނެލިއެވެ.

ރާއިފް ނީނާއަށް ބަލާލާފައި އެއްޗެއް ނުބުނެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ނީނާވެސް ގޮތް ދޫނުކޮށް އެދުވަހު ކާން ނުގޮސް އިނީއެވެ. ހަވީރު އޮފީސް ނިންމާފައި ގެޔަށް ދިޔަ އިރު ނީނާ ހުރީ ބަނޑުހައި ވެގެން ގޮސް ހަލާކު ވާވަރު ވެފައެވެ.

އެދުވަހުގެ ފަހުން ނީނާ ރާއިފް ބުނާހާ ގޮތަކަށް ކަންތަކެއް ނުކުރެއެވެ. ބައެއް ކަންތަކުގައި ނީނާ ގޮތް ދޫނުކުރާނެކަން ރާއިފްއަށް އެނގޭތީ ގިނަ ފަހަރު ރުޅި އައިސް އެއްޗެހި ކީ ނަމަވެސް ބައެއް ފަހަރު އެއްޗެއް ނުބުނެވެސް ދޫކޮށްލައެވެ. ރާއިފް ރުޅި އައުމުން ނީނާ އުފާ ވާހެން ރާއިފްއަށް ހީވަނީ ކީއްވެ ކަމެއް ރާއިފްއަކަށް ނުވިސްނެއެވެ.

 

ހަމަސް ފަހެވެ. އޮފީހުގެ ހުރިހާ އެންމެންވެސް އުޅުނީ އަހަރީ ދުވަހަށް ތައްޔާރު ވާށެވެ. އެއީ 15 ވަނަ އަހަރީ ދުވަސް ކަމަށް ވުމުން ޕާޓީއެއް ބާއްވަން ނިޒާރު ރާއިފްއަށް ހުއްދަ ދިނެވެ. ހުރިހާ ޚަރަދެއް ކުރީ ރާއިފްއެވެ. ނަމަވެސް ޕާޓީ ބޭއްވީ ރާއިފްގެ އެންމެ ގާތް ރަހްމަތްތެރިޔާ ނަސްރުގެ ގޭގައެވެ.

ޕާޓީއަށް އޮފީހުގެ ހުރިހާ އެންމެންނަށްވެސް ދައުވަތު ދިނެވެ. އެހެންވެ އެންމެން އައެވެ. ނީނާވެސް ޝަހުދާ އާ ހަޝްމާއާ އެކީ ދިޔައެވެ. އެތާނގައި އެންމެން ލަވަ ކިޔާ، ނަށާ، ފޮޓޯ ނަގާ ވަރަށް ސަކަރާތް ޖެހިއެވެ. އެންމެންނާ އެކީ ސަކަރާތް ޖަހާ މަޖާ ކުރަން އުޅެފައި އެގާރަ ޖެހުމުން ނީނާއާ ޝަހުދާ ގެއަށް ދާން އެއްބަސް ވިއެވެ. ނިކުތުމުގެ ކުރިން ނީނާ ދިޔައީ ފާހާނާއަށް ވަދެލާށެވެ.

ނަސްރު އުޅޭ އެ ޓެރަސް އެޕާޓްމެންޓްގައި ހުންނަނީ ދެ ކޮޓަރިއެވެ. އެތާނގައި އުޅެނީ ނަސްރުއާ ނަސްރުގެ ބޭބެއެވެ. އޭރު ނަސްރުގެ ބޭބެ ވީ އޮފީސް ދަތުރެއްގައި ރަށުން ބޭރުގައެވެ.

އެރޭ ޕާޓީގައި އެންމެން ބޭނުން ކުރީ ނަސްރުގެ ބޭބެގެ ކޮޓަރީ ފާހާނާއެވެ. ނީނާވެސް އެތެރެއަށް ވަދެ ދަބަހުން ޓިޝޫއެއް ނަގަމުން ފާހާނާއާ ދިމާއަށް ދިޔައެވެ. ސިހިފައި ނީނާ ބަލާލީ ދޮރު ހުޅުވުނު އަޑަށެވެ.

ރާއިފް ފެން ވަރާލީ ހޫނު ވެފަ ހުރި ވަރުންނެވެ. ގައިން ފެންވެސް ނުހިއްކާ ތުވާއްޔެއް އުނަގަނޑުގައި އޮޅާލައިގެން ބޮލުން ފެން ފޮޅަމުން ފާހާނާއިން ނިކުތް ރާއިފްވެސް ނީނާ ފެނުމުން ހުއްޓިފައި ބަލަން ހުއްޓެވެ.

ރާއިފް ފެނުމާއެކު ނީނާ ކޮޓަރިން ނިކުންނަން އެނބުރިލިއެވެ. އެވަގުތު ރާއިފް ހިތަށް އެރީ ކީކޭ ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ނީނާގެ އަތުގައި ހިފެހެއްޓިއެވެ. ރާއިފް އެގޮތަށް ނީނާގެ އަތުގައި ހިފެހެއްޓުމުން ނީނާ ހާސް ވިއެވެ. ބިރު ގަތެވެ. ރާއިފްގެ އަތް ފޮލުވާލިއެވެ. އެވަގުތު ރާއިފްވެސް ނީނާގެ އަތުން ދޫކޮށްލިއެވެ. އެއާއެކު ނީނާ ވެއްޓެން ދިޔައެވެ.

މިފަހަރު ރާއިފް ނީނާގެ އަތުގައި ހިފަހައްޓަން އަތްދިއްކޮށްލީ ނީނާ ވެއްޓުނަނުދޭން ވެގެންނެވެ. ނަމަވެސް ނީނާ ރާއިފް ދިއްކޮށްލި އަތުގައި ނުހިފާ ރާއިފްގެ އަތް ފޮޅުވާލިއެވެ. ނީނާގެ އެހަރަކާތާއެކު ދެމީހުން އެއްކޮށް ވެއްޓުނީ ކައިރީގައި ހުރި އެނދު މައްޗަށެވެ.

ކެމެރާ ހިފައިގެން އައިސް އެކޮޓަރިއަށް ނަސްރު ވަނީ އެވަގުތުއެވެ. ހީގެންފައި ނަސްރު ރާއިފްއާ ނީނާގެ ފޮޓޯއެއް ނެގިއެވެ. ނަސްރު ފެނުމުން ރާއިފްވެސް ހޭން ފެށިއެވެ. އެވަގުތު ކަންތައް ވީ ގޮތުން ނީނާ ލަދު ގަންނާނެ ވަރު ހިތަށް އެރުމުން ރާއިފް ހިތްހަމަ ޖެހުނެވެ. ނީނާގެ ސަބަބުން ރާއިފްގެ ނުރުހުމުގައި ނިޒާރު ކިތައް ނިންމުން ނިންމައިފި ހެއްޔެވެ؟ ނީނާގެ ކުރިމަތީގައި ކިތަށް ފަހަރު ރާއިފް ގޮތްދޫކުރަން ޖެހުނު ހެއްޔެވެ؟ ނީނާ އައިފަހުން ރާއިފްއަށް ދިމާވި ކަންތައްތަކަށް އަދި އެދެވުނީ ކުޑަކުޑަ ބަދަލެކެވެ.

ރާއިފްގެ ގައިދަށުގައި އޮތް ނީނާއަށް ތެދު ނުވެވުމުން ނީނާ ރާއިފްގެ މޭގައި އަތް އަޅާ ކޮއްޕާލިއެވެ. ރާއިފް ނީނާއަށް ބަލާލިއެވެ. އެވަގުތު ރާއިފްއަށް ތަފާތު ގޮތްތަކެއް ވެގެން ދިޔައެވެ. ހިތުގެ ހިނގުން އަވަސްވިއެވެ. ނާރު ތަކުގައި ލޭ ދައުރުވުން އަވަސް ވެގެން ދިޔަހެން ހީވިއެވެ. ނެވާލާން އުނދަގޫ ވިއެވެ.

ނީނާ އަނެއްކާވެސް ރާއިފް ކޮއްޕާލިއެވެ. ނީނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ރާއިފްއަށް ފެނުނީ އެވަގުތުއެވެ. ރާއިފް އަވަހަށް ތެދުވިއެވެ. މިފަހަރުވެސް ނީނާ ރޯތަން ފެނުމުން ރާއިފްއަށް ބުނެދޭން ނޭނގޭ އިހުސާސް ތަކެއް ކުރެވުނެވެ. ލޯ ފޮހެމުން އެނދުން ތެދުވެގެން ނަސްރުއަށް ބަލާލާފައި ނީނާ ނިކުމެގެން ދިޔަތަން ބަލަން ރާއިފްއަށް ހުރެވުނެވެ.

“އޭނަ ވަރަށް ލަދު ގަންނާނެ ދޯ؟” ނަސްރު އަހާލިއެވެ.

“މިހުރިހާ ދުވަހު އޭނައާ ހެދި އަހަންނަށް ދިމާވި ހުރިހާ ކަމެއްގެ ބަދަލު އަދި ކިރިޔާ މިދެވުނީ… މިހާރު އޭނަ ހިތަށް އަރާނެ ފުރަތަމަވެސް އަހަރުމެން ކައިރިއަށް ނާދެވުނު ނަމައޭ…” އެވަގުތު ހިތަށް އަރަމުން ދިޔަ ހުރިހާ ސުވާލެއް ހިތުން ފޮހެލަމުން ރާއިފް ބުނެލިއެވެ.

“ވަރަށް ރީތި ކުއްޖެއްދޯ އެއީ؟” ނަސްރު ރާއިފްއަށް ބަލާލާފައި ސުވާލެއް ކޮށްލިއެވެ.

“އާނ ވަރަށް ރީތި، އެކަމަކު… ނޮޓް މައި ޓައިޕް… އަހަރެން ބޭނުމެއް ނޫން” ފަރުވާކުޑަ ގޮތަކަށް ރާއިފް ބުނެލިއެވެ.

“މި ފޮޓޯ ވަރަށް ސަޅިވާނެ ރާއިފްގެ ސައިޓަށް ލާން…” ކެމެރާއަށް ބަލާލަމުން ނަސްރު ބުންޏެވެ.

“ނޫނޭ… އެހެން ނަހަދާތި!” ރާއިފް ނަސްރުއާ ދިމާއަށް އެނބުރިފައި ބަލާލިއެވެ.

“ކީއްވީ…؟” ނަސްރު އަހާލިއެވެ.

“މިއަދު މިވީ ވަރު އޯކޭ… ފޮޓޯ ނެގިކަން އޭނައަށް އެނގޭ… ނަސްރުއަށްވެސް އެމަންޒަރު ފެނިއްޖެ… އެވަރުން އޭނަ ވަރަށް ލަދު ގަންނާނެ، އެވަރުން އަހަރެން ހިތްހަމަ ޖެހިއްޖެ… ޕްރިންޓްވެސް ކޮށްގެން ނުވާނެ، ތިފޮޓޯ ދެން ޑިލީޓް ކޮށްލާ. އެހެން ނޫނަސް އަންހެން ކުއްޖަކު އެހާ ބޮޑަށް އެކްސްޕޯސް ކުރާކަށް ނުވާނެ…” ރާއިފް ބުނެލިއެވެ.

 

އަނެއް ދުވަހު ނީނާ އޮފީހަށް ދިޔައީ ދާ ހިތަކުން ނޫނެވެ. ނީނާއަށް އޮފީހަށް ވަދެވުނީ ރާއިފްއާ އެކީގައި ކަހަލަ ގޮތަކަށެވެ. ރާއިފްގެ ފަހަތުން އެތެރެއަށް ވަން ނީނާ ހުއްޓުނީ ނޯޓިސް ބޯޑު ކައިރީ ރާއިފް މަޑުކޮށްލުމުންނެވެ. އެތާ ރޭގެ ޕާޓީގެ ފޮޓޯތައް ހުއްޓެވެ. އެނޯޓިސް ބޯޑަކީ ކޮމްޕެނީގެ ހުރިހާ ކަމެއްގެ ފޮޓޯއާ މައުލޫމާތު އޮފީސް މުވައްޒަފުންނަށް ފެންނަ ގޮތަށް ހަރުކުރާ ނޯޓިސް ބޯޑެވެ. ރޭގެ ފޮޓޯތައް ބަލާލަން މަޑުކޮށްލި އިރު އެފޮޓޯ އެތަނުން ފެންނާނެ ކަމަކަށް ރާއިފްވެސް އަދި ނީނާވެސް ހިއެއް ނުކުރެއެވެ.

ފުރަތަމަ އެފޮޓޯ ފެނުނީ ނީނާއަށެވެ. އެފޮޓޯ ފެނުމާ އެކީ ނީނާއަށް ރާއިފްގެ މޫނަށް ބަލާލެވުނީ ރާއިފް އެގޮތަށް ކަންތައް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވިގެންނެވެ. ރާއިފްއަށްވެސް ފޮޓޯ ފެނުމާ އެކީ ނީނާއާ ދިމާއަށް ބަލާލެވުނެވެ.

ނުނިމ،ޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ލޯބިވާ މަންމާ މަގޭ.. 7

Next

މިއީ ތަޤްދީރު ހޭ؟ (ސާދަވަނަ ބައި)

Next
January 5, 2016

މިއީ ތަޤްދީރު ހޭ؟ (ސާދަވަނަ ބައި)

Previews
January 4, 2016

ލޯބިވާ މަންމާ މަގޭ.. 7

11 Comments!

  1. Mar Sha Marsha says:
    January 4, 2016 at 10:30 pm

    Heres th 5th part. Hope u like it.. n friend vaan beynun kudhin fb in request fonuvaalaa MarSha ah.. i will accept.. n my blog is storyworldofmarsha.blogspot.com.. but it is closed now.. alun open koffa bunaanan.. thnx all.. ☺☺☺

  2. shine says:
    January 4, 2016 at 10:40 pm

    Yeyyyy, I’m 1st dhww…
    Wowwww.. Nice nice nice., dhn vaany kihineiy baa dhww..
    Nxt part kn irakun..

  3. misty says:
    January 4, 2016 at 10:42 pm

    Varah reeeethi ? when next part???

  4. maalu says:
    January 4, 2016 at 11:09 pm

    Wowwwwww story vrh vrh reethi????? when is the next part??? Waiting….

  5. Mar Sha Marsha says:
    January 4, 2016 at 11:09 pm

    @mik.. plz send me frnd request on fb.. i will accept. N say it us from u inge.. MarSha ah.. thnx hurihaa kudhin ☺☺☺

    1. Mar Sha Marsha says:
      January 4, 2016 at 11:12 pm

      Thnx all for reading ☺ part 6 hopefully sometime tomorrow.. n for cute smiley.. my blog is closed now.. alun open koffa will let readers know inge..

  6. Aimsithu says:
    January 4, 2016 at 11:51 pm

    Wow.. super story

  7. ihu says:
    January 5, 2016 at 1:07 am

    Nice story…..waiting 4 next part

  8. cute_smiley16 says:
    January 5, 2016 at 4:42 am

    Thank u so much marsha ❤️ Kurin vs keen mi vaahaka ekam anekkaa vs ekkoh kiyaahiyyvejje.. Hoping soon can read all prts frm ur blog..

  9. Luyoona says:
    January 5, 2016 at 7:56 am

    vvv reethi ingry mi vaahaka

  10. Rau says:
    January 5, 2016 at 2:05 pm

    Marsha mi adu next part up kuraavaahaka buni n now we’re is next part
    N v reeti mi part ves??

Comments are closed.


All Right Reserved!