Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ.. 7

kamana Level 310 Stories500 Comments100 Comments
January 4, 2016 5 Mins Read
30 Comments

“ޖިއާ” އަހަރެންގެ ނަމުން ވަރަށް ބާރަށް މަންމަ ގޮވާލުމުން ދުވެފައި އަހަރެން ނިކުތީ މަންމައަށް ކަމެއްވީ ކަމަށް ހީކޮށެވެ. ކާކޮޓަރިއަށް ވަތް އަހަރެންނަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ.

“މަންމާ…. ކިހިނެއްވެފަ މީ” ބިންމަތީގައިހުރި ރިހައާއި ރޮށިތަށި ފެނި އަހަރެންނަށް އަހާލެވުނީ ދެލޯ ބޮޑުކޮއްލަމުންނެވެ. މުޅި ކާކޮޓަރިއަށް ހީވަނީ ކުޑަވަރެއްގެ ސުނާމީއެއް އަރާފައޮތްހެނެވެ. “ކިހިނެއް ވީ ހޭ…. ޖިއާއަށް ހަމަ ނޭނގެނީތަ…. ދެން މިގޭމީހުންވީ މީޗިހި ކާންތަ.. ޖިއާއަށް މިގޭގަ ނުކެއްކެންޔާ ބުނީމަ ވީއެއްނު.. އޭރުން މިގޭމީހުން ޖިއާ ކައްކާނެކަމަކަށް ނުހުންނާނެ އެއްނު.. ދެން މަވީ މަގޭ ދަރިއަށް ހެނދުނު ކައްކާފަ ހުރި އެއްޗެހި ކާންދޭން.. ޖިއާ ކިޔަވަން ދިޔުމުގެ ބޭނުމަކީ ތިދޯ. މީހުންނާ އިނދެގެންދާއިރު އަތުން ފައިން މަސަތްކަތެއް ކުރާކަށް ނޭނގޭނެ. ދެން ޖެހޭނީ މައިދައިތަ ވިއްޔާ ހުރިހާ ކަމެއްކުރަން… ” މަންމަ މަލާމާތުގެ ރާގަށް އަހަރެންނާ ދިމާލަށް ހުރިހާ އެއްޗެއްކީއިރު އަހަރެންގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނައައެވެ. އިސްޖަހާލެވުނީ ބަޑިފަޅައިގެންދާނެ ހެން ހީވުމުންނެވެ.

“ޒުބޭދާ… މިގޭގަ އެހެންޔާވެސް ހެނދުނު ކައްކާ ރިހަ ކައި އުޅެއެއްނު… ދެން ތީ ކޮން ކަމެއް… ތިގޮތަށް ޖިއާ އާ ދިމާލަށް އެއްޗެހި ކީމަ އޭނަ ކިހާ ދެރަވާނެ..” މަންމައާއި އަހަރެންގެ ދެމެދަށް ފަރީޝައްތަ ވަންނަން ޖެހޭހެއްޔެވެ. އަހަރެންނާ މަންމައާ ދެމެދު ކޮންމެ ވާހަކައެއް ދެކެވުނަސް ފަރީޝައްތައަށް ކީންހެއްޔެވެ. މަންމަ މިހެން ކިޔާލާ އެއްޗެހި ފިޔަވާ އަހަރެންނާ އަނގައިންވެސް ނުބުނެއެވެ. ފަރީޝައްތަގެ ބޭނުމަކީ ލިބިފައި މިވާ ކުޑަ ނިއުމަތްވެސް ފޭރިގަތުން ހެއްޔެވެ.

“ފަރީޝާ އަށް ކީއްތަ އަހަރެން އޭނައާ ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް… އެއީ ފަރީޝާގެ ދަރިއެއް ނޫނެއްނު…” މަންމަ އެހެން ބުނެ ބާރު ހިނގުމެއްގައި ގޭތެރެއަށްވަނީ އަތުގައި އޮތް ފެންފުޅި ވައްޓާލާފައެވެ. ” ފަރީޝައްތާ ޕްލީސް.. އަހަރެންނަށް މިކަންތަށް އެކަނިވެސް ވާނެ.. ދުވަހަކު ކަމެއް ކޮއްދެންޔާ އަހަރެންނާ އަހަރެންގެ މަންމަގެ ދެމެދަށް ނުވަދޭ…. އަހަރެން ދިރި ހުރުމުގެ އަސްލަކީވެސް އަހަރެންގެ މަންމަ.. މައިން ދަރިންނާ ދިމާލަށް އެއްޗެހި ކިޔާނީވެސް… އަހަރެންނަށް ކެއްވާނެ..” ފަރީޝައްތަ ބިންމަތީގައި ހުރި އެއްޗެހި ނަގަން ފެށުމުން އަހަރެންނަށް ކެއް ނުވެގެން ބުނީމެވެ. ފަރީޝައްތަ އަހަރެންނާ ދިމާލަށް ފާޑަކަށް ބަލަން ހުރެ ގޭތެރެއަށްވަނީ އަހަރެންދެކެ ރުޅިއައިސްގެންނެވެ. އަހަންނަށް ހެވެވެ. މީގަ ކުއްކުރީ ފަރީޝައްތަ އެވެ.

ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުގައި އަހަރެން ފެންޑާއަށް ނިކުމެލީ ހިތް ހަމަޖައްސާލުމަށެވެ. އުޑުމަތީގައި ތަރިތަކެކޭ މުތީތަކެކޭ ތަފާތެއް ނެތެވެ. ދިއްލާފައިވާ ހަނދުން ރޭގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އުނދޯލީގައި އަހަރެން ޖައްސާލީ ފެންނަމުންދާ ފުރިހަމަ މަންޒަރު ހަމަޖެހިލައިގެން ބަލާލުމަށެވެ. ވަށައިގެންވާ ގަސްތައް އިރު އިރު ކޮޅާ ނަށާލައެވެ. އެ މަންޒަރުތައް ބަލަން އަހަރެންނަށް އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އަހަރެން ކަންފަތް ކައިރި ފޮހެލީ ކަރުނަ ތިއްކެއް ވެއްޓުމުންނެވެ. ހަމަ ފޮހެލުމާއެކު އަނެއްތިކި ވެއްޓުނެވެ. އަހަރެންނަށް މިހިތްގައިމު މާހައުލުގައިވެސް މިރޮވެނީ ކީއްވެ ހެއްޔެވެ. ނޫނެވެ. އަހަރެން ނުރޮމެވެ. ރޯނީ ފިނޑިމީހުންނެވެ. އަހަރެން އުނދޮލީގައި ދެފައިވައްކޮއްލައިގެން އިށީދެލީ ފުން ނޭވާތަކެއް ލަމުންނެވެ. އަހަރެން މިރޭ ނުރޯނެމެވެ. އެހެން ނަމެވެސް.. އާހް މަންމާ އެވެ. އެހެން ރޭ ރެއާ އެއްގޮތަށް މިރޭވެސް އަހަރެންނަށް ކަރުނަތަށް ނުހިފޭއްޓުނެވެ. މޫނުމަތީގައި އަހަރެން އަތްއެޅީ ގިސްލެވެން ފެށުމުންނެވެ. މަންމާއެވެ. މިހާރު އަހަރެން ބިރުގަންނަން ފަށައިފިއެވެ. މަންމާއެވެ. އަހަރެންނަށް ކެއްނުވާ ހިސާބަށް ގޮއްސިއްޔާ ދެން ހަނދާނީ ކިހިނެއް ހެއްކެވެ. ދެކަކޫ މެއާލާ ބޮޑިކޮއްލީ ހިތްފުރޭވަރަށް ރުއިމަށެވެ. އެހެން ނަމަވެސް މިރޭވެސް އެކަމެއް ނުވިއެވެ. އަނގައިން ބޮޑެތި ނޭވާލަމުން މޭގައި އަތް އުނގުޅަން ފެއްޓީ ނޭވާ ނުލެވޭހެން ހީވުމުނެވެ. މެއަށް ތަދެއް އެރީ ބަލާފައެއްނޫނެވެ. ހަމަ ހީވަނީ ކައްޓެއް ކޮއްޕާހެންނެވެ. އެތަށް އިރެއް ވަންދެން އުނދޯލީގައި އަހަރެން އިނީމެވެ. ކޮންމެ ދުވަހެއްގެ އުދާސްތަށް އަހަރެންގެ ބައިވެރިޔާ ހަނދަށް ހިއްސާކުރަމެވެ. އެހެން ނަމަވެސް ކޮންމެ ރެއަކު އެނަސީބުވެސް އަހަރެންނަށް ނުލިބެއެވެ. ދުނިޔެއަކީ ވަރަށް ބޭއިންސާފު ތަނެކެވެ. ނޫނީ ދޭތެރެ ދޭތެރެއިން ހަނދުވެސް އަހަރެންގެ ހިތާމައިގައި ބައިވެރިވަނީއެވެ.

ދެފަރާތަށް މޯޅިއަކަށް ދެމިލީ ބަންގީގެ އަޑަށެވެ. ކޮންމެ ފަތިހެއްގައިވެސް އަހަރެންގެ ފޯނުން ބަންގި ގޮވާއަޑަކީ އަހަރެން ހޭލާ ގަނޑިއެވެ. ތެދުވެ ނަމާދު ކޮއްލައިގެން ހެނދުނު ސައި ތައްޔާރު ކޮއްލީމެވެ. 8 ޖަހާއިރަށް ކްލާސް އޮންނާތީ އަވަހަށް ސައިބޮއިލައިން ރެޑީވެލީމެވެ.

“ޖިއާ..” ހަލުވި ހިނގުމެއްގައި އަހަރެން ހިނގާފަ ދިޔައީ ޔުނިވާރސިޓީއާ ދިމާލަށެވެ. އެހެން ނަމަވެސް ހުއްޓުނީ ނިޝްގެ އަޑުއިވުމުންނެވެ. “އަންހެނާ.. އަވަސް ކޮއްލަބަލަ.. ގަނޑިޖެހެނީ.. މިހާރު މިތާ މަޑު ނުކޮއް ދިޔަނަމަ ގަޑި ނުޖެހުނީސް..” ތަންތަނަށް ގަޑިޖެހިގެން ދިޔުމަކީ އަހަރެންގެ އާދައެއް ނޫނެވެ. ގަޑިޖެން ދިހަ މިނެޓަށް ވެފައިވާތަން ފެނި ނިޝްއާ ދިމާލަށް އެއްޗެހި ކިޔުނެވެ. “ސޮރީ” ނިޝްގެ އެންމެ ލޯބި ސިފައަކީ އެއީއެވެ. މީހުން ރުޅިއަރުވާލުމަށް ފަހުވެސް ސޮރީ ބުނާއިރު ތުންފަތަށް އެހަދާ ގޮތަކުން ނުހޭން ހުރި މީހަކަށްވެސް ހެވޭނެއެވެ. އަހަރެންނާ ބަލާފަ ނިޝް ހުންނާނީ ތަންކޮޅެއް ފަލަކޮށެވެ. ބޮޑު ފުއްޕާފައިވާ ކޮލެއް ލިބިފައިވާއިރު ފުއްގަޑެއްހާ މަޑުވާނެއެވެ.

“އޯކޭ.. ހިނގާބަލަ ދެންވެސް ދާން” އަހަރެން ހެމުން ނިޝް އަތު ހިފީ ބާރަށް ހިނގުމަށެވެ. “ހޭ ގާރސް.. ރައިޑެއް ބޭނުންތަ.. ތިހާ ބާރަށް ހިނގަންޔާ ނާޒުކު ދެފައި ބިންދައިގެން ގޮސްދާނެއެއްނު..’ އެއީ ހަމަ އެޒުވާނާއެވެ. ބޮޑު އަވިއައިނެއް އަޅާފައިވާއިރު އެދެލޯވަނީ ފޮރުވާލެވިފައެވެ. ކާރުގައި އިނުމުން އެހާ ރީޗަށް ނުފެނުނަސް ރީތި ވައްތަރު ޖަހައެވެ. “ނޯ ތޭންކްސް.. އަހަރުން ދާނީ ހިނގާލާފަ.. މަންޖެ ހިނގާބަލަ ދާން” ނިޝް އަހަރެން އަތަށް ދަމާލަމުން އަހަރެން ދެފަރާތަށް ބޯ ތަޅުވާލީމެވެ. އަހަރެން މިގެންގުޅެނީ ކޮންކަހަލަ ވިސްނުމެއް ހެއްޔެވެ. އެ މީހާ ގަނޑު ފެނުނު ފަހުން އަހަރެންވެސް މިހުންނަނީ ރަނގަޅަށް ވިއްޔާ ކޮރަޕްޓު ވެފައެވެ. “ހާދަ ފޮންޔޭ ދޯ.. ދެން މިކަހަލަ އޮފާރ އެއް ނާންނާނެ އިނގޭ.. ބަ ބާއި” އެ ފިރިހެން މީހާ އެހެން ބުނެ ދިޔައީ އޭނަގެ ހުރި ފޮނިކަން ދައްކާލާފައެވެ. އޭނަ ނޫނިއްޔާ މި މާލޭގައި ކާރު ދުއްވާ މީހަކު ނޫޅެނީހެއްޔެވެ. އަމިއްލައަށް ފެނިފައި ހުރި މީހެކެވެ.

ކިޔެވުމަކީ އަހަރެންގެ ދިރި އުޅުމުގެ އެއްބައެވެ. އަހަރެންގެ ދިރިއުޅުމަށް އަލިކަން ގެނެސްދިނީވެސް ކައިރީގައި މިވާ ފޮތްތަކެވެ. ފުރަތަމަ ގަޑި ނިމި ޓީޗަރު ނައުމުން އަހަރެންނާ ނިޝް ލައިބްރެރީގައި އިނީ ވާހަކަ ފޮތެއް ނަގައިގެން ކިޔާންށެވެ. “ހޭ ދެންއޮތީ އެކައުންޓްސް.. ޓީޗަރު އައިސްފިއްޔާ ރަނގަޅު.. ” ނިޝް އެހެން ބުނުމުން އަހަރެން ވެސް އެއްބައިވީމެވެ. އަޅެ މީހަކު އަޖައިބެއްނުވާނެ ނޫންހެއްޔެވެ. މިކަހަލަ ބޮޑު ޔުނިވާރސިޓީއެއްގައި އެންމެ ފުރަތަމަ ދުވަހުގައިވެސް އެ ޓީޗަރު ގަނޑެއް ނައެވެ. ރަނގަޅަށް ވިއްޔާ އެވާނީ ވަރަށް ފޮނި މީހަކަށެވެ.

“ހެލޯ ގާރލްސް” އަހަރެންނާ ނިޝް ލައިބްރެރީ އިން ނިކުމެ ކްލާހާ ހަމައަށް ދިޔައީ މަޑު މަޑުން ހިނގާފައެވެ. ކްލާހަށް އަޅަން ނެނގި އެންމެ ފުރަތަމަ ފިޔަވަޅުވެސް ހުއްޓާލަން ޖެހުނީ އިވުނު އަޑަކުންނެވެ. “،މިތާވެސް.. ނުބުނައްޗޭ އަހަރުންގެ ކުލާހުގައޭ” ނިޝް އެ ޒުވާނާއާ ދިމާލަށް އެހެން ބުނީ ކަޅިއަޅާލަމުންނެވެ. އެވަގު އަހަރެންނަށް ހެވުނެވެ. ނިޝް މިއުޅެނީ ކޮން ފާޑަކަށް ހެއްޔެވެ. ނުވެސް ދަންނަ ޒުވާނަކާ ތޮޅެން އެއުޅެނީ ކީއްވެ ހެއްޔެވެ. ” ބްރޯ.. މީ ވަކި މީހެއްގެ ކްލާހެއް ހެން ހީނުވޭ” އެ ޒުވާނާ އެހެން ބުނުމުން ނިޝް ދެބުމަ ގޮއްޖެހިއެވެ. އަދި އެ ޒުވާނާއާ ދިމާލަށް ދާން އުޅުމުން އަހަރެން ނިޝް އަތުގަ ހިފީ ދެން ހެވޭ ބުނުމުގެ ގޮތުން ނެވެ.

“އައްސަލާމް އަލައިކުމް.. ކިހިނެއް ހުރިހާކުދިން.. ހުރިހާ ކުދިން އެކުއްޖެއްގެ ސީޓުގައި އިށިންނަން ދޭ އަވަހަށް.. އޭރުން އިންޓްރޯ އެއް ދޭނަން..” އަހަރެންނާ ދާދި ކައިރިން ދިޔަ ޒުވާނާ ބޯޑާ ކުރިމަތި ވާގޮތަށް ހުރެ ހުރިހާކުދިންނާ މުހާތަބު ކުރަމުންދިޔައެވެ. ކައިރިން ލާފައި ދިޔަ އެޒުވާނާ ގައިން ދުވި މީރުވަސް އަދިވެސް ނުފިލައެވެ. “ސޯ… މީ ޒައިކް… ތިޔަ ކުދިންގެ އެކައުންޓްސްގެ ލެކްޗަރާ.. ދިމާވި ކުޑަކަމަކާ ގުޅިގެން ނާދެވުނީ.. ސޮރީ ފޯރ ދެޓް.. ކޮންމެ ކުއްޖެއް ވަކިން ތައާރަފް ވެލަން ވީނު” ޒައިކް.. އަހަރެން ހިތާ ހިތާ ކިޔާލެވުނެވެ. ޒައިކް ކީ ކޮންމެ އެއްޗެއް އަކުރުން އަކުރަށް ސިކުނޑިގައި ފޮރުވުނު ކަހަލައެވެ. އަހަރެންގެ ތައާރަފެއް ދިނުމުން އަހަރެންމީ ސްކޯލާރޝިޕް ލިބުނު ކުއްޖާތޯ އަހާލިއެވެ. އަހަރެން ބޯޖަހާލީ އުފާވެ ހުރެއެވެ. އަހަރެންނާ ވަކިން ވާހަކަދެއްކުން އެއީވެސް ލިބޭ ޝަރަފެކެވެ. އިރުކޮޅެއް ނުވެ އިވުނީ އަހަން އެންމެ ފޫހިވި މީހާގެ އަޑެވެ. އަކްމަލު ހައް ވަރަށް ފޫހިވެއެވެ. އޭނަގެ ނަން މިއަދު އެނގުނުކަންވެސް ނަސީބެކެވެ.

ހުރިހާ ގަޑިތަކެއް ނިމުނު އިރު 1 ޖަހަން އުޅޭނެއެވެ. ބާރު ހިނގުމެއްގައި އަހަރެން މިސްރާބު ޖެހީ ގެއަށެވެ. ތުއްތު އައުމުގެ ކުރިން ހުރިހާ ކަމެއް ކޮއްލައި ނިންމާލުމަށެވެ. “ޖިއާ.. ހާދަ ބާރަކަށް ތި ހިނގަނީ.. މަޑުކޮއްބަލަ” ނިޝް އަހަރެން ފަހަތުން އައީ ދުވަމުން ކަހަލަ ގޮތަކަށެވެ. “މަންމަ ބުނެގެން… މަންމަ އެކަނި އުޅޭއިރު އުނދަގޫ ވާނެއެއްނު.. އެހެންވެ..” އަހަރެން ނިޝް ކުރި ސުވާލަށް އަވަހަށް ޖަވާބު ދިނީމެވެ. އަހަރެން އެހެން ބުނުމުން އާ އެހެން ވާނޭ ނިޝް ބުންޔެވެ.

އަހަރެން ގެއަށް ވަނީ ވަރަށް ބިރުން ހުރެއެވެ. އެހެން ނަމަވެސް ހީކުރި ގޮތާ ހިލާފަ ގޭތެރެ ވަރަށް ހަލަބޮލި އެވެ. އަހަރެން ގޭތެރެއަށް ވަދެ އަވަސް ނަޒަރެއް ދިނީމެވެ. “ތިތާ ނުހުރެ ދެންވެސް އާދެބަލަ.. މިންހާ މިރޭ ރަންކިޔާނެ.. އޭނަ އަންނާނީ މިގެއަށް.. މިގޭތެރެ ސާފުކުރޭ.. އިންސާނުން ދިރިއުޅޭ ތަނެއް ވައްތަރު ނުޖަހާ” މަންމަ އެހެން ބުނުމުން އަހަރެން ވަރަށް އަވަހަށް ބޯޖަހާލީމެވެ. މަންމަ ރީޗަަަަައް ވާހަކަ ދެއްކުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އަހަރެން އަވަސް އަވަހަށް އެއްޗެހި ބަދަލު ކޮއްލައި ނިކުތީ ބަދިގެއަށެވެ. އަދި މަންމަ ކައްކަން ހުރި ތަން ފެނުމުން އެދިމާލަށް ދާން އުޅެފައިވެސް ނުދިޔައީ ގޭތެރެ ސާފުކުރާށޭ މަންމަ ބުނުމުންނެވެ. ވަރަށް ރީޗައް ގޭތެރެ ކުނިކަހާ ސާފުކޮށް މޮޕުލީ ވަރަށް ޖޯޝުގައެވެ. ހެނދުނު ސައިބޮއިގޮތަށް ހުރި މީހެކޭ ނުބުނާނެއެވެ. ބަނޑުހައި ކަން އިހްސާސް ވުމަށްވުރެއް އަހަރެން ހުރީ އުފާވެފައެވެ. މަސައްކަތް ކުރި އިރުވެސް ހިނިތުންވެލެވެނީ މަންމަ ބުނި ބަސްތަކުންނެވެ.

އަހަރެން އަވަސް އަވަހަށް ނިންމާލުމަށްފަހު ބަދިގެއަށް ވަނީ މަންމައަށް އެހީވުމަށެވެ. އޭރު މަންމަ ކުކުޅު ތެލުލާ އުޅެއެވެ. “މަންމާ.. ދީ އަޅުގަނޑުއަތަށް.. ” ވަރަށް ލޯބިން އަހަރެން އެހެން ބުނީ މަންމަ ވަރަށް ހަމަޖެހިފައި ހުރި ދުވަހެއްވީމައެވެ. “ދުރުގަހުރޭ.. މިނިމެނީ މިހާރު” މަންމަ އެހެން ބުނުމުން އަހަރެންނަށް ކަމަކު ނުދިޔައެވެ. އަހަރެން އަނެއްކާވެސް މަންމަގެ އަތުގައޮތް ދޭފަތުގަ ހިފައި ދޭށޭ ބުނީމެވެ. “ޖިއާ… މިބުނީނު ދުރުގަ ހުންނާށޭ.. މީހަކު އަޖައިބެއް ނުވަނެތަ” މަންމަ ފޮޅުވާލީ ދޭފަތް އޮތް އަތެވެ. ބާރަށް މާންމާ އޭ ކިޔާ ގޮވާލެވުނީ މޫނުމަތީގައި އަތްއަޅަމުންނެވެ.

ނުނިމޭ….

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

rahumeh neii hiyy..

Next

އިތުބާރު ގެއްލުވާ ނުލާ…5

Next
January 4, 2016

އިތުބާރު ގެއްލުވާ ނުލާ…5

Previews
January 4, 2016

rahumeh neii hiyy..

30 Comments!

  1. Raiya says:
    January 4, 2016 at 9:23 pm

    Yeyyy am first

  2. kamana says:
    January 4, 2016 at 9:23 pm

    hEyy guyxx sorryyy i kw kurukann.. miulhenii hun aisgenn.. mistake hurun vex ekashygenveyy… hope u guyx will like this part tooo.. i lov u all :*

  3. Raiya says:
    January 4, 2016 at 9:29 pm

    V nice kamana keep up your good work ooh so satisfied

    1. kamana says:
      January 4, 2016 at 9:30 pm

      Heheh tba k u raiya. N ya congra. Kamana ah vureh kurin cmmnt kury dhw. Hehhe thnkx alot for ur support ?

  4. shine says:
    January 4, 2016 at 9:44 pm

    Nice storyeh.. Adhi kiriyaa mi story mi kiyan feshy.. V v v kamudhaa story akah vejje… Asluvx v rythi.. all the best kamana..
    Whn nxt part??

    1. kamana says:
      January 4, 2016 at 10:20 pm

      Shine thank u so much. Happi to knw tht u like this sty ?

  5. Meriam says:
    January 4, 2016 at 9:50 pm

    Gws kamana ??

    1. kamana says:
      January 4, 2016 at 10:21 pm

      Meriam thank u ??

  6. raf says:
    January 4, 2016 at 10:03 pm

    V mistake hurikan faahaga kurevey.. ‘gadi’ liyaa iru hus nooneh neennaane..’reehchah’ liyaa iru alif sukun innaane.. mikanthah rangalhu kollyma vaahaka v furihama vaane

    1. kamana says:
      January 4, 2016 at 10:22 pm

      Yea raf ut ryt. Will correct that. Thank u so much. ?

  7. Sijaa says:
    January 4, 2016 at 10:07 pm

    Hus noonu hunnan nujehey thanthanugaa husnoonu v beynun koffa ebahuri

    1. kamana says:
      January 4, 2016 at 10:22 pm

      Yes sijaa. Sorryy for that. Dhn nuvaane eheneh. Sorryy. N thnk u ?

  8. nukko says:
    January 4, 2016 at 10:16 pm

    V rythi mi part vs… nukohlkan nukko kiyan but adhi cmnt eh nukohllan… sry fr tht… alhey miee kn kahala mamma eh?? Can’t wait for aneh part… n GWS kamanaa…. 🙂 🙂

    1. kamana says:
      January 4, 2016 at 10:23 pm

      Thank u nukko. Happi to knw tht u read my stories. Thank alot lov ??

  9. Purplish says:
    January 4, 2016 at 10:47 pm

    Nice stry eh hope kuran v avaha next part upload vaaneh kamah.nd gws dear

    1. kamana says:
      January 4, 2016 at 11:15 pm

      Thankx u purplish yes insha allah up koh dheynan. Thank u ?

  10. misty says:
    January 4, 2016 at 10:52 pm

    Varah salhi mi bai ves ? get well soon kamana ?

    1. kamana says:
      January 4, 2016 at 11:15 pm

      Thankoo so much misty. ??

  11. maalu says:
    January 4, 2016 at 11:07 pm

    Vrh vrh reethi mi part ves…????get well soon…

    1. kamana says:
      January 4, 2016 at 11:16 pm

      Maaluuu thank u ??

  12. Aimsithu says:
    January 4, 2016 at 11:15 pm

    Vaahaka varah kamudhey.. sifa kurun genes dhyfa hunna gothun hama loa mahchah fenna kahala.
    Keep up ur hard work.. and getwelsoon kamana

    1. kamana says:
      January 4, 2016 at 11:19 pm

      Aimsithi aslah vx varah ufaa vehje thihen bunyma. I rally tried ai hard kiyuntherinnah sifa vaahenn genes dheynn. Adhivx i will try hard miahvirureh rangalhuveyyhoo. Thnk u so much ??

  13. Eyesh says:
    January 5, 2016 at 1:56 am

    Kamana alhe mi baives haadha ryhchey ??? hama v v v v v rythi. V kiyaa hithun kohme part ehves kiyenee v curiox vefa indhegen.. this is one of my fav story hama.. aa part eh upload kureytho kohme dhuvahaku beley.. best of luck for the next part sweety ?

    1. kamana says:
      January 5, 2016 at 7:08 am

      Aslutha eyshoo varah ufaa vehje eyshoo thihen bunyma. Very happii to knw that i have readers like yu. Thankx alot lov for yr support. Thank u ???

  14. Eeamy says:
    January 5, 2016 at 2:45 pm

    Wow wow???mi story hama perfect I just love it hama huvaa vvvvvvvvvvvv reethi mi vaahaka abadhu kiyaa hiy vani mi vaahaka alhe kamana next part kon iraku tha up kohdheyni can’t wait ?????☺☺☺

    1. kamana says:
      January 5, 2016 at 4:16 pm

      Thank yu so much eeamy. Alhe varah varah happiii vehje. Nxt part insha allah varah avahah up kohdheynan. Thnk u girl ???

  15. Immy says:
    January 5, 2016 at 3:03 pm

    wish u well soon kamana!! this prt is very nice…

    1. kamana says:
      January 5, 2016 at 4:16 pm

      Thnk yu immii lov ??

  16. Faxoo says:
    January 7, 2016 at 8:49 pm

    wowww varah reethi mibai vx! get well soon Kamana! 😉

    1. kamana says:
      January 8, 2016 at 1:40 pm

      Thank u faxoo ?

Comments are closed.

Next Episodeލޯބިވާ މަންމާ މަގޭ.. 8←


All Right Reserved!