Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝެރިން (33 ވަނަ ބައި: ފަހު ބައި)

Faxoo
January 3, 2016
5 Mins Read
51 Views
40 Comments

ޝެރިނަށް އަވަސްއަވަހަށް އިސްޖަހާލެވުނެވެ. ހަޤީޤަތަށް ބުނަންޏާ އޭނާއަކަށް ދާންވީ ދިމާލެއް ނޭނގެ އެވެ. ޖޭޑަކީ ރަނގަޅު ކުއްޖެކެވެ. އޭނާ ވަނީ ޝެރިނަށް އެތަށް ގޮތަކުން ހިމާޔަތް ދީފަ އެވެ. އެކުންފުނީގެ އެތަށް ގަވައިދެއް ވަނީ ޝެރިނަށްޓަކައި ފުނޑުފުނޑު ކޮށްލާފަ އެވެ. އަދި އޭގެ ސަބަބުން އޭނާ އަމިއްލަ އަށްވެސް ވަނީ އަދަބު ލިބިގެންފަ އެވެ. ނަމަވެސް ޔައިނަކީވެސް ހަމަ ނުހަނު ރަނގަޅު ކުއްޖެކެވެ. ޝެރިން އެންމެ ކުޑައިރުންސުރެން ފެށިގެންވެސް އެކުގައި އުޅެމުން އައި ދެ ރަޙުމަތްތެރިންނެވެ. ދުވަހަކު ޝެރިނަށް ގޯނާ ކޮށްފައެއް ނުވާނެ އެވެ. އެއީ ހެޔޮ އެދޭ ރަނގަޅު ރަޙުމަތްތެރިއެކެވެ. ނަމަވެސް ޝެރިނަށް މިދެމީހުންނާއިމެދު ތަފާތު އިޙުޞާޞްތަކެއް އުފެދުނީ އޭނާއަށް ނުވެސް އެނގި އެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އެއްފަހަރާ ދެމީހަކު ދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ އެއީ ހަމަ ވާނޭ ކަމެއް ހެއްޔެވެ؟ ޝެރިނަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. އޭރު އޭނާގެ ސިކުނޑިއަށް ދިޔައީ ބާރުވަމުންނެވެ. ކުއްލިއަކަށް ޝެރިން ޔައިންގެ އަތް ފޮޅުވާލައިފައި ގެއާއި ދިމާއަށް ދުއްވައިގަތެވެ. އެވަގުތު ޔައިން އަތުގައި އޮތް ފިނިފެންމާ ބިންމައްޗަށް ވެއްޓުނެވެ. މިދެކަންތައްވެސް ހީވީ ސްލޯ މޯޝަންގައި ހިނގި ހެންނެވެ.

 

ދުވަމުން ގެއަށް ވަދެގެން އައި ޝެރިން ގޮސް ލައިގަތީ ބޭރު ބަގީޗާއަށް ނިކުންނަން އައި ޖޭޑް ގެ މޭމަތީގަ އެވެ. އެވަގުތު އެހޭޒަލް ކުލައިގެ ލޮލާއި ޝެރިންގެ ދަނބު ކުލައިގެ ލޯ، ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ސީދާވި އެވެ.

“ޝެރި-” ޖޭޑް ބުނަން އުޅުނު އެތި ފުރިހަމަ ނުވެ އުޅެނިކޮށް ޝެރިން އެތެރެއަށް ދުއްވައިގަތެވެ. ޝެރިން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު އޭނާވެސް އަނބުރާލީ ކޮޓަރިއަށް ދިޔުމަށެވެ. މިކްޔާލްމެންނާއިއެކު ޖަރމަނީއިން އާދެވުނު ދުވަހުން ފެށިގެން ސުޖާޢު ވަނީ އޭނާއަށް މިގެއަށް މަރުޙަބާ ކިޔާފަ އެވެ. އަދި އަމިއްލަ ދަރިއެއް ނޫންކަން އެނގުނު ނަމަވެސް، ސުޖާޢު އާއި ދިނާޔާ އޭނާ އާއި މެދު ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ.

ޖޭޑަށް އޭނާގެ ކޮޓަރިއަށް ވަދެވުމާއިއެކު ހެން އެނދުގައި އޮތް ބާލީސް ނަގާ އަތުކޮޅަށް ހޫރާލި އެވެ. އަދި ތަޅުންގަނޑު މަތީ ދެކަކޫ މައްޗަށް ތިރިވެ، ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލި އެވެ. އެއަށްފަހު ތަޅުންގަނޑުގައި ގޮށްމުށުން ޖެހި އެވެ. އޭނާއަށް ވަނީ ބަގީޗާގައި ޝެރިނާއި ޔައިނާއި ދެމެދު ހިނގި ހަރަކާތްތަށް ފެނިފަ އެވެ. އެވަގުތު އޭނާއަށް ވެގެން ދިޔައީ ބަޔާން ކުރަންދަތި އިޙުޞާޞް ތަކެކެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ އައި ދުވަސްކޮޅުން ސުރެން ފެށިގެން ޝެރިން ވަނީ ފެނި، ފުރަތަމަ ނަޒަރުން ލޯބިވެސް ވެވިފަ އެވެ. ރޮބިންގެ އަމުރަށް ކުޑަކުދިން ހޯދުމަށް ދުނިޔޭގެ ހަތަރު ބިތަށް ފޮނުވި މީހުންގެ ތެރޭގައި ޖޭޑް ހިމެނެވުމުންނެވެ. އޭގެ ފަހުން ޝެރިންގެ އާއިލާއަށް އޭނާ ދިޔައީ ފާރަ ލަމުންނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެ އަޖައިބެއް ފަދަ ކުއްޖާ ޙާޞިލް ކުރުމަށް އޭނާ އަޒުމް ކަނޑައަޅާފައިވެ އެވެ. އެހެންކަމުން ޝެރިން ހޯދޭނެ އެންމެ ފަސޭހަ ގޮތް ކަމަށްވީ ކިޑްނެޕް ކުރުމެވެ. އެއަނިޔާވެރި ނަރަކައެއް ކަހަލަ ތަނަށް ގެންދިޔުމެވެ.

ނަމަވެސް މިހާރު ޖޭޑް މިހުރިހާ ކަމެއް ކުރެވުމުގެ މޮޔަ ހީވާން ފަށައިފި އެވެ. އޭރު އެފަދަ ނުބައި ކަމެއްގައި އުޅެމުން، ފަހުން ނުކުމެދާނެ ނަތީޖާއަކަށް ނުވިސްނެވުނީ އެވެ. ޖައްސާނެ ގަލެއް ނުބަލައި، އުދުއްސައި ގަނެވުނީ އެވެ. ނަމަވެސް އޭނަ މިހާރު އެހުރީ މުޅިން ބަދަލު ވެފަ އެވެ. ޝެރިން ދެކެ އޭނަވީ ސާފު ޠާހިރު ލޯތްބެވެ. ހަމަ އެފަދައިން، އެލޯތްބަށްޓަކައި އޭނައަށް ހަމަ ސާފު ހިތަކުން ޤުރުބާންވާންވެސް ކެރިދާނެ ހެއްޔެވެ؟

ޔައިންގެ ހާލަކީ ވެސް މިއެވެ. ޝެރިން ދިޔަ ދިމާ ބަލަހައްޓައިގެން ބުދެއްހެން ގަނޑުވެގައި ހުރެވުނީ އެވެ. އޭނާއަށް ޝެރިން ގާތު އޭނާގެ ހިތުގެ ޙާލު ބަޔާން ކުރުމަށް ހިތްވަރު ލިބުނީ ކޮންތާކުން، ކިހިނެތްބާއޭ އޭނާގެ ހިތަށް އެރި އެވެ. އަނެއްކާ ޝެރިން ހިތްހަމަ ނުޖެހުނީ ހެއްޔެވެ؟ އޭނާއާއިއެކު އަށާރަ އަހަރު ވަންދެން އެކުގައި އުޅުނު ރަޙުމަތްތެރިޔާ ބީވަނީ ހެއްޔެވެ؟ ޔައިން ހާސްވި ވަރުން، އެ ކުލަ އަލި މޫނު ރަތްވެ، ނިތްކުރީގައި ދާދިކިތައް ވިދަން ފަށައިފި އެވެ. އޭރު އިރުއޮއްސި، އިރުގެ އެންމެ ފަހުގެ އަލިން ދުނިޔެމަތި ވަނީ ޖަރީވެފަ އެވެ. ނަމަވެސް، ބަގީޗާގައި ގަސްތައް ގިނަ ކަމުން ތަން ފުދޭވަރަކަށް އަނދިރި އެވެ. އެހެންކަމުން ޔައިން ޝެރިންމެން ގެއިން ނިކުތީ ގެޔަށް ދާން، މަގުމަތިން ޓެކްސީއެއް ލިބޭތޯ އެވެ.

 

………………………………………

“ކުޑަދޮންތީ…!! ކުޑަ… ދޮންތީ! ދެން ހޭލަބަލަ! ބަލާބަލަ، ކައިވެސް މިހިތީ ދޮންތިއަށް ވުތެން ކުތިން ހޭލައިގެން އައިސް… ކައި ވަތަށް ބަސްއަހަމޭ… ކުޑަ ދޮންތިވެސް ބަސް އަހަމެއްނު ދޯ… ދެން ކައި އާއެކު ކުޅެން ތެދުވެބަލަ!” ޝެރިން ކަންނެތް ކަމާއިއެކު ދެލޯ ހުޅުވާލި އެވެ. އޭރު ކުޑަކުޑަ ކައިލާން އިނީ އޭނާގެ ގައިމައްޗަށް އަރައި، ވަރަށް ހަމަޖެހިލައިގެންނެވެ. ލޮލުގައި ހިސާބަށް ވުރެން ބޮޑު އަވިއަނެއް އަޅައިގެން، ދެއަތުން ހަށަން ބަނދެލައިގެން އިންއިރު، އެ ލޯބި ތުންފަތްވަނީ އޫކޮށްލާފަ އެވެ.

ޝެރިން ބަލާލުމުން، ކައިލާން އޭނާގެ އައިނު ހިއްލާލައިފައި އެއްބުމަ އަރުވަން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވެ އެވެ. ޝެރިނަށް ހެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ބާލީސް މޫނުގައި އަޅައިފި އެވެ.

“ދެން ކުޑަ ދޮންތާ!! ހާދަ ބަސްނާހައޭ ދޯ މިދޮންތި ވެސް…” ކައިލާން އެޅަ އަޑުން މިހެން ބުނި އިރު އެއަޑުގައި ލާނެއްކަންވެސް އެކުލެވެ އެވެ. ކައިލް ގެ ފަރާތުން ވާރުތަ ވީތާ އެވެ.

ޝެރިން މަޑުމަޑުން ބާލީސް ނަގައި، ފޯނުގެ ޑިސްޕްލޭގައި އިން ގަޑިއަށް ބަލާލި އެވެ. ފަތިހު ފަސްގަޑި ހަތެކެވެ.

“ކައި މީ ރޭގަނޑޭ އަދި… ދޮންތިއަށް އުނދަގޫ ނުކޮށްބަލަ ދެން…” ޝެރިން މިހެން ބުނެ ފުރޮޅިލި އެވެ. އޭރު ކައިލާން އިނީ އެނދުގެ އެއްފަރާތެއްގަ އެވެ.

ޝެރިން ހީކުރީ އަދިވެސް ކައިލާން އޭނާއަށް އުނދަގޫ ކުރާނޭ ކަމަށެވެ. އެހެންކަމުން ބާލީހުގައި ބައްދައިގެން އޮތެވެ. ދެތިން މިނިޓް ވީއިރުވެސް ކައިލާންގެ ޚަބަރެއް ނުވި އެވެ. ދެން އިވުނީ ކައިލާން ކުކުރާލި އަޑެވެ. ޝެރިންގެ ގަޔަށް ހީވީ ކަށްޓެއް ހެރިހެންނެވެ. ކުއްލިއަކަށް ތެދުވެ، ކައިލާނާއި ދިމާއަށް ބަލާލި އެވެ.

‘ދޮންތީ… ކައި އެނބުތުން އަތަނީ…’ ކައިލާނަށް މިހެން ބުނެ ނުނިމެނީސް އޭނަ އަރިއަޅާލައިފި އެވެ. ޝެރިން ނުހިފެހެއްޓިނަމަ ކައިލާން އެނދުން ވެއްޓުނީހެވެ.

“ކައި… ކައިއްކޮ… ކިހިނެތް ވަނީ؟؟ ކައި ލޯހުޅުވަބަލަ… ކައި…!” ޝެރިނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހަތަރު އަހަރުގެ ކައިލާން އުރާލައިގެން ގޮސް، ނީމް މެންގެ ކޮޓަރިއަށް ވަނެވެ. ނަސީބަކުން ނީމްމެންވެސް ތިބީ ހޭލަ އެވެ. ކައިލާން ފެނުމުން ނީމް ދެލޯ ބޮޑުކޮށްގެން ހުރެ، ދުވެފައި އައެވެ.

“ކިހިނެތްވީ ކައިލާނަށް؟؟” ހާސްވެފައި ނީމް އެހި އެވެ. އެވަގުތު ފާޚާނާއިން ކައިލްވެސް ނިކުތެވެ. އޭރު އޭނާގެ ރާޅުބާނީ އިސްތަށިގަނޑުން ފެންތިކިތައް ބަބުޅަމުން ގެންދިޔަ އެވެ.

“ކިހިނެތްވީ؟” ކައިލް ވެސް ޝެރިން ފެނުމުން އެއްސެވެ.

“ނޭނގެ… ކައި ބުނީ އެނބުރުން އަރަނީއޯ… ދެން ވެއްޓުނީ… މަ ހިފެހެއްޓީ އަވަހަށް… ކުޑޫވެސް ތިހެން ނުހުރެ އަވަސްކޮށްބަލަ!” ޝެރިން ތެޅިގެންފައި ބުންޏެވެ. އޭރު ނީމް ޝެރިންއަތުން ކައިލާން އަތުލައިގެން އެނދުމަތީ ބާއްވަނީ އެވެ. ޝެރިން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މުޅި ގެއަށް މިޚަބަރު ދިނެވެ. ނީމް ބުނިގޮތުން ވެއްޖެއްޔާ، ކައިލާން ހުން އައިސްގެން ދެތިން ދުވަހެއްވަރު ވެއްޖެ އެވެ.

ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެންމެން ތިބީ ހޮސްޕިޓަލުގަ އެވެ. ޑޮކްޓަރުގެ ޖަވާބެއް ލިބެންދެން އެންމެން ތިބީ ނޭވާވެސް ހިފަހައްޓާލައިގެންނެވެ. އަނެއްކާ ކުޑަކުޑަ ކައިލާން، ލުކީމިޔާގެ ޝިކާރައަކަށްވެގެން ނިމިދަނީ ހެއްޔެވެ؟ އެހެން ވެއްޖެއްޔާ ހާދަ ދެރަ އެވެ.

ޑޮކްޓަރުގެ ލަފާގެ މަތިން ދެތިން ދުވަހަކު ހޮސްޕިޓަލުގައި ކައިލާން އޮތެވެ. ނަމަވެސް އެއީ ކުޑަކުޑަ ކައިލާންގެ އެންމެ ފަހުގެ ނޭވާ ދޫކޮށްލި ތަނެވެ. އާއެކެވެ. ލުކީމިޔާގެ ޝިކާރައަކަށްވެ، އެފަކީރު ނިމި ދިޔައީ އެވެ. މިއީ ކުރިންވެސް އަންނާނެ ދުވަހެއްކަން، އެނގުނު ނަމަވެސް ގަރޑަން ވޭލީގެ މެމްބަރުންގެ ލޯތައް ވަނީ ކަރުނުން ފުރިފަ އެވެ. ނީމްވެސް ޙާލު ބޮޑުވެގެން އެންމެ ފަހުން އެތަނުގައި ބާއްވަންވެސް ޖެހުނެވެ. ދިނާޔާގެ ޙާލު އަނެއްކާވެސް ގޯސް ވެއްޖެ އެވެ.

 

މިގޮތުގައި ދެމަހެއްހާ ދުވަސް ވެއަތު ވެއްޖެ އެވެ. ޖޭޑް ދިޔައީ ޝެރިނާއި ވީހާވެސް ދުރުގައި އުޅެވޭތޯ ބަލަމުންނެވެ. އެހެންކަމުން އޭނާ ކުއްޖަކާ ރައްޓެހިވެސް ވެއްޖެ އެވެ. ޝެރިންގެ ހިތުގައި ހީވީ މީހަކު ވަކި އެޅުވި ހެންނެވެ. އޭނާ ޖޭޑް ދެކެވީ ސާފު ލޯތްބަކީ މިއީ ހެއްޔެވެ؟ ނަމަވެސް ޝެރިން ޝަކުވާއެއް ނުކުރި އެވެ. އޭނާވެސް ބަލަމުން ދިޔައީ ޖޭޑާއި ވީހާވެސް ދުރުދުރުން އުޅެވޭތޯ އެވެ.

 

“ޝެރިން… އަދިވެސް-” ޔައިންގެ ސުވާލު ނުނިމެނީސް ޝެރިން އޭނާގެ ތުންފަތުފައި އިނގިލި ޖައްސާލި އެވެ. އިތުރަށް ނުބުނާށޭ ބުނާކަހަލަ ގޮތަކަށެވެ.

“ހޫމް… ޔައިން… އައި ލައިކް ޔޫ…” ޝެރިން މިހެން ބުނިއިރު އޭނާހުރީ ސީދާ ޔައިންގެ ލޮލަށް ބަލަހައްޓައިގެންނެވެ. “އައި… ލަވް ޔޫ!”

ޝެރިން މިހެން ބުނެފައި ޔައިން ދިއްކޮށްގެން ހުރި ފިޔާތޮށި ފިނިފެންމާ ދަމައިގަނެގެން ހެމުން ހެމުން ދުވެފައި ދިޔަ އެވެ. އެވަގުތު ޔައިނަށް ހީވީ ދުނިޔޭގައިވި ހުރިހާ ހަމަ ޖެހުމެއް އޭނާއަށް މިލްކުވި ހެންނެވެ.

“ޔެސްސް! ޔެސްސްސް!!!” ބަގީޗާ ތެރޭގައި ހުރެގެން ޔައިން ފުންމަންފެށީ ކުޅިވަރަކުން ރަންވަނަ ލިބުނު ފަދައަކުންނެވެ. އޭނާ ހުރީ ފިސާރި އުފާވެފަ އެވެ. އުމުރު ދުވަހު ހިތުގައި ރައްކާ ކޮށްގެން އުޅުނު އުދާސް ގަނޑެއް ބޭރުކޮށްލެވުނު ކަހަލަ އެވެ. އެހާވެސް ހިތަށް ފިނިވި އެވެ.

 

…………………………………..

މިއަހަރުގެ ނިމުން ފާހަގަކޮށްލީ ޝެރިނާއި ޔައިން، ޖޭޑާއި ޝީން، މިކްޔާލާއި ޖިޔާ އަދި ދާނިޔާ އާއި ރަޔާންގެ އުފާވެރި ކައިވެނީގެ ހަފްލާއިންނެވެ. މިކްޔާލްގެ ލޯބީގެ ހަޔާތުގެ ޞަފްޙާތައް މިވާހަކައިގައި ނުހިމެނިޔަސް، އެއީވެސް އަސަރުގަދަ ބާބެކެވެ.

ހަތަރު ޖޯޑުވެސް ނުހަނު ގުޅެ އެވެ. ޝެރިނާއި ޔައިން ތިބީ ލެވެންޑާ ކުލައިން ޖަރީ ވެވިފަ އެވެ. ޝެރިންގެ ފަންފަން އިސްތަށިގަނޑު މިނިވަން ކަމާއިއެކު ދޫކޮށްލެވިފައިވާއިރު ބޮލުގައި ވަނީ ކުދިކުދި ލެވެންޑާ މަލުގެ ބޭންޑެއް ހަރުކޮށްފަ އެވެ. ލައިގެން ހުރި ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސް ވެސް ވަނީ މަޑު ވައިލެޓް ކުލައިން ޖަރީ ކޮށްފަ އެވެ. ޔައިންވެސް ހީވަނީ ދެވަނަ ޕްރިންސް ޗާމިންގ ހެންނެވެ. އެ ކަޅުކަން ގަދަ ފަންފަން އިސްތަށިގަނޑު ޖެލްލާ އުފުލާލައިފައިވާއިރު، ހީވަނީ މޮޑެލެއް ހެންނެވެ. ޖޭޑާއި، އޭނާގެ ބައިވެރިޔާ ޝީންވެސް އެއްކޮށް ތިބިއިރު ހީވަނީ ހޫރު ޕަރީން ހެންނެވެ. އެދެމީހުން ތިބީ މަޑުމަޑު ފެހިކުލައެއްގެ ލޭސް ފޮތީގެ ކައިވެނި ހެދުމުގަ އެވެ. މިކްޔާލާއި ރަޔާން ތިބީ މަޑު ނޫކުލައިން ޖަރީކޮށްފައިވާ ކައިވެނީގެ ހެދުމެއް ލައިގެންނެވެ. އެއަށްފަހު ދާނިޔާ އާއި ރަޔާނެވެ. އެދެކުދިންވެސް ތިބީ ފިޔާތޮށި ކުލައިން ޖަރީވެވިފަ އެވެ. ކޮންމެ ޖޯޑަކާއި ދިމާއަށް ވާގޮތަށް އެކުލައެއްގެ ފަނޑުފަނޑު އައްޔަކުން އަލިކޮށްފައި ހުއްޓެވެ.

“އެންމެ ފަހުން އަހަރެމެންގެ ޝެރިންވެސް ބޮޑުވީ ދޯ…” ސަޢުދިއްޔާ އައިސް ޝެރިން މެންނާއި ސަލާމް ކުރަމުން ބުނެލި އެވެ. އޭރު އޭނާއަށް ހުރީ އުފަލުން ގޮސް ރޮވިފަ އެވެ.

“ނޫނޭ… އަދިވެސް މިއީ ހަމަ ކުރީގެ ކުޑަކުޑަ ޝެރިން…” ފަހަތުން އައި ނީމް ޝެރިންގެ ގައިގައި ބައްދާލަމުން ބުންޏެވެ. ނީމްގެ ބަނޑަށް މިހާރު ހަމަހެވެ. ސްކޭނުން ދެއްކި ގޮތުންނަމަ، އަނެއްކާވެސް އެއްމާބަނޑު ދެކުދިންނެވެ. ދެއަންހެން ކުދިންނެވެ.

ދިނާޔާ އާއި ސުޖާޢުވެސް ތިބީ ހުދު ކުލައިގެ ހެދުމުގަ އެވެ. އެހެން ކަމުން ނުހަނު ޝާހީ ގޮތެއް ވެސް ހުއްޓެވެ. ގާޑަން ވޭލީގައި ބޭއްވި މިހަފްލާއަށް މާލޭގެ ބޮޑުންވެސް ޙާޟިރުވި އެވެ. އެންމެންގެ ތައުރީފުގެ ބަސްތައް ދިނާޔާމެންގެ އާއިލާއަށް އޮހެމުންދިޔައީ ފެން އާރަކުން ފެން ފައިބާ އުސޫލުންނެވެ. މިއީ އެއްވެސް ޝައްކެއް ނެތް ގޮތެއްގައި، ގާޑަން ވޭލީއަށް އައި އެންމެ އުފާވެރި ދުވަސް ކަން ޔަޤީނެވެ.

ކައިވެނީގެ ޙަފްލާ ނިމުނީ އެރޭގެ މެންދަމުން އަލިވެ ދޭއް ޖަހާ ބޮޑުވި ފަހުންނެވެ. ޕާޓީއިން ނިމިގެން އެންމެންވެސް އައީ ވަރުބަލި ކަމާއިއެކުގަ އެވެ. ޝެރިނާއި ޔައިންވެސް އެކުދިންނަށް ޚާއްޞަ ކޮށްލާފައިވާ ކޮޓަރިއަށް މިސްރާބު ޖެހި އެވެ. ވަރުބަލި އެހެނަސް އުފާވެރި ކަމާއިއެކުގަ އެވެ. މިހިސާބުން ދެން ހުރިހާ ހާސްކަމަކާއި ބިރުވެރިކަމެއް އެއްފަރާތް ކޮށްލާނީ އެވެ. ޝެރިންމެންގެ ޙަޔާތަށް ބަހާރު މޫސުމް އަންނަން އުޅޭކަށް މާކަ ގިނަ ދުވަހެއްވެސް ނެތެވެ. ދެން ދުވަހަކުވެސް އެކުދިންގެ ޙަޔާތަށް އަނދިރި ހިޔަންޏެއްގެ އުނދަގޫ ނުފޯރާނެކަމުގެ ފުރިހަމަ އުންމީދާ އެކުގަ އެވެ. ޝެރިންގެ ޙަޔާތުގައި މިދިމާވި ބޮޑު ހިތާމަވެރި ހާދިޘާގެ ބާބު އެއްކޮށް ނިމުނީ ކަމުގެ ފޮނިފޮނި ގެރެންޓީ އާއިއެކުގަ އެވެ. ދެން ފެށޭނީ އެކުދިންގެ ޙަޔާތަށް އަންނަ އުފާވެރި ކަންތައްތަކުގެ ބާބެވެ…

=ނިމުނީ=

30
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Faxoo

Other Articles

Previous

ދުކު (2ވަނަ ބައި)

Next

އިތުބާރު ގެއްލުވާ ނުލާ…4

Next
January 3, 2016

އިތުބާރު ގެއްލުވާ ނުލާ…4

Previews
January 3, 2016

ދުކު (2ވަނަ ބައި)

40 Comments

  1. Faxoo says:
    January 3, 2016 at 10:42 pm

    hiii!! 😀 here’s the LAST part! ? all thanks to Allah for giving me the courage and ability to bring out this story till the end! ? alhamdhulillah!
    and thankYOU all my dear readers! ? you have been SUCH a lovely company 😉 😉
    thanks varah varah varah bodu bodu koh huriha kudhinnah ingey! ? ?

  2. ina says:
    January 3, 2016 at 11:14 pm

    Wowwwww faxoo v v v v v nice mi part vx………kyve ehaa avahah nimmaaly stry….bt v v nice n v interesting……v different mi stry ehen stries aa balaa iru…..hope faxoo ge ithuru stry eh libeyne kamah ……

    1. Faxoo says:
      January 4, 2016 at 3:01 pm

      thanks so much Ina 😉 yes inSHaAllah faxu ge ehen story eh vx adhi fennaane 😉 thanks varah bodu koh

  3. Ryn says:
    January 3, 2016 at 11:45 pm

    wowwwwwwwwww faxu vrh vrh salhi mi prt.. i jxt luv the whle stry hw it strtd n hw it ended.. this is jxt awsmm. ryn beynun faxu ge adhi ehn stry eh vx kiyan… hwp libeyne kamah gud lck dear.. 😉 😉 tc

    1. Faxoo says:
      January 4, 2016 at 3:03 pm

      aww.. thanks Ryyn! <3 yes ofcaurse Ryyn ah vx libeyne ehen story eh kiyaalan InShaAllah. 😀 ?

  4. Kai says:
    January 4, 2016 at 12:14 am

    Ohh Faxu ninmaalee dw mi story 😉 alhe varah dhera vejje 🙁 hmm sherin and yain varah gulhey 😀 😛 ekam heeevanee thankolhei madhu hen adhivss 🙂 I was expecting their life story also mybe some but overall excellentey 😉 hehehe

    1. Faxoo says:
      January 4, 2016 at 3:05 pm

      oh ehentha Kai.. really sorry 😉 but dhen forever mi story eh kuriah nudhaane ehnu dhw 😉 😉
      hehe ehentha? aslu mi story mii Sherin ge life aa behey gothun vyma ehen characters thakuge life maa bodah explain nukoh dhiny 😉 thanks Kai for the lovely commnt ✨

  5. Sham says:
    January 4, 2016 at 12:20 am

    Faxoo sis… This story is wonderful… Varah kiyaa hithun indhaa mi nimuny.. Varah varah varah reethi vaahaka eh.. Nd luckly this is the first story I read in Esfiya…. Hope you’ll bring up a new story soon?

    1. Faxoo says:
      January 4, 2016 at 3:13 pm

      oh really Sham? thats sweet ? varah varah ufaavejje thihen bunyma. and yes i will try my best to bringout a new stry 😉 thanks ingey 😉

  6. nukko says:
    January 4, 2016 at 12:51 am

    hurihaa rythi stry eh nimenyy. 🙁 🙁 🙁 🙁 hehe varaaaaaaaah varaaaaah rythi…. mi whole stry hama habeyx… alhey faxoo dhn ninmmaaliyyey dww… btw wen ehn stry eh kiyaalan libeynee… gud luk dear… thnks mikahala loabi loabi stry eh genesdheythy… 🙂 🙂 🙂 🙂

    1. Faxoo says:
      January 4, 2016 at 3:26 pm

      thats soooo cute Nukko! ? yah mi story vx dhen mi nimuny.. hehe 😀 thanks so much for the commnt Nukko… dhen varah avahah ehen story eh vx fattaanan inshaAllah 😉

  7. Aal.. says:
    January 4, 2016 at 1:00 am

    Varah reethi mi story ves

    1. Faxoo says:
      January 4, 2016 at 3:36 pm

      thanks aal

  8. 9797783 says:
    January 4, 2016 at 2:12 am

    Varah loabi mivaahakaves

    1. Faxoo says:
      January 4, 2016 at 3:37 pm

      thanks ?

  9. story_lover ^_^ says:
    January 4, 2016 at 6:23 am

    Alhey mikyaal ge loaby ge bai genes dhin nama furihama vys any way story hama habeys

    1. Faxoo says:
      January 4, 2016 at 3:38 pm

      hehe ehentha. ekam mii aslu sherin ge life ehnu dhw Story_Lover.. 😉 ehenve aslu ebai nugeneii 😉 thanks!

  10. Eyesh says:
    January 4, 2016 at 9:05 am

    Faxoo ? mi story v v v v v reethi ??? faxoo ge ehen vahaka eh v avahah kiyaalan libeyne kamah eyesh v hope kuran ingey. keep up ur gud work and Best of luck swyty ??

    1. Faxoo says:
      January 4, 2016 at 3:35 pm

      aww thanks Eyesh! ? yah ok dhen ehen vaahaka eh vx up kuran fashaanan kairi musthaq baleh ga InshAllah 😉

  11. Kitty says:
    January 4, 2016 at 12:08 pm

    Sherin n jade gulhuvi nama but story v v nice

    1. Faxoo says:
      January 4, 2016 at 3:40 pm

      ehehe dhen abadhaku happy vaa gotheh nuvaane ehnu dhww Kitty 😉 😉 thanks fr cmmting

  12. misty says:
    January 4, 2016 at 2:52 pm

    Vvv nice faxoo

    1. Faxoo says:
      January 4, 2016 at 3:41 pm

      thanks Misty!

  13. jeesh says:
    January 4, 2016 at 3:20 pm

    Faxu vaahaka nimuny dhw…alhe kai maruvy dhw so sad…varah reethi ingey story ..varh avahah faxoo ge aa vaahaka eh kiyan libeyne kamah heekuran…gudluck

    1. Faxoo says:
      January 4, 2016 at 3:43 pm

      aww heheh yaaa hama nimuny ? ya kai vx maruvy.. but thanks for the commnt after a looong time, Jeesh gandaa 😉 thanks sooo much ? yaa InshaAllah varah avahah libeyne kiyaalan ??

  14. kamana says:
    January 4, 2016 at 9:57 pm

    Faxoo ninmaalytha. Varah obi stry eh. Faxoo hatxx off ???

    1. Faxoo says:
      January 5, 2016 at 1:15 pm

      thanks Kamana 😉

  15. ☆P●●#2828☆ says:
    January 5, 2016 at 1:50 am

    Nimun kamaku nudhey … maa avahakah kuru kohlaafa…?

    1. Faxoo says:
      January 5, 2016 at 1:17 pm

      really? well i will try to improve it next time, okay? 🙂

  16. nuzoo says:
    January 5, 2016 at 11:48 am

    mikiyaal aai rayaan tha marry kury…. lol hehe.. nimun maa boda kuru koffa hureema hadee…. avs avas aruvaalafa nunimigen ulhey hen heevanee… next stry reethi vane kamah hope kuran…

    1. Faxoo says:
      January 5, 2016 at 1:29 pm

      hehe yaa thats a mistake there. thanks for spotting. really? well i will try to improve that in my next story InShaAllah. thanx for the cmmnt ?

  17. Alma says:
    January 5, 2016 at 1:25 pm

    Vvvv fakka varah vs reeethi…….love this story

    1. Faxoo says:
      January 5, 2016 at 1:30 pm

      thanks Alma.. 🙂

  18. july says:
    January 7, 2016 at 2:14 am

    V boring story eh…?adhi mihaathanah mi site in kee enme boring story

    1. aimina says:
      January 10, 2016 at 5:59 am

      Evs boring eh nun ..boring vma tha July mi story ehkon Thi kiyaa nimmaali ? lol

  19. M M M M says:
    January 29, 2016 at 6:06 pm

    Vaahaka Vara vara vara rythi

    1. Faxoo says:
      March 19, 2016 at 4:23 pm

      Thankyou, ? i will try to upload a next story, someday 😀

  20. xxx says:
    September 7, 2016 at 11:43 pm

    Wow

    1. Faxoo says:
      April 13, 2017 at 4:51 pm

      Thanks for the comment 😀

  21. Zoa says:
    May 23, 2018 at 4:32 pm

    Rain and mikyaal….?…???

Comments are closed.

All Right Reserved!