
އަނިޔާ.. 26 ވަނަ ބައި
“މާޒިން” ކޮޓަރީ ދޮރުހުޅުވާލުމާއި އެކު ކޮޓަރިތެރޭގައި ހުރި މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. މާޒިން ހުއްޓިލައިގެން ހުރި ފްރިޖް ކައިރީގައެވެ.
އޭރު އަތުގައި ދެބިޔަރު ދަޅު އޮތެވެ. މާޒިންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހައިރާން ކަމާއި ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. އަހަރެން އަވަހަށް އެތެރެއަށް ވަދެ ދޮރު ލައްޕާލީމެވެ. “އެގޭތަ އަހަރެން ކުއްލިއަކަށް މިއަދު ހިތަށް އެރި އެއްޗެއް… ކީއްވެ ބާއޭ އަހަރެންނަށް ދުވަހަކުވެސް ޝާމް މަސްތުވެފައި ހުއްޓާ ނުފެންނަނީ… އޭނަ ބޭނުން ކުރާކަށް އަހަރެންނަށް އެނގެއޭ.. ރާ ބޯކަންވެސް އަހަރެންނަށް އެނގެއޭ… އެކަމަކު ކީއްވެ ބާއޭ އޭނަ ހައި ނުވާނީ” އަހަރެން މާޒިން އާއި ދިމާލަށް ބަލާލުމާއި އެކު މާޒިން ވާހަކަ ދެއްކިއެވެ. “އުޅެ އުޅެ ވެސް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނު ކީއްވެ ކަމެއް… އެކަމަކު މިހާރު” އެހެން ބުނުމަށްފަހު މާޒިން ހުއްޓާލިއެވެ. އަދި ރުޅިވެރި ނަޒަރަކުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “މިކަމާއި ހެދި” އޭނަގެ އަތުގައި އޮތް ދަޅު އަހަރެންނާއި ދިމާލަށް އެއްލަމުން ވަރަށް ބާރަށް މާޒިން ހަޅޭލަވައިގަތެވެ. އެދަޅު އައީ ސީދާ އަހަރެންގެ މޫނާއި ދިމާލަށެވެ. އަހަރެން އެއްފަރާތަކަށް ނުޖެހުނުނަމަ އަހަރެންގެ މޫނުގައި އެދަޅުން ރީތި ސިފައެއް މާޒިން ކުރަހަދިނީހެވެ. އަހަރެން އެއްފަރާތަކަށް ޖެހުމުން ދަޅު ޖެހުނީ ފާރުގައެވެ. އަދި އޭގެ އެތެރޭގައި ހުރި އެއްޗެހިތަށް ބުރައިގެން ދިޔައެވެ. މާޒިންވަނީ އެދަޅު ކަނޑާފައެވެ.
“އަހަރުމެންނާއި އެކު… އެއްމޭޒެއްގައި ކައި.. އެން އެނދެއްގައި ނިދާފައި.. ކަލޭގެ އަސްލަކީ މިއީދޯ” މާޒިން ހުރީ އަސްލަށްވެސް ރުޅިއައިސްފައެވެ. އަހަރެން މަޑުމަޑުން ފަހަތަށް ޖެހިލީމެވެ. ތެދަށް ބުނާނަމަ އަހަރެން ބިރުގަތީއެވެ. އަހަރެން އަދި މިކަމަކަށް ރެޑީއެއް ނޫނެވެ. މާޒިންއަށް އަދި އެހާ އަވަހަށް މިކަންތަށް އަންގާކަށް އަހަރެން ބޭނުމެއް ނޫނެކެވެ. ކޮންމެ ގޮތެއް ވިޔަސް އަދި މިކަންތައް މާޒިންއަށް އެނގެން މާ އަވަހަށެވެ. ކުޑަވަގުތު ކޮޅަކަށްނަމަވެސް އަހަރެންގެ ސިކުނޑި އެއްކޮށް ކަހަލައިން ބްލޭންކް ވިއެވެ. އެއްވެސް އެއްޗެއް ނުވިސްނި ހުރިތަނުގައި ހުރެވުނީ ހަނދާނެ ގޮތެއް ނޭނގިފައެވެ. “ކަލޭގެ ބޭނުމަކީ ކޮބާ.. ކަލޭ މަސައްކަތް ކޮށްދެނީ ކޮންބަޔަކަށް… މިކަހަލަ ފޭކް އެއްޗެހިތަކެއް ކަލޭ ހޯދީ ކޮންތާކުން.. ކަލޭ އަހަރުމެން ގްރޫޕްއަށް އައުމުގެ ބޭނުމަކީ ކޮބާ” މާޒިން ފިޔަވަޅެއް ކުރިއަށް އަޅަމުން ވާހަކަ ދެއްކީ ރުޅިވެރިކަމާއި އެކުގައެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. “އަޑެއް ނީވޭތަ.. ޝާމް.. އަހަރެން މިވާހަކަ ދައްކަނީ ކަލެއައޭ.. އަނެއްކާ ކަލެއަށް ކިޔަނީ އެހެންތަ” މާޒިން އެހެންބުނީ ފާޑަކަށެވެ. އެވަގުތު އަހަރެންނަށް ހެވުނެވެ. ގަސްދުގައެއް ނޫނެކެވެ. ނަމަވެސް މާޒިން އެހެން ބުނެލިލެއް ރީތިކަމުންނެވެ. އަހަރެން ހޭންފެށުމުން މާޒިންގެ ރުޅި އިތުރަށް ގަދަވިއެވެ. “މާޒިން ހަމަޖެހިބަލަ” އަހަރެން މަޑުމަޑުން މީހާ ހަމަޔަކަށް އަޅުވަމުން މާޒިން އާއި ކުރިމަތިލީމެވެ. “ހަމަޖެހޭށޭ… ބަލަ ކަލޭ މިހުރިހާ ދުވަހު އަހަރުމެންނާއި ބޭނުން ގޮތަކަށް ކުޅެމުން ދިޔަކަން މަށަށް އެނގުނީމަ އަދިވެސް އަހަރެން ވީ ހަމަޖެހެންތަ.. އަހަރެންނަށް ވާނަމަ ކަލޭގެ..” އެހެން ބުނެލަމުން މާޒިން އަހަރެންނާއި ދިމާލަށް ޖެހިގަތެވެ. އަހަރެން ހުރީ އެކަހަލަ ދަޑިވަޅަކަށް ވިސްނައިގެން ކަމުން އަހަރެން އެއްފަރާތަށް ޖެހިލީ ވަރަށް އަވަހަށެވެ. އެހެންނޫންނަމަ މާޒިންގެ އަތުން އަހަރެންގެ ގައިގައި ޖެހުނީހެވެ. “ތިއީ އަދި ރަނގަޅު ގޮތެއް ނޫން މާޒިން… ޔޫ ރިޔަލީ ނީޑް ޓު ކާމް ޑައުން..” އަހަރެން ބޭނުންވީ މާޒިންގެ ރުޅި މަޑުކުރުވާށެވެ. އެހެންނޫނީ އަހަރެންނަށް ނޫނީ މާޒިންއަށް އަނިޔާއެއް ވެދާނެތީއެވެ. އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެކެވެ.
“ކަލޭ ތިއީ ކާކު..” މާޒިން އެހެން އެހީ ވަރަށް ބާރަށެވެ. “އަހަރެންނަކީ ޝާމް” ވަރަށް ހަމަޖެހިލަމުން އަހަރެން ޖަވާބު ދިނީމެވެ. ” އަހަރެންނަށް ހެޔޮ ކަލެއަށް ކޮންމެ ނަމެއް ކިޔަސް.. ކަލޭގެ ބޭނުމަކީ ކޮބާ.. މިކަހަލަ ފޭކް ދަޅުތަކެއް ކަލޭ ހޯދީ ކިހިނެއް.. އަހަރުމެން ގްރޫޕްއާއި ކަލޭ ޖޮއިން ކުރީ ކީއްވެ” މާޒިން އަނެއްކާވެސް އޭނަގެ ސުވާލުތަށް ތަކުރާރު ކުރިއެވެ. “އަހަރެންނަށް ހީވަނީ އަހަރެންގެ ބޭނުން މިހާރު މާޒިންއަށް އެނގޭނެ ކަންނާނޭގެ… އަދި އަހަރެންނަށް ތި ފޭކް ދަޅުތަށް ލިބުނީ ކިހިނެއްކަންވެސް މާޒިން ވިސްނާލީމަ އެނގޭނެ ކަންނޭނގެ.. މާޒިންއަކީ ނުލާހިކު ރަނގަޅު ސިކުނޑިއެއް ދެއްވާފައިވާ ފިރިހެނެއް” އަހަރެން މާޒިންގެ ސުވާލުތަކަށް ޖަވާބު ދިނުމެއް މުހިއްމެއް ނޫނެކެވެ. “އާ ޔޫ އަ ސްޕައި…” މާޒިން އެހެން ބުނެލީ ހާސްކަމާއި އެކުގައެވެ. އަހަރެން ހިނިތުންވެލީމެވެ. އަހަރެން ހިނިތުންވެލުމުން މާޒިންގެ ހާސްކަށް އިތުރަށް ބޮޑުވިއެވެ. “މިހުރިހާ ދުވަހު… ޔޫ އާރ އަ ކޮޕް.. ރައިޓް” މާޒިން އެހެން ބުނެލީ ބިރުވެރިކަމާއި އެކުގައެވެ. އަހަރެން އަނެއްކާވެސް ހިނިތުންވެލީމެވެ. އެވަގުތު މާޒިން ފަހަތަށް ފިޔަވެޅެއް އަޅާލިއެވެ. “ޔޫ އާ ނޮޓް ސޯ ބޭޑް… އަހަރެން ހީކުރީ ގްރޫޕް ތަކުގައި އުޅޭ އެހެން މީހުންގޮތަށް މާޒިންގެވެސް މި ނުހުންނަކަމަށް” ބޮލުގައި އިނގިލި ޖައްސާލަމުން އަހަރެން ބުނީމެވެ. އެވަގުތު މާޒިން ބޭރަށް ނިކުތުމަށްޓަކައި ދޮރާއި ދިމާލަށް ހިގައިގަތެވެ. ނަމަވެސް އަހަރެން މާޒިންގެ ކުރި ބެއްދީމެވެ. “ޔޫ ނޯ ޔޫ ކާންޓް ގޯ ނައު” އަހަރެން އެހެން ބުނެލީ މާޒިން ބިރުގަންނަވާލުމުގެ ގޮތުންނެވެ. “އައި ކޭން… އެންޑް އައި ވިލް..” އެހެން ބުނެލަމުން މާޒިން އޭނަގެ ޖީބުން ނެނގީ ކުޑަ ވަޅިއެކެވެ.
އަހަރެން ހިނިތުންވެލީމެވެ. އަދި އަހަރެން ލައިގެން ހުރި ޖިންސް ޖީބުން ޕޮކެޓް ނައިފްއެއް ނެގީމެވެ. ދެފަރާތުން ދެވަޅި ނަނގާ މާޒިންއަށް ދައްކާލީމެވެ. “ޑޯންޓް އީވެން ތިންކް އެބައުޓް އިޓް” އަހަރެން ބުނެލީމެވެ. މާޒިން އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. “އައި ކޭން ކިލް ޔޫ.. ބަޓް ޔޫ ކާންޓް” މާޒިން ބުނެލިއެވެ. “ޑޯންޓް ބީ ސޯ ޝުއަރ” އަހަރެން ދެއަތުން ވަޅި ކުޑަކޮށް އަބުރާލަމުން ބުނީމެވެ. “އައި ކޭން ކިލް އެނީވަން ނައު… ކުރިން ނުކުރިޔަސް.. މިހާރު އަހަރެންނަށް ކުރެވޭނެ..” އަހަރެންގެ ވަރަށް ބޮޑަށް ހީލަމުން މާޒިންއަށް ބުނެލީމެވެ. “ނޯ… ކޮސް ޔޫ ނެވާ ކިލް އެނީވަން.. ބަޓް އައި ޑިޑް” މާޒިން އެހެން ބުނެލަމުން އަހަރެންނާއި ދިމާލަށް ފުއްމައިގަތެވެ. އަހަރެން އެއްއަތުގައި އޮތްވަޅި ދުރަށް އެއްލާލަމުން މާޒިންގެ ބަނޑުގައި ވަރަށް ބާރަށް ޖަހައިފީމެވެ. އަހަރެން ޖެހުމާއި އެކު މާޒިން ވެއްޓުނެވެ. “ވަޓް ޔޫ މީން.. މާޒިންއަށް ރަނގަޅަށް އެނގޭނެ އަހަރެން މީހަކު މެރިކަން” އަހަރެން މާޒިންއާއި ދުރަށް ޖެހިލަމުން ބުނެލީމެވެ. މާޒިން އޭނަގެ ބަނޑުގައި އަތްއަޅާލަމުން ތެދުވިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލިއެވެ. މާޒިންގެ މޫނުމަތިން އޭނައަށް ތަދުވެފައިވާ ވާވަރު އަހަރެންނަށް އެނގުނެވެ. “އަހަރެން މިބުނީ ކަލޭ އެއްވެސް މީހެއް ނުމަރައޭ” މާޒިން އަނެއްކާވެސް އަހަރެންނާއި ދިމާލަށް އަތްމަޅާލިއެވެ. އަހަރެންނަށް އެހަމަލާއިންވެސް ރެކޭކަށް މާކަ އުދަގުލެއް ނުވިއެވެ. އޭނަގެ އަތް ފުރަގަހަށް ވާގޮތަށް ގެނެސް އަހަރެންގެ އުޅަބޮށިން މޫނުމަތީގައި ވަރުގަދަ އެތިފަހަރެއް އަހަރެން އެޅީމެވެ. އެވަގުތު ނޭފަތުގައި އަތް އަޅައިގެން މާޒިން ތިރިވިއެވެ.
“ކަމޯން މާޒިން.. ސްޓޮޕިޓް.. އައި ރިޔަލީ ޑޯންޓް ވޯންޓް ފައިޓް ވިތް ޔޫ” އަހަރެން ބުނީމެވެ. ހަގީގަތުގައިވެސް އަހަރެން މާޒިންއަށް ގެއްލުމެއް ދޭކަށް ބޭނުމެއް ނޫނެކެވެ. އަހަރެން މާޒިން ދެކެނީ އެކުވެރިއެއް ގޮތަށެވެ. މާޒިން އޭނަގެ ނޭފަތްމަތިން އަތް ކުޑަކޮށް ނެގިއެވެ. އެވަގުތު އަހަރެންނަށް އޭނަގެ ނޭފަތުން އަންނަމުން ދިޔަ ލޭތަށް ފެނުނެވެ. އަތްކުޑަކޮށް ނަގާލުމަށްފަހު އަނެއްކާވެސް މާޒިން ނޭފަތުގައި އަތްއެޅީ އަންނަމުން ދިޔަ ލޭތަށް މަނާކުރުމުގެ ބޭނުމުގައެވެ. އަހަރެން ދުރަށްޖެހިލާ ފްރިޖްއިން އައިސް ޕެކް އެއް ނެގުމަށްފަހު މާޒިންއާއި ދިމާލަށް އެއްލީމެވެ. އެވަގުތު މާޒިން ބަލާލީ ހައިރާން ކަމާއި އެކުގައެވެ. “ޔޫސް އިޓް… އިޓް ހެލްޕް ޓު ސްޓޮޕް ބްލަޑް” އަހަރެން ބުނީމެވެ. މާޒިން އައިސް ޕެކް ނަގާ ނޭފަތުގައި ޖައްސާލިއެވެ. އަދި އެނދުގައި އިށީދެލިއެވެ. އަހަރެން މާޒިންއާއި ދިމާލާށް ބަލާލީމެވެ. “އައި ނޯ” މާޒިން މަޑުމަޑުން ބުނެލިއެވެ. “ވަޓް..” އަހަރެން އަހާލީމެވެ. “އަހަރެންނަށް އެނގޭ ޝާމް އެމީހާ ނުމަރާކަށް” މާޒިން އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ހައިރާން ކަމާއި އެކު މާޒިންއާއި ދިމާލަށް ބަލާލީ މާޒިން ކިޔާއެއްޗެއް އަހަރެންނަށް ނޭނގޭތީއެވެ.
“އަހަރެން މިބުނަނީ ރާއްޖެ ބޭރުން ފުއާދު އެމީހާ މަރާށޭ ބުނީމަ އެމީހާ ނުމަރާކަށް އަހަރެންނަށް އެނގެއޭ” މާޒިން އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. އަހަރެން ސިހިގެން ދިޔައެވެ. މާޒިންއާއި ދިމާލަށް އަހަރެންނަށް ބަލާލެވުނީ އެކަން ޔަގީން ކުރާށެވެ. “އާ… އަހަރެންނަށް އެނގޭ… ޝާމް ހީކުރީ އެކަން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށްތަ…” މާޒިން ބުނެލިއެވެ. އާއެކެވެ. އަހަރެން ހީކުރީ އެކަން އެއީ އަހަރެންނާއި އެމީހާއާއި ދެން ހެއްދެވިފަރާތަށް އެކަނި އެނގޭނެ ކަމެއްކަމަށެވެ. “ނޫން.. އެންމެންނަށްވެސް އެނގޭނެ އަހަރެން އެމީހާ އެރޭގައި މަރާލިކަން.. އެކޮޓަރީ ތެރޭގައި..” “އެރޭގައި އެކޮޓަރިތެރޭގައި މަރުވީ އެހެން މީހެއް.. އެއީވެސް އަހަރެންގެ ގްރޫޕް މީހެއް… އަދި އެމީހާ މަރާލީ ޝާމްއެއްވެސް ނޫން..” މާޒިން އަހަރެންގެ ޖުލްމަ ފުރިހަމަ ކުރިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއީ އޭނައަށް ކިހިނެއް އެނގޭނެ ކަމެއް ހެއްޔެވެ.
“ކަލޭ މަރާ ނުލާ ދޫކޮއްލީ މީހާއަށް ކިޔަނީ ސަޗިން… މިއަދު އޭނަ އަތުލައިގަތީ” އަހަރެންގެ ސުވާލުން ފުރިފައިވާ މޫނު ފެނުމުން މާޒިން ބުނެލިއެވެ. “އެވާހަކަ އަހަރެންނަށް އެގުނީމަ އަހަރެން އައީ ޝާމްއަށް އިންޒާރުދޭން… ގްރޫޕް އެހެން މީހުން ޝާމްގެ ފަހަތުން އަންނަ ވާހަކަ ބުނަން…” މާޒިން އިސްޖަހާލަމުން ބުނެލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް އަދި ހަނދާނެ ގޮތެއްވެސް ނޭނގުނެވެ. މީހާ ހާސްވާން ފެށިއެވެ. އެހެންކަމުން އެތަނުގައި އަހަރެންނަށް ހިނގެން ފެށިއެވެ. މިއީ އަހަރެން ޕްލޭން ކޮށްފައިވާ ކަމެއް ނޫނެކެވެ. އަދި އަހަރެން ދުވަހަކުވެސް ވެދާނެކަމަށް ހީކުރިގޮތެއްވެސް ނޫނެކެވެ. އެބުނާ ސަޗިން ދޫކޮއްލީ މީގެން މީހެއްގެ އަތުގައި ޖެހޭނެ ކަމަށް ބަލާފައެއް ނޫނެކެވެ. އަދި ކީންހެއްޔެވެ. އޭނަ އަހަރެންގެ ދިރިއުޅުމުން އެއްކޮށް ދާނެ ކަމަށް ހީކޮށެވެ. އަހަރެންގެ ރިހޭފައިމައްޗަށް ފޮއި ވެއްޓުނު ކަހަލައެވެ. އެއްކަމެއް ރަނގަޅަށް ނުގޮސްގެން އުޅެނިކޮށް އަނެއްކާ އަނެއްކަމެއް ލައިގަތީއެވެ. “ވައި ޑިޑް ޔޫ ކަމް…” އަހަރެން ކޮޓަރިތެރޭގައި ހިގަމުން މާޒިން ކައިރީގައި އަހާލީމެވެ. “ޓު ވޯން ޔޫ” މާޒިން ބުނެލިއެވެ. “ވައި” އަހަރެން އަނެއްކާވެސް އަހާލީމެވެ. “އަހަރެން ހީކުރީ ތިއީ އަހަރެންގެ އެކުވެރިއެއްކަމަށް… އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ އެކުވެރިއަކަށް އެއްވެސް ފަރާތަކުން ގެއްލުމެއް ވާކަށް” މާޒިން ބުނެލިއެވެ. އަހަރެންނަށް ހުއްޓުން އެރިއެވެ. އަދި މާޒިންއާއި ދިމާލަށް ބަލާލެވުނެވެ. މާޒިން އިނީ އިސްޖަހާލައިގެން އައިސްޕެކް ނޭފަތުގައި ޖައްސައިގެންނެވެ. އަހަރެންނަށް ހީލެވުނެވެ.
އަހަރެން މާޒިން ކައިރީގައި އިށީދެލީމެވެ. މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހީލީމެވެ. އޭގެ ބަދަލުގައި މާޒިން އަހަރެންނާއި ދުރަށް ޖެހިލިއެވެ. “އައި އޭމް ސޮރީ” އަހަރެން ވާހަކަ ދެއްކީމެވެ. މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އަހަރެންވެސް ބޭނުމެއް ނުވޭ މާޒިންއަށް ގެއްލުމެއް ވާކަށް.. އަހަރެންވެސް ދެކެނީ ތިއީ އަހަރެންގެ އެކުވެރިއެއްކަމަށް” އަހަރެން ބޭނުންވާގޮތް ބުނެލީމެވެ. މާޒިން ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލީ އަހަރެން ބުނަން އުޅޭނީ ކީއްކޭކަން ނޭނގޭ ފަދަ ގޮތަކަށެވެ. “އައި ނީޑް ޔުއަރ ހެލްޕް” މާޒިންގެ އެބަލާލުމުގެ ޖަވާބު ދެމުން އަހަރެން ބުނެލީމެވެ. “ކީއްވެ… ވައި އައި ވިލް ހެލްޕް ޔޫ… އަހަރެން މީ ދުވަހަކުވެސް ކޮޕަކަށް ހެލްޕްއެއް ވާނެ މީހެއް ނޫން… އެހެން ނޫނަސް އަހަރެންނަށް ރަނގަޅީވެސް މިހާރު ޝާމްގެ ދުވަސް ގްރޫޕް މީހުން ދުއްވާލިއްޔާ.. އަހަރެން ހީކުރީ ތިއީ އަހަރެންގެ އެކުވެރިއެއްކަމަށް… އެކަމަކު މިހާރު އަހަރެންނަށް ޔަގީން ވެއްޖެ ތިއީ އެކުވެރިއެއް ނޫންކަން..” މާޒިން އެނދުން ތެދުވަމުން ވާހަކަ ދެއްކިއެވެ. އޭނަ ހީކުރީ އަހަރެން ބުނީ އެމީހުންގެ ކިބައިން ސަލާމަތް ކޮށްދޭށޭ ކަމަށް ތޯއްޗެކެވެ. އެކަމަކު އަހަރެން ބުނީ އެހެނެއް ނޫނެކެވެ. އަހަރެންނަށް އެމީހުން އަހަރެންނާއި ދިމާލަށް އަޔަސް އެންމެ ރަނގަޅެވެ. ނަމަވެސް އަހަރެންގެ މަސައްކަތް ނުނިންމާ ދާން ޖެހިއްޖެނަމަ އަހަރެންވެސް ދެރަވާނެތާއެވެ. “ހެހެހެ. މާޒިން ހީކުރީ އަހަރެން މާޒިންގެ އެހީ ބޭނުންވަނީ މާޒިންގެ ގްރޫޕް ކުދިންގެ ފަރާތުން ސަލާމަތްވާން ކަމަށްތަ… އަދިވެސް މާޒިންއަށް އަހަރެން ދަހެއް ނުވޭދޯ.. އެނީވޭ.. އަހަރެން މިބުނީ އެކަމުގައި އަހަރެންނަށް އެހީވެދޭށެކޭއެއްނޫން.. އެކަމަކު މާޒިން ސަލާމަތް ކުރުމަށް އެހީވެދޭށޭ” އަހަރެން ބުނެލީމެވެ. “ތިބުނީ” މާޒިން އަހާލިއެވެ. “މާޒިން ހީކުރީ ކީއްކޭކަމައްތަ.. އަހަރެން މިގްރޫޕްއަށް ޖޮއިން ކުރީ ކީއްކުރަން ކަމަށްތަ” އަހަރެން ސުވާލު ކުރީމެވެ. މާޒިން ބަލާލިއެވެ. އަހަރން ބުމަ އަރުވާލީމެވެ. އަދި އެނދުން ތެދުވެ މާޒިންއާއި ކުރިމަތިލީމެވެ.
“އަހަރެންގެ މިޝަންއަކީ މަސްތުވާތަކެތި ބޭނުންކުރާ އެންމެ އަތުލައިގަތުން… އަދި މިރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ހުރިހާ ދޮރެއް ބަންދުކުރުމާއި މިކަމުގެ އެތެރޭގައި އުޅޭ އެންމެ ބޮޑެތި މީހުން ހޯދުން” އަހަރެން މާޒިންއަށް އަހަރެންގެ ހަގީގަތް ހާމަކުރީމެވެ. “މިހުރިހާ ދުވަހު.. ހައްޔަރުވި އެންމެން.. ސްޓަފް އާއި އެކު.. ނާފިލްވެސް… އެއީވެސް ކަލޭގެ ކަމެއް ދޯ” މާޒިން އަނެއްކާވެސް ރުޅި އަންނަ ގޮތްވިއެވެ. އަހަރެން ހީލަމުން ބޯޖަހާލީމެވެ. “ކަލޭ…” ހަޅޭލަވައިގަންނަމުން އަނެއްކާވެސް މާޒިން އަހަރެންނާއި ދިމާލަށް އަތްމަޅާލިއެވެ. އޭނަ ބޭނުންވީ އަހަރެންގެ މޫނުމަތީގައި ޖަހާށެވެ. ނަމަވެސް މިފަހަރުވެސް އަހަރެން އޭނަގެ އަތުގައި ހިފަހައްޓާފައި އޭނަގެ އަތް ފުރަގަހަށް ވާގޮތަށް އަބުރާލީމެވެ. އެވަގުތު އޭނަ ކޮޓަރިތެރެއަށް ވެއްޓުނެވެ. “ލިސިން ޓު މީ އޯކޭ… އަހަރެން ބުނެފިން އަހަރެން މާޒިންއަށް އަނިޔާއެއް ކުރާކަށް ބޭނުމެއް ނޫނޭ.. އެހެން ނޫންނަމަ މިހާރު މާޒިން ތިރިކޮށްލާނެ ކިތައްމެ ޗާންސްއެއް އަހަރެންނަށް ލިބިއްޖެ.. މާޒިން މަރާލަން އަހަރެންނަށް ނުކެރުނު ކަމުގައި ވިޔަސް ތިގޮތަށް ތަޅާ ފޮޅުމަށް އަހަރެން މާމޮޅުވާނެ.. އަހަރެންނަށް ވަނީ އެތަށް ގޮތަކުން އެތަށް ޓްރެނިންއެއް ލިބިފައި.. އެހެންވެ މިބުނަނީ… އަހަރެން ބޭނުމެއް ނުވޭ މާޒިންގެ އަތެއް ފަޔެއް ބިންދައިގެން ދާކަށް” އެހެން ބުނަމުން މާޒިންގެ އަތުން ދޫކޮށްލީމެވެ. އެވަގުތު އެއަތުގައި ހިފަހައްޓާލައިގެން ދުރަށް މާޒިން ޖެހިލީ ބޮޑު ބިރެއް ފެނިގެން ދުރަށް ޖެހިލާ ގޮތަށެވެ. “އާ އަހަރެން ނާފިލް ހައްޔަރު ކުރަން ޓިޕް ދިނީ… އެކަމަކު އެއީ އޭނައަށް ރަނގަޅަކަށް އަހަރެން ކުރި ކަމެއް.. މާޒިންއަށް ރަނގަޅަށް އެނގޭނެ އޭނައަކީ ކޮންގޮތަކަށް އުޅޭ ކުއްޖެކަން.. އަދި އުމުރުން އެންމެ ވިހިއަހަރު… އެކަމަކު އޭނަގެ އެތަށް މަސްތުވަތަކެތީގެ މައްސަލައެއް އެބަ އޮތް.. އޭނަ ޖަލުން ބޭރުގައި ހުރެއްޖެނަމަ ޕޮލިހުން އޭނަ ހިފަހައްޓަން ޖެހޭނީ ކޮންމެވެސް މީހަކު މަރާލައިގެން ތޯއްޗެއް… އަހަރެން ބޭނުމެއްނުވޭ އޭނައަށް މީހެއްގެ މަރުގެ ހުކުމެއް އަންނާކަށް” އަހަރެން ބުނީމެވެ.
“މާޒިން އަކީވެސް އެތަށް މައްސަލައެއް އޮތް މީހެއް… އެތަށް ހުކުމެއް އަތުވެދާނެ މީހެއް.. އަހަރެންނަށް އެހީ ވެއްޖެނަމަ އަހަރެންނަށް މާޒިންގެ އެބައި ކުޑަކޮށްދެވިދާނެ” އަހަރެން މާޒިންގެ މޫނަށް ބަލާލަމުން ބުނެލީމެވެ. “އަހަރެންނަށް އެނގޭ މާޒިން، މާޒިންގެ އާއިލާ ދެކެ ލޯބި ވާވާރު… އެކަމަކު މިހާރު ހުރި މައްސަލަތަކަށް ހުކުމްތަކެއް އަތު ވެއްޖެނަމަ މާޒިން ޖެހޭނީ ވަގުތުން ފެމެލީއާއި ދުރަށް ދާން.. ވަގުތުން.. ދެން ނޭނގެ ބޭރަށް ނިކުމެވޭނެ ދުވަހެއްވެސް… އުމުރު ދުވަހުގެ އަންނާނީ ކިތައް އެތި ކަމެއްވެސް ނޭނގެ” އަހަރެން ވާހަކަ ދެއްކީމެވެ. މާޒިން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ” އިފް ޔޫ ތިންކް އައި އޭމް ބްލަފިން.. ނޯ.. އައި އޭމް ނޮޓް” އަހަރެން އެނދުގައި އީށީދެލަމުުން މާޒިންއަށް ބަލާލަމުން ބުނީމެވެ. “ހީނުކުރާތި އަހަރެން މާޒިންއަށް ބިރު ދައްކަނީއޭ… ނޫނީ ތި ގްރޫޕް މީހުން އައިސް އަހަރެން މަރާލާފާނެތީ އަހަރެން ބިރު ގަންނަނީއޭ… ނޯ.. އަހަރެން ބިރެއް ނުގަނޭ.. އަދި އަހަރެން މާޒިންއަށް ބިރު ދައްކަނީއެއްވެސް ނޫން… އަހަރެންނަށް އޯކޭ ކޮންމެ ވަގުތަކު ތީގެން ކޮންމެ މީހަކު އައިސް އަހަރެން މަރާލިޔަސް… އައި ޑޯންޓް ކެއަރ.. އެކަމަކު އެބަޔަކު އެކުރަނީ ވަރަށް ސްޓުޕިޑް ކަމެއް… ސަބަބަކީ އަހަރެންނަކީ ޕޮލިހެއްކަން ކަލޭމެން ނޫން އެންމެންނަށް އެނގޭނެ.. އައި މީން ޕޮލިސް ފޯސްއަށް އެނގޭނެ… ސޯ އަހަރެން މަރާލާފައި އެއްލާލާތަނުން އެމީހުން ކަލޭމެން ގަޔަށް އަރައި ގަންނާނެ.. އެންޑް ބިލީވް މީ.. ދޭ ވިލް އެރެސްޓް ޔޫ އޯލް… އެންޑް ދޭ ވިލް ހޭވް އެވިޑެންސް… ތީގެން އެއްވެސް މީހަކު ސަލާމަތެއް ނުކުރެވޭނެ.. އެވަރަށް އެމީހުން އަތުގައި އެވިޑެންސް ހުންނާނެ…” އަހަރެން ހީލަމުން ބުނީމެވެ. “އޭރުން މާޒިންއަކަށްވެސް ސަލާމަތެއް ނުވެވޭނެ.. އެންޑް އޮފް ކޮޒް އައި ކާންޓް ހެލްޕް ޔޫ ދެން… ބަޓް.. އިފް ޔޫ ހެލްޕް މީ ނައު.. އައި ތިންކް އައި ކޭން ސޭވް ޔުއަރ ލައިފް” އަހަރެން ބުނީމެވެ. މާޒިން އިންގޮތަށް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ.
އޭނަ ވިސްނަނީ ކޮންކަމަކާއި ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން އެނގޭކަށް ބޭނުމެއް ނޫނެކެވެ. “މާޒިންއަށް ރަނގަޅަށް އެނގޭނެ އަހަރެން މަރާލުމަށްފަހު ގްރޫޕް މީހުން ދެން ކަންތައް ކުރާނެ ގޮތް… އެމީހުން ދިމާ ކުރާނީ މާޒިންއާ… އެއީ މާޒިންއަކީ އަހަރެން މިގްރޫޕްއަށް ވެއްދި މީހަކީ.. އެމީހުން ހީކުރާނީ މާޒިންވެސް އަހަރެންނާއި އެކު ޕޮލިހުންނަށް އެހީވަނީ ކަމަށް… އޯހޯ.. އެހެން ވެއްޖެނަމަ އެމީހުން މާޒިންއަށް ހަނދާނީ ކިހިނެއްބާ.. އަނެއްކާ މާޒިންގެ ލޯބިވާ ކޮންކޮމެންނަށް…. އޯ މައި ގޯޑް.. އައި ކާންޓް އިމޭޖިން ވަޓް ދޭ ވިލް ޑޫ” އަހަރެން ބުނީމެވެ. “އިފް ޔޫ ހެލްޕް މީ.. އައި ކޭން ސޭވް ދެމް ޓޫ” އަހަރެން ބުނީމެވެ. މާޒިން އިސްޖަހާލިއެވެ. “އޯކޭ.. މާޒިން ބޭނުންވެއްޖެނަމަ ދިޔަޔަސް… އަހަރެން މިތަނުގައި މާޒިން ހިފަހައްޓާކަށް ނޫޅެން.. ދޭ.. ގްރޫޕް މީހުން ކައިރީގައި ބުނޭ އަހަރެންނަކީ ކާކުކަން” އަހަރެން އެނދުގައި އޮށޯވެލަމުން ބުނީމެވެ. އަހަރެން ބޭނުންވި ކަންތައް އަހަރެންނަށް ވެއްޖެއެވެ. އެހެންކަމުން އަހަރެން އޮށޯވެލީ ހިތްހަމަޖެހިގެންނެވެ.
“ވަޓް ޔޫ ވޯންޓް މީ ޓު ޑޫ” މާޒިންގެ މި ޖުމްލައިން އަހަރެން އަނެއްކާވެސް އެނދުގައި އިށީދެލީމެވެ. “ރިޔަލީ” އަހަރެން މާޒިންއަށް ބަލާލަމުން އަހާލީމެވެ. މާޒިން އަހަރެންނަށް ބަލާލަމުން ބޯޖަހާލިއެވެ. “ގުޑް ޗޮއިސް” އަހަރެން ހިނިތުން ވެލަމުން ބޯޖަހާލީމެވެ. އަދި ފޯނު ނަގާ ފާރިޝްއަށް މެސެޖް ކޮށްލީމެވެ. ވަރަށް އަވަހަށް އެކަނި ބައްދަލު ކުރަން ބޭނުންވާ ވާހަކައާއި ރިކޯޑް ކުރާ ސާމަނު ހިފައިގެން އައުމަށެވެ. އަދި ދާންވި އެޑްރެސްވެސް އަހަރެން މެސެޖް ކުރީމެވެ. އަދި މާޒިންއާއި ދިމާލަށް ބަލާލަމުން ބޭރަށް ދިއުމަށް ހިގައިގަތީމެވެ. ކޮޓަރިން ނިކުމެ ރަނގަޅަށް ތަޅުލުމަށްފަހު މާޒިން އާއި އެކު ސައިކަލަށް އަރާ މިސްރާބު ޖެހީ ފާރިޝްއާއި ބައްދަލު ކުރުމަށެވެ. ސައިކަލް މަޑުކޮށްލީ ހަދަން ފަށާފައިވާ ގެއެއް ކައިރިއަށެވެ. އަދި އެތަނުގައި ސައިކަލް ޕާކްކޮށްލުމަށްފަހު މާޒިން ގޮވައިގެން އެތެރެއަށް ވަދެގެން ދިޔައީމެވެ. ގެއަކީ ފަސްބުރިއަށް ހަދަން ފަށާފައިވާ ގެއެވެ. އެގޭގެ ތިންވަނަ ބުރީގައި އަހަރުމެން މަޑުކޮށްލީ އެތަނުގައި ބަހައްޓާފައިވާ ޖޯލިފަތީގައެވެ. “ވަޓް ޔޫ ވޯންޓް” މާޒިން އެހުރިހާ އިރުގައި ވާހަކަ ނުދައްކާ ހުރެފައި އެތަނަށް އައުމާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެން ބޭނުންވަނީ މާޒިންއަށް ތިގްރޫޕްއާއި ބެހޭގޮތުން އެނގޭ ހުރިހާ މައުލޫމާތެއް އަހަރެންނަށް ކިޔައިދޭން… ތި ގްރޫޕް އުޅޭ އެންމެންނާއި ބެހޭގޮތުން.. ފުއާދު އާއި ބެހޭގޮތުން.. ނިހާދު އާއި ބެހޭގޮތުން… އަދި ތި ގްރޫޕްގެ އެންމެ ބޮޑު މީހާއާއި ބެހޭގޮތުން.. އޭގެ އިތުރުން އަޔާޒްއާއި ބެހޭގޮތުން އެނގޭ ހުރިހާ މައުލޫމާތެއް އަހަރެންނަށް ކިޔައިދޭން” އަހަރެން ބުނީމެވެ. “އާ ޔޫ މޭޑް.. އައި އޭމް ނޮޓް ޓެލިން ޔޫ އޯލް ދެޓް… އައި އޭމް ނޮޓް ގޮއިންޓް ބީޓުރޭޑް މައި ގޭންގް” މާޒިން ބުނެލިއެވެ. “އޯކޭ ފައިން… ޑޯންޓް ޓެލް.. ބޭނުމިއްޔާ މިތަނުންދިޔަޔަސް އެންމެ ރަނގަޅު… އެކަމަކު ހަނދާން ކުރާތި.. އަހަރެން ނޮޅާ ހުސްކޮށްލުމަށްފަހު އެމީހުން ދާނީ މާޒިންއާއި ދިމާލަށް” އަހަރެން މާޒިންއަށް ހަނދާން ކޮށްދިނީމެވެ. މާޒިން އޭނަގެ ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ.
އަހަރެންނާއި މާޒިން ސިޑިއާއި ދިމާލަށް ބަލާލީ އަޑެއް އިވިގެންނެވެ. އޭރު ފާރިޝް އަންނަނީއެވެ. ފާރިޝްއަށް މާޒިން ފެނުމާއި އެކު ހުއްޓުން އެރިއެވެ. “ވަޓް ދަ ހެލް” ފާރިޝް ވަރަށް މަޑުން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. “ފާރިޝް މިއީ މާޒިން.. މާޒިން މިއީ ފާރިޝް.. އަހަރެންގެ ޕާޓްނާ” އަހަރެން ދެމީހުން ދެމީހުންނަށް ތައާރަފް ކޮށްދިނީމެވެ. “މޮޔަވީތަ ޝާމް.. އޭނަ މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބާތަ” ފާރިޝް އައިސް އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފައިގެން ދުރަށް ޖެހިލަމުން ވަރަށް މަޑުން ބުނެލިއެވެ. “ހީ ސެޑް ހީ ކޭން ހެލްޕް” ފާރިޝް ބުނީ ކިތައްމެ މަޑުން ކަމަކު އަހަރެން އެހެން ބުނީ މާޒިންއަށް އަޑު އިވޭވަރަށެވެ. އަދި ފާރިޝްގެ އަތް ނައްޓާލުމަށްފަހު އައިސް ޖޯލީގައި އޮށޯވެލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. “އަވަހަށް ރެޑީކުރޭ ފާރިޝް..” އަހަރެން ބުމަ އަރުވާލަމުން ބުނީމެވެ. ފާރިޝް ދެފަރާތަށް ބޯހޫރާލަމުން އޭނަގެ އަތުގައި އޮތް ދަބަހުން އެއްޗެހި ނަގާ ރެޑީވެލިއެވެ. ” ބިފޯ ވީ ސްޓާޓް… އައި ވޯންޓް ޔޫ ޓު ޕްރޮމިސް މީ ދެޓް ޔޫ ވިލް ގިވް މީ އެންޑް މައި ފެމެލީ ފުލް ޕްރޮޓެކްޝަން…” މާޒިން ބުނެލިއެވެ. އޭނަގެ އަޑުން އޭނަ ބިރުގަނެފައިވާ ވަރު އެގިގެން ދެއެވެ. “ޝާމްއަށް އެނގޭނެ އެމީހުންނަކީ ކޮންކަހަލަ ބައެއްކަން.. ޕްލީޒް” މާޒިން އަހަރެންނާއި ދިމާލަށް ބަލާލަމުން އެދުނެވެ. އަހަރެން ފާރިޝްގެ މޫނަށް ބަލާލީމެވެ. ފާރިޝްވެސް އަހަރެންގެ މޫނަށް ބަލާލީއެވެ. އަދި ދެބުމަ ގޮށްޖަހާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “އައި ވިލް ގިވް ޔޫ ޕްރޮޓެކްޝަން.. ޔުއަރ ފެމެލީ ޓޫ…. އައި ކާންޓް ޕްރޮމިސް ފްރޮމް ދެމް.. ބަޓް އައި ވިލް ހެލްޕް ޔޫ” އަހަރެން އެވަގުތު ބޭނުންވީ މާޒިންއަށް އެނގޭ ހުރިހާ އެއްޗެއް އޭނަގެ އަނގައިން ބޭރުކުރާށެވެ. އެހެންކަމުން އަހަރެން އެހެން ބުނީ ފަސޭހަކަމާއި އެކުގައެވެ. މާޒިން ފާރިޝްއަށް ބަލާލިއެވެ. ފާރިޝް ބޯޖަހާލީ ކުރިއަށް ގެންދާށޭ ބުނެލާގޮތަށެވެ. މާޒިން ވާހަކަ ދައްކަން ފެށިއެވެ. އޭނަގެ ގްރޫޕްގެ ވާހަކަ އޭނަ ކިޔައިދިނެވެ. ނިހާދުގެ ވާހަކައެވެ. އެމީހުން ކޮށްފައިވާ އެތަށް ވާހަކައެއް ކިޔައިދިނެވެ. ޕޮލިހުންނަށް ނޭނގޭ އެތަށް ހަގީގަތެއް ހާމަ ކުރިއެވެ. ފުއާދުއާއި ބެހޭގޮތުން އެގޭ ހުރިހާ އެއްޗެއް ކިޔައިދިނެވެ. އަޔާޒް ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން މާޒިންއަށް އެނގޭ ވަރަކުން ކިޔައިދިނެވެ. މާޒިންއަށް އެގްރޫޕްގެ އެންމެ ބޮޑު މީހާ ނޭނގޭކަމަށް ބުންޏެވެ. އެކަމަކު އެއީ ސަރުކާރުގެ މަތީ ވަޒީފާއެއްގައި އުޅޭ ބާރުގަދަ މީހެއްކަމަށް މާޒިން ބުންޏެވެ.
މާޒިން ވާހަކަތަށް ނިންމާލިއިރު އަހަރެންގެ އެތަށް ސުވާލެއްގެ ޖަވާބު ލިބިގެންދިޔައެވެ. “ތެންކްސް ވަރަށް ބޮޑަށް..” ހުރިހާ އެއްޗެއް ނަގަމުން ފާރިޝް މާޒިންއަށް ބުނެލިއެވެ. އަހަރެންވެސް އެތަނުން ދިއުމަށް ހިގައިގަތީމެވެ. އެވަގުތު ފާރިޝް އަހަރެން ހިފެހެއްޓިއެވެ. އަދި މާޒިން ތިރިއަށް ފޮނުވިއެވެ. “މޮޔަވީތަ… މިއީ އެއްވެސް އިރެއްގައި ޕްލޭން ކޮށްފައިވާ ގޮތެއް ނޫން ޝާމް.. ކީއްވެތަ ވިސްނާ ނުލާ ހިތަށް އެރި ގޮތަކަށް ތި ކަންތައް ކުރަނީ.. ކަމޯން މޭން.. އައި ނޯ ޔުއަރ އެންގްރީ.. އެންޑް ފްރަސްޓްރޭޓެޑް… ބަޓް ތިގޮތަށް ވިސްނާނުލާ މާޒިން ކުރިއަށް ނެރުނީމަ ވާނީ ކިހިނެއްކަން ހަމަ ރަނގަޅަށް އެނގޭނެ…” ފާރިޝް ހުރީ ހިތްހަމަނުޖެހިފައެވެ. އަހަރެން އެއްވެސް މީހެއް ކައިރީގައި ބުނެނުލާ އެވަރުގެ އެކްޝަން އެއް ނެގުމުން އޭނަ ރުޅިގަދަވިއެވެ. “އެންގްރީ.. ފޮ ވަޓް..” އަހަރެން ފަރުވާ ކުޑަ ރާގެއްގައި އަހާލީމެވެ. “ޝާމް… ޕްލީޒް،.. ޔޫ ނީޑް ޓު ޓޭކް ސަމް ޑޭ އޮފް.. އަދި މާޒިންއަށް ޓްރަސް ކުރެވޭތޯ ވިސްނާލާ.. އޭގެ ފަހުގައި”” ޓްރަސްޓް… އެނގޭތަ އަހަރެން ޓްރަސްޓް ކުރީމަ ވާގޮތް.. އެންމެ ފުރަތަމަ އަހަރެން ޓްރަސްޓް ކުރީ ހާނިމްއަށް. އޭނަ އަހަރެން ވިއްކާލީ..” އަހަރެން ހަޅޭލަވައިގަތީމެވެ. ކިތައްމެ ހިތްވަރު ކުރިޔަސް އަހަރެންނަށް އަހަރެންގެ ރުޅިގަނޑު މައިތިރިއެއް ނުކުރެވުނެވެ. “ދެން ޓްރަޓްސް ކުރި މީހާ ފޮތިފޮތި ކޮށްފަ އެއުކާލީ… އަދިވެސް ތިބުނަނީ ޓްރަސްޓް ކުރާށޭތަ… ދެން މަށަށް ހީވަނީ އަހަރެން ޓްރަސްޓް ކުރާ މީހެއް ޖެހޭނީ ކަނޑުން ނަގަންހެން.. ކަނޑު ފައްތައިގެން” އަހަރެން ރުޅި އައިސްފައި ހުރި ވަރުން މީހާ ތުރުތުރު އަޅަން ފެށިއެވެ. “ކަލޭމެން ބޭނުންވީ ހެކި.. އެންމެންނާއި ދެކޮޅަށް ހެކި.. މިހާރު ތިހިރީ އެވެސް ލިބިފައި.. އަޅެ ކަލޭމެން މޮޅިއްޔާ މީހެއް ހައްޔަރުކޮށްބަލަ… އެއަޔާޒް ހައްޔަރުކޮށްބަލަ.. ހަމަގައިމު މިހާރު ކަލޭމެންނަށް އޭނަ ހައްޔަރު ކުރެވޭނެ.. އެހެންނޫނީ ކަލޭމެން ޖެހޭނީ އޭނަގެ ހަށިގަނޑުގެ ބައިތަށް މަގުމަތީގެ އެކިތަންތަނުން ހޮވަން” އަހަރެން ފާރިޝްއާއި ކައިރިވެލަމުން މަޑުމަޑުން އެހެން ބުނެލީމެވެ. އަދި އެތަނުން ދިއުމަށް ހިގައިގަތީމެވެ. “ސޯ ދިސް އިޒް އެބައުޓް ހުޝާމް” ފާރިޝް ބުނެލިއެވެ. އަހަރެންނަށް ހުއްޓުން އެރިއެވެ. ހުޝާމްގެ ނަން އަޑުއިވުމުން ހިތަށް ވެގެން ދިޔަ ގޮތަކީ ބަޔާން ކޮށްދެން ފަސޭހަގޮތްތަކެއް ނޫނެކެވެ. ނަމަވެސް އަހަރެންނަށް އަތްމުއްމަޅާ ބާރުކޮށްލެވުނެވެ. އަދި ދަތްޕިލަ ފިއްތާލެވުނެވެ. އަވަހަށް އެތަނުން ފައިބަން ހިގައިގަތީ ފާރިޝްއަށް އަހަރެންގެ އަތުން ގޮތެއް ހެދިދާނެތީއެވެ.
ސައިކަލާއި ހަމައަށް ދެވުނު އިރު އަހަރެންގެ ދެލޯ ފެންވެއްޖެއެވެ. ކިތައްމެ ފޮރުވަން އުޅުނަސް އަހަރެންގެ ކަރުނަތަށް ލޮލުން އޮހިގަތެވެ. އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެކެވެ. އަހަރެންނަކީ ފިޑީ މީހަކަށް ވާކަށް ބޭނުމެއް ނޫނެވެ. އަތުގެ ނުފުށުން ކަރުނަތަށް ފުހެލީ ދުވަހަކުވެސް ހިތާމައިގެ ކަރުނަ ނުބޭލުމަށް ނިންމައިގެންނެވެ. އަދި އަޔާޒްގެ ނަން ސިކުނޑިއަށް ގެންނައީ ހިތާމަ ރުޅިވެރިކަމަށް ބަދަލުކޮށްލަން ވެގެންނެވެ. އެކަން އަހަރެންނަށް ވަރަށް ފަސޭހައިން ކުރެވުނެވެ. އަޔާޒްގެ ނަން ސިކުނޑީގައި އެބުރެގަތުމާއި އެކު އަތްމުއްކަވާލެވުނެވެ. އަދި ހުރި ބާރެއް ލާފައި ސައިކަލުގެ މަޑީގައި ޖަހައިފީމެވެ. އެމަންޒަރު ކިތައްމެ ބަޔަކަށް ފެނުނަސް ރަނގަޅު ކަމަށެވެ. “ހާދަ ރުޅިއެއް އައިސްފައި” އަހަރެން ފަހަތަށް އެބުރި ބަލާލީ މާޒިންގެ އަޑު އިވުމުންނެވެ. “އަދިވެސް ކަލޭ މިތަނުގައިތަ” އަހަރެން ފަރުވާކުޑަ ރާގެއްގައި އެހެން ބުނެލީމެވެ. “އަހަރެން ކޮންތާކަށް ދާންވީ ދެން” މާޒިން ބުނެލިއެވެ. “އައި ޑޯންޓް ނޯ… މޭބީ ވެއަރ ޔޫ ބިލޯންގްސް” އަހަރެން ސައިކަލަށް އަރަމުން މާޒިންއާއި ދިމާލަށް ބަލާލިމެވެ. މާޒިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި މާޔޫސްކަމެވެ. “އައި ޑޯންޓް ބިލޯންގް އެނީ ވެއަރ ނައު… އަހަރެންނަށް ގްރޫޕް މީހުން ކައިރިއަށް ދެވޭކަން ނެތް..” މާޒިން އިސްޖަހާލަމުން ބުނެލިއެވެ. “އެމީހުން ކައިރިއަށް ދެވޭނީ އަހަރެން ވަރަށް ރެޑީވެގެން.. އެހެން ނޫނީ އެމީހުންނަށް އެނގޭނެ… ކިރިޔާ ޗޭންޖްއެއް އަޔަސް” މާޒިން ވާހަކަ ދެއްކިއެވެ. “އޯކޭ ފައިން… ހިނގާދާން” މާޒިން އެހާދެރަވެފައި ވާހަކަ ދެއްކުމުން އަހަރެންގެ ހިތަށްވެސް ކެތެއްނުވިއެވެ. އެހެން ބުނުމާއި އެކު މާޒިން އަހަރެންގެ ފަހަތަށް އެރިއެވެ.
“އައި އޭމް ސޮރީ އެބައުޓް ޔުއަރ ފްރެންޑް ޝާމް” ސައިކަލު ދުއްވާލުމާއި އެކު މާޒިން ވާހަކަ ދެއްކިއެވެ. އަހަރެން ސައިކަލުގެ ބިއްލޫރި ކޮޅުން މާޒިންގެ މޫނަށް ބަލާލީމެވެ. “އަހަރެންނަށް އެނގޭ ޝާމްގެ އެކުވެރިޔާ އެމީހުން މަރާލިކަން” އެހެން ބުނުމާއި އެކު އަހަރެންނަށް ބްރެކި ޖެއްސުނެވެ. މާޒިން އިނީ އެވަރަށް ވިސްނައިގެން ނޫން ކަމުން އޭނަ ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. “ޓެލް މީ ޔޫ ޑޯންޓް ހޭވް އެނީތިން ޓު ޑޫ ދެޓް” އަހަރެން ރުޅިވެރިކަމާއި އެކު މާޒިންއާއި ދިމާލަށް ބަލާލީމެވެ. “ވަޓް” މާޒިން ހައިރާން ކަމާއި އެކު އަހާލިއެވެ. “ހުޝާމްގެ މަރާލުމުގައި ކަލޭގެ އަތެއް ވާނަމަ ހަމަ ތެދެއް މިބުނަނި… ” “ހޭ ވަޓް ޔޫ ތިންކިން.. އަހަރެންނަށް އެކަން އެގުނީވެސް ހެދުނު.. އެހެންނޫނަސް އަހަރެންނަށް އެނގެއޭ އެއީ ޝާމްގެ އެކުވެރިއެއްކަން…” މާޒިން ބުނެލިއެވެ. އަހަރެންގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. “ޝާމްއަށް ނޭގުނަސް އަހަރެން ޝާމްއަށް ގެއްލުމެއް ލިބޭކަން ބޭނުމެއް ނޫނޭ” މާޒިން ބުނެލިއެވެ. “ޑޫ ޔޫ ނޯ އެނީތިން އެބައުޓް ދެޓް” އަހަރެން މިފަހަރު އަހާލީ ވަރަށް މަޑުންނެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް މާޒިން ދެކެ ރުޅި އާދެވޭކަށް ނެތެވެ. “ނޯ… އަހަރެންނަކަށް އެއްވެސް އެއްޗެއް ނޭނގޭ.. އެކަމަކު އަހަރެންނަށް އެނގެނީ އެއީ އަޔާޒްމެން ގްރޫޕްއިން ކުރި ކަމެއްކަން” މާޒިން ބުނެލިއެވެ. އަހަރެންނަށް މާޒިންއާއި ދިމާލަށް ބަލާލީ ކިހިނެއްތޯ އަހާލާގޮތަށެވެ. “ގްރޫޕް ކުއްޖެއް ބުނީ އަޔާޒްއާއި އަދި ދެމީހުން ވެގެން ކުރި ކަމެކޭ އެއީ” މާޒިން ބުނެލިއެވެ. އަހަރެން ފުންކޮށް ނޭވާއެއްލީ އިތުރަށް ރުޅި އަންނަން ބޭނުން ނުވާތީއެވެ. އަހަރެން ބޭނުންވީ ކޮޓަރިއަށް ގޮސް އަރާމު ކޮށްލާށެވެ. އަނެއްކާ އަސުރު ވަގުތުވެސް ކައިރިވަނީއެވެ. އަހަރެން އެންމެ ފަހު ފަހަރަށް ހުޝާމްއާއި ބަައްދަލު ކޮށްލަން ބޭނުންވެއެވެ.
އަހަރެން ސައިކަލު ނައްޓާލީމެވެ. މާޒިން ބޭނުންވީ އޭނަގެ ގެއަށް ދާންކަމުން އަހަރެން އޭނަ ގެއަށް ގެންގޮސްދިނީމެވެ. އަހަރެން ދެން އައީ ކޮޓަރިއަށެވެ. ނަމަވެސް މާގިނަ އިރު އަހަރެންނށް ކޮޓަރީގައި ހުރެވޭކަށް ނެތެވެ. އެހެންކަމުން ކުޑަކޮށް ރެޑީވެލައިގެން އަހަރެން މިސްރާބު ޖެހީ އާސަހަރައާއި ދިމާށެވެ. އަހަރެންނަކީ އެއްއިރެއްގައިވެސް މީހުންގެ މޫނު ބަލަންދާ ހިތްވާ މީހެއް ނޫނެކެވެ. އަހަރެން ގަންނަނީ ފާދެއްގެ ބިރެވެ. އަސްލު ބުނާނަމަ މަރުވެފައިވާ މީހެއްގެ ކައިރިއަށް ދިއުން އެއީ އަހަރެން އެއްވެސް ގޮތަކަށް ކުރަން ބޭނުން ކަމެއް ނޫނެކެވެ. ނަމަވެސް މިފަހަރު އިތުރު ގޮތެއް ނެތެވެ. އަހަރެން ހުޝާމްއާއި އެންމެ ފަހުން ވާހަކަ ދެއްކޭނެ ގޮތަކީ މިއީއެވެ. ސައިކަލު މަޑު ދުވެއްޔެއްގައި އައިސް އާސަހަރަ ކައިރިއަށް މަޑުކޮށްލީމެވެ. އޭރުވެސް ބެރު ދޮރު ކައިރީގައި ބައިވަރު މީހުން ތިއްބެވެ. އަހަރެން މަޑުކޮށްލުމާއި އެކު އެންމެންހެން ކަހަލައިން އަހަރެންނާއި ދިމާލަށް ބަލަން ފެށިއެވެ. އެއީ އެން އިރެއްގައިވެސް އަހަރެންނަށް ފަސޭހަ ކަމެއް ނޫނެކެވެ. އެހެންކަމުން ފުދޭވަރަކަށް ބާރު ހިގުމެއްގައި ގޮސް އެތެރެއަށް ވަނީމެވެ. އެތަނުގައި އަހަރެން ހީކުރިވަރަށް ވުރެއް މީހުން ގިނައެވެ. އެކި ތަންތަށް ކޮޅުގައި މީހުން ތިބި އިރު އަހަރެން ލޯ އަޅައިގަތީ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބި ފާރިޝްއާއި އާދިލްސަރ އަދި ކަމާލްއަށެވެ. އަހަރެން ފުންކޮށް ނޭވާއެއް ލުމަށްފަހު އެތެރެއަށް ހިގައިގަތީމެވެ. ފާރިޝް އަހަރެން ކައިރިއަށް އަންނަން އުޅެނިކޮށް އާދިލްސަރ ކޮންމެވެސް އެއްޗެކޭ ބުނުމުން މަޑުކޮށްލިއެވެ. އަހަރެން ފަޑު ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު އެތެރެއަށް ހިގައިގަތީމެވެ. އެތެރޭގައި ގޮޑިއެއްގައި ކޮއްކޮއާއި މަންމަ އިށީދެލައިގެން ތިބިތަން ފެނުނެވެ. އަދި މަލިކާވެސް އެތަނުގައި އިނެވެ. ކޮއްކޮގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. އަހަރެން ފެނުމާއި އެކު މަލިކާ ހިނިތުންވެލިއެވެ. އަހަރެން މަސައްކަތް ކުރަމުންދިޔައީ އަހަރެންގެ ލޮލުގެ އެތެރޭގައި ހުރި ކަރުނަތަށް ހިފެހެއްޓޭތޯއެވެ. އެހެންކަމުން އެމީހުން ކައިރީގައި މަޑުކޮށްނުލާ އަހަރެން މިސްރާބުޖެހީ ހުޝާމްގެ މޫނު ބަލާށެވެ.
ހުޝާމް އޮތީ މޭޒެއްމަތީގައި ބާއްވާފައެވެ. ގައިމަތީގައި ހުދު ފޮތިގަޑެއް އަޅާފައި އޮތްއިރު މީހާގެ ނޭވަތަށާއި ކަންފަތަށް ވަނީ ކަފަޖަހާފައެވެ. އޭރު މޫނުމަތިން ހަލާކުވެފައި ތަންތަނުގެ ލޭވަނީ މަނާވެފައެވެ. އަދި ޑޮކްޓަރުންވަނި އެމީހުންނަށް ކުރެވުނު ވަރަކުން އެތަންތަން ރަނގަޅަށް ބައްދާފައެވެ. ކައިރީގައި މީހަކު ކިޔަވަން އިނެވެ. އެހުރިހާ އިރު އަހަރެން ކޮންޓްރޯލް ކޮށްގެން ހުރި ކަރުނަތަށް އޮހިގަތީ ހުޝާމް ކައިރިއަށް ހުއްޓުނު ވަގުތުއެވެ. އަހަރެން ހުޝާމް ކައިރީގައި ގޮޑިއެއް ހިފައިންގެސް އައިސް އިށީނީމެވެ. އެއީ އެންމެ ރަނގަޅުގޮތް ނޫންކަން އެނގޭ އިރުވެސް މެއެވެ. “ހޭ ހުޝާމް” އަހަރެން ވާހަކަ ދެއްކީމެވެ. އަހަރެން ވާހަކަ ދައްކާތަށް ފެނުމުން ގުރުއާން ކިޔަވަން އިން މީހާ ފާޑަކަށް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. “ސޮރީ މޭން.. އަހަރެންނަށް ހުޝާމް ޕްރޮޓެކްޓް ނުކުރެވުނީމަ..” އަހަރެންނަށް ވާހަކަ ދައްކާކަށް އެހާ ފަސޭހައެއް ނުވިއެވެ. ހީވަނީ މީހަކު ލަގޮޑީގައި ހިފަހައްޓާފައި ހުރި ހެންނެވެ. އެހެންކަމުން ދެފަހަރަކު ހިތްދިރުވައިލީމެވެ. “އަހަރެންނަށް އެނގިއްޖެ ކާކު ކުރިކަމެއް ތިއީ.. އަހަރެން އެމީހާ ދުލެއް ނުކުރާނަން… ” އަހަރެން ވަރަށް މަޑުން ބުނެލީމެވެ. “އެގެއެއްނުން އަހަރެން ހުޝާމް މަތިން މިސްވާނެ ވަރު… ކަމޯން މޭން… އައި ވިޝް އައި ކުޑް ޑޫ ސަމްތިން” އަހަރެން ހުޝާމްގެ ބޮލުގައި މަޑުމަޑުން ފިރުމާލިމެވެ. “ރިޔަލީ ސޮރީ” އަހަރެންގެ ލޮލުން ކަރުނަތަށް އޮހިގަތެވެ. އޭރު ގުރުއާން ކިޔަވަން އިން މީހާ އިނީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. “އަހަރެން ހުޝާމްގެ މަރުގެ ބަދަލު ހިފާނަން.. އައި ޕްރޮމިސް” އަހަރެން އެހެން ބުނަމުން އެތަނުން ދެތުވީމެވެ. “އައި އޭމް ސޮރީ ފޮ ދަ ލާސްޓް ޓައިމް” ހުޝާމްގެ ހަށަމަށް އަރުވާފައިވާ އަތުގައި މަޑުމަޑުން އަތްޖައްސާލަމުން އަހަރެން ބުނީމެވެ. އަދި އެތަނުން އަވަހަށް އެތަނުން ނިކުތީމެވެ.
ދެލޯފުހެލީ އެތަނުގައި ތިބި އެންމެންނަށް ސިއްރުންނެވެ. “އަހަރެން ހީކުރީ ޝާމް ނައަންނާނެ ކަމަށް” ފާރިޝްގެ އަޑު އިވުމާއި އެކު އަހަރެން ބަލާލީމެވެ. “ހުޝާމްއަށް ސަލާމް ކުރަން މިއައީ.. އިޒް އިޓް އަ ޕްރޮބުލޮމް” އަހަރެން ބުނީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލީ އަހަރެން އެހެން ބުނި ރާގުން ކަންނޭނގެއެވެ. އަދި ބޯ ދެފަރާތަށް ހޫރާލުމަށްފަހު އެތަނުން ދުރަށް ޖެހިލިއެވެ. އިރުކޮޅެއް ނުވެ އަސުރު ނަމާދު ބަންގި ގޮވިއެވެ. އަހަރެންވެސް މިސްކިތަށް އަރާ ނަމާދު ކޮށްލީމެވެ. މިއީ އެތަށް ދުވަހަކަށްފަހު އަހަރެންނަށް މިސްކިތަށް އެރުނު ފަހަރެކެވެ. އެހެންކަމުން ހިތަށްކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ވެރިވިއެވެ. އަސުރު ނަމާދަށްފަހު ހުޝާމްގެ ކަށިނަމާދު އޮތެވެ. އަހަރެން ކަށިނަމާދު ކޮށްގެން އެތަނުން ނިކުތީމެވެ. އަހަރެންނަށް އިތުރަށް ކެތް ނުކުރެވުނީއެވެ. ހުޝާމް ވަޅުލާތަން ބަލާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އެހެންކަމުން އަހަރެން އައީ ކޮޓަރިއަށެވެ. ކޮޓަރިއަށް އައިގޮތަށް އައިސް އެނދުމައްޗަށް ވެއްޓިގަތީމެވެ. ފޯނު ވައިބްރޭޑް ވާހެން ހީވެގެން ބަލާލި އިރު ގުޅަނީ މިޝްކާއެވެ. އަހަރެން ފޯނު ވައިބުރޭޓްއަށް ލީވެސް އޭނަ ގުޅާވަރުން އުދަގޫވެގެންނެވެ. އޭރު އެތަށް މެސެޖްއެއް އޭނަ ފޮނުވާފައި ހުއްޓެވެ. ފޯނު ސައިލެންޓްއަށް ލުމަށްފަހު ތަންކޮޅެއް ދުރަށް އެއްލާލީމެވެ. އަހަރެންނަށް އެގޮތަށް މިޝްކާއާއި ވާހަކަ ނުދައްކާ ހުންނާކަށް ފަސޭހައެއް ނޫނެކެވެ. އަހަރެން ކިތައްމެ ބޭނުން ނުވިޔަސް ހިތުގެ ކޮންމެވެސް ހިސާބެއްގައި ރިއްސަމުން ދިޔައެވެ. އޭނަ ދެރަވެފައި ކޮށްފައިވާ މެސެޖްތަށް ފެނުމުން އޭނައާއި ވާހަކަ ދައްކަން ބޭނުންވިއެވެ. ނަމަވެސް އޭނައާއި ހެދި ހުޝާމްއަށް ލިބުނު އަނިޔާ އެއީ ދުވަހަކުވެސް އަހަރެންގެ ހިތުން ފިލާނެ އެއްޗެއް ނޫނެކެވެ. ބައެއްފަހަރު ހިތާއި ދެކޮޅަށްވެސް ކަންތަށް ކުރަން ޖެހެއެވެ.
އަހަރެން އެގޮތަށް އެރޭގެ އިރު އޮއްސެން ދެން އޮތީމެވެ. އެގޮތަށޭ މިބުނީ ކޮޓަރިތެރޭގައި އުޅުން ވާހަކަ ބުނަން ވެގެންނެވެ. އަހަރެންނަށް މާގަ ގިނަ އިރެއް ވަންދެން އޮށޯވެގެނެއް ނޯވެވުނެވެ. އެހެން ކަމުން ތެދުވެ ކޮޓަރިތެރޭގައި ހިގެން ފެށުނެވެ. ހިގާލާފަ އެނދުގައި އެށީދެލާފައި އޮށޯވެލާފައި ތެދުވެލާފައި އުޅުނީމެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. އިޝާ ބަންގި ގޮވީ އަހަރެން އޮށޯވެގެން އޮތްވައެވެ. އެނދުން ތެދުވެ ދުރުގައި އޮތްފޯނު ނަގާ ބަލާލިއެވެ. އޭރު ފަންސާހަށް މިސްކޯލް އިނެވެ. ގިނައިން ގުޅާފައި އޮތި މިޝްކާއެވެ. ފާރިޝްވެސް ގުޅާފައި އިނެވެ. އެހެންކަމުން ފާރިޝްއަށް އަހަރެން ގުޅީމެވެ. “ކީއްކޭ” ފޯނު ބިޒީކޮށްލުމަށްފަހު އަންނޯން ނަންބަރުން ފާރިޝް ގުޅުމުން އަހަރެން އެހީމެވެ. “ކަމެއް ނުވޭ.. ޝާމް ކޮބާތޯ ބަލާލަން” ފާރިޝް ބުނެލިއެވެ. “އައި އޭމް ފައިން ފާރިޝް” އަހަރެން ބުނީމެވެ. “އައި ނޯ.. އަސްލު ޝާމްގެ ކޮއްކޮ ގުޅާށޭ ކިޔާވަރުން ގުޅީ.. މިއަދު ގެއަށްވެސް ނާދެއޯ މަންމަ ބުނީ” ފާރިޝް ބުނެލިއެވެ. “ގޭގަތަ ތިއުޅެނީ” އަހަރެން އެހީމެވެ. “ޔަ” “އޯކޭ މިދަނީ އިރުކޮޅަކުން” އެހެން ބުނެލުމަށްފަހު އަހަރެން ފޯނު ކަނޑާލީމެވެ. އަދި ގެއަށް ދިއުމަށް ރެޑީވެލީމެވެ.
ސައިކަލު ގެ ކައިރީގައި ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. އޭރު ކޮއްކޮ ސިޓިންރޫމްގައި އިނެވެ. ފާރިޝް ކޮއްކޮ ކައިރީގައި އިށީދެލައިގެންއިނެވެ. މަލިކާވެސް އިނެވެ. މަލިކާ ފެނުމުން އަހަރެންނަށް ހުއްޓުން އެރިއެވެ. ކޮއްކޮއަށް އަހަރެން ފެނުމާއި އެކު ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. “އައި އޭމް ސޯ ސޮރީ” ކޮއްކޮ ވަރަށް މަޑުން ބުނެލިއެވެ. އަހަރެން ކޮއްކޮގެ ބޮލުގައި ފިރުމާލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ހީލިއެވެ. މަލިކާ އަހަރެން ފެނުމާއި އެކު ކޮޅަށް ތެދުވި ގޮތަށް ހުއްޓެވެ. އަހަރެން އިތުރަށް އެތަނުގައި މަޑުނުކޮށް މިސްރާބު ޖެހީ އަހަރެންގެ ކޮޓަރިއާއި ދިމާލަށެވެ. ދިޔަގޮތަށް ވަދެ ދޮރު ލައްޕާލީމެވެ. ފާރިޝް އަހަރެން ކައިރީގައި ނުބުނީ ކީއްވެ ހެއްޔެވެ. މަލިކާ އުޅޭ ވާހަކަ ބުނެލިނަމަ އަހަރެން ކުޑަ އިރުކޮޅެއް ވަންދެން މަޑުކޮށްލީމުހެވެ. އަހަރެން އެނދުގައި އިށީދެ ބޮލުގައި ހިފަހައްޓާލެވުނެވެ. އެވުތު ކޮޓަރީގެ ދޮޅު ހުޅުވު އަޑު އިވުނެވެ. އަހަރެން ބަލާލި އިރު ފާރިޝް އެތެރެއަށް ވަންނަނީއެވެ. “ސޮރީ” ފާރިޝް އެނދުގައި އިށީދެލަމުން ބުނެލިއެވެ. “ޔޫ ކުޑް ޓޯލްމީ ދޯ.. މަލިކާ އުޅޭވާހަކަ ބުނި ނަމަ.. އޭނައާއި ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ނެތްކަން ހަމަ ރަނގަޅަށް ފާރިޝްއަށް އެނގޭނެ.. ” އަހަރެން ބޮލުގައި ހިފަހައްޓާލަމުން ބުނީމެވެ. “އަހަރެން އެހެން ބުނަން އުޅެނިކޮށް ޝާމް ފޯނު ކަނޑާލީ.. ޝާމާ ރޯވަރުން މަލިކާ އައީ މިގެއަށް… އެތަން ނިންމާފަ.. ޝާމްއަށް ފޯނު ކޮށްކޮށް ފޯނު ނުނެގީމަ އަދި ޝާމާ މާބޮޑަށް ސަކަރާތްވި… އެހެންވެ މަލިކާ މަޑުކުރީ ޝާމާ އޯކޭ ވާންދެން” ފާރިޝް ކިޔައިދިނެވެ. “ކީއްވެތަ.. މިހެން މިވަނީ ފާރިޝް” އަހަރެން އަހާލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލީ އޭނައަށްވެސް ޖަވާބު ނޭނގޭތީއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކިޖެހި އަޑަށް ދެމީހުންނަށްވެސް ދޮރާއި ދިމާލަށް ބަލާލެވުނެވެ.
“ވަދޭ” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ މަލިކާއެވެ. މަލިކާ ފެނުމާއި އެކު އަހަރެންނަށް އެނދުން ތެދުވެވުނެވެ.
ނުނިމޭ…
34 Comments!
Comments are closed.
mibaives kamudhaane kamah heekuran 🙂
v v reethi mi vesss
thnks v bodah 🙂
Me first dhw…wow mi part v salhi..oh god alhe dhn shaam ah vaany kihinehbaa…waiting for next part..
thnks niz v bodah 🙂
wow v v v v vv nice. v v v v v v v v v v v v v v v v v v v v v v v v v v v vv v v v v vv v v v v v v v v v v v v v v v v v v v vv v v v v v v v v nice .keep it up.love it
Varah reethi mi story ves 🙂 waiting for the nxt prt 🙂 Kai ge konme dhuvaheige mrnin mi mivanee mi story in 😛 😛 lolx
Dhen mi ayaax maraalanvee and shaam e mishkaa dheke loabi nuvaathi ok 😉 dhen malikaa and shaam ghuluvchey fantasy 😀 😀
thnks kai v bodah 🙂 v happy vejje thihaa lobi comment eh koh leema 🙂
Yeyy, I’m the 1st.. ofcox this partvx vvvvv rythi.. fantasyge mi story hadi vaanehn hyveytha.. Asluvx vvv rythi.. nxt partvx avahah up kohdhehchey:):)..
thnks shine dear.. thihaa lobi comment eh koh leema 🙂
Haadha reecchey mivaahaka… adhi dhigukoh genesdheythee vv ufaavey.. thankyou writer.. waiting 4 the next part..
thnks axu 🙂
haadha reethi vaahaka ekey…nala hama..
thnks naahy 🙂
sham nd malikaa gulhuvaa eyrun reethi vaane
thnks mixooo .. sharm lobi vaa kujjeh ves balan vaane dhoo 🙂
vvvv reethi mivaahaka…avahah next part genesdhy….
thnks roony 🙂
Thanks Fantasy? nice story eh kiaalan libeythee..Wow!!
thnks tulip thihaa lobi comment eh koh leema 🙂 😉
Nee prison break ge story dw?
nun mimmm.. prison breakge story eh nun mee 🙂
wowww v rythi fantasy kon irakun next part? .. waiting waitng 🙂
thnka mai v bodah 🙂
Fantasy, kashi namaadhu?
eiy mistake eh dhoo aanaa 🙂
wow! varah varah reethi mi part vx! 😀 Malika ah enguny dhw shaam innocent kan 😀 and haadha hyy nukuraa gothakashey mi dhiyaee vx :p hehe very very intresting mibai ves.. waiting for next part, Fantasy!!
thnks faxoo dear 🙂
Dhn faitu ninety koniraku shaam numeracy. …fantasy…….ey run seqret polihe nuhun naane.bt v v v v reethi mipartves
thnks ny 🙂
Nice.. Fantasy your the best.. Keep going..
thnks lovely 🙂
Fantasy, nxt prt knirakuntha??
shine dear mihaaru up koh fin igey 🙂