“އޯކޭ.. އެމީ ބުނެބަލަ.. އެމީއަށް ކަމުދަނީ ކޮން ކަހަލަ ކުދިންނެއް… ބުނެބަލަ ބުނެބަލަ” ޒީނާ އަމޭލިއާގެ އަތުގައި ކޮއްޓަމުންދިޔައީ އަމޭލިއާއަށް ޖެއްސުން ކުރުމަށެވެ. “އަހަރެންނަށް ކަމުދަނީ…..” އަމޭލިއާ އިސްއުފުލާ ބަލާލީ ކުރިމަތިން މީހަކު ޗުސް ތަޅާލުމުންނެވެ. “ރާސިލް” އަމޭލިއާ ރާސިލްއާ ދިމާލަށް ލޯ އަޅާލީ ނުރުހުންވެ ހުރެއެވެ. “ނުބެހޭ ކަމެއް ނޯވޭދޯ” އަމޭލިއާ ދަތްތަކައް ބާރުލަމުން ބުނީ ރާސިލްއާ ދިމާލަށެވެ. “މީހަކު ނުބެހޭ ގޮތައްތަ ތިއުޅެނީ.. ހީވަނީ ދެ ބޭބީހެން.. މިތާ ތިބި މީހުންނަށް ތުއި ނުދެއްކިޔަސް […]
“ދޮންތާ، އަހަންނަކަށް ނޭނގެ އަހަރެން ހަދަންވީ ގޮތެއް… ދިރިއުޅުން ދެކެ މުޅިން ފޫހި ވެއްޖެ… މިއަދު އަހަންނަށް މިލިބުނު އުފާވެސް އާމިރުއާ ނުލާ އަހަންނަކަށް އިހުސާސެއް ނުކުރެވޭ… އަހަރެން ދެރަވަނީ… އާމިރު ނެތިސް އަހަރެން ކިހިނެއް މިކަމާ ކުރިމަތި ލާނީ… އަހަރެން ހިތަށް އަރާ…” ރޮމުން އިފާޝާ ހުރި ދިމާލުން ތިރީގައި އިށީނެވެ. ސާދާވެސް އިފާޝާ ގާތު އިށީނެވެ. “އިފާ، ތިހެން ހަދާކަށް ނުވާނެ… އާމިރު އެދޭނެތަ އިފާއަށް ތިހެން ވާން؟ ހިތްވަރު ކުރަން ވާނެއެއްނު؟ މާޔާ […]
ނީރާ ގެ މޫނަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ކުރީގެ ހަނދާނެއް އާވިއެވެ — “ނީ.. ނުހުޅުވަންޗޭ ލޯ ޕްލީސް… އޯކޭ.. ވެއިޓް.. ޔާ ދެން ހުޅުވާ…” ޝާއިން ގެ އަޑު އިވުމުން ނީރާ ލަސް ލަހުން ލޯ ހުޅުވާލިއެވެ. އެއާއި އެކު އޭނާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. 14 ވަނަ ދުވަސް ކަމުން ހަނދު ވަރަށް ފުރިހަމަ ކަމާއި އެކު ދުނިޔެ މަތި އަލިކުރަމުން ދިޔައެވެ. ފެންނަލެއް ވަރަށް ހިތްގައިމެވެ. އެތަށް އިރަކު އެ […]
އަމޭލިއާ ދިޔުމަށް އަންގާފައިވާ ފަންގިފިލާއަށް އެރުމައްފަހު ދޮރު ހުޅުވާލީ އުންމީދާ އެކުއެވެ. އެހެން ނަމަވެސް ކުރިމަތިން ފެންނަން ހުރި މީހާ ފެނި ސިހުނީ ހަގީގަތެއްބާއޭ ހިތައް އަރަމުންނެވެ. ހިނިތުންވާ ނޭނގި އިން އަމޭލިއާ ފަހަތައް ޖެހެވުނީ ކުރިއަށް ހިނގައިފައި އަންނަ ޒުވާނާ ފެނިއެވެ. ރީތި ފަން އިސްތަށި ގަނޑު ކުޑަކޮއް ސްޕައިކެއް ޖައްސާފައިވާއިރު އަމޭލިއާ ނޭފަތް ދަމާލި ދުވި ލުއި މީރު ސެންޓް ވަހުންނެވެ. ބާމަތި ފުޅާ ހަށިގަނޑަށް މަޑު ފެހި ގަމީހެއް ހެޔޮވަރު ކޮއްލާފައިވާއިރު ގަމީހުގެ […]
” މިހިފައިގެންދޭ ” އިވީ ކުރިމައްޗަށް ހުއްޓެމުން އިވީގެ އަތަށް ސިޓީއުރައެއްލަމުން ޒައިކް ބުންޏެވެ. އެއްފަހަރު ސިޓީ އުރައަށް އަނެއްފަހަރު ޒައިކްގެ މޫނަށް އިވީ ބަލާލިއެވެ. އޮފީހުގެ އިސްކޮށްހުންނަމީީހާއާ މެދު ބޭއަދަބީކޮށް ކަންތައް ކުރުމުގެ ސަބަބުން މެނޭޖްމަންޓުން ވަނީ މިއަދުން ފެށިގެން އިވީ މިއޮފީހުން ވަކިކުރެވިފައެވެ. ކުންފުނީގެ ގަވާއިދާ އެއްގޮތަށް ދެމަސްދުވަހުގެ މުސާރައާއި އެކު އިވީ ވަޒީފާއިން ވަކި ކުރެވުނީއެވެ. ނުކުންނަން ދިޔަ އިވީ ޒައިކް އާ ދިމާއަށް އެނބުރިލުމަށްފަހު ސުވާލުކޮށްލިއެވެ. ” ފުރަތަމަ ދުވަހުވެސް މިހުރިހާ […]
އެދެކުދިން ފެނި ވާހަކަ ދައްކާލެވުމުން ހިތަށް ހަމަ ޖެހުން ލިބުނު ނަމަވެސް މީރާ ފެނުމުން އިފާޝާއަށް ރޮވުނީ އާމިރު މަތިން ހަނދާން ވިވަރުންނެވެ. މީރާއާ އާމިރު ވައްތަރު ކަމުންނެވެ. މެންދުރު ޒިޔާން ގުޅާފައި ހަވީރު ޒާޔާ ގޮވައިގެން އަންނާނެ ވާހަކަ ބުނުމުން މެންދުރުފަހު އިފާޝާ އުޅުނީ ޒާޔާއަށް މީރު ކާއެއްޗެއް ތައްޔާރު ކުރުމުގައެވެ. ބަޓަރކޭކް އަޅައިގެން ކަސްޓަޑް ކެއްކުމަށް ފަހު ހަވީރަށް ސައި ތައްޔާރު ކޮށްފައި އިފާޝާ ފެން ވަރައިގެން ނިކުމެ އަސުރު ނަމާދު ކޮށް ނިމުނު […]
(ފަސްވަނަ ބައި) އެންމެންގެ ހިތުގައިވެސް ވަނީ އެންމެ ސުވާލެކެވެ. ހުސޭނު އެއްބަސްވާނެ ބާއެވެ. “ހުސޭނު. މިފަހަރު އޭނަ ފޮނުވާ.” މައިލަގޮނޑިއަށް ކެތް ނުވެގެން އެންމެފަހުން ޒާހިރާ ބިރު ކަނޑާލާފައި އަނގަ ހުޅުވިއެވެ. މާރިޔާ ހައިރާންވިއެވެ. “އޭނާ ވަރަށް ކިޔަވާ ހިތްވޭ. އެހެންކަމަށް ވީއިރު އޭނާގެ ކިޔެވުމަށް އަހަރެމެން ހުރަސް އެޅުމަކީ އޭނާގެ މުސްތަގުބަލާމެދު ވިސްނުން ކަމަށް ވާނެތަ؟ މިއަދު އޭނާ ނުފޮނުވައިފި ނަމަ އަހަރެމެންގެ އަމިއްލައެދުމާހެދި އަހަރެމެންގެ އަތުން އެ ހަލާކުކޮށްލެވުނީ އަހަރެމެންގެ ދަރިފުޅުގެ މުސްތަގުބަލު. ހުސޭނު.” […]
އޭރު ޒާޔާއަށް ނިދިފައި އޮތުމުން ޒިޔާންވެސް ކޮޓަރިއަށް ވަދެ އޮށޯވެލިއެވެ. ވަރުބަލި ވެފައި ހުރި ވަރުން ގިނަ އިރެއް ނުވެ ޒިޔާންއަށް ނިދުނެވެ. އެހާދިސާގެ ފަހުން ޒިޔާންއަށް ހަމަ ނިދި ނިދާލެވުނީ އެރެއެވެ. ރަމްޒިއްޔާ ކާން ހަދާފައި ކާން ގޮވަން ދިޔަ އިރު ޒިޔާންއަށް ނިދިފައި އޮތުމުން ނުގޮވާ ދިޔައީއެވެ. ގެޔަށް ވަން ގޮތަށް އިފާޝާ އަނދިރި ވެފައިވާ ސިޓިންގރޫމްގެ ބޮކި ދިއްލާލިއެވެ. އެއާއެކު ފުރަތަމަވެސް ފެނުނީ ފާރުގައި އަޅުވާފައި ހުރި އިފާޝާއާ އާމިރު އެކުގައި […]