Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 9..

kamana
February 10, 2016
5 Mins Read
45 Views
18 Comments

“އޯކޭ.. އެމީ ބުނެބަލަ.. އެމީއަށް ކަމުދަނީ ކޮން ކަހަލަ ކުދިންނެއް… ބުނެބަލަ ބުނެބަލަ” ޒީނާ އަމޭލިއާގެ އަތުގައި ކޮއްޓަމުންދިޔައީ އަމޭލިއާއަށް ޖެއްސުން ކުރުމަށެވެ. “އަހަރެންނަށް ކަމުދަނީ…..” އަމޭލިއާ އިސްއުފުލާ ބަލާލީ ކުރިމަތިން މީހަކު ޗުސް ތަޅާލުމުންނެވެ. “ރާސިލް” އަމޭލިއާ ރާސިލްއާ ދިމާލަށް ލޯ އަޅާލީ ނުރުހުންވެ ހުރެއެވެ.

“ނުބެހޭ ކަމެއް ނޯވޭދޯ” އަމޭލިއާ ދަތްތަކައް ބާރުލަމުން ބުނީ ރާސިލްއާ ދިމާލަށެވެ. “މީހަކު ނުބެހޭ ގޮތައްތަ ތިއުޅެނީ.. ހީވަނީ ދެ ބޭބީހެން.. މިތާ ތިބި މީހުންނަށް ތުއި ނުދެއްކިޔަސް ވާނެ” ރާސިލް މަލާމާތުގެ ރާގައް ބުނެލީ އަމޭލިއާ ރުޅިއަރުވާލުމަށެވެ.

“އޯހް ބޭބީ.. ސޮރީ… ވަރަށް ބަނޑުހައި.. ހިނގާ ކާން” ނޫރާ ރާސިލް ގައިގަ އޮޅުލައި ގަންނަމުން ބުނީ ތުއި ގޮތަކަށެވެ. އަމޭލިއާއަށް ޒީނާއާ ދިމާލަށް ބަލާލެވުނީ ނޫރާ އުޅޭވައްތަރުންނެވެ. ހިނިގަނޑު ފިއްތައިގެން ދެމީހުން ތިބީ ނޫރާ ރުޅިއައިސް ދާނެތީއެވެ. ރާސިލް ނޫރާގެ ގުޅާލެވިފައިވާ އަތް ނައްޓުވާލީ ނުރުހުންވެ ހުރެއެވެ. “ތިގޮތައް ނޫޅޭށޭ ނުބުނަންތަ..” ނޫރާއަށް އިވޭ ވަރަށް ރާސިލް ބުނީ ހިތްހަމަ ނުޖެހި ހުރެއެވެ. މިހާރަކަށް އައިސް ރާސިލް އަބަދު ރުޅިއައިސް ހުންނަކަން ނޫރާއަށްވެސް ފާހަގަ ކުރެވެއެވެ. ނޫރާ ރާސިލްއާ ދިމާލަށް ބަލާލީ ލޮލުގެ އެންމެ ހިމަކޮޅުންނެވެ. “އަހަރެން ގޮވައިގެން ތިހާލަދު ގަންނަންޏާ ކީއްކުރަން ތިއައީ… ” އަތުގައިވާ ކުޑަ އަތްދަބަހަށް ބާރު ކުރަމުން ނޫރާ ސިޓްރޮންއިން ފޭބީ ރާސިލް ދެކެ ރުޅިއައިސް ހުރެއެވެ. ނޫރާގެ ފަހަތުން ރާސިލް ދިޔައީ ދެން އެތާ ހުރުމުގެ ބޭނުމެއް ނެތީމައެވެ. ދަމުން ދަމުން އަމޭލިއާއަށް ބަލާލީ ފޫހިވެ ހުރެއެވެ.

………..

މޭޒުމަތީގައިވާ ގަނޑުތަކުގައި އެއްވެސް ތަރުތީބެއްނެތެވެ. އަމޭލިއާގެ ފުރަތަ ކޭސް ލިބުމާއެކު އަމޭލިއާ ދެގުނަ ބިޒީވިއެވެ. ބަލަންޖެހޭ ކަންތައްތައް ގިނަވެ އޮފީހުގައި ވަގުތު ހޭދަ ކުރަމުން ދިޔައީ ލަސްވަންދެކަށެވެ.

“ހޭ އެމީ.. އަދިވެސް ނުދަންތަ.. ބޮޑު ވިލާގަނޑެއް ނެގެން އުޅޭހެން ހީވަނީ.. މިހާރު އެޔޮށް އަށެއް ޖަހަނީ.. ” އަތުކުރީގައި އޮތް ގަޑިއަށް ބަލަމުން މާޒިން އަމޭލިއާ އާއި ވާހަކަ ދައްކަމުން ދިޔައެވެ. “އާން ދޯން.. މި ކޮމްޕިއުޓަރު ގަނޑަށް ބަލަން އިނީމަ ގަޑި ދިޔަގޮތް ވެސް ނޭނގެ” ގޮނޑިން ތެދުވަމުން އަމޭލިއާ މިސްރާބުޖެހީ ކުޑަދޮރާ ދިމާލަށެވެ. ހަވީރު ވީއިރުވެސް ރީތިކޮށް އޮތް އުޑުމަތި މިހާރު ހީވަނީ ރަތް ސާލު ގަނޑެއް ހެންނެވެ. އުޑުމަތިން ތަރިތަކުގެ ހިލަމެއް ނެތުމުން ހީވަނީ ފަޅުކަމެއް އައިސްފައިވާ ހެންނެވެ. އަމޭލިއާ ކުޑަދޮރުން ތަންކޮޅެއް ހުޅުވާލީ ވައިގަދަތޯ ބަލާލުމަށެވެ. ދޮރު ހުޅުވާލުމާއެކު ޖެހުނު ފިނި ވައިރޯޅިން އަމޭލިއާ ހީކަރުވައިގަތެވެ. ދެއަތްވަށާލީ ފިނި އިހްސާސް ކުރުމުންނެވެ.

އަމޭލިއާގެ މައުސޫމު ލޮބުވެތި މޫނަށް ބަލަހައްޓައިގެން މާޒިންއަށް ހުރެވުނީ އާޝޯހުވެހުރެއެވެ. ލޯބި ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާފައިވާއިރު އެ ދޮންމޫނުން ތުންފަތް ވަކިން ފެނެއެވެ. މާޒިންއަށް ހިތް ދިރުވާލެވުނީ ސިކުނޑިއަށް ސަވާރުވި ހިޔާލުންނެވެ. “މާޒިން.. މާޒިން.. ދާކަށް ނުވޭތަ.. އަހަރެން މިއުޅެނީ ބަލާއަންނަން ގުޅަން” އަމޭލިއާ ދެތިން ފަހަރު މާޒިންގެ މޫނުމަތިން އަތް ހުރަސް ކޮއްލީ މާޒިން ގެއްލިފައި ހުރުމުންނެވެ. “އުހުން މިދަނީ.. އެމީވެސް އަވަހަށްދޭ” ގޮނޑި މަތީގައި އޮތް ކޯޓުނަގަމުން މާޒިން އަވަސް އަރުވާލީ އަމޭލިއާ ކުރިމަތީގައި ދެން ހުރެއްޖެނަމަ ސިއްރު ބޭޒާރު ވެދާނެތީއެވެ. މާޒިން ދިޔަ ދިމަލަށް އަމޭލިއާ ބަލަން އިނީ މާޒިންގެ އެ ހަރަކާތްތައް ދެނެގަންނަން ނޭނގިއެވެ.

“ދޮންބޭ.. އެމީ ބަލާ އައިސްދޭށޭ ބުނަން” މިފްޒާލްއަށް އަމޭލިއާ ކޮންމެ ދުވަހަކޭ އެއްގޮތަށް ގުޅާލީ ބަލާއައުމަށެވެ. “އެމީ މިރޭ ކާރެއްގަ ދާންވީނު.. ދޮންބެ މިހުރީ މީޓިން އެއްގަ…ހިނގާފަ ނުދައްޗޭ.. ކާރެއްގަ ދާނީ.. ދޮންބެއަށް މެސެޖް ކުރާތި ގެއަށް ދެވުނީމަ… އޯކޭ..ދޮންބެވެސް ގުޅާނަން.. ސޮރީ” މިފްޒާލް ދެރަވެ ހުރެ އަމޭލިއާ ކިބައިން މާފައް އެދުނީ ބަލާ ނާދެވޭތީއެވެ. އަމޭލިއާ އަކީ މާލެ އައިފަހުން އެކަނި ތަންތަނަށް ގޮސް އުޅުނު މީހެއް ނޫނެވެ. އަމޭލިއާ ހިތާ ދެކޮޅަށް އާއެކޭ ބުނީ މިފްޒާލްއަށް ނާދެވޭނީ ބޮޑު ކަމެއް ދިމަވީމަކަން އެނގޭތީއެވެ. ކުޑަކޮއް ހަމަޖެހިލުމައްފަހު ދަބަސް ކޮނޑުގައި އަޅުވާލީ ކެރިގެން ގެއާ ހިސާބަށް ދިޔުމަށެވެ.

އުޑުމަތިން ފެންނަމުން ދިޔަ ރަތް ކަމުން މީހަކު ބިރުގަންނަވާލާނެއެވެ. މަގުމަތީގައި ދުއްވާ ތަކެތި ކިތައްމެ ގިނަޔަސް އަމޭލިއާއަށް ކާރެއް ނުލިބުނެވެ. ޓެކްސީ ސެންޓަރުތައް ބިޒީ ވެފައި މަގުމަތިންވެސް ކާރެއް ނުލިބުމުން އެންމެ ފަހުން މިފްޒާލުއަށް ގުޅަން އަމޭލިއާ ނިންމީ އިތުރު ގޮތެއް ނެތުމުންނެވެ. “އުހުން.. މިރޭ އެކަނި ދާނީ.. ދެރަކަމެއް ނުވާނެ… އަބަދު ކައިރީގައި މީހަކު ނުހުންނާނު.. އޯކޭ.. އައި ކެން ޑޫ ދިސް” އަމޭލިއާ ދަބަހުން ފޯނުނަގާ ޑައިލް ކޮއްލުމައްފަހު ކަޑަލީ މިފްޒާލްއަށް އުދަގޫ ނުކުރުމަށެވެ.

ސައިކަލުގެ ވަށާ ދެކޮޅަށް ހިނގަމުން ދިޔަ މާޒިން ހުރީ ހާސްވެފައެވެ. އަމޭލިއާ އެކަނި އޮފީހުގައި ބަހައްޓާފައި ނިކުތުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ހިތްބުނަމުންދިޔައީ އެވަރަށެވެ. “އޯހް ނޯ.. އެމީއަށް ގެއަށް ދެވޭނެބާ އަނެއްކާ..” އޮއްސާލި ބޯ ވާރޭގަނޑުން ސަލާމަތްވުމަށް މާޒިން ކުރިމަތީ ހުރި ތަނަކަށް ވަނީ ހިޔާ ވުމަށެވެ.

“ރާސިލް.. ކިހިނެއްތަ ވީ.. ކުރީގަ ރާސިލް ހީވަނީ އަހަރެންނާ ހެދި މޮޔަވެފަ ހުންނަހެން… ރާސިލްއަށް ކަމުނުދަނީ އަހަރެންގެ ކޮން ސިފައެއް” ނޫރާ ރާސިލްގެ ގަމީހު ގިރުވާނުގައި ހިފަހައްޓައިގެން ހުރީ ދެއަތުންނެވެ. ނޫރާ ލަމުން ދިޔަ ނޭވާގެ އިހްސާސްވެސް ރާސިލްއަށް ކުރަމުން އައީ ނުބައި ގޮތަކަށެވެ. “ޕްލީޒް ނޫރާ.. ކަމުނުދާ ކިތައްސިފަ އަހަރެން ބުނަންވީ.. ރައްޓެހިވެގެން އުޅޭތާ ދެއަހަރަށް އަޅަމުންދާއިރުވެސް އަހަރެން ބުނި އެއްކަމެއްވެސް ކުރެވުނުތަ.. ނޫރާ ތިކަހަލަ އެއްޗެހި ލާކަށް ލަދެއް ނުގަނޭތަ… ކިތައް ދުވަހު ބުނާނީ ތިކަހަލަ އެއްޗެހި ނުލާށޭ saudemasculina.pt.. ބުރުގާ އަޅަން ބޭނުން ނުވިޔަސް ތިލާ އެއްޗެހި ތަންކޮޅެއް ބޯކުރެވިދާނު.. އަހަރެންނާ އެކީ ތަންތަނަށް ދާއިރު މީހުން ނޫރާއާ ދިމާލަށް ބަލާގޮތް އެނގޭތަ.. އަހަރެން ބޭނުމެއް ނޫން އަހަރެން ރައްޓެހިވެގެން އުލޭ ކުއްޖާއާ ދިމާލަށް މީހުން އެކަހަލަ ނުބައި ބެލުމަކުން ބަލާކަށް” ރާސިލް ނޫރާގެ ދެއަތް ގިރުވާނުން ނައްޓަމުން ވިސްނާދެމުންދިޔައެވެ. “ރާސިލް މިހާރު އަހަރެން ލާ އެއްޗެއްސާވެސް ބެހެނީތަ.. ރާސިލް ދިޔާމަ ވީނު ރާސިލްއަށް ކަމުދާ އެއްޗެހިލާ މީހެއް ކައިރިއަށް.. ވަރަށް ވައި މީހެއްތީ.. އަހަރެންގެ ލައިފްސްޓައިލް މީހަކަށް ޓަކާ އަހަންނެއް ޗޭންޖެއް ނުކުރާނަން” ނޫރާގެ ފަހުބަސް އަޑު އިވި ރާސިލް ނޫރާގެ އަތް ފޮޅުވާލީ ރުޅިއައިސް ރަތްވެ ހުރެއެވެ. “މައްސަލައެއް ނެތް.. ނޫރާ އުޅޭ ނޫރާ ބޭނުންގޮތަކަށް” ރާސިލް ނޫރާގެ ކޮޓަރިން ނިކުތީ ބާރު ހިނގުމެއްގައެވެ. ދިޔަ ބާރުމިނުގައި ގޮސް ސައިކަލަށް އެރީ ވެހެންދާ ބޯވާރޭއަށް ސަމާލުކަމެއް ނުދީއެވެ.

……..

ވެއްޓެމުން ދިޔަ ފެންތިކިތައް އަމޭލިއާ އަރައިގެން އިން ބޫޓު ހަޑިކޮއްލާނަމޭ ބުނާކަހަލައެވެ. ބޫޓު ކައިރިއަށް ޖޭހޭ ކޮންމެ ފެއްތިކެއް އެތަޖެއް ފެންތިއްކަކަށް ވަމުން އައިސް އަމޭލިއާ އަރައިގެން އިން ބޫޓަށް ޖެހެއެވެ. ހަނި ގޯޅިއެއްގެ އަސްކަނި ދަށުގައި އަމޭލިއާ މަޑުކޮއްގެން އިނީ ވެހެމުންދިޔަ ބޯ ވާރޭއިން ސަލާމަތް ވުމަށެވެ. އެހެން ނަމަވެސް ބިރުގަންނަން ފެށީ ކުރިމަތިން އަންނަމުން ދިޔަ ފިރިހެން ގުރޫޕް ފެނިއެވެ. ވެހެންދާ ވާރޭއަށް ސަމާލު ކަމެއްނުދީ ހިނގަމުން އައި ތިން ޒުވާނާ ފެނި އަމޭލިއާ ކުރިއަށް ހިނގައިގަތީ ވަކި ދިމާލެއް ބަލާފައެއް ނޫނެވެ. “އޭން އޭން.. ބަލާބަލަ އެޔޮށްދާ މަންޖެއެއް.. ” އެތަނުން އެކަކު ބުނި އަޑު އިވި އަމޭލިއާ ހިނގުން ބާރުކޮއްލީ ޖެހެން އުޅޭ މުސީބާތުން ސަލާމަތަށް އެދި ދުއާ ކޮއްލަމުންނެވެ. ދަބަސް ތެރޭގައި އޮތް ފޯނު ރިންގުވަމުން ދިޔައިރުވެސް ނަގަން ނުކެރި އިނީ ފަހަތުން އަންނަމުންދާ މީހުންގެ ސަބަބުންނެވެ. އަމޭލިއާ ކުރިމައްޗަށް ބަލާލީ ހާސްވެ އިނދެއެވެ. ތިނެސް ކަނުން މަގު ބެދުނީ އަމޭލިއާއަށް ނޭނގި ހުއްޓައެވެ. އަމޭލިއާ ފަހަތަށް އެނބުރި ބަލާލީ ފަހުތުގައި ބަޔަކު ނުހުންނާނޭ ހިތުން ކިޔަމުންނެވެ. އެހެން ނަމަވެސް އަމޭލިއާ އާއި ދިމާލަށް ބަލަހައްޓައިގެން އިން ތިން ޒުވާނުން ފެނި އަމޭލިއާ އިނީ ކުރިއަށް ފިޔަވަޅެއް އަޅާލަން ނޭނގިއެވެ.

“ކީއްވެތަ ފަހަތައް ތިޖެހެނީ.. ހާދަ ބިރުން ތިއުޅެނީ” އަމޭލިއާ ހަނދާންވީ މީގެ އައްއަހަރު ކުރިން ދިމާވި ހާދިސާ މަތިންނެވެ. ފަހަތައް ޖެހެމުން ގޮސް ފާރުގައި ތައްލީ ނޭނގި ހުއްޓައެވެ. ހުރިތަނަށް އަމޭލިއާ ތިރިވަމުން ދިޔައިރު ލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތަށް ވާރޭއާ އެކުވަމުން ދިޔައެވެ. ދެލޯ މަރާ ބާރުކޮއްލީ ފަހުވަގުތޭ ހިތައްއަރައެވެ.

“އެމީ… އެކްސްކިޔުސް.. އެކްސްކިޔުސް.. ކިހާ އިރެއް ހޯދާތާ.. ކީއްވެ މަޑު ނުކުރީ..” އަމޭލިއާގެ ދެކޮނޑުގައި ހިފާ ނަގަމުން ރާސިލް ބަލާލީ ކުރިމަތިން ފެންނަން ހުރި ތިން މީހުންނަށެވެ. “ބްރޯ ކޮންކަމެއްތީ” އޭގެން އެކަކު ރާސިލްއާ ދިމާލަށް އައީ ރުޅިއައިސް ހުރެއެވެ. ކާންލިބިފައިވާ އެއްޗެއް އެހެން މީހަކު ޖަހައިގަތް ކަހަލަ އިހްސާސް ކުރެވިގެންނެވެ. “ބްރޯ.. މީ މަގޭ އަންހެނުންނޭ…” ރާސިލް އެހެން ބުނެ އެ ތިންމީހުންނާ ދިމާލަށް ބަލާލީ ރުޅިއައިސް ހުރެއެވެ. “ސޮރީ ބްރޯ ނޭނގޭނެއެއްނު” ރަސިލް ކިބައިން މާފައް އެދުމައްފަހު އެމީހުން ހިނގައިގަތީ އައި ކޮޅަށް ދިޔުމަށެވެ.

ރާސިލްގެ ގަމީހުގައި ހިފައި ބައްދައިގަނެގެން އޮވެ ރޮމުން ދިޔަ އަމޭލިއާއަށް ރާސިލް ފުންކޮށް ބަލާލިއެވެ. އަމޭލިއާގެ ހަށިގަނޑުގައި ވަށާލެވިފައިވާ އަތަށް ބާރުކޮއްލެވުނީ ކީއްވެކަމެއް ނޭނގެއެވެ. “އެމީ.. އެމީހުން ހިގައްޖެ” ރާސިލް މަޑުމަޑުން އަމޭލިއާއަށް ގޮވިއެވެ. އެހެން ނަމަވެސް އަމޭލިއާ ރާސިލްގެ މޭމަތީގައި ބޯއަޅާލައިގެން އޮތީ ތެދުވާ ކަހަލަ ގޮތަކަށް ނޫނެވެ. “އެމީ” ރާސިލް އަމޭލިއާގެ ދެކޮނޑުގައި ހިފާ ހިއްލާލީ އަމޭލިއާ ހުއްޓުމެއް ނެތި ރޯތީއެވެ viagra für frauen rezeptfrei. ރުއިމުގެ ސަބަބުން ދުޅަވެފައިވާ ދެލޮލަށް ރާސިލް ބަލާލިއެވެ. ނޭފަތް ދަމަމުން ދިޔަ އަމޭލިއާގެ ތުންފަތުގެ ކުލަ ގަދަ ފިޔާތޮށި ކުލައަކަށް ގޮސްފައިވާއިރު ޝަބުނަމް ތިކިތައް އެތުންފަތުގައި ބޮސްދެމުން ދިޔައީ މީހަކު ދަހިކުރުވާ ކަހަލަ ގޮތަކަށެވެ. އަމޭލިއާގެ ދެކޮނޑުގައި ހިފަހައްޓައިގެން އަމޭލިއާއަށް ބަލަން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގުނެވެ.

ހިތް ހަމަޖެހޭވަރަށް ރުއިމަށް ފަހު އަމޭލިއާ ފެންނޭވާއެއް ބޭރުކޮއްލިއެވެ. އަދި އަތުގެ ނުފުށުން ކަރުނަތައް ފޮހެލިއެވެ. އަމޭލިއާގެ އެ އަމަލުން ރާސިލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ތުންކޮޅު ދަމާލަމުން ރާސިލްއާ ދިމާލަށް އަމޭލިއާ ބަލާލީ ލޯ އަޅާލަމުންނެވެ. އަމޭލިއާ ޖެއްސި ވައްތަރުން ރާސިލް ބަލާލި ގޮތުން އަމޭލިއާ އިސްޖަހާލިއެވެ.

“އަދިވެސް ތިތާތަ ހުންނަނީ.. ހިނގާ ގެއަށްދާން ވައިފީ” އަމޭލިއާގެ އަތުގައި ހިފަމުން ރާސިލް ބުނީ އަމޭލިއާ ރުޅިއަރުވާލުމުގެ ބޭނުމުގައެވެ. އެކަން ހަމަ ރަނގަޅަށްވެސް ކާމިޔާބުވިއެވެ. “ވައިފީއޭ.. ދޭބަލަ.. އަހަރެން ގޮސްދާނަން އެކަނި…ކޮންމެހެން އަހަރެން ގެންދަން އުޅޭނެ ކަމެއް ނެތް” ވެހެމުންދިޔަ ވާރޭތެރޭގައި ތެމޭކަމުގެ އިހްސާސްނުވެ ދެމީހުން ތޮޅެމުންދިޔައެވެ. ދުރުގައި ބަލަންހުރި މާޒިންގެ ހިތުގައި ރިއްސާލީ އެންމެ މިނެޓެއް ލަސްވުމުންނެވެ. އަމޭލިއާ އެކަނި ބަހައްޓާފައި ނުދިޔަ ނަމަ މިހެން ނުވީސް އެވެ. މާޒިން އަމިއްލަ ނަފްސު ކުއްވެރި ކުރަމުން ކުރިއަށް ހިނގައި ގަތީ ފަސް އެނބުރި ބަލާލަމުންނެވެ. އަމޭލިއާގެ އަތުގައި ހިފައިގެން ހުރި ރާސިލްއަށް ބަލާލެވުނީ ތިއީ ތިމަންނަގެ ޖާގައޭ ބުނާފަދަ ގޮތަކަށެވެ.

“އެމީ.. ދެން ހިނގާބަލަ.. އެކަނި ނުދެވޭނެ..” ރާސިލް ރުޅި ގަދަވާންފެށީ އަމޭލިއާ ގޮތް ދޫނުކުރުމުންނެވެ. “ހެވޭ.. ކާކުބުނީ އަހަރެންނަށް ކިޔަނީ އެމީއޭ .. ” ރާސިލްގެ އަތް ދެވަނަ ފަހަރަށް ފޮޅުވާލަމުން އަމޭލިއާ އަހާލިއެވެ. “މީހަކު ނުބުނިއްޔާ ނޭނގޭ ވަރު އެއްޗެއް އެއީ.. ކައިރީގަ އުޅޭ އެންމެން އެމީ އެމީ ކިޔާ އިރު އަހަރެންގެ ކަންފަތް ހުންނަނީ ބީރުވެފައެއް ނޫނޭ..” ރާސިލް އަމޭލިއާ އާއި ރީޗައް ވާހަކަ ދައްކަން ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ގޮތްދޫ ނުކުރާ އެ އަންހެން ކުއްޖާއާ ހެދި މިވަރަށް އުޅެވެނީ ކީއްވެބާއޭ ރާސިލް ހިތައް އެރިއެވެ.

ތުންދަމާލަމުން އަމޭލިއާ ހިނގައިގަތީ ކުރިއަށެވެ. ރާސިލް އަމޭލިއާ ފަހަތުން ހިނގައިގަތީ އިތުރަށް ކުރި ނުހޯދޭނެކަން އެނގޭތީއެވެ. ފަސްފޫޓުގެ ދުރުމިނެއް ހުންނަވަރަށް ހިނގަމުން ދިޔަ ދެޒުވާނުން ދިޔައީ ވާރޭ ތެރޭގައެވެ. އަމޭލިއާ އިރުއިރު ކޮޅާ ފަހަތަށް ބަލާލަމުން ދިޔައީ ރާސިލް ފަހަތުން އާދޭތޯ ބެލުމަށެވެ. ރާސިލް ހުރުމުން ނޭނގޭ ސަބަބަކާ ހުރެ ރައްކާތެރިކަން އިހްސާސް ކުރެވެއެވެ.

ނުނިމޭ…

36
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

lol

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 40

Next
February 11, 2016

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 40

Previews
February 10, 2016

lol

18 Comments

  1. kamana says:
    February 10, 2016 at 9:25 pm

    Guyxx i wont be able to upload tmrw ehnve mirey up kohliii. Hope u guyxx will like this part too. Lov yu guyxx ??

  2. twnkl str says:
    February 10, 2016 at 9:25 pm

    Yeyyyy im first

  3. misty says:
    February 10, 2016 at 9:36 pm

    Wowww varah salhi.. Whn nxt prt???

  4. shahaa says:
    February 10, 2016 at 9:37 pm

    Stwryy vvv salhi..??

  5. Ra sha says:
    February 10, 2016 at 9:54 pm

    Wow

  6. Aisha says:
    February 10, 2016 at 10:08 pm

    V cute ingey mi vaahaka midhaa goi… V inthizaaru eba kurevey next part ah ❤️❤️?

  7. lam says:
    February 10, 2016 at 10:16 pm

    Wow v salhi.. Kn irakn next part up kurany

  8. Ily says:
    February 10, 2016 at 11:09 pm

    Wow next part avahah up kohlathi….v salhi….

  9. Aimsithu says:
    February 10, 2016 at 11:23 pm

    Nice. But maa kuru ennu mi rey ge part

  10. Faathun says:
    February 10, 2016 at 11:26 pm

    Wow.. raasil and emeee.. salhi.. e dhemeehun gulhuwaba .

  11. shaaiy says:
    February 11, 2016 at 1:01 am

    raasil and emee ?❤
    waiting for the next part ?

  12. shine says:
    February 11, 2016 at 1:51 am

    Woww vvvvvvv salhi avaha up kurache nxt prt. Sooooooooo cute story

  13. Imma says:
    February 11, 2016 at 2:14 am

    Nice story

  14. aish says:
    February 11, 2016 at 11:27 am

    Reethi.

  15. munee says:
    February 11, 2016 at 3:11 pm

    vvv nice

  16. ina says:
    February 11, 2016 at 5:06 pm

    Nice vrh vrh vrh

  17. thoo says:
    February 11, 2016 at 8:19 pm

    Wow. Veru nice story

  18. Anonymous says:
    February 11, 2016 at 10:50 pm

    ????v reeethi

Comments are closed.

All Right Reserved!