Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޅު ސަފުހާ – 7

Sarin Level 1
February 9, 2016 8 Mins Read
38 Comments

” މިހިފައިގެންދޭ ” އިވީ ކުރިމައްޗަށް ހުއްޓެމުން އިވީގެ އަތަށް ސިޓީއުރައެއްލަމުން ޒައިކް ބުންޏެވެ. އެއްފަހަރު ސިޓީ އުރައަށް އަނެއްފަހަރު ޒައިކްގެ މޫނަށް އިވީ ބަލާލިއެވެ.

އޮފީހުގެ އިސްކޮށްހުންނަމީީހާއާ މެދު ބޭއަދަބީކޮށް ކަންތައް ކުރުމުގެ ސަބަބުން މެނޭޖްމަންޓުން ވަނީ މިއަދުން ފެށިގެން އިވީ މިއޮފީހުން ވަކިކުރެވިފައެވެ. ކުންފުނީގެ ގަވާއިދާ އެއްގޮތަށް ދެމަސްދުވަހުގެ މުސާރައާއި އެކު އިވީ ވަޒީފާއިން ވަކި ކުރެވުނީއެވެ. ނުކުންނަން ދިޔަ އިވީ ޒައިކް އާ ދިމާއަށް އެނބުރިލުމަށްފަހު ސުވާލުކޮށްލިއެވެ.

” ފުރަތަމަ ދުވަހުވެސް މިހުރިހާ ކަމެއްނުކޮށް އަހަރެން ވަޒީފާއިން ވަކި ކުރިނަމަ ” ރޮވިފައިވާ އަޑުން އިވީ ބުންޏެވެ. ނުކުމެގެން ދިއުމުގެ ބަދަލުގައި ގިސްލާ ރޮމުން އިވީ އެތައް އާދޭހެއް ޒައިކް ކައިރި އެގޮތަށް ކަންތައް ނުކުރުމަށް އެދި ކުރިއެވެ. ޒައިކް ދެކެ އިވީ ވަނީ ހަގީގީ ލޯބިކަން ހާމަކޮށް ދިނުމަށް އިވީ މަސައްކަތް ކުރަމުންދިޔައީ އާދޭހާއެކުއެވެ. އެއަޑުގައިވާ ވޭން އިހުސާސް ކުރެވޭ މީހަކުގެ ހިތް ކުދިކުދިވެގެން ދާނެއެވެ. ޒައިކް އަށްޓަކައި އިވީގެ އެންމެ އަގުބޮޑު ހަޒާނާވެސް ވަނީ ދީފައެވެ.

” އަހަރެން ހިތާމަ ކުރަން އިވީއަށް ނުވިސްނުނީތީ އަހަރެންގެ މަގުސަދު. ތިކަހަލަ އަންހެން ކުއްޖަކުދެކެ އަހަރެން ލޯބިވެދާނެތަ. އެކަމަކުވެސް ބުނަން. ތިހަށިގަނޑުން އަހަންނަށް ލިބުނު އަރާމާ ލައްޒަތު އަދިވެސް ބޭނުން. އިވީ ބޭނުމިއްޔާ އެކަން ހަމަ ކޮންމެ ރެއަކުވެސް ވެދާނެ ” އިވީގެ ކަންފަތާ ކައިރިވެލުމަށްފަހު ލާނެތް ހިނިގަނޑެއް ޖަހާލަމުން ޒައިކް ބުނެލިއެވެ. އިންސާކަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. މީހެއް ދެކެ ލޯބިވުމަށް އެތައް ދުވަހެއް ނެގި ނަމަވެސް އެލޯބި ނެތިގެންދާން ބައެއްފަހަރު ހިނދުކޮޅެއްވެސް ނުނަގައެވެ. ޒައިކް އާ ދޭތެރޭ އެވަގުތު ހިތުގައި އުފެދުނު ނަފުރަތުގެ ސަބަބުން އަތުގަ ހުރިބާރެއްލާފަ ޒައިކްގެ ކަންފަތްމަތީ ޖެހިއެވެ. ޖެހުނުލެއް ބާރުކަމުން އެއަޑު ހިނދުކޮޅަކަށް ދެމިގެން ދިޔަ ކަހަލައެވެ. ހަމަ އެއާއެކު ހުރި ބާރެއްލުމަށްފަހު ދެއަތުން ޒައިކް މޭމަތީ އަތްއަޅާ ކޮއްޕާލިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން ޒައިކް ނުވެއްޓުނީ ކިރިޔާއެވެ. އެވަގުތު އިވީއާ ދިމާލަށް ޒައިކް ބަލާލީ ރުޅިވެރި ކަމާއެކުއެވެ. އަތުގަ ހުރި ބާރެއްލުމަށްފަހު ދޮރުޖަހާފަ އިވީ ނުކުމެގެން ދިޔަ މަންޒަރު ބަލަން ރަޔާލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒައިކް ކަހަލަ ޕްރޮފެޝަނަލް މީހަކު އެދަރަޖައަށް ވެއްޓިދާނެ ކަމަށް ރަޔާލް އަށް ހީކުރެވިނެތީމައެވެ. ކަންދިމާކުރި ގޮތުން ރަޔާލް ދެވަނަ ފަހަރަށް އޮފީހަށް އަންނަންޖެހުނީ މުހިއްމު ޑޮކިއުމެންޓް އެއް ބަލައެވެ. ޒައިކް ކެބިން ތެރޭ ވެގެންދިޔަ ހުރިހާ ކަމެއް، ހުރިހާ ވާހަކައެއް ރަޔާލް އަށް އަޑު އިވިއްޖެއެވެ. ބައްޕަ ގާތު އެވާހަކަ ދައްކަން ހިތަށް އެރި ނަމަވެސް ރަޔާލް މީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫންކަން ރަޔާލްގެ ސިކުނޑި ވިސްނައިދިނެވެ.

ޒައިކް އާ އިވީގެ އަމިއްލަ ކަމެއްގެ ސަބަބުން އިސްވެރިއެއްގެ މަގާމުގައި ހުރި މީހަކު ވަލީދު އެކަމުގެ ހަގީގަތް ނުބަލާ ވަކި ނުކުރާނެކަން ރަޔާލް އަށް ކަނޑައެޅިގެން އިނގެއެވެ. އަންހެން ކުއްޖަކާ ދޭތެރޭ އެފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރި މީހަކު ބައްޕަ ކުރިމަތީ އަމިއްލަ އަށް ދިފާޢުވުމަށް ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ. ކޮންމެ ގޮތަކަށް އެވާހަކަ ދެކެވުނަސް އިތުރަށް ބޭޒާރުވާނީ އިވީއެވެ. ނަމަވެސް ރަޔާލް އަޒުމް ކަނޑައެޅީ ކޮންމެވެސް ގޮތަކުން އެކަމުގެ ހުރިހާ ހަގީގަތެއް ހޯދުމަށްފަހު އެކަމަށް އެންމެ އޮތް އެންމެ ރަނގަޅު ހައްލު ހޯދާށެވެ.

**************************************

ކަންދިމާކުރި ގެއަށް ވަންވަގުތު މަންމަ އިނީ ސޯފާގައެވެ. އިވީ ހުރި ހާލު ދެނެގަންނާކަށް އެމަންމަ އަށް އުނދަގުލެއް ނުވިއެވެ. އެމަންމަ އަކީ ތުއްތުއިރުން ފެށިގެން މިއަދާ ހަމައަށްވެސް ބަލާބޮޑު ކުރި މައިމީހާއެވެ. މައިވަންތަ ކަމުގެ ލޯތްބަކީ އެންމެ ބާރުގަދަ އެއް ގުޅުމެވެ. ދަރިއެއްގެ ހިތުގާ އަޅާވޭން ނުބުނި ނަމަވެސް މައިމީހާއަށް ސިއްރެއް ނުވާނެއެވެ. އިވީއަށް މިވަގުތު މިވަގުތު މަންމަގެ އޯގާތެރިކަން ލިބުމުން މަންމަގެ އުނގުގައި އޮވެ ހިތުގެ ހުރިހާ އުދާސްތައް ބޭރުކޮށްލިއެވެ. އެއްވެސް ފޮރުވުމެއްނެތި މަންމައަށް ހުރިހާ ވާހަކައެއް ކިޔާދިނީ ހިތުގާ އަޅަމުން ދިޔަ ވޭނަށް ކެތްކުރަން އުނދަގޫވަމުން ދާތީއެވެ. ރުޅިއައުމުގެ ބަދަލުގައި އެވަގުތު ނާޒިމާ ގެ އަތުން އިވީގެ ބޮލުގާ ފިރުމާލަ ފިރުމާލަ އިިނީ އެވެ. ފުރަތަމަ ވެސް ނާޒިމާ އަށް އެކަމާ ނުރުހެވުނު ސަބަބަކީ އެއީ އެވެ. ނާޒިމާ އަށް ލިބުނު ފަދަ ދެރައެއް ލޯބިވާ ދަރިފުޅަށް ލިބިދާނެތީއެވެ. ނާޒިމާ އެންމެ އުފާވީ އިވީގެ ތެދުވެރިކަން ފެނިފައެވެ. އެއްވެސް ފޮރުވުމެއްނެތި ނާޒިމާ އަށް ހުރިހާ ވާހަކަތަކެއް ކިޔާ ދިނުމުގެ ސަބަބުން ނާޒިމާގެ އަމިއްލަ ދަރިފުޅަށްޓަކައި ފަހުރުވެރިއެވެ. ނަމަވެސް ކައިވެނީގެ ބޭރުން އެފަދަ ފާފައެއް ކުރީތީ އެކަމަށް ވީހާވެސް އަވަހަކަށް ތައުބާވުމަށް ނާޒިމާ އިވީއަށް ނަސޭހަތް ތެރިވިއެވެ. އިވީ ކޮޓަރިއާ ހިސާބަށް ގެންދިޔައީ ވެސް ނާޒިމާއެވެ.

ނަމާދުކޮށްލާ ހެދުމުން ހިތަށް ހިތްހަމަޖެހުން ލިބުނު ނަމަވެސް އިވީ ވިސްނަމުން ދިޔައީ ދެން ކަންތައްކުރާނެ ގޮތަކާ މެދުއެވެ. ކިތަންމެ ވަރަކަށް ނުވިސްނަން އުޅުނު ކަމަށްވިޔަސް ޒައިކްގެ ހަނދާންތައް އާވަމުން ދިޔައެވެ. ހަމަ އެފަދައިން އެހަނދާންތަކާއެކު ހިތުގައި އުފެދެމުން ދިޔަ ނަފުރަތުވެސް ދިޔައީ އިތުރު ވަމުންނެވެ. އިވީގެ އެއްވެސް ކޯލަކަށް ނޫރާ ޖަވާބެއް ނުދެއެވެ. އޭގެ މާނައަކީ ނޫރާއާއި ބެހޭގޮތުން ޒައިކް ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަމެވެ. އެކަމަކު ނޫރާ އެގޮތަށް ކަންތައް އެކުރީ ކީއްވެކަމެއް އެއްގޮތަކަށްވެސް އިވީއަކަށް ނުވިސްނުނެވެ. އަލުން މީހަކު ދެކެ ލޯބިވުމަކީ އިވީ ގަބޫލުކުރާ ގޮތުގަައި ދެން އިވީއަށް ވާނެކަމެއް ނޫނެވެ. ލޯތްބަކީ ކިހާ ވޭންދެނިވި އިހުސާސްތަކެއް އެކުލެވިގެންވާ އެއްޗެއްކަން އިވީއަށް ގަބޫލު ކުރެވިއްޖެއެވެ.

ބައެއް މީހުންނަކީ އެލޯތްބެއް ބީވެގެން ދިޔަ ނަމަވެސް ލޯތްބަށްޓަކާ މުޅި އުމުރު ހޭދަކޮށްލާ މީހުންނެވެ. ނަަމަވެސް އިވީގެ ވިސްނުން މުޅިން ތަފާތެވެ. ޒައިކްގެ ހަނދާންތަކުން ދުރުވާން ކުރެވުނު ހުރިހާ މަސައްކަތެެއް ކުރުމަށް އިވީ އަޒުމް ކަނޑައެޅިއެވެ. މުޅިރޭ ވޭތުވެގެން ދިޔައީ އެފަދަ ހާލެއްގައެވެ.

**************************************

އެތައް ދުވަހަކަށްފަހު އޮފީހުގެ މާހައުލާ ދުރުވާން ޖެހުމުން އުނިކަމެއް އިހުސާސް ކުރެވުނު ނަމަވެސް ލެޕް ހުޅުވާލުމަށްފަހު ވަޒީފާ އާ ބެހޭ ސައިޓްތައް ޗެކްކުރަން ފެށިއެވެ. އިވީ މަސައްކަތް ކުރާ ދާއިރާ އާ ގުޅޭ ދެތިން ވަޒީފާއެއްގެ ފުރުސަތު ހުޅުވާލެވިފަ ހުރުމާއެކު އެތަން ތަނަށް ސީވީ މެއިލް ކޮށްލިއެވެ. އެތައް ފަހަރަކު ސައިބޯން ބުނުމުންވެސް އިވީ އެކަމަކާ އަޅައެއް ނުލިއެވެ. އެއްގޮތަކަށްވެސް ކާހިތްނެތުމާއެކުއެވެ. އިވީ ވަޒީފާއިން ވަކިކުރި ހަބަރާއެކު އެކި މީހުން ގުޅަމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ކޯލަށް ޖަވާބު ދޭކަށް އިވީ ބޭނުމެއް ނޫނެވެ. ޓީވީ އިން ދައްކަމުން ދިޔަ ފިލްމު ބަލަން އިން އިވީ އިން ނަމަވެސް އެއިން ދައްކާ އެއްވެސް އެއްޗަކަށް އިވީގެ ސަމާލުކަމެއް ނެތެވެ. ނަމެއްގަ ޓީވީ ބަލަން އިނުން ފިޔަވައެވެ.

” ދަރިފުޅާ އިވީ. ކޮންމެވެސް މީހަކު ބެލްޖަހައޭ އެބަ. ނިކަން ބަލާލަބަލަ. ” ނާޒިމާގެ އަޑަށް ސިއްސައިގެން ދިޔަ އިވީ މަޑުމަޑުންގޮސް ދޮރު ހުޅުވާލިއެވެ. ހައިރާންކަމެއް ލިބުނު ނަމަވެސް އަދަބުވެރި ކަމާއެކު ރަޔާލް ގާތު އެތެރެއަށް ވަނުމަށް އިވީ އެދުނެވެ. ރަޔާލް އަކީ ވަލީދުގެ ދަރިއަކަށް ވުމާއެކު އިވީއަށް ހީކުރެވުނީ ރަޔާލް އައީ ޒައިކްގެ ކަންތަކާ އިވީ އާ ވާހަކަ ދެއްކުމަށް ކަމަށެވެ. ފަށަންވީ ކޮޅެއް ނޭނގިފަ އިން ރަޔާލް ފޯނަށް ބަލަން އިނދެ އިވީ ކިހިނެތްތޯ އަހާލިއެވެ. އޮފީހުގެ ވާހަކައެއް ދައްކަން އައި ކަމަށްވާނަމަ އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނޫންކަމަށް އިވީ ކުރިއާލާ ރަޔާލްގާތު ބުންޏެވެ.

” ނޫނޭ ތިކަމަކާ ނޫން އަހަރެން މިއައީ. އިވީ އަހަންނަށް ކިޔާދޭންޖެހޭ އިތުރު އެއްޗެއް ނެތް. އިއްޔެ އޮފީހުގަ ތިދެމީހުން ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް އަހަރެން އަޑުއެހިން ” ރަޔާލް މަޑުމައިތިރި ކަމާއެކު ބުންޏެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް އިވީގެ ލޮލަށް އެވަގުތު ކަރުނަ ޖަމާވިއެވެ. ރަޔާލްގެ ހިތް ކުދި ކުދިވި ކަހަލައެވެ. އިވީދެކެ ލޯބިވާތީއެއް ނޫނެވެ. ލޯބިވާ މީހަކު ގެއްލުމުން ހިތަށް ކުރާނެ އަސަރު ރަޔާލް އަށް ވިސްނޭތީއެވެ. ރަޔާލް އެދުނީ އެކަމާ ދެން އިތުރަށް ނުވިސްނާށެވެ. ކޮޓަރިން ނުކުންނަން އައި ނާޒިމާ އަށް ރަޔާލް ދައްކަމުން ދިޔަ ވާހަކަތައް ރަނގަޅަށްވެސް އަޑު އިވުނެވެ. މުއްސަނދިންނަށް ނަފުރަތު ކުރި  ނަމަވެސް ރަޔާލްގެ ވާހަކަ ދެއްކުމުގާ ހުރި މާތްގޮތް އިވީއަށް ކުރާ އިހުތިރާމް ފެނި ނާޒިމާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އިވީމެން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށްޓަކާ ނާޒިމާ އަލުން އަނބުރާ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

ރަޔާލް ބޭނުންނަމަ ވަލީދު ގާތު ހުރިހާ ވާހަަކައެއް ދެއްކިދާނެ ކަމަށްވެސް ރަޔާލް ބުންޏެވެ. އެކަމަކު އެކަން ނުކުރީ އެކަމުގެ ސަބަބުން އިވީގެ ނަން ހަޑިވެދާނެތީ ކަމަށެވެ. ރަޔާލް ނުކުމެގެން ދިޔައީ އިވީއަށް އެކިގޮތްގޮތުން ނަސޭހަތްތެރިވެފައެވެ.

ދުވަސްތައް ހަފުތާ ތަކަށް ބަދަލުވެ މަސްދުވަސް ފާއިތުވެެގެން ދިޔައީ އެވެ. އަދިވެސް އިވީއެއް ވަޒީފާއެއް ނުލިބެއެވެ. ކޮންމެ ތަނަކުން ވެސް ހަމަޖެހޭ ހިސާބަށް ދާއިރު އެންމެފަހުން އުޅުނު އޮފީހުގެ ރިފަރެންސް އެތަނަކަށް ލިބެނީ ރީތިކޮށެއް ނޫނެވެ. އެކަމުގެ ސަބަބުން އިވީއަށް ވަޒީފާ ލިބެން އުނދަގޫ ވަނީއެވެ. މިވީ މަސްދުވަސްތެރޭ އިވީ އަށް ހެޔޮ އެދިގެން ހާލުބަލާ ވާހަކަ ދައްކާ ހަމައެކަނި މީހަކީ ރަޔާލް އެވެ. އެކަމުގެ ސަބަބުން ދެމީހުންގެ ދެމެދުގާ ގާތް ރަހުމަތްތެރިކަމެއް ވަނީ އުފެދިގެން ގޮސްފައެވެ. ގާތް ރަހުމަތްތެރިއަކަށްވިޔަސް ރަޔާލް ހޯދަދޭ ވަޒީފާއެއް އިވީ ބޭނުމެއްނޫނެވެ. ކުރިން ކިތަންމެ ފަރުވާ ކުޑަ ދިރިއުޅުމެއް އިވީ އުޅުނު ނަމަވެސް މިހާރު އެއީ މުޅިން ތަފާތު މީހެކެވެ. ހަރުދަނާ ގޮތްތަކެއް ގެންގުޅޭ ގޭތެރޭގަ މަންމައަށް އެހީތެރިކަން ފޯރުކޮށްދޭ އަންހެން ކުއްޖެކެވެ. އިވީ އެންމެ ދެރަވަނީ މަންމައަށް ލިބޭ ހުރިހާ ފައިސާއެއް ގޭތެރޭގެ ހަރަދުތަކަށްގޮސް ހުސްވާތީއެވެ. އޭގެ އިތުރުން އިވީއަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ހޯދަދެނީ ހަމަ އެމަންމަ އެވެ. މައިން ބަފައިންނަށް ދުވަހަކުވެސް ދަރިން ބޮޑެއް ނުވާނެއެެވެ.

އާދައިގެ މަތީން ނާޒިމާ މިއަދުވެސް ވީ ކުނިކަހަން ގޮހެވެ. މަންމަ އަންނަންވާއިރަށް ގޭތެރޭގެ ކަންތައްތައް އިވީ ކޮށްނިންމާލިއެވެ. ފަހަކަށް އައިސް ކެއްކުމުގެ މަސައްކަތްތައްވެސް ގިނައިން ކޮށްއުޅެނީ އިވީއެވެ. މަންމައަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. ހުރިހާ ކަމެއް ނިމިގެން ސިޓިންރޫމަށް ނުކުތް ވަގުތެވެ. ރިންގްވަމުން ދިޔަ ފޯނު ނަގާ ބަލާލިއެވެ. ނުދަންނަ ނަންބަރަކަށްވާތީ ނުނަގާ ފޯނު ބޭއްވިއެވެ. ނަމަވެސް ކެނޑިނޭޅި ގުޅަންފެށުމުން އިވީ ފޯނު ނަގާ ކަންފަތުގަ ޖައްސާލިއެވެ. ލިބުނު ހަބަރާއެކު ބޮލަށް އެނބުރުން އެރި ނަމަވެސް އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށްފަހު ގެއިން ނުކުތެވެ. ހޮސްޕިޓަލާ ކައިރިވީ ވަރަކަށް އެއްވެފައިވާ މީހުންތައް ފެންނަމުން ދިޔައެވެ. އެއިން މީހަކަށް ބެލުމެއްނެތި އިވީ ދުއްވައިގަތީ އެމަންޖެންސީ ރޫމާ ދިމާއަށެވެ. އިވީއަކީ ކާކުކަން އޮޅުންފިލުމާއެކު ޕޮލިސް މީހާ އިވީ ގޮވައިގެން އެތެރެއަށް ވަނެވެ. ލެއިން ފޯވެފައިވާ ނާޒިމާ ފެނުމާއެކު އިވީގެ ހެޔަށްގޮތްވެ ވެއްޓުނީއެވެ. ހޭއެރުމާއެކު މަންމާ އޭ ކިޔާ ބާރަށް ގޮވާލިއެެވެ. އެންމެ ގާތުގާ އެވަގުތު ހުރީ ރަޔާލް އެވެ. ރަޔާލް މަސައްކަތް ކުރީ އިވީ ހަމައަކަށް އެޅުވޭތޯ އެވެ. ނާޒިމާގެ ފުރާނަނެތް މަސްގަނޑު އޭރުވަނީ ކަފުންކުރެވި އާސަހަރާއަށް ގެންގޮސްފައެވެ. ކަންތައްވެގެން ދިޔަ ހުރިހާ ގޮތެއް ރަޔާލް އަށް އެނގިފަވާ ވަރަށް އިވީއަށް އޮޅުންފިލުވައި ދިނެވެ. ކުއްލިގޮތަކަށް ވެގެންދިޔަ އެކްސިޑެންޓްގައި ޕިކްޕް ދަށުވެ ނާޒިމާގެ ފުރާނަ އަބަދަށްޓަކައި އަހަރުމެންނާ ވަކިވެގެން ދިޔައީއެވެ. އިވީ ފުރަތަމަ ހޮސްޕިޓަލަށް އައިއިރު ނާޒިމާގެ ފުރާނަ ހުއްޓެވެ. އިވީ ހޭނެތިފަވީ ވަގުތު ނާޒިމާ އަށް ވާހަކަ ދެއްކުނު ހަމައެކަނި މީހަކީ ރަޔާލް އެވެ. ނާޒިމާގެ ފަރާތުން ރަޔާލް އަށް އެނގުނު އެއްވެސް ވާހަކައެއް ދައްކަން މީ އެންމެ ރަނގަޅު ވަގުތު ކަމަކަށް ރަޔާލް ނުދެކެއެވެ.

ނާޒިމާގެ ކަށުކަމާކެމީގެ ހުރިހާ ކަމެއްނިމިގެން ދިއުމާ ހަމައަށްވެސް ރަޔާލް އެންމެ ވަގުތަކަށްވެސް އިވީއާ ދުރަކަށް ނުދެއެވެ. މުޅި ދުނިޔޭގަވެސް އިވީގެ ހަމައެކަނި ހުރި މަންމަވެސް ވަކިވެގެން ދިޔައީ އެވެ. އިވީގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ ކޮންމެ މީހަކީ ވެސް ވަގުތު ޖެހުމާއެކު ފުރާނަ ގެންދަވާނެ މީހެއްކަން އިވީ ގަބޫލު ކުރެއެވެ. ހިތްވަރުކުރަން ބޭނުންވި ނަމަވެސް އެހިތްވަރެއް މިހާރު އިވީގެ ނެތެވެ. އެއަށްވުރެ ބޮޑަށް އެހިތް އެވަނީ ހަލާކުވެފައެވެ. އާސަހަރާ ބޭރުގާ ރަޔާލް މަޑުކޮށްލައިގެން ހުރީ ކާރުގެ އިންތިޒާރު ގައެވެ. އެއްއަތުން އިވީގެ ކޮނޑުގައި ރަޔާލްގެ އަތް އަޅުވާލެވިފައިވާއިރު އިވީގެ ހަށިގަނޑުވަނީ ރަޔާލްގެ ގަޔާލާ މެހިފައެވެ. އިވީގެ ގިސްލުމުގެ އަޑު އަހާލި ކޮންމެ މީހަކަށްވެސް ހިތެއްވާނަމަ އަސަރުނުކޮށެއް ނުދާނެއެވެ. މިއަދު ނޫރާ އިވީ އާ ދޭތެރޭ ކަންތައް ކުރެވުނު އިހާނެތިގޮތާ މެދު އިންތިހާއަށް ދެރަވެއްޖެއެވެ. އިވީއަށް ނޭނގުނު ނަމަވެސް ނާޒިމާގެ މޫނު ދެކިލަން އައި މީހުންގެ ތެރެއިން އެކަކީ ނޫރާއެވެ.

އެތައް ފަހަރަކު އިވީ ކައިރިއަށް ޖެހިލަން ބޭނުންވި ނަމަވެސް ނޫރާއަށް އެހިތްވަރެއް އެވަގުތު ނުލިބުނެވެ. އެންމެ ބޮޑަށް ޖެހިލުންވި ކަމަކީ ރަޔާލް އިވީއާއެކު ހުރިތަން ފެނުމުންނެވެ. އޮފީހުން ވަކިވި ދުވަހަށްފަހު މީ ނޫރާއަށް އިވީ ފެނުނު ދުވަހެވެ.

ރަޔާލްގެ އަމިއްލަ ކާރަށް އިވީގޮވައިގެން އަރަންދެންވެސް ނޫރާ ހުރީ އެދެމީހުންނަށް ބަލާށެވެ. ހެޔޮއެދޭ ރަހުމަތްތެރިއަކު ލިބުމުންވެސް ނޫރާއަށް އެގާތްކަމަށް ފުރަގަސްދެވުނީ އެންމެހާ ވިޔާނުދާ ކޮށެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ. އެކަމަކު ކުރިއަށްއޮތްތާ އެކަންތައް ރަނގަޅުކުރަން ނޫރާއަށް މަސައްކަތް ކުރެވޭނެއެވެ.

ރަޔާލް މަސައްކަތް ކުރަމުން ދިޔައީ އިވީއަށް އެއްޗެއް ކާންދެވޭތޯ އެވެ. ނަމަވެސް އެއްޗެއް ކާލާނެ ހިތްވަރެއް އިވީގެ ނެތެވެ. ދެލޮލުން ކަރުނަހިކޭ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. ވަރަށް މަސައްކަތުން ޖޫސްފޮދެއް ދިނުމަށްފަހު އިވީ ކޮޓަރިއަށް ގެންގޮސް އެނދުގާ އޮށޯތުމަށް އެދުނެވެ. ރޮއިރޮއި ވަރުބަލިވެފައިވާ ދެލޯ މަރާލީ ނިދަންނޫންކަން ރަޔާލް އަށް އިނގެއެވެ. އިވީއަށް ނިދެންދެން ރަޔާލް އިވީކައިރި އެނދު އެއްފަރާތެއްގާ އިށީނދެލައިގެން އިނެވެ. އިވީ އެހާލުގަ އެކަނި ބާއްވާފަ އެގެއިން ދިއުމަކީ މިވަގުތު ރަޔާލް އަށް ކުރެވޭނެ ކަމެއްނޫނެވެ. ރަޔާލް އަކީ އެއްވެސް އިރަކު ވަލީދުއަށް އެއްވެސް ކަމެއް ސިއްރުކުރާ މީހެއްނޫންކަމުން ބައްޕައަށް ގުޅާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެކްސިޑެންޓްގެ ހަބަރު ކުރިންވެސް ވަލީދުއަށްވަނީ ލިބިފައެވެ.

އިވީއަށް ނިދުމުން މަޑުމަޑު ހިނގުމެއްގައި ރަޔާލް ނާޒިމާ ދިރިއުޅުނު ކޮޓަރިއަށް ވަނެވެ. ބައިގަޑިއެއްހާއިރު އެކޮޓަރިތެރޭ ރަޔާލް އުޅުމަށްފަހު ނުކުމެ ސޯފާގަ އިށީނދެލިއެވެ. އިވީއަށް ހޭލެވޭނެ އިރެއްގެ އިންތިޒާރު ގައެވެ. ގެއަށް ކިތަންމެ ދާން ބޭނުންވި ނަމަވެސް މިވަގުތު އިވީ ދޫކޮށްލާފަ ދިއުމަކީ ރަޔާލް އަށްވާނެ ކަމެއްނޫނެވެ. މިވީ މަހެއްހާ ދުވަސްތެރޭ އިވީއަށްޓަކައި ރަޔާލްގެ ހިތުގައި އުފެދެމުންދާ ޝުޢޫރުތަކަށް ދޭނެ ނަމެއް ރަޔާލްގެ ވިސްނުމަކަށް ނައެވެ. މިރޭވެސް މިހެން ނިމިގެން ދާނެއެވެ. މާދަމައާ ދޭތެރޭވެސް ވިސްނަން އެބަޖެހެއެވެ. ނާޒިމާގެ އެންމެފަހުގެ ވަސިއްޔަތް އަދިވެސް ރަޔާލްގެ ކަންްފަތުގައި ގުގުމަމުން ދިޔައީ ދެންމެ އިވުނު އަޑެއްހެންނެވެ. އިވީ އެކަނިކޮށް ނުލުމަށް އާދޭހާއެކު ނާޒިމާ ރަޔާލް ގާތުން އެދުނެވެ.

******************************************

ދެހަފުތާފަސް

މިއަދަކީ ނާޒިމާ މިދުނިޔެއިން ވަކިވެގެންދިޔަތާ ދެހަފުތާ ވީ ދުވަހެވެ. މިހާރު އިވީ ހަމައަކަށް އެޅިފަ ވީ ނަމަވެސް އަދިވެސް އިންނަނީ ނެގިމަޑުވެފައެވެ. ބަނޑުހައިވެގެން ހަލާކުވާވަރުވުމުން އެއްޗެއް ކާލުން ފިޔަވާ އިތުރުކަމެއް އިވީ ނުކުރެއެވެ. މަންމައަށްފަހު އަމިއްލައަށް ހުރިހާ ކަމެއް ކުރަންޖެހުމުން އިވީ ވަނީ އިންތިހާއަށް ނިކަމެތިވެފައެވެ. ރަޔާލްގެ އެހީތެރިކަން ނުލިބޭނަމަ މިހާރު އިވީ އިންނާނެ ހާލެއް ބަޔާންކޮށްދޭންވެސް ނޭނގެއެވެ.

އިވީ ފެންނަ ކޮންމެ ފަހަރަކު ރަޔާލްގެ ހިތްފުރިގެން ބަންޑުންދާ ކަހަލައެވެ. ދެހަފުތާ ތެރޭ އެހަށިގަނޑުވަނީ ހިކި އަނަރޫފަ ވެފައެވެ. ރޮއިރޮއި ވަޅުވަދެފައިވާ ދެލޮލެވެ. ކުރިން އެމޫނުން ފެންނަ އުޖާލާކަމެއް މިހާރު އެމޫނަކުން ނުފެނެއެވެ.

” އިވީ. މިއަދު މިއައީ އަހަރެން ވަރަށްބޮޑު ކަމަކު ކިޔަން. އަހަރެން އުއްމީދުކުރަން އިވީ މިކަމަށް ފުރަގަސްނުދޭނެކަމަށް. ” ރަޔާލް އަށް އިހުތިރާމް ކުރުމުގެ ގޮތުން އިވީ ރަޔާލް އަށް ބަލާލުމަށްފަހު އެކަމަކީ އިވީއަށް ކުރެވޭ ކަމަކަށްވާނަމަ ކޮށްދޭނެކަމަށް ބުންޏެވެ. ކިތަންމެ ބޮޑު ހިތާމައެއްގާ ވީ ނަމަވެސް ރަޔާލްގެ އެހީތެރިކަމުގެ ބަދަލު އެއްވެސް ގޮތަކުން އިވީއަށް އަދާކޮށްދެވޭނަމަ އެއީ އިވީއަށް ލިބޭނެ އުފަލެއް ކަމުގާ އިވީ ދެކެއެވެ.

ކުރަންޖެހެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ރަޔާލްގެ އެދުމުގެ މަތީން ލާންބޭނުންވާނެ ބައެއް ހެދުމާ އާއްމުކޮށް ބޭނުންކުރާ ސާމާނުތައް ފޮއްޓަށްއަޅާ ބަންދުކޮށްލިއެވެ. ހަވީރު ބަލާ އަންނާނެކަމަށް ރަޔާލް ބުނެފަ އޮތުމުން އިވީ އިނީ ތައްޔާރުވެލައިގެންނެވެ. ދޮރުގެ ބެލް އަޑު ޖަހާލި އަޑަށް ރަޔާލްކަމަށް ބަލާފަ އިވީ ދޮރު ހުޅުވާލިއެވެ.

ކުރިމަތީ ހުރި ނޫރާ އިވީގެ ބަލާލުމަށް އިސްޖަހާލި ނަމަވެސް އިވީއަށް ބަލާލެވުނީ ނޫރާގެ ބަދަލުވެފައިވާ ހަށިގަނޑަށެވެ. ނޫރާގެ ހަށިގަނޑަށް ބަލާލުމުން ބޮޑައް ވައްތަރީ މާބަނޑު އަންހެނަކާއެވެ.  އިވީ ނޫރާކައިރިން އަހަންބޭނުންވާ އެތައް ސުވާލެއް ހުރި ނަމަވެސް ނޫރާ ވާހަކަދައްކަން އިވީ ފުރުސަތު ދިނެވެ. ކެތްތެރިކަމާއެކު ނޫރާގެ ހުރިހާ ވާހަކައެއް އިވީ އަޑުއެހިއެވެ. ޒައިކްގެ ވިޔާނުދާކަން ހައްދު ފަހަނައަޅާފަވާ މިންވަރު އަދި ކިރިޔާ އިވީއަށް މިއެނގުނީއެވެ.

” އިވީ. އަހަންނަށް މާފުކުރޭ. އިވީ އާ ދޭތެރޭ އެގޮތަށް ކަންތައްކުރަން އަހަންނަށް މަޖުބޫރު ކުރުވީ ޒައިކް. މިދަރިފުޅަށްޓަކައި އަހަންނަށް މަޖުބޫރު ޒައިކް ބުނާ ހުރިހާ ކަމެއް ކުރަން. އިވީ އާ ޒައިކްގެ ގުޅުން ފެށުމުގެ މާކުރިން އަހަރުމެން ދެމީހުންނަކީ ދެލޯބިވެރިން. އަހަންނަށް ނޭނގުނު ކަމަކީ އެއީވެސް ޒައިކްގެ މަކަރުވެރިރޭވުމެއްކަން. ޒައިކް ކަހަަލަ މީހަކު އެއްވެސް އެހެން އިންސާނަކު ދެކެ ލޯތްބެއް ނުވާނެ. އަހަރެން ބަނޑުބޮޑުކަން އިނގުނު ދުވަހު އިވީ ޒައިކް އާ ދިމާލަށް އެހުރިހާ އެއްޗެއް ކީ ” ނޫރާގެ ވާހަކަތައް އަޑުއަހަން އިވީ އިނެވެ.

ޒައިކް ބުނިގޮތަށް ހުރިހާ ކަމެއް ކުރުމުންވެސް ޒައިކް ނޫރާއާ ކައިވެނިކުރާކަށް އެއްބަހެއް ނުވިއެވެ. އޭގެ ބަދަލުގައި ނޫރާގެ ބަނޑުގަވާ ދަރިފުޅަނީ ޒައިކްގެ ދަރިއެއްކަމަށްވެސް އިންކާރު ކުރީއެވެ. އިވީ އެކޭ އެއްގޮތަށް މިއަދު ނޫރާއަކީ ވެސް އެކަނިވެރިއެކެވެ. އާއިލާގެ އެއްވެސް މީހަކު ނޫރާ އާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އެފަދަ މުޑުދާރު އަމަލެއް ކުރުމުން އެންމެންވެސް މިއަދު މިވަނީ ނޫރާ ބާކީ ކޮށްލާފައެވެ. ނޫރާ ބޭނުންނަމަ އެލަދުން ސަލާމަތް ވެވުނީހެވެ. އެކަމަކު އިތުރުފާފައެއް ކުރާކަށް ނޫރާ ދެނެއް ބޭނުމެއް ނޫނެވެ. އިވީގެ ހިތުގާ ނޫރާއާ ދޭތެރޭ އެއްވެސް ނަފުރަތެއް ނެތްކަން އިނގުމުން ނޫރާ އިންތިހާއަށް އުފާކުރިއެވެ.

ނޫރާދެއްކި ހުރިހާ ވާހަކައެއް ވީޑިޔޯ އާއެލު ރަޔާލް ފޯނުގާ ގައިދުކޮށްލެވުމުން ރަޔާލް ހުރީ ވަރަށް ހަމަޖެހިފައެވެ. ވަލީދު އަދި މެނޭޖްމެންޓްގެ ހުރިހާ މީހުންނަށް ޒައިކް އެފަދަ މަގާމެއްގާ ބަހައްޓަން އެކަށީގެންނުވާކަން އެންގުމަށް އެއަށްވުރެ ރަނގަޅު ހެއްކެތް ނޯންނާނެއެވެ. ނޫރާއަށް ނުފެންނާނޭހެން ރަޔާލް ބޭރަށްނުކުމެ ދުރުގާ މަޑުކޮށްލިއެެވެ.

*******************************

ކާރުގައި އިންއިރު އިވީ ރަޔާލް ގާތުން ކުރަންޖެހެނީ ކޮންކަމެއްތޯ އަހާލަން ބޭނުންވި ނަމަވެސް އެކަން ކުރާކަށް ނުކެރުނެވެ. އެހެންވެ މަޑުމަޑުން އިނީއެވެ. ދިހަބުރީގެ ތަނަވަސް ގެއެއް ކަމަށްވާ ދުންފިނި އަށް ކާރު މަޑުކޮށްލުމާއެކު ދެމީހުންވެސް ކާރުން ފޭބީ އެކުއެކީއެވެ. ފުރަތަމަ ކަމަކަށް އިވީ އަތުން އިވީ ގޭގެ ތަޅުދަނޑި ރަޔާލް ހޯދިއެވެ. އެއީ ކީއްކުރަން ކުރި ކަމެއްތޯ ނޭހުމަށް ރަޔާލް ކުރިއާލާ އިވީ ލައްވާ ވަނީ ވައުދު ކުރުވާފައެވެ. ރަޔާލް އަށް ހާއްސަ ކުރެވިފައިވާ އެޕާރޓްމެންޓްގެ ދޮރުހުޅުވުމާއެކު މަރުހަބާ ކީ އިންޑިޔާ މީހެއްކަމަށްވާ ތާރާ އެވެ. ތާރާ އަކީ ގޭތެރޭގެ މަސައްކަތްތައް ކޮށް ކެއްކުމަށް ހާއްސަކުރެވިފައިވާ މީހެކެވެ.

ލަދުވެތިކަމާއެކު މަޑުމަޑު ހިނގުމެއްގައި ކުޑަކުއްޖަކު ފަދައިން އިވީ ދިޔައީ ރަޔާލް ފަހަތުން ހިނގަމުންނެވެ. ތިންކޮޓަރީގެ ތަނަވަސް ބޮޑު އެޕާޓްމެންޓްގައި އެންމެ އެތެރެއަށްވާގޮތަށް ހަދާފައިވާ ކޮޓަރީގެ ދޮރު ރަޔާލް ހުޅުވާލިއެވެ.

” ބައްޕީ.. ހާދަލަހުންނޭ މިއަދު ތިއައީ. ލީމް ދެން މި ބައްޕިއާ ރުޅިވީ. ” ރަޔާލްއާ ދިމާލަށް ރުޅިވެރި މޫނު ދައްކާލި ވަގުތު ފަހަތުގަ ހުރި އިވީ ތުއްތު ތުއްތު ލީމް އަށް ފެނުނެވެ.

” ނުނިމޭ “

Share Article

Follow Me Written By

Sarin

Level 1

Other Articles

Previous

ހިތް އެދެނީ 4

Next

ކުރަމުން ތިދާހާ ގޯނާ 8..

Next
February 9, 2016

ކުރަމުން ތިދާހާ ގޯނާ 8..

Previews
February 9, 2016

ހިތް އެދެނީ 4

38 Comments!

  1. Rishu says:
    February 9, 2016 at 10:16 am

    Salhi

  2. Nicky says:
    February 9, 2016 at 10:50 am

    Kiheneh vegn ulhey zaik eh thr mi ulheny….v foohi vey e vattharah ulhey meehun dheke…..dhoo landeh nudhey thi eyna ah….n hurihaa vaahaka egga vx hunnanee xiney ge vaahaka genesfaa….bt the stry is v v v nyc…???

  3. NaAi says:
    February 9, 2016 at 11:06 am

    wow….nice

  4. Zaanaa says:
    February 9, 2016 at 11:27 am

    V reethi story khon erakun next part keyaa hethun kehmaduvefa me huree

  5. b*tch says:
    February 9, 2016 at 11:34 am

    My fav story.. up kuraaaley laheee.. noon nama habeys

  6. E-NOO says:
    February 9, 2016 at 12:12 pm

    Alhe avahahah next part genesdhyba
    Can’t wait to read

  7. Ily says:
    February 9, 2016 at 1:06 pm

    Alhe thankolheh avahah up kohladheythi ingey…v salhi….next part ves miha dhigukohla thi?????

  8. bahee says:
    February 9, 2016 at 1:46 pm

    next part avahah upkoahdheah chea

  9. lam says:
    February 9, 2016 at 2:05 pm

    vv salhi. Kn irakn next part up kohdheyny

  10. hd says:
    February 9, 2016 at 3:37 pm

    Story ix nice., bt upload haadha lahey

  11. maryyy says:
    February 9, 2016 at 4:52 pm

    nice story eh…keep it up..avahah up kohdhehcheyyy…

  12. munee says:
    February 9, 2016 at 9:36 pm

    vvvv nice

  13. nanana says:
    February 10, 2016 at 3:45 am

    Vvv nice,

  14. Zaanaa says:
    February 10, 2016 at 12:49 pm

    Kobaa tha meyadu bai story nice veema kehmadhuvefa me thibenee

  15. Ily says:
    February 10, 2016 at 3:43 pm

    Alhe konirakun miadhu ge part up kurane..waiting waiting………..

  16. Zaanaa says:
    February 10, 2016 at 7:49 pm

    Alhe up kohdeeba please please

  17. shaai says:
    February 11, 2016 at 9:40 am

    haadha lahey update vaaleh

  18. Ily says:
    February 11, 2016 at 8:23 pm

    Alhe me story mihaa hisabun nimune tha?
    Mihaaru 2 days ve adhives up eh nukurey????

  19. Maree says:
    February 11, 2016 at 9:42 pm

    Mihaa gina dhuvas vannamun vaahaka kiyan foohivey. Kniraku next part up kuranyy????

  20. Nishu says:
    February 13, 2016 at 10:47 am

    Kn irakun next part kiyan libeynee.. Foohivey maa lasvaatheeve.

  21. xee says:
    February 13, 2016 at 7:19 pm

    Haadha lahey dhw up vaaleh… plx plx up kohdhyba avahah….

  22. nee says:
    February 13, 2016 at 8:16 pm

    pls pls pls pls aneh bai avahah up load kohdhyba .. v kiyaa hiyyy vey eba .. pls pls plsssssssss

  23. Zaanaa says:
    February 13, 2016 at 9:29 pm

    Kobaa tha me story ge next part haada lahay up kuraaleh

  24. EAKKO says:
    February 16, 2016 at 2:20 pm

    haadha gina dhuvahekay …… next part plssssss

  25. shahee says:
    February 16, 2016 at 8:36 pm

    Kobe tha me story ge next part pls pls pls

  26. lam says:
    February 16, 2016 at 8:51 pm

    Ebunaahen. Kobaa tha next part

  27. zee says:
    February 16, 2016 at 8:56 pm

    Alhey thankolheh avahah up kollevidhaanetha plxxxx? , v kiyaa hihvey

  28. ssskk says:
    February 17, 2016 at 8:34 pm

    alhe keevetha mihaaru mi vaahaka nugenes dhenee…haadha kiyaa hithune mihunanee next episode…plx plx avaha upload kolaba

  29. Zeena says:
    February 19, 2016 at 6:19 pm

    Keeve tha ehaa lahun up kuranyy thi.. Aharen hee kurryy Aneka baliii kameh. up kuraaleh laskamun

  30. ilaaf says:
    February 20, 2016 at 2:22 am

    Vaahaka mathin foohivaafahun aneh episode. Gina dhuvas v ma kury part handhaan nethey fahunney e anehbai geneveny.. plx avahah upload kohladhyba. ?

  31. Yash says:
    February 22, 2016 at 6:15 pm

    Kivey vahaka up nukuraani ??????

  32. NaAi says:
    February 25, 2016 at 1:04 pm

    Asluvx Haadha laheyy mihaaru aheh part hadhaan vx nai…..

  33. Anonymous says:
    February 25, 2016 at 11:08 pm

    Kalhu sofuhaliya liuntheriya maruveetha

  34. pary says:
    February 28, 2016 at 6:51 pm

    pis pis pis pis… nimman neyngenya keehkuran tha story fashanyky… maru v thrrrrrrrrr vaahaka liyuntheriya.. varah fooooooos…

  35. Zeena says:
    May 2, 2016 at 7:29 pm

    Kobaa tha mi story aneh bai

  36. Zeena says:
    May 2, 2016 at 7:30 pm

    Sarin Sarin

  37. neesha says:
    July 16, 2016 at 2:57 pm

    story ninmaalitha kobaa den oh part plzzzzzzzxzzzzzzzzzzzz

  38. Faiha says:
    September 2, 2016 at 12:34 pm

    Koba next part plsss

Comments are closed.


All Right Reserved!