ހިތް ދަތިކަމުން ފުރިފައިވާ ހާލު ނިހާމާ ފޮއްޓަށް އެއްޗެހި އަޅަން ފެށިއެވެ. ނާއިފް ނުކުތީ ބޭރަށެވެ. ސިޓިންރޫމް ތެރޭގައި ގޭގެ އެންމެން ތިބީ ވެގެން ދިޔަކަންތަކުގެ ސަބަބުން ހިތްމަރުވެފައެވެ. ނާއިފް ނުކުތުމުން ނާއިފްގެ މަންމަ ސުވާލު ކުރީ ނާއިފްގެ ނިންމުމާ ދޭތެރެއެވެ. ” މަންމާ… އަހަންނަކަށް ނޭނގެ ހަދާނެ ގޮތެއް… އަހަރެންގެ ހިތްވަރެއް ނެތް ނިހާ އާއި އެކު އުޅޭކަށް.” ގޮތްހުސްވެފައިވާ ބީދައިން ނާއިފް ބުނެލިއެވެ. ” މަންމަ ބޭނުންވަނީ ތިކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލަން… ނިހާމާގެ […]
“ނޫނޭ ޒާ، އަދި އެނީ ގޮވައިގެން ޕާކަށް ދާ ވަރަށް ވުރެން އެނީ މާ ކުޑައޭ” ޒިޔާން ޒާޔާއަށް ބަލާލަމުން ބުންޏެވެ. “އެހެންތަ؟ އެހެން ވިއްޔާ ހިނގާ ދޮންތަމެން ގެޔަށް” ޒާޔާ ބޭނުންވީ ޒިޔާން ގޭގައި ހުރި ދުވަހަކަށް ވާތީ އެދުވަހު އެންމެން އެކީ ކޮންމެވެސް ތަނަކަށް ގޮސްލާށެވެ. “ތެދެއް އިފާ؟” ޒިޔާން އިފާޝާއަށް ބަލާލިއެވެ. “ދެން ޒާ ބޭނުމިއްޔާ ހިނގާ ދޯ ގޮސްލަން؟” ޒާޔާގެ ބޮލުގައި ފިރުމާލަމުން އިފާޝާ ހިނިތުންވެލިއެވެ. “ލަވް ޔޫ މަންމީ…” ޒާޔާ […]
އަލާން…!” ނިހާމައަށް މަޑުމަޑުން އަލާންގެ ނަންކިޔާލެވުނީ އެޒުވާނާ އަކީ އަލާންހެން ހީވީތީއެވެ. “ނިހާ… ކޯންޗެއް ބަލަނީ..!” ނާއިފްގެ އަޑަށް ނިހާމާ ސިހިގެން ދިޔައެވެ. “ކީކޭ…!” ނިހާމާ ނާއިފްއަށް ބަލާލުމަށްފަހު އަނެއްކާވެސް އެގަސްދަށަށް ބަލާލިއެވެ. އެހެންނަމަވެސް މިހާރަކު އެޒުވާނާއެއް އެތާކުނެތެވެ. އެވަގުތު ނާއިފްގެ ފޯނު ރިންގުވިއެވެ. “ކީކޭ ފަޔާ…؟ ހާދަކުއްލިއަކަށް… އާނ.. ދެވޭނެ.. ކިހާއިރަކު މިކޮޅަށް އާދެވޭނީ..!” ނާއިފް ފޯނުނަގާ ވާހަކަދެއްކިއެވެ. “ކިހިނެއްވީ..؟” ނާއިފް ފޯނު ކަނޑާލުމުން ނިހާމާ ސުވާލުކުރިއެވެ. “އެއްކަލަ ފަޔާ އެގުޅީ.. އޭނަގެ ދައްތައެއް އުޅޭނެ […]
އަމޭލިއާ އިރުއިރު ކޮޅާ ފަހަތަށް ބަލާލަމުން ދިޔައީ ރާސިލް ފަހަތުން އާދޭތޯ ބެލުމަށެވެ. ރާސިލް ހުރުމުން ނޭނގޭ ސަބަބަކާ ހުރެ ރައްކާތެރިކަން އިހްސާސް ކުރެވެއެވެ. ގެއާ ހަމައަށް ފޯރިއިރުވެސް ވެހެމުންދިޔަ ވަރޭއަށް ބަދަލެއްނާދެއެވެ. އަމޭލިއާ ގެއަށް ވަންނަމުން ފަހު ފަހަރަށް ފަސް އެނބުރި ބަލާލިއެވެ. “ގުޑް ނައިޓް ވައިފީ” ރާސިލް އެއްލޯ މަރާލަމުން ހަނައަޅާލީ އަމޭލިއާއަށް ޖެއްސުން ކޮއްލުމަށެވެ. އަމޭލިއާ ތުންއަނބުރާލުމަށްފަހު އެތެރެއަށް ވަނީ ކުޑަކޮއް ދުވެލާފައެވެ. ރާސިލް ގެއަށް ވަނުމަށް މިސްރާބު ޖެހި އިރު އެތުންފަތް […]
ގަދަވަޔާއި ވިއްސާރައިގެތެރޭ ގައި ޒޫނާ ދުވެފައިދިޔައީ ބަގީޗާގެ ގޭޓައި ދިމާލަށެވެ. ދެލޮލުން އޮހެމުންދާކަރުނަތަކަށް ނިމުމެއް އަންނާނެ ހެނެއް ހިޔެއްނުވެ އެވެ ޒޫނާ ދުވެފައިގޮސް ހުއްޓުނީ ބަގީޗާގެ ތެރޭގައި ހުރި ނިކަގަސް ދަށުގައެވެ. ޒޫނާ ސިއްސާގެންދިޔައީ ކުރިމަތީގައި ހުރި ޒުވާނާ ފެނިފައެވެ. ނޫކުލައިގެ ޓީށާޓަކާއި ކަޅު ކުލައިގެ ޖީންސްގައި ފެންނަ ލެއް ވަރަށް ރީއްޗެވެ. އެހާމެ ފުރިހަމަ އެވެ. އެމެރެލްދ ކުލައިގެ ފުން ދެލޮލެވެ. ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ފަންކަޅު އިސްތަށި ގަނޑު ވަނީ ތެމިފައެވެ. މޫނު […]
(ހަވަނަ ބައި) ސިންގަޕޫރުގެ ހިތްގައިމު މާހައުލެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ތަރައްގީއާއި ތަހުޒީބެވެ. ދިރިއުޅުމުގެ ފަސޭހަކަމާއި ފެންވަރެވެ. ސާފު ރީތި މަގުތަކާއި އުސް އިމާރާތްތަކެވެ. ހިނިތުންވެފައިވާ މޫނުތަކާއި ހިތްހަމަޖެހިފައިވާ އާއިލާ ތަކެވެ. ކާރު މަޑު ކުރީ ވަރަށް ރީތިކޮށް ހަދާފައިވާ ކުޑަ ގެއެއްގެ ކުރިމައްޗަށެވެ. އެގޭގެ ފަރުމާ ކުރުން ކިތަންމެހާވެސް ފުރިހަމައެވެ. އެގެ ފެންނަ ކޮންމެ މީހަކުވެސް އެގޭގައި ކުޑަ ހިނދުކޮޅަކަށް ނަމަވެސް އުޅެލަން ބޭނުންވާނެކަން ޔަގީނެވެ. މާނީ ކާރުން ފޭބުމަށްފަހު ލޮލުގައި އަޅާފައި އޮތް […]
ނިހާމާއާއި ނާއިފް ބޭރަށް ނުކުމެލީ ނާއިފްގެ މަންމަމެން ކައިރިއަށް ދިޔުމުގެ ބޭނުމުގައެވެ. ދެމީހުން ސައިކަލުގައި އަޔާޒްމެންގެ ގެއާދިމާލަށް މިސްރާބުޖެހިއެވެ. އާދައިގެ ބާރުމިނެއްގައި ނާއިފް ސައިކަލު ދުއްވަމުންދިޔައީ ރަށުގެ ބޮޑުމަގުގައެވެ. ބޭއިހްތިޔާރުގައި ނިހާމާއަށް ހަޅޭއްލަވައިގަނެވުނީ ކުރިމަތިން ސައިކަލެއް ހުރަސްކޮއްލުމުންނެވެ. ކުއްލި ހަރަކާތަކާއެކު ނާއިފްއަށް ސައިކަލު މަޑުކޮއްލެވުނެވެ. ކުރިމަތީގައި ސައިކަލެއްގައި އެއިނީ އަލާންއެވެ. އަތުގައި ހެޔޮވަރުގެ ދަނޑިގަނޑެއް އޮތެވެ. ނާއިފް އާއި ނިހާމާއަށް ފަހަތަށް ބަލާލެވުނީ ފަހަތުން ސައިކަލުތަކެތްގެ އަޑު އިވުމުންނެވެ. އޭރު އަލާންގެ ގުރޫޕް އެންމެން އައިސް ނާއިފްގެ […]
Hurihaa kiyuntherinnah ves v v v v bodah sorry vaahaka lasvaathy. engey mihaaru v v v bodah lasvehjekan. Princess lily ge laptop ga kuda mahsalaeh jehigen vaahaka up nukurevi lasvany… V v v bodah sorry. Try kuraanan miadhuves rangalhuvehjeyaa vaahaka up kuraanan… I’m realy sorry
“ޒިޔާން…” އިފާޝާއަށް ގޮވާލެވުނެވެ. ޒިޔާން ކުރިއަށް ވުރެން ބާރަށް އިފާޝާ ގައިގައި ހިފަހައްޓާލިއެވެ. “އެބަ އަންނަން…” ޒިޔާންއާ ދުރަށް ޖެހިލަމުން އިފާޝާ ބުންޏެވެ. “ކޮން ތާކަށް؟” ހާސްކަން އެކުލެވިފައިވާ އަޑަކުން ޒިޔާން ސުވާލުކުރިއެވެ. “ފާހާނާއަށް…” އިފާޝާ ދުރަށް ފިޔަވަޅެއް އަޅާލިއެވެ. އެވަގުތު އިފާޝާއަށް ބަލާލި ޒިޔާންއަށް ވިސްނުނެވެ. “އިފާ، ހިނގާ އަވަހަށް ދާން… ވޯޓަރ ބްރޭކްވީއޭ” ކުރިއަށް ވުރެން ހާސްވެފައި ޒިޔާން އިފާޝާގެ އަތުގައި ހިފާލަމުން ބުންޏެވެ. އަދި އިފާޝާއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ […]