Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ (12)

Ryn
February 10, 2016
7 Mins Read
73 Views
21 Comments

ނީރާ ގެ މޫނަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ކުރީގެ ހަނދާނެއް އާވިއެވެ

—

“ނީ.. ނުހުޅުވަންޗޭ ލޯ ޕްލީސް… އޯކޭ.. ވެއިޓް.. ޔާ ދެން ހުޅުވާ…” ޝާއިން ގެ އަޑު އިވުމުން ނީރާ ލަސް ލަހުން ލޯ ހުޅުވާލިއެވެ. އެއާއި އެކު އޭނާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. 14 ވަނަ ދުވަސް ކަމުން ހަނދު ވަރަށް ފުރިހަމަ ކަމާއި އެކު ދުނިޔެ މަތި އަލިކުރަމުން ދިޔައެވެ. ފެންނަލެއް ވަރަށް ހިތްގައިމެވެ. އެތަށް އިރަކު އެ ހަނދަށް ބަލަން ނީރާ އަށް ހުރެވުނީ ހަނދު ފެންނަލެއް ހިތްގައިމުކަމުންނެވެ. އަދި އެތަށް ދުވަހެއް ފަހުން މިކަހަލަ ރެއެއް މިގޮތަށް ފެނުމުންނެވެ. “ހެޕީ ބާރްތް ޑޭ ނީ…..” ޝާއިން އެހެން ބުނެލުމާއި އެކު ނީރާ ކުޑަކޮށް ސިއްސައިގެން ގޮސް މުޅި މާހައުލަށް ބަލާލެވުނެވެ. މުޅި ޓެރެސް މަތީ އޮތީ ޕިންކް ކުލައިން ޖަރީކޮށްފައެވެ. ހަންތަށް ވަނީ މުޅި މާހައުލަށް އުކާލެވިފައެވެ. ފެންނަލެއް ވަރަށް ރީއްޗެވެ. ” ޔޫ އަރ ނައު 19 އޭ ދޯ .. ބޮޑު ކުއްޖަކަށް ވީ އޭ..” ޝާއިން އެހެން ބުނެލީ ނީރާ މުޅި މާހައުލަށް ބަލަން ހުރުމުންނެވެ.. ނީރާ ހިނިއައިސްފާ ހުރެ އެކި ދިމާ ދިމާލަށް ހަންތަށް އުުކަން ފެށިއެވެ. ނީރާ ކުއްލިއަކަށް ހުއްޓުނީ  އޭނާގެ މަންމަ އާއި ބައްޕަ މަތިން ހަނދާންވާން ފެށުމުންނެވެ. އެއާއި އެކު އޭނާގެ ލޮލުން ފެންތަށް އަންނަން ފެށިއެވެ.

“ނީ.. ކިހިނެއްވީ؟؟؟ ހަޑީތަ” ޝާއިން ނީރާ ކައިރިއަށް ޖެހިލަމުން އެހެން ބުނެލިއެވެ. “ޝައިން.. މަންމަ … ބައްޕަ….. އެން…….” ނީރާ އެހިސާބަށް ބުނެވުނު ތަނުން ފަޅައިގެން ދިޔައެވެ. މޫނުމަތީ އަތް އަޅައިގެން ހުރެ ޓެރެސް އިން ފައިބަން ހުންނަ ސިޑިއާއި ދިމާލަށް ދިޔައީ ކަުރިމަތީ ހުރި ޝާއިން ކޮށްޕާލާފައެވެ.

—–

ޝާއިން ނީރާގެ މޫނުމައްޗަށް ބަލަން ހުރީ އެ މޫނުމަތިން ފެންނަ އަސަރުތަކުންނެވެ. “ނީ!! ކިހިނެއްވީ؟؟” ޝާއިން ނީރާގެ ކަނޑުގައި ޖަހާލަމުން އެހެން ބުނެލިއެވެ. އެއާއި އެކު ނީރާ ސިއްސައިގެން ގޮސް ހިޔާލީ ދުނިޔެއިން ފޭބުނެވެ. އޭރު އޭނާގެ ލޮލުގައި ކަރުނަތަށް ފުރި ބަންޑުންވާން ކައިރިވެފައި ހުއްޓެވެ. ނީރާ ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. “ޝައިން… އައި މިސް މައި މޮމް އެން ޑޭޑް… އައި ވިޝް ދޭ ވެއަރ ހިއަރ ވިތް މީ.. އެން މައި ލިލް އޭންޖަލްވެސް… ޝައިން ކީއްވެތަ މިކަހަލަ ދުވަސްތަށް އަންނަނީ.. ނީގެ ލައިފް ގަ ހުސް ދެރަ ކަންތަށް ވަނީ..؟” ނީރާ ޝާއިން ގެ ލޮލާއި ލޯ ސީދާ ކުރަމުން އެހެން ބުނެލިއިރު ކަރުނަތަށް ފައިބައިގެން ދިޔައެވެ. ޝާއިން އިސްޖަހާލިއެވެ. ކުށްވެރިއެއް ފަދައިންނެވެ. އަދިވެސް އެ ހިނގި ހާދިސާގެ ސަބަބުން ކޮންމެވެސް ވަރަކަށް ޝާއިން ދިޔައީ އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. އެއީ އޭނާގެ ކުށަކުން ނުވި ކަމެއް ކަމުގައި ވިޔަސް ނީރާ އޭނާއަށް މާފްކުރިކަމުގައިވިޔަސް އެ ހިތުގައި އަދިވެސް ނުފިލާ އެ ލައްގަނޑު އިނެވެ. “ނީ..! ޔޫ ނޯ ވަޓް.. އަސްލު މި ހުރިހާ ކަމަކީވެސް ޓެސްޓް ތަކެއް.. ޔޫ ހޭވް ޓް ފޭސް ދިސް… ޔޫ ހޭވް ޓްބީ ސްޓްރޯންގް.. ނީ ވީކް ވެއްޖެއްޔާ އެއްވެސް ޓެސްޓް އަކުން ޕާސް އެއް ނުވެވޭނެ.. އެހެންވީމަ ޖެހޭނެ ސްޓްރޯންގް ވާން.. ކަންތަށް އެގޮތަށް ވާން ނޭދުނަސް ތަގުދީރުގައި ލިޔެފައި އޮތިއްޔާ އެކަން ވާނެ..” ޝާއިން އެހެން ބުނެލީ އިސްއުފުލުާ ކުރިމަތިން ފެންނަ މާ ސިންގާ ކަނޑަށް ނަޒަރު ހިންގާލަމުންނެވެ. އޭނާ ފަހު ޖުމްލަ ބުނެލީ ހުދު އޭނާގެ ހާލަތާއިވެސް ގުޅުވާލައިގެންނެވެ.

“އެކަމު ޔާން އޯ… އައި ލަަވް ހިމް ޝައިން…. ވެއިޓް ނުކުރިޔަސް އައި ލަވް ހިމް….އަނެއްކާ އެއައީ ކީއްވެ..؟ އެ ދުވަހުވެސް ހަމަ އެ ގޮތަށް.. ސޭމް ތިންގް.. ހަމަ އަހަރެންގެ ހެ..ދުން…. ހަ..މަ އެ..ގޮތަށް. …….. އަނެއްކާ މިއަދުވެސް….” ނީރާ އެހެން ބުނެވުނު އިރު ކުރީގެ ހަނދާނެއް އާވިއެވެ. އެއާއި އެކު އޭނާ އިތުރަށް ބިރުގަނެ ރޮވެން ފެށުނެވެ. ރަޔާން ދެކެ އަދިވެސް ނީރާ ލޯބިވާ ވާހަކަ ބުނުމުން ޝާއިން އަށް ހީވީ އޭނާގެ ހިތަށް ކަށިތަކެއް ހެރުނުހެންނެވެ. އަދިވެސް ނީ ލޯބިވަނީ އެ ޖަނަވާރު ދެކެހެއްޔެވެ؟ “ނީ!! އޭނަ މަތިން ހަނދާން ނައްތާލައިގެން މޫވް އޮން ކޮށްބަލަ.. ވެއިޓް ނުކުރިޔަސް ސިޓިލް ޔޫ ލަވް ހިމް އެއްނު.. އެހެންވެ މިބުނަނީ މޫވް އޮން ކުރާށޭ… އޭނަ މަތިން ހަނދާން ނެތޭތޯ ޓްރައި ކޮށްބަލަ.. ލޯބިވާހާ ހިނދަކު މޫވް އޮން ކުރަން އުނދަގޫވާނެ… ގަބޫލުކުރަން ވަރަށް އުނދަގޫ ކަމެއްކަން.. އެކަމުވެސް އެއްވެސް ކަމެއް އިމްޕޮސިބަލް އެއްނޫން.. މޫވް އޮން ކުރަން ޓްރައި ކޮށްބަ…” ޝާއިން މަސައްކަތް ކުރީ ނީރާއަށް ވިސްނައިދޭށެެވެ.

“ޝައިން އެހާ ފަސޭހައެއް ނުވާނޭ ތިކަމެއް ކުރާކަށް…. ޝައިން އަށް ފަހަރެއްގައި ވެސް ނޭނގިދާނެ…” ނީރާ އެހެން ބުނެލީ ހަށަންބަނދެލަމުންނެވެ. ޖެހޭ ވައިރޯޅިން ހީކަރުވަން ފެށީމައެވެ. “އެ ކީއްވެ ނޭންގެންވީ..؟” ޝާއިން އަހާލިއެވެ.

“ޝާއިން ދުވަހަކުވެސް ލޯބި ނުވާތީ…” ނީރާ އެހެން ބުނެލީ ކިތަންމެ ރީތިކޮށް އަދި މަޑުމައިތިރި ކަމާއި އެކުގައި ވިޔަސް ޝާއިން އަށް އެ ޖުމްލަ ވެގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. އެހެނީ އޭނާ މިދުނިޔޭގައިވެސް އެންމެ ލޯބިވާ އިންސާނާ އޭނާއާއި ދިމާލަށް ދުވަހަކުވެސް ލޯބި ނުވާތީ ބުނުން ވެގެން ދިޔައީ އޭނާގެ ހިތް ފުނޑު ފުނޑު ކޮށްލި ކަމަކަށެވެ. އެވަގުތު އޭނާގެ ހިތުގައި ފޮރުވައިގެން ގެންގުޅުނު ލޯބިވެސް ހާމަކުރަން ބޭނުންވިއެވެ. ނަމަވެސް އަމިއްލަ ހިތަށް ބާރުފޯރުވާލިއެވެ. އަދި މުޅި ހަށިގަނޑުން ބާރު އެއްކޮށްގެން އޭނާ ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. ނީރާ ޝާއިން އާއި ދިމާބަލާލީ އެވަގުތުއެވެ. ލުއި ހިނިތުންވުމެއް ޝާއިން ދީގެން އިނދެވުނީ އިރުކޮޅަކަށެވެ. އޭނާގެ ހަށިގަނޑުގައި މަޑު ތުރު ތުރެއް އަޅަން ފެށިއެވެ. އެހެންކަމުން ނީރާއާއި ދުރަށް ނަޒަރު ހިންގާލަމުން ނޭވާއެއް ދޫކޮށްލީ ހަމަޖެހުމަށްޓަކައެވެ.

“ވެދާ..ނެ… އެކަމު އަހަރެން ގަބޫލު ކުރާ ގޮތުގައި ތިމާ ދެކެ ލޯބިވާ މީހަކާ ގުޅުމުން އެމީހެއް ދެކެ ލޯބިވާން ފަސޭހަވާނެ.. އަދި.. އުޅެން ވެސް ފަސޭހަވާނެ.. ޔޫ ޝުޑް ގިވް އަ ޗާންސް….” ޝާއިން އެހެން ބުނެލީ ވަރަށް ވެސް މަޑުމައިތިރިކަމާއެކުގައެވެ. “އެކަމު ކިހިނެއް އިނގޭނީ އަހަރެން ދެކެ ލޯބިވާކަން..؟” ނީރާ އެހެން އަހާލުމުން ޝާއިން ނީރާއާއި ދިމާ ބަލާލިއެވެ. އަދި އިންތަނުން ތެދުވެ ނީރާ ގެ ކުރިމައްޗަށް ވާ ގޮތަށް ގޮސް ހުއްޓިލިއެވެ. އެއަށްފަހު ނީރާގެ ކުރިމަތީ އެއްފައި މައްޗަށް އިށީނދެ ނީރާގެ އަތުގައި ހިފާލިއެވެ. “އޭނާގެ ލޮލުން އިނގޭނެ… އޭނާގެ ބީހިލުމުން އިނގޭނެ.. އޭނާ ބަލާގޮތުން އިނގޭނެ… ކެއާރ ކުރާ ގޮތުން އިނގޭނެ.. ހެޕީ ކުރުމަށް ޓްރައި ކުރާވަރުން އިނގޭނެ… ލޯބިވާކަން ހާމަ ކުރާ ގޮތްތަކުން އިނގޭނެ. ބުނާ ބުނުމުން އިނގޭނެ… އޭނާގެ ލޮލުން ބުނެދޭނެ އެތަކެއް ވާހަކަތަކެއް…. ދެން އެވަރުންވެސް ނޭނގުނީއާއި ދެން ހަދަން ޖެހޭ ގޮތަކީ…….. ވިލް ޔޫ ބީ މައި ލިލް ޕްރިންސަސް ސޯ ދެޓް އައި ކޭން ސްޕެންޑް މައި ރެސްޓް އޮފް ލައިފް އޭޒް ޔުއަރ ޕްރިންސް..؟” ޝާއިން އޭނާގެ އަތުންގެ ތެރެއަށް ލާފައި އިން ނީރާގެ އަތަށް ފިތާލަމުން އެހެން ބުނެލިއެވެ. އެއާއި އެކު ނީރާއަށް ޝޮކެއް ޖެހުނެވެ. ހިތް ނަށަންފެށިއެވެ. ވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ނީރާގެ ހަށިގަނޑުގައި އެވަގުތު އޭނާގެ ސިކުނޑީގެ ބާރު ނެތްފަދައެވެ. ހިތް ދިޔައީ ހަށިގަނޑަށް ރަސްކަންކުރަމުންނެވެ. އެހެންކަމުން އެއްވެސް އިހްތިޔާރަކާއި ނުލާ ނީރާއަށް ބޯ ޖަހާލެވުނެވެ.

ޝާއިންއަށް ކުއްލިއަކަށް ހޭވެރިކަން ވީފަދައެވެ. ބުނެވުނު އެއްޗާއި މެދު ވިސްނާލެވުނީ ދެނެވެ. ބޮލުގައި ނޭނގޭ ރިހުމެއް އުފެދުނީ ބުނެވުނު އެއްޗާއި މެދު ހާސްވީވަރުންނެވެ. އޭނާ އިސްޖަހާލިއެވެ.

އެހެންކަމުން ނީރާގެ އެ ހަރަކާތެއް އޭނާއަކަށް ނުފެނުނެވެ. “އައި މީން.. އެ.. ގޮތަށް.. ވަ..ވަރަށް. ރީތިކޮޮށް… ބުނާނޭ…. ލޯ..ބިވާކަން ބުނާނޭ..” ޝާއިން ހުއްޓަ ހުއްޓާފައި އެހެން ކިޔަމުން ދިޔައެވެ. އެއާއި އެކު ނީރާގެ އަތުން ދޫކޮށްލަމުން ތެދުވެލިއެވެ. ކުއްލިއަކަށެވެ. ނީރާގެ ހިތް ކުދި ކުދި ވެގެން ދިޔަ ކަހަލައެވެ. ހިތަށް ލިބުނު ކުޑަ ކުޑަ އުފާވެސް ދިޔަ ކަހަލައެވެ. ޝާއިން އޭނާ ދެކެ ލޯބިނުވަނީހެއްޔެވެ؟ އެހެން އެބުނީ ދެން ކީއްވެހެއްޔެވެ؟ ޝާއިންއަށް ނޭނގެނީ ހެއްޔެވެ؟ އަހަރެންވެސް…………………

ނީރާއަށްވެސް ހޭވެރިކަން ވީ ދެނެވެ. ހިތަށް އެރި އެއްޗެއްގެ ސަބަބުން އޭނާގެ ހިތުގައި ރިއްސަމުން ދިޔަވަރު އިނގޭނީ ހަމައެކަނި އޭނާއަށެވެ. އޭނާގެ ހިތުގައި މި އުފެދެމުން އަންނަ ކަންތަށް ގަނޑުގެ ސަބަބުން ސިކުނޑިއަށް ކުރާ އުނދަގޫ ދިޔައީ ބޮޑުވަމުންނެވެ. ނީރާވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. “ދެން އުޅޭ ދާން… މިހާރު ތިހިރަ ހީކަރުވަނީ…” ޝާއިން އެހެން ބުނެލީ ހަމަޖެހޭ ގޮތް ދައްކާލަމުންނެވެ.. ނަމަވެސް އަދިިވެސް އޭނާ ހަމަޔަކަށް ނޭޅެއެވެ. ނީރާ ހިތަށް އަރާނެ އެއްޗަކާއި މެދު ވިސްނާލުމުން އޭނާގެ ގައިން ހީބިހި ނަގައިގެން ދާ ކަހަލައެވެ. ނީރާ ބޯ ޖަހާލުމަށްފަހު ކާރާއި ދިމާލަށް ދިޔައީއެވެ. އޭނާ މިވަގުތު އެންމެ ބޭނުންވި އެއްކަމަކީ އެނދުމަތީ ގޮސް އޮށޯވެލުމެވެ. ހިތްހަމަޖެހޭވަރަށް ރޯލުމެވެ. ހިތަށް ފިނިކަމެއް ލިބޭނީ އެހެން ހެދުމުންނެވެ.

ޝާއިންވެސް އިތުރަށް އެއްޗެކޭ ނުބުނެ ކާރަށް އަރައި ދުއްވާލިއެވެ. މިޝްރާބް ހުރީ ނީރާމެންގެ ގެއަށެވެ. އެވަގުތު ނީރާ ވިސްނަމުން ދިޔައީ ޝާއިން ބުނި އެއްޗާއި މެދުގައެވެ. “އޭނާގެ ލޮލުން އިނގޭނެ… އޭނާގެ ބީހިލުމުން އިނގޭނެ.. އޭނާ ބަލާގޮތުން އިނގޭނެ… ކެއާރ ކުރާ ގޮތުން އިނގޭނެ.. ހެޕީ ކުރުމަށް ޓްރައި ކުރާވަރުން އިނގޭނެ… ލޯބިވާކަން ހާމަ ކުރާ ގޮތްތަކުން އިނގޭނެ. ބުނާ ބުނުމުން އިނގޭނެ….” އެއިން ކޮންމެ ލަފްޒެއް އަދިވެސް އޭނާއަށް އިވެއެވެ. ވިސްނަން ފެށުނީ އެހެންވެއެވެ.

ކާރު މަޑުކޮށްލުމާއިއެކު ނީރާ އޭނާގެ ހިޔާލީ ދުނިޔޭއިން ނުކުމެވުނީ ސިހުމަކާއި އެކުގައެވެ. ނުވާކަމަށް ހަދާފައި އަވަހަށް ކާރުން ފާބައިގެން ފަޔަށް ލެވުނުހާ ބާރެއް ލާފައި ނީރާ އެތެރެއަށް ވަދެގެން އައީ ކާރުން ނިކުތް ޝާއިން އަށް ބަލައިލުމެއްވެސް ނެތިއެވެ. އެ މާހައުލު ވަނީ މުޅިންހެން އަޑުމަޑުވެފައެވެ. ދިރޭ އެއްޗެއްވެސް ނޫޅޭފަދައެވެ. މަރުފަދަ ހިމޭންވަގުތެކެވެ. ޝާއިން އިރުކޮޅަކަށް ނީރާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު އެތެރެއަށް ވަދެގެން އައެވެ. ދުއްވާ އެއްޗެހީގެ އަޑު މަދު މަދުން އިވެެއެވެ.

ޝާއިން ނީރާގެ ބަޔަށް ވަދުމަށްފަހު ދޮރު ޖަހާ ފަސޭހަކަމާއި އެކު ތަޅުލިއެވެ. އަދި ނީރާގެ ކޮޓަރިއާއި ދިމާލަށް ބަލާލުމަށްފަހު ސޯފާ މައްޗަށް ވެއްޓިގަތީ ބޮޑު ބަރެއް ވެއްޓޭހެންނެވެ. އެހާވެސް އޭނާ ސިކުނޑިވަނީ އެކި ހިޔާލުތަކުން ފުރިފައެވެ. ނީރާއާއި މެދުގައެވެ. ނީރާއަށް ދުވަހަކުވެސް ޝާއިންދެކެ ލޯތްބެއްނުވެވޭނެއެވެ. އަދި ޝާއިން ނީރާދެކެ ލޯބިވާ ކަމެއްވެސް ނޭނގޭނެއެވެ. އިނގުނަ ނުވެސް ދޭނެއެވެ. ޝާއިން ވިސްނަމުން ދިޔައީ ނީރާ ގެ ލޯބި އޭނާގެ ހިތުން ފޮހެލެވޭނެ ގޮތަކާއި މެދުގައެވެ. ނުލިބޭނެ އެއްޗެއްސާއި މެދު ވިސްނާ ފިކުރުކުރުމުން ހިތަށާއި ސިކުނޑިއަށް ލިބޭ އުނދަގޫ އެހާވެސް ބޮޑެވެ. ޝާއިން ދެން ހަނދާންވީ އޮފީހުގެ މަތިންނެވެ. އެހެންކަމުން ރާހިލްއަށް މެސެޖެއް ފޮނުވާލީ އޭނާވެސް އަދި ނީރާވެސް އޮފީހަށް ނުދާނެކަމުގައި ބުނެފައެވެ. ރާހިލްގެ ޖަވާބެއް ނައުމުން ނިދީކަން ހިތަށް އަރައި ފޯނަށް ބަލަން އޮތީ ފޯނުގެ ހޯމް ސްކްރީންގައި ނީރާއަދި ޝާއިންގެ ފޮޓޮއެއް ފެންނަން އިނުމުންނެވެ. އެފޮޓޯގައި ވަނީ ނީރާއާއި ޝާއިން ދެފަޅިއަށް ދެމީހުންގެ ބުރަކަށި ޖައްސައިގެން ކޮޅަށް ތިބިތަނެވެ. ޝާއިން ގެލަރީ ހުޅުވާލިއެވެ. ފޮޓޮއަކަށް ފަހު ފޮޓޮއެއް ބަލަން އޭނާއަށް އޮވެވުނީއެވެ. ނިދިވެސް ވަނީ އޭނާއާއި ދުރަށް ފިލާފައެވެ.

އޭނާގެ ހިތުގެ ރާނީގެ ނަން ހިތުން ފޮހެލެވޭނީ ކިހިނެއްހެއްޔެވެ؟؟ މިއަދު އޭނާ ނީރާއަށް ބުނެދިންވާހަކަތަށް ހުދު އޭނާވެސް ގަބޫލުކުރަންޖެހޭނެއެވެ. އިތުރު މީހަކަށް އޭނާގެ ހިތުން ޖާގަ ނުދެވުނުކަމުގައި ވިޔަސް އަދި ދިރިއުޅުމުން ދޭން ބޭނުން ނުވިކަމުގައިވިޔަސް ނީރާ މަތިން ހަނދާން ނައްތާލަން ބޭނުންވިއެވެ. އެނޫން ގޮތެއް ނެތް ކަން އޭނާއަށް ވެސް އިނގެއެވެ. ނަމަވެސް އެކަން ވާނެހެއްޔެވެ؟ ނުވިކަމުގައިވިޔަސް ޝާއިން މަސައްކަތްކުރާނެއެެވެ.

އެހެން އެތަށް އިރަކު އޮތުމަށްފަހު ޝާއިން ތެދުވެ ނީރާ ކޮބައިތޯ ބަލާލާށެވެ. މަޑު މަޑުން ދޮރު ހުޅުވާލީ ނީރާ ނިދާފައި އޮންނާނީ ހިތާއެވެ. ދޮރު ހުޅުވާލުމާއި އެކު ހުރި ގޮތަށް ހުރެވުނީ ނީރާ އޮތްގޮތް ފެނިފައެވެ. ދޮރާއި ދިމާލަށް މޫނު އޮންނަ ގޮތަށް ބަންޑުން އޮތް އިރު އޭނާގެ ޑައިރީ ކުރިމަތީ އޮތެވެ. އަދި އަތުަގައި އިން ގަލަން ފެނި އޭނާ ޑައިރީ ލިޔުނީކަން ޝާއިންއަށް ރަނގަޅަށް އިނގުނެވެ. އެހެންކަމުން ނީރާ ކައިރިއަށް ދިޔައީ ނީރާ ގެ ގައިގާ އޭނާގެ ރަޖާގަނޑު އަޅާލަދޭށެވެ. ނަމަވެސް ނީރާ ކައިރިއަށް ދެވުމާއި އެކު އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ނީރާ ޑައިރީގައި ލިޔަން އޮތް ބައި އޮތީ ތެމިފޯވެފައެވެ. އަދި އެނދުގެ އެއްބައިވެސްމެއެވެ. ނީރާގެ މޫނުމަތި ކުޑަކޮށް ރަތްވެފައި ހުރި އިރު ކަރުނައިގެ ރޮނގުތަށް އެ މޫނުމަތިން ފިލައިގެން ނުގޮސް ހުއްޓެވެ. އަދި ދިގު އެސްފިޔަތަށް ހުރީ ތެމިފޯވެފައެވެ. ޝާއިން ގެ ހިތުގައި ރިއްސާލިއެވެ. މޭގައި އަތް އަޅާލެވުމާއި އެކު ހުރިތަނަށް ކަކޫ މައްޗަށް ވެއްޓިގަތެވެ. އަދި ނީރާގެ މޫނަށް ބަލަން އިނެވެ.

“ނީ….! އައި ލަވް ޔޫ ސޯ މަޗް.. އަލޮޓް އެން އަލޮޓް..” ޝާއިން ނީރާގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެެވެ. ޝާއިންގެ ލޮލުގައި ދެން އަޅައިގަތީ ނީރާގެ ޑައިރީއެވެ. އޭނާ ވަގުތުން ޑައިރީ ނެގިއެވެ. ވަރަށް ސިއްރު ސިއްރުން ޑައިރީ ހިފައިގެން ކޮޓަރިން ބޭރަށް ނިކުމެލިއެވެ.

——-

“އޭނާގެ ލޮލުން އިނގޭނެއެވެ. ބީހިލުމުން އިނގޭނެއެވެ. ބަލާލާގޮތުން އިނގޭނެއެވެ. ކެއަރ ކުރާ ގޮތުން އިނގޭނެއެވެ. އުފާކުރަން މަސައްކަތް ކުރާ ގޮތުން އިނގޭނެއެވެ. ލޯބިވާކަން ހާމަ ކުރާ ގޮތްތަކުން އިނގޭނެއެވެ. ބުނާ ބުނުމުން އިނގޭނެއެވެ. މިހުރިހާ ކަމަކާއި މެދު އަހަރެން ފުންކޮށް ވިސްނީމެވެ. މި ހުރިހާ ކަމެއްވެސް ޝައިން ކުރެއެވެ. ހިތާއެވެ. ޝައިން ވެސް ކުރެއެއް ނޫންހެއްޔެވެ؟ އެކަމަކު ޝައިން އަހަރެން ދެކެ ދުވަހަކުވެސް ލޯތްބެއް ނުވެއެވެ. ހިތާއެވެ. ލޯބިވާ މީހަކު ލިބެންދެން އިންތިޒާރު ކުރުމަކީ ރަނގަޅު ގޮތެވެ. އަހަރެންނަށް އިތުރު މީހެއްދެކެ ލޯތްބެއް ނުވެވިދާނެއެވެ. ނަމަވެސް އެހެން މީހަކަށް ޗާންސް ދޭން ބޭނުމެވެ. އެކަމަކު……………….

“އިންތިޒާރުން ހިތުގަ އުފެދޭ ޖަޒްބާތެއް ލޯތްބަކީ..

ހިތް ހަވާލޭ ހިތުގަ ވާނޭ މިބުނާ ޖަޒްބާތާއި އިހްސާސާއި…”

 

އޭނާގެ ބީހިލުން މިހިތަށް ލޯބި ވާކަން އަންގައިދޭނޭ

އޭނާ ބަލާގޮތުން ހިތަށް އުފާވެރިކަން ގެންނާނޭ..

އުފަލުގައި ބަހައްޓާގޮތުން ހިތުގެ އުދާސްތަށް ފިލާނޭ..

އާއެކޭ… އަލުން ލޯބިވާންވެސް ދަސްކޮށްދޭނޭ….

އަހަރެން…….”

——-

އިތުރަށް އެއްޗެއް ލިޔެފައެއް ނެތެވެ. ހީވާގޮތުން ނީރާއަށް ނިދުނީއެވެ. އެ އަކުރުތަށް ހުރީ ފޭދިފައެވެ. ނަމަވެސް ކިޔަން އުނދަގޫވަރަކަށް ނޫނެވެ. ޝާއިންގެ ހިތަށް ކުޑަ ނަމަވެސް ލުޔެއް ލިބުނީ ނީރާއަށް ޝައްކު ވެފައި ނެތީމައެވެ. އެހެން ނޫންނަމަ އޭނާއަށް ނީރާއާއި ހަތަރު ކަޅި ހަމަކުރަންވެސް ފަސްޖެހެވޭނެއެވެ. ޝާއިން އެ ގަނޑުގެ ކުރިއަށް އޮތް ގަނޑަށް އެއްލިއެވެ.

—-

“އޯގާވި ހިތަކުން އެ ދުނީމޭ އުފަލުން..

ފޮރުވީމޭ ހިތުގައި ވީ ލޯބި ނުފޮހެވޭނެހެން..

އެ ހަނދާން އަދު އާވީމާ މި ދެލޯ ވެސް ފުރެނީ ޔޭ…

އަބަދާއި އަބަދު ވީމޭ ތިޔަ ލޯބި ލިބޭތޯ ދެން..

އަހަރެންނަށް މިކުރެވެނީ ކާކުގެ އިންތިޒާރެއްހެއްޔެވެ؟ ހިތާއެވެ. ހަމަ އަސްލުވެސް ރަޔާން ދެކެ ލޯބިވޭހެއްޔެވެ؟؟ ހިތާއެވެ. ވަންހެއްޔެވެ؟

——-

ޝާއިން އަނެއްގަނޑަށް އެއްލިއެވެ. ކޮންމެ ގަނޑެއްގައި ލިޔެފައި ހުރި އެއްޗެހި ވަނީ ފޭދިފައެވެ. ޑައިރީ ލިޔަން އޮންނަ އިރު ނީރާ ރޯކަން ޔަގީނެވެ.

—-

“އަހަރެން ނަށް މިހާރު އޮޅިއްޖެއެވެ. ރަޔާންދެކެ އަހަރެން ލޯބިވޭހެއްޔެވެެ؟ ނޫނީ އަހަރެން ނުވޭހެއްޔެވެ؟”

ހިތް ކުދި ކުދި ވެއްޖޭ ތިޔަ ލޯބިން..

ދިނުމުން ހިތަށް ވޭނީ އަނިޔާ…

ހިތުގެ ތެރޭގައި އިނދެގެން ޔާރާ..

ކީއްވެ ހިތަށް ތި ދެނީ އަނިޔާ…..

 

އަހަރެން ރަޔާން މަތިން ހަނދާން ނައްތާލާކަށް ބޭނުމެއްނުވެއެވެ. ނަމަވެސް އަހަރެންގެ ހިތް އަހަރެން ލައްވަ ކުރަން އުޅޭކަންތަށް އަހަރެންނަށް ރަނގަޅަށްވެސް އިނގިއްޖެއެވެ. އަހަރެން އެކަމެއް ކުރާކަށް ބޭނުމެއްނޫނެވެ. އަލުން ލޯބިވާކަށް ބޭނުމެއްނޫނެވެ. ލޯތްބަކީ ކުޅޭ ކުޅިވަރެކެވެ. އެއިން ލިބޭ އެއްވެސް އުފާވެރިކަމެއް ނޯންނާނެއެވެ. ލިބޭނީ ވޭނެވެ. ހިތްދަތިކަމެވެ. އެހެންކަމުން އަހަރެން އަމިއްލަ ހިތަށް ބާރު ފޯރުވާނަމެވެ. ލޯބި ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިތާއެވެ. ތިކުރަން އުޅޭ ކަންތަށް ހުއްޓާލާށެވެ. އެހެންނޫންނަމަ އަހަރެން ދުވަހަކުވެސް ތިކަމެއް ވިއަކަ ނުދޭނަމެވެ.

——–

ޝާއިން  ދެން ބަލާލީ ޑައިރީގެ ފަހަތެވެ. ފަހަތުގަނޑުތަކުގެ ކަންތަށް ބަނޑިކޮށްފައި ހުރުމުން އެ ތަން ބަލާލުމުގެ ޝައުޤުވެރިކަން އުފެދުނީއެވެ.

 

-ނުނިމޭ-

73
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 8..

Next

ހިތް އެދެނީ 5

Next
February 10, 2016

ހިތް އެދެނީ 5

Previews
February 9, 2016

ކުރަމުން ތިދާހާ ގޯނާ 8..

21 Comments

  1. Ryn says:
    February 10, 2016 at 9:50 am

    hey guys m soo sry tht i ws late… vrh bxy kh ulhunyma up nukurevuny.. m so sry.. hwp lyk vaane kamah.. thnkx fr readin.. enjoy 😉

  2. Niha says:
    February 10, 2016 at 10:08 am

    Avahah up kohdheebr..
    Mihaaru kiyaa hithun hurevenee eh noon..
    Shain n Nee gulhuvabr dhn..
    Luv the story.

  3. ina says:
    February 10, 2016 at 10:16 am

    Wowwwwww rynnnnn….vrh vrh nice mi part vx…..i jst luvd it…..vrh vrh nice….n tht songss vx…neyngunas tht sngss vrh nice n vrh gulhey…hehehe….whn is nxt prt???hop avahah kiyan libeyne kmh….miss u…t c…

  4. fahy says:
    February 10, 2016 at 10:31 am

    Haadha kurey varah rythi nxt prt knirakakn

  5. Zaanaa says:
    February 10, 2016 at 11:05 am

    Vaahaka v kuru abadu ah thaneh repeat kohfa ohnanee vaahaka v salhi next part avahah keyaa lan lebayne kamah heekuran

  6. Ana says:
    February 10, 2016 at 11:09 am

    Beautiful!! But its little bit short, But I that busy veemakan ei. Hope that we could get to read the next part soon. WAITING WAITING 😀

    1. Ana says:
      February 10, 2016 at 11:11 am

      But I understand that*

  7. ryn says:
    February 10, 2016 at 11:33 am

    thnkx all…. n this prt is shrt ey ??… hehehe mi prt mii ryn ah liyevunu enme dhigu prt.. 1600+ hehehe nvr mind lava thah vx huryma ehaa dhigu v… sryy.. thnkx fr readin.. enjoy.. n miss u mre ina.. tc ???

  8. BODU UDHAGULEH says:
    February 10, 2016 at 12:23 pm

    ryn aa kamana aa ulheyne varah vaahaka liyeveykamah hedhigen thi dhemeehun huhtaalan veenu dho vaahaka liyun varah foohivey

    1. Ryn says:
      February 10, 2016 at 1:57 pm

      umm may b m nt so gud to write.. bt kamana is one of my fav n esfiyage vx vrh rythi stries liyaa kuhjeh.. so i agree with u bt hlf of it.. i myn tht ryn vaahaka liyevey kamah hedhign ulhey blah blah… anyways thnkx .. n umm!! i gues i cnt stp it ryt away… stry nuninma huhtaalun is nt my type.. in sha allah huhtaaliyas huhtaany mi stry ninmaafa.. 🙂

  9. Zaanaa says:
    February 10, 2016 at 12:45 pm

    Nooon noon ryn nuhuhtaathi Ryn liyaa story varah reethi

  10. Ily says:
    February 10, 2016 at 12:48 pm

    Ae dhogeh huhtalane kameh neth
    thankolheh avahah up kohlema OK vane…..

  11. naaanu says:
    February 10, 2016 at 1:04 pm

    eyhhhhh ohhhh grrrrd..haadha salhi ey ???..alhe aaadheys kohffa mibunyy ryyyn…e dhe myhun dhen gulhuvaba…shine dhera vaathy naanu ves dhera vey ??..nee dhera vaathy ves dheraveyy..ekam shine ahttakaa maa dhera vey..???.varaaaaaaaahvesss salhi mibaii..??avahah up kohllacheyy …love ya ?

  12. lam says:
    February 10, 2016 at 1:36 pm

    VVVVV salhi mi Part vx. Kn irakn next part up kurany

  13. Ryn says:
    February 10, 2016 at 1:58 pm

    thnkx all n m sry las kh up kureveythy bxy kamun i cnt.. bt i wil try my bst.. thnkx fr readin.. enjoy all… 😉

  14. Ily says:
    February 10, 2016 at 2:51 pm

    Yes ryn….Be strong and continue the story…..I will hope you always….very nice story????

  15. Angry bird says:
    February 10, 2016 at 3:44 pm

    Mihaaru eafiya ge liyuntherin v kada vehje. Abadhu onnany konmes bzy eh vegn vaahaka up nukurevifa. Hithah eri irakun vaahaka up kohdheny evx kuda thankolheh. Mee dhen bodu varu viyya. Ehaa bzy kamah vany viyya nuliye huhtaalaba… Bolah undhaguleyy konme myhaku vaahaka eh vaahaka eh fashaifa ehkoh ninmaa nulaa nuny genesdheny mahaku enme part eh.. Amilla Namah huthuru nukoh nuvaavaru ge kanthah nukoh geyga rythikoh thibeyy… ????????

  16. Lillie says:
    February 10, 2016 at 8:45 pm

    ♡♥♥♡♥♥♡♥♥vvvvvvvvvvv reeeethi

  17. Aal says:
    February 10, 2016 at 8:52 pm

    Ryn never mind wht others saying go on…
    Plx dont stop writin..

  18. misty says:
    February 10, 2016 at 8:56 pm

    Ryn vaahaka liyun hutaa nulaathi… Plx Plx Plx Plx.. Ryn ge stories tha varah reethi… BTW mi prt vx varah reethi as always.. Whn nxt prt?? Waiting waiting…

  19. Pandit says:
    February 11, 2016 at 3:28 pm

    Ryn
    Your critics have a point. I’m happy that you have taken the criticism coolly in stride, and not flown into a rage as some do when criticized.
    Don’t stop writing stories; presumably you love writing them.However,
    lately the quality of your prose has suffered, carelessly written in a hurry, it appears! Let me offer you some advice if that will help you and others with writerly ambitions who read these comments.Firstly, type or hand-write the initial draft of your story as soon as you can get words out without stopping or looking back to correct mistakes or inappropriate expressions. Do the corrections on another day, recasting weak or ambigeous sentences for clarity and conciseness as well as weeding out the verbose. Let the revised draft hibernate for at least a week and then do any further corrections necessary. Rpeat the process until you are fully satisfied with the finished product before submitting it for publication. I wish you success and fulfillment as a writer!

Comments are closed.

All Right Reserved!