” މިހިފައިގެންދޭ ” އިވީ ކުރިމައްޗަށް ހުއްޓެމުން އިވީގެ އަތަށް ސިޓީއުރައެއްލަމުން ޒައިކް ބުންޏެވެ. އެއްފަހަރު ސިޓީ އުރައަށް އަނެއްފަހަރު ޒައިކްގެ މޫނަށް އިވީ ބަލާލިއެވެ. އޮފީހުގެ އިސްކޮށްހުންނަމީީހާއާ މެދު ބޭއަދަބީކޮށް ކަންތައް ކުރުމުގެ ސަބަބުން މެނޭޖްމަންޓުން ވަނީ މިއަދުން ފެށިގެން އިވީ މިއޮފީހުން ވަކިކުރެވިފައެވެ. ކުންފުނީގެ ގަވާއިދާ އެއްގޮތަށް ދެމަސްދުވަހުގެ މުސާރައާއި އެކު އިވީ ވަޒީފާއިން ވަކި ކުރެވުނީއެވެ. ނުކުންނަން ދިޔަ އިވީ ޒައިކް އާ ދިމާއަށް އެނބުރިލުމަށްފަހު ސުވާލުކޮށްލިއެވެ. ” ފުރަތަމަ ދުވަހުވެސް މިހުރިހާ […]
ކައިވެނީގެ ބޭރުން މިފަދަ ގުޅުމެއް ހިންގުމަކީ ކިހާ ވަރެއްގެ ކަމެއްކަން އިވީއަށް އޮޅިފައެއް ނުވެއެވެ. ކުއްލިއަކަށް ޖެހި ލުތްކަކާ އެކު އިވީ ޒައިކް ކޮއްޕާލިއެވެ. ޒައިކް ދިޔައީ ސިއްސައިގެންނެވެ. އިވީ މަސައްކަތް ކުރީ ކުއިލްޓުން ހަށިގަނޑު ނިވާކުރެވޭތޯ އެވެ. ” އިވީ. އަހަރެން ދުރައްނުލާ. ތީ އަހަރެންގެ ފުރާނަ. ވަރަށް ލޯބިވޭ. ” މަސްތީ އަޑަކުން ޒައިކް ބުންޏެވެ. އެއްއަތުން ކުއިލްޓް އަތުން ބޮޑުކޮށްލެވިފައިވާއިރު އެސްފިޔަތައްވަނީ ތިރިކޮށްލެވިފައެވެ. ޒައިކް އާ ދިމާލަށް ބަލާވެސް ނުލާ އަނގައިން އެންމެ […]
” ނޫރާ ޒައިކް ގެ އެއްވެސް ކުށެއް އޮވެގެނެއްނޫނޭ އެދުވަހު އެގޮތަށް އަހަރެން އެވާހަކަ ދެއްކީ. ރުޅިގަދަވިވަރުން ވީގޮތެއް. ނޫރާ ބުނެބަލަ ޒައިކް ކައިރި އަހަންނަށް މާފު ކުރަން. ” އިވީ އަށް އަދިވެސް ރޮވެނީއެވެ. ” މާފުކޮށްފިން ” އިވުނު އަޑާ ދިމާލަށް ފަސް އެނބުރި އިވީ ބަލާލިއެވެ. އިވީ އާއި ދާދިގާތުން އެއިވުނީ ޒައިކް ގެ އަޑު ފިޔަވާ އިތުރު އެހެންއަޑެއް ނޫނެވެ. ޒައިކް އައިސް ހުއްޓުނީ ސީދާ އިވީ ކުރިމަތީގައެވެ. އެވަގުތަކީ ނޫރާ […]
” ކޮންވާހަކައެއްހޭ މިއަހަނީ ” ކޮޅަށް ތެދުވަމުން ކުރިއަށްވުރެ ބާރަށް ޒައިކް ބުންޏެވެ. ސިއްސައިގެންގޮސް އިވީއަށް ބަލާލެވުނީ ސީދާ ޒައިކްގެ ލޮލަށެވެ. ދެވަނަ ފަހަރަށްވެސް ހަމަ އެބާރުމިނުގަ ޒައިކް ސުވާލު ތަކުރާރު ކޮށްލިއެވެ. ޒައިކް ގެ އެފަދަ ސިފައެއް، އެރުޅިވެރިކަން ފެނުމުން އިވީ އިތުރަށް ބިރުގަނެ ދެރަވިއެެވެ. އެތައް ފަހަރަކު ދުވެފަ ނުކުންނަން ހިތަށް އެރި ނަމަވެސް ހުރި ފިޔަވަޅު މަތީ އިސްޖަހާލައިގެން ހުރެވުނީއެވެ. ކިތަންމެ ވަރަކަށް ހިތްވަރު ކުރި ނަމަވެސް ދެލޮލުން ފޭދިގެން އައި ކަރުނަ […]
ހަމައެވަގުތެވެ. އިވީގެ ދުލުގަ ތަޅު އެޅުވިގެން ދިޔައީ ހީނުކުރާހާ އަވަސް ހިނދުކޮޅެއްގެ ތެރޭގައެވެ. އިސްޖަހާލަންވެސް ނޭނގި ބަލަން ހުރުން ފިޔަވާ އިތުރުކަމެއް އިވީއަށް ކުރާނެ ހިތްވަރެއް އެވަގުތަކު ނުލިބުނެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ކޮންމެ މީހަކުވެސް އިސްޖަހާލިއެވެ. އިވީ ހުރިގޮތަށް ހުރީ ބަސްހުއްޓިފައެވެ. އިވީ ކުރިމަތީ ހުއްޓިލައިގެން ހުރި ޒައިކް ބަލަމުން ދިޔައީ ސީދާ އިވީގެ ލޮލަށެެވެ. އެދެލޮލުން އެވަގުތު އިވީ އަށް ފޯރުކޮށްދޭން ޒައިކް ބޭނުންވަނީ ކޮންކަހަލަ މެސެޖެއްކަމެއް އިވީއަކަށް ނަގައެއް ނުގަނެވުނެވެ. ޖެހިލުންކުޑަ […]
އަތުގަ އޮތް ތަޅުދަނޑިއަށް ބަލާލުމަށްފަހު ތަޅަށްބަލާލީ ހައިރާން ކަމާއެކު އެވެ. އެތައް ސުވާލެއް އެވަގުތު އިވީގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އިރުކޮޅަކު ހުރެލުމަށްފަހު ކޮންމެ ގޮތެއް ހެޔޮކަމަަށް ތަޅުގަނޑިޖަހާ އަނބުރާލިއެވެ. ” ހެޕީ ބާތްޑޭ އިވީ …. ” އެންމެން އެއްފަހަރާ ހަޅޭއްލަވައިގެން އަޑަށް އިވީ ދިޔައީ ސިއްސައިގެންނެވެ. ދުވަހަކުވެސް މިކަހަލަ ސަޕްރައިޒެއް އިވީއަށް ލިބިފަ ނުވާތީ އާއެކުއެވެ. އަނގަމަތީ އަތްއެޅިގޮތަށް ބުނާނެ އެއްޗެއް ނޭނގިފަ ހުރުންފިޔަވާ އިތުރުކަމެއް އިވީ ނުކުރެއެވެ. ނޫރާ ހެމުން ހެމުން […]
އިވީ… އިވީ.. ނާޒިމާ މެދުކެނޑުމެއްނެތި ދޮރުގަ ތަޅަމުން އެއްވަރަށް ގޮވަމުން ދިޔައީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށެވެ. ހޭލާއޮތް ނަމަވެސް އެނދުން ތެދުވަން ބޭނުންނުވެފަ އޮތުމުގެ ސަބަބުން އިވީ އަޅާވެސް ނުލާ މޫނުމަތީ ބާލިސް އަޅައިގެން އޮތެވެ. އެންމެފަހުން ބާލިސް އެނދުމައްޗަށް އެއްލާލުމަށްފަހު އިވީ ތެދުވިއެވެ. ދޮރުނުހުޅުވަނީސް ނާޒިމާ ހުރިތަނުން އެންމެ ފިޔަވަޅެއްވެސް ދުރައްނާޅާނެކަން އިވީއަށް ޔަގީން ވާކަހަލައެވެ. ކުއްލިއަކަށް ދޮރުހުޅުވާލުމާއެކު އިވީ މޫނުމަތީ ނާޒިމާގެ އަތުން ނުޖެހުނީ ކިރިޔާއެވެ. ” މަންމާ. ތިދެން ހަމަ […]