“ޒީ ބުނީ… ޒީ އާ ދިމާވި މީގެ ތިން އަހަރު ކުރިން.. ބުނި އެމީ ކިޔަވަން ދިޔަ ވާހަކަ… ވަރަށް ފަހުންދޯ ތިއައީ” މާޒިންގެ ޖަވާބު އިވި ޒީނާ ދެލޯ ބޮޑުވިއެވެ. މާޒިން ކައިރީގައި އަމޭލިއާގެ ވާހަކަ ޒީނާއެއް ނުބުނެއެވެ. މާޒިން އަމޭލިއާ އަ ދޭތެރޭ ދެކޭގޮތް ޒީނާއަށް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ވަނީ އެނގިފައެވެ. އެކަން ސިއްރު ކޮއް ދޮގުހެދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ޒީނާގެ ހިތުގައި ސުވާލު ފުންޔެއް ބޮޑުވި ކަހަލައެވެ. ……. މަގްރިބު […]
ކައިވެނީގެ ބޭރުން މިފަދަ ގުޅުމެއް ހިންގުމަކީ ކިހާ ވަރެއްގެ ކަމެއްކަން އިވީއަށް އޮޅިފައެއް ނުވެއެވެ. ކުއްލިއަކަށް ޖެހި ލުތްކަކާ އެކު އިވީ ޒައިކް ކޮއްޕާލިއެވެ. ޒައިކް ދިޔައީ ސިއްސައިގެންނެވެ. އިވީ މަސައްކަތް ކުރީ ކުއިލްޓުން ހަށިގަނޑު ނިވާކުރެވޭތޯ އެވެ. ” އިވީ. އަހަރެން ދުރައްނުލާ. ތީ އަހަރެންގެ ފުރާނަ. ވަރަށް ލޯބިވޭ. ” މަސްތީ އަޑަކުން ޒައިކް ބުންޏެވެ. އެއްއަތުން ކުއިލްޓް އަތުން ބޮޑުކޮށްލެވިފައިވާއިރު އެސްފިޔަތައްވަނީ ތިރިކޮށްލެވިފައެވެ. ޒައިކް އާ ދިމާލަށް ބަލާވެސް ނުލާ އަނގައިން އެންމެ […]
“ރާސިލް… އެވީ ކިހިނެއް” އަމޭލިއާ ފަސްދީ ހިނގައިގަތް ތަނުން ރާސިލް އެ ނަން އިވި ފަހަތް އެނބުރި ބަލާލީ ހިތްނުތަނަވަސްވެ ހުރެއެވެ. ފަން ނޫން އެ އެއިސްތަށި ގަނޑު މައްޗަށް ފުނާ އަޅާފައިވާއިރު ދެލޮލުގައިވަނީ އައިނެއްއަޅާފައެވެ. އައިނުގެ އެތެރެއިން ދެލޮލުގެ ސާފުކަމާއި ބުމައިގެ ބޮޑުކަން ފެނެއެވެ. ބައިމަތި ފުޅާ ހަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ ނޫކުލައިގެ ގަމީހަކާއި ކަޅުފަޓުލޫނުން ޖަހާފައިވާ ބެގީއިންނެވެ. އަމޭލިއާ އާއި ދިމާލަށް ބަލަން ހުރި ގޮތުން އަމޭލިއާއަށް ފަހަތަށް ޖެހެވުނީ އެދެލޮލުން […]
” ނޫރާ ޒައިކް ގެ އެއްވެސް ކުށެއް އޮވެގެނެއްނޫނޭ އެދުވަހު އެގޮތަށް އަހަރެން އެވާހަކަ ދެއްކީ. ރުޅިގަދަވިވަރުން ވީގޮތެއް. ނޫރާ ބުނެބަލަ ޒައިކް ކައިރި އަހަންނަށް މާފު ކުރަން. ” އިވީ އަށް އަދިވެސް ރޮވެނީއެވެ. ” މާފުކޮށްފިން ” އިވުނު އަޑާ ދިމާލަށް ފަސް އެނބުރި އިވީ ބަލާލިއެވެ. އިވީ އާއި ދާދިގާތުން އެއިވުނީ ޒައިކް ގެ އަޑު ފިޔަވާ އިތުރު އެހެންއަޑެއް ނޫނެވެ. ޒައިކް އައިސް ހުއްޓުނީ ސީދާ އިވީ ކުރިމަތީގައެވެ. އެވަގުތަކީ ނޫރާ […]
“އަދި ނުބުނަން. މިއަދު އަހަންނަށްވެސް ޔަގީން ވީ. އެހެން ނޫނަސް ޒިޔާންއަށް ވުރެން ކުރިން އިފާ ކައިރީގަ ބުނެވުނީމަ މާ އުފާވޭ” މާޔާ ބުންޏެވެ. “އަހަރެން ހިތަށް އަރާ… އަހަންނަށްވެސް އާމިރުއަށް ތިކަހަލަ ހަބަރެއް ދެވޭނެ ދުވަހެއް އަންނާނެ ނަމައޭ…” އިސް ޖަހާލަމުން އިފާޝާއަށް އަމިއްލަ ހިތުގެ ހާލު ދުލުން ފާޅު ކުރެވުނެވެ. “އިފާ… އިރާދަ ކުރެއްވިއްޔާ އަދި އިފާއަށްވެސް އެދުވަސް އަންނާނެ، އިފާމެންނަށްވެސް ކާމިޔާބު ވާނެ. ދެރަ ނުވެބަލަ” އިފާޝާގެ އަތުގައި ހިފާލަމުން މާޔާ ބުންޏެވެ. […]
ސާހިލް އައުމާއި އެކު ޝާއިން ކޮޓަރިން ނިކުމެލީ ކުޑަކޮށް ދޮރު ކައިރިކޮށްލަމުންނެވެ. “ޑޫޑް… އިހަކަށް މިތަން ހަދާލަން ވީނު.. ކޮޓަރި ބަހައްޓާ.. އިނގޭ..” ޝާއިންް ސާހިލް އާއި ދިމާލަށް އެހެން ބުނެލީ ވަރަށް މަޑުންނެވެ. “އެކަމު ޝޭން.. މިތަނަކުން ނުހަދައިދޭތަ؟ ޔަޤީން ހަދައިދޭނެކަން..” ސާހިލް އެހެން ބުނެލީ ތަޅު ހެދުމަށް ގެނައި ބައެއް ސާމާނުތަށް ނަގަމުންނެވެ. “ކުޑަކޮށް ޕާސަނަލް ކަމެއް ވީމަ.. ޕްލީސް އިނގޭ މަޑު މަޑުން ހަދާނީ” ޝާއިން އެހެން ބުނެލީ ނީރާގެ ކޮޓަރިއާއި ދިމާ […]
(ހަތަރުވަނަ ބައި) “އަހަންނަށް ވަނީ ކެންސަރު ޖެހިފަ.” މާނީގެ މިޖުމުލައިން މާރިޔާއަށް ސިހުން ލިބި މާނީއާއި ދިމާލަށް ބަލާލެވުނެވެ. “ކީކޭ؟” މާރިޔާއަށް އަހާލެވުނީ އިތުރަށް ޔަޤީން ކުރުމުގެ ގޮތުންނެވެ. މާނީ ހިތުގައިޖެހި އިތުރަށް ރޮއެގަނެވުނެވެ. މާރިޔާ މާނީ އާއި ގާތްވެލާފައި މާނީގެ ދެކޮނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. “އާނ. މާރިޔާ.” މާނީ ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. “އަހަންނަށް ވަނީ ބްލަޑް ކެންސަރ ޖެހިފަ. ޑޮކްޓަރު ބުނާ ގޮތުން މި ބައްޔަށް ފަރުވާ ކުރަން ވަރަށް ގިނަ ފައިސާ ހަރަދު […]
” ކޮންވާހަކައެއްހޭ މިއަހަނީ ” ކޮޅަށް ތެދުވަމުން ކުރިއަށްވުރެ ބާރަށް ޒައިކް ބުންޏެވެ. ސިއްސައިގެންގޮސް އިވީއަށް ބަލާލެވުނީ ސީދާ ޒައިކްގެ ލޮލަށެވެ. ދެވަނަ ފަހަރަށްވެސް ހަމަ އެބާރުމިނުގަ ޒައިކް ސުވާލު ތަކުރާރު ކޮށްލިއެވެ. ޒައިކް ގެ އެފަދަ ސިފައެއް، އެރުޅިވެރިކަން ފެނުމުން އިވީ އިތުރަށް ބިރުގަނެ ދެރަވިއެެވެ. އެތައް ފަހަރަކު ދުވެފަ ނުކުންނަން ހިތަށް އެރި ނަމަވެސް ހުރި ފިޔަވަޅު މަތީ އިސްޖަހާލައިގެން ހުރެވުނީއެވެ. ކިތަންމެ ވަރަކަށް ހިތްވަރު ކުރި ނަމަވެސް ދެލޮލުން ފޭދިގެން އައި ކަރުނަ […]
*************** މާލޭ މަގުމަތިން އިވި އިވި ހުރީ ދުއްވާ އެއްޗެހީގެ ބަރުގޮނޑު އަޑެއެވެ. ހަވީރުގެ އެ ވަގުތުގައި ޖެހެމުން ދާ ފިނި ވައިރޯޅިތަކުން ގައިން ހީބިހި ނަގައެވެ. ހުޅުލޭ ފެރީއިން އަބާޔާ ހެދުމުގައި ފޭބި އަމޭލިއާ ދެކޮޅަށް ބަލާލިއެވެ. ހެދުމުގެ ފަސްބައި ޖެހޭ ވައިރޯޅިތަކާ އެކު ނަށާލަ ނަށާލަ ހުރި އިރު އަޅައިގެން އިން ޝޯލްގެ މޭމަތީގައި އަމޭލިއަ ހިފަހައްޓައިގެން އިނީ ވަޔާ މައްޗަށް އަރާތީއެވެ. ބޮލުގައި އޮޅާފައިވާ ޝޯލުން އަމޭލިއާގެ ރީތިކަން ދެގުނަ އިތުރުވެފައި ވާއިރު […]